ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/122 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2010/HC-A/122
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 122/HC
-
A/2010
އިސްތިއުނާފުކުރި ފަރާތް:
* ނަން: އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
ރެޖިސްޓްރޭޝަން ނަންބަރު: 134
/
95-C
z
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޢަލީ މާހިރު
އައި.ޑީ.ކާޑު ނަންބަރު: A023917
އެޑްރެސް: މިމ. ޚާއް ޞަ ދަފްތަރު ނަންބަރު 7254
މިހާރުގެ އެޑްރެސް: ފ. ރީތިބަހާރު/ މާލެ
• ރަޖިސްޓްރީކުރި ތާރީޚް: 17 ޖުމާދަލްއާޚިރާ 1431
31 މެއި 2010
ނިމުނު ތާރީޚް: 04 ޛުލްޤަޢިދާ 1433
20 ސެޕްޓެމްބަރ 2012
އިސްތިއުނާފުކުރެވުނު މައްސަލަ ނަންބަރު: 2009/VTR/84
ނިންމެވިތަން: ވަޒީފާއާބެހޭ ޓްރައިބިއުނަލް
މައްސަލައިގެބާވަތް: ވަޒީފާއާބެހޭ
ހުށަހެޅުނު ތާރީޚް: 03 އޯގަސްޓް 2009 ނިމުނު ތާރީޚް: 14 މާރޗް 2010
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޝުއައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު: ޢަބްދުﷲ ޙަމީދު
، ދިވެހިރާއްޖޭގެ
ފަނޑިޔާރުން އަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
210/HC-A/122
ދަޢުވާގެ ޚުލާޞާ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/84 މައްސަލަ ނިމިފައިވަނީ ޝަރުޢީ
އަދި ޤާނޫނީ އުޞޫލުތަކާ ނޫންކަމަށްބުނެ، އެމައްސަލަ އިސްތިއުނާފުކޮށްދިނުމަށް އެދި، އޭ.ޑީ.ކޭ
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
6
8=ހ4
އެއެނށް
ޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ
މއ. ޚާއްޞަ ދަފްތަރު ނަންބަރު 7254، ޢަލީ
މާހިރުއެވެ.
1. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/84 މައްސަލަ ނިމިފައިވަނީ ޝަރުޢީ
އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެމައްސަލަ އިސްތިއުނާފުކޮށްދިނުމަށް އެދި އޭ.ޑީ.ކޭ
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
COC
2
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/84 މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށް
ބެލިއިރު މިމައްސަލައަކީ، ޢަލީ މާހިރު، އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގައި 02 މެއި 2007 އިން 31
މެއި 2009 ގެ ނިޔަލަށް ޑްރައިވަރެއްގެ ވަޒީފާ އަދާކޮށްފައިވާއިރު، މެއި މަހުގެ މުސާރަ އޭނާއަށް
ލިބިދީފައިނުވާތީ، އެ ފައިސާހޯދުމަށް އެދި އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދަޢުވާ ރައްދުވާގޮތަށް ޢަލީ
މާހިރު، A023917، ގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް 03 އޯގަސްޓް 2009 ގައި ހުށަހަޅުމުން
ބެލެވިފައިވާ މައްސަލައެއްކަން އެނގެންއޮވެއެވެ.
1
cc
.3
84VTR/2009
މައްސަލާގައި
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
ނިންމަވާފައިވާ ނިންމެވުމަށް ބެލިއިރު އެމައްސަލަ ނިންމަވާފައިވަނީ މިފަދައިންނެވެ.
"ދެންފަހެ، މައްސަލަ ހުށަހެޅި ފަރާތާއި، މައްސަލަ ރައްދުވާ ފަރާތުން ހުށަހެޅި ލިޔެކިޔުންތަކަށާއި،
ފާހަގަކުރި ކަންކަމުގެ މައްޗަށް ރިޢާޔަތްކުރާއިރު، 18 މެއި 2009 ގައި އަލީ މާހިރު ވަޒީފާއިން ވަކިވުމަށް
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
210/HC-A/122
· 44
އެދި 01 މަސްދުވަހުގެ ނޯޓިސް ދިނުމަށް ދެފަރާތުން ޤަބޫލުވެ އެގޮތުގެ މަތިން 18 މެއި 2009 ން 18 ޖޫން
2009 އަށް މައްސަލަ ރައްދުވާ ކުންފުނީގައި ޢަލީ މާހިރު ޚިދުމަތްކުރަންޖެހިފައިވާއިރު، އޭނާ ނޯޓިހުގެ
މުއްދަތުން 13 ދުވަހަށް ޚިދުމަތްކޮށްފައިވުމުން އެ މުއްދަތަށް އޭނާއަށް އުޖޫރައިގެ ގޮތުގައި 2253 (ދެހާސް
ދުއިސައްތަ ފަންސާސް ތިނެއް) ރުފިޔާ ލިބެންޖެހޭކަމަށާއި، ޢަލީ މާހިރު ވަޒީފާއިން ވަކިވި މުއްދަތުގައި
ޚިދުމަތަށް 02 އަހަރު ހަމަވެ ދެވަނަ އަހަރުގެ ޗުއްޓީ ޖަމާވެފައިވާތީ ޤާނޫނު ނަންބަރު 02/2008
(ވަޒީފާއާބެހޭ ޤާނޫނު) ގެ 41 ވަނަ މާއްދާގެ (ނ) އަށް ރިޢާޔަތްކޮށް 5200 (ފަސްހާސް ދުއިސައްތަ) ރުފިޔާ
ޢަލީ މާހިރަށް އަހަރީ ޗުއްޓީއަށްވާ ފައިސާގެ ގޮތުގައި ލިބެންޖެހޭކަމަށާއި، މިގޮތުން އެކު ޖުމްލަ 7453
(ހަތްހާސް ހަތަރުސަތޭކަ ފަންސާސް ތިނެއް) ރުފިޔާ އޭ.ޑީ.ކޭ. ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއިން ޢަލީ މާހިރަށް
ދޭންޖެހޭއިރު، ނޯޓިހުގެ މުއްދަތުން ޢަލީ މާހިރު ޚިދުމަތްކޮށްފައިނުވާ 19 ދުވަހަށްވާ 3293 (ތިންހާސް
ދުއިސައްތަ ނުވަދިހަ ތިނެއް) ރުފިޔާ ޢަލީ މާހިރު އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއަށް ދޭންޖެހޭތީ، އެ
އުނިކުރުމުންޖެހޭ 4160 (ހަތަރުހާސް އެއްސަތޭކަ ފަސްދޮޅަސް) ރުފިޔާ 14 މާޗް 2010 ން
ފެށިގެން 03 ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ ޢަލީ މާހިރަށް ދިނުމަށާއި އެކަން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއަށް އަންގާ މިފަދައިންނެވެ.
2 ހ 3
މިންވަރު
4
4
COX
ހ2 23
2
4
2
1
އެން 62
2/P2
.4
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/84 މައްސަލަ ނިމިފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން 02 (ދޭއް) ނުކުތާ ހުށަހަޅައި އެނުކުތާތަކާ ގުޅޭގޮތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވެއެވެ.
4 * *
ހއ
• ފުރަތަމަ ނުކުތާއަކީ: މައްސަލަ ނިންމުމުގައި ވަޒީފާއާބެހޭ ޤާނޫނުގެ 41 ވަނަ
މާއްދާގެ (ނ) އަށް ރިޢާޔަތްކޮށް އެއްމަހުގެ މުސާރަ ދިނުމަށް ނިންމެވިއިރު، އެމާއްދާގެ (ނ)
ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނުބައިކޮށް މާނަކޮށް،
މާނަކޮށް، ފައިސާދޭންޖެހޭކަމަށް
ބައްލަވައި މައްސަލަ
ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
4
7 7ތ
• ދެވަނަ ނުކުތާއަކީ: ދެފަރާތުގެ ދެމެދުގައި ކޮށްފައިވާ ވަޒީފާއާބެހޭ އެގްރީމެންޓުގައި
ވަޒީފާއިން ވަކިވާނަމަ، ވަޒީފާއަދާކުރާ ފަރާތުން ވަޒީފާއިން ދަރާތަށް 02 މަސްދުވަހުގެ ނޯޓިހެއް
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/122
ދޭންޖެހޭނެކަމަށް ބަޔާންކޮށްފައިވާއިރު އެކަމަށް ރިޢާޔަތްނުކުރައްވައި، ފައިސާ ދޭންޖެހޭކަމަށް ބައްލަވައި
މައްސަލަ ނިންމަވާފައިވާކަށް ބުނެ ހުށަހެޅި ނުކުތާއެވެ.
.5
މިމައްސަލައާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/84
މައްސަލަ އިސްތިއުނާފުކުރުމަށް އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި،
އެނުކުތާތަކާގުޅިގެން މ.މ. ޚާއްޞަ ދަފްތަރު ނަންބަރު 7254، ޢަލީ މާހިރުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިއުންތަކުގެ މައްޗަށް
ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
ތ ދ ތތ 3 ޑ
ނޫންކަމަށްބުނެ،
5 5 0
(ހ) ފުރަތަމަ ކަމަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/84 މައްސަލަ
ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ ޢުޞޫލުތަކާ އެއްގޮތަށް
އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ހުށަހެޅި ފުރަތަމަ ނުކުތާއަކީ، މައްސަލަ ނިންމުމުގައި ވަޒީފާއާބެހޭ ޤާނޫނުގެ 41 ވަނަ
މާއްދާގެ (ނ) އަށް ރިޢާޔަތްކޮށް އެއްމަހުގެ މުސާރަ ދިނުމަށް ނިންމެވިއިރު، އެމާއްދާގެ (ނ) ވަޒީފާއާބެހޭ
ޓްރައިބިއުނަލުން ނުބައިކޮށް މާނަކޮށް، ފައިސާދޭންޖެހޭކަމަށް ބައްލަވައި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ
ހުށަހެޅި ނުކުތާކަމާއި،
މިނުކުތާއާ ގުޅޭގޮތުން އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި
ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ވަޒީފާއާބެހޭ ޤާނޫނުގެ 41 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ ފަދައިން
ޗުއްޓީގެ ފައިސާ ދިނުމުގައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމާއި އެމުވައްޒަފު ވަޒީފާއިން ވަކިވުމަށް އެދިގެން
ވަކިކުރުން ތަފާތުކޮށް، އެދެކަމަކީ މުޅީން ތަފާތު ދެކަމެއްކަމުގައި ބުނެ، ބަޔާންކުރެވިދިޔަ މާއްދާގައި
ބަޔާންކޮށްފައިވާ ޗުއްޓީގެ ފައިސާ ދޭންޖެހޭނީ ވަޒީފާދިން ފަރާތަށް ފެނިގެން އެމުވައްޒަފަކު ވަޒީފާއިން
ވަކިކުރާނަމަ ކަމާއި ނަމަވެސް އަމިއްލައަށް އެދިގެން ވަކިވާ ހާލަތުގައި އެއީ ދޭންޖެހޭ ނޫންކަމުގައި
އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވާއިރު،
ucou
28 ،
4
ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 41 ވަނަ މާއްދާގެ (ނ) ގައި ވަނީ
"މުވައްޒަފަކު، ވަޒީފާއިން ވަކިކުރާނަމަ، އެމުވައްޒަފަކަށް ލިބިދޭ އަހަރީ ޗުއްޓީއެއްގެ ބޭނުން ނުކޮށް އޮތުމުން
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
2013/HC-A/122
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
އެ ޗުއްޓީއަށް ލިބެންވާ ފައިސާ، ވަޒީފާދޭ ފަރާތުން އެމުވައްޒަފަކަށް ނުދީ އޮތްކަމަށްވާނަމަ، ވަޒީފާއިން
ވަކިކުރާއިރު، އެ ފައިސާ އެމުވައްޒަފަކަށް ވަޒީފާދޭ ފަރާތުން ދޭންވާނެއެވެ." މިފަދައިން ކަމާއި،
އެމާއްދާއާއި، އެމާއްދާގެ އެއަކުރުގެ ނައްޞުން އެނގެނީ މުވައްޒަފަކު ވަޒީފާއިން ވަކިކުރާއިރު،
އެމުވައްޒަފަކަށް ލިބެންވާ އަހަރީ ޗުއްޓީއަކުން ބޭނުންނުކޮށްވާ ދުވަސްތަކުގެ ފައިސާ އެމުވައްޒަފަކު ވަޒީފާއިން
ވަކިކުރާއިރު ދޭންވާނެކަމާއި، މިމާއްދާގެ ނައް ޞަށް ބަލާއިރު، އަހަރީ ޗުއްޓީގެ ފައިސާ ދިނުމުގައި، އޭ.ޑީ.ކޭ
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެފައިވާފަދައިން، ވަޒީފާދިން ފަރާތުން މުވައްޒަފު ވަކިކުރުމާއި
މުވައްޒަފު އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިކުރުމާ މިދެހާލަތު ތަފާތުކޮށްފައިވާކަން އެނގެންނެތްއިރު،
UC
ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 41 ވަނަ މާއްދާގެ (ނ) އާ ޖެހިގެން އޮތް
އެމާއްދާގެ (ރ) ގައި ވަނީ "މި މާއްދާގެ ދަށުން މުވައްޒަފަކަށް ދޭންޖެހޭ ފައިސާ ކަނޑައަޅާނީ، އޭނާ ޗުއްޓީ
ނެގި ދުވަހުގެ ކުރިން ނުވަތަ އޭނާ ވަޒީފާއިން ވަކިވުމުގެ ކުރިން އޭނާއަށް ލިބެމުންއައި މުސާރައިގެ ނިސްބަތަށް
ބަލައިގެންނެވެ." މިފަދައިންކަން އެނގޭކަމާއި،
8
ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 39 ވަނަ މާއްދާގައިވާގޮތުން، މުވައްޒަފު
ވަޒީފާ އަދާކުރާތާ އަހަރުވުމުން، މުސާރަލިބޭގޮތަށް ކޮންމެ މުވައްޒަފަކަށްވެސް ކޮންމެ އަހަރަކު 30 ދުވަހުގެ
ޗުއްޓީއެއް، އަހަރީ ޗުއްޓީގެ ގޮތުގައި ދޭންޖެހޭކަމާއި،
އަދި ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ނ) އަށް ބަލާއިރުވެސް ވަކި މުއްދަތަކަށް މުސާރައާއެކު
ޗުއްޓީ ލިބުމުގެ ޙައްޤު ވަޒީފާއެއް އަދާކުރާ ކޮންމެ މީހަކަށްމެ ލިބިގެންވާކަން އެނގޭކަމާއި،
އެހެންކަމުން، ވަޒީފާއާބެހޭ ޤާނޫނުގެ 39 ވަނަ މާއްދާއަށާއި، ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ
(ނ) އަށް ބަލާއިރުވެސް، ވަކި މުއްދަތަކަށް މުސާރައާއެކު ޗުއްޓީ ލިބުމަކީ ވަޒީފާއެއް އަދާކުރާ ކޮންމެ
މީހަކަށްމެ ލިބިގެންވާ ޙައްޤެއްކަން އެނގޭކަމާއި،
އަދި މުވައްޒަފަކަށް މިފަދައިން ޙައްޤުވެފައިވާ އަހަރީ ޗުއްޓީގެ ދުވަސްތަކެއް ބޭނުންނުކޮށްވަނިކޮށް
ވަޒީފާއިން ވަކިވުމަށް އެމުވައްޒަފަކު އެދުމަކީ އަދި އެމުވައްޒަފު އެދުނު އެދުމުގެ މައްޗަށް ބިނާކޮށް
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/122
4
3
2=ތ ދ
ބޭންނެންކޮށް
މުވައްޒަފު ވަޒީފާއިން ވަކިކުރުމަކީ، އެ މުވައްޒަފަށް ޙައްޤުވެފައިވާ އަހަރީ ޗުއްޓީއިން
ދުވަސްތަކުގެ ފައިސާ އެމުވައްޒަފަށް ނުދީ ހިފެހެއްޓިދާނެ ސަބަބެއްކަމުގައި ބެލެވޭނެ ހަމައެއް ނޫންކަން
އެނގޭކަމާއި،
މުވައްޒަފަކަށް ޙައްޤުވެފައިވާ އަހަރީ ޗުއްޓީގެ ދުވަސްތަކުން ބޭނުންނުކޮށްވާ ދުވަސްތަކުގެ ފައިސާ
ދިނުމުގައި، ވަޒީފާދިން ފަރާތުން މުވައްޒަފު ވަކިކުރާ ޙާލަތުގެ އިތުރުން މުވައްޒަފު އަމިއްލައަށް އެދިގެން
ވަޒީފާއިން ވަކިވާ ޙާލަތުގައިވެސް އެމުވައްޒަފަކަށް ލިބެންވާ އަހަރީ ޗުއްޓީއަކުން ބޭނުންނުކޮށްވާ ދުވަސްތަކުގެ
ފައިސާ އެމުވައްޒަފަކު ވަޒީފާއިން ވަކިކުރާއިރު ދޭންވާނެކަން، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ
ޤާނޫނު) ގެ 41 ވަނަ މާއްދާގެ (ނ) ގެ އިތުރުން، އެމާއްދާގެ (ރ) އާއި (ބ) އަށް ބެލުމުން އޮޅުމެއްނެތި
އެނގެން އޮންނަކަމާއި،
3i
އަދި މިފަދަ ހާލަތްތަކުގައި ސިވިލް ސަރވިސްގެ ދާއިރާގެ މުވައްޒަފުންނާމެދު ޢަމަލުކުރެވޭ އުޞޫލަށް
ބެލިއިރު، ސިވިލް ސަރވިސް ކޮމިޝަނުގެ ގަވާއިދުގައި، މިފަދަ ޙާލަތުގައި ޢަމަލުކުރުމަށް ކަނޑައެޅިފައިވާ
މާއްދާކަމުގައިވާ، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2010 ގެ 162 ވަނަ މާއްދާގެ (ށ) ގައިވެސް ވަނީ
"މުވައްޒަފަކު ވަޒީފާއިން ވަކިކުރާއިރު އެ މުވައްޒަފަކަށް ޙައްޤުވާ އަހަރީ ޗުއްޓީ ބޭނުންނުކޮށް އޮތްނަމަ، އެ
ޗުއްޓީގެ ބަދަލުގައި މުސާރައިން ދުވަހަކަށް ޖެހޭ މިންވަރުން އެ ދުވަސްތަކަށް ފައިސާ ދެވޭނެއެވެ..." މިފައިން
ކަމަށްވާއިރު، މުވައްޒަފު އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިކުރާ ޙާލަތުގައިވެސް ބޭނުން ނުކޮށް އޮންނަ
ޗުއްޓީ ދުވަސްތަކުގެ ފައިސާ ސިވިލް ސަރވިސް ކޮމިޝަނުން މުވައްޒަފުންނަށް ދޭކަން އެނގޭކަމެވެ.
25
4 އދ8 7
6.
ނޫންކަމަށްޖން,6
(ށ) ދެވަނަ ކަމަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/84 މައްސަލަ
ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް މަށްބުނެ، އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ހުށަހެޅި ދެވަނަ ނުކުތާއަކީ، ދެފަރާތުގެ ދެމެދުގައި ކޮށްފައިވާ ވަޒީފާއާބެހޭ އެގްރީމެންޓުގައި
ވަޒީފާއިން ވަކިވާނަމަ، ވަޒީފާއަދާކުރާ ފަރާތުން ވަޒީފާއިން ދަރާތަށް 02 މަސްދުވަހުގެ ނޯޓިހެއް
ދޭންޖެހޭނެކަމަށް ބަޔާންކޮށްފައިވާއިރު އެކަމަށް ރިޢާޔަތްނުކުރައްވައި، ފައިސާ ދޭންޖެހޭކަމަށް ބައްލަވައި މައްސަލަ
ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާކަމަށްވާއިރު،
މިނުކުތާގެ މައްޗަށް މިކޯޓުން ބެލިއިރު، އެއްބަސްވުމުގެ މުއްދަތު ހަމަނުވަނީސް ވަޒީފާއިން ވަކިވާން
އެދޭނަމަ، ވަޒީފާދޭ ފަރާތަށް 2 މަސް ދުވަހުގެ ނޯޓިސް ދޭންޖެހޭކަން އެނގެން އޮތްކަމާއި، ނަމަވެސް ރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
210/HC-A/122
ވަޒީފާއިން ވަކިވާންއެދޭނަމަ ވަޒިފާދިން ފަރާތަށް ދޭންޖެހޭ ނޯޓިހުގެ މުއްދަތު އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން 30 ދުވަހަށް ކުޑަކޮށްދީ، އެކަން ޤަބޫލުކޮށްފައިވާކަން އޭ.ޑީ.ކޭ ކޮންޕެނީ ޕްރައިވެޓް
ލިމިޓެޑުން ޢަލީ މާހިރަށް 23 ޖޫން 2009 ގައި ފޮނުވާފައިވާ، އެކުންފުނީގެ ނަންބަރު 00056/ADK
/
STF
ސިޓީއިންނާއި، އަދި އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ދީފައިވާ
ބަޔާންތަކުން އެނގެން އޮތުމުން، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި، ވަޒީފާއިން ވަކިވާން
ބޭނުންނަމަ ދެމަސްދުވަހުގެ ނޯޓިސް ދިނުމަށް އޮތްއޮތުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމުމުގައި
ރިޢާޔަތް ނުކުރާކަމަށް ބުނެ އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި މިނުކުތާގެ މައްޗަށް
ނުފެންނަކަމާއި، އަދި މިނުކުތާގެ މައްޗަށް ބިނާކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ
ނިންމުން ރަނގަޅުނޫންކަމުގައި ބަލާނެ ތަނެއް ނެތްކަންވެސް އެނގޭކަމެވެ.
އރށް
ހދ 8 + 4ހ ދވ
ބލިނޖހގކޮށް
2 4ހ ¢ ¢
(ނ) ތިންވަނަ ކަމަކީ، އިސްވެ ފާހަގަކުރެވިދިޔަކަންކަން އެފަދައިން ހުރުމުން، މިމައްސަލަ
މިކޯޓުގައިބެލި ފަނޑިޔާރުން ދެކެނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/84 މައްސަލަ
އިސްތިއުނާފުކުރު
ފުކުރުމަށް އެދި އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި ނުކުތާތަކުގެ މައްޗަށް
ބަލާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެ މައްސަލަ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ
އެއްގޮތަށް ނޫންކަމަށް ބަލާނެތަނެއް ނެތްކަމުގައެވެ.
ޙުކުމް:
uc
ދެންފަހެ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2009/VTR/84 މައްސަލަ އިސްތިއުނާފުކުރުމަށް އެދި އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ހުށަހެޅި ނުކުތާތަކުގެ މައްޗަށް ބަލާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/84 މައްސަލަ
ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލަކާ ވިޔަސް ޚިލާފަށްކަމަށް ބަލާނެތަނެއް ނެތްކަމަށް މިމައްސަލަ
މިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
ދިޗެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv