ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/29 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/29
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
1/2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 29/HC-A/2012
އިސްތިއުނާފުކުރި ފަރާތް:
ނަން: ޝުހޫދު އަޙްމަދު
އައިޑީ ކާޑު ނަންބަރު: A111254
އެޑްރެސް: އިރުމަތީއާގެ ގއ.ވިލިނގިލި
* މިހާރުގެ އެޑްރެސް: އިރުމަތީއާގެ|ގއ.ވިލިނގިލި
އިސްތިއުނާފު ރައްދުވި
* ނަން: ގއ.ވިލިނގިލީ ރަށު ކައުންސިލް
ދާއިމީ އެޑްރެސް:
އައިޑީ ކާޑު ނަންބަރު:.
* މިހާރުގެ އެޑްރެސް: -
0
ރަޖިސްޓްރީ ތާރީޚް: 03 ރަބީޢުލްއައްވަލު 1433
ޖެނުއަރ
= ނިމުނު ތާރީޚް: 17 ރަބީޢުލްއާޚިރު 1433
29 ފެބްރުއަރީ 2012
26
2012
އިސްތިއުނާފުކުރެވުނު އަމުރު ނަންބަރު: ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓްކޯޓުގެ ނަންބަރު:
P2MCA-01}2012
ނިންމެވި ފަރާތް: ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލި މެޖިސްޓްރޭޓް ކޯޓު
މައްސަލައިގެ ބާވަތް: ކޯޓު އަމުރު
ހުށަހެޅި ތާރީޚް: 10.01.2012
ނިމުނު ތާރީޚް: 10.01.2012
• މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ފަނޑިޔާރު ޢައްބާސް ޝަރީފް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
'2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/22
ދަޢުވާގެ ޚުލާޞާ
މިއީ، ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2012
/
59-MD ކޯޓު އަމުރު، އެކޯޓުން ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ
ގއ.ވިލިނގިލި އިރުމަތީއާގެ ޝުހޫދު އަޙްމަދުގެ ފަރާތުން އެއަމުރު އިސްތިއުނާފު ކޮށްދިނުމަށް އެދި
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ. މިމައްސަލައިގައި އިސްތިޢުނާފް ރައްދުވާ
ފަރާތަކީ ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލީ ރަށު ކައުންސިލްއެވެ.
OU OO
(1
• ފާހަގަކުރެވުނު ނުކުތާތައް:
އިސްތިއުނާފުކުރެވޭ ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 01
/
2012-P2MC
/
A ކޯޓު އަމުރަށް ބަލާއިރު، އެ ކޯޓު އަމުރަކީ، އެކޯޓުގެ ނަންބަރު
2012/PMC/01 ޤަޟިއްޔާގައި ގއ.ވިލިނގިލި އިރުމަތީއާގެ ޝުހޫދު އަހުމަދު ދުއްވާ "ވިލިބޯޓު"
ގއ.ވިލިނގިލީ މަސްމާރުކޭޓުގެ ދެކުނުން ހުޅަނގު ފަރާތު އޮތް ހުސްބިމަށް އެހެލުން ހުއްޓުވުމަކަށް ގެނައުމަށް
ދަޢުވާކޮށްފައިވާތީ، އެކަމުގެ މައްޗަށް ފައިޞަލާ ކުރުވަނިވި ޙުކުމެއް، ނުވަތަ ޝަރީޢަތުން ވަކިގޮތެއް
ކަނޑަނައަޅުއްވަނީސް އެކަން، އެފަރާތުން ކުރިއަށް ގެންދިޔުމަށް ފުރުޞަތު ދެވިފައި އޮތުމަކީ ހުށަހެޅިފައިވާ
ދަޢުވާގެ އަޞްލަށް އަސަރުކުރާނެ ކަމެއްކަމަށް ފެނިވަޑައިގަންނަވާތީ، ގއ.ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު
2012/PMC/01 ޤަޟިއްޔާގެ ޙުކުމް ކުރެއްވެންދެން ނުވަތަ ކޯޓުން ވަކިގޮތެއް
ކަނޑައަޅުއްވަންދެން ގއ.ވިލިނގިލި/އިރުމަތީއާގެ ޝުހޫދު އަޙްމަދު ދުއްވާ "ވިލިބޯޓު، ގއ.ވިލިނގިލީ
މަސްމާރުކޭޓުގެ ދެކުނުން ހުޅަނގު ފަރާތު އޮތް ހުސްބިމަށް އެހެލުމުގެ މަސައްކަތް މިހިނދުން ފެށިގެން
ހުއްޓާލުމަށް ޝުހޫދު އަޙުމަދަށް އަމުރުކުރައްވައި، އަދި މިނޫން ފަރާތަކުންވެސް މިއަމުރާއި ޚިލާފަށް ޢަމަލު
ނުކުރުމަށް އަންގަވައި، މިއަމުރާ އެއްގޮތަށް ޝުހޫދު އަޙްމަދު ޢަމަލު ނުކޮށްފިނަމަ، މިއަމުރަށް ޢަމަލުކުރުން
ކަށަވަރު ކުރުމާއިއެކު ތަނުގެ މަސްލަޙަތު ހިފަހައްޓާ އަމާން ބެލެހެއްޓުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ
މައްޗަށް އަމުރު
އެވާފައިވާކަން މިކޯޓު އަމުރުން އެނގެން އޮވެއެވެ.
.އަހރއ19
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
2012/HC-A/22
(2
ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
01
/
2012-P2MC
/
A ކޯޓު އަމުރު، އެކޯޓުން ނެރުއްވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް
ބުނެ ގއ.ވިލިނގިލި އިރުމަތީއާގެ ޝުހޫދު އަޙްމަދުގެ ފަރާތުން އެއަމުރު އިސްތިއުނާފު ކުރަމުން 05 (ފަހެއް)
ނުކުތާއެއް ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، ވިލިބޯޓް' އަކީ ވުޖޫދުގައިވާ އުޅަނދަކަށްނުވާއިރު،
ގއ.ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 01
/
2012-P2MC
/
A އަމުރުގައި ވިލިބޯޓު"
މިފަދައިން ބަޔާންކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދެވަނަ ނުކުތާއަކީ، ވަގުތީ އަމުރު ނެރުމަށް ހުށަހެޅުނު މައްސަލައަށް
ޖަވާބުދިނުމަށް ޤާނޫނީ ވަކީލަކު ޢައްޔަންނުކުރުމަށް ބުނެފައިވަނިކޮށް އެފުރުޞަތު
ދެއްވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ
24
6 ދދވ
ބޭނުންކަމަށް
ތިންވަނަ ނުކުތާއަކީ، ވަގުތީ އަމުރު ނެރުމަށް ހުށަހެޅުމުން ދަޢުވާ ރައްދުވާ
ފަރާތަށް އެމައްސަލައަށް ޖަވާބުދާރީވުމުގެ ފުރުޞަތު ނުދެއްވައި އަމުރު ނެރެދެއްވާ
ދެއްވާފައިވާކަމަށް ބުނެ
ހުށަހެޅި ނުކުތާ.
0
ހަތަރުވަނަ ނުކުތާއަކީ، އިސްތިއުނާފުކުރާ ފަރާތުން ދޯނި އެހެލަން
މަސައްކަތްކޮށްފައިވަނީ 08 ޖެނުއަރީ 2012 ގައި ކަމަށްވެފައި، އެސަރަހައްދަށް ދޯނި އެހެލުމަކީ
މަނާކަމެއްކަމުގައި ބުނެ، ގއ.ވިލިނގިލީ ރަށު ކައުންސިލްގެ އިދާރާގެ ނަންބަރު 407
/
2012
/
03-C
އެންގުން އަންގަވާފައިވަނީ 09 ޖެނުއަރީ 2012 ގައި ކަމަށްވުމުން، މިއީ މިކަމަށް ޚާއްސަކޮށް
ކޮށްފައިވާ ދަޢުވާއެއްކަން އެނގެން އޮތްއިރު، އެކަމަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއްa
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/29
ފަސްވަނަ ނުކުތާއަކީ، އިސްލާމީ ޝަރީޢަތުން ނުވަތަ
ޤާނޫނުން
މަނާކޮށްފައިނުވާ ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާކަމަށާއި،
ޤާނޫނަކުން ހުއްދަ ލިބިގެން މެނުވީ އެއްވެސް މީހަކު ކުރާ އެއްވެސް ކަމަކަށް ހަމައެކަކު ވިޔަސް
ހުރަސް އަޅައި، ހުއްޓުވައިގެން ނުވާނެކަމަށް ދިވެހި ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ 19 ވަނަ
މާއްދާގައި ބަޔާންކޮށްފައިވާއިރު، ގއ.ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/P2MC/1
ޤަޟިއްޔާއިން ގއ.ވިލިނގިލީ ރަށު ކައުންސިލްއިން ދަޢުވާކޮށްފައިވަނީ ކީއްވެގެންކަމާއި، ވަގުތީ
ނެރެދޭންޖެހޭ
އޮތްކަން ނުވަތަ ނެތްކަން ސާފުނުކުރައްވައި އަމުރު
ނެރެދެއްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ﷲ3
2
4
އަމުރެއް
UcUcc
ސަބަބެއް
(3
ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
01
/
2012-P2MC
/
A ކޯޓު އަމުރު، އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި
ޚިލާފަށްކަމަށްބުނެ، އެކޯޓު އަމުރު އިސްތިޢުނާފު ކުރަމުން ގއ.ވިލިނގިލި/އިރުމަތީއާގެ ޝުހޫދު އަޙްމަދުގެ
ފަރާތުން ހުށަހެޅި ނުކުތާއަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ
ވާހަކަތަކަށާއި، ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 01
/
2012-P2MC
/
A
ކޯޓު އަމުރަށާއި، މައްސަލައާ ގުޅޭގޮތުން ހުށަހަޅާފައިވާ ލިޔެކިއުންތަކުގެ މައްޗަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ
ކުރެވިފައިވެއެވެ.
ވިލިބޯޓް' އަކީ ވުޖޫދުގައިވާ އުޅަނދަކަށްނުވާއިރު، ގއ.ވިލިނގިލީ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 01
/
2012-P2MC
/
A އަމުރުގައި ވިލިބޯޓު' މިފަދައިން
ބަޔާންކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއާ ގުޅިގެން،
ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލި މެޖިސްޓްރޭޓް ކޯޓުން ނެރުއްވާފައިވާ
ނަންބަރު 01
/
2012-P2MC
/
A ކޯޓު އަމުރުގައި، އެ އަމުރަކީ ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލީ
ކައުންސިލް އިދާރާއިން ގއ.ވިލިނގިލި އިރުމަތީއާގެ ޝުހޫދު އަޙްމަދުގެ މައްޗަށްކޮށްފައިވާ އެކޯޓުގެ
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
2012/HC-A/22
I
04 0 2 32
އއނއކން
(
01/P2MC/2012
މައްޗަށް
ނަންބަރު 2012/P2MC/01 ޤަޟިއްޔާއިން ހިނގަމުންދާ މައްސަލައާއި ގުޅިގެން، ގއ.ވިލިނގިލީ
ކައުންސިލް އިދާރާއިން ގއ.ވިލިނގިލި އިރުމަތީއާގެ ޝުހޫދު އަޙްމަދު ދުއްވާ "ވިލިބޯޓް"
ގއ.ވިލިނގިލި މަސްމާރުކޭޓުގެ ދެކުނުން ހުޅަނގު ފަރާތުގައި އޮތް ހުސްބިމަށް ގއ.ވިލިނގިލީ
ކައުންސިލް އިދާރާގެ ހުއްދައެއްނެތި އެހެލުމުގެ މަސައްކަތް ކުރިއަށް ގެންދާތީ، އެކަން ހުއްޓުވުމަށް
ގއ.ވިލިނލީ
ކައުންސިލް އިދާރާއިން ވަގުތީ އަމުރަކަށް އެދުމުން ނެރެދެއްވާފައިވާ ވަގުތީ
އެނގޭކަމާއި،
ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
ޤަޟިއްޔާގެ ދަޢުވާ ހުށަހަޅާ ފޯމަށް ބެލުމުން
އެ މައްސަލައަކީ
ގއ.ވިލިނގިލި އިރުމަތީއާގެ ޝުހޫދު އަޙްމަދު ދުއްވާ "ވިލީ" ނަމަކަށް ކިޔާ ބޯޓު ގއ.ވިލިނ
މަސްމާރުކޭޓުގެ ދެކުނަށް ހުޅަނގު ފަރާތު އަތިރިއަށް ގއ.ވިލިނގިލީ ކައުންސިލްގެ ހުއްދައެއްނެތި
އެހެލުމުގެ މަސައްކަތް ފަށާފައިވާތީ އެކަންތައްތައް ނުކުރުމަށާއި އަދި އެހެލާފައިވާނަމަ އެ ބޯޓު
އެތަނުން ބޭލުމަށް ޝުހޫދު އަޙްމަދުގެ އަމުރުކޮށް ދެއްވުމަށްއެދި ހުށަހަޅާފައިވާ
މައްސަލައެއްކަން އެނގެންއޮންނަ ކަމާއި،
އަދި ދިވެހިރާއްޖޭގެ ހައިކޯޓަށް ޝުހޫދު އަޙްމަދުގެ ފަރާތުން ހުށަހަޅާފައިވާ
ކަނޑުގެ އުޅަނދުގެ ރަޖިސްޓްރީގެ ކޮޕީއަށް ބެލުމުން "ވިލީބޯޓް" ނަމަކަށް ކިޔާ ދޯންޏެއް
ގއ.ވިލިނގިލި އިރުމަތީއާގެ ޝުހޫދު އަޙްމަދުގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާކަން އެނގެންއޮތުމުން،
ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލި މެޖިސްޓްރޭޓް ކޯޓުން ނެރުއްވާފައިވާ
ނަންބަރު 01
/
2012-P2MC
/
A ކޯޓު އަމުރުގައި "ވިލިބޯޓް" ލިޔުއްވާފައިވީނަމަވެސް، އެ އަމުރުގައި
"ވިލިބޯޓް" ލިޔުއްވާފައިވަނީ ލިޔުމުގެ ކުށަކުންކަމާއި، އެ އަމުރުގައި ބުނާ ބޯޓަކީ ޝުހޫދު އަޙްމަދުގެ
ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ "ވިލީބޯޓް" ކަން ސާފުކޮށް އެނގެންއޮންނަކަމާއި، އިސްވެ ބުނެވުނު
ލިޔުމުގެ ކުށަކީ ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލި މެޖިސްޓްރޭޓް ކޯޓުން ނެރުއްވާފައިވާ ނަންބަރު
01
/
2012-P2MC
/
A ކޯޓު އަމުރަށް ޢަމަލުނުކުރަން، ނުވަތަ އެ އަމުރު ރައްދުވާ ފަރާތާއި
އެއަމުރުގައި ބަޔާން ކުރައްވާފައިވާ އުޅަނދަކީ ކޮބައިކަން ސާފުނުވާކަމަށް ބަޔާންކޮށް އެއަމުރު
ބާޠިލުކުރަންޖެހޭވަރުގެ ސަބަބެއްނޫންކަން ޝަރީޢަތަށް ޤަބޫލުކުރެވެއެވެ.
CC
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/22
ރައްދުވާ
4
3
2 ތ 8
مریم کے
ވަގުތީ އަމުރު ނެރުމަށް ހުށަހެޅުނު މައްސަލައަށް ޖަވާބުދިނުމަށް ޤާނޫނީ
ވަކީލަކު ޢައްޔަން ކުރުމަށް ބޭނުންކަމަށް ބުނެފައިވަނިކޮށް އެފުރުޞަތު ދެއްވާފައިނުވާކަމާއި އަދި ދަޢުވާ
ފަރާތަށްވެސް އެމައްސަލައަށް ޖަވާބުދާރީވުމުގެ ފުރުޞަތު ނުދެއްވައި އަމުރު
ނެރެދެއްވާފައިވަނީ ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށްކަމަށްބުނެ ހުށަހަޅާފައިވާ
ނުކުތާއާއި ގުޅިގެން،
ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ހ) ގައި ޤާނޫނީ ވަކީލެއްގެ އެހީއަކަށް
ކޮންމެ ހިނދެއްގައި އެފަދަ އެހީ ހޯދައި ލިބިގަތުމުގެ ހައްޤު ކޮންމެ މީހަކަށް
ލިބިގެންވާކަމަށް ބަޔާންކޮށްފައި އޮންނަނީ ޝަރީޢަތުގެ މަރުޙަލާގައިވާ މައްސަލަތަކަށްކަމާއި، މި
މައްސަލައަކީ ވަގުތީ އަމުރެއްގެ މައްސަލައެއްކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
53/HC
-
A/2011 ޤަޟިއްޔާގައިވެސް ފާހަގަކުރައްވާފައިވާ ފަދައިން، ޝަރުޢީ ކޯޓުތަކަށް
ހުށަހެޅިފައިވާ މައްސަލަތަކާއި ގުޅިގެން ނެރެވޭ ވަގުތީ އަމުރު ނެރުމުގައި ރިޢާޔަތްކުރަންޖެހޭ
ސަބަބުތަކަކާއި، ޙާލަތްތަކެއް ހުންނަކަމާއި، އަދި އެ ސަބަބުތަކާއި ޙާލަތްތަކަކީ ހުށަހެޅިފައިވާ
މައްސަލައިގެ ވަށައިގެންވާ ކަންތައްތަކު މައްޗަށް ބިނާކޮށް ތަފާތުވާނެ ކަންތައްތަކެއްކަމާއި،
އެހެންކަމުން، ވަގުތު ފާއިތުވެއްޖެނަމަ ހަލާކުވެގެން ހިނގައިދާނެ މުދާ ހިމެނޭ މައްސަލަތަކުގައި
އެމުދަލެއް ހިމާޔަތް ކުރެވުމުގެ ގޮތުން ނެރެވޭ ކޯޓު އަމުރުތަކާއި، މައްސަލައިގެ ޙުކުމްކުރާއިރު އެ
ޙުކުމްގެ މަޤުޞަދު ޙާޞިލުނުވެ ހިނގައިދާނެކަމުގެ ބިރުގައި ކޯޓުން ކަނޑައަޅައި ވަގުތީ ވަކި
ފިޔަވަޅެއް އެޅުމަށް ނެރެވޭ ކޯޓު އަމުރުތަކާއި، މައްސަލައިގައި ހިމެނޭ އެއްވެސް ފަރާތަކަށް ގެއްލުމެއް
ލިބިދާނެތީ އެ ގެއްލުމަކުން އެފަރާތެއް ހިމާޔަތް ކުރުމުގެ ގޮތުން ނެރެވޭ ކޯޓު އަމުރުތަކާއި، އަދި
އަސާސީ ޚިދުމަތެއް ދިނުމުގައި މަސްޢޫލުވެތިބޭ ފަރާތެއްގެ މަސައްކަތަށް ހުއްޓުމެއް އައިސްފިނަމަ އެ
ޚިދުމަތެއް ދިނުމަށް ހުރަސް އެޅިދާނެކަމުގެ ބިރުގައި ނެރެވޭ ކޯޓު އަމުރުތަކާއި މިފަދަ އެންމެހައި
އަމުރުތައް ނެރުމުގައި ކޯޓުތަކުން ރިޢާޔަތް ކުރަންޖެހޭ ކަންތައްތަކާއި ޙާލަތްތައް ތަފާތުވާނެކަމާއި،
ހުށަހެޅިފައިވާ މައްސަލައަށް ބަލާއިރުގައި، ހުވަދު އަތޮޅު އުތުރުބުރީ
ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ނެރުއްވާފައިވާ ނަންބަރު 01
/
2012-P2MC
/
A ކޯޓު އަމުރުގައި އެ
ކޯޓުގެ ނަންބަރު 2012/PMC/01 ޤަޟިއްޔާއަކީ ޝުހޫދު އަޙްމަދު ދުއްވާ "ވިލީބޯޓް"
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
2012/HC-A/22
ގިނައިމަށް
ގއ.ވިލިނގިލީ މަސްމާރުކޭޓުގެ ދެކުނުން ހުޅަނގު ފަރާތުގައި އޮތް ހުސްބިމަށް އެހެލުން ހުއްޓުވުމަކަށް
ކޮށްފައިވާ ދަޢުވާއަކަށްވާތީ، އެކަމުގެ މައްޗަށް ފައިޞަލާ ކުރަނިވި ޙުކުމެއް، ނުވަތަ
ޝަރީޢަތުން ވަކި ގޮތެއްކަނޑަނައަޅުއްވަނީސް، އެކަން އެފަރާތުން ކުރިއަށް ގެންދިއުމަށް ފުރުޞަތު
ދެވިފައި އޮތުމަކީ ހުށަހެޅިފައިވާ ދަޢުވާގެ އަޞްލަށް އަސަރުކުރާނެކަމެއް ކަމަށް އެ ކޯޓަށް
ފެނިވަޑައިގަންނަވާތީ ނެރުއްވާފައިވާ ކޯޓު އަމުރެއްކަން އެ އަމުރަށް ބެލުމުން އެނގެންއޮންނަކަމުން،
ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ހ) ގައި ބުނާ ފަދައިން، ޤާނޫނީ
ވަކީލެއްގެ އެހީ ޚަސްމަކު ހޯދުމަށް އިތުރު ފުރުޞަތެއްދެވި، އެ ވަކީލަކު އެ މައްސަލައަށް ތައްޔާރުވާން
ނުވަތަ ޖަވާބުދާރީވާން އިތުރު ވަގުތު ދެވި، ނުވަތަ މައްސަލަ ރައްދުވާ ފަރާތުން ވަގުތީ އަމުރަކާއި
ވަކި އެއްޗެއް ބުނުމަށް ފުރުސަތު ދީ ނުވަތަ އެފަރާތުގެ ރުހުން ހޯދަން ޖެހިއްޖެނަމަ،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 53/HC
-
A/2011 ޤަޟިއްޔާގައިވެސް ފާހަގަކުރައްވާފައިވާ
ފަދައިން، ޝަރުޢީ ކޯޓުތަކަށް ލިބިފައިވާ ޤާނޫނީ އަދި ވިރާސީ ބާރު ކެނޑި، ކޯޓުތަކަކީ އެހެނިހެން
މުއައްސަސާތަކާއި ފަރުދުންގެ ގާތުގައި އާދޭސް ދަންނަވަންޖެހޭ ބައެއްކަމަށްވެ، ކޯޓުތަކުގެ ހައިބަތު
ގެއްލިގެން ހިނގައިދާނެކަމެއްކަމާއި، އަދި ޢަދުލްއިންސާފު ޤާއިމުކުރަން ހުރަސް އެޅޭނެކަމެއްކަމަށް
މައްސަލަބެލި ފަނޑިޔާރުންނަށް ޤަބޫލުކުރެވެއެވެ.
ޑ=3
8
ޕީޕީeން
ޝުހޫދު އަޙްމަދު ދޯނި އެހެލަން މަސައްކަތްކޮށްފައިވަނީ 08 ޖެނުއަރީ 2012
ގައި ކަމަށްވެފައި، އެސަރަހައްދަށް ދޯނި އެހެލުމަކީ މަނާ ކަމެއްކަމުގައި ބުނެ، ގއ.ވިލިނގިލީ
ކައުންސިލްގެ އިދާރާގެ ނަންބަރު 407
/
2012
/
03-C އެންގުން އަންގަވާފައިވަނީ 09 ޖެނުއަރީ 2012
ގައި ކަމަށްވުމުން، މިއީ މިކަމަށް ޚާއްސަކޮށް ކޮށްފައިވާ ދަޢުވާއެއްކަން އެނގެން އޮންނަކަމާއި، އެކަމަށް
( ކޯޓުން ރިޢާޔަތް ކުރައްވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއާ ގުޅިގެން،
މި ނުކުތާއަކީ ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 2012/P2MC/01 ޤަޟިއްޔާގެ މައްސަލައާ ސީދާ ގުޅުންހުރި ނުކުތާއެއްކަމާއި، އަދި
އިސްވެ ބުނެވުނު ޤަޟިއްޔާގައި ދަށު ކޯޓުން ގޮތެއް ކަނޑައެޅުއްވުމުގައި ރިޢާޔަތް ކުރެއްވިދާނެ
ކުތާއެއްކަމާއި، އަދި މިހާރު އިސްތިއުނާފަށް ހުށަހެޅިފައިވާ އަމުރާއި ސީދާ ގުޅުންހުރި ނުކުތާއެއް
ނުކުތުއއ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/22
ހު
ނޫންކަމާއި، މި ނުކުތާއަށް ދިވެހިރާއްޖޭގެ ހައިކޯޓުން ވަކި ގޮތެއް މިމައްސަލައިގައި ކަނޑައަޅައިފިނަމަ،
ނުކުތާއާމެދު ދަށު ކޯޓުގައި މަޢުޟޫއީގޮތުން ވަކި ގޮތެއް ކަނޑައެޅުމުގެ ފުރުޞަތު
ގެއްލިގެންދާނެކަމާއި، އަދި މިކަންވާނީ ޢާންމު ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާއި ޚިލާފުކަމެއްކަމަށް
ފާހަގަކުރެވެއެވެ.
އިސްލާމީ ޝަރީޢަތުން ނުވަތަ ޤާނޫނުން މަނާކޮށްފައިނުވާ ކޮންމެ ކަމެއް
ކުރުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާކަމަށާއި، ޤާނޫނަކުން ހުއްދަ ލިބިގެން މެނުވީ
އެއްވެސް މީހަކު ކުރާ އެއްވެސް ކަމަކަށް ހަމައެކަކު ވިޔަސް ހުރަސް އަޅައި، ހުއްޓުވައިގެން
ނުވާނެކަމަށް ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު،
ގއ.ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/P2MC/01 ޤަޟިއްޔާއިން ގއ.ވިލިނގިލީ ރަށު
ކައުންސިލްއިން ދަޢުވާކޮށްފައިވަނީ ކީއްވެގެންކަމާއި، ވަގުތީ އަމުރެއް ނެރެދޭންޖެހޭ ސަބަބެއް އޮތްކަން
ނުވަތަ ނެތްކަން ސާފުނުކުރައްވައި އަމުރު ނެރެދެއްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއާ ވިދިގެން،
ގއ.ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/01
/
2MC
ޤަޟިއްޔާގައި، ގއ.ވިލިނގިލީ ކައުންސިލް އިދާރާއިން ޝުހޫދު އަޙްމަދުގެ މައްޗަށްކޮށްފައިވާ ދަޢުވާއަކީ
ޝުހޫދު އަޙްމަދު ދުއްވާ "ވިލީބޯޓް" ގއ.ވިލިނގިލި މަސްމާރުކޭޓުގެ ދެކުނުން ހުޅަނގު ފަރާތު އޮތް
ހުސްބިމަށް ގއ.ވިލިނގިލީ ކައުންސިލް އިދާރާގެ ހުއްދައެއްނެތި އެހެލުމުގެ މަސައްކަތް ކުރިއަށް
ގެންދާތީ، އެކަން ހުއްޓުވުމަށް ނުވަތަ އެހެލާފައިވާނަމަ ވަގުތުން އެ ބޯޓު ބޭލުމަށްކަން އެކޯޓުގެ ނަންބަރު
2012/P2MC/01 ޤަޟިއްޔާގެ ދަޢުވާ ފޯމުން އެނގެން އޮތުމުން،
އެ ބޯޓު އެހެލުމަކީ
ޤާނޫނުއަސާސީގެ 19 ވަނަ މާއްދާގެ ދަށުން ކުރެވޭނެ ނުވަތަ ނުކުރެވޭނެ ކަމެއްކަމަށް ކަނޑައެޅުމަކީ
ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގެ 2012/P2MC/01 ޤަޟިއްޔާގައި
މަޢުޟޫއީގޮތުން ބެލެވޭނެކަމެއްކަމާއި، އެކަމަކީ އިސްތިއުނާފުކޮށްފައިމިވާ އަމުރާއި ސީދާ ގުޅުންހުރި
ކަމެއްކަމަކަށް މިމައްސަލަބެލި ފަނޑިޔާރުންނަށް ނުފެންނަކަމާއި،
ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލި މެޖިސްޓްރޭޓް ކޯޓުން ނެރުއްވާފައިވާ
ނަންބަރު 01
/
2012-P2MC
/
A ކޯޓު އަމުރުގައި، އެ އަމުރު ނެރުއްވާފައިވާ ސަބަބެއްގެ ގޮތުގައި
OCCUCC
ޢާއިބޯޓު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/22
ބަޔާންކުރައްވާފައިވަނީ އެ އަމުރު ނުނެރުއްވައިފިނަމަ ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލި މެޖިސްޓްރޭޓް
ކޯޓުގެ ނަންބަރު 2012/P2MC/01 ޤަޟިއްޔާގެ މައްސަލައިގެ އަޞްލަށް އަސަރުކުރާނެކަމަށް
ފެނިވަޑައިގަންނަވާތީކަމާއި، އަދި އިސްވެ ބުނެވުނު ޤަޟިއްޔާގައިވާ މައްސަލައިގައި ފައިޞަލާކުރަނިވި
ޙުކުމެއް ކުރެއްވުމުގެ ކުރިން މިއަމުރު ނުނެރުނަސް އެ މައްސަލައަށް އަސަރު ނުކުރާނެކަމަށް
ގެންވާ ހުއްޖަތްތަކެއް ޝުދު އަޙްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދެއްކިފައިނުވާކަން
ފާހަގަކުރެވެއެވެ.
އެކަށީގެން
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމުން، ހުވަދު އަތޮޅު
އުތުރުބުރީ ވިލިނގިލި މެޖިސްޓްރޭޓް ކޯޓުން ނެރުއްވާފައިވާ ނަންބަރު 01
/
2012-P2MC
/
A ކޯޓު އަމުރު،
އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބަލާނެތަނެއް ނެތްކަމަށް މި
މައްސަލަބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވާތީ، ހުވަދު އަތޮޅު
އުތުރުބުރީ ވިލިނގިލި މެޖިސްޓްރޭޓް ކޯޓުން ނެރުއްވާފައިވާ ނަންބަރު 01
/
2012-P2MC
/
A ކޯޓު އަމުރަށް
ތާޢީދުކޮށް، މި މައްސަލަބެލި ފަނޑިޔާރުންގެ އިއްތިފާޤުން، ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv