ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2007/HC-A/210 ޤަޟިއްޔާގެ ޙުކުމް
1
2007/HC-A/210
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރ: 210/HC
-
A/2007
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ޔުނިމެންކްސް މޯލްޑިވްސް ޕވޓ ލޓޑ
*
*
* މިހާރުގެ އެޑްރެސް:
ވަކީލު
• އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ބޭންކް އޮފް މޯލްޑިވްސް ޕލކ
އައިޑީ ކާޑު ނަންބަރ.
މިހާރުގެ އެޑްރެސް:
ހުށަހެޅުނު ތާރީޚް: 28/10/2007
ނިމުނު ތާރީޚް: 28/04/2010
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2006/MC/1568
ނިންމެވިކޯޓް: މަދަނީކޯޓް
• ޤަޟިއްޔާގެ ބާވަތް: ފައިސާހޯދުން
ހުށަހެޅުނުތާރީޚް: 09/10/2006
ނިމުނު ތާރީޚް: 30/07/2007
*
ވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ ތިންނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2
2007/HC-A/210
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
94
/4ވ
މިއީ، މަދަނީކޯޓްގެ ނަންބަރު 2006/MC/1568 ގެ ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ
ގޮތާމެދު ހިތްހަމަނުޖެހޭކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި ޔުނިމެކްސް
މޯލްޑިވްސް ޕްރައިވެޓް ލިމިޓަޑް ނިއުވެލީ ނިކަގަސްމަގު، މާލެ ގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ.
34
ނަންތައް
0
ފާހަގަކުރެވުނު ނުކު
މިމައްސަލައާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޔުނިމެކްސް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑްއާއި އަދި ޔުނިމެކްސްގެ މިއިސްތިއުނާފް ދަޢުވާ، ރަށްދުވާ ބޭންކް އޮފް
މޯލްޑިވްސްއާއި މިދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި މަދަނީކޯޓްގެ ނަންބަރު 2006/MC/1568
ގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓާއި އެރިޕޯޓާއެކުގައިވާ ލިޔެކިޔުން ތަކަށާއި އަދި
މިމައްސަލައާގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ، މިމައްސަލައާ ގުޅޭ ލިޔެކިޔުންތަކުގެ މައްޗަށް
ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
• ފުރަތަމަކަމަކީ، މަދަނީކޯޓުގެ ނަންބަރު 2006/MC/1568 ގެ ޤަޟިއްޔާގައި
ޔުނިމެކްސް މޯލްޑިވްސްގެ ފަރާތުންކޮށްފައިވާ ދަޢުވާއަށް ޖަވާބުދާރީ ވުމުގެ ގޮތުން އެޤަޟިއްޔާގައި
ދަޢުވާލިބުނު ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން އެޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ
ބަޔާންތަކަށްބަލާއިރު، ޔުނިމެކްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ބޭންކް އޮފް މޯލްޑިވްސްއަށް
ދައްކަންޖެހި ނުދެއްކިވާ ފައިސާވާކަމަށް ޔުނިމެކްސް އިން ތަކުރާރުކޮށް އިޢުރިތާފުވެފައިވާކަމަށާއި
ޔުނިމެކްސްއިން ބޭންކް އޮފް މޯލްޑިވްސްގައި ޖަމާކުރާ ފައިސާ ޔުނިމެކްސްގެ ދަރަނި
ކުޑަކުރުމަށްޓަކައި އަޅާކެނޑުމުގެ ("ސެޓްއޮފް" ކުރުމުގެ) ޙައްޤު ބޭންކަށް ލިބިގެންވާކަމަށާއި
މިގޮތުން ބޭންކުން އަޅާކެނޑި ފައިސާއަކީ،ޔުނިމެކްސްއިން ބޭންކަށް ދައްކަންޖެހޭ ފައިސާ އަކުން
އަޅާކެނޑި ފައިސާއެއްކަމަށް ޔުނިމެކްސްއިންވެސް ތަކުރާރުކޮށް ބަޔާންކޮށްފައިވާކަމަށާއި، ބޭންކްގެ
ފަރާތުން އެއްވެސް އިހުމާލެއް، ކުށެއް، މަކަރުވެރިކަމެއް، ބިރުދެއްކުމެއް ނުވަތަ ޔުނިމެކްސްގެ
ދަޢުވާގައި ބަޔާންކޮށްފައިވާފަދަ އެއްވެސް ނުބައި ޢަމަލެއް ކޮށްފައި ނުވާނެކަމަށާއި، ޔުނިމެކްސްގެ
o ou
0
00c
ވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ ތިންނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.higlhcourt.gov.mv
3
2007/HC-A/210
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މިދަޢުވާއަށް އިންކާރު ކުރާކަމަށާއި، އަދި އެއްވެސް ބަދަލެއް ދޭންޖެހޭނެކަމަށް ބޭންކުން
ނުދެކޭކަމަށް އެބަޔާނުގައި ބޭންކް އޮފް މޯލްޑިވްސް އިން ބުނެފައިވާކަން އެނގެން އޮންނަ އޮތުމެވެ.
8
769487.50
2 20
ހ 0
• ދެވަނަކަމަކީ، މިމައްސަލައާ ގުޅިގެން ދެފަރާތުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަ
ތަކަށް ބަލާއިރު، ބޭންކް އޮފް މޯލްޑިވްސްގައިވާ ޔުނިމެކްސްގެ އެކައުންޓަށް ޖަމާކުރެވުނު ފައިސާގެ
ތެރެއިން ޔުނިމެކްސްއަށް ދޫނުކޮށް ބޭންކް އޮފް މޯލްޑިވެސް އިން ހިފެހެއްޓިކަމަށް މަދަނީ ކޯޓް
ނަންބަރ 2006/MC/1568 ގެ ޤަޟިއްޔާގެ ދަޢުވާގައި ޔުނިމެކްސްއިން ބުނެފައިވާ
ރ (ހަތްލައްކަ ފަސްދޮޅަސް ނުވަހާސް ހަތަރުސަތޭކަ އަށްޑިހަ ހަތްރުފިޔާ
ފަންސާސް ލާރި) އަކީ، އެބޭންކަށް ޔުނިމެކްސް މޯލްޑިވެސްއިން ދައްކަންޖެހިފައިވާ ފައިސާއެއްގެ
ބަދަލުގައި އެބޭންކުން ހިފަހައްޓާފައިވާ ފައިސާއެއްކަން މިމައްސަލައާއި ގުޅިގެން ދެފަރާތުން
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް ބެލުމުން އެނގެން އޮންނަ އޮތުމެވެ.
ތިންވަނަކަމަކީ، މަދަނީ ކޯޓްގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގައި
ޔުނިމެކްސްއިން ކޮށްފައިވާ ދަޢުވާގެ މައްސަލައިގައި ކަންހިގާފައިވާ ގޮތުގެ ތަފްސީލުގެ"
އެއްވަނަބައި" ގެ
88 ވަނަ ނަންބަރުގައި ޔުނިމެކްސް އިން ދައްކާފައިވާ ވާހަކަތަކަށް
ބަލާއިރު، ޑިފެންސް މިނިސްޓްރީއިން ޔުނިމެކްސްއަށް ދޫކުރިފައިސާ ބޭންކް އޮފް މޯލްޑިވްސްގައި
ޖަމާކުރި ކުރުމަކީ ބޭންކް އޮފް މޯލްޑިވްސްއަށް ޔުނިމެކްސްއިން ދައްކަންޖެހޭ ފައިސާ ދައްކަން
އުޅުނު ކަމުގެ ރަނގަޅު ހެއްކަކަށް ފުދިދާނެ މުހިންމު ހެއްކެއް ކަމަށް
އެވާހަކަތަކުގައި
ޔުނިމެކްސްގެ ފަރާތުން ބުނެފައިވާކަން އެނގެން އޮތުމުން ޔުނިޓެކްސްގެ މިދަޢުވާގައި، ބޭންކް އޮފް
މޯލްޑިވްސްއިން ހިފެހެއްޓިކަމަށް ބުނެފައިވާ ފައިސާ ހިމެނުނު، ޑިފެންސްމިނިސްޓްރީއިން ބޭންކް
އޮފް މޯލްޑިވެސް ގައިވާ ޔުނިމެކްސްގެ އެކައުންޓަށް ޖަމާކުރިކަމަށް ޔުނިމެކްސްއިން ބުނާ ފައިސާ
އެއެކައުންޓްގައި ޔުނިމެކްސްއިން ޖަމާކުރީ އެބޭންކަށް ޔުނިމެކްސްއިން ދައްކަންޖެހޭ ފައިސާ
އެބޭންކަށް ދެއްކުމުގެ މަޤުޞަދުގައިކަން ޔުނިމެކްސްގެ ފަރާތުން ދައްކާފައިވާ މިވާހަކައިންވެސް
އެނގެން އޮންނައޮތުމެވެ.
ހަތަރުވަނަ ކަމަކީ، މަދަނީ ކޯޓްގެ ނަންބަރު 2006/MC/1568 ގެ
ޤަޟިއްޔާގައި ޔުނިމެކްސްއިން ކޮށްފައިވާ ދަޢުވާގައި ބޭންކް އޮފް މޯލްޑިވްސްގެ ކިބައިން
0
0 ހ 43 ·
co
ވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ ތިންނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.higlhcourt.gov.mv
2007/HC-A/210
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ލިބިދިނުމަށް ޔުނިމެކްސްއިން އެދިފައިވާ ފައިސާއަކީ، އެބޭންކްގައިވާ ޔުނިމެކްސްގެ އެކައުންޓަށް
ޑިފެންސް މިނިސްޓްރީއިން ޖަމާކޮށްދިން ފައިސާގެތެރެއިން 769487/50 (ހަތްލައްކަ
ފަސްދޮޅަސް ނުވަހާސް ހަތަރުސަތޭކަ އަށްޑިހަ ހަތްރުފިޔާ | ފަންސާސް ލާރި) ޔުނިމެކްސްއަށް
ދޫނުކޮށް އެފައިސާ އެބޭންކުން ހިފެހެއްޓުމުގެ ސަބަބުން ޔުނިމެކްސްއަށް ލިބުނު ގެއްލުމުގެ ބަދަލުގެ
ގޮތުގައި ޔުނިމެކްސްއިން ދަޢުވާކޮށްފައިވާ ފައިސާއެއްކަން މައްސަލައާ ގުޅިގެން ޔުނިމެކްސްގެ
ފަރާތުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނައިރު، އެބޭންކްގައިވާ
ޔުނިމެކްސްގެ އެކައުންޓަށް ޑިފެންސް މިނިސްޓްރީއިން ޖަމާކުރިކަމަށް ޔުނިމެކްސްއިން ބުނާ
ފައިސާގެ ތެރެއިން ޔުނިމެކްސްއަށް ދޫނުކޮށް ހިފެހެއްޓިކަމަށް ޔުނިމެކްސްއިން ބުނާ 769487/50
ރ. (ހަތްލައްކަ ފަސްދޮޅަސް ނުވަހާސް ހަތަރުސަތޭކަ އަށްޑިހަ ހަތްރުފިޔާ | ފަންސާސް ލާރި)
އިސްވެ އިޝާރާތްކުރެވުނު މަދަނީކޯޓުގެ ޤަޟިއްޔާގައި ބޭންކް އޮފް މޯލްޑިވްސްގެ ކިބައިން
ލިބިދިނުމަށް ޔުނިމެކްއިން އެދިފައިވާ ފައިސާގެ ތެރޭގައި ހިމެނިފައިނުވާ ސަބަބު ބަޔާންކުރަމުން
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޔުނިމެކްސްއިން ދައްކާފައިވާ ވާހަކަތަކަށްބަލާއިރު
ޔުނިމެކްސްގެ މިދަޢުވާގައި ދަޢުވާ ކޮށްފައިވާ ފައިސާތަކުގެ ލިސްޓްގައި މިދަޢުވާގައި ބޭންކް އޮފް
މޯލްޑިވްސްއިން ހިފެހެއްޓިކަމަށް ބުނެފައިވާ ފައިސާ، މިދަޢުވާގައި ހިމަނާފައިނުވަނީ އެފައިސާއަކީ
ޔުނިމެކްސް މޯލްޑިވްސްއިން ބޭންކް އޮފް މޯލްޑިވްސްއަށް ދޭންޖެހޭ ފައިސާއެއްކަމަށް ޔުނިމެކްސް
މޯލްޑިވްސްއިން ޤަބޫލުކުރާތީކަމަށާއި އަދި ބޭންކް އޮފް މޯލްޑިވްސްއިން މިފައިސާ ހިފެހެއްޓި
ހިފެހެއްޓުމަކީ އެބޭންކަށް ޔުނިމެކްސް މޯލްޑިވްސްއިން ދައްކަންޖެހޭ ޢަދަދު ކަވަރުކުރުމުގެ ގޮތުން
ބޭންކް އޮފް މޯލްޑިވްސްއިން ހިފެހެއްޓި ހިފެހެއްޓުމެއްކަމަށްވާތީ އިސްތިއުނާފު މިކުރެވޭ މަދަނީ
ކޯޓްގެ ޤަޟިއްޔާގެ ދަޢުވާގެ ތެރޭގައި ހިމެނިފައިވާ ފައިސާގެ ތެރޭގައި ބޭންކުން ހިފެހެއްޓި ފައިސާ
ނުހިމެނީ ކަމަށް ޔުނިމެކްސް މޯލްޑިވްސްގެ ފަރާތުން އެވާހަކަތަކުގައި ޞަރީޙަބަހުން ބުނެފައިވާކަން
އެނގެން އޮތުމުން އިސްވެ އިޝާރާތްކުރެވުނު މަދަނީކޯޓުގެ ޤަޟިއްޔާގައި ޔުނިމެކްސްއިން ކޮށްފައިވާ
ދަޢުވާގައި ބޭންކް އޮފް މޯލްޑިވްސްއިން ލިބިދިނުމަށް އެދި ފައިވާ ފައިސާގެ ތެރޭގައި އެބޭންކުން
ޔުނިމެކްސްއަށް ލިބިނުދީ ހިފެހެއްޓިކަމަށް ބުނެވުނު ޤަޟިއްޔާގެ ދަޢުވާގައި ޔުނިމެކްސްއިން
ބުނެފައިވާ 769487/50 ރ ( ހަތްލައްކަ ފަސްދޮޅަސް ނުވަހާސް ހަތަރު ސަތޭކަ އައްޑިހަ ހަތް
ރުފިޔާ ފަންސާސް ލާރި ) ޔުނިމެކްސްއިން ހިމަނާފައި ނެތް ނެތުމަކީ އެފައިސާއަކީ އެބޭންކަށް
00c
ވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ ތިންނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.higlhcourt.gov.mv
5
2007/HC-A/210
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0 0
o out
404
02
ޔުނިމެކްސްއިން ދައްކަންޖެހޭ ފައިސާ ކަވަރު ކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސްއިން
ހިފެހެއްޓި ހިފެހެއްޓުމެއްކަމަށް ޔުނިމެކްސްއިން ރުހިޤަބޫލުވާކަން ފާޅުކަންބޮޑު ގޮތެއްގައި ހާމަކޮށްދޭ
ކަމެއްކަން އެނގެން އޮންނަ އޮތުމެވެ.
ފަސްވަނަ ކަމަކީ އިސްވެބަޔާން ކުރެވުނު ގޮތުގެމަތީން އިސްތިއުނާފު މިކުރެވޭ
މަދަނީކޯޓުގެ ޤަޟިއްޔާގައި ޔުނިމެކްސް އިން ކޮށްފައިވާ ދަޢުވާގައި ބޭންކް އޮފް މޯލްޑިވްސްގައިވާ
ޔުނިމެކްސް މޯލްޑިވްސްގެ އެކައުންޓަށް ޑިފެންސް މިނިސްޓްރީ އިން ޖަމާކުރިކަމަށްބުނާ ފައިސާގެ
ތެރެއިން ޔުނިމެކްސްއަށް ދޫނުކޮށް ބޭންކް އޮފް މޯލްޑިވްސް އިން ހިފެހެއްޓިކަމަށް ބުނެފައިވާ
769487/50 ރ ( ހަތްލައްކަ ފަސްދޮޅަސް ނުވަހާސް ހަތަރު ސަތޭކަ އައްޑިހަ ހަތް ރުފިޔާ
ފަންސާސް ލާރި ) ޔުނިމެކްސްއިން ހިމަނާފައި ނެތް ނެތުމަކީ، އެފައިސާއަކީ އެބޭންކަށް
ޔުނިމެކްސްއިން ދައްކަން ޖެހޭ ފައިސާ ކަވަރު ކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން
ހިފެހެއްޓި ހިފެހެއްޓުމެއްކަމަށް ޔުނިމެކްސްއިން ރުހި ޤަބޫލުވާކަން ފާޅުކަންބޮޑު ގޮތެއްގައި ހާމަކޮށްދޭ
ކަމެއްކަން އެނގެން އޮންނާތީއާއި، އަދި އެބޭންކްއިން މިހިފެހެއްޓި ފައިސާއެ ބޭންކްގެ ކިބައިން
ހޯދުމަށް ބުނެވުނު ޤަޟިއްޔާގައި ޔުނިމެކްސް އިން ދަޢުވާނުކޮށް ދޫކޮށްލި ދޫކޮށްލުމަކީ، އެފައިސާ
ޔުނިމެކްސް އަށް ދޫނޮކޮށް ބޭންކްއިން ހިފެހެއްޓި ހިފެހެއްޓުމާއިމެދު ޔުނިމެކްސް އިން ރުހި
ޤަބޫލްވާކަން ޔުނިމެކްސްއިން މިޢަމަލުކުރިގޮތުން ސާބިތުވާކަމެއްކަން އެނގެން އޮތުމުން ބޭންކް އޮފް
މޯލްޑިވްސްއަށް ޔުނިމެކްސްއިން ދައްކަން ޖެހިފައިވާ ފައިސާ ކަވަރު ކުރުމުގެ ގޮތުން އެބޭންކްގައިވާ
ޔުނިމެކްސްގެ އެކައުންޓަށް ޖަމާކުރެވުނު ފައިސާގެ ތެރެއިން އެބޭންކުން ޔުނިމެކްސްއަށް ދޫނޮކޮށް
ހިފެހެއްޓި ކަމަށްބުނެފައިވާ މިފައިސާ އެބޭންކުން ހިފެހެއްޓުމުގެ ސަބަބުން ޔުނިމެކްސްއަށް
ގެއްލުމެއްވެފައިވާނަމަ އެކަމުގެ ޒިއްމާ އަރަނިވެރިޔާގެ ޙައިޘިއްޔަތުން ބޭންކް އޮފް މޯލްޑިވްސްއިން
އުފުލަން ޖެހޭނެ ޝަރުޢީ އަދި ޤާނޫނީ
ހަމައެއް ނެތްކަށް އެނގެން އޮންނައޮތުމެވެ.
• ހަވަނަކަމަކީ، އިސްވެބަޔާންކުރެވިދިޔަ ކަންކަން މިބަޔާންކުރެވިދިޔަ ގޮތުގެ މަތީން
ހުރުމާއެކު، މަދަނީ ކޯޓްގެ ނަންބަރ 2006/MC/1568 ގެޤަޟިއްޔާގައި ކުރައްވާފައިވާ
ޙުކުމަކީ،ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށް ކުރައްވާފައިވާ ރަނގަޅު ހުކުމެއް ކަމަށާއި
އެހެންކަމުން އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލެއްގެނެވޭނެ ޝަރުޢީ އަދި ޤާނޫނީ
00c
ވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ ތިންނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.higlhcourt.gov.mv
2007/HC-A/210
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ހަމައެއްވިޔަސް ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ ބެލިފަނޑިޔާރުންގެ މަޖިލީހަށް
އިއްތިފާޤުވެވިފައިވުމެވެ.
ޙުކުމް:
މަދަނީ
އިސްވެދިޔަ ސަބަބުތަކާއި ފާހަގަ ކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް
ކޯޓްގެ ނަންބަރ 2006/MC/1568 ގެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ކުރައްވާފައިވާ ރަނގަޅު ޙުކުމެއް ކަމަށް ދިވެހިރާއްޖޭގެ
ހައިކޯޓުން މިމައްސަލަބެލި ފަނޑިޔާރުންގެ މަޖިލީހަށް އިއްތިފާޤު ވެވުނު ހިނދު އެޤަޟިއްޔާގައި
ކުރައްވާ ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން
ތާއީދުކޮށް މިޤަޟިއްޔާ ނިއްމީއެވެ.
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ
ވީ
އައްA
މުޙައްމަދު ޢަބްދު
އާދަމް
(ފަނޑިޔާރު)
އަޙްމަދު ޝަރީފް ޢަލީ
،ފަނޑިޔާރު)
ޙަމީދު
(ފަނޑިޔާރު)
ދިވެހިރާއްa
ވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ ތިންނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.higlhcourt.gov.mv