ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/324 ޤަޟިއްޔާގެ ޙުކުމް
1
20j4/HC-A/324
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 324/HC-A/2014
އިސްތިއުނާފުކުރި ފަރާތް:
* ނަން: ޝަރުމާ ޢަލީ
* ދާއިމީ އެޑްރެސް: ޖީޒާ ބ.އޭދަފުށި
* މިހާރުގެ އެޑްރެސް: ހ.ހާއިލް/މާލެ
*
އައިޑީ ނަންބަރ:A099408
އިސްތިއުނާފު ރައްދުވާ ފަރާތް:
* ނަން: ޢަލީ ނަޝީދު
އައިޑީ ކާޑުނަންބަރު: A067512
* ދާއިމީ އެޑްރެސް: އެންދެރިމާގެ|ހދ.މަކުނުދޫ
މިހާރުގެ އެޑްރެސް: މއ.ކަނަ! މާލެ
j.
5
ރެވުނު ތާރީޚް: 07 ޒުލްޙިއްޖާ 1435 * ނިމުނު ތާރީޚް: 24 ޖުމާދަލްއާޚިރާ 1436
01 އޮކްޓޯބަރ 2014
13 އެޕްރީލް 2015
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2013/Fm-C/2413
ނިންމެވިކޯޓް: ފެމިލީ ކޯޓު
މައްސަލައިގެ ބާވަތް: ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަވަސް އަމުރަކަށް އެދި
ހުށަހެޅި ތާރީޚް: 2017-12-17 ނިމުނު ތާރީޚް: 2014-09-08
މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު: ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރުން އައްބާސް ޝަރީފް ފަނޑިޔާރު: ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
20j4/HC-A/324
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޝަރުމާ ޢަލީ
ދަޢުވާގެ ޚުލާޞާ
މިއީ، ފެމިލީ ކޯޓުގެ ނަންބަރު 2013/Fm-C/2013 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ބ.އޭދަފުށި ޖީޒާ
(ދިރ. ކާޑް ނަންބަރު A099408) ގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި
އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. ޝަރުމާ ޢަލީ ގެ ފަރާތުން ކުރި މި އިސްތިއުނާފް ދަޢުވާ
ރައްދުވާ ފަރާތަކީ ހދ.މަކުނުދޫ އެންދެރިމާގެ ޢަލީ ނަޝީދު (ޑރ. ކާޑް ނަންބަރު A067512) އެވެ.
17
ރެވުނު ނުކު
: 272 29
ހުއްޓުވުމުގެ
01 އިސްތިއުނާފު މިކުރެވޭ ފެމިލީ ކޯޓުގެ ނަންބަރު 2013/Fm-C/2013 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ، ގެވެށި އަނިޔާ
ޤާނޫނުގެ 4 ވަނަ
މާއްދާގެ (ހ) ގެ (1)، (3) އަދި (8) ވަނަ ނަންބަރުގައިވާ އެންމެހާ ޢަމަލުތައް ބ.އޭދަފުށި ޖީޒާ ޝަރުމާ
ޢަލީ އަށާއި އޭނާގެ ދަރިފުޅަށް މެދުކެނޑުމެއްނެތި އޭނާގެ ކުރީގެ ފިރިމީހާ ހދ.މަކުނުދޫ އެންދެރިމާގެ ޢަލީ
ނަޝީދު ގެ ފަރާތުން ކުރަމުންދާކަމަށްބުނެ، ޢަލީ ނަޝީދު ގެ މައްޗަށް ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ
އަވަސް އަމުރެއް ކޮށްދިނުމަށް އެދި ޝަރުމާ ޢަލީ ހުށަހަޅާފައިވާ ދަޢުވާއެއްކަން އެޤަޟިއްޔާގެ ރިޕޯޓުގައި
ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމާއި،
އެޤަޟިއްޔާ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި، "ދެންފަހެ، ބ.އޭދަފުށި، ޓީޒާ
ޝަރުމާ ޢަލީ (އައިޑީކާޑު ނަންބަރު:A099408) އަށް އޭނާގެ ކުރީގެ ފިރިމީހާ ހދ.މަކުނުދޫ، އެންދެރިމާގެ
ޢަލީ ނަޝީދު (އައިޑީކާޑު ނަންބަރު: A067512) ގެ ފަރާތުން ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ 4 ވަނަ
މާއްދާގެ (ހ) ގެ (1)، (3) އަދި (8) ވަނަ ނަންބަރުގައިވާ އެންމެހާ ޢަމަލުތައް ޝަރުމާ ޢަލީ އާއި ޝަރުވާ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/324
ޢަލީ ގެ ދަރިފުޅަށް މެދުކެނޑުމެއްނެތި މި ޢަލީ ނަޝީދު ކުރަމުންދާތީ، މިއެންމެހާ އަމަލުތައް ނުކުރުމަށް ޢަލީ
ނަޝީދު ގެ މައްޗަށް ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަވަސް އަމުރެއް ކޮށްދިނުމަށް އެދޭކަމަށް ބުނެ
ޝަރުމާ ޢަލީ ހުށަހަޅާފައިވާ ޤަޟިއްޔާގައި، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހާ އިޖުރާއީގޮތުން
ފުރިހަމަކުރަންޖެހޭ ކަންކަމުގެ ތެރޭގައި ފުލުހުންނާއި، ޞިއްޙީ އަދި އިޖުތިމާޢީ ޚިދުމަތްދޭ ތަންތަނަށް އެންގި
ގެވެށި އަނިޔާ ޢަމަލުގެ ރިޕޯޓް ދޭންވާނެކަމަށް ޤާނޫނު ނަންބަރު:3/2012 (ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު)
ގައި ބަޔާންކޮށްފައިވާއިރު، މި މައްސަލައިގެ ދަޢުވާކުރާ ފަރާތުން ކަމާބެހޭ ފަރާތަކަށް އެފަދަ އެއްވެސް ކަމެއް
ރިޕޯޓްކޮށްފައިނުވާކަމާއި، މިދެމީހުން ވަރިވިފަހުން އުޅެމުންދަނީ ދެ ގެއެއްގައިކަމަށްވާތީ، މި ދެމީހުންނަކީ އެއް
ގެއެއްގައި އުޅެންޖެހިފައިވާ ދެމީހުން ނޫންކަމާއި، ގެވެށި އަނިޔާގެ އަވަސް އަމުރެއް ނެރުމަށް އޮންނަ އުޞޫލަކީ
ހަމައެކަނި އަމުރަށް އެދޭ މީހާގެ ބަހުގެ މައްޗަށް ބިނާކޮށް އެ އަމުރު ނެރުންކަމުގައި ވީނަމަވެސް ދަޢުވާލިބޭ
މީހާގެ ބަސް ނެގިދާނެކަމަށް ބުނެވިދިޔަ ޤާނޫނުގައި ބުނެފައިވާތީ، މި މައްސަލާގައި ދަޢުވާކުރާ އަދި ދަޢުވާލިބޭ
ފަރާތުގެ ބަޔާން ނެގިފައިވާކަމާއި، މި މައްސަލައާ ގުޅިގެން ދަޢުވާލިބޭ އަލީ ނަޝީދު ޝަރީޢަތަށް ދީފައިވާ
ބަޔާނަށް ބަލާއިރު ޢަލީ ނަޝީދު އާއި ޝަރުމާ ޢަލީ އާ ދެމީހުން ވަރިވީފަހުން ދެމީހުންވެސް ދިރިއުޅެމުން
އަންނަނީ ދެ ގޭގައި ކަމަށްވެފައި، ޝަރުމާ ޢަލީ ދައުވާގައި ބުނެފައިވާ އެއްވެސް ކަމެއް ކޮށްފައިނުވާކަން ޢަލީ
ނަޝީދު ދީފައިވާ ބަޔާނުން އެނގޭއިރު، ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަވަސް އަމުރަކަށް އެދި ޝަރުމާ
ޢަލީ ހުށަހަޅާ ބަޔާންކޮށްފައިވާ ކަންކަމުގެ ތެރޭގައި، ގެވެށި އަނިޔާގެ އަވަސް އަމުރު ނެރުމަށް ގެވެށި އަނިޔާގެ
ޤާނޫނުގެ 39 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ފަދަ ޟަރޫރީ ޙާލަތެއް ހިންގާފައިވާކަމަށް ބެލެވެން
ނެތުމުން، ބުނެވިދިޔަ މާއްދާގައި ބަޔާންކޮށްފައިވާ އާލަތްތައް ޝަރުމާ ޢަލީ އަށް މެދުވެރިވެފައިވާކަމަށް
ޝަރީޢަތަށް ފާހަގަކުރެވިފައިނުވާތީ، މި ޤާނޫނުގެ 40 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ގެވެށި އަނިޔާއިން
ރައްކާތެރިކުރުމުގެ އަވަސް :މުރެ
ނެތްކަމަށް ކަނޑައަޅައި މިގޮތުގެމަތިން
ނިންމީއެވެ." މިފަދައިން ބަޔާންކޮށްފައިވާކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން
ނެރޭނެ ތަނެއް
ޙުކުމްކޮށް
އިޖްހިރާއްޖޭގެ
CCCX
އިފައިވާ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
20j4/HC-A/324
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
02- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ފެމިލީ ކޯޓުގެ ނަންބަރު 2013/Fm-C/2413
ޤަޟިއްޔާގައި ޙުކުމްކުރުމާއި ގުޅިގެން ޝަރުމާ ޢަލީ ގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފުކުރަމުން
އަންނަނިވި ނުކުތާތައް ފާހަގަކޮށް އެ ނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
* ފުރަތަމަ ނުކުތާއަކީ: ފެމިލީ ކޯޓުގެ ނަންބަރު 2013/Fm-C/2013 ޤަޟިއްޔާގައި
ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަވަސް އަމުރެއް ނެރެދޭނެ ތަނެއް ނެތްކަމަށް ކަނޑައަޅާފައިވަނީ، ޤާނޫނު
ނަންބަރު: 3/2012 (ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު) ގެ ރޫޙާއި ޤާނޫނުގެ މަޤްޞަދާއި ޚިލާފަށް ނުބައި
މާނަކުރުމުގެ (Misinterpretation) މައްޗަށް ޤާނޫނު ތަޠުބީޤް ކޮށްގެންކަމަށްބުނެ ހުށަހަޅާފައިވާ
* ދެވަނަ ނުކުތާއަކީ: ފެމިލީ ކޯޓުގެ ނަންބަރު 2013/Fm-C/2013 ޤަޟިއްޔާގައި ގެވެށި
އަނިޔާއިން ރައްކާތެރިކުރުމުގެ އަވަސް އަމުރެއް ނެރެދޭނެ ތަނެއް ނެތްކަމަށް ކަނޑައެޅުމުގައި ގެވެށި އަނިޔާ
ހުއްޓުވުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރަށް ރިޢާޔަތްކޮށްފައިވާއިރު، ޙަވާލާދެވުނު
ޤަޟިއްޔާއިން ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަވަސް އަމުރެއް ނެރެދިނުމަށް އެދިފައިވަނީ ގެވެށި އަނިޔާ
ހުއްޓުވުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ އަލީގައި ކަމަށް ބުނެ ހުށަހަޅާފައިވާ
92
2 ޑ ޓ
ނއeއވެ.
93ދު 4
6
ނިކުeއވެ
: ތިންވަނަ ނުކުތާއަކީ: ފެމިލީ ކޯޓުގެ ނަންބަރު 2013/Fm-C/2013 ޤަޟިއްޔާގައި ގެވެށި
އަނިޔާއިން ރައްކާތެރިކުރުމުގެ އަވަސް އަމުރެއް ނެރެދޭނެ ތަނެއް ނެތްކަމަށް ކަނޑައެޅުމުގައި ގެވެށި އަނިޔާ
ހުއްޓުވުމުގެ ޤާނޫނުގެ 39 ވަނަ މާއްދާއަށް ޙަވާލާދީފައިވާއިރު، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ 37 ވަނަ
މާއްދާގައި ބަޔާންކޮށްފައިވާ ރައްކާތެރިކުރުމުގެ އަވަސް އަމުރުގެ ޠަބީޢަތަށް ރިޢާޔަތްކުރުމެއްނެތި އަމުރަށް
އެދުނުތާ ގާތްގަނޑަކަށް 10 ވަރަކަށް މަސްދުވަސް ފަހުން އަމުރު ނެރެދޭނެ ތަނެއް
ޑތ ތދވ
/ކކޮށް
ކަނޑައަޅާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/324
* ހަތަރުވަނަ ނުކުތާއަކީ: ފެމިލީ ކޯޓުގެ ނަންބަރު 2013/Fm
-
C/2413 ޤަޟިއްޔާގައި
ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަވަސް އަމުރެއް ނެރެދޭނެ ތަނެއް ނެތްކަމަށް ކަނޑައަޅާފައިވަނީ ހެކީންގެ
ހެކިބަހުގެ މައްޗަށް އެއްވެސް ވަރަކަށް ރިޢާޔަތްނުކޮށްކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
03 ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާއާއި ގުޅިގެން ފެމިލީ ކޯޓުގެ ނަންބަރު:
2013/Fm-C/2013 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް
ބ.އޭދަފުށި ޖީޒާ ޝަރުމާ ޢަލީ ގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެ ނުކުތާތަކާއި ގުޅިގެން ދެފަރާތުން
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި
ލިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ރިޢާޔަތްކޮށް ބަލާއިރު އަންނަނިވި ކަންތައްތައް
ޝަރީޢަތަށް ފާހަގަކުރެވެއެވެ.
3.1- ފުރަތަމަ ކަމަކީ: ފެމިލީ ކޯޓުގެ ނަންބަރު 2013/Fm-C/2413 ޤަޟިއްޔާގައި
ބ.އޭދަފުށި ޖީޒާ، ޝަރުމާ ޢަލީ ހުށަހަޅާފައިވާ މައްސަލައަކީ، ޤާނޫނު ނަންބަރު: 3/2012 (ގެވެށި އަނިޔާ
ހުއްޓުވުމުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގެ (1)، (3) އަދި (8) ވަނަ ނަންބަރުގައިވާ އެންމެހާ
ޢަމަލުތައް ޝަރުމާ ޢަލީ އަށާއި، ޝަރުމާ ޢަލީ އާއި ހދ.މަކުނުދޫ އެންދެރިމާގެ ޢަލީ ނަޝީދު އަށް ލިބިފައިވާ
ދަރިފުޅަށް މެދުކެނޑުމެއްނެތި ޢަލީ ނަޝީދު (ޝަރުމާ ޢަލީގެ ކުރީގެ ފިރިމީހާ) ގެ ފަރާތުން
ލިބެމުންދާކަމަށްބުނެ، ޢަލީ ނަޝީދު ގެ މައްޗަށް ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަވަސް އަމުރެއް
ހެރެދެއްވުންއެދި ޝަރުމާ ޢަލީ ހުށަހަޅާފައިވާ މައްސަލައެއްކަން އެޤަޟިއްޔާގެ ރިޕޯޓުގައި ބަޔާންކޮށްފައިވާކަން
އެނގެން އޮންނަކަމާއި،
ބަޔާންކުރެވުނު ޤާނޫނުގެ 4 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާގެ (ހ) ގައި، ގެވެށި
އަނިޔާގެ ޢަމަލު" ކަމަށް، އެޤާނޫނުގެ މަޤްޞަދަށްޓަކައި ބުނެފައިއެވަނީ، ގެވެށި ގުޅުމަކުން ގުޅިފައިވާ
މީހުންގެތެރެއިން އެކަކު، އެ ގުޅުމުގައި ހިމެނޭ އަނެކާގެ މައްޗަށް، ނުވަތަ އަނެއްކުންގެ މައްޗަށް ކުރިކަމަކުން،
ގެވެށި އަނިޔާގެ ޝިކާރައަކަށްވީ މީހާގެ ރައްކާތެރިކަމަށް ނުވަތަ ޞިއްޙަތަށް ނުވަތަ ދުޅަހެޔޮ ދިރިއުޅުމަށް
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/324
ގެއްލުމެއް ލިބޭފަދަ ނުވަތަ އެފަދަ ގެއްލުމެއް ލިބިދާނެކަމުގެ ބިރު އިޙްސާސްވާފަދަ، އަންނަނިވި ޢަމަލުތަކުގެ
ތެރެއިން ޢަމަލެއް ހިންގުމަށް ކަމަށް ބަޔާންކުރުމަށްފަހު، އެ އަކުރުގެ (1) ގައި، ޖިސްމާނީ އަނިޔާކުރުން.
(3) ގައި، ބަހުގެ ހަމަލާދިނުމާއި ނަފްސާނީގޮތުން އަނިޔާކުރުން. (8) ގައި، ބިރުދެއްކުން. މި ތިންކަންތައް
ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމާއި،
cu ox
އެހެންކަމުން ފެމިލީ ކޯޓުގެ ނަންބަރު 2013/Fm-C/2013 ޤަޟިއްޔާގައި ޝަރުމާ ޢަލީގެ
ފަރާތުން އެދިފައި އެވަނީ، ޝަރުމާ ޢަލީގެ ކުރީގެ ފިރިމީހާ ޢަލީ ނަޝީދު، ޝަރުމާ ޢަލީ އަށާއި، ޝަރުމާ
ޢަލީ އާއި ޢަލީ ނަޝީދު އާއި ކައިވެނިކޮށްގެން ލިބިފައިވާ ދަރިފުޅު ރިޝާ ޢަލީ ނަޝީދުއަށް، އެދަރިފުޅުގެ
ބައްޕަ ޢަލީ ނަޝީދު، މެދުކެނޑުމެއްނެތި ޖިސްމާނީ އަނިޔާކުރަމުން ގެންދާކަމަށާއި، އަދި ބަހުގެ ޙަމަލާދީ
ނަފްސާނީގޮތުން އަނިޔާކުރަމުން ގެންދާކަމަށާއި، އަދި ބިރުދައްކަމުން ގެންދާކަމަށްބުނެ އެ އަނިޔާތަކުން
ރައްކާތެރިކޮށްދޭނެ އަވަސް އަމުރަކަށްކަން ފާހަގަކުރެވެއެވެ.
3.2- ދެވަނަ ކަމަކީ: ފެމިލީ ކޯޓުގެ ނަންބަރު 2013/Fm-C/2013 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހާ އިޖްރާއީ ގޮތުން ފުރިހަމަ ކުރަންޖެހޭ
ކަންކަމުގެ ތެރޭގައި ފުލުހުންނާއި ޞިއްޙީ އަދި އިޖްތިމާޢީ ޚިދުމަތްދޭ ތަންތަނަށް އަންގައި، ގެވެށި އަނިޔާގެ
ޢަމަލު ރިޕޯޓު ކުރަންޖެހޭނެކަމަށް ޤާނޫނު ނަންބަރު: 3/2012 (ގެވެށިއަނިޔާ ހުއްޓުވުމުގެ ޤާނޫނު) ގައި
ބަޔާންކޮށްފައިވާއިރު، އެފަދަ ކަމެއް ޝަރުމާ ޢަލީގެ ފަރާތުން އެއިން ފަރާތަކާއި ޙިއްޞާ ކޮށްފައި ނުވާކަމަށް
ފާހަގަކޮށްފައިވާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޝަރުމާ ޢަލީ ދައްކާފައިވާ
ވާހަކާގައިވެސް އެފަދަ މަރުކަޒަކަށް ނުވަތަ އިދާރާއަކަށް ގެވެށި އަނިޔާގެ އެއްވެސް މައްސަލައެއް ނުވަތަ
ޙާދިސާއެއް އެހާތަނަށް ރިޕޯޓު ކޮށްފައި ނުވާނެކަމަށް ބުނެފައިވާކަމާއި،
ޝަރުމާ ޢަލީ އާއި ޢަލީ ނަޝީދަކީ ކުރިން ކައިވެނި ކޮށްގެން އުޅުނު ދެމީހުން ކަމުގައި
ވިޔަސް، 2006 ވަނަ އަހަރުން ފެށިގެން އެ ދެމީހުންނަކީ ދެމަފިރިން ނޫންކަމާއި، އެ ދެމީހުން ދިރިއުޅެނީ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
7
20j4/HC-A/324
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެކުގައި ނޫންކަމާއި، އެ ދެމީހުންނަކީވެސް މިހާރު އެހެން ދިރިއުޅުމެއް ފަށައިގެން މުޅިން ވަކިން ދެގެއެއްގައި
ދިރިއުޅޭ ދެމީހުންކަމާއި،
ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ
ކުރުމުގެ އަވަސް އަމުރު ނެރުމުގެ މައްސަލަތަކުގައި، އެފަދަ
އަމުރުތައް ނެރުމުގައި ހަމައެކަނި އަމުރަށް އެދޭ ފަރާތުގެ ބަހުގެ މައްޗަށް ބުރަވެ އަމުރު ނެރެވިދާނެކަން
ޤާނޫނު ނަންބަރު: 3/2012 (ގެވެށިއަނިޔާ ހުއްޓުވުމުގެ ޤާނޫނު) އިން އެނގެން އޮތްކަމުގައި ވިޔަސް،
އެމައްސަލަ ރައްދުވާ ފަރާތުގެ ބަސް ހޯދުމަށް އެޤާނޫނު ހުރަސްއަޅާފައިނުވާކަމުން، އިސްތިއުނާފު
ކުރެވިފައިމިވާ ފެމިލީ ކޯޓުގެ ނަންބަރު 2013/Fm
-
C/2013 ޤަޟިއްޔާގައި، ޝަރުމާ ޢަލީ އަށް ގެވެށި
އަނިޔާ ކުރިކަމަށް ޝަރުމާ ޢަލީ ބުނާ އޭނާ ކުރިން ކައިވެނިކޮށްގެން އުޅުނު އަލީ ނަޝީދުގެ ބަސް
ޝަރީޢަތުން ނަގާފައިވާކަމާއި، ޝަރުމާ ޢަލީ ގެ އެތުހުމަތުތަކަށް ކަނޑައެޅިގެން ޢަލީ ނަޝީދު އިންކާރު
ކޮށްފައިވާކަން
އިވާކަން އެނގެން އޮންނަކަމެވެ.
3.3- ތިންވަނަ ކަމަކީ: ގެވެށި އަނިޔާއިން ރައްކާތެރި ކޮށްދިނުމުގެ އަވަސް އަމުރަކަށް އެދި
ޝަރުމާ ޢަލީ ފެމިލީ ކޯޓަށް ހުށަހެޅި މައްސަލާގައި ޙަވާލާދީފައިވަނީ، ޤާނޫނު ނަންބަރު: 3/2012 ގެ 4
ވަނަ މާއްދާގެ (ހ) ގެ 1، 3، އަދި 8 ވަނަ ނަންބަރަށް ކަމަށްވާތީ، އެ ޤާނޫނުގެ 4 ވަނަ މާއްދާއަށް
ބެލިއިރު، އެ މާއްދާގެ (ހ) ގައި، "ގެވެށި އަނިޔާގެ ޢަމަލު" ކަމަށް، އެޤާނޫނުގެ މަޤްޞަދަށްޓަކައި ބުނެފައި
އެވަނީ، ގެވެށި ގުޅުމަކުން ގުޅިފައިވާ މީހުންގެތެރެއިން އެކަކު، އެ ގުޅުމުގައި ހިމެނޭ އަނެކާގެ މައްޗަށް،
ނުވަތަ އަނެކުންގެ މައްޗަށް ކުރިކަމަކުން، ގެވެށި އަނިޔާގެ ޝިކާރައަކަށްވީ މީހާގެ ރައްކާތެރިކަމަށް ނުވަތަ
ޞިއްޙަތަށް ނުވަތަ ދުޅަހެޔޮ ދިރިއުޅުމަށް ގެއްލުމެއް ލިބޭފަދަ ނުވަތަ އެފަދަ ގެއްލުމެއް ލިބިދާނެކަމުގެ ބިރު
އިޙްސާސްވާފަދަ، އަންނަނިވި ޢަމަލުތަކުގެ ތެރެއިން ޢަމަލެއް ހިންގުމަށްކަމަށް ންކުރުމަށްފަހު، އެ އަކުރުގެ
(1) ގައި، ޖިސްމާނީ އަނިޔާކުރުން. (3) ގައި، ބަހުގެ ހަމަލާދިނުމާއި ނަފްސާނީގޮތުން އަނިޔާކުރުން. (8)
ގައި، ބިރުދެއްކުން. މިފަދައިން އެ ތިން ނަންބަރުގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނައިރު، ގެވެށި
އަނިޔާގެ ޢަމަލެއްގެ ގޮތުގައި ޝަރުމާ ޢަލީ އަށް ނިސްބަތްކޮށް މީގެތެރެއިން ޢަލީ ނަޝީދު ކޮށްފައިވާ ޢަމަލަކީ
ހދ 0
7
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
•.
8
2014/HC-A/324
ދިވެހިރާ&12 ހައިކޯޓް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ނުވަތަ ޢަމަލުތަކަކީ ކޮބައިކަން ދެނެގަތުމުގެ ގޮތުން ޝަރުމާ ޢަލީ އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ކުރިމަތި ކުރެވުނު ސުވާލުތަކުގެ ޖަވާބުގައި، ޢަލީ ނަޝީދުގެ ފަރާތުން ޖިސްމާނީ އަނިޔާއެއް
ލިބިފައިނުވާ ކަމަށާއި، އަދި ބިރު ދެއްކުމުގެ ޢަމަލެއްވެސް ހިންގާފައިނުވާކަމަށާއި، ޢަލީ ނަޝީދު ކޮށްފައިވާ
ޢަމަލަކީ ޢަލީ ނަޝީދު ޢާންމުކޮށް ގުޅަ ހަދާ މޯބައިލް ނަންބަރު ނޫން އެހެން ނަންބަރަކުން ގުޅުމަށްފަހު،
ވަރަށް ހަޑިހުތުރު ބަހުން ވާހަކަ ދެއްކުން ކަމަށް ބުނެފައިވާކަމާއި، ނަމަވެސް އެކަން އެއްވެސް ފަރާތަކަށް
ރިޕޯޓު ކޮށްފައި ނުވާނެކަމަށާއި، އަދި ޢަލީ ނަޝީދު ގުޅިކަމަށް އެބުނާ ނަންބަރެއް ނުވަތަ ގުޅި ގަޑިއެއް،
އެފަދަ އެއްވެސް މަޢުލޫމާތެއްވެސް ފެމިލީ ކޯޓަށްވެސް ހުށަހަޅާފައި ނުވާނެކަމަށާއި،
ނަމަވެސް ޢަލީ ނަޝީދު އާއި ޝަރުމާ ޢަލީ އަށް ލިބިފައިވާ ދަރިފުޅުގެ ޢުމުރާއި ނުގުޅޭ
މަސައްކަތް އެ ދަރިފުޅު ލައްވާ، ޢަލީ ނަޝީދު އާއި ޢަލީ ނަޝީދު މިހާރު އިދެގެން އުޅޭ މީހާ ކުރުވަމުންދާ
ކަމުގެ ހެއްކެއްގެ ގޮތުގައި ފެމިލީ ކޯޓަށް ވީޑިއޯ އެއް ހުށަހަޅާފައިވާނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާތީ، ފެމިލީ ކޯޓަށް ލިޔެގެން އެވީޑިއޯ ދިވެހިރާއްޖޭގެ ހައިކޯޓަށް ގެނެސް
މިޤަޟިއްޔާ ނިންމުމުގެ ކުރިން ޝަރުމާ ޢަލީ ބުނެފައިވާފަދަ ކަމެއް ހިނގާފައިވޭތޯ ބަލާފައިވާކަމާއި، އެ
ވީޑިއޯ އިން ފެންނަނީ ގޮޑިއެއްގައި އިން ތުއްތު ކުއްޖަކަށް ގާތްގަޑަކަށް ޢުމުރުން 7 އަހަރަށްވުރެ ދޮށީ ޢުމުރު
ފުރައިގެ އަންހެން ކުއްޖަކު ސަމުސަލަކުން އެއްޗެއް (ބަކުން ކަހަލަ) ކާންދޭ މަންޒަރު ކަމާއި، މިޤަޟިއްޔާގައި
ދެފަރާތުން ދައްކާފައިވާ ވާހަކައަށް ބަލާއިރު، އެ ވީޑިއޯގައި ފެންނަ ގާތްގަޑަކަށް ޢުމުރުން 7 އަހަރަށްވުރެ
ދޮށީ ޢުމުރު ފުރައިގެ އަންހެން ކުއްޖާއަކީ ޝަރުމާ ޢަލީ އާއި ޢަލީ ނަޝީދުއަށް ލިބިފައިވާ ދަރިފުޅު ރިޝާ
ޢަލީ ނަޝީދު (އުފަންތާރީޚް: 21 އޯގަސްޓް 2003) ކަމާއި، އެކުއްޖާ ސަމުސަލަކުން އެއްޗެއް ކާންދެމުންދާ
ތުއްތު ކުއްޖާއަކީ ޢަލީ ނަޝީދު މިހާރު އިދެގެން އުޅޭ މީހާއަށް ލިބިފައިވާ ދަރިފުޅުކަމާއި، ޝަރުމާ ޢަލީ އާއި
ޢަލީ ނަޝީދު އަށް ލިބިފައިވާ ދަރިފުޅު ދިރިއުޅެނީ އަދި ބަލަހައްޓަމުން ގެންދަނީ ޢަލީ ނަޝީދު
ކަމުގައިވާއިރު، ގޭތެރޭގައި އުޅޭއިރު، އެ ޢުމުރު ފުރައިގެ ކުއްޖަކު އޭނާގެ ކޮއްކޮ އަށް އެފަދަ އެއްޗެއް
ކާންދިނުމަކީ އެކުއްޖާގެ އަމިއްލަ އިޚްތިޔާރުގައި ކޮއްކޮ ދެކެ ވާ ލޯބިން ކޮށްފާނެ ކަމެއްކަމާއި، އެއީ ޢުމުރާ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
*
ވެ
9
20j4/HC-A/324
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ނުގުޅޭ މަސައްކަތެއް ކަމުގައި ބަލައި، އެއީ އެކުއްޖާއަށް ލިބެމުންދާ ގެވެށި އަނިޔާއެއް ކަމުގައި ބަލަންޖެހޭނީ
އެކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތާއި، ހެއްކާއި ޤަރީނާ ލިބިގެންކަން ފާހަގަކުރެވެއެވެ.
3.4- ހަތަރުވަނަ ކަމަކީ: ޤާނޫނު ނަންބަރު:3/2012 (ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު) ގެ
40 ވަނަ މާއްދާއަށް ބަލާއިރު، ރައްކާތެރިކުރުމުގެ އަވަސް އަމުރެއް ކޯޓުން ނެރުމުގެ ކުރިން،
ރައްކާތެރިކުރުމުގެ އަމުރަށް އެދިފައިވާ ފަރާތުން ހުށަހަޅާފައިވާ މައްސަލައިގެ ބޮޑުކަމާއި، އެކަމުގެ ހިމެނިގެންވާ
ކުތާތަކުގެ ނުރައްކާތެރިކަމަށާއި، ރައްކާތެރިކުރުމުގެ އަމުރު ނިސްބަތްވި ފަރާތުން ހިންގަމުންގެންދާ
ޢަމަލުތަކުގެ ހަރުކަށިކަން ނުވަތަ ނުރައްކާތެރިކަމަށާއި، ރައްކާތެރިކުރުމުގެ އަމުރު ނިސްބަތްވާ ފަރާތުން
ހިންގަމުންގެންދާ ޢަމަލުތަކުގެ ސަބަބުން، އެ އަމުރަށް އެދުނު ފަރާތުގެ މަޞްލަޙަތަށް އުނިކަން އަންނަ
ނިސްބަތުގެ ބޮޑުކަމަށް ޝަރީޢަތުން ރިޢާޔަތްކުރަން ޖެހޭކަން އެނގެން އޮންނައިރު، ފެމިލީ ކޯޓުގައާއި
ދިވެހިރާއްޖޭގެ ހައިކޯޓުގައި ޝަރުމާ ޢަލީ އާއި ޢަލީ ނަޝީދުގެ ފަރާތުން ދައްކާފައިވާ ވާހަކައަށާއި
ހުށަހެޅިފައިވާ ހެކި ޤަރީންއަށް ޝަރުޢީ ހަމަތަކުގެމަތިން ރިޢާޔަތްކޮށް ބަލާއިރު، ގެވެށި އަނިޔާއިން ރައްކާތެރި
ކުރުމުގެ އަވަސް އަމުރަކަށް އެދި ޝަރުމާ ޢަލީ ހުށަހަޅާ ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި، ގެވެށި
އަނިޔާގެ އަވަސް އަމުރެއް ނެރުމަށް ލާޒިމްވާފަދަ ޟަރޫރީ ޙާލަތެއް މެދުވެރިވެފައިވާކަމަށް ބެލެވެން ނެތްކަ
ފެމިލީ ކޯޓުގެ ނަންބަރު 2013/Fm-C/2013 ޤަޟިއްޔާގައި ބައްލަވާފައިވާގޮތް ރަގަޅު ނޫންކަމަށް
ނޭތްކަމަށް
ބަލަންޖެހޭ ފަދަ ސަބަބެއް ނެތްކަމެވެ.
3.5- ފަސްވަނަ ކަމަކީ: ފެމިލީ ކޯޓުގެ ނަންބަރު 2013/Fm-C/2413
ޤަޟިއްޔާގައި
ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަވަސް އަމުރަކަށް އެދުމުން ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ 37
ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރައްކާތެރިކުރުމުގެ އަވަސް އަމުރުގެ ތަބީޢަތަށް ރިޢާޔަތްކުރުމެއްނެތި އަމުރަށް
އެދުނުތާ ގާތްގަނޑަކަށް 10 ވަރަކަށް މަސްދުވަސް ފަހުން އަމުރު ނެރެދޭނެ ތަނެއް ހިތްކަމަށް
ކަނޑައަޅާފައިވާކަމަށްބުނެ ޝަރުމާ ޢަލީ ގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާއާއި ގުޅިގެން ދިވެހިރާއްޖޭގެ
ހައިކޯޓުގެ މިޤަޟިއްޔާގައި ބެލިބެލުމުން، ޝަރުމާ ޢަލީ ގެ ފަރާތުން ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ ރާއްޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ޓީމްކަމަކަށް
10
20j4/HC-A/324
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ގޮތެއް
އަވަސް އަމުރެއް ނެރެދިނުމަށްއެދި ފެމިލީ ކޯޓަށް ހުށަހަޅާފައިވާ ތާރީޚަކީ 17 ޑިސެމްބަރ 2013 ކަމާއި، އެ
އަމުރާމެދު ގޮތެއް ނިންމަވާފައިވަނީ 08 ސެޕްޓެމްބަރ 2014 ގައި ކަމާއި، އެހެންކަމުން އެ އަމުރާމެދު
ނިންމެވިއިރު 08 މަސްދުވަހަށްވުރެ ގިނަދުވަސް ވެފައިވާކަން އެނގެން އޮތުމުން، އެއީ ގެވެށި
އަނިޔާއިން ރައްކާތެރިކުރުމުގެ އަވަސް އަމުރުގެ ޠަބީޢަތާއި ފުށުއަރާ ކަމެއްކަމަށް ޤަބޫލުކުރެވޭކަމާއި، ނަމަވެސް
ހަމައެކަނި އެސަބަބަށްޓަކައި ފެމިލީ ކޯޓުގެ ނަންބަރު 2013/Fm-C/2013 ޤަޟިއްޔާގައި ނިންމަވާފައިވާ
ނިންމެވުމަށް ބަދަލު ގެންނަންޖެހޭނެކަމަށް ނުފެންނަކަމެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތައް އެފަދައިން ހުރުމާއެކު
ކޯޓުގެ ނަންބަރު 2013/Fm-C/2013 ޤަޟިއްޔާގައި ހުށަހެޅުނު ގެވެށި އަނިޔާއިން
ރައްކާތެރިކުރުމުގެ އަވަސް އަމުރެއް ނެރުމުގެ މައްސަލަ ބައްލަވައި، އެފަދަ އަމުރެއް ނެރެންޖެހޭ ސަބަބެއް
ނިންމަވާފައިވާ ނިންމެވުމަށް ބަދަލު ގެންނަންޖެހޭފަދަ ސަބަބެއް މިޤަޟިއްޔާ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.
ނeކަމަށް
2
8 އ ދވ
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން
ރިޢާޔަތްކޮށް ބަލާއިރު، ފެމިލީ ކޯޓުގެ ނަންބަރު 2013/F
-
C/2013 ޤަޟިއްޔާގައި ހުށަހެޅުނު މައްސަލަ
ބައްލަވައި އެ ކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭފަދަ އެއްވެސް ސަބަބެއް ނެތްކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓުގައި މިޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، އެގޮތުގެމަތިން ޙުކުމް
ކޮށްފީމެވެ.
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv