ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/189 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/189
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ.
NM/
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޤަޟިއްޔާ ނަންބަރ: 189/HC
-
A/2012
OLAC
8 0 4
• އިސްތިއުނާފު ކުރި ފަރާތް:
ފުރިހަމަ ނަން: އޭޑީކޭ
ދާއިމީ އެޑްރެސް: މ. ފާތުމަތުހިޔާ
ع کر
ޑީ
ޝިޕިންގ ޕވޓ ލޓޑ
*ރަޖިސްޓްރީ ނަންބަރު: 239
/
2007-C
4 މިހާރުގެ އެޑްރެސް: އޭޑީކޭ ޓަވަރ
• އިސްތިއުނާފު ރައްދުވި ފަރާތް
ފުރިހަމަނަން: އޭއެސް ޑޭން ބަންކަރިންގ ލިމިޓެޑް
ދާއިމީ އެޑްރެސް: ސްޓްރަންވެޖެން 5، މިޑްލްފާރޓް/ޑެންމާކް
* ރަޖިސްޓްރީ ނަންބަރު: 67226917
*މިހާރުގެ އެޑްރެސް:
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 17 ޝަޢުބާން 1433 = ނިމުނު ތާރީޚް: 20 ޝަޢުބާން 1433
27 ޖޫން 2012
10 ޖުލައި 2012
އިސްތިއުނާފު ކުރެވުނު އަމުރު ނަންބަރު: ސިވިލް ކޯޓުގެ ނަންބަރު 6
/
2012
/
27-B
-
CR
ނިންމެވި ކޯޓު: ސިވިލްކޯޓު
މައްސަލައިގެ ބާވަތް: ވަގުތީ އަމުރު
ހުށަހެޅި ތާރީޚް: 21.06.2012
*ނިމުނު ތާރީޚް: 21.06.2012
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސްގެ
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހިމް
ފަނޑިޔާރު ޢަލީ ސަމީރު
ހައިކޯޓް
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
2
2012/HC-A/189
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އ82
c
ދައުވާގެ ޚުލާސާ
މިއީ ސިވިލްކޯޓުގެ ނަންބަރު 6
/
2012
/
27-B
-
CR ވަގުތީ އަމުރު އެކޯޓުން ނެރުއްވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށް ނޫންކަމަށްބުނެ އެކޯޓުގެ އަމުރު އިސްތިއުނާފުކުރުމަށް
އެންޑް ޝިޕިންގ ޕވޓ ލޓޑގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ އޭއެސް ޑޭން ބަންކަރިންގ ލިމިޓެޑްއެވެ.
ރެވުނު ނުކުތާތައް:
ouco
2
2&i
f
1- ސިވިލްކޯޓުގެ ނަންބަރު 6
/
2012
/
27-B
-
CR ވަގުތީ އަމުރަށް ބަލާއިރު، އެ ވަގުތީ
އަމުރަކީ އޭއެސް ޑޭން ބަންކަރިންގ ލިމިޓެޑާއި އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގ ޕވޓ ލޓޑއާއި ދެމެދު
ވެފައިވާ އެއްބަސްވުމުގެ ދަށުން އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގ ޕވޓ ލޓޑގެ "އޭ.ޑީ.ކޭ ހަސަންބެ" ނަމަކަށް
ކިޔާ ބޯޓަށް ސަޕްލައިކޮށްފައިވާ ތެލުގެ އަގަށްވާ ފައިސާ ނުދީވާތީ އެފައިސާ ހޯދުމަށް ހުށަހެޅިފައިވާ ސިވިލްކޯޓުގެ
ނަންބަރު 2012/Cv
-
C/1147 ޤަޟިއްޔާއާއި ގުޅިގެން ޝަރީޢަތުން ވަކިގޮތެއް ކަނޑައެޅުމުގެ ކުރިން
.ޑީ.ކޭ ހަސަންބެ" ނަމަކަށް ކިޔާ ބޯޓު ރާއްޖެއިން ފުރައިގެން ހިނގައްޖެނަމަ، ދަޢުވާގައި އެދިފައިވާ
ކަންތަކުން އިއާދަނުކުރެވޭނެކަމެއް މެދުވެރިވާނެކަމަށް ބެލެވޭތީ، ޝަރީޢަތުން ވަކިގޮތެއް ކަނޑައަޅައި
އަންގަންދެން "އޭ.ޑީ.ކޭ ހަސަންބެ" ނަމަކަށް ކިޔާ ބޯޓު ރާއްޖެއިން ފުރައިގެންދިއުން ޝަރީޢަތުގެ ފަރާތުން
މަނާކުރަންޖެހޭތީ، މިގޮތުން އޭ.ޑީ.ކޭ ހަސަންބެ" ނަމަކަށް ކިޔާ ބޯޓު ފުރުން މަނާކޮށް ހިފެހެއްޓުމަށް މޯލްޑިވްސް
ޓްރާންސްޕޯޓް އޮތޯރިޓީއަށާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް އަމުރުކުރައްވައި ސިވިލްކޯޓުން
ނެރުއްވާފައި އޮންނަ އަމުރެއްކަން އެނގެއެވެ.
04 0
2n
ouc
2- ސިވިލްކޯޓުގެ ނަންބަރު 6
/
2012
/
27-B
-
CR ވަގުތީ އަމުރު އެ ކޯޓުން ނެރުއްވީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އެއަމުރު އިސްތިއުނާފުކުރަމުން، އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގ
ޕިވޓ ލޓޑގެ ފަރާތުން 02 (ދެ ނުކުތާއެއް ފާހަގަކޮށް، އެ ނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލިހުގައި ވާހަކަ ދައްކާފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
3
2012/HC-A/189
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20
• ފުރަތަމަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ސިވިލްކޯޓަށް އޭ/އެސް ޑޭން ބަންކަރިންގ ލިމިޓެޑުން 21
ޖޫން 2012 ގައި ހުށަހަޅާފައިވާ ނަންބަރު 2012/Cv
-
C/1147 ޤަޟިއްޔާއާ ގުޅިގެން އެކޯޓުން 21 ޖޫން
2012 ގެ ތާރީޚުގައި ނެރުއްވާފައިވާ ނަންބަރު 2012
:
21;6-B
-
CR ވަގުތީ އަމުރަކީ މަދަނީކޯޓުން ވަގުތީ
އަމުރު ނެރުމާއި ވަގުތީ ފިޔަވަޅު އެޅުމުގެ ޤަވާއިދާ ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމަށް ބުނެ ހުށަހެޅި ނުކުތާ.
• ދެވަނަ ނުކުތާއަކީ، ވަގުތީ އަމުރު ނެރުމުގައި މައްސަލައާއި އަމުރު ރައްދުވާ ފަރާތަށް ބަހެއް
ބުނުމުގެ ފުރުޞަތު ލިބިދީފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
3- ސިވިލްކޯޓުގެ ނަންބަރު 6
/
2012
/
27-B
-
CR ވަގުތީ އަމުރު އިސްތިއުނާފުކުރުމަށް އޭޑީކޭ
ޓްރޭޑް އެންޑް ޝިޕިންގ ޕވޓ ލޓޑގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހަށް ހުށަހެޅި
ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މައްސަލައިގައި ހިމެނޭ
ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ވިސްނާބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ވަގުތީ އަމުރު ނެރުމުގައި ރިޢާޔަތް ކުރަންޖެހޭ ކަންތައްތައް ޤާނޫނު
ނަންބަރު 6/2008 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ޖަދުވަލު 2 ގައި ބަޔާންކުރެވިފައިވާ
"ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ގަވާއިދު 6.0" ގެ 295 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ކަމާއި،
ބުނެވުނު 295 ވަނަ މާއްދާގެ (3) ވަނަ ނަންބަރުގައި އެ މާއްދާގެ (1) ވަނަ ނަންބަރުގެ ދަށުން ވަގުތީ
އަމުރެއް ނެރެންވާނީ އެ މައްސަލައެއްގެ ޝަރީޢަތް ނިމުމުގެ ކުރިން ކޯޓުން ވަގުތީ ފިޔަވަޅެއް ނާޅައިފިނަމަ
މައްސަލައިގައި ހިމެނޭ ދެފަރާތުން ކުރެ ފަރާތަކަށް ގެއްލުމެއް ލިބިދާނެކަމަށް ޤާޟީއަށް ފެނިއްޖެ
ހިނދެއްގައިކަމަށް ބަޔާންކުރެވިފައިވާކަމާއި، އަދި 295 ވަނަ މާއްދާގެ (3) ވަނަ ނަންބަރުގައި ވަގުތީ ފިޔަވަޅެއް
އެޅުމުގެ އަމުރެއް ނެރުމުގެ ބާރު ލިބިގެންވާ ހާލަތްތަކެއް ބަޔާންކުރެވިފައިވާކަން ފާހަގަކުރެވޭކަމާއި، އެގޮތުން،
ދަޢުވާލިބޭ މީހާ ފިލައިގެން ހިނގައިދާނެކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރިނަމަ އެކަން ހުއްޓުވުމަށް އަމުރު
ނެރެވިދާނެކަމަށާއި، އަދި ދަޢުވާކުރެވޭ މުދާ ނުވަތަ ފައިސާ ރާއްޖެއިން ބޭރަށް ގެންގޮސްފާނެކަމުގެ ބިރު ހީވާނަމަ
އެކަން ހުއްޓުވުމަށް އަމުރެއް ނެރެވިދާނެކަމަށާއި، ދަޢުވާކުރެވޭ މުދާ ނުވަތަ ފައިސާ ކޯޓުގެ ބާރު ނުހިނގާފަދަ
ގޮތަކަށް، ނުވަތަ އެ މުދަލެއްގެ ނުވަތަ ފައިސާގެ އަގެއް ނުހުންނާނެ ގޮތަކަށް ވެދާނެކަމަށް ޤަބޫލުކުއެޑޯގެ
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
4
2012/HC-A/189
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެކަން ހުއްޓުވުމުގެ އަމުރެއް ނެރެވިދާނެކަމަށާއި، އަދި މައްސަލައިގައި ޙުކުމް ކުރެވޭއިރު، އެ ޙުކުމްގެ މަޤުސަދު
ޙާސިލުނުވެ ހިނގައިދާނެކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއްހުރެއްޖެނަމަ އެކަން ހުއްޓުވުމުގެ އަމުރެއް
ނެރެވިދާނެކަމަށާއި އަދި މައްސަލައިގައި ހިމެނޭ އެއްވެސް ފަރާތަކަށް ލިބިގެންދާނެކަމަށް ޤަބޫލުކުރެވޭ އެއްވެސް
ގެއްލުމެއް ހުއްޓުވުމުގެ އަމުރެއް ކޯޓަށް ނެރެވިދާނެކަމަށް ބަޔާންކުރެވިފައިވާކަން ފާހަގަކުރެވޭކަމެވެ.
..
(ށ) ދެވަނަ ކަމަކީ، އޭ/އެސް ޑޭން ބަންކުރިންގ ލިމިޓެޑްގެ ފަރާތުން ސިވިލް ކޯޓުގައި ވަގުތީ
އަމުރަށް އެދުނު ފޯމުގައި ވަގުތީ އަމުރަކަށް އެދޭ ސަބަބުކަމަށް ބަޔާންކޮށްފައިވަނީ އޭއެސް ޑޭން ބަންކަރިންގ
ލިމިޓެޑްއާއި އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގ ޕވޓ ލޓޑއާ ދެމެދު 13 ފެބްރުއަރީ 2012 ވަނަ ދުވަހު
އެއްބަސްވެފައިވާފަދައިން، އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގ ޕީވޓ
ޝިޕިންގ ޕވޓ ލޓޑގެ ބޯޓެއްކަމުގައިވާ "އޭ.ޑީ.ކޭ
ހަސަންބެ"އަށް 14 ފެބްރުއަރީ 2012 ވަނަ ދުވަހު، އޭއެސް ޑޭން ބަންކަރިންގ ލިމިޓެޑްގެ ފަރާތުން
ސަޕްލައިކޮށްދީފައިވާ 115.008 މެޓްރިކް ޓަނުގެ އެމް.އެފް.އޯ 180 ސީ.އެސް.ޓީ އާއި އަދި 25 މެޓްރިކް
ޓަނުގެ މެރިން ގޭސް އޮއިލް (އެމް.ޖީ.އޯ) އަށްވާ ފައިސާ އޭ!އެސް ޑޭން ބަންކަރިންގ ލިމިޓެޑްއަށް
ލިބިފައިނުވާތީ، ޚިދުމަތް ހޯދި އުޅަނދުކަމުގައިވާ "އޭ.ޑީ.ކޭ ހަސަންބެ"، އައި.އެމް.އޯ ނަންބަރު IMO810599
ޚިދުމަތުގެ އަގު ލިބެންދެން ހިފެހެއްޓުމުގެ ހައްޤު އޭ/އެސް ޑޭން ބަންކަރިންގ ލިމިޓެޑްގެ ޓާރމްސް އެންޑް
ކޮންޑިޝަންސްގެ 9.1 ވަނަ މާއްދާގެ ދަށުން އޭއެސް ޑޭން ބަންކަރިންގ ލިމިޓެޑްއަށް ލިބިގެންވާތީ ކަމަށް
ބަޔާން ކުރެވިފައިވާކަން ފާހަގަކުރެވޭކަމާއި،
އަދި މި ވަގުތީ އަމުރު ނުނެރެފިނަމަ އެ ބޯޓު ހިފެހެއްޓުމުގެ ހައްޤު ދެފަރާތު ދެމެދު ވެވުނު
އެއްބަސްވުމުގެ ދަށުން ލިބިފައިވަނިކޮށް، އެ ބޯޓު ފުރައިގެންގޮސްފިނަމަ އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގ ޕީވޓ
ލޓޑއިން އޭއެސް ޑޭން ބަންކަރިންގ ލިމިޓެޑްއަށް ލިބިދެވެންޖެހޭ ފައިސާ ނުލިބި އިތުރު ދުވަސްތަކަކަށް
މަޑުކުރަންޖެހުމުގެ ބިރު އޮތްކަމަށް އެ ފޯމުގައި ބަޔާންކުރެވިފައިވާކަން ފާހަގަކުރެވޭކަމާއި،
އޭއެސް ޑޭން ބަންކަރިންގ ލިމިޓެޑްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ސިވިލް ކޯޓުގެ
ވިޔަފާރިއާބެހޭ ބަޔަށް ދަޢުވާއާއި މައްސަލަ ހުށަހަޅާ ފޯމުގައި ހުށަހަޅާ މައްސަލައިގެ ޚުލާސާއަށް ބަލާއިރު،
އޭއެސް ޑޭން ބަންކަރިންގ ލިމިޓެޑްއާއި އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގ ޕވޓ ލޓޑއާ ދެމެދު ވެވިފައިވާ
ބަންކަރިންގ އެގްރީމެންޓާ ގުޅިގެން އޭއެސް ޑޭން ބަންކަރިންގ ލިމިޓެޑްއަށް ލިބިގެންވާ އެންމެހާ ޙައްޤުތައް
އެއްބަސްވެފައިވާ ގޮތަށް ތަންފީޛު ކުރުމަށާއި އަދި އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގ ޕީވޓ ލޓޑއިން ޑިޕާކެއްޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
5
2012/HC-A/189
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެއްބަސްވުމާ
ފަރާތަކަށް ގެއްލުމެއް ލިބިދާނެކަމަށް ޤާޟީއަށް ފެނިއްޖެ ހިނދެއްގައިކަމަށް ބަޔާންކުރެވިފައި އޮތުމުން،އެހިލް ހައިކޯ"
ޑޭން ބަންކަރިންގ ލިމިޓެޑްއަށް މި މުޢާމަލާތާއި ގުޅިގެން ލިބެންޖެހޭ އެންމެހާ ފައިސާ، ޝަރުޢީ މަރުޙަލާތަކުގެ
ޚަރަދާއި، ޖޫރިމަނާއާއި، ގެއްލުމުގެ ބަދަލާއިއެކު އެކީ އެއްފަހަރާ ލިބިގަތުމަށް އެދިފައިވާކަން ފާހަގަކުރެވޭކަމާއި،
އިސްވެ ބުނެވުނު ފޯމުގައި ދަޢުވާ ނުވަތަ މައްސަލަ ހުށަހަޅާ ފަރާތުން އެދޭގޮތް ބަޔާންކުރާ ބައި
ބައިގައި،
އޭއެސް ޑޭން ބަންކަރިންގ ލިމިޓެޑްގެ ފަރާތުން މައިގަނޑު ގޮތެއްގައި އެދިފައިވަނީ ދެ ފަރާތު ދެމެދު ވެވުނު
އެއްބައި އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގ ޕވޓ ލޓޑއިން ޚިލާފުވެފައިވާކަމަށް ޝަރީއަތަށް ސާބިތުވާކަމަށް
ކަނޑައަޅައި ދެއްވުންކަމާއި، އަދި އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގ ޕވޓ ލޓޑއިން އޭ/އެސް ޑޭން
ބަންކަރިންގ ލިމިޓެޑްއަށް ދައްކަންޖެހޭ ފައިސާތައް ކަނޑައަޅުއްވައިދެއްވުންކަން އެނގޭކަމާއި،
އޭ/އެސް ޑޭން ބަންކަރިންގ ލިމިޓެޑްއާއި އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގ ޕވޓ ލޓޑއާ ދެމެދު
ވެވުނު އެއްބަސްވުމުގެ 9.1 ވަނަ މާއްދާގައި ތެޔޮ ގަންނަފަރާތުން ވިއްކާ ފަރާތަށް ދައްކަންޖެހޭ ފައިސާ ވިއްކާ
ފަރާތަށް ޙަވާލުކުރެވެންދެން ތެޔޮ ވިއްކި އުޅަނދުގެ މައްޗަށް ނުވަތަ ގަންނަފަރާތުގެ އެނޫންވެސް އެހެން
އުޅަނދެއްގެ މައްޗަށް މެރިޓައިމް ލިއެންއެއް ތަންފީޛުކުރުމުގެ ހައްޤު ނުވަތަ އެނޫންވެސް އެހެނިހެން ފިޔަވަޅު
އެޅުމުގެ ހައްޤު ތެޔޮ ވިއްކާ ފަރާތަށް ލިބިގެންވާކަމަށް ބަޔާންކުރެވިފައިވާކަން ފާހަގަކުރެވޭކަމެވެ.
(ނ) ތިންވަނަ ކަމަކީ، ދިވެހިރާއްޖޭގެ ސިވިލްކޯޓަށް އޭ/އެސް ޑޭން ބަންކަރިން ލިމިޓެޑުން 21 ޖޫން
2012 ގައި ހުށަހަޅާފައިވާ ނަންބަރު 2012/Cv
-
C/1147 ޤަޟިއްޔާއާ ގުޅިގެން އެކޯޓުން 21 ޖޫން 2012
ގެ ތާރީޚުގައި ނެރުއްވާފައިވާ ނަންބަރު 6
/
2012
/
27-B
-
CR ވަގުތީ އަމުރަކީ މަދަނީ ކޯޓުން ވަގުތީ އަމުރު
ނެރުމާއި ވަގުތީ ފިޔަވަޅު އެޅުމުގެ ޤަވާއިދާ ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމަށް އޭޑީކޭ ޓްރޭޑް
ޝިޕިންގ ޕވޓ ލޓޑގެ ފަރާތުން ބުނެފައިވީނަމަވެސް،
ޤާނޫނު ނަންބަރު 6/2008 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 2 ގައި
ބަޔާންކުރެވިފައިވާ "ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ގަވާއިދު 6.0" ގެ 295 ވަނަ މާއްދާގެ (3) ވަނަ
ނަންބަރުގެ (ހ) ގައި ކޯޓަށް ވަގުތީ އަމުރު ނެރުމުގެ ބާރު ހަނިކުރެވިފައިވަނީ ހަމަ އެކަނި އެ އަކުރުގައި
ބަޔާންކުރެވިފައިވާ ޙާލަތްތަކަށް ނޫންކަން އެނގެން އޮންނަކަމާއި، އެހެނީ، 295 ވަނަ މާއްދާގެ (3) ވަނަ
ނަންބަރުގައި، އެ މާއްދާގެ (1) ވަނަ ނަންބަރުގެ ދަށުން ވަގުތީ އަމުރެއް ނެރެންވާނީ އެ މައްސަލައެއްގެ
ޝަރީޢަތް ނިމުމުގެ ކުރިން ކޯޓުން ވަގުތީ ފިޔަވަޅެއް ނާޅައިފިނަމަ މައްސަލައިގައި ހިމެނޭ ދެފަރާތުން ކުރެ
.
0 0
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
6
2012/HC-A/189
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
$
އަމުރެއް ނެރުމާމެދު ގޮތެއް ކަނޑައެޅުމުގައި މައްސަލަ ބަލާ ޤާޟީއަށް އިޚްތިޔާރު ލިބިގެންވާކަން އެނގޭކަމާއި،
އަދި 295 ވަނަ މާއްދާގެ (3) ވަނަ ނަންބަރުގެ (ށ) ގައި އެ މާއްދާގެ (ހ) ގެ ދަށުން ވަގުތީ އަމުރެއް
ނެރޭނަމަ މާލީ ކަފާލާއެއް ދެއްކުމަށް އެންގުމުގެ އިޚްތިޔާރު ޤާޟީއަށް ލިބިގެންވާކަމަށް ބަޔާންކުރެވިފައި އޮތުމުން،
ކޯޓަށް ވަގުތީ އަމުރެއް ނެރެވޭނީ ހަމައެކަނި 295 ވަނަ މާއްދާގެ (2) ވަނަ ނަންބަރުގެ (ހ) ގައި
ބަޔާންކުރެވިފައިވާ ޙާލަތްތަކުގައި އެކަނި ނޫންކަން ދޭހަވާކަމާއި،
މިހާރު ހުށަހެޅިފައިމިވާ މައްސަލައިގައި، މައްސަލަ ބައްލަވާ ޤާޟީ ވަގުތީ އަމުރެއް
ނެރުއްވުމުގައި ވަގުތީ އަމުރަށް އެދޭ ފޯމުގައި އޭ/އެސް ޑޭން ބަންކަރިންގ ލިމިޓެޑްއިން ފާހަގަކޮށްފައިވާ ދެފަރާތު
ދެމެދު ވެވުނު އެއްބަސްވުމުގެ (ޓާރމްސް އެންޑް
ކޮންޑިޝަންސް) ގެ
9.1 ވަނަ މާއްދާއަށް ރިޢާޔަތް
ކުރައްވާފައިވާކަން އެނގެންއޮންނަކަމާއި، ދެފަރާތު ދެމެދު ވެވޭ އެއްބަސް
ބަސްވުމެއްގެ ދަށުން ބާރު ލިބިގެން ކޯޓަކުން
އަޅަންޖެހޭ ފިޔަވަޅުތައް ނުވަތަ ނެރެންޖެހޭ އަމުރުތައް ނެރުމަށް "ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ގަވާއިދު
6.0" ގެ 295 ވަނަ މާއްދާގެ (3) ވަނަ ނަންބަރުގެ (ހ) ހުރަސްއަޅާކަމަށް ޝަރީޢަތަށް ޤަބޫލުނުކުރެވޭކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، ވަގުތީ އަމުރު ނެރުމުގައި މައްސަލައާއި އަމުރު ރައްދުވާ ފަރާތަށް
ބަހެއް ބުނުމުގެ ފުރުޞަތު ލިބިދީފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއާ ގުޅިގެން،
މިފަދަ ވަގުތީ އަމުރެއް ނެރުއްވުމުގެ ކުރިން މައްސަލަ ބައްލަވާ ޤާޟީން ރިޢާޔަތް
ކުރައްވަން ޖެހިވަޑައިގަންނަވާ ކަންތައްތަކާއި ޙާލަތްތައް ތަފާތުވާނެކަމާއި، އެގޮތުން، ބައެއް ޙާލަތްތަކުގައި، އެއީ
ޚާއްސަކޮށް އަވަސް ފިޔަވަޅު އަޅަންޖެހޭ ޙާލަތްތަކުގައި، ދެ ފަރާތުގެ ބަހެއް ހޯދުމަކީ ކޮންމެހެން ކޯޓަށް
ލާޒިމުކަމެއް ނޫންކަން މީގެ ކުރިންވެސް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ އެ ކޯޓުގެ ނަންބަރު
53/HC
-
A/2011 ޤަޟިއްޔާއާއި ނަންބަރު 29/HC
-
A/2012 ފަދަ ޤަޟިއްޔާތަކުން އެނގެންއޮންނަކަމުން،
ކޯޓު އަމުރެއް ނެރުއްވުމުގެ ކުރިން އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގ ޕވޓ ލޓޑގެ ބަހެއް
ސިވިލް ކޯޓުން ހޯއްދަވާފައިނުވުމަކީ އެފަދަ އަމުރުތައް ނެރުމުގައި ޢާންމުކޮށް ޢަމަލުކުރާ ޤާނޫނީ އަދި ޝަރުޢީ
އުޞޫލުތަކާ ޚިލާފުކަމެއްކަމަށް ބެލެވޭނެކަމެއް ނޫންކަމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
ދިވެހިރާއްޖޭގެ ހައިކޯ
2012/HC-A/189
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމާއެކު،
ގޮތަށް ހުރުމާއެކު، ސިވިލް ކޯޓުގެ
ނަންބަރު 6
/
2012
/
27-B
-
CR
ވަގުތީ އަމުރު އިސްތިއުނާފު ކުރުމަށް
މަށްޓަކައި އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގ
ޕީވޓ ލޓޑގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ އަމުރު ނެރުއްވާފައިވަނީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބަލާނެ ތަނެއް ނެތްކަމަށް މި މައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، ސިވިލް ކޯޓުގެ ނަންބަރު 6
/
2012
/
27-B
-
CR ވަގުތީ އަމުރަށް
ތާއީދުކޮށް، އެގޮތުގެ މަތިން ޙުކުމްކޮށްފީމެވެ.
.
OX
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv