ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/224 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
2010/HC-A/224
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ވެ
:
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ ރިޕޯޓު
• ޤަޟިއްޔާ ނަންބަރ: 224/HC
-
A/2010
އިސްތިއުނާފުކުރިފަރާތް:
* ނަން: އަޙްމަދު ރަޝީދު
* އައިޑީކާޑު ނަންބަރ: 004112
A
ދާއިމީ އެޑްރެސް: ޓުވިސްޓަރ ޏ.ފުވައްމުލަކު
މިހާރުގެ އެޑްރެސް:
އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* އައިޑީކާޑު ނަންބަރ-
* ދާއިމީ އެޑްރެސް:-
މިހާރުގެ އެޑްރެސް:
، ހުށަހެޅި ތާރީޚް: 24 އޮކްޓޯބަރ 2010
ނިމުނު ތާރީޚް: 17 އޯގަސްޓް 2011
O
0
އިސްތިސާފުކުރި ޤަޟިއްޔާ ނަންބަރު: 2010/JC/133
ޤަޟިއްޔާގެ ބާވަތް: މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުން
• ނިންމި ކޯޓު: ޖިނާއީކޯޓު
ނިމުނު ތާރީޚް: 11 ޖުލައި 2010
0
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، ޢާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ޕެކްސް:3316471
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
201&HC-A/724
ދަޢުވާގެ ޚުލާސާ:
މިއީ، ޖިނާއީ ކޯޓުގެ ނަންބަރު 2010/JC/133 ޤަޟިއްޔާ، އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ފުވައްމުލަކު، ޓުވިސްޓަރ އަޙްމަދު ރަޝީދު (އައިޑެންޓިޓީކާޑު ނަންބަރު A004112) ގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
ހު
މި ޤަޟިއްޔާގައި، ދަޢުވާރައްދުވާ ފަރާތަކީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
0
ފާހަގަކުރެވުނު
( ތަ4:
3 301
01- ޖިނާއީ ކޯޓުގެ ނަންބަރު 2010/JC/133 ޤަޟިއްޔާ ނިންމަވާފައިވަނީ، ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޏ. ފުވައްމުލަކު، ޓުވިސްޓަރ
އަޙްމަދު ރަޝީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
*e
02- ޖިނާއީ ކޯޓުގެ ނަންބަރު 2010/JC/133 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް
ބެލިއިރު، އެޤަޟިއްޔާއަކީ ޏ. ފުވައްމުލަކު، ޓުވިސްޓަރ އަޙްމަދު ރަޝީދު، 17 އޮކްޓޯބަރ 2009 ދުވަހުގެ
19:20 އެހައިކަށްހައިއިރު، ފުވައްމުލަކު ހޯދަނޑު އަވަށުގައި ހުންނަ ކޮމެންސް" ފިހާރަ ކައިރީގައި
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ މަޢުލޫމާތު ފުވައްމުލަކު ޕޮލިސް ސްޓޭޝަނަށް ލިބުމާގުޅިގެން ފުލުހުންގެ
ބޭކަލުން އެތަނަށް ދުރުވެ، އަޙްމަދު ރަޝީދު، ފުލުހުންގެ ބޭކަލުންގެ ބެލުމުގެދަށަށް ގެންނަން އުޅުއްވި ވަގުތު
އަޙްމަދު ރަޝީދު ހުރިދިމާ ބިންމަތީގައި އޮތް ފެންގަނޑަކަށް އަޙްމަދު ރަޝީދުގެ ވާތުމުށުގެ ތެރެއިން ވައްޓާލި
10(ދިހައެއް) ރަބަރު ޕެކެޓުގައި 11.2348 ގްރާމް ޑައިއެސިޓައިލްމޯފިން ހެރޮއިނާއި، 10.3602 ގްރާމް
06-އެސްޓައިލް މޯފިން ހުރިކަމަށް އެތަކެތީގެ ތަޙްލީލު ރިޕޯޓުން ދައްކާތީ ޤާނޫނު ނަންބަރ 17/77
(މަސްތުވާތަކެއްޗާބެހޭ ޤާނޫނު)ގެ 2 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެމާއްދާގެ (ރ) ގެ ދަށުން އަޙްމަދު
ރަޝީދުގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ
ކުރުމުން ބެލެވުނު ޤަޟިއްޔާއެއްކަމާއި، އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ޏ. ފުވައްމުލަކު، ޓުވިސްޓަރ
އަޙްމަދު ރަޝީދުގެ މައްޗަށް ދައުލަތުން ކުރެއްވި މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށްޓަކައި
ހައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން:3325029، ފެކްސް:3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
E-
3
2(1)HC-A/22
އަތުގައި ބެހެއްޓުމުގެ ކުށް ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅުއްވައި، އަޙްމަދު ރަޝީދު އުމުރަށް
ޖަލަށްލުމަށް ކަން، އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެއެވެ.
-03
ޖިނާއީ ކޯޓުގެ ނަންބަރު 2010/JC/133 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޏ. ފުވައްމުލަކު، ޓުވިސްޓަރ އަޙްމަދު
ރަޝީދުގެ ފަރާތުން 05 (ފަހެއް) ނުކުތާއެއް ހުށަހަޅައި، އެނުކުތާތަކާބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:-
މަސްތުވާއެއްޗެއް
(ހ) ފުރަތަމަ ނުކުތާއަކީ: ދައުލަތުން އަޙްމަދު ރަޝީދުގެ މައްޗަށް ދަޢުވާކުރި މަނާކުރެވިފައިވާ
ވިޔަފާރީގެ ބޭނުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދައުވާ ޖިނާއީ ކޯޓުން ބައްލަވައި
ނިންމެވުމުގައި ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) އިން ކަށަވަރުކޮށްދީ،
ޤާނޫނުއަސާސީގެ 51 ވަނަމާއްދާގެ (ށ) ގެ ދަށުން ލިބިދީފައިވާ އަސާސީ ޙައްޤުން މަހްރޫމްކޮށް އަޙްމަދު
ރަޝީދުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށްވެސް ބެއްލެވުމެއްނެތި، ފުލުހުން އަދާކޮށްފައިވާ ދައުރަށާއި،
ފުލުހުން ބުނެފައިވާ ބުނުންތަކުގެ މައްޗަށް އިޢުތިމާދުވެ ޙުކުމް ކުރައްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ
332.
(ނ) ދެވަނަ ނުކުތާއަކީ: އަޙްމަދު ރަޝީދުގެ އަތުން އަދި ހަށިގަނޑުންވެސް
މަނާކުރެވިފައިވާ މަސްތުވާތަކެތި އަދި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްވެސް އެއްޗެއް ފެނިފައިނުވާއިރު،
މިމައްސަލާގައި އެންމެހައި މަރުހަލާތަކުގައި ބޮޑު ދައުރެއް އަދާކޮށްފައިވާ ފުލުހުން ތަޙްޤީޤުގައާއި ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތައް
ފައިވާ ވާހަކަތައް ތަފާތުވުމުންނާއި އެގޮތުން އެކަކު އަނެކެއްގެ ބަސްވެސް ތަފާތުވެފައިވާއިރު،
އެކަންތައްތަކަށް ރިޢާޔަތް ނުކުރައްވައި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި
)2
(ނ) ތިންވަނަ ނުކުތާއަކީ: ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަމާއްދާގެ (އ) ގައި
ވާގޮތުން ޖިނާއީ ކުށެއް މީހެއްގެ މައްޗަށް ސާބިތުވާނީ އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތިކަމަށްވާއިރު،
އެކަށީގެންވާ ޝައްކާއި، ފާޅުގައި އޮޅުވާލާފައިހުރި ކަންކަން ހުއްޓައި އެކަންކަމަށް ބެއްލެވުމެއްނެތި ޙުކުމް
ކުރައްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
A
ދިވެހިރާއްޖެ
ނިމުނު ގޮތުގެ ޚުލާސް
2013/HC-A/224
(ރ) ހަތަރުވަނަ ނުކުތާ: ހާދިސާ ހިނގާފައިވާ ގޮތާއި، އެކަމުގައި ފުލުހުން ޢަމަލުކޮށްފައިވާ
ގޮތާއި، ފުލުހުން ހާދިސާ ސިފަކޮށް، ކިޔައިދީފައިވާގޮތަށް ބަލާއިރު، އެބައިމީހުންގެ މިފަދަ ބުނުންތަކަކީ ބުއްދީގެ
މިނާލުމަށްވެސް އެކަށީގެންވާ ބުނުންތަކަކަށްނުވާއިރު، ކަމުގެ ޙަޤީޤަތް ވަންހަނާކޮށް ފުލުހުން
ދައްކާފައިވާ ވާހަކަތަކުގެ ތެދު ޙަޤީޤަތް ބެއްލެވުމަށް ޝަރީޢަތުން މަސައްކަތް ކުރައްވާފައި ނުވާކަމަށް ބުނެ
ހުށަހެޅި ނުކުތާ.
ހަމަތަކުން
(ބ) ފަސްވަނަ ނުކުތާއަކީ: ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި، އުޞޫލުތަކާ ޚިލާފަށް މައްސަލަ
ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
04- ޖިނާއީ ކޯޓުގެ ނަންބަރު 2010/JC/133 ޤަޟިއްޔާ، އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ
އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ ޏ. ފުވައްމުލަކު، ޓުވިސްޓަރ އަޙްމަދު ރަޝީދުގެ ފަރާތުން
އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކާ ގުޅޭގޮތުން މިޤަޟިއްޔާގައި ދަޢުވާރައްދުވާ ފަރާތްކަމުގައިވާ
ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ބުނެފައިވަނީ،
ދަޢުވާ ހުށަހަޅާ ފަރާތުން ޝަރީޢަތަށް ހާޒިރުކުރާ ހެކިންނާ ސުވާލުކުރުމާއި، އެމީހަކު ބޭނުން
ހެކީން ޝެޝަރީޢަތަށް ހާޒިރުކޮށްދިނުމަށް ކޯޓުގައި ހެދުމާއި، އެހެކީންނާ ޝަރީޢަތުގެ މަޖިލީހުގައި ސުވާލުކުރުމުގެ
ޙައްޤު ލިބިގެންވާކަމަށް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާއިރު، މިމައްސަލާގައި
ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ 4(ހަތަރެއް) ހެކީންނާ ސުވާލުކުރުމުގެ ފުރުޞަތު އެފަރާތަށް ދީފައިވާކަން
އެހެކީން ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ބަޔާންތަކުން އެނގެން އޮންނަކަމަށާއި، އަދި އަޙްމަދު ރަޝީދުގެ
ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ޝަރީޢަތުގެ ފަރާތުން ބައްލަވައި، ރިއާޔަތްކޮށްފައިވާކަންވެސް އެނގޭކަމަށާއި،
އަޙްމަދު ރަޝީދުގެ ފަރާތުން ހާޒިރުކޮށް ދިނުމަށް އެދުނު ހެކީން ހާޒިރުކުރުމާއި، ނުކުރުމަކީ، މައްސަލަ ބައްލަވާ
ޤާޟީޢަށް ލިބިދީފައިވާ އިޚްތިޔާރީ ބާރެއްކަމަށާއި،
މިމައްސަލާގައި ތަޙްޤީޤަށާއި ޝަރީޢަތުގެ މަޖިލީހަށް ބަޔާންދީފައިވާ ފުލުހުންގެ 4(ހަތަރެއް)
ބޭކަލުން، ދީފައިވާ ބަޔާންތަކުގައި، އެއްވެސް ކަހަލަ ފުށުއެރުމެއް ނެތްކަމަށާއި، އަދި މިމައްސަލާގައި އަޙްމަދު
ރަޝީދުގެ މައްޗަށް ކުށް ސާބިތުވުމަށާއި އަދަބު ކަނޑައެޅުމަށް ހުރަސްއަޅާފަދަ އެއްވެސް ކަމެއް އެހެކީން
ދީފައިވާ ބަޔާންތަކުން ފެންނަން ނެތްކަމަށާއި،
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
201{{HC-A/4
އަޙްމަދު ރަޝީދުގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށްޓަކައި އަތުގައި
ބެހެއްޓުމުގެ ކުށް ސާބިތުވެފައިވަނީ، ހެކީންގެ ހެކިބަހުގެ މައްޗަށް ކަމަށްވެފައި، އެހެކީންގެ ހެކިބަހުގައި ޝުބުހަ
އުފެދޭފަދަ ކަމެއް ނެތްކަމަށާއި، އަދި އެހެކީންގެ ހެކިބަސް ނަފީކުރެވޭފަދަކަމެއް އަޙްމަދު ރަޝީދުގެ ފަރާތުން
ހުށަހެޅިފައިނުވާތީ އަޙްމަދު ރަޝީދުގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށްޓަކައި
އަތުގައި ބެހެއްޓުމުގެ ކުށް ސާބިތުވެފައިވަނީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ
މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތިންކަމަށާއި، މިމައްސަލަ ޖިނާއީ ކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށް ދައުލަތުން ދެކޭކަމަށެވެ.
05- ޖިނާއީ ކޯޓުގެ ނަންބަރ 2010/JC/133 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އަޙްމަދު
ރަޝީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން، އިސްތިއުނާފު
ކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، ޖިނާއީ ކޯޓުގެ ނަންބަރު 2010/JC/133 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި
މިމައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ޤާނޫނުއަސާސީގެ 16 ވަނަމާއްދާގެ (ހ) އަކީ، ޤާނޫނުއަސާސީގެ ދެވަނަ
ބާބުގައި ބަޔާންކޮށްފައިވާ "އަސާސީ ޙައްޤުތަކާއި މިނިވަންކަން" މީހަކަށް ލިބިގެންވާ މިންވަރު ނުވަތަ ހުދޫދު
ކަނޑައަޅައިދޭ އަކުރެއްކަމާއި، އެއަކުރުގައިވާ ގޮތުން އެބާބުގައި ބަޔާންކޮށްފައިވާ އަސާސީ ޙައްޤުތަކާއި
މިނިވަންކަން އިސްލާމްދީނުގެ އަޞްލަކާ ޚިލާފު ނުވާނޭ ގޮތުގެ މަތީން ކޮންމެ މީހަކަށްވެސް ލިބިގެންވާކަމާއި،
އަސާސީ ޙައްޤެއް ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ ރައްޔިތުންގެ މަޖިލީހުން
ފާސްކުރާ ޤާނޫނަކުންކަމާއި، އަދި އެފަދަ ޤާނޫނަކުންވެސް އަސާސީ ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ
އެއްވެސް މިންވަރެއް ހިފެހެއްޓޭނީ، މިނިވަން ދީމިޤްރާތީ މުޖްތަމަޢެއްގައި އެފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް
ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރަކަށްކަން ބަޔާންކޮށްފައިވާއިރު، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ
(ށ) ގައި، އެމީހަކު ބޭނުން ހެކީން ޝަރީޢަތަށް ހާޒިރުކޮށްދިނުމަށް ކޯޓުގައި އެދުމާއި، އެހެކީންނާ ޝަރީޢަތުގެ
މަޖިލީހުގައި ސުވާލު ކުރުމުގެ ޙައްޤު ލިބިގެންވާކަން ބަޔާންކޮށްފައިވާއިރު، މިމައްސަލާގައި އަޙްމަދު ރަޝީދުގެ
ފަރާތުން ޖިނާއީ ކޯޓުގެ ޝަރީޢަތަށް ހާޒިރުކޮށް ދިނުމަށްއެދި ހުށަހެޅި 3 (ތިނެއް) ހެކީންގެ ފަރާތުން
ޝަރީޢަތަށް ސާބިތުކުރުމަށް ހުށަހަޅާފައިވާ ކަމަކީ، އެމައްސަލައިގެ ހާދިސާ ހިނގީ ފުލުހުން ބުނާގޮތަށްނޫންކަން
ދިވެހިރާއްޖޭގެހައިކޯޓް، ޢާބުރުޖުރިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2010/HC-A224
ސާބިތުކުރުމަށް ކަމަށްވެފައި، ހެކީންގެ ގޮތުގައި ހާޒިރުކޮށްދިނުމަށް އަޙްމަދު ރަޝީދުގެ ފަރާތުން އެދުނު މީހުން
މިމައްސަލައިގެ ހާދިސާ ހިނގިތަނުގައި ތިބިކަން އެނގެންނެތުމާއި، އަދި އެހާދިސާ ހިނގިތާގައި އާންމުންގެ
މީހުން ނެތްކަން ފުލުހުން ދީފައިވާ ބަޔާންތަކުން އެނގޭތީއާއި، މިމައްސަލާގައި ދަށުކޯޓަށް ހާޒިރުކުރެވުނު ހެކީން
ދީފައިވާ ބަޔާންތަކުގައި އެހާދިސާ ހިނގިގޮތާމެދު ޚިލާފު އުފެދޭފަދަ ކަމެއްނެތުމާއި، އަޙްމަދު ރަޝީދުވެސް
އެހާދިސާ ހިނގިކަމާމެދު އިންކާރުކޮށްފައި ނުވާކަމާއި، އޭނާ ހަމައެކަނި އިންކާރުކުރާ ނުކުތާއަކީ ފެންގަނޑުގެ
ތެރެއިން ފެނުނު 10(ދިހައެއް)ޕެކެޓް މަސްތުވާތަކެއްޗަކީ އޭނާ އެފެންގަނޑަށް ވައްޓާލީ އެއްޗެއްނޫންކަމަށްބުނެ
އެނުކުތާއަށް ކަމަށްވީ ހިނދު، އެކަމަކީ މިމައްސަލާގައި ހެކިބަސްދީފައިވާ މީހުންގެ ހެކިބަހުން ޝަރުޢީ އަދި
ޤާނޫނީ ހަމަތަކުގެ މަތިން ވަކިގޮތަށް ސާބިތުވެފައިވާކަމެއްކަމާއި، އެގޮތަށް އެކަން ސާބިތުވެފައިވަނިކޮށް އެހެކީން
ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ހެކިބަސް ނަފީކުރެވޭފަދަ ސަބަބެއް އަޙްމަދު ރަޝީދުގެ ފަރާތުން
ދެއްކިފައިނުވާތީ، އަޙްމަދު ރަޝީދުގެ ފަރާތުން ހާޒިރުކުރުމަށް އެދުނު ހެކީންގެ
އަޙްމަދު ރަޝީދު އެދޭ ކަންތަކަކީ، މިމައްސަލައިގެ އަޞްލަށް ބަދަލެއް އަންނާނެކަމެއްކަމަށްނުވާތީއާއި،
މައްސަލައާ ގުޅުމެއްނެތް ހެކީން ހާޒިރުނުކުރުމަކީ، މިނިވަން ދީމިޤްރާތީ މުޖްތަމަޢުތަކު
ތަކުގައިވެސް މައްސަލަ
ބައްލަވާ ޤާޟީއަށް ލިބިފައިވާ އިޚްތިޔާރީ ބާރެއްކަމާއި، މިގޮތުން އަޙްމަދު ރަޝީދުގެ ފަރާތުން ހުށަހެޅި ހެކީން
ހާޒިރުނުކޮށް ދަށުކޯޓުން މައްސަލަ ނިންމަވާފައިވަނީ ހެކީން ހާޒިރުކުރުމަށް ޤާޟީއަށް ލިބިދީފައިވާ އިޚްތިޔާރުގެ
49
4
3 2ދه
ފަތުން ސަތުކުރުމަށް
އ ހ 4430
2
4
ދިނުންކުނު (
ހރެވެއ*
(ނ) ދެވަނަ ކަމަކީ: މިމައްސަލާގައި ހެކިބަސްދީފައިވާ ހެކީންގެ
0
2 ހ4 2 ހދ8
ބަޔާންތަކުން
ބަލާއިރު،
1- ށ. ކޯޕްރަލް މުޙައްމަދު ޝިފާޢު ތަޙްޤީޤުގައާއި ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނުގައި،
17 އޮކްޓޯބަރ 2009 ދުވަހުގެ ރޭގެ 19:20 އެހައިކަށްހައިއިރު، ޏ. ފުވައްމުލަކު ޓުވިސްޓަރ އަޙްމަދު
مرمر ޏ. ފުވައްމުލަކު ހޯދަނޑު އަވަށުގައި ހުންނަ ކޮމެންސް" ފިހާރަ ކައިރީގައި މަސްތުވާތަކެތި ވިއްކަން
އުޅޭކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިގެން މުޙައްމަދު ޝިފާޢުއާއި ލ. ކޯޕްރަލް ޙުސައިން އަޝްރާޙާ ދެމީހުން
އެތަނަށްގޮސް މަޑުކޮށްގެން ތިއްބާ އަޙްމަދު ރަޝީދު ރ.ނަންބަރު BAOD
-
P5505 ސައިކަލް(ވޭވް 125) ގައި
ފުވައްމުލަކު ހޯދަނޑު އަވަށު ނީލޯފަރު މަގުން އޯކިޑްމަގަށް ނިކުންނަން އައިސް މިދެމީހުން ތިބި
ފިހާރައާ އަރާހަމަވުމުން މިދެމީހުންނަކީ ޕޮލިހުންކަމަށްބުނެ އަޙްމަދު ރަޝީދު މަޑުކުރުމަށް
އަންގައި، އަޙްމަދު ރަޝީދުގެ ކަނާތުގައި ހިފެހެއްޓި ވަގުތު އަޙްމަދު ރަޝީދުގެ ވާތު މުށުތެރެއިން އޭނާ ހުރިދިމާ
ފެންގަނޑުގެ ތެރެއިން ބިންމައްޗަށް ރަބަރު ޕެކެޓްތަކެއް ވައްޓާލިތަން ދުއްކަމަށާއި، އޭގެ ފަހުން އަޙްމަދު
6
,
ކޮމެންސް
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން. 3325029، ފެކްސް:3316471
އީމެއިލް: info
@
highcourt gov.mvވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2(10)HC-A/724
ރަޝީދާއި އެތާ އެވަގުތުތިބި ފުލުހުންގެ ބޭކަލުން ހާޒިރުގައި އެޕެކެޓްތައް ނަގައި ގުނައިރު މަސްތުވާތަކެތިކަމަށް
10 (ދިހައެއް) ރަބަރުޕެކެޓް (ބްލެޓް ސައިޒް) ފެނުނުކަމަށް ބުނެ ހެކިބަސްދީފައިވާކަމާއި،
ﷲ0
2
3 4ޑޑ
އްކުކުރެވޭ
2- ލ. ކޯޕްރަލް ޙުސައިން އަޝްރާޙު، ތަޙްޤީޤުގައާއި ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނުގައި
ލ. ކޯޕްރަލް މުޙައްމަދު ޝިފާޢު، ތަޙްޤީޤުގައާއި ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސްދީފައިވާ ފަދައިން
ހެކިބަސްދީފައިވާކަމާއި،
3- ސްޓާފްސަރޖަންޓް އަޙްމަދު ވަޙީދު، ތަޙްޤީޤުގައާއި ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ
ބަޔާނުގައި، 17 އޮކްޓޯބަރ 2009 ދުވަހުގެ 19:28 އެހައިކަށްހައިއިރު، ޏ. ފުވައްމުލަކު ހޯދަނޑު އަވަށުގައި
ހުންނަ ކޮމެންސް ފިހާރަ ކައިރިން އަޙްމަދު ރަޝީދު ހިފެހެއްޓިކަމުގެ މަޢުލޫމާތު ޙުސައިން އަޝްރާޙު
އޭނާއަށް ދިނުމާގުޅިގެން އެތަނަށް ދިޔައިރު މުޙައްމަދު ޝިފާޢު، އަޙްމަދު ރަޝީދުގެ އަތުގައި ހިފަހައްޓައިގެން
ހުރިކަމަށާއި އަދި އެވަގުތު އަޙްމަދު ރަޝީދު ހުރިދިމާ ފެންގަނޑުގެ ތެރޭގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ
ރަބަރު ޕެކެޓްތަކެއް ހުއްޓާ ދުއްކަމަށާއި، އެޕެކެޓްތައް އަޙްމަދު ރަޝީދާއި އެތާ އެވަގުތު ތިބި ފުލުހުންގެ
ހާޒިރުގައި ކޮންސްޓަބަލް ޝިފާޒު ނަގައި އުނިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ 10(ދިހައެއް) ރަބަރު
ޕެކެޓްއޮތްކަމަށްބުނެ ހެކިބަސް ދީފައިވާކަމާއި،
1 0 0 8t
2ނ
8 4
4- ކޮންސްޓަބަލް ޝިފާޒު ތަޙްޤީޤުގައާއި ޝަރީޢަތުގެ މަޖިލީހަށްދީފައިވާ ބަޔާނުގައި،
17 އޮކްޓޯބަރ 2009 ދުވަހުގެ 19:28 އެހައިކަށްހައިއިރު، ޏ. ފުވައްމުލަކު ހޯދަނޑު އަވަށުގައި ހުންނަ
ފިހާރަ ކައިރިން އަޙްމަދު ރަޝީދު ހިފެހެއްޓިކަމުގެ މަޢުލޫމާތު ޙުސައިން އަޝްރާޙު އޭނާއަށް
ދިނުމާގުޅިގެން
އޭނާ އެތަނަށް ދިޔައިރު މުޙައްމަދު ޝިފާޢު، އަޙްމަދު ރަޝީދުގެ އަތުގައި ހިފަހައްޓައިގެން
ހުރިކަމަށާއި އަދި އެވަގުތު އަޙްމަދު ރަޝީދު ހުރިދިމާ ފެންގަނޑުގެ ތެރޭގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ
ރަބަރު ޕެކެޓްތަކެއް ހުއްޓާ ދުއްކަމަށާއި، އެޕެކެޓްތައް އަޙްމަދު ރަޝީދާއި އެތާ އެވަގުތު ތިބި ފުލުހުންގެ
ހާޒިރުގައި އޭނާ ނަގައި އުނިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ 10(ދިހައެއް) ރަބަރު ޕެކެޓް އޮތްކަމަށް
ހެކިބަސްދީފައިވާކަން،
އެނގެއެވެ.
4 2
(43 4ހތކ
/
04ކށް
(ނ) ތިންވަނަ ކަމަކީ: ކުށުގެ ދަޢުވާ އުފުލިފައިވާ މީހެއްގެ
މައްޗަށް އެކުށް
ސާބިތުކުރެވޭވަ
ހެކި ދެއްކުމަކީ އެދަޢުވާ ހުށަހެޅި ފަރާތުގެ ޒިންމާއެއްކަން އެނގޭކަމާއި،
ކަމާއި، ޖިނާއީ ކުށެއް އެއްވެސް މީހެއްގެ
މައްޗަށް ސާބިތުވާކަމަށް ޝަރީޢަތުން ކަނޑައެޅޭނީ، އެ މީހެއްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށެއް
ޒިހިރާއްޖޭގެ
ހައިކޯޓް
ހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
:
www.highcourt.gov.myên [email protected] AS,
8
ޗު
2010/HC-A/224
ޟިއްޔާ ނިމުނު ގޮތުގެ
ޑުޝާޔއި
މިވީރއްޔާގެ ޤާނޫނުއަސާ
ނޫނުއަސާސީގެ
އެމީހަކުކޮށްފައިވާކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވެގެންކަން ދިވެހި
ޖުމްހޫރިއްޔާގެ
51 ވަނަ މާއްދާގެ (އ) އަށް ބެލުމުން އެނގެން އޮންނާތީއާއި،
މިމައްސަލައިގެ ހާދިސާ ހިނގާފައިވާ ގޮތަށާއި ހެކީން ތަޙްޤީޤުގަޔާއި ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ
ބަޔާންތަކަށް ބެލުމުން ހެކީންގެ ހެކިބަހުގެ ފުށުއެރުމެއް ނުވަތަ އޮޅުވާބު
ގޮވާލުމެއްއޮތްކަމަށް ބެލެވޭފަދަ ކަމެއްނެތުމާއި،
އަޙްމަދު ރަޝީދުގެ ވާތު މުށުތެރެއިން ފެންގަނޑަށް ޕެކެޓްތަކެއް ވައްޓާލިތުން ދުށްކަމަށް ދެހެކީންގެ ހެކިބަސް
ލިބިފައިވާތީއާއި އަދި އެތަކެތިގެ ފެންގަނޑުގެ ތެރޭގައި ހުއްޓާ ދުށްކަމަށް ހެކިބަސް ލިބިފައިވާތީއާއި އަދި
އެތަކެތި ތަޙްލީލު ރިޕޯޓުން އެތަކެއްޗަކީ، ޤާނޫނު ނަންބަރު 17/77(މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ ތާވަލު 1
ގައި ބަޔާންކޮށްފައިވާ ފަދަ، މަނާކުރެވިފައިވާ މަސްތުވާތަކެތިކަން އެނގޭތީ، އަޙްމަދު ރަޝީދު މަނާކުރެވިފައިވާ
މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުކަމަށްޓަކައި އަތުގައި ބެހެއްޓިކަމާމެދު އެކަށީގެންވާ މިންވަރުގެ ޝައްކެއް
އުފެދޭފަދަ ކަމެއް އޮތްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލެއްނުކުރެވެއެވެ.
ހުންނަ ކޮމެންސް
(ރ) ހަތަރުވަނަ ކަމަކީ: 17 އޮކްޓޯބަރ 2009 ދުވަހުގެ ރޭ ޏ. ފުވައްމުލަކު ހޯދަޑު އަވަށުގައި
ފިހާރަކައިރިން އަޙްމަދު ރަޝީދު ހިފެހެއްޓި ވަގުތު އޭނާ ހުރިދިމާ އޮތް ފެންގަނޑުގެ
ތެރެއަށް ވައްޓާލި| އެއްލާލި ރަބަރު ޕެކެޓްތައް ފެންގަނޑުން ނަގައި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ލެބޯޓްރީން ކުރި ތަހްލީލު ރިޕޯޓުން، އެތަކެތީގައި 11.2348 ގްރާމް ޑައިއެސިޓައިލް މޯފިން/ ހެރޮއިނާއި،
10.3602 ގްރާމް 06-އެސިޓައިލް މޯފިން ހުރިކަން އެނގޭއިރު، މިބާވަތުގެ މަސްތުވާތަކެއްޗަކީ ޤާނޫނު
ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ ތާވަލް 1 ގައި ބަޔާންކޮށްފައިވާ ބާވަތުގެ މަނާކުރެވިފައިވާ
މަސްތުވާތަކެތީގެ ބާވަތެއްކަން އެނގޭކަމާއި، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް
ގިނައިން
ހެއްގެ އަތުން ފެނިއްޖެނަމަ އެއީ ވިޔަފާރީގެ ބޭނުމަށްޓަކައި އަތުގައި ބެހެއްޓި އެއްޗެއްކަމުގައި ބެލެވޭނެކަމަށް
އެޤާނޫނުގެ 2 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައި އޮންނަކަމާއި އަދި އެފަދަކުށެއް ސާބިތުވެއްޖެ މީހެއްގެ
އަދަބަކީ އުމުރަށް ޖަލަށްލުންކަން އެމާއްދާގެ (ރ) އަށް ބެލުމުން އެނގެން އޮންނަކަމެވެ.
7 DOO
3
4
އެއްގްރާމަށްވަރެ
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން، ޖިނާއީ ކޯޓުގެ ނަންބަރު
2010/JC/133 ޤަޟިއްޔާގައި
ޏ. ފުވައްމުލަކު، ޓުވިސްޓަރ އަޙްމަދު ރަޝީދުގެ މައްޗަށް ޤާނޫނު ނަންބަރު
17/77(މަސްތުވާތަކެއް ޤާނޫނު)ގެ 2 ވަނަ މާއްދާގެ (ހ) އާއި (ނ) އާ ހަވާލާދީ، މަނާކުރެވިފައިވާ
ވިޔަފާރީގެ ބޭނުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވައި،
.0 (4ހ484 &
&ބޮހޭ
ހ 8
429
0
8
މަސްތުވާއެއްޗެއް
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޖުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected]ވެބްސައިޓް. www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
201:/HC-A2]
އެމާއްދާގެ (ރ) ގެ ދަށުން އަޙްމަދު ރަޝީދު އުމުރަށް ޖަލަށްލުމަށް ޙުކުމް ކުރައްވާފައިވަނީ، ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބަލާނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއްނެތްކަމަށް މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.
ޓީ* – هللاއ ފސ# !!33104
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.Inv