ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/469 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/469
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 469/HC
-
A/2016
• އިސްތިއުނާފް ކުރިފަރާތް:
ނަން: ޢަބްދުލް ޢަލީމް ޙުސައިން
އައިޑީ ކާޑު ނަންބަރު: A007480
ދާއިމީ އެޑްރެސް: އަލިވާގެ ފ.ނިލަންދޫ
މިހާރުގެ އެޑްރެސް:
އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑު ނަންބަރު:
*
ދާއިމީ އެޑްރެސް: ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
މިހާރުގެ އެޑްރެސް:
.
ރަޖިސްޓްރީކުރެވުނު ތާރީޚް: 15 މުޙައްރަމް 1438
16 އޮކްޓޯބަރު 2016
ނިމުނު ތާރީޚް: 24 މުޙައްރަމް 1438
25 އޮކްޓޯބަރު 2016
O
• އިސްތިއުނާފުކުރެވުނު އަމުރު ނަންބަރު: 2016
/
07/110C
• އަމުރުގެ ބާވަތް: ކޯޓު އަމުރު
ނިންމެވި ކޯޓް: އަރިއަތޮޅު ދެކުނުބުރީ މާމިގިލި މެޖިސްޓްރޭޓް ކޯޓު
* ހުށަހެޅުނު ތާރީޚް: 03 އޮކްޓޯބަރު 2016 * ނިމުނު ތާރީޚް: 03 އޮކްޓޯބަރު 2016
މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަލީ ސަމީރު، ފަނޑިޔާރު: ޢަބްދުﷲ ޙަމީދު، ފަނޑިޔާރު: ޢަބްދުއްރައޫފު އިބްރާހީމް
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 2/16471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
2016/HC-A/469
ނިމުނު ގޮތުގެ ޚުލާޞާ
ޖެ.އޯޔާ
ދަޢުވާގެ ޚުލާޞާ
މިއީ، އަރިއަތޮޅު ދެކުނުބުރީ މާމިގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2016
/
07/110C
ކޯޓު އަމުރު އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށްނޫން ކަމަށްބުނެ
އެކޯޓުއަމުރު އިސްތިއުނާފު ކޮށްދިނުމަށް އެދި ފ.ނިލަންދޫ އަލިވާގެ ޢަބްދުލް ޢަލީމް ޙުސައިންގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ރައްދުވާ ފަރާތަކީ، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1. އަރިއަތޮޅު ދެކުނުބުރީ މާމިގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2016
/
07/110C
ކޯޓު އަމުރު، އެކޯޓުން ނެރެފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނޫން ކަމަށްބުނެ އެކޯޓު
އަމުރު އިސްތިއުނާފު ކުރުމަށް ފ.ނިލަންދޫ އަލިވާގެ ޢަބްދުލް ޢަލީމް ޙުސައިންގެ ފަރާތުން
ހުށަހަޅާފައިވެއެވެ.
ccc
2. އަރިއަތޮޅު ދެކުނުބުރީ މާމިގިލި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2016
/
07/110C
ކޯޓު އަމުރަށް ބަލާއިރު އެކޯޓު އަމުރު ނެރެފައިވަނީ، 03 އޮކްޓޯބަރު 2016 ދުވަހުގެ 13:15 އިން
ފެށިގެން 10 އޮކްޓޯބަރު 2016 ދުވަހުގެ 13:14 އަށް ފ.ނިލަންދޫ އަލިވާގެ ޢަބްދުލް ޢަލީމް ޙުސައިން
(އައިޑީކާޑު ނަންބަރު A007480) މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ ތަނެއްގައި
ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްކަމާއި، މިގޮތަށް ޢަބްދުލް ޢަލީމް ޙުސައިން ބަންދުކޮށްފައި ބެހެއްޓުމަށް
އަމުރުކުރެއްވި ސަބަބަކީ، "މައްސަލައިގެ ބާވަތަށާއި، ހުށަހެޅިފައިވާ ހެކި ޤަރީނާ އާ ވަށައިގެންވާ
ކަންކަމަށް ރިޢާޔަތްކޮށް، މީނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް
ކުރިމަތިވެދާނެ ކަމަށް ފެންނާތީ އާއި، ހެކިންނަށް ނުފޫޒު ފޯރުވައި ހެކި ނައްތާލަން މަސައްކަތް ކޮށްފާނެ
ކަމަށް ފެންނާތީ" ކަމަށް މިއަމުރަށް ބެލުމުން އެނގެން އޮވެއެވެ.
CCX
: 4
އެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް M8316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
بسم ام بي
މުނު ގޮތުގެ ޚުލާޞާ
2016/HC-A/469
• އަރިއަތޮޅު ދެކުނުބުރީ މާމިގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2016
/
07/110C
ކޯޓު އަމުރު އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތައްނޫންކަމަށްބުނެ
ފ.ނިލަންދޫ އަލިވާގެ ޢަބްދުލް ޢަލީމް ޙުސައިންގެ ފަރާތުން އެއަމުރު އިސްތިއުނާފުކުރަމުން، އަންނަނިވި
ނުކުތާ ފާހަގަކޮށް، އެނުކުތާއާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވެއެވެ. މިގޮތުން ހުށަހަޅާފައިވާ ނުކުތާއަކީ،
3 ¢ ¢ ¢32
• އދ.މާމިގިލި މެޖިސްޓްރޭޓް ކޯޓުގެ ނަމްބަރު 2016
/
07/110C ކޯޓު އަމުރުގައި
ޑެންދާއިމެދު
ހިމެދު ގޮތެއް ނިންމެވުމުގައި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް
ޙާޟިރުކޮށް ބަންދާއިމެދު ގޮތެއްނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ނ) ނަންބަރާއި ޚިލާފަށް
ނިންމަވާފައިވުން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
01
3. އަރިއަތޮޅު ދެކުނުބުރީ މާމިގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2016
/
07/110C
ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް ފ.ނިލަންދޫ އަލިވާގެ ޢަބްދުލް ޢަލީމް ޙުސައިންގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ނުކުތާއަށާއި، އެނުކުތާއާ ގުޅިގެން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މައްސަލާގައި ހިމެނޭ ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި
ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު، މިމައްސަލަ
ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި
ފާހަގަކުރެވިފައިވެއެވެ.
cu o
ހ4 44
ކަންތައްތައް
(ހ) ފުރަތަމަކަމަކީ، އިސްތިއުނާފް ކުރެވިފައިމިވާ އަރިއަތޮޅު ދެކުނުބުރީ މާމިގިލި
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2016
/
07/110C ކޯޓު އަމުރަކީ، ފ.ނިލަންދޫ އަލިވާގެ ޢަބްދުލް ޢަލީމް
ޙުސައިންގެ މައްޗަށް ކުރެވިފައިވާ ކުޑަކުއްޖަކާމެދު ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ ކުށުގެ ތުހުމަތުގައި،
ޢަބްދުލް ޢަލީމް ޙުސައިން 03 އޮކްޓޯބަރު 2016 ގެ 13:15 އިން ފެށިގެން 10 އޮކްޓޯބަރު 2015 ގެ
13:14 އަށް މިނިސްޓްރީ އޮފް ހޯމް އެފެއާރޒްއިން ކަނޑައަޅާ ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް
އަމުރުކޮށް ނެރެފައިވާ އަމުރެއްކަން އެނގެން އޮންނަކަމާއި، މިގޮތަށް ޢަބްދުލް ޢަލީމް ޙުސައިން
ބަންދުކޮށްފައި ބެހެއްޓުމަށް
އެއަމުރުގައި ބަޔާންކޮށްފައިވަނީ،
އަމުރުކުރެއްވި ސަބަބެއްކަމަށް
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
k
4
2016HC-A/469
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މައްޗަށް ތުހުމަތު ކުރެވިފައިމިވާ މައްސަލައާއި ގުޅިގެން މައްސަލައިގެ ބާވަތަށާއި، ހުށަހެޅިފައިވާ ހެކި
އާ ހެކިންނަށް ނުފޫޒު ފޯރުވައި ހެކި ނައްތާލަން މަސައްކަތް ކޮށްފާނެކަމަށް ފެންނާތީ،
މިސަބަބަށްޓަކައި ކަން އެއަމުރަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ނ) ދެވަނަކަމަކީ، 26 ސެޕްޓެމްބަރު 2016 އިން ފެށިގެން 03 އޮކްޓޯބަރު 2016 ގެ
ނިޔަލަށް ޢަބްދުލް ޢަލީމް ޙުސައިން ބަންދުކުރުމަށް، އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ މެޖިސްޓްރޭޓް ކޯޓުން
ނެރުއްވާފައިވާ އަމުރުގެ މުއްދަތު ހަމަވާތީ، ޢަބްދުލް ޢަލީމް ޙުސައިންގެ މައްޗަށް ތުހުމަތު ކުރެވިފައިވާ
ކުށުގެ ބާވަތަށާއި، މީނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ
ކަމަށް ފެންނާތީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 150544/MF އިން ޢަބްދުލް ޢަލީމް
ޙުސައިންގެ ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން
އަރިއަތޮޅު ދެކުނުބުރީ މާމިގިލި މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވަނީ، އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 99/2016 ކޯޓު އަމުރުން ޢަބްދުލް ޢަލީމް ޙުސައިން ބަންދުކޮށްފައި
ބެހެއްޓުމަށް ދީފައިވާ މުއްދަތު ހަމަވިފަހުންކަން ޤަބޫލުކުރާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ފަރާތުން 23 އޮކްޓޯބަރު 2016 ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ބުނެފައިވާކަމާއި،
މިހެންކަމުން، އަރިއަތޮޅު ދެކުނުބުރީ މާމިގިލީ މެޖިސްޓްރޭޓް ކޯޓަށް ޢަބްދުލް ޢަލީމް
ޙުސައިން ޙާޟިރުކުރެވުނުއިރު ޢަބްދުލް ޢަލީމް ޙުސައިންއަކީ އޭނާކުރިން ބަންދުގައި ބެހެއްޓުމަށް
ނެރެފައިވާ އަމުރުގެ މުއްދަތު ހަމަވެފައިވާ މީހަކަށްވާތީ ބަންދުން ދޫވެފައިވާ މީހެއްގެ ގޮތުގައި
ލަންޖެހޭމީހެއްކަމާއި، ހައްޔަރުގައި ނުވަތަ ބަންދުގައިވާ މީހެއްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް
އެދޭނަމަ، އެމީހަކު ހައްޔަރުގައި ނުވަތަ ބަންދުގައި ބެހެއްޓުމަށް ފަނޑިޔާރު ދީފައިވާ މުއްދަތު ހަމަވުމުގެ
ކުރިން ފަނޑިޔާރެއްގެ ކުރިމަށްޗަށް ޙާޟިރުކޮށް، އިތުރަށް ބަންދުގައި ނުވަތަ ހައްޔަރުގައި ބެހެއްޓުމަށް
އެދެންޖެހޭނެކަމަށް "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް
ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާކަމާއި،
ނަމަވެސް މިމައްސަލައިގައި ފުލުހުން އެގޮތަށް ޢަމަލުކޮށްފައިނުވާކަން އެނގެން އޮތުމުންނާއި، ބަންދުގެ
ރުކުރެވޭނީ ބަންދުގައި ހުރިމީހެއްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް އެދުމުންކަމަށާއި،
ބަންދުގައި ނެތްމީހެއްގެ ބަންދުގެ
މިކޯޓުގެ ނަންބަރު
358/HC-A/2012 ޤަޟިއްޔާގައިވެސް ކަނޑައަޅާފައިވާކަން އެނގެން އޮންނާތީ، މިމައްސަލަބެލީ
coc
ހއ.4
އއ
މުއްދަތު
އިތުރުނުކުރެވެ
333& ޚަދ8
04ގރނކރނ ވ2ށ
ޢަޠީޓޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
t
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/469
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ޢަބްދުލް ޢަލީމް ޙުސައިން އިތުރަށް ބަންދުގައި
ބެހެއްޓުމަށް އަމުރުކޮށް، އަރިއަތޮޅު ދެކުނުބުރީ މާމިގިލި މެޖިސްޓްރޭޓް ކޯޓުން ނެރުއްވާފައިވާ ނަންބަރު
2016
/
07/110C ކޯޓު އަމުރަކީ "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް
ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ނ) އާއި ޚިލާފު އަދި
މިކޯޓުގެ ނަންބަރު 358/HC-A/2012 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުސޫލާއި ޚިލާފަށް
ނެރުއްވާފައިވާ އަމުރެއްކަމުގައެވެ.
އެންމެ
COC
I
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވިދިޔަ ގޮތަށް ހުރުމާއިއެކު، އަރިއަތޮޅު
ދެކުނުބުރީ މާމިގިލި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2016
/
07/110C ކޯޓު އަމުރުގައި ޢަބްދުލްޢަލީމް
ޙުސައިން 07 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމުގެ މުއްދަތު އިތުރުކޮށްފައިވަނީ ކުށެއްގެ
ތުހުމަތުގައި ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ
ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާގޮތާއި އެއްގޮތަށްކަމަށް
ބެލެވެން ނެތަތީ،
ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާބެލި ފަނޑިޔާރުންގެ އިއްތިފާޤުން އަރިއަތޮޅު ދެކުނުބުރީ މާމިގިލި
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2016
/
07/110C ކޯޓު އަމުރު ބާތިލުކަމަށް ކަނޑައަޅައި މިހިނދުން
ފެށިގެން ޢަބްދުލްޢަލީމް ޙުސައިން ބަންދުން ދޫކުރުމަށް ފުލުހުންގެ މައްޗަށް އަންގައި އަމުރުކޮށް މައްސަލަ
ނިންމީއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv