ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/77 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު
ހިމުނު ގޮތުގެ ޚުލާޞާ
2015/HC-A/77
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 71/HC
-
A/2015
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ބޭންކް އޮފް މޯލްޑިވްސް ޕލކ
ރަޖިސްޓްރީ ނަންބަރު: 22
/
1982-C
ދާއިމީ އެޑްރެސް: 11، ބޮޑުތަކުރުފާނު މަގު/މާލެ
މިހާރުގެ އެޑްރެސް: 11، ބޮޑުތަކުރުފާނު މަގު މާލެ
• އިސްތިއުނާފު ރައްދުވި ފަރާތްގެ
* ނަން: ފާޠިމަތު މަލީހާ ޖަމާލް
ކާޑު ނަންބަރު: A006410
ދާއިމީ އެޑްރެސް: ދޫޑިގަން. މަލީޝާ ޏ. ފުވައްމުލައް
މިހާރުގެ އެޑްރެސް: ސްޓެމްވިލާ/ ކ. މާލެ
#
• ރަޖިސްޓްރީކުރެވުނު ތާރީޚް:
15 ފެބުރުވަރީ 2015
ނިމުނު ތާރީޚް: 01 ޑިސެންބަރު 2016
އިސްތިއުނާ
ރެވުނު މައްސަލަ ނަންބަރު: 2017/VTR/159
• ނިންމެވިތަން: ވަޒީފާއާބެހޭ ޓްރައިބިއުނަލް
ހުށަހެޅުނު ތާރީޚް: 17 ސެޕްޓެމްބަރ 2013 ނިމުނު ތާރީޚް: 30 ނޮވެމްބަރ 2014
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަލީ ސަމީރު،
ދިވެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2 ޤު ޟީއްޔާ ނިމުނު
މުނު ގޮތުގެ ޚުލާޞާ
2015/HC-A/77
ޚުލާޞާ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2013/VTR/159 މައްސަލަ ނިންމަވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށް ބުނެ، ބޭންކް އޮފް މޯލްޑިވްސް ޕލކ.ގެ ފަރާތުން
އެމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފީ ދަޢުވާ ރައްދުވާ ފަރާތަކީ ޏ. ފުވައްމުލައް ދޫޑިގަން. މަލީ، ފާތިމަލު
މަލީޙާ ޖަމާލުއެވެ.
0/
<< O
ކުތައ•
01- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2013/VTR/159 މައްސަލައަކީ، ޏ.ފުވައްމުލައް
ދޫޑިގަން މަލީޝާ، ފާތިމަލު މަލީޙާ ޖަމާލު (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A006410)
30 ޖެނުއަރީ 1995 ވަނަ އަހަރުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް ޕލކ. ގައި ވަޒީފާ އަދާކުރަމުން
ދަނިކޮށް، 24 ޖޫން 2013 ގައި ވަޒީފާއާބެހޭ ޤާނޫނާއި، ބޭންކްގެ ޑިސިޕްލިނަރީ އެންޑް ގްރީންވެންސް
ޕްރޮސީޖަރ އާއި ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވާކަމަށް ބުނެ، އަދާކުރަމުންދިޔަ ވަޒީފާ އަލުން އަނބުރާ
ލިބިދިނުމަށާއި، ގެއްލުމުގެ ބަދަލުގެ ގޮތުގައި -/2,200,000ރ. (ދެމިލިއަން ދުއިސައްތަ ހާސް ރުފިޔާ) ނަގައި
ދިނުމަށް އެދި ބޭންކް އޮފް މޯލްޑިވްސް ޕލކ.ގެ މައްޗަށް ރައްދުވާގޮތަށް 17 ސެޕްޓެމްބަރ 2013 ގައި
ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން ބައްލަވާފައިވާ މައްސަލައެއްކަމާއި،
އެ މައްސަލަ ނިންމަވާފައިވަނީ، ”ދެންފަހެ، މި މައްސަލައާ ގުޅިގެން މައްސަލަ ހުށަހެޅި ފަރާތާއި
މައްސަލަ ރައްދުވި ފަރާތުން ހުށަހެޅި ލިޔެކިޔުންތަކާއި، ފާހަގަކުރި ކަންކަމުގެ މައްޗަށް ބެލިއިރު، މައްސަލަ
ހުށަހެޅި ފާތިމަތު މަލީޙާ ޖަމާލު، ބޭންކް އޮފް މޯލްޑިވްސް ޕލކ. ގެ ހެޑް އޮފް އެމް.އެސް.އެމް.އީ ގެ މަޤާމުން
2013 ވަނަ އަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހު ވަކިކޮށްފައިވަނީ، ޤާނޫނު ނަންބަރު 02/2008
(ވަޒީފާއާބެހޭ ޤާނޫނު) ގެ
ވަނަ މާއްދާގެ ދަށުން ކަމަށް މައްސަލަ ރައްދުވި ފަރާތުން ބުނި ނަމަވެސް،
އެކަން ސާބިތުވާ މިންވަރަށް މައްސަލަ ރައްދުވި ފަރާތުން ދަލީލު ހުށަހަޅާފައި ނުވާތީ، ވަޒީފާއާބެހޭ ޤާނޫނުގެ
27 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ފާތިމަތު މަލީޙާ ޖަމާލު ވަޒީފާއިން ވަކިކޮށްފައިވަނީ، އެކަށީގެންވާ
ސަބަބެއްނެތި، ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް މައްސަލަ ބެލި މަޖިލީހުގެ މެންބަރުންގެ އިއްތިފާޤުން
$
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
*
3 ޤަޟިއްޔާ ނިމުނު
ހަމުނު ގޮތުގެ ޚުލާސާ
2015/HC-A{77
ކަނޑައަޅައި، މައްސަލަ ހުށަހެޅި ފާޠިމަތު މަލީޙާ ޖަމާލު، މައްސަލަ ރައްދުވި ބޭންކް އޮފް މޯލްޑިވްސް ޕލކ.
ގައި އަދާކުރަމުން ދިޔަ ވަޒީފާ ބޭނުންވާކަމަށް ބުނެފައިވާތީ، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ)
އަށް ރިޢާޔަތްކޮށް ފާތިމަތު މަލީޙާ ޖަމާލު ވަޒީފާއިން ވަކިކުރުމުގެ ކުރިން އަދާކުރަމުންދިޔަ ވަޒީފާގައި
ބެހެއްޓުމަށް ނުވަތަ އެފަރާތުން އަދާކުރަމުން ދިޔަ ވަޒީފާގެ މަޤާމާ އެއް ދަރަޖައިގެ ވަޒީފާއެއް ހަމަޖައްސައި
ދިނުމަށާއި، އޭނާއަކީ އެއްވެސް ޙާލަތެއްގައި މައްސަލަ ރައްދުވި ކުންފުނީގެ ވަޒީފާއިން ވަކިވެފައިވާ
މީހެއްކަމުގައި ނުބެލުމަށާއި، ފާތިމަތު މަލީޙް ޖަމާލު ވަޒީފާއިން ވަކިކުރިކަމަށް ބުނާ ތާރީޚުން ފެށިގެން މި
މައްސަލަ ނިމުނު ދުވަހާ ހަމައަށް، މުސާރައާއި ޢިނާޔަތުގެ ގޮތުގައި އޭނާއަށް ލިބެންޖެހޭ ފައިސާ މިއަދު، 30
ނޮވެމްބަރ 2014 އިން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ މައްސަލަ ހުށަހެޅި
ފާތިމަތު މަލީޙާ ޖަމާލަށް ދިނުމަށްފަހު، އެކަން ހަމަޖެހޭތާ 07 (ހަތެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް މައްސަލަ ރައްދުވި ބޭންކް އޮފް މޯލްޑިވްސް ޕލކ. އަށް އަންގާ
އަމުރު މިފަދައިންކަން އެމައްސަލައިގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
7މ ހ44 66
ޕީކަރމެވެ
-02
2 20
ہم کی
އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2013/VTR/159 މައްސަލަ ނިންމެވުމުން، އެމައްސަލަ ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލާ
ޚިލާފަށް ކަމަށް ބުނެ ބޭންކް އޮފް މޯލްޑިވްސް ޕލކ.ގެ ފަރާތުން އެމައްސަލަ އިސްތިއުނާފު ކުރުމަށް 04
(ހަތަރެއް ނުކުތާ ފާހަގަކޮށް އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
ތެރެއިން:-
• ފުރަތަމަ ނުކުތާއަކީ: އިސްތިއުނާފު ރައްދުވާފަރާތް ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން
ޤާއިމްވެފައި ނުވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ކަނޑައަޅުއްވާފައިވަނީ، ދެފަރާތުގެ ދެމެދުގައި ވެފައިވާ
ވަޒީފާގެ އެއްބަސްވުމުގެ ބައެއްކަމުގައި ހިމެނޭ ޑިސިޕްލިނަރީ އެންޑް ގްރީވަންސް ޕްރޮސީޖަރ އާއި، އިޖްރާއީ
ޢަދުލުވެރިކަން ޤާއިމުކުރުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުން ކުރައްވާފައިވާ ޙުކުމްތަކުގައި (ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 134/HC-A/2011 ޤަޟިއްޔާއާއި، ނަންބަރު 208/HC-A/2010 ޤަޟިއްޔާއާއި،
ނަންބަރު 134/HC
-
A/2010 ޤަޟިއްޔާގައި) ކަނޑައަޅުއްވާފައިވާ އުސޫލުތަކާ ޚިލާފަށް ކަމަށްވުމާއި، އަދި
2 20
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
4 ޤު ސިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A{77
އިޖުރާއީ ޢަދުލުވެރިކަން ޤާއިމް ކުރުމަށް ވަޒީފާދިން ފަރާތުން ފުރިހަމަކޮށްފައިވާ މަރްޙަލާތަކަށް ރިޢާޔަތް
ކުރެއްވުމެއްނެތި ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ: އިސްތިއުނާފު ރައްދުވާފަރާތް ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ ޢަދުލުވެރިކަން
ޤާއިމުވެފައި ނުވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ކަނޑައަޅުއްވާފައިވަނީ، މައްސަލައިގައި
ކަންހިނގާފައިވާގޮތާއި، މައުޟޫއީ ޢަދުލުވެރިކަން ޤާއިމުކުރުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުން
ކުރައްވާފައިވާ ޙުކުމްތަކުގައި (ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 134/HC
-
A/2011ޤަޟިއްޔާގައި)
ކަނޑައަޅުއްވާފައިވާ އުސޫލުތަކާ ޚިލާފަށް ކަމަށްވުމާއި، އަދި ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއަށް
ރިޢާޔަތް ކުރެއްވުމެއްނެތި ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ތިންވަނަ ނުކުތާއަކީ: ވަޒީފާއިން ވަކިކުރި ތާރީޚު ކަމުގައިވާ 24 ޖޫން 2013 އިން ފެށިގެން
މައްސަލަ ނިމުނު ތާރީޚު ކަމުގައިވާ 30 ނޮވެންބަރު 2014 ވަނަ ދުވަހާ ހަމައަށް މުސާރައާއި އިނާޔަތުގެ
ގޮތުގައި ލިބެންޖެހޭ ފައިސާ ދިނުމަށް އަމުރު ކޮށްފައިވަނީ، އިސްތިއުނާފު ރައްދުވާފަރާތުން މި މައްސަލައިގައި
ޢަމަލުކޮށްފައިވާ ގޮތަށް ރިޢާޔަތްކުރާއިރު، ޢަދުލުވެރިކޮށްކަމަށް ނުވާކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ހަތަރުވަނަ ނުކުތާއަކީ: އިސްތިއުނާފު ރައްދުވާފަރާތް ވަޒީފާއިން ވަކިކުރުމުގެ ކުރިން އަދާކުރަމުން ދިޔަ
ވަޒީފާގައި ބެހެއްޓުމަށް ނުވަތަ އެ ފަރާތުން އަދާކުރަމުންދިޔަ ވަޒީފާގެ މަޤާމާ އެއް ދަރަޖައިގެ ވަޒީފާއެއް
ހަމަޖައްސައި ދިނުމަށް ޓްރައިބިއުނަލްއިން އަމުރު ކުރައްވާފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2009/VTR/109 މައްސަލައިގައި އެ ކުންފުންޏެއްގެ އޮނިގަނޑުގައި ނުހިމެނޭ މަޤާމެއް ދިނުމަށް އެ
ކުންފުންޏަކަށް އަމުރު ކުރުމަކީ ޙައްލެއްކަމަށް ދެކިވަޑައި ނުގަންނަކަމަށް ކަނޑައަޅުއްވާފައިވާ އުޞޫލާއި،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 182/HC
-
A
/
183
،
2012
/
HC
-
A/2012 އަދި 184/HC
-
A/2012
ޤަޟިއްޔާގައި އެމައްސަލައެއްގެ ވަށައިގެންވާ ކަންތައްތަކަށް ބަލާއިރު، އެ މުވައްޒަފެއް ވަޒީފާއިން
ވަކިކުރެވުނުއިރު އަދާކުރަމުންދިޔަ ވަޒީފާ އެ މުވައްޒަފަކަށް އަލުން އަނބުރާ ދިނުމަކީ އެކަށޭނަ ކަމެއްކަމަށް
ނުވާނަމަ ނުވަތަ ޢަމަލީ ގޮތުން ކުރަންދަތި (impractical) ކަމެއްކަމަށް ވާނަމަ، އެމުއްވަޒަފަކު
އަދާކުރަމުންދިޔަ ވަޒީފާއެއް އެ މުވައްޒަފަކަށް ލިބިދިނުމުގެ ބަދަލުގައި، އެމުވައްޒަފަކަށް އެކަށީގެންވާ ޢަދަލުވެރި
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
5 ޤަޟިއްޔާ ނިމުނު 1
2015/HC-A/77
މާލީ ބަދަލެއް ނަގައި ދިނުމަށްފަހު އެމުވައްޒަފަކީ ވަޒީފާއިން ވަކިވެފައިވާ މީހެއްކަމަށް ކަނޑައަޅުއްވާފައިވާ
އުސޫލާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
03- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2013/VTR/159 މައްސަލައިގެ މައްސަލަ ނިމުނު
ގޮތުގެ ރިޕޯޓަށާއި، އެމައްސަލަ އިސްތިއުނާފު ކުރުމަށް ބޭންކް އޮފް މޯލްޑިވްސް ޕލކގެ ފަރާތުން ހުށަހަޅާފައިވާ
ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން މައްސަލާގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް
ކުރީ 2
2
2
4
کم کرم محرم و
(ހ) 30 ޖެނުއަރީ 1995 ވަނަ އަހަރުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް ޕލކ ގައި،
ޏ.ފުވައްމުލައް، ދޫޑިގަން މަލީޝާ، ފާޠިމަލު މަލީޙާ ޖަމާލު ވަޒީފާ އަދާކުރަމުން ދަނިކޮށް، 24 ޖޫން 2013
ގައި، ވަޒީފާއާބެހޭ ޤާނޫނާއި، ބޭންކްގެ ޑިސިޕްލިނަރީ އެންޑް ގްރީންވެންސް ޕްރޮސީޖާރއާއި ޚިލާފަށް ވަޒީފާއިން
ވަކިކޮށްފައިވާކަމަށް ބުނެ، އަދާކުރަމުންދިޔަ ވަޒީފާ އަލުން އަނބުރާ ލިބިދިނުމަށާއި، ގެއްލުމުގެ ބަދަލުގެ
ގޮތުގައި -/
2,200,000ރ. (ދެމިލިއަން ދުއިސައްތަ ހާސް ރުފިޔާ) ނަގައި ދިނުމަށް އެދި ބޭންކް އޮފް
މޯލްޑިވްސް ޕލކގެ މައްޗަށް ރައްދުވާގޮތަށް 17 ސެޕްޓެމްބަރ 2013 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް
ހުށަހެޅުމުން،
0 0 2&
Ooec
ބޭތަކ
އޮފް މޯލްޑިވްސް ޕލކގެ އޮފް އެމް. އެސް. ގެ މަޤާމުން 2013 ވަނަ އަހަރުގެ ޖޫން
މަހުގެ 24 ވަނަ ދުވަހު ވަކިކޮށްފައިވަނީ، ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ
މާއްދާގެ ދަށުން ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ބުނި ނަމަވެސް، އެކަން ސާބިތުވާ މިންވަރަށް
އޮފް މޯލްޑިވްސްގެ ފަރާތުން ދަލީލު ހުށަހަޅާފައި ނުވާތީ، ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާއަށް
ރިޢާޔަތްކޮށް، ފާތިމަތު މަލީޒާ ޖަމާލު ވަޒީފާއިން ވަކިކޮށްފައިވަނީ، އެކަށީގެންވާ ސަބަބެއްނެތި، ވަޒީފާއާބެހޭ
ޤާނޫނާއި ޚިލާފަށްކަމަށް މައްސަލަ ބެލި މަޖިލީހުގެ މަންބަރުންގެ އިއްތިފާޤުން ކަނޑައަޅައި، މައްސަލަ ހުށަހެޅި
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
6 ޤަޟިއްޔާ ނިމުނު'
ހިމުނު ގޮތުގެ ޚުލާޞާ
2015/HC-A{77
ފާޠިމަތު މަލީޙާ ޖަމާލު، މައްސަލަ ރައްދުވި ބޭންކް އޮފް މޯލްޑިވްސް ޕލކގައި އަދާކުރަމުން ދިޔަ ވަޒީފާ
ބޭނުންވާކަމަށް ބުނެފައިވާތީ، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް ފާތިމަތު މަލީޙާ
ޖަމާލު ވަޒީފާއިން ވަކިކުރުމުގެ ކުރިން އަދާކުރަމުންދިޔަ ވަޒީފާގައި ބެހެއްޓުމަށް ނުވަތަ އެފަރާތުން އަދާކުރަމުން
ދިޔަ ވަޒީފާގެ މަޤާމާ އެއް ދަރަޖައިގެ ވަޒީފާއެއް ހަމަޖައްސައި ދިނުމަށާއި، ފާތިމަތު މަލީޙާ ޖަމާލުއަކީ
އެއްވެސް ޙާލަތެއްގައި ބޭންކް އޮފް މޯލްޑިވްސްގެ ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށާއި، ފާތިމަތު
މަލީޙާ ޖަމާލު ވަޒީފާއިން ވަކިކުރިކަމަށް ބުނާ ތާރީޚުން ފެށިގެން މި މައްސަލަ ނިމުނު ދުވަހާ ހަމައަށް،
މުސާރައާއި ޢިނާޔަތުގެ ގޮތުގައި އޭނާއަށް ލިބެންޖެހޭ ފައިސާ، 30 ނޮވެމްބަރ 2014 އިން ފެށިގެން 30
(ތިރީސް) ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ މައްސަލަ ހުށަހެޅި ފާޠިމަތު މަލީޙާ ޖަމާލަށް ދިނުމަށްފަހު، އެކަން
ހަމަޖެހޭތާ 07 (ހަތެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް ބަޔާންކޮށް،
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2013;O TR;159 މައްސަލައިގައި އަމުރުކުރައްވާފައިވާކަން
އެނގެންއޮވެއެވެ.
Ooec
(ދ) ފާޠިމަތު މަލީހާ ޖަމާލު ބޭންކް އޮފް މޯލްޑިވްސް ޕލކ. ގެ ވަޒީފާއިން ވަކިކޮށްފައިވަނީ،
ވަޒީފާއިން ވަކިކުރިކަން އަންގާފައިވާ ލިޔުމުގައި ބަޔާންކޮށްފައިވާ ސަބަބުތައް މެދުވެރިވެރިވެގެން، ވަޒީފާއާބެހޭ
ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރަށް ރިޢާޔަތްކޮށް، އަދި ބޭންކް
އޮފް މޯލްޑިވްސް ޕލކ. ގެ ޑިސިޕްލިނަރީ އެންޑް ގްރީވަންސް ޕްރޮސީޖަރގެ (1) 4.1.1 އަދި (6) 4.1.1
އަށް ރިޢާޔަތްކޮށް، ފާތިމަތު މަލީޙާ ޖަމާލު ވަޒީފާ އަދާކުރާތަން ރަނގަޅު ގޮތުގައި ހިންގުމާ ގުޅިފައިވާ
އެކަށީގެންވާ ސަބަބަލައިގެން ކަމަށާއި، އަދި ފާތިމަތު މަލީޙާ ޖަމާލު ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ
އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނެ ކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެންނާތީ ކަމަށް ބޭންކް އޮފް
މޯލްޑިވްސް ޕލކ.ގެ ފަރާތުން ބުނެފައިވާކަން އެނގެން އޮވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/77
(ނ) އިސްތިއުނާފު މިކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2013/VTR/159
މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، އައި.އެފް.ސީ އިން އިންތިޒާމްކޮށްގެން ސްރީލަންކާގެ ވެރިރަށް
ކޮލަންބޯގައި 2012 އޯގަސްޓް 13 އިން 17 އަށް ހިންގި އެޕްލައިޑް ޓްރޭޑް ފައިނޭންސް ޕްރޮގްރާމްގައި،
ބޭންކް އޮފް މޯލްޑިވްސް ޕލކގެ ފަރާތުން، ބައިވެރިވި 3 (ތިނެއް) ފަރާތުގެ ތެރޭގައި، ފާތިމަތު މަލީޙާ ޖަމާލު
ހިމެނޭކަމާއި، ކޮލަންބޯގައި ތިބުމުގެ ޚަރަދު ހަމަޖައްސާފައިވަނީ، ކޮންމެ ބައިވެރިއެއްވެސް އަމިއްލައަށް
ޚަރަދުކުރުމަށްފަހު އެދިޔަ ޚަރަދު ބޭންކް މެދުވެރިކޮށް ފަހުން އަނބުރާ ހޯދާގޮތަށް ކަމާއިގެ
އެގޮތުން، ޓްރެއިނިންގ ޕްރޮގްރާމްގެ އެކޮމަޑޭޝަން ޚަރަދު ހޯދުމަށް އެދި، ފާޠިމަތު މަލީޙާ
ޖަމާލުގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސް ޕލކ. އަށް 29 އޮގަސްޓް 2012 ގައި، އީމެއިލްއެއް
ފޮނުވާފައިވާކަމާއި، އިޝާރާތްކުރެވުނު އީމެއިލްގައި ޓްރެއިނިންގ ޕްރޮގްރާމްގައި ބޭންކް އޮފް މޯލްޑިވްސް
ޕިލކ.ގެ ފަރާތުން ބައިވެރިވި 3 ބޭފުޅުންގެ އެކަމަޑޭޝަން ޚަރަދުގެ ގޮތުގައި ޖުމްލަ 5880 (ފަސްހާސް
އަށްސަތޭކަ އަށްޑިހަ) އެމެރިކާ ޑޮލަރު ފާޠިމަތު މަލީޙާ ޖަމާލުގެ ފަރާތުން ދައްކާފައިވާކަމާއި، އެފައިސާ ފާތިމަތު
މަލީޙާ ޖަމާލުގެ ބޭންކް އެކައުންޓަށް ޖަމާކޮށްދިނުމަށް އެ އީމެއިލްގައި އެދިފައިވާކަމާއި،
ފާތިމަތު މަލީޙާ ޖަމާލުގެ ފަރާތުން އަނބުރާ ހޯދުމަށް އެދިފައިވާ ފައިސާގެ ޢަދަދަކީ، ޞައްޙަ
ޢަދަދެއްތޯ ބޭންކް އޮފް މޯލްޑިވްސް ޕލކ.ގެ ފަރާތުން ބެލިބެލުމުން، ފާތިމަތު މަލީޙާ ޖަމާލުގެ އިތުރުން ބޭންކް
އޮފް މޯލްޑިވްސް ޕލކ.ގެ ފަރާތުން އިސްވެ ބަޔާންކުރެވުނު ޓްރެއިނިންގ ޕްރޮގްރާމްގައި ބައިވެރިވި އަނެއް 2
(ދޭއް) މުވައްޒަފުންވެސް އެ ދެމުވައްޒަފުންގެ ބިލުގެ ބައެއް ދެއްކުމަށްފަހު، ފާޠިމަތު މަލީޙާ ޖަމާލުގެ ކިބައިން،
އެ ދެ މުވައްޒަފުންގެ ބިލުގެ ބާކީ ދެއްކުމަށް އެދިފައިވާކަމާއި، އެހެންކަމުން، ފާތިމަތު މަލީޙާ ޖަމާލުގެ
ފަރާތުން 29 އޮގަސްޓް 2012 ގައި، ބޭންކް އޮފް މޯލްޑިވްސް ޕލކ.އަށް ފޮނުވި އީމެއިލްގައި، އަނބުރާ
ހޯދުމަށް އެދިފައިވާ ފައިސާގެ ޢަދަދުކަމުގައިވާ 5880 (ފަސްހާސް އަށްސަތޭކަ އަށްޑިހަ) އެމެރިކާ ޑޮލަރަކީ،
ފާތިމަތު މަލީހާ ޖަމާލު ކޮށްފައިވާ ޚަރަދެއްނޫންކަމާއި
11 ސެޕްޓެމްބަރ 2012 ގައި ފާޠިމަތު މަލީޙާ ޖަމާލުގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސް
ޕީލކ. އަށް ފޮނުވި އީމެއިލްގައި، ފާތިމަތު މަލީޙާ ޖަމާލުގެ ފަރާތުން 29 އޮގަސްޓް 2012 ގައި
0 04c
xތ
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު
2015/HC-A{77
މޯލްޑިވްސް ޕލކ. އަށް ފޮނުވާފައިވާ އީމެއިލްގައި ބަޔާންކޮށްފައިވާ ފައިސާގެ ޢަދަދަކީ ޞައްޙަ
ޢަދަދެއްނޫންކަމާއި، ފާޠިމަތު މަލީޙާ ޖަމާލުއަށް ލިބެން ޖެހޭ ފައިސާގެ ޖުމްލައަކީ، 2237.28 (ދެހާސް
ދުއިސައްތަ ތިރީސްހަތެއް ޕޮއިންޓް ދޭއް އަށެއް) އެމެރިކާ ޑޮލަރުކަން ބަޔާންކޮށްފައިވާތީ، ފާތިމަތު މަލީޙް
ޖަމާލުގެ އެޢަމަލަކީ، ވަޒީފާއާބެހޭ ޤާނޫނާއި ބޭންކް އޮފް މޯލްޑިވްސް ޕލކ އާއި ފާތިމަތު މަލީޙާ ޖަމާލުއާ
ދެމެދުވެފައިވާ ވަޒީފާގެ އެއްބަސްވުމުގެ ބައެއްކަމުގައި ހިމެނޭ ޑިސިޕްލިނަރީ އެންޑް ގްރީވަންސް ޕްރޮސީޖަރ
އާއި ޚިލާފު ޢަމަލަކަށްވާތީ، ފާޠިމަތު މަލީޙާ ޖަމާލުގެ އެޢަމަލާ ގުޅިގެން، 24 މާރޗް 2013 ގައި ފާތިމަތު
މަލީޙާ ޖަމާލަށް ”އެންމެ ފަހުގެ އިންޒާރު“ ދިނުމަށްފަހު، 2012 ވަނަ އަހަރުގެ މުސާރައިގެ ކުރިއެރުމާއި، އެ
އަހަރުގެ ވަޒީފާގެ ކުރިއެރުމާއި، އަދި ޕާރފަމަންސް ރިލޭޓަޑް ބޯނަސް ހިފަހައްޓައިވާކަން އެނގެންއޮވެއެވެ.
(ދ) ބޭންކް އޮފް މޯލްޑިވްސް ޕލކ. ގައި ފާޠިމަތު މަލީޙާ ޖަމާލު އަދާކުރަމުންދިޔަ ވަޒީފާއިން
2013 ޖޫން 24 ގައި ވަކިކޮށްފައިވަނީ، އިސްވެ ބަޔާންވެދިޔަ ފަދައިން ބޭންކް އޮފް މޯލްޑިވްސް ޕލކ އާއި
ފާޠިމަތު މަލީޙާ ޖަމާލުއާ ދެމެދުވެފައިވާ ވަޒީފާގެ އެއްބަސްވުމުގެ ބައެއްކަމުގައި ހިމެނޭ ޑިސިޕްލިނަރީ އެންޑް
ގްރީވަންސް ޕްރޮސީޖަރ އާ ޚިލާފު ޢަމަލެއް ފާޠިމަތު މަލީޙާ ޖަމާލު ކުރުމާ ގުޅިގެން، 24 މާރޗް 2013 ގައި
ފާޠިމަތު މަލީޙާ ޖަމާލަށް އެންމެ ފަހުގެ އިންޒާރު، ދީ، 2012 ވަނަ އަހަރުގެ މުސާރައިގެ ކުރިއެރުމާއި، އެ
އަހަރުގެ ވަޒީފާގެ ކުރިއެރުމާއި، އަދި ޕާރފަމަންސް ރިލޭޓަޑް ބޯނަސް ހިފެހެއްޓުމާ ގުޅިގެން، ބޭންކް އޮފް
މޯލްޑިވްސް ޕލކ. ގެ އެނިންމުން ފާޠިމަތު މަލީޙާ ޖަމާލުގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސް ޕލކ. ގެ
އެޗްއާރު ޑިޕާރޓްމަންޓްގެ ޑިރެކްޓަރަށް 26 މާރޗް 2013 ގައި އިލްތިމާސްކުރުމާ ގުޅިގެންކަން، ދެފަރާތުގެ
ބަހުންނާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެންއޮވެއެވެ.
(ބ) އިސްތިއުނާފުކުރާ ފަރާތަކަށް، އެ އިސްތިއުނާފުކުރި ނިންމުމުގައި ކަނޑައެޅިފައިވާ
ނިންމުމަށްވުރެ ބަރު“ worse position) ނިންމުމެއް، އެ އިސްތިއުނާފް ނިންމުމުގައި ކަނޑަނޭޅުމުގެ
އުޞޫލު ނުވަތަ އެ ޕްރިންސިޕަލަކީ، ޝަރީޢަތުން ޢަމަލު ކުރަމުން އަންނަ ފިޤްހީ ޤާޢިދާއެއްކަމާއި، އެގޮތުން،
[y للا لاهل هلهل” للللﷲ [ للا“ [ prohibition of refomatio in peius ] ޤާޢިދާއަށް
ޢަމަލުކުރުމުގެ އުޞޫލަކީ ކުރިއަރާފައިވާ ޑިމޮކްރަޓިކް މުޖްތަމަޢުތަކުގައިވެސް ލިޔެވި ޢަމަލު ކުރަމުން އަންނަ
20
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
9 ޤަޟިއްޔާ ނިމުނު 1
ހިމުނު ގޮތުގެ ޚުލާޞާ
2015/HC-A{77
އުޞޫލެއްކަމާއި،
ޤާޢިދާގެ މިގޮތަށް ކަނޑައެޅިފައިވާ އެންމެ މުހިންމު އެއްސަބަބަކީ، ޤާނޫނުން ކަށަވަރު
ކޮށްދީފައިވާ އިސްތިއުނާފުކުރުމުގެ ޙައްޤު އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުންކަން އެނގެއެވެ.
(ށ) ވަޒީފާއާ ގުޅިގެން ދައުލަތުގެ އިދާރާތަކާއި ޕްރައިވެޓް ސެކްޓްގައި ވަޒީފާ އަދާކުރާ
ފަރާތަކާމެދު އިދާރާއަކުން ނިންމާ ނިންމުމެއް ނުވަތަ އަޅާ ފިޔަވަޅަކާ މެދު ޢަމަލުކުރުމަށް ކަމާގުޅޭ
ޤާނޫނުތަކުގައި ތަފާތު ގޮތްތަކެއް ބަޔާންކޮށްފައިވާކަމާއި:
ދިވެހިރާއްޖޭގައި ވަޒީފާއާބެހޭ ޢާއްމު އުޞޫލުތަކާއި، ވަޒީފާ އަދާކުރާ ފަރާތްތަކާއި ވަޒީފާދޭ
ފަރާތްތަކުގެ ޙައްޤުތަކާއި ވާޖިބުތައް ބަޔާންކޮށްފައިވާ ޤާނޫނަކީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ
ޤާނޫނު) ކަމާއި، އެގޮތުން ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގެ (ރ) ގައި ”މަސައްކަތުގެ އަޚްލާޤީ
މިންގަޑަށް ތަބާނުވުމުން އެޅި ފިޔަވަޅަކީ އެކަށީގެންނުވާ ފިޔަވަޅެއްކަމަށް އެފިޔަވަޅު އެޅުނު މުވައްޒަފަކަށް
ފެނިއްޖެނަމަ، އެކަމުގެ ޝަކުވާ، ޓްރައިބިއުނަލްއަށް ހުށަހެޅިދާނެއެވެ.] މިފަދައިން ބަޔާންކޮށްފައިވާ ކަމާއި؛
މަސައްކަތުގެ އަޚްލާޤީ މިންގަޑަށް ތަބާނުވުމުން އެޅި ފިޔަވަޅަކީ އެކަށީގެންނުވާ ފިޔަވަޅެއްކަމަށް
އެފިޔަވަޅު އެޅުނު މުވައްޒަފަކަށް ފެނިއްޖެނަމަ، އެކަމުގެ ޝަކުވާ، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުގެ
ކުރިން ޢަމަލުކުރެވިދާނެ ނުވަތަ ޢަމަލު ކުރަންޖެހޭ ތަފާތު އުޞޫލުތައް އެކި އިދާރާތަކުގައި ކަނޑައެޅިފައި
އޮންނަކަމާއި؛
އެގޮތުން، ވަޒީފާއާގުޅޭ ގޮތުން މުވައްޒަފަކާމެދު އެޅި ފިޔަވަޅަކާމެދު އެ މުވައްޒަފަކު ހިތްހަމަ
ނުޖެހޭނަމަ، އެ ނިންމުމެއް މުރާޖަޢާ (ރިވިޔު) ކުރުމަށް އެ ނިންމުން ނިންމި އިދާރާއަކަށް ހުށަހެޅުމުގެ
ފުރުޞަތު އޮންނަކަމާއި، އެ ގޮތަށް އެފަދަ ނިންމުމެއް މުރާޖަޢާ ކުރުމަށް ހުށަހަޅާ ހުށަހެޅުމަކީ،
އިސްތިއުނާކުރުމަށް ހުށަހަޅާފަދަ ހުށަހެޅުމެއް ކަމުގައި ޤާނޫނީ ގޮތުން ބަލަންޖެހޭއިރު، ބޭންކް އޮފް މޯލްޑިވްސް
ޑިސިޕްލިނަރީ އެންޑް ގްރީވަންސް ޕްރޮސީޖަރ ސްޓެޕް 5 ގައި، މުވައްޒަފަކާ މެދު އަޅާފައިވާ
ފިޔަވަޅަކާ މެދު ހިތްހަމަ ނުޖެހޭނަމަ، އެކަން އިލްތިމާސްކޮށް ބޭންކުގެ ހިއުމަން ރިސޯސް ޑައިރެކްޓަރަށް
ހުށަހެޅޭނެކަމަށާއި، އަދި ހިއުމަން ރިސޯސް ޑައިރެކްޓަރަށް ހުށަހެޅުމުން އެޕީލްގެ މައްސަލަ ބަލާނީ ހިއުމަން
ރިސޯސްގެ ޑައިރެކްޓަރ ނުވަތަ އޭނާ ޢައްޔަންކުރާ ފަރާތެއްކަމަށް ބަޔާންކޮށްފައި އޮންނަކަމާއި، އިލްތިމާސް
އިން ނިންމާގޮތަކީ އެންމެ ފަހުގެ ނިންމުންކަމަށް ބަޔާންކޮށްފައިވާކަން އެނގެން އޮންނައިރު، ފާޠިމަތު މަލީޙާ
ގެ
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
10 ޤަޟިއްޔާ ނިމުނު'
ހިމުނު ގޮތުގެ ޚުލާޞާ
2015/HC-A/77
ޖަމާލު އާ މެދު އެޅި ފިޔަވަޅު އިލްތިމާސްކުރުމުން 30 މެއި 2013 ގައި އެމައްސަލަ ބަލައި ކުރިން އެޅި
ފިޔަވަޅަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ބޭންކުގެ ހިއުމަން ރިސޯސް ޑިރެކްޓަރުގެ ފަރާތުން
ފާޠިމަތު މަލީޙާ ޖަމާލުއަށް އެންގިކަމަށް ފާޠިމަތު މަލީޙާ ޖަމާލުގެ ފަރާތުން ބުނާ ބުނުމަށް ބޭންކް އޮފް
މޯލްޑިވްސް ޕލކ
ޕީލކ. ގެ ފަރާތުން އިންކާރުކޮށްފައިނެތްކަން އެނގެން އޮންނައިރު، އެފަދައިން ނިންމި
އެނިންމުމަކީ ބޭންކް އޮފް މޯލްޑިވްސްގެ ޑިސިޕްލިނަރީ އެންޑް ގްރީވަންސް ޕްރޮސީޖަރ ގައި ބުނާ ފަދަ ފަހުގެ
ނިންމުންކަން އެނގެއެވެ.
(ކ) ބޭންކް އޮފް މޯލްޑިވްސް ޕލކ. ގައި ފާޠިމަތު މަލީޙާ ޖަމާލު އަދާކުރަމުންދިޔަ ވަޒީފާއިން
2013 ޖޫން 24 ވަނަ ދުވަހު ވަކިކޮށްފައިވަނީ، ބޭންކް އޮފް މޯލްޑިވްސް ޕލކ. އާއި ފާތިމަތު މަލީޙާ
ޖަމާލުއާ ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމުގެ ބައެއްކަމުގައި ހިމެނޭ ޑިސިޕްލިނަރީ އެންޑް ގްރީންސް
ޕްރޮސީޖަރއާ ޚިލާފު ޢަމަލެއް ފާޠިމަތު މަލީޙާ ޖަމާލު ކުރުމާ ގުޅިގެން، 24 މާރޗް 2013 ގައި ފާޠިމަތު
މަލީޙާ ޖަމާލަށް އެންމެ ފަހުގެ އިންޒާރު“ 2012 ވަނަ އަހަރުގެ މުސާރައިގެ ކުރިއެރުމާއި، އެ އަހަރުގެ
ވަޒީފާގެ ކުރިއެރުމާއި، އަދި ޕާރފަމަންސް ރިލޭޓަޑް ބޯނަސް ހިފެހެއްޓުމާ ގުޅިގެން، ބޭންކް އޮފް މޯލްޑިވްސްގެ
އެނިންމުން 26 މާރޗް 2013 ދުވަހު ފާތިމަތު މަލީޙާ ޖަމާލުގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސްގެ އެޗް.އާރު
ޑިޕާރޓްމަންޓްގެ ޑިރެކްޓަރަށް އިލްތިމާސް ކުރުމާގުޅިގެން، ބޭންކް އޮފް މޯލްޑިވްސްގެ އެފިޔަވަޅު (ނިންމުން)
ރިވިއުކުރުމަށްފަހުކަން، މިމައްސަލައާ ގުޅިގެން 17 ނޮވެމްބަރ 2015 ދުވަހު ބޭއްވުނު ޝަރީޢަތުގެ
މަޖިލީހުގައި ބޭންކް އޮފް މޯލްޑިވްސް ޕލކ. ގެ ފަރާތުން ބުނެފައިވާކަން އެނގެން އޮންނާތީ، 2013 ޖޫން
24 ވަނަ ދުވަހު ބޭންކް އޮފް މޯލްޑިވްސް ޕލކ. ގައި ފާޠިމަތު މަލީޙާ ޖަމާލު އަދާކުރަމުންދިޔަ ވަޒީފާއިން
ވަކިކުރަން ނިންމި ނިންމުމަކީ، އިސްވެ ބަޔާންކުރެވުނު ޝަރުޢީ ޤާނޫނީ ޤާޢިދާއާ ޚިލާފަށް އަދި ބޭންކް އޮފް
މޯލްޑިވްސްގެ ޑިސިޕްލިނަރީ އެންޑް ގްރީވަންސް ޕްރޮސީޖަރ ސްޓެޑް 5 ގައި ބަޔާންކުރާގޮތާ ޚިލާފަށް
ނިންމާފައިވާ ނިންމުމެއްކަން އެނގެއެވެ.
ވީމާ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2013/VTR/159 މައްސަލައިގައި ނިންމަވާފައިވާ
ނިންމެވުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް އޮތްކަމަކަށް
މިމައްސަލަ ބެލި މަޖިލީހުގެ އެއްވެސް
ފަނޑިޔާރަކަށް ނުފެނުނެވެ.
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
11 ޤަޟިއްޔާ ނިމުނު
މުނު ގޮތުގެ ޚުލާޞާ
2015/HC-A/77
ޙުކުމް:
ދެންފަހެ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތަށް ހުރުމާއެކު،
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2013/VTR/159 މައްސަލައިގައި، ފާތިމަތު މަލީޙާ ޖަމާލު ވަޒީފާއިން
ވަކިކުރުމުގެ ކުރިން އަދާކުރަމުންދިޔަ ވަޒީފާގައި ބެހެއްޓުމަށް ނުވަތަ އެފަރާތުން އަދާކުރަމުން ދިޔަ ވަޒީފާގެ
މަޤާމާ އެއް ދަރަޖައިގެ ވަޒީފާއެއް ހަމަޖައްސައި ދިނުމަށާއި، ފާތިމަތު މަލީޙާ ޖަމާލުއަކީ އެއްވެސް ޙާލަތެއްގައި
ބޭންކް އޮފް މޯލްޑިވްސް ޕލކގެ ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށާއި، ފާތިމަތު މަލީޙާ ޖަމާލު
ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2013/VTR/159 މައްސަލަ
ނިމުނު ދުވަހާ ހަމައަށް، މުސާރައާއި ޢިނާޔަތުގެ ގޮތުގައި ފާޠިމަތު މަލީޙާ ޖަމާލަށް ލިބެންޖެހޭ ފައިސާ ދިނުމަށް
ނިންމަވާފައިވާ ނިންމެވުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ހައިކޯޓުގައި
މިމައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
XO
ދިވެހިރާ%
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv