ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/160 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/160
އަلA
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 160/HC
-
A/2014
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ޢަލީ ޝަފީޤު
ދާއިމީ އެޑްރެސް: ބަހާރުގެ/ ފ. ފީއަލި
އައިޑީ ކާޑު ނަންބަރު، A049358 މިހާރުގެ އެޑްރެސް: ފ. ހުޅުގަލި
* ބަދަލުގައި : އދ. މުޙައްމަދު ފަރީދު، ރޭވަވިލާ ފ. ފީއަލި
*
• އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ޝީޒާ ޒުލައިޚާ
* ޕާސްޕޯޓް ނަންބަރު: 17483
J23
ދާއިމީ އެޑްރެސް: އިންޑިއާ
* މިހާރުގެ އެޑްރެސް: ގ. ފިން/ މާލެ
ރަޖިސްޓްރީކުރި ތާރީޚް: 14 ޝަޢުބާން 1435
12 ޖޫން 2014
ނިމުނު ތާރީޚް: 09 ރަމަޝާން 1435
06 ޖުލައި 2014
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2014/Fm-C/860
• ނިންމެވި ކޯޓު: ފެމިލީ ކޯޓު
• ޤަޟިއްޔާގެ ބާވަތް: ޙަޟާނަތު ލިބިގަތުމަށް އެދި
ޤަޟިއްޔާ ހުށަހެޅުނު ތާރީޚް: 27 އޭޕްރީލް 2014
• ޤަޟިއްޔާ ނިމުނު ތާރީޚް: 25 މެއި 2014
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު:ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު: ޔޫސުފް ޙުސައިން ފަނޑިޔާރުގެ އަޒްމިރާލްދާ ޒާހިރު
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/160
ދަޢުވާގެ ޚުލާޞާ
މ އ ހދ8 9 *
ނަނ މހނނ،
މިއީ، ފެމިލީ ކޯޓުގެ ނަންބަރު 2014/Fm
-
C/860 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި،
ފ. ފީއަލި) ބަހާރުގެ ޢަލީ ޝަފީޤުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ އިންޑިއާގެ ރައްޔިތެއްކަމުގައިވާ ޝީޖާ ޒުލައިޚާ
ވީ އެވެ.
ފާހަގަކުރެވުނު ނުކުތާ
ނުކުތާތައް:
1. ފެމިލީ ކޯޓުގެ ނަންބަރު 2014/Fm
-
C/860 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ
އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި ފ. ފީއަލި|
ބަހާރުގެ ޢަލީ ޝަފީޤުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2. ފެމިލީ ކޯޓުގެ ނަންބަރު 2014/Fm-C/860 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު
އެޤަޟިއްޔާއަކީ، އިންޑިއާގެ ރައްޔިތެއްކަމުގައިވާ ޝީޒާ ޒުލައިޚާ ބީވީ އާއި ފ. ފީއަލި ބަހާރުގެ ޢަލީ
ޝަފީޤު އާ ދެމީހުން ކާވެނިކޮށްގެން ލިބިފައިވާ ދެދަރިންގެ ތެރެއިން ފިރިހެން ދަރިފުޅު އަޙްމަދު މުޝްރިފް
ޝަފީޤު (އުފަންތާރީޚް: 25 އޯގަސްޓް 2001) ޙަޟާނަތު ހޯދުމަށް އެދި ދަރިފުޅުގެ މަންމަ ޝީޖާ ޒުލައިޚާ
ބީވީ ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެއްކަން އެނގެން އޮންނަކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/160
އެޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ، "ދެންފަހެ، އިންޑިއާގެ ރައްޔިތެއްކަމަށްވާ ޝީޖާ
ޒުލައިޚާ ބީވީ (ޕާސްޕޯޓް ނަންބަރު: 32317483) އާއި ފ. ފީއަލި، ބަހާރުގެ ޢަލީ ޝަފީޤު (އައިޑީކާޑު
ނަންބަރު:A049358)އާ ދެމީހުން ކާވެނިކޮށް ލިބިފައިވާ ދަރިފުޅު، އަޙްމަދު މުޝްރިފް ޝަފީޤް (އުފަންތާރީޚް:
25 އޮގަސްޓް 2001) ގެ ޙަޟާނަތު ލިބިގަތުމަށް އެދި ދަރިފުޅުގެ މަންމަ ޝީޖާ ޒުލައިޚާ ބީވީ ހުށަހަޅާފައިވާ
މި ޤަޟިއްޔާގައި، ބުނެވިދިޔަ ދެމީހުންގެ މެދުގައި ހުރި ދަރިފުޅަކީ ޙަޟާނަތުގެ އުމުރު ހަމަވެ އިޚުތިޔާރީ
ޢުމުރުގެ ކުއްޖެއް ކަން މާލޭ ސިޓީކައުންސިލްގެ އިދާރާ ނަންބަރު: 1928/2002 އުފަންދުވަހުގެ ސެޓްފިކެޓް
އަށް ބެލުމުން އެނގޭތީ، ޢާއިލާއާބެހޭ ޤާނޫނުގެ 44 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް، ބުނެވިދިޔަ ދެ
މީހުންގެ މެދުގައި ހުރި ދަރިފުޅު އަޙްމަދު މުޝްރިފް ޝަފީޤު 22 މެއި 2014 ގައި ބޭއްވުނު ޝަރީޢަތުގެ
މަޖިލީހަށް ޙާޟިރުކޮށް، މި ދަރިފުޅު ހުންނަން ބޭނުންވަނީ ކާކު ގާތުގައިތޯ ޝަރީޢަތުން ސުވާލުކުރުމުން،
ދަރިފުޅު ހުންނަން ބޭނުންވަނީ ދަރިފުޅުގެ މަންމަ ގާތުގައިކަމަށް ދަރިފުޅު އަޙްމަދު މުޝްރިފު ޝަފީޤު
ބުނެފައިވާތީ، މިދަރިފުޅުގެ ޙަޟާނަތު ދަރިފުޅުގެ މަންމަ އިންޑިއާގެ ރައްޔިތެއްކަމަށްވާ ޝީޖާ ޒުލައިޚާ ބީވީއާ
މިއަދު (25.05.2014) އިން ފެށިގެން ޙަވާލުކޮށް، ދަރިފުޅާއި މައިންބަފައިންގެ މެދުގައިވާ ސިލަތުލް
ގުޅުން ބަދަހިވާނީ ދަރިފުޅުގެ ބައްޕަ އަށް ދަރިފުޅަށް ޒިޔާރަތްކުރެވި ދަރިފުޅާއި އެކު ވަގުތު
ހޭދަކުރެވޭނެ
ގޮތެއް އޮވެގެން ކަމަށް ޝަރީޢަތަށް ފެންނާތީ، ދަރިފުޅުގެ ބައްޕަ ޢަލީ ޝަފީޤު ދަރިފުޅާ
ބައްދަލުކުރަން ހިނގައްޖެނަމަ، ދަރިފުޅުގެ ބައްޕަ އާއި ދަރިފުޅާއި ބައްދަލުކުރުމުގެ އިންތިޒާމު ހަމަޖައްސައިދޭން
ޖެހޭނެކަން ޝީޖާ ޒުލައިޚާ ބީވީ އަށް އަންގައި، އަދި ފޯނު މެދުވެރިކޮށްވެސް ދަރިފުޅުގެ ބައްޕަ އަށް ދަރިފުޅާއި
ބައްދަލުކުރުމުގެ އިންތިޒާމު ހަމަޖައްސައިދޭން ޖެހޭނެކަން ޝީޒާ ޒުލައިޚާ ބީވީ އަށް އަންގައި، ދަރިފުޅަށް
ޒިޔާރަތް ކުރުމުގައާއި އަދި ދަރިފުޅު ޢަލީ ޝަފީޤު އާ އެކު ގެންދިއުމަށް ދަރިފުޅު ދޫކުރުމުގައިވެސް ދަރިފުޅު
ކިޔެވުމަށާއި ސްކޫލުގެ ޙަރަކާތްތަކަށާއި އަރާމްކުރުމަށާއި ކެއިން ބުއިމަށް، ބުރޫނާރާ ގޮތުގެ މަތިން ކަންތައް
ކުރުމަށާއި، ދަރިފުޅު އެދެވޭ ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަށާއި ދަރިފުޅު ތަރުބިއްޔަތު ކުރުމުގައި
އިސްލާމްދީނަށް ބޯލަނބައި ކިޔަމަންގަތުމަށް ބާރުއަޅައި، އިސްލާމްދީނަށް ލޯބި ޖެއްސުމަށް މަސައްކަތް
އަރުހާމްގެ
OCCX
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
އެކަންތަ
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/16
ކުރުމަށާއި ދަރިފުޅުނަން ދެރައެއް ލިބިދާނެ އެއްވެސްކަމެއް ނުކުރުމަށް ދެފަރާތަށް ނަޞޭޙަތްތެރިވެ، މިގޮތުގެ
މަތިން ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ" މިފަދައިންކަން އެނގެންއޮންނަކަމެވެ.
3. ފެމިލީ ކޯޓުގެ ނަންބަރު 2014/Fm
-
C/860 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ
އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، ބުނެ ފ. ފީއަލި ބަހާރުގެ ޢަލީ ޝަފީޤުގެ ފަރާތުން 02
(ދޭއް) ނުކުތާއެއް ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަދައްކާފައިވެއެވެ.
0
• ފުރަތަމަ ނުކުތާއަކީ، ފެމިލީ ކޯޓުގެ ނަންބަރު 2014/Fm-C/860 ޤަޟިއްޔާ އެކޯޓުގައި
ކުރިޔަށް ގެންގޮސްފައިވަނީ އިސްތިއުނާފު ކުރާ ފަރާތަށް ތަމްސީލުވުމުގެ އެކަށީގެންވާ ފުރުޞަތު ނުދީ ޣައިރު
ޙާޟިރުގައި ކަމަށްވުމުން މިކަމުގައި ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި ޚިލާފަށް އަދި
(principles of natural justice) ގެ އުޞޫލާއި ޚިލާފަށް މައްސަލައިގެ
ބާއްވައި
މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
0
• ދެވަނަ ނުކުތާއަކީ، އިސްތިއުނާފު މިކުރެވޭ ޤަޟިއްޔާގައި ފެމިލީކޯޓުން ރިޢާޔަތް ކޮށްފައިވާ
ކަންކަމުގެ ތެރެއިން އެސެސްމަންޓް ރިޕޯޓްގައި ކުއްޖާގެ ދޮންމަންމަ އާއި ސުވާލު ކުރިކަމަށް ބުނެފައިވާއިރު
އެފަދަ ކަމެއް ހިނގާފައިނެތްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
4. ފެމިލީ ކޯޓުގެ ނަންބަރު 2014/Fm
-
C/860 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ ފ. ފީއަލި ބަހާރުގެ ޢަލީ ޝަފީޤުގެ ފަރާތުން ހުށަހަޅާފައިވާ
ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން އިންޑިއާގެ ރައްޔިތެއްކަމުގައިވާ ޝީޖާ ޒުލައިޚާ ޓީވީގެ ފަރާތުން
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/160
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށް
ބަލާއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް
ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފު ކުރެވިފައިމިވާ ފެމިލީ ކޯޓުގެ ނަންބަރު 2014/Fm-C/860
ޤަޟިއްޔާގައި ޙަޟާނަތު ހޯދުމަށް އިންޑިއާގެ ރައްޔިތެއްކަމުގައިވާ ޝީޖާ ޒުލައިޚާ ބީވީ ހުށަހަޅާފައިވާ އަޙްމަދު
މުޝްރިފް ޝަފީޤު އަކީ، ފ. ފީއަލި، ބަހާރުގެ ޢަލީ ޝަފީޤު އާއި ޝީޖާ ޒުލައިޚާ ބީވީ އާއި ދެމީހުން
ކާވެނިކޮށް ލިބިފައިވާ ދެދަރިންގެ ތެރެއިން ފިރިހެން ދަރިފުޅުކަމާއި، އަޙްމަދު މުޝްރިފް ޝަފީޤުގެ
އުފަންތާރީޚަކީ 25 އޯގަސްޓް 2001 ކަމުން، އަޙްމަދު މުޝްރިފް ޝަފީޤުގެ މިހާރުގެ އުމުރަކީ 12 އަހަރު
ކަމާއި، ތައުލީމު ހާސިލުކުރަމުންދަނީ މާލޭ ޖަމާލުއްދީން ސްކޫލުގައިކަމާއި،
އަޙްމަދު މުޝްރިފް ޝަފީޤުގެ މަންމަ ޝީޖާ ޒުލައިޚާ ބީވީ އާއި ބައްޕަ ފ. ފީއަލި، ބަހާރުގެ ޢަލީ
ޝަފީޤުއާ ދެމީހުންގެ ކާވެނި 2007 ވަނަ އަހަރު ރޫޅިފައިވާކަމާއި، އެހިސާބުން ފެށިގެންވެސް އަޙްމަދު
މުޝްރިފް ޝަފީޤު ހުންނަނީ އަޙްމަދު މުޝްރިފް ޝަފީޤުގެ ބައްޕަ ފަރާތުގެ އާއިލާއާއެކު މާލޭގައި
ކަމަށްވާއިރު، އަޙްމަދު މުޝްރިފް ޝަފީޤުގެ ބައްޕަ ހުންނަނީ ފ. އަތޮޅުގައިކަމާއި، އަޙްމަދު މުޝްރިފް
ޝަފީޤުގެ މަންމަ ޝީޖާ ޒުލައިޚާ ބީވީ ދިރިއުޅެނީ އިންޑިއާގައިކަމާއި، އެހެންކަމުން، އަޙްމަދު މުޝްރިފް
ޝަފީޤު އުޅެންޖެހިފައިވަނީ މަންމައާއި ބައްޕައާއި ވަކިންކަން އެނގޭކަމެވެ.
860}F-C/2014
(ނ) ދެވަނަ ކަމަކީ، އިސްތިއުނާފު ކުރެވިފައިމިވާ ފެމިލީ ކޯޓުގެ ނަންބަރު
ޤަޟިއްޔާއަކީ އަޙްމަދު މުޝްރިފް ޝަފީޤުގެ ޙަޟާނަތު ހޯދުމަށް އެދި ޝީޖާ ޒުލައިޚާ ބީވީ ފެމިލީ ކޯޓަށް
ހެޅުމުން ބެލެވިފައިވާ މައްސަލައެއްކަން އެނގެން އޮންނަކަމާއި،
ހއ 2
3
4
.ހހހވެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/160
އެޤަޟިއްޔާ ބެއްލެވުމަށްފަހު، ފެމިލީ ކޯޓުން ނިންމަވާފައިވަނީ، އަޙްމަދު މުޝްރިފް ޝަފީޤުގެ
ޙަޟާނަތު އަޙްމަދު މުޝްރިފް ޝަފީޤުގެ މަންމަ ޝީޖާ ޒުލައިޚާ ބީވީއާ ޙަވާލުކޮށް އެގޮތުގެ މަތީންކަމާއި،
އެގޮތަށް ނިންމަވާފައިވަނީ، އަޙްމަދު މުޝްރިފް ޝަފީޤުއަކީ ޙަޟާނަތުގެ އުމުރު ހަމަވެ އިޚުތިޔާރީ ޢުމުރުގެ
ކުއްޖެއްކަން އެނގޭތީ، ޢާއިލާއާބެހޭ ޤާނޫނުގެ 44 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް، އަޙްމަދު މުޝްރިފް
މެއި 2014 ގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކޮށް މި ދަރިފުޅު ހުންނަން
ބޭނުންވަނީ
ކާކު ގާތުގައިތޯ ޝަރީޢަތުން ސުވާލުކުރުމުން، ދަރިފުޅު ހުންނަން ބޭނުންވަނީ ދަރިފުޅުގެ މަންމަ
ގާތުގައިކަމަށް ދަރިފުޅު އަޙްމަދު މުޝްރިފް ޝަފީޤު ބުނެފައިވާތީކަން ފެމިލީ ކޯޓުގެ ނަންބަރު
2014/Fm-C/860 ޤަޟިއްޔާގެ ޙުކުމުގެ ޢިބާރާތުން އެނގެން އޮންނަކަމެވެ.
ޝަފީޤު 22
ނަންބަރު
860}Fm-C/2014
އެސެސްމަންޓް
(ނ) ތިންވަނަ ކަމަކީ، ފެމިލީ ކޯޓުގެ
ޤަޟިއްޔާ
އިސްތިއުނާފުކުރުމަށް ޢަލީ ޝަފީޤުގެ ފަރާތުން ހުށަހަޅާފައިވަނީ ދެ ނުކުތާއެއްކަމާއި، އޭގެ ތެރެއިން، ފެމިލީ
ކޯޓުގެ ނަންބަރު 2014/Fm-C/860 ޤަޟިއްޔާގައި ފެމިލީ ކޯޓުން ރިޢާޔަތްކޮށްފައިވާ ކަންކަމުގެ ތެރެއިން
ރިޕޯޓުގައި ކުއްޖާގެ ދޮންމަންމަ އާއި ސުވާލު ކުރިކަމަށް ބުނެފައިވާއިރު އެފަދަ ކަމެއް
ހިނގާފައިނެތްކަމަށް ބުނެ ހުށަހެޅި ނުކުތާގެ މައްޗަށް ބަލާއިރު،
މިމައްސަލައާއެކު ހުށަހެޅިފައިވާ އެސެސްމެންޓް ރިޕޯޓުގައި، އެސެސްމަންޓް ރިޕޯޓު ހެދުމަށް، އަޙްމަދު
މުޝްރިފް ޝަފީޤު ދިރިއުޅޭ ގެއަށް ޒިޔާރަތްކުރިއިރު އަޙްމަދު މުޝްރިފް ޝަފީޤުގެ ދޮންމަންމަވެސް އެގޭގައި
އުޅޭކަން ފާހަގަވިކަމަށާއި، އަޙްމަދު މުޝްރިފް ޝަފީޤުގެ ދޮންމަންމަ، އަޙްމަދު މުޝްރިފް ޝަފީޤާ ބެހޭގޮތުން
ވާހަކަ ނުދެއްކުމުން، އަޙްމަދު މުޝްރިފް ޝަފީޤު ބެލުމުގައި ދޮންމަންމަ ޝައުޤުވެރިނުވާކަން
ފާހަގަކުރެވުނުކަން ބަޔާންކުރެވިފައިވުމުންނާއި، އެސެސްމަންޓް ރިޕޯޓު ހެދުމުގައި ކުއްޖާއާ ގުޅުންހުރި
އެހެނިހެން ފަރާތްތަކާވެސް ސުވާލުކޮށް މައުލޫމާތު ހޯދިފައިވާކަން އެނގެން އޮތުމުން، އެސެސްމަންޓް
ރިޕޯޓުގައި، އަޙްމަދު މުޝްރިފް ޝަފީޤާ ބެހޭގޮތުން ދޮންމަންމަ ވާހަކަ ނުދެއްކިކަމަށް ބަޔާންކޮށްފައި އެވަނީ
8
ޒަރިއްއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 029
3325، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2014/HC-A/16
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ޙަޤީޤަތާ ޚިލާފަށްކަމަށް ބެލެވެންނެތްއިރު، އަޙްމަދު މުޝްރިފް ޝަފީޤާ ބެހޭގޮތުން އަޙްމަދު މުޝްރިފް
ޝަފީޤުގެ ދޮންމަންމައާ ސުވާލުނުކުރެވޭކަމަށް ބެލިނަމަވެސް އެކަމަކީ، އެސަބަބުގެ މައްޗަށް ބިނާކޮށް،
އިސްތިއުނާފުކުރެވިފައިމިވާ ފެމިލީ ކޯޓުގެ ޤަޟިއްޔާގެ ޙުކުމަކީ ބާޠިލުހުކުމެއްކަމުގައި ބަލަންޖެހޭ
ސަބަބެއްކަމުގައި ނުވާކަމެވެ.
oxuc
(ރ) ހަތަރުވަނަ ކަމަކީ، ފެމިލީ ކޯޓުގެ ނަންބަރު 2014/Fm-C/860 ޤަޟިއްޔާ އެކޯޓުގައި
ކުރިޔަށް ގެންގޮސްފައިވަނީ އިސްތިއުނާފުކުރާ ފަރާތަށް ތަމްސީލުވުމުގެ އެކަށީގެންވާ ފުރުޞަތު ނުދީ ޣައިރު
ޙާޟިރުގައި ކަމަށްވުމުން މިކަމުގައި ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި ޚިލާފަށް އަދި
(principles of natural justice) ގެ އުޞޫލާއި ޚިލާފަށް މައްސަލައިގެ އަޑުއެހުންތައް ބާއްވައި
މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާގެ މައްޗަށާއި، އަދި އެނުކުތާއާއި ގުޅިގެން ޢަލީ ޝަފީޤުގެ
ފަރާތުން ދައްކާފައިވާ ވާހަކަތަކުގައި، ޤާނޫނުއަސާސީގެ ބަޔާންކުރެވުނު މާއްދާގައިވާ އުޞޫލަށްބަލާއިރު،
ޝަރީޢަތް ކުރިއަށް ގެންދަވަންވާނީ ދަޢުވާކުރާ ފަރާތުގެ އިތުރުން، ދަޢުވާ ރައްދުވާ ފަރާތުންވެސް ދެކޭގޮތް
ހާމަކޮށް އެފަރާތް ތަމްސީލުކުރުމުގެ ޙައްޤު ދެވިގެންކަމަށްވާއިރު، އަޙްމަދު މުޝްރިފް ޝަފީޤު ހުންނާނެ
ފަރާތެއް ނުވަތަ އަޙްމަދު މުޝްރިފް ޝަފީޤުގެ މަންމައާއި ބައްޕައާ ދެމީހުންގެ ތެރެއިން އަޙްމަދު މުޝްރިފް
ޝަފީޤު އިޚްތިޔާރުކުރާނެ ފަރާތެއް ކަނޑައެޅުމަށް ބޭއްވި ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުވެހުރުމުގެ ޙައްޤު ޢަލީ
ޝަފީޤަށް ކޯޓުން ލިބިނުދެއްވާކަމަށާއި، އެއީ ފެމިލީ ކޯޓުގެ ޙުކުމް ބާޠިލުކުރަންޖެހޭ ފަދަ ސަބަބެއްކަމުގައި ބުނެ
ޢަލީ ޝަފީޤުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބެލިއިރު،
ޙަޟާނަތުގެ މައްސައެއް ކޯޓަށް ހުށަހެޅޭއިރު، މައްސަލަ ރައްދުވާ ފަރާތް މައްސަލަ ހުށަހެޅުނު
ރަށުގައި ނޫޅޭނަމަ، އޭނާ އެވަގުތަކު ހުރި ރަށެއްގެ ކޯޓު މެދުވެރިކޮށް ބަޔާންތައް ނަންގަވައިގެން އެގޮތުގެ
މަތިން އެފަދަ މައްސަލައެއް ހިންގަވައި ނިންމެވިދާނެކަން އެނގޭއިރު، މިމައްސަލަ ފެމިލީ ކޯޓަށް ހުށަހެޅުނުއިރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/160
ޢަލީ ޝަފީޤު ހުރީ ފ. ފީއަލީ ގައިކަމަށްވުމުން، ފ. ފީއަލީ މެޖިސްޓްރޭޓް ކޯޓު މެދުވެރިކޮށް ޢަލީ ޝަފީޤުގެ
ބަސް ފެމިލީ ކޯޓުގެ ޝަރީޢަތަށް ހޯއްދަވާފައިވާކަން އެނގޭކަމާއި،
ނަމަވެސް އަޙްމަދު މުޝްރިފް ޝަފީޤު އެކުއްޖާގެ މަންމަ ޝީޒާ ޒުލައިޚާ ޓީވީއާއި ޙަވާލުކުރުމަށް
ފެމިލީ ކޯޓުން ނިންމަވާފައިވަނީ، އަޙްމަދު މުޝްރިފް ޝަފީޤަކީ ޙަޟާނަތުގެ އުމުރު ހަމަވެ އިޚުތިޔާރީ ޢުމުރުގެ
ކުއްޖެއްކަމުން އަޙްމަދު މުޝްރިފް ޝަފީޤު 22 މެއި 2014 ގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހަށް
ޙާޟިރުކޮށް އަޙްމަދު މުޝްރިފް ޝަފީޤު ހުންނަން ބޭނުންވަނީ ކާކު ގާތުގައިތޯ ޝަރީޢަތުން
ސުވާލުކުރެއްވުމުން، ހުންނަން ބޭނުންވަނީ މަންމަ ގާތުގައިކަމަށް އަޙްމަދު މުޝްރިފް ޝަފީޤު ބުނެފައިވާތީކަން
އެނގޭއިރު،
މިފަދައިން ދަރިފުޅަށް އިޚްތިޔާރުދެއްވުމަށް ބޭއްވޭ ޝަރީޢަތުގެ މަޖިލީހަށް ކުއްޖާގެ މަންމައާއި
ބައްޕައާއި ދެމީހުން ކުރެ އެއް ފަރާތަށް ޙާޟިރުވުމަށް އެންގެވުމެއްނެތި، އަނެއް ފަރާތް އެކަނި ޙާޟިރުކޮށް،
އެކުއްޖާގެ މަންމައާއި ބައްޕައާއި ދެމީހުންކުރެ ވަކިފަރާތެއްގެ އެކަނި ޙާޟިރުގައި އެކުއްޖާއަށް އިޚްތިޔާރު
ދެއްވުމަކީ، އެޝަރީޢަތަކީ ޢަދުލުވެރި ޝަރީޢަތެއްކަމަށް ނުވާނެކަން އެނގޭއިރު،
އަޙްމަދު މުޝްރިފް ޝަފީޤުގެ މަންމައާއި ބައްޕައާއި ދެމީހުންކުރެ، އަޙްމަދު މުޝްރިފް ޝަފީޤު
އިޚްތިޔާރުކުރާނެ ފަރާތެއް ކަނޑައެޅުއްވުމަށް 22 މެއި 2014 ގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހަށް
ޙާޟިރުވުމަށް ޢަލީ ޝަފީޤަށް އެންގިފައިނުވާކަން އެނގެންއޮތުމުން، އެމަޖިލީހުގައި ކުއްޖާގެ މަންމަގެ
ޙާޟިރުގައި އެކަނި ކުއްޖާއަށް އިޚްތިޔާރުދީ އޭގެ މައްޗަށް ބިނާކޮށް ނިންމަވާފައިވާ ނިންމެވުން
ރަނގަޅުނޫންކަމަށާއި،
404
އިޚްތިޔާރުދެނީ އެކުއްޖާ ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކޮށް މަންމައާއި ބައްޕަގެ
ޙާޟިރުގައި ކަމަށްވާނަމަ، އެކުއްޖާގެ މަންމައާއި ބައްޕައާއި ދެމީހުންނަށްވެސް އެޝަރީޢަތުގެ މަޖިލީސް
ބޭނުން އެންގުމާއެކު، ކޯޓަށް ޙާޟިރުވުމަށް އެންގިފައިވާންވާނެކަމެވެ.
ރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/160
(ބ) ފަސްވަނަ ކަމަކީ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، މިމައްސަލަ މިކޯޓުގައި
ބެލި ފަނޑިޔާރުން ދެކެނީ، އިސްވެދިޔަ ކަންކަމުގެ އަލީގައި އިސްތިއުނާފުކުރެވިފައިމިވާ ފެމިލީ ކޯޓުގެ
ޤަޟިއްޔާ ފެމިލީ ކޯޓުން އަލުން ބައްލަވައި ފައިޞަލާކުރަނިވި ޙުކުމެއްކުރައްވަ
.ތ ދ ތޑ 4ހ2ދ $ &
މެއެކުރައްވާން ޖެހޭކަމުގައެވެ.
ޙުކުމް.-
ދެންފަހެ، ބަޔާންކުރެވި ދިޔަ ސަބަބުތައް އެފަދައިން ހުރުމުން، އިސްތިއުނާފުކުރެވިފައިމިވާ، ފެމިލީ
ކޯޓުގެ ނަންބަރު 2014/Fm
-
C/860 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލްކޮށް، ބަޔާންކުރެވިދިޔަ
ކަންކަމުގެ އަލީގައި، ފެމިލީ ކޯޓުން މިމައްސަލަ އަލުން ބައްލަވައި ފައިޞަލާކުރަނިވި ޙުކުމެއް
ކުރައްވަންޖެހޭކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން
މިމައްސަލަ ފެމިލީ ކޯޓަށް ތަޙުލީލުކޮށް މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv