ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/146 ޤަޟިއްޔާގެ ޙުކުމް
1
2011/HC-A/146
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނުގޮތުގެ ޚުލާސާ
• ޤަޟިއްޔާ ނަންބަރ: 146/HC
-
A/2011
• އިސްތިއުނާފު ކުރިފަރާތް
* ނަން: ބޭންކް އޮފް މޯލްޑިވްސް ޕލކ
ރަޖިސްޓްރީ
ދާއިމީ އެޑްރެސް:
މިހާރުގެ އެޑްރެސް:
:
• އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: އަޙްމަދު ސަޢީދު
އައިޑީ ކާޑު ނަންބަރ A027038
ދާއިމީ އެޑްރެސް: މއ. ސީގަލް
މިހާރުގެ އެޑްރެސް: މޫސުން / ކ.ކާށިދޫ
::
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 11 ރަޖަބު 1432
13 ޖޫން
ނިމުނު ތާރީޚް: 11 ޝައްވާލް 1433
01 ޖުލައި 2012
2011
0
0
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/Cv-C/1496
ނިންމިކޯޓް: ސިވިލްކޯޓު
ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
ހުށަހެޅުނު ތާރީޚް: 24 ނޮވެމްބަރ 2010 ނިމުނު ތާރީޚް: 31 ޖެނުއަރީ 2011
0
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
އިސްފަނޑިޔާރު އަޙްމަދު ޝަރީފު ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހިމް
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
2
211/HC-A/146
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
28
ދައުވާގެ ޚުލާޞާ
މިއީ، ސިވިލްކޯޓުގެ ނަންބަރު 2010/Cv
-
C/1496 ޤަޟިއްޔާ، ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި ބޭންކް އޮފް މޯލްޑިވްސް ޕލކގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، ދައުވާ ރައްދުވާ ފަރާތަކީ ސީގަލް، އަޙްމަދު ސަޢީދުއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01- ސިވިލްކޯޓުގެ ނަންބަރު 2010/Cv-C/1496 ޤަޟިއްޔާ އެކޯޓުން ބައްލަވާ ނިންމަވާފައިވާ
ނިންމެވުމަކީ އިންޞާފުވެރި ނިންމުމެއް ނޫންކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ބޭންކް އޮފް
މޯލްޑިވްސް ޕލކގެ ފަރާތުން ހުށަހަޅާފައިވެއެވެ.
02- ސިވިލްކޯޓުގެ ނަންބަރު 2010/Cv-C/1496 ޤަޟިއްޔާ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް
ބެލިއިރު، އެޤަޟިއްޔާއަކީ ބޭންކް އޮފް މޯލްޑިވްސް ޕލކ އިން މއ. ސީގަލް | މާލެ، އަޙްމަދު ސަޢީދު
ދޫކޮށްފައިވާ ވިސާ ކްރެޑިޓް ކާޑު ބޭނުންކޮށްފައިވާ ހިނދު، އެފަރާތުން އެއްބަސްވެފައިވާގޮތަށް ފައިސާ
ދައްކާފައިނުވާތީ، މިމުޢާމަލާތާއި ގުޅިގެން ދައްކަންޖެހޭ އެންމެހާ ފައިސާ، އިންޓްރަސްޓާއި ޖުރުމަނާގެ
ފައިސާއާއި އެކުގައި އެއްފަހަރާ ލިބިގަތުމަށްއެދި ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑުން ދަޢުވާކުރުމުން
ބެލުނު ޤަޟިއްޔާއެއްކަން އެނގޭކަމާއި،
އެޤަޟިއްޔާ ނިންމަވާފައިވަނީ "ދެންފަހެ، ބޭންކް އޮފް މޯލްޑިވްސް ޕލކ އިން،
މާލެ، (މއ.އަމީލީހިޔާ 02 ވަނަ ފްލޯރ) އަޙްމަދު ސަޢީދު (އައިޑީކާޑް ނަންބަރ: A027038) އަށް
ދޫކޮށްފައިވާ ވިސާ ކްރެޑިޓް ކާޑް ބޭނުންކޮށް، "ޝެޑިއުލް އޮފް ޗާޖަސް" ގައިވާ ގޮތުގެ މަތިން ފައިސާ
ދައްކާފައިނުވާކަން ދަޢުވާލިބުނު އަޙްމަދު ސަޢީދުގެ އިޢުތިރާފުންނާއި ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް
ސާބިތުވާކަމަށް ކަނޑައަޅައި، މިމުޢާމަލާތާއި ގުޅިގެން 30 ޖެނުއަރީ 2011 ގެ ނިޔަލަށް 892.00$$U
(އަށްސަތޭކަ ނުވަދިހަ ދޭއް) ޔޫ.އެސް ޑޮލަރު ދައްކަންޖެހި ނުދެއްކިއޮތްކަން ބޭންކް އޮފް މޯލްޑިވްސް ޕޮލިކީ
އިން ހުށަހަޅާފައިވާ ސްޓޭޓްމަންޓުން
އެނގެން އޮތުމުން،
މިފައިސާ ދަޢުވާކުރާ ބޭންކް އޮފް މޯލްޑިވްސް
ސީގަލް
އްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
27 428
3
2011/HC-A/146
އަށް
ދުން0ނ.88އ
ދައްކައި
01 2 3 4
4
ހއ 29
. COCO
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ޓަކައި 2011 އޭޕްރީލް މަހުގެ ނިޔަލަށް ބޭންކް އޮފް މޯލްޑިވްސް ޕލކ
ޚަލާޞްކުރުމަށް ދަޢުވާލިބުނު އަޙްމަދު ސައީދަށް އަންގައި ޙުކުމްކޮށް، އަދި
ބޭންކް އޮފް މޯލްޑިވްސް ޕލކގެ މިދަޢުވާގައި އަޙްމަދު ސަޢީދަށް ދޫކުރި ވިސާ ކްރެޑިޓް ކާޑުގެ
ފައިސާއާއި، ސާރވިސް ޗާޖާއި ޖުރުމަނާގެ ފައިސާ އަދި ވިސާ ކްރެޑިޓް ކާޑުގެ ބޭންކް އޮފް މޯލްޑިވްސް
ވިސާ މާސްޓަރ ކާޑް ހޯލްޑަރ އެގްރީމެންޓް" ގައި ބަޔާންކުރެވެވިފައިވާ މާއްދާތަކާއި ޚިލާފްވުމުގެ ސަބަބުން
މިއެގްރީމެންޓުގެ 12 ވަނަ މާއްދާގެ ދަށުން ޤާނޫނީ ފިޔަވަޅު އެޅުމާއި ގުޅިގެން ހިނގާ ހުރިހާ ޚަރަދުތަކަކާއި،
ދޭންޖެހޭ ފީއަކީ، ދަޢުވާލި ބޭންކަށް ދައްކަންޖެހޭ ފައިސާއެއްކަމަށް
ކަމަށް ކަނޑައަޅައި ދިނުމަށް އެދިފައިވީ
ނަމަވެސް،
ދެފަރާތަށް މައްސަލަ ޙައްލުނުކުރެވިއްޖެނަމަ، ޝަރީޢަތުގެ މަރުޙަލާއާއި ހިސާބުން އެއްބަސްވުން ނިމުމަކަށް
އަންނާނެކަމާއި، އަދި ދެފަރާތުގެ އިލްތިޒާމްތައްވެސް ދެމި އޮންނާނީ، އެމުއްދަތަށްކަމާއި، އެހެންކަމުން
މިދެފަރާތުގެ މެދުގައި ވެވިފައިވާ އެއްބަސްވުން މިއަދުން (31 ޖެނުއަރީ 2011) ފެށިގެން ނިމުމަކަށް
އައިސްފައިވާކަމަށް ކަނޑައަޅައި، މިއެއްބަސްވުން ނިމުމަކަށް އައުމަށްފަހު އެއެއްބަސްވުމުގެ ދަށުން
މުސްތަޤުބަލުގައި ހިނގާނެކަންކަމަށް ސާރވިސް ޗާޖާއި ޖުރުމަނާގެ ފައިސާއާއި އަދި އެނޫންވެސް ފައިސާއެއް
ލިބިގަތުމަށް ދަޢުވާކުރުމުގެ ޙައްޤު ޝަރުޢީގޮތުން ދަޢުވާކުރާ ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ލިބިގެން
ނުވާކަމަށާއި، އަދި މިފަދަ މާއްދާއެއް "ކާޑް މެމްބަރުންގެ މާއްދާތަކާއި އެއްބަސްވުމުގައި
ހިމެނިފައި އޮތްނަމަވެސް އެމާއްދާއެއްވާނީ އެއަށް ޢަމަލުކުރަންނުޖެހޭ ބާޠިލް މާއްދާއެއްކަމަށް ކަނޑައަޅައި
ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.
ޝަރުތުތައް"
03- ސިވިލްކޯޓުގެ ނަންބަރު 2010/Cv-C/1496 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނުވާކަމަށް ބުނެ ބޭންކް އޮފް މޯލްޑިވްސް ޕލކގެ ފަރާތުން 04 (ހަތަރު)
ނުކުތާއެއް ހުށައަޅާ އެނުކުތާތަކާއި ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ، ބޭންކް އޮފް މޯލްޑިވްސް ޕލކ އާއި އަޙްމަދު ސަޢީދާއި ދެމެދު
އެއްބަސްވެފައިވާ އޮފް މޯލްޑިވްސް ވިސާ | މާސްޓަރ ކާޑު ކާޑްހޯލްޑަރ އެގްރީމެ
އްޖޭގެ
iޑ 8
8
!ބޭނޭ ކޮ
ވެރމެންޓް"
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
4
هل2
8
211/HC-A/146
Ox
8
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
7.4 އަށް ރިޢާޔަތް ނުކުރައްވާ އަޙްމަދު ސަޢީދުގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ދައްކަންޖެހޭ
ފައިސާ 30 ޖެނުއަރީ 2011ގެ ނިޔަލަށް ދަށުކޯޓުން ފިކްސް ކުރައްވާފައިވަނީ، ޤާނޫނު ނަންބަރު: 4/91
(ކޮންޓްރެކްޓާބެހޭ ޤާނޫނު)ގެ 19 ވަނަ މާއްދާގެ (ހ) އަދި 20 ވަނަ މާއްދާގެ (ހ) އާ ޚިލާފަށްކަމަށް ބުނެ
ހުށަހެޅި
884
#
(ށ) ދެވަނަ ނުކުތާއަކީ: އޮފް މޯލްޑިވްސް ޕލކ އާއި އަޙްމަދު ސަޢީދާއި ދެމެދު
އެއްބަސްވެފައިވާ ބޭންކް އޮފް މޯލްޑިވްސް ވިސާ | މާސްޓަރ ކާޑު ކާޑްހޯލްޑަރ އެގްރީމެންޓް" ގެ 7.4 އަށް
ރިޢާޔަތް ނުކުރައްވާ ޝަރީޢަތުގެ މަރްޙަލާއާ ހިސާބުން އެއްބަސްވުން ނިމުމަކަށް އަންނާނެކަމާއި އަދި ދެފަރާތުގެ
އިލްތިޒާމްތައްވެސް ދެމިއޮންނާނީ އެމުއްދަތަށްކަމަށް ދަށުކޯޓުން ކަނޑައަޅުއްވާފައިވަނީ، ޤާނޫނު ނަންބަރ:
4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު)ގެ 19 ވަނަ މާއްދާގެ (ހ) އަދި 20 ވަނަ މާއްދާގެ (ހ) އާ ޚިލާފަށްކަމަށް
ބުނެ ހުށަހެޅި ނުކުތާ.
(ނ) ތިންވަނަ ނުކުތާއަކީ: އެއްބަސްވުން ނިމުމަކަށް އައުމަށްފަހު އެއެއްބަސްވުމުގެ ދަށުން
މުސްތަޤުބަލްގައި ހިނގާނެކަންކަމަށް ސަރވިސް ޗާޖާއި ޖުރުމަނާ ފައިސާ އަދި އެނޫންވެސް ފައިސާއެއް
ލިބިގަތުމަށް ދަޢުވާކުރުމުގެ ޙައްޤު ޝަރުޢީގޮތުން ބޭންކް އޮފް މޯލްޑިވްސް ޕލކއަށް ލިބިގެންނުވާކަމަށް
ދަށުކޯޓުން ކަނޑައަޅުއްވާފައިވަނީ، ޤާނޫނު ނަންބަރ 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ ދަށުން ބޭންކް އޮފް
މޯލްޑިވްސް ޕލކ އާއި އަޙްމަދު ސަޢީދުއާ ދެމެދު ޤާނޫނީގޮތުން ބަނދެވިފައިވާ ކޮންޓްރެކް 7.4 އަށް
ރިޢާޔަތް ނުކުރައްވައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާ ޚިލާފަށް ކަމަށް
ބުނެ ހުށަހެޅި ނުކުތާ.
COOCOOX
(ދ) ހަތަރުވަނަ ނުކުތާއަކީ: ބޭންކް އޮފް މޯލްޑިވްސް ޕލކ އިން ދަޢުވާގައި އެދިފައިވާ އަޙްމަދު
ސަޢީދަށް ދޫކުރި ވިސާ ކްރެޑިޓް ކާޑުގެ ފައިސާއާއި، ސަރވިސް ޗާޖާއި ޖުރުމަނާގެ ފައިސާ އަދި "ބޭންކް އޮފް
މޯލްޑިވްސް ވިސާ | މާސްޓަރ ކާޑު ކާޑްހޯލްޑަރ އެގްރީމެންޓް" ގައި ބަޔާކޮށްފައިވާ މާއްދާތަކާ އަޙްމަދު
ސަޢީދު ޚިލާފުވުމާ ގުޅިގެން އެއްބަސްވުމުގެ 12 ވަނަ މާއްދާގެ ދަށުން ޤާނޫނީ ފިޔަވަޅު އެޅުމާއި ގުޅިގެން
ހިނގާ ހުރިހާ ޚަރަދުތަކާއި ދޭންޖެހޭ ފީ،
31 ޖެނުއަރީ 2011 އިން ކުރިއަށް ނަގައިނުދެވޭނޭ ކަމަށް އިންޓްގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
، eޖީ
5
2011/HC-A/146
33ތ މ ގތ މ ފ
ޙުކުމްކުރައްވާފައި
އއ.
24
34
8=
مه سربسرامي
އެއްޗަކަށްވީހިނދު، އަދި ބޭންކްގެ ދަޢުވާގައި އިތުރަށް އަރަމުންދާ އިންޓްރެސްޓާއި، ޖުރުމަނާގެ ފައިސާވެޑީޖޭގެ ހައި
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ކޯޓުން ވެފައިވަނީ، ސިވިލް ކޯޓުގައި އެއްސީޣާއެއްގައި ހުށަހެޅި ޙުކުމް ކުރައްވާފައިވާ މިފަދަ އެހެން،
މައްސަލަތަކަށް
ތަކަށް އެއްވެސް ގޮތަކަށް ރިޢާޔަތް ނުކުރައްވާ އަދި މިފަދަ މައްސަލަތަކުގައި ދިވެހިރާއްޖޭގެ ހައިކޯޓުން
ކަނޑައަޅުއްވާފައިވާ ޤާއިދާއަށް ބެއްލެވުމެއްނެތި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ
މާއްދާގެ (ރ) އާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ.
04- ސިވިލްކޯޓުގެ ނަންބަރު 2010/Cv-C/1496 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށާއި
އިސްތިޢުނާފު ކުރުމަށް ބޭންކް އޮފް މޯލްޑިވްސް ޕލކގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، ސީގަލް،
އަޙްމަދު ސަޢީދުގެ ފަރާތުން ދެއްކި ވާހަކައަށާއި މައްސަލައާއި ގުޅުންހުރި ލިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި
ޤާނޫނީ ނަޒަރުން ބަލާއިރު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް
ފާހަގަކުރެވިފައިވެއެވެ.
(ހ) ވިސާ ކްރެޑިޓް އިންކޮށް "ޝެޑިއުލް އޮފް ޗާޖަސް" ގައިވާ ގޮތުގެ މަތިން ދައްކަން ޖެހޭ
ފައިސާއަކީ އެފަރާތުން ދައްކަންޖެހޭ ފައިސާއެއްކަމާއި، އަދި އެފައިސާ މިހާރުވެސް ދައްކަމުންދާ ކަމަށާއި
އެފައިސާ ދައްކަން އެއްބަސްވެފައިވާކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައުވާ ރައްދުވާ
ފަރާތްކަމުގައިވާ އަޙްމަދު ސަޢީދު ދީފައިވާ ބަޔާނުން އެނގެން އޮންނަކަން.
(ނ) ސިވިލްކޯޓުގެ ނަންބަރ 2010/Cv-C/1496 ޤަޟިއްޔާގައި ބޭންކް އޮފް މޯލްޑިވްސް (ޕީލކ)
އިން ކުޅަ މިދަޢުވާގައި އަރަމުންދާ އިންޓްރަސްޓާއި ޖުރުމަނާގެ ފައިސާ ހޯދުމަށް ދަޢުވާކޮށްފައިވާއިރު،
އެޤަޟިއްޔާގެ ޙުކުމުގައި 31 ޖެނުއަރީ 2011 އިން ފެށިގެން ކުރިއަށް ހިނގަމުންދާ ސާރވިސް ޗާޖާއި
ޖުރުމަނާގެ ފައިސާއާއި އަދި އެނޫންވެސް ފައިސާއެއް ލިބިގަތުމަށް ދައުވާކުރުމުގެ ޙައްޤަކީ ބޭންކް އޮފް
މޯލްޑިވްސް ޕލކއަށް ލިބިގެން ނުވާ ޙައްޤެއްކަމަށް އެޤަޟިއްޔާގައި ފާހަގަކޮށްފައިވާއިރު މީގެކުރީގައި މިކޯޓަށް
ހުށަހެޅިފައިވާ މިބާވަތުގެ މައްސަލަތައް އިސްތިޢުނާފުކޮށް ބެލުމަށްފަހު ބޭންކުން އެދިފައިވާ ގޮތުގެމަތިން
" ޝެޑިއުލް އޮފް ޗާޖަސް އަދި ކާޑް މެމްބަރ ޓަރމްސް އެންޑް ކޮންޑިޝަންސް" ގެ ދަށުން އިތުރަށް
އަރަމުންދާ
ންދާ އިންޓްރެސްޓާއި ޖުރުމަނާއަކީ ކާޑްގެ ވެރިފަރާތުން ބޭންކަށް ދައްކަން އެއްބަސްވެފައިވާ
ހިމަނައިގެން ދަޢުވާ އުފުލާފައިވުމުން، އެމައްސަލަތައް ހައިކޯޓުން ނިންމަވާފައިވާކަމާއި، މިގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
211/HC-A/146
OCX
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ނަންބަރު 125/HC-A/2008 އަދި 08/HC-A/2009 ޤަޟިއްޔާއިން ފާހަގަކުރެވޭކަމާއި، އިންޓްރެސްޓާއި
ޖުރުމަނާގެ ފައިސާއާމެދު ގޮތެއް ކަނޑައަޅައި ވަކި މަޞްދައުއެއް މިކަމުގައި ޤާއިމްކޮށް ދަށުކޯޓުން ކުރައްވާފައިވާ
ޙުކުމަށް ބަދަލު ގެންނަންޖެހޭކަމަށް ކަނޑައަޅާފައިވުމުން ހައިކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލުކުރެވެނީ މިކޯޓުން
ކަނޑައަޅާފައިވާ މަޞްދައުއާއި އެއްގޮތަށް އެއްބާވަތުގެ އެއްކަހަލަ މައްސަލާގައި ކޯޓުން ޢަމަލުކުރަންޖެހޭ
އުޞޫލުގެ މަތިން މިމައްސަލާގައިވެސް ޢަމަލުކުރަންޖެހޭކަމަށް.
9އ
ވީމާ، ސިވިލްކޯޓުގެ ނަންބަރ 2010/Cv-C/1496 ޤަޟިއްޔާގެ ޙުކުމުގައި ސީގަލް،
އަޙްމަދު ސަޢީދު 31 ޖެނުއަރީ 2011 ދުވަހުގެ ނިޔަލަށް ދައްކަންޖެހޭ 892.00$$U(އަށްސަތޭކަ ނުވަދިހަ
ދޭއް) ޔޫ.އެސް.ޑޮލަރގެ އިތުރަށް "ޝެޑިއުލް އޮފް ޗާޖަސް" އާއި "ކާރޑްމެމްބަރ ޓާރމްސް އެންޑް
ކޮންޑިޝަންސް" ގައިވާ ގޮތުގެ މަތިން އެތާރީޚުގެ ފަހުން އަރަމުންދާ އިންޓްރަސްޓާއި ޖުރުމަނާގެ ފައިސާއަކީ
އަޙްމަދު ސަޢީދު މއ.ސީގަލް، ބޭންކް އޮފް މޯލްޑިވްސް ޕލކއަށް ދައްކަންޖެހޭ ފައިސާއެއްކަމަށް މިމައްސަލަ
ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.
cuo
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv