ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-S-A/02 ޤަޟިއްޔާގެ ޙުކުމް
"1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2019/HC-S-A/02
ހައިކޯޓު | ދެކުނުގޮފި
ސ. ހުޅުދޫ - މީދޫ
އައިޑީކާޑު ނަންބަރު.
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 02/HC
-
S
-
A/2019
އިސްތިއުނާފުކުރި ފަރާތް؟
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* ދާއިމީ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މިހާރުގެ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: (ނަން އުނިކުރެވިފައި)1
އައިޑީކާޑު ނަންބަރު: (އުނިކުރެވިފައި)
ދާއިމީ އެޑްރެސް: (އުނިކުރެވިފައި)
މިހާރުގެ އެޑްރެސް: (އުނިކުރެވިފައި)
ރަޖިސްޓްރީކުރެވުނު ތާރީޚް: 24 ޖުމާދަލްއޫލާ 1440 ނިމުނު ތާރީޚް: 19 ޖުމާދަލްއާޚިރާ 1441
30 ޖަނަވަރީ 2019
13 ފެބްރުއަރީ
*
2020
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2016/S2C/111
' ނިންމެވި ކޯޓު: އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓު
* ޤަޟިއްޔާގެ ބާވަތް: ޢާއިލާގެ މެމްބަރަކާއެކު ޖިންސީ ޢަމަލެއް ހިންގުން
* ހުށަހެޅި ތާރީޚް: 21 ފެބްރުއަރީ 2016
ނިންމެވި ތާރީޚް: 07 ޖަނަވަރީ 2018
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް
އިސްފަނޑިޔާރު ޝުޖާޢު އުޘްމާން ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު ޙުސައިން މަޒީދު
(ރިޔާސަތު)
3.މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ އަނިޔާ ލިބުނު ދެކުދިންގެ އާއިލީ މެންބަރެކެވެ.
ހައިކޯޓު ދެކުނު ގޮފިލި ބަހާއުއްދީނު މަގު، ސ. ހުޅުދޫ - މީދޫ ދިވެހިރާއްޖެ، ފޯނު: 6894700، 6894701، ފެކްސް: 6894702
އީމެއިލް
ވެބް ސައިޓް: www.highcourtsouthern.gov.mv
[email protected] emba
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2019/HC-S-A/02
ދަޢުވާގެ ޚުލާޞާ
މިއީ، އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2016/S2C/111 ޤަޟިއްޔާ
ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ (އުނިކުރެވިފައިއެވެ.
.01
މިއީ، ދައުލަތުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތްޕުޅުން، (އުނިކުރެވިފައި) 2013
ވަނަ އަހަރު އޮކްޓޯބަރު މަހުގެ ކުރީކޮޅު، މީނާގެ އުފަން ދެ ދަރިން ކަމަށްވާ (އުނިކުރެވިފައި) (07 އަހަރު) އާއި
(އުނިކުރެވިފައި) (06 އަހަރު) އާމެދު ތަފާތު އެކިފަހަރުމަތިން ޖިންސީ ޢަމަލު ހިންގާފައިވާތީ، ޤާނޫނު ނަންބަރު
12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ
15 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން (އުނިކުރެވިފައި)ގެ މައްޗަށް ހުށަހެޅުމުން
ބެލުނު ޢާއިލާގެ މެންބަރަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ މައްސަލައެއްކަމާއި،
އެ މައްސަލާގައި ޙުކުމް ކުރައްވާފައިވަނީ "ދެންފަހެ، އިސްވެދިއަ ބަޔާންތަކަށާއި ފާހަގަ
ކުރެވުނު ނުކުތާތަކުގެ މައްޗަށް ރިއާޔަތްކުރުމަށްފަހު، ދައުލަތުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތްޕުޅުން،
(އުނިކުރެވިފައި) 2013 ވަނަ އަހަރު އޮކްޓޯބަރު މަހުގެ ކުރީކޮޅު، މީނާގެ އުފަން ދެ ދަރިން ކަމަށްވާ
(އުނިކުރެވިފައި) (07 އަހަރު) އާއި (އުނިކުރެވިފައި) (06 އަހަރު) އާމެދު ތަފާތު އެކިފަހަރުމަތިން ޖިންސީ
ޢަމަލު ހިންގާފައިވާކަމަށް ބުނެ، ޤާނޫނު ނަމްބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު
ހައިކޯޓު ދެކުނު ގޮފި، ބަހާއުއްދީނު މަގު، ސ. ހުޅުދޫ - މީދޫ. ދިވެހިރާއްޖެ، ފޯނު: 6894700، 6894701، ފެކްސް: 6894732
އީމެއިލް
ވެބް ސައިޓް: www.highcourtsouthern.gov.mv
[email protected] SA
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2019/HC-S-A/02
ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދާގެ (ށ) ގެ
ދަށުން (އުނިކުރެވިފައި)ގެ މައްޗަށް ހުށަހެޅުއްވެވި ޢާއިލާގެ މެންބަރަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ
ދަޢުވާގައި، ދަޢުވާލިބޭ (އުނިކުރެވިފައި) ދަޢުވާއަށް އިންކާރު ކޮށްފައިވާތީ އާއި މި މައްސަލައާ ގުޅިގެން ހެއްކެއްގެ
ގޮތުގައި ހާޟިރު ކުރެވުނު (އުނިކުރެވިފައި)އަށް ދުވަހަކުވެސް ދަޢުވާލިބޭ (އުނިކުރެވިފައި)، އޭނާގެ ދެކުދިންނާ
ބެހުނު ތަނެއް ފެނިފައިނުވާ ކަމަށް ބުނެފައިވާތީ އާއި ހެއްކެއްގެ ގޮތުގައި ހާޟިރު ކުރެވުނު (އުނިކުރެވިފައި)
ޝަރީޢަތުގެ މަޖިލީސްގައި ދީފައިވާ ހެކިބަހުގެ ބަޔާނުން، (އުނިކުރެވިފައި) މި ކުދިންނާމެދު މިފަދަ
ކަންތައްތަކެއްކޮށް ހަދާތަން ފެނިފައިވާކަމަށް ތިމަންނަގެ ގާތު (އުނިކުރެވިފައި) ބުނެފައިވާކަމަށާއި ނަމަވެސް
(އުނިކުރެވިފައި)އަށް މިފަދަ އެއްވެސް މަންޒަރެއް ފެނިފައިނުވާކަމަށް ބުނެފައިވާތީ އާއި ހެއްކެއްގެ ގޮތުގައި
ހާޟިރު ކުރެވުނު ޤާނޫނު ނަމްބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ
އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 47 ވަނަ މާއްދާގައި ބަޔާންކުރާ ބާވަތުގެ ހެކީގެ ތެރެއިން 5 ބާވަތުގެ
ހެކި ލިބިފައި ނުވުމުގެ އިތުރުން، މި މައްސަލާގައި ހެކިބަސް އަދާކުރި (އުނިކުރެވިފައި) އަކީ ނުކުޅެދޭ މީހުންގެ
ލިސްޓްގައި އޮވެގެން ސަރުކާރުގެ ޚާއްޞަ އެހީ ލިބެމުންދާ އަދި ސިކުނޑީގެބައްޔަކަށް ފަރުވާ ހޯދަމުންދާ
މީހެއްކަން އޭނާގެ ބަޔާނުން އެނގޭތީ އާއި މިމައްސަލާގައި ހެކިބަސް އަދާކުރި (އުނިކުރެވިފައި)، އޭނާ ތަޙްޤީޤަށް
ދީފައިވާ ބަޔާން ނަފީކޮށް، ޝަރީޢަތުގައި ބަޔާން ދީފައިވާތީވެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)
ބަޔާންވެގެންވާ މިންވަރަށް މި މައްސަލަ ސާބިތު ކުރުމަށް ހެކި ލިބިފައި ނުވާތީ އާއި ގޮތުގައި
ހުށަހެޅުނު (އުނިކުރެވިފައި)ގެ ބަހުން އުނިކުރެވިފައި)ގެއަށް އޭނާ ދިޔައިރު (އުނިކުރެވިފައި) އާއި އޭނާގެ ބައްޕަ
(އުނިކުރެވިފައި) އާއި ދެމީހުން ތިބީ އެގޭ ސޯފާގައި ކަމާއި އެ ސޯފާގައި ދެމީހުން ތިބިއިރު (އުނިކުރެވިފައި)ގެ
އަތް އޮތީ (އުނިކުރެވިފައި)ގެ ހެދުމުގެ މަތިން އެ ކުއްޖާގެ ކުރިމަތި ފަރާތުގައި ކަމަށާއި އަދި އެއީ ރަގަޅަށް
ނޫންކަމަށް ބުނިއިރު އެއީ ކޮންގޮތަކަށްކަން ބަޔާންކޮށް ނުދެވޭތީވެ އޭނާގެ އެ ވިސްނުން ބެލެވެނީ ނުހައްގުން
ހއޗެއް
2&
ހައިކޯޓު ދެކުނު ގޮފި، ބަހާއުއްދީނު މަގު، ސ. ހުޅުދޫ - މީދޫ. ދިވެހިރާއްޖެ، ފޯނު: 6894700، 6894701، ފެކްސް: 6894732
އީމެއިލް [email protected] ވެބް ސައިޓް: www.highcourtsouthern.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2019/HC-S-A/02
7
ޝައްކެއް
1
މީހެއްގެ މައްޗަށް
ކުރުމެއްގެ ގޮތުގައި ކަމަށް ޝަރީއަތަށް ބުރަވާތީ އާއި އަދި ހިތަދޫ ރީޖަނަލް
ހޮސްޕިޓަލުން ތައްޔާރުކޮށްފައިވާ ކުއްޖާއާބެހޭ ރިޕޯޓުން، (އުނިކުރެވިފައި)ގެ ބިކުރުކެނޑިފައި ނުވާކަމަށާއި މިފަދަ
ޢަމަލެއް ހިންގާފައިވާކަމަށް ބެލެވޭފަދަ ޔަޤީންވާވަރުގެ ހެއްކެއް ފެންނަން ނެތްކަން އެނގޭތީ ދައުލަތުގެ
ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތްޕުޅުން (އުނިކުރެވިފައި)ގެ މައްޗަށް ހުށަހެޅުއްވި ޢާއިލާގެ މެމްބަރަކާއެކު
ޖިންސީޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ އަދި މިވަގުތަށް ސާބިތު ނުވާކަމަށް ޙުކުމްކޮށް ޤަޟިއްޔާ
ނިންމީއެވެ." މިފަދައިންނެވެ.
02- އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2016/S2C/111 ޤަޟިއްޔާ
ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން 02 (ދޭއް) ނުކުތާ ހުށަހަޅައި އެނުކުތާތަކާއި ބެހޭ ގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެ ނުކުތާތަކަކީ؛
<< O
މައެދީﷲ
ފުރަތަމަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ
އްދާގެ (ރ) ގައި "މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުހަލާ ކޯޓުތަކުން
ތަބާވާންވާނެ" ކަމަށް ބަޔާންކޮށްފައިވާއިރު، މި ބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރަންވީ އުޞޫލު ދިވެހިރާއްޖޭގެ
ސްޕްރީމް ކޯޓުގެ ނަންބަރު 01/SC
-
A/2012 ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވަނިކޮށް، އައްޑުއަތޮޅު ހިތަދޫ
މެޖިސްޓްރޭޓް ކޯޓުން މައްސަލަ ނިންމެވިއިރު އެ އުޞޫލަށް ރިޢާޔަތް ނުކުރައްވައި މައްސަލަ ނިންމަވާފައިވާކަމަށް
ބުނެ ހުށަހެޅި ނުކުތާއެވެ.
ހައިކޯޓުގެ ދެކުނު ގޮފި ބަހާއުއްދީނު މަގު، ސ. ހުޅުދޫ - މީދޫ. ދިވެހިރާއްޖެ، ފޯނު: 6894700، 6894701، ފެކްސް: 6894702
އީމެއިލް
ވެބް ސައިޓް: www.highcourtsouthern.gov.mv
[email protected] SA
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2019/HC-S-A/02
ދެވަނަ ނުކުތާއަކީ، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ
މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 47 ވަނަ މާއްދާއާ ޚިލާފަށް މައްސަލަ
ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
.03
220
އެޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2016/S2C/111 ޤަޟިއްޔާ
ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި އެނުކުތާތަކާއި
ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ކަމާގުޅޭ ޤާނޫނުތަކާއި
މަތީމަރުޙަލާގެ ކޯޓުތަކުން ނިންމަވާފައިވާ މައްސަލަތަކުގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކުގެ މައްޗަށާއި،
މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، މިމައްސަލަ
ނިންމަން ފެންނަގޮތާއިމެދު، މިމައްސަލަ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންގެ މެދުގައި ދެރައުޔެއްގެ މައްޗަށްވަނީ
ޚިޔާލު ތަފާތުވެފައެވެ. އެދެރައުޔާއި އަދި އެދެރައުޔު ބިނާކުރެވިފައިވާ ސަބަބުތައް ތިރީގައި ބަޔާންކުރެވިފައި
އެވަނީއެވެ.
ޤައްވިއްޔާ ރައުޔު: (ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔު އާއި އެރައުޔު ބިނާކުރެވިފައިވާ ސަބަބުތައް)
(ހ) ފުރަތަމަ ކަމަކީ، ދައުލަތުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތްޕުޅުން، (އުނިކުރެވިފައި)
2013 ވަނަ އަހަރު އޮކްޓޯބަރު މަހުގެ ކުރީކޮޅު، މީނާގެ އުފަން ދެ ދަރިން ކަމަށްވާ (އުނިކުރެވިފައި) (07
އަހަރު) އާއި (އުނިކުރެވިފައި) (06 އަހަރު) އާމެދު ތަފާތު އެކިފަހަރުމަތިން ޖިންސީ ޢަމަލު ހިންގާފައިވާކަމަށް
ބުނެ، ޤާނޫނު ނަމްބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް
ހައިކޯޓު ދެކުނު ގޮފިލި ބަހާއުއްދީނު މަގު، ސ. ހުޅުދޫ - މީދޫ ދިވެހިރާއްޖެ، ފޯނު: 6894700، 6894701، ފެކްސް: 6894702
އީމެއިލް
ވެބް ސައިޓް: www.highcourtsouthern.gov.mv
[email protected] SA
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2019/HC-S-A/02
ޢަމަލުކުރުމުގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން (އުނިކުރެވިފައި)
ގެ މައްޗަށް ޢާއިލާގެ މެންބަރަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާކޮށްފައި ވާކަމާއި،
ހު
ދަޢުވާ ސާބިތުނުވާކަމަށް އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމުމުގައި
ފާހަގަކޮށްފައިވަނީ، ދަޢުވާލިބޭ (އުނިކުރެވިފައި) ދަޢުވާއަށް އިންކާރު ކޮށްފައިވުމާއި، މި މައްސަލައާ ގުޅިގެން
ހެއްކެއްގެ ގޮތުގައި ހާޟިރު ކުރެވުނު (އުނިކުރެވިފައި)އަށް ދުވަހަކުވެސް ދަޢުވާލިބޭ (އުނިކުރެވިފައި)، އޭނާގެ
ދެކުދިންނާ ބެހުނު ތަނެއް ފެނިފައިނުވާ ކަމަށް ބުނެފައިވާތީ އާއި ހެއްކެއްގެ ގޮތުގައި ހާޟިރު ކުރެވުނު
(އުނިކުރެވިފައި) ޝަރީޢަތުގެ މަޖިލީސްގައި ދީފައިވާ ހެކިބަހުގެ ބަޔާނުން، (އުނިކުރެވިފައި) މި ކުދިންނާމެދު
މިފަދަ ކަންތައްތަކެއްކޮށް ހަދާތަން ފެނިފައިވާކަމަށް ތިމަންނަގެ ގާތު (އުނިކުރެވިފައި) ބުނެފައިވާކަމަށާއި ނަމަވެސް
(އުނިކުރެވިފައި)އަށް މިފަދަ އެއްވެސް މަންޒަރެއް ފެނިފައިނުވާކަމަށް ބުނެފައިވާތީއާއި ހެއްކެއްގެ ގޮތުގައި ޤާނޫނު
ނަމްބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ
ޤާނޫނު) ގެ 47 ވަނަ މާއްދާގައި ބަޔާންކުރާ ބާވަތުގެ ހެކީގެ ތެރެއިން 5 ބާވަތުގެ ހެކި ލިބިފައި ނުވުމުގެ
އިތުރުން، މި މައްސަލާގައި ހެކިބަސް އަދާކުރި (އުނިކުރެވިފައި)އަކީ ނުކުޅެދޭ މީހުންގެ ލިސްޓްގައި އޮވެ
އޮވެގެން
ސަރުކާރުގެ ޚާއްޞަ އެހީ ލިބެމުންދާ އަދި ސިކުނޑީގެބައްޔަކަށް ފަރުވާ ހޯދަމުންދާ މީހެއްކަން އޭނާގެ ބަޔާނުން
އެނގޭތީ އާއި، މި މައްސަލާގައި ހެކިބަސް އަދާކުރި (އުނިކުރެވިފައި، އޭނާ ތަޙްޤީޤަށް ދީފައިވާ ބަޔާން ނަފީކޮށް،
ޝަރީޢަތުގައި ބަޔާން ދީފައިވާތީވެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންވެގެންވާ މިންވަރަށް ވި
މައްސަލަ ސާބިތު ކުރުމަށް ހެކި ލިބިފައި ނުވާތީ އާއި، ހެއްކެއްގެ ގޮތުގައި ހުށަހެޅުނު (އުނިކުރެވިފައި)ގެ ބަހުން
(އުނިކުރެވިފައި)ގެއަށް އޭނާ ދިޔައިރު (އުނިކުރެވިފައި) އާއި އޭނާގެ ބައްޕަ (އުނިކުރެވިފައި) އާއި ދެމީހުން
އެގޭ ސޯފާގައި ކަމާއި އެ ސޯފާގައި ދެމީހުން ތިބިއިރު (އުނިކުރެވިފައި)ގެ އަތް އޮތީ (އުނިކުރެވިފައި)ގެ ހެދުމުގެ
މަތިން އެ ކުއްޖާގެ ކުރިމަތި ފަރާތުގައި ކަމަށާއި އަދި އެއީ ރަގަޅަށް ނޫންކަމަށް ބުނިއިރު އެއީ ކޮންގޮތަކަށްކަން
##
ހައިކޯޓު ދެކުނު ގޮފިލި ބަހާއުއްދީނު މަގު، ސ. ހުޅުދޫ - މީދޫ ދިވެހިރާއްޖެ، ފޯނު: 6894700، 6894701، ފެކްސް: 6894702
އީމެއިލް
ވެބް ސައިޓް: www.highcourtsouthern.gov.mv
[email protected] SA
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2019/HC-S-A/02
ބަޔާންކޮށް ނުދެވޭތީވެ އޭނާގެ އެ ވިސްނުން ބެލެވެނީ ނުހައްގުން މީހެއްގެ މައްޗަށް ޝައްކެއް ކުރި ކުރުމެއްގެ
ގޮތުގައި ކަމަށް ޝަރީއަތަށް ބުރަވާތީ އާއި، އަދި ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ތައްޔާރުކޮށްފައިވާ ކުއްޖާއާބެހޭ
ރިޕޯޓުން، (އުނިކުރެވިފައި)ގެ ބިކުރުކެނޑިފައި ނުވާކަމަށާއި މިފަދަ ޢަމަލެއް ހިންގާފައިވާކަމަށް ބެލެވޭފަދަ
ޔަޤީންވާވަރު ހެއްކެއް ފެންނަން ނެތްކަމަށް އެ ޤަޟިއްޔާގައި ފާހަގަކޮށްފައި ވާކަން އެނގެން އޮންނަކަމެވެ.
(ނ) ދެވަނަ ކަމަކީ؛ އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2016/S2C/111
ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ ދައުލަތުގެ ފަރާތުން ފާހަގަކޮށްފައިވާ
ފުރަތަމަ ނުކުތާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި "މަތީ
މަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުހަލާ ކޯޓުތަކުން ތަބާވާންވާނެ" ކަމަށް
ބަޔާންކޮށްފައިވާއިރު، މި ބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރަންވީ އުޞޫލު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ
ނަންބަރު 01/SC
-
A/2012 ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވަނިކޮށް، އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން
މައްސަލަ ނިންމެވިއިރު އެ އުޞޫލަށް ރިޢާޔަތް ނުކުރައްވައި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހެޅި އިސްތިއުނާފް ނުކުތާކަމާއި، މިނުކުތާއަށް ބަލާއިރު، މަތީ މަރުހަލާގެ
ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުހަލާ ކޯޓުތަކުން ތަބާވާންވާނެކަން ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ށ) ގައި ކަނޑައަޅާފައިވާކަމާއި، މި ބާވަތުގެ
މައްސަލަތަކުގައި ޢަމަލުކުރަންވީ އުޞޫލު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު .SC/2012
01/Aޤަޟިއްޔާއިން ކަނޑައަޅުއްވާފައިވާކަމާއި، އެގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51
ވަނަ މާއްދާގެ (އ) ގައި އެމީހަކު ކުށެއްކޮށްފިކަމަށް އެކަށީގެންވާފަދަ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތުގައި
ސާބިތުނުކުރެވޭނަމަ އެމީހަކީ ކުށެއްނެތް މީހެއްކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވާކަމުގައި ކަނޑައެޅި ބަޔާންވެގެން
އޮންނައިރު، ޖިނާޢީ މައްސަލަތައް ސާބިތުކުރުމަށްޓަކައި ހުށަހެޅޭ ހެކިތަކާއި ދަލީލުތައް މައްސަލަބަލާ ފަނޑިޔާރު
ހައިކޯޓު ދެކުނު ގޮފިލި ބަހާއުއްދީނު މަގު، ސ. ހުޅުދޫ - މީދޫ ދިވެހިރާއްޖެ، ފޯނު: 6894700، 6894701، ފެކްސް: 6894702
އީމެއިލް
ވެބް ސައިޓް: www.highcourtsouthern.gov.mv
[email protected] SA
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2019/HC-S-A/02
22
ތަޤްލީމް (evaluation) ކޮށް ވަޒަންކުރުމަށްފަހު އެ ފަނޑިޔާރަށް ޤަބޫލުކުރެވޭ ހެކިތަކާއި ދަލީލުތަކާއި،
އެހެކިތަކާއި ދަލީލުތަކުން ނުކުންނަ ނަތީޖާތަކުގެ މައްޗަށް ބުރަވެހުރެ ޔަޤީނާ ގާތްކުރާ މިންވަރަށް އިޤުތިސާޢު
(convince) ވެގެން މެނުވީ ކުށެއް ސާބިތުވެއްޖެ ކަމަށް ޖިނާއީ މައްސަލައެއްގައި ޙުކުމްކޮށްގެން ނުވާނެކަމީ
"ޤަރީނަތުލް ބަރާޢާ" (Presumption of Innocence) ގެ ޢާއްމު ޤާނޫނީ މަބްދަޢުގެ އެންމެ މުހިއްމު އެއް
ޚާއްޞިއްޔަތުކަން އެނގެން އޮންނަ ކަމާއި،
ނަމަވެސް ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ
އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 1 ވަނަ މާއްދާގައި އެ ޤާނޫނުގެ މަޤުޞަދަކީ ކުޑަކުދިންނަށް ޖިންސީ
ގޯނާކުރާ މީހުން، ތަޙްޤީޤު މަރުހަލާގައާއި ޝަރީޢަތުގެ މަރުހަލާގައި ބަންދުގައި ބޭތިއްބުމާއި، ބަންދުން
ވީއްލުމަށްފަހުގައިވެސް ވަކި ނިޒާމެއްގެ ތެރެއިން ބަލަހައްޓަމުންދިއުމާއި، ޝަރީޢަތަށް ހެކި ބަލައިގަތުމުގައި ލުއި
މިންގަނޑެއް ހުއްދަކުރުމާއި، ކުޑަކުދިންނަށް ޖިންސީ ގޯނާއިންލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ޚާއްޞަ
އުޞޫލުތައް ބަޔާންކުރުންކަން އެނގެން އޮންނަކަމާއި، އަދި އެ ޤާނޫނުގެ 47 ވަނަ މާއްދާގައި ޝަރީޢަތަށް ހެކި
ބަލައިގަތުމުގައި ލުއި މިންގަނޑެއް ބަޔާންކޮށްފައި އޮތުމުން، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި
އޮންނަ އެކަށީގެންވާ ޝައްކެއް ނެތްމިންވަރަށް ކުށް ކޮށްފިކަން ޤަބޫލުކުރެވޭ މިންގަނޑަށް ވާޞިލުވުމަށްޓަކައި
ޝަރީޢަތަށް ހެކި ބަލައިގަތުމުގައި ޤާނޫނީގޮތުން ލުއި މިންގަނޑެއް ކަނޑައެޅިފައިވާކަން އެނގެން އޮތުމެވެ.
(ނ) ތިންވަނަ ކަމަކީ، މި މައްސަލާގައި ބަޔާންކުރާ ވާޤިޢާ ލޮލަށް ފެނުނު ދެހެކިންކަމުގައިވާ،
(އުނިކުރެވިފައި) އާއި (އުނިކުރެވިފައި)ކީ ހެކިބަސް ބަލައިނުގަނެވޭފަދަ ސަބަބެއް ހުރި ހެކިން ކަމުގައިނުވާއިރު،
އެ ދެހެކިންގެ ހެކިބަހަށް ރިޢާޔަތްނުކޮށް ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުން މި މައްސަލަ ނިންމަވާފައިވާކަމަށާއި،
ހައިކޯޓުގެ ދެކުނު ގޮފި ބަހާއުއްދީނު މަގު، ސ. ހުޅުދޫ - މީދޫ. ދިވެހިރާއްޖެ، ފޯނު: 6894700، 6894701، ފެކްސް: 6894702
އީމެއިލް
ވެބް ސައިޓް: www.highcourtsouthern.gov.mv
[email protected] SA
9 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2019/HC-S-A/02
ނަމަވެސް ހާދިސާ ލޮލަށް ފެނުނު މި ދެހެކިންގެ ހެކިބަހަށް ބުރަދަން ދޭންޖެހޭކަމަށް ބަޔާންކުރައްވައި ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފިހުގެ ފަރާތުން ފާހަގަކުރައްވާފައިވާ ކަންކަމުގެ މައްޗަށް ބަލާއިރުގެ
ދިވެހިރާއްޖޭގެ
ރާއްޖޭގެ ހައިކޯޓުގެ ނަންބަރު 346/HC
-
A/2013 ޤަޟިއްޔާ އާއި، ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުގެ ނަންބަރު 01/SC
-
A/2012 ޤަޟިއްޔާގައި ހެކިންގެ ހެކިބަސް ޝަރީއަތުން ޤަބޫލުކުރުމުގައި
ޤާނޫނީ އަދި ޝަރުއީ ހުރަހެއް ނެތް ހެކިންގެ ކިބައިގައި ހުންނަންޖެހޭ ޢާންމު ޝަރުޠުތަކުގެ ތެރޭގައި، އެ
ހެކިވެރިޔާއަކީ ތަންދޮރު ވަކިވެ، ބުއްދި ސަލާމަތުން ހުރި މީހަކަށްވުމާއި، އަދި އަމިއްލަ އިޚްތިޔާރުލިބިގެންވާ
މީހަކަށްވުމުގެ އިތުރުން، އެ ހެކިވެރިޔާއަކީ ހެކިބަސްދިނުން މަނާވާފަދަ ސަބަބެއް ނެތް މީހަކުކަމުގައިވުން
ލާޒިމުވާނެކަން ބަޔާންކޮށްފައިވާކަމާއި، އަދި މި ޝަރުޠުތަކުގެ އިތުރުން ހެކިބަސް ޞައްހަވުމަށްޓަކައި ހެކިވެރިޔާގެ
ކިބާގައި ޢަދުލުވެރިކަމުގެ ސިފަ ހުންނަންވާނެކަމާއި، ފާސިޤަކަށް ވެގެންނުވާނެކަން ބަޔާންކޮށްފައި ވާކަމެވެ.
(ށ) ހަތަރުވަނަ ކަމަކީ، ހެކީންގެ ތެރޭގައި ހިމެނޭ، (އުނިކުރެވިފައި) އާއި (އުނިކުރެވިފައި)އާ
ދެހެކިންކުރެ، (އުނިކުރެވިފައި) ދަށުކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް 26 ނޮވެމްބަރު 2016 ގައި ހެކިބަސް
އަދާކުރަމުން ބުނެފައިވަނީ (އުނިކުރެވިފައި) އޭނާގެ ދަރިފުޅު (އުނިކުރެވިފައި) ސޯފާގައި ބައިންދައިގެން
(އުނިކުރެވިފައި) ލައިގެންހުރި ޖަންގިޔަލުގެ ތެރެއަށް އަތް ކޮއްޕައިގެން ހުއްޓާ ފެނުނުކަމަށާއި، އަދި އެ ކުއްޖާ
ހަޅޭލަވައި "ބައްޕަ އުޅެނީ މޮޔަވެގެންހޭ އަބަދު ޖަންގިޔާ ތެރެއަށް އަތްކޮއްޕާ ހަދަނީ" މިހެން ބުނި އަޑު
އިވިފައިވާކަމަށާއި، އަދި އެހެން ދުވަހެއްގައި (އުނިކުރެވިފައި) ބަލިވެ ހުންއައިސްގެން ކޮޓަރީގެ އެނދުގައި
އޮއްވައި، (އުނިކުރެވިފައި) އެކުއްޖާގެ ފުރަގަހުން ޖަނގިޔަލުގެ ތެރެއަށް އަތްކޮއްޕާހެދިއިރު، (އުނިކުރެވިފައި)އަށް
އެ މަންޒަރު ފެނިފައިވާކަމަށާއި އެއިރު ކޮޓަރީގެ ދޮރު ހުރީ ހުޅުވާފައިކަމަށާއި، (އުނިކުރެވިފައި އޮތީ ބަންޑުން
މޫނު ވަތަށްވާގޮތަށް އެނދުމަތީގައިކަމަށާއި، ގާތްގަނޑަކަށް 5 މިނިޓްވަންދެން (އުނިކުރެވިފައި) އެގޮތަށް އެކަން
ކުރިކަމަށާއި، އެއީ ރޭގަނޑުގެ ވަގުތެއްކަމަށާއި، މިހެން މިކަން ދިމާވުމުން (އުނިކުރެވިފައި އެވާހަކަ އެގޭ
ހައިކޯޓު ދެކުނު ގޮފިލި ބަހާއުއްދީނު މަގު، ސ. ހުޅުދޫ - މީދޫ ދިވެހިރާއްޖެ، ފޯނު: 6894700، 6894701، ފެކްސް: 6894702
އީމެއިލް
ވެބް ސައިޓް: www.highcourtsouthern.gov.mv
[email protected] emba
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2019/HC-S-A/02
މީހުން ކައިރީގައި ބުނެފައިވާނެކަމަށް ދަށުކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް 26 ނޮވެމްބަރު 2016 ގައި
(އުނިކުރެވިފައި) ދީފައިވާ ހެކިބަޔާނަށް ބެލުމުން އެނގެން އޮންނަކަމެވެ.
•) ފަސްވަނަ ކަމަކީ؛ (އުނިކުރެވިފައި)ގެ ހެކިބަހަށް ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ބުރަދަން
ނުދީވަނީ، (އުނިކުރެވިފައި)ކީ ސިކުނޑީގެ ބައްޔަކަށް ފަރުވާކުރަމުންދާ، އަދި އެބަލީގެ ޙާލަތުގެ ސަބަބުން
ނުކުޅެދޭމީހުންގެ ލިސްޓުގައި ހިމެނިފައިވާމީހެއްކަން އެނގެންއޮތުމުންކަމަށް ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި
ބަޔާންކޮށްފައި ވާއިރު، ހެކިވެރިޔާގެ ހެކިބަހުގައި ތަޙްޤީގުއާއި، ޝަރީޢަތުގައި ތަފާތެއް ނެތްކަމާއި، ހެކިބަސް
އަދާކުރުމުގައި އޭނާއަށް ފެނުނު މަންޒަރުތަކާއި އިވުނު އަޑުތައް ކިޔައިދިނުމުގައި ބަސްމަގުގައި ހުރި ސާފުކަމާއި
ސާދާކަން ފާހަގަކުރެވޭކަމާއި، (އުނިކުރެވިފައި)ކީ ސިކުނޑީގެ ބައްޔެއްގައި ބޭސްކުރަމުންދާ މީހެއްކަމުގައި
ދަށުކޯޓުން ފާހަގަކޮށްފައި ވާއިރު، އެއީ ކޮންބައްޔެއްކަން ދަށުކޯޓުން ބަލާފައިވާކަން އެނގެން ނެތްކަމާއި،
(އުނިކުރެވިފައި)ކީ އޭނާގެ ސިކުނޑީގެ ބައްޔެއް ހުރެގެން ބޭސްކުރަމުންދާ މީހެއްކަމުގައި ވީނަމަވެސް، އޭނަގެ
ހެކިބަހަށް ރިޢާޔަތްކުރަން ނުޖެހޭވަރުގެ ނުކުޅެދުންތެރިކަމެއް ހުރިމީހެއްކަން ޝަރީޢަތަށް އެނގެން ނެތްކަމަށްޓަކައި
(އުނިކުރެވިފައި)ގެ ހެކިބަހަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ބުރަދަން ނުދީވަނީ ރަނގަޅަށްކަމަށް
ލެވެންނެތްކަން ފާހަގަކުރެވޭކަމާއި؛
(ޅ) ހަވަނަ ކަމަކީ؛ (އުނިކުރެވިފައި)ގެ ހެކިބަހަށް
ހިތަދޫ މެޖިސްޓްރޭޓް ކޯޓުން
ބުރަދަންނުދީ ވާ ސަބަބުގެ މައްޗަށް ބަލާއިރު، (އުނިކުރެވިފައި)ގެ ހެކިބަހަށް ބުރަދަންނުދީވަނީ، (އުނިކުރެވިފައި)
(އުނިކުރެވިފައި)ގެއަށް ދިޔައިރު، އެގޭ (އުނިކުރެވިފައި) އާއި އެކުއްޖާގެ ބައްޕަ (އުނިކުރެވިފައި)އާ ދެމީހުން ތިބީ
އެގޭ ސޯފާގައިކަމަށާއި، އެ ސޯފާގައި އެދެމީހުން ތިބިއިރު (އުނިކުރެވިފައި)ގެ އަތް އޮތީ (އުނިކުރެވިފައި)ގެ
ހެދުންމަތިން އެކުއްޖާގެ ކުރިމަތިފަރާތާދިމާލަށް ކަމަށާއި، އެހެންކަމުން (އުނިކުރެވިފައި)ގެ ނިޔަތް ރަނގަޅުނޫންކަން
ހައިކޯޓު ދެކުނު ގޮފި، ބަހާއުއްދީނު މަގު، ސ. ހުޅުދޫ - މީދޫ. ދިވެހިރާއްޖެ، ފޯނު: 6894700، 6894701، ފެކްސް: 6894732
އީމެއިލް
ވެބް ސައިޓް: www.highcourtsouthern.gov.mv
[email protected] SA
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2019/HC-S-A/02
2 22 22
(އުނިކުރެވިފައިޑަށް އެނގުނުކަމަށް ޝަރީޢަތުގައި ހެކިބަސްދީފައިވާއިރު، އެއީ ކޮންގޮތެއްކަން ބަޔާންކޮށްނުދެވޭތީ
އެވިސްނުން ބެލެވެނީ ނުޙައްޤުން މީހެއްގެ މައްޗަށް ޝައްކެއްކުރިކުރުމެއްގެ ގޮތުގައިކަމަށް ބުރަވެވޭކަމަށް ދަށު
ކޯޓުން ކަނޑައަޅާފައި ވާއިރު، (އުނިކުރެވިފައި) ނުޙައްޤުން (އުނިކުރެވިފައި)ގެ މައްޗަށް ޝައްކެއްކުރަންޖެހޭ
އެއްވެސް ހަރުދަނާ ސަބަބެއް ބަޔާންކުރުމެއް ނެތިކަމާއި، އަދި ނުޙައްޤުން (އުނިކުރެވިފައި)ގެ މައްޗަށް
ޝައްކެއްކުރަންޖެހޭ ފަދަ އެއްވެސް ހެއްކެއް ޤަރީނައެއް އޮވެގެންކަން އެނގެން ނެތްކަމާއި،
ހެއްކެއްގެ ހައިސިއްޔަތުން (އުނިކުރެވިފައި) ބަޔާންކޮށްދޭންޖެހޭނީ އޭނާއަށް ފެނުނުކަމެއް ފެނުނު
ގޮތަށްކަމާއި، އެގޮތުން، (އުނިކުރެވިފައި) އާއި އެކުއްޖާގެ ބައްޕަ (އުނިކުރެވިފައި)އާ ދެމީހުން ސޯފާގައި ތިބިއިރު
(އުނިކުރެވިފައި)ގެ އަތް އޮތީ (އުނިކުރެވިފައި)ގެ ހެދުންމަތިން އެކުއްޖާގެ ކުރިމަތިފަރާތުގައިކަމަށް (އުނިކުރެވިފައި)
ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ހެކިބަހުގައި ބަޔާންކޮށްފައިވާކަން އެނގޭއިރު، (އުނިކުރެވިފައި)ގެ އަތް އޭނާގެ
ދަރިފުޅުގެ ކުރިމަތިފަރާތުގައި ބާއްވާފައި އޮތީ ކޮން ނިޔަތެއްގައިކަން ބަޔާންކޮށްދިނުމަކީ (އުނިކުރެވިފައި)ގެ މައްޗަށް
ލާޒިމު އްނޫންކަމާއި، އަދި އެގޮތަށް އަތް ބާއްވަފައި އޮތީ ރަނގަޅަށްނޫންކަމަށް ބުނިއިރު، އެއީ
ބަޔާންކޮށްނުދެވުމަކީ، އެކަމުގެ މައްޗަށް އެކަނި (އުނިކުރެވިފައި)ގެ މައްޗަށް
(އުނިކުރެވިފައި) ނުހައްގުން ޝައްކުކުރިކުރުމެއްކަމުގައި ބަލައި، (އުނިކުރެވިފައި)ގެ ހެކިބަސް ޤަބޫލުނުކުރެވޭނެ
ސަބަބެއްކަމުގައި ބެލެވޭނެ ތަނެއް އޮތްކަމަށް ނުފެންނަކަމާއި،
(އުނިކުރެވިފައި) މިމައްސަލައިގެ ތަޙުޤީޤަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދީފައިވާ
ބަޔާނުގައި، (އުނިކުރެވިފައި)ގެ ސިޓިންރޫމުގައިހުރި ސޯފާގައި (އުނިކުރެވިފައި) ކައިރީގައި (އުނިކުރެވިފައި)ގެ
ދަރިފުޅު (އުނިކުރެވިފައި) ބައިންދައިގެން އިނދެ (އުނިކުރެވިފައި)ގެ ހެދުމުން (އުނިކުރެވިފައި)ގެ އަތް
ނިވާވާގޮތަށް (އުނިކުރެވިފައި)ގެ ކުރިމަތިފަރާތުގައި އަތްއަޅައިގެން އިންދާ (އުނިކުރެވިފައި)ށް ފެނުނުކަމަށާއި،
(އުނިކުރެވިފައި) ލައިގެންހުރި ހެދުމުން (އުނިކުރެވިފައި)ގެ އަތް ނިވާވާގޮތަށް އަތް އަޅައިގެން ހުރުމުން
22
22 2ތ 32ތ ވ2
ވެވަދއކ
2
2x ތ ދ ތ
0*
9ކށް
ހައިކޯޓު ދެކުނު ގޮފި، ބަހާއުއްދީނު މަގު، ސ. ހުޅުދޫ - މީދޫ. ދިވެހިރާއްޖެ، ފޯނު: 6894700، 6894701، ފެކްސް: 6894732
އީމެއިލް
ވެބް ސައިޓް: www.highcourtsouthern.gov.mv
[email protected] SA
12 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2019/HC-S-A/02
04 0 0
(އުނިކުރެވިފައި)ގެ އަތް އަޅައިގެން އިނީ ޖަނގިޔާ ތެރެއިންކަމެއް އަދި ބޭރުންކަމެއް ނޭގޭކަމުގައި (އުނިކުރެވިފައި)
ތަޙުގީގުގައި ހެކިބަސްދީފައިވާކަމާއި، (އުނިކުރެވިފައި)ގެ ކުރިމަތިފަރާތުގައި އަތްއަޅައިގެން އިންކަން
(އުނިކުރެވިފައި) ތަޙުގީގުގައާއި ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ހެކިބަހުގައި، (އުނިކުރެވިފައި)އަށް މަންޒަރު
ފެނުނުގޮތް ސިފަކޮށްދިނުމުގައި ހުރި ކުދިކުދި ފުށުއެރުންތަކަކީ (އުނިކުރެވިފައި)ގެ ހެކިބަހުގެ ޞައްޙަކަމާމެދު
ސުވާލު އުފެދެންވީ ސަބަބެއްކަމުގައި ބެލެވެން ނެތްކަމެވެއެވެ.
0
(ކ) ހަތްވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ
(ރ) ގައި މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުހަލާ ކޯޓުތަކުން ނިންމާ
ނިންމުންތަކަށް ތަބާވާންޖެހޭކަމަށް، ޞަރީޙަ ނައްޞުން ބަޔާންކޮށްފައިވާއިރު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު 346/HC
-
A/2013 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާގެ (ށ) ގައި، ތަންދޮރު ވަކިވެ، ބުއްދި
ސަލާމަތުން ތިބި އަދި އެހެކިން ހެކިބަސް ދީފައިވަނީ އެއްވެސް ފަރާތެއްގެ މަޖުބޫރުކަމެއް ނެތި އެމީހުންގެ އަމިއްލަ
އިޚްތިޔާރުގައިކަން އެނގެން އޮންނައިރު، އެހެކިންގެ ތެރޭގައި ހެކިބަސް ދިނުން ޤާނޫނީ އަދި ޝަރުޢީ ގޮތުން
މަނާވާފަދަ ސަބަބެއް އޮތް މީހަކު ނެތްނަމަ، އެހެކިންގެ ކިބައިގައި "ޢަދްލު" ވެރިކަމުގެ ސިފަ ހުރިތޯ ޝަރީޢަތުން
ބެލުމަށްފަހު އެހެކިންގެ ޢަދުލުވެރިކަމާމެދު ސުވާލެއް އުފެދޭފަދަ ކަމެއް ނެތުމުން އެހެކިންގެ ހެކިބަސް ޝަރީޢަތުން
ޤަބޫލުކުރުމުގައި ޤާނޫނީ އަދި ޝަރުޢީ
ހުރަހެއް.0 އިން 19ނކޮށްފައވާކަން އެނގެން އޮންނަކަމެވެ"
ތ ﷲ 2 ދ ތ
03x ހދ 2
(އ) އަށްވަނަ ކަމަކީ، ދިވެހިރާއްޖެއަކީ ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހިނދު،
އިސްލާމީ ޝަރީޢަތުގައި ސުންނަތް ޖަމާޢަތުގެ އަހުލުވެރިން ބުރަވާގޮތާ ޚިލާފުނުވާނެ ގޮތަށް ޢަމަލުކުރަމުން އަންނަ
ޤައުމަކަށްވެފައި، އިސްލާމީ ޤަޟާޢީ ނިޘާމުގައި، މައްސަލަ ބަލައި ފައިސަލާކުރުމަށްޓަކައި މައިގަނޑު 02 (ދޭއް)
އެގޮތުން ފުރަތަމަކަމަކީ މައްސަލަ ބަލާ ފަނޑިޔާރަށް މައްސަލާގެ ވާޤިޔާ އެނގުންކަމާއި،
މ 04
22c
0 ދު ދީދީ
ކަމެއެބޭނޭވާކަމާއި،
ހައިކޯޓު ދެކުނު ގޮފި، ބަހާއުއްދީނު މަގު، ސ. ހުޅުދޫ - މީދޫ. ދިވެހިރާއްޖެ، ފޯނު: 6894700، 6894701، ފެކްސް: 6894732
އީމެއިލް
ވެބް ސައިޓް: www.highcourtsouthern.gov.mv
[email protected] SA
އ
13 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2019/HC-S-A/02
0 2
<< O
0%
ދެވަނަ ކަމަކީ އެކަމުގެ މައްޗަށް ތަޠުބީޤުކުރާނެ ޢިލްމު ފަނޑިޔާރަށް ލިބިފައިވުންކަމަށް ވީހިނދު، މައްސަލާގެ
ވާޤިޔާ އެނގިގެންދާ އިޤްބާތަކީ ވާޤިޔާ އެނގޭމީހުން ހާޟިރުކޮށް، އެއުރެންގެ ފުށުން ވާޤިޔާ އެނގިގަތުން
ކަމަށްވުންކަމާއި، މި މައްސަލާގެ ވާޤިޔާ އެންމެ ރަގަޅަށް އެނގިގެންދާ، މި މައްސަލާގެ ހާދިސާގެ މަންޒަރުތައް
ލޮލަށް ފެނުނު (ޖާهلا ~هل) ހެކިންގެ ހެކިބަހަށް، އެކަށީގެންވާ ޝަރުޢީ އަދި ޤާނޫނީ ސަބަބެއްނެތި، އެއްވެސް
ބުރަދަނެއް ދީފައިނުވާތީ، މި ވާޤިޔާ ލޮލަށް ފެނުނު (ޏާا هلا لللل) (އުނިކުރެވިފައި) އާއި (އުނިކުރެވިފައި)އަކީ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 346/HC
-
A/2013 ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ
ނަންބަރު 01/SC
-
A/2012 ޤަޟިއްޔާގެ ހެއްކެއް
ހެއްކެއްގެ ހެކިބަސް ބަލައިނުގަނެވޭނެފަދަ ދެމީހުން
ކަމުގައި ބެލެވެން ނެތްހިނދު، މި ދެ ހެކީންގެ ހެކިބަހަށް ދަށުކޯޓުން ރިޢާޔަތްކޮށްފައި ނުވުމަކީ ރަނގަޅަށް
ކޮށްފައިވާ ކަމެއްކަމުގައި ބެލެވެން ނެތްކަމާއި
ކޮންމެ މައްސަލައެއްވެސް ފައިސަލާކުރުމަށްޓަކައި އެންމެ މުހިންމު އެއްކަމަކީ މައްސަލާގެ ވާޤިޔާ
ޔަޤީންކުރުންކަމަށްވެފައި، ކަންކަން ޔަޤީންވެގެންދަނީ މައިގަނޑު ތިން ގޮތަކުން ކަމާއި، އެއީ ل لهل (ޢިލްމުލް
ޔަޤީންއިލްމީ ގޮތުން ތިމާއަށް އެނގޭ އެނގުމުގެ މައްޗަށް ކަމެއް ޔަޤީންކުރުމާއި ، ސهلالهل (ޢައިނުލް ޔަޤީން)
ތިމާގެ ލޮލަށް ކަމެއްގެ މަންޒަރު ފެނި ޔަޤީންވުމާއި ސޮލޮالهل (ޙައްޤުލް ޔަޤީން) ތަޖުރިބާގެ އަލީގައި ކަންކަން
ޔަޤީންކުރަންކަމަށްވެފައި، މި މައްސަލާގައި ދައުލަތުން ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ މައްސަލާގެ ހާދިޘާގެ
މަންޒަރުތައް ލޮލަށް ފެނުނު (އުނިކުރެވިފައި) އާއި (އުނިކުރެވިފައި)ގެ ފަރާތުގެ ބަހަކީ ސާ، لههل (ޢައިނުލް
ޔަޤީން)ގެ ދަރަޖައިގެ ހެކިބަހަކަށްވެފައި، (އުނިކުރެވިފައި) އާއި (އުނިކުރެވިފައި)ގެ ފަރާތުން މި މައްސަލައާ
ގުޅިގެން ދައްކާފައިވާ ވާހަކަތަކަށް ދަށު ކޯޓުގެ ޝަރީޢަތުން އެއާމެދު ސުވާލު އުފައްދާފައިވާއިރު، މި މައްސަލާގައި
ހެކީގެ ގޮތުގައި ލިބިފައިވަނީ ހަމައެކަނި އެދެފަރާތުގެ ބަސް އެކަނި ނޫންކަމަށްވެފައި، ގުޅުވާލެވޭ އިތުރު ހެކި
ޤާރީނާ ލިބިފައިވާތީ، އިސްލާމީ ފިޤްޙީ ޤާއިދާ (Universal Islamic Legal Maxim) لق 9 لهل
99
ހައިކޯޓު ދެކުނު ގޮފިލި ބަހާއުއްދީނު މަގު، ސ. ހުޅުދޫ - މީދޫ ދިވެހިރާއްޖެ، ފޯނު: 6894700، 6894701، ފެކްސް: 6894702
އީމެއިލް
ވެބް ސައިޓް: www.highcourtsouthern.gov.mv
[email protected] SA
14 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2019/HC-S-A/02
22
0x2 ދ
3s
2 ބ
ކަމަށް ބަޔާންކޮށްފައި
هلهلގ "ޔަޤީންކަން ޝައްކަކުން ނުނެތޭނެ"
އޮތުމުން، އެ ސަބަބަށްޓަކައި، لا للهل
(ޢައިނުލް ޔަޤީން)ގެ ދަރަޖައިގައިވާ، (އުނިކުރެވިފައި) އާއި (އުނިކުރެވިފައި)ގެ ހެކިބަހަށް، ބުރަދަން
ޑ22 22
2 ތ ދ ތ
ދޭންޖެހޭނެކަމަށް ޤަބޫލުކުރެވޭކަމެވެ.
(ވ) ނުވަވަނަ ކަމަކީ، މިމައްސަލައާގުޅިގެން ދައުލަތުގެ ދަޢުވާ ސާބިތުކޮށް ދިނުމުގެ ގޮތުން
ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު
ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 47 ވަނަ މާއްދާގެ (ހ) ގެ ދަށުން ޖިންސީ ޢަމަލެއް
ހިންގައިފިކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ ގޮތުގައި މެޑިކޯ ލީގަލް ރިޕޯޓުތަކާއި، އެ މާއްދާގެ (ނ) ގެ ދަށުން
ލޮލަށް ފެނުނު މީހުންގެ ގޮތުގައި (އުނިކުރެވިފައި) އާއި، (އުނިކުރެވިފައި)އާ ދެމީހުންގެ ހެކިބަހާއި، އެމާއްދާގެ
(ޅ) ގެ ދަށުން ފެމެލީ އެންޑް ޗިލްރަންޑްސް ސަރވިސް ސެންޓަރގެ ފަރާތުން އާމިނަތު ސަޢީދު އާއި،
(އުނިކުރެވިފައި) އާއި، ފެމެލީ އެންޑް ޗިލްރަންޑްސް ސަރވިސްގެ ފަރާތުން ފަޞާހަތު ޙުސައިންގެ ހެކިބަހުން
އެމާއްދާގެ (އ) ގައިވާ ހެކި ލިބޭކަމާއި
ހުށަހެޅިފައިވާ މެޑިކޯ ލީގަލް ރިޕޯޓްތަކުން އެމާއްދާގެ (ށ) ގައިވާ ހެކިލިބޭކަމާއި،
މިމައްސަލައިގައި އިސްވެ ބުނެވިދިޔަ ޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ 5 ބާވަތުގެ ހެކި
ހުށަހަޅާފައިވީނަމަވެސް، އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2016/S2C/111 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 12 ގައި، މިމައްސަލައިގައި އަނިޔާ ލިބުނު
(އުނިކުރެވިފައި)ގެ ކުރިމަތީ ފަރާތަށް އެއްވެސް ގެއްލުމެއް ލިބިފައިވާކަން ޔަޤީންވާވަރުގެ ހެއްކެއް ފެންނަން
ނެތްކަމަށް ފާހަގަކޮށްފައިވާކަމާއި، (އުނިކުރެވިފައި)ގެ މައްޗަށް ސ.ހިތަދޫ ރީޖަނަލް ހޮސްޕިޓަލްއިން
ޔާރުކޮށްފައިވާ ނަންބަރު 2013
/
35/HRH
/
MR މެޑިކޯ ލީގަލް ރިޕޯޓުގެ ނިންމުމުގައި "ގާތްގަޑަކަށް 2
މިލިމީޓަރގެ ދިގުމިން ހުރި ކުޑަ ތަނެއް ސީދަލަށް ކެނޑިފައި، ރަނގަޅުވަމުންދާ ތަނެއް ކުރިމަތި ފަރާތުގެ ތިރީގެ
ތައްޔާރު.
ހައިކޯޓު ދެކުނު ގޮފިލި ބަހާއުއްދީނު މަގު، ސ. ހުޅުދޫ - މީދޫ ދިވެހިރާއްޖެ، ފޯނު: 6894700، 6894701، ފެކްސް: 6894702
އީމެއިލް
ވެބް ސައިޓް: www.highcourtsouthern.gov.mv
[email protected] SA
15 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2019/HC-S-A/02
22
/ވ
މަސްގަނޑުގައި ހުރި، ބިކުރިކެނޑިފައެއް ނުވޭ. ފަހުން ކުރިމަތި ފަރާތަށް އެއްވެސް ގެއްލުމެއް ލިބިފައިވާކަން
ޔަޤީންވާވަރުގެ ހެއްކެއް ފެންނާކަށް ނެތް" މިގޮތަށް އޮތުމުން، އެއީ (އުނިކުރެވިފައި)އަށް އެއްވެސް އަނިޔާއެއް
.ވާކަމެއްކަމުގައި ޝަރީޢަތުން ބައްލަވާފައިވާކަން އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2016/S2C/111 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 12 ވަނަ ނުކުތާ
ބެލުމުން އެނގެން އޮންނަކަމާއި، ނަމަވެސް އެނިންމުމަށް ބަލާއިރު ޑޮކްޓަރ ފާހަގަކޮށްފައިވަނީ ކުއްޖާގެ ކުރިމަތި
ފަރާތަށް ގެއްލުން ލިބި
ރަނގަޅުވަމުންދާ ތަނެއް ހުރިކަމަށާއި، އޭގެ ފަހުން ކުރިމަތި ފަރާތަށް ގެއްލުން
ލިބިފައިވާކަން ޔަޤީންވާވަރުގެ ހެއްކެއް ނެތްކަމަށްވާތީ، (އުނިކުރެވިފައި) ހެކިންނަށް ކިޔާދީފައިވާ ކިޔާދިނުމާއި
ގުޅުވާލެވޭތީ މިއީ ތަނެއް ކެނޑިފައި ހުރިކަމަށާއި، ރަނގަޅުވަމުންދާ ތަނެއް ތިރީގެ މަސްގަނޑުގައި ހުރިކަމަށް
ބަޔާންކޮށްފައި އޮތުމުން މިއީ ގުޅުވާލެވޭ ހެކިކަމަށްވާތީ، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ
ގޯނާކުރާ މީހުންނާމެދު ހާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު)ގެ 47 ވަނަ މާއްދާގެ (ހ) އާއި އެމާއްދާގެ
(ށ) ގައިވާ ހެކި ކަމުގައި ވީނަމަވެސް މިކަންކަމަށް ދަށުކޯޓުން ރިޢާޔަތްނުކޮށްފައި ވާކަން އެނގެން ނެތްކަމެވެ.
14 2
9944
(މ) ދިހަވަނަ ކަމަކީ؛ މިމައްސަލާގައި ދަޢުވާ ސާބިތުކުރުމަށްޓަކައި ދައުލަތުން ހުށަހެޅި
ހެކިންގެ ތެރެއިން، (އުނިކުރެވިފައި) އާއި (އުނިކުރެވިފައި)އަކީ ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް
ޖިންސީ ގޯނާކު
މީހުންނާމެދު ހާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 47 ވަނަ މާއްދާގެ (ނ) ގެ
ދަށުން ބަލައިގަނެވޭނެ ހެކިކަމާއި، ފެމެލީ އެންޑް ޗިލްރަންސް ސަރވިސް ސެންޓަރގެ ފަރާތުން އާމިނަތު ސަޢީދު
އާއި، (އުނިކުރެވިފައި) އާއި، ފެމެލީ އެންޑް ޗިލްރަންސް ސަރވިސްގެ ފަރާތުން ފަސާޙަތު ޙުސައިންއަށް އަނިޔާ
ލިބުނު ކުދިން ކިޔާދިނުމަކީ ބަޔާންކުރެވުނު ޤާނޫނުގެ 47 ވަނަ މާއްދާގެ (ށ) ދަށުން ބަލައިގަނެވޭނެ ހެކިކަމާއި،
މިފަރާތްތަކަށް ކުދިން ކިޔަދިން ކިޔައިދިނުމުގައި ތަފާތުތަކެއް ނެތަތީއާއި އެކުދިންގެ ބައްޕައާއި މެދު އެފަދަ
ވާހަކައެއް ހަދައިގެން ދައްކަންޖެހޭފަދަ ސަބަބެއްނެތަތީ މިޤާނޫނުގެ 47 ވަނަ މާއްދާގެ (އ) ގައި ބަ ބަޔާންކުރާ ހެކި
99
ހައިކޯޓު ދެކުނު ގޮފި، ބަހާއުއްދީނު މަގު، ސ. ހުޅުދޫ - މީދޫ. ދިވެހިރާއްޖެ، ފޯނު: 6894700، 6894701، ފެކްސް: 6894732
އީމެއިލް
ވެބް ސައިޓް: www.highcourtsouthern.gov.mv
[email protected] SA
16 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2019/HC-S-A/02
ފެމެލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރގެ ފަރާތުން އާމިނަތު ސަޢީދު އާއި، (އުނިކުރެވިފައި) އާއި،
ފެމެލީ އެންޑް ޗިލްޑްރަންސް ސަރވިސްގެ ފަރާތުން ފަސާޙަތު ޙުސައިންގެ ހެކިބަހުން ލިބޭތީއާއި، ސ.ހިތަދޫ
ރީޖަނަލް ހޮސްޕިޓަލް ނަންބަރު އެޗް.އާރް.އެޗް1އެމް.އާރް/35
/
2013 މެޑިކަލް ރިޕޯޓުގައި (އުނިކުރެވިފައި)ގެ
ކުރިމަތި ފަރާތުގެ ބޭރު މަސްކޮޅުގައި ކުޑަކޮށް ދިޔަ އައިސްފައިހުރިކަމަށް ބަޔާންކޮށްފައި އޮތުމުންނާއި، ކުރިމަތި
ފަރާތުގައި ހުޅުވިފައިވާ ތަނުގައި
ކުޑަކޮށް
ލޭ އެއްވެފައި ހުރިކަމަށް އޮތުމުންނާއި،
އެޗް.އާރް.އެޗް1އެމް.އާރް/34
/
2013 ގައި (އުނިކުރެވިފައި)ގެ ކުރިމަތިފަރާތުގައި 2 މިލިމީޓަރުގެ ތަނެއް ކެނޑިފައި
ހުރިކަމަށާއި، ރަނގަޅުވަމުންދާ ތަނެއް ތިރީގެ މަސްގަނޑުގައި ބަޔާންކޮށްފައި އޮތުމާއެކު މިއީ ބުނެވިދިޔަ ޤާނޫނުގެ
47 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ރަސްމީ ލިޔުމެއްކަމަށްވެފައި، އަނިޔާ ލިބުނު ކުދިން ކިޔައިދިން
ކިޔައިދިނުމާއި، މިމެޑިކޯ ލީގަލް ރިޕޯޓުތަކާއި ގުޅުވާލެވޭތީ، މިޤާނޫނުގެ 47 ވަނަ މާއްދާގެ (ށ) ގައި ބުނާ ހެކި
ލިބިފައިވާކަން އެނގެން އޮތުމުން، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ބަޔާންވެގެންވާ މިންވަރަށް މި
މައްސަލަ ސާބިތު ކުރުމަށް ހެކި ލިބިފައިވާކަމަށް އަހުރެން ޙުސައިން މަޒީދު އަށް ޤަބޫލުކުރެވޭކަމެވެ.
2
އަޣުލަބިއްޔަތު ރައުޔު (ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާގެ ރައުޔު. މި ރައުޔަށް އިސްފަނޑިޔާރު
ޝުޖާޢު ޢުޘްމާން ތާއީދުކުރައްވާފައިވެއެވެ.)
(ހ) ފުރަތަމަ ކަމަކީ، ކޯޓަކުން މައްސަލައެއް މައުޟޫޢީގޮތުން ބެލުމުގެ ކުރިން އެމައްސަލައަކީ
އިޖްރާއީގޮތުން ބެލިދާނެ މައްސަލައެއްތޯ ބެލުމަކީ އިޖުރާއާތުގެ ޢާއްމު ޤާނޫނީ އުސޫލެއްކަމާއި، އިސްތިއުނާފުކުރެވޭ
މި މައްސަލައިގައި އިސްތިއުނާފު ރައްދުވި (އުނިކުރެވިފައި)ގެ ވަކީލުގެ ފަރާތުން 14 ސެޕްޓެމްބަރު 2019 ގައި
މިމައްސަލައާ ގުޅިގެން އިޖުރާއީ ކަމެއްގެ ގޮތުގައި މިމައްސަލަ ހައިކޯޓުން ބަލައިގަތް މުއްދަތާއި
ގުޅޭގޮތުން ސުވާލު
އުފައްދައި މިމައްސަލަ ބަލައިގެންފައިވަނީ ހައިކޯޓުން އިސްތިއުނާފް މައްސަލަތައް ބަލައިގަތުމަށް ކަނޑައަޅާފައިވާ
މުއްދަތު ފަހަނައަޅައި ދިއުމަށްފަހުގައިކަމަށް ބަޔާންކޮށް ސިޓީ އެއް ފޮނުވާފައި އޮންނަކަމާއި،
ހައިކޯޓު ދެކުނު ގޮފިލި ބަހާއުއްދީނު މަގު، ސ. ހުޅުދޫ - މީދޫ ދިވެހިރާއްޖެ، ފޯނު: 6894700، 6894701، ފެކްސް: 6894702
އީމެއިލް
ވެބް ސައިޓް: www.highcourtsouthern.gov.mv
[email protected] SA
17 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2019/HC-S-A/02
OLG OO
އިސްތިއުނާފު ކުރެވިފައިމިވާ މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، މި މައްސަލަ
އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވަނީ، 07 ޖަނަވަރީ 2018 ގައި ކަން މިމައްސަލައިގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮންނައިރު، މިމައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ލިބިފައިވަނީ 07 ނޮވެމްބަރު 2018 ގައި ކަން އައްޑުއަތޮޅު ހިތަދޫ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު S2C
-
B1
/
196
/
2018
/
85 ސިޓީއިން އެނގެން އޮންނަކަމާއި، މިމައްސަލަ
އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވަނީ 21 ނޮވެމްބަރު 2018 ގައިކަމާއި، މީގެކުރިން މިކޯޓުން އިސްތިއުނާފް
މައްސަލަތައް ބަލައިގަތުމުގައި ޢަމަލުކުރަމުން ދިޔަ އުޞޫލަކީ ދަށުކޯޓުން މައްސަލަ ނިންމާ މައްސަލައިގެ ރިޕޯޓު
ދޫކުރާތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި މައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހަޅައިފިނަމަ ބަލައިގަތުންކަމާއި،
އެގޮތުން މިމައްސަލަ އިސްތިއުނާފުކޮށްފައިވަނީ މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު އައްޑުއަތޮޅު ހިތަދޫ
މެޖިސްޓްރޭޓް ކޯޓުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ދޫކުރި ތާރީޚުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި
ކަމަށްވާތީ، މިމައްސަލަ ހުށަހަޅާފައިވަނީ ކުރިން މިކޯޓުން ޢަމަލުކުރަމުންދިޔަ އުޞޫލާ އެއްގޮތަށްކަން އެނގެން
އޮތުމުން، މިމައްސަލައަކީ މަޢުޟޫޢީ ގޮތުން ބަލަންޖެހޭ މައްސަލައެއްކަން އެނގެން އޮންނަކަމެވެ.
ފ0 9ދ2
x
(ނ) ދެވަނަކަމަކީ، އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2016/S2C/111
ޤަޟިއްޔާއަކީ، (އުނިކުރެވިފައި) 2013 ވަނަ އަހަރު އޮކްޓޯބަރު މަހުގެ ކުރީކޮޅު، މީނާގެ އުފަން ދެ ދަރިން
ކަމަށްވާ (އުނިކުރެވިފައި) (07އަހަރު) އާއި (އުނިކުރެވިފައި) (06 އަހަރު) އާ މެދު ތަފާތު އެކިފަހަރުމަތިން
ޖިންސީ ޢަމަލު ހިންގާފައިވާތީ، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު
ޙާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދާގެ (ށ) ގެ
ދަށުން (އުނިކުރެވިފައި)ގެ މައްޗަށް ހުށަހެޅުމުން ބެލުނު ޢާއިލާގެ މެންބަރަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ
ކުށުގެ މައްސަލައެއްކަމާއި،
ހައިކޯޓު ދެކުނު ގޮފިލި ބަހާއުއްދީނު މަގު، ސ. ހުޅުދޫ - މީދޫ ދިވެހިރާއްޖެ، ފޯނު: 6894700، 6894701، ފެކްސް: 6894702
އީމެއިލް
ވެބް ސައިޓް: www.highcourtsouthern.gov.mv
[email protected] SA
18 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2019/HC-S-A/02
##
(އުނިކުރެވިފައި)ގެ މައްޗަށް ދައުލަތުން އުފުލި މި ދަޢުވާއަށް (އުނިކުރެވިފައި) އިންކާރު
ކޮށްފައިވާކަން އެންގެންއޮންނަކަމާއި، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ
މީހުންނާމެދު ޚާއްސަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 47 ވަނަ މާއްދާގައި ބަޔާންކުރާ ބާވަތުގެ ހެކީގެ
ތެރެއިން 5 ބާވަތުގެ ހެކި ލިބިފައި ނުވުމުގެ އިތުރުން، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ބަޔާންވެގެންވާ
މިންވަރަށް މި މައްސަލަ ސާބިތު ކުރުމަށް ހެކި ލިބިފައިނުވާކަން ފާހަގަކުރައްވައި، ދައުލަތުގެ ޕްރޮސިކިއުޓަރ
ޖެނެރަލްގެ ފަރާތްޕުޅުން (އުނިކުރެވިފައި)ގެ މައްޗަށް ހުށަހެޅުއް
އެޅުއްވި ޢާއިލާގެ މެންބަރަކާއެކު ޖިންސީޢަމަލެއް
ހިންގުމުގެ ކުށުގެ ދަޢުވާ އަދި މިވަގުތަށް ސާބިތުނުވާކަމަށް އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2016/S2C/111 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވާކަން އެނގެން އޮންނަކަމެވެ.
02 0 0
(ނ) ތިންވަނަ ކަމަކީ، ޤާނޫނު ނަންބަރު 12/2009( ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ
މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ނ) ގައި، މިޤާނޫނުގެ
މަގުޞަދުތަކުގެ ތެރޭގައި، ޝަރީޢަތުގެ މަޖިލީހަށް ބަލައިގަންނަ ބާވަތުގެ ހެކީގެ އިތުރުން، ކުޑަކުދިންނަށްކުރާ
ޖިންސީގޯނާ ސާބިތުކުރުމަށް އިތުރު ބާވަތުގެ ހެކި ހުއްދަކުރުމާއި، ބަލައިގަންނަ ހެކީގެ މިންގަނޑު ލުއިކުރުން
ހިމެނޭކަމުގައި ބަޔާންކޮށްފައިވާކަމާއި، އަދި އެހެން ޤާނޫނެއްގައި، ޖިނާއީ ކުށް ސާބިތުކުރުމަށް ބޭނުންވާ ހެކީގެ
މިންގަނޑުކަމަށް ނުވަތަ ޝަރީޢަތަށް ގަބޫލުކުރާ ހެކީގެ ބާވަތްކަމަށް އެހެންގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، މި
ޤާނޫނުގެ ބޭނުމަށްޓަކައި ނުވަތަ ޤާނޫނުގެ ދަށުން އުފުލޭ ދަޢުވާއެއްގައި، މީހަކު ކުޑަކުއްޖަކާއެކު ޖިންސީ
ޢަމަލެއް ހިންގައިފިކަން ސާބިތުކުރުމަށްޓަކައި، ނުވަތަ މި ޤާނޫނުގައިވާ ކުށެއް ސާބިތުކުރުމަށްޓަކައި، މި ޤާނޫނުގެ
47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހެކީގެ ތެރެއިން 5 ބާވަތެއްގެ ހެކި ހުރެއްޖެނަމަ އެއީ ޤާނޫނުއަސާސީގެ
51 ވަނަ މާއްދާގެ (އ) ގައި ވާފަދައިން މީހަކު ކުނެއްކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި
ޝަރީއަތަށް ސާބިތުވާ މިންވަރަށް ލިބިފައިވާ ހެކިކަމުގައި ބެލެވޭނެކަން އެ މާއްދާއިން އެނގޭކަމާއި،
ހައިކޯޓު ދެކުނު ގޮފިލި ބަހާއުއްދީނު މަގު، ސ. ހުޅުދޫ - މީދޫ ދިވެހިރާއްޖެ، ފޯނު: 6894700، 6894701، ފެކްސް: 6894702
އީމެއިލް
ވެބް ސައިޓް: www.highcourtsouthern.gov.mv
[email protected] SA
19 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2019/HC-S-A/02
ނަމަވެސް ޤާނޫނު ނަންބަރު 12/2009( ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ
އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހެކީގެ ތެރެއިން 5 ބާވަތެއްގެ
ހެކި ހަމަކުރުމުގައި އެ މާއްދާގެ (ޅ)، (ކ) އަދި (ށ) މި އަކުރުތަކުގައި ބަޔާންކޮށްފައިވާ ކަންކަމަކީ ވަކިވަކި
ބާވަތެއްގެ ހެކިތަކެއްކަމުގައި ނުބެލެވޭނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 01/HC-
DM/2014
ދުސްތޫރީ މައްސަލައިގެ ފާހަގަކުރެވުނު ނުކުތާތަކުގެ (3) ވަނަ ނަންބަރުގެ (ހ) ގައި ފާހަގަކޮށްފައިވާކަމާއި،
2 02 0 0
އަދި ޤާނޫނު ނަންބަރު 12/2009( ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ
އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މިންވަރަށްވުރެ މަދުން ހެކި
ހުރިނަމަވެސް، ޤާނޫނުއަސާސިގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާން ކޮށްފައިވާ ފަދައިން އެކަށީގެންވާ
މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުވާނަމަ، ކުށް ސާބިތުވާކަމަށް ކަނޑައެޅިދާނެކަމާއި، އެއީ ޤާނޫނު
ނަންބަރު 12/2009( ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ
ޤާނޫނު) ގެ 47 ވަނަ މާއްދާ ހުރަސްއަޅާ ކަމެއް ނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު -HC/2012
14/A ޤަޟިއްޔާއާއި ނަންބަރު 129/HC
-
A/2012 ޤަޟިއްޔާގައިވެސް ކަނޑައަޅާފައިވާކަމާއި،
ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގުމުގެ ނުވަތަ ޖިންސީ ގޯނާކުރުމުގެ މިފަދަ
މައްސަލައެއްގައި ކުށް ސާބިތުވޭތޯ ކަނޑައެޅުމުގައި ޝަރީޢަތުން ޤަބޫލުކުރަންޖެހޭނީ ހަމައެކަނި ޤާނޫނު ނަންބަރު
12/2009( ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ
47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހެކިތައް އެކަނި ނޫންކަމާއި، ނަމަވެސް ޝަރީޢަތާއި ޤާނޫނު ހުއްދަކުރާ
އެހެނިހެން ހެކިތަކާއި ޤަރީނާތައްވެސް ޤަބޫލުކުރެވޭނެކަމާއި، މިކަން މިފަދައިން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
OXO
ހައިކޯޓުގެ ދެކުނު ގޮފި ބަހާއުއްދީނު މަގު، ސ. ހުޅުދޫ - މީދޫ. ދިވެހިރާއްޖެ، ފޯނު: 6894700، 6894701، ފެކްސް: 6894702
އީމެއިލް
ވެބް ސައިޓް: www.highcourtsouthern.gov.mv
[email protected] SA
20 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2019/HC-S-A/02
01/HC-DM/2014 ދުސްތޫރީ މައްސަލައިގެ ފާހަގަކުރެވުނު ނުކުތާތަކުގެ (3) ވަނަ ނަންބަރުގެ (ހ) ގައިވެސް
ފާހަގަކުރައްވާފައިވާކަން އެނގޭކަމެވެ.
0
<< O
(ރ) ހަތަރުވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ
(ރ) ގައި "މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުހަލާ ކޯޓުތަކުން ތަބާވާންވާނެ"
ކަމަށް ބަޔަނާކޮށްފައިވާއިރު، މި ބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރަންވީ އުޞޫލު ދިވެހިރާއްޖޭގެ ސްޕްރީމް
ކޯޓުގެ ނަންބަރު 01/SC
-
A/2012 ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވަނިކޮށް، އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް
ކޯޓުން މައްސަލަ ނިންމެވިއިރު އެ އުޞޫލަށް ރިޢާޔަތް ނުކުރައްވައި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހެޅި އިސްތިއުނާފް ނުކުތާއަށާއި، އަދި އެނުކުތާއާ ގުޅިގެން
ދައްކާފައިވާ ވާހަކަތަކުގައި، މި މައްސަލާގައި ބަޔާންކުރާ ވާޤިޢާ ލޮލަށް ފެނުނު ދެހެކިންކަމުގައިވާ،
(އުނިކުރެވިފައި) އާއި (އުނިކުރެވިފައި)އަކީ ހެކިބަސް ބަލައިނުގަނެވޭފަދަ ސަބަބެއް ހުރި ހެކިން ކަމުގައިނުވާއިރު،
އެ ދެހެކިންގެ ހެކިބަހަށް ރިޢާޔަތްނުކޮށް ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން މި މައްސަލަ ނިންމަވާފައިވާކަމަށާއި،
ނަމަވެސް ހާދިސާ ލޮލަށް ފެނުނު މި ދެހެކިންގެ ހެކިބަހަށް ބުރަދަން ދޭންޖެހޭކަމަށް ބަޔާންކުރައްވައި ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފިހުގެ ފަރާތުން ފާހަގަކުރައްވަފައިވާ ކަންކަމުގެ މައްޗަށް ބަލާއިރު،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 346/HC
-
A/2013 ޤަޟިއްޔާ އާއި، ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުގެ ނަންބަރު 01/SC
-
A/2012 ޤަޟިއްޔާގައި ހެކިންގެ ހެކިބަސް ޝަރީއަތުން ޤަބޫލުކުރުމުގައި
ޤާނޫނީ އަދި ޝަރުއީ ހުރަހެއް ނެތް ހެކިންގެ ކިބައިގައި ހުންނަންޖެހޭ ޢާންމު ޝަރުޠުތަކުގެ ތެރޭގައި، އެ
ހެކިވެރިޔާއަކީ ތަންދޮރު ވަކިވެ، ބުއްދި ސަލާމަތުން ހުރި މީހަކަށްވުމާއި، އަދި އަމިއްލަ އިޚްތިޔާރުލިބިގެންވާ
މީހަކަށްވުމުގެ އިތުރުން، އެ ހެކިވެރިޔާއަކީ ހެކިބަސްދިނުން މަނާވާފަދަ ސަބަބެއް ނެތް މީހަކުކަމުގައިވުން
ހައިކޯޓުގެ ދެކުނު ގޮފި ބަހާއުއްދީނު މަގު، ސ. ހުޅުދޫ - މީދޫ. ދިވެހިރާއްޖެ، ފޯނު: 6894700، 6894701، ފެކްސް: 6894702
އީމެއިލް
ވެބް ސައިޓް: www.highcourtsouthern.gov.mv
[email protected] SA
21 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2019/HC-S-A/02
ލާޒިމުވާނެކަން ބަޔާންކޮށްފައިވާކަމާއި، އަދި މި ޝަރުޠުތަކުގެ އިތުރުން ހެކިބަސް ޞައްހަވުމަށްޓަކައި ހެކިވެރިޔާގެ
ކިބާގައި ޢަދުލުވެރިކަމުގެ ސިފަ ހުންނަންވާނެކަމާއި، ފާސިޤުކަށް ވެގެންނުވާނެކަން ބަޔާންކުރެވިފައިވާއިރު،
މި ދެހެކިންކުރެ، (އުނިކުރެވިފައި) ދަށުކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް 26 ނޮވެމްބަރު 2016
ގައި ހެކިބަސް އަދާކުރަމުން ބުނެފައިވަނީ (އުނިކުރެވިފައި) އޭނާގެ ދަރިފުޅު (އުނިކުރެވިފައި) ސޯފާގައި
ބައިންދައިގެން (އުނިކުރެވިފައި) ލައިގެންހުރި ޖަންގިޔަލުގެ ތެރެއަށް އަތް ކޮއްޕައިގެން ހުއްޓާ ފެނުނުކަމަށާއި،
އަދި އެ ކުއްޖާ ހަޅޭލަވައި "ބައްޕަ އުޅެނީ މޮޔަވެގެންހޭ އަބަދު ޖަންގިޔާ ތެރެއަށް އަތްކޮއްޕާ ހަދަނީ" މިހެން ބުނި
އަޑު އިވިފައިވާކަމަށާއި، އަދި (އުނިކުރެވިފައި) ބަލިވެ ހުންއައިސްގެން ކޮޓަރީގެ އެނދުގައި އޮއްވައި،
(އުނިކުރެވިފައި) އެކުއްޖާގެ ފުރަގަހުން ޖަނގިޔަލުގެ ތެރެއަށް އަތްކޮއްޕާހެދިއިރު، (އުނިކުރެވިފައި)އަށް އެ މަންޒަރު
ފެނިފައިވާކަމަށް ބަޔާންކޮށްފައިވާކަން އެނގޭކަމާއި،
ނަމަވެސް، (އުނިކުރެވިފައި)ގެ ހެކިބަހަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ބުރަދަން ނުދީވަނީ،
(އުނިކުރެވިފައި)އަކީ ސިކުނޑީގެ ބައްޔަކަށް ފަރުވާކުރަމުންދާ، އަދި އެބަލީގެ ޙާލަތުގެ ސަބަބުން ނުކުޅެދޭމީހުންގެ
ލިސްޓުގައި ހިމެނިފައިވާމީހެއްކަން އެނގެންއޮތުމުންކަން އެނގޭއިރު، މި ހެކިވެރިޔާއަކީ ބުއްދި ސަލާމަތުން ހުރި،
އަދި އޭނާގެ ހެކިބަސް ގަބޫލުކުރެވޭފަދަ ޙާލަތެއްގައިހުރި މީހެއްކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
ޝަރީއަތުގައި ބަޔާންކޮށްދެވިފައިނުވާކަން އެނގޭކަމާއި، އެހެންކަމުން، މި ހެކިވެރިޔާގެ ހެކިބަހަށް ސ.ހިތަދޫ
މެޖިސްޓްރޭޓް ކޯޓުން ބުރަދަން ނުދީވަނީ ރަނގަޅަށްނޫންކަމަށް ބެލެވެންނެތްކަން ފާހަގަކުވޭކަމެވެ.
(އުނިކުރެވިފައި)ގެ ހެކިބަހަށް ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ބުރަދަންނުދީ ވާ ސަބަބުގެ
މައްޗަށް ބަލާއިރު، (އުނިކުރެވިފައި)ގެ ހެކިބަހަށް ބުރަދަންނުދީވަނީ، (އުނިކުރެވިފައި) (އުނިކުރެވިފައި)ގެއަށް
ދިޔައިރު، އެގޭ (އުނިކުރެވިފައި) އާއި އެކުއްޖާގެ ބައްޕަ (އުނިކުރެވިފައި)އާ ދެމީހުން ތިބީ އެގޭ ސޯފާގައިކަމަށާއި،
އެ ސޯފާގައި އެދެމީހުން ތިބިއިރު (އުނިކުރެވިފައި)ގެ އަތް އޮތީ (އުނިކުރެވިފައި) ގެ ހެދުންމަތިން އެކުއްޖާގެ
22&
ހައިކޯޓު ދެކުނު ގޮފި. ބަހާއުއްދީނު މަގު، ސ. ހުޅުދޫ - މީދޫ. ދިވެހިރާއްޖެ، ފޯނު: 6894700، 6894701، ފެކްސް: 6894732
އީމެއިލް
ވެބް ސައިޓް: www.highcourtsouthern.gov.mv
[email protected] SA
22 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2019/HC-S-A/02
2 20
ހއ 2
xތ 24
0
4&2
24
ކުރިމަތިފަރާތުގައިކަމަށާއި، އެއީ ރަނގަޅަށްނޫންކަމަށް ބުނިއިރު، އެއީ ކޮންގޮތެއްކަން ބަޔާންކޮށްނުދެވޭތީ
އެވިސްނުން ބެލެވެނީ ނުޙައްޤުން މީހެއްގެ މައްޗަށް ޝައްކެއްކުރިކުރުމެއްގެ ގޮތުގައިކަމަށް ބުރަވެގެންކަން
އެނގޭއިރު، ހެއްކެއްގެ ހައިސިއްޔަތުން (އުނިކުރެވިފައި) ބަޔާންކޮށްދޭންޖެހޭނީ އެނާއަށް ފެނުނުކަމެއް ފެނުނު
ގޮތަށްކަމާއި، އެގޮތުން، (އުނިކުރެވިފައި) އާއި އެކުއްޖާގެ ބައްޕަ (އުނިކުރެވިފައި) އާ ދެމީހުން ސޯފާގައި ތިބިއިރު
(އުނިކުރެވިފައި)ގެ އަތް އޮތީ (އުނިކުރެވިފައި)ގެ ހެދުންމަތިން އެކުއްޖާގެ ކުރިމަތިފަރާތުގައިކަމަށް (އުނިކުރެވިފައި)
ޝަރީޢަތުގެ މަޖިލީހުގައި ދިފައިވާ ހެކިބަހުގައި ބަޔާންކޮށްފައިވާކަން އެނގޭއިރު، (އުނިކުރެވިފައި)ގެ އަތް އޭނާގެ
ދަރިފުޅުގެ ކުރިމަތިފަރާތުގައި ބާއްވާފައި އޮތީ ކޮން ނިޔަތެއްގައިކަން ބަޔާންކޮށްދިނުމަކީ (އުނިކުރެވިފައި)ގެ މައްޗަށް
ލާޒިމުވާނެކަމެއްނޫންކަމާއި، އަދި އެގޮތަށް އަތް ބާއްވާފައި އޮތީ ރަނގަޅަށްނޫންކަމަށް ބުނިއިރު، އެއީ
ކޮންގޮތެއްކަން ބަޔާންކޮށްނުދެވުމަކީ، އެކަމުގެ މައްޗަށް އެކަނި ބިނާކޮށް (އުނިކުރެވިފައި)ގެ މައްޗަށް
(އުނިކުރެވިފައި) ނުހައްގުން ޝައްކުކުރިކުރުމެއްކަމުގައި ބަލައި، (އުނިކުރެވިފައި)ގެ ހެކިބަސް ޤަބޫލުނުކުރެވޭނެ
ސަބަބެއްކަމުގައި ބެލެވޭނެ ތަނެއް އޮތްކަމަށް ނުފެންނަކަމާއި،
ނަމަވެސް (އުނިކުރެވިފައި) މިމައްސަލައިގެ ތަޙުގީގަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް
ދީފައިވާ ބަޔާނުގައި، (އުނިކުރެވިފައި)އަށް ފެނުނީ (އުނިކުރެވިފައި) އޭނާގެ ދަރިފުޅު (އުނިކުރެވިފައި)ގެ ހެދުމުން
ނިވާވާގޮތަށް ކުރިމަތިފަރާތުގައި އަތްއަޅައިގެން އިންދާކަމަށް ބުނެފައިވާއިރު، ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައި
އުނިކުރެވިފައި) ދީފައިވާ ހެކިބަހަށް ބަލާއިރު، (އުނިކުރެވިފައި)ގެ އަތް އޮތީ (އުނިކުރެވިފައި)ގެ ހެދުމުގެ މަތިން
އެކުއްޖާގެ ކުރިމަތިފަރާތާ ދިމާއަށްކަމުގައި ބުނެފައިވުމުން، (އުނިކުރެވިފައި) ތަޙުގީގުގައާއި ޝަރީޢަތުގެ
މަޖިލީހުގައި ދީފައިވާ ހެކިބަހުގައި، (އުނިކުރެވިފައި)އަށް މަންޒަރު ފެނުނުގޮތް ސިފަކޮށްދިނުމުގައި ހުރި މި
ފުށުއެރުންތަކުން (އުނިކުރެވިފައި)ގެ ހެކިބަހުގެ ޞައްޙަކަމާމެދު ސުވާލު އުފެދިފައިވާކަން ފާހަގަކުރެވެއެވެ.
ހައިކޯޓުގެ ދެކުނު ގޮފި ބަހާއުއްދީނު މަގު، ސ. ހުޅުދޫ - މީދޫ. ދިވެހިރާއްޖެ، ފޯނު: 6894700، 6894701، ފެކްސް: 6894702
އީމެއިލް
ވެބް ސައިޓް: www.highcourtsouthern.gov.mv
[email protected] SA
23 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2019/HC-S-A/02
(ބ) ފަސްވަނަ ކަމަކީ، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ
މީހުންނަ މެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 47 ވަނަ މާއްދާއާ ޚިލާފަށް މައްސަލަ
ނިންމަވާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއަށް ބަލާއިރުގެ
މި މައްސަލާގައި (އުނިކުރެވިފައި)ގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅި
ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކިތަކުގެ މައްޗަށް، ޤާނޫނު ނަންބަރު 12/2009( ކުޑަކުދިންނަށް ޖިންސީ
ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) އާއި އެ ޤާނޫނުގެ 47 ވަނަ މާއްދާއާއި،
އިސްވެ ބަޔާންކުރެވިދިޔަ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާތަކުގައި
ކަނޑައަޅުއްވާފައިވާ އުޞޫލުތަކާއި، ފާހަގަކުރައްވާފައިވާ ކަންކަމުގެ އަލީގައި މިމައްސަލާގައި ލިބިފައިވާ
ހެކިތަކަށާއި، އަދި އެ ހެކިތައް ވަޒަންކޮށް ބަލާއިރު އަންނަނިވި ކަންކަން ފާހަގަކުރެވިފައިވެއެވެ؛
ލޮލަށް ފެނުނުކަމަށް ބުނާ ހެކިން، ލޮލަށް ފެނުނު މީހުންގެ ހެކިބަހަކީ އިސްލާމީ
ޝަރީޢަތުގައާއި ޤާނޫނީގޮތުން ޤަބޫލުކުރެވޭ ހެކިބަހެކެވެ. އަދި މިފަދަ ހެކިބަހަކީ ޝަރީއަތުން ބަލައިގަނެ
ބުރަދަންދޭންޖެހޭ ހެއްކެއްގެ ގޮތުގައި ޤާނޫނު ނަންބަރު 12/2009(ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު
ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 47 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ބާވަތުގެ
.1
2 22 22
ހއްކެކެވެ"
މި މައްސަލާގައި، (އުނިކުރެވިފައި) އޭނާގެ 2 ކުދިންނަށް ޖިންސީ ގޯނާކުރަނިކޮށް
ފެނިފައިވާކަމަށް ބުނާ 2 (ދޭއް) ހެއްކެއްގެ ހެކިބަސް ލިބިފައިވާކަމާއި، އެއީ (އުނިކުރެވިފައި) އާއި
(އުނިކުރެވިފައި)ގެ ހެކިބަހެވެ.
ނަމަވެސް (އުނިކުރެވިފައި) މިމައްސަލައިގެ ތަޙުޤީޤަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް
ދީފައިވާ ބަޔާނުގައި، (އުނިކުރެވިފައި)އަށް ފެނުނީ (އުނިކުރެވިފައި) އޭނާގެ ދަރިފުޅު (އުނިކުރެވިފައި)ގެ ހެދުމުން
ހައިކޯޓު ދެކުނު ގޮފިލި ބަހާއުއްދީނު މަގު، ސ. ހުޅުދޫ - މީދޫ ދިވެހިރާއްޖެ، ފޯނު: 6894700، 6894701، ފެކްސް: 6894702
އީމެއިލް
ވެބް ސައިޓް: www.highcourtsouthern.gov.mv
[email protected] SA
24 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2019/HC-S-A/02
02 0 0
ނިވާވާގޮތަށް ކުރިމަތިފަރާތުގައި އަތްއަޅައިގެން އިންދާކަމަށް ބުނެފައިވާއިރު، ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައި
(އުނިކުރެވިފައި) ދީފައިވާ ހެކިބަހަށް ބަލާއިރު، (އުނިކުރެވިފައި)ގެ އަތް އޮތީ (އުނިކުރެވިފައި)ގެ ހެދުމުގެ މަތިން
އެކުއްޖާގެ ކުރިމަތިފަރާތާ ދިމާއަށްކަމުގައި ބުނެފައިވުމުން، (އުނިކުރެވިފައި) ތަޙުޤީޤުގައާއި ޝަރީޢަތުގެ
މަޖިލީހުގައި ދީފައިވާ ހެކިބަހުގައި، (އުނިކުރެވިފައި)އަށް މަންޒަރު ފެނުނުގޮތް ސިފަކޮށްދިނުމުގައި ހުރި ޚި
ފުށުއެރުންތަކުން (އުނިކުރެވިފައި)ގެ ހެކިބަހުގެ ޞައްޙަކަމާމެދު ސުވާލު އުފެދިފައިވާކަން ފާހަގަކުރެވެއެވެ.
އަދި (އުނިކުރެވިފައި)ގެ ހެކިބަހަށް ބަލާއިރު، (އުނިކުރެވިފައި) އޭނާގެ ދަރިފުޅު (އުނިކުރެވިފައި)
ސޯފާގައި ބައިންދައިގެން (އުނިކުރެވިފައި) ލައިގެންހުރި ޖަންގިޔަލުގެ ތެރެއަށް އަތްކޮއްޕައިގެން ހުއްޓާ
ފެނުނުކަމަށާއި، އަދި އެ ކުއްޖާ ހަޅޭލަވައި "ބައްޕަ އުޅެނީ މޮޔަވެގެންހޭ އަބަދު ޖަންގިޔާ ތެރެއަށް އަތްކޮއްޕާ
ހަދަނީ" މިހެން ބުނި އަޑު އިވިފައިވާކަމަށާއި، އަދި (އުނިކުރެވިފައި) ބަލިވެ ހުންއައިސްގެން ކޮޓަރީގެ އެނދުގައި
އޮއްވައި، (އުނިކުރެވިފައި) އެކުއްޖާގެ ފުރަގަހުން ޖަނގިޔަލުގެ ތެރެއަށް އަތްކޮއްޕާހެދިއިރު، (އުނިކުރެވިފައި)އަށް
އެ މަންޒަރު ފެނިފައިވާކަމަށް ބަޔާންކޮށްފައިވާކަން އެނގޭކަމާއި، ނަމަވެސް، (އުނިކުރެވިފައި)އަކީ ސިކުނޑީގެ
ބައްޔަކަށް ފަރުވާކުރަމުންދާ، އަދި އެބަލީގެ ޙާލަތުގެ ސަބަބުން ނުކުޅެދޭމީހުންގެ ލިސްޓުގައި ހިމެނިފައިވާމީހެއްކަން
އެނގެންއޮތުމުން މި ހެކިވެރިޔާއަކީ ބުއްދި ސަލާމަތުން ހުރި، އަދި އޭނާގެ ހެކިބަހަށް ބުރަދަންދެވޭފަދަ ޙާލަތެއްގައި
ހުރި މީހެއްކަމާމެދު އެކަށީގެންވާ މިންވަރުގެ ޝައްކުތަކެއް ހުރިކަން ފާހަގަކުރެވިފައިވާކަމާއި، ވުމާއެކު، މި
ހެކިވެރިޔާގެ ހެކިބަހަށް ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ބުރަދަން ނުދީވަނީ ރަނގަޅަށްނޫންކަމަށް ބެލެވެންނެތްކަން
ފާހަގަކުވޭކަމެވެ.
.2
ޖިންސީ ގޯނާ ލިބުނު ކުއްޖާ ނުވަތަ ކުދިން އެކަން ހިނގައިދިޔަ ގޮތް ކިޔާއިދޭ
ކިޔައިދިނުން؛ ޤާނޫނު ނަންބަރު 12/2009( ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ
އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 47 ވަނަ މާއްދާގެ (ޅ) ގައި، "އެކަމެއް ހިނގުމުން ދާދި އަވަހަށް
ހައިކޯޓު ދެކުނު ގޮފި، ބަހާއުއްދީނު މަގު، ސ. ހުޅުދޫ - މީދޫ. ދިވެހިރާއްޖެ، ފޯނު: 6894700، 6894701، ފެކްސް: 6894732
އީމެއިލް
ވެބް ސައިޓް: www.highcourtsouthern.gov.mv
[email protected] SA
25 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2019/HC-S-A/02
0444
9999
ނުވަތަ އެކަމެއް ހިނގުމާދެމެދު ގިނަ ދުވަސްތަކެއް ނުވަނީސް ކުއްޖާގެ މައިންބަފައިންނަށް، ނުވަތަ ގާތްތިމާގެ
މީހަކަށް، ނުވަތަ ރަޙުމަތްތެރިއަކަށް، ނުވަތަ ޑޮކްޓަރަކަށް، ނުވަތަ މައްސަލަ ތަޙުޤީޤުކުރާ ފުލުހަކަށް ނުވަތަ
ކުޑަކުދިން ރައްކާތެރިކުރުމުގެ ޚިދުމަތުގައި މަސައްކަތްކުރާ މީހަކަށް ކުޑަކުއްޖާ ދީފައިވާ ބަޔާން" އާއި، އަދި މި
މާއްދާގެ (ށ) ގައި "އޭނައާމެދު ކަންވީގޮތްކަމަށް ނުވަތަ އެކަން ހިނގާދިޔަގޮތްކަމަށް ކުޑަކުއްޖާ ކިޔައިދީފައިވާ
ބަޔާން" ގެ އިތުރުން ހަމަ މިމާއްދާގެ (ދ) ގައި "މައްސަލަ ބަލާ ފަރާތުން ކުއްޖާއާ އިންޓަރވިއުކުރުމުން ކުއްޖާ
ކިޔައިދީފައިވާ ވާހަކަ" މި ތިން އަކުރުގައި ބަޔާންކުރެވިފައިވާ ކަންކަމަކީ، މިފަދަ މައްސަލަތަކުގައި ދަޢުވާ
ސާބިތުކުރުމަށް ބޭނުންކުރެވިދާނެ ވަކިވަކި ހެކިތަގެއްގެ ގޮތުގައި ބަޔާންކުރެވިފައިވާކަމާއި، ނަމަވެސް ޤާނޫނު
ނަންބަރު 12/2009( ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ
ޤާނޫނު) ގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހެކީގެ ތެރެއިން 5 ބާވަތެއްގެ ހެކި ހަމަކުރުމުގައި އެ މާއްދާގެ
(ޅ)، (ކ) އަދި (ށ) މި އަކުރުތަކުގައި ބަޔާންކޮށްފައިވާ ކަންކަމަކީ ވަކިވަކި ބާވަތެއްގެ ހެކިތަކެއްކަމުގައި
ނުބެލެވޭނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 01/HC
-
DM/2014 ދުސްތޫރީ މައްސަލައިގެ
ފާހަގަކުރެވުނު ނުކުތާތަކުގެ (3) ވަނަ ނަންބަރުގެ (ހ) ގައި ފާހަގަކޮށް، އެކަން އެ މައްސަލާގައި
ކަނޑައަޅުއްވާފައިވުމުން، މި މައްސަލާގައި ޖިންސީ ގޯނާ ކުރެވުނުކަމަށް ބުނާ ދެކުދިން،
ޗިލްޑްރެން ސަރވިސް ސެންޓަރުގެ ސަރވިސް އޮފިސަރު އާމިނަތު ސަޢީދުއަށް (އުނިކުރެވިފައި) ކިޔައިދީފައިވާ
ކިޔައިދިނުމުގެ އިތުރުން އ. ސޯޝަލް ސަރވިސް އޮފިސަރ ފަސާޙަތު ޙުސައިންއަށް (އުނިކުރެވިފައި) ކިޔައިދިން
ކިޔައިދިނުމާއި، އަދި (އުނިކުރެވިފައި) ޢާއިލީގޮތުން ގާތްމީހެއްކަމަށްވާ (އުނިކުރެވިފައި)އަށް ކިޔައިދީފައިވާ
ކިޔައިދިނުން ބެލެވޭނީ އެއް ހެކިކަމުގައިކަން ފާހަގަކުރެވެއެވެ.
ކުޑަކުއްޖާ ކިޔައިދޭ އެއްޗަކާ އެކުއްޖާއަށް ޖިސްމާނީގޮތުން ލިބިފައިވާ ގެއްލުންކަމަށް
ޑޮކްޓަރީގޮތުން ފާހަގަވާންހުރި ކަންކަމާއި ދިމާވުން؛ ޤާނޫނު ނަންބަރު 12/2009( ކުޑަކުދިންނަށް ޖިންސީ
ފެމިލީ އެންޑް
.3
ހައިކޯޓު ދެކުނު ގޮފި. ބަހާއުއްދީނު މަގު، ސ. ހުޅުދޫ - މީދޫ. ދިވެހިރާއްޖެ، ފޯނު: 6894700، 6894701، ފެކްސް: 6894732
އީމެއިލް
ވެބް ސައިޓް: www.highcourtsouthern.gov.mv
[email protected] SA
26 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2019/HC-S-A/02
ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 47 ވަނަ މާއްދާގެ (ޅ) ގައި
"ކުޑަކުއްޖާ ކިޔައިދޭ އެއްޗަކާ އެކުއްޖާއަށް ޖިސްމާނީގޮތުން ލިބިފައިވާ ގެއްލުންކަމަށް ޑޮކްޓަރީގޮތުން ފާހަގަވާންހުރި
ކަންކަމާއި ފޮރެންސިކް ތަޙުލީލުތަކުން ފާހަގަވާންހުރި ކަންކަން ދިމާވުން" އަކީވެސް މިފަދަ މައްސަލަތަކުގައި ކުށް
ސާބިތުކުރުމަށް ބޭނުންކުރެވޭ ހެއްކެއްކަމުގައި ކަނޑައަޅާފައިވެއެވެ.
މި މައްސަލާގައި، (އުނިކުރެވިފައި) އަދި (އުނިކުރެވިފައި)ގެ ޖަނގިޔަލުގެ ތެރެއަށް އެކުދިންގެ
ބައްޕަ (އުނިކުރެވިފައި) އަތްކޮއްޕާ ހަދާކަމަށް ބުނެފައިވާއިރު، (އުނިކުރެވިފައި)ގެ މެޑިކޯ ލީގަލް ރެކޯޑު (14
އޮކްޓޯބަރު 2013) އަށް ބަލާއިރު، ގާތްގަނޑަކަށް 2mm ދިގުމިންހުރި ކުޑަ ތަނެއް ސީދަލަށް ކެނޑިފައި،
ވި
ނ. އި
ތިފަރާތުން ތިރީގެ
ކެނޑިފައިނުވާކަމާއި، އަދި ފަހުން ކުރިމަތިފަރާތަށް އެއްވެސް ގެއްލުމެއް ލިބިފައިވާކަން ޔަގީންވާވަރުގެ ހެއްކެއް
ފެންނަން ނެތްކަން އެރިޕޯޓުގައި ފާހަގަކޮށްފައިވާކަން އެނގެއެވެ. އަދި (އުނިކުރެވިފައި)ގެ މެޑިކޯ ލީގަލް ރެކޯޑު
(6 އޮކްޓޯބަރު 2013) އަށް ބަލާއިރު، ކުރިމަތި ފަރާތުގައި ހުޅުވިފައިވާ ތަނުގައި ކުޑަކޮށް ލޭ އެއްވެފައި
ހުރިކަމަށް ބެލެވޭކަމަށާއި، ނަމަވެސް ފުރަގަސް ފަރާތް، ކުރިމަތި ފަރާތް، ދެފައިދޭތެރޭގެ ވަށައިގެންވާ ތަނަށް
(މަނައިގެންދިއުންފަދަ، އެއްވެސް އަނިޔާއެއް ލިބިފާކަމަށް ފެނިފައިނުވާކަން އެރިޕޯޓުގައި ފާހަގަކޮށްފައިވާކަން
9
9
404
އެނގޭކަމެވެ.
.4
ހަޤީޤަތެއްނެތް ވާހަކައެއް ހަދައިގެން ކިޔައިދޭ ކިޔައިދިނުމެއްކަމަށް ބެލެވޭނެ
ސަބަބެއްނެތި ކުޑަކުއްޖާ ކިޔައިދީފައިވާ ކިޔައިދިނުން؛ ޤާނޫނު ނަންބަރު 12/2009( ކުޑަކުދިންނަށް ޖިންސީ
ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 47 ވަނަ މާއްދާގެ (އ) ގައި
"ހަޤީޤަތެއްނެތް ވާހަކައެއް ހަދައިގެން، ނުވަތަ އަލަށް އުފައްދައިގެން ކިޔައިދިނުންކަމަށް ބެލެވޭނެ ސަބަބެއްނެތި
ނުވަތަ ހާދިސާ ހިނގި ވަގުތާއި އެވާހަކަ ކިޔައިދިން ވަގުތާ ދެމެދު މާ ދިގު މުއްދަތެއް ފާއިތުނުވަނީސް، ކުޑަކުއްޖާ
ހައިކޯޓު ދެކުނު ގޮފި، ބަހާއުއްދީނު މަގު، ސ. ހުޅުދޫ - މީދޫ. ދިވެހިރާއްޖެ، ފޯނު: 6894700، 6894701، ފެކްސް: 6894732
އީމެއިލް
ވެބް ސައިޓް: www.highcourtsouthern.gov.mv
[email protected] SA
27 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2019/HC-S-A/02
4 22
ކިޔައިދީފައިވާ ކިޔައިދިނުން." އަކީވެސް މިފަދަ މައްސަލަތަކުގައި ކުށް ސާބިތުކުރުމަށް ބޭނުންކުރެވޭ
ހެއްކެއްކަމުގައި ކަނޑައަޅާފައިވެއެވެ.
މި މައްސަލާގައި ހިމެނޭ ދެކުދިންގެ ބައްޕަ އުނިކުރެވިފައި) އެކުދިންގެ ޖަނގިޔާތެރެއަށް
އަތްކޮއްޕާހަދާކަމަށް ބުނެފައިވަނީ، ސިޔާސީ ހިތްހަމަނުޖެހުމުގައި ބަޔަކު ރާވައިގެން ކޮށްފައިވާ ކަމެއްކަމުގައި
ދޭހަވާގޮތަށް (އުނިކުރެވިފައި)ގެ ފަރާތުން ހައިކޯޓުގައި ފާހަގަކޮށްފައިވާއިރު، މިއީ ބަޔަކު މީހުން ރާވައިގެން
(އުނިކުރެވިފައި)ގެ ބޮލުގައި އިލްޒާމެއް އެޅުވުމަށްކަމަށް މިކުދިންގެ މަންމަ، (އުނިކުރެވިފައި) ބުނެ، މިކުދިންގެ
ވާހަކަތަކާމެދު ސުވާލު އުފައްދައި، މިކުދިން (އުނިކުރެވިފައި) ކައިރީގައި، (އުނިކުރެވިފައި) އެކުދިންނާ ބެހި،
މިފަދަކަމެއް ކޮށްފައިވާކަމަށް ދުވަހަކުވެސް ނުބުނާކަމަށާއި، މި މައްސަލަޖެހުނުފަހުން ފާއިތުވި އަހަރުތަކުގައި
(އުނިކުރެވިފައި) މިދެކުދިންނާ އަދި ދޮށީދަރިފުޅު (އުނިކުރެވިފައި) އާވެސް އަގައިން ބުނެފައިނުވާއިރު،
މިމައްސަލައާ ގުޅިގެން (އުނިކުރެވިފައި) ކޯޓަށް ހާޟިރުކުރި ދުވަހުގެ ރޭ (އުނިކުރެވިފައި) ގުޅާފައި "އަފަގާޓޯ"
އަށް އައިސްކްރީމް ބޯން އަންނާށޭ (އުނިކުރެވިފައި) ކައިރީގައި ބުނެފައިވާކަމަށާއި، އެކަމުންވެސް މިއީ
(އުނިކުރެވިފައި) މެން ރާވައިގެން ކޮށްފައިވާކަމެއްކަން އެނގޭކަމަށް ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައި ހެކިބަސް
ދެމުން ބުނެފައިވާއިރު، (އުނިކުރެވިފައި) ތަޙުޤީޤަށް ދީފައިވާ ބަޔާން ދޮގުކޮށް، އެއީ ޙަޤީޤަތާ އެއްގޮތަށް
(އުނިކުރެވިފައި) ދިން ބަޔާނެއް ނޫންކަމަށާއި، އެއީ މަންމަ، (އުނިކުރެވިފައި)ގެ އެއްބަނޑު އެއްބަފާ ބޭބެގެ
އަންހެނުން (އުނިކުރެވިފައި) ބުނެގެން ދީފައިވާ ބަޔާނެއްކަމަށާއި، ބައްޕަ (އުނިކުރެވިފައި)، ކޮއްކޮމެންނާ
ބެހުނުތަނެއް ނުދެވޭކަމަށާއި، އަދި ތަދުވެގެން ކޮއްކޮ (އުނިކުރެވިފައި) ހަޅޭލަވާ ހެދި އަޑެއްވެސް ނާހާކަމަށް ސ.
ހިތަދޫ ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ބުނެ ހެކިބަސް ދީފައިވާކަން ފާހަގަކުރެވޭކަމެވެ.
އެހެންކަމުން، މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން
ދެކެނީ، މިމައްސަލާގައި ކުށުގެ ޙާދިސާ ލޮލަށް ފެނުނުކަމަށް ބުނާ ދެ ހެކިންގެތެރެއިން (އުނިކުރެވިފައި)އަކީ
ހައިކޯޓު ދެކުނު ގޮފި. ބަހާއުއްދީނު މަގު، ސ. ހުޅުދޫ - މީދޫ. ދިވެހިރާއްޖެ، ފޯނު: 6894700، 6894701، ފެކްސް: 6894732
އީމެއިލް
ވެބް ސައިޓް: www.highcourtsouthern.gov.mv
[email protected] SA
28 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2019/HC-S-A/02
9.
ސިކުނޑީގެ ބައްޔަކަށް ފަރުވާކުރަމުންދާ، އަދި އެބަލީގެ ޙާލަތުގެ ސަބަބުން ނުކުޅެދޭމީހުންގެ ލިސްޓުގައި
ހިމެނިފައިވާމީހެއްކަން އެނގެންއޮތުމުން މި ހެކިވެރިޔާއަކީ ބުއްދި ސަލާމަތުން ހުރި، އަދި އޭނާގެ ހެކިބަހަށް
ބުރަދަންދެވޭފަދަ ހާލަތެއްގައި ހުރި މީހެއްކަމާމެދު އެކަށީގެންވާ މިންވަރުގެ ޝައްކުތަކެއް ހުރިކަން
ފާހަގަކުރެވިފައިވާތީއާއި، (އުނިކުރެވިފައި) ތަޙުޤީޤުގައާއި ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ހެކިބަހުގައި،
(އުނިކުރެވިފައި)އަށް މަންޒަރު ފެނުނުގޮތް ސިފަކޮށްދިނުމުގައި ހުރި ފުށުއެރުންތަކުން (އުނިކުރެވިފައި)ގެ ހެކިބަހުގެ
ޞައްޙަކަމާމެދު ސުވާލު އުފެދިފައިވާކަން ފާހަގަކުރެވިފައިވާތީއާއި، މިކުދިން މިފަދަ ވާހަކައެއް އެކުދިންގެ
މަންމައަށް ދުވަހަކުވެސް ކިޔައިދީފައިނުވާއިރު، މިއީ ބަޔަކު ރާވައިގެން (އުނިކުރެވިފައި)އާމެދު ދައްކާފައިވާ
ވާހަކައެއްކަމަށް (އުނިކުރެވިފައި)އާއި، މިކުދިންގެ މަންމަ (އުނިކުރެވިފައި) ބުނެ ދައްކާފައިވާ ވާހަކަތަކުންނާއި،
އަދި މި ދެކުދިންގެ ދައްތަ، (އުނިކުރެވިފައި) ތަޙުޤީޤަށް ދިން ބަޔާނަކީ (އުނިކުރެވިފައި) ބުނެގެން ދީފައިވާ
ބަޔާނެއްކަމަށާއި، ބައްޕަ (އުނިކުރެވިފައި) އެފަދަ ކަމެއް ކުރިތަނެއް ނުދެވޭކަމަށާއި، އަދި ތަދުވެގެން ކޮއްކޮ
ހަޅޭއްލެވިއަޑެއްވެސް ނާހާކަ
ރާހާކަމަށް ބުނެ ދައްކާފައިވާ ވާހަކަތަކުން އުފެދޭ ޝައްކުތަކުގެ މައްޗަށް ބަލާއިރު، މި
މައްސަލާގައި ލިބިފައިވާހެކިތަކުގެ މައްޗަށް ބިނާކޮށް (އުނިކުރެވިފައި)ގެ މައްޗަށް ހުށަހެޅިފައިވާ، ޢާއިލާގެ
މެމްބަރަކާއިއެކުޖިންސީ ޢަމަލެއް ހިންގުމުގެ ދަޢުވާ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައިވާ ގޮތުގެމަތިން
އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ސާބިތުނުވާކަމަށާއި،
ވުމާއެކު، އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއްވިޔަސް
111/S2C/2016
444 04
ނެތްކަމަށެވެ"
ޙުކުމް
ހައިކޯޓު ދެކުނު ގޮފި، ބަހާއުއްދީނު މަގު، ސ. ހުޅުދޫ - މީދޫ ދިވެހިރާއްޖެ، ފޯނު: 6894700، 6894701، ފެކްސް: 6894702
އީމެއިލް
ވެބް ސައިޓް: www.highcourtsouthern.gov.mv
[email protected] SA
29 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2019/HC-S-A/02
6
OLOO
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތަށް ހުރުމާއިއެކު،
އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2016/S2C/111 ޤަޟިއްޔާގައި، (އުނިކުރެވިފައި)ގެ
މައްޗަށް ކުޅަ ދަޢުވާ ސާބިތުނުވާކަމަށް ކަނޑައަޅުއްވައި ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނާނެ ތަނެއް ނެތްކަމަށް،
މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ޙުކުމްކޮށްފީމެވެ.
ހައިކޯޓުގެ ދެކުނު ގޮފި ބަހާއުއްދީނު މަގު، ސ. ހުޅުދޫ - މީދޫ. ދިވެހިރާއްޖެ، ފޯނު: 6894700، 6894701، ފެކްސް: 6894702
އީމެއިލް
ވެބް ސައިޓް: www.highcourtsouthern.gov.mv
[email protected] SA