ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/15 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ
2013/HC-A/15
ނިމުނު ގޮތު
کمری
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 15/HC
-
A/2013
އިސްތިއުނާފު ކުރިފަރާތް:
ނަން: ލޮޓަސް ޕްރައިވެޓް ލިމިޓެޑް
ރަޖިސްޓްރީ ނަންބަރު: 542
/
2006-C
، ދާއިމީ އެޑްރެސް: ލ.ގައްލަންދޫ ކ.މާލެ
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: މުޙައްމަދު ސިރުހާން
އައިޑީ ކާޑު ނަންބަރު: A073773
* ދާއިމީ އެޑްރެސް: މ.ދެމާ
ރަޖިސްޓްރީކުރެވުނު ތާރީޚް: 05 ރަބީޢުލްއައްވަލް 1434
0
ނިމުނު ތާރީޚް: 28 ޖުމާދަލްއޫލާ 1434
09 އެޕްރީލް 2013
17 ޖެނުއަރީ
2013
އިސްތިއުނާފުކުރެވުނު ޤަޟިއްޔާގެ ނަންބަރު: 2012/Cv-C/1394
• ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
• ނިންމެވި ކޯޓު: ސިވިލް ކޯޓު
ތާރީޚް: 13 އޮގަސްޓު 2012
ނިމުނު ތާރީޚް: 18 ސެޕްޓެމްބަރ 2012
i
3 747
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 8316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ
2013/HC-A/15
کی مری
ދަޢުވާގެ ޚުލާޞާ
2 ep ex e 4
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1394 ޤަޟިއްޔާ އެކޯޓުން ނިންމާފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެ ޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށް އެދި،
ލޮޓަސް ޕްރައިވެޓް ލިމިޓެޑް (ކުންފުނީ ރަޖިސްޓްރީ ނަންބަރު: 542
/
2006-C) ގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ
ފަރާތަކީ މ.ދެމާ/ ކ.މާލެ މުޙައްމަދު ސިރުހާން (އައި.ޑީ.ކާޑު ނަންބަރު: A073773) އެވެ.
2 44 0 0
ފާހަގަކުރެވުނު ނުކުތާތައް:
pl- ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1394 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބަލާއިރު، އެޤަޟިއްޔާއަކީ، ފަހުން ފައިސާ ދައްކާގޮތަށް މ.ދެމާ މުޙައްމަދު ސިރުހާން ލޮޓަސް
ޕްރައިވެޓް ލިމިޓެޑުން ވިޔަފާރި އުޞޫލާ އެއްގޮތަށް 07 ޖޫން 2012 ވަނަ ދުވަހު ގެންގޮސްފައިވާ
ބޮހެމް ސިގަރ މާސްޓަރ (ސުއްޓާ) އަށް ދައްކަންޖެހޭ -/
24,000ރ. (ސައުވީސްހާސް ރުފިޔާ)
މިހާތަނަށް ދައްކާފައިނުވާތީ، މިފައިސާ މުޙައްމަދު ސިރުހާން އަތުން އެކީ އެއްފަހަރާ ހޯއްދަވާ
ދެއްވުންއެދި، ލޮޓަސް ޕްރައިވެޓް ލިމިޓެޑުން ދަޢުވާކުރުމުން ބެލެނު މައްސަލައެއްކަން އެނގެން
އޮންނަކަމާއި،
އެޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ، "ދެންފަހެ، ލޮޓަސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ
ނަންބަރު 542
/
2006-C) އިން މ.ދެމާ/ ކ.މާލެ މުޙައްމަދު ސިރުހާންގެ މައްޗަށް ކޮށްފައިވާ
މިދަޢުވާ ޝަރީޢަތުން ބެލިއިރު، މުޙައްމަދު ސިރުހާން ލޮޓަސް ޕްރައިވެޓް ލިމިޓެޑްއިން ފަހުން
އަގުއަދާކުރާގޮތަށް 07 ޖޫން 2007 ދުވަހު ބޮހެމް ސިގަރ މާސްޓަރ (ސުއްޓާ) ދެ ކޭސް -/24,000
ރ. (ސައުވީސްހާސް ރުފިޔާ) ގެ އަގަށް ގެންގޮސްފައިވާއިރު، މިހާތަނަށް އެފައިސާ ދީފައިނުވާތީ،
އެފައިސާ މުޙައްމަދު ސިރުހާންގެ އަތުން ހޯއްދައި ދިނުމަށް ދަޢުވާ ކުރާ ފަރާތުން އެދިފައި ވުމާއި،
މުޙައްމަދު ސިރުހާން އެދުވަހު ދަޢުވާކުރާ ފަރާތުން ފަހުން އަގުދޭ ގޮތަށް -/
24,000ރ.
(ސައުވީސްހާސް ރުފިޔާ) ގެ އަގަށް ގެންދިޔައީ ސުއްޓާ ދެކޭސް ނޫންކަމަށާއި، އެއީ ސިނގިރޭޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4 * 32
2{13/HC-A/15
3 ޤަޟިއްޔާ ނިމުނު ގޮ
کی مرکی
ދެވެ
X o
ދެކޭސް ކަމަށާއި، އެދެކޭހަކީ ސުއްޓާ ދެކޭސް ކަމަށް ދަޢުވާކުރާ ފަރާތުން ބުނާތީ، މުޙައްމަދު ސިރުހާން
އޭގެ އަގު ދޭން ނުޖެހޭކަމަށް ބުނި ނަމަވެސް، ދަޢުވާކުރާ ފަރާތުން ދަޢުވާލިބޭ ފަރާތަށް ވިއްކި އެތީގެ
ސާމްޕަލް ކަމަށްބުނެ ދަޢުވާކުރާ ފަރާތުން ޝަރީޢަތުގެ މަޖްލީހަށް ގެނައި ފޮށީގައިވަނީ މުޙައްމަދު
ސިރުހާން ދަޢުވާކުރާ ފަރާތުން ގަތް ބާވަތްކަމަށް މުޙައްމަދު ސިރުހާން ޝަރީޢަތުގައި ބުނެފައިވުމާއި،
ޝަރީޢަތަށް ހުށަހެޅި އިންވޮއިސްގައި ވަނީ ޝަރީޢަތަށް ގެނައި ސާމްޕަލްގައި އޮތް ނަންކަމަށް ވުމުން،
ދަޢުވާކުރާ ފަރާތުން އަގުހޯދަން ދަޢުވާކޮށްފައިވަނީ ދަޢުވާލިބޭ ފަރާތުން ފަހުން އަގުއަދާކުރަން ގެންދިޔަ
ތަކެތީގެ އަގުކަން ޝަރީޢަތަށް ޤަބޫލުކުރެވޭތީ، މުޙައްމަދު ސިރުހާން ފަހުން އަގުއަދާކުރާ ގޮތަށް ލޮޓަސް
ޕްރައިވެޓް ލިމިޓެޑް އިން ގެންދިޔަ ބޮހެމް ގަރ މާސްޓަރ ބްރޭންޑްގެ ދެކޭހުގެ އަގުކަމުގައިވާ
-/
24,000ރ. (ސައުވީސްހާސް ރުފިޔާ) އަކީ މުޙައްމަދު ސިރުހާން ލޮޓަސް ޕްރައިވެޓް ލިމިޓެޑް އަށް
ދޭންޖެހޭ ފައިސާކަމަށް ކަނޑައަޅައި، މިފައިސާ ލޮޓަސް ޕްރައިވެޓް ލިމިޓެޑް އަށް ލިބި ދިނުމަށްޓަކައި،
މިއަދުން ފެށިގެން 2 (ދޭއް) މަސްދުވަހުގެ ތެރޭގައި ކޮންމެމަހަކުވެސް އެމަހަކަށް ޖެހޭވަރަށްވުރެ
މަދުނޫން ޢަދަދެއް ސިވިލް ކޯޓަށް ދައްކައި މިދަރަނި ޚަލާޞްކުރުމަށް މުޙައްމަދު ސިރުހާން އަށް
އަންގައި ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.
02- ސިވިލް ކޯޓްގެ ނަންބަރު 2012/Cv-C/1394 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ ލޮޓަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން 04
(ހަތަރެއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
OXOL
• ފުރަތަމަ ނުކުތާއަކީ، ލޮޓަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ވިޔަފާރީގެ އުޞޫލާ
އެއްގޮތްވާ ގޮތުގެ މަތިން 7 ޖޫން 2012 ވަނަދުވަހު މުޙައްމަދު ސިރުހާން މ.ދެމާ ވަނީ ބޮހެމް ސިގަރ
މާސްޓާ (ސުއްޓާ) އެކުންފުނިން ގެންގޮސްފައިކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ނުކުތާއަކީ، ލޮޓަސް ޕްރައިވެޓް ލިމިޓެޑުން މުޙައްމަދު ސިރުހާން
ގެންގޮސްފައިވަނީ ބޮހެމް ސިގަރ މާސްޓަރ ސުއްޓާކަމާއި ނަމަވެސް ދަޢުވާލިބޭ މުޙައްމަދު ސިރުހާން
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 8316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު
2{13/HC-A/15
کی عمری
ދެވެ
52 403
މުހއހޮދި
ބުނެފައިވަނީ ލޮޓަސް ޕްރައިވެޓް ލިމިޓެޑުން ގެންގޮސްފައިވަނީ ބޮހެމް ސިގަރ މާސްޓަރ
ގެރޭޓްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
• ތިންވަނަ ނުކުތާއަކީ،ލޮޓަސް ޕްރައިވެޓް ލިމިޓެޑްއިން ވަނީ ސިވިލް ކޯޓުގައި
ސިރުހާނު
ގެންގޮސްފައިވަނީ
ބޮހެމް ސިގާ މާސްޓަރ (ސުއްޓާ) ކަމަށް
ބަޔާންކޮށްފައިވެއެވެ. ނަމަވެސް ދަށުކޯޓުން ޙުކުމް ކޮށްފައިވަނީ މުޙައްމަދު ސިރުހާން މިކުންފުނިން
ގެންގޮސްފައިވަނީ ބޮހެމް ސިގާ މާސްޓަރ (ސުއްޓާ) ކަމަށް ރިޢާޔަތްކޮށްފައި ނުވާކަން މިކުންފުނިން
ފާހަނގަ ކުރަމެވެ.
• ހަތަރުވަނަ ނުކުތާއަކީ، ބޮހެމް ސިޕަރ މާސްޓާ ސުއްޓާއަކީ ރާއްޖޭގައި މަތީއަގެއްގައި
ވިއްކަމުން އަންނަ ސިނގިގެ
ގިރޭޓަކަށްވުމާއެކު ދަށުކޯޓުން މައްސަލަ ނިންމިއިރު ދަށުކޯޓުން ބޮހެމް ސިގަރ
މާސްޓާ ސުއްޓާ ކަމަށް ރިޢާޔަތްކޮށްފާ ނުވާކަމަށާއި ދަށު ކޯޓުން ރިޢާޔަތްކޮށްފައި ވަނީ ސިނގިރޭޓް
ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
OXO
-03
މިމައްސަލަ އިސްތިއުނާފު ކުރިފަރާތުން މައްސަލަ އިސްތިއުނާފު ކުރުމަށް ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހަޅާފައިވާ ނުކުތާ ތަކަށާއި ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު މިމައްސަލަ
ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންކަން ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1394 ޤަޟިއްޔާއަކީ،
ފަހުން ފައިސާ ދައްކާގޮތަށް މ.ދެމާ މުޙައްމަދު ސިރުހާން ލޮޓަސް ޕްރައިވެޓް ލިމިޓެޑުން ވިޔަފާރި
އުޞޫލާ އެއްގޮތަށް 07 ޖޫން 2012 ވަނަ ދުވަހު ގެންގޮސްފައިވާ ބޮހެމް ސިފަރ މާސްޓަރ (ސުއްޓާ)
އަށް ދައްކަންޖެހޭ -;
24,000ރ. (ސައުވީސްހާސް ރުފިޔާ) ދައްކާފައިނުވާތީ، މިފައިސާ މުޙައްމަދު
ސިރުހާން އަތުން އެކީ އެއްފަހަރާ ހޯއްދަވާ ދެއްވުންއެދި، ލޮޓަސް ޕްރައިވެޓް ލިމިޓެޑުން ދަޢުވާކުރުމުން
ބެލެނު މައްސަލައެއްކަން އެނގެން އޮންނަކަމާއި، އެޤަޟިއްޔާ އެކޯޓުން ނިންމާފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެ ޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށް އެދި، ލޮޓަސް ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 8316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2{13/HC-A/15
کی عمری
5 ޤަޟިއްޔާ ނިމުނު "
(ށ) ދެވަނަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން
ބެލުމުގެ އިޚްތިޞާޞް މިކޯޓަށް ލިބެނީ ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)
ގެ 36 ވަނަ މާއްދާގެ (ނ) އާއި ހައިކޯޓުގެ ޤަވާޢިދުގެ 25 ވަނަ މާއްދާގެ (ރ) ގެ ދަށުން ކަމާއި، އަދި،
ޖިނާއީ މައްސަލަތަކުގައާއި މަދަނީ މައްސަލަތަކުގައި އިއްވާ ޙުކުމްތަކާއި ނެރޭ ކޯޓުގެ އަމުރުތައް
އިސްތިއުނާފުކުރުމުގެ ޙައްޤަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިން،
މައްސަލައާ ގުޅުންހުރި ކޮންމެ މީހަކަށްމެ ލިބިދީފައިވާ ޙައްޤަކަށް ވީނަމަވެސް، އިސްވެދެންނެވުނު،
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ މާއްދާތަކުގެ ދަށުން ދިވެހިރާއްޖޭގެ
ހައިކޯޓުން ބެލުމުގެ އިޚްތިޞާޞް ލިބިފައިވާ މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި
އިސްތިއުނާފުކުރެވޭނީ، 2 (ދޭއް) ޙާލަތެއްގައި އެކަނިކަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ
މާއްދާއަށާއި 38 ވަނަ މާއްދާއަށާއި ހައިކޯޓުގެ ޤަވާޢިދުގެ 27 ވަނަ މާއްދާގެ (ހ) އާއި (ށ) އަށް
ބެލުމުން އެނގޭކަމާއި،
މިގޮތުން އެފަދަ މައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރެވޭނެ 2 (ދޭއް)
ޙާލަތަކީ؛
.1
އެމައްސަލައަކީ، އެމައްސަލައެއް ދަށުކޯޓުން ނިންމުމުގައި ޤާނޫނުއަސާސީއާ ނުވަތަ
ޤާނޫނަކާ ނުވަތަ ޤާނޫނަކުން ބާރުލިބިގެން ހަދާފައިވާ ޤަވާޢިދަކާ އެކޯޓުން ޚިލާފުވެފައިވާ ނުވަތަ ޤާނޫނު
ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭ
ދެވޭ ކަންތައްތަކެއް ހުރި
އަދި، އެކަންތައްތައް ފާހަގަކޮށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުޅަހެޅިފައިވާ މައްސަލައަކަށްވާ ޙާލަތާއި، އަދި
.2
އެމައްސަލައަކީ، އެމައްސަލައެއްގެ ޙުކުމް ނުވަތަ އެމައްސަލައަކާ ގުޅިގެން ކޯޓުން
ނިންމި ނިންމުމުގެ ކުރިއަށް އައި އިޖުރާއަތެއްގައި ހިމެނުނު ޢައިބެއްގެ ސަބަބުން އެޙުކުމަށް ނުވަތަ
ނިންމުމަށް އަސަރުފޯރުވި އިޖުރާއަތަކީ ބާޠިލު އިޖުރާއަތެއް ހިމެނިފައިވާ މައްސަލައެއްކަމަށްވެފައި، އެ
ބާޠިލު އިޖުރާއަތެއް ފާހަގަކޮށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުޅަހެޅިފައިވާ މައްސަލައަކަށްވާ ޙާލަތުކަން،
އިސްވެބަޔާންކުރެވުނު މާއްދާތަކަށް ބެލުމުން އެނގެން އޮތްއިރު، އިސްތިއުނާފަށް
ހުށަހެޅިފައިމިވާ މައްސަލަ އިސްތިއުނާފުކުރިފަރާތް ކަމަށްވާ ލޮޓަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އެއްވެސް ނުކުތާއެއްގައި، އިސްތިއުނާފަށް ހުށަހެޅިފައިމިވާ ސިވިލް
ކޯޓުގެ ނަންބަރު 2012/Cv
-
C/1394 ޤަޟިއްޔާ އެކޯޓުން ނިންމެވުމުގައި ޤާނޫނުއަސާސީއާ ނުވަތަ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
2{13/HC-A/15
کی عمر
ދެވެ
ޤަޟިއްޔާ ނިމުނު
ޤާނޫނަކާ ނުވަތަ ޤާނޫނަކުން ބާރުލިބިގެން ހަދާފައިވާ ޤަވާޢިދަކާ އެކޯޓުން ޚިލާފުވެފައިވާނަމަ ޚިލާފުވެފައިވާ
ގޮތެއް ނުވަތަ އެކޯޓުން ތަޠުބީޤު ކުރައްވާފައިވާ ޤާނޫނެއް ތަޠުބީޤުކުރެއްވުމުގައި ނުވަތަ މާނަކުރައްވަންޖެހޭ
ޤާނޫނެއް މާނަކުރެއްވުމުގައި ހެއްދެވިފައިވާ ކުށެއް ބަޔާންކޮށްފައިނުވާކަމާއި، އަދި، ސިވިލް ކޯޓުން
އެމައްސަލަ ނިންމެވުމުގެ ކުރިއަށް އައި އިޖުރާއަތެއްގައި ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ (ށ) ގައި
ނުވަތަ ހައިކޯޓުގެ ޤަވާޢިދުގެ 27 ވަނަ މާއްދާގެ (ށ) ގައި ބަޔާން އިވާ އެއްވެސް ބާވަތެއްގެ ޢައިބެއް
ހިމެނިފައިވާކަންވެސް ބަޔާންކޮށްފައިނުވާކަން އެގެއެވެ.
ހކީ 2
2x ބ 2
(ނ) ބަޔާންވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން މިމައްސަލަ މިކޯޓުގައި ބެލި
ފަނޑިޔާރުން ދެކެނީ ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1394 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ލޮޓަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަކީ މައްސަލަ އިސްތިއުނާފު ކުރުމަށް
ބަލައިގަނެވޭނެ ނުކުތާތަކެއް ނޫންކަމަށާއި އަދި އެނުކުތާތަކުގެ މައްޗަށް ބިނާކޮށް މިމައްސަލަ ކުރިއަށް
ނުގެންދެވޭނެ ކަމަށެވެ.
09
ދެންފަހެ އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެފަދައިން
ހުރުމުން ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1394 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ލޮޓަސް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާ ތަކުގެ މައްޗަށް ބިނާކޮށް މިމައްސަލަ ކުރިއަށް
ގެންދެވެންނެތް ކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން
ކަނޑައަޅައި ނިންމީއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 8316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv