ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/374 ޤަޟިއްޔާގެ ޙުކުމް
1
2013/HC-A/37
ޤަޟިއްޔާ ނިމުނު ގޮތު
کی عمری
ދެލި
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
-
ރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 374/HC
-
A/2013
އިސްތިއުނާފު ކުރިފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* ވަކީލު:
* ދާއިމީ އެޑްރެސް:
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: މުޙައްމަދު ވަޙީދު
* އައިޑީ ކާޑު ނަންބަރު: A024175
* ދާއިމީ އެޑްރެސް: ދަފްތަރު ރސ 3941/މާލެ
ސްޓްރީކުރެވުނު ތާރީޚް: 16 ޞަފަރު 1435
19 ޑިސެމްބަރު 2013
ނިމުނު ތާރީޚް: 21 ޞަފަރު 1435
24 ޑިސެމްބަރު 2013
އދ
އިސްތިގު ކުރެވުނު ކޯޓުއަމުރު ނަންބަރު: 2013
/
10774/J
(
MD-145
ޤަޟިއްޔާގެ ބާވަތް: ކޯޓުއަމުރު
ނިންމެވި ކޯޓް: ކްރިމިނަލް ކޯޓު
ހެޅުނު ތާރީޚް: 17 ޑިސެމްބަރު 2013 ނިމުނު ތާރީޚް: 17 ޑިސެމްބަރު 2013
ރޮޗެވެ
0
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2
ޤަޟިއްޔާ
ނިމުނު 1
2013/HC-A/374
يمر من *
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/10774(J
(
MD-145 ކޯޓުއަމުރު
އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށްނޫން ކަމަށްބުނެ އެ ކޯޓުއަމުރު
އިސްތިއުނާފު ކޮށްދިނުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ، ދަފްތަރު ރސ
3941/މާލެ (ހ. ސީސްޕީޑް މާލެ)، މުޙައްމަދު ވަޙީދު (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު
A024175) އެވެ.
ހަގަކުރެވުނު ނުކުތާތައް:
0x32 ދު
ބޮންނެވެ
1. ކްރިމިނަލް ކޯޓުގެ ނަންބަރު 2013/10774(J
(
MD-145 ކޯޓުއަމުރަށް
ބަލާއިރު، އެ
ކޯޓުއަމުރަކީ، ދަފްތަރު ރސ 3941/މާލެ (ހ. ސީސްޕީޑް|މާލެ)، މުޙައްމަދު ވަޙީދުގެ
މައްޗަށް ތުހުމަތުކުރެވިފައިވާ ފައިސާއަށް ހަށިވިއްކުމުގެ މައްސަލާގައި އޭނާ މުޖްތަމަޢުގެ ތެރެއަށް
ދޫކޮށްލާފިނަމަ އެމައްސަލައާއި އެމައްސަލައާ ގުޅުންހުރި އެހެނިހެން ކަންކަމުގެ ތަޙްޤީޤަށް ހޯދަން ބޭނު
ހެކި ޤަރީނާ ނައްތާލުމަށާއި، ހެކި ފޮރުވާ ހެއްކަށް ނުފޫޒު ފޯރުވުމަށް ފުރުސަތު ބޮޑުވެގެން
ދާނެކަމެއްކަމަށް ފެންނާތީ، މުޙައްމަދު ވަޙީދުގެ ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި މޯލްޑިވްސް
ޕޮލިސް ސަރވިސްއިން ކްރިމިނަން ކޯޓަށް ހުށަހެޅުމާގުޅިގެން، މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް
ކުރިމަތިވެދާނެކަމަށްޓަކައި" ކަމަށް ވިދާޅުވެ، 17 ޑިސެމްބަރު 2013 ވަނަ ދުވަހުގެ 15:12 އިން
ފެށިގެން 10 (ދިހައެއް) ދުވަހުގެ މުއްދަތަށް ދަފްތަރު ރސ 3941/މާލެ (ހ. ސީސްޕީޑް (މާލެ)،
މުޙައްމަދު ވަޙީދު ގޭގައި ބެހެއްޓުމަށް، ކްރިމިނަލް ކޯޓުން ނެރުއްވާފައި އޮންނަ އަމުރެއްކަން އެނގެއެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
*
¢ ¢.
2013HC-A/374
و مری
3 ޤަޟިއްޔާ ނިމުނު ގޮ
2. ކްރިމިނަލް ކޯޓުގެ ނަންބަރު 2013/10774(JMD-145 ކޯޓުއަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނޫންކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ
ފަރާތުން އެއަމުރު އިސްތިއުނާފުކުރަމުން، އަންނަނިވި ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. މިގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާއަކީ؛
C
04 /
، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/10774(J
(
MD-145 ކޯޓު އަމުރުން
ނިންމަވާފައިވާ ނިންމެވުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި،
ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް
ނިންމުމުގެ ޤަވާޢިދާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC
-
A/19 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓުގެ 9 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ އުޞޫލުތަކާ ޚިލާފަށް
ނިންމަވާފައިވާ ނިންމެވުމެއްކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
3. ކްރިމިނަލް ކޯޓުގެ ނަންބަރު 2013/10774(J
(
MD-145 ކޯޓުއަމުރު
އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހަށް ހުށަހެޅި ނުކުތާއަށާއި، އެނުކުތާއާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
މައްސަލާގައި ހިމެނޭ ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް
ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު، މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
t
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2013HC-A/374
و مری
4 ޤަޟިއްޔާ ނިމުނު ގޮ
(ހ) ފުރަތަމަ ކަމަކީ، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް
ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ
މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް
ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5
ބަންދާމެދު
ސަބަބުންކުރާ ސަބަބެއް އޮތްތޯކަމާއި،
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
|
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ
(ހ) އަށް ބަލާއިރު، އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ
ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު
ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް
ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް
ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަން އެނގެން އޮންނަކަމާއި،
މިގޮތުން ބަލާއިރު، މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެދިފައިވާ ގޮތުގެމަތިން،
މުޙައްމަދު ވަޙީދު 10 (ދިހައެއް) ދުވަހަށް ބަންދުކުރެއްވުމަށް ކްރިމިނަލް ކޯޓުން އަމުރުކުރައްވާފައިވަނީ
އޭނާގެ މައްޗަށް ތުހުމަތުކުރެވިފައިވާ ހަށިވިއްކުމުގެ މައްސަލާގައި "މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް
ކުރިމަތިވެދާނެކަމަށް" ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރަށް ޤަބޫލުކުރެއްވޭތީކަން
އެނގޭކަމާއި، އެސަބަބަކީ، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު
ބަލަންޖެހޭ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ
(ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުގެ ތެރޭގައި ހިމެނޭ ސަބަބެއްކަމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
8 42
2013/HC-A/374
5 ޤަޟިއްޔާ ނިމުނު 1
می هرکی
ދެވެ
މ 04
4
تماس ہے کہ
ތުހުމަތުގައި
:40
2
7
0
0 ތ ދ
2 22 2
(ށ) ދެވަނަ ކަމަކީ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި
ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު"
ގައިވާ ގޮތުގެމަތިން ބަންދުކުރެވޭ މީހުން ބަންދުގައި ބައިތިއްބަންޖެހޭ ތަން ކަނޑައެޅުމުގައި ޢަމަލުކުރާނެ
އުސޫލުތަކެއް ދިވެހިރާއްޖޭގެ ހައިކޯޓުން މީގެ ކުރިން ކަނޑައަޅާފައިވާކަމާއި،
މިގޮތުން، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހާގެ ބަންދާމެދު ގޮތެއް
ނިންމުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކުރެވޭ މީހާއަކީ މުޖްތަމަޢުގެ ސަލާމަތަށް
ނުރައްކާތެރިވެދާނެ މީހެއްކަމަށް ފަނޑިޔާރަށް ފެންނަ ޙާލަތްތަކުގައި އެމީހަކު ބަންދުކޮށްފައި ބަހައްޓާނެ
ތަނެއް ކަނޑައެޅުމާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 260/HC
-
A/2012 ޤަޟިއްޔާއާއި
ނަންބަރު 355/HC
-
A/2013 ޤަޟިއްޔާގައި ކަންޑައަޅާފައިވާ އުސޫލަށް ބަލާއިރު،
ތުހުމަތުގައި ބަންދުކުރެވިފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް
ހާޟިރުކުރެވޭ މީހާއަކީ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކާތެރިވެދާނެ މީހެއްކަމަށް ފަނޑިޔާރަށް ފެންނަ
ޙާލަތްތަކުގައި އެމީހަކު ބަންދުގައި ބަހައްޓަންޖެހޭނީ އެމީހެއްގެ ފަރާތުން މުޖްތަމަޢަށް ނުރައްކާތެރިކަމެއް
ނުފޯރުވޭނޭފަދަ ތަނެއްގައިކަމާއި، އަދި މިގޮތުގެމަތިން ބަންދުކުރެވޭ މީހެއްގެ ކިބައިން މުޖްތަމަޢަށް އޮތް
ނުރައްކަލެއް ނެތިކޮށްލެވޭނީ އެމީހަކު ކޮންތާކު ކޮންގޮތަކަށް ބަންދުކޮށްގެންކަން ކަނޑައަޅަން އެންމެ
ރަނގަޅަށް އެނގޭނެ އެއްބަޔަކަށްވާނީ މޯލްޑިވްސް ޕޮލިސް ސަރވިސް އެމިނިސްޓްރީއެއްގެ ދަށުން
ހިނގަމުންދާ މިނިސްޓްރީ އޮފް ހޯމް އެފެއާޒްއަށް ކަމާއި،
އެހެންކަމުން، އިސްވެދެންނެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާތަކުގައި
ކަނޑައަޅާފައިވާ އުސޫލުތަކުގެ މައްޗަށް ބިނާކޮށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 371/HC
-
A/2013 ޤަޟިއްޔާގައިވެސް ފާހަގަކޮށްފައިވާ ފަދައިން، އިސްތިއުނާފަށް
ހުށަހެޅިފައިމިވާ މައްސަލަ ފަދަ، ކުށުގެ ތުހުމަތުގައިވާ މީހަކު ބަންދުގައި ބަހައްޓަންޖެހޭ ސަބަބަކީ
އެމީހަކު ދޫކޮށްލައިފިނަމަ އެމީހެއްގެ ފަރާތުން މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2013/HC-A/374
يمر متر مربع
6 ޤަޟިއްޔާ ނިމުނު ގޮ
ފަނޑިޔާރަށް ފެނުންކަމަށްވާނަމަ، އެމީހަކު ބަންދުގައި ބަހައްޓާންޖެހޭނީ އެމީހެއްގެ ފަރާތުން މުޖްތަމަޢަށް
ނުރައްކާތެރިކަމެއް ނުފޯރުވޭނޭފަދަ ތަނެއްގައިކަމާއި، އަދި އެމީހަކު ބަންދުގައި ބަހައްޓާ ތަނަކީ އެމީހަކު
ދިރިއުޅޭ ގެ ކަމަށްވުމަކީ އެމީހެއްގެ ފަރާތުން މުޖްތަމަޢަށް ފޯރާފާނެ ނުރައްކާތެރިކަމެއް ނެތިކޮށްނުލެވޭނޭ
ކަމެއްކަމަށް، މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ޤަބޫލުކުރެވޭ ޙާލަތުތަކުގައި އެމީހަކު ގޭގައި
ބަންދުކޮށްފައި ބަހައްޓަން މަޖުބޫރުވާ ގޮތަށް ކޯޓުތަކުން އަމުރު ނެރެގެން ނުވާނެކަމާއި،
އެފަދަ
ޙާލަތުތަކުގައި އެމީހަކު ބަންދުގައި ބަހައްޓާނެ ތަނެއް ކަނޑައެޅުމުގެ އިޚްތިޔާރު ލިބިދޭންވާނީ މިނިސްޓްރީ
އޮފް ހޯމް އެފެއާޒްއަށްކަމެވެ.
ކްރިމިނަލް ކޯޓުގެ
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން،
ނަންބަރު 2013/10774(J
(
MD-145 ކޯޓުއަމުރުގައި، ދަފްތަރު 3941/މާލެ (ހ.
ސީސްޕީޑް މާލެ)، މުޙައްމަދު ވަޙީދު 17 ޑިސެމްބަރު 2013 ވަނަ ދުވަހުގެ 15:12 އިން ފެށިގެން 10
(ދިހައެއް) ދުވަހުގެ މުއްދަތަށް ގޭގައި ބަންދުކޮށްފައި ބެހެއްޓުމަށް ކުރައްވާފައިވާ އަމުރަށް ބަދަލު
ގެންނަންޖެހޭކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް
އިއްތިފާޤު ވެވިފައިވެއެވެ.
• ޙުކުމް
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން
ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/10774(J
(
MD-145
ކޯޓުއަމުރުގައި، ދަފްތަރު 3941:މާލެ (ހ. ސީސްޕީޑް މާލެ، މުޙައްމަދު ވަޙީދު
(ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A024175) 17 ޑިސެމްބަރު 2013 ވަނަ ދުވަހުގެ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
7
2013HC-A/374
کی عمری
ދެލީ
ޤަޟިއްޔާ ނިމުނު
15:12 އިން ފެށިގެން 10 (ދިހައެއް) ދުވަހުގެ މުއްދަތަށް ގޭގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރު
ކުރައްވާފައިވާ ބައި ބާޠިލުކޮށް، އެއަމުރުގައި ބަޔާންކޮށްފައިވާ މުއްދަތުގައި، ހ. ސީސްޕީޑްމާލެ،
މުޙައްމަދު ވަޙީދު (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A024175) މިނިސްޓްރީ އޮފް ހޯމް
އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން އަމުރުކޮށް، އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްa
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv