ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-I-SH/14 ޤަޟިއްޔާގެ ޙުކުމް
1
2014/HC-I-SH/14
ޤަޟިއްޔާ ނިމުނު ގޮތުގެ
އިރުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 14/HC
-
I
-
SH/2014
އިންތިޚާބީ ޝަކުވާގެ މައްސަލަ ހުށަހެޅިފަރާތް:
* ނަން: ޢަބްދުﷲ ޖާބިރު
ދާއިމީ އެޑްރެސް: ހ. ތިމާވެށި |މާލެ
: އައިޑީ ކާޑު ނަންބަރު: A037546 މިހާރުގެ އެޑްރެސް:މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް(މާލޭ ޖަލު)
• އިންތިޚާބީ ޝަކުވާގެ މައްސަލަ ރައްދުވާފަރާތް:
ނަން: އިލެކްޝަންސް ކޮމިޝަން ދާއިމީ އެޑްރެސް: ޕޯޓްސް ކޮމްޕްލެކްސް،5ވަނަ ފަންގިފިލާ މާލެ
* މިހާރުގެ އެޑްރެސް: ޕޯޓްސް ކޮމްޕްލެކްސް،5ވަނަ ފަންގިފިލާ މާލެ
k
* އައިޑީ ކާޑު ނަންބަރު.
ތަދައްޚުލްވާ ފަރާތް:
* ނަން: ފައިސަލް ނަސީމް
އައިޑީ ކާޑު ނަންބަރު: A051515
k
ދާއިމީ އެޑްރެސް: ނޫޑަލްހީ /ޏ. ފުވައްމުލައް
މިހާރުގެ އެޑްރެސް:
ސަންސަންގެއާގެ/ ކ.މާލެ
¢ ¢ ¢ 8 2
k
*
.ރަޖިސްޓްރީކުރެވުނު ތާރީޚް: 13 ޖުމާދަލްއާޚިރާ 1435
އެޕްރީލް 2014
ނިމުނު ތާރީޚް: 23 ޖުމާދަލްއާޚިރާ 1439
އޭޕްރީލް
13
23
2014
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
2014/HC-I-SH/14
މި ޚުލާސާ
ޤަޟިއްޔާ ނިމުނު ގޮތުގެ
ދަޢުވާގެ ޚުލާޞާ
މި މައްސަލައަކީ، 22 މާރޗް 2014 ގައި ބޭއްވުނު 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ
ކާށިދޫ ދާއިރާގެ އިންތިޚާބުގައި ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނު) ގެ 65
ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރުގައި ބަޔާންވެގެންވާ ބޮޑެތި އިންތިޚާބީ ކުށްތައް
ހިނގާފައިވާކަމުގެ އެކަށީގެންވާ ހެއްކާއި ޤަރީނާ ފައުޅުކަން ބޮޑު ގޮތެއްގައި ފެންނަން ހުރުމުންކަމަށް ބުނެ،
އަދި އިންތިޚާބުގެ ނަތީޖާ ވަކިކޮޅަކަށް ލެންބުމަށްޓަކައި ޤާނޫނު ނަންބަރު 2/2009
(ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ "ރައްޔިތުންގެ މަޖިލީހުގެ
އިންތިޚާބުގެ ޤަވާއިދު 2014" ގެ 23 ވަނަ މާއްދާގެ (ހ) ގައި ކެންޑިޑޭޓުންނަށާއި އެ މީހުންނަށް ތާއީދު
ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކުގެ ސުލޫކީ މިންގަނޑުކަމަށް ބަޔާންކޮށްފައިވާ މިންގަނޑުތަކާއި،
ކެންޑިޑޭޓުން ކެންޑިޑޭޓުންނަށް ތާއީދުކުރާ ފަރާތްތަކުން ޚިލާފުވެފައިވާތީ އާއި،
އަދި މި އިންތިޚާބުގައި ވޯޓުލުމުގެ ވަގުތު ދާއިރާގައި ހިމެނޭ އެކިއެކި ރަށްރަށަށް
ތަފާތުކުރެވިފައިވުމުގެ ސަބަބުން އިންތިޚާބުގެ ނަތީޖާއަށް ކުރި އަސަރަށް،
އަދި މި އިންތިޚާބުގައި ދެވަނައަށް އެންމެ ގިނަ ވޯޓު ހޯދި މި ޤަޟިއްޔާގައި ދަޢުވާކުރާ
ޢަބްދުﷲ ޖާބިރުގެ ކެންޑިޑެސީ ޤާނޫނީ ހަމަތަކުން ޞައްޙަކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ
ހިނދު، އޭނާއަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ށ) އިން ކަށަވަރުކޮށްދޭ
އިންތިޚާބުތަކަށް ކުރިމަތިލައި ވާދަކުރުމުގެ ޙައްޤަށް އުނިކަން ލިބޭފަދަ ގޮތަކަށް ޤާނޫނު ނަންބަރު 11/2008
(އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނު) ގެ 28 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ތާއީދު ހޯދުމަށް
މަސައްކަތްކުރުމުގެ ޙައްޤުން ޢަބްދުﷲ ޖާބިރު މަޙްރޫމްކޮށްފައިވާތީ އާއި،
އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޤާނޫނު ނަންބަރު 2/2009 (ރައްޔިތުންގެ މަޖިލީހުގެ
އިންތިޚާބުގެ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ "ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤަވާއިދު g14އްގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ
2014/HC-I-SH/14
ސިޔާ ނިނ ގތްގ
ތީ ހިސާ
21 ވަނަ މާއްދާގައިވާގޮތުގެ މަތީން އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުން ކުރެ ޝަރުޠު ހަމަވާ ފަރާތްތަކަށް އެ
ފަރާތެއްގެ ނަން ކެންޑިޑޭޓެއްގެ ގޮތުގައި ބަލައިގަނެ އިޢުލާންކުރާ ދުވަހުން ފެށިގެން ކެމްޕޭނުކުރުމަށްޓަ
މަދުވެގެން ލިބިދޭންޖެހޭ 30 (ތިރީސް) ދުވަހުގެ މުއްދަތު ޢަބްދުﷲ ޖާބިރުއަށް ލިބިދީފައިނުވާތީ އާއި،
ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނު) 55 ވަނަ މާއްދާގެ
(ނ) ގައި ޞަރީޙަ ނައްޞުން މުޠުލަޤަށް ޢަބްދުﷲ ޖާބިރަށް ކެންޑިޑޭޓެއްގެ ހައިސިއްޔަތުން
ކަށަވަރުކޮށްދީފައިވާ ވޯޓުފޮށި ހުޅުވައި، ވޯޓުތައް ބަލައި، ވޯޓު ގުނައި، އަދަދުކޮށް ނަތީޖާ ހޯދުމުގެ މަރުޙަލާގައި
ބައިވެރިވުމުގެ ގެ ފުރުޞަތު އޭނާއަށް ލިއްބައިދީފައިނުވާތީކަމަށް ބުނެ، 22 މާރޗް 2014 ވަނަ ދުވަހު ބޭއްވުނު
18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ އިންތިޚާބަކީ ދުސްތޫރީ އަދި ޤާނޫނީ ހަމަތަކަށް
ރިޢާޔަތްކުރަންޖެހޭ މިންވަރަށް ރިޢާޔަތްނުކޮށް ބާއްވާފައިވާ އިންތިޚާބަކަށްވާތީ މި އިންތިޚާބުގެ ނަތީޖާ
ބާޠިލުކަމަށް ކަނޑައަޅައިދިނުމަށް އެދި، އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ޢަބްދުﷲ ޖާބިރު ހުށަހަޅާފައިވާ
މައްސަލައެކެވެ.
ހު
މައްސަލާގެ ތެރެއަށް ޏ. ފުވައްމުލައް | ނޫޑަލްހީ ފައިސަލް ނަސީމްގެ ފަރާތުން
ތައްދައްޚުލްވެފައިވެއެވެ.
ހަގަކުރެވުނު ނުކުތާތައް:
01- ކ. މާލެ | ..ތިމާވެށި ޢަބްދުﷲ ޖާބިރުގެ ފަރާތުން އިލެކްޝަންސް ކޮމިޝަނުގެ
މައްޗަށް ހުށަހަޅާފައިވާ މި މައްސަލަ ބިނާކޮށްފައިވާ ސަބަބުތަކާއި އޭގެ ތަފްޞީލު ބަޔާންކުރަމުން ޢަބްދު
ޖާބިރުގެ ފަރާތުން ދައްކާފައިވާ ވާހަކައަށް ބަލާއިރު:
22 މާރޗް 2014 ވަނަ ދުވަހު ބޭއްވުނު 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ
ދާއިރާގެ އިންތިޚާބުގައި ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނު) ގެ 65
ޑީޖޭގެ ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ދިވެހިރާއްޖެ
4
މިލީ ހުލާސާ
2014/HC-I-SH/14
ގެ
މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރުގައި ބަޔާންވެގެންވާ ޤާނޫނީ ނައްޞުތަކުން
ކަނޑައަޅާފައިވާ ބޮޑެތި އިންތިޚާބީ ކަންތައް، މި ގޮތުން އިންތިޚާބުގެ ނަތީޖާ ވަކިފަރާތަކަށް ލެންބުމަށްޓަކައި
ރިޝްވަތު ދިނުމާއި، އިންތިޚާބުގައި ބައިވެރިވާ އެހެން ކެންޑިޑޭޓުންނަށް ތާއީދުކުރާ ފަރާތްތަކުގެ އައިޑީކާޑުތައް
ނުރަނގަޅު ނުފޫޛު ބޭނުންކޮށްގެން ހިފެހެއްޓުން ފަދަ ޤާނޫނާ ޚިލާފު، ނޭއްގާނީ ޢަމަލުތައް ހިންގާފައިވާކަމަށް
ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ފަރާތްތަކުން ފާހަގަކުރާކަމަށާއި، މީގެ އިތުރުން އިންތިޚާބުގެ ނަތީޖާ ވަކިކޮޅަކަށް
ލެންބުމަށްޓަކައި ޤާނޫނު ނަންބަރު 2/2009 (ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނު) ގެ ދަށުން
އެކުލަވާލާފައިވާ "ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤަވާއިދު 2014" ގެ 23 ވަނަ މާއްދާގެ (ހ) ގައި
ކެންޑިޑޭޓުންނަށާއި އެމީހުންނަށް ތާއީދު ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކުގެ ސުލޫކީ މިންގަނޑުކަމަށް
ބަޔާންކޮށްފައިވާ މިންގަނޑުތަކާއި ކަނޑައެޅިގެން ޚިލާފަށް އިންތިޚާބުގައި ބައިވެރިވި ބައެއް ކެންޑިޑޭޓުންނާއި އެ
ފަރާތްތަކަށް ތާއީދުކުރާ ފަރާތްތަކުން ޢަމަލުކޮށްފައިވާތީ އިންތިޚާބަށް ނުރަނގަޅު ނުފޫ ފޯރާ އިންތިޚާބުގެ
ނަތީޖާއަށް އިންތިހާއަށް އަސަރުކޮށްފައިވާކަމަށާއި، މީގެ އިތުރުން، އިންތިޚާބު ކާމިޔާބުކުރެއްވިކަމަށް
އިލެކްޝަންސް ކޮމިޝަނުގެ ދާއިމީ ނަތީޖާއިން ކަނޑައަޅުއްވާފައިވާ ކެންޑިޑޭޓް ފައިސަލް ނަސީމް (ނޫޑަލްހީ،
ޏ. ފުވައްމުލައް) ނިސްބަތްވާ ސިޔާސީ ޕާޓީކަމަށްވާ ޖުމްހޫރީ ޕާޓީގެ ފަރާތުން މިހާރުގެ ސަރުކާރުގެ ހޯމް
މިނިސްޓަރުގެ މަޤާމަށް ހުށަހަޅުއްވައިގެން އެ މަޤާމަށް ޢައްޔަންކުރައްވާފައިވާ ހ. ދޮންޖޭމުގެ ޢުމަރު ނަޞީރު
18 މާރޗް 2014 ވަނަ ދުވަހު ކާށިދޫއަށް ޒިޔާރަތްކޮށް، އެ ރަށު ރައްޔިތުންނާ މުޚާތަބުކޮށް
ވާހަކަދައްކަމުން، މިހާރު ކާށިދޫގައި ހަދަމުންދާ ޖަލަކީ ކާށިދޫ ދާއިރާގެ މިހާރުގެ މެންބަރު ޢަބްދުﷲ ޖާބިރު
ލައި، ބަންދުކޮށްފައި ބަހައްޓާނެ ޖަލެއްކަމަށް ދޭހަވާގޮތަށް ބުނެ ފުރައްސާރަކޮށް، "ރައްޔިތުންގެ މަޖިލީހުގެ
އިންތިޚާބުގެ ޤަވާއިދު 2014" ގެ 23 ވަނަ މާއްދާގެ (ހ) ގެ 12 ވަނަ ނަންބަރާއި ޚިލާފަށް ޢަބްދު
ޖާބިރުގެ އަބުރަށް
އަދި ޢަބްދުﷲ ޖާބިރާމެދު އިންޞާފުގެ ބޭރުން ޚާއްޞަގޮތަކަށް
ޢަމަލުކުރާނެކަމަށް ބުނެ ޢަބްދުﷲ ޖާބިރުގެ އިންތިޚާބީ ޙައްޤަށް އުނިކަން އަންނަ ފަދަ ގޮތަކަށް ވާހަކަ
oec
22
22
xހ
ދެތެރެވާގޮތަށް،
ހައިކޯޑު
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
5
2014/HC-I-SH/14
FP
ބިނާކޮށްފައިވާކަމަށާއި، ދައުލަތުގެ ބާރުވެރި މަޤާމެއްގައި ހުރެ މިފަދަ ގޮތަކަށް ވާހަކަ ދެއްކުމަކީ އެކަމުގެ
ސަބަބުން އިންތިޚާބުގެ ނަތީޖާއަށް ސީދާ ނުފުޛު ފޯރާފައިވާކަމެއްކަމަށާއި، އަދި
- އިދާރީ ދާއިރާތައް ބަހައި އިލެކްޝަންސް ކޮމިޝަނުން ނެރުނު ފައިނަލް ރިޕޯޓުގައިވާ
ފަދައިން ކާށިދޫ ދާއިރާގައި ހިމެނެނީ ދެރަށެއްކަމަށާއި، އެއީ ކ. ކާށިދޫއާއި، ކ. ގާފަރުކަމާއި، 22 މާރޗް
2014 ވަނަ ދުވަހު ބޭއްވުނު 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މި ދާއިރާގެ އިންތިޚާބުގައި ކ. ކާށިދޫގައި
ރާއްޖޭގެ އެހެން ރަށެކޭވެސް އެއްފަދައިން ހެނދުނު 7:30 ގައި ވޯޓުލުން ފެށިފައިވާއިރު،
ގާފަރުގައި
ވޯޓުލުން ފެށިފައިވަނީ އޭގެ ދެ ގަޑިއިރު ފަހުން ހެނދުނު 9:30 ގައިކަމަށާއި، ކ. ކާށިދޫގައި ރާއްޖޭގެ އެހެން
ރަށްރަށެކޭވެސް އެއްފަދައިން ހަވީރު 4 ޖެހިއިރު ވޯޓުލުން ނިންމާލިއިރު، ގާފަރުގައި ވޯޓުލުން
ނިންމާލާފައިވަނީ އޭގެ 3 ގަޑިއިރު ފަހުން ރޭގަނޑު 7 ޖެހިއިރުކަމަށާއި، މިގޮތަށް ދިމާވަން މެދުވެރިވީ
އޮފިޝަލުން ނުލިބިގެންކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ ބުނުމަކީ ޚުދު އިލެކްޝަންސް ކޮމިޝަނުގެ
އިޙުމާލެއްގެ މައްޗަށް ތަރައްތުބުވާ ޙާލަތެއްކަމަށާއި، މިއީ އިންތިޚާބުގައި ބައިވެރިވާ ކެންޑިޑޭޓުންގެ އިންތިޚާބީ
ޙައްޤަކަށް އުނިކަމެއް އަންނަފަދަ އެއްވެސް ޢަމަލެއް ހިންގުމަށްވާ ޤާނޫނީ ޙުއްޖަތެއްނޫންކަމަށާއި، އަދި
ޢަބްދުﷲ ޖާބިރުގެ ފަރާތުން، ކ. ގާފަރުގައި ވޯޓުލުން ނުފެށޭނަމަ، ކާށިދޫގައިވެސް ވޯޓުލުން ނުފެށުމަށް
ތަކުރާރުކޮށް އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންގެ އަރިހުގައި އެދެމުން ދިޔަ ނަމަވެސް ކ. ކާށިދޫގައި
ވޯޓުލުން ފަށާ، ކ. ގާފަރުގައި ވޯޓުލުން ނިމުމުގެ 2 ގަޑިއެއްހާއިރު ކުރިން ކ. ކާށިދޫގައި ބެހެއްޓުނު ވޯޓު
ފޮށީގެ ނަތީޖާ އިޢުލާން ކުރެވުމުން، ކާށިދޫގެ ނަތީޖާއަށް ބަލައި ކ. ގާފަރު ގިނަ ބަޔަކު އިންތިޚާބުގެ
ނަތީޖާއަށް ބަދަލެއް އައުމުގެ ފުރުޞަތު ނެތްކަމުގައި ދެކެ، އަދި މި ގޮތަށް އިންތިޚާބުގައި ކާށިދޫން ކުރި ހޯދި
ފައިސަލް ނަސީމްއާއި އޭނާއަށް ތާއީދުކުރާ ފަރާތްތަކުން ކާށިދޫއިން ކ. ގާފަރަށް ގޮސް ވާހަކަ ފެތުރުމުގެ
ސަބަބުން، ވޯޓުލާން ތިބި ބައެއް ފަރާތްތަކުން ވޯޓުލާން ނުނިކުތުމާއި، ވޯޓުލާން ތިބި ފަރާތްތަކުގެ ވިސްނުން
ބަދަލުވުމަކީ މި ބީދައިން ވޯޓު ގުނުމުގެ ސަބަބުން އިންތިޚާބަށާއި، އިންތިޚާބުގައި ބައިވެރިވި ކެންޑިޑޭޓުންގެ
އިންތިޚާބީ ޙައްޤަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއްކަމަށާއި، މިއީ އިންތިޚާބަށް ސީދާ ގޮތެއްގައި ނުފޫޛު
ކ.
2
-
29ވ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
އިބާން
6
ޚުސް
2014/HC-I-SH/14
ފޯރުވިކަމެއްކަމަށާއި އަދި މިކަމުގެ އިންތިޚާބުގެ ނަތީޖާއަށް ސީދާ ގޮތެއްގައި
އަސަރުކޮށްފައިވާކަމަށާއި، އަދި
ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުގެ 1 މެންބަރަކު 2013 ވަނަ އަހަރުގެ
ތެރޭގައި އިސްތިއުފާ ދީފައިވުމާއި، އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ
ނަންބަރު 15/SC
-
SM/2014 ޤަޟިއްޔާއާ ގުޅިގެން 9 މާރޗް 2014 ގައި އެ ކޯޓުން ކުރި ޙުކުމުގައި
އިލެކްޝަންސް ކޮމިޝަނުގެ އެއިރުގެ ރައީސާއި ނައިބު ރައީސްގެ މަޤާމު ޤާނޫނީ ގޮތުން ގެއްލިއްޖެކަމަށް
ކަނޑައަޅާފައިވާތީއާއި، އަދި މި މަޤާމުތަކަށް އެހެން ފަރާތެއް އެކަމުގެ ޤާނޫނީ މަސްއޫލުވެރި ފަރާތުން
ޢައްޔަނުކޮށްފައިނުވާތީ، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ
ޢަދަދުކަމަށް ސީދާ ދުސްތޫރުގައި
ބަޔާންކޮށްފައިވާ ޢަދަދު ހަމަނުވާ މި ޙާލަތުގައި އިލެކްޝަންސް ކޮމިޝަނަށް އެ ފަރާތުގެ ޒިންމާތައް
އަދާކުރުމުގައި ދަތިތައް ހުރުމަކީ، ނުވަތަ ނިޒާމީގޮތުން ރަނގަޅަށް ނުހިނގުމަކީ، މަންޠިޤީގޮތުންވެސް އެކަމުގެ
އިޙްތިމާލު ބޮޑުވެގެންވާ ގޮތެއްގައި ފެންނަން އޮތް ޙާލަތެއްކަމުގައި ވިޔަސް، މިއީ ދައުލަތުގެ އެންމެ މުހިންމު
ބާރުކަމުގައިވާ ޤާނޫނު ހެދުމުގެ ބާރަށް ރައްޔިތުންގެ މަންދޫބުން ޢައްޔަނުކުރުމަށްޓަކައި ބާއްވާ
އިންތިޚާބަކަށްވެފައި، މި އިންތިޚާބުގައި ހިމެނޭ ކެންޑިޑޭޓުންނަށް އެ ކެންޑިޑޭޓުންނަށް ލިބިދޭންޖެހޭ ޙައްޤުތައް
ލިބިދިނުމަކީ ދައުލަތުގެ ނިޒާމު ޢާއްމާއި (Public Order)، ޢާއްމު ފަރުދުންގެ ޙައްޤުތަކާއި ސީދާ ގުޅިފައިވާ
ކަމަކަށްވާއިރު، ދައުލަތުގެ އެހެން އިދާރާއަކުން އަދާކުރަންޖެހޭ ޒިންމާ އަދާނުކުރުމަކުން ނުވަތަ ލަސްވުމަކުން،
ނުވަތަ އެފަދަ ޒިންމާއެއް އަދާކުރުމުގައި ދައުލަތުގެ ވަކި އިދާރާއެއް ނުވަތަ މުޅި ދައުލަތް އިޖުމާލީ ގޮތެއްގައި
ނުކުޅެދުމަކުން، ދައުލަތުގެ އިދާރާއެއްގެ ހައިސިއްޔަތުން ރައްޔިތުންގެ ޙައްޤުތައް ލިބިދިނުމަށްވާ އެއްވެސް
ޒިންމާއަކުން ބަރީޢަނުވާކަމާއި، އަދި މިއީ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ކެންޑިޑޭޓުންނަށް ލިބިދޭންޖެހޭ
ޙައްޤުތައް އެންމެ ފުރިހަމައަށް ލިއްބައިދިނުމުގައި އިޙުމާލުވުމަށްވާ ޤާނޫނީ ހުއްޖަތެއް ނޫންކަމަށާއި، އަދި
އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޤާނޫނު ނަންބަރު 2/2009 (ރައްޔިތުންގެ
މަޖިލީހުގެ އިންތިޚާބުގެ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ "ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤަވާއިދު
34
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
“ދިވެހިދެއްގެ
2014/HC-I-SH/14
ކިތުގެ ޚުލާސާ
ޙާޟިއްޔާ ނިމުނު ގޮތުގެ
2014" ގެ 2 ވަނަ މައްދާގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ
އިތުރު ބުރުތަކާއި، ބައި އިލެކްޝަންތަކާބެހޭ އެންމެހައި ކަންކަން ހިންގައި، ބަލަހައްޓައި، ވިލަރެސްކުރާނީ
އިލެކްޝަންސް ކޮމިޝަނުންކަމަށް އޮންނަ އޮތުމަށް ނަޒަރުކުރާއިރު، މި މާއްދާއިން އިންތިޚާބުތަކާއި ގުޅިގެން
އިލެކްޝަންސް ކޮމިޝަނުގެ ދައުރަކީ ހަމައެކަނި އިދާރީ ދައުރެއް ނޫންކަމަށާއި، އިންތިޚާބުގެ އިންޞާފުވެރިކަން
ކަށަވަރުކުރުމަށްޓަކައި، ކެންޑިޑޭޓުންނަށް ލިބިދޭންޖެހޭ ޙައްޤުތައް ހަމަހަމަ އިންޞާފުވެރި ގޮތެއްގައި
ލިބިދިނުމާއި، އިންތިޚާބުގެ އެކި އެކި މަރުޙަލާތަކުގައި ކެންޑިޑޭޓުންގެ ބައިވެރިވުން ބޮޑުކޮށް ދެފުށް ފެންނަ
ގޮތެއްގައި އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިއުމާއި، ވޯޓުލުމަށް އެކަށޭނެ އިންތިޚާބީ މާހައުލެއް
ޤާއިމުކޮށްދިނުމަށްޓަކައި މަސައްކަތްކުރުން ފަދަ އިންތިޚާބެއް ވިލަރެސްކުރުމުގެ އެންމެހައި މަބާދިޢުތައް
ނެގެހެއްޓުމަކީވެސް އިލެކްޝަންސް ކޮމިޝަނުގެ ޒިންމާއެއްކަމަށާއި، އަދި
20 ފެބްރުއަރީ 2014 ގައި ޢަބްދުﷲ ޖާބިރުގެ މައްޗަށް ދިވެހިރާއްޖޭގެ ކްރިމިނަލް
ކޯޓުން 1 އަހަރު ދުވަހަށް ޖަލަށްލުމަށް ޙުކުމް ކުރެއްވި ނަމަވެސް، ޢަބްދުﷲ ޖާބިރުގެ ކެންޑިޑެސީ ޤާނޫނީ
ހަމަތަކުން ބާޠިލުނުވެ ދެމިއޮންނާނެކަމަށް ދަޢުވާލިބޭ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅުއްވާފައިވާއިރު،
ޢަބްދުﷲ ޖާބިރުއަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ށ) އިން
ކަށަވަރުކޮށްދޭ އިންތިޚާބުތަކުގައި ވާދަކުރުމުގެ ޙައްޤަށް އުނިކަން ލިބޭފަދަ ގޮތަކަށް ޤާނޫނު ނަންބަރު
11/2008 (އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނު) ގެ 28 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ތާއީދު ހޯދުމަށް
މަސައްކަތްކުރުމުގެ ޙައްޤުން ޢަބްދުﷲ ޖާބިރު މަޙްރޫމްވާނޭ ފަދަ ގޮތަކަށް ބަންދު .ވާވުމަށް ލުޔެއް
ހޯދައިދިނުމަށްޓަކައި، އަދި ބުނެވިދިޔަ ދުސްތޫރީ އަދި ޤާނޫނީ ގެރެންޓީތައް އޭނާއަށް ލިއްބައިދިނުމަށްޓަކައި، މި
ޙައްޤުތައް ކަށަވަރުކޮށްދީ ލިއްބައިދިނުމުގެ ބެލެނިވެރި އިދާރާގެ ޙައިސިއްޔަތުން، އިލެކްޝަންސް ކޮމިޝަނުގެ
ރާތުން އެއްވެސް ފިޔަވަޅެއް އަޅާފައި ނެތުމުން، ކެންޑިޑޭޓަކަށް އެ އިދާރާއިން އިންތިޚާބުގެ ކުރިން
ކަށަވަރުކޮށްދޭންޖެހޭ ޙައްޤުތައް ޢަބްދުﷲ ޖާބިރަށް ލިބިދީފައިނުވާކަމަށާއި އަދި އެކަމަށްޓަކައި އެ އިދާރާއިން
މަސައްކަތްކޮށްފައިނުވާކަން އެނގި ހާމަވާކަމަށާއި، އަދި
9:
· 3
ނދުކުރވެ
ހ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2014/HC-I-SH/14
ޖެހިރާއްޖޭގެ ހައި9
ޤަޟިއްޔާ ނިމުނު
އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޤާނޫނު ނަންބަރު 2/2009 (ރައްޔިތުންގެ
މަޖިލީހުގެ އިންތިޚާބުގެ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ "ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤަވާއިދު
2014" ގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ޤާނޫނު ނަންބަރު 2/2009 (ރައްޔިތުންގެ މަޖިލީހުގެ
އިންތިޚާބުގެ ޤާނޫނު) ގެ 11 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލި
މީހުންގެ ތެރެއިން ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ނަންތައް އިޢުލާންކުރާ ދުވަހުން ފެށިގެން ވޯޓުނަގާ ދުވަހާ
ދެމެދު ކެންޑިޑޭޓުން ކެމްޕޭނުކުރުމަށްޓަކައި މަދުވެގެން 30 ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ" މިހެންކަމާއި،
އިންތިޚާބާއި ގުޅިގެން އިންތިޚާބުގައި ބައިވެރިވާ ކެންޑިޑޭޓުންނަށް ލިބިދޭ އެންމެ އަސާސީ
ޙައްޤަކީ އެ އިންތިޚާބެއް ހިނގާ ހިނދު އެ އިންތިޚާބުގެ ކަންކަން ބަލައި، އެކައުންޓުކުރުމުގެ ޙައްޤުކަމަށާއި،
މިއީ ރެޕްރެޒެންޓެޓިވް ޑިމޮކްރަސީއެއްގެ އިލެކްޓޯރަލް ޕްރޮސެސްގެ ތެރެއިން އިންތިޚާބުގެ ޓްރާންސްޕޭރެންސީ
އާއި ކެންޑިޑޭޓުންނަށް ލިބިދޭ ހަމަހަމަ އިންތިޚާބީ ފުރުޞަތު ޔަޤީންކުރުން އެ މަބްދަޢުއެއްގެ މައްޗަށް ބިނާވާ
މަބްދަޢުކަމަށްވާއިރު، އަދި މިއީ ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނު) ގެ 55
ވަނަ މާއްދާގެ (ނ) ގައިވެސް ކަނޑައެޅިގެން ކެންޑިޑޭޓަށް ދިނުމަށް ޝަރުތުކޮށްފައިވާ އެންމެ މުހިންމު
ފުރުޞަތުކަމަށްވާއިރު، ފުރުޞަތު އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޢަބްދުﷲ ޖާބިރުއަށް
ލިއްބައިނުދިނުމަކީ، އަދި މި ފުރުޞަތު ލިއްބައިދިނުމަށްޓަކައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން އެއްވެސް
މަސައްކަތެއް ކޮށްފައިނުވުމަކީ އިލެކްޝަންސް ކޮމިޝަނުން ކެންޑިޑޭޓުންނަށް
ހަމަހަމަ
އިންތިޚާބީ ޙައްޤު
އަދި އިންތިޚާބީ މާޙައުލު
(Electoral Environment) ޢަބްދުﷲ ޖާބިރުގެ ކިބައިން ތަޢައްސަފީ ގޮތެއްގައި ނިގުޅައިގަތުން
ކަމުގައިވާއިރު، މި އިންތިޚާބުގެ ނަތީޖާއަކީ އޭގެ ޒާތުގައި ބުނެވިދިޔަ ތަޢައްސަފީ ޢަމަލުތަކުގެ މައްޗަށް ބިނާވާ
ނަތީޖާއަކަށްވާއިރު، މިއީ ޤާނޫނީގޮތުން ޞައްޙަ ނަތީޖާއެއްކަމަށް ބެލުމަކީ ޢަދުލުވެރި ޤާނޫނީ ހަމައެއްކަމުގައި
ނުދެކޭ ކަމަށާއި، އެހެންކަމުން،
ކަށަވަރުކޮށްދޭންޖެހޭ
Opportunity)
Electoral
(Equal
(
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް info
@
hig hcourt.gov.mv
ވެބް ސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
9
2014/HC-I-SH/14
ޤަޟިއްޔާ ނިމުނު ގޮތުގެ
ޚުލާސާ
- 22 މާރޗް 2014 ވަނަ ދުވަހު ބޭއްވުނު 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ
22
ދާއިރާގެ އިންތިޚާބުގައި ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނު) ގެ 65 ވަނަ
މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރުގައި ބަޔާންވެގެންވާ ޤާނޫނީ ނައްޞުތަކުން
ކަނޑައަޅާފައިވާ ބޮޑެތި އިންތިޚާބީ ކުށްތައް ހިނގާފައިވާކަމުގެ އެކަށީގެންވާ ހެއްކާއި ޤަރީނާ ފައުޅުކަން ބޮޑު
ގޮތެއްގައި ފެންނަންހުރުމުން، އަދި މި އިންތިޚާބުގައި ވޯޓުލުމުގެ ވަގުތު ދާއިރާގައި ހިމެނޭ އެކިއެކި ރަށްރަށަށް
ތަފާތުކުރެވިފައިވުމުގެ ސަބަބުން އިންތިޚާބުގެ ނަތީޖާއަށް ކުރި އަސަރަށް، އަދި މި އިންތިޚާބުގައި ދެވަނައަށް
އެންމެ ގިނަ ވޯޓު ހޯދި މި ޤަޟިއްޔާގައި ދަޢުވާކުރާ ޢަބްދުﷲ ޖާބިރުގެ ކެންޑިޑެސީ ޤާނޫނީ ހަމަތަކުން
ޞައްޙަކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ހިނދު، އޭނާއަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ށ) އިން ކަށަވަރުކޮށްދޭ އިންތިޚާބުތަކަށް ކުރިމަތިލައި ވާދަކުރުމުގެ
ޙައްޤަށް އުނިކަން ލިބޭފަދަ ގޮތަކަށް ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނު) ގެ
28 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ތާއީދު ހޯދުމަށް މަސައްކަތްކުރުމުގެ ޙައްޤުން ޢަބްދުﷲ ޖާބިރު
މަޙްރޫމްކޮށްފައިވާތީ އާއި، ބުނެވިދިޔަ ޤާނޫނުގެ 55 ވަނަ މާއްދާގެ (ނ) ގައި ޞަރީޙަ ނައްޞުން މުޠުލަޤަށް
ޢަބްދުﷲ ޖާބިރަށް ކެންޑިޑޭޓެއްގެ ހައިސިއްޔަތުން ކަށަވަރުކޮށްދީފައިވާ ވޯޓުފޮށި ހުޅުވައި، ވޯޓުތައް ބަލައި، ވޯޓު
ގުނައި، ޢަދަދުކޮށް ނަތީޖާ ހޯދުމުގެ މަރުޙަލާގައި ބައިވެރިވުމުގެ ފުރުޞަތު އޭނާއަށް ލިއްބައިދީފައިނުވާތީ، 22
މާރޗް 2014 ގައި ބޭއްވުނު 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ އިންތިޚާބަކީ ދުސްތޫރީ އަދި
ޤާނޫނީ ހަމަތަކަށް ރިޢާޔަތްކުރަންޖެހޭ މިންވަރަށް ރިޢާޔަތްނުކޮށް ބާއްވާފައިވާ އިންތިޚާބަކަށްވާތީ، މި
އިންތިޚާބުގެ ނަތީޖާ ބާޠިލުކަމަށް ކަނޑައަޅައިދިނުމަށް ޢަބްދުﷲ ޖާބިރުގެ ފަރާތުން އެދޭކަމަށް ބުނެފައިވާކަން
ފާހަގަކުރެވެއެވެ.
02- ހުށަހެޅިފައިވާ މައްސަލައަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޖަވާބު ދެމުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދައްކާފައިވާ ވާހަކައަށް ބަލާއިރު؟
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
10
2014/HC-I-SH/14
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޢަބްދުﷲ ޖާބިރު އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ހުށަހަޅާފައިވާ މި
މައްސަލާގައި މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ 03 (ތިނެއް) ކަމެއް ކަމަށާއި، ފުރަތަމަ ކަމަކީ،
އިންތިޚާބުގެ ނަތީޖާ ވަކިކޮޅަކަށް ލެންބުމަށްޓަކައި ޤާނޫނު ނަންބަރު 2/2009 (ރައްޔިތުންގެ މަޖިލީހުގެ
އިންތިޚާބުގެ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ "ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤަވާއިދު 2014" ގެ
23 ވަނަ މާއްދާގެ (ހ) ގައި ގައި ކެންޑިޑޭޓުންނަށާއި އެ މީހުންނަށް ތާއީދު ހޯދުމަށް މަސައްކަތްކުރާ
ފަރާތްތަކުގެ ސުލޫކީ މިންގަނޑު ކަމަށް ބަޔާންކޮށްފައިވާ މިންގަނޑުތަކާއި، ކެންޑިޑޭޓުންނާ ކެންޑިޑޭޓުންނަށް
ތާއީދުކުރާ ފަރާތްތަކުން ޚިލާފުވެފައިވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަކަމަށާއި، ދެވަނަ ކަމަކީ، މި
އިންތިޚާބުގައި ވޯޓުލުމުގެ ވަގުތު ދާއިރާގައި ހިމެނޭ އެކިއެކި ރަށްރަށަށް ތަފާތުކުރެވިފައިވުމުގެ ސަބަބުން
އިންތިޚާބުގެ ނަތީޖާއަށް އަސަރުކޮށްފައިވާކަމަށް ބުނެ ފާހަގަކޮށްފައިވާ މައްސަލަކަމަށާއި، ތިންވަނަ ކަމަކީ، މި
އިންތިޚާބުގައި ދެވަނައަށް އެންމެ ގިނަ ވޯޓު ހޯދި މި ޤަޟިއްޔާގައި ދަޢުވާކުރާ ޢަބްދުﷲ ޖާބިރުގެ ކެންޑިޑެސީ
ޤާނޫނީ ހަމަތަކުން ޞައްޙަކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ހިނދު، އޭނާއަށް
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ށ) އިން ކަށަވަރުކޮށްދޭ އިންތިޚާބުތަކަށް
ކުރިމަތިލައި ވާދަކުރުމުގެ ޙައްޤަށް އުނިކަން ލިބޭފަދަ ގޮތަކަށް ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާ
ޢާންމު ޤާނޫނު) ގެ 28 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ތާއީދު ހޯދުމަށް މަސައްކަތްކުރުމުގެ
ޙައްޤުން ޢަބްދުﷲ ޖާބިރު މަޙްރޫމްކޮށްފައިވާތީކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަކަމަށާއި، މީގެ އިތުރުން،
ކެމްޕޭނުކުރުމަށްޓަކައި މަދުވެގެން ލިބިދޭންޖެހޭ 30 (ތިރީސް) ދުވަހުގެ މުއްދަތު ޢަބްދުﷲ ޖާބިރުއަށް
ލިބިދިފައިނުވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަކަމަށާއި، އަދި
ބަޔާންވެދިޔަ ކަންކަމާއި ގުޅިގެން ތަފްޞީލުކޮށް ފާހަގަކޮށްފައިވާ ކަމަކީ ހެކީގެ
ގޮތުގައި ހުށަހަޅާފައިވާ ލަވަތަކާއި ހޯމް މިނިސްޓަރު ޢުމަރު ނަޞީރު އެރަށަށް ގޮސް ދިން ތަޤްރީރަކުން ނުވަތަ
ދެއްކި ވާހަކަތަކުގެ ސަބަބުން އިންތިޚާބަށް ނުރަނގަޅު ނުފޫޛު ފޯރާ އިންތިޚާބުގެ ނަތީޖާއަށް އިންތިހާއަށް
އަސަރުކޮށްފައިވާކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާކަމަށާއި، މި ދެ ނުކުތާއާ ގުޅިގެން މިކަމުގެ ޝަކުވާއެއް
24
ބަހޭ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
11
މި ޚުލާސާ
2014/HC-I-SH/14
އެޔަންކުރެވޭ
ޤަޟިއްޔާ ނިމުނު ގޮތުގެ
އިންތިޚާބުގެ ކެންޕޭން ހިނގަމުން ދިޔައިރުވެސް އަދި އޭގެ ފަހުންވެސް އިލެކްޝަންސް ކޮމިޝަނުގެ އަތޮޅު
ކޮންޕްލެއިންސް ބިޔުރޯއަށް ނުވަތަ ނެޝަނަލް ކޮންޕްލެއިންސް ބިޔުރޯއަށް ނުވަތަ އިލެކްޝަންސް
ކޮމިޝަނަށްވެސް ހުށަހަޅާފައިނުވާކަމަށާއި، ޢަބްދުﷲ ޖާބިރު ޖަލުގެ ހުރުމުގެ ސަބަބުން ޝަކުވާ އުފުލުމަށް
ފުރުޞަތު ލިބިފައިނުވާކަމަށް ބުނެ ފާހަގަކޮށްފައިވީނަމަވެސް، އިންތިޚާބަކާއި ގުޅިގެން ކެންޑިޑޭޓަކު އިންތިޚާބަށް
ކުރިމަތިލުމަށް ނަން ހުށަހަޅާއިރު އިލެކްޝަންސް ކޮމިޝަންއަށް ފޯމު ހުށަހަޅާއިރު އެ ކެންޑިޑޭޓެއްގެ ރަސްމީ
މަންދޫބު ރަޖިސްޓްރީކުރާކަމަށާއި، އެއީ އޯތޮރައިޒްޑް ރެޕްރެޒެންޓެޓިވްކަމަށާއި، އެފަރާތަށް ލިބިގެންވާ ބާރުތަކެއް
އެބަހުރިކަމަށާއި، އެއީ ޝަކުވާއެއް އޮތް ނަމަ ޝަކުވާ ހުށަހެޅުމާއި، އިލެކްޝަންސް ކޮމިޝަންއަށް
ފޮނުވަންޖެހޭ ތަކެތި ފޮނުވުމާއި، އަދި އިލެކްޝަންސް ކޮލިޝަނުން ފޮނުވާ ލިޔެކިޔުން ބަލައިގަތުންކަމަށާއި،
މަންދޫބަކު ގޮތުގައި ރަޖިސްޓްރީކުރެވެނީ މި ކަންކަމުގެ ބާރު ލިބިގެންވާ ފަރާތެއްކަމަށާއި، އެއީ އެފަދަ ޙާލަތެއް
މެދުވެރިވެދާނެކަމަށްޓަކައި އެ ބޭނުމަށް
ފަރާތެއްކަމަށާއި، މިފަދަ ޝަކުވާއެއް ކުރިން
ހުށަހަޅާފައިނުވާއިރު، ނަތީޖާ
މަރުޙަލާގައި މިފަދަ ޝަކުވާއެއް ހުށަހެޅުމުން
އުފެދޭކަމަށާއި، ކެމްޕޭން ތެރޭގައި އެއްވެސް ފަރާތަކުން ނުފޫޛުގެ ބޭނުންކުރާނަމަ ނުވަތަ ސުލޫކީ މިންގަނޑާ
ޚިލާފުވެފައިވާނަމަ ދާންޖެހޭ އިޖުރާޢީ މަގުތަކެއް ޤާނޫނުގައި ކަނޑައަޅާފައިވާކަމަށާއި، މިއިން ގޮތެއް
ޚިޔާރުނުކޮށް، އެއްވެސް ޝަކުވާއެއް ހުށަހަޅާފައިނުވާކަމަށާއި، އިލެކްޝަންސް ކޮމިޝަންގެ ފަރާތުން
އެލަވައިގައި ހުރި ކޮންޓެންޓާ ބެހޭ ގޮތުންނާއި އަދި އެ ތަޤްރީރުގައި ހުރި ކޮންޓެންޓާ ބެހޭ ގޮތުން
ޖަވާބުދާރީވާންޖެހޭކަމަށް އެ ކޮމިޝަނަށް ޤަބޫލުނުކުރެވޭކަމަށާއި، އަދި މި އިންތިޚާބު ބާޠިލުކުރާވަރުގެ ނުފޫޛު
އޭގެ ސަބަބުން ފޯރާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނަށް ފާހަގަނުކުރެވޭކަމަށާއި، އަދި
ޤާނޫނު ނަންބަރު 2/2009 (ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނު) ގެ ދަށުން
އެކުލަވާލާފައިވާ "ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤަވާއިދު 2014" ގެ 21 ވަނަ މާއްދާގައި
،ޔާންކޮށްފައިވަނީ ޤާނޫނު ނަންބަރު 2/2009 (ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނު) ގެ 11 ވަނަ
މާއްދާގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލި މީހުންގެ ތެރެއިން ޝަރުޠުހަމަލާ
2ތ 2x ތ
سر یہ کہ کر می
3
2
3 ބޑތ
ވިލިނކެއ
22
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
*P ok,
12
2014/HC-I-SH/14
މިވީ ޚުލާސާ
*އން ނިފނމ ގތކ
ޤަޟިއްޔާ
ކެންޑިޑޭޓުންގެ ނަންތައް އިޢުލާންކުރާ ދުވަހުން ފެށިގެން ވޯޓުނަގާ ދުވަހާ ދެމެދު ކެންޑިޑޭޓުން
ކެމްޕޭނުކުރުމަށްޓަކައި މަދުވެގެން 30 ދުވަހުގެ މުއްދަތެއް ދެވޭނެކަމަށާއި، އެ މުއްދަތު ޢަބްދުﷲ ޖާބިރުއަށް
ލިބިދީފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ދެކޭކަމަށާއި، ޢަބްދުﷲ ޖާބިރު ހުރީ ޖަލުގައި
ކަމުގައިވީނަމަވެސް، އެއީ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން އެއަށް ބަދަލެއް ގެނެވޭނެކަމެއް ނޫ ނޫންކަމަށާއި،
އަދި އީޖާބީ ގޮތުން އިލެކްޝަންސް ކޮމިޝަނުން އޭގައި ފިޔަވަޅެއް އަޅަންޖެހޭކަމަށް އިލެކްޝަންސް
ކޮމިޝަނުން ޤަބޫލުނުކުރާކަމަށާއި، އެއީ އިލެކްޝަންސް ކޮމިޝަނުން މެދުވެރިކުރި ޙާލަތަކަށް ނުވާތީ އޭގައި
އީޖާބީ ދައުރެއް ފުރިހަމަވާންޖެހޭކަމަށާއި، އަދި
އިންތިޚާބުގެ ކަންކަން ބަލައި އެކައުންޓްކުރުމުގެ ޙައްޤު ލިއްބައިދީފައިނުވާކަމަށް ބުނެ
ޢަބްދުﷲ ޖާބިރުގެ ފަރާތުން ހުށަހެޅި ނުކުތާގައި، ކެންޑިޑޭޓު ސީދާ އެ ވޯޓު ފޮށްޓެއްގެ ދޮށުގައި ހުރެގެން
ކަންކަން ބަލައި، ކަންކަން ވަޒަންކުރުމުގެ ފުރުޞަތު ލިބިފައިނުވާކަމަށް ބުނާއިރު، އިންތިޚާބުގައި ކެމްޕޭން
މަންދޫބަށާއި
ފަރާތްތަކަށް އެކަމުން ހުރަހެއް އެޅިފައިނުވާކަމަށާއި، ނަމަވެސް، ޢަބްދުﷲ ޖާބިރު ބަންދުގައި ހުރުމުގެ
ސަބަބުން، ޢަބްދުﷲ ޖާބިރުގެ ޙައްޤަށް އައިސްފައިވާ އުނިކަމަކީ ޢަބްދުﷲ ޖާބިރުގެ އަމިއްލަ ޢަމަލުތަކުގެ
ސަބަބުން އައިސްފައިވާ އުނިކަމެއްކަމަށާއި، ދިވެހިރާއްޖޭގެ ހައިކޯޓަށް ޢަބްދުﷲ ޖާބިރު ވަގުތީގޮތުން
މިނިވަންކުރުމަށްޓަކައި 10 މާރޗް 2014 ގައި އަމުރަކަށް އެދި ހުށަހަޅާފައިވާކަމަށާއި، ނަމަވެސް
ދިވެހިރާއްޖޭގެ ހައިކޯޓުން އެފަދަ އަމުރެއް
10 މާރޗް 2014 ގައި ޖަވާބު
ދީފައިވާކަމަށާއި، އެހެންކަމުން، ޢަބްދުﷲ ޖާބިރުއަށް މެދުވެރިވި ޙާލަތަކީ ޝަރުޢީ ކޯޓެއްގެ ޙުކުމެއްގެ ދަށުން
އައިސްފައި އޮތްކަމަކަށް ވާތީ، ޢަބްދުﷲ ޖާބިރު ގެ ކިބައިން އިންތިޚާބީ ޙައްޤެއް ނިގުޅައިގެންފައިވާކަމަށް
އިލެކްޝަންސް ކޮމިޝަނަށް ޤަބޫލުނުކުރެވޭކަމަށާއި، އަދި
ކެރަމްގ
4
444
840 އ އކ
ޗަދޅުންކމަށް
ކ. ގާފަރުގައި ވޯޓުލާންފެށީ ލަހުންކަމުގައިވާތީ، ވޯޓުލުމުގެ ވަގުތު، ދާއިރާގައި
ހިމެނޭ އެކިއެކި ރަށްރަށުގައި ތަފާތުކުރެވިފައިވުމުގެ ސަބަބުން، އިންތިޚާބުގެ ނަތީޖާއަށް އަސަރުކޮށްފައިވާކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
13
ޑި ޚުލާސާ
2014/HC-I-SH/14
2 2
2 22 22
ޤަޟިއްޔާ ނިމުނު ގޮތުގެ
ޢަބްދުﷲ ޖާބިރުގެ ފަރާތުން ފާހަގަކޮށްފައިވާކަމަށާއި، އޭގެ ތަފްޞީލެއްގެ ގޮތުން ވޯޓުލުމުގެ ގަޑިފެށުނީ
ގާފަރުގައި 9:30 ގައި ކަމަށް ފާހަގަކޮށްފައިވާކަމަށާއި، މިކަން އިންތިޚާބުގެ ކަންހިނގި ގޮތުގެ ރިޕޯޓުންވެސް
އެނގެންއޮންނަކަމަށާއި، އެގޮތަށް އެކަން ލަސްވާން މެދުވެރިވީ ވޯޓުލާ މަރުކަޒުގައި ތިބި އޮފިޝަލުން
ވަކިކުރުމުގެ ސަބަބުން ދެންތިބި އޮފިޝަލުން މަސައްކަތް ނުކުރުމަށް އުޅުމުންކަމަށާއި، އެހެންނަމަވެސް ފަހުން
އޮފިޝަލުން ލެވުމާ ގުޅިގެން، 9:30 ގައި ވޯޓުލުމުގެ ކަންތައްތައް ހިނގަންފެށިކަމަށާއި، އަދި މިކަމާ ގުޅިގެން
ވޯޓުލުމުގެ ގަޑި 5:30 އާ ހަމައަށް އިތުރު ކޮށްދެވުނުކަމަށާއި، މިކަން ބަޔާންކޮށް 9:30 ގައި ވޯޓުލުން
ފެށުމުން ދެން ވޯޓުފޮށި ބަންދުކުރާނީ ނުވަތަ ކިއުބަންދުކުރާނީ 5:30 ގައި ކަމަށް ބުނެ އިލެކްޝަންސް
ކޮމިޝަންގެ ފަރާތުން ޢާއްމުކޮށް އިޢުލާނެއްވެސް ކޮށްފައިވާނެކަމަށާއި، ދަޢުވާ ކުރާފަރާތުން ކ. ގާފަރުގެ
ވޯޓުފޮށި ބަންދުކުރުމުގެ ކުރިން ކާށިދޫގެ ނަތީޖާ އިޢުލާންކޮށްފައިވާތީވެ އެސްއެމްއެސްއާ އެނޫންވެސް
ގޮތްގޮތަށް މެސެޖްފޮނުވާ ޢަބްދުﷲ ޖާބިރަށް ތާއީދުނެތްކަމުގެ މަޢުލޫމާތު ގާފަރުގައި ވޯޓުލާން ތިބިމީހުންނަށް
ލިބުމުގެ ސަބަބުން ވޯޓުލާން ތިބިމީހުންގެ ޚިޔާލު ބަދަލުވެ އަސަރުކުރިކަމަށް ބުނެ ފާހަގަކޮށްފައިވާނުކުތާގައި،
ކ. ގާފަރުގައި ވޯޓުލުން ނިންމާފައިވަނީ އޭގެ ތިންގަޑިއިރު ފަހުން ރޭގަނޑު 7 ޖެހިއިރުކަމަށް ދަޢުވާކުރާ
ފަރާތުން ބުނެފައިވާއިރު، އެއީ ޙަޤީގަތެއް ނޫންކަމަށާއި، ކ. ގާފަރު ފޮށީގެ ކަންހިނގިގޮތުގެ ރިޕޯޓުގައި
ވާގޮތުން، ވޯޓުނެގުން ނިންމި ގަޑިއަކީ 18:10 އެއްގައި ކަމަށް ބަޔާންކުރެވިފައިވާކަމަށާއި، ކ. ކާށިދޫގައި
ބެހެއްޓުނު ދެފޮށީގެ ތެރެއިން އެއްފޮށިކަމަށްވާ ކ. އަތޮޅު މަދަރުސާގައި ބެހެއްޓިފައިހުރި ފޮށީގެ ވަގުތީ ނަތީޖާ
އިޢުލާންކުރީ 18:00 ގައިކަމަށާއި، ކ. އަތޮޅު މަދަރުސާގެ ހޯލްތެރޭގައި އުތުރު ފަރާތުގައިހުރި ފޮށީގެ ވަގުތީ
ނަތީޖާ އިޢުލާންކުރީ 18:15 ގައިކަމަށާއި،
. ގާފަރުގައިހުރި ފޮށީގެ ވޯޓުނެގުން ނިންމި
ގަޑިއަކީ 18:10 ގައި ކަމަށްވާތީ، އެ ދޭތެރޭގައި އެފަދަ އަސަރެއް ނުވަތަ އެކަމުގެ ސަބަބުން
އަސަރެއްކުރާނެކަމަށް ފާހަގަނުކުރެވޭކަމަށާއި، އަދި ލިޔެކިޔުންތަކުން އެކަން ސާބިތުވާން އެބައޮތްކަމަށާއި،
ކަންހިނގި ގޮތުގެ ރިޕޯޓުވެސް ދިވެހިރާއްޖޭގެ ހައިކޯޓަށް ފޮނުވާފައިވާނެކަމަށާއި، އަދި
އެހެންކަމުން،
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
(ކުކު6,7445
14
ޚުލާސާ
2014/HC-I-SH/14
ޤަޟިއްޔާ ނިމުނު
ޤާނޫނު ނަންބަރު 11/2008 ގެ 28 ވަނަމާއްދާގެ (ހ) ގައި ބަޔާންކުރާ ތާއީދު
ހޯދުމަށް މަސައްކަތް ކުރުމުގެ ޙައްޤުން ޢަބްދުﷲ ޖާބިރު މަޙްރޫމްވާނެ ފަދަގޮތަކަށް ބަންދުކުރެވިފައިވާވުމަށް،
ލުޔެއް ހޯދައިދިނުމަށްޓަކައި، އަދި ބުނެވިދިޔަ ދުސްތޫރީ އަދި ޤާނޫނީ ގެރެންޓީތައް އޭނައަށް
ލިއްބައިދިނުމަށްޓަކައި، މި ޙައްޤުތައް ކަށަވަރުކޮށްދީ ބެލެނިވެރި އިދާރާގެ ހައިޘިއްޔަތުން އިލެކްޝަންސް
ކޮމިޝަންގެ ފަރާތުން އެއްވެސް ފިޔަވަޅެއް އަޅާފައި ނެތުމުން، އިންތިޚާބުގެ ކުރިން ކަށަވަރުކުރަންޖެހޭ އެ
ޙައްޤުތައް ޢަބްދުﷲ ޖާބިރަށް ލިބިދީފައި ނުވާކަމަށް ފާހަގަކޮށްފައިވާކަމަށާއި، ޢަބްދުﷲ ޖާބިރު ހުރީ ޝަރުޢީ
ޙުކުމެއްގެ ދަށުން ބަންދުގައި ކަމަށްވުމުން، މި ކަމުގައި ޢަބްދުﷲ ޖާބިރުއަށް ލުޔެއް ހޯދައިދިނުމަށްޓަކައި
އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އީޖާބީ ދައުރެއް އޮތްކަމަށް ޤަބޫލެއްނުކުރެވޭކަމަށާއި،
އިލެކްޝަންސް ކޮމިޝަނަށް އެކަމާ ގުޅޭގޮތުން ކުރެވޭނެކަމެއް
އޮތްކަމަކަށްވެސް
އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ބުނެފައިވާކަން ފާހަގަކުރެވެއެވެ.
x
-03
މައްސަލާގެ ތެރެއަށް ތަދައްޚުލްވެފައިވާ ޏ. ފުވައްމުލައް | ނޫޑަލްހީ ފައިޞަލް
ނަސީމްގެ ފަރާތުން ދައްކާފައިވާ ވާހަކައަށް ބަލާއިރު، މި މައްސަލާގައި ތަދައްޚުލުވުމަށް އެދިފައިވާ ސަބަބަކީ
ހުށަހެޅިފައިވާ މައްސަލަ ހުށަހެޅިފައިވާ ގޮތަށް ނިމިއްޖެކަމުގައިވާނަމަ، ފައިސަލް ނަސީމްއަށް އެކަމުގެ
ސަބަބުން ސީދާ ގޮތަކުން އަސަރު ކުރާނެތީވެކަމަށާއި، އެހެންކަމުން 22 މާރޗް 2014 ގައި ބޭއްވުނު ކާށިދޫ
ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި އެ އިންތިޚާބުގެ ނަތީޖާ ޞައްޙަކަމަށް ކަނޑައަޅައިދިނުމަށް
ފައިސަލް ނަސީމުގެ ފަރާތުން އެދިފައިވާކަން ފާހަގަކުރެވެއެވެ.
04_ ދިވެހިރާއްޖޭގެ ހައިކޯޓުގެ މި ޤަޟިއްޔާއާ ގުޅިގެން މައްސަލަ ހުށަހެޅި
ކ. މާލެ | ..ތިމާވެށި ޢަބްދުﷲ ޖާބިރުގެ ފަރާތުންނާއި، މައްސަލަ ރައްދުވި އިލެކްޝަންސް ކޮމިޝަންގެ
ފަރާތުންނާއި، މައްސަލާގެ ތެރެއަށް ތަދައްޚުލްވެފައިވާ ޏ. ފުވައްމުލައް | ނޫޑަލްހީ ފައިސަލް ނަސީމްގެ
ފަރާތުން ދައްކާފައިވާ ވާހަކައަށާއި، ޢަބްދުﷲ ޖާބިރު އާއި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހުށަހަޅާފައިޖާގެ ހައިޖީ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
ރަފަ0 62 ކ
15
2014/HC-I-SH/14
ޤަޟިއްޔާ ނިމުނު ގޮތުގެ
ލިޔުންތަކަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި މި މައްސަލައާ ގުޅުންހުރި ޤާނޫނުތަކާއި
ގަވާއިދުތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
4 2
24
4 22
44
4.1 ފުރަތަމަ ކަމަކީ: 22 މާރޗް 2014 ގައި ބޭއްވުނު 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ
ކާށިދޫ ދާއިރާގެ އިންތިޚާބުގައި ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނު) ގެ 65
ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރުގައި ބަޔާންވެގެންވާ ޤާނޫނީ ނައްޞުތަކުން
ކަނޑައަޅާފައިވާ ބޮޑެތި އިންތިޚާބީ ކުށްތަކެއް ހިނގާފައިވާތީ، ކާށިދޫ ދާއިރާގެ އިންތިޚާބުގެ ނަތީޖާ ބާޠިލުކަމަށް
ކަނޑައަޅައިދިނުމަށް ޢަބްދުﷲ ޖާބިރުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި
އެދިފައިވާކަމާއި،
ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނު) ގެ 65 ވަނަ މާއްދާގެ
(
ނަތީޖާއަށް އެކަށީގެންނުވާ އަސަރެއް ފޯރާފައިވާކަމަށް ޝަރީޢަތަށް ސާބިތުވެ، އަދި އެކަމުގެ ސަބަބުން
އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަތުވެދާނެކަމަށް ޝަރީޢަތުން ކަނޑައަޅައިފިނަމަ، އެ ސަރަޙައްދެއްގެ އިންތިޚާބު
ބާޠިލުކޮށް އަލުން އިންތިޚާބު ބާއްވަންވާނެކަމަށް ބަޔާންކުރެވިފައިވާކަމާއި،
އެހެންކަމުން، ބަޔާންވެދިޔަ މާއްދާގެ (ހ) ގައި ބުނެފައިވާ ތިން ޙާލަތުންކުރެ ޙާލަތެއް
މެދުވެރިވިކަން ޝަރީޢަތަށް ސާބިތުކޮށްދިނުމުގެ އިތުރުން، އެ ޙާލަތުގެ ސަބަބުން އިންތިޚާބުގެ ނަތީޖާއަށް
އެކަށީގެންނުވާ އަސަރެއް ފޯރާފައިވާކަމާއި އަދި އޭގެ ސަބަބުން އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަތުވެދާނެކަން
އެ މާއްދާގެ ދަށުން މައްސަލައެއް ހުށަހަޅާ ފަރާތެއް ސާބިތުކޮށްދޭންޖެހޭކަމާއި، އަދި ހަމަ އެ ޤާނޫނުގެ 64
ވަނަ މާއްދާގެ (ނ) ގެ ދަށުން، ދިވެހިރާއްޖޭގެ ހައިކޯޓަށް މައްސަލަ ހުށަހަޅާ ފަރާތުން އެ މައްސަލަ
ހުށަހަޅާއިރު ސަބަބާއި، ތަފްޞީލާއި ހެކި ހުށަހަޅަންޖެހޭނެކަން ފާހަގަކުރެވެންއޮންނަކަމެވެ.
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
16
2014/HC-I-SH/14
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
44
4.2 ދެވަނަ ކަމަކީ: ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނު) ގެ
65 ވަނަ މާއްދާގެ (ހ) ގެ ދަށުން އިންތިޚާބެއް ބާޠިލުކުރަން ހުށަހަޅާ މައްސަލައެއްގައި، އެ އިންތިޚާބު
ބާޠިލުކުރަން މެދުވެރިވި ސަބަބު ސާބިތުކޮށްދިނުމަށް ދަޢުވާކުރާ ފަރާތުން ހުށަހަޅާ ހެއްކާއި ޤަރީނާއަށް
ރިޢާޔަތްކުރުމުގައި، ޝަރީޢަތުން އެ މައްސަލައެއްގެ ވަށައިގެންވާ ކަންތައްތަކަށް ރިޢާޔަތްކުރަންޖެހޭނެކަމާއި،
ތެރޭގައި، އެ ޢަމަލު ހިނގިކަމަށް ބުނާ ދުވަސްވަރު އެޅެން އޮތް އެއްވެސް ފިޔަވަޅެއް ދަޢުވާކުރާ ފަރާތުން
ނާޅައި، އިންތިޚާބުގެ ދާއިމީ ނަތީޖާ އިޢުލާނުކުރުމުން ހުށަހެޅޭ މައްސަލަތަކުގެ ހެއްކާއި ޤަރީނާ
ވަޒަންކުރުމުގައި، ޝަރީޢަތުން އެކަމަށް ދެވޭ ބުރަދަން ލުއިވެގެންދާނެކަމާއި،
ބަޔާންވެދިޔަ ބާވަތުގެ މައްސަލަތަކުގައި ހުށަހެޅޭ ހެއްކާއި ޤަރީނާއަށް ޝަރީޢަތުން ދެވޭ
ބުރަދަން ލުއިވެގެންދާން މެދުވެރިވާ ސަބަބަކީ، ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާ ބެހޭ ޢާންމު
ޤާނޫނު) ގެ 62 ވަނަ މާއްދާގައި، އިންތިޚާބެއް ހިނގަމުން ދާއިރު އެ އިންތިޚާބާއި ގުޅޭ އެއްވެސް ކަމަކާ
ގުޅިގެން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން
ފަސޭހައިން އެ ޝަކުވާ ހުށަހެޅޭނެ، އަދި އެ ޝަކުވާތައް އަވަހަށް ބަލައި ފިޔަވަޅު އެޅޭނެ ނިޒާމެއް
އިލެކްޝަންސް ކޮމިޝަނުން ޤާއިމުކުރަންޖެހޭނެކަން ބަޔާންކުރެވިފައިވާއިރު، އިންތިޚާބާ ބެހޭ ޝަކުވާ ބެލޭނެ
އެފަދަ ނިޒާމެއް އޮތުމުގެ މަޤުޞަދަށް ރިޢާޔަތް ކުރާއިރު، އެފަދަ ނިޒާމެއް އޮތުމުގެ ބޭނުމަކީ ފަސޭހައިން
ޝަކުވާ ހުށަހެޅޭނެ، އަދި އަވަހަށް ބަލައި، ފިޔަވަޅު އެޅޭނެ ނިޒާމެއް ޤާއިމްކުރުންކަމުގައި ވީހިނދު، އެ
ނިޒާމުގެ ތެރެއިން ޙައްލުކުރެވުމުގެ އިޙްތިމާލު އޮތް މައްސަލައެއް، އެ ނިޒާމުގެ ތެރެއިން ހުށަނާޅައި، އަދި
ޙައްލުކުރަން އެއްވެސް ވަރަކަށް މަސައްކަތްނުކޮށް، އިންތިޚާބުގެ ރަސްމީ ނަތީޖާ
ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 65 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ
ޙާލަތެއް މެދުވެރިވެފައިވާކަމަށް ދެން ބުނާ
ބުނުމުގައި، ކަމުގެ
ޙައްސާސްކަން
ކުޑަވެގެންދާދިއުންކަމާއި،
3 0 0
OX
44ނކުރުމުން،
ދި ހދ 70
8
9
2
¢¢
92ކނކުރެ
ޖެހިރާއްޖޭގެ
| ހައިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4422643799
17
ލަ-
2014/HC-I-SH/14
ޤަޟިއްޔާ ނިމުނު
އެހެނީ، ވޯޓުލުމުގެ ޙައްޤުލިބިފައިވާ ކޮންމެ ފަރާތަކާއި، ކެންޑިޑޭޓުންނާއި، ސިޔާސީ ޕާޓީތަކާއި
އަދި އިލެކްޝަންސް ކޮމިޝަނުން ހުއްދަދީފައިވާ އިންތިޚާބުގެ އޮބްޒާވަރުންނާއި މޮނިޓަރކުރާ މީހުންނަށްވެސް
އިންތިޚާބާއި ބެހޭ ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ލިބިފައިވާއިރު، އަދި ޤާނޫނު ނަންބަރު 11/2008
(އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނު) ގެ 62 ވަނަ މާއްދާގެ ދަށުން، އިލެކްޝަންސް ކޮމިޝަނުން
އުފައްދަންޖެހޭ ޝަކުވާ ހުށަހެޅުމުގެ ނިޒާމް، "ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤަވާއިދު 2014" ގެ
ދަށުން 22 މާރޗް 2014 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޤާއިމްކުރެވުނުކަން އެނގެން
އޮންނައިރު، އޭގެ ދަށުން ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއެއް އުފައްދާފައިވާކަން އެނގޭކަމާއި،
އަދި ކޮންމެ ސިޓީއެއްގައާއި ކޮންމެ އަތޮޅެއްގައި ޝަކުވާތަކާއި މައްސަލަތައް ބެލުމަށްޓަކައި އަތޮޅު/ސިޓީ
އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއެއް އުފެއްދުމުގެ އިތުރުން، އަތޮޅުސިޓީ އިލެކްޝަންސް
ކޮމްޕްލެއިންޓްސް ބިއުރޯ އުފެއްދުމުގެ ކުރިން އަތޮޅުތަކުން ނުވަތަ ސިޓީތަކުން ހުށަހަޅާ މައްސަލަތައް ބެލުމަށް
އަތޮޅު ސިޓީ އިލެކްޝަންސް ޔުނިޓެއް ޤާއިމުކުރެވުނުކަން އެނގޭކަމާއި، އަދި ބަޔާންވެދިޔަ ޤަވާޢިދުގެ ދަށުން
ރަށު ފޯކަލް ޕޮއިންޓަށް އިންތިޚާބާބެހޭ މައްސަލަތައް ހުށަހެޅިދާނެކަންވެސް ފާހަގަކުރެވެން އޮތް ހިނދު، އަދި
ބުނެވިދިޔަ ފަރާތްތަކަށް އަވަހަށް ފިޔަވަޅު އެޅުމާއި ވަގުތުން ފިޔަވަޅު އެޅުމުގެ ބާރު ލިބިދީފައިވާއިރު، އެފަދަ
މައްސަލަތަކަކީ ޙަޤީޤަތުގައިވެސް ޙައްސާސް މައްސަލަތަކެއްނަމަ، އަދި އޭގެ ސަބަބުން މުޅި އިންތިޚާބަށް
އަސަރުކުރާނެ ފަދަ މައްސަލަތަކެއްކަމަށް ކަމުގެ މަޞްލަހަތު އޮތް ފަރާތަކަށް ޙަޤީޤަތުގައިވެސް
ޤަބޫލުކުރެވޭނަމަ، ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނު) ގެ 62 ވަނަ މާއްދާގެ
އެއްގޮތަށް، އެފަދަ މައްސަލަތަކުގައި ވަގުތުން ފިޔަވަޅު އަޅައިދިނުމަށް އެދި، ހުއްޓުވެން ހުރިކަންކަން
ހުއްޓުވައި، ނުވަތަ ޙައްލު ހޯދެންހުރި ކަންކަމުގައި ޙައްލު ހޯދުމަށް، ހެޔޮ ނިޔަތެއް އޮތް ފަރާތެއްނަމަ
މަސައްކަތްކުރާނެކަމަށް މި މައްސަލަ ބެލި ހުރިހާ ފަނޑިޔާރުންނަށްވެސް
24
22
ކުރިކަމެވެ.
4.3 ތިންވަނަ ކަމަކީ: ޤާނޫނު ނަންބަރު 2/2009 (ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ
ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ "ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤަވާއިދު 2014" ގެ 23 އިގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް info
@
hig hcourt.gov.mv ވެބް ސައިޓް www.highcourt.gov.mv
18
2014/HC-I-SH/14
ހ4 0
2
2
0
2
ބަޔާންވެގެންވާ
4.
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މާއްދާގެ (ހ) ގައި ކެންޑިޑޭޓުންނަށާއި އެ މީހުންނަށް ތާއީދު ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކުގެ ސުލޫކީ
މިންގަނޑުކަމަށް ބަޔާންކޮށްފައިވާ މިންގަނޑުތަކާއި، ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންނަށް ތާއީދުކުރާ ފަރާތްތަކުން
ޚިލާފުވެފައިވާކަމަށާއި އަދި ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 65 ވަނަ
މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި
ޤާނޫނީ ނައްޞުތަކުން
ކަނޑައަޅާފައިވާ ބޮޑެތި އިންތިޚާބީ ކަންތައް ހިންގާފައިވާކަމަށް ޢަބްދުﷲ ޖާބިރުގެ ފަރާތުން
ފާހަގަކޮށްފައިވާއިރު، އަދި އެކަން ސާބިތުކޮށްދިނުމުގެ ގޮތުން އޯޑިއޯ ކްލިޕްތަކަކާއި 36 ހެކިންގެ ނަމާއި
އެޑްރެސް އެކުލެވޭ ލިސްޓެއް ޢަބްދުﷲ ޖާބިރުގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވާއިރު،
ޢަބްދުﷲ ޖާބިރުގެ ފަރާތުން ހެކިން ހުށަހަޅާފައިވަނީ ޖުމްލަ ގޮތެއްގައި ޤާނޫނު ނަންބަރު
11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 65 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ
ދަށުން، އިންތިޚާބުގެ ތެރޭގައި އެކަށީގެންނުވާ ނުފޫޒެއް ފޯރުވާފައިވާކަން ސާބިތުކޮށްދިނުމުގެ ގޮތުންނާއި ހަމަ
އެ އަކުރުގެ (2) ވަނަ ނަންބަރުގެ ދަށުން، އިންތިޚާބީ ޙައްޤެއްގެ ފައިދާ ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް
ލެންބުމަށްޓަކައި ރިޝްވަތު ދިންކަން ސާބިތުކޮށްދިނުމަށްޓަކައިކަން ފާހަގަކުރެވޭކަމާއި،
ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 65 ވަނަ މާއްދާގެ (ހ)
ގެ ދަށުން އިންތިޚާބެއް ބާޠިލުކުރަން އެދޭ ފަރާތަކުން އެ މާއްދާގެ (ހ) ގެ ދަށުން ބަޔާންކުރާ ޙާލަ
ޙާލަތްތަކުން
ކުރެ ޙާލަތެއް އޮތްކަން ސާބިތުކޮށްދިނުމުގެ އިތުރުން، އެ ޙާލަތުގެ ސަބަބުން އިންތިޚާބުގެ ނަތީޖާއަށް
އަސަރުކޮށްފައިވާކަން ސާބިތުކޮށްދޭންޖެހޭނެކަމާއި، އަދި އޭގެ ސަބަބުން ނަތީޖާއަށް ބަދަލެއް އައުމުގެ އިޚްތިމާލު
ބޮޑުކަން ޝަރީޢަތަށް ސާބިތުކޮށްދޭންޖެހޭ ހިނދު،
ކާށިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކާމިޔާބުކުރި ފައިސަލް ނަސީމްއާއި
އޭނާގެ ކެމްޕެއިން ޓީމުން "ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤަވާއިދު 2014" ގެ 23 ވަނަ މާއްދާގެ
(ހ) ގައި ބަޔާންކުރާ ސުލޫކީ މިންގަނޑުތަކާއި ޚިލާފަށް ޢަމަލުކޮށް، އިންތިޚާބަށް އެކަށީގެންނުވާ ނުފޫޒެއް
ފޯރުވުމުގެ ސަބަބުން، އަދި އެންޓި-ކެމްޕެއިންކުރުމާއި، ރިޝްވަތު ދިނުމުގެ ސަބަބުން، އެ ތާޢީރާޖްގެ ހަ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
19
ޤަޟިއްޔާ ނިމުނު ގެ
2014/HC-I-SH/14
0r7
އ
އިންތިޚާބުގެ ނަތީޖާއަށް އެކަށީގެންނުވާ އަސަރެއް ފޯރާފައިވާކަން ސާބިތުކޮށްދިނުމުގެ އިތުރުން، އިންތިޚާބުގެ
ނަތީޖާއަށް ބަދަލެއް އަތުވެދާނެކަން ސާބިތުކޮށްދިނުމަށް ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ
ޢާންމު ޤާނޫނު) ގެ 64 ވަނަ މާއްދާގެ (ނ) ގެ ދަށުން ހުށަހަޅަންޖެހޭ ހެކި، ޢަބްދުﷲ ޖާބިރުގެ ފަރާތުން
ޝަރީޢަތަށް ހުށަހަޅާފައިނުވާކަމާއި،
މީގެ އިތުރުން، ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 65
ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގެ ދަށުން ކާށިދޫ ދާއިރާގެ އިންތިޚާބު
ބާޠިލުކުރަން ޢަބްދުﷲ ޖާބިރުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާއިރު، އިންތިޚާބުގެ ދުވަސްވަރު
އެ ޝަކުވާ އިލެކްޝަންސް ކޮމިޝަނަށް ނުވަތަ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ފަރާތަކަށް
ހުށަހަޅާފައިނުވާނެކަމަށް ޢަބްދުﷲ ޖާބިރުގެ ފަރާތުން ބުނެފައިވާކަމާއި، އަދި އޭގެ ސަބަބަކީ، ޢަބްދުﷲ ޖާބިރު
އޭރު ހުރީ ޖަލު ބަންދެއްގައިކަމުން، ޢަބްދުﷲ ޖާބިރުއަށް އެކަން ނުކުރެވުނީކަމަށް ޝަރީޢަތުގައި
ބުނެފައިވާއިރު،
ކާށިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ދުވަސްވަރު ޢަބްދުﷲ ޖާބިރުގެ އަބުރަށް
އުނިވާގޮތަށް ކެމްޕެއިންކޮށް، ސަރުކާރުގެ އިސްވެރިންގެ ކެމްޕެއިންތަކުން އިންތިޚާބަށް ނުފޫޒު ފޯރުވައި، ކާށިދޫ
ދާއިރާގެ ރައްޔިތުންނަށް ރިޝްވަތުދިނުމުގެ ޢަމަލުތައް ހިންގައި، އެކަމުގެ ސަބަބުން އިންތިޚާބަށް
ޙަޤީޤަތުގައިވެސް އެކަށީގެންނުވާ އަސަރުކޮށް، އެކަމުގެ ސަބަބުން އިންތިޚާބުގެ ނަތީޖާއަށް ބަދަލު އައުމުގެ
އިޙްތިމާލު އަތުވެދާނެކަމަށް ޤަބޫލު ކުރެވެންއޮއްވާ، އެ ޢަމަލުތައް ހިނގި ދުވަސްވަރު އެ ޢަމަލުތައް ހުއްޓުވަން
މަސައްކަތްކުރުމުގެ ގޮތުން ޢަބްދުﷲ ޖާބިރުގެ ރަސްމީ އިންތިޚާބީ އޭޖެންޓްވެސް ހިމެނޭގޮތަށް، ޢަބްދު
ޖާބިރުއަށް ތާއީދު ހޯދުމަށް މަސައްކަތްކުރި ފަރާތްތަކާއި، ޢަބްދުﷲ ޖާބިރު ތަމްޞީލުކުރި ސިޔާސީ ޕާޓީން،
އެކަމާގުޅޭ އެއްވެސް ޝަކުވާއެއް އިލެކްޝަންސް ކޮމިޝަނަށާއި އެ ކޮމިޝަނުން ޝަކުވާ ބަލައިގަނެ އަވަސް
ފިޔަވަޅު އެޅުމުގެ ބާރުދީފައިވާ އެއްވެސް ފަރާތަކަށް ހުށަހަޅާފައިނުވާކަން ފާހަގަކުރެވޭކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
20
އިރުގެ ޚުލާސާ
2014/HC-I-SH/14
ޤަޟިއްޔާ ނިމުނު ގޮތުގެ
4.4- ހަތަރުވަނަ ކަމަކީ: އިންތިޚާބުގައި ވޯޓުލުމުގެ ވަގުތު ދާއިރާގައި ހިމެނޭ އެކިއެކި
ރަށްރަށަށް ތަފާތުކުރެވިފައިވުމުގެ ސަބަބުން އިންތިޚާބުގެ ނަތީޖާއަށް އަސަރުކޮށްފައިވާކަމަށް ޢަބްދުﷲ ޖާބިރުގެ
ފަރާތުން ބުނާ ބުނުމުގެ މައްޗަށް ޝަރީޢަތުން ރިޢާޔަތްކުރިއިރު،
ކާށިދޫއާއި ގާފަރުގައި އެއްފަހަރާ ވޯޓުނުލުމުގެ ސަބަބުން އިންތިޚާބުގެ ނަތީޖާއަށް
އަސަރުކޮށްފައިވާކަމަށާއި، އެގޮތުން ކާށިދޫގައި ބަހައްޓާފައިހުރި ވޯޓު ފޮށިތަކުގެ ވަގުތީ ނަތީޖާ ކުރިން
އިޢުލާނުކުރުމުގެ ސަބަބުން، ގާފަރުގައި ވޯޓުލީ ފަރާތްތަކަށް އެކަމުގެ ސަބަބުން ނުރަނގަޅު ނުފޫޒު
ފޯރުވުނުކަމަށް ޢަބްދުﷲ ޖާބިރުގެ ފަރާތުން ބުނެފައިވާއިރު،
އިލެކްޝަންސް ކޮމިޝަންގެ އިދާރާގެ ނަންބަރު 2014
/
229-A
)
CA) (19 މާރޗް 2014)
އިޢުލާނުގައި 22 މާރޗް 2014 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި
ކ. ގާފަރުގައި ވޯޓުނަގަން ފަށާގައި ހެނދުނު 9:30 އަށް ފަސްކުރެވިފައިވާކަމަށާއި އަދި ވޯޓުނެގުން ނިމޭނެ
ގަޑިއަކީ ހަވީރު 5:30 ކަމަށާއި، މިހެން އެކޮމިޝަނުން ނިންމާފައިވާ ސަބަބަކީ ގާފަރުން އޮފިޝަލުން
ނުލިބުމުގެ ސަބަބުންކަމަށް އެ އިޢުލާނުގައި ބަޔާންކުރެވިފައިވާކަމާއި،
ކާށިދޫގައާއި ގާފަރުގައި ދެ ވަގުތެއްގައި ވޯޓުލުމުގެ ސަބަބުން އެ ދާއިރާގެ ނަތީޖާއަށް
އަސަރުކޮށްފައިވާކަމަށް ޢަބްދުﷲ ޖާބިރުގެ ފަރާތުން ބުނާއިރު، އިލެކްޝަންސް ކޮމިޝަންގެ ފަރާތުން
ހުށަހަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2014 ގެ ވޯޓުލާ މަރުކަޒުތަކުގެ "ކަންހިނގާ ދިޔަގޮތުގެ
ރިޕޯޓު" އަށް ޝަރީޢަތުން ރިޢާޔަތްކުރިއިރު، ކ. ކާށިދޫގައި 2 (ދޭއް) ފޮށި ބެހެއްޓިފައިހުރިކަން އެނގޭކަމާއި،
އަދި ގާފަރުގައި ބެހެއްޓިފައި ހުރީ އެންމެ ފޮށްޓެއްކަން ފާހަގަކުރެވޭކަމާއި، ކާށިދޫ-1 (H01.01.1)
ނަންބަރު ވޯޓުފޮށީގެ ވަގުތީ ނަތީޖާ އިޢުލާންކޮށްފައިވަނީ 18:15 އައިކަން އެ ފޮށީގެ ކަންހިނގާދިޔަގޮތުގެ
ރިޕޯޓުން އެނގެން އޮތްއިރު، ކާށިދޫ-2 (H01.01.2) ނަންބަރު ވޯޓުފޮށީގެ ވަގުތީ ނަތީޖާ އިޢުލާންކޮށްފައިވަނީ
18:00 ގައިކަން އެ ފޮށީގެ ކަންހިނގާދިޔަގޮތުގެ ރިޕޯޓުން އެނގޭކަމާއި، ގާފަރު-1 (H01.02.1) ނަންބަރު
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
21
ޚުލާ
2014/HC-I-SH/14
ޤަޟިއްޔާ ނިމުނު
ވޯޓުފޮށީގެ ވަގުތީ ނަތީޖާ އިޢުލާނުކުރި ގަޑިއަކީ 11:30 ކަމުގައި އެ ފޮށީގެ ކަންހިނގާދިޔަގޮތުގެ ރިޕޯޓުން
އެނގެން އޮތްނަމަވެސް، އެ ފޮށީގެ ވޯޓު ނެގުން ނިންމި ގަޑިއަކީ 18:10 ކަން އެ ރިޕޯޓުން އެނގޭކަމާއި،
އެހެންކަމުން، ކާށިދޫ-1 (H01.01.1) ނަންބަރު ވޯޓުފޮށީގެ ވަގުތީ ނަތީޖާ
އިޢުލާނުކޮށްފައިވަނީ މާފަރުގައި ވޯޓުނެގުން ނިމުނުތާ 5 މިނިޓް ފަހުންކަން ފާހަގަކުރެވެންއޮތްހިނދު، ކާށިދޫ-2
H01.01.2) ނަންބަރު ވޯޓުފޮށީގެ ވަގުތީ ނަތީޖާ އިޢުލާންކޮށްފައިވަނީ މާފަރުގައި ވޯޓުނެގުން ނިމުމުގެ 10
މިނިޓު ކުރިންކަމާއި، އިންތިޚާބެއްގައި އިލެކްޝަންސް ކޮމިޝަނުން އެއް ފޮށީގެ ވޯޓު ނެގުން
ލަސްނުކުރިނަމަވެސް، ވޯޓުނެގުން ނިންމާގައި އައިސްޖެހޭއިރު، ވޯޓުލާން ކިޔޫގައިތިބި މީހުންގެ ޢަދަދު
ގިނަނަމަ، އެ ފޮށީގެ ވޯޓުނެގުން ނިމޭ ވަގުތު އެހެން ފޮށްޓެއްގެ ވޯޓު ނެގުން ނިންމާލާ ވަގުތާއި
ތަފާތުވެދާނެކަމާއި، ބުނެވިދިޔަ 10 މިނިޓްގެ ތެރޭގައި ކާށިދޫ ދާއިރާގެ އިންތިޚާބަށް އެކަށީގެންނުވާ ނުފޫޒު
ފޯރާފައިވާގޮތާއި، އަދި އެކަމުގެ ސަބަބުން ނަތީޖާއަށް ބަދަލުއަތުވެދާނެކަން ސާބިތުކޮށްދިނުމުގެ ބުރަ ދަޢުވާކުރާ
ފަރާތުން އުފުލަންޖެހޭ ހިނދު، ކާށިދޫއާއި ގާފަރުގައި ވޯޓު ނެގުން ނިންމާލި ގަޑި ތަފާތުވިކަމާއި، އަދި ކާށިދޫގެ
ވޯޓު ފޮށްޓެއްގެ ނަތީޖާ ގާފަރުގައި ވޯޓުލާން ގޮސްތިބި މީހުންނަށް އެނގުނުކަން ސާބިތުކޮށްދިނުމުގެ ގޮތުން
ހުށަހެޅި ހެކިން ފިޔަވައި، އެހެން ހެއްކެއް ޢަބްދުﷲ ޖާބިރުގެ ފަރާތުން ހުށަހަޅާފައިނެތުމުން، ދެ ރަށުގައި ދެ
ގަޑީގައި
ވޯޓުނެގުމުގެ
އިންތިޚާބަށް އެކަށީގެންނުވާ އަސަރެއް ފޯރާފައިވާކަމަށް
ސާބިތުކޮށްދެވިފައިނުވާކަމެވެ.
497
ސަބަބުން
4.5- ފަސްވަނަ ކަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ
(ށ) އިން ކަށަވަރުކޮށްދޭ އިންތިޚާބުތަކަށް ކުރިމަތިލައި ވާދަކުރުމުގެ ޙައްޤަށް އުނިކަން ލިބޭފަދަ ގޮތަކަށް
ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނު) ގެ 28 ވަނަ މާއްދާގެ (ހ) ގައި
ބަޔާންކުރާ ތާއީދު ހޯދުމަށް މަސައްކަތްކުރުމުގެ ޙައްޤުން ޢަބްދުﷲ ޖާބިރު މަޙްރޫމްކޮށްފައިވާކަމަށާއި،
"ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤަވާއިދު 2014" ގެ 21 ވަނަ މާއްދާގައިވާގޮތުގެ މަތިން އިންތިޚާބަށް
ކުރިމަތިލާ ފަރާތްތަކުންކުރެ ޝަރުތު ހަމަވާ ފަރާތްތަކަށް އެ ފަރާތެއްގެ ނަން ކެންޑިޑޭޓެއްގެ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް info
@
hig hcourt.gov.mv ވެބް ސައިޓް: WWW.highcourt.gov.mv
22
މިވީ ޚުލާސާ
2014/HC-I-SH/14
202
ވެހިރާއްޖޭގެ ހައިކޯ
ޤަޟިއްޔާ ނިމުނު ގޮތުގެ
ބަލައިގަނެ އިޢުލާންކުރާ ދުވަހުން ފެށިގެން ކެމްޕޭނުކުރުމަށްޓަކައި، މަދުވެގެން
ލިބިދޭންޖެހޭ
30 (ތިރީސް)
ދުވަހުގެ މުއްދަތު ޢަބްދުﷲ ޖާބިރުއަށް ލިބިދީފައިނުވާކަމަށާއި، ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާ
ބެހޭ ޢާންމު ޤާނޫނު) ގެ 55 ވަނަ މާއްދާގެ (ނ) ގައި ޞަރީޙަ ނައްޞުން މުޠުލަޤަށް ޢަބްދުﷲ ޖާބިރަށް
ކެންޑިޑޭޓެއްގެ ހައިސިއްޔަތުން ކަށަވަރުކޮށްދީފައިވާ ވޯޓުފޮށި ހުޅުވައި، ވޯޓުތައް ބަލައި، ވޯޓު ގުނައި،
ޢަދަދުކޮށް ނަތީޖާ ހޯދުމުގެ މަރުޙަލާގައި ބައިވެރިވުމުގެ ފުރުޞަތު އޭނާއަށް ލިބިދީފައިނުވާކަމަށް ޢަބްދު
ޖާބިރުގެ ފަރާތުން ފާހަގަކޮށްފައިވާކަމާއި،
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ޢަބްދުﷲ ޖާބިރުގެ ފަރާތުން ދަޢުވާކޮށްފައިވާއިރު،
ޢަބްދުﷲ ޖާބިރު އިސްވެ ބަޔާންވެދިޔަ ޙައްޤުތަކުން މަޙްރޫމްވުމުގެ ސަބަބަކީ، ޢަބްދުﷲ ޖާބިރުގެ މައްޗަށް
ޝަރުޢީ ކޯޓަކުން ކޮށްފައިވާ ޙުކުމެއް ތަންފީޒުކުރުމުގެ ސަބަބުން ޢަބްދުﷲ ޖާބިރު ޖަލު ބަންދުގައި
ހުރުމުންކަން އެނގޭކަމާއި، ޝަރުޢީ ކޯޓަކުން ކުރާ ޙުކުމަކަށް ދެން ބަދަލެއް ގެނެވޭނީ އެއަށްވުރެ މަތީ މަރުޙަލާ
ކޯޓަކުންކަމުގައި ވާހިނދު، އެއް ކޯޓަކުންކުރާ ޙުކުމް އެއަށްވުރެ މަތީ މަރުޙަލާ ކޯޓަކަށް އިސްތިއުނާފު ކުރުމުގެ
ޙައްޤު މައްސަލައާ ގުޅުންހުރި ކޮންމެ މީހަކަށް ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިން ލިބިދޭކަމާއި، ކްރިމިނަލް
ކޯޓުގެ ނަންބަރު 2013/Cr
-
C/1022 ޤަޟިއްޔާގައި ޢަބްދުﷲ ޖާބިރު 01 (އެކެއް) އަހަރު ދުވަހުގެ
މުއްދަތަށް ޖަލަށްލުމަށް ޙުކުމް ކުރައްވާފައިވާކަމާއި، އަދި އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޢަބްދު
ޖާބިރުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް މިކޯޓުގެ ނަންބަރު 47/HC
-
A/2014 ޤަޟިއްޔާއިން
ހުށަހެޅިކަން އެނގޭކަމާއި، އެ ޤަޟިއްޔާގައި، ޢަބްދުﷲ ޖާބިރުގެ ކެންޑިޑެސީ ޤާނޫނީ ގޮތުން ޞައްޙަކަމަށް
އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފައިވާތީ، އަދި ކެމްޕޭން ކުރުމުގެ ޙައްޤަކީ އިންތިޚާބީ ޙައްޤުތަކުގެ
ތެރެއިން އެންމެ މުހިންމު ޙައްޤުކަމުގައިވާތީ، އަދި އެ ޙައްޤު އުފަންވެ، ދެމިއޮންނާނީ ވަކި މުއްދަތަކަށް
ކަމުގައި ވާތީ، އިންތިޚާބުގައި ކެމްޕޭންކުރުމަށްޓަކައި، ޢަބްދުﷲ ޖާބިރުގެ މައްޗަށް ކްރިމިނަލް ކޯޓުގެ ނަންބަރު
ޤަޟިއްޔާއިން ކުރައްވާފައިވާ ޙުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމަށް ދިވެހިރާއްޖޭގެ
ހައިކޯޓުގައި އެދުނުކަން އެނގެންއޮންނަކަމާއި،
2 20
0 2
<< O
1022/Cr-C/2013
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
23
2014/HC-I-SH/14
ޤަޟިއްޔާ ނިމުނު
ޢަބްދުﷲ ޖާބިރުގެ ފަރާތުން އެދިފައިވާ ގޮތަށް އެ ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުން
ފަސްކުރާނެ ތަނެއް އޮތްކަމަށް އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންނަށް ނުފެންނަކަމަށް
10 މާރޗް 2014 ގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޢަބްދުﷲ ޖާބިރުއަށް ފޮނުވާފައިވާ މި ކޯޓުގެ ނަންބަރު
2014
/
52/MISL
)
95
-
B8
/
INDIV) އަމިއްލަ މީހުން ފޮނުވާ ސިޓީގެ ޖަވާބުން އެނގެން އޮންނަކަމާއި،
ބަޔާންވެދިޔަ ނިންމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވުނުކަން އެނގެން
ނެތްކަމާއި، ޢަބްދުﷲ ޖާބިރުގެ ފަރާތުން ފާހަގަކޮށްފައިވާ އިންތިޚާބުގައި ކެމްޕޭންކުރުމާ ގުޅޭ ޙައްޤު
ހޯދުމަށްޓަކައި އެނޫން އެހެން ކޯޓަކަށްވެސް ހުށަހަޅާފައިވާކަން އެނގެން ނެތްކަމާއި، މި މައްސަލާގައި،
އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން، ޢަބްދުﷲ ޖާބިރުއަށް ލިބިދޭންޖެހޭ ޙައްޤުތަކެއް
އިލެކްޝަންސް ކޮމިޝަނުން ހިފަހައްޓާފައިވާކަމަށް ބެލެވެން ނެތްކަމެވެ.
ވީމާ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެ މަތިން ހުރުމުން، ޤާނޫނު ނަންބަރު
11/2008 (އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނު) ގެ 65 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ
ސަބަބުތަކުގެ ތެރެއިން ސަބަބެއް މެދުވެރިފައިވާކަން ސާބިތުކޮށްދިނުމުގެ ގޮތުން، ޢަބްދުﷲ ޖާބިރުގެ ފަރާތުން
އިސްވެ ބުނެވުނު ޤާނޫނުގެ 64 ވަނަ މާއްދާގެ (ނ) ގައި ބުނާ ހެކި ހުށަހަޅާފައިނުވާތީވެ، ޤާނޫނު ނަންބަރު
11/2008 (އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނު) ގެ 65 ވަނަ މާއްދާގެ (ހ) ގެ ދަށުން، 22 މާރޗް 2014
ގައި ބޭއްވުނު 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ އިންތިޚާބު ބާޠިލުކުރަންޖެހޭ ސަބަބެއް،
ދަޢުވާކުރާ ޢަބްދުﷲ ޖާބިރުއަށް، ސާބިތުކޮށްދެވިފައިނުވާކަމަށް މި މައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް އެއްބަސްވެވުނެ
ނވެވުނެވެ"
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
24
ޤަޟިއްޔާ
2014/HC-I-SH/14
ގޮތްގެ
32
24 2
ދެންފަހެ، 22 މާރޗް 2014 ގައި ބޭއްވުނު 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ
ދާއިރާގެ އިންތިޚާބުގައި، ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާ ޢާންމު ޤާނޫނު) ގެ 65 ވަނަ
މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރުގައި ބަޔާންވެގެންވާ
ޤާނޫނީ ނައްޞުތަކުން
ކަނޑައަޅާފައިވާ ބޮޑެތި އިންތިޚާބީ ކުށްތައް ހިނގާފައިވާކަމުގެ އެކަށީގެންވާ ހެއްކާއި ޤަރީނާ ފައުޅުކަން ބޮޑު
ގޮތެއްގައި ފެންނަންހުރުމުންކަމަށް ބުނެ، އަދި މި އިންތިޚާބުގައި ވޯޓުލުމުގެ ވަގުތު ދާއިރާގައި ހިމެނޭ އެކިއެކި
ރަށްރަށަށް ތަފާތުކުރެވިފައިވުމުގެ ސަބަބުން އިންތިޚާބުގެ ނަތީޖާއަށް ކުރި އަސަރަށް، އަދި މި އިންތިޚާބުގައި
ދެވަނައަށް އެންމެ ގިނަ ވޯޓު ހޯދި މި ޤަޟިއްޔާގައި ދަޢުވާކުރާ ކ. މާލެ | ހ.ތިމާވެށި ޢަބްދުﷲ ޖާބިރުގެ
ކެންޑިޑެސީ ޤާނޫނީ ހަމަތަކުން ޞައްޙަކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނިކޮށް، އޭނާއަށް
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ށ) އިން ކަށަވަރުކޮށްދޭ އިންތިޚާބުތަކަށް
ކުރިމަތިލައި ވާދަކުރުމުގެ ޙައްޤަށް އުނިކަން ލިބޭފަދަ ގޮތަކަށް ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާ
ބެހޭ ޢާންމު ޤާނޫނު) ގެ 28 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ތާއީދު ހޯދުމަށް މަސައްކަތްކުރުމުގެ ޙައްޤުން
ޢަބްދުﷲ ޖާބިރު މަޙްރޫމްކޮށްފައިވާތީ އާއި، ބުނެވިދިޔަ ޤާނޫނުގެ 55 ވަނަ މާއްދާގެ (ނ) ގައި ޞަރީޙަ
ނައްޞުން މުޠުލަޤަށް ޢަބްދުﷲ ޖާބިރަށް ކެންޑިޑޭޓެއްގެ ހައިސިއްޔަތުން ކަށަވަރުކޮށްދީފައިވާ ވޯޓުފޮށި ހުޅުވައި،
ވޯޓުތައް ބަލައި، ވޯޓު ގުނައި، ޢަދަދުކޮށް ނަތީޖާ ހޯދުމުގެ މަރުޙަލާގައި ބައިވެރިވުމުގެ ފުރުޞަތު އޭނާއަށް
ލިއްބައިދީފައިނުވާތީކަމަށް ބުނެ، 22 މާރޗް 2014 ގައި ބޭއްވުނު 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ
ދާއިރާގެ އިންތިޚާބަކީ ދުސްތޫރީ އަދި ޤާނޫނީ ހަމަތަކަށް ރިޢާޔަތްކުރަންޖެހޭ މިންވަރަށް ރިޢާޔަތްނުކޮށް
ބާއްވާފައިވާ އިންތިޚާބަކަށްވާތީ މި އިންތިޚާބުގެ ނަތީޖާ ބާޠިލުކަމަށް ކަނޑައަޅައިދިނުމަށް އެދި ޢަބްދު
ޖާބިރުގެ ފަރާތުން ހުށަހެޅި މައްސަލައަށް، މި މައްސަލަ ބެލި ފަނޑިޔާރުންނަށް ފާހަގަކުރެވުނު ނުކުތާތަކުގެ
އަލީގައި ބެލިއިރު، 22 މާރޗް 2014 ގައި ބޭއްވުނު 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ
އިންތިޚާބު ބާޠިލުކުރަންޖެހޭފަދަ އެކަށީގެންވާ ސަބަބެއް ދަޢުވާކުރާ ޢަބްދުﷲ ޖާބިރުއަށް ދެއްކިފައިނުވާކަމަށްވީއިމިއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
25
2014/HC-I-SH/14
ޤަޟިއްޔާ ނިމުނު
މައްސަލަ ބެލި ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، 22 މާރޗް 2014 ގައި ބޭއްވުނު 18 ވަނަ
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ އިންތިޚާބަކީ، ބާޠިލު އިންތިޚާބެއްކަމަށް ކަނޑައަޅާނެތަނެއް ނެތްކަމަށް
އަންގައި، ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ހައިކޯޓް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv