ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/240 ޤަޟިއްޔާގެ ޙުކުމް
1
2jl4/HC-A/240
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 240/HC-A/2014
އިސްތިއުނާފުކުރި ފަރާތް:
* ނަން. އަޙްމަދު މަމްދޫޙް
އައިޑީ ކާޑު ނަންބަރ:A064168
ދާއިމީ އެޑްރެސް: ފ.ޓްރާންސިލްވޭނިޔާ/ ކ.ވިލިނގިލި
މިހާރުގެ އެޑްރެސް: ފ.ޓްރާންސިލްވޭނިޔާ ކ.ވިލިނގިލި
*
އިސްތިއުނާފު ރައްދުވާ ފަރާތް:
* ނަން: ބޭންކް އޮފް މޯލްޑިވްސް ޕލކ.
ޑުނަންބަރު:
ދާއިމީ އެޑްރެސް: ބޭންކް އޮފް މޯލްޑިވްސް ޕލކ.
އެޑްރެސް: ބޭންކް އޮފް މޯލްޑިވްސް ޕލކ.
* ރަޖިސްޓްރީކުރެވުނު ތާރީޚް: 02 ޒުލްޤަޢިދާ 1435 * ނިމުނު ތާރީޚް: 16 މުޙައްރަމް 1436
28 އޯގަސްޓް 2014
09 ނޮވެމްބަރު
ޓީމެމްބަރު 2014
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2013/Cv-C/2426
ނިންމެވިކޯޓް: ސިވިލް ކޯޓު
މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
ހުށަހެޅި ތާރީޚް: 25 ޑިސެމްބަރު 2013 * ނިމުނު ތާރީޚް: 07 އޭޕްރީލް 2013
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލީސް
ފަނޑިޔާރު: ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު: ޢައްބާސް ޝަރީފް ފަނޑިޔާރު: އަޒްމިރާލްދާ ޒާހިރު
ދިވެހިރާއްޖޭގެ
މައިކް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
20j4/HC-A/240
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/2426 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ވ.ޓްރާންސިލްވޭނިޔާ އަޙުމަދު މަމްދޫޙް
(ދ.ރ.ކާޑް ނަންބަރު A064168) ގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި
އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. އަޙުމަދު މަމްދޫޙާގެ ފަރާތުން ކުރި މި އިސްތިއުނާފް
ދަޢުވާ ރައްދުވާ ފަރާތަކީ ބޭންކް އޮފް މޯލްޑިވްސް ޕލކ. އެވެ.
ކުރެވުނު ނުކުތާ
ސިވިލް ކޯޓުގެ
2426/Cv-C/2013
COO
ބޭންކް އޮފް
A01 އިސްތިއުނާފު މިކުރެވޭ
ނަންބަރު
ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު، އެ ޤަޟިއްޔާއަކީ ފ.ޓްރާންސިލްވޭނިޔާ މާލެ، އަޙްމަދު
މަމްދޫހް (ރ. ކާޑް ނަންބަރު A064168) ގެ އެދުމަކަށް ބޭންކް އޮފް މޯލްޑިވްސް ޕލކ (ރަޖިސްޓްރީ
ނަންބަރު: 22
/
1982-C) އިން ދޫކޮށްފައިވާ ވިސާ ކްރެޑިޓް ކާޑް ބޭނުންކޮށްފައިވާ ކަމަށާއި، އަޙްމަދު މަމްދޫޙް
އެއްބަސްވެފައިވާ ގޮތަށް ފައިސާ ދައްކާފައިނުވާތީ، މި މުޢާމަލާތާއި ގުޅިގެން ދައްކަންޖެހޭ ފައިސާ،
އިންޓްރެސްޓާއި ޖޫރިމަނާއި ސާރވިސް ޗާޖު ގެ ފައިސާ އެކުގައި އެއްފަހަރާ ލިބިގަތުމަށް
މޯލްޑިވްސް ޕލކ ގެ ފަރާތުން އަޙްމަދު މަމްދޫޙާ ގެ މައްޗަށް ދަޢުވާކުރުމުން ބަލާފައިވާ ޤަޟިއްޔާއެއްކަމަށް
އެޤަޟިއްޔާގެ ރިޕޯޓުގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމާއި،
އެޤަޟިއްޔާ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި، ދެންފަހެ، ތ.ޓްރާންސިލްވޭނިއާ
މާލެ، އަޙްމަދު މަމްދޫހް (ދިރ. ކާޑް ނަންބަރު A064168 ) ގެ އެދުމަކަށް ބޭންކް އޮފް މޯލްޑިވްސް ޕލކ
ރަޖިސްޓްރީ ނަންބަރު: 22
/
1982-C) އިން ދޫކޮށްފައިވާ ވިސާ ކްރެޑިޓް ކާޑް ބޭނުންކޮށްފައިވާ ކަމަށާއި،
އަޙްމަދު މަމްދޫހް އެއްބަސްވެފައިވާ ގޮތަށް ފައިސާ ދައްކާފައިނުވާތީ، މި މުޢާމަލާތާއި، ގުޅިގެން ދައްކަންޖެހޭ
ދިވެހިރާއްޖޭގެ
ހައި
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
20j4/HC-A/240
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ފައިސާ، އިންޓްރެސްޓާއި ޖޫރިމަނާއި ސާވިސްޗާޖުގެ ފައިސާ އެކުގައި އެއްފަހަރާ ލިބިގަތުމަށް ބޭންކް އޮފް
މޯލްޑިވްސް ޕލކ ގެ ފަރާތުން އަޙްމަދު މަމްދޫހް ގެ މައްޗަށް ދަޢުވާކޮށްފައިވާހިނދު،
ދަޢުވާލިބޭ އަޙްމަދު މަމްދޫޙާ ކޯޓަށް ޙާޟިރުކުރުމަށްޓަކައި ތަފާތު އެކިފަހަރުމަތީން
މަސައްކަތްކޮށް، ޙާޟިރު ނުވެއްޖެނަމަ ޣައިރު ޙާޟިރުގައި މައްސަލަ ހިންގާ ނިންމޭނެކަން އަންގައި
07 އޭޕްރީލް 2014މ ދުވަހުގެ 10:15 އަށް ކޯޓަށް ޙާޟިރުވުމުގެ އަމުރު އަޙްމަދު މަމްދޫހް އާ ޙަވާލުކުރަން
ދިއުމުން ކޯޓަށް ހާޟިރުވުމުގެ އަމުރާއި ހަވާލުވެފައި ނުވާތީ ކޯޓަށް މީހުން ޙާޟިރުކުރުމުގައި
ޢަމަލުކުރާނެގޮތުގެ ޤަވާޢިދު" ގެ 28 ވަނަ މާއްދާގެ (ހ) ގެ ދަށުން އަޙްމަދު މަމްދޫހް ގެ ޣައިރު ޙާޟިރުގައި
މި މައްސަލަ ހިންގާ ބެލިއިރު، ދައުވާ ޘާބިތުކުރުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް ޕލކ އިން ހުށަހަޅާފައިވާ
ވިސާ ކްރެޑިޓް ކާޑު އެޕްލިކޭޝަން ފޯމާއި، ފޯމާއެކުވާ އިޤްރާރާއި، ކާޑް މެންބާރސް ޓާރމްސް އެންޑް
ކަންޑިޝަންސް ހިމެނޭ އެގްރީމެންޓާއި، ކްރެޑިޓް ކާރޑަށް ފައިސާ ނުދައްކައިގެން އަޙްމަދު މަމްދޫޙާ އަށް
ފޮނުވާފައިވާ އޯވަރޑިއު ނޯޓިސްތަކާއި، ސްޓޭޓްމަންޓްސްތަކާއި، މި އެންމެހައި ލިޔެކިޔުންތަކުން ބޭންކް އޮފް
މޯލްޑިވްސް uމކ. އިން ކޮށްފައިވާ މި ދަޢުވާ ޝަރީޢަތަށް ސާބިތުވާކަމުގައި ކަނޑައަޅައި،
ބުނެވިދިޔަ މުޢާމަލާތާ ގުޅިގެން 26 އޭޕްރީލް 2014 ދުވަހާ ހަމައަށް 545.71$US
(ފަސްސަތޭކަ ސާޅީސް ފަހެއް އެމެރިކާ ޑޮލަރު ހަތްދިހަ އެކެއް ސެންޓް) ދައްކަންޖެހި ނުދައްކާ އޮންނަކަން
ސްޓޭޓްމަންޓުން އެނގެން އޮންނަކަމާއި، މި އެންމެހައި ފައިސާ އިންޓަރެސްޓާއި، ސާވިސްޗާޓާއި، ޖޫރިމަނާ
އާއެކު މިއަދު 07 އޭޕްރީލް 2014މ ދުވަހުން ފެށިގެން ގިނަވެގެން 03 (ތިނެއް) މަސްދުވަހުގެ މުއްދަތުގައި
އެމަހަކަށްޖެހޭ އަދަދު މަދުވެގެން އެމަހަކު ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ދައްކައި ޚަލާސްކުރުމަށް
ވ.ޓްރާންސިލްވޭނިޔާ | މާލެ، އަޙްމަދު މަމްދޫހް (ދ. ކާޑް ނަންބަރު A064168 ) އަށް އަންގައި އޭނާގެ
ޣައިރު ޙާޟިރުގައި ޙުކުމްކޮށްފީމެވެ." މިފަދައިން ބަޔާންކޮށްފައިވާކަން އެނގެން އޮވެއެވެ.
02- އިސްވެ ބަޔާންކުރެވުނު ފަދައިން ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/2426
ޤަޟިއްޔާގައި ޙުކުމްކުރެއްވުމުން، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފުވާކަމަށްބުނެ
44
އެޙުކުމް
ދިވެހިރާއްa
، ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
20j4/HC-A/240
ވެހިރާއްޖޭގެ ހައި"
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި މ.ޓްރާންސިލްވޭނިޔާ މާލެ، އަޙްމަދު މަމްދޫޙާ ގެ ފަރާތުން އަންނަނިވި
ނުކުތާތައް ފާހަގަކޮށް އެ ނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
* ފުރަތަމަ ނުކުތާއަކީ: ކޯޓަށް މީހުން ޙާޟިރުކުރުމުގެ ޤަވާޢިދުގެ 28 ވަނަ މާއްދާގެ (ހ)
އާ ޚިލާފަށް އަޙްމަދު މަމްދޫޙާގެ ޣައިރު ޙާޟިރުގައި މައްސަލާގައި ޙުކުމްކުރައްވާފައިވާ ކަމަށްބުނެ
ފާހަގަކޮށްފައިވާ ނުކުތާއެވެ.
*ދެވަނަ ނުކުތާއަކީ: 7 އޭޕްރީލް 2014 ދުވަހު ސިވިލް ކޯޓުން ފޮނުވާފައިވާ ކޯޓަށް
ޙާޟިރުވުމުގެ އަމުރަކީ ދަޢުވާލިބޭ އަޙްމަދު މަމްދޫޙާ ޙާޟިރުކުރުމަށް އެކިފަހަރުމަތީން ކޯޓަށް ޙާޟިރުކުރުމަށް
މަސައްކަތްކޮށް، ޙާޟިރުނުވުމުން، ޙާޟިރުނުވެއްޖެނަމަ ޣައިރު ޙާޟިރުގައި މައްސަލަ ހިންގާ ނިންމާނެކަމަށް
ބަޔާންކޮށް ފޮނުވުނު އަމުރެއްކަމަށް ބުނެ ޣައިރު ޙާޟިރުގައި މައްސަލަ ނިންމާފައިވަނީ ކޯޓަށް މީހުން
ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ 28 ވަނަ މާއްދާގެ (ހ) އާއި ޝަރީއަތްކުރުމާބެހޭ ގޮތުން
ހެދިފައިވާ ޤަވާޢިދު (6) ގެ 20 ވަނަ މާއްދާގައިވާ އިޖްރާއަތްތަކާ ޚިލާފަށް ކަމަށްބުނެ ފާހަގަކޮށްފައިވާ
ނުކުތާއެވެ.
*ތިންވަނަ ނުކުތާއަކީ: ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް
ޤާނޫނު) ގެ 17 ވަނަ މާއްދާގައި ޤާނޫނެއް މާނަކުރުމުގައި، އެ ޤާނޫނެއްގެ މަޤްޞަދަށް ނުވަތަ ޤާނޫނުން
ޙާޞިލްކުރަން ބޭނުންވާ އަމާޒުތައް ހާސިލްވާނެގޮތަށް އެ ޤާނޫނެއް މާނަކުރަން އިސްކަން ދޭންވާނެކަމަށާއި، އަދި
އެ ޤާނޫނުގެ މަޤްޞަދުތައް ހާސިލްނުވާނޭ ގޮތަކަށް އެ ޤާނޫނު މާނަކުރެވިގެން ނުވާނެކަމަށް ބަޔާންކޮށްފައި
ވީހިނދު، ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ މައިގަނޑު މަޤްޞަދަކީ ކޯޓުތަކަށް
މީހުން ހާޟިރުކުރުމުގައި ވަކި އިޖުރާޢަތުތަކެއް ފުރިހަމަކުރުން ކަމަށާއި، މި ޤަވާއިދުގެ 28 ވަނަ މާއްދާގައި
ދަޢުވާލިބޭ ފަރާތް ކޯޓަށް ހާޟިރުނުވުމުން ޢަމަލުކުރަންޖެހޭ އިޖުރާޢަތުތައް ބަޔާންކޮށްފައިވާއިރު، އެ
އިޖުރާޢަތުތަކަށް ޢަމަލުނުކޮށް އެމާއްދާގެ ދަށުން ފިޔަވަޅު އެޅުމަކީ ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ
Pha
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
20j4/HC-A/240
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
42
ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލާ ޚިލާފަށް ކަމަށްބުނެ
ފާހަގަކޮށްފައިވާ ނުކުތާއެވެ.
403 ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާއާއި ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު
2013/Cv-C/2426 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް
އެދި ތ.ޓްރާންސިލްވޭނިޔާ އަޙުމަދު މަމްދޫހް (ދ.ރ.ކާޑް ނަންބަރު A064168) ގެ ފަރާތުން ހުށަހަޅާފައިވާ
ނުކުތާތަކަށާއި، އެ ނުކުތާތަކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން
ރިޢާޔަތްކޮށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ.
3.1- ފުރަތަމަ ކަމަކީ: އަޙުމަދު މަމްދޫޙާ ގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ
ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/2426 ޤަޟިއްޔާއަކީ، އަޙްމަދު މަމްދޫޙް ގެ އެދުމަކަށް ބޭންކް އޮފް
މޯލްޑިވްސް ޕލކ އިން ދޫކޮށްފައިވާ ވިސާ ކްރެޑިޓް ކާޑް ބޭނުންކޮށް، އެއްބަސްވެފައިވާ ގޮތަށް އަޙްމަދު
މަމްދޫޙާ ގެ ފަރާތުން ފައިސާ ދައްކާފައިނުވާކަމަށްބުނެ، އަޙުމަދު މަމްދޫޙާގެ ފަރާތުން ދައްކަންޖެހޭ ފައިސާ،
އިންޓްރެސްޓާއި ޖޫރިމަނާއި ސާރވިސް ޗާޖު ގެ ފައިސާއާއެކު، އެކީ އެއްފަހަރާ ލިބިގަތުމަށް އޮފް
މޯލްޑިވްސް ޕޮލިކް ގެ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާކުރުމުން ބައްލަވާފައިވާ ޤަޟިއްޔާއެއްކަމާއި،
އަޙުމަދު
އިސްތިއުނާފު ބިނާކޮށްފައިވަނީ، ސިވިލް ކޯޓުގެ
ނަންބަރު 2013/Cv-C/2426 ޤަޟިއްޔާގައި ޙުކުމްކުރެއްވުމުގެ ކުރިއަށް އައިސްފައިވާ އިޖްރާއާތު ތަކަކީ
ބާޠިލް އިޖްރާއާތުތަކެއް ކަމުގައި ބުނެ އެކަމުގެ މައްޗަށްކަމާއި، އެޤަޟިއްޔާގައި އަޙުމަދު މަމްދޫޙާގެ މައްޗަށް
ކުރައްވާފައިވާ ޙުކުމުގައި ބޭންކަށް ދެއްކުމަށް ކަނޑައަޅުއްވާފައިވާ ފައިސާއަކީ އޭނާގެ ފަރާތުން ދައްކަންޖެހޭ
ފައިސާއެއް ނޫންކަމުގައި އަޙުމަދު މަމްދޫޙާގެ ފަރާތުން ބުނެފައި ނުވާކަން ފާހަގަކުރެވެއެވެ.
3.2- ދެވަނަ ކަމަކީ: ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/2426 ޤަޟިއްޔާގައި އަޙުމަދު
މަމްދޫޙާ ގެ ޣައިރު ހާޒިރުގައި ޙުކުމްކުރައްވާފައިވާތީއާއި، އަޙުމަދު މަމްދޫޙާ ގެ އިސްތިއުނާފު ބިނާކޮށްފައިވަނީ
4 44
aaވ
މަމްދޫޙް
ގެ
24
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
20j4/HC-A/240
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ce O
2426/Cv-C/2013
ހާޒިރުކުރުމުގެ އިޖްރާއަތާއި ގުޅޭގޮން ކަމުގައިވާތީ، އެޤަޟިއްޔާއާއި ގުޅިގެން ކަންހިނގާފައިވާ ގޮތް
ސާފުކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުން ސިވިލް ކޯޓަށް ފޮނުވި ނަންބަރު:B3
/
144
/
2014
/
60-95
(31 އޯގަސްޓް 2014) ސިޓީއާއި ގުޅިގެން ސިވިލް ކޯޓުން ދިވެހިރާއްޖޭގެ ހައިކޯޓަށް ފޮނުއްވާފައިވާ
ނަންބަރު:95
/
2014
/
16/Reg-144 (04 ސެޕްޓެމްބަރު 2014) ސިޓީގައި ބަޔާން ކުރައްވާފައިވާ
ކަންތައްތަކަށް ބަލާއިރު، ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާ އަކީ،
25 ޑިސެމްބަރ 2013 ގައި ހުށަހެޅި، 07 އޭޕްރީލް 2014 ގައި ޙުކުމްކުރައްވާފައިވާ ޤަޟިއްޔާއެއް ކަމާއި
އެޤަޟިއްޔާއާއި ގުޅިގެން 14 ޖެނުއަރީ 2014 ގެ 14:00 އަށް ހާޒިރުވުމަށް އަންގާ އަޙުމަދު މަމްދޫޙާ ގެ
އެޑްރެހަށް ފޮނުވުނު އެކޯޓުގެ ނަންބަރ 2
/
2013
/
920-B
-
CR ކޯޓަށް ހާޒިރުވުމުގެ އަމުރު އަޙުމަދު
މަމްދޫޙަށް ރައްދުވެފައި ނުވާކަމާއި، ރައްދުވެފައި ނުވަނީ އަޙުމަދު މަމްދޫޙާ ގޭގައި ނޫޅޭތީއާއި އެގޭގައި އުޅޭ
އެހެން މީހުން އެ އަމުރާއި ޙަވާލުވުމަށް އިންކާރުކުރާތީކަމާއި،
އެޤަޟިއްޔާއާއި ގުޅިގެން 10 ފެބްރުއަރީ 2014 ގެ 11:00 އަށް ހާޒިރުވުމަށް އަންގާ
އަޙުމަދު މަމްދޫޙާ ގެ އެޑްރެހަށް ފޮނުވުނު އެކޯޓުގެ ނަންބަރ 2
/
2014
/
225-B
-
CR ކޯޓަށް ހާޒިރުވުމުގެ
އަމުރު އަޙުމަދު މަމްދޫއަށް ރައްދުވެފައި ނުވާކަމާއި، ރައްދުވެފައި ނުވަނީ އަޙުމަދު މަމްދޫޙާ ދިރިއުޅޭ ގެ
ތަޅުލާފައި ހުރުމުގެ ސަބަބުންކަމާއި،
އެޤަޟިއްޔާއާއި ގުޅިގެން 26 ފެބްރުއަރީ 2014 ގެ 14:00 އަށް ހާޒިރުވުމަށް އަންގާ
އަޙުމަދު މަމްދޫޙާ ގެ އެޑްރެހަށް ފޮނުވުނު އެކޯޓުގެ ނަންބަރ 2
/
2014
/
327-B
-
CR ކޯޓަށް ހާޒިރުވުމުގެ
އަމުރު އަޙުމަދު މަމްދޫއަށް ރައްދުވެފައިވާކަމާއި،
އަދި އެޤަޟިއްޔާއާއި ގުޅިގެން 16 މާރޗް 2014 ގެ 10:15 އަށް ހާޒިރުވުމަށް އަންގާ
އަޙުމަދު މަމްދޫޙާ ގެ އެޑްރެހަށް ފޮނުވުނު އެކޯޓުގެ ނަންބަރ 2
/
2014
/
49-B
-
CR ކޯޓަށް ހާޒިރުވުމުގެ
އަމުރު އަޙުމަދު މަމްދޫއަށް ރައްދުވެ، އޭނާ އެކޯޓަށް ހާޒިރުވެ ދަޢުވާ އިއްވާފައިވާކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
1
20j4/HC-A/240
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އަމުރެއްގެ
އަދި އޭގެ ފަހުން އެޤަޟިއްޔާއި ގުޅިގެން ބޭއްވުނު 05 ވަނަ އަޑުއެހުމަށް އެކޯޓުގެ
ނަންބަރ 2
/
2014
/
781-B
-
CR ކޯޓަށް ހާޒިރުވުމުގެ އަމުރު އަޙުމަދު މަމްދޫޙާ އަށް ޙަވާލުކުރަން ކޯޓު
އޮފިސަރ ދިއުމުން، އެ އަމުރާ އަޙުމަދު މަމްދޫޙާ ޙަވާލުވެފައި ނުވާކަމަށް ސިވިލް ކޯޓުގެ ޙަވާލާދެވިފައިވާ
ސިޓީގައި ބަޔާންކުރައްވާފައިވާކަމާއި، އަދި އަޙުމަދު މަމްދޫހް އެ އަމުރާއި ޙަވާލުނުވިއިރު، އަމުރުގައި،
"މިއަމުރުގައިވާ ގަޑިއަށް ޙާޟިރު ނުވެއްޖެނަމަ، ޣައިރު ޙާޟިރުގައި މައްސަލަ ހިންގާ ނިންމާނެކަން
އަންގަމެވެ." މިފަދައިން އިންޒާރުގެ ނޯޓިސް ލިޔުއްވާފައިވާކަމަށް ބަޔާންކޮށް، ޙަވާލާ ދެވިފައިވާ ހުރިހާ
ކޮޕީތައް އެސިޓީއާއެކު ހައިކޯޓަށް ފޮނުއްވާފައިވާކަން ފާހަގަކުރެވެއެވެ.
3.3- ތިންވަނަ ކަމަކީ: "ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު" އަށް
ބަލާއިރު، އެޤަވާޢިދުގެ 2 ވަނަ މާއްދާގެ (ނ) ގެ 5 ވަނަ ނަންބަރުގައި، "ކޯޓަށް ޙާޟިރުވުމަށް އަންގާ
އަމުރުގައި ޙާޟިރުވާންޖެހޭ މީހާ ނުހިފައިފިނަމަ، ނުވަތަ އަމުރު ރައްދުވެ، އަމުރުގައިވާ ތާރީޚާއި ގަޑިއަށް
އާޝިރު ނުވެއްޖެނަމަ، މިޤަވާޢިދުގެ 28، 29، 30 މި ތިންމާއްދާއިން ކުރެ މާއްދާއެއްގެ ދަށުން ޢަމަލު
ކުރަންވާނެ އެވެ." މިފަދައިން ބަޔާންކޮށްފައިވާކަމާއި،
އަދި އެޤަވާޢިދުގެ 6 ވަނަ މާއްދާގައި، "ޖިނާއީ މައްސަލަތައް ފިޔަވާ އެހެން މައްސަލައަކަށް
ކޯޓަށް ޙާޟިރުވުމަށް އެއްވެސް މީހަކަށް އަމުރު ފޮނުވުމުން، އެ އަމުރުގައި ނުހިފައިފިނަމަ ނުވަތަ އަމުރު ލިބި
މަޤުބޫލު ޢުޛުރެއް ނެތި ޙާޟިރުނުވެއްޖެނަމަ، މީޤަވާޢިދުގެ 17 ވަނަ މާއްދާއާއި، 28 ވަނަ މާއްދާއާއި، 29
ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ގޮތަށް ޢަމަލުކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ." މިފަދައިން
ބަޔާންކޮށްފައިވާކަން އެނގެން އޮންނާތީ، މި ދެ މާއްދާގައި ޙަވާލާ ދީފައިވާ އެޤަވާޢިދުގެ 17، 28، 29،
މާއްދާތަކަށް ބަލާއިރު، އޭގެ ތެރެއިން 30 ވަނަ މާއްދާއަކީ ޖިނާއީ މައްސަލަތަކާއި ގުޅިގެން
ކޯޓަށް ޙާޟިރުވުމަށް އަންގާ ފޮނުވާ އަމުރުތަކަށް ޚާއްޞަ މާއްދާއެއްކަން އެނގެން އޮންނާތީ، އެއީ
މިޤަޟިއްޔާއާއި ގުޅޭ މާއްދާއެއް ނޫންކަން އެނގެން އޮންނަކަމާއި، އަދި 17 ވަނަ މާއްދާއަށް ބަލާއިރު، އެ
މާއްދާއަކީ، ޙާޟިރުކުރަންޖެހޭ ފަރާތް ބަންދުގައި ބަހައްޓައިގެން ޙާޟިރުކުރުމަކީ، އެންމެ މަޞްލަޙަތާއިޖޭގެ އި%
އަދި 30
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
20j4/HC-A/240
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
3.
.
ހުރިގޮތްކަމަށް ކޯޓަށް ފެންނަ ޙާލަތްތަކުގައި ޢަމަލުކުރުމަށް ކަނޑައެޅިފައިވާ މާއްދާކަމުގައިވާތީ އާއި،
ބަންދުގައި ބަހައްޓައިގެން ޙާޟިރުކުރުމުގައި އެންމެ މަޞްލަޙަތު ހުރިގޮތްކަމަށް ކަނޑައެޅުމަކީ ކޯޓުގެ ތަޤްދީރީ
ބާރު (discretionary power) ގެ ތެރޭގައި ހިމެނޭ ކަމެއްކަމުގައިވާތީއާއި، އަޙުމަދު މަމްދޫޙް
ޙާޟިރުކުރުމުގައި ސިވިލް ކޯޓުން 17 ވަނަ މާއްދާގައި ބުނެފައިވާ މަގު އިޚްތިޔާރުކޮށްފައިނުވާތީ،
އެމާއްދާއަށްވެސް ހައިކޯޓުގެ މިޤަޟިއްޔާގައި ރިޢާޔަތްކުރަން ޖެހޭނެކަމަށް ނުފެންނަކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާގެ މިނުކުތާގައި ޙަވާލާދީފައިވާ "ކޯޓަށް މީހުން
ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު" ގެ 2 ވަނަ މާއްދާގެ (ނ) ގެ 5 ވަނަ ނަންބަރާއި،
އެޤަވާޢިދުގެ 6 ވަނަ މާއްދާއާއި، އެޤަވާޢިދުގެ 28 ވަނަ މާއްދާއާއި، 29 ވަނަ މާއްދާ އެއްކޮށް ކިޔާލުމުން،
ކޯޓަށް ޙާޟިރުވުމަށް އަންގާ ފޮނުވާ އަމުރާއި ޙަވާލުނުވުމާއި، ޙަވާލުވެ އަމުރުގައިވާ ތާރީޚާއި ގަޑިއަށް ކޯޓަށް
ޙާޟިރުނުވުމުން، އެޤަވާޢިދުގެ 28 ވަނަ މާއްދާއާއި 29 ވަނަ މާއްދާއާއި އެއްގޮތްވާ
ގޮތުގެ މަތިން މަދަނީ
މައްސަލަތަކުގައި ޢަމަލުކުރެވިދާނެކަމާއި،
އެގޮތުން މިބަޔާންކުރެވުނު މާއްދާތައް ކިޔާލުމުން، ކޯޓަށް ހުށަހެޅިފައިވާ
މައްސަލައަކާއި ގުޅިގެން ކޯޓަށް ޙާޟިރުވުމުގެ އަމުރު ލިބި، މަޤުބޫލު ޢުޛުރެއްނެތި އަމުރުގައިވާ ތާރީޚާއި
ގަޑިއަށް ދަޢުވާލިބޭ ފަރާތް ކޯޓަށް ޙާޟިރު ނުވެއްޖެނަމަ ޢަމަލުކުރާ ފަދައިން، މަދަނީ މައްސަލަތަކުގައި ކޯޓަށް
ޙާޟިރުވުމަށް ފޮނުވާ އަމުރާއި ޙަވާލުނުވުމުންވެސް އެމީހަކާމެދު ޢަމަލު ކުރެވިދާނެކަން ސާފުކޮށް އެނގޭކަމާއި،
އަދި އެފަދަ ޙާލަތްތަކުގައި ޢަމަލުކުރެވިދާނެ ގޮތްތަކުގެ ތެރޭގައި، ކޯޓަށް ހުށަހެޅިފައިވާ ހެއްކާއި ޤަރީނާގެ
މައްޗަށް ރިޢާޔަތްކޮށް، އެމީހާގެ ޣައިރު ޙާޟިރުގައި ކޯޓުން ގޮތެއް ނިންމުމުގެ އިޚްތިޔާރު ލިބިދީފައިވާކަންވެސް
ސާފުކޮށް އެނގެން އޮންނަކަމާއި،
ޣައިރު ހާޒިރުގައި މީހެއްގެ މައްޗަށް ކޯޓުން ޙުކުމްކުރެވޭނީ، 28 ވަނަ މާއްދާގެ (ހ) ގައި
ބުނެފައިވާފަދައިން، ޣައިރު ހާޒިރުގައި މައްސަލަ ހިންގޭނެކަން އެނގޭގޮތަށް އެމީހާ ހޯދުމަށް ރޭޑިއޯއިން ނުވަތަ
ޓީވީން ނުވަތަ އެނޫންވެސް ޚަބަރު ފަތުރާ ވަޞީލަތްތަކުން އިޢުލާނުކުރުމަށްފަހު، އެ އިޢުލާނުގައިވާ
އެއްކޮށް
ޓްއްގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
20j4/HC-A/240
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
OC
cu.
ގަޑިއަށް ކޯޓަށް އެމީހަކު ހާޒިރުނުވެއްޖެނަމަ، އެޙާލަތުގައިކަމަށް އަޙުމަދު މަމްދޫޙާ ގެ ފަރާތުން ދެކޭއިރު،
ހާޒިރުކުރަންޖެހޭ މީހާ ހޯދުމަށް ޚަބަރު ފަތުރާ ވަސީލަތްތަކުން އިޢުލާންކުރަންޖެހެނީ، ޙާޟިރުކުރަންޖެހޭ މީހާ
ދީފައިވާ އެޑްރެހުގައި ނެތި، ނުވަތަ އެމީހާ ވީތަނެއް ނޭނގޭނަމަ، އެޙާލަތުގައިކަން އެމާއްދާގެ ނައްޞުން
ވަރަށްސާފުކޮށް އެނގެން އޮންނަކަމާއި، އަދި މިއީ މީގެކުރިންވެސް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ
ޤަޟިއްޔާތަކުގައި "ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު" 28 ވަނަ މާއްދާގެ (ހ)
ތަރުޖަމާކޮށް ޢަމަލުކުރަމުން އައިސްފައިވާ އުޞޫލުކަމާއި، އެކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
247/HC
-
A/2014 ޤަޟިއްޔާގެ ރިޕޯޓުން ސާފުވާނެކަމާއި،
އަޙްމަދު މަމްދޫޙުގެ މައްޗަށް ބޭންކް އޮފް މޯލްޑިވްސް ޕލކ އިން ކުރި ދަޢުވާ އާއި ގުޅިގެން
ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، މިހާރު އިސްތިއުނާފުކުރެވިފައި މިވާ ސިވިލް ކޯޓުގެ ނަންބަރު
2013/Cv-C/2426 ޤަޟިއްޔާގެ ކުރިން، 2012 ވަނަ އަހަރުގެ ތެރޭގައިވެސް ހަމަ އެދަޢުވާ އެބޭންކުގެ
ފަރާތުން ހުށަހެޅިކަމާއި، އޭރު ހިނގަމުންދިޔަ ޤަޟިއްޔާ ބާޠިލްވެފައިވަނީ ބޭންކުގެ ފަރާތުން ޙާޟިރު
ނުވުމުންކަމާއި، އޭގެ ފަހުން ދެވަނަ ފަހަރަށް ބޭންކުގެ ފަރާތުން ހުށަހެޅުމުން އިސްތިއުނާފުކުރެވިފައި މިވާ
ސިވިލް ކޯޓުގެ ޤަޟިއްޔާގައި އަޙުމަދު މަމްދޫޙާ ޙާޟިރުކުރުމަށް ތަފާތު އެކި ފަހަރުމަތިން ސިވިލް ކޯޓުން
މަސައްކަތްކޮށްފައިވާކަމާއި، ތަކުރާރުކޮށް ކުރި މަސައްކަތުން އަޙުމަދު މަމްދޫޙާ ހާޒިރުކުރެވުނު ދުވަހު އޭނާގެ
ފަރާތުން ދަޢުވާއަށް ސާފުބަހުން އިންކާރުކޮށްފައިނުވާކަން އަޙުމަދު މަމްދޫޙާގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކައިންވެސް އެނގެން އޮންނަކަމާއި، އެދުވަހު ކޯޓުން އިތުރު ފުރުޞަތެއް
ދީފައިވަނީ އަޙުމަދު މަމްދޫޙާ ގެ އެދުމުގެ މަތިންކަމާއި، ނަމަވެސް އެފުރުޞަތަށްފަހު، ކޯޓުގެ ފަރާތުން
ޙާޟިރުވުމުގެ އަމުރު ޙަވާލުކުރުމަށް ދިޔުމުން، އެ އަމުރުގައިވާ ތާރީޚާއި ގަޑިއަށް ޙާޟިރުވުމަށް ދަތިތަކެއް
ދިމާވެފައިވާކަމަށް ބުނެ އަމުރާ ޙަވާލުވެފައިނުވަނީކަމާއި، ނަމަވެސް ކޯޓަށް ހާޒިރުވުމުގެ އަމުރުގައި،
ހާޒިރުވާންޖެހޭ ކަމަށް ބަޔާންކޮށްފައިވާ މީހާއަށް ޢުޛުރެއްދިމާވެފައި ވުމަކީ އަމުރާ ޙަވާލުވާން ނުޖެހޭ ސަބަބެއް
ނޫންކަމާއި، ޢުޛުރެއް ދިމާވެފައިވާނަމަ
ކުރަންޖެހޭގޮތުގެ
އިރުޝާދު އެ
ސެންބައެeއ
އަމުރުގަޤިއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
10
20j4/HC-A/240
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޢަމަލުކުރުމު
ލިޔެފައިވާކަމާއި، އެހެންކަމުން އެ އިރުޝާދުގައި ބަޔާންކޮށްފައިވާގޮތުގެ މަތިން އަޙުމަދު މަމްދޫހް ގެ ފަރާތުން
ރުމުގެ ބަދަލުގައި އެ އަމުރާ ޙަވާލުވެފައި ނުވާ ނުވުމަކީ، "ކޯޓަށް މީހުން ޙާޟިރުކުރުމުގައި
ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު" ގެ 28 އަދި 29 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އަޙުމަދު މަމްދޫޙާ ގެ
ޣައިރު ޙާޟިރުގައި އެމައްސަލަ ބައްލަވައި ޙުކުމްކުރެއްވުމުގެ ފުރިހަމަ އިޚްތިޔާރު ކޯޓަށް ލިބިގެންދާ
ކަމެއްކަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާބެލި ފަނޑިޔާރުންނަށް ޤަބޫލުކުރެވޭކަމާއި،
އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި އަޙުމަދު މަމްދޫޙް
ފަރާތުން ދައްކާފައިވާ ވާހަކާގައި، ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/2426 ޤަޟިއްޔާ ގައި
އޮފް މޯލްޑިވްސް ޕލކ ގެ ފަރާތުން އަޙުމަދު މަމްދޫޙާ ގެ މައްޗަށް ކޮށްފައިވާ ދަޢުވާގައި، އަޙުމަދު މަމްދޫޙް
އެ ބޭންކަށް ދައްކަންޖެހޭ ކަމަށް ބުނެފައިވާ ފައިސާއަކީ އެ ބޭންކަށް އަޙުމަދު މަމްދޫޙާ ދައްކަންޖެހޭ
ފައިސާއެއްކަމަށާއި، އެ ޤަޟިއްޔާގެ ޙުކުމުގައި ކަނޑައަޅުއްވާފައިވާ ފައިސާގެ ޢަދަދަށް އިންކާރުނުކުރާ ކަމަށް
އަޙުމަދު މަމްދޫޙާ ގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައިން ރަގަޅަށް ދޭހަވެ
ގެ
ބޭންކް
36
ހމއކ6
އެނގެން އޮންނަކަން ފާހަގަކުރެވެއެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި
ބަޔާންކުރެވުނު ސަބަބުތައް އެފަދައިން
ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/2426 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު
ގެންނަންޖެހޭފަދަ ސަބަބެއް އޮތްކަމަކަށް މިޤަޟިއްޔާބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ އެއްވެސް ފަނޑިޔާރަކަށް
ނުފެނުނެވެ.
، އެންމެ:
ދެންފަހެ، ސިވިލް ކޯޓުގެ ނަންބަރު
-Cv/2426 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން އަޙުމަދު މަމްދޫޙާ ގެ ފަރާތުންނާއި ބޭންކް އޮފް
މޯލްޑިވްސް
ގެ ފަރާތުން ދައްކާފައިވާ ވާހަކައަށާއި، ސިވިލް ކޯޓުގެ
229-
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖޭގެ ހައިކޯޓް
11
20j4/HC-A/240
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
95
/
2014
/
16/Reg-144 (04 ސެޕްޓެމްބަރު 2014) ސިޓީގައި ބަޔާންކުރައްވާފައިވާ މަޢުލޫމާތުތަކުގެ
މައްޗަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ރިޢާޔަތްކޮށް އިސްވެ ފާހަގަކުރެވިފައިވާ ނުކުތާތަކަށް
ބަލާއިރު، އެޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭފަދަ ސަބަބެއް ނެތްކަމަށް މިޤަޟިއްޔާބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް އެއްބަސްވެވުނުހިނދު، އެޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް އެގޮތުގެމަތީން
ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv