ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/84 ޤަޟިއްޔާގެ ޙުކުމް
l
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/84
بيانات الخبر
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 84/HC-A/2013
އިސްތިއުނާފުކުރި ފަރާތް:
* ނަން: އަޙްމަދު މުއްރަތު
އައިޑީ ކާޑު ނަންބަރ: A001758
ދާއިމީ އެޑްރެސް: މ.މަސްރޫރާ(ކމާލެ
މިހާރުގެ އެޑްރެސް: މ.މަސްރޫރާ ކ.މާލެ
*
އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް
އައިޑީ
* ދާއިމީ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް
މިހާރުގެ އެޑްގެ
އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް
ކާނަލް
• ރަޖިސްޓްރީކުރެވުނު ތާރީޚް: 17 ރަބީޢުލްއާޚިރު 1434
27 ފެބުރުވަރީ 2013
ނިމުނު ތާރީޚް:
(: 13 ޝަޢުބާން 1436
31 މެއި 2015
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2012/Cr-C/384
• ނިންމެވިކްޓް: ކްރިމިނަލް ކޯޓު
• މައްސަލައިގެ ބާވަތް: ގަސްތުގައި މީހަކު މަރާލުން
ހުށަހެޅި ތާރީޚް: 03 ޖުލައި 2012 ނިމުނު ތާރީޚް: 19 ޖުލައި 2012
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2013/HC-A/84
C
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު:2012/Cr
-
C/384 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި މ.މަސްރޫރާ،
އަޙްމަދު މުއްރަތު (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު:A001758) ގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގެ އިސްތިއުނާފު ރައްދުވާ ފަރާތަކީ
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
0
cu o
404
OCCO
01-
19 ޖުލައި 2012 ގައި ކްރިމިނަލް ކޯޓުން ނިންމަވާފައިވާ އެ ކޯޓުގެ ނަންބަރު:
2012/Cr-C/384 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް މ.މަސްރޫރާއަޙްމަދު މުއްރަތު ގެ ފަރާތުން
ހުށަހަޅާފައިވަނީ ޤާނޫނު ނަންބަރު:22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގައާއި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޤަވާޢިދުގައި ކަނޑައެޅި ބަޔާންވެގެންވާ މުއްދަތަށްވުރެ ފަހުގެ ތާރީޚެއްގައި ކަމުގައިވިޔަސް،
ކްރިމިނަލް ކޯޓުގެ ނަންބަރު: 2012/Cr-C/384 ޤަޟިއްޔާގެ އިސްތިއުނާފު ދިވެހިރާއްޖޭގެ ހައިކޯޓަށް
ބަލައިގަނެފައިވަނީ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި އިސްތިއުނާފު ނުކުރެވުނު
ސަބަބުތައްކަމަށްބުނެ އަޙްމަދު މުއްރަތު ގެ ފަރާތުން ހުށަހެޅި ސަބަބުތަކުގެ މައްޗަށާއި އެޤަޟިއްޔާގެ ބާވަތައް،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ރިޢާޔަތްކުރައްވައި، އެޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ހުއްދަ އަޙްމަދު
މުއްރަތު އަށް ދިނުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ނިންމެވުމާއި ގުޅިގެންކަން ފާހަގަކުރެވެއެވެ.
02- އިސްތިއުނާފުކުރެވިފައި މިވާ ކްރިމިނަލް ކޯޓުގެ ނަންބަރު:2012/Cr
-
C/384
ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، މ.މަސްރޫރާ،މާލެ އަޙްމަދު
މުއްރަތުއާއި، ށ.ގޮއިދޫ/ރިހާބު ފާޠިމަތު ހަނާ، 30 ޖޫން 2012 ވަނަ ދުވަހުގެ 20:30 ހާއިރު މި ދެމީހުންގެ
ދަޢުވަތަކަށް މާލެ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު ނަންބަރު:4666 އަޙްމަދު ނަޖީބު (ދިވެހިރައްޔިތެއްކަން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް: 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2013/HC-A/84
އަންގައިދޭ ކާޑު ނަންބަރު:A001940} މިދެމީހުން ދިރިއުޅޭ މ.މަސްރޫރާ ގެއަށް ގެންގޮސް، އެގޭގައި
މިދެމީހުން ދިރިއުޅޭ ބައިގައި ހުރި ގޮނޑިއެއް (އޮފީސް ޗެއަރ) ގައި އަޙްމަދު ނަޖީބު ގެ ދެއަތާއި ދެފައި (ފޮށި
ބަންދުކުރާ ވައްތަރުގެ މުށިކުލައިގެ ޓޭޕްރޯލަކުން) ބަނދެ، މޫނާއި އަނގަމަތީގައި ވަށައިޖެހޭ ގޮތަށް ޓޭޕްއަޅާ
ބޭންދުމަށްފަހު، 01 ޖުލައި 2012 ވަނަ ދުވަހުގެ ވަގުތެއްގައި އަޙްމަދު ނަޖީބު އަޑުގަދަކުރުމަށް
މަސައްކަތްކުރުމުން އެކަމާ ހިތްހަމަނުޖެހިގެން "4 (ހަތަރު އިންޗި ހުންނަވަރުގެ ކަޅުކުލައިގެ މުއްގަނޑުލީ
ވަޅިއަކުން އަޙްމަދު މުއްރަތު، އަޙްމަދު ނަޖީބު ގެ ކަރަށް ހަމަލާދީ، އަޙްމަދު ނަޖީބު މަރާލާފައިވާކަމަށްބުނެ،
އަޙްމަދު މުއްރަތުއާއި ފާޠިމަތު ހަނާ ގެ މައްޗަށް ޤަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހުގެ ފަރާތުން އުފުލުމުން ބައްލަވާފައިވާ ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި، "ދެންފަހެ މާވެاމ.މަސްރޫރާ އަޙްމަދު
މުއްރަތު އާއި، ށ.ގޮއިދޫ !ރިހާބު ފާޠިމަތު ރަނާގެ މައްޗަށް ދައުލަތުން ކުޅަ ޤަޞްދުގައި މީހަކު މަރާލުމުގެ
ކުށުގެ ދަޢުވާ ޝަރީޢަތުން ބެލިއިރު 2012 ޖޫން 30 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި އަޙްމަދު
މުއްރަތު އާއި ފާޠިމަތު ރަނާގެ ދައުވަތަކަށް މާލެ/ދަފްތަރު ނަންބަރު 4666 އަޙްމަދު ނަޖީބް މ.މަސްރޫށް
ގެއަށް ގެންގޮސް، މަސްރޫރާ ގޭގައި އަޙްމަދު މުއްރަތުއާއި ފާޠިމަތު ހަނާ ދިރިއުޅެމުން އަންނަ ކޮޓަރިއަށް
އަޙްމަދު ނަޖީބު ވެއްދުމަށްފަހު އައްމަދު މުއްރަތުގެ މަންމަގެ ފަރާތުން ކޯޓަށް ހުށަހަޅަންޖެހޭ މައްސަލައަކާއި
ބެހޭ ގޮތުން އަޙްމަދު ނަޖީބުއާއި މަޝްވަރާކުރިއިރު، އަޙްމަދު ނަޖީބުގެ ޢަމަލުތައްހުރީ އަޙްމަދު މުއްރަތުއާއި
ފާޠިމަތު ހަނާ ހިތްހަމަޖެހޭ ގޮތަކަށް ނޫންކަމަށް އަޙުމަދު މުއްރަތު އާއި ފާޠިމަތު ހަނާއަށް ޤަބޫލުކުރެވުނުކަމަށް
ބުނެ، އެ ކޮޓަރީގައި ހުރި ގޮނޑިއެއްގައި އަޙްމަދު ނަޖީބު ބަނދެ، އަޙްމަދު ނަޖީބު ގެ އަތުގައި ހުރި ފައިސާ
ފޭރުމަށްފަހު، އަޙްމަދު ނަޖީބު މަރާލުމަށް އަޙްމަދު މުއްރަތު އާއި ފާޠިމަތު ހަނާ ރާވާ، މަސްރޫރާ ގޭގައި
އަޙްމަދު މުއްރަތުއާއި ފާޠިމަތު ހަނާ ދިރިއުޅޭ ބައިގައި ގެންގުޅުނު ވަޅިއެއް އެ ކޮޓަރިއަށް ގެންގޮސް އެވަޅިން
އަޙްމަދު ނަޖީބުއަށް ބިރު ދައްކާ، އަޙްމަދު މުއްރަތުއާއި، ފާޠިމަތު ހަނާ އެވަގުތު އަޙްމަދު ނަޖީބު އިށީދެގެން
އިން ގޮނޑިއާއެކު ކަރުދާސް ފޮށި ބަންދުކުރަން ބޭނުންކުރާ ވައްތަރުގެ ޓޭޕް ބޭނުންކޮށްގެން
އަޙްމަދު ނަޖީބުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް: 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2013/HC-A/84
ކ... .. * 4
އއ
ދެއަތާއި ދެފައި ބަނދެ، އަދި އަޙްމަދު ނަޖީބުއަށް އެއްވެސް ހަރަކާތެއް
ގޮތަށް އެ ކޮޓަރީގައި
ރަހީނުކުރުމަށްފަހު، އަޙްމަދު ނަޖީބުގެ ޖީބުގައި އޮތް ވޮލެޓާއި، އަޙްމަދު ނަޖީބުގެ ދެ މޯބައިލްފޯނު އަޙްމަދު
ނަޖީބު އަތުން އަތުލައި، އަޙްމަދު ނަޖީބުގެ ވޮލެޓްގައި ހުރި ފައިސާއާއި އެ ވޮލެޓްގައި ހުރި ކޭޝްކާޑް ނަގާ،
އެކޭޝްކާޑްގެ ޕިންނަންބަރު އަޙްމަދު ނަޖީބުގެ ފަރާތުން ހޯދުމަށްފަހު، އަޙުމަދު ނަޖީބުގެ އަނގަޔަށް
ފޮތިގަނޑެއްވައި، އަނގައާއެކު، އަޙްމަދު ނަޖީބު އަށް އެއްވެސް ތަނެއް ނުފެންނާނެހެން މުޅި މޫނުމަތީގައި ޓޭޕް
އަޅާ އެކޮޓަރީގައި އަޙްމަދު ނަޖީބް ބައިންދާ، އަޙްމަދު ނަޖީބު ގެ ކޭޝްކާޑް ބޭނުންކޮށްގެން އޭޓީއެމް އިން
ފައިސާ ނެގުމަށްފަހު، އެފައިސާއަށް މަސްތުވާތަކެތި ގަނެގެން އެނބުރި މ.މަސްރޫރާ ގެއަށް ގޮސް އަޙްމަދު
ނަޖީބު ރަހީނު ކުރެވިފައިވާ ކޮޓަރީގައި ތިބެ އަޙްމަދު މުއްރަތާއި، ފާތިމަތު ހަނާ މަސްތުވުމަށްޓަކައި
ބަނގުރަލާއި، ހިކިމަސްތުވާތަކެތި ބޭނުންކޮށް، 2012 ޖުލައި 01 ވަނަ ދުވަހުގެ ހެނދުނު 06:00 އާ
07:00 ދެމެދުގެ ވަގުތެއްގައި އަޙްމަދު މުއްރަތު އިސްވެ ދެންނެވުނު ވަޅިން އަޙްމަދު ނަޖީބުގެ ކަރަށް ޙަމަލާދީ
އަޙްމަދު ނަޖީބު މަރާލާފައިވާކަން، އަޙްމަދު މުއްރަތު ޝަރީޢަތުގައި ވެފައިވާ އިޢުތިރާފުންނާއި، އަދި އަޙުމަދު
ނަޒީބު އަތުން ފައިސާ އަތުލުމަށްފަހު، އަޙުމަދު ނަޖީބު މަރާލުމަށް ރާވާ، އަޙުމަދު ނަޖީބު ބަނުމުގައި އަޙުމަދު
މުއްރަތުއާއިއެކު ފާޠިމަތު ހަނާ ބައިވެރިވެފައިވާނެ ކަމަށްބުނެ ފާޠިމަތު ހަނާ ޝަރީޢަތުގައި ވެފައިވާ
އިޢުތިރާފުން، އެއްވެސް
ޝައްކެއްނެތި އަޙްމަދު މުއްރަތު އާއި ފާޠިމަތު ހަނާ ޤަޞްދުގައި މީހަކު
މަރާލާފައިވާކަން ޝަރީޢަތަށް ސާބިތުވާތީއާ، އަޙްމަދު ނަޖީބުގެ ހުރިހާ ވާރުތަވެރިން އަޙްމަދު ނަޖީބުގެ މަރުގެ
ބަދަލުގައި އަޙްމަދު މުއްރަތުއާއި، ފާޠިމަތު ހަނާގެ ކިބައިން ބޭނުންވަނީ ޤިޞާޞް ހިފަންކަމަށް ބުނެފައިވާތީ،
ޝަރުޢީ ހަމަތަކުގެ މަތިން އަޙްމަދު މުއްރަތުއާއި، ފާޠިމަތު ހަނާގެ ލޭގެ ހުރުމަތް ކެނޑިއްޖެކަމަށް ކަނޑައަޅާ،
އަޙްމަދު މުއްރަތުއާއި ފާޠިމަތު ހަނާގެ މައްޗަށް ސާބިތުވީ، ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ޢުޤޫބާތެއްގެ
ގޮތުން، ޤާނޫނުލް ޢުޤޫބާތުގެ 80 ވަނަ މާއްދާގެ (ރ) އާއި ޙަވާލާދީ، އިސްލާމީ ޝަރީޢަތުގައިވާ ގޮތުގެ މަތިން
މާލެ! މ.މަސްރޫރާ އަޙްމަދު މުއްރަތު އާއި، ނ.ގޮއިދޫ! ރިހާބު ފާޠިމަތު ހަނާ އާ މި ދެމީހުން މެރުމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2013/HC-A/84
A
ކޮށްފީމެވެ." މިފަދައިން ބަޔާންކޮށްފައިވާކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން
4 2 4 2
އއ.
ހ2 24
3
3
928ކރަން
03:
03- އިސްވެ
ގޮތުގެމަތީން ކްރިމިނަލް ކޯޓުގެ ނަންބަރު:
2012/Cr-C/384 ޤަޟިއްޔާގެ ކުރެއްވުމާއި ގުޅިގެން އަޙްމަދު މުއްރަތު ގެ ފަރާތުން އެޤަޟިއްޔާ
އިސްތިއުނާފުކުރަމުން، އަންނަނިވި ނުކުތާތައް ފާހަގަކޮށް އެ ނުކުތާތަކާ މެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ : މަރުގެ ބޮޑު ޝަރީޢަތެއް ނިމުނުއިރު ޙުކުމް ކުރެވުނު ދެމީހުންގެ
ބަޔާން އެއްގޮތް ނުވާކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
(ށ) ދެވަނަ ނުކުތާއަކީ: އިސްލާމީ ޝަރީޢަތުގެ ނަމުގައި ޤުރުއާންގެ އާޔަތްތައް ނެގިއިރު
هޕފ للا ގެ 92 ވަނަ އާޔަތަށް ރިޢާޔަތް ކުރައްވާފައި ނުވާކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
(ނ) ތިންވަނަ ނުކުތާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 2 ވަނަ ބާބުގެ
44 ވަނަ މާއްދާއަށް އެއްވެސް ވަރަކަށް ބައްލަވާފައި ނުވާކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
04- ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާއާއި ގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރު:
2012/Cr-C/384 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި އެޤަޟިއްޔާ ނިންމަވާފައިވާގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ މ.މަސްރޫރާ އަޙްމަދު މުއްރަތު ގެ ފަރާތުން އިސްތިއުނާފު
ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ހެކިތަކާއި ޤަރީނާ ތަކަށާއި، މިބާވަތުގެ
މައްސަލަތަކުގައި ޢަމަލުކުރުމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ކަނޑައެޅި ބަޔާންވެގެން
ގޮތުގެ މައްޗަށާއި، އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ މަތިވެރި އުޞޫލުތަކަށާއި، މައްސަލައިގެ
ބާވަތުން ޝަރީޢަތުން ބަލަންޖެހޭ އެންމެހައި ކަންތައްތަކަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން
-ނވެ
46
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2013/HC-A/84
ރިޢާޔަތްކޮށް ބަލާއިރު އަންނަނިވި ކަންތައްތައް މިޤަޟިއްޔާބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ
މަޖިލީހަށް ފާހަގަކުރެވެއެވެ.
¢ ¢ ¢32
31
4.1- ފުރަތަމަ ކަމަކީ: ކްރިމިނަލް ކޯޓުގެ ނަންބަރު: 2012/Cr-C/384 ޤަޟިއްޔާގައި
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މ.މަސްރޫރާ އަޙްމަދު މުއްރަތު ގެ މައްޗަށާއި، ށ.ގޮއިދޫ ރިހާބު،
ފާޠިމަތު ހަނާ ގެ މައްޗަށް ކޮށްފައިވަނީ، ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާކަމާއި، ނަމަވެސް އެ
ދެމީހުންގެ މައްޗަށް ކުރެވުނު ދަޢުވާ އެކޯޓުގައި ހިންގާފައިވަނީ ވަކިވަކިންކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ
މިޤަޟިއްޔާއަކީ، ކްރިމިނަލް ކޯޓުގެ އެޤަޟިއްޔާގައި އަޙްމަދު މުއްރަތު ގެ މައްޗަށް ކުރައްވާފައިވާ ޙުކުމް
އިސްތިއުނާފު ކުރުމަށް އޭނާގެ ފަރާތުން ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެއްކަމާއި،
އެގޮތުން އަޙްމަދު މުއްރަތު ގެ މައްޗަށް އެ ދަޢުވާކުރުމުގެ ގޮތުން ދައުލަތުގެ ވަކީލު،
ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވަނީ، "ދައުލަތުން މާލެ|މ.މަސްރޫރާ އަޙްމަދު މުއްރަތު ގެ
މައްޗަށް ކުރާ ދަޢުވާއަކީ، އަޙްމަދު މުއްރަތު އާއި ފާޠިމަތު ހަނާ، 30 ޖޫން 2012 ވަނަ ދުވަހުގެ 20:30
ހާއިރު، މިދެމީހުންގެ ދަޢުވަތަކަށް މާލެ/ދަފްތަރު 4666 އަޙްމަދު ނަޖީބު، މިދެމީހުން ދިރިއުޅޭ މ.މަސްރޫރާ
ގެއަށް ގެންގޮސް، އެގޭގައި މިދެމީހުން ދިރިއުޅޭ ބައިގައި ހުރި ގޮނޑިއެއް (އޮފީސް ޗެއަރ) ގައި ބައިންދާ،
އަޙްމަދު ނަޖީބު ގެ ދެއަތާއި ދެފައި (ފޮށިބަންދުކުރާ ވައްތަރުގެ މުށިކުލައިގެ ޓޭޕްރޯލަކުން ބަނދެ، މޫނާ
އަނގަމަތީގައި ވަށައި ޖެހޭގޮތަށް ޓޭޕްއަޅާ ބޭންދުމަށްފަހު، 01 ޖުލައި 2012 ވަނަ ދުވަހުގެ ވަގުތެއްގައި
އަޙްމަދު ނަޖީބު އަޑުގަދަކުރުމަށް މަސައްކަތްކުރުމުން އެކަމާ ހިތްހަމަނުޖެހިގެން، ތިލާގައި "4 (ހަތަރު އިންޗި)
ހުންނަވަރުގެ ކަޅުކުލައިގެ މުއްގަނޑުލީ ވަޅިއަކުން އަޙްމަދު މުއްރަތު، އަޙްމަދު ނަޖީބު ގެ ކަރަށް ހަމަލާދީ،
އަޙްމަދު ނަޖީބު ގެ ކަރުގައި ޓީޝާރޓާއި އިސްޓާކީނު އޮޅައި އަޙްމަދު ނަޖީބު މަރާލާފައިވާތީ، އަޙްމަދު މުއްރަތު
ގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއެވެ." މިފަދައިން ކަން ފާހަގަކުރެވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2013/HC-A/84
އެގޮތުން،
4.2- ދެވަނަ ކަމަކީ: ކްރިމިނަލް ކޯޓުގެ ނަންބަރު: 2012/Cr
-
C/384 ޤަޟިއްޔާގައި
އިސްވެ ބަޔާންކުރެވުނު ޓީޝާއިން އަޙްމަދު މުއްރަތު ގެ މައްޗަށް ކުރި ދަޢުވާއަށް ޖަވާބުދެމުން ކްރިމިނަލް
ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އަޙްމަދު މުއްރަތު ދައްކާފައިވާ ވާހަކައަށް ބަލާއިރު،
ދައުލަތުން އޭނާގެ މައްޗަށް ކުޅު ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ ސާފުވެއްޖެ
ކަމަށާއި، އެ ދަޢުވާއަކީ ތެދު ދަޢުވާއެއް ކަމަށާއި، ނަމަވެސް އަޙްމަދު ނަޖީބު މަރާލުމަށް ކުރިއާލާ ރާވާފައި
ނުވާނެ ކަމަށާއި، އަޙްމަދު ނަޖީބު މަރާލެވުނީ އައި ރުޅީގައި ނޭނގި ކަމަށްބުނެ، އެކަން ހިނގާފައިވާގޮތް ވަރަށް
ތަފްސީލުކޮށް ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ކިޔައިދީފައިވާކަމާއި،
"ހ.މަސްރޫރާ" އެވެ ކިޔާ ގޯތި، އެގޯތީގެ ބެހެނިވެރިން ބޭނުންކުރަމުން
ގެންދާގޮތުންނާއި، ބޭންކް އޮފް މޯލްޑިވްސްގައި އަޙްމަދު މުއްރަތުގެ މަންމަ ހުޅުވާފައިވާ އެކައުންޓަކުން
ފައިސާތަކެއް ގެއްލިފައިވާތީ، އެކަމާ ބެހޭގޮތުން ޤާނޫނީ ވަކީލަކު ހޯދިހޯދުމަށް ކުރިމަސައްކަތުން އަޙްމަދު ނަޖީބު
ގެ ނަންބަރު ހޯދައިގެން، އޭނާ މ.މަސްރޫރާ އަށް ގެނެސް ވާހަކަ ދެއްކުމުގެ ތެރޭގައި، ދިމާވި ކަމެއްގެ
ސަބަބުން ހިތްހަމަނުޖެހިގެން އޭނާ ބަނދެފައި ބޭންދުމަށްފަހު، ފަތިސް ގަޑީގައި އަޑުގަދަ ކުރަން ހެދީމާ
އަޑުގަދަ ނުކުރުމަށްބުނެ ވަޅިޖެހުނީ ކަމަށާއި، އިސްޓާކީނާ ޓީޝާޓް އޮޅީ ލޭމަނާ ކުރުމަށްކަމަށާއި، އަޙްމަދު
ނަޖީބަށް ޙަމަލާ ދިނީ ބަދިގޭގައި ބޭނުންކުރަން ގެންގުޅޭ ކަހަލަ ކަޅުކުލައިގެން މުއްގަނޑުލާފައިވާ، ތިލާގައި "4
(ހަތަރު އިންޗި) ހުންނަވަރުގެ ވަޅިއަކުން ކަމަށާއި، އަޙްމަދު ނަޖީބަށް ވަޅިން ހަމަލާ ދިނީ އަޙްމަދު މުއްރަތު ގެ
ކަނާއަތުން ކަމަށާއި، ޙަމަލާދިނީ އަޙްމަދު ނަޖީބު ގެ ކަރަށްކަމަށާއި، އެއީ 01 ޖުލައި 2012 ވަނަ ދުވަހަށް
އިރުއަރަމުންދިޔަ ވަޤުތު ކަމަށާއި، މ.މަސްރޫރާ އަށް އަޙްމަދު ނަޖީބު ގެނައީ 30 ޖޫން 2012 ވަނަ ދުވަހުގެ
ރޭގެ 8:30 އާއި 9:00 އާއި ދެމެދުގެ ވަޤުތެއްގައި ކަމަށާއި،
އަޙްމަދު ނަޖީބު އާއި ބައްދަލުކުރުމަށްޓަކައި އެންމެފުރަތަމަ ގުޅީ އަޙްމަދު މުއްރަތު ކަމަށާއި،
ފުރަތަމަ ގުޅިދުވަހު އަހްމަދު ނަޖީބު އިންނެވީ ކްލާހުގައި ކަމަށް ވިދާޅުވި ކަމަށާއި، އެއީ 30 ޖޫން 2012 ގެ
ހަފްތާއެއްހާ ދުވަސް ކުރިންކަމަށާއި، އޭގެފަހުން 30 ޖޫން 2012 ގައި ވެސް ގުޅީ އަޙްމަދު މުއްރަތު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް: 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
8
2013/HC-A/84
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
ކަމަށާއި، އެދުވަހު އަޙްމަދު ނަޖީބު ފޯނު ނެންގެވުމުން ބައްދަލުކުރަން ބޭނުންކަމަށް ދެންނެވުމުން ބައްދަލުކުރަން
ދާންވީ ތަނަކާމެދު ސުވާލުކުރިކަމަށާއި، އަދި މ.މަސްރޫރާ ކައިރިއަށް އައިސްދިނުމަށް އެދުމުން، އެގޭ
ކައިރިއަށް އައިސް އަޙްމަދު ނަޖީބު ގެ ފޯނުން އަޙްމަދު މުއްރަތު ގެ ފޯނަށް ގުޅާފައި ގޭ ކައިރި ކަންމަތީގައި
ހުރިކަމަށް ބުނިކަމަށާއި، އޭގެ ފަހުން އަޙްމަދު މުއްރަތު މަގުމައްޗަށް ނުކުމެ އަޙްމަދު ނަޖީބު އާ ބައް
އާ ބައްދަލުކޮށް،
އަޙްމަދު ނަޖީބު އާއެކު މ.މަސްރޫރާ ގޭތެރެއަށް (އަޙްމަދު މުއްރަތު އުޅޭ ކޮޓަރިއަށް) ވަނީ ކަމަށާއި، އޭގެފަހުން
ވަކާލާތުކުރުވަން ބޭނުންވާ ދެމައްސަލަ އަޙްމަދު ނަޖީބަށް ކިޔައިދިނީ ކަމަށާއި، އަދި އެކަމާ ވާހަކަ ދައްކަމުން
ދިޔައިރު، އަޙްމަދު މުއްރަތު ގެ މަންމައާއި ބައްދަލުކުރަން، އިރުއިރުކޮޅުން، އަޙްމަދު ނަޖީބު އެދެމުން
ދިޔަކަމަށާއި، އެހެންކަމުން މަންމަ އުޅޭތޯ އަޙްމަދު މުއްރަތު ތިރިއަށް ފައިބާ، އަލުން ސިޑިން މައްޗަށް އަރާ
ހަދާއިރު، އަޙްމަދު ނަޖީބު ގެ ސަމާލުކަން ފާޠިމަތު ހަނާއާ ދިމާއަށް ހުންނަކަން އެނގުނު ހިނދު، އެކަމާ
ހިތްހަމަނުޖެހި ރުޅި އާދެވުނީ ކަމަށާއި، އަޙްމަދު މުއްރަތު ގެ މަންމަ އާއި ބައްދަލުކުރަން އަޙްމަދު ނަޖީބު
އެދިގެން ހަތަރު ވަރަކަށްފަހަރު ތިރިއަށް ދާންޖެހުނުކަމަށާއި، އޭގެތެރެއިން ފަހުފަހަރު ފައިބަމުން ފާޠިމަތު
ހަނާއަށް ގޮވާލުމަށްފަހު ތިރިއަށް ގެންގޮސް، އަޙްމަދު ނަޖީބު ގެ ޢަމަލުތައް ހުރިގޮތާމެދު ސުވާލުކޮށްހެދުމަށްފަހު
ރުޅިގަދަވެގެން ބަދިގެއަށް ގޮސް ވަޅިއެއް ހިފައިގެން އަޙްމަދު މުއްރަތު ދިރިއުޅޭ ކޮޓަރިއަށް އެރީ ކަމަށާއި،
ގޮސް އަޙްމަދު ނަޖީބަށް އެވަޅި ދެއްކުމަށްފަހު، އެއީ ކޯއްޗެއްކަން އެނގޭހޭ ބުނެ ސުވާލުކުރުމުން، އަޙްމަދު
ނަޖީބު އާއެކޭ ބުނިކަމަށާއި، އަދި ބަންނާނީ ކަމަށްބުނެ އޭރުވެސް އަޙްމަދު ނަޖީބު އިށީނދެގެން އިން
ގޮނޑީގައި އެގޮތަށް ބޭންދުމަށްފަހު، ޓޭޕް ރޯލަކުން އަޙްމަދު ނަޖީބު ގެ ދެއަތާއި ދެފައި އެ ގޮނޑިއާއެކު
ބަނީކަމަށާއި، އެގޮތަށް ބަންނަމުން ދިޔައިރު ބަދިގެއިން ހިފައިގެން އައިވަޅި ބާއްވާފައި އޮތީ ކޮޓަރީގެ
ތަޅުންގަނޑު މަތީގައި ކަމަށާއި، އަޙްމަދު ނަޖީބު ބަނުމުގެ ހުރިހާ ކަމެއްވެސްކުރީ އަޙްމަދު މުއްރަތު
އަމިއްލައަށް ކަމަށާއި، އަދި އަޙްމަދު ނަޖީބު ގެ މޫނުމަތީގައިވެސް އެއްކޮށް ޓޭޕް އަޅާފައިވާނެކަމަށާއި، އޭރު
ގާތްގަޑަކަށް ގަޑިން 10 ޖަހާފާނެ ކަމަށާއި، އެއިންގޮތަށް އެރޭ އެއްކޮށްވެސް އަޙްމަދު ނަޖީބު އިނީ އެގޮތަށް
ކަމަށާއި، އަޙްމަދު ނަޖީބު ގެ ކަރަށް ވަޅިން ހަމަލާ ދިނީ އަނެއް ދުވަހަށް (01 ޖުލައި 2012) އިރުއެރި
- COXOC
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް: 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2013/HC-A/84
ފަހުން ކަމަށާއި، އެރޭ އެއްކޮށް އަޙްމަދު މުއްރަތު ހުރީ ހޭލާ ކަމަށާއި، އަޙްމަދު ނަޖީބަށް ވަޅިން ޙަމަލާ
ދިނުމާއި އަޙްމަދު ނަޖީބު މަރުވެއްޖެކަން އެނގުމާ ދޭތެރޭގައި ބައިގަޑިއެއްހާއިރުވެސް ނުވާނެކަމަށާއި،
އޭގެފަހުން ދެން މަސައްކަތްކުރީ ލޭ މަނާކުރަން ކަމަށާއި، އެގޮތުން އިސްޓާކީނާ، ޓީ-ޝާރޓް މައްޔިތާގެ
ކަރުގައި އޮޅާފައިވާނެކަމަށާއި، އެހިސާބުން ދެން މައްޔިތާއާއި މެދު ޢަމަލުކުރާނެ ގޮތެއް ނޭގިފައި އިނދެ،
ފާޠިމަތު ހަނާ ނިދާފައި އޮތްވާ ގޮވާފައި ކަންތައްވީގޮތް ކިޔައިދިނީ ކަމަށާއި،
ދެން އޭގެ ފަހުން މައްޔިތާގެ ހަށިގަނޑަށް ހަދާނެ ގޮތަކާ ދޭތެރޭގައި ވިސްނުމަށްފަހު، އެދުވަހު
(01 ޖުލައި 2012) ގެ މެންދުރު ފަހުގެ ވަގުތެއްގައި ފާޠިމަތު ހަނާ އާއެކު ބާޒާރަށް ގޮސް 45 (ހަތަރު ފޫޓު)
ހުންނަވަރުގެ ބޮޑު ޑަސްބިނެއް ގަނެގެން ގެއަށް ގެނެސް، އެ ޑަސްބިނަށް އަޙްމަދު ނަޖީބު ގެ ހަށިގަނޑު
ލުމަށްފަހު، ކޮޓަރީގެ އެއްކަނެއްގައި ބެހެއްޓީ ކަމަށާއި، އަޙްމަދު ނަޖީބު ގެ ހަށިގަނޑު ޑަސްބިނަށް ލީ އަޙްމަދު
މުއްރަތު ކަމަށާއި، ފުލުހުން މ.މަސްރޫރާ އަށް އައީ 01 ޖުލައި 2012 ވަނަ ދުވަހުގެ 18:00 އާއި 18:30
އާއި ދެމެދުގެ ވަގުތެއްގައިކަމަށާއި،
COCOC
އަޙްމަދު ނަޖީބަށް ވަޅިން ހަމަލާ ދިނުމުގެ ކުރިން އެރޭ މަސްތުވުމަށްޓަކައި ފާޠިމަތު ހަނާ އާއި
ދެމީހުން ބަނގުރާ ބޮއިފާ ވާނެކަމަށާއި، މަސްތުވާ އެއްވެސް މީހެއްގެ މަޖްބޫރު ކަމެއްނެތި އަމިއްލަ
އިޚްތިޔާރުގައިކަމަށާއި، އަޙްމަދު ނަޖީބު މަރާލީ އަޙްމަދު މުއްރަތު ކަމަށް އިޢުތިރާފުވާކަމަށާއި، އަދި އެކަމާ
މިހާރު ހިތާމަކުރާކަމަށާއި
ތެމަކުރާކަމަށާއި، އަދި އަޙްމަދު ނަޖީބު ގެ ޢާއިލާގެ ހުރިހާ އެންމެންގެ ފަރާތުންވެސް މަޢާފަށް
އެދޭކަމަށް އަޙްމަދު މުއްރަތު 03 ޖުލައި 2012 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ދީފައިވާ ފުރަތަމަ ބަޔާނުގައި
ބުނެފައިވާކަން އެނގެން އޮތްއިރު،
ހަމަ އެތާރީޚުގައި ކްރިމިނަލް ކޯޓަށް ދީފައިވާ ދެވަނަ ބަޔާނުގައި، އަޙްމަދު ނަޖީބު
ނިޔާވުމަށްފަހު، ހަށިގަނޑު ނައްތާލުމަށްޓަކައި ޑަސްބިނެއް
ގެނެސް އެޑަސްބިނަށް އަޙްމަދު ނަޖީބު ގެ
ހަށިގަނޑު ލާފައި، އޭގެ އިތުރުން އެޅިގަލެއް ވެސް ލާފައިވާނެ ކަމަށާއި، އަދި އަޙްމަދު ނަޖީބު ގެ ވޮލެޓްގައި
ހުރި ހުރިހާ ފައިސާއެއް ނަގާ ބޭނުންކޮށްފައިވާނެކަމަށާއި، އެކަމަކު ވޮލެޓްގައި ހުރި ފައިސާގެ ޢަދަދު ބުނަން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން 332502، ފެކްސް 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2013/HC-A/84
ނޭނގޭކަމަށާއި، އަދި އޭގެ އިތުރުން އަޙްމަދު ނަޖީބު ގެ ކޭޝް ކާޑް ބޭނުންކޮށްގެން ދެ ފަހަރެއްގެ މަތިން
ފައިސާ ނަގާފައިވާނެކަމަށާއި، ކޮންމެފަހަރަކުވެސް -/2000ރ.(ދެހާސް ރުފިޔާ) ނަގާފައިވާނެކަމަށާއި،
އެފައިސާއިން ޑަސްބިނާއި މަސްތުވާތަކެއްޗާއި ސިގިރޭޓް ވެސް ގަނެފައިވާނެ ކަމަށް ބުނެފައިވާކަމާއި،
އަދި އޭގެފަހުން 11 ޖުލައި 2012 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި އަޙްމަދު މުއްރަތު
ދީފައިވާ ބަޔާނުގައި، އަޙްމަދު މުއްރަތު އާއި ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުގެ ތެރެއިން އެއްވެސް
ހެއްކަކަށް އިންކާރު ނުކުރާކަމަށާއި، ދައުލަތުން ހުށަހަޅާފައިވާ ފިންގަރ ޕްރިންޓް ކޮންޕެރިސަން ރިޕޯޓަށް ވެސް
އިންކާރު ނުކުރާކަމަށް އަޙްމަދު މުއްރަތު ބުނެފައިވާކަން އެނގެން އޮންނަކަމާއި،
މީގެ އިތުރުން ޙާދިސާގެ ތަޙްޤީޤުގައި އަޙްމަދު މުއްރަތު ދީފައިވާ ބަޔާނުގައިވެސް މިހުރިހާ
ވާހަކައެއް އަދި މިއަށްވުރެވެސް ތަފްޞީލުކޮށް ކިޔައިދިނުމަށްފަހު، އަޙްމަދު ނަޖީބު މަރާލިކަމުގެ މައްޗަށް
މައްސަލައިގެ ތަޙްޤީޤުގައިވެސް އެއްބަސްވެފައިވާކަން އެނގެން އޮތްއިރު، މައްސަލައިގެ ތަޙްޤީޤަށް ދީފައިވާ
އެބަޔާނަކީ އެއްވެސް މަޖްބޫރުކަމެއްނެތި ފުރިހަމަ އިޚްތިޔާރުގައި ދީފައިވާ ބަޔާނެއްކަމަށް 05 ޖުލައި 2012
ގައި ކްރިމިނަލް ކޯޓުގައި ދީފައިވާ ބަޔާނުގައި އަޙްމަދު މުއްރަތު ބުނެފައިވާކަން ފާހަގަކުރެވެއެވެ.
43- ތިންވަނަ ކަމަކީ: އަޙްމަދު ނަޖީބު ގެ މަރުގެ ޙާދިސާއާއި ގުޅިގެން އަޙްމަދު މުއްރަތު
އާއެކު ދައުލަތުން ދަޢުވާ ކޮށްފައިވާ ފާޠިމަތު ހަނާ ގެ ފަރާތުން ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކައަށް ބަލާއިރު، އަޙްމަދު ނަޖީބު މަރާލީ އަޙްމަދު މުއްރަތު ކަމަށާއި، މަރާލީ އަޙްމަދު ނަޖީބު
އަޑުގަދަކުރަން މަސައްކަތްކުރުމުން ކަމަށް ފާޠިމަތު ހަނާ ގާތު އަޙްމަދު މުއްރަތު ބުނެފައިވާކަމަށް ފާޠިމަތު ހަނާ
ސާފުބަހުން ބުނެފައިވާކަން އެނގެން އޮންނަކަމާއި،
އަދި އަޙްމަދު ނަޖީބު މަރާލަން ޖެހުނު ސަބަބަކީ، މ.މަސްރޫރާ ގޭގައި އަޙްމަދު މުއްރަތު އާއި
ފާޠިމަތު ހަނާ ދިރިއުޅޭ ކޮޓަރީގައި އަޙްމަދު ނަޖީބު އާއެކު ވާހަކަ ދައްކަން ތިބި ތިބުމުގައި، ދިމާވި ހިތްހަމަ
ނުޖެހުމެއްގައި، އަޙްމަދު ނަޖީބަކީ ލޯޔަރެއް ކަމުގައިވާތީ، އޭނާގެ އަތުގައި ފައިސާ ހުންނާނެތީ އެފައިސާގެ
ދަހިވެތިކަމުގައި ކަމަށާއި، އަދި އަޙްމަދު ނަޖީބު އެގެއަށް ގެނެސް ގޮނޑީގައި ބަނދެފައިވަނީ ފާޠިމަތު ހަނާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން 332502، ފެކްސް 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2013/HC-A/84
ކަމުގައިވާތީ، ދައުލަތުން ކުޅަ ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާގައިވާ ފަދައިން އަޙްމަދު ނަޖީބު
މަރާލުމުގައި ބައިވެރިވެފައިވާކަމަށް ފާޠިމަތު ހަނާ ކްރިމިނަލް ކޯޓުގައި އިޢުތިރާފުވެފައިވާކަން ސާފުކޮށް އެނގެން
ތ ދދޗ
އނކަމާއި،
އަދި މީގެއިތުރުން ފާޠިމަތު ހަނާ މައްސަލައިގެ ތަޙްޤީޤުގައި މޯލްޑިވްސް ޕޮލިސް ސަރވިސް
އަށް ދީފައިވާ ބަޔާނަށް ބަލާއިރު، އަޙްމަދު މުއްރަތު އާއި ފާޠިމަތު ހަނާ އާއި ދެމީހުން ލޯބީގެ ގޮތުން ގުޅިގެން
ޒަވާޖީ ޙަޔާތެއް ފަށަން ގަސްތު ކޮށްފައިވާތީއާއި، މ.މަސްރޫރާ ގޭގައި އެމީހުން ދިރިއުޅޭ ބައިގެ މަތިން ހަދަން
ފަށާފައިވާ ކޮޓަރިވެސް އިތުރަށް ހަދަން ފައިސާ ބޭނުންވާތީ، އެކަންކަމަށް ފައިސާ ހޯދާނޭ ގޮތަކާމެދު އަޙްމަދު
މުއްރަތު އާއި ދެމީހުން އޭގެ ގާތްގަނޑަކަށް މަހެއްހާ ދުވަސްކުރިން ވާހަކަ ދައްކަމުން އައިސްފައިވާކަމަށާއި،
އެގޮތުން، ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރާ އަޙްމަދު ނަޖީބު ގެ އަތުގައި ގިނަ
ޢަދަދެއްގެ ފައިސާ ހުންނާނެކަމުގެ މަޢުލޫމާތު ލިބިފައިވާތީ، އޭނާ ދިރިއުޅޭ ގެއަށްގޮސް އޭނާ އަތުން ފައިސާ
ހޯދުމަށްފަހު، ފޮތިގަނޑަކުން ނޭވާ ހާސްކޮށް މަރާލުމަށް އަޙްމަދު މުއްރަތު އާއި ދެމީހުން ރާވައިގެން،
01 ޖުލައި 2012 ގެ ގާތްގަޑަކަށް މަހެއްހާ ދުވަސްކުރިން އަޙްމަދު ނަޖީބު ދިރިއުޅޭ ގެއަށް
ގޮސްފައިވާނެކަމަށާއި،
ނަމަވެސް އެގެއަށް ގޮސް އުޅެނިކޮށް އެހެން މީހަކަށް ފެނިދާނެތީ، ދެމީހުން އަލުން
ވިސްނުމަށްފަހު، މައްސަލައެއްގެ ވާހަކަ ދައްކަންކަމަށްބުނެ އަޙްމަދު ނަޖީބު މ.މަސްރޫރާ އަށް ގެނައުމަށް
ނިންމިކަމާއި، އެގޮތުން އަޙްމަދު ނަޖީބު ބޭނުންކުރާ ދިރާގު ޕޯސްޕެއިޑް ނަންބަރަކާއި ޕްރީޕެއިޑް ނަންބަރެއް
އަޙްމަދު މުއްރަތު ހޯދުމަށްފަހު ފާޠިމަތު ހަނާ އަށް ދީފައިވާކަމަށާއި، އެގޮތުން އަޙްމަދު ނަޖީބުއާ ވާހަކަ
ދައްކަމުން ބައްދަލުކުރަން ބޭނުންކަމަށް ބުނުމުން އެކަމަށް އެއްބަސްވިކަމާއި،
އޭގެފަހުން ވެސް ފައިސާ ހޯދާނެ އިތުރު ގޮތެއް އޮތްތޯ އަޙްމަދު މުއްރަތު އާއި ފާޠިމަތު ހަނާ
އާއި ދެމީހުން ވާހަކަދައްކާ މަޝްވަރާކުރިކަމަށާއި، ނަމަވެސް އަޙްމަދު ނަޖީބު އަތުން ފައިސާ ހޯދުމަށްފަހު އޭނާ
މަރާލުން ފިޔަވައި އިތުރު
އެ ދެމީހުނަށް ވިސްނިފައިނުވާކަމާއި، އެހެންކަމުން
އެއްވެސް03އ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން 332502، ފެކްސް 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2013/HC-A/84
ގެނައުމަށް އަޙްމަދު
30 ޖޫން 2012 ވަނަ ދުވަހުގެ 15:00 ހާއިރު ފާޠިމަތު ހަނާ ވަޒީފާ އަދާކުރާ ތަނަށް ދިއުމަށްފަހު އަޙްމަދު
މުއްރަތު ބުނެގެން ނަޖީބުއާ ގުޅިކަމަށާއި، އަދި އެދުވަހު އޮފީހަށްދާން ގެއިން ނުކުތުމުގެކުރިން، އަޙްމަދު
ނަޖީބުއާ ގުޅާފައި މަޝްވަރާ ކުރަން ބޭނުންވާ ދެ މައްސަލައެއް އަޙްމަދު މުއްރަތު ކިޔައިދިންކަމަށާއި، އެގޮތުން
އަޙްމަދު މުއްރަތު ގެ މަންމަގެ އެކައުންޓުން ފައިސާ މަދުވެފައިވާ ވާހަކައަކާއި، އަދި "ހ.މަސްރޫރާ" އެވެ ކިޔާ
ގޯތީގެ ބިން އެގޯތީގެ ބެހެނިވެރިންގެ މެދުގައި ބޭނުންކުރަމުންދާ ނަހަމަގޮތުގެ ވާހަކަ ކިޔައިދިންކަމާއި، އަދި
މިކަންތައްތަކާއި ވާހަކަ ދައްކަން ބޭނުންކަމަށްބުޑު
ބޭނުންކަމަށްބުނެ އަޙްމަދު ނަޖީބު މ.މަސްރޫރާ އަށް
މުއްރަތު ބުނެފައިވާކަމާއި،
އެގޮތުން އެދުވަހު އޮފީހަށްގޮސް އަޙްމަދު ނަޖީބު އާ ގުޅާ އަޙްމަދު މުއްރަތު ކިޔައިދިން
ދެމައްސަލައިގެ ވާހަކަ ދެއްކުމަށްފަހު، އެކަމާ ބެހޭގޮތުން މަޝްވަރާކުރުމަށްޓަކައި ބައްދަލުކުރަން ބޭނުންވާ
ވާހަކަ އަޙްމަދު ނަޖީބު ގާތުގައި ބުނުމުން، އެދުވަހުގެ 18:00 ގެ ފަހުން ބައްދަލު ކުރެވިދާނެކަމަށްބުނެ
ގަޑިއެއް ހަމަޖެއްސުމަށްފަހު އޭނާއަށް މެސެޖްކުރުމަށް ބުނުމުން، އެކަން ހިނގައިދިޔަގޮތް އަޙްމަދު މުއްރަތު
އަށް ފޯނުކޮށްފައި ކިޔާދީފައިވާނެކަމާއި،
ހެންކަމުން ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމަންޓް ހަދާފައިވާކަމަށްބުނެ ދޮގުހެދުމަށްފަހު
އެރޭގެ 8:00 ހާއިރު ފާޠިމަތު ހަނާ އޮފީހުން ނުކުމެގެން، އަޙްމަދު މުއްރަތު އާއެކު ގެއަށްދިޔަ މަގުމަތީގައި
ދެމީހުން މަޝްވަރާކޮށް އެރޭގެ 9:00 އަށް ނަޖީބު ގެނައުމަށް ނިންމައި، މުއްރަތުގެ ފޯނުން މެސެޖްކޮށްފައި
9:00 އަށް "ތައިބާ މިސްކިތް ކައިރިއަށް އައުމަށް އަޙްމަދު ނަޖީބު އަށް ފާޠިމަތު ހަނާ މެސެޖްކޮށްފައިވާނެ
ކަމަށާ، އަދި ގެއަށް ދިޔަމަގުމަތީގައި އަޙްމަދު މުއްރަތު ދެއްކި ވާހަކާގައި، ނަޖީބު އައުމުން ކޮޓަރީގައި ހުންނަ
އޮފީސް ޗެއަރގައި ބޭންދުމަށްފަހު ބަނުމަށް ފޮށި ބަންދުކުރާ ކަހަލަ މުށިކުލައިގެ ޓޭޕް ރޯލެއް ގަނެފައިވާނެކަމަށް
އަޙްމަދު މުއްރަތު ބުނެފައިވާކަމަށާ، ދެމީހުން މަޝްވަރާކޮށްފައިވަނީ ނަޖީބު ގެނެސް ކުރިން ބުނި ދެ
މައްސަލައާ މެދު ފާޠިމަތު ހަނާ، ނަޖީބު އާއި އެކު ވާހަކަ ދެއްކުމަށް ތިއްބާ، އަޙްމަދު މުއްރަތު ކުއްލިގޮތަކަށް
އައިސް ނަޖީބު ގެ ކަރުގައި ވަޅިޖައްސާ ބިރުދެއްކުމަށްފަހު ނަޖީބު ގޮނޑީގައި ބަނދެ ފައިސާ ހޯދުމަށްފަހު،
4 ޑ ޖ ޗ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން 332502، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2013/HC-A/84
22/8
OXUc
ފޮތިގަނޑަކުން ނޭވާ ހާސްކޮށްގެން
ޤުށްގެން މަރާލުމަށްކަމަށާ، ފައިސާ ހޯދުމަށްފަހު މަރާލަން ނިންމީ، ދޫކޮށްލައިފިނަމަ
ނަޖީބު މައްސަލަ ހުށަހަޅައިގެން ދެމީހުން ބަންދުކޮށްފާނެތީކަމަށާ،
އެރޭގެ 9:00 ހާއިރު އަޙްމަދު ނަޖީބު އައުމުން މ.މަސްރޫރީ ގައި އަޙްމަދު މުއްރަތު އާއި
ފާޠިމަތު ހަނާ އުޅޭ ބަޔަށް އަޙްމަދު ނަޖީބު ގެންގޮސް، އެބައިގައި ހުރި ގޮނޑި (އޮފީސް ޗެއަރ) އެއްގައި
ބޭންދުމަށްފަހު، ކުރިން ބަޔާންކުރެވުނު ދެ މައްސަލައިގެ ވާހަކަ ދައްކަމުން ދިޔަދިޔުމުގައި، އަޙްމަދު މުއްރަތު
ހިތްހަމަނުޖެހޭކަމެއް ދިމާވެގެން، ކުރިންވެސް ކަންކުރަން ރާވާފައިވާގޮތަށް އަޙްމަދު ނަޖީބު އިށީނދެގެން އިން
ގޮނޑީގައި ބަނދެ، އަދި އަޙްމަދު ނަޖީބު ގަދަ ދައްކާ އޭނާ ދޫކޮށްލުމަށް އެދި އާދޭސްކުރަން ފެށުމުން،
ކޮޓަރީގައި އޮތް ހުދުފޮތިގަނޑެއް ވީދާލުމަށްފަހު، އަޙްމަދު ނަޖީބަށް އަޑުގަދަ ނުކުރެވޭގޮތަށް އޭނާގެ އަނގަޔަށް
ބާރުކޮށް އެފޮތިގަނޑު ގެންނެވުމަށްފަހު، އަނެއްކާވެސް އޭނަގެ އަނގަމައްޗާއި މުޅިމޫނުމަތިން ވަށާޖެހޭގޮތަށް
ޓޭޕް އަޅައި، އޭނާގެ ދެފަޔާއި ދެއަތްވެސް އަލުން އެގޮނޑިއާއެކު ޓޭޕް އަޅާ އެއްސިކަމަށާ، މިކަން މިހެން
ހިނގައިދިޔައިރު ގާތްގަނޑަކަށް އެރޭގެ 11:00 ހާއިރު ވެދާނެ ކަމަށާއި،
އޭގެފަހުން ކޮޓަރީގައި ހުރި ބަނގުރާ (ވޮޑްކާ) ފުޅިއަކުން ސްޕްރައިޓް ފުޅިއެއްގެ ތެރެއަށް
ވޮޑްކާ އަޅައިގެން ދެމީހުން މަސްތުވާ ކަމަށާއި، އަދި އެގޮތަށް މަސްތުވެގެން ފާޠިމަތު ހަނާ އެނދުގައި އޮތްވާ
ނިދުނީކަމަށާއި، އޭރު އަޙްމަދު މުއްރަތު އެނދުގައި އިށީނދެ އިން ކަމަށާއި، ފާޠިމަތު ހަނާއަށް ހޭލެވުނީ
01 ޖުލައި 2012 ގެ ހެނދުނު 06:00 ހާއިރު ކަމަށާއި،
އޭރުވަނީ އަޙްމަދު ނަޖީބު މަރާލާފައި ކަމަށާއި، އަދި ކަންހިނގިގޮތް އެހުމުން އެރޭ ބަނގުރާ
ބޮއިގެން ފާޠިމަތު ހަނާއަށް ނިދުމުން އޭގެފަހުން އަޙްމަދު މުއްރަތަށް ވެސް ނިދުނީ ކަމަށާއި، އަޙްމަދު
މުއްދަތަށް ހޭލެވުނީ އަޙްމަދު ނަޖީބު ހަޅޭއްލަވާ އަޑަށް ކަމަށާއި، އަދި ނަޖީބު ގެ ހަޅޭކުގެ އަޑާއެކު މުއްރަތު ގެ
މަންމަ އެއީ ކޮން އަޑެއްތޯ އެހި ކަމަށާއި، އެހެންކަމުން ނަޖީބު ގަދަހަދާ އިތުރަށް ހަޅޭއްލެވުމަށް
މަސައްކަތްކުރުމުން އަޙްމަދު މުއްރަތު ކުރިން ގެންގުޅުނު ވަޅިން ޙަމަލާދިނީކަމަށް އަޙްމަދު މުއްރަތު ފާޠިމަތު
ހަނާ ގާތު ބުނެފައިވާކަމަށް ފާޠިމަތު ހަނާގެ ބަޔާނުގައި ބުނެފައިވާކަން ފާހަގަކުރެވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް: 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
14
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2013/HC-A/84
4
3
0 އއވ
@ނނކމށް
6
228/3xޑ ދ
އއ 03343ގ
44- ހަތަރުވަނަ ކަމަކީ: ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާއާ ގުޅިގެން 07 އަޑުއެހުން
ބޭއްވިފައިވާކަމާއި، އޭގެތެރެއިން ފުރަތަމަ އަޑުއެހުމުގައި، ކްރިމިނަލް ކޯޓުގައި މައްސަލަ ހިނގިއިރު ޤާނޫނީ
ވަކީލަކު ޢައްޔަންކުރުމުގެ ފުރުޞަތު ދެއްވިކަމަށާއި، ނަމަވެސް އޭރު އެފުރުޞަތުގެ ބޭނުން ނުހިފައި
ދޫކޮށްލާފައިވާކަމަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާ ކުރިއަށް ގެންދަން ބޭނުންވަނީ ޤާނޫނީ ވަކީލެއްގެ
އެހީތެރިކަން ހޯދައިގެންކަމަށާއި، ނަމަވެސް އަމިއްލައަށް އެފަދަ ވަކީލަކު ހަމަޖެއްސުމުގެ މާލީ ތަނަވަސްކަމެއް
ލިބިފައި ނެތްކަމަށާއި، ދައުލަތުގެ ޚަރަދުގައި ވަކީލަކު ހަމަޖައްސަވައި ދެއްވާނަމަ އެފުރުޞަތު
އަޙްމަދު މުއްރަތު ބުނުމާއި ގުޅިގެން،
ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން މާލީ ތަނަވަސްކަމެއް ނެތް
މީހުންނަށް ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބިދިނުމުގައި ޢަމަލުކުރާ އުޞޫލާއި
ތުގެމަތިން ވަކީލަކު ހަމަޖައްސަވައި ދެއްވުން އެދި އެޓަރނީ ޖެނެރަލްގެ އޮފީހުގައި އެދުމުގެ ޙައްޤު
ލިބިގެންވާކަމަށާއި، އެ އުޞޫލާއި އެއްގޮތަށް އެ އޮފީހުގައި އެދިގެން ވަކީލަކު ހަމަޖެއްސުމުގެ ކަންތައް ކުރިއަށް
ގެންދިއުމަށް އަޙްމަދު މުއްރަތުއަށް އަންގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަރާތުން އެކަމާބެހޭ މަޢުލޫމާތު
ފޯރުކޮށްދިނުމަށްފަހު، އެފުރުޞަތު އަޙްމަދު މުއްދަތަށް ދެވިފައިވާކަމާއި، އަދި އެފަދައިން އަޙްމަދު މުއްރަތު މި
ކޯޓުގައި އެދިފައިވާކަމުގެ މަޢުލޫމާތު މި ކޯޓުގެ ފަރާތުން އެޓަރނީ ޖެނެރަލްގެ އޮފީހާއި ހިއްސާ ކޮށްފައިވާކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާއާއި ގުޅިގެން ބޭއްވުނު ދެވަނަ އަޑުއެހުން ބޭއްވިފައިވަނީ
"ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން މާލީ ތަނަވަސްކަމެއް ނެތް މީހުންނަށް
ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ދިނުމާބެހޭ އުޞޫލު" އާއި އެއްގޮތްވާ ގޮތުގެމަތިން ދައުލަތުގެ
ފަރާތުން އަޙްމަދު މުއްރަތަށް ދިފާޢީ ވަކީލެއް ހަމަޖައްސަވައި ދެއްވުމަށްފަހު، ދިވެހިރާއްޖޭގެ ހައިކޯޓުން
އެވަކީލަށް ފޯރުކޮށްދޭންޖެހޭ އެންމެހައި މަޢުލޫމާތާއި ލިޔުންތައް ފޯރުކޮށްދިނުމަށްފަހު، އެ ވަކީލާ އެކުގައިކަމާއި،
އެޝަރީޢަތުގެ މަޖިލީހުގައި އަޙްމަދު މުއްރަތު ދައްކާފައިވާ ވާހަކާގައި، ކްރިމިނަލް ކޯޓުގެ
ނަންބަރު: 2012/Cr-C/384 ޤަޟިއްޔާ ނިންމަވާފައިވާގޮތާއި މެދު ހިތްހަމަ ނުޖެހޭ އެންމެ ބޮޑު ސަބަބަކީ،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން 332502، ފެކްސް 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
15
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2013/HC-A/84
xuc
ގަސްތުގައި މީހަކު މެރިކަމަށް ބުނެ ދައުލަތުން ދަޢުވާކޮށް، ގަސްތުގައި މީހަކު މެރިކަން ސާބިތުވާކަމަށް ޙުކުމް
ކުރައްވާފައި އޮންނާތީކަމަށާއި، އެހެންކަމުން އެންމެ ބޮޑަށް ބޭނުންވަނީ ގަސްތުގައި މީހަކު މަރާފައިނުވާނެކަން
ސާބިތުކޮށްދިނުމަށް ކަމަށާއި،
އެހެންކަމުން ދައުލަތުން ހަމަޖައްސަވައި ދެއްވާފައިވާ ޤާނޫނީ ވަކީލާއެކު އިތުރަށް ވާހަކަ
ދެއްކުމަށް އިތުރު ފުރުޞަތު ބޭނުންވާކަމަށް އަޙްމަދު މުއްރަތު ބުނުމުން، އަޙްމަދު މުއްރަތު ހުށަހަޅާފައިވާ
އިސްތިއުނާފް ފޯމުގައިވާ ނުކުތާތަކާއި އެނުކުތާތަކުގެ ތަފްޞީލާއި އެދޭގޮތް އެފޯމުގައިވާ ގޮތަށް އަޙްމަދު
މުއްރަތު ގެ ވަކީލު ލައްވާ ޝަރީޢަތުގެ މަޖިލީހުގައި އަޑުއިއްވުމަށްފަހު، އަޙްމަދު މުއްރަތު އެދުނު ފަދައިން
އިތުރު ފުރުޞަތު ދެވިފައިވާކަން ފާހަގަކުރެވެއެވެ.
4.5- ފަސްވަނަ ކަމަކީ: ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާއާއި ގުޅިގެން ބޭއްވުނު
ތިންވަނަ އަޑުއެހުމުގައި، އަޙްމަދު މުއްރަތު ގެ ފަރާތުން އޭނާގެ ވަކީލު އަލްއުސްތާޛު ޢަބްދުލްޙަކީމް މުޙައްމަދު
ރަޝާދު ބަޔާން ހުށަހަޅާފައިވާކަމާއި، އެބަޔާނުގައި، މީގެކުރިން ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާއާއި
ގުޅިގެން ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި، އަޙްމަދު ނަޖީބު ގަސްތުގައި މަރާލާފައި ނުވާނެކަމަށް އަޙްމަދު
މުއްރަތު ބުނެފައިވުމާއި، އަދި އަޙްމަދު މުއްރަތު، އަޙްމަދު ނަޖީބު އަށް ޙަމަލާދީ މަރާލި ވަގުތު، އެތަން
ފެނިފައިވާ އެއްވެސް ހެއްކަކު ނެތުމުން ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އަޙްމަދު ނަޖީބު
ގަސްތުގައި މަރާލި ކަމުގެ މައްޗަށް އަޙްމަދު މުއްރަތު ވެފައިވާ އިޢުތިރާފުން ރުޖޫޢަވުމުގެ ފުރުޞަތު އޮތްކަމަށް
ދެކޭކަމަށާއި،
އެގޮތުން އިސްލާމީ ޝަރީޢަތުގައި މަރު ބެހިގެންވާ ބައިތަކަށް ނަޒަރުކުރާއިރު، هلا މަރަކުން
މީހަކު މެރުމަށްފަހު ނުވަތަ ގަސްތުގައި މީހަކު މަރާލުމަށްފަހު، ގަސްތުގައި މީހަކު މަރާނުލާކަމަށްބުނެ،
އިޢުތިރާފުން ރުޖޫޢަވެއްޖެނަމަ، ޞ މަރާ އެންމެ ގާތްކަންބޮޑު މަރަކީ هللا لا މަރުކަމަށްވުމާއެކު،
ބަޤް މަރަކީ އެމަރުގެ ސަބަބުން އެމަރާލި ޤާތިލްގެ މައްޗަށް މަރުގެ ދިޔަދިނުން ލާޒިމްކުރާ މަރެއްކަމުން، އެފަދަ
މީހެއްގެ މައްޗަށް ލާޒިމްކުރަނީ މަރުގެ ދިޔައިގެ ބާވަތްތަކުގެ ތެރެއިން އެންމެ ބުރަ ދިޔަދިނުން ކަމަށާއި،
އަދި لޤޤު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް: 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
16
2013/HC-A/84
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
އޭނަގެ
404
އަލްމަރުޙޫމް އަޙްމަދު ނަޖީބު ގެ މަރުގެ މައްސަލައާއި ގުޅޭ ތަޙްޤީޤް ރިޕޯޓަށް ބަލާއިރު،
މަރުޙޫމް އަޙްމަދު ނަޖީބު މަރާލާފައިވަނީ 01 ޖުލައި 2012 ވަނަ ދުވަހުގެ ވަގުތެއްގައިކަމަށް ރިޕޯޓްތަކުން
ދައްކާފައިވުމުން، މަރުޙޫމް އަޙްމަދު ނަޖީބު މަރާލިތާ 24 ގަޑިއިރު ތެރޭގައި އަޙްމަދު މުއްރަތު ގެ ކުޑަކަމުދާ
ތަކެތީގެ ތަޙްލީލުކުރެވިފައިވާއިރު، އަދި އެރިޕޯޓުން އަޙްމަދު މުއްރަތު ގެ ކުޑަކަމުދާ ތަކެތި ”އޯޕީއޭޓްސް" ކިޔާ
މާއްދާއަކަށް ޕޮޒިޓިވް ވެފައިވާކަމަށް ދައްކާފައިވުމުން، އަޙްމަދު ނަޖީބު މަރާލިއިރު، އަޙްމަދު މުއްރަތު ހުރީ
މަސްތުވެގެންވާ ޙާލަތުގައި ކަމަށް ބެލެވޭތީ، މަސްތުގެ ޙާލަތުގައި ހުރެ އަޙްމަދު މުއްރަތު އަށް، އަޙްމަދު ނަޖީބު
މަރާލެވިފައިވަނީ ގަސްތުގައި ނޫންކަމަށް އަޙްމަދު މުއްރަތު އެ ބުނާ ބުނުމަކީ، އޭނާ ކްރިމިނަލް ކޯޓުގައި
ވެފައިވާ އިޢުތިރާފުން އަނބުރާ ރުޖޫއަވެވޭނޭފަދަ ޙުއްޖަތެއްކަމަށް ޤަބޫލުކުރެވޭތީ، ޝަރުޢީ އުޞޫލުތަކަށް
ރިޢާޔަތް ކުރާއިރު، އަޙްމަދު ނަޖީބު ގެ ވާރިޘުންނަށް މަރުގެ ދިޔަ ދިނުން އަޙްމަދު މުއްރަތު ގެ މައްޗަށް
ލާޒިމްކުރައްވައި، މިމައްސަލަ ނިންމަވައި ދެއްވުމަށް އެދޭކަމަށްބުނެ އަޙްމަދު މުއްރަތު ގެ ހާޒިރުގައި
ޤާނޫނީ ވަކީލު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މިފަދައިން ބަޔާން ދީފައިވާއިރު، އެބަޔާނަކީ
އަޙްމަދު މުއްރަތު އެދުނުގޮތަށް ވަކީލު ތައްޔާރު ކޮށްފައިވާ ބަޔާނެއްކަމަށް އަޙްމަދު މުއްރަތު ބުނެފައިވާކަން
ފާހަގަކުރެވެއެވެ.
46- ހަވަނަ ކަމަކީ: އަޙްމަދު މުއްރަތު ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
މިޤަޟިއްޔާއާއި ގުޅިގެން ހުށަހަޅާފައިވާ އިސްތިއުނާފް ނުކުތާ ތަކަށާއި، އެނުކުތާތައް ތަފްޞީލުކޮށްދިނުމުގެ
ގޮތުން އޭނާގެ ވަކީލުގެ އެހީތެރިކަމާއެކު ހުށަހެޅި ބަޔާނަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
މިޤަޟިއްޔާގެ ހަތަރުވަނަ އަޑުއެހުމުގައި ޖަވާބު ދިނުމުން، އަޙްމަދު މުއްރަތު ގެ ފަރާތުން އޭނާގެ ވަކީލު
ބުނެފައިވަނީ، ގަސްތުގައި މީހަކު މަރާފައި ނުވާނެކަމަށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
އަޙްމަދު މުއްރަތު ބުނެފައިވާ ބުނުމަށް ޝަރީޢަތުން ރިޢާޔަތްކޮށް ދެއްވުމަށްކަމާއި،
އެއަށްފަހު ހަމަ އެޝަރީޢަތުގެ މަޖިލީހުގައި އަޙްމަދު މުއްރަތު އަށް ފުރުޞަތު ދިނުމުން،
ނޭނގި ކަމެއް ކުރެވޭ ވަރަކަށް އަދި ދުވަހަކުވެސް މަސްތުވެފައި ނުވާނެކަމަށާއި، މީހަކު މަރާލާފައިވާނެކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން 332502، ފެކްސް 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
17
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2013/HC-A/84
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައި ނުވާނެކަމަށާއި، 30 ޖޫން 2012 ވަނަ ދުވަހުގެރޭ މ.މަސްރޫރާ
އަށް އަޙްމަދު ނަޖީބު އައިކަމަށާއި، އައުމުން އޭނާ އަޙްމަދު މުއްރަތު ދިރިއުޅޭ ކޮޓަރީގައި ހުރި ގޮނޑި އެއްގައި
ބަނދެފައިވާނެކަމަށާއި، އެކަމަށް އިންކާރު ނުކުރާކަމަށާއި، ނަމަވެސް އަޙްމަދު ނަޖީބު މަރާލާފައިނުވާނެކަމަށާއި،
އަދި އޭނާ މަރާލިތަން ލޮލަށް ފެނިފައިވެސް ނުވާކަމަށާއި، ނަމަވެސް އަޙްމަދު ނަޖީބު މަރާލިކަމަށް ކްރިމިނަލް
ކޯޓުގައި އިޢުތިރާފުވެފައިވާނެކަމަށާއި، އިޢުތިރާފުވީ ސަބަބަކީ އަޙްމަދު ނަޖީބު މަރާލުމުގެ ޙާދިސާ ހިނގާފައިވަނީ
މ.މަސްރޫރީ ގައި އަޙްމަދު މުއްރަތު ދިރިއުޅޭ ކޮޓަރީގައި ކަމަށްވާތީ، އެ ކަމުގެ ތެރޭގައި ޢާއިލާގެ އެއްވެސް
މީހަކު ހައްޔަރުވާން ބޭނު،
ބޭނުންނުވާތީ ކަމަށް އަޙްމަދު މުއްރަތު ބުނެފައިވާކަން ފާހަގަކުރެވެއެވެ.
47- ހަތްވަނަ ކަމަކީ: ޖިނާއީ ޤާނޫނުގައި އިޢުތިރާފް" އަކީ، ކުށެއްކަމަށް ޤާނޫނުގައި ނުވަތަ
ޝަރީޢަތުގައި ކަނޑައެޅިފައިވާ ޢަމަލެއް ކުރިކަމަށް ނުވަތަ އެ ޢަމަލުން ބައެއް ކުރިކަމަށް، ޤާނޫނީގޮތުން
ތަޙްޤީޤު ކުރުމުގެ ބާރު ލިބިފައިވާ އިދާރާއަކުން ކުރާ ތަޙްޤީޤެއްގައި ނުވަތަ ޝަރީޢަތުގެ މަޖިލީހުގައި އެމީހެއްގެ
އަމިއްލަ ނަފުސުގެ މައްޗަށްވާ އިޤްރާރު، ނުވަތަ އެމީހެއްގެ އަމިއްލަ ނަފުސުގެ މައްޗަށް ދޭ ހެކިބަސްކަމާއި،
އިޢުތިރާފަކީ، ތަފާތު ޖުރިސްޑިކްޝަންތަކުގައި ޖިނާއީ ކުށްތައް ސާބިތުކުރުމުގެ އެންމެ
މުހިންމު އެއް ވަސީލަތްކަމާއި، މިގޮތުން ޖިނާއީ ޤާނޫނުގައި އިޢުތިރާފު ބެހިގެންވަނީ ދެބަޔަކަށްކަމާއި، ފުރަތަމަ
ބަޔަކީ، ޤަޟާއީ އިޢުތިރާފު (Judicial Confession ކަމާއި، ދެވަނަ ބަޔަކީ: ޤަޟާއީ ނޫން އިޢުތިރާފު
(Extrajudicial Confession) ކަމާއި،
ޤަޝާއި އިޢުތިރާފަކީ ތުހުމަތުކުރެވޭ މީހާ ފަނޑިޔާރެއްގެ ކުރިމަތީގައި ޝަރީޢަތުގެ
މަޖިލީހުގައިވާ އިޢުތިރާފުކަމާއި، އަދި ޤަޟާއީ ނޫން އިޢުތިރާފަކީ، ތުހުމަތުކުރެވޭ މީހާ ޝަރީޢަތުގެ މަޖިލީހުން
ބޭރުގައި، ތަޙުޤީޤު މަރުޙަލާގައި ތަޙްޤީޤު ކުރާ ފަރާތުގެ ކުރިމަތީގައި ނުވަތަ އެނޫންވެސް
އިވެސް ފަރާތެއްގެ
ކުރިމަތީގައިވާ އިޢުތިރާފުކަމާއި،
ޤަޟާއީ ނޫން އިޢުތިރާފު ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅޭ ދެ ގޮތެއްވާކަމާއި، ފުރަތަމަ ގޮތަކީ:
ތުހުމަތު ކުރެވޭ މީހާ އިޢުތިރާފުވީކަމަށް ޝަރީޢަތުގެ މަޖިލީހުގައި މީހަކު ނުވަތަ ބަޔަކު ދޭ ހެކިބަހުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން 332502، ފެކްސް 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
18
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2013/HC-A/84
OcOc
4 s
پرومیس
ސިފައިގައިކަމާއި، ދެވަނަ ގޮތަކީ: ތުހުމަތު ކުރެވޭ މީހާގެ އިޢުތިރާފު ހިމެނޭ ބަޔާނެއް، ކިތާބީ ހެއްކެއްގެ
ސިފައިގައި ހުށަހެޅުން' ކަން އިނގޭކަމާއި،
ތުހުމަތު ކުރެވޭ މީހާ ބުއްދި ސަލާމަތުންހުރި ޝަރީޢަތުގެ މަޖިލީހުގައިވާ އިޢުތިރާފު ފިޔަވައި،
އެހެން އިޢުތިރާފުތަކަކީ ހެއްކެއް ކަމުގައި ނުބެލެވޭނެކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި2
ބަޔާންކޮށްފައިވާއިރު،
އިޢުތިރާފު ނުވަތަ އިޤްރާރަކީ، އިސްލާމީ ޝަރީޢަތުގައި ސާބިތުކުރުމުގެ ވަސީލަތްތަކުގެ
ތެރެއިން އެންމެބޮޑު ބުރަދަނެއް ދެވޭ އަދި އެންމެ މަތީދަރަޖަ ދެވިފައިވާ ވަސީލަތް ކަމާ މެދަކު ޝަރުޢީ އަދި
ޤާނޫނީ ޢިލްމުވެރިންގެ މެދުގައި އެއްވެސް ޚިލާފެއްނެތްކަމާއި،
އިސްލާމީ ފިޤްހުގައި ސާބިތުކުރުމުގެ ވަސީލަތަށް "للا) 2&لޑޫ" ގެ ލަޤަބު
ދެވިފައިވާކަމާއި،
އެހެންކަމުން ބާލިޣުވެ، ބުއްދި ސަލާމަތުންހުރި މީހަކު އެއްވެސް މަޖްބޫރުކަމެއްނެތި އޭނާގެ
ފުރިހަމަ އިޚްތިޔާރުގައިހުރެ، ޝަރީޢަތުގެ މަޖިލީހުގައި ފަނޑިޔާރެއްގެ ކުރިމަތީގައިވާ އިޢުތިރާފަކީ ޞައްޙަ
އިޢުތިރާފެއްކަމުގައި ނޫނީ ނުބެލެވޭނެކަމާއި،
އަދި އެފަދަ މީހަކު އެފަދައިންވާ އިޢުތިރާފުގައި ނުވަތަ އިޤުރާރުގައި އެހެން މީހެއްގެ ޙައްޤެއް
އެކުލެވޭނަމަ، އެ އިޤުރާރުން ރުޖޫޢަ ނުވެވޭނެކަމާއި، އަދި މީހަކު އެފަދައިން ވެފައިވާ އިޤުރާރުގެ ނަތީޖާ
ތަޠުބީޤް ކުރެވޭނީ އެ އިޤުރާރުވީ މީހެއްގެ އަމިއްލަ ނަފުސުގެ މައްޗަށް އެކަނިކަމާއި، އެހެން މީހެއްގެ މައްޗަށް
އެ އިޤްރާރުގެ ނަތީޖާ ތަޠުބީޤް ނުކުރެވޭނެ ކަމީވެސް އިސްލާމީ ފިޤުހުގެ ޖުމްހޫރު ޢިލްމުވެރިން
ދެކެވަޑައިގަންނަވާ ގޮތްކަން އެނގޭކަމެވެ.
1- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު:23/SC
-
A/2011 ޤަޟިއްޔާ ނިމުނުގޮތުގެ ޚުލާޞާ ރިޕޯޓުގެ 5
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާ
3- لللޓهللهلللا للل هللا للهلهل هللل. ل&ޕީ هلاهلللهلA (304/2)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން 332502، ފެކްސް 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv
19
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2013/HC-A/84
48- އަށްވަނަ ކަމަކީ: އަޙްމަދު ނަޖީބު މަރާލީ އަޙްމަދު މުއްރަތު ކަމަށް ކްރިމިނަލް ކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވެފައިވާ އިޢުތިރާފުން ރުޖޫޢަވުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާއާއި ގުޅިގެން
ބޭއްވުނު 04 ވަނަ ޝަރީޢަތުގެ މަޖިލީހުގައި، އަޙްމަދު މުއްރަތު މަސައްކަތްކޮށްފައިވާއިރު، ކްރިމިނަލް ކޯޓުގެ
ނަންބަރު: 2012/Cr
-
C/384 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން
ކުރާ ދަޢުވާ އިއްވުމުން، ދަޢުވާއަށް ޖަވާބު ދިނުމުގެ ގޮތުން އަޙްމަދު މުއްރަތު ދައްކާފައިވާ ވާހަކާގައި،
އަޙްމަދު ނަޖީބު މަރާލިކަމަށް ސާފު ޞަރީޙަ ބަހުން އިޢުތިރާފުވުމަށްފަހު، އަޙްމަދު ނަޖީބު
މަރާލީ ތިލާގައި "4 (ހަތަރު އިންޗި ހުންނަ ވަރުގެ ވަޅިއަކުން، އަޙްމަދު ނަޖީބު ގެ ކަރަށް ޙަމަލާ
ދީގެންކަމަށްބުނެ، އަޙްމަދު ނަޖީބު މަރާލަންޖެހުނު ސަބަބާއި، އަޙްމަދު ނަޖީބު ގެ ކަރަށް ޙަމަލާދިން ގަޑިއާއި،
އަޙްމަދު ނަޖީބު މަރުވިކަމަށް ލަފާކުރެވޭ ގަޑިއާއި، ޙަމަލާ ދިނުމަށް ބޭނުންކުރި ވަޅި ގެނައިތަނާއި، ޙަމަލާ
ދިންއިރު، ޙަމަލާދިނުމަށް ބޭނުންކުރި ވަޅީގައި ހިފަހައްޓައިގެން ހުރީ ކޮން އަތަކުންކަމާއި، ޙަމަލާދިނީ ކިތައް
ފަހަރުކަމާއި، ޙަމަލާ ދިނުމަށްފަހު އަޙްމަދު ނަޖީބު ގެ ހަށިގަނޑުން ފައިބަމުންދިޔަ ލޭ ފެނިފައި އަޙްމަދު
މުއްދަތަށް ކުރި އިޙްސާސް އާއި ވީގޮތާއި، ލޭ މަނާކުރުމަށް ކުރި މަސައްކަތާއި، އޭގެ ފަހުން އަޙްމަދު ނަޖީބު
ގެ ހަށިގަނޑަށް ހަނދާނެ ގޮތެއް ނޭގިގެން އެތަށްއިރަކު ރޮއި އެކަމާވިސްނަން އިންކަމާއި، އަޙްމަދު ނަޖީބު ގެ
ހަށިގަނޑު ނައްތާލުމަށް ރޭވިރޭވުމާއި، އެކަމަށްޓަކައި ގަތްތަކެއްޗާއި، ކުރިމަސައްކަތާއި، އެތަކެތި ގަތްތަން
ތަނާއި، ފައިސާ ޚަރަދުކުރި ގޮތާއި، އެކަމަށްޓަކައި އެހީތެރިކަމަށްއެދުނު ފަރާތްތަކާއި، މިހުރިހާ ވާހަކައެއް
އެއްވެސް މަޖުބޫރުކަމެއްނެތި ފުރިހަމަ އިޚްތިޔާރުގައި ވަރަށްސާފު ޢިބާރާތުން ތަފްޞީލުކޮށް ކިޔައިދިނުމަށްފަހު،
އަޙްމަދު ނަޖީބު މަރާލެވުނަތީ އެކަމާ ހިތާމަކުރާކަމަށާއި، އެކަމަށްޓަކައި އަޙްމަދު ނަޖީބު ގެ
ވާރިސުންގެ ކިބައިން މާފަށް އެދޭކަމަށްވެސް ކްރިމިނަލް ކޯޓުގައި ބުނެފައިވާކަން އެނގެން އޮންނައިރު،
އެވާހަކަތައް އެގޮތަށް ކްރިމިނަލް ކޯޓުގައި ބުނެފައިވާނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
އަޙްމަދު މުއްދަތު އެއްބަސްވެފައިވާކަން ފާހަގަކުރެވޭކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ޙުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
20
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2013/HC-A/84
ބޭނުން
ޑިނެ ފަނެވެ
ދިވެހިރާއްޖޭގެ
އަދި ތަޙްޤީޤު މަރުޙަލާގައާއި ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އިޢުތިރާފުވީއިރު،
އޭނާއަކީ މަސްތުވާތަކެތި ފެންކުރުމުން
ރުމުން ސަލާމަތްވުމަށްޓަކައި ފަރުވާ ލިބިގަންނަމުން ދިޔަ މީހެއް ކަމަށްބުނެ،
އޭނާއަށް އެފަރުވާ ނުލިބުމުގެ ސަބަބުން ނޭނގޭ ޙާލަތެއްގައިހުރި ކަމަށްބުނެ ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވާއިރު،
އަޙްމަދު ނަޖީބު ގެ މަރާގުޅޭ ހުރިހާ ކަމެއްގައި ހުރިހާ ޒިންމާއެއް ނަގާނީ އަޙްމަދު މުއްރަތު
ކަމަށް އަޙްމަދު މުއްރަތު، ފާޠިމަތު ހަނާ ގާތު، ފުލުހުން މ.މަސްރޫރާ އަށް ދިއުމުގެ ކުރިން ބުނެފައިވާނެކަމަށް
ރާއްޖޭގެ ހައިކޯޓުގައި އަޙްމަދު މުއްދަތު އެއްބަސްވެފައިވާއިރު، އަޙްމަދު މުއްރަތު ގެ ތަޙްޤީޤު
ބަޔާނުގައިވެސް އަދި ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ބަޔާންތަކުގައިވެސް އަޙްމަދު ނަޖީބު މ.މަސްރޫރާ
ގެއަށް ގެނެސް އަޙްމަދު މުއްރަތުއާއި ފާޠިމަތު ހަނާ ދިރިއުޅޭ ކޮޓަރީގައިހުރި ގޮނޑިއެއް (އޮފީސް ޗެއަރ) ގައި
ބައިންދާ، ފޮށިބަންދުކުރަން ބޭނުންކުރާ ޒާތުގެ ޓޭޕްރޯލަކުން އޭނާގެ ދެއަތާއި ދެފައި ބަނދެ މޫނުގައިވެސް ޓޭޕް
އޮޅާފައިވާނީވެސް ޚުދު އަޙްމަދު މުއްރަތު އަމިއްލައަށް ކަމަށްބުނެ ފާޠިމަތު ހަނާ މިކަމުން ބަރީއަކުރުމަށް
މަސައްކަތް ކޮށްފައިވާއިރު، މައްސަލާގެ ތަޙްޤީޤުއާއި ޝަރީޢަތުގެ މަޖިލީހުގައި ފާޠިމަތު ހަނާ ބުނެފައިވަނީ،
އަޙްމަދު ނަޖީބު ގޮނޑިއާއެކު ބަނުމުގެ ގޮތުން އޭނާގެ ދެއަތާއި ދެފައިގައި އަދި މޫނު މަތީގައި ފުރަތަމަ ޓޭޕް
އަޅައި، އަދި އަޙްމަދު ނަޖީބު ގެ އަނގަޔަށް ފޮތިގަނޑެއް ކޮއްޕާ ހެދީ ފާޠިމަތު ހަނާ ކަމަށާއި، އޭރު އަޙްމަދު
މުއްރަތު ހުރީ އަޙްމަދު ނަޖީބު ގެ ކަރުގައި ވަޅި ޖައްސައިގެންކަމަށާއި،
އަޙްމަދު ނަޖީބު ގެ މަރުގެ ޙާދިސާއަށް ފަހު އަޙްމަދު މުއްރަތާއި ފާޠިމަތު ހަނާ އެކަނިތިބެ
ވާހަކަ ދައްކާ، އަޙްމަދު ނަޖީބުގެ ހަށިގަނޑު ނައްތާލުމުގައި ނާކާމިޔާބުވެ، ގޮތް ހުސްވުމުން، އަޙްމަދު ނަޖީބު
ގެ މަރުގެ ހުރިހާ ޒިންމާއެއް އަޙްމަދު މުއްރަތު އަމިއްލައަށް ނެގުމަށް ފާޠިމަތު ހަނާ ގާތު އެއްބަސްވިގޮތަށް
އަޙްމަދު މުއްރަތު މައްސަލައިގެ ތަޙްޤީޤުގައި ބުނެ، ހަމައެގޮތަށް ޝަރީޢަތުގެ މަޖިލީސްތަކުގައިވެސް ބުނަން
އެނގިފައިވުމުން އަޙްމަދު މުއްރަތު ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އަޙްމަދު ނަޖީބު މަރާލިކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
21
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2013/HC-A/84
4
3
އިޢުތިރާފުވެ އެކަން ހިނގައިދިޔަ ގޮތް ތަފްޞީލުކޮށް ކިޔައިދިންއިރު އޭނާހުރީ ރަނގަޅަށް ވާނުވާ އެނގޭ
ޙާލަތެއްގައިކަމަށްނޫނީ ބެލެވެން ނެތްކަމާއި،
ހަމައެފަދައިން ކްރިމިނަލް ކޯޓުގައި ދައުލަތުގެ ފަރާތުން އަޙްމަދު މުއްރަތު ގެ މައްޗަށް ކުރާ
ދަޢުވާ އިއްވަމުން، އަޙްމަދު ނަޖީބު ގެ ކަރަށް ވަޅިން ހަމަލާދީ، އަޙްމަދު ނަޖީބު ގެ ކަރުގައި ޓީޝާޓާއި
އިސްޓާކީން އޮޅައި މަރާލާފައިވާކަމަށް ދައުލަތުގެ ފަރާތުން ސިފަކުރުމާއިގުޅިގެން، އަޙްމަދު ނަޖީބު ގެ ކަރަށް
ވަޅިން ހަމާދިންކަމަށް އެއްބަސްވުމަށްފަހު، އޭނާގެ ކަރުގައި ޓީޝާޓާއި އިސްޓާކީން އޮޅާފައިވަނީ މަރާލުމަށް
ނޫންކަމަށާއި، އެތަކެތި އޮޅާފައިވަނީ އަންނަމުން ދިޔަލޭ މަނާކުރުމަށްކަމަށްބުނެ، ދައުލަތުކުޅަ ދަޢުވާގެ ޞިޣާ
ގައިވާގޮތާއި ޚިލާފަށް އެވާހަކަ ބުނަން އެނގުމުން، އެކަމުންވެސް އަޙްމަދު މުއްރަތު ކްރިމިނަލް ކޯޓުގެ
ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުވެ ވާހަކަ ދެއްކިއިރު، އޭނާހުރީ ރަނގަޅަށް ވާނުވާ އެނގޭ ޙާލަތެއްގައިކަމަށް
ބަލަންޖެހޭކަމާއި،
ޤަޟާއީ އިޢުތިރާފު ނުވަތަ ޝަރީޢަތުގެ މަޖިލީހުގައިވާ އިޢުތިރާފުން ރުޖޫޢަވުމާއި
ގުޅޭގޮތުން
އިސްލާމީ ފިޤުހު ފޮތްތަކަށް މިފަދަ މައްސަލަތައް ނިންމުމުގައި ރުޖޫޢަވާންޖެހޭނެކަމަށް މިޤަޟިއްޔާ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލުކުރެވުނުހިނދު، އިސްލާމީ ފިޤްހުގެ މިޒަމާނުގެ މަޝްހޫރު
ފޮތްތަކަށް ރުޖޫޢަވެ ބެލިބެލުމުން،
"ޖެهلا للޤާޖޫ" 4 މިފޮތުގައި، އިޤްރާރު ޞައްޙަވުމުގެ ޝަރުޠުތައް ފުރިހަމަވާގޮތަށް އެމީހާގެ
އަމިއްލަ ނަފުސުގެ މައްޗަށް ވެފައިވާ އިޤްރާރަކީ، އޭގައި އެހެން މީހެއްގެ ޙައްޤު އެކުލެވޭގޮތަށް ވެފައިވާ
އިޤްރާރެއް ކަމުގައިވަނީނަމަ، އެ އިޤްރާރުން ރުޖޫޢަ ނުވެވޭނޭކަމަށް ބަޔާންކުރައްވާފައިވާކަމާއި،
"لލޮهلا |هلل هللهل51 މިފޮތުގައި، މީހަކު އެމީހެއްގެ އަމިއްލަ ނަފުސުގެ މައްޗަށްވާ
އިޤްރާރަކީ، އެހެން މީހެއްގެ ޙައްއް އެކުލެވޭގޮތަށް ވެފައިވާ އިޤްރާރެއްކަމުގައިވަނީނަމަ، އެމީހެއްގެ ރުހުންނެތި
އަނބުރާ އެ އިޤްރާރުން ރުޖޫޢަ ނުވެވޭނެކަމާ މެދަކު އިސްލާމީ ފިޤްހު ޢިލްމުވެރިންގެ މެދުގައި ޚިލާފެއް
4
24 ޖެޑު{لޤަ2 (للا هل. 227/3)
5-لލޮޖު14 هلތ هللهللí ޤ هلللل(196)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން 332502، ފެކްސް 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
22
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2013/HC-A/84
61
ޙައްޤެއް
ނަމަ އެ އިޤްރާރާއި
05 =ހ8
އެއެޤީތަށް
4
ceco
ނެތްކަމަށް ބަޔާންކުރައްވާފައިވާކަމާއި،
އަދި "للފ للهلޖ لاz ههللا |هلاލ"، މިފޮތުގައި، އިޤްރާރު ޞައްޙަވުމުގެ ޝަރުޠުތައް
ފުރިހަމަވާ ގޮތަށް މީހަކު ވާ އިޤްރާރުގައި އެހެން މީހެއްގެ އެކުލެވޭނަމަ
ޙުކުމް ކުރުމަކީ ފަނޑިޔާރަށް ލާޒިމްކަމެއްކަމަށާއި، އެމީހަކުވީ އިޤްރާރާއި ޚިލާފަށް އެމީހަކު ބުނާނަމަ އެކަން
ސާބިތުކޮށްދިނުމަކީ އެ އިޤްރާރުވީ މީހާގެ ޒިންމާއެއްކަމަށް ބަޔާންކުރައްވާފައިވާކަމާއި،
އަޙްމަދު ނަޖީބު މަރާލި ކަމުގެ މައްޗަށް އަޙްމަދު މުއްރަތު ކްރިމިނަލް ކޯޓުގައި ވެފައިވާ
އިޢުތިރާފަކީ އޭގައި އަޙްމަދު ނަޖީބު އާއި އޭނާގެ ވާރިޘުންގެ ޙައްޤު އެކުލެވިފައިވާ ކަމެއްގެ މައްޗަށް އަޙްމަދު
މުއްރަތު ވެފައިވާ އިޢުތިރާފެއްކަމާ މެދަކު ދެބަސްވެވޭނެ ޖާގައެއް ނެތްކަން ފާހަގަކުރެވެއެވެ.
49- ނުވަވަނަ ކަމަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު: 2012/Cr-C/384 ޤަޟިއްޔާ
އިސްތިއުނާފު ކުރުމަށް އަޙްމަދު މުއްރަތު ހުށަހަޅާފައިވާ ނުކުތާތަކުގެ ތެރެއިން ފުރަތަމަ ނުކުތާގައި، މަރުގެ
ބޮޑު ޝަރީޢަތެއް ނިމުނުއިރު ޙުކުމް ކުރެވުނު ދެމީހުންގެ ބަޔާން އެއްގޮތް ނުވާކަމަށްބުނެ ފާހަގަކޮށްފައިވާ
ނުކުތާއާއި ގުޅިގެން ޝަރީޢަތުން ބެލިބެލުމުން، އަޙްމަދު މުއްރަތުއާއި ފާޠިމަތު ރަނާގެ މައްޗަށްވެސް ކްރިމިނަލް
ކޯޓުގެ އެޤަޟިއްޔާގައި ކޮށްފައިވާ ދަޢުވާއަކީ، ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާކަމާއި، އެދަޢުވާއަށް
ދެމީހުންވެސް ކްރިމިނަލް ކޯޓުގައި އިޢުތިރާފުވެފައިވާކަމާއި،
ދެމީހުން މައްސަލާގެ ތަޙްޤީޤުގައާއި ޝަރީޢަތުގައި ދީފައިވާ ބަޔާނުގެ ތަފާތު ގޮތަކަށް
ބުނެފައިވާ ކަންތައްތަކަށް ބަލާއިރު، އަޙްމަދު ނަޖީބު މަރާލުމުގައި ކުރިއަށް ރާވާފައިވާ ޕްލޭނެއް ނެތްކަމަށް
އަޙްމަދު މުއްރަތު ބުނެފައިވާއިރު، އަދި އަޙްމަދު ނަޖީބު އަށް ގުޅި ކޮންމެ ފަހަރަކު ގުޅާފައިވާނީ އަދި
ސް.އެމް.އެސް ކޮށްފައިވާނީ އަޙްމަދު މުއްރަތުކަމަށް އޭނާ ބުނެފައިވާއިރު، އަދި މީގެ އިތުރުން އަޙްމަދު ނަޖީބު
އެގެއަށް އައުމުން ކޮޓަރީގައިހުރި ގޮނޑީގައި ބައިންދާ، އެގޮނޑީގައި އަޙްމަދު ނަޖީބު ގެ އަތާއި ފައި
އައްސައި، ހުރިހާކަމެއްވެސްކުރީ އަޙްމަދު މުއްރަތު އަމިއްލައަށް ކަމަށް އަޙްމަދު މުއްރަތު ބުނެފައިވާއިރު،
އެ
f
لهلللc ههلهلللތ íلهللل (623)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް: 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv
23
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2013/HC-A/84
ހަނާކަމަށް އޭނާ ބުނެފައިވާކަމާއި،
ޚި
ބަޔާންކުރެވުނު ކަންތައްތަކުގައި ފާޠިމަތު ހަނާ ގެ ބަސް ތަފާތުކަމާއި، އެގޮތުން އަޙްމަދު
ނަޖީބު މަރާލުމުގެ ކުރިން އޭނާ މަރާލުމަށް ރާވާފައިވާ ޕްލޭނެއްވާކަމަށާއި، އަޙްމަދު ނަޖީބަށް ގުޅި ކޮންމެ
ފަހަރަކު އަދި އެސް.އެމް.އެސް ކުރި ކޮންމެ ފަހަރަކު އެކަން ކޮށްފައިވާނީ ފާޠިމަތު ހަނާ ކަމަށާއި، އަދި
އަޙްމަދު ނަޖީބު ގޮނޑީގައި ބަނުމުގައި އަތާއި ފައިގައި އަދި އަނގައާއި މޫނުމަތީގައި ފުރަތަމަ ޓޭޕް އަޅާ ހެދީ
ފާޠިމަތު ހަނާކަމަށް އޭނާ
މި ދެމީހުންގެ ބަޔާނުން މިފާހަގަކުރެވުނު ތަފާތަކީ އަޙްމަދު މުއްރަތު ގެ މައްޗަށް ކުޅަ
ދަޢުވާއަށް ޖަވާބު ދިނުމުގައި އޭނާ ދައްކާފައިވާ ވާހަކައިންނާއި ހުށަހެޅިފައިވާ އެހެނިހެން ހެއްކާއި ޤަރީނާއިން
ވާޞިލްވެވޭ ނަތީޖާއަށް އަސަރުކުރާނެ ތަފާތު ކަމެއް ނޫންކަން ފާހަގަކުރެވެއެވެ.
4-10- ދިހަވަނަ ކަމަކީ: ކްރިމިނަލް ކޯޓުގެ ނަންބަރު: 2012/Cr-C/384 ޤަޟިއްޔާ
ނިންމެވުމުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 2 ވަނަ ބާބުގެ 44 ވަނަ މާއްދާއަށް އެއްވެސް
ވަރަކަށް ބައްލަވާފައި ނުވާކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއާއި ގުޅިގެން ޝަރީޢަތުން ބެލިބެލުމުން،
ޤާނޫނުއަސާސީގެ 44 ވަނަ މާއްދާގައިވަނީ، "ކުށްކުށަށް ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ޤާނޫނުގައިވާ
ގޮތުގެމަތިން ތަޙުޤީޤު ހިންގުމުގައްޔާއި، ޝަރީޢަތް ކުރުމުގައްޔާއި، ކުއްސާބިތުވެގެން ޙުކުމް ތަންފީޛުކުރުމުގައި
އެނޫން މީހެއްގެ ޤާނޫނީ ޙައްޤަކަށް ނުވަތަ ޤާނޫނީ ވާޖިބަކަށް ހުރަސް އެޅިގެން ނުވާނެއެވެ."
މިފަދައިންކަމަށްވާއިރު، އަޙްމަދު ނަޖީބު މަރުގެ ޙާދިސާ އާއި ގުޅިގެން ޤާނޫނުގައިވާ ގޮތުގެ މަތިން ކުށަކަށް
ތަހުމަތުކުރެވޭ މީހެއްގެ މައްޗަށް ނޫނީ ތަހުޤީޤު ހިންގުނުކަމެއް، އަދި ޝަރީޢަތް ކުރެވުނު ކަމެއް، އަދި ކުށް
ސާބިތުވެ ޙުކުމް ތަންފީޛު ކުރެވެމުންދާކަމެއް އަޙްމަދު މުއްރަތަށް ބަޔާންކޮށްދެވިފައި ނުވާކަން ފާހަގަކުރެވެއެވެ.
4.11- އެގާރަވަނަ ކަމަކީ: ބަޔާންކުރެވުނު ކަންކަމުގެ އިތުރުން ކްރިމިނަލް ކޯޓުގެ ނަންބަރު:
2012/Cr-C/384 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އަޙްމަދު މުއްރަތުގެ ފަރާތުން ހުށަހަޅާފައިވާ
ނުކުތާތަކުގެ ތެރެއިން 02 ވަނަ ނުކުތާގައި، ކްރިމިނަލް ކޯޓުގެ ޤަޟިއްޔާ ނިންމެވިއިރު، هދs للا ގެ
92 ވަނަ އާޔަތަށް ރިޢާޔަތް ކުރައްވާފައި ނުވާކަމަށްބުނެ ފާހަގަކޮށްފައިވާތީ، ޙަވާލާދީފައިވާ އާޔަތަށް ބެލިއިރު،
4 ، 334
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން 332502، ފެކްސް 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv
24
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2013/HC-A/84
އެ އާޔަތުގައި ވަނީ، { ވަޙ 46 ޤާޕީޖީ ޤާﷲ ޝާހީ ލާޣާޤީޤާ ޅެޔޯ ވަ ޝަللا ޤަލުޤު ފަޖާޖް އެޅުޑއަޑީ
ވަގަށް ޑީ_ޑް 3 ޤަދާy" ޤާގ އަތަ ) މާނައީ: "ކުށަކުން، އޮޅިގެން މެނުވީ މުއުމިނަކު މެރުމަކީ،
cuo
މުއުމިނަކަށް އޮތްކަމެއް ނޫނެވެ. އަދި، ކުނަކުން އޮޅިގެން މުއުމިނަކު މަރައިފިމީހާ (ދަންނާށެވެ!) ފަހެ،
އޭނާއަށްހުރީ، މުއުމިނު އަޅަކު މިނިވަންކުރުމާއި، އެ މަރުވިމީހާގެ އަހުލުވެރިންނާ ޙަވާލުކުރެވޭގޮތުގައި، މަރުގެ
ދިޔަދިނުމެވެ. އެއީ، އެއުރެން (މާފުކުރުމަކުން) އެއިން ޞަދަޤާތް ކުރިއްޔާ މެނުވީއެވެ." މިފަދައިންކަމާއި،
އަޙްމަދު މުއްރަތު ގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ އިސްވެ ބަޔާންކުރެވުނު
ނުކުތާ ތަފްސީލު ކޮށްދިނުމުގެ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އޭނާ އަމިއްލައަށް
ދައްކާފައިވާ ވާހަކާގައި، ކްރިމިނަލް ކޯޓުގެ އެޤަޟިއްޔާގެ ޙުކުމާމެދު ހިތްހަމަ ނުޖެހޭ އެންމެ ބޮޑު ސަބަބަކީ،
ގަސްތުގައި މީހަކު މަރާލާފައިވާކަމަށް ދައުލަތުން ދަޢުވާކޮށް، ގަސްތުގައި މީހަކު މަރާލިކަން ސާބިތުވާކަމަށް
ޙުކުމް ކޮށްފައިވާތީކަމަށާއި، އެހެންކަމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެންމެ ބޮޑަށް ބޭނުންވާކަމަކީ، ގަސްތުގައި
މީހަކު މަރާލާފައި ނުވާނެކަން ސާބިތުކޮށްދިނުމަށްކަމަށް ބުނެފައިވާކަމާއި،
އަދި މީގެ އިތުރުންވެސް، އަޙްމަދު މުއްރަތު ގެ ދިފާއީ ވަކީލެއްގެ ގޮތުގައި ދައުލަތުން
ހަމަޖައްސަވައި ދެއްވާފައިވާ ވަކީލުގެ އެހީތެރިކަމާއެކު ތައްޔާރުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާގައި
ހުށަހަޅާފައިވާ ބަޔާނުގައި، "ގަސްތުގައި އަޙްމަދު ނަޖީބު މަރާލާފައި ނުވާނެކަމަށް އަޙްމަދު މުއްރަތު
ބުނެފައިވުމާއި، އަދި އަޙްމަދު މުއްރަތު، އަޙްމަދު ނަޖީބު އަށް ޙަމަލާދީ މަރާލި ވަޤުތު އެތަން ފެނިފައިވާ
އެއްވެސް ހެއްކަކު ނެތުމުން" މިފަދައިން ބުނެފައިވާ މަރުޙޫމް އަޙްމަދު ނަޖީބު މަރާލިއިރު،
އަޙްމަދު މުއްރަތު ހުރީ މަސްތުވެގެންވާ ޙާލަތުގައި ކަމަށް ބެލެވޭތީ، މަސްތުގެ ޙާލަތުގައި ހުރެ އަޙްމަދު
މުއްރަތު، އަޙްމަދު ނަޖީބު މަރާލެވިފައިވަނީ ގަސްތުގައި ނޫންކަމަށް އަޙްމަދު މުއްރަތު އެބުނާ ބުނުމަށް
ރިޢާޔަތްކޮށްދެއްވައި، އަޙްމަދު ނަޖީބު ވާރިޘުންނަށް މަރުގެދިޔަ ދިނުން އަޙްމަދު މުއްރަތު ގެ މައްޗަށް
ލާޒިމްކުރައްވައި، މިމައްސަލަ ނިންމަވައި ދެއްވުމަށް އެދޭކަމަށް އަޙްމަދު މުއްރަތު ގެ ފަރާތުން ބުނެފައިވާކަން
coc
4 3 2 3
ބަންހުންނައި،
etcc
3- لا للهلا92 ވަނަ އާޔަތް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން 332502، ފެކްސް 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
25
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2013/HC-A/84
cuccc
ސާފުކޮށް އެނގެން އޮންނަކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާގައި އަޙްމަދު މުއްރަތު
ބުނެފައިވާފަދައިން، އަޙްމަދު މުއްރަތު، އަޙްމަދު ނަޖީބު މަރާލާފައި ނުވާނަމަ، އަދި ކްރިމިނަލް ކޯޓުގައި
އަޙްމަދު މުއްރަތު ވެފައިވާ އިޢުތިރާފަކީ ޙަޤީޤަތާ ޚިލާފު ދޮގު އިޢުތިރާފެއްކަމުގައިވާނަމަ، އަޙްމަދު ނަޖީބު
މަރާލެވުނީ ގަސްތުގައި ކުރި ޢަމަލަކުން ނޫންކަމަށާއި، އެކަމަކީ އޮޅުމަކުން ނުވަތަ ކުށަކުން ހިނގައިދިޔަ
ކަމެއްކަމަށްބުނެ، ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާ ނިންމެވުމުގައި ه(: للها ގެ 93 ވަނަ އާޔަތަށް
ރިޢާޔަތްކޮށްދެއްވައި، މަރަށް މަރު ހިފުމުގެ ބަދަލުގައި އަޙްމަދު ނަޖީބު ގެ ވާރިޘުންނަށް މަރުގެ ދިޔަދިނުން
އަޙްމަދު މުއްރަތު ގެ މައްޗަށް ލާޒިމް ކޮށްދިނުމަށް އެދެންޖެހޭނެ ސަބަބެއް ނޯންނާނެކަމާއި،
އަޙްމަދު ނަޖީބު މަރާލިކަމުގެ މައްޗަށް އަޙްމަދު މުއްރަތު ސާފު ޞަރީޙަ ބަހުން ކްރިމިނަލް
ކޯޓުގައި އިޢުތިރާފުވުމަށްފަހު، އެކަން ހިނގައިދިޔަގޮތް ތަފްޞީލުކޮށް ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ކިޔައިދީފައިވާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި، އެންމެ ބޮޑަށް ބޭނުންވަނީ
އަޙްމަދު ނަޖީބު މަރާލެވުނީ ގަސްތުގައި ނޫންކަން ސާބިތުކޮށްދިނުމަށްކަމަށް ބުނެފައިވާ ބުނުމުންނާއި، އަޙްމަދު
ނަޖީބަށް ޙަމަލާދީ މަރާލި ވަޤުތު، އެތަން އެއްވެސް މީހަކަށް ފެނިފައިނުވާކަމަށް ބުނެފައިވާ ބުނުމުންނާއި،
އަޙްމަދު ނަޖީބު މަރާލެވިފައިވަނީ މަސްތުގެ ޙާލަތުގައި ހުރެގެންކަމަށް އަޙްމަދު މުއްރަތުގެ ވަކީލުގެ
އެހީތެރިކަމާއެކު ހުށަހެޅި ބަޔާނުގައި ބުނެފައިވުމުން، އަޙްމަދު ނަޖީބު މަރާލީ އަޙްމަދު މުއްރަތު ކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓުގައި ވެސް އަޙްމަދު މުއްދަތު އެއްބަސްވެފައިވާކަން ސާފުކޮށް އެނގެން އެބައޮތްކަމާއި،
އަދި މީގެ އިތުރުން، ކްރިމިނަލް ކޯޓުގައި އަޙްމަދު މުއްރަތު ވެފައިވާ އިޢުތިރާފުން ރުޖޫޢަވުމަށް
މަސައްކަތްކޮށްފައިވާއިރު، އޭނާ އަޙްމަދު ނަޖީބު މަރާލި ކަމަށް ކްރިމިނަލް ކޯޓުގައި ވެފައިވާ އިޢުތިރާފަކީ
މުސްތަޙީލު ކަމެއްގެ މައްޗަށް ވެފައިވާ އިޢުތިރާފެއް ނޫންކަމާއި، އަދި އެއީ ދޮގު އިޢުތިރާފެއްކަމަށް ބަލަންޖެހޭ
އެއްވެސް ހެތްކެއް ޤަރީނާއެއްވެސް ފެންނަން ނެތްކަމާއި،
އެއާއި ޚިލާފަށް އެ އިޢުތިރާފަކީ ފުރިހަމަ މިނިވަންކަމާއި ފުރިހަމަ އިޚްތިޔާރު ލިބިގެންވާ
ގޮތުގައި ބުއްދި ސަލާމަތުންހުރެ ޝަރީޢަތުގެ މަޖިލީހުގައި އަޙްމަދު މުއްރަތު ވެފައިވާ، އިޢުތިރާފު
3ދޏ ސ ޑ ވ
މެކައެމއޤާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން 332502، ފެކްސް 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
26
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2013/HC-A/84
OCX
ޞައްޙަވުމުގެ ޝަރުޠުތައް ފުރިހަމަވާ އިޢުތިރާފެއްކަމަށް، އަދި އެ އިޢުތިރާފަކީ ތެދު ޙަޤީޤަތެއްގެ މައްޗަށް
ވެފައިވާ އިޢުތިރާފެއްކަމަށް ބާރު ލިއްބައިދޭ ގުޅިލާމެހިފައިވާ އެތަކެއް ބައިވަރު ހަރުދަނާ ބަދަހި ޤަރީނާތައް
ޝަރީޢަތަށް ހުށަހެޅިފައިވާކަމާއި،
އެގޮތުން، 2012 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ 20:30 ހާއިރު އަޙްމަދު
މުއްރަތުއާއި ފާޠިމަތު ހަނާގެ ދަޢުވަތަކަށް އަޙްމަދު ނަޖީބު، ކ.މާލެ!މާފަންނު މަސްރޫރާ ގެއަށް އައިކަމަށް
އަޙްމަދު މުއްދަތު އެއްބަސްވެފައިވުމާއި، އެގޭގައި އަޙްމަދު މުއްރަތު އާއި ފާޠިމަތު ހަނާ ދިރިއުޅޭ ކޮޓަރިއަށް
އަޙްމަދު ނަޖީބު ވެއްދިކަމަށް އަޙްމަދު މުއްދަތު އެއްބަސްވެފައިވުމާއި، އެކޮޓަރީގައި ހުރި ގޮނޑިއެއް (އޮފީސް
ޗެއަރ) ގައި ބައިންދާ، އެގޮނޑީގެ ދެ އަތްގަނޑާއެކު ފޮށިބަންދުކުރަން ބޭނުންކުރާ މުށިކުލައިގެ ޓޭޕް ރޯލަކުން
އަޙްމަދު ނަޖީބު ގެ ދެއަތް ބަނދެ، އަޙްމަދު ނަޖީބު ގެ ދެފައި އެއްކޮށް އެގޮނޑީގެ ފަޔާއެކު އެ ޓޭޕް ރޯލުން
ބަނދެ، އަޙްމަދު ނަޖީބު ގެ ޖީބުގައި އޮތް އޭނާގެ ދެ މޯބައިލް ފޯނާއި ގަލަމާއި އައިނާއި ވޮލެޓް އަތުލުމަށްފަހު،
އަޙްމަދު ނަޖީބު ގެ އަނގަޔަށް ބޮޑު ފޮތިގަނޑެއް ގަންނުވާ އޭނާއަށް އަޑުގަދަ ނުކުރެވޭގޮތަށް ހެދުމަށްފަހު،
އަޙްމަދު ނަޖީބު ގެ މުޅި މޫނުމަތީގައިވެސް ޓޭޕް އޮޅާފައިވާކަމަށް އަޙްމަދު މުއްދަތު އެއްބަސްވެފައިވުމާއި،
އަޙްމަދު ނަޖީބު އަށް ބިރު ދައްކައިގެން އޭނާ އަތުން ކޭޝް ކާޑްގެ ޕިން ނަންބަރު ހޯދުމަށްފަހު، ދެ ފަހަރެއްގެ
މަތިން އެކާޑު ބޭނުންކޮށްގެން އަޙްމަދު މުއްރަތު ފައިސާ ނަގާފައިވުމާއި،
2012 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ 20:30 ހާއިރު އަޙްމަދު ނަޖީބު
މ.މަސްރޫރާ ގޭގައި އަޙްމަދު މުއްރަތު އާއި ފާޠިމަތު ހަނާ ދިރިއުޅޭ ކޮޓަރިއަށް ވެއްދުމަށްފަހު، އޭނާ އެގެއިން
ދިރިހުރި އިންސާނެއްގެ ގޮތުގައި ނުކުމެގެން ދިޔަކަމަށް އަޙްމަދު މުއްރަތުވެސް އަދި ފާޠިމަތު ހަނާވެސް
.ވެސް ފަހަރަކު ބުނެފައި ނުވުމާއި، އަދި އެރޭގެ އެގަޑީގެ ފަހުން، އަޙްމަދު މުއްރަތުއާއި ފާޠިމަތު ހަނާ
ފިޔަވައި އިތުރު އެއްވެސް މީހަކަށް އަޙްމަދު ނަޖީބު ދިރިހުއްޓާ ފެނިފައިވާކަން އިތުބާރުހުރި ގޮތެއްގައި އެނގެން
ނެތުމާއި، އަޙްމަދު ނަޖީބު މަރާލުމުގެ ޢަމަލު ހިންގާފައިވަނީ މ.މަސްރޫރާ ގޭގައި އަޙްމަދު މުއްރަތު ދިރިއުޅޭ
ކޮޓަރީގައި ކަމަށް އަޙްމަދު މުއްދަތު އެއްބަސްވެފައިވުމާއި، އަޙްމަދު ނަޖީބު ގެ ހަށިގަނޑު ނައްތާލުމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް: 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
27
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2013/HC-A/84
އަޙްމަދު މުއްރަތު މަސައްކަތް ކޮށްފައިވުމާއި، އަޙްމަދު ނަޖީބު ގެ މަރުވެފައިވާ ހަށިގަނޑު ފެނިފައިވަނީ
އަޙްމަދު މުއްރަތު އާއި ފާޠިމަތު ހަނާ ދިރިއުޅޭ ކޮޓަރީގައި ހުރި ބޮޑު ޑަސްބިނަކުންކަމަށްވުމާއި، އެޑަސްބިން
ގަނެފައިވަނީ އަޙްމަދު މުއްރަތުއާއި ފާޠިމަތު ހަނާ ކަމަށް އެއްބަސްވެފައިވުމާއި، އެޑަސްބިނަށް އަޙްމަދު ނަޖީބު
ގެ ހަށިގަނޑު ލީ އަޙްމަދު މުއްރަތު ކަމަށް އެއްބަސްވެފައިވުމާއި، އަޙްމަދު ނަޖީބަށް ޙަމަލާދިން ވަޅީގެ ތިލަ،
މުއްގަނޑު ކައިރިން ބިންދައިގެންގޮސް، އަޙްމަދު ނަޖީބު ގެ ކަރުގައި ހަރުލާފައިވާއިރު، އެކޮޓަރިން ފެނިފައިވާ
ވަޅީގެ މުއްގަނޑާއި އަޙްމަދު ނަޖީބު ގެ ކަރުގައި ހަރުލާފައިވާ ވަޅީގެ ތިލައަކީ އެއްވަޅިއެއްގެ މުއްގަނޑަކާއި
ތިލައެއްކަމަށް އެތިލައާއި އެ މުއްގަނޑުގެ ފިޒިކަލް އެގްޒަމިނޭޝަން ރިޕޯޓުން ދައްކާފައިވުމާއި، އަޙްމަދު ނަޖީބު
އަށް ނިސްބަތްވާ އޭނާގެ ދެ މޯބައިލް ފޯނާއި، ގަޑިއާއި އައިނާއި ގަލަމާއި ވޮލެޓާއި ކޭޝް ކާޑާއި އައި.ޑީ.ކާޑް
ފަދަ ހުރިހާ ތަކެއްޗެއްވެސް ފެނިފައިވަނީ އެކޮޓަރިންކަމަށްވުމާއި،
30 ޖޫން 2012 ވަނަ ދުވަހުގެ 23:00 ގެ ފަހުންވެސް އަޙްމަދު މުއްރަތު އާއި ފާޠިމަތު
ހަނާ އެކޮޓަރީގައި އުޅުނުކަން އަޙްމަދު މުއްރަތު ގެ މަންމަ އަޒީޒާ ޙަސަން ޤާސިމް މައްސަލައިގެ ތަޙްޤީޤަށް
ދީފައިވާ ބަޔާނުން އެނގެން އޮންނާތީ އާއި، އަދި އެރޭގެ ފަތިހުގެ ވަގުތުގައިވެސް އަޙްމަދު މުއްރަތު
އެކޮޓަރީގައި އުޅުނުކަން ޢަޒީޒާ ޙަސަން ޤާސިމް މައްސަލައިގެ ތަޙްޤީޤަށް ދީފައިވާ ބަޔާނުން އެނގެން އޮތުމާއި،
01 ޖުލައި 2012 ވަނަ ދުވަހުގެ ހެނދުނު 06:00 އާއި 07:00 އާއި ދެމެދު ފާޠިމަތު
ހަނާއަށް ހޭލެވުމުން، އޭގެ ގަޑިއެއްހާއިރު ކުރިން އަޙްމަދު ނަޖީބު އަޑުގަދަކުރަން މަސައްކަތްކުރުމުން އޭނާގެ
ކަރަށް ޙަމަލާދީ މަރާލާފައިވާކަމަށް އަޙްމަދު މުއްރަތު ބުނިކަމަށް ފާޠިމަތު ހަނާ ބުނެފައިވާތީ، މިހުރިހާ
ޤަރީނާތަކަކީ، އަޙްމަދު މުއްރަތު، އަޙްމަދު ނަޖީބު މަރާލި ކަމުގެ މައްޗަށް ވެފައިވާ އިޢުތިރާފަށް ބާރު ލިއްބައިދޭ
ގުޅިލާމެހިފައިވާ ހަރުދަނާ ބަދަހި ޤަރީނާތައްކަމާއި،
އަދި މީގެއިތުރުން އަޙްމަދު މުއްރަތު މައްސަލައިގެ ތަޙްޤީޤުގައި، އަޙްމަދު ނަޖީބު މަރާލިކަމަށް
އެއްބަސްވެފައިވުމުން، މައްސަލައިގެ ތަޙްޤީޤުގައި ވެފައިވާ އިޢުތިރާފަކީ ޤަރީނާއެއްކަމަށް ވާއިރު، އަޙްމަދު
މުއްރަތު މި ޢަމަލުގައި ބައިވެރިވި ފާޠިމަތު ހަނާ ގެ ބަޔާންތަކުގައިވެސް އަޙްމަދު ނަޖީބު މަރާލީ
6 24
އާއެކު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން 332502، ފެކްސް 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
28
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2013/HC-A/84
3 4
ބޭނުންކރ
އަޙްމަދު މުއްރަތު ކަމަށް ސީދާ އަޙްމަދު މުއްރަތު އޭނާ ގާތު ބުނެފައިވާކަމަށް ތަކުރާރުކޮށް ބުނެފައިވާ
ބުނުމަކީވެސް އަޙްމަދު މުއްރަތުއާއި ދެކޮޅަށް ލިބިފައިވާ ހަރުދަނާ ޤަރީނާއެއްކަމާއި،
އަދި މިބަޔާންކުރެވުނު ކަންކަމުގެ އިތުރުން، އަޙްމަދު މުއްރަތު އޭރު ންކުރަމުންދިޔަ
މޯބައިލް ފޯނު (7458182) ގެ އެގްޒަމިނޭޝަން ރިޕޯޓަށް ބަލާއިރު، އެ ނަންބަރުން އަޙްމަދު ލިޔުޝާން
(ދ.ރ.ކާޑް ނަންބަރު:A090063} ކުރަމުންދިޔަ މޯބައިލް ފޯނު (7471082) އަށް ފޮނުވާފައިވާ
އެސް.އެމް.އެސް އެއްގައި، [I did sumthin viy bad.i need help.moyavany“ މިފަދައިން
ލިޔެފައިވާތީއާއި،
އަދި ހަމައެފަދައިން އަޙްމަދު ފަޝްލޫން (ދ.ރ.ކާޑް ނަންބަރު: A148942) ގެ ތަޙްޤީޤު
ބަޔާނުގައިވެސް 01 ޖުލައި 2012 ވަނަ ދުވަހު އަޙްމަދު މުއްރަތު ބުނެގެން މ.މަސްރޫރާ އަށް ދިއުމުން،
މުއްރަތު އުޅޭ ކޮޓަރީގައި ފޮތިގަނޑެއް އަޅާ ނިވާކޮށްފައިވާ އެއްޗަކަށް އިޝާރާތްކޮށް، އޭގައިވަނީ އަޙްމަދު
މުއްރަތު މަރާލާފައިވާ މީހެއް ކަމަށް އަޙްމަދު މުއްރަތު ބުނުމުން، ގޮސް ބެލިއިރު، އޭގެތެރެއިން ފެންނަން އޮތީ
މަރުވެފައިވާ މީހެއްގެ ދެފައިކަމަށް އަޙްމަދު ފަޝްލޫން ބުނެފައިވާ ބުނުމުންނާއި، އެމީހާގެ ހަށިގަނޑު
ހައްތާލުމުގައި އަޙްމަދު މުއްރަތު އޭނާގެ ކިބައިން އެހީތެރިކަމަށް އެދުނުކަމަށް އަޙްމަދު ފަޝްލޫން ބުނެފައިވާ
ބުނުމުންނާއި، އަދި އަޙްމަދު މުއްރަތު ގެ ފޯނުން އަޙްމަދު ފަޝްލޫނުގެ ފޯނަށް (7716782} ފޮނުވާފައިވާ
އެސް.އެމް.އެސް އެއްގައި، .If u r nt helpin
,
pls don tel any1
.
Please“ މިފަދައިން
ލިޔެފައިވާ ލިޔުމުންނާއި، އެ އެސް.އެމް.އެސް އަކީ، އަޙްމަދު ނަޖީބު ގެ ހަށިގަނޑު ޑިސްޕޯސް ކުރުމުގައި
އެހީތެރިވެދިނުމަށް އަޙްމަދު ފަޝްލޫން ގާތުގައި އެދުމުން އޭނާ އެކަމުގައި އެހީތެރިކަން ނުދިނުމުން ފޮނުވާފައިވާ
އެސް.އެމް.އެސް އެއް ކަމަށް އަޙްމަދު މުއްރަތު ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވުމާއި، މި އެންމެހައި
ޤަރީނާތަކަކީ، އަޙްމަދު މުއްރަތު، އަޙްމަދު ނަޖީބު މަރާލި ކަމު މައްޗަށް ވެފައިވާ އިޢުތިރާފަށް ބާރުލިބިދޭގޮތަށް
ލިބިފައިވާ ގުޅިލާމެހިފައިވާ ހަރުދަނާ ބަދަހި ޤަރީނާތައްކަމާއި، އެހެންކަމުން އަޙްމަދު ނަޖީބު މަރާލިކަމުގެ
މައްޗަށް ކްރިމިނަލް ކޯޓުގައި އަޙްމަދު މުއްރަތު ވެފައިވާ އިޢުތިރާފުން ރުޖޫޢަ ވުމަށް އަޙްމަދު މުއްރަތުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން 332502، ފެކްސް 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
29
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2013/HC-A/84
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި މަސައްކަތްކޮށްފައި ވިޔަސް، ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން
އަޙްމަދު މުއްރަތު އަށް އެ އިޢުތިރާފުން ރުޖޫޢަވެވޭނެ ހަމަ އެއްވެސް މަގެއް ފެންނަން ނެތްކަން
ގަކުރެވެއެވެ.
44
cu o
4.12- ބާރަވަނަ ކަމަކީ: އަޙްމަދު މުއްރަތު، އަޙްމަދު ނަޖީބު ގެ ކަރަށް ޙަމަލާދީ މަރާލި
ވަޤުތު، އަޙްމަދު މުއްރަތު ހުރީ މަސްތުގެ ޙާލަތުގައިކަމަށް ބެލެވޭތީ، އެނުކުތާއަށް ރިޢާޔަތްކޮށްދެއްވާ އަޙްމަދު
މުއްރަތު، އަޙްމަދު ނަޖީބަށް ޙަމަލާދީ މަރާލާފައިވަނީ ގަސްތުގައިކަމަށް ބައްލަވައިގެން މަރަށް މަރު ހިފުމަށް
ކުރައްވާފައިވާ ޙުކުމުގެ ބަދަލުގައި، އަޙްމަދު ނަޖީބު ގެ މަރުގެ ޙާދިސާ ހިނގާފައިވަނީ ކުށަކުން އޮޅުމަކުން
ކަމަށް ޝަރީޢަތުން ބައްލަވައި، އޭނާގެ ވާރިޘުންނަށް މަރުގެ ދިޔަ ދޭގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް
ކޮށްދެއްވުން އެދޭކަމަށް އަޙްމަދު މުއްރަތު ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
އެދިފައިވާއިރު،
އަޙްމަދު ނަޖީބު ގެ ކަރަށް ވަޅިން ޙަމަލާ ދިނުމުގެ ކުރިން އަޙްމަދު މުއްރަތު މަސްތު
ވުމަށްޓަކައި އެއްޗެއް ބޭނުންކޮށްފައިވާނަމަ އެ އެއްޗެއް ބޭނުންކޮށްފައިވަނީ، އެއީ މަސްތުވާ އެއްޗެއްކަން
އެނގިހުރެކަން، އޭނާ ކްރިމިނަލް ކޯޓުގައި ދައްކާފައިވާ ވާހަކައިން ސާފުކޮށް އެނގޭކަމާއި،
އެ އެއްޗަކީ މަސްތުވާ އެއްޗެއްކަން އެނގިހުރެ، މަސްތުވުމުގެ ނިޔަތުގައި އެއްވެސް މީހެއްގެ
މަޖްބޫރުކުރުވުމަކާނުލައި އަމިއްލަ އިޚްތިޔާރާއި ބާރުގައި މަސްތުވާ އެއްޗެއް ބޭނުންކޮށްގެންހުރެ ކުރާ ކުށުގެ
ޤާނޫނީ މަސްއޫލިއްޔަތު އުފުލަން ނުޖެހޭނަމަ، އެކަމަކީ މުޅި މުޖްތަމަޢު ފަސާދަވުމަށް ހުޅުވާލެވޭ ދޮރެއްކަމުގައި
ވާނެކަމާއި، އެހެނީ އެހެންވެއްޖެނަމަ އެކަން ވެގެންދާނީ އެކިއެކި ބޮޑެތި ޖަރީމާތައް ހިންގާ މީހުން އެފަދަ
ޖަރީމާތައް އެއްވެސް ބިރަކާނުލައި ހިންގުމަށް އޮތް ފަސޭހަ މަގަކަށްކަމާއި، މުޖްރިމުންނަށް ދުނިޔޭގައި ދެވޭ
ޤާނޫނީ އަދަބު ނުލިބޭނެކަމަށް އިޙްސާސްކުރެވިއްޖެނަމަ، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މުޅި މުޖްތަމަޢު
ބިރުވެރިކަމެއްގެ ތެރެއަށް ގެނބިގެންގޮސް، އިސްލާމީ އަދި އިންސާނީ ރިވެތި މުޖްތަމަޢެއްގައި ހުންނަންޖެހޭ
ހަރުދަނާ ހުރިހާ ސިފަތަކެއް ފުނޑުފުނޑުވެގެން ދިޔުމުގެ ބިރުވެރިކަމަށްޓަކައި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން 332502، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
30
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2013/HC-A/84
ތަކްލީފް ލިބިގެންވާ މީހަކު އޭނާގެ އަމިއްލަ އިޚްތިޔާރުގައި ބުއްދި ފިލުވާލުމަށްފަހު، ކުރާ
ކުށަށް، ހަމަ ބުއްދީގައި ހުރެ ކުށްކުރުމެކޭ އިއްފަދައަކުން ޒިންމާވާންޖެހޭނެކަމަށް ޝަރުޢީ އަދި ޤާނޫނީ
ޢިލްމުވެރިންގެ ތެރެއިން ގިނަ ޢިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވާކަން އެނގެން އޮންނާތީ، އަޙްމަދު
މުއްރަތުގެ ޢަމަލަށް އޭނާ ފުރިހަމައަށް ޒިންމާވާން ނުޖެހޭނެ އެއްވެސް ސަބަބެއް ނެތްކަން އެނގޭކަމެވެ.
4.13- ތޭރަވަނަ ކަމަކީ: ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި ޤާނޫނުލް ޢުޤޫބާތުގެ 88
ވަނަ މާއްދާގެ (ރ) އަށް ބަލާއިރު، މަރުގެ ކުށަށް ކަނޑައަޅަންޖެހޭނީ އިސްލާމީ ޝަރީއަތުގައި މަރުގެ ކުށަށް
ކަނޑައެޅިފައިވާ އަދަބުކަން އެނގޭކަމާއި،
އިސްލާމީ ޝަރީޢަތްކަމަށް ޤާނޫނުއަސާސީގައި ބުނެފައި އެވަނީ، ކިރިތި ޤުރުއާނާއި، މާތް
ނަބިއްޔާގެ ސުންނަތުގައިވާ ޖިނާއީ، މަދަނީ، للهللاهލޮهޤޤާ (އަލް އަޙުވާލުއްޝަޚުޞިއްޔާ) އާއި
މިނޫންވެސް ކަންތައްތަކާ ގުޅިފައިވާ لهل للޤާޝޫ هللޖهلޓޑް (އަހުލުއްސުއްނަތި ވަލް ޖަމާޢަތު) ގެ ޢިލްމުވެރިން
ބުރަވެ ވަޑައިގަންނަވާ ގޮތަށްކަން ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ) އިން އެނގޭކަމާއި،
އެހެންކަމުން އިސްލާމީ ޝަރީޢަތުގައި އެކަމެއް ކަނޑައެޅިފައިވާ ގޮތުގެ މައްޗަށް ފަނޑިޔާރު
ރިޢާޔަތްކުރުމުގައި ބަލަންޖެހޭނީ لللا للޤާޝޫ هلهلاهلا ގެ ޢިލްމުވެރިން ބުރަވެ ވަޑައިގަންނަވާ ގޮތަށްކަމަށް
ބަޔާންކުރެވިފައި ވުމުން، އޭގެ މާނައަކީ މިފަދައިން ދިމާވާ މައްސަލަތަކުގައި، ޢަމަލުކުރަންޖެހޭނީ އެ
ޢިލްމުވެރިން ކުރެ هللهلللا، (ޖުމްހޫރުލްޢުލަމާއު- ގިނަ ޢިލްމުވެރިން) ބުރަވެ ވަޑައިގަންނަވާ ރައުޔުގެ
196
މައްޗަށްކަން އެނގޭ ކަމާއި،
އިސްލާމީ ޝަރީޢަތަށް ބަލާއިރު، މަރުގެ ވައްތަރުތައް ބެހިފައިވާ ގޮތާމެދު ފިޤްހު
ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވިޔަސް، هللا لللا ގެ އަރިހުގައި މަރުގެ ވައްތަރުތައް ބެހެނީ
03 ބަޔަކަށްކަމާއި، އެއީ؛ (1) للهل لللهلا (އަލްޤަތުލު އަލްޢަމްދު)، (2) للهل ޖهللލهلا (އަލްޤަތުލު ޝިބުހު
އަލްޢަމްދު)، (3) |لهلللهلا (އަލްޤަތުލު އަލްޚަތައު) ކަމާއި،
- التشريع الجنائي الإسلامي مقارنا بالقانون الوضعي. الدكتور عبد القادر عودة (2)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން 332502، ފެކްސް 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
31
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2013/HC-A/84
މީގެތެރެއިން للهلالهللا (ގަސްތު މަރު) އަކީ، ޢާންމުކޮށް މީހަކު މަރުވެދާފަދަ ހަތިޔާރަކުން
ނުވަތަ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗަކުން މީހެއްގެ ހަށިގަނޑަށް ނުވަތަ ގުނަވަނަކަށް ޙަމަލާ
ދިނުމުގެ ސަބަބުން ނުވަތަ ކުޑަ ކައްޓެއްފަދަ ވަސީލަތެއް ބޭނުން ކޮށްގެން މީހެއްގެ މަރުވަޅަކަށް ހަމަލާ
ދިނުމުގެ ސަބަބުން
އެމީހާ މަރުވުން ކަމާއި،
ގަސްތު މަރުގައި 03 ރުކުނެއް ފުރިހަމަވުން އިސްލާމީ ޝަރީޢަތް ލާޒިމްކުރާކަމާއި، އެއީ؟
(1) މަރާލެވުނު މީހާއަކީ، ދިރިހުރި އަދި ލޭ އޮހޮރުވުން މަނާކުރެވިފައިވާ (ލޭ ހުއްދަކުރެވިފައިވާ ނުވާ)
މީހެއްކަމުގައި ވުން. (2) އެމީހާ މަރުވީ ޤާތިލް (murderer) ކުރި ޢަމަލުގެ ނަތީޖާއެއްގެ ގޮތުން ކަމަށްވުން.
(3) ޤާތިލް ކުޅަ ޢަމަލަކީ އެމީހާ މަރާލުމުގެ ނިޔަތުގައި ކުޅަޢަމަލެއްކަމުގައިވުން. މިތިން ރުކުން10 ކަމާއި،
އެގޮތުން ބަލާއިރު، އަޙްމަދު މުއްރަތުގެ ޙަމަލާގެ ސަބަބުން މަރުވި މީހާ (އަޙްމަދު ނަޖީބު.
ދ.ރ.ކާޑް ނަންބަރު:A001940) އަކީ އަޙްމަދު މުއްރަތު އޭނާގެ ކަރަށް ޙަމާލާ ދިނުމާއި ހަމައަށް ދިރި
ދުނިޔޭގައިހުރި އިންސާނެއްކަމާ މެދަކު އެއްވެސް ޝައްކެތް ނެތްކަމާއި، އެހެނީ، އަޙްމަދު މުއްރަތު، އަޙްމަދު
ނަޖީބުގެ ކަރަށް ޙަމަލާދިނީ، އަޙްމަދު ނަޖީބު ގެ ކަރުން އެކިގޮތް ގޮތަށް އަޑުލައްވަން މަސައްކަތް ކުރުމުން
ކަމަށް އަޙްމަދު މުއްރަތު ބުނެފައިވުމުން، ކަރުން އަޑުނެރެން ނުވަތަ އަޑުލައްވަން މަސައްކަތްކުރާނީ އެވަގުތު
އަޙްމަދު ނަޖީބު ދިރިހުރުމުންކަން އެނގޭތީކަމާއި، އަދި އަޙްމަދު ނަޖީބަކީ އެހާތަނަށްވެސް ލޭގެ ޙުރުމަތް
ކެނޑިފައިވާ މީހަކަށްނުވާތީ، ގަސްތު މަރުގައި ފުރިހަމަ ވާންޖެހޭ ފުރަތަމަ ރުކުން ((މަރާލެވުނު މީހާއަކީ،
ދިރިހުރި އަދި ލޭ އޮހޮރުވުން މަނާކުރެވިފައިވާ (ލޭ ހުއްދަކުރެވިފައިނުވާ، އިންސާނެއްކަމުގައި ވުން))
ފުރިހަމަވާކަމާއި،
އަދި އަޙްމަދު ނަޖީބު ގެ މެޑިކޯ ލީގަލް ރިޕޯޓަށް ބަލާއިރު، އޭނާ މަރުވެފައިވަނީ ނޭވާލާން
ދަތިވުމާއި ލޭ އޮހޮރުމުގެ ސަބަބުން ސިކުނޑިއަށް ޝޮކެއް ޖެހިގެންކަމަށް އެ ރިޕޯޓުގައި ބަޔާންކޮށްފައިވާތީ،
އަޙްމަދު ނަޖީބު މަރުވެފައިވަނީ އަޙްމަދު މުއްރަތު އޭނާގެ ކަރަށް ވަޅިން ހަމަލާ ދިނުމުގެ ނަތީޖާއެއްގެ ގޮތުން
9- ﷲZ1
&
d هلهގ لاله. ل ههللا (2216)
10- ههلا [3 هلهللللته. للل هلهلللا (22416). {لللل ل→نللل އޭ هގ ههلا لاهلهل هللل. لސޮهل هللهلل هل 6(12/2)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
32
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2013/HC-A/84
ދރީ 2ޑ
32-2
ކަމާމެދަކުވެސް އެއްވެސް ޝައްކެތް ނެތްކަމާއި، އެހެންކަމުން ގަސްތު މަރުގައި ފުރިހަމަވާންޖެހޭ ދެވަނަ
ރުކުންވެސް (އެމީހާ މަރުވީ ޤާތިލް ކުރި ޢަމަލުގެ ނަތީޖާއެއްގެ ގޮތުން ކަމަށްވުން) ފުރިހަމަވެފައި ވާކަމާއި،
ގަސްތު މަރުގައި ފުރިހަމަވާންޖެހޭ ތިންވަނަ ރުކުން ކަމުގައިވާ، ޤާތިލް ކުޅަ ޢަމަލަކީ އެމީހާ
ނިޔަތުގައި ކުޅަ ޢަމަލެއްކަން ދެނެގަތުމަށް އިސްލާމީ ޝަރީޢަތުގައިވެސް އަދި ޖިނާއީ
ޤާނޫނުތަކުގައިވެސް ކަނޑައެޅިފައިވާގޮތަކީ އެމީހާ މަރާލުމަށް ބޭނުންކުރި ވަސީލަތާއި މަރާލުމަށް ރޭވި ރޭވުމާއި،
ޙަމަލާދީފައިވާ ތަނާއި، ޙަމަލާދީފައިވާ ގޮތަށް ބެލުން ކަމާއި،
އެގޮތުން ޤާނޫނީ ލަފާ ހޯދަންކަމަށްބުނެ ފާޠިމަތު ހަނާ ލައްވައި އަޙްމަދު ނަޖީބަށް ގުޅައިގެން
މ.މަސްރޫރާ ގެއަށް އަޙްމަދު ނަޖީބު ގެނެސްފައިވަނީ ކުރިއާލާ ރާވައިގެންކަމަށް ބެލެވޭކަމާއި، އަޙްމަދު ނަޖީބު
އެގެއަށް ގެނައުމުގެ ކުރިން އޭނާއާއި މެދު ކަންތައް ކުރާނެގޮތަކާމެދު އަޙްމަދު މުއްރަތު އާއި ފާޠިމަތު ހަނާއާއި
ދެމެދު ވާހަކަ ދެކެވި ރޭވިފައިވާކަމާއި، އަޙްމަދު ނަޖީބު އެގެއަށް ގެނައުމަށްފަހުގައިވެސް، އަޙްމަދު މުއްރަތު
ރާވާފައިވާގޮތަށް އެކަން ތަންފީޒު ކުރުމުގެގޮތުން ފާޠިމަތު ހަނާ އާއި ވާހަކަ ދައްކާފައިވާކަން އެނގެން އޮތުމާއި،
އަޙްމަދު ނަޖީބަށް އަމިއްލަ ދިފާޢުގައި އެއްވެސް ޙަރަކާތެއް ނުކުރެވޭގޮތަށް އަދި އޭނާއަށް އަމިއްލަ ދިފާޢުގައި
ވާހަކަވެސް ނުދެކެވޭގޮތަށް އަދި އަޙްމަދު ނަޖީބަށް އެއްވެސް ތަނެއްވެސް ނުފެންނަ ގޮތަށް
ކަންތައްކޮށް ލާއިންސާނީ ގޮތަކަށް ރަހީނު ކުރުމަށްފަހު، މީހަކު މަރާލެވިދާފަދަ ތޫނު ހަތިޔާރެއް ތިލާގައި "4
އިންޗި ހުރި ވަޅިއެއް) ބޭނުންކޮށްގެން، އިންސާނެއްގެ އެގުނަވަނަށް އެފަދަ އެއްޗަކުން ޙަމަލާ ދީފިނަމަ
ޔަޤީންކަމާއެކު މަރުވާނެކަން ޔަޤީންކުރެވޭވަރުގެ، އަދި އެ ގުނަވަނަކީ މަރުވަޅެއްކަމަށް އެންމެން ދަންނަ
ގުނަވަނަކަށް (އަޙްމަދު ނަޖީބު ގެ ކަރަށް) އެއްފަހަރަށްވުރެ ގިނަފަހަރު އަޙްމަދު މުއްރަތު ޙަމަލާދީފައިވުމުން،
އަޙްމަދު މުއްރަތުގެ ނިޔަތަކީ އަޙްމަދު ނަޖީބު މަރާލުންކަމާމެދަކުވެސް އެއްވެސް ޝައްކެތް އުފެދޭނެ ޖާގައެއް
ނެތްކަމާއި، އެހެންކަމުން ގަސްތު މަރުގައި ފުރިހަމަވާންޖެހޭ ތިންވަނަ ރުކުން ވެސް (ޤާތިލް ޅަ ޢަމަލަކީ
އެމީހާ މަރާލުމުގެ ނިޔަތުގައި ކުޅަ ޢަމަލެއްކަމުގައިވުން ފުރިހަމަ ވެފައިވާކަން ފާހަގަކުރެވެއެވެ
OXUCC>
/ ~
މެދު
Il_ (لهޖުه1 للللاللته. لللޕީ ޕީهلهللل (259/6). لللޖ هللللل1 لللهޓ ههللا لاهلللالهللل. لللل هللللا هل (7912)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
33
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/84
4.14- ސާދަވަނަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ)
ގައި ޝަރުޢީގޮތުން ނުވަތަ ޤާނޫނީ ގޮތުން ކޮށްފައިވާ އަމުރަކަށް ނުކިޔަމަންތެރިވުމަކީ ކުށެއްކަމަށް
ކުރުމަށްފަ އެމާއްދާގެ (ރ) ގައި، އެކުށުގެ ސަބަބުން މީހަކު މަރުވެއްޖެނަމަ، އެކުށުގެ ޢުޤޫބާތަކީ
އިސްލާމީ ޝަރީޢަތުގައި އެކަމަށް އޮންނަ ޢުޤޫބާތެއްކަމަށް ބަޔާންކޮށްފައިވާކަމާއި، މާތް ﷲ ޙުރުމަތްތެރި
ކުރައްވާފައިވާ ނަފްސެއް ޙައްޤަކާނުލައި މެރުމާއި، ތޫނު ހަތިޔާރުން މީހުންނަށް ބިރުދެއްކުންފަދަ ބޮޑެތި
ލާއިންސާނީ ޖަރީމާތަކަކީ އިސްލާމީ ޝަރީޢަތުގައި ޢިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށްތައްކަމާއި، އެގޮތުން
ޙައްޤަކާނުލައި މީހުން މެރުމަކީ މާތް ﷲ ކަނޑައެޅިގެން އެކަލާނގެ އަޅުތަކުންގެ މައްޗަށް ޙަރާމް ކުރައްވާފައިވާ
ކަމެއްކަން ޤުރުއާނުގެ އެތަށް لللا އެއްގެ ޞަރީޙަ ނައްޞުގައި އަންގަވާފައިވާކަމާއި،
އެގޮތުން ކީރިތި ޤުރުއާނުގައި މާތް →→ ކުރައްވާފައިވަނީ 3 ވަ؛ ޤަޤުޤާ ޅެދިޚަ
އެސަލަޅަ ޤަލަފުޅު ލަޑަޚަޤަ\ ފަޅަޖިސީ ގޯޤާ2 ޘަޤާޑި ފަދަ.ފަޟީލަޤު ޝަޤާޤީ ސަ16 - 12 މާނައީ: "އަދި،
ޤަޞްދުގައި މުއުމިނަކު މަރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ޖަޒާއަކީ ނަރަކައެވެ. އެތާނގައި ދެމިހުންނަނިވި
ގޮތުގައެވެ. އަދި، ﷲ އެމީހާގެ މައްޗަށް ކޯފާ ލައްވައި ލަޢުނަތް ލެއްވިއެވެ. އަދި، ބޮޑުވެގެންވާ ޢަޛާބު އެމީހާއަށް
ކުރެއްވިއެވެ." މިފަދައިންކަމާއި،
34 0)
އެhރ
ކީތި ޤުރުއާނުގައި މާތް ﷲ →→ ކުރައްވާފައިވާ އެހެން އާޔަތެއްގައި ލީ ޣާ ޤަދަﷲ ޝާt
13
يغير نفس أو فساير في الأرض فانما قتل الناس جميعا ومن أحياها فكأنما أحيا الاس جميعا
މާނައީ: "ނަފުސެއް މަރައިގެން، ނުވަތަ ބިމުގައި ފަސާދައެއް އުފައްދައިގެން ނޫންގޮތަކަށް، ނަފުސެއް މަރައިފި
މީހަކު، އެންމެހާ މީސްތަކުން މެރިފަދައެވެ. އަދި އެ ނަފުސެއް ދިރުވައިފި މީހާ (އެބަހީ: ނުމަރައި ދުނިޔޭގައި
ބަހައްޓައިފި މީހާ އެންމެހާ މީސްތަކުން ދިރުވިފަދައެވެ." މިފަދައިންކަމާއި،
12- لهلل5ޖa. هللޑު للا93 ވަނަ ހޮޑު
13- هلل&. هللޑު لللللޑޮ 32 ވަނަ ދީه
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން 332502، ފެކްސް 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv
34
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2013/HC-A/84
14
މީހުން މެރުމާއި ތޫނު ހަތިޔާރުން ބިރުދެއްކުމުގެ ނުބައިކަން ބަޔާންކުރައްވާ މާތް ނަބިއްޔާ
هلގ ﷲ لهلا ފهلލ ގެ ސުންނަތުގައިވެސް އެކަންކަމުން ދުރުވެ ތިބުމަށް އަންގަވާފައިވާކަމާއި، އެގޮތުން
އެކަލޭގެފާނު އަރިހުން ރިވާވެގެންވާ ޙަދީޘްފުޅެއްގައި، ( ل tá للޚްޒާ ޝޫهل هلا) މާނައީ:
މައްޗަށް ހަތިޔާރު އުފުލައިފި މީހަކީ އަހަރެމެންގެ ތެރެއިންވާ މީހެއް ނޫނެވެ." މިފަދައިން
ބަޔާންކުރައްވާފައިވާކަމާއި،
އަދި މާތް ﷲ ހުރުމަތްތެރި ކުރައްވާފައިވާ ނަފުސެއް ޙައްޤަކާނުލައި މަރައިފި މީހާގެ ޢުޤޫބާތަކީ
ކޮބައިކަން ބަޔާންކުރައްވަމުން ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީ ކުރައްވާފައިވަނީ 3 ) ޘަޤާޤީޑަ (އަޑު) ޑެނި
عليكم القصاش في ألقى ا بالخير والعبد بالعبد واني الأن من عفى له من أخيه شي قاليبا بالمعروف وأداء إليه
15
etc
ޘަޤާސަޑީ 5ﷲ އޮ؛ ފަޕ& ވަފައްދީޘް ޤަ، ޤަޤަގެ ޤަޠަޙަ މަޖާ ވެޕަޅު ބަ(4 ޤާޤީ2 4
15 މާނައީ: "އޭ އީމާންވެއްޖެ
މީސްތަކުންނޭވެ! ޤަތުލުކުރެވޭ މީހުންނާމެދު ޤިޞާޞް ހިފުން ތިޔަބައި މީހުންގެ މައްޗަށް
ފަރުޟުކުރައްވައިފިއެވެ. މިނިވަނަކަށް މިނިވަނެކެވެ. އަޅަކަށް އަޅަކެވެ. އަންހެނަކަށް އަންހެނެކެވެ. ފަހެ،
އެމީހާގެ (މަރުވި، އަޚާގެ ފަރާތުން ޤިޞާޞްގެ ބައެއް މާފުކުރެވުނު މީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ
ކިބައިން ހެޔޮގޮތުގައި މަރުގެ ދިޔައަށް (ވާރުތަވެރިޔާ) އެދުން ހުއްޓެވެ. އަދި އިޙްސާންތެރިކަމާއެކު މާފުކުރި
ފަރާތަށް (މާފުކުރެވުނު މީހާ) އެދިޔަ އަދާކުރުން ހުއްޓެވެ. އެއީ ތިޔަބައި މީހުންގެ ވެރިރަސްކަލާނގެ
ޙަޟްރަތުން (ތިޔަބައި މީހުންނަށް) ދެއްވި ލުޔެކެވެ. އަދި ރަޙްމަތެކެވެ. އެއަށްފަހު، ދެކޮޅުވެރިވެ
ޢަދާވާތްތެރިވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެމީހާއަށް ވޭންދެނިވި ޢަޛާބު ހުއްޓެވެ." މިފަދައިންކަމާއި، އަދި
ކީރިތި ޤުރުއާނުގެ އެހެން އާޔަތެއްގައި މާތް ﷲ ވަޙީ ކުރައްވާފައިވަނީ { ފަللا ގ ޝޯهلا ލަޝްލޮޤީ f5&للޑި
cco
14- هلهللލޮللގ (6874)
15- هللޑު هلهފޑު ގެ 178 ވަނަ އާޔަތް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން 332502، ފެކްސް 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
35
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2013/HC-A/84
16
: : : * * *
ޤާ& ޚަޝަޛުޑަ 4
16 މާނައީ: "އަދި ޤިޞާޞް ހިފުމުގައި ތިޔަބައި މީހުންނަށް (ވަރަށްބޮޑު) ދިރުމެއްވެއެވެ. އޭ
ބުއްދީގެ އަހުލުވެރިންނޭވެ! (އެއީ) ތިޔަބައި މީހުން ތަޤްވާވެރިވުމަށްޓަކައެވެ." މިފަދައިންކަމާއި،
އަދި އެހެން އާޔަތެއްގައި، ފައި، ބަޑިތާ ޤާ ޤަޤަޣާ، ޤަޤަޝް ފަޣާފާނަ ފަff
الأنفية والأدب الأن والي ياليين والجروح صاف من تصف پي نهار له ومن لم يتم
ޘަލޭí á íللAA للللލﷲ 4
17 މާނައީ: "އެ ތައުރާތުގައި ތިމަން ރަސްކަލާނގެ އެއުރެންގެ މައްޗަށް
ޤިޞާޞްގެ އުޞޫލު ކަނޑައެޅުއްވީމެވެ. ހަމަކަށަވަރުން، ނަފުސަކަށް ނަފުސެކެވެ. ލޮލަކަށް ލޮލެކެވެ.
ނޭފަތަކަށް ނޭފަތެކެވެ. ކަންފަތަކަށް ކަންފަތެކެވެ. ދަތަކަށް ދަތެކެވެ. ޒަޚަމްތަކަކީ ޤިޞާޞްހުރި ކަމެކެވެ.
އެކަން މާފުކޮށްފި މީހާއަށް އެއީ ކައްފާރާ އެކެވެ. އަދި ﷲ ބާވައިލެއްވި ޙުކުމުން ޙުކުމް ނުކުރާ މީހާ
(ދަންނާށެވެ!) ފަހެ، އެއުރެން އެއީ، ހަމަ އަނިޔާވެރިންނެވެ." މިފަދައިންކަމާއި،
އިސްވެ ބަޔާންކުރެވުނު
ބަޔާންކުރެވުނު ކީރިތި
ޤުރުއާނުގެ މޫރިތި އާޔަތްތަކުން ސާފުކޮށް އެނގޭގޮތުގައި
އަނިޔާވެރިގޮތުގައި ޤަތުލުކުރެވުނު މީހާގެ ވާރިޘުން ޤިޞާޞް ހިފުމަށް ބޭނުންވާނަމަ އެކަން އެމަގުން
ތަންފީޒުކުރުމަކީ ޙާކިމާގެ މައްޗަށް މާތް ﷲ ފަރުޟުކުރައްވާފައިވާ ކަމެއްކަން އެނގެން އޮންނަކަމެވެ.
4.15- ފަނަރަވަނަ ކަމަކީ: އަނިޔާވެރިގޮތުގައި މަރާލެވިފައިވާ މީހާގެ ވާރުތަވެރިންނަށް މާތް
ﷲ ބާރުވެރިކަމެއް ދެއްވާފައިވާކަން ބަޔާންކުރައްވާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވަނީ، { ޤަޤީ هلޤު
18
النفس التي حيرم الله إلا بالحق ومن ل مظلوما فقد جعلنا لوليه شاطا لا يشرف في القتل إنه كان منشورا 4
މާނައީ: "އަދި ތިޔަބައި މީހުން މާތް ﷲ ޙުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް ޙައްޤަކާ ލައިގެން މެނުވީ
ނުމަރާށެވެ! އަދި އަނިޔާވެރިގޮތުގައި މަރާލެވޭ މީހާގެ ވަލީވެރިޔާއަށް، ހަމަކަށަވަރުން ތިމަން ރަސްކަލާނގެ
ބާރުވެރިކަމެއް ދެއްވީމެވެ. ފަހެ، ޤަތުލުކުރުމުގައި އޭނާ އިސްރާފު ނުކުރާ ހުށިކަމެވެ. ހަމަކަށަވަރުން އެ
16 هللޑު للޖުޑު ގެ 179 ވަނަ އާޔަތް
17_ هلލلللޑު ގެ 45ވަނަ އާޔަތް
LIB هلل18ގެ 33 ވަނަ އާޔަތް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން 332502، ފެކްސް 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
36
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2013/HC-A/84
2/ ކ 2
3
0ރލިފާން
ޑޑ އދ4 3
4 ވ 3
އެހެންކަމަށްވުމާއެކު،
ވަލީވެރިޔަކީ، ނަޞްރު ލިބިގެންވާ މީހެއް ކަމުގައިވިއެވެ." މިފަދައިންކަމާއި،
މި އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވާ ބާރުވެރިކަމަކީ، ޤާތިލުގެ ކިބައިން ޤިޞާޞް
ހިފުމާއި ނުވަތަ ޤާތިލުގެ ކިބައިން ދިޔަ އަތުލުމަށް ފަހު ޞުލްޙަވެރިވުމާއި، ނުވަތަ ޤާތިލަށް ޢަފޫކުރުމުގެ
މީހާގެ ވާރުތަވެރިންނަށް ލިބިދީފައި ވުންކަމާއި،
ބުނެވިދިޔަ ގޮތްތަކުގެ ތެރެއިން ވާރިޘުން އެދޭގޮތަކަށް މަރާލި މީހާއާ
މެދު ޢަމަލުކުރަންޖެހޭނެތީ، ކްރިމިނަލް ކޯޓުގެ ނަންބަރު: 2012/Cr-C/384 ޤަޟިއްޔާގައި އަލްމަރުޙޫމް
އަޙްމަދު ނަޖީބު ގެ ވާރިޖުންނަކީ ކޮބައިތޯ ބަލައި އެމީހުންގެ ބަސް ހޯދާފައިވާކަން އެޤަޟިއްޔާގެ ފާހަގަކުރެވުނު
ނުކުތާތަކުގެ 15 ވަނަ ނަންބަރުން އެނގެން އޮންނަކަމާއި،
އަޙްމަދު ނަޖީބު ގެ ވާރިޘުންގެ އަދަދަކީ 08 ކަމާއި، އެ 08 ވާރިޘުންގެ ތެރެއިން
އިސްތިސްނާއެއްނެތި ހުރިހާ ވާރިޘުންވެސް ބޭނުންވަނީ އަޙްމަދު ނަޖީބު މަރާލި މީހެއްގެ ނުވަތަ ބައެއްގެ
ކިބައިން ޤިޞާޞް ހިފުމަށްކަމާއި، ވާރިޘުންގެ ތެރެއިން ހަމަ އެކަކުވެސް، ޤިޞާޞް ހިފުން ނޫން އެހެން
ކަމެއް ބޭނުން ނުވާކަމަށް ސާފު ޞަރީޙަ ޢިބާރާތުން ބުނެފައިވާކަން އެނގެން އޮންނާތީ، އަޙްމަދު ނަޖީބު
މަރާލިކަން ސާބިތުވާ މީހެއްގެ ނުވަތަ ބައެއްގެ ކިބައިން ޤިޞާޞް ހިފުން ނޫން އެހެން
ނެތްކަން
ފާހަގަކުރެވެއެވެ.
OCX
eއ
ވީމާ، މަތީގައި ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު އެންމެހައި ކަންތައްތަކަށް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ރިޢާޔަތްކޮށް ބަލާއިރު، މ.މަސްރޫރާ އަޙްމަދު މުއްރަތު އާއި
ށ.ގޮއިދޫ ރިހާބު، ފާޠިމަތު ހަނާ ގެ މައްޗަށް ކްރިމިނަލް ކޯޓުގެ ނަންބަރު:2012/Cr
-
C/384 ޤަޟިއްޔާގައި
ދައުލަތުން ކުޅަ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ ބައްލަވައި، މި ދެމީހުންގެ ދަޢުވަތަކަށް، އަޙްމަދު
ނަޖީބު (ދ.ރ.ކާޑް ނަންބަރުA001940) 30 ޖޫން 2012 ވަނަ ދުވަހުގެ ރޭގެ އިރާކޮޅުގެ ވަޤުތެއްގައި
މ.މަސްރޫރާ އަށް ގެންގޮސް، އެގޭގައި އަޙްމަދު މުއްރަތު އާއި ފާޠިމަތު ހަނާ ދިރިއުޅެމުންދިޔަ ކޮޓަރިއަށް
ވެއްދުމަށްފަހު، އަޙްމަދު ނަޖީބަށް ވަޅިން ބިރުދައްކައި އެކޮޓަރީގައި ހުރި ގޮނޑިއެއްގައި އަޙްމަދު ނަޖީބު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް: 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
37
2013/HC-A/84
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
ބަނދެ، އޭނާގެ ދިފާޢުގައި އެއްވެސް ކަމެއް ނުކުރެވޭގޮތަށް ރަހީނުކުރުމަށްފަހު، އަޙްމަދު ނަޖީބު ގެ ކޭޝްކާޑާއި
ޕިން ނަންބަރު ހޯދައި އޭނާގެ ޖީބުގައިހުރި ފައިސާ ފޭރި، އަޙްމަދު ނަޖީބު ގެ ފައިސާއިން ކާނާއާއި
މަސްތުވާތަކެތި ގަނެ އެތަކެތި ބޭނުންކޮށް މަސްތުވުމަށްފަހު، 01 ޖުލައި 2012 ވަނަ ދުވަހުގެ ހެނދުނު
ހެނދުނާ، ތިލާގައި "4 (ހަތަރު އިންޗި) ހުންނަވަރުގެ ވަޅިއަކުން އަޙްމަދު ނަޖީބު ގެ ކަރަށް އެއްފަހަރަށްވުރެ
ގިނަފަހަރު ޙަމަލާދީ އަޙްމަދު ނަޖީބު މަރާލާފައިވަނީ ކުރިއާލާ ރާވައިގެން އަނިޔާވެރިގޮތުގައި ޤަޞްދުގައިކަން
އެއްވެސް ޝައްކެތްނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅުއްވައި،
އަޙްމަދު ނަޖީބު ގެ ހުރިހާ ވާރުތަވެރިން ބޭނުންވަނީ އަޙްމަދު ނަޖީބު މަރާލިކަން ޝަރީޢަތަށް
ސާބިތުވާ މީހެއްގެ ނުވަތަ ބައެއްގެ ކިބައިން ޤިޞާޞް ހިފުމަށް ކަމަށް އެ ހުރިހާ ވާރިސުން ވެސް އެއްވެސް
އިސްތިސްނާއެއްނެތި ބުނެފައިވާތީ، ޝަރުޢީ ހަމަތަކުގެމަތިން އަޙްމަދު މުއްރަތު ގެ ލޭގެ ޙުރުމަތް
ކެނޑިއްޖެކަމަށް ކްރިމިނަލް ކޯޓުގެ ނަންބަރު: 2012/Cr-C/384 ޤަޟިއްޔާގައި ކަނޑައަޅުއްވައި، އަޙްމަދު
މުއްރަތު ގެ މައްޗަށް އެޤަޟިއްޔާގައި ސާބިތުވި ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ޢުޤޫބާތުގެ ގޮތުން،
ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ރ) އާއި ޙަވާލާދެއްވައި، އިސްލާމީ ޝަރީޢަތުގައި ކަނޑައެޅި
ގޮތުގެމަތިން، ކ.މާލެ/މާފަންނު މަސްރޫރާ އަޙްމަދު މުއްރަތު (ދ.ރ.ކާޑް ނަންބަރު:
A001758} މެރުމަށް އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި
އެއްގޮތްވާގޮތުގެމަތިން ކުރައްވާފައިވާ ޙުކުމެއްކަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި މިޤަޟިއްޔާބެލި
ފަނޑިޔާރުންގެ މަޖިލީހުގެ ހުރިހާ ފަނޑިޔާރުންނަށް އެއްވެސް ޚިލާފެއްނެތި އިއްތިފާޤު ވެވިފައިވެއެވެ.
ހއ ޏ ސ ޑ ޖ ޗ
39
cut o
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
38
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2013/HC-A/84
ޙުކުމް:
ދެންފަހެ، ކްރިމިނަލް ކޯޓުގެ ނަންބަރު: 2012/Cr-C/384 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް
މ.މަސްރޫރާ އަޙްމަދު މުއްރަތު (ދ.ރ.ކާޑް ނަންބަރު:A001758) ހުށަހެޅުމުން ދިވެހިރާއްޖޭގެ ހައިކޯޓުން
ބަލާފައިވާ މިޤަޟިއްޔާގައި އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު އެންމެހައި ކަންތައްތައް
އެފަދައިން ހުރުމާއެކު، އެކަންތައްތަކަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ރިޢާޔަތްކޮށްބަލާއިރު، ކްރިމިނަލް
ކޯޓުގެ ނަންބަރު: 2012/Cr
-
C/384 ޤަޟިއްޔާގައި، އަޙްމަދު ނަޖީބު (ދ.ރ.ކާޑް ނަންބަރުA001940}
ޤަޞްދުގައި މަރާލުމުގެކުށް މ.މަސްރޫރާ އަޙްމަދު މުއްރަތު ގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅުއްވައި،
އެކުށުގެ ޢުޤޫބާތެއްގެ ގޮތުން އަޙްމަދު މުއްރަތު މެރުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާބެލި ފަނޑިޔާރުންގެ މަޖިލީހުގެ
އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
ވިޤަޟިއްޔާ ބަލައި ނިޔާ ކަނޑައެޅީ
އަބްދުލްޣަނީ މުޙައްމަދު
(ފަނޑިޔާރު)
އަބްދުﷲ ޙަމީދު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
(ފަނޑިޔާރު) سرورش
އައްބާސް ޝަރީފް
ޢަލީ ސަމީރު
(ފުނޑިޔާރު)
(ފުނޑިޔާރު)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv