ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/33 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2016/HC-A/33
އަلA
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
، ޤަޟިއްޔާ ނަންބަރު: 33/HC-A/2016
0
• އިސްތިއުނާފު ކުރި ފަރާތް:
* ނަން: މުޙައްމަދު ރީޝާން
* އައި.ޑީ.ކާޑު ނަންބަރު: A323194
* ދާއިމީ އެޑްރެސް: ނަސީމީގެ ށ. ފުނަދޫ
މިހާރުގެ އެޑްރެސް:
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* އައި.ޑީ.ކާޑު ނަންބަރު:
t
ދާއިމީ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
މިހާރުގެ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
0
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 16 ރަބީޢުލްއާޚިރު 1437
26 ޖަނަވަރީ 2016
ނިމުނު ތާރީޚް: 13 ޝައްވާލު 1437
18 ޖުލައި 2016
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2015/C15C/37
ނިންމެވި ކޯޓު: މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ މެޖިސްޓްރޭޓް ކޯޓު
ޤަޟިއްޔާގެ ބާވަތް: ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުން
• ހުށަހެޅުނު ތާރީޚް: 20 މެއި 2015 = ނިމުނު ތާރީޚް:
ޅެ: 24 އޯގަސްޓް 2015
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
އިސްފަނޑިޔާރު.ޢަބްދުﷲ ދީދީ ފަނޑިޔާރު:ޢަބްދުﷲ ޙަމީދު ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
2
26/HC-A/
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ދަޢުވާގެ ޚުލާޞާ
05 ފ ދ8 9
ޤިށް
ނޫންކަމަށްބުނެ،
މިއީ، މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2015/C15C/37
ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަ
އެޤަޟިއްޔާ
އިސްތިއުނާފުކޮށްދިނުމަށް އެދި، ށ.ފުނަދޫ ނަސީމީގެ މުޙައްމަދު ރީޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (ދިވެހި
ދައުލަތް) އެވެ.
...
ގަކުރެވުނު ނުކުތާތައް:
6
8 *ހ2
ނޫންކަމަށްބުނެ،
2 މހ2$
1. މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2015/C15C/37 ޤަޟިއްޔާ
ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ
އެޤަޟިއްޔާ
އިސްތިއުނާފުކޮށްދިނުމަށް އެދި، ށ.ފުނަދޫ ނަސީމީގެ މުޙައްމަދު ރީޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިވެއެވެ.
2. މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2015/C15C/37 ޤަޟިއްޔާ
ގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު އެޤަޟިއްޔާގައި ހުށަހެޅިފައިވާ މައްސަލައަކީ، ށ.ފުނަދޫ
ނަސީމީގެ
މީގެ މުޙައްމަދު ރީޝަން 08 ސެޕްޓެމްބަރ 2014 ދުވަހުގެ 22:30 ހާއިރު ކުއްޖާގެ ނަމާއި
އެޑްރެސް) (16 އަހަރު ފުނަދޫ ބޮޑުމަގު ދެކުނު ކޮޅުގައިވާ ފަޅުގެއަކަށް ގެންގޮސް (ކުއްޖާގެ ނަން) އާމެދު
މުޙައްމަދު ރީޝާން ޖިންސީ ޢަމަލެއް ހިންގާފައިވާކަމަށް ބުނެ، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/33
ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 03 ވަނަ މާއްދާގެ (ހ) އާ
ޙަވާލާދީ އެމާއްދާގެ (ނ)ގެ ދަށުން ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ ދައުލަތުން
ކުރުމުން ބައްލަވައި ނިންމަވާފައިވާ މައްސަލައެއްކަން އެނގެންއޮވެއެވެ.
##
3. މިޤަޟިއްޔާއާ ގުޅިގެން މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2015/C15C/37 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ،
"ދެންފަހެ، ށ. ފުނަދޫ ނަސީމީގޭ މުޙައްމަދު ރީޝަން (އައިޑީކާޑް ނަމްބަރ A323194) 08 ސެޕްޓެމްބަރ
2014 ދުވަހުގެ 22:30 ހާއިރު ދުއްވި ސައިކަލް ފަހަތަށް (ކުއްޖާގެ ނަމާއި އެޑްރެސް) (16 އަހަރު)
ލައިގެން ދުއްވިކަން ހެކިންގެ ހެކިބަހުން ސާބިތުވާތީއާއި، ފުނަދޫ ނަސީމީގެ މުޙައްމަދު ރީޝަން
ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލު ހިންގާފައިވާތީ ޤާނޫނު ނަންބަރު 12/2009 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ
މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން މުޙައްމަދު ރީޝާންގެ މައްޗަށް
ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލު ހިންގުމުގެ ކުށުގެ ދަޢުވާ ދައުލަތުން ކުރައްވާފައިވާކަމަށާ ފާހަގަކުރެވުނު
މައްޗަށާއި، މައްސަލާގެ ވަށައިގެންވާ ކަންތައްތަކުގެ މައްޗަށް ބަލާއިރު މިއީ ޚާއްޞަ ޤާނޫނު
ތަކަކުން ތަޖްރީމް ކުރެވިފައިވާ ކުށެއްކަމާއި، އެޤާނޫނުގެ ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ
ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު)ގެ 47 ވަނަ މާއްދާގައި ބަޔާންވެގެންވާ
ބާވަތްތަކުގެ ހެކިތަކުގެ ތެރެއިން 05 ބާވަތެއްގެ ހެކި މިބާވަތުގެ މައްސަލާގައި ހުރެއްޖެނަމަ އެއީ ދިވެހިރާއްޖޭގެ
ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންވެފައިވާ ފަދައިން ކުށްކޮށްފިކަން އެކަށީގެންވާ
މިންވަރެއްގެ ޝައްކެއްނެތި ސާބިތުވާވަރުގެ ހެކިކަމަށް ބަޔާންކޮށްފައި ވުމުން މިމިންގަނޑަށް މިމައްސަލާގެ
ހެކިބަސް ލިބިފައިވޭތޯ ބެލިއިރު، (ކުއްޖާގެ ނަމާއި އެޑްރެސް) އާއެކު ޖިންސީ ޢަމަލު ށ. ފުނަދޫ ނަސީމީގޭ
މުޙައްމަދު ރީޝަން ހިންގާފައިވާކަމުގެ މައްޗަށް ހެކިބަސް ލިބިފައިވާތީ މުޙައްމަދު ރީޝާންގެ މައްޗަށް
ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލު ހިންގިކަމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި ޤާނޫނު ނަންބަރު 12/2009
499 ދ29
ނަކު 00ކr
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/33
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 03 ވަނަ
މާއްދާގެ (ހ) އާއި ޙަވާލާދީ އެމާއްދާގެ (ހ)ގެ ދަށުން ށ. ފުނަދޫ ނަސީމީގޭ މުޙައްމަދު ރީޝާން 10 އަހަރު
ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް އަމުރުކޮށް މިގޮތުގެ މަތީން ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ"
މިފަދައިންނެވެ.
4. މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2015/C15C/37 ޤަޟިއްޔާ
ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، ށ.ފުނަދޫ ނަސީމީގެ މުޙައްމަދު
ރީޝާންގެ ފަރާތުން 03 (ތިނެއް) ނުކުތާއެއް ފާހަގަކޮށް އެކަންކަމާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ: މައްސަލަ ހިންގާ ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 51 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ހެކިންނާ ސުވާލުކުރުމުގެ ފުރުސަތާއި އަދި 51
ވަނަ މާއްދާގެ (ށ) އިން ކަށަވަރުކޮށްދީފައިވާ ދިފާއީ ހެކި ހުށަހެޅުމުގެ ފުރުސަތާއި އަދި 51 ވަނަ މާއްދާގެ
(އ) ގައި ބުނާ މިންގަނޑަށް ހެކި ވަޒަންކުރުމަކާ ނުލާ މައްސަލަ ނިންމަވާފައިވާތީ މިމައްސަލަ ނިންމުމުގައި
ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް
ޢަމަލުކުރުމުގެ ޤާނޫނު) ގެ 47 ވަނަ މާއްދާގައި ބުނާ ހެކީގެ މިންގަނޑު ފުރިހަމަ އަށް ވަޒަން ނުކޮށް އަދި
ހެއްކާއި ޤަރީނާގެ ސައްޙަކަން ސާފުނުކޮށް މައްސަލަ ނިންމާފައިވާތީ މިމައްސަލަ ނިންމުމުގައި
ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި މައްސަލަ ނިންމުމުގައި ބަލަންޖެހޭ
މިންގަނޑުކަމުގައިވާ "އެކަށީގެންވާ ޝައްކެއް މިންގަނޑަށް" ސާބިތުވޭތޯ ބެލުމެއް ނެތި އަދި ދަޢުވާ
އުފުލިގެންވާ މީހާގެ ޙައްޤުތައްކަމަށް ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) އިން އެމާއްދާގެ
شرمی
ދިވެހިރާއްޖޭގެ
c
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/33
0
(އ) އާއި ހަމައަށް ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތައް ގެއްލިގެންދާގޮތަށް މައްސަލަ ނިންމަވާފައިވާކަމަށް
ބުނެ ހުށަހެޅި ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ: ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ހ)
ކަށަވަރުކޮށްދީފައިވާ ޤާނޫނީ ވަކީލަކުގެ އެހީތެރިކަން ހޯދުމުގެ ޙައްޤު ގެއްލިގެންދާ ގޮތަށް އަދި އެފުރުސަތު
ދަޢުވާ ލިބޭފަރާތަށް ބަންދުވާގޮތަށް މައްސަލަ ހިންގާ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
• ތިންވަނަ ނުކުތާއަކީ، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ
މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 48 ވަނަ މާއްދާގައި ކުޑަކުދިންގެ ހެކިބަސް
ނެގުމަށް ކަނޑައެޅިފައިވާ އުޞޫލާއި ޚިލާފަށް އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޝަރުޢީ ކޯޓުތަކަށް
ކުޑަކުދިންގެ ހެކިބަސް ނެގުމުގައި ޢަމަލުކުރަންޖެހޭ އުޞޫލުތަކާއި ޚިލާފަށް އަނިޔާ ލިބުނުކަމަށް ބުނާ ކުއްޖާ
ބެލެނިވެރިޔަކާވެސް ނުލާ ޝަރީޢަތުގެ މަޖިލީހަށްވައްދާ ޝަރީޢަތުގެ ފަރާތުން ކުއްޖާގެ
ސުވާލުތަކެއް ކޮށް މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
4 2 22
427 42
5. މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ
ލިޔުންތަކަށާއި، މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2015/C15C/37
ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، ށ.ފުނަދޫ ނަސީމީގެ
މުޙައްމަދު ރީޝާންގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ވިސްނައި ބެލިއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް
ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2015/C15C/37 ޤަޟިއްޔާއަކީ، ފުނަދޫ ނަސީމީގެ މުޙައްމަދު ރީޝަން (ކުއްޖާގެ ނަމާއި އެޑްރެސް)
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
2016/HC-A/33
(16 އަހަރު) އާމެދު ޖިންސީ ޢަމަލެއް ހިންގާފައިވާކަމަށް ބުނެ ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް
ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) އާ
ޙަވާލާދީ އެމާއްދާގެ (ނ)ގެ ދަށުން މުޙައްމަދު ރީޝާންގެ މައްޗަށް ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލު ހިންގުމުގެ
ކުށުގެ ދަޢުވާ ދައުލަތުން ކުރުމުން ބަލާފައިވާ މައްސަލައެއްކަމާއި،
މުޙައްމަދު ރީޝާންގެ މައްޗަށް ދައުލަތުން އުފުލި މިދަޢުވާއަށް މުޙައްމަދު ރީޝާން
އިންކާރުކުރިނަމަވެސް، މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިތަކަށް ބަލައި، ޤާނޫނު ނަންބަރު
12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ
47 ވަނަ މާއްދާގައި ބަޔާންކުރާ މިންގަނޑަށް، މުޙައްމަދު ރީޝަން ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލު
ހިންގާފައިވާކަމުގެ މައްޗަށް ހެކި ލިބިފައިވާކަމަށް ކަނޑައަޅުއްވައި، އެކުށުގެ ޢުޤޫބާތެއްގެ ގޮތުން މުޙައްމަދު
ރީޝާން 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވާކަން
އެނގެންއޮންނަކަމެވެ.
(ނ) ދެވަނަ ކަމަކީ، މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2015/C15C/37 ޤަޟިއްޔާ އިސްތިއުނާފުކުރަމުން، އެޤަޟިއްޔާ އެކޯޓުން ހިންގަވައި ނިންމަވާފައިވަނީ
ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ހ) އިން ކަށަވަރުކޮށްދީފައިވާ ޤާނޫނީ ވަކީލުގެ އެހީތެރިކަން ހޯދުމުގެ
ޙައްޤު ގެއްލިގެންދާ ގޮތަށް ކަމަށާއި، ވަކީލަކު ހަމަޖެއްސުމަށް މުޙައްމަދު ރީޝަން ކޯޓުގައި އެދުމުން ކޯޓުން
އެފުރުސަތު މުޙައްމަދު ރީޝާނަށް ނުދީ މައްސަލަ ހިންގާ ނިންމަވާފައިވާކަމަށް ބުނެ މުޙައްމަދު ރީޝާންގެ
ފަރާތުން ހުށަހެޅި ނުކުތާއަށް ބަލާއިރު،
26 މެއި 2015 ވަނަ ދުވަހު މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް މުޙައްމަދު
ރީޝާން ދީފައިވާ ބަޔާނުގައި ދައުލަތުން ކުރި ދަޢުވާއަށް މުޙައްމަދު ރީޝާން އިންކާރުކޮށް، މައްސަލާގައި
މުޙައްމަދު ރީޝަންގެ ފަރާތުން ޤާނޫނީ ވަކީލަކު ހުށަހަޅަން ބޭނުންވާތީ 15 (ފަނަރަ) ދުވަހުގެ މުއްދަތެއް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/33
ދިނުމަށް އެދިފައިވާކަމާއި، އަދި 14 ޖުލައި 2015 ވަނަ ދުވަހު މުޙައްމަދު ރީޝާން ދީފައިވާ ބަޔާނަށް
ބަލާއިރު، އެމައްސަލައާ ގުޅިގެން ފުރަތަމަ އަޑުއެހުން ބޭއްވުނު ދުވަހު މުޙައްމަދު ރީޝާން އެދުނު ފަދައިން
ވަކީލަކު ހަމަޖެއްސުމަށް 15 (ފަނަރަ) ދުވަހުގެ މުއްދަތެއް ޝަރީޢަތުން އޭނާއަށް
ދީފައިވާކަމަށާއި، ނަމަވެސް
14 ޖުލައި 2015 ވަނަ ދުވަހާ ހަމައަށްވެސް މުޙައްމަދު ރީޝާނަށް ވަކީލަކު ހުށަހެޅިފައިނުވާތީ އެމައްސަލާގައި
ވަކީލަކު ހުށަހަޅަން ބޭނުންނުވާކަމަށް މުޙައްމަދު ރީޝާން ބުނެފައިވާކަން އެދުވަހު އޭނާ ދީފައިވާ ބަޔާނަށް
ބެލުމުން އެނގެން އޮތަތީ، އިސްތިއުނާފުކުރެވިފައިމިވާ ޤަޟިއްޔާ މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ
މެޖިސްޓްރޭޓް ކޯޓުގައި ހިންގެވިއިރު މުޙައްމަދު ރީޝަން އެދުނު ފަދައިން ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތު
ދީފައިވާކަން އެނގެންއޮންނަކަމާއި،
14 ޖުލައި 2015 ވަނަ ދުވަހުގެ ފަހުން މުޙައްމަދު ރީޝަން ވަކީލަކު ހަމަޖެއްސުމަށް ކޯޓުގައި
އެދި ސިޓީ ފޮނުވާފައިވީނަމަވެސް އެފުރުސަތު ދެވެންނެތްކަމަށް ކަނޑައަޅައި، މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2015
/
07/C15C (05 އޯގަސްޓް 2015) "އަމިއްލަ މީހުން ފޮނުވާ ސިޓީގެ
ޖަވާބު" ން ޖަވާބު ދީފައިވާކަމަށް ބުނެ މުޙައްމަދު ރީޝާނުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ
ވާހަކަތަކަށް ބަލާއިރު، 14 ޖުލައި 2015 ގެ ފަހުން ވަކީލަކު ހަމަޖެއްސުމަށް އެދި މުޙައްމަދު ރީޝާން
އެކޯޓަށް ސިޓީއެއް ފޮނުވާފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެންނެތްކަމާއި، ނަމަވެސް މައްސަލައާ
ގުޅިގެން ދިފާޢީ ހެކި ހުށަހެޅުމުގެ ފުރުސަތަކަށް އެދި މުޙައްމަދު ރީޝާން 01 ޖުލައި 2015 ތާރީޚުގައި ލިޔެ،
05 އޯގަސްޓް 2015 ވަނަ ދުވަހު އެކޯޓަށް ފޮނުވި ސިޓީއާ ގުޅިގެން، މުޙައްމަދު ރީޝާނަށް ފޮނުވި އެކޯޓުގެ
ނަންބަރު 2015
/
07/C15C (05 އޯގަސްޓް 2015) "އަމިއްލަ މީހުން ފޮނުވާ ސިޓީގެ ޖަވާބު" ގައި،
ވަކީލަކު ހޯދައި ލިބިގަތުމުގެ ޙައްޤާއި، ހެކިން ހުށަހެޅުމުގެ ފުރުސަތު ޝަރީޢަތުން ދިނުމުން އެފުރުސަތުގެ
ބޭނުން ނުހިފާ ދޫކޮށްލާފައިވާތީއާއި، އަލުން ހެކިން ހޯދައިގެން ހެކި ހުށަހެޅުމުގެ ފުރުސަތު ދެވެން
މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ މެޖިސްޓްރޭޓް ކޯޓުން ޖަވާބު ދީފައިވާކަން އެނގެން އޮންނާތީ
نرمی سروره سر
ޑ 8 އދ8
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/33
ޤާނޫނީ ވަކީލެއްގެ އެހީ ހޯދައި ލިބިގަތުމުގެ ޙައްޤުން މުޙައްމަދު ރީޝާން މަޙްރޫމް ކޮށްފައިވާ ކަން އެނގެން
ނެތް ކަމެވެ.
،
(ނ) ތިންވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ށ)
އިން ކަށަވަރުކޮށްދީފައިވާ ދިފާއީ ހެކިން ހުށަހެޅުމުގެ ފުރުސަތާއި ޝަރީޢަތަށް ހާޒިރުކުރާ ހެކީންނާ
ސުވާލުކުރުމުގެ ޙައްޤު މުޙައްމަދު ރީޝާނަށް ނުދީ މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 2015/C15C/37 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާކަމަށް ބުނެ މުޙައްމަދު ރީޝާނުގެ ފަރާތުން
ހުށަހެޅި ނުކުތާއަށް ބަލާއިރު،
ދަޢުވާ ހުށަހަޅާ ފަރާތުން ޝަރީޢަތަށް ހާޒިރުކުރާ ހެކިންނާ ސުވާލުކުރުމާއި، އެމީހަކު ބޭނުން ހެކީން
ޝަރީޢަތަށް ހާޒިރުކޮށްދިނުމަށް ކޯޓުގައި އެދުމާއި، އެހެކީންނާ ޝަރީޢަތުގެ މަޖިލީހުގައި ސުވާލުކުރުމުގެ ޙައްޤު
ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށްމެ ލިބިގެންވާކަން ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ
(ކ) އަށް ބެލުމުން އެނގެންއޮންނަކަމާއި
އިސްތިއުނާފުކުރެވިފައި މިވާ މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ މެޖިސްޓްރޭޓް ކޯޓުގެ ޤަޟިއްޔާއާ
ގުޅިގެން ފުރަތަމަ އަޑުއެހުމެއް
ބޭއްވިފައިވަނީ 26 މެއި 2015 ގައި ކަމާއި، އެދުވަހު ދައުލަތުން ދަޢުވާ
ހުށަހެޅުމުން، އެދަޢުވާއަށް މުޙައްމަދު ރީޝާން އިންކާރުކޮށް ވަކީލަކާއެކު މައްސަލާގައި ކުރިއަށްދިއުމަށް 15
(ފަނަރަ) ދުވަހުގެ މުއްދަތެއް ދިނުމަށް އެދިފައިވާކަމާއި، މުޙައްމަދު ރީޝާން މިދަޢުވާއަށް އިންކާރުކުރުމުން
މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް 16 ޖޫން 2015 ވަނަ ދުވަހުއާއި 17 ޖޫން
2015 ވަނަ ދުވަހުއާއި 23 ޖޫން 2015 ވަނަ ދުވަހު އަދި 24 ޖޫން 2015 ވަނަ ދުވަހު ނަގާފައިވާކަން
އެހެކިންގެ ބަޔާންތަކުން އެނގެންއޮންނައިރު، ހެކިންގެ ހެކިބަސް ނެގި މަޖިލީސްތަކަށް މުޙައްމަދު ރީޝާން
ހާޒިރުކޮށްފައި ނުވާކަމާއި، އެ މަޖިލިސް ތަކަށް މުޙައްމަދު ރީޝާން ހާޒިރު ނުކުރުމުގެ ސަބަބުން އެ ހެކިންނާ
ޝަރީޢަތުގެ މަޖިލީހުގައި ސުވާލުކުރުމުގެ ފުރުސަތު މުޙައްމަދު ރީޝާނަށް ދީފައިނުވާކަން މިލަދުންމަޑުލު
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ކްލަ 2936
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/33
އުތުރުބުރީ ފުނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2015
/
1/C15C (16 ޖުލައި 2015) "އަމިއްލަ މީހުން
ފޮނުވާ ސިޓީގެ ޖަވާބު" އަށާއި، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިޔުން ތަކަށާއި، މިމައްސަލައާ
ގުޅިގެން ދައުލަތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް ބެލުމުން
ސާފުވާކަމާއި،
މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2015/C15C/37 ޤަޟިއްޔާއާ
ގުޅިގެން މުޙައްމަދު ރީޝަންގެ ފަރާތުން ދިފާޢީ ހެކިންގެ ގޮތުގައި ހުށަހަޅަން ބޭނުންވާ ފަރާތްތަކުގެ
ނަންތަކާއެކު، އެހެކިން ހުށަހަޅަނީ ކޮންކަމެއް ސާބިތުކުރުމަށްކަން ބަޔާންކޮށް، މުޙައްމަދު ރީޝަންގެ ފަރާތުން
01 ޖުލައި 2015 ވަނަ ދުވަހު ލިޔެ 05 އޯގަސްޓް 2015 ވަނަ ދުވަހު މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ
މެޖިސްޓްރޭޓް ކޯޓަށް ސިޓީއެއް ފޮނުވާފައިވާކަމާއި، ދިފާޢީ ހެކިން ހުށަހެޅުމުގެ ފުރުސަތަށް އެދި މުޙައްމަދު
ބޭނުން ނުހިފައި ދޫކޮށްލާފައިވާތީ ހެކިން ހޯދައިގެން ހެކި ހުށަހެޅުމުގެ ފުރުސަތު ދެވެންނެތްކަމަށް
މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ މެޖިސްޓްރޭޓް ކޯޓުން ޖަވާބު ދީފައިވާކަން އެނގެންއޮންނައިރު، މިލަދުންމަޑުލު
އުތުރުބުރީ ފުނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2015/C15C/37 ޤަޟިއްޔާއާ ގުޅިގެން މުޙައްމަދު
ރީޝާން ދެދުވަހަކު ޝަރީޢަތަށް ހާޒިރުކުރެވި ބަޔާން ދީފައިވާކަމާއި، ނަމަވެސް އިސްވެދެންނެވުނު ސިޓީގެ
ޖަވާބުގައި އެކޯޓުން ބަޔާންކޮށްފައިވާ ފަދައިން ހެކިން ހުށަހެޅުމުގެ ފުރުސަތު މުޙައްމަދު ރީޝާނަށް ދީފައިވާކަން
.ތަކުންނާއި އަދި އެމައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުންވެސް އެނގެންނެތްކަން ފާހަގަކުރެވޭކަމެވެ
2
cc ecc >
eހދީ 8 ހ2 2
4
އެބަޔަނެeކ
ކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ
މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 48 ވަނަ މާއްދާގައި ކުޑަކުދިންގެ ހެކިބަސް
ނެގުމަށް ކަނޑައެޅިފައިވާ އުޞޫލާއި ޚިލާފަށް އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކުޑަކުދިންގެ ހެކިބަސް
ނެގުމުގައި ޢަމަލުކުރަންޖެހޭ ޚާއްޞަ އުސޫލެއް ކަނޑައަޅައި، ޝަރުޢީ ކޯޓުތަކަށް އަންގާފައިވާ ގޮތާ ޚިލާފަށް
ދިވެހިރާއްޖޭގެ
ހައިކޯޑް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/33
OCOX2
އަނިޔާ ލިބުނުކަމަށް ބުނާ ކުއްޖާ އެއްވެސް ބެލެނިވެރިޔަކާވެސް ނުލާ ޝަރީޢަތުގެ މަޖިލީހަށްވައްދާ ޝަރީޢަތުގެ
ފަރާތުން ކުއްޖާގެ އުމުރާނުގުޅޭ ސުވާލުތަކެއް ކޮށް މައްސަލަ ނިންމަވާފައިވާކަމަށް ބުނެ މުޙައްމަދު ރީޝާންގެ
ފަރާތުން ހުށަހެޅި ނުކުތާއަށް ބަލާއިރު،
ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ
އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 48 ވަނަ މާއްދާގައިވަނީ، އެޤާނޫނުގެ ބޭނުމަށްޓަކައި، ކުޑަކުއްޖެއްގެ
ހެކިބަސް ހޯދާކަމަށްވާނަމަ
ވާނަމަ އެކުއްޖެއްގެ ހެކިބަސް ހޯދަންވާނީ ކޯޓުން ބޭރުގައި، ޝަރީޢަތުގެ މަޖިލީހުން
ބޭރުގައި، ފުލުސް އޮފީހުން ބޭރުގައި، އެކުއްޖާއަށް ފަރިތަ މާޙައުލެއްގައި، އެކުއްޖާ ދެކެފަރިތަ، އެކުއްޖާއަށް
އިތުބާރުކުރެވޭ ބައެއްގެ ހާޒިރުގައި، އިންޓަވިއުކޮށްގެން، އެއިންޓަވިއު ވީޑިއޯ ރެކޯޑްކޮށްގެން، ނުވަތަ އެކުއްޖަކީ
ޚާއްޞައެހީއަށް ބޭނުންވާ ކުއްޖެއްނަމަ، އެކުއްޖަކު ބުނާ އެއްޗެއް ތަރުޖަމާކޮށްދެވޭނެ ކަމުގެ ޤާބިލްކަންހުރި
މީހެއްގެ ހާޒިރުގައި، އެކުއްޖާއަށް އިތުބާރުކުރެވޭ ބައެއްގެ ހާޒިރުގައި އިންޓަވިއުކޮށްގެން، އެއިންޓަވިއު ވީޑިއޯ
ރެކޯޑްކޮށްގެންކަމަށް ބުނެފައިވާއިރު،
އިސްތިއުނާފުކުރެވިފައިމިވާ މައްސަލާގައި، އަނިޔާ ލިބުނު ކަމަށްބުނާ (ކުއްޖާގެ ނަމާއި އެޑްރެސް)ގެ
ހެކިބަސް މިލަދުންމަޑުލު އުތުރުބުރީ މެޖިސްޓްރޭޓް ކޯޓުން ނަގާފައިވާކަމާއި، އެބަޔާން ޝަރީޢަތަށް ނަގާފައިވަނީ
ޝަރީޢަތުގެ މަޖިލީހުން ބޭރުގައި (ކުއްޖާގެ ނަން) އާ އިންޓަރވިއުކޮށްގެން ކަމަށް އެޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 5 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާއިރު، އެބަޔާން
ނަގާފައިވަނީ ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ
އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 48 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތަށް، ކުއްޖާއަށް ފަރިތަ
މުޙައުލެއްގައި، އެކުއްޖާ ދެކެފަރިތަ، އެކުއްޖާއަށް އިތުބާރުކުރެވޭ ބައެއްގެ ހާޒިރުގައިކަން އެޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުންނާއި އަދި އެކޯޓުން ނަންގަވާފައިވާ (ކުއްޖާގެ ނަން)ގެ ބަޔާނަށް ބެލުމުންވެސް
އެނގެންނެތްކަން ފާހަގަކުރެވޭކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 29(3.325، ފެކްސް:331671
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
11
2016/HC-A/33
އެހެންކަމުން،
03.
އިސްވެ ބަޔާންކުރެވުނު ކަންކަން އެފަދައިން ހުރުމުން، މިމައްސަލަ މިކޯޓުގައި ބެލި
ފަނޑިޔާރުން ދެކެނީ، މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ މެޖިސްޓްރޭޓް ކޯޓުން އެމައްސަލަ ހިންގަވައި
ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ
ހެކިންނާ ސުވާލުކުރުމުގެ ފުރުސަތާއި އަދި 51 ވަނަ މާއްދާގެ (ށ) އިން ކަށަވަރުކޮށްދީފައިވާ ދިފާއީ ހެކި
ހުށަހެޅުމުގެ ފުރުސަތާއި އަދި 51 ވަނަ މާއްދާގެ (އ) ގައި ބުނާ މިންގަނޑަށް ހެކި ވަޒަންކުރުމަކާ ނުލާ
ކަމަށްވާތީ، ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލު ހިންގުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވައި، ފުނަދޫ
ނަސީމީގެ މުޙައްމަދު ރީޝާން 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް އަމުރުކޮށް
މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2015/C15C/37 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނަން ޖެހޭކަމަށެވެ.
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެގޮތުގެ މަތިން ހުރުމުން، މިލަދުންމަޑުލު އުތުރުބުރީ
ފުނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2015/C15C/37 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް
ބާޠިލުކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv