ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-I-SH/12 ޤަޟިއްޔާގެ ޙުކުމް
2011/HC-I-SH/12
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 12/HC
-
I
-
SH/2011
އިންތިޚާބީ ޝަކުވާގެ މައްސަލަ ހުށަހެޅި ފަރާތް:
* ނަން: އިސްމާޢީލް ޞާލިޙް
އައިޑީ ކާޑު ނަންބަރ: A026710
ދާއިމީ އެޑްރެސް: ފެހިގެ/ ރ. މަޑުއްވަރި
މިހާރުގެ އެޑްރެސް: މއ. ރޯޒްމީޑު
އިންތިޚާބީ ޝަކުވާގެ މައްސަލަ ރައްދުވި ފަރާތް:
* ނަން: އިލެކްޝަންސް ކޮމިޝަން
• ހުށަހެޅުނު ތާރީޚް: 23 ފެބުރުއަރީ 2011
ނިމުނު ތާރީޚް: 17 މާޗް 2011
• ޤަޟިއްޔާގެ ބާވަތް: އިންތިޚާބީ ޝަކުވާ
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޔޫސުފު ޙުސައިން
*
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW highcourt.gov.mv
2011/HC-I-SH/12
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދަޢުވާގެ ޚުލާޞާ
މެ،
2011 ފެބުރުއަރީ 5 ވަނަ ދުވަހު ދިވެހިރާއްޖޭގައި ބޭއްވުނު ލޯކަލް ކައުންސިލް
އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ރ. މަޑުއްވަރީ ސްކޫލުގައި ބަހައްޓާފައިހުރި ނަންބަރު:
E05.11.02 ވޯޓު ފޮށި ގުނުމުގައި ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ
56 ވަނަ މާއްދާގެ (ހ) އާއި، (ށ) އާއި ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ
އިންތިޚާބުގެ ޤާނޫނު) ގެ 18 ވަނަ މާއްދާއާއި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤަވާއިދުގެ 30 ވަނަ
ނަންބަރުގެ (ހ) އާ ޚިލާފަށް ބާތިލް ވޯޓު ޞައްޙަ ވޯޓުގެ ގޮތުގައި އަދި ޞައްޙަ ވޯޓު ބާތިލް ވޯޓުގެ ގޮތުގައި
އިލެކްޝަންސް ކޮމިޝަނުން އެރަށަށް ޢައްޔަން ކުރައްވާފައިވާ ކޮމްޕްލައިންސް އޮފިސަރ ގުނާފާތީ އާއި،
ޞައްޙަ ވޯޓާއި، ބާތިލް ވޯޓު ކަނޑައެޅުމަކީ ވޯޓުލާ މަރުކަޒެއްގައި ހުންނަ އިސްވެރިޔާއަށް ލިބިގެންވާ
ބާރަކަށްވާއިރު، އޭނަ ނޫން ފަރާތަކުން އެކަން ކުރުމުގެ ސަބަބުން ވޯޓުގެ ޞައްޙަކަން ގެއްލި އިސްމާޢީލް
ޞާލިޙަށާއި، ވޯޓު ދިން ފަރާތްތަކުގެ ޙައްޤަށް އުނިކަން ލިބި، ޙައްޤު ގެއްލިފައިވާ ކަމަށްބުނެ، ލޯކަލް
ކައުންސިލް އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ރ. މަޑުއްވަރީ ސްކޫލުގައި ބަހައްޓާފައިހުރި
ނަންބަރު: E05.11.02 ވޯޓު ފޮށި އިންޞާފުވެރި ކަމާއެކު އަލުން ގުނައިދިނުމަށް އިލެކްޝަންސް
ކޮމިޝަނުގެ މައްޗަށް އަމުރުކޮށްދެއްވުން އެދި، މަޑުއްވަރި ފެހިގެ އިސްމާޢީލް ޞާލިޙްގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
• ފާހަގަކުރެވުނު ނުކުތާތައް:
މިމައްސަލައާއި ގުޅިގެން އިސްމާޢީލް ޞާލިޙްގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަށާއި،
އެސަބަބުތަކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) އިސްމާޢީލް ޞާލިޙްގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާއަށް ބަލާއިރު، އިސްމާޢީލް ޞާލިޙްގެ
ޝަކުވާގައި ހިމެނެނީ މައިގަޑު ދެނުކުތާއެއް ކަމާއި، އެއީ ބާތިލް ވޯޓު ޞައްޙަ ވޯޓުގެ ގޮތުގައި އަދި،
ޞައްޙަ ވޯޓު ބާތިލް ވޯޓުގެ ގޮތުގައި ގުނުމާއި؛
*
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW highcourt.gov.mv
2011/HC-I-SH/12
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އިލެކްޝަންސް ކޮމިޝަނުން އެރަށަށް ޢައްޔަން ކުރައްވާފައިވާ ކޮމްޕްލައިންސް އޮފިސަރ ވޯޓު
ގުނުމާއި، މިދެ ނުކުތާކަން އިސްމާޢީލް ޞާލިޙް ހުށަހަޅާފައިވާ ދަޢުވާ ފޯމުން އެނގެން އޮތް އިރު،
އިސްމާޢީލް ޞާލިޙްގެ އަޞްލު ޝަކުވާއަކީ ބާތިލް ވޯޓު ޞައްޙަ ވޯޓުގެ ގޮތުގައި އަދި، ޞައްޙަ ވޯޓު ބާތިލް
ވޯޓުގެ ގޮތުގައި ގުނުންކަން އިސްމާޢީލް ޞާލިޙްގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކުން އެނގެން އޮވެއެވެ.
(ނ) މިމައްސަލައާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ބުނެފައިވަނީ، ލޯކަލް
ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި ވޯޓު ނެގުނު އިރު ވޯޓުލާ މަރުކަޒުގައި އެއްވެސް ފަރާތަކުން
ޝަކުވާއެއް ކޮށްފިނަމަ އެޝަކުވާއެއް ބަލައި ވަގުތުން އެޅެންހުރި ވިޔަވަޅެއް އެޅުމުގެ މަސްއޫލިއްޔަތު ޙަވާލު
ކުރެވިފައިވާ ފަރާތަކީ ފޮށީގެ އިސްވެރިޔާ ކަމަށާއި، އެގޮތުން އޭނާ މައްސަލަތައް ބަލައިގަނެ އެޅެން ހުރި
ފިޔަވަޅުތައް އެޅުމާއި، ބޭނުންވެއްޖެ ހިނދެއްގައި އަތޮޅު ކޮމްޕްލެއިންސް ބިއުރޯއާއި މަޝްވަރާކޮށްގެން
ކަންތައް ނިންމުމަކީ އޭނާ ކުރަންޖެހޭ ކަމެއް ކަމަށާއި،
އެ މަސްއޫލިއްޔަތު އޭނާ އަދާކުރަމުން ގެންދިއުމަކީ ވޯޓުލާ މަރުކަޒުގެ އެންމެ އިސްވެރިޔާގެ
ހައިސިއްޔަތުން އޭނާ ކުރާ އެހެން އެއްވެސް ކަމެއް މަނާވާނެ ސަބަބެއް ނޫން ކަމަށާއި، ވޯޓު ކަރުދާސް ގުނާ
ނަތީޖާ ހަދައި ވަގުތީ ނަތީޖާ އިޢުލާން ކުރުމަކީ ވޯޓުލާ މަރުކަޒުގެ އެންމެ އިސްވެރިޔާގެ އެއް ޒިންމާ
ކަމަށާއި، އެޒިންމާ ވޯޓު ފޮށީގެ ވެރިޔާ އުފުލުމަކުން އެއްވެސް ޙާލެއްގައި އެއްވެސް ފަރާތެއްގެ ޙައްޤަކަށް
އުނިކަމެއް އަންނަން ޖެހޭނެ ކަމަށް ޤަބޫލު ކުރެވޭނެ ސަބަބެއް ނެތް ކަމަށާއި،
ވޯޓު ކަރުދާސް ގުނުމުގައި ފާހަގަ ޖަހަންޖެހޭ ވަރަށްވުރެ ގިނައިން ފާހަގަ ޖަހާފައިވާ ވޯޓު ޞައްޙަ
ބޯޓު ކަމުގައި ގުނާފައިވާކަމާއި، ޞައްޙަ ވޯޓު ބާތިލް ވޯޓު ކަމުގައި ގުނާފައިވާކަމަށް ދަޢުވާކުރާ ފަރާތުން
ބުނެފައިވީނަމަވެސް އެކަމަކީ އެހެން ބުނާ ބުނުން ފިޔަވައި އެކަން އެހެން ވެފައިވާ ކަމަށް އެއްވެސް
ޤަރީނާއެއް ހުށަހަޅާފައިވާ މައްސަލައެއް ނޫންކަމަށާއި،
ވޯޓުލާ މަރުކަޒުގައި ވޯޓު ގުނި އޮފިޝަލުންނާއި ވޯޓު ގުނި އިރު މަރުކަޒުގައި ތިބި ތަފާތު ޕާޓީ
ތަކުގެ އޮބްޒާވަރުންގެ ބަޔާނުން އެނގި ބަޔާންވާ ގޮތުގައި، ވޯޓު ގުނުމުގެ ހުރިހާ މަރުޙަލާއެއްގައިވެސް
ޤާނޫނާއި ޤަވާއިދާ ޚިލާފު ކަމެއް ހިނގާފައިވާކަން އެނގެން ނެތުމުން، ރ. މަޑުއްވަރީ ސްކޫލުގައި
ބަހައްޓާފައި ހުރި E05.11.02 ނަންބަރު ވޯޓު ފޮށީގައިވާ މަޑުއްވަރީ ރަށު ކައުންސިލްގެ ވޯޓުތައް
2 ބ 02
ހއ#އ
*
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2011/HC-I-SH/12
0
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ބަންދުކޮށްފައިވާ ސެކިއުރިޓީ އުރަ ކަނޑަންޖެހޭނެ ޖާގައެއް ނެތް ކަމުގައި ކަނޑައަޅުއްވާ މައްސަލަ
ނިންމަވައި ދެއްވުން އެދޭކަމަށެވެ.
ހ) މިމައްސަލައާއި ގުޅިގެން ދަޢުވާކުރާ އިސްމާޢީލް ޞާލިޙްގެ ފަރާތުން ހެކިންގެ ގޮތުގައި
ޝަރީޢަތުގެ މަޖިލީހަށް ހާޒިރުކުރި، ރ. މަޑުއްވަރި/ ފެހިވިނަ މޫސާ ޙުސައިން ފުޅު އާއި، ރ. މަޑުއްވަރި
ރިނބުދޫގެ އަޙްމަދު މިފްތާޙްއާއި މިދެމީހުން ދީފައިވާ ހެކިބަހަށް ބަލާއިރު؟
”ވޯޓު ކަރުދާހުގައި ވޯޓު ދެއްވަން ޖެހެނީ 5 (ފަހެއް) ބޭފުޅުންނަށް ކަމަށްވާއިރު 5 ބޭފުޅުންނަށްވުރެ
ގިނައިން ރަނގަޅު ފާހަގަ ޖަހާފައި އޮތް ވޯޓެއް ޞައްޙަ ކަމަށް ކަނޑައެޅުއްވިތޯ؟“ ޝަރީޢަތުގެ ފަރާތުން
އަޙްމަދު މިފްތާޙްއާއި ކުރެވުނު ސުވާލުގެ ޖަވާބުގައި އަޙްމަދު މިފްތާޙް ބުނެފައިވަނީ، ”އެގޮތަށް ފާހަގަ
ކުރެވިފައެއް ނުވާކަމަށާއި، އަޙްމަދު މިފްތާޙް ބޮޑަށް ބުރަވަން ބޭނުންވަނީ އެކަން ނޭނގޭ ކަމަށާއި، އެގޮތަށް
ބާތިލު ކުރެއްވި ކަމެއްވެސް އަދި ޞައްޙަ ކުރެއްވި ކަމެއްވެސް ނޭނގޭ ކަމަށެވެ.
އަދި އިސްމާޢީލް ޞާލިޙްގެ ފަރާތުން ހެކިންގެ ގޮތުގައި ހާޒިރުކުރެވުނު މޫސާ ޙުސައިން ފުޅާ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގެ ފަރާތުން ކުރެވުނު ސުވާލު ތަކުގެ ޖަވާބުގައި މޫސާ ޙުސައިން ފުޅު
ބުނެފައިވަނީ، ލޯގޯ މައްޗަށް އަރާފައި ހުންނަ ބައެއް ފާހަގަތައް ޞައްޙަ ކުރެވިފައި އަނެއްބައި ފާހަގަތައް
ބާތިލު ކުރެވިފައި އެބަހުރި ކަމަށާއި، އެއީ ކިތައް ވޯޓުކަމެއް ދަންނަވަން ނޭނގޭ ކަމަށާއި،
ގައިމުވެސް ތިން ވޯޓު ނުވަތަ ހަތަރު ވޯޓު އުޅޭނެ ކަމަށް ޤަބޫލު ކުރެވޭ ކަމަށް ބުނެފައިވާއިރު؟
2011 ފެބުރުއަރީ 13 ވަނަ ދުވަހު ނޭޝަނަލް އިލެކްޝަންސް ކޮމްޕްލެއިންސް ބިޔުރޯއަށް މޫސާ
ހުސައިން ދީފައިވާ ބަޔާނުގައި، ރ. މަޑުއްވަރީ ސްކޫލުގައި ބަހައްޓާފައި ހުރި ވޯޓު ފޮށި ގުނުމުގައި ބާތިލް
ވޯޓު ޞައްހަ ވޯޓުގެ ގޮތުގައި އަދި ޞައްޙަ ވޯޓު ބާތިލް ވޯޓުގެ ގޮތުގައި ގުނާފައިވާ ކަމަށް ފާހަގަކޮށްފައި
ނުވާއިރު، އެވޯޓު ފޮށި ގުނުމުގައި ފުރަތަމަ ބަންޑެރިން ބައެއް ފުރަތަމަ ގުނަމުން ދިޔައީ މަޑުން ކަމަށާއި،
މަޑުން ގުނަމުން ދިޔައިރުވެސް ބާތިލު ވޯޓު ކަރުދާސް ފެންނާނެ ގޮތަށް ދައްކާ ބާތިލުވި ސަބަބު އެމަރުކަޒުގެ
ވެރިޔާ ކިޔައިދެއްވި ކަމަށް ބުނެފައިވާކަން ފާހަގަ ކުރެވެއެވެ.
(ރ) މިމައްސަލައާއި ގުޅިގެން ދަޢުވާކުރާ އިސްމާޢީލް ޞާލިޙްގެ ފަރާތުން ހެކިންގެ ގޮތުގައި
ޝަރީޢަތުގެ މަޖިލީހަށް ހާޒިރުކުރި، މޫސާ ޙުސައިން ފުޅު އާއި، އަޙްމަދު މިފްތާޙްއާއި މިދެމީހުން ދީފައިވާ
ހެކިބަހަށް ބަލާއިރު؟ މޫސާ ޙުސައިން ފުޅުގެ ބަޔާނުގައި ބާތިލު ވޯޓު ޞައްޙަ ވޯޓުގެ ގޮތުގައި އަދި ޞައްޙަ
ہے کہ مری
*
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
2011/HC-I-SH/12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ވޯޓު ބާތިލު ވޯޓުގެ ގޮތުގައި ގުނިކަމަށް ބުނެފައިވީ ނަމަވެސް، އަޙްމަދު މިފްތާޙްގެ ބަޔާނުގައި ވޯޓު ބާތިލު
ކުރި ކަމެއްވެސް އަދި ޞައްޙަ ކުރި ކަމެއްވެސް ނޭނގޭ ކަމަށް ބުނެފައިވުމުން، އަޙްމަދު މިފްތާޙްގެ ބަޔާނުން
ޝަރީޢަތަށް ހެކިބަހެއް ލިބިފައިނުވާއިރު އެމީހަކަށް ނޭނގޭ ކަމެއްގެ މައްޗަށް ހެކި ބަހެއް ނުދެވޭނެ ކަމާއި؛
މިމައްސަލައަކީ އިސްމާޢީލް ޞާލިޙްގެ ފަރާތުން ހުށަހަޅާފައިވާ އިންތިޚާބީ ޝަކުވާގެ މައްސަލައަކަށް
ވެފައިވާ އިސްމާޢީލް ޞާލިޙްގެ ފަރާތުން ހުށަހެޅި ޝަކުވާ ސާބިތު ކުރުމުގެ ގޮތުން ޝަރުޢީ މިންގަނޑުން
ހެކި ހުށަހަޅަންޖެހޭ ފަރާތަކީ އިސްމާޢީލް ޞާލިޙް ކަމަށްވާއިރު! އިސްވެ އިޝާރާތް ކުރެވުނު ދެ ހެކިންގެ
ބަހުން ކަމެއް ސާބިތު ކުރުމަށްޓަކައި ބޭނުންވާ
ކާފީ ހެކި ލިބިފައި ނުވާކަން އެނގެއެވެ.
ޙުކުމް:
ދެންފަހެ، އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކުގެ މައްޗަށް ރިޢާޔަތް ކުރުމުން، 2011
ފެބުރުއަރީ 5 ވަނަ ދުވަހު ދިވެހިރާއްޖޭގައި ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައި އިލެކްޝަންސް
ކޮމިޝަނުގެ ފަރާތުން ރ. މަޑުއްވަރީ ސްކޫލުގައި ބަހައްޓާފައިހުރި ނަންބަރު: E05.11.02 ވޯޓު ފޮށި
ގުނުމުގައި ބާތިލް ވޯޓު ޞައްޙަ ވޯޓުގެ ގޮތުގައި އަދި ޞައްޙަ ވޯޓު ބާތިލް ވޯޓުގެ ގޮތުގައި އިލެކްޝަންސް
ކޮމިޝަނުން އެރަށަށް ޢައްޔަން ކުރައްވާފައިވާ ކޮމްޕްލައަންސް އޮފިސަރ ގުނާފާތީ އާއި، ޞައްޙަ ވޯޓާއި،
ބާތިލް ވޯޓު ކަނޑައެޅުމަކީ ވޯޓުލާ މަރުކަޒެއްގައި ހުންނަ އިސްވެރިޔާއަށް ލިބިގެންވާ ބާރަކަށްވާއިރު، އޭނަ
ނޫން ފަރާތަކުން އެކަން ކުރުމުގެ ސަބަބުން ވޯޓުގެ ޞައްޙަކަން ގެއްލި އިސްމާޢީލް ޞާލިޙަށާއި، ވޯޓު ދިން
ފަރާތްތަކުގެ ޙައްޤަށް އުނިކަން ލިބި، ޙައްޤު ގެއްލިފައިވާ ކަމަށްބުނެ؛
ލޯކަލް ކައުންސިލް އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ރ. މަޑުއްވަރީ ސްކޫލުގައި
ބަހައްޓާފައިހުރި ނަންބަރު: E05.11.02 ވޯޓު ފޮށި އިންޞާފުވެރި ކަމާއެކު އަލުން ގުނައިދިނުމަށް
އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކޮށްދެއްވުން އެދި، މަޑުއްވަރި ފެހިގެ އިސްމާޢީލް ޞާލިޙްގެ
ފަރާތުން ހުށަހަޅާފައިވާ އިންތިޚާބީ ޝަކުވާ ސާބިތުކުރުގެ ގޮތުން ކާފީ ހެކި ދެއްކިފައިނުވާތީ، އެފޮށި އަލުން
ގުނައިދިނުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކުރާނެ ޝަރުޢީ ނުވަތަ ޤާނޫނީ ހަމައެއް ނެތް
ކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި
ޙުކުމްކޮށްފީމެވެ.
#
ބޮއްޖޭ
ހައި
K
4
*
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW highcourt.gov.mv