ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/10 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/10
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 10/HC-A/2011
އިސްތިއުނާފު ކުރިފަރާތް:
* ނަން: މުޞްޠަފާ މުޙައްމަދު
އައިޑީ ކާޑު ނަންބަރ: A071274
ދާއިމީ އެޑްރެސް: ގއ. ވިލިނގިލި ގްރީންގެ
އެޑްރެސް: މ. ޑޭއިސްޓަރ
0
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ.
* ރެޖިސްޓްރީ ނަންބަރ: 186
/
2001-C
* ވަކީލު: އަޒޫ. މުޙައްމަދު ޝަހުދީ އަންވަރު
0
z
ހުށަހެޅުނު ތާރީޚް: 09 ޖެނުއަރީ 2011
ނިމުނު ތާރީޚް: 27 ނޮވެމްބަރ 2012
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/MC/651
• ނިންމެވިކޯޓް: މަދަނީކޯޓް
ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
0
0
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، އިސްފަނޑިޔާރު އަޙްމަދު ޝަރީފު، ފަނޑިޔާރު ޔޫސުފް ޙުސައިން
ހިރާއް
a-
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/10
ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީ ކޯޓުގެ ނަންބަރު 2010/MC/651 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލާއި ޚިލާފަށް ކަމަށް ބުނެ ވިލިނގިލި ގްރީންގެ މުޞްޠަފާ މުޙައްމަދު
އެމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބެ
ބެލި ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާޕީ ދަޢުވާ ރައްދުވާ ފަރާތަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން
CCCO
ޕިލކ. އެވެ.
48
4
ހަގަކުރެވުނު ނުކު
01- މަދަނީ ކޯޓުގެ ނަންބަރު 2010/MC/651 ޤަޟިއްޔާ އަކީ، ޕަބްލިކްވާރކްސް
ސަރިވިސްގެ ސިކިއުރިޓީ އޮފިސަރެއްގެ ވަޒީފާގައި ވިލިގިލި ހުސްނީގެ ޙަސަން ޖަމީލް އުޅުނު
ދުވަސްވަރު ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ.ގެ ކްރެޑިޓް ސްކީމްގެ ދަށުން ޙަސަން ޖަމީލަށް
ދޫކޮށްފައިވާ މުދަލަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން -/
2736ރ. (ދެހާސް ހަތްސަތޭކަ ތިރީސްހަރުފިޔާ)
10 ޖެނުއަރީ 2008 ގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ.ގެ 16 ނަންބަރު ފިހާރައަށް
ދައްކާފައިވާކަން އެނގެން އޮތްއިރު، އެފައިސާ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކގެ އެކައުންޓަށް
ޖަމާކޮށްފައިނުވާތީ އާއި، އެފައިސާ އެންމެފަހުން އަރާފައިވަނީ އޭރު 163 ނަންބަރު ފިހާރައިގެ މެނޭޖަރަކަށް
ހުރި ވިލިނގިލި ގްރީންގެ މުޞްޠަފާ މުޙައްމަދުގެ އަތަށް ކަމަށް އޭރު އެފިހާރައިގެ ވަޒީފާއަދާކުރި
ދެމުވައްޒަފުން ބުނާތީ، އެފައިސާގެ ޒިންމާ އުފުލަންޖެހޭ ފަރާތަކީ މުޞްޠަފާ މުޙައްމަދު ކަމަށްބުނެ
މުޞްޠަފާ މުޙައްމަދުގެ އަތުން -/
2736ރ. (ދެހާސް ހަތްސަތޭކަ ތިރީސްހަރުފިޔާ) ހޯދުމަށް އެދި ސްޓޭޓް
ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ. އިން މުޞްޠަފާ މުޙައްމަދުގެ މައްޗަށް ދަޢުވާކުރުމުން ބައްލަވާފައިވާ
ޤަޟިއްޔާއެއް ކަމާއި؛
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، އެފައިސާ 10 ޖެނުއަރީ 2008 ގައި
ވިލިގިލީގައި ހުންނަ އެސް.ޓީ.އޯ 163 ނަންބަރު ފިހާރައަށް ބަލައިގަނެފައިވާކަން އެފިހާރައިގެ ނަންބަރު
2007
/
01/RF
-
163
/
CSH (2008-01-10) ޕޭމަންޓް ރިސިޕްޓުން އެނގެން އޮތުމާއިއެކު އެފައިސާ
ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ. އަށް ނުވަތަ ބޭންކް އޮފް މޯލްޑިވްސް
ބްރާންޗް
249
مرجع ع ع
ގއ. ވިލިލީ
a-
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ޕެކްސް 3316471
އީމެއިލް [email protected] ފެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/10
ގައި އޮންނަ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ. ގެ އެކައުންޓަށް ޖަމާކޮށްފައިވާކަން އެނގެން
ނެތްކަމާއި، އެފައިސާ އެސް.ޓީ.އޯ 163 ނަންބަރު ފިހާރައަށް ބަލައިގަތްއިރު އެފިހާރައިގެ އެންމެ އިސް
މީހެއްގެ ގޮތުގައި ހުރި ފަރާތަކީ އެފިހާރައިގެ މެނޭޖަރެއްގެ ވަޒީފާގައި ހުރި ދަޢުވާލިބޭ މުޞްޠަފާ
މުޙައްމަދުކަން ދެފަރާތުގެ ބަހުންނާއި ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮތުމާއެކު މުޞްޠަފާ
މުޙައްމަދުގެ ވަޒީފާގެ ބަޔާނުގައިވާ ވަޒީފާގެ މަސައްކަތުގެ ތެރޭގައި، ކޮންމެ ދުވަހެއްގެ ވެސް
ހިސާބުތައްބަލް ލިބިފައިވާ ފައިސާއާއި ހިސާބުތައް ޗެކް ކުރުމާއި ދުވަހުގެ ވިޔަފާރި ނިމޭއިރު ލިބިފައިވާ
ފައިސާ ރަގަޅަށް ބަލާ ޗެކް ކުރުމަށްފަހު ޖެހިގެން އަންނަ ދުވަހު ބޭންކަށް ޖަމާކުރުން، ހިމެނިފައި
ވީހިނދު، އެފައިސާއަކީ މުޞްޠަފާ މުޙައްމަދު އެފިހާރައިގެ މެނޭޖަރަކަށް ހުރިއިރު އެފިހާރައަށް
ބަލައިގަނެފައިވާ ފައިސާއެއް ކަމަށް ވުމާއެކު، މިހާތަނަށްވެސް އެފައިސާ ސްޓޭޓް ޓްރޭޑިންގ
އޯގަނައިޒޭޝަން ޕލކ. އަށް ދައްކާފައިވާކަން ޝަރީޢަތަށް ސާބިތު ނުވާތީ، އެފައިސާ ސްޓޭޓް ޓްރޭޑިންގ
އޯގަނައިޒޭޝަން ޕލކ. އަށް ދެއްކުމުގައި ދަޢުވާލިބޭ މުޞްޠަފާ މުޙައްމަދުގެ ޒިންމާ ބަރީއަ ވެގެން
ނުވާކަން ޝަރީޢަތަށް ސާބިތުވެއްޖެ ކަމަށް ކަނޑައަޅުއްވާ، އެފައިސާ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން
ޕިލކ.އަށް ލިބިދިނުމުގެ
.ގެ ގޮތުން 15 ސެޕްޓެމްބަރު 2010 ދުވަހުން ފެށިގެން މީލާދީ 04 (ހަތަރެއް) މަސް
ދުވަހުގެ ތެރޭގައި މަދުވެގެން އެމަހަކަށް ޖެހޭވަރު އެމަހަކު ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
އަށް ފައިސާ ދައްކަމުންގޮސް -/2736ރ. (ދެހާސް ހަތްސަތޭކަ ތިރީސްހަރުފިޔާ) ޚަލާސް ކުރުމަށް ގއ.
ވިލިނގިލި/ ގްރީންގެ މުޞްޠަފާ މުޙައްމަދަށް އަންގަވާކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓުން އެނގެން އޮވެއެވެ.
02- އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން މަދަނީ ކޯޓުގެ ނަންބަރު 2010/MC/651
ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، މުޞްޠަފާ މުޙައްމަދުގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން،
ފަސް ނުކުތާ ފާހަގަކޮށް އެނުކުތާ ތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
އެއިގެ ތެރެއިން:
• ފުރަތަމަ ނުކުތާއަކީ: މިމައްސަލަ ސާބިތުކުރުމަށް ހެކިންގެ ގޮތުގައި ދަޢުވާކުރާ ފަރާތުން ހުށަހެޅި
ގއ. ވިލިނގިލި އެދުރުގެ ފިރާޝާ ޢަލީ އާއި، ގއ. ވިލިނގިލި ގިރިޓީގެ ޔުމްނާ ޢަބްބު
އަބްދުލްޖަލީލް
48
CCCX
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ފެބް ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/1
އާއި ދެފަރާތުން ކުރެ އެއްވެސް ފަރާތެއް ކޯޓަށް ޙާޟިރުކޮށް ހެކިބަސް ނަގާފައިނުވުން ކަމަށްބުނެ
ފާހަގަކޮށްފައިވާ ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ: މިމައްސަލާގައި އެސްޓީއޯ 163 ނަންބަރު ފިހާރައަށް ބަލައިގަނެފައިވާ ކަމަށް
ބުނާ -/2736ރ. (ދެހާސް ހަތްސަތޭކަ ތިރީސްހަރުފިޔާ) އަށް ވީނުވީ ގޮތެއް ނޭނގިގެން ނުވަތަ
އެފައިސާ ބެންކަށް ޖަމާކޮށްފައި ނުވާކަމަށް ބުނެ އެފައިސާ މުޞްޠަފާ މުޙައްމަދުގެ އަތުން ހޯދުމަށް
ދަޢުވާކުޑައިރު އެސްޓީއޯ ޕިލކ. ގެ ފަރާތުން މުޞްޠަފާ މުޙައްމަދު އެފައިސާއާއި ޙަވާލުވެފައި
ނުވާކަމާއި، އަދި މިފައިސާއާއި ޙަވާލުވެފައިވަނީ އެސްޓީއޯ. ޕީލކ 163 ނަންބަރު ފިހާރައިގެ
ސޭލްސް ރެޕްރެޒެންޓޭޓިވް ގްރޭޑް 1 ގެ ވަޒީފާގައި އުޅުނު ގއ. ވިލިނގިލި އެދުރުގެ ފިރާޝާ
ޢަލީކަން އެފިހާރައިގެ ނަންބަރު 2007
/
01/RF
-
163
/
CSH ޕޭމަންޓް ރިސިޕްޓުން އެނގެން
އޮތްއިރު، މިނުކުތާއަށް ޝަރީޢަތުން ރިޢާޔަތްކޮށްފައި ނުވުން ކަމަށްބުނެ ފާހަގަކޮށްފައިވާ
ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ: ނަންބަރު 2007
/
01/RF
-
163
/
CSH ޕޭމަންޓް ރިސިޕްޓުގައިވާ -
/2736ރ. (ދެހާސް ހަތްސަތޭކަ ތިރީސްހަރުފިޔާ) އާއި ޙަވާލުވުމަށްފަހު ފިރާޝާ ޢަލީ އެފައިސާ
މުޞްޠަފާ މުޙައްމަދުއާއި ޙަވާލުކުރިކަން އެނގޭ އެއްވެސް ލިޔުމެއް ނެތްކަން އަދި މިނުކުތާއަށް
ޝަރީޢަތުން ރިޢާޔަތްކޮށްފައި ނުވާ ކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
• ހަތަރުވަނަ ނުކުތާއަކީ: އެސްޓީއޯ. ޕީލކ 163 ނަންބަރު ފިހާރައިގެ އެންމެ އިސް މީހެއްގެ
ގޮތުގައި އެފިހާރައިގެ މެނޭޖަރަކަށް މުޞްތަފާ މުޙައްމަދު ހުރި ނަމަވެސް އެފިހާރައިގެ ވަކިވަކި
ފަރުދުންގެ ފުށުން ހިނގާ ނޭދެވޭ ޢަމަލުތަކަށް އެޢަމަލެއް ހިންގި ފަރުދަކު ފިޔަވައި އިސްވެރިޔާގެ
ހައިސިއްޔަތުން މުޞްޠަފާ މުޙައްމަދު ޒިންމާކުރުވުމަކީ އިސްލާމީ ޝަރުޢީ އުޞޫލާއި އަދި ތަބީޢީ
ޤާނޫނާއި ބުއްދިއާއި ތަހުޒީބުގެ ހަމަތަކާވެސް ފުށުއަރާ ކަމެއްކަމަށް ވުމާއި އަދި މިނުކުތާއަށް
ޝަރީޢަތުން ރިޢާޔަތްކޮށްފައި ނުވުން ކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
• ފަސްވަނަ ނުކުތާއަކީ: ދަޢުވާ ސާބިތުކުރަން ދަޢުވާކުރާ ފަރާތުން ހުށަހެޅި ހެކިން ޙާޟިރުކޮށް
ޝަރީޢަތުގެ މަޖިލިސްގައި ހެކިބަސް ބަދަލުގައި ހެކިންގެ ބަޔާނެއް
c 332 6 s
برسر رد
ކަމަށް
a-
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ފެބް ސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/1
ދަޢުވާކުރާ ފަރާތުން ޝަރީޢަތަށް ހުށަހަޅާ ލިޔުމެއްގެ މައްޗަށް ބައްލަވައި މައްސަލަ ނިންމެވުމަކީ
ހެކިންގެ ހެކިބަހުން ދަޢުވާ ސާބިތުކުރުމުގެ އުޞޫލާއި ފުށުއަރާ ކަމެއް ކަމަށްބުނެ ފާހަގަކޮށްފައިވާ
ނުކުތާއެވެ.
ދ ދޔ ހވ
ކަންބައެއ
03- މިމައްސަލައާއި ގުޅިގެން މަދަނީކޯޓުގެ ނަންބަރު 2010/MC/651 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މުޞްޠަފާ މުޙައްމަދުގެ ފަރާތުން އިސްތިއުނާފު ކުރުމަށް
ހުށަހަޅާފައިވާ ނުކުތާއަށާއި، އެނުކުތާއާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި
ފާހަގަކުރެވެއެވެ.
(ހ) މިމައްސަލަ ސާބިތުކުރުމަށް ހެކިންގެ ގޮތުގައި ދަޢުވާކުރާ ފަރާތުން ހުށަހެޅި
ވިލިނގިލި އެދުރުގެ ފިރާޝާ ޢަލީ އާއި، ގއ. ވިލިނގިލި ގިރިޓީގެ ޔުމްނާ ޢަބްދުލްޖަލީލް އާއި ދެފަރާތުން
ކުރެ އެއްވެސް ފަރާތެއް ކޯޓަށް ޙާޟިރުކޮށް ހެކިބަސް ނަގާފައިނުވާކަމަށް މުޞްޠަފާ މުޙައްމަދުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގައި ފާހަގަކޮށްފައިވާތީ، ޔުމްނާ ޢަބްދުލްޖަލީލް ދިވެހިރާއްޖޭގެ ހައިކޯޓަށް ހާޒިރުކޮށް
ކުރެވުނު ސުވާލުތަކުގެ ޖަވާބުގައި، މިމައްސަލައާއި ގުޅިގެން އެސް.ޓީ.އޯއަށް ދިންކަމަށާއި
ޝަރީޢަތުގެ ފަރާތުން އިއްވި ބަޔާނަކީ އެސް.ޓީ.އޯ އަށް ޔުމްނާ ޢަބްދުލްޖަލީލް ދީފައިވާ ބަޔާނެއް ކަމަށާއި
އެއީ ތެދު ބަޔާނެއް ކަމަށް ބުނެފައިވާއިރު، އެސް.ޓީ.އޯ 163 ނަންބަރު ފިހާރައިގެ ސޭލްސް
ރެޕްރެޒެންޓޭޓިވް ގްރޭޑް 1 ގެ ވަޒީފާގައި ހުރިއިރު ފައިސާ އާއި ބެހޭގޮތުން ޔުމްނާ ޢަބްދުލްޖަލީލް
ކުރާކަމަކީ ކުރެޑިޓް ބިލްތަކުގެ ފައިސާ އާއި ޑެއިލީ ސޭލްސް ބަލައިގަނެ ޖަމާކުރުން ކަމަށާއި، ސްކީމުގެ
ފައިސާ ބަލައިގަންނާނީ ސޭލްސް ރެޕްރެޒެންޓޭޓިވް ގްރޭޑް 1 ފިރާޝާ ޢަލީ ކަމަށާއި، ފިރާޝާ ބަލައިގަންނަ
ފައިސާވެސް ޢާންމުގޮތެއްގައި ޖަމާކުރަނީ ޔުމްނާ ޢަބްދުލްޖަލީލް ކަމަށާއި، ސަރުކާރު މުވައްޒަފުންގެ
ސްކީމުގައި ބައިވެރިވެފައިވާ ވިލިގިލި ހުސްނީގެ ޙަސަން ޖަމީލު ނަގާފައިވާ މުދަލުގެ އަގަށް
ނުދައްކާވާ -2736ރ. (ދެހާސް ހަތްސަތޭކަ ތިރީސްހަރުފިޔާ) 10 ޖެނުއަރީ 2008 ދުވަހު ދެއްކުމާއި
ގުޅިގެން ފިރާޝާ ޢަލީ އެފައިސާ ބަލައިގެންފައިވާނަމަވެސް ބޭންކަށް ޖަމާކުރުމަށް އެފައިސާ
ބަޔާނެއް
ޔުމްނާ
ދިވެހީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ފެބް ސައިޓް www.highcourt.gov.mv
6
ސިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/10
ޢަބްދުލްޖަލީލް އާއި ޙަވާލެއް ނުކުރާކަމަށާއި، ޔުމްނާ ޢަބްދުލްޖަލީލް ފިހާރައިގައި ނެތްކަމުގައިވާނަމަ ފައިސާ
ޙަވާލުކުރާނީ މެނޭޖަރ މުޞްޠަފާ މުޙައްމަދާ ކަމަށް ޔުމްނާ ޢަބްދުލްޖަލީލް ބުނެފައިވާކަން އެނގެން
އޮންނަކަމާއިގެ
އަދި ފިރާޝާ ޢަލީ ވިލިގިލި މެޖިސްޓްރޭޓަށް ޙާޒިރުކޮށް އޯޑިއޯ ކޮންފަރެންސް
މެދުވެރިކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގެ ފަރާތުން ކުރެވުނު ސުވާލުތަކާއި ގުޅިގެން،
ގއ. ވިލިގިލި، ހުސްނީގެ ޙަސަން ޖަމީލު ދެއްކި ފައިސާ ބަލައިގަތީ ފިރާޝާ ޢަލީ ކަމަށާއި، ފައިސާ
ބަލައިގަތުމަށް ފަހު އެފައިސާ ޙަވާލުކުރީ މެނޭޖަރު މުޞްޠަފާ މުޙައްމަދާ ކަމަށް ބުނެފައިވާކަން އެނގެން
އޮންނަކަމާއިގެ
އަދި ގއ. ވިލިގިލި، ހުސްނީގެ ޙަސަން ޖަމީލު ގއ. ވިލިގިލި މެޖިސްޓްރޭޓަށް ޙާޒިރުކޮށް
އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގެ ފަރާތުން ކުރެވުނު
ސުވާލުތަކާއި ގުޅިގެން، ސަރުކާރު މުވައްޒަފުންގެ ކްރެޑިޓް ސްކީމުގެ ދަށުން ޙަސަން ޖަމީލު ނަގާފައިވާ
މުދަލުގެ އަގަށް ނުދައްކާވާ -/2736ރ. (ދެހާސް ހަތްސަތޭކަ ތިރީސްހަރުފިޔާ) ދައްކާފައިވާނެ ކަމަށާއި،
އެފައިސާ ދެއްކި ކަމުގެ ރަޝީދުވެސް އެބައޮތްކަމަށާއި، އެފައިސާ ބަލައިގަތީ ފިރާޝާ ޢަލީކަމަށާއި،
ފިރާޝާ ޢަލީ ފައިސާ ބަލައިގަތުމަށްފަހު، އެފައިސާ ޙަވާލުކުރީ މުޞްޠަފާ މުޙައްމަދާކަމަށް ބުނެފައިވާކަން
އެނގެން އޮވެއެވެ.
(ނ) މިމައްސަލާގައި އެސްޓީއޯ 163 ނަންބަރު ފިހާރައަށް ބަލައިގަނެފައިވާ ކަމަށް ބުނާ
/2736ރ. (ދެހާސް ހަތްސަތޭކަ ތިރީސްހަރުފިޔާ) އަށް ވީނުވީ ގޮތެއް ނޭނގިގެން ނުވަތަ އެފައިސާ
ބެންކަށް ޖަމާކޮށްފައި ނުވާކަމަށް ބުނެ އެފައިސާ މުޞްޠަފާ މުޙައްމަދުގެ އަތުން ހޯދުމަށް ދަޢުވާކުޑައިރު
އެސްޓީއޯ ޕިލކ. ގެ ފަރާތުން މުޞްޠަފާ މުޙައްމަދު އެފައިސާއާއި ޙަވާލުވެފައި ނުވާކަމާއި، އަދި
މިފައިސާއާއި ޙަވާލުވެފައިވަނީ އެސްޓީއޯ. ޕީލކ 163 ނަންބަރު ފިހާރައިގެ ސޭލްސް ރެޕްރެޒެންޓޭޓިވް
ގްރޭޑް 1 ގެ ވަޒީފާގައި އުޅުނު ގއ. ވިލިނގިލި އެދުރުގެ ފިރާޝާ ޢަލީކަމަށް މުޞްޠަފާ މުޙައްމަދުގެ
ފަރާތުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކުގައި ފާހަގަކޮށްފައިވާއިރު، އެފައިސާ މުޞްޠަފާ
މުޙައްމަދު ޙަވާލުކުރެވިފައިވާކަން މިމައްސަލަ އާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަރާތުން ހާޒިރުކުރި
a-
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/10
ގއ. ވިލިގިލި އެދުރުގެ ފިރާޝާ ޢަލީ އާއި
ގއ. ވިލިގިލި ހުސްނީގެ ޙަސަން ޖަމީލުގެ ބަހުން އެނގެން
CCCX
ކ
އއ..
ގއ. ވިލިހިލި
(ނ) ސަރުކާރު މުވައްޒަފުންގެ ސްކީމުގައި ބައިވެރިވެފައިވާ
ހުސްނީގެ ޙަސަން
ޖަމީލް ނަގާފައިވާ މުދަލުގެ އަގަށް ނުދައްކާވާ -27361ރ. (ދެހާސް ހަތްސަތޭކަ ތިރީސްހަރުފިޔާ)
އެސް.ޓީ.އޯ 163 ނަންބަރު ފިހާރައަށް ބަލައިގަތްއިރު އެފިހާރައިގެ އެންމެ އިސް މީހެއްގެ ގޮތުގައި ހުރި
ފަރާތަކީ އެފިހާރައިގެ މެނޭޖަރެއްގެ ވަޒީފާގައި ހުރި މުޞްޠަފާ މުޙައްމަދުކަން ދެފަރާތުގެ ބަހުންނާއި
ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮވެފައި، އަދި އެފައިސާ މުޞްޠަފާ މުޙައްމަދުގެ އަތަށް
އަރާފައިވާކަން ދެހެކިންގެ ބަހުން އެނގެން އޮތްއިރު، މުޞްޠަފާ މުޙައްމަދުގެ ވަޒީފާގެ ބަޔާނުގައިވާ ވަޒީފާގެ
މަސައްކަތުގެ ތެރޭގައި،
ކޮންމެ ދުވަހެއްގެ ހިސާބުތައްބަލައި، ލިބިފައިވާ ފައިސާއާއި ހިސާބުތައް ޗެކް
ކުރުމާއި، ދުވަހުގެ ވިޔަފާރި ނިމޭއިރު ލިބިފައިވާ ފައިސާ ރަގަޅަށް ބަލާ ޗެކް ކުރުމަށްފަހު ޖެހިގެން އަންނަ
ދުވަހު ބޭންކަށް ޖަމާކުރުން ހިމެނިފައި ވުމާއެކު، އެފައިސާ އެސް.ޓީ.އޯ ޕީލކ އަށް ދެއްކުމުގައި މުޞްޠަފާ
މުޙައްމަދުގެ ޒިންމާ ބަރީއަ ވެފައިވާކަމަށް ބެލެވެން ނެތްކަން އެނގެއެވެ.
ވީމާ، އިސްވެފާހަގަކުރެވުނު ކަންކަން ހުރުމުން މަދަނީ ކޯޓުގެ ނަންބަރު
2010/MC/651 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް އޮތް ކަމަކަށް މިމައްސަލަ ބެލި
މަޖިލީހުގެ އެއްވެސް ފަނޑިޔާރަކަށް އެއްބަހެއް ނުވެވުނެވެ.
8/22
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ނުކުތާ ތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު
ގޮތަށް ހުރުމާއެކު، މަދަނީކޯޓުގެ ނަންބަރު 2010/MC/651 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު
ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި
ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފިމެވެ.
t
ވާފަ.
ދިވެހީ
a-
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv