ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/466 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2016/HC-A/466
އަلA
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ރާއްޖެ"
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
*
. ޤަޟިއްޔާ ނަންބަރު: 466/HC
-
A/2016
• އިސްތިއުނާފު ކުރި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ދާއިމީ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* އައި.ޑީ.ކާޑު ނަންބަރު.
މިހާރުގެ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އިސްތިއުނާފު ރައްދުވާ ފަރާތް:
* ނަން: ޔުގީތު އިބްރާހީމް
ދާއިމީ އެޑްރެސް: އަލިތަރި
* އައި.ޑީ.ކާޑު ނަންބަރު: A117158
* މިހާރުގެ އެޑްރެސް:
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 12 މުޙައްރަމް 1438 = ނިމުނު ތާރީޚް: 30 މުޙައްރަމް 1438
13 އޮކްޓޯބަރ 2016
31 އޮކްޓޯބަރ 2016
ގއ. ވިލިނލި
• އިސްތިއުނާފު ކުރެވުނު އަމުރު ނަންބަރު: 2016
/
6796/J
/
MD-145
• ނިންމެވި ކޯޓު: ކްރިމިނަލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ކޯޓު އަމުރު (ހުއްދަނެތި ގޯތި ގެދޮރަށް ވަނުން ވައްކަންކުރުން މުދަލަށް
ގެއްލުންދިނުން)
އަމުރު ނެރުއްވި ތާރީޚް: 29 ސެޕްޓެމްބަރ 2016
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
އިސްފަނޑިޔާރު:ޢަބްދުﷲދީދީ ފަނޑިޔާރު:ޢަބްދުﷲ ޙަމީދު ފަނޑިޔާރު: ޢަބްދުއްރައޫފު އިބްރާހީމް
0
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/466
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
6796/J
/
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި
އެއްގޮތަށްނޫން ކަމަށްބުނެ އެ ކޯޓު އަމުރު އިސްތިއުނާފު
ކޮށްދިނުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން
ބެލިފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ގއ.ވިލިނގިލި އަލިތަރި ޔުގީތު އިބްރާހީމްއެވެ.
ރެވުނު
1. ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
6796/J
/
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށްނޫން ކަމަށްބުނެ އެ ކޯޓު އަމުރު އިސްތިއުނާފު
ކޮށްދިނުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވެއެވެ.
Ccc
Occ
2. ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
6796/J
/
MD-145 ކޯޓު އަމުރަށް ބަލާއިރު އެއަމުރަކީ،
ގއ. ވިލިނގިލި އަލިތަރި ޔުގީތު އިބްރާހީމްގެ މައްޗަށް ތުހުމަތުކުރެވުނު ހުއްދަނެތި ގޯތި ގެދޮރަށް ވަނުން
ވައްކަންކުރުން/ މުދަލަށް ގެއްލުން ދިނުމުގެ މައްސަލާގައި ކޯޓަށް ހާޟިރުނުވެދާނެކަމަށް ޓަކައި 30
ސެޕްޓެމްބަރ 2016 ވަނަ ދުވަހުގެ 14:50 އިން ފެށިގެން 15 އޮކްޓޯބަރ 2016 ވަނަ ދުވަހުގެ 14:49
ގެ ނިޔަލަށް ޔުގީތު އިބްރާހީމް ގޭގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރައްވައި ކްރިމިނަލް ކޯޓުން
ނެރުއްވާފައިވާ އަމުރެއްކަން އެނގެއެވެ.
3. ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
6796/J
/
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތައްނޫންކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/466
ފަރާތުން އަންނަނިވި 2 (ދޭއް) ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ!
• ފުރަތަމަ ނުކުތާއަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
6796/J
/
MD-145 ކޯޓު އަމުރަކީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ
މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު" ގެ 7 ވަނަ މާއްދާގެ
(ހ) ގައި ކަނޑައަޅުއްވާފައިވާ އުސޫލާ ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ ރިޕޯޓުގެ 9 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ އުޞޫލުތަކަށް
ރިޢާޔަތްކުރެއްވުމަކާނުލައި ނެރުއްވާފައިވާ އަމުރެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
4. ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
6796/J
/
MD-145 ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި
ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މައްސަލާގައި ހިމެނޭ
ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ވިސްނާ ބަލާއިރު، މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އަންނަނިވި ކަންތައްތައް
ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
6796/J
/
MD-145 ކޯޓު އަމުރަށް
ބަލާއިރު، އެކޯޓު އަމުރަކީ ގއ. ވިލިނގިލި އަލިތަރި ޔުގީތު އިބްރާހީމްގެ މައްޗަށް ތުހުމަތުކުރެވުނު ހުއްދަނެތި
ރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/466
ގޯތި ގެދޮރަށް ވަނުން ވައްކަންކުރުން މުދަލަށް ގެއްލުން ދިނުމުގެ މައްސަލާގައި ޔުގީތު އިބްރާހީމްގެ ބަންދުގެ
މުއްދަތު އިތުރުކޮށްދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 150386/MF "ބަންދުގެ
މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް"އިން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، 30 ސެޕްޓެމްބަރ 2016 ވަނަ
ދުވަހުގެ 14:50 އިން ފެށިގެން 15 އޮކްޓޯބަރ 2016 ވަނަ ދުވަހުގެ 14:49 ގެ ނިޔަލަށް ޔުގީތު އިބްރާހީމް
ގޭގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށް ނެރުއްވާފައިވާ އަމުރެއްކަން އެއަމުރަށް ބެލުމުން
އެނގެންއޮންނަކަމާއި،
އަދި އެއަމުރު ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައުލަތުގެ ފަރާތުން އިސްތިއުނާފުކޮށްފައިމިވަނީ
އެއަމުރުގައި 15 (ފަނަރަ) ދުވަހުގެ މުއްދަތަށް ޔުގީތު އިބްރާހީމް ގޭގައި ބަންދުގައި ބެހެއްޓުމަށް ނިންމަވާފައިވާ
ނިންމެވުން ބާޠިލްކޮށް، މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެދުނުގޮތަށް ޔުގީތު އިބްރާހީމް މިނިސްޓްރީ އޮފް
ހޯމް އެފެއަރޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްދިނުމަށް އެދިކަން ފާހަގަކުރެވޭކަމެވެ.
(ނ) ދެވަނަ ކަމަކީ، މައްސަލައެއް ތަޙްޤީޤުކުރެވެމުން ދާއިރުވެސް އަދި ޝަރީޢަތަށް ހުށަހެޅިފައިވާ
މަރުޙަލާގައިވެސް، ތަޙްޤީޤުކުރެވޭ ނުވަތަ ދަޢުވާލިބޭ މީހާއަކީ އެމީހެއްގެ މައްޗަށް ކުށް ސާބިތުވެފައިވާ މީހެއް
ނޫންކަމާއި، އެމީހާއަކީ ކުށެއްގެ ތުހުމަތުގައި ހުރި މީހަކަށްވާއިރު، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު
ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ
މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު
ގޮތެއް ނިންމުމުގެ ޤަވާއިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރާ ސަބަބެއް
އެމީހެއްގެ ކިބާގައި ފުރިހަމަވެފައި ވޭތޯކަމާއި، އެއިން ސަބަބެއް ފުރިހަމަވެފައިވާކަން ނުވަތަ ނޫންކަމާމެދު
ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48
ވަނަ މާއްދާގެ (ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނައިރު،
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/466
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން މީހަކު
ބަންދުކުރުމުގައި، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަން އޮތް މިންވަރަށާއި، އެހާދިސާ ތަހުޤީޤުކުރުމުގައި ހުރީ
ކިހާމިންވަރެއްގެ ގޮންޖެހުންތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ އަދަދަކީ ކޮބާކަމާއި، ކުށުގެ ޠަބީޢަތަކީ
ކޮބާކަމާއި، ކުށުގެ ކުޑަބޮޑުމިނަކީ ކޮބާކަމާއި، އެކަމުގައި ހިމެނޭ މީހުންގެ އަދަދަކީ ކޮބާކަމާއި، އެކުށަށް
ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ ކޮބާކަމާއި، ޝައްކުކުރެވޭ މީހާ ފިލާފާނެ ކަމުގެ ބިރު އޮތީ
ކިހާވަރަކަށްކަމާއި އަދި ހެކިތަކާކުޅެ ހެކި ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު
ހުންޖެހޭނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC-A/2010
ފާހަގަކުރެވުނު ނުކުތާތަކުގެ 9 ވަނަ ނަންބަރުގައި ބަޔާންކުރައްވާފައިވާކަން އެނގެންއޮންނަކަމެވެ.
,ތ 3 ދ ތ ޅ ކ އ ވ
ވަޒަންކުރަންޖެހޭނެކަމަށް
ޤަޟިއްޔާގެ
4 2 22
ނއސ
0 3
مرجع ما می
(ނ) ތިންވަނަ ކަމަކީ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ތުހުމަތުގައި
ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު" ގައިވާ
ގޮތުގެމަތިން ބަންދުކުރެވޭ މީހުން ބަންދުގައި ބައިތިއްބަންޖެހޭ ތަން ކަނޑައެޅުމުގައި ޢަމަލުކުރާނެ އުޞޫލުތަކެއް
ދިވެހިރާއްޖޭގެ ހައިކޯޓުން މީގެ ކުރިން ކަނޑައަޅުއްވާފައިވާކަމާއި،
މިގޮތުން، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހާގެ ބަންދާމެދު ގޮތެއް
ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރެވޭ މީހާއަކީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާތެރިވެދާނެ މީހެއްކަމަށް
ފަނޑިޔާރަށް ފެންނަ ޙާލަތްތަކުގައި އެމީހަކު ބަންދަ ކޮށްފައި ބަހައްޓާނެ ތަނެއް ކަނޑައެޅުމާ ބެހޭގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 260/HC-A/2012 ޤަޟިއްޔާއާއި ނަންބަރު 355/HC
-
A/2013
ޤަޟިއްޔާއާއި ނަންބަރު
371/HC
-
A/2013 ޤަޟިއްޔާފަދަ ޤަޟިއްޔާތަކުގައި ކަނޑައަޅުއްވާފައިވާ
އުޞޫލުތަކަށް ބަލާއިރު، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި
ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރެވޭ މީހާއަކީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާތެރިވެދާނެ މީހެއްކަމަށް
ފަނޑިޔާރަށް ފެންނަ ޙާލަތްތަކުގައި އެމީހަކު ބަންދުގައި ބަހައްޓަންޖެހޭނީ އެމީހެއްގެ ފަރާތުން މުޖުތަމަޢަށް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/466
UCO
4
2
2
4
އއ3
ނުރައްކާތެރިކަމެއް ނުފޯރުވޭނޭފަދަ ތަނެއްގައިކަމާއި، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހަކު ބަންދުގައި
ހައްޓަންޖެހޭފަދަ ޙާލަތެއް އޮތްކަމަށް ފަނޑިޔާރަށް ފެންނަ ޙާލަތުތަކުގައި އެމީހެއްގެ ބަންދުގެ މުއްދަތު
އިތުރުކުރެވުނު ޙާލަތު ނެތިކޮށްލެވޭނީ، އޭނާ ކޮންތާކު ކޮން ގޮތަކަށް ބަންދުކޮށްގެންކަން ކަނޑައެޅުމަށް އެންމެ
ރަނގަޅަށް އެނގޭނެ އެއްބަޔަކަށްވާނީ މޯލްޑިވްސް ޕޮލިސް ސަރވިސްކަމާއި، އަދި އެމީހަކު ބަންދުގައި
ބަހައްޓަންޖެހޭ ސަބަބަކީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާތެރިވުން ކަމުގައިވާނަމަ، އެމީހަކު ބަންދުގައި ބަހައްޓާ
ތަނަކީ އެމީހަކު ދިރިއުޅޭގެ ކަމަށް ވުމަކީ އެމީހެއްގެ ފަރާތުން މުޖުތަމަޢަށް ފޯރާފާނެ ނުރައްކާތެރިކަމެއް
ނެތިކޮށްނުލެވޭނެ ކަމެއްކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ޤަބޫލުކުރެވޭ ޙާލަތްތަކުގައި އެމީހަކު ގޭގައި
ބަންދުކޮށްފައި ބަހައްޓަން މަޖުބޫރުވާގޮތަށް ކޯޓުތަކުން އަމުރު ނެރުއްވައިގެން ނުވާނެކަމާއި، އެފަދަ
ޙާލަތްތަކުގައި އެމީހަކު ބަންދުގައި ބަހައްޓާނެ ތަނެއް ކަނޑައެޅުމުގެ އިޚްތިޔާރު ލިބެންވާނީ މޯލްޑިވްސް ޕޮލިސް
ސަރވިސް އެމުއައްސަ
ދަށުން ހިނގާ މިނިސްޓްރީ އޮފް ހޯމްއެފެއަރޒަށް ކަމަށް
ކަނޑައަޅުއްވާފައިވާއިރު،
އިސްތިއުނާފުކުރެވިފައިމިވާ ކްރިމިނަލް ކޯޓުގެ އަމުރަކީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު
150386/MF "ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް"އިން، ޔުގީތު އިބްރާހީމް އަކީ ކުށުގެ ރެކޯޑް
ގިނަ އަދަދަކަށް އޮންނަ މީހެއްކަމަށްވާތީއާއި އޭނާ ދޫކޮށްލައިފިނަމަ އޭނާގެ ފަރާތުން އެފަދަ ޢަމަލެއް
ތަކުރާރުވެދާނެކަމަށް ފެންނާތީއާއި އެމައްސަލާގައި ހެކިބަސްދޭންހުރި މީހަކަށް ނުފޫޒް ފޯރުވަފާނެކަމަށް ފެންނާތީ
މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބަންދުގައި ބަހައްޓައިދިނުމަށް އެދިފައިވާ ފަރާތެއްކަން
އެނގެންއޮންނައިރު، އެމައްސަލާގައި ޔުގީތު އިބްރާހީމްގެ މައްޗަށް، އޭނާ އިތުރު ބަޔަކާ ބައިވެރިވެގެން
އެވައްކަން ކުރަން ރޭވިކަމާއި، އޭނާއާއި އިތުރު ބަޔަކު ބައިވެރިވެގެން އެތަނަށް ގޮސް އެތަނަށް ވަދެ އެތަނުގެ
ތިޖޫރިއެއް ފަޅާލައި އަދި އިތުރު ތިޖޫރީއެއް ހަލާކުކޮށްލަން މަސައްކަތްކުރިކަމަށް ހެކިލިބިފައިވާކަމާއި، އަދި
އޭނާއާއި އިތުރު މީހަކު ތިބި ކާރު ހުއްޓުވައި ބެލިއިރު އެކާރު ތެރެއިން ވައްކަން ކުރަން ބޭނުންކުރިކަމަށް
ބެލެވޭ ތަކެތި ފެނިފައިވުމުގެ އިތުރަށް ހާދިޘާ ހިނގިތަނުގެ ސީސީޓީވީ ކެމެރާ ފޫޓޭޖް ހެކި ޤަރީނާގެ ގޮތުގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/466
ލިބިފައިވާކަން އެނގެންއޮންނަކަމުން، މިކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު ޔުގީތު އިބްރާހީމް ބަންދުގައި
ގޭގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރުއްވާފައިވަނީ ރަނގަޅަށް ނޫންކަމަށް މިމައްސަލަ މިކޯޓުގައި
ބެލި ފަނޑިޔާރުންނަށް ޤަބޫލުކުރެވޭކަމެވެ.
(ހ) ހަތަރުވަނަ ކަމަކީ، އިސްތިއުނާފުކުރެވޭ މިމައްސަލާގައި ދައުލަތުގެ ފަރާތުން އެދިފައިވަނީ
ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
6796/J
/
MD-145 ކޯޓު އަމުރު ބާޠިލްކޮށް، މިނިސްޓްރީ އޮފް ހޯމް
އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިދިނުމަށް އެދިކަމަށްވީނަމަވެސް، މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައިވަނިކޮށް އިސްތިއުނާފުކުރެވިފައިމިވާ އަމުރުގެ ފައިލިއްޔަތު
ނެތިގޮސްފައިވާތީ، ޔުގީތު އިބްރާހީމް ބަންދުގައި ބެހެއްޓުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން އިތުރު އަމުރެއް
ކުރުމުގެ މަސްލަޙަތެއްނެތްކަމަށް މިމައްސަލަ މިކޯޓުގައި ބެލި ފަނޑިޔާރުންނަށް ޤަބޫލުކުރެވިފައިވެއެވެ.
ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، އިސްތިއުނާފު ކުރެވިފައިމިވާ
ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
6796/J
/
MD-145 ކޯޓު އަމުރު ބާޠިލްކޮށް، މިމައްސަލައިގެ ދަށުން
ގއ.ވިލިނގިލި/ އަލިތަރި، ޔުގީތު އިބްރާހީމް ބަންދުގައި ބެހެއްޓުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން އިތުރު އަމުރެއް
ކުރުމުގެ މަޞްލަޙަތެއް ނެތްކަމަށް ކަނޑައަޅައި ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލަ ބެލި ފަނޑިޔާރުންގެ
އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv