ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/239 ޤަޟިއްޔާގެ ޙުކުމް
2011/HC-A/239
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ދިވެން
-te
ޤަޟިއްޔާ ނިމުނުގޮތުގެ ޚުލާޞާ
ޝިއްޔާ ނަންބަރު: HC
-
A239/2011
އިސްތިއުނާފު ކުރިފަރާތް:
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
: ވަކީލު: އަލްއުސްތާޛާ މަރިޔަމް ޝަހުލާ
ދާއިމީ އެޑްރެސް:
އިސްތިއުނާފު ރައްދުވި ފަރާތް:
* ތަން: މާރިޔަތު ޢުލީ
އައިޑީ ކާޑު ނަންބަރު: A101693
* ދާއިމީ އެޑްރެސް: ފަޒާ/ގދ. ގައްދޫ
• ރަޖިސްޓްރީކުރެވުނު ތާރީޚް: 13 ޛުލްޤަޢިދާ 1432
11 އޮކްޓޫބަރ 2011
ނިމުނު ތާރީޚް: 16 ޛުލްޙިއްޖާ 1432
02 ނޮވެމްބަރު 20
އިސްތިއުނާފުކުރެވުނު ކޯޓުއަމުރު ނަންބަރު: 307
/
2011/Q10C
ޤަޟިއްޔާގެ ބާވަތް: ކޯޓުއަމުރު
ނިންމެވި ކޯޓް: ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓު
* ހުށަހެޅުނު ތާރީޚް:
28 ސެޕްޓެމްބަރ 2011 ނިމުނު ތާރީޚް: 28 ސެޕްޓެމްބަރ 2011
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު އައްބާސް ޝަރީފް، ފަނޑިޔާރު
40
އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް
2011HC-A/239
2
ޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
މިއީ، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 307
/
2011/Q10C
ކޯޓުއަމުރު އެކޯޓުން ނެރެފައިވަނީ ޝަރުއީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށްނޫން ކަމަށްބުނެ އެ ކޯޓުއަމުރު
އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލިފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ، ގދ. ގައްދޫ!ފަޒާ، މާރިޔަތު ޢަލީ
44 9
ފާހަގަކުރެވުނު ނުކުތާތައް:
1. ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 307
/
2011/Q10C
ކޯޓުއަމުރަށް ބަލާއިރު، އެ ކޯޓުއަމުރަކީ "ގދ. ގައްދޫ ފަޒާ ޢާއިޝަތު ސާއިގާ (16 އަހަރު) ގެ މަންމަ
ގދ. ގައްދޫ ފަޒާ މާރިޔަތު ޢަލީ، ޢާއިޝަތު ސާއިގާގެ ނުރުހުމުގައި ޢާއިޝަތު ސާއިގާއަށް މަޖުބޫރުކޮށްގެން
ގދ. ތިނަދޫ ބްލޫފިޝް މުޙައްމަދު ނިޔާޒު ކައިރިއަށް ފޮނުވާ ޢާއިޝަތު ސާއިގާގެ ހަށި މުޙައްމަދު ނިޔާޒުއަށް
ވިއްކައިގެން ޢާއިޝަތު ސާއިގާ ލައްވާ މުޙައްމަދު ނިޔާޒުއަތުން ފައިސާ ހޯދަމުންދާކަމަށް ބުނެ މާރިޔަތު ޢަލީގެ
ބަންދުގެ މުއްދަތު އިތުރުކޮށްދެއްވުމަށް އެދި ހުށަހަޅާފައިވާއިރު ތަޙްޤީޤު ބަޔާންނެގި ފުރިހަމަވެފައިވާކަމަށާއި
މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ތައްޔާރުވަމުން ދާކަމަށާއި، ޢާއިޝަތު ސާއިގާ
މިހާރު އިންނަނީ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންސް ސަރވިސްގެ ދަށުގައިކަމަށް ބުނެފައިވާތީއާއި
މާރިޔަތު ޢަލީ ބަލަންޖެހޭ ކުޑަކުދިން ޢާއިލާގައި ތިބުމާއެކު، އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނާތީ"
ކަމަށްބުނެ، 2011 ސެޕްޓެމްބަރ 28 ވަނަ ދުވަހުގެ 14:00 އިން ފެށިގެން ގދ. ގައްދޫ/ފަޒާ މާރިޔަތު
ޢަލީ ބަންދުން ދޫކޮށްލުމަށް އަމުރުކޮށް ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ނެރެފައިއޮންނަ
މުރެއްކަން އެނގޭކަމެވެ.
2- ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްވެ
ބަޔާންކުރެވުނު ކޯޓު
އަމުރު އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި މައްސަލައިގައި ހިމެނޭ ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހެޅިފައިވާ
ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު، މި މައްސަލަބެލި
ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
ޖެހިރާއްޖޭގެ ހައިކޯޓް
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2011/HC-A739
404
2014 2
(ހ) ފުރަތަމަ ކަމަކީ، ގދ. ގައްދޫ ފަޒާ ޢާއިޝަތު ސާއިގާ (16 އަހަރު) ގެ މަންމަ
ގދ. ގައްދޫ ފަޒާ މާރިޔަތު ޢަލީ، ޢާއިޝަތު ސާއިގާގެ ނުރުހުމުގައި ޢާއިޝަތު ސާއިގާއަށް މަޖުބޫރުކޮށްގެން
ގދ. ތިނަދޫބްލޫފިޝް މުޙައްމަދު ނިޔާޒު ކައިރިއަށް ފޮނުވާ ޢާއިޝަތު ސާއިގާގެ ހަށި މުޙައްމަދު ނިޔާޒުއަށް
ވިއްކައިގެން ޢާއިޝަތު ސާއިގާ ލައްވާ މުޙައްމަދު ނިޔާޒު އަތުން ފައިސާ ހޯދަމުންދާކަމުގެ ތުހުމަތުގައި
މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހައްޔަރުކޮށްފައިވާ މާރިޔަތު ޢަލީގެ ބަންދުގެ މުއްދަތު އިތުރުކޮށްދެއްވުމަށް
އެދި، 28 ސެޕްޓެމްބަރ 2011 ގައި ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނުއިރު
އެމައްސަލައަކީ، އެމައްސަލައިގެ ތަޙްޤީޤު ބަޔާންތައް ނެގި ފުރިހަމަވެފައިވާ އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީހަށް ފޮނުވުމަށް ތައްޔާރުކުރެވެމުންދާ މައްސަލައެއްކަމަށް ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް
ކޯޓުގެ ނަންބަރު 307
/
2011/Q10C ކޯޓުއަމުރުގައި ބަޔާންކޮށްފައި ވީނަމަވެސް، މިމައްސަލައިގެ ތަޙްޤީޤު
އަދި ނުނިމޭކަމަށާއި، މައްސަލައާގުޅިގެން ބައެއް އިތުރު ފަރާތްތަކުގެ ބަޔާން އަދި ނަގަންޖެހޭ ކަމަށާއި،
ތަޙްޤީޤަށް ބޭނުންވާ އިތުރު ބައެއްކަންކަން އަދި ނިމިފައިނުވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލާދީ
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދީފައިވާ ބަޔާނުން އެނގޭކަމެވެ.
(ށ) ދެވަނަ ކަމަކީ، މައްސަލައެއް ތަޙްޤީޤުކުރެވެމުން ދާއިރުވެސް އަދި ޝަރީޢަތަށް
ހުށަހެޅިފައިވާ މަރުޙަލާގައިވެސް، ތަޙްޤީޤުކުރެވޭ ނުވަތަ ދަޢުވާލިބޭ މީހާއަކީ އެމީހެއްގެ މައްޗަށް ކުށް
ސާބިތުވެފައިވާ މީހެއް ނޫންކަމާއި، އެމީހާއަކީ ކުށެއްގެ ތުހުމަތުގައި ހުރި މީހަކަށްވާއިރު، ކުށެއްގެ
ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި
ބަޔާންކޮށްފައިވާ 5 ސަބަބުންކުރާ ސަބަބެއް އޮތްތޯކަމާއި، އެއިން ސަބަބެއް އޮތްކަން ނުވަތަ ނެތްކަމާމެދު
ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށްކަން ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އަށާއި
49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި
ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7
ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ
ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު
ނުވަތަ
ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް
8
445202
445
4 އދވ
ނޫންކަމަށް،
ފިލާފާނެކަމަށް،ނުވަތަ
04 3ވ
ބަންދުން
2011HC-A239
OX2
ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް
ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަން އެނގެން އޮންނަކަމެވެ.
(ށ) ހަތަރުވަނަ ކަމަކީ، އިސްވެދެންނެވިފައިވާ ފަދައިން، ގދ. ގައްދޫ!ފަޒާ އާއިޝަތު
ސާއިގާ (16 އަހަރު) ގެ މަންމަ ގދ. ގައްދޫ/ފަޒާ މާރިޔަތު ޢަލީ، ޢާއިޝަތު ސާއިގާގެ ނުރުހުމުގައި
ޢާއިޝަތު ސާއިގާއަށް މަޖުބޫރުކޮށްގެން ގދ. ތިނަދޫބްލޫފިޝް މުޙައްމަދު ނިޔާޒު ކައިރިއަށް ފޮނުވާ
ޢާއިޝަތު ސާއިގާގެ ހަށި މުޙައްމަދު ނިޔާޒުއަށް ވިއްކައިގެން ޢާއިޝަތު ސާއިގާ ލައްވާ މުޙައްމަދު
ނިޔާޒުއަތުން ފައިސާ ހޯދަމުންދާކަމުގެ ތުހުމަތުގައި، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙްޤީޤުކުރަމުންދާ
މައްސަލައިގައި، މާރިޔަތު ޢަލީގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން
ބޭނުންވާ ސަބަބުތަކަކީ، އޭނާ ދޫކޮށްލައިފިނަމަ އޭނާގެ ފަރާތުން މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް
ކުރިމަތިވެދާނެތީއާއި، މައްސަލައިގައި ހެކިބަސްދޭންތިބި ފަރާތްތަކަށް މާރިޔަތު ޢަލީ ނުފޫޒު ފޯރުވަފާނެކަމަށް
މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ޤަބޫލުކުރެވޭތީކަން، ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ފަރާތުން ހުށަހެޅި އެސަރވިސްގެ ނަންބަރު 061848/MF "ބުންދުގެ މުއްދަތު
އިތުރުކުރުމަށް ހުށަހަޅާ ފޯމް" އަށް ބެލުމުން އެނގޭކަމާއި،
މާރިޔަތު ޢަލީ ދޫކޮށްލައިފިނަމަ އެނާގެ ފަރާތުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް
ކުރިމަތިވެދާނެކަމަށް ދައުލަތުން ހުށަހަޅާފައިވަނީ، މީނާގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށަކީ މީނާގެ
އުފަންދަރިއެއްގެ ހަށި ވިއްކުން ކަމަށްވެފައި، މީނާގެ މިނޫނަސް އަންހެންކުދިން ތިބުމާއެކު، މީނާ ބަންދުން
ދޫކޮށްލައިފިނަމަ، މިކަމަކީ ތަކުރާރުވެދާނޭކަމެއްކަމަށް
ދައުލަތަށް ޤަބޫލުކުރެޓީ.
ޤަބޫލުކުރެވޭތީކަމަށާއި، މާރިޔަތު ޢަލީ
ދޫކޮށްލައިފިނަމަ މިމައްސަލައިގެ ހެކިންނަށް ނުފޫޒު ފޯރުވަފާނޭކަމަށް ދައުލަތުން ދެކެނީ، މިމައްސަލައިގައި
ހެކިބަސްދޭންތިބި ފަރާތްތަކުގެ ތެރޭގައި މާރިޔަތު ޢަލީގެ ޢާއިލާގެ މީހުންވެސް ހިމެނޭތީކަމަށާއި، އެހެންކަމުން
މާރިޔަތު ޢަލީ ދޫކޮށްލައިފިނަމަ މިމައްސަލައިގައި ހެކިބަސްދޭންތިބި މީހުންގެ ތެރެއިން ބަޔަކަށް ނުފޫޒު
ފޯރުވަން އޭނާ މަސައްކަތްކޮށްފާނެކަމަށް ދައުލަތަށް ޤަބޫލުކުރެވޭތީކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފަވާކަމެވެ.
(ބ) ފަސްވަނަ ކަމަކީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
307
/
2011/Q10C ކޯޓުއަމުރާގުޅޭ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 061848/MF
"ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް" އަށް ބަލާއިރު، މިމައްސަލައާ ގުޅިގެން މާރިޔަތު އަލީ
ބަންދުގައި ނުވަތަ ހައްޔަރުގައި ބަހައްޓަން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބޭނުންވާ މުއްދަތަކީ 15
*
8x2އ
5ޤަޝިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2011/HC-A239
45
ﷲ އވ
(ފަނަރަ) ދުވަސްކަން އެނގޭކަމާއި، ނަމަވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ "އިސްތިއުނާފުކުރުމަށް ދަޢުވާ ހުށަހަޅާ ފޯމް" އަށް
ބަލާއިރު، މިމައްސަލައާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބޭނުންވާ ގޮތަކީ ހުވަދުއަތޮޅު
ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 307
/
2011/Q10C ކޯޓުއަމުރު ބާޠިލުކުރުމަށްފަހު،
މިމައްސަލައިގެ ޝަރީޢަތް ނިމެންދެން މާރިޔަތު ޢަލީ ބަންދުގައި ބެހެއްޓުންކަން، އެފޯމަށް ބެލުމުން އެނގެން
އޮންނަކަމާއި، އެހެންނަމަވެސް، ތަޙްޤީޤު މަރުޙަލާގައި މީހަކު ބަންދުކުރެވޭނީ، އެޤަވާޢިދުގެ 7 ވަނަ މާއްދާގެ
(ހ) ގައި ބަޔާންކޮށްފައިވާ ސަބަބުތަކުންކުރެ އޮތްކަމަށް ފަނޑިޔާރަށް ޤަބޫލުކެވޭ ޙާލަތުގައި،
ފަހަރަކު ގިނަވެގެން 15(ފަނަރަ) ދުވަހަށްކަން "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ނ) އާއި (ނ) އަށް
ބެލުމުން އެނގެން އޮންނަކަމާއި، ޝަރީޢަތުން މައްސަލަ ނިމެންދެން މީހަކު ހައްޔަރުގައި ނުވަތަ ބަންދުގައި
ބެހެއްޓޭނީ، އެމީހެއްގެ މައްޗަށް ކުރެވެމުންދާ ތަޙްޤީޤު ނިމުމުން، އެމީހެއްގެ މައްޗަށް ދައުވާ އުފުލޭވަރަށް
ހެއްކާއި ޤަރީނާ ހުރުމާއެކު، އެ ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސަބަބުންކުރެ
ސަބަބެއް އޮތްނަމަކަމަށް "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް
ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 12 ވަނަ މާއްދާގެ (ހ) އަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ތ) ހަވަނަ ކަމަކީ، މިމައްސަލައިގައި ކަންހިނގާފައިވާ ގޮތަށާއި، މިމައްސަލައާ ގުޅިގެން
މިހާތަނަށް ކުރެވިފައިވާ ތަޙްޤީޤަށް ލިބިފައިވާ ހެކިތަކަށް ބަލާއިރު، މާރިޔަތު ޢުލީގެ 13 އަހަރުގެ އަންހެން
ދަރިއަކު އޭނާގެ ބެލުމުގެ ދަށުގައި ހުރިކަމާއި، އެހެންކަމުން، އޭނާއަކީ އޭނާގެ މައްޗަށް ތުހުމަތު ކުރެވިފައިވާ
ކުށް ތަކުރާރުކުރެވޭފަދަ މަޙައްލެއްގައި ހުރި މީހެއްކަމާއި، މިޙާލަތުގައި އޭނާ ބަންދުން ދޫކޮށްލާފައި
ބަހައްޓައިފިނަމަ ސަބަބުން މުޖުތަމަޢަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ޝަރީއަތަށް
ޤަބޫލުކުރެވޭކަމާއި، މިމައްސަލައިގައި ހެކިބަސްދޭންތިބި ފަރާތްތަކުގެ ތެރޭގައި މާރިޔަތު ޢަލީގެ ޢާއިލާގެ
މީހުންވެސް ހިމެނޭކަމަށްޓަކައި، މާރިޔަތު ޢަލީ ދޫކޮށްލައިފިނަމަ މިމައްސަލައިގައި ހެކިބަސްދޭންތިބި މީހުންގެ
ތެރެއިން ބަޔަކަށް ނުފޫޒު ފޯރުވަން މަސައްކަތްކުރުމުގެ ފުރުސަތު އޭނާއަށް ހުޅުވިގެންދާނެކަމާއި،
މިމައްސަލައިގެ ބާވަތުންނާއި މިމައްސަލައިގައި ހެކިބަސްދޭން ތިބި މީހުންނާއި މާރިޔަތު ޢަލީއާއި އޮންނަ
ޢާއިލީ ގުޅުމުގެ ސަބަބުން، މާރިޔަތު ޢަލީ ދޫކޮށްލައިފިނަމަ މިމައްސަލައިގައި ހެކިބަސްދޭންތިބި މީހުންގެ
ތެރެއިން ބަޔަކަށް ނުފޫޒު ފޯރުވަން މާރިޔަތު ޢަލީ މަސައްކަތް ކޮށްފާނެކަމަށް ޝަރީއަތަށް ޤަބޫލުކުރެވޭކަމެވެ.
201t/HC-A739
6
ޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 307
/
2011/Q10C ކޯޓުއަމުރަކީ ބަދަލުގެންނަޖެހޭ
މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ޤަބޫލުކުގެ
ށ3 44 ތ ދވ
އަމުރެއްކަމަށް
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި
ޓީވީޓެވުނު ކަންކަން ބަޔާންކުރެވުނު
ގޮތަށް ހުރުމާއެކު، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 307
/
2011/Q10C
ކޯޓުއަމުރަކީ ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލުގެންނަންޖެހޭ އަމުރެއްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 307
/
2011/Q10C ކޯޓުއަމުރު ބާތިލުކޮށް، މިއަދު، 2 ނޮވެމްބަރު 2011
ވަނަ ދުވަހުގެ 20:51 އިން ފެށިގެން 15 (ފަނަރަ) ދުވަހުގެ މުއްދަތަށް، މިނިސްޓްރީ އޮފް ހޯމްއެފެއާ
ކަނޑައަޅާ ތަނެއްގައި، ގދ. ގައްދޫ/ފަޒާ މާރިޔަތު ޢަލީ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު
A101693) ބަންދުކޮށްފައި ބެހެއްޓުމަށް އަންގައި އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
މިޤަޟިއްޔާ ބަލާ ޙުކުމްކުރީ:
ޢައްބާސް ޝަރީފް
(ފަނޑިޔާރު)
އަޒްމިރާލްދާ ޒާހިރު
(ފަނޑިޔާރު)
ޢަބްދުއްރައޫފް އިބްރާހީމް
(ފަނޑިޔާރު)
މިހިރާއްޖޭގެ ހައި