ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/165 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/165
އަلA
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 165/HC-A/2013
އިސްތިއުނާފު ކުރިފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ވަކީލް: އ. ޕަބްލިކް ޕްރޮސިކިއުޓަރ އދ. އާދަމް އާރިފް
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: އިބްރާހީމް ސަލީމް
ދާއިމީ އެޑްރެސް: ބްލޫވެއިޓް/ މ. މުލި
އައި.ޑީ.ކާޑު ނަންބަރު: A214209
މިހާރުގެ އެޑްރެސް: ބްލޫވެއިޓް/ މ. މުލި
E
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 10 ރަޖަބު 1434
20 މެއި 2013
* ނިމުނު ތާރީޚް: 24 ރަޖަބު 1434
03 ޖޫން 2013
އިސްތިއުނާފު ކުރެވުނު އަމުރު ނަންބަރު: 2013
/
17/A7
-
C
• ނިންމެވި ކޯޓު: ތިލަދުންމަތި އުތުރުބުރީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ކޯޓުއަމުރު
• އަމުރު ނެރުނު ތާރީޚް: 08 މެއި 2013
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު. އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު: ޢަލީ ސަމީރު
އެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/165
ދަޢުވާގެ ޚުލާޞާ
މިއީ، ތިލަދުންމަތި އުތުރުބުރީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013
/
17/A7
-
C
ކޯޓުއަމުރު އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށް ބުނެ، އެ ކޯޓުއަމުރު
އިސްތިއުނާފުކޮށްދިނުމަށް އެދި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ މ. މުލި، ބްލޫވެއިޓް އިބްރާހީމް ސަލީމެވެ.
ކުރެވުނު ނުކުތާތައް:
1. ތިލަދުންމަތި އުތުރުބުރީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013
/
17/A7
-
C ކޯޓު
އަމުރު އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ، އެ ކޯޓުއަމުރު
އިސްތިއުނާފު ކުރުމަށްއެދި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިވެއެވެ.
2. ތިލަދުންމަތި އުތުރުބުރީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013
/
17/A7
-
C
ކޯޓުއަމުރަށް ބަލާއިރު، އެކޯޓުއަމުރަކީ މ. މުލި ބުލޫވެއިޓް އިބްރާހީމް ސަލީމުގެ މައްޗަށް ތުހުމަތުކުރެވިފައިވާ
ކުޑަކުދިންތަކަކާއިމެދު ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ މައްސަލާގައި، މައްސަލަ ހިނގާފައިވާގޮތަށް
ބަލާއިރު އިބްރާހީމް ސަލީމުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މައްސަލައިގެ ތަޙްޤީޤް ނިމިފައި ވުމާއިއެކު، މީނާ
އިތުރު މުއްދަތަކަށް ބަންދުގައި ބަހައްޓަންޖެހޭނެ ފަދަ އެއްވެސް ސަބަބެއް ދެއްކިފައިނުވާތީ ކަމަށް ވިދާޅުވެ،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/165
*2
08 މެއި 2013 ވަނަދުވަހުގެ 14:30 އިން ފެށިގެން މުލި ބުލޫވެއިޓް އިބްރާހީމް ސަލީމް ބަންދުން
ދޫކޮށްލުމަށް އަމުރުކުރައްވައި ނެރުއްވާފައިވާ އަމުރެއްކަން އެނގެންއޮވެއެވެ.
3. ތިލަދުންމަތި އުތުރުބުރީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013
/
17/A7
-
C ކޯޓު
އަމުރު ނެރުއްވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީހުގެ ފަރާތުން ހުށަހަޅާފައިވަނީ އެއްމެ ނުކުތާއެއްކަމާއި، އެނުކުތާއަކީ ތިލަދުންމަތި އުތުރުބުރީ އިހަވަންދޫ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013
/
17/A7
-
C ކޯޓުއަމުރުގައި އިބްރާހީމް ސަލީމްގެ މައްޗަށް ތުހުމަތު
ކުރެވިފައިވާ ކުޑަކުދިންތަކަކާއިމެދު ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ މައްސަލައިގެ ތަޙުޤީޤް
ނިމިފައިވާތީއާއި، މީނާ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ފަދަ އެއްވެސް ސަބަބެއް ދެއްކިފައިނުވާކަމަށް
ފާހަގަކުރައްވައި މީނާ ބަންދުން ދޫކޮށްލުމަށް 08 މެއި 2013 ދުވަހު ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ
މެޖިސްޓްރޭޓް ކޯޓުން ނެރުއްވި އަމުރަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި،
ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލަކުން
ޢަމަލުކުރުމުގެ ޤާނޫނު) އާއި، ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް
ޙާޟިރުކޮށް ބަންދާމެދު ނިންމުމުގެ ޤަވާޢިދު" ގައި ކުށްކުށަށް ތުހުމަތުކުރެވޭ މީހުން ބަންދުގައި
.އްޓުމާމެދު ކަނޑައަޅުއްވާފައިވާ އުޞޫލަށް ރިޢާޔަތްނުކުރައްވާ ނެރުއްވާފައިވާ
އަމުރެއްކަމަށްބުނެ ހުށަހެޅި
ކުށެއްގެ
4 22
ނުކުތާއެވެ.
COC
4. މި މައްސަލައާ ގުޅިގެން ތިލަދުންމަތި އުތުރުބުރީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2013
/
17/AT
-
C ކޯޓުއަމުރު އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހެޅި
ނުކުތާއާއި، އެނުކުތާއާ ގުޅިގެން އިބްރާހީމް ސަލީމުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، އަންނަނިވި ކަންކަން
ފާހަގަކުރެވެއެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/165
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފު ކުރެވިފައިމިވާ ތިލަދުންމަތި އުތުރުބުރީ އިހަވަންދޫ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013
/
17/A7
-
C ކޯޓު އަމުރަކީ، މ. މުލި ލޫވެއިޓް އިބްރާހީމް ސަލީމުގެ
މައްޗަށް ކުރެވިފައިވާ ކުޑަކުދިންތަކަކާއިމެދު ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ ކުށުގެ ތުހުމަތުގައި،
އިބްރާހީމް ސަލީމްގެ ބަންދުގެ މުއްދަތު 08 މެއި 2013 ވަނަ ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ
މުއްދަތަށް އިތުރުކޮށްދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 090270/MF "ބަންދުގެ
މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް" އިން ހުށަހެޅުމުން ނެރުއްވާފައިވާ އަމުރެއްކަން އެނގެންއޮންނަކަމާއި،
އެކޯޓު އަމުރުގައި، އިބްރާހީމް ސަލީމުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މައްސަލައިގެ ތަޙުޤީޤް
ނިމިފައިވުމާއެކު، އިބްރާހީމް ސަލީމް އިތުރު މުއްދަތަކަށް ބަންދުގައި ބަހައްޓަންޖެހޭނެ
ންޖެހޭނެ ފަދަ ސަބަބެއް
ދެއްކިފައިނުވާތީ، މީނާ އިތުރު މުއްދަތަކަށް ބަންދުކޮށްފައި ނުވަތަ ހައްޔަރުކޮށްފައި ބަހައްޓަން ނުފެންނަކަމަށް
ދެކުރައްވާފައިވާކަން އެނގެންއޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ، މައްސަލައެއް ތަޙުޤީޤުކުރެވެމުން ދާއިރުވެސް އަދި ޝަރީޢަތަށް ހުށަހެޅިފައިވާ
މަރުޙަލާގައިވެސް، ތަޙުޤީކުރެވޭ ނުވަތަ ދަޢުވާލިބޭ މީހާއަކީ އެމީހެއްގެ މައްޗަށް ކުށް ސާބިތުވެފައިވާ މީހެއް
ނޫންކަމާއި، އެމީހާއަކީ ކުށެއްގެ ތުހުމަތުގައި ހުރި މީހަކަށްވާއިރު، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު
ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ
މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު
ގޮތެއް ނިންމުމުގެ ޤަވާއިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރާ ސަބަބެއް
އެމީހެއްގެ ކިބާގައި ފުރިހަމަވެފައި ވޭތޯކަމާއި، އެއިން ސަބަބެއް ފުރިހަމަވެފައިވާކަން ނުވަތަ ނޫންކަމާމެދު
ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48
ވަނަ މާއްދާގެ (ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަން ފާހަގަކުރެވޭކަމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 029
3325، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
2013/HC-A/165
4
20x
(ނ) ތިންވަނަ ކަމަކީ، "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމަށްޗަށް
ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު" ގެ 08 ވަނަ މާއްދާގެ (ހ) ގެ ދަށުން ބަންދުން މީހަކު
ދޫކޮށްލުމުގައި، އެޤަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސަބަބުތަކުންކުރެ ސަބަބެއް
ނުވަތަ ނެތްތޯ ފަނޑިޔާރު ބަލަންޖެހޭއިރު، އަދި އިސްވެދެންނެވުނު ފަދައިން، އެމާއްދާގައި ބަޔާންކޮށްފައިވާ 5
(ފަހެއް) ސަބަބުންކުރާ ސަބަބެއް އޮތްކަން ނުވަތަ ނެތްކަމާމެދު ގޮތެއް ކަނޑައެޅުމުގެ ބާރު ލިބިފައިވަނީ
ފަނޑިޔާރަށްކަން ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން
އޮންނައިރު، އެފަދަ ސަބަބެއް އޮތްކަމާމެދު ނުވަތަ ނެތްކަމާމެދު އެފަނޑިޔާރަކު ނިންމަވާ ނިންމެވުމަކީ،
އެފަނޑިޔާރަށް ލިބިފައިވާ އިސްވެދެންނެވުނު ބާރާއި އިޚްތިޔާރުގެ ބޭރުން ނިންމަވާފައިވާ ނިންމެވުމެއްކަމަށް
ސާބިތުކޮށްނުދެވޭހާ ހިނދަކު، އެ ނިންމެވުމަކީ އިސްތިއުނާފް ކޯޓަކުން ބަދަލު ގެނެވޭނެ ނިންމެވުމެއް
ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 262/HC-A/2012 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަމާއި،
8
ން
އިސްތިއުނާފުކުރެވިފައިމިވާ ތިލަދުންމަތި އުތުރުބުރީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2013
/
17/AT
-
C ކޯޓުއަމުރަށް ބަލާއިރު އިބްރާހީމް ސަލީމް ބަންދުން ދޫކޮށްލުމަށް ޤާޟީ ނިންމަވާފައިވަނީ
އިބްރާހީމް ސަލީމުގެ މައްޗަށް ތުހުމަތުކުރެވިފައިވާ މައްސަލައިގެ ތަޙްޤީޤު ނިމިފައިވުމާއެކު އިބްރާހީމް ސަލީމް
އިތުރު މުއްދަތަކަށް ބަންދުގައި ބަހައްޓަން ޖެހޭނެ ފަދަ އެއްވެސް ސަބަބެއް ދެއްކިފައިނުވާތީ، އިބްރާހީމް
ސަލީމް އިތުރަށް ބަންދުގައި ބަހައްޓަން ފެނިވަޑައިނުގަންނަވާތީކަން އެނގޭކަމާއި، އަދި މިގޮތަށް
ނިންމަވާފައިވަނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް
ނިންމުމުގެ ޤަވާއިދު" ގައި ކުށްކުށަށް ތުހުމަތުކުގެ
ތުކުރެވޭ
މީހުން ބަންދުގައި ބެހެއްޓުމާމެދު ކަނޑައަޅުއްވާފައިވާ އުޞޫލަށް ރިޢާޔަތް ނުކުރައްވައިކަމަށް ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނި ނަމަވެސް، އިބްރާހީމް
ސަލީމްގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ހުށަހެޅި
COC
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/165
އެސަރވިސްގެ ނަންބަރު 090270/MF "ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް" ގައި،
މައްޗަށް ތުހުމަތުކުރެވިފައިވާ ކުށާއި، މައްސަލައާގުޅޭ ގޮތުން ލިބިފައިވާ ހެއްކާއި ޤަރީނާއާއި، އިބްރާހީމް
ސަލީމް އިތުރަށް ބަންދުގައި ބަހައްޓަން ބޭނުންވާ ސަބަބު ބަޔާންކޮށްފައިވާކަމާއި، އަދި މިކަންކަމާ ބެހޭގޮތުން
ތިލަދުންމަތި އުތުރުބުރީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގައި ވާހަކަ ދެއްކުމުގެ ފުރުޞަތު މޯލްޑިވްސް ޕޮލިސް
ސަރވިސްއަށް ލިބިދީފައިވާއިރު، މިއަމުރު ނެރުއްވުމުގައި ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަމަށް ސުޕްރީމް ކޯޓުގެ
ނަންބަރު 19/SC-A/2010 ޤަޟިއްޔާގައި ބަޔާންކުރައްވާފައިވާ ކަންކަމަށް ރިޢާޔަތްކުރައްވާފައި ނުވާކަ
ނުވާކަމަށް
ބަލަންޖެހޭފަދަ އެކަށީގެންވާ ސަބަބެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތަށް ހުށަހެޅިފައިނުވާކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، މިމައްސަލައަކީ، ކުޑަކުދިންތަކަކާއިމެދު ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު
ހިންގުމުގެ މައްސަލައެއްކަމަށް ވެފައި، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ
މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ މަޤްޞަދުތަކުގެ ތެރޭގައި، ކުޑަކުދިންނަށް
ޖިންސީ ގޯނާކުރާ މީހުން ތަޙުޤީޤް މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާގައި ބަންދުގައި ބެހެއްޓުން ހިމެނޭކަމަށާއި،
އެފަދަ ފަރާތްތައް ތަޙުޤީޤާ މަރުހަލާގައި ބަންދުން މިނިވަންވުމުގެ ޙައްޤު ހިފެހެއްޓިގެންވާކަމަށް ބުނެ ދައުލަތުގެ
ފަރާތުން ވާހަކަ ދައްކާފައިވާއިރު،
ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ
އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގައިވާގޮތުން، މިޤާނޫނުގެ ދަށުން ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ
ނުވަތަ ހައްޔަރުކު މީހާއަށް ޤާނޫނުއަސާސީއިން ލިބިދޭ ޙައްޤުތަކުގެ ތެރެއިން، ހަނުހުރުމުގެ ޙައްޤާއި،
ތަޙުޤީޤް މަރުޙަލާގައި ބަންދުން މިނިވަންވުމުގެ ޙައްޤު ހަނިކުރެވި، ކަނޑައެޅިފައިވާ ގޮތުގެ މަތީން
ހިފެހެއްޓިފައިވާކަން އެޤާނޫނުގެ 26، 27 އަދި 28 ވަނަ މާއްދާއަށް ބެލުމުން އެނގޭކަމާއި، މިޤާނޫނުގެ
ބަޔާންކުރެވި ދިޔަ 28 ވަނަ މާއްދާގައިވާގޮތުން، މިޤާނޫނުގެ ދަށުން ކުށެއްގެ ތުހުމަތުކުރެވޭ މީހާ ބަންދުން
ه
އެރެކްރެފީ
ދިވެހިރާއްsa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/165
4 22
.1
ދޫކޮށްލައިފިނަމަ، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބަލައި، އަދި ހެކި ފޮރުވުމަށް
ނުވަތަ ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް ބަލައި، ތަޙްޤީޤުގެ
މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމަށް ފަނޑިޔާރަށް
މަގުފަހިކޮށްދިނުމަށްޓަކައި، އެ ޙައްޤު އެމިންވަރަށް އެޤާނޫނުގެ ބޭނުމަށްޓަކައި ހިފެހެއްޓިގެންވާކަން
އެނގޭކަމާއި،
ނަމަވެސް، އެ ޤާނޫނުގެ ދަށުން ކުށުގެ ތުހުމަތު ކުރެވޭ މީހަކާމެދު، އެ ޤާނޫނުން ލިބިދޭ ޚާއްޞަ
އުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ފުލުހުންނަށް ފެންނަ ޙާލަތުގައި، އަދި އެގޮތުން ތުހުމަތުކުރެވޭ މީހާ
ތަޙުޤީޤުގެ މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ބަންދުގައި ބަހައްޓަން ބޭނުންވާ ޙާލަތުގައި
ޢަމަލުކުރަންޖެހޭ ގޮތް އެޤާނޫނުގައި ބަޔާންކޮށްފައިވާކަމާއި، އެއީ؟
ތުހުމަތުކުރެވޭ މީހާ ތަޙުޤީޤުގެ މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ބަންދުގައި
ހިއްޓުމުގެ އަމުރު ހޯދުމަށް، ޕްރޮސިކިއުޓަރ ޖެނެރަލް ކޯޓަށް ހުށަހަޅައިދިނުން އެދި، ކޮމިޝަނަރ އޮފް
ޕޮލިސް، ޕްރޮސިކިއުޓަރ ޖެނެރަލްގެ ގާތުގައި އެދުން،
ބަޔާންކުރެވިދިޔަފަދަ އެދުމެއް ކޮމިޝަނަރ އޮފް ޕޮލިސް، ޕްރޮސިކިއުޓަރ ޖެނެރަލްއަށް
ހުށަހަޅައިފިނަމަ، ޕްރޮސިކިއުޓަރ ޖެނެރަލް ބަލަންޖެހޭ މިންގަނޑުތަކުން ބެލުމަށްފަހު، ވީ އެންމެ އަވަހަކަށް،
އެފަދަ އަމުރަކަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކޯޓަށް ހުށަހެޅުން،
ބަޔާންކުރެވިދިޔަ ގޮތަށް ޕްރޮސިކިއުޓަރ ޖެނެރަލް، ކޯޓުގެ އަމުރަކަށް އެދި ހުށަހަޅާ
މައްސަލައެއްގައި، މިފަދަ ކުށުގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހާ ބަންދުގައި ބެހެއްޓުމަކީ، މުޖުތަމަޢުގައި
ހިމެނޭ ކުޑަކުދިން ރައްކާތެރިކުރުމަށްޓަކައި
ކޮންމެހެން
މެއްކަމާއި، ކުށުގެ ތުހުމަތުގައިވާމީހާ ބަންދުގައި
ނުބަހައްޓައިފިކަމަށް ވާނަމަ، އެފަދަ ކުށެއް އަލުން ތަކުރާރުކޮށްފާނެކަން، ނުވަތަ މައްސަލައިގެ ހެކި
ފޮރުވަފާނެކަން، ނުވަތަ ހެކީންނަށް ނުފޫޒު ފޯރުވަން މަސައްކަތް ކޮށްފާނެކަން ޕްރޮސިކިއުޓަރ ޖެނެރަލް، ކޯޓަށް
ސާބިތުކޮށްދިނުން.
ޏހ8
.
4 މ އ ސ ޑ 2 ހ
.ނޭގ ޓޭންކު19
ރައިޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/165
އެއާއެއްގޮތަށް
މިކަންކަން، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ
އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 30 އަދި 31 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާކަމާއި،
ނަމަވެސް މިމައްސަލާގައި ހިމެނޭ ފަރާތް ތަޙުޤީޤު މަރުޙަލާ އާއި ޝަރީޢަތުގެ މަރުޙަލާ ނިމެންދެން
ބަންދުގައި ބެހެއްޓުމަށް، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ
އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ން ލިބިދޭ ޚާއްޞަ އުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރުމަށް، މިޤާނޫނުގައި
ބަޔާންކޮށްފައިވާ، އިސްވެ ބަޔާންކުރެވިދިޔަ އިޖްރާއާތުތައް ފުލުހުން ފުރިހަމަކޮށް
ޢަމަލުކޮށްފައިވާކަން އެނގެންނެތްކަމާއި،
ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ
އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 30 އަދި 31 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ އިޖްރާއާތުތައް
ފުރިހަމަކޮށް، އެގޮތުގެ މަތިން ތަޙުޤީޤް މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާ ނިމެންދެން، މީހަކު ބަންދުގައި
ބެހެއްޓުމަށް ކުރެވޭ އަމުރަކީވެސް، އެމީހާގެ ބަލަދުވެރިން ހުށަހަޅާ ހުށަހެޅުމެއް ނުވަތަ ކޯޓުގެ އިސްނެގުމުގެ
މަތިންވެސް މުރާޖަޢާކުރެވިދާނެ އަމުރެއްކަން ބަޔާންކުރެވިދިޔަ ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) އިން
އެނގޭކަމާއި، އަދި އެމާއްދާގައި ސަރީހަކޮށް ބުނެފައި ނުވިނަމަވެސް އެމީހާއަށްވެސް އެފަދަ އަމުރު
މުރާޖަޢާކޮށްދިނުމަށް އެދެވިދާނެކަން ޤަބޫލުކުރެވޭކަމާއި، މިކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
24/HC-A/2013 ޤަޟިއްޔާގައިވެސް ފާހަގަކުރައްވާފައިވާކަމާއި،
މިދެންނެވުނު ފަދައިން ނެރެފައިވާ އަމުރެއް މުރާޖަޢާކޮށް، ބަލާ ބެލުމުގައި؟
ކުށުގެ ތުހުމަތު ކުރެވިފައިވާ މީހާއަކީ، ތަޙުޤީޤު މަރުޙަލާގަޔާއި ޝަރީޢަތުގެ މަރުޙަލާގައި
ބަންދުގައި ބެހެއްޓުން ކޮންމެހެން ބޭނުންމީހެއް ނޫންކަމަށް ކޯޓަށް ފެނިއްޖެނަމަ، ނުވަތަ
އޭނާ ބަންދުގައި ދެމެހެއްޓުމަށް އަމުރުކުރިއިރު އޮތް ޙާލަތު މިހާރު ބަދަލުވެއްޖެކަމަށް ކޯޓަށް
ފެނިއްޖެނަމަ، ނުވަތަ
ނ. އެއަމުރު އެގޮތަށް ދެމެހެއްޓުމުގެ ބޭނުމެއް އިތުރަށް ނެތްކަމަށް ކޯޓަށް ފެނިއްޖެނަމަ،
ޖީހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/165
Occ
އެފަދަ އަމުރު ބާޠިލުކުރުމުގެ ބާރުވެސް ބަޔާންކުރެވިދިޔަ ޤާނޫނުގެ 36 ވަނަ މާއްދާގެ (ށ) އިން
ކޯޓަށް ލިބިދީފައިވާކަން އެނގޭކަމާއި،
މިމައްސަލާގައި ތުހުމަތު ކުރެވިފައިވާ އިބްރާހީމް ސަލީމް ބަންދުގައި ބެހެއްޓުމުގައި ފުލުހުން
ޢަމަލުކޮށްފައިވަނީ ޖިނާއީ ތުހުމަތެއްކުރެވިފައިވާ މީހަކު ބަންދުގައި ބެހެއްޓުމުގައި ޢަމަލުކުރަންޖެހޭ ޢާންމު
އިޖްރާއާތުތަކާ އެއްގޮތަށް ކަމާއި، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު
ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ޚާއްޞަ އުޞޫލުތަކާ އެއްގޮތަށް
ޢަމަލުކޮށްފައި ނުވާކަމާއި، ކުޑަކުދިންނަށް ނުވަތަ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި މީހަކު
ބަންދުގައި ބެހެއްޓުމުގައި، ބަންދުން މިނިވަންވުމުގެ ޙައްޤު ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް
ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 28 ވަނަ މާއްދާގައިވާގޮތުގެ
މަތީން ހިފެހެއްޓި، އެމީހާ ބަންދުން ދޫކޮށްލައިފިނަމަ، މުޖުތަމަޢުގެ
ނުރައްކަލެއް
ކުރިމަތިވެދާނެކަމަށް ބަލައި، އަދި ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް
މަސައްކަތް ކޮށްފާނެކަމަށް ބަލައި، އެކަންކަމުގެ މައްޗަށް ބިނާކޮށް، ތަޙްޤީޤުގެ މަރުޙަލާއާއި ޝަރީޢަތުގެ
މަރުޙަލާ ނިމެންދެން ތުހުމަތުކުރެވިފައިވާ މީހާ ބަންދުގައި ބެހެއްޓޭނީ، ޤާނޫނު ނަންބަރު 12/2009
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ ދަށުން
ކުށުގެ ތުހުމަތު ކުރެވޭ މީހާއާމެދު، އެ ޤާނޫނުން ލިބިދޭ ޚާއްޞަ އުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރުމަށް
ފުލުހުންނަށް ފެނި، އެޤާނޫނުގައި ކަނޑައެޅިފައިވާ އިޖްރާއާތުތަކާ އެއްގޮތަށް އެއަމުރަށް އެދި ޕްރޮސިކިއުޓަރ
ޖެނެރަލް މެދުވެރިކޮށް ކޯޓަށް ހުށަހަޅައި، ޕްރޮސިކިއުޓަރ ޖެނެރަލް ކޯޓަށް ސާބިތުކޮށްދޭންޖެހޭ ކަމަށް
އެޤާނޫނުގެ 31 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަންކަން ކޯޓަށް ސާބިތުކޮށްދީ، އެގޮތުގެ މަތިންކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 24/HC-A/2013 ޤަޟިއްޔާގައިވެސް ފާހަގަކުރައްވާފައިވާކަމާއި،
ނަމަވެސް އިސްވެ ބަޔާންކުރެވިދިޔަފަދައިން، މިމައްސަލާގައި
ޢަމަލުކޮށްފައިވާކަން އެނގެންނެތްކަން
ފާހަގަކުރެވޭކަމެވެ.
4=ހ8
އެeyށް
.
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/165
(ބ) ފަސްވަނަ ކަމަކީ، އިސްވެ ބަޔާންކުރެވިދިޔަ ކަންކަން އެފަދައިން ހުރުމުން، މިމައްސަލަ
މިކޯޓުގައި ބެލި ފަނޑިޔާރުން ދެކެނީ، ތިލަދުންމަތި އުތުރުބުރީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2013
/
17/A7
-
C ކޯޓުއަމުރަކީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާވިޔަސް ޚިލާފަށް ނެރެފައިވާ
އަމުރެއްކަމުގައި ބަލާނެތަނެއް ނެތްކަމުގައެވެ.
ދެންފަހެ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، މިޤަޟިއްޔާގައި އިސްތިއުނާފުކުރެވިފައި
މިވާ، ތިލަދުންމަތި އުތުރުބުރީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013
/
17/A7
-
C ކޯޓުއަމުރަކީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާވިޔަސް ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމުގައި ބަލާނެ ތަނެއް
މިމައްސަލަ މިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
4 22
ޑ ތ ދ ތތ
ތެކެވެ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv