ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/350 ޤަޟިއްޔާގެ ޙުކުމް
1
2015/HC-A/350
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
بماند المراسیم
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 350/HC
-
A/2015
އިސްތިއުނާފުކުރި ފަރާތް:
ދިރާސާ ފާއިޒް
އައިޑީކާޑު ނަންބަރު: 3498
A01
ދާއިމީ އެޑްރެސް: ނޫރަންފެހި ސ. މީދޫ
* މިހާރުގެ އެޑްރެސް: ނޫރަންފެހި ސ. މީދޫ
އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: އެޓަރނީ ޖެނެރަލްގެ އޮފީސް (އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ)
ދާއިމީ އެޑްރެސް: އޭޖީ އޮފީސް/ މާލެ
މިހާރުގެ އެޑްރެސް: އޭޖީ އޮފީސް މާލެ
ނިމުނު ތާރީޚް: 26 އޮކްޓޯބަރު 2016
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 23 އޮކްޓޯބަރު 2015
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ:
ނަންބަރު: 2013/81s1C
ނިންމި ކޯޓް: އައްޑުއަތޮޅު މީދޫ މެޖިސްޓްރޭޓް ކޯޓް
• މައްސަލައިގެ ބާވަތް އައްޑޫ ކައުންސިލްގެ ނިންމުމެއް ބާޠިލުކޮށް ދެއްވުން އެދި
ހުށަހެޅި ތާރީޚް: 26 އޮގަސްޓް 2013
' ނިމުނު ތާރީޚް: 04 ޑިސެންބަރު 2014
މައްސަލަ ބެއްލެވި ފަނޑިޔާރުން:
332 83 8,
ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމް،
ފަނޑިޔާރު އަބްދުﷲ ޙަމީދު
ފަނޑިޔާރު ޢަލީ ސީމީންގޭގެ ހަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2015/HC-A/350
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ދަޢުވާގެ ޚުލާޞާ
0
ހަމަ އައްޑުއަތޮޅު
މީދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/S1C/81 ޤަޟިއްޔާ
އެކޯޓުން ބައްލަވައި ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެޤަޟިއްޔާ
އިސްތިއުނާފު ކުރުމަށް ސ.މީދޫ ނޫރަންފެހި، ދިމާސާ ފާއިޒްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، ދަޢުވާރައްދުވާ ފަރާތަކީ އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ (އެޓަރނީ
ޖެނެރަލްގެ އޮފީސް) އެވެ.
• ފާހަގަ ކުރެވުނު ނުކުތާތައް:
7*/90
-1
އއ&44$
މީދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/S1C/81 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ ސ.މީދޫ ނޫރަންފެހި، ޢަބްދުﷲ ފާއިޒްގެ
ތަރިކައިގައި ހިމެނޭ ސ.މީދޫ "ނޫރަންފެހި" ނަމަކަށް ކިޔާ ބަންޑާރަ ގޯތީގައިވާ ގެއާއި އެންމެހައި އިމާރާތްތައް،
ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދާއި ޚިލާފަށް، އަލްމަރްޙޫމް ޢަބްދު
ފާއިޒްގެ ފިރިހެން ދަރިފުޅު، ސ.މީދޫ ނޫރަންފެހި، އަޖުވަދު ފާއިޒުއަށް، ސ.މީދޫ އޮފީހުން ރަޖިސްޓްރީކޮށް
ދެއްވާފައިވާކަމަށް ބުނެ އެ ގެއާއި ގޯއްޗާބެހޭ ގޮތުން އަޖުވަދު ފާއިޒްގެ ނަން މަތީގައި ހައްދަވައިދެއްވާފައިވާ
ނަންބަރު 89 "ނޫރަންފެހި އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ބާޠިލުކުރުމުގެ އަމުރަކަށް އެދި، އަލްމަރްޙޫމް
ޢަބްދުﷲ ފާއިޒްގެ އަންހެން ދަރި ސ.މީދޫ ނޫރަންފެހި، ދިލާސާ ފާއިޒްގެ ފަރާތުން އައްޑޫ ސިޓީ ކައުންސިލްގެ
އިދާރާގެ މައްޗަށް ދަޢުވާ ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެއް ކަމާއި،
އެ ޤަޟިއްޔާ ނިންމަވާފައިވަނީ ސ.މީދޫ ނޫރަންފެހި" ނަމަކަށް ކިޔާ ގޯއްޗަކީ
މީދޫ ނޫރަންފެހި، އަލްމަރްޙޫމް ޢަބްދުﷲ ފާއިޒްގެ ގޯއްޗެއްކަމުގައި ޤާނޫނީ ހަމަތަކުން
luck
ފ
ދިވެހިވެއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ބޔާންކޮ6
3
2015/HC-A/35
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
"ނޫރަންފެހި" ނަމަކަށް ކިޔާ ގެއާއި ގޯތި ސ.މީދޫ ނޫރަންފެހި، އަޖުވަދު ފާއިޒްގެ ނަމުގައި ރަޖިސްޓްރީ
ކުރެވިފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިންކަމަށް ފެންނާތީ، ސ.މީދޫ "ނޫރަންފެހި" ނަމަކަށް ކިޔާ
ގެއާއި ގޯއްޗަށް ސ.މީދޫ ނޫރަންފެހި، އަޖުވަދު ފާއިޒްގެ ނަމުގައި ހަދާދެވިފައިވާ، ސ.މީދޫ އޮފީހުގެ ނަންބަރު
89 "ނޫރަންފެހި" އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ބާޠިލުކުރުމަށް ޝަރީޢަތުން އަމުރުކޮށް ދެވެން ނެތްކަމަށް
ޙުކުމް ކުރައްވައިކަން އެނގެން އޮންނަކަމެވެ.
2- އައްޑުއަތޮޅު މީދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/S1C/81 ޤަޟިއްޔާ އެކޯޓުން
ބައްލަވައި ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ އެ ޤަޟިއްޔާ
އިސްތިއުނާފުކުރުމަށް މީދޫ ނޫރަންފެހި، ދިރާސާ ފާއިޒްގެ ފަރާތުން 03 (ތިނެއް) ނުކުތާ ހުށަހަޅައި، އެ
ނުކުތާތަކާގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން
ހުށަހެޅި:-
I
(.) ފުރަތަމަ ނުކުތާއަކީ: ސ.މީދޫ "ނޫރަންފެހި" އެވެ ކިޔާ ގޯތި އަޖުވަދު ފާއިޒުގެ ނަމަށް
ބަދަލުވެފައިވާކަމަށް ކޯޓުން ނިންމަވާފައިވަނީ، ސ.އަތޮޅު ކޯޓުގެ ނަންބަރު 171ސޅ765
/
2 ޤަޟިއްޔާއިން
އެގޮތަށް ކަނޑައަޅުއްވާފައިވާކަމަށް ބައްލަވައިގެން ކަމަށްވާއިރު، ބުނެވިދިޔަ ސ.އަތޮޅު ކޯޓުގެ ޤަޟިއްޔާ
ޝަރީޢަތަށް ހުށަހެޅިފައި ނުވުމާއެކު، އެ ޤަޟިއްޔާގެ ދަށުން ވަކި ގޮތަކަށް ކަނޑައެޅިފައިވާކަމަށް
ނިންމަވާފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ނ) ދެވަނަ ނުކުތާއަކީ: ސ.މީދޫ "ނޫރަންފެހި" އެވެ ކިޔާ ގޯތި އަޖުވަދު ފާއިޒުގެ ނަމަށް
ރަޖިސްޓްރީ ކޮށްދީފައިވަނީ، ސ.އަތޮޅު ކޯޓުގެ ނަންބަރު 171ސޅ765
/
2 ޤަޟިއްޔާއިން ކަމުގައި ގޯތީގެ
އެކަމަށް ރިޢާޔަތް ނުކުރައްވައި މައްސަލަ ނިންމަވަފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ނ) ތިންވަނަ ނުކުތާއަކީ: އިންސާފުން ޝަރީޢަތް ކުރެއްވުމަކީ ކޮންމެ
އަސާސީ
ޙައްޤެއްކަން
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ އަސާސީ ޙައްޤުތަކާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325329، ފެކްސް 331471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
20j5/HC-A/350
ކަށަވަރުކޮށްދީފައިވާ އެ ޤާނޫނުއަސާސީގެ 02 ވަނަ ބާބުގައިވާ 42 ވަނަ މާއްދާއިން އެނގެން އޮތުމުން،
އިންސާފު ލިބިދިނުމަށް އެދި ކޯޓަކަށް ހުށަހަޅާ މައްސަލައެއް ހުށަހެޅުމުން، ޤާނޫނީ ނިޒާމުގައި ކަނޑައެޅިފައިވާ
ގޮތުގެ މަތިން މެނުވީ އެ މައްސަލަ، އެ މައްސަލަ ހުށަހެޅި ފަރާތަކަށް އިންސާފު ނުލިބޭ ގޮތަކަށް އެއްވެސް
ކޯޓަކުން ޢަމަލު ކުރުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ކަނޑައެޅިފައިވާ ދުސްތޫރީ އުސޫލާ ޚިލާފު
ކަމެއްކަން އެނގޭކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 13/SC-A/2013 ޤަޟިއްޔާގައި ބަޔާން
ކުރައްވާފައިވާ އުސޫލާ ޚިލާފަށް، މައްސަލަ ނިންމަވާފައިވަކަމަށް ބުނެ ހުށަހެޅި ނުކުތާ.
04 0 0
އައްޑުއަތޮޅު
މީދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/S1C/81 ޤަޟިއްޔާ
އިސްތިއުނާފު ކުރުމަށް ސ.މީދޫ/ނޫރަންފެހި، ދިލާސާ ފާއިޒްގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެ ނުކުތާތަކާ
ގުޅޭ ގޮތުން ދިލާސާ ފާއިޒްއާއި މި އިސްތިއުނާފް ދަޢުވާރައްދުވާ އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ (އެޓަރނީ
ޖެނެރަލްގެ އޮފީސް)ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
ބުނެވި ދިޔަ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މައްސަލައާ ގުޅޭ ގޮތުން ހުށަހެޅިފައިވާ
ލިޔެކިޔުންތަކުގެ މައްޗަށް މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
I
(ހ) ފުރަތަމަ ކަމަކީ: ސ.މީދޫ،"ނޫރަންފެހި" އެވެ ކިޔުނު ގޯއްޗާއި އިމާރާތުގެ ރަޖިސްޓްރީއަށް
ބަލާއިރު، އެ ގޯއްޗަކީ ސ.މީދޫ ނޫރަންފެހި، އަޖުވަދު ފާއިޒުގެ ނަމުގައި ރަޖިސްޓްރީ ކޮށްދެއްވާފައިވާ ބަންޑާރަ
ގޯއްޗެއް
ކަމާއި އެ ގޯތި އަޖުވަދު ފާއިޒުގެ ނަމުގައި ރަޖިސްޓްރީ ކޮށްދެއްވާފައިވަނީ ސ.އަތޮޅު ކޯޓުގެ ނަންބަރު
171ސޅ765
/
2 ޤަޟިއްޔާއިން އެ ގޯތީގެ މިލްކްވެރިކަން އަޖްވަދު ފާއިޒަށް ސާބިތުވާކަމަށް ނިންމުމާ ގުޅިގެން
ކަމާއި އެ ގޯއްޗަށް މިހާރު ހައްދަވައި ދެއްވާފައިވާ ރަޖިސްޓްރީއަކީ، 1977 ވަނަ އަހަރު އެ ގޯތީގެ ނަންބަރު
77/89 ރަޖިސްޓްރީ ގެއްލުނުކަމަށް ބުނެ އަޖުވަދު ފާއިޒުގެ ފަރާތުން އައްޑު އަތޮޅު
08
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
42 ކަމެވެ.
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/350
އަޖުވަދު ފާއިޒުގެ ނަމުގައި 2004 ވަނަ އަހަރު ހައްދަވައި ދެއްވާފައިވާ ރަޖިސްޓްރީއެއްކަން އެނގެން
OCOX
(ނ) ދެވަނަ ކަމަކީ: ސ.މީދޫ "ނޫރަންފެހި" އެވެ ކިޔުނު ގޯއްޗަކީ އަލްމަރްޙޫމް ޢަބްދު
ފާއިޒްގެ ގޯއްޗެއްކަމަށާއި، ބުނެވުނު ގޯއްޗާބެހޭ ގޮތުން ސަރުކާރާއި ދެމެދު ހުރިހާ މުޢާމަލާތެއް ކޮށްފައިވަނީ
އަލްމަރްޙޫމް ޢަބްދުﷲ ފާއިޒްކަމަށް މި މައްސަލަ އިސްތިއުނާފުކުރާ، ދިލާސާ ފާއިޒްގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައި ވާއިރު،
ސ.މީދޫ "ނޫރަންފެހި" އެވެ ކިޔުނު ގޯއްޗާއި އިމާރާތް އަޖުވަދު ފާއިޒްގެ ނަމުގައި ރަޖިސްޓްރީ
ކޮށްދެއްވާފައިވަނީ ސ.އަތޮޅު ކޯޓުގެ ނަންބަރު 171ސޅ765
/
2 ޤަޟިއްޔާއިން އެ ގޯތީގެ މިލްކްވެރިކަން
އަޖުވަދު ފާއިޒަށް ލިބުމުންކަމާއި ޢަބްދުﷲ ފާއިޒްގެ ދުނިޔޭގައި އެއްވެސް ދުވަސްވަރެއްގައި މިގޯތީގެ
މިލްކުވެރިކަމާއި ގުޅޭ ގޮތުން އެއްވެސް މައްސަލައެއް ޖައްސާފައިވާކަން އެންގެން ނެތްކަމަށާއި، އެއްވެސް
އިރެއްގައި މީދޫ ނޫރަންފެހި" އެވެ ކިޔުނު ބިމާއި، އިމާރާތަށް އަލްމަރްޙޫމް ޢަބްދުﷲ ފާއިޒު ގެ ނަމުގައި
ރަޖިސްޓްރީއެއް ހަދާފައިނުވާކަމަށާއި، މީދޫ ދޮންދީދީމަންޒިލް، (ނޫރަންފެހި) އަލްމަރްޙޫމް ޢަބްދުﷲ ފާއިޒު
ނިޔާވެފައިވަނީ 04 ޖަނަވަރީ 2000 ގައިކަން އެނގޭއިރު،
ޢަބްދުﷲ ފާއިޒްގެ ތަރިކައިގެ ތެރޭގައި ސ.މީދޫނޫރަންފެހި، ކިޔާ ގޯއްޗާއި އިމާރާތް
ހިމެނޭކަމަށް ބަޔާންކޮށް ޢަބްދުﷲ ފާއިޒުގެ ތަރިކައިގެ މައްސަލަ ބައްލަވައި ދެއްވުމަށް އެދި ދިލްސާ ފާއިޒުގެ
ފަރާތުން ސ.މީދޫ ކޯޓަށް ހުށަހެޅި މައްސަލާގައި ސ.މީދޫ ނޫރަންފެހި" އެވެ ކިޔުނު ގޯއްޗާއި އިމާރާތަކީ
އަލްމަރްޙޫމް ޢަބްދުﷲ ފާއިޒްގެ ތަރިކައިގައި ހިމެނޭ ތަކެތިނޫން ކަމަށް ނިންމަވާފައި ވާއިރު، އެ ނިންމުން
ރަނގަޅުނޫންކަމަށް ބުނެ ދިލާސާ ފާއިޒުގެ ފަރާތުން އެނިންމުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިނުވާތީ
އެނިންމުން އެގޮތުގައި ވުޖޫދުވެ އޮތްކަމުގައި ބަލަންޖެހޭ
ދަރީންޖެހޭ ކަމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
2015/HC-A/350
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
(ނ) ތިންވަނަ ކަމަކީ ޤާނޫނުގައިވާ ގޮތުގެ މަތިން ދައުލަތުގެ ކަމާބެހޭ އިދާރާއަކުން، މީހެއްގެ
ނަމުގައި މުދަލެއް ރަޖިސްޓްރީކޮށް އެކަން ކަށަވަރު ކުރުމަށް އެފަދަ އިދާރާއަކުން ދޫކޮށްފައިވާ ރަސްމީ
ރަޖިސްޓްރީއަކީ އެ މުދަލުގެ މިލްކުވެރިކަން، އެ މުދަލެއް އެ މީހެއްގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ
މީހަކަށް އޮތްކަން ކަށަވަރުކަމާއި ޔަޤީންކަމާއެކު ހާމަކޮށްދެނިވި، އެންމެންގެ މައްޗަށް އޮތް ދަލީލެއް ކަމާއި،
މިގޮތުން ޤާނޫނީ ގޮތުން ރަޖިސްޓްރީ ކުރުން ލާޒިމުވާ ފަދަ މުދަލެއް އެ މީހެއްގެ ނަމުގައި ދައުލަތުގެ ކަމާބެހޭ
އިދާރާއަކުން ޤާނޫނުގައިވާ ގޮތުގެ މަތިން ރަސްމީ ގޮތުން ރަޖިސްޓްރީ ކުރެވިއްޖެ ނަމަ އެކަން ކަށަވަރުކޮށްދޭ
ރަސްމީ ރަޖިސްޓްރީއަކީ، އެއްވެސް ޝައްކެއް ނެތި އެ މުދާ އެ މީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މީހަކީ
އެ މުދަލުގެ މިލްކުވެރި ފަރާތްކަން އެނގޭ ޔަޤީނީ ދަލީލެއް ކަމާއި، އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު މިލްކެއް
މީހެއްގެ ނަމުގައި ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ޤާނޫނުގައިވާ ގޮތުގެ މަތިން ރަޖިސްޓްރީކޮށް އެ އިދާރާއިން
އެކަން ކަށަވަރުކޮށް ދިނުމުގެ ގޮތުން ދޫކުރާ ރަސްމީ ރަޖިސްޓްރީގެ ލިޔުމަކީ، ޝަރީޢަތުން ކަންކަން ސާބިތު
ކުރުމުގެ މުޠުލަޤު ބާރު އެއަށް ލިބިފައިވާ ވަޞީލަތްތަކުގެ ތެރޭގައި ހިމެނޭ ވަޞީލަތެއްކަމާއި އަދި އެފަދަ
ލިޔުމަކީ ޙަޤީޤަތާއި ޚިލާފު ދޮގު (ފޯރޖް) ލިޔުމެއްކަން ނުވަތަ އެނޫން އެހެން ގޮތެއް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކުގެ މަތިން ސާބިތު ނުވާހާ ހިނދަކު އޭގެ ޙުއްޖިއްޔަތު ވެއްޓިގެން ނުދާނޭ ލިޔުމެއް ކަމާއި،
ޔަޤީނީ ޢިލްމު ޙާޞިލު ކުރެވޭ ގޮތަށް ފެންނަން ހުންނަ ޤާނޫނީ ޙުއްޖަތްތައް ބާޠިލުވެގެން
އެފަދަ ޔަޤީނީ ޙުއްޖަތަކުން ކަމާއި، ސަރުކާރުގެ ރަސްމީ އިދާރާތަކަށް ތިމާ އަމިއްލައަށް މަޢުލޫމާތު ދީގެން އެ
މަޢުލޫމާތު ތަކުގެ މައްޗަށް ބިނާކޮށްގެން ހެދޭ ރަސްމީ ލިޔުންތަކަކީ ޔަޤީނީ ޢިލްމު ޙާޞިލު ކުރެވޭ ގޮތަށް
ހުންނަ ޤާނޫނީ ޙުއްޖަތެއް ކަމުގައި ބަލަންޖެހޭ ކަމާއި، އަދި ހަމަ އެހެންމެ ޝަރީޢަތުން ކަންކަން ސާބިތު
ކުރުމުގެ ވަޞީލަތްތަކުގެ ތެރެއިން ކިތާބީ (ޑޮކިއުމެންޓަރީ) ހެއްކާއި ޝަފަހީ އޯރަލް) ހެއްކާއި މި ދެ
ވަޞީލަތުގެ ތެރެއިން، ޝަފަހީ ހެއްކަކީ ކިތާބީ ހެއްކަށް ވުރެ، ސާބިތު ވުމުގެ ބާރުގެ ޙައިޘިއްޔަތުން ބަލި
ވަޞީލަތެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 17/SC-A/2010 ޤަޟިއްޔާގެ
ނުކުތާތަކުގެ 5 ވަނަ ނަންބަރުގެ (ހ) ގައި ފާހަގަކޮށްފައި ވާކަމާއި، ޤާނޫނީ އުޞޫލުތައް ޤާނޫނު
Occ
ދިވެހިޑްޖ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7
2015/HC-A/350
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
occo
24/76 (ހެއްކާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާއިން ކަށަވަރުވާ ކަމާއި، ޔަޤީނީ ޢިލްމު ޙާސިލުކުރެވޭ ގޮތަށް
ފެންނަން ހުންނަ ޤާނޫނީ ޙުއްޖަތްތައް ބާޠިލްވެގެންދާނީ އެފަދަ ޔަޤީން ޙުއްޖަތަކުންކަން އެނގެން އޮތް ހިނދު،
ސ.މީދޫ "ނޫރަންފެހި" އެވެ ކިޔުނު ގޯއްޗާއި އިމާރާތަކީ ސ.މީދޫ ނޫރަންފެހި، އަޖުވަދު ފާއިޒުގެ މިލްކެއް
ކަމުގައި ސ.އަތޮޅު ކޯޓުގެ ނަންބަރު 71/ސޅ765
/
2 ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވާކަން ސަރުކާރުގެ
ރަސްމީ އިދާރާއެއްގައި ރެކޯޑް ކުރެވިފައިވާ ކަމާއި، އެ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ސަރުކާރުގެ އިދާރާއަކުން
ހަދާދީފައިވާ ރަޖިސްޓްރީއަކީ، ޞައްޙަ ރަޖިސްޓްރީއެއް ނޫން ކަމުގައި ދިމާސާ ފާއިޒުގެ ފަރާތުން ބުނާބުނުން
ޝަރުޢީ ހަމަތަކުގެ މަތިން ސާބިތުކޮށް ދޭންޖެހޭނީ ދިލާސާ ފާއިޒަށްކަން އެނގޭއިރު، އެކަން ޝަރީޢަތަށް
ސާބިތުކޮށް ދެވޭފަދަ ހެއްކެއް އަދި ޤަރީނާއެއް ވިޔަސް ދިމާސާ ފާއިޒުގެ ފަރާތުން ހުށަހަޅާފައިނުވާއިރު،
ސ.މީދޫ "ނޫރަންފެހި" އެވެ ކިޔުނު ގޯއްޗާއި އިމާރާތަކީ އަލްމަރްޙޫމް ޢަބްދުﷲ ފާއިޒުގެ މިލްކު
ތަކެތި ކަމަށާއި، އެ ގޯއްޗަށް ހަދާދީފައިވާ ރަޖިސްޓްރީއަކީ ސައްޙަނޫން ލިޔުމެއްކަމަށް ޝަރީޢަތުގެ މަޖިލީހުގައި
ދިރާސާ ފާއިޒުގެ ފަރާތުން ބުނެފައިވާ ބުނުމަކީ ހަމައެކަނި އެ ބުނުމުގެ މައްޗަށް ބިނާކޮށް، ސ.އަތޮޅު ކޯޓުގެ
ނަންބަރު ނަންބަރު 71/ސޅ765
/
2 ޤަޟިއްޔާގެ މައްޗަށް ރިޢާޔަތްކޮށް، މީދޫ ނޫރަންފެހި، އަޖުވަދު ފާއިޒުގެ
ނަން މަތީގައި ސ.މީދޫ އޮފީހުން ހައްދަވައި ދެއްވާފައިވާ އެ އޮފީހުގެ ނަންބަރު 89 "ނޫރަންފެހި" އިމާރާތާއި
ގޯތީގެ ރަޖިސްޓްރީ ސައްޙަ ނޫން ރަޖިސްޓްރީއެއް ކަމުގައި ބަލައި، އެ ރަޖިސްޓްރީއަކީ ބާޠިލް ރަޖިސްޓްރީއެއް
ކަމުގައި ކަނޑައެޅޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނޫންކަން އެނގެން އޮންނަކަމެވެ.
2
4 8ދ
އއ އ
އެންކަމުން، މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ އައްޑުއަތޮ
މީދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/S1C/81 ޤަޟިއްޔާ އެ ކޯޓުން ބައްލަވައި ނިންމަވާފައިވާ
ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ.
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/350
ޙުކުމް
UCO
ދެންފަހެ އިސްވެ ބަޔާން ކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، އައްޑުއަތޮޅު މީދޫ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/S1C/81 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ
ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ
އިއްތިފާޤުން ކަނޑައަޅައި އެގޮތުގެ މަތިން ޙުކުމްކޮށްފީމެވެ.
ހު
ދިވެހިރާއްޖޭގެ
ހައިކޯޓް
*
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv