ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/248 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/24
A/
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
އިން )
· · 4
s
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 248/HC
-
A/2015
• އިސްތިއުނާފު ކުރި ފަރާތް:
* ނަން: ވައިޓް ލައިން ޕްރައިވެޓް ލިމިޓެޑް * ދާއިމީ އެޑްރެސް: އިރުމަތީއާގެ
* ކުންފުނީގެ ރަޖިސްޓްރީ ނަންބަރު: 649
/
2009-C*މިހާރުގެ އެޑްރެސް: އިރުމަތީއާގެ
ގއ. ވިލިނގިލި
ގއ. ވިލިނގިލި
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޖަމާލުއްދީން ސްކޫލް
* އައި.ޑީ.ކާޑު ނަންބަރު:
ދާއިމީ އެޑްރެސް: ޖަމާލުއްދީން ސްކޫލް
މިހާރުގެ އެޑްރެސް: ޖަމާލުއްދީން ސްކޫލް
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 12 ރަމަޟާން 1436
29 ޖޫން 2015
ނިމުނު ތާރީޚް: 04 ޞަފަރު 1439
24 އޮކްޓޯބަރ 2017
Box
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2015/Cv
-
C/175
• ނިންމެވި ކޯޓު: ސިވިލް ކޯޓު
ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
ޤަޟިއްޔާ ހުށަހެޅުނު ތާރީޚް: 29 ޖެނުއަރީ 2015
• ޤަޟިއްޔާ ނިމުނު ތާރީޚް: 16 މާރޗް 2015
0
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު
އިސްފަނޑިޔާރު ޢަބްދުﷲ ދީދީ
(ރިޔާސަތު)
ފަނޑިޔާރު ޝުޖާޢު ޢުޘްމާން
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 471
331
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
2
2015/HC-A/248
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2015/Cv
-
C/175 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި، ވައިޓް ލައިން
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މި ޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ޖަމާލުއްދީން ސްކޫލް (ދިވެހި ދައުލަތް) އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
.1
ސިވިލް ކޯޓުގެ ނަންބަރު 2015/Cv
-
C/175 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި، ވައިޓް ލައިން
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައި ވެއެވެ.
.2
مسرد سرگرمی کی
ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/105 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ، ވައިޓް ލައިން ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު -C
649/2009) އާއި ޖަމާލުއްދީން ސްކޫލާ ދެމެދު ވެވުނު އެއްބަސްވުންތަކުގެ ދަށުން ކުރި މަސައްކަތަށް ފައިސާ
ހޯދުމަށް ވައިޓްލައިން ޕްރައިވެޓް ލިމިޓެޑުން ފޮނުވާފައިވާ ނަންބަރު WL/115
/
2012 (20 ޑިސެމްބަރ
2011) ބިލާއި، ނަންބަރ WL/120
/
2012 (09 ޖެނުއަރީ 2012) ބިލާއި، ނަންބަރު WL/123
/
2012
(11 ޖެނުއަރީ 2012) ބިލާއި، WL/124
/
2012 (11 ޖެނުއަރީ 2012) ބިލަށް ފައިސާ ނުދީ
ލަސްކުރުމުގެ ސަބަބުން ޖޫރުމަނާގެ ގޮތުގައި ވައިޓް ލައިން ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ -/000
64
(ހަލައްކަ ސައުވީސްހާސް ރުފިޔާ) ލިބިފައި ނުވާތީ، މި ފައިސާ ހޯދުމަށް އެދި ޖަމާލުއްދީން ސްކޫލުގެ
ހ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 471
331
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
3
2{15/HC-A/248
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ވައިޓް ލައިން ޕްރައިވެޓް ލިމިޓެޑުން
ހ3 32
31
0
ދުވާކުރެމުން
ބައްލަވައި ނިންމަވާފައިވާ މައްސަލައެއްކަން
22 2x 22
އެނގެން
ހނގއވއވެ
.3
175/Cv-C/2015
މައްސަލައާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "ދެންފަހެ،
އިސްވެދިޔަކަންކަން އެހެން ހުރުމުން، ވައިޓް ލައިން ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު
649
/
2009-C) އާއި ޖަމާލުއްދީން ސްކޫލާއި ދެމެދު ވެވުނު އެއްބަސްވުމުންތަކުގެ ދަށުން ކުރި މަސައްކަތަށް
ފައިސާ ހޯދުމަށް ވައިޓްލައިން ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ ނަންބަރ WL/115
/
2012 (29
ޑިސެމްބަރ 2011) ބިލާއި، ނަންބަރ WL/120
/
2012 (09 ޖެނުއަރީ 2012) ބިލާއި، ނަންބަރު
WL/123
/
2012 (11 ޖެނުއަރީ 2012) ބިލާއި، ނަންބަރ WL/124
/
2012 (11 ޖެނުއަރީ 2012)
ބިލަށް ފައިސާދިނުން ލަސްވުމުގެ ސަބަބުން ޖުރުމަނާގެ ގޮތުގައި ވައިޓް ލައިން ޕްރައިވެޓް ލިމިޓެޑުން ހޯދުމަށް
އެދިފައިވާ -/624,000 (ހަލައްކަ ސައުވީސްހާސް ރުފިޔާ) ޝަރީޢަތުން ނަގައިދެވޭނެ
ނެތްކަމަށްކަނޑައަޅައި، ޙުކުމްކޮށްފީމެވެ" މިފަދައިންނެވެ.
4 22
ތަނެއް
4
ސިވިލް ކޯޓުގެ ނަންބަރު 2015/Cv
-
C/175 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށް ބުނެ، ވައިޓް ލައިން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން 02 (ދޭއް)
ނުކުތާއެއް ހުށަހަޅައި އެނުކުތާތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، ޤާނޫނު ނަންބަރު 4/91 (ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ
ޤާނޫނު) ގެ 20 ވަނަ މާއްދާގައި، ކޮންޓްރެކްޓެއްގެ
އެއްބައިވެރިޔާ އަނެއް ބައިވެރިޔާއަށް ލުއި ދެވިދާނެކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
4
2015/HC-A/248
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ބަޔާންކޮށްފައިވާ މަފްހޫމް، ބޭނުންކުރައްވާފައިވަނީ އެ މާއްދާގެ މަޤްޞަދު ގެއްލޭގޮތަށް ކަމަށްބުނެ ހުށަހެޅި
22 233
,ކeއ"
ދެވަނަ ނުކުތާއަކީ، ސުޕްރީމް ކޯޓުގެ ނަންބަރު 27/SC
-
A/2013 ޤަޟިއްޔާގެ
ޙުކުމުގައި، އިންވޮއިސްގައި ކަނޑައަޅާފައިވާ ޖޫރިމަނާފައިސާއަކީ ނަގައިދެވޭނެ ފައިސާއެއްކަމުގައި
ކަނޑައަޅާފައިވާ މަބްދަޢުއަކީ، ކުރިން ކޮށްފައިވާ މުޢާމަލާތްތަކަށް ތަޠްބީޤު ކުރެވޭނެ ޤަޟިއްޔާއެއް ނޫންކަމުގައި
ކަނޑައަޅުއްވާފައިވީނަމަވެސް، ދަޢުވާކޮށްފައިވަނީ، އެމަބްދަޢު ޤަރާރުވީ ފަހުން ކަމުގައި ވާތީއާއި، އަދި، ކުރިން
ކޮށްފައިވާ މުޢާމަލާތެއްކަމުގައިވީނަމަވެސް، ސުޕްރީމް ކޯޓުގެ ނިންމުންތަކަށް ދަށުކޯޓުތަކުން ތަބާވާންވާނެކަމަށް
ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ ކަނޑައެޅުމާ ޚިލާފަށް ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
5. މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
ހުށަހެޅިފައިވާ ލިޔުންތަކަށާއި ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/175 ޤަޟިއްޔާ ނިމިފައިވާ ގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، ވައިޓް ލައިން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ބެލިއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ހުށަހެޅިފައިމިވާ މައްސަލާގައި ވައިޓް ލައިން ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން ޖަމާލުއްދީން ސްކޫލްގެ މައްޗަށް ކޮށްފައިވާ ދަޢުވާއަކީ، ޖަމާލުއްދީން ސްކޫލާއި ވައިޓްލައިން ޕްރައިވެޓް
ލިމިޓެޑާ ދެމެދު ވެފައިވާ ނަންބަރު 2011
/
24/JS
-
B "ރަށްދެބައިމަގާއި ވީފަރާތު ޖަމާލުއްދީން ސްކޫލްގެ
އިންފާރު އެތެރެއަށް ޖެއްސުމާއި ގާޑް ޕޯސްޓެއް ހެދުމަށް ކުރަންޖެހޭ މަސައްކަތް" މަސައްކަތުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 471
331
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
5
2015/HC-A/24
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެއްބަސްވުމާއި، ނަންބަރު 2011
/
17/JS
-
B "ލައިބްރަރީ މަރާމާތުކުރުން" މަސައްކަތު އެއްބަސްވުމުގެ ދަށުން
ކޮށްފައިވާ މަސައްކަތަށް ފައިސާ ހޯދުމަށް ވައިޓްލައިން ޕްރައިވެޓް ލިމިޓެޑުން ފޮނުވާފައިވާ ނަންބަރު
WL/115
/
2012 (20 ޑިސެމްބަރ 2011) ބިލާއި، ނަންބަރ WL/120
/
2012 (09 ޖެނުއަރީ 2012)
ބިލާއި، ނަންބަރު WL/123
/
2012 (11 ޖެނުއަރީ 2012) ބިލާއި، WL/124
/
2012 (11 ޖެނުއަރީ
2012) ބިލަށް ފައިސާ ނުދީ ލަސްކުރުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި ވައިޓް ލައިން ޕްރައިވެޓް ލިމިޓެޑަށް
ލިބެންޖެހޭ -/624,000 (ހަލައްކަ ސައުވީސްހާސް ރުފިޔާ ލިބިފައި ނުވާތީ، އެ ފައިސާ ހޯދުމަށް އެދި
ކޮށްފައިވާ ދަޢުވާއެއްކަން އެނގެންއޮންނައިރު، އެ ޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ ވައިޓް ލައިން
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޖޫރިމަނާ ފައިސާގެ ގޮތުގައި ހޯދުމަށް އެދިފައިވާ -/624,000ރ. (ހަލައްކަ
ސައުވީސްހާސް ރުފިޔާ) ޝަރީޢަތުން ނަގައިދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅާކަން އެނގެންއޮންނަކަމެވެ.
JS-B/2011/24
JS-
(ނ) ދެވަނަ ކަމަކީ، ޖަމާލުއްދީން ސްކޫލާއި ވައިޓްލައިން ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ
ނަންބަރު
"ރަށްދެބައިމަގާއި ވީފަރާތު ޖަމާލުއްދީން ސްކޫލްގެ އިންފާރު އެތެރެއަށް
ޖެއްސުމާއި ގާޑް ޕޯސްޓެއް ހެދުމަށް ކުރަންޖެހޭ މަސައްކަތް" މަސައްކަތުގެ އެއްބަސްވުމާއި، ނަންބަރު
2011
:
37!B "ލައިބްރަރީ މަރާމާތުކުރުން" މަސައްކަތު އެއްބަސްވުމުގެ ދަށުން އިންވޮއިސްގައިވާ މުއްދަތުގައި
ފައިސާ ނުދެއްކުމުގެ ސަބަބުން ޖޫރިމަނާކުރެވޭނެކަމަށް އެ އެއްބަސްވުންތަކުގައި ބަޔާންކޮށްފައިނުވާކަމާއި،
ވައިޓްލައިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޖަމާލުއްދީން ސްކޫލަށް ފޮނުވާފައިވާ ފައިސާގެ
ބިލްތަކަށް ބަލާއިރު، ބުނެވުނު ބިލްތަކުގައިވާ ފައިސާ 10 (ދިހައެއް) ދުވަސްތެރޭގައި ދައްކަންވާނެކަމަށާއި،
10 (ދިހައެއް) ދުވަސް ފަހުން ބިލްގައިވާ ފައިސާ ނުދެވިއްޖެނަމަ އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް
ވައިޓްލައިން ޕްރައިވެޓް ލިމިޓެޑަށް ލިބިދާނެ ގެއްލުމެއްގެ ބަދަލެއްގެ ގޮތުގައި) -/8000ރ. އަށްހާސް ރުފިޔާ)
ވައިޓް ލައިން ޕްރައިވެޓް ލިމިޓެޑަށް ދިނުމަށް އެއްބަސްވާކަމަށް ބަޔާންކޮށްފައިވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 471
331
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
6
2015/HC-A/24
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ތިހު 07
ޖީމެފައދި
ހުށަހެޅިފައިމިވާ މައްސަލާގައި ވައިޓް ލައިން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދަށު ކޯޓުގައި
ކޮށްފައިވާ ދަޢުވާއަކީ ވައިޓްލައިން ޕްރައިވެޓް ލިމިޓެޑުން ފޮނުވާފައިވާ ބިލްތަކަށް އެ ބިލްތަކުގައިވާ މުއްދަތުގައި
ފައިސާ ނުދެއްކުމުން އިތުރަށް ހިނގާ ދުވަސްތަކަށް ވައިޓް ލައިން ޕްރައިވެޓް ލިމިޓެޑަށް ލިބިދާނެ ގެއްލުމުގެ
ބަދަލު ހޯދުމަށް ކުރި ދަޢުވާއެއްނޫންކަމާއި، އެހެންނަމަވެސް، އެ ދަޢުވާއަކީ ވައިޓް ލައިން ޕްރައިވެޓް ލިމިޓެޑާއި
އްދީން ސްކޫލާ ދެމެދު ވެވުނު އެއްބަސްވުންތަކުގެ ދަށުން ކުރި މަސައްކަތަށް ފައިސާ ހޯދުމަށް
ވައިޓްލައިން ޕްރައިވެޓް ލިމިޓެޑުން ފޮނުވާފައިވާ ބިލްތަކަށް ފައިސާނުދީ ލަސްކުރުމުގެ ސަބަބުން އަރާފައިވާ
ޖޫރިމަނާގެ ގޮތުގައި ފައިސާ ހޯދުމަށް އެދި ކޮށްފައިވާ ދަޢުވާއެއްކަން އެނގެންއޮތުމުން، ވައިޓްލައިޓް ޕްރައިވެޓް
ލިމިޓެޑުން ޖަމާލުއްދީން ސްކޫލަށް ފޮނުވިކަމަށް ބުނާ ވިލުތަކަކީ އަސާސްކަމުގައި ބަލައިގެން ހުށަހެޅި ދަޢުވާގެ
ސީޘާގައި ބަޔާންކުރާ ކަންކަމާއި އެ ފަރާތުން ފޮނުވާފައިވާ ބިލުތަކުގައި ބަޔާންކޮށްފައިވާ ކަންކަން އެއްގޮތް
ނޫންކަން އެނގެން އޮތުމުން ވައިޓްލައިޓް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި ދަޢުވާގެ އަސާސް ރަނގަޅު ނޫންކަން
OXO
އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، ޝަރުތު ޖަޒާއީ" (penalty clause) ގެ މަފްހޫމަށް ބަލާއިރު،
ޝަރުތު ޖަޒާއީ އަކީ، ކޮންޓްރެކްޓެއްގެ ދަށުން އެކޮންޓްރެކްޓުގެ ބައިވެރިއެއްގެ މައްޗަށް އަދާކުރުން
ލާޒިމްވެގެންވާ އިލްތިޒާމެއް އަދާނުކުރުމުގެ ސަބަބުން ނުވަތަ އެއިލްތިޒާމެއް އަދާކުރުމަށް ކަނޑައެޅިފައިވާ
މުއްދަތުގައި އަދާނުކޮށް ލަސްކުރުމުގެ ސަބަބުން ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާއަށް ޙައްޤުވާ ގެއްލު
އެލުމުގެ
ބަދަލުގެ މިންވަރު ކުރިއާލައި ކަނޑައަޅައި، ބަދަލު ޙައްޤުވާ ފަރާތަށް އެ ބަދަލު ދިނުމަށް ކޮންޓްރެކްޓުގެ
ބައިވެރިންގެ މެދުގައި ވެވޭ އެއްބަސްވުމަށް ނުވަތަ ކުރެވޭ ޝަރުތަށް ބޭނުންކުރެވޭ އިސްތިލާއެއްކަން އެނގެން
އޮންނައިރު،
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 471
331
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
7
2015/HC-A/24
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޝަރުތު ޖަޒާއީގެ ބުނެވުނު މަފްހޫމުގެ މައްޗަށް ރިޢާޔަތްކޮށް، ކޮންޓްރެކްޓެއްގެ ދަށުން އުފެދޭ
އިލްތިޒާމެއް އަދާނުކުރުމުގެ ސަބަބުން ނުވަތަ އަދާކުރުން ލަސްވުމުގެ ސަބަބުން ގެއްލުމުގެ ބަދަލުގެ
މިންވަރު ވަޒަންކޮށް އެ ބަދަލު ނެގުމާމެދު އެއްބަސްވުމުގެ ބާރާއި އިޚްތިޔާރު ކޮންޓްރެކްޓްގެ ބައިވެރިންނަށް
ލިބިގެންވީ ނަމަވެސް، އެބާރާއި އިޚްތިޔާރަކީ އެއްވެސް ޝަރުޢީ އަދި ޤާނޫނީ ޤައިދެއް ނެތި، މުތުލަޤު ގޮތަކަށް
ބޭނުންކުރެވޭނެ ބާރަކާއި އިޚްތިޔާރެއް ނޫންކަމަށާއި، ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި، ކޮންޓްރެކްޓުގައި
ހިމެނުން ހުއްދަކުރާ ޝަރުތުތައް ވާންޖެހޭނީ އިސްލާމީ ޝަރީޢަތުގަޔާއި، ޤާނޫނުގައި ކަނޑައެޅި ބަޔާންވެގެންވާ
"ޤަތުޢީ" އަޙްކާމްތަކާއި ޚިލާފުނުވާ ޝަރުތުތަކަކަށް ކަން އެނގެން އޮންނަކަމަށާއި، ކޮންޓްރެކްޓުގެ ބައިވެރިއަކު
ކޮންޓްރެކްޓުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމެއް އަދާނުކުރުމުން ނުވަތަ އަދާނުކޮށް ލަސްކުރުމުން އޭގެ
ސަބަބުން ގެއްލުންވާ ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާއަށް ޙައްޤުވާ ގެއްލުމުގެ ބަދަލު ކަނޑައެޅުމުގައި
ރިޢާޔަތްކުރަންޖެހޭނީ ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ
23 ވަނަ މާއްދާގައި
ކަނޑައަޅައި ބަޔާންވެގެން އޮންނަގޮތުގެ މައްޗަށްކަމަށާއި، އެމާއްދާގެ (ހ) ގައިވާ ގޮތުން ބަދަލު ދޭންޖެހޭނެ
ގެއްލުމަކީ ކޮންޓްރެކްޓާއި ޚިލާފުވުމުގެ ސަބަބުން ސީދާ ލިބޭ ގެއްލުންކަމަށާއި، އެމާއްދާގެ (ށ) އަށް ބެލުމުން
އެއީ އެފަދަ ޚިލާފު ޢަމަލެއް ކުރުމުން ލިބިދާނެކަމަށް ކޮންޓްރެކްޓުގެ ބައިވެރިންނަށް އެނގިފައިވާ
ގެއްލުންކަމަށާއި، ކޮންޓްރެކްޓާއި ޚިލާފު ޢަމަލެއް ކުރުމުން ލިބިދާނެކަމަށް ލިބޭ ގެއްލުން ވަޒަންކުރުމުގައި
ރިޢާޔަތްކުރަންޖެހޭ މައިގަނޑު ދެ ބާވަތެއްގެ ގެއްލުން ބަޔާންކޮށްފައިވާކަމަށާއި، ފުރަތަމަ ބާވަތަކީ:
ޚިލާފުވުމުގެ ސަބަބުން ލިބޭ ސީދާ ނުވަތަ ޙަޤީޤީ ގެއްލުންކަމަށާއި ދެވަނަ ބާވަތަކީ؟
ޓްރެކްޓާއި ޚިލާފުވުމުގެ ސަބަބުން ލިބިދާނެކަމަށް ކޮންޓްރެކްޓުގެ ބައިވެރިންނަށް ފެންނަ ނުވަތަ ތަސައްވަރު
ނުވަތަ އިންތިޒާރުކުރެވޭ ގެއްލުންކަމަށާއި، އަދި މިފަދައިން ކަން ވެފައިވާކަން ސާބިތުވެއްޖެނަމަ މިފަދަ ޝަރުތު
ޖަޒާއީ އެއްގެ ދަށުން ކަނޑައެޅޭ ބަދަލުގެ މިންވަރަކީ، އިޝާރާތްކުރެވުނުފަދަ ގެއްލުމަކާއި އެކަށީގެންވާ
މުނާސަބު ބަދަލަކަށް
ވާންޖެހޭނެކަމަށާއި، އެބަދަލު
ކަނޑައެޅުމުގައި
(arbitrariness
/
abuseވެ، ލިބޭ ގެއްލުމާއި ނުބައްދަލު އެކަށީގެންވާ މިންވަރަށްވުރެ މާބޮޑު މިންމައްގެ
2 02 0 0x
2 02 0 0x
لميسرع رمل ع ا
2
0
22 2ދ ވ2
ތަޢައްސުފު"
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 471
331
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
8
2015/HC-A/24
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ބަދަލު ކަނޑައެޅުމަކީ އިސްލާމީ ޝަރީޢަތާއި، މިޒަމާނުގެ ޤާނޫނީ ނިޒާމްތަކުގައި އިސްތިޤްރާރުވެފައިވާ
އަޙްކާމްތަކާއި ކަނޑައެޅިގެން ތަޢާރުޟުވާކަމެއްކަމަށާއި، ކޮންޓްރެކްޓެއްގައި ހިމެނޭ "ޝަރުތު ޖަޒާއީ" އެއްގެ
ދަށުން ނެގުމަށް އެއްބަސްވެވޭ ގެއްލުމުގެ ބަދަލުގެ މަޝްރޫޢިއްޔަތުކަން ދެމިގެން އަންނަނީ މާތްރަސޫލާ
(ސައްލައްﷲ ޢަލައިހި ވަސައްލަމް) ޙަދީސް ކުރައްވާފައިވާ "ލާ ޝަރަރަ ވަލާ ޟިރާރާ" މި ނައްސުންކަމަށާއި،
ކީރިތި ރަސޫލާގެ ޙަދީސް ބަސްފުޅުގައި ބަޔާންކުރެވިފައިވާ މިޤާޢިދާއަށް ރިޢާޔަތްކުރާއިރު، ޝަރުތު ޖަޒާއީގެ
ދަށުން ނެގޭ ބަދަލަކީ "ތަޢައްސުފު ކޮށް ނެގޭ، ލިބިދާނެކަމަށް ބެލެވޭ ޙަޤީޤީ ގެއްލުމަކާ ނުވަތަ ފާއިތުވެދާނެ
މަސްލަޙަތަކާ ނުވަތަ ފާއިދާއަކާ ނުބައްދަލު އެކަށީގެންވާ މިންވަރަށްވުރެ މާބޮޑު ބަދަލަކަށްވާނަމަ، އެއީ ސައްޙަ
އަސާސެއްގެ މައްޗަށް
ބިނާކޮށް ނެގޭ ބަދަލެއްކަމުގައި އިސްލާމީ ނަޒަރަކުން ނުބެލެވޭނެކަމަށާއި އެފަދަ ބަދަލުތައް
ނެގުމަށް ޝަރުތުކުރުމަކީ އިސްލާމީ ޝަރީޢަތުގެ ނައްސުން ޙަރާމްކުރެވިފައިވާ، މީހުންގެ މުދާ އެބައި މީހުންގެ
ރުހުމަކާއި ނުލައި ނުޙައްޤުން އަތުލުންކަމުގައި މެނުވީ ނުވާނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
16/SC
-
A/2015 ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 177/HC
-
A/2015 ޤަޟިއްޔާގައި
ފާހަގަކުރައްވާފައިވާކަން އެނގެން އޮންނަކަމެވެ.
<
ބިލްތަކުގައި ޖަޒާއީ ޝަރުތެއްގެ ގޮތުގައި ހިމަނާފައިވަނީ އެ ބިލްތަކުގައިވާ މުއްދަތުގައި ފައިސާ ނުދެވިއްޖެނަމަ
އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް (ވައިޓްލައިން ޕްރައިވެޓް ލިމިޓެޑަށް ލިބިދާނެ ގެއްލުމެއްގެ ބަދަލެއްގެ
ގޮތުގައި) -/8000ރ. (އަށްހާސް ރުފިޔާ) ދައްކަންޖެހޭނެކަމަށް ކަމާއި، އެހެން
މިހެންކަމުން ބުނެވުނު ބިލްތަކުގެ
ކަނޑައެޅުނު ކަމަކީ ޖަޒާއީ ޝަރުތެއްގެ ގޮތުގައި ބަލައިގަންނަ ނަމަ އަދި އެޝަރުތުގެ ދަށުން ފައިސާ
ނަގައިދޭންޖެހޭކަމަށް ޝަރީޢަތަށް ޤަބޫލުކުރެވޭނަމަ، އެމިންވަރަށް ފައިސާ ނަގައިދިނުމުގެ ކުރިން އެބިލު
ޖަމާލުއްދީން ސްކޫލަށް ޙަޤީޤަތުގައިވެސް ރައްދުވެފައިވޭތޯއާއި އެބިމުގައިވާކަންކަމަށް ޖަމާލުއްދީން ސްކޫލްގެ
ފަރާތުން ސަރީޙަބަހުން ނުވަތަ ޝިމްނީކޮށް އިޢުތިރާފުވެފައިވޭތޯ ބެލުމުގެ އިތުރަށް އެބިލުގައިވާގެ އަދަދަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 471
331
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
9
2015/HC-A/248
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2 02 0 0
24
3
04 ދ ތ
ޤަ424ކން
Puc
ހހ4002 ދ ވ 2x42ވ
ބަދަލެއްތެއައި ބަދަލުގެ ގޮތުގައި
އެބިލުގައިބުނާ މުއްދަތަށް ފައިސާ ނުދެއްކުމުގެ ސަބަބުން ވައިޓްލައިން ޕްރައިވެޓްލިމިޓެޑަށް އެއްވެސް
ގެއްލުމެއްވެފައިވޭތޯއާއި، ގެއްލުންވެފައިވާނަމަ ގެއްލުންވެފައިވަނީ ކޮންގޮތަކަށްކަން އަދި އެއީ ކިހާ މިންވަރެއްގެ
ވައިޓްލައިން ޕްރައިވެޓް ލިމިޓެޑަށް ސާބިތުކޮށްދެވޭފަދަ ޙުއްޖަތްތަކެއް ނުވަތަ ޤަރީނާތަކެއް
ޝަރީޢަތަށް ހުށަހެޅިފައިވޭތޯ ބަލަންޖެހޭނެކަން ގެއްލުމުގެ ބަދަލުގެ މިންވަރު ނަގައިދިނުމާއި ގުޅޭގޮތުން
ދިވެހިރާއްޖޭގެ ކޮންޓްރެކްޓާއިބެހޭ ޤާނޫނުގައި ބަޔާންކުރާކަންކަމަށާއި ގެއްލުމުގެ ބަދަލު ނަގައިދިނުމާއި ގުޅޭގޮތުން
ކޯޓުތަކުން ނިންމަވާފައިވާ ނިންމެވުންތަކަށް ބެލުމުން އެނގެންއޮންނަކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
177/HC
-
A;2015 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަމާއި، މީގެއިތުރުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ
ނަންބަރު 16/SC
-
A/2015 ޤަޟިއްޔާގައި ފާހަގަކުރައްވާފައިވާ ކަންކަމުގެ މައްޗަށް ބެލުމުން، މިފަދަ ޖަޒާއީ
ޝަރުތެއް
ތެއްގެ ދަށުން ކަނޑައެޅޭ ބަދަލުގެ މިންވަރަކީ، ލިބުނުކަމަށް ބުނާ ގެއްލުމަކާއި އެކަށީގެންވާ މުނާސަބު
ކަނޑައަޅާފައިވާ މިންވަރަކީ "ތަޢައްސުފު" (arbitrariness
/
abuse) ވެ،
ލިބޭ ގެއްލުމާއި ނުބައްދަލު އެކަށީގެންވާ މިންވަރަށްވުރެ މާބޮޑު މިންވަރެއްގެ ބަދަލެއްތޯވެސް ބެލެވެންޖެހޭނެކަން
އެނގޭކަމާއި،
ހުށަހެޅިފައިމިވާ މައްސަލާގައި ފެންނަން ހުރި ޙަޤީޤަތްތަކުގެ މައްޗަށް ބަލާއިރު، ވައިޓްލައިން
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޖަމާލުއްދީން ސްކޫލަށް ފޮނުވާފައިވާ ފައިސާގެ ބިލްތަކަށް އެ ބިލްތަކުގައިވާ
މުއްދަތުގައި ފައިސާ ނުދީ ލަސްކުރުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި -/624,000 (ހަލައްކަ ސައުވީސްހާސް
ރުފިޔާ) ލިބެންޖެހޭކަމަށް ވައިޓް ލައިން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެފައިވާއިރު، ވައިޓްލައިން ޕްރައިވެޓް
ލިމިޓެޑަށް އެ މިންވަރަށް ގެއްލުންވިކަން ސާބިތުކުރުމުގެ ގޮތުން ވައިޓްލައިން ޕްރައިވެޓް ލިމިޓެޑުން އެއްވެސް
ޙުއްޖަތެއް އަދި ޤަރީނާއެއްވެސް ދަށު ކޯޓުގައި ހުށަހަޅާފައިވާކަން އެނގެންނެތުމުން، ވައިޓްލައިން ޕްރައިވެޓް
ލިމިޓެޑުން ބުނާ މިންވަރަށް އެކުންފުންޏަށް ގެއްލުންވެފައިވާކަން ޝަރީޢަތަށް ސާބިތުކޮށްދެވިފައިނުވާކަމާއި،
މީގެ އިތުރުން ވައިޓްލައިން ޕްރައިވެޓް ލިމިޓެޑަށް ބަދަލުގެ ގޮތުގައި ހޯދުމަށް އެދިފައިވާ މިންވަރަކީ އެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 674،335029
31
އީމެއިލް ވެބްސައިޓް:
www.high-court.gov.my eno; [email protected] ebon
10
2015/HC-A/248
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
24
0 ތ
4 20 0
ކުންފުންޏަށް ލިބުނުކަމަށް ބުނާ ގެއްލުމަކާއި އެކަށީގެންވާ މުނާސަބު ބަދަލެއްކަންވެސް އެ ކުންފުންޏަށް
ސާބިތުކޮށްދެވިފައިނެތްކަމާއި،
ހެންކަމުން ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި ޢަމަލުކުރަންޖެހޭ ޢާއްމު އުސޫލުތަކުގެ
މައްޗަށާއި އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 16/SC-A/2015 ޤަޟިއްޔާއާއި،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 177/HC
-
A/2015 ޤަޟިއްޔާގައި ފާހަގަކުރައްވާފައިވާ ކަންކަމުގެ
މައްޗަށް ބެލުމުން، ވައިޓް ލައިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޖަމާލުއްދީން ސްކޫލަށް ފޮނުވާފައިވާ
ބިލްތަކަށް އެ ބިލްތަކުގައިވާ މުއްދަތުގައި ފައިސާ ނުދީ ލަސްކުރުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި ވައިޓް
ލައިން ޕްރައިވެޓް ލިމިޓެޑުން ހޯދުމަށް އެދިފައިވާ -/624,000 (ހަލައްކަ ސައުވީސްހާސް ރުފިޔާ) ޝަރީޢަތުން
ނަގައިދެވޭނެ ތަނެއް ނެތްކަމަށް އިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/175
ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ދިވެހިރާއްޖޭގެ
ހައިކޯޓުގައި މި މައްސަލަ ބެލި އެއްވެސް ފަނޑިޔާރަކަށް ނުފެނުނުކަމެވެ.
4 22
cu o
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 471
331
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
11
2{15/HC-A/248
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދެންފަހެ، އިސްވެ ބަޔާންވެދިޔަކަންކަން އެ ގޮތަށް ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު
2015/Cv
-
C/175 ޤަޟިއްޔާ ނިންމަވާފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލުތަކާ ޚިލާފަށްކަމަށް ބެލެވެން
ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައި،
ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 471
331
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv