ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/280 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/28)
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 280/HC
-
A/2013
• އިސްތިއުނާފުކުރި ފަރާތް:
ނަން: އިނަރ މޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑް ރަޖިސްޓްރީ ނަންބަރު. 162
/
98-C
ދާއިމީ އެޑްރެސް:
އީސްޓްލައިޓް/ މާލެ * މިހާރުގެ އެޑްރެސް: އީސްޓްލައިޓް/ މާލެ
.1
އިސްތިއުނާފު ރައްދުވި ފަރާތްތައް:
ނަން: ގްލޯބް އެއަރ ކާގޯ ސިސްޓަމް
ރަޖިސްޓްރީ ނަންބަރު: R.C.S. BOBIGNY
055
845
325
ދާއިމީ އެޑްރެސް: ރޮއިސީޓެކް ބެޓް 7
3311
7 ރޫ ޑުސަރކަލް 95709 ރޮއިސީ ޗާލްސް ޑިގޯލް
މިހާރުގެ އެޑްރެސް: ރޮއިސީޓެކް ބެޓް 7
3311
7 ރޫ ޑުސަރކަލް 95709 ރޮއިސީ ޗާލްސް ޑިގޯލް
ރަޖިސްޓަރީ ކުރެވުނު ތާރީޚް:
11 ސެޕްޓެމްބަރު 2013
* ނިމުނު ތާރީޚް: 25 ޖުލައި 2016
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/MC
/
2009
)
214
/
Cv
-
C/2245)
ނިންމެވިކޯޓް: ސިވިލް ކޯޓު
ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
ހުށަހެޅުނުތާރީޚް: 30 ސެޕްޓެމްބަރު 2009 ނިމުނު ތާރީޚް: 09 މެއި 2013
0
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، އިސްފަނޑިޔާރު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހި
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2013/HC-A/28)
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2009
)
214
/
Cv
-
C/2245) ޤަޟިއްޔާ
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ، އިނަރ މޯލްޑިވްސް ހޮލިޑޭސް
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ގްލޯބް އެއަރ ކާގޯ ސިސްޓަމްއެވެ.
0
ފާހަގަކުރެވުނު ނުކުތާތައް:
01- ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2009
)
214
/
Cv
-
C/2245) ޤަޟިއްޔާ އަކީ،
ދިވެހިރާއްޖޭގައި ޙަރަކާތްތެރިވާ ގްލޯބް އެއަރ ކާގޯ ސިސްޓަމްގެ ކާގޯ އޭޖެންޓެއްގެ ގޮތުގައި އިނަރ މޯލްޑިވްސް
ހޮލިޑޭސް ޢައްޔަން ކުރުމާބެހޭ ގޮތުން ގްލޯބް އެއަރ ކާގޯ ސިސްޓަމް އާއި އިނަރ މޯލްޑިވްސް ހޮލިޑޭސް އާއި
މިދެފަރާތުގެ ދެމެދުގައި 22 ނޮވެމްބަރު 2007 ގައި ސޮއިކުރެވިފައިވާ "ސްޓޭންޑަޑް ކާގޯ އޭޖެންސީ
އެގްރީމެންޓްގެ ދަށުން މާލެއާއި، ސީޑީޖީ، ޕެރިސްއާއި ދެމެދު 2008 ވަނަ އަހަރު އޭޕްރީލް، މެއި،
ނޮވެމްބަރު އަދި ޑިސެންބަރު ގައި ވައިގެ މަގުން ކުރެވުނު ކާގޯ އުފުލުމުގެ ދަތުރުތަކާ ގުޅިގެން އިނަރ
މޯލްޑިވްސް ހޮލިޑޭސްގެ ފަރާތުން ލިބެންޖެހޭ 153,874.85$US (އެއްލައްކަ ފަންސާސްތިންހާސް އަށްސަތޭކަ
ހަތްދިހަ ހަތަރެއް ޔޫ.އެސް ޑޮލަރ އަށްޑިހަފަސް ސެންޓް) ދައްކާފައިނުވާތީ، މިފައިސާ އެއްފަހަރާ ހޯދުމަށް އެދި
އިނަރ މޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ގްލޯބް އެއަރ ކާގޯ ސިސްޓަމްގެ ފަރާތުން
ދަޢުވާކުރުމުން ބައްލަވާފައިވާ މައްސަލައެއްކަމާއި؛
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ "ދެންފަހެ، ދިވެހިރާއްޖޭގައި ޙަރަކާތްތެރިވާ ގްލޯބް އެއަރ
ކާގޯ ސިސްޓަމްގެ ކާގޯ އޭޖެންޓެއްގެ ގޮތުގައި އިނަރ މޯލްޑިވްސް ހޮލިޑޭސް ޢައްޔަން ކުރުމާބެހޭ ގޮތުން
ގްލޯބް އެއަރ ކާގޯ ސިސްޓަމް އާއި، އިނަރ މޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑް އާއި ދެމެދު 22
COCO cu
ޖެހިރާއްޖޭގެ
، ހައި
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމް 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/280
ނޮވެމްބަރ 2007 ގައި ސޮއިކުރެވިފައިވާ ސްޓޭންޑަޑް ކާގޯ އޭޖެންސީ އެގްރީމެންޓް“ ގެ ދަށުން މާލެއާއި،
ސީޑީޖީ، ޕެރިސްއާއި ދެމެދު 2008 ވަނަ އަހަރު އޭޕްރީލް، މެއި، ނޮވެމްބަރ، އަދި ޑިސެމްބަރ ގައި ވައިގެ
މަގުން ކުރެވުނު ކާގޯ އުފުލުމުގެ ދަތުރުތަކާއި ގުޅިގެން އިނަރ މޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން ގްލޯބް އެއަރ ކާގޯ ސިސްޓަމަށް ލިބެންޖެހޭ 153,874.85$US (އެއްލައްކަ ފަންސާސްތިންހާސް
އަށްސަތޭކަ ހަތްދިހަ ހަތަރެއް ޔޫ.އެސް ޑޮލަރ އަށްޑިހަފަސް ސެންޓް) ދައްކާފައިނުވާކަމަށް ބުނެ މިފައިސާ
އެއްފަހަރާ ހޯދުމަށް އެދި އިނަރ މޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ގްލޯބް އެއަރ ކާގޯ
ސިސްޓަމްގެ ފަރާތުން ކުޑަ މިދަޢުވާގައި ހުށަހެޅިފައިވާ ބަޔާންތަކާއި ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު
އިނަރ މޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑާއި ގްލޯބް އެއަރ ކާގޯ ސިސްޓަމާއި ދެމެދު ”ސްޓޭންޑަޑް ކާގޯ
އޭޖެންސީ އެގްރީމެންޓް] އެއްގައި ސޮއިކުރެވިފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކުން އެގެން އޮތްކަމާއި،
މިދެފަރާތުގެ ދެމެދު ސޮއިކުރެވިފައިވާ ސްޓޭންޑަޑް ކާގޯ އޭޖެންސީ އެގްރީމެންޓް، ގެ ދަށުން ކުރެވިފައިވާ
މުޢާމަލާތްތަކެއްގެ އަގަށް އިނަރ މޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހޭ ފައިސާ ކަމަށް ބުނެ
ދަޢުވާގައި ދަޢުވާކުރާ ފަރާތުން ހޯދުމަށް އެދިފައިވާ ފައިސާއަކީ އެކްސެލް އެއަރވޭސްގައި ރާއްޖެއަށް ކޮށްފައިވާ
ދަތުރުތަކެއްގައި އެއަރވޭ ބިލްތަކުގައި ހިމެނޭ ފައިސާކަން ހުށަހެޅިފައިވާ އެއަރވޭ ބިލްތަކާއި އިންވޮއިސްތަކުން
އޮންނައިރު މިދަޢުވާގައި ހިމެނޭ އެއަރވޭ ބިލްތަކުގައިވާ ދަތުރުތައް ކުރެވިފައިވަނީ އިނަރ މޯލްޑިވްސް
ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްގެ އޭޖެންޓްކަމުގެ ދަށުންކަން ބަޔާންވެދިޔަ އެއަރވޭ ބިލްތަކުން އެނގެން
އޮންނަކަމާއި،
އިސްވެދެންނެވުނު އެއަރވޭ ބިލްތަކުގައިވާ ދަތުރުތައް ކުރެވިފައިވާ މުއްދަތުގައި އެކްސެލް އެއަރވޭސްގެ
އެއަރ ޓްރާންސްޕޯޓް ސޭލްސް އޭޖެންޓެއްގެ ގޮތުގައި ދިވެހިރާއްޖޭގައި ޙަރަކާތްތެރިވުމުގެ ހުއްދަ ދެއްވާފައިވަނީ
ހަމައެކަނި އިނަރ މޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑަށް ކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން
އޮންނައިރު، އެކްސެލް އެއަރވޭސްގެ ބަޔާންވެދިޔަ އެއަރވޭ ބިލްތަކުގައިވާ ދަތުރުތަކަކީ މިދެފަރާތުގެ ދެމެދު
އެނގެން
RE
ހައިކޯ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A280
ސޮއިކުރެވިފައިވާ "ސްޓޭންޑަޑް ކާގޯ އޭޖެންސީ އެގްރީމެންޓް، ފިޔަވައި އެހެން ފަރާތަކާއި އިނަރ މޯލްޑިވްސް
ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑާއި އެކު ކުރެވިފައިވާ މުޢާމަލާތެއްގެ ދަށުން އެކްސެލް އެއަރވޭސްގައި ރާއްޖެއަށް
ކުރެވިފައިވާ ކާގޯ އުފުލުމުގެ ދަތުރުތަކެއްކަން ޝަރީޢަތަށް ސާބިވާފަދަ ކާފީ ހެއްކެއް ދަޢުވާލިބޭ ފަރާތުން
ހުށަހަޅާފައިނުވާތީ، މިދަޢުވާގައި ހިމެނޭ އެއަރވޭސް ބިލްތަކުގައި ހިމެނޭ އެކްސެލް އެއަރވޭސް ގައި ރާއްޖެއަށް
ކުރެވިފައިވާ ދަތުރުތަކަކީ މިދަޢުވާގައި ބަޔާންކުރެވިފައިވާ "ސްޓޭންޑަޑް ކާގޯ އޭޖެންސީ އެގްރީމެންޓް”ގެ ދަށުން
ކުރެވިފައިވާ ދަތުރުތަކެއް ނޫންކަމަށް ބެލެވޭނެ ޤާނޫނީ ހަމައެއް ނެތްކަމުން މިދަޢުވާގައި ހިމެނޭ
އިންވޮއިސްތަކުގައި ހިމެނޭ ފައިސާއަކީ އިނަރ މޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ގްލޯބް
އެއަރ ކާގޯ ސިސްޓަމަށް ދޭންޖެހޭ ފައިސާއެއްކަން މަދަނީ މިންގަޑުން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި
މިފައިސާ ގްލޯބް އެއަރ ކާގޯ ސިސްޓަމަށް ލިބިދިނުމުގެ ގޮތުން 09 މެއި 2013 ދުވަހުން ފެށިގެން މަދުވެގެން
އެމަހަކަށް ޖެހޭވަރު އެމަހަކު ސިވިލް ކޯޓަށް ފައިސާ ދައްކަމުން ގޮސް މީލާދީ 04 (ހަތަރެއް) މަސްދުވަހުގެ
ތެރޭގައި 153,874.85$US (އެއްލައްކަ ފަންސާސްތިންހާސް އަށްސަތޭކަ ހަތްދިހަ ހަތަރެއް ޔޫ.އެސް ޑޮލަރ
އަށްޑިހަފަސް ސެންޓް) މިދަރަނި ޚަލާޞްކުރުމަށް އިނަރ މޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑަށް
އަންގައި ޙުކުމްކޮށްފީމެވެ.“ މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން
¢¢ ¢ ¢ 8 499
4 6
02- ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2009
)
214
/
Cv
-
C/2245) ޤަޟިއްޔާ އެކޯޓުން
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އިނަރ މޯލްޑިވްސް ހޮލިޑޭސް
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް 03 (ތިނެއް) ނުކުތާ ފާހަގަކޮށް
އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެއީ:-
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2013/HC-A/28)
• ފުރަތަމަ ނުކުތާއަކީ: ގްލޯބް އެއަރ ކާގޯ ސިސްޓަމް އާއި އިނަރ މޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް
ލިމިޓެޑާއި ދެމެދު އެގްރިމެންޓެއް ކޮށްފައި ނުވާނެ ކަމަށް ދަންނަވާފައިވާއިރު އެކަމުގެ މައްޗަށް ބައްލަވާފައި
ނުވާކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ: އިނަރ މޯލްޑިވްސް ހޮލިޑޭސް އިން މުޢާމަލާތު ކޮށްފައިވަނީ އެކްސް އެލް
އެއަރވޭސް، ނަމަކަށް ކިޔާ ބަޔަކާ ކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން ސާފުކޮށް ފެންނަން އޮތްއިރު އެކަމުގެ
މައްޗަށް ބައްލަވާފައިނުވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ތިންވަނަ ނުކުތާއަކީ: އިނަރ މޯލްޑިވްސް ހޮލިޑޭސް އާއި މުޢާމަލާތުކޮށްފައިވަނީ ”އެކްސް އެލް
އެއަރވޭސް” ނަމަކަށް ކިޔާ ބަޔަކާ ކަމަށް ވުމުން އެފަރާތަށް ދައްކަންޖެހޭ އެންމެހައި ފައިސާ ކުރިއަށް
”ޕްރިޕެއިޑް“ ދައްކާ ޚަލާސްކޮށްފައިވާކަން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔުންތަކުން ފެންނަން އޮތްއިރު އެކަމުގެ
މައްޗަށް ބައްލަވާފައިނުވާކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
ރެފައެވެ.
03- ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2009
)
214
/
Cv
-
C/2245) ޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އިނަރ މޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި
ކަންތައްތައް ފާހަގަކުރެވެވެ
(ހ) ދިވެހިރާއްޖޭގައި ޙަރަކާތްތެރިވާ ގްލޯބް އެއަރ ކާގޯ ސިސްޓަމްގެ ކާގޯ އޭޖެންޓެއްގެ
އޭޖެންޓެއްގެ ގޮތުގައި
އިނަރ މޯލްޑިވްސް ހޮލިޑޭސް ޢައްޔަން ކުރުމާބެހޭ ގޮތުން ގްލޯބް އެއަރ ކާގޯ ސިސްޓަމް އާއި، އިނަރ
މޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑް އާއި ދެމެދު 22 ނޮވެމްބަރ 2007 ގައި ސޮއިކުރެވިފައިވާ
[ސްޓޭންޑަޑް ކާގޯ އޭޖެންސީ އެގްރީމެންޓްގެ ދަށުން މާލެއާއި، ސީޑީޖީ، ޕެރިސްއާއި ދެމެދު 2008 ވަނަ
އަހަރުގެ އޭޕްރީލް، މެއި، ނޮވެމްބަރ އަދި ޑިސެމްބަރ މަހުގައި، ވައިގެ މަގުން ކުރެވުނު ކާގޯ އުފުލުމުގެ
، ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމް 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/280
ދަތުރުތަކާ ގުޅިގެން އިނަރ މޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ގްލޯބް އެއަރ ކާގޯ
ސިސްޓަމަށް ލިބެންޖެހޭ 153,874.85$US (އެއްލައްކަ ފަންސާސްތިންހާސް އަށްސަތޭކަ ހަތްދިހަ ހަތަރެއް
ޕޮއިންޓް އަށެއް ފަހެއް) ޔޫ.އެސް ޑޮލަރު ދައްކާފައިނުވާކަން މަދަނީ މިންގަޑުން ޝަރީޢަތަށް ސާބިތުވާކަމަށް
ކަނޑައަޅުއްވައި، އެފައިސާ ގްލޯބް އެއަރ ކާގޯ ސިސްޓަމަށް ލިބިދިނުމުގެ ގޮތުން 09 މެއި 2013 އިން
ފެށިގެން މަދުވެގެން އެމަހަކަށް ޖެހޭވަރު އެމަހަކު ސިވިލް ކޯޓަށް ފައިސާ ދައްކަމުން ގޮސް މީލާދީ 04
(ހަތަރެއް) މަސްދުވަހުގެ ތެރޭގައި US153,874.85 (އެއްލައްކަ ފަންސާސްތިންހާސް އަށްސަތޭކަ ހަތްދިހަ
ހަތަރެއް ޕޮއިންޓް އަށެއް ފަހެއް) ޔޫ.އެސް ޑޮލަރުގެ މިދަރަނި ޚަލާޞްކުރުމަށް އިނަރ މޯލްޑިވްސް ހޮލިޑޭސް
ޕްރައިވެޓް ލިމިޓެޑަށް އަންގަވައި ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2009
)
214
/
Cv
-
C/2245)
ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވާކަން އެނގެން އޮވެއެވެ.
(ނ) ގްލޯބް އެއަރ ކާގޯ ސިސްޓަމާއި އިނަރ މޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑާ ދެމެދު
އެގްރީމަންޓެއްކޮށްފައި ނުވާނޭ ކަމުގައި ދަންނަވާފައިވާއިރު އެކަމުގެ މައްޗަށް ބައްލަވާފައި ނުވާކަމަށް ބުނެ،
އިނަރ މޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިސްތިއުނާފު ކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި
ފާހަގަކުރި ނުކުތާއަށް ޝަރީޢަތުން ނަޒަރުކުރިއިރު؛
ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/214 ޤަޟިއްޔާއާއި ގުޅިގެން، ގްލޯބް އެއަރ ކާގޯ
ސިސްޓަމްގެ ފަރާތުން އިނަރ މޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑާއި ގްލޯބް އެއަރ ކާގޯ ސިސްޓަމާ
ދެމެދު 22 ނޮވެމްބަރު 2007 ގައި "ސްޓޭންޑާރޑް ކާރގޯ އެޖެންސީ އެގްރީމަންޓް” ގެ ނަމުގައި
ސޮއިކުރެވިފައިވާ އެއްބަސްވުމުގެ ކޮޕީއެއް ސިވިލް ކޯޓަށް ހުށަހަޅާފައިވާއިރު، އެ އެއްބަސްވުމަކީ، ޞައްޙަ
އެއްބަސްވުމެއް ނޫންކަމަށް އިނަރ މޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނެފައިވާކަމާއި
އެގޮތަށް އެފަރާތުން ދެކެނީ، އެ އެއްބަސްވުމުގައި، އިނަރ މޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑާއި ގްލޯބް
އެއަރ ކާގޯ ސިސްޓަމްގެ ނަން އަތުން ލިޔެ އެއްބަސްވުމުގެ އެހެނިހެން ބައިތައް ކޮންޕިއުޓަރުން ލިޔެފައިވުމާއި،
COC
R
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/280
އިނަރ މޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކޮށްފައިވަނީ ކާކުކަމާއި، ކޮން
ހައިޘިއްޔަތަކުންކަން އެ އެއްބަސްވުމުން އެނގެން ނެތުމުން ކަމަށް، އިސްތިއުނާފުކުރާ އިނަރ މޯލްޑިވްސް
ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނާއިރު؛
ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގައިވާ ގޮތުން، ޤާނޫނު އެހެން
4 2 4 2 2 4
[ސްޓޭންޑަޑް
ހދ ދު 02
0އ9ފބށ
އެ
4
ގޮތަކަށް ކަނޑަނާޅާނަމަ، ކޮންޓްރެކްޓަކީ ވަކި މިވެނި ގޮތަކަށް އޮތުން ލާޒިމުއެއްޗެއް ނޫންކަމާއި، އެގޮތުން،
އަނގަބަހުންނާއި ލިޔުމުން ދެފަރާތެއްގެ ދެމެދުގައި ކޮންޓްރެކްޓެއް ވެވިދާނެކަން އެނގެން އޮތުމުގެ އިތުރުން،
ދެފަރާތެއްގެ ދެމެދުގައި ލިޔުމުން ވެވޭ އެއްބަސްވުންތައް ވަކިގޮތަށް ހުރުން ޤާނޫނު ލާޒިމު ނުކުރާކަމާއި،
އެއްބަސްވުމެއްގެ އެންމެ މުހިންމު އަސާސަކީ ދެފަރާތުން ރުހި ޤަބޫލުވުންކަން އެނގޭ ކަމާއިގެ
ކާގޯ އޭޖެންސީ އެގްރީމެންޓް“ ގެ ނަމުގައި އެގްރީމެންޓެއް
އެގްރީމެންޓުގެ ދެލިކޮޕީ ގްލޯބް އެއަރ އަށް 2007 ނޮވެމްބަރ 05 ގައި އިނަރ މޯލްޑިވްސްގެ ފަރާތުން އީ-
މެއިލް ކޮށްފައިވާކަން އެނގެން އޮންނަކަމާއި، ފްލައިޓް ކްލިއަރެންސް އާއި ގްރައުންޑް ހޭންޑްލިންގ ފަދަ
ޚިދުމަތްތައް ދިނުމުގެ ގޮތުން އިނަރ މޯލްޑިވްސްގެ ފަރާތުން "އޭވިއޭޝަން ސަރވިސަސް، މިނަން
ބޭނުންކުރާކަން އެނގެން އޮންނައިރު،
އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/214 ޤަޟިއްޔާގައި ގްލޯބް އެއަރ
ކާގޯ ސިސްޓަމްގެ ފަރާތުން ހޯދުމަށް އެދިފައިވާ ފައިސާއާ ގުޅޭގޮތުން، އިނަރ މޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް
ލިމިޓެޑާއި ގްލޯބް އެއަރ ކާގޯ ސިސްޓަމާ ދެމެދު ވިޔަފާރީގެ މުޢާމަލާތުތަކެއް ހިނގާފައިވާކަން ޝަރީއަތަށް
ހުށަހެޅިފައިވާ ލިޔެކިއުންތަކުން އެނގެން އޮތުމުން، އިސްވެ ބަޔާންކުރެވުނު ސިވިލް ކޯޓުގެ ނަންބަރު
2010/Cv-C/214 ޤަޟިއްޔާއާ ގުޅިގެން، ގްލޯބް އެއަރ ކާގޯ ސިސްޓަމްގެ ފަރާތުން އިނަރ މޯލްޑިވްސް
ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑާއި ގްލޯބް އެއަރ ކާގޯ ސިސްޓަމާ ދެމެދު 22 ނޮވެމްބަރ 2007 ގައި
34
4
3
2 ތ 8
ދިވެހިރާއްޖެ
ހައިކަކީ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2013/HC-A/280
ސްވުމެއްކަމަށް
ސޮއިކުރެވިފައިވާ "ސްޓޭންޑާރޑް ކާރގޯ އެޖެންސީ އެގްރީމަންޓް، އަކީ، ޞައްޙަ އެއްބަސްވު
ބެލެވެއެވެ.
(ނ) އިނަރ މޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑުން މުޢާމަލާތު ކޮށްފައިވަނީ ”އެކްސް އެލް
އެއަރވޭސް، ނަމަކަށް ކިޔާ ބަޔަކާކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން ސާފުކޮށް ފެންނަން އޮތްއިރު އެކަމުގެ
މައްޗަށް ބައްލަވާފައި ނުވާކަމަށް ބުނެ ފާހަގަކުރި ނުކުތާއަށް ޝަރީޢަތުން ނަޒަރުކުރިއިރު؟
ގްލޯބް އެއަރ ކާގޯ ސިސްޓަމްއަކީ، ”އެކްސް އެލް އެއަރވޭސް“ ގެ ކާގޯ ސަރވިސް އެޖެންޓެއްކަން
ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެން އޮންނަކަމާއި، އެގޮތުން، "އެކްސް އެލް އެއަރވޭސް، އާއި ގްލޯބް
އެއަރ ކާގޯ ސިސްޓަމްއާ ދެމެދު 30 އޮގަސްޓް 2007 ގައި "ކާގޯ ޖެނަރަލް ސޭލްސް އެންޑް ސަރވިސް
އެޖެންސީ އެގްރީމަންޓް” ގެ ނަމުގައި އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަން އެނގެން އޮންނަކަމާއިގެ
އިނަރ މޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ”އެކްސް އެލް އެއަރވޭސް، ނަމަކަށް
ކިޔާ ކުންފުންޏަކާ މުޢާމަލާތް ކޮށްފައިވާއިރު [ގްލޯބް އެއަރ ކާގޯ ސިސްޓަމް“ ކިޔާ ކުންފުންޏަކާއެ
ވިޔަފާރީގެ މުޢާމަލާތުތަކެއް ކޮށްފައިވާކަން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެން އޮންނަކަމާއި،
އިނަރ މޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑާއި ގްލޯބް އެއަރ ކާގޯ ސިސްޓަމާ ދެމެދު ކުރެވުނު ވިޔަފާރީގެ
މުޢާމަލާތްތަކަށް އިނަރ މޯލްޑިވްސްގެ ފަރާތުން ގްލޯބް އެއަރ ކާގޯ ސިސްޓަމަށް ފައިސާ
ފޮނުވާފައިވާކަން އެނގެން އޮންނަކަމާއިގެ
އެހެންކަމުން، ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/214 ޤަޟިއްޔާގައި ގްލޯބް އެއަރ ކާގޯ
ސިސްޓަމްއިން ހޯދުމަށް އެދިފައިވާ ފައިސާއަކީ، އިނަރ މޯލްޑިވްސްގެ ފަރާތުން ގްލޯބް އެއަރ ކާގޯ
ސިސްޓަމަށް ދައްކަންޖެހޭ
ޖެހޭ ފައިސާއެއްކަމާއި އަދި އެފައިސާ ދައްކާފައިނުވާކަން، ދެފަރާތުގެ ބަހުންނާއި
ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެންއޮވެއެވެ.
.ފެންޏަކުއެކުވެ
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
9 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/28)
ވީމާ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބުނެވުނު ކަންކަން އެގޮތަށް ހުރުމާއެކު، މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ ފަނޑިޔާރުންނަށް އެއްބަސްވެވުނީ، ސިވިލް ކޯޓުގެ ނަންބަރު
2010/MC
/
2009
)
214
/
Cv
-
C/2245) ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި އިނަރ މޯލްޑިވްސް
ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބަލައި އެޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ ޤާނޫނީ ސަބަބެއް ނެތްކަމަށެވެ.
ޙުކުމް:
ހދ2
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވިފައިވާ ކަންކަން އެގޮތުގެ މަތީން
ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2009
)
214
/
Cv
-
C/2245) ޤަޟިއްޔާގައި އެކޯޓުން
ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ ޤާނޫނީ ސަބަބެއްނެތްކަމަށް، މިޤަޟިއްޔާ ދިވެހިރާއްޖޭގެ
ހައިކޯޓުގައި ބެލި މަޖިލީހުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ