ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/103 ޤަޟިއްޔާގެ ޙުކުމް
l
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A/1:3
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
އިކޯޓު
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ޤަޟިއްޔާ ނަންބަރު: 103/HC
-
A/2016
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ޢިމްރާން ޢަބްދު
ކާޑު ނަންބަރު: A048136
އެޑްރެސް: މަލްހާރު | މ.ކޮޅުފުށި
މިހާރުގެ އެޑްރެސް: މ.މުސްތަފާއާބާދު / ކ.މާލެ
* އައިޑީ
• އިސްތިއުނާފު ރައްދުވި ފަރާތް:
- * ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑުނަންބަރު:
ދާއިމީ އެޑްރެސް:
މިހާރުގެ އެޑްރެސް:
*
• ރަޖިސްޓްރީ ތާރީޚް:
28 ޖުމާދަލްއޫލާ 1437
ނިމުނު ތާރީޚް: 26 ރަޖަބު 1438
23 އެޕްރީލް 2017
08
މާރޗް 2016
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: ކްރިމިނަލް ކޯޓުގެ ނަންބަރު 2015/Cr
-
C/414 ޤަޟިއްޔާ
• ނިންމެވި ފަރާތް: ކްރިމިނަލް ކޯޓު
މައްސަލައިގެ ބާވަތް: ޓެރަރިޒަމް
ހުށަހެޅި ތާރީޚް: 01.06.2015
ނިމުނު ތާރީޚް: 15.02.2016
އެ
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ
އިސްފަނޑިޔާރު ޢަބްދުﷲ ދީދީ
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: WWW
.
highcourt.gov.mv
2
2016/HC-A/1:33
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
ދަޢުވާގެ ޚުލާޞާ
މިއީ ކްރިމިނަލް ކޯޓުގެ ނަންބަރު 2015/Cr
-
C/414 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި
މ. ކޮޅުފުށި { މަލްހާރު، ޢިމްރާން ޢަބްދުﷲގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ
ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
044)
:1440
1) އިސްތިއުނާފު މިކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު 2015/Cr
-
C/414 ޤަޟިއްޔާ އަކީ،
.. ކޮޅުފުށި | މަލްހާރު، ޢިމްރާން ޢަބްދުﷲގެ މައްޗަށް ދައުލަތުން ދައުވާކުރި ޓެރަރިޒަމްގެ ކުށުގެ
މައްސަލައެއްކަމާއި،
ޝަރީޢަތަށް މައްސަލަ ހުށަހަޅަމުން ދައުލަތުގެ ވަކީލު ބުނެފައިވަނީ، ޢިމްރާން ޢަބްދުﷲ، 01
މެއި 2015 ދުވަހު، އަނިޔާވެރިކަން ނިންމުން" މި ނަމުގަ، މީނާ ރައީސްކަން ކުރާ ޢަދާލަތު ޕާޓީ އިސްވެއޮވެ،
މާލެތެރޭގަ ކުރިއަށް ގެންދިޔަ މުޒާހަރާގައި އަނިޔާވެރިކަމަށް ހިތްވަރު ލިބޭގޮތަށް މުޒާހަރާގެ ބައިވެރިންނާ
މުޚާތަބުކުރުމުން، މުޒާހަރާގެ ބައިވެރިން ފުލުހުން ބަންދުކޮށްފަވާ ސަރަޙައްދުތަކަށް ވަދެ، އަމަން ބަލަހައްޓަން ތިބި
ފުލުހުންނަށާއި ޢާންމުންގެ މުދަލަށް ގެއްލުންދީފައިވާތީ، ޤާނޫނު ނަންބަރު 10/90 (ދިވެހިރާއްޖޭގެ ޓެރަރިޒަމް
މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ސ) އާ ޙަވާލާދީ، އެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ށ) ގެ ދަށުން
ޢިމްރާން ޢަބްދުﷲގެ މައްޗަށް ޓެރަރިޒަމްގެ ކުށުގެ ދަޢުވާކުރާކަމަށާއި،
އެ ޤަޟިއްޔާ ނިންމާފައިވަނީ، "ދެންފަހެ، މ.ކޮޅުފުށި | މަލްހާރު، ޢިމްރާން ޢަބްދުﷲގެ
މައްޗަށް ދައުލަތުގެ ފަރާތުން ދައުވާކުރި، ޓެރަރިޒަމުގެ ކުށުގެ މައްސަލަ ޝަރީޢަތުން ބެލިއިރު، 2015 ވަނަ
އަހަރުގެ މެއި މަހުގެ 01 ވަނަ ދުވަހު ޢަދާލަތު ޕާޓީން އިސްނަގައިގެން މާލޭގަ ބޭއްވި މުޒާހަރާގެ ބައިވެރިވި ގިނަ
ޢަދަދެއްގެ ބަޔަކު، ފުލުހުން ބަންދުކޮށްފަވާ ސަރަޙައްދުތަކަށް، އެނޫންވެސް ސަރަހައްދުތަކަށް އެއްވެ، އަމަން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: WWW
.
highcourt.gov.mv
3
2{16HC-A/1:3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ބަލަހައްޓަން
ތިބި ފުލުހުންނަށާ، ޢާންމުންގެ މުދަލަށް ގެއްލުންދިނީ، އެދުވަހުގެ މުޒާހަރާ އިންތިޒާމްކުރި ޢަދާލަތު
ޕާޓީގެ ރައީސް ޢިމްރާން ޢަބްދުﷲ މުޒާހަރާގެ ބައިވެރިންނާ މުޚާތަބުކޮށް، ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއާ
ދައުލަތުގެ އިސްވެރިންނާ ދިވެހި ސަރުކާރާމެދު ނަފުރަތުއުފެދޭ ގޮތަށް، ދިވެހި ރައްޔިތުންގެ މެދުގަ ބިރުވެރިކަން
އުފެދޭގޮތަށް ދެއްކި ވާހަކަތަކުގެ ސަބަބުންކަމަށް
ންކަމަށް ޤަބޫލުކުރެވޭތީއާ، އެފަދަކަމެއް ކުރުމަކީ ޤާނޫނު ނަންބަރު
10/90 (ދިވެހިރާއްޖޭގެ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާއި، ޤާނޫނު ނަންބަރު
32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 8 ވަނަ މާއްދާއާ ކަނޑައެޅިގެން ޚިލާފު ޢަމަލަކަށްވާތީއާ، އަދި
އެ ޢަމަލަކީ އެ ދެ ޤާނޫނުގަވާ ފަދައިން ކުށެއްކަމަށްވާތީއާ މިހާރު ޢަމަލުކުރަމުންދާ ޤާނޫނު ނަންބަރު 32/2015
(ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 8 ވަނަ މާއްދާގެ ދަށުން ޢިމްރާން ޢަބްދުﷲ ކުރި މި ޢަމަލަކީ ޓެރަރިޒަމުގެ
ޢަމަލެއްކުރުމަށް ހިތްވަރު ދިނުމުގެ ކުށް ކަމުގައިވިޔަސް، ޤާނޫނު ނަންބަރު 10/90 (ދިވެހިރާއްޖޭގެ ޓެރަރިޒަމް
މަނާކުރުމުގެ ޤާނޫނު) ގެ ދަށުން ޢިމްރާން ޢަބްދުﷲ ކުރި މި ޢަމަލަކީ ޓެރަރިޒަމުގެ ކުށުގެ ޢަމަލަށްވާތީ، ޢިމްރާން
ޢަބްދުﷲ މި ޢަމަލު ހިންގިއިރު ޢަމަލުކުރަމުން ދިޔަ ޤާނޫނަކީ ޤާނޫނު ނަންބަރު 10/90 (ދިވެހިރާއްޖޭގަ
ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ކަމަށް ވާތީއާ، އިސްވެބަޔާންވެދިޔަ ދެ ޤާނޫނުގަ މިބާވަތުގެ ކުށަށް
ކަނޑައެޅިފައިވާ އަދަބުގެ ކުޑަމިނާ ބޮޑުމިނުގެ އެއްވެސް ތަފާތެއް ނެތުމުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް، ޤާނޫނު ނަންބަރު 10/90 (ދިވެހިރާއްޖޭގަ
ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، ޓެރަރިޒަމުގެ ކުށުން މ.ކޮޅުފުށި
މަލްހާރު، ޢިމްރާން ޢަބްދުﷲ ކުށްވެރިވާކަމަށް ކަނޑައަޅާ، މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން، ޤާނޫނު ނަންބަރު
10/90 (ދިވެހިރާއްޖޭގެ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ށ) ގެ ދަށުން 12 (ބާރަ)
އަހަރު ދުވަހުގެ މުއްދަތަށް ޢިމްރާން ޢަބްދުﷲ ޖަލަށްލުމަށް ޙުކުމްކޮށް..." މައްސަލަ ނިންމާފައިވާކަން އެ
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
2 0 0
2) ކްރިމިނަލް ކޯޓުގެ ނަންބަރު 2015/Cr
-
C/414 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ މ.ކޮޅުފުށި | މަލްހާރު، ޢިމްރާން ޢަބްދުﷲގެ ފަރާތުން
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް ވެބްސައިޓް:
www-highcourt.gov.my eros [email protected]
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A/113
އެ ޤަޟިއްޔާ އިސްތިއުނާފު ކުރަމުން 12 (ބާރަ) ނުކުތާއެއް ފާހަގަކޮށް، އެ ނުކުތާތަކާމެދު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، ޤާނޫނު ނަންބަރު 10/90 (ދިވެހިރާއްޖޭގެ ޓެރަރިޒަމް
މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ށ) އާއި ޚިލާފަށް އެ މާއްދާގައި ބަޔާންކޮށްފައި ނުވާ އަދި އެ
ޤާނޫނުގައި ތަޖުރީމާވެސް ކޮށްފައިނުވާ ކުށެއްގެ މައްޗަށް އެ މާއްދާގެ ދަށުން ކުށް ސާބިތުވާ ކަމަށް
ކަނޑައަޅުއްވަނީ ޤާނޫނު އަސާސީގެ 59 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
0
ދެވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ
(އ) ގައި ބަޔާންވެފައިވާ މިންގަނޑަށް ކުށް ސާބިތުވެފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ
ތިންވަނަ ނުކުތާއަކީ، އިސްލާމީ ޝަރީޢާގެ ޤާއިދާއެއްކަމަށްވާ "للل 5 ޣާهل
لاﷲل" ގައިވާ ފަދައިން ޔަޤީންކަމާއެކު ސާފު ނައްޞުން ފެންނަން އޮތް ކަމެއް ޝައްކަކުން ނުވަތަ އެހެން
މީހަކު އެހެން ގޮތަކަށް މާނަކުރުމަކުން ސާފު ނައްޞުން ފެންނަން އޮތް އޮތުމުގެ
ހުއްޖިއްޔާތު ވެއްޓިގެން ނުދާނެ
ކަމަށް ބުނާ ޤާއިދާ ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ހަތަރުވަނަ ނުކުތާއަކީ، ކީރިތި ޤުރުއާންގެ ދެ އާޔަތެއްކަމަށްވާ، " ދެދު ފަވާ ފިފްޅު
ދުގ" (އަލް އިސްރާ -15) މާނައަކީ، އެއްވެސް މީހަކު އެހެންމީހަކު ކުރާ ފާފައިގެ ޒިންމާ އުފުލާކަށް
ނުޖެހޭނެއެވެ. އަދި " { ޤަޑު هلا ؟ މުއްލަ لا އަޑު ސާބު ގުޅަﷲ ދ] ގެ" (ޝާޑު:286) މާނައީ؟
އެމީހަކު ކުރިކަމެއްގެ ޖަޒާ ވަނީ އެމީހަކަށެވެ. މިދެއާޔަތާއި ކަނޑައެޅިގެން ޚިލާފުވާގޮތަށް މައްސަލަ
ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: WWW
.
highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{16/HC-A/1{3
ފަސްވަނަ ނުކުތާއަކީ، ދަޢުވާލިބޭ ފަރާތުން ދިފާޢުގައި ހުށަހެޅި ހެކިން
ޙާޟިރުކުރުމެއްނެތި އެހެކިބަހާމެދު މައްސަލަ ބަލާ ފަނޑިޔާރަށް ގޮތެއް ނުނިންމޭނެ ކަމަށް ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުގެ ނަންބަރު 16/SC
-
A/2011 ޤަޟިއްޔާއިން ކަނޑައަޅާވާފައިވާ އުޞޫލާއި ޚިލާފަށް މައްސަލަ
ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ހަވަނަ ނުކުތާއަކީ، ޤާނޫނު ނަންބަރު 13/2010 (ފަނޑިޔާރުންގެ ޤާނޫނު) ގެ 29
ވަނަ މާއްދާގެ 3 ވަނަ ނަންބަރާއި ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
0
ހަތްވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 27 ވަނަ
މާއްދާއާއި ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ
އަށްވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 32 ވަނަ
މާއްދާއާއި ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ނުވަވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ
މާއްދާގެ (ހ) އާއި (ށ) އާއި ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދިހަވަނަ ނުކުތާއަކީ، ޢިމްރާން ޢަބްދުﷲ 01 މެއި 2015 ވަނަ ދުވަހު ދެއްކި
ވާހަކައަކީ ޤާނޫނު ނަންބަރު 32/2015 (ޓެރެރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 8 ވަނަ މާއްދާއާއި ޚިލާފް
މަލެއް ކަމަށް ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ) އާއި
ޚިލާފަށް ކަމަށްބުނެ ހުށަހެޅި ނުކުތާ.
ތ ﷲ 04
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: WWW
.
highcourt.gov.mv
3 6 4
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A/1:3
414/CR-C/2015
އެގާރަވަނަ ނުކުތާއަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއާއި ޚިލާފަށް
ކޮށްފައިވާ ދަޢުވާއެއްގެ މައްޗަށް ބިނާވެފައިވާ ޙުކުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާ.
OX
ބާރަވަނަ ނުކުތާއަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2015/CR
-
C/414 ޤަޟިއްޔާގައި
ޝަރީޢަތްކުރާނީ ތިން ޤާޟީންގެ ބެންޗަކުން ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައި ވަނިކޮށް އެ ބެންޗް
އުވާލައި، ފަހުން އެންމެ ޤާޟީއެއް ހުރެގެން ޝަރީޢަތް ކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ 1/2015 އުޞޫލާއި
ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ.
3} މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި ކްރިމިނަލް ކޯޓުގެ ނަންބަރު 2015/Cr
-
C/414 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓަށާއި، މި މައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ ލިޔެކިއުންތަކަށް
ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފުކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު 2015/Cr-C/414
ޤަޟިއްޔާ ކްރިމިނަލް ކޯޓުގައި ހިނގަމުންދިޔައިރު، އެ މައްސަލާގެ ފަނޑިޔާރުންގެ ޕެނަލްގައި ތިބި ދެ
ފަނޑިޔާރަކު، އިސްތިއުނާފުގެ މި މަރުހަލާގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި
ބައިވެރިވުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށާއި، ކްރިމިނަލް ކޯޓުގައި މައްސަލަ ހިނގަމުންދިޔައިރު ބުނެވުނު
ފަނޑިޔާރުން އެ މައްސަލާގައި ޝާމިލްވެފައިވުމުން ކޮންމެވެސް ވަރަކަށް މައްސަލާގައި މަޝްވަރާކުރެވިފައި
ހުންނާނެތީވެ އެކަން ފާހަގަކޮށް، އެކަމާ ދޭތެރޭ ގޮތެއް ކަނޑައަޅައިދިނުމަށް އެދި މ.ކޮޅުފުށި މަލްހާރު، ޢިމްރާން
ޢަބްދުﷲގެ ފަރާތުން އިޖުރާއީ ނުކުތާއެއް ފާހަގަކޮށްފައިވާކަމާއި،
ހުށަހެޅިފައިމިވާ މައްސަލާގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި ހިނގަމުންދިޔަ
ފަނޑިޔާރުންގެ ބެންޗަކުން ބައިވެރިވެ މައްސަލާގެ
އަޑުއެހުމެއް ބާއްވާފައިވަނީ
ރީޢަތުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް ވެބްސައިޓް
www-highcourt.gov.my ieme; [email protected] mind
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2{16HC-A/1:3
މަޖިލިހެއްގައިކުމަށާއި، ބުނެވުނު ޝަރީޢަތުގެ މަޖިލިހުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދަޢުވާ
ހުށަހަޅުމުން، ޢިމްރާން ޢަބްދުﷲގެ ފަރާތުން ދައުވާއަށް އިންކާރުކުރުމުގެ އިތުރުން، މައްސަލަ އިތުރަށް
ދިރާސާކުރުމަށްފަހު ޖަވާބުދާރީވުމަށް ފުރުޞަތަކަށް އެދިފައިވާކަމަށާއި، އަދި ޝަރީޢަތް ނިމެންދެން ޢިމްރާން
ޢަބްދުﷲ ބަންދުގައި ބެހެއްޓުމަށް ދައުލަތުގެ ފަރާތުން އެދުމުން ބުނެވުނު ޝަރީޢަތުގެ މަޖިލިހުގައި ދައުލަތުން
އެދުނު ގޮތަށް ނިންމާފައިވާކަމަށާއި، އަދި ބުނެވުނު ޝަރީޢަތުގެ އަޑުއެހުމުގައި، ދައުވާ ހުށަހެޅުން ފިޔަވައި
މައްސަލާގެ މައުޟޫއަށް ވާހަކަދެކެވިފައިނުވާކަމަށް ދައުލަތުގެ ފަރާތުން ފާހަގަކޮށްފައިވާކަމާއި، އަދި އެކަމަށް
ޢިމްރާން ޢަބްދުﷲގެ ފަރާތުންވެސް އިންކާރުކޮށްފައިނުވާކަމާއި،
އެހެންކަމުން،
އިސްވެ ފާހަގަކުރެވުނު ކަންތައްތަކަށް ރިޢާޔަތްކޮށް، އިސްތިއުނާފުކު
ސްތިއުނާފުކުރެވޭ މައްސަލަ
ކްރިމިނަލް ކޯޓުގައި ބެލުމުގައި ތިން ފަނޑިޔާރުންގެ ޕެނަލްއަކުން ބައިވެރިވި، އިޝާރާތްކުރެވޭ އެ އަޑުއެހުމުގައި
މަޢުޟޫއީގޮތުން އެ މައްސަލަ ބަލާފައިނުވާތީ، ބުނެވުނު އިޖުރާއީ ނުކުތާއަކީ މިހާރު އިސްތިއުނާފުކުރެވޭ މި
މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުރިއަށް ގެންދިއުމަށް އޮތް ހުރަހެއްކަމަށް ނުފެންނަކަން ފާހަގަކޮށް
މައްސަލަ ކުރިއަށް ގެންދިއުމަށް މި މައްސަލަ ކުރިން ބެއްލެވި ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާކަމެވެ.
0
ceco
(ނ) ދެވަނަ ކަމަކީ، ހުށަހެޅިފައިމިވާ މައްސަލާގައި ކަން ހިނގާދިޔަގޮތަށް ރިޢާޔަތްކުރިއިރު،
އިސްތިއުނާފުކުރެވޭ މައްސަލާގައި ދައުލަތުން، ޢިމްރާން ޢަބްދުﷲގެ މައްޗަށް ކޮށްފައިވާ
ދަޢުވާއަކީ، 01 މެއި 2015 ދުވަހު، "އަނިޔާވެރިކަން ނިންމުން. މި ނަމުގަ، މީނާ ރައީސްކަން ކުރާ ޢަދާލަތު
ޕާޓީ އިސްވެއޮވެ، މާލެތެރޭގަ ކުރިއަށް ގެންދިޔަ މުޒާހަރާގައި އަނިޔާވެރިކަމަށް ހިތްވަރު ލިބޭގޮތަށް މުޒާހަރާގެ
ބައިވެރިންނާ މުޚާތަބުކުރު
މުޚާތަބުކުރުމުން، މުޒާހަރާގެ ބައިވެރިން ފުލުހުން ބަންދުކޮށްފަވާ ސަރަޙައްދުތަކަށް ވަދެ، އަމަން
ބަލަހައްޓަން ތިބި ފުލުހުންނަށާއި ޢާންމުންގެ މުދަލަށް ގެއްލުންދީފައިވާތީ، ޤާނޫނު ނަންބަރު 10/90
(ދިވެހިރާއްޖޭގެ ޓެރެރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ސ) އާ ޙަވާލާދީ، އެ ޤާނޫނުގެ 6 ވަނަ
މާއްދާގެ (ށ) ގެ ދަށުން ޓެރަރިޒަމްގެ ކުށުގެ ދަޢުވާކަމާއި،
އެ ޤަޟިއްޔާގައި ނިންމާފައިވަނީ، 1 މެއި 2015 ގައި، ޢަދާލަތު ޕާޓީން
މާލޭގަ ބޭއްވި މުޒާހަރާގެ ބައިވެރިވި ގިނަ ޢަދަދެއްގެ ބަޔަކު، ފުލުހުން ބަންދުކޮށްފަވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް ވެބްސައިޓް
www-highcourt.gov.my ieme; [email protected] mind
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2{16HC-A/1:3
4
22
8
2 ބ
އަންނަވަ-
ވެސް ސަރަހައްދުތަކަށް އެއްވެ، އަމަން ބަލަހައްޓަން ތިބި ފުލުހުންނަ
ޢާންމުންގެ މުދަލަށް ގެއްލުންދިނީ،
0 2
<
އެދުވަހުގެ މުޒާހަރާ އިންތިޒާމްކުރި ޢަދާލަތު ޕާޓީގެ ރައީސް ޢިމްރާން ޢަބްދުﷲ މުޒާހަރާގެ ބައިވެރިންނާ
މުޚާތަބުކޮށް، ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއާ ދައުލަތުގެ އިސްވެރިންނާ ދިވެހި ސަރުކާރާމެދު
ނަފުރަތުއުފެދޭ ގޮތަށް، ދިވެހި ރައްޔިތުންގެ މެދުގަ ބިރުވެރިކަން އުފެދޭގޮތަށް ދެއްކި ވާހަކަތަކުގެ ސަބަބުންކަމަށް
ބޫލުކުރެވޭތީއާ،
ވީމާ، ޢިމްރާން ޢަބްދުﷲ ކުރި މި ޢަމަލަކީ ޤާނޫނު ނަންބަރު 10/90 (ދިވެހިރާއްޖޭގެ ޓެރަރިޒަމް
މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ށ) ގެ ދަށުން ޓެރަރިޒަމުގެ ކުށުގެ ޢަމަލަށްވާތީ، ޢިމްރާން ޢަބްދު
ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، އެ ކުށުގެ ޢުޤޫބާތެއްގެ ގޮތުން، ޤާނޫނު ނަންބަރު 10/90 (ދިވެހިރާއްޖޭގަ
ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ށ) ގެ ދަށުން 12 (ބާރަ) އަހަރު ދުވަހުގެ މުއްދަތަށް
ޢިމްރާން ޢަބްދުﷲ ޖަލަށްލުމަށް ޙުކުމްކޮށްކަން އެނ
LCO
އެނގެން އޮންނަކަމެވެ"
(ނ) ތިންވަނަ ކަމަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2015/CR-C/414 ޤަޟިއްޔާގައި
ޝަރީޢަތްކުރާނީ ތިން ޤާޟީންގެ ބެންޗަކުން ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައި ވަނިކޮށް އެ ބެންޗް
އުވާލައި، ފަހުން އެންމެ ޤާޟީއެއް ހުރެގެން ޝަރީޢަތް ކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ ނަންބަރު 1/2015
(މައްސަލަ ޙަވާލުކުރުމާއި، ނެގުމާއި، ތަޙްލީލުކުރުމާއި، މައްސަލައިން ތަނާޒުލުވުމާއި ޢަމަލުކުރާނެގޮތުގެ އުޞޫލު)
އާ ޚިލާފަށް ކަމަށް ބުނެ ޢިމްރާން ޢަބްދުﷲގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާއަށް ރިޢާޔަތްކުރިއިރު،
ކްރިމިނަލް ކޯޓުގެ ނަންބަރު 1/2015 (މައްސަލަ ޙަވާލުކުރުމާއި، ނެގުމާއި،
ތަޙްވީލުކުރުމާއި، މައްސަލައިން ތަނާޒުލްވުމާއި ޢަމަލުކުރާނެގޮތުގެ އުޞޫލު) ގައިވާ ގޮތުގެ މަތީން ކޯޓަށް ހުށަހެޅޭ
މައްސަލަތަކުގެ ބެންޗް ކަނޑައެޅުމާއި، ހިނގަމުންދާ މައްސަލާގެ ބެންޗް އެކުލަވާލުމާއި މައްސަލަ ނެގުމަކީ
އިސްގާޟީއަށް ލިބިގެންވާ ބާރުތަކުގެ ތެރޭގައި ހިމެނޭކަމެއްކަން ބުނެވުނު އުޞޫލަށް ބެލުމުން
އެނގެންއޮންނައިރު، ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
001/Cr
-
C ޤަރާރުން އޭގެ ކުރިން މައްސަލަ ބެލުމަށް
ކަނޑައަޅާފައިވާ މަޖިލިސް އުވާލައި މައްސަލަ ބެލުމަށް އެހެން ޤާޟީއަކު ހަމަޖައްސާފައިވާކަން އެނގޭއިރު،
ކްރިމިނަލް ކޯޓުގެ ނަންބަރު 2015/CR
-
C/414 ޤަޟިއްޔާ ބެލުމުގައި އެ ކޯޓުގެ ނަންބަރު 24t5
22/
.ރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް ވެބްސައިޓް:
www-highcourt.gov.my eros [email protected]
9
2016/HC-A/1:3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2 20
(މައްސަލަ ޙަވާލުކުރުމާއި، ނެގުމާއި، ތަޙްވީލުކުރުމާއި، މައްސަލައިން ތަނާޒުލުވުމާއި ޢަމަލުކުރާނެގޮތުގެ އުޞޫލު)
އާ ޚިލާފްވެފައިވަނީ ކޮންގޮތަކުންކަން ޢިމްރާން ޢަބްދުﷲއަށް ބުނެދެވިފައިނުވާކަމާއި،
މީގެއިތުރުން، ދަޢުވާލިބޭ ފަރާތުން ދިފާޢުގައި ހުށަހެޅި ހެކިން ޙާޟިރުކުރުމެއްނެތި އެހެކިބަހާމެދު
މައްސަލަ ބަލާ ފަނޑިޔާރަށް ގޮތެއް ނުނިންމޭނެ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
36/SC
-
A/2011 ޤަޟިއްޔާއިން ކަނޑައަޅާވާފައިވާ އުޞޫލާއި ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށް ބުނެ
ޢިމްރާން ޢަބްދުﷲގެ ފަރާތުން ފާހަގަކޮށްފައިވާކަމާއި،
ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިތަކަށާއި އަދި ޚާއްޞަކޮށް ޝަފަހީ ހެކީގެ ހެކިބަހަށް ބަލައި
ޢިމްރާން ޢަބްދުﷲގެ ފަރާތުން އިތުރަށް ހެކި ހުށަހަޅަންޖެހޭކަމަށް ފާހަގަކުރެވުމުން އެކަން ކްރިމިނަލް ކޯޓާއި އަދި
މައްސަލަ ބަލާ ފަނޑިޔާރުގެ ސަމާލުކަމަށް ގެނެސް ހެކި ހުށަހެޅުމަށް ތަކުރާރުކޮށް ދެފަހަރެއްގެ މަތިން ލިޔުމުން
އެދިފައިވާކަމަށާއި، އަދި ކޯޓުގެ އެދުމުގެ މަތިން ދެކިހުށަހެޅުމަށް ޙާއްޞަކުރެވިފައިވާ ފޯމު މެދުވެރިކޮށްވެސް
ހުށަހަޅާފައިވާކަމަށް ބުނެ ޢިމްރާން ޢަބްދުﷲގެ ފަރާތުން މި ނުކުތާގައި އިތުރަށް ފާހަގަކޮށްފައިވީނަމަވެސް،
މުޒާހަރާ ފެށުމުގެ ކުރިން ޢިމްރާން ޢަބްދުﷲ ދެއްކި ވާހަކަ (5 މިނިޓްގެ) އިގެ އިތުރުން އެއްވެސް ހެއްކެއް
ހުށަހަޅަން ބޭނުންނުވާކަމަށް
އިސްތިއުނާފުކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު 2015/CR
-
C/414 ޤަޟިއްޔާއާ
ގުޅިގެން 13 އޮކްޓޯބަރ 2015 ގައި ބޭއްވުނު ޝަރީޢަތުގެ މަޖިލިހުގައި ޢިމްރާން ޢަބްދުﷲގެ ފަރާތުން
ބުނެފައިވާކަމާއި، އެހެންނަމަވެސް، ޢިމްރާން ޢަބްދުﷲގެ ފަރާތުން ޝަފަހީ ހެކި ހުށަހެޅުމަށް އެދި 27 ޖެނުއަރީ
2016 ގައި ކްރިމިނަލް ކޯޓަށް ސިޓީ ފޮނުވާފައިވާކަން އެނގެންއޮތްއިރު، ހެކި ހުށަހަޅަން ބޭނުންވަނީ ކޮން
ކަމެއް ސާބިތުކޮށްދިނުމަށްކަން ޢިމްރާން ޢަބްދުﷲގެ ފަރާތުން ބުނެދީފައި ނުވާކަމާއި، އަދި އޭގެ ފަހުން ބޭއްވުނު
އެއްވެސް ޝަރީޢަތުގެ މަޖިލިހެއްގައިވެސް ޢިމްރާން ޢަބްދުﷲގެ ފަރާތުން ހެކި ހުށަހެޅުމަށް ބޭނުންވާކަމަށް
ބުނެފައިނުވާކަން އެނގެންއޮތުމުން، އިސްތިއުނާފުކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު 2015/CR
-
C/414
ޤަޟިއްޔާ ނިންމާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 36/SC
-
A/2011 ޟިއްޔާއާ
ރާއްޖޭގެ ވި
ޚިލާފަށްކަމަށް ބެލެވެންނެތްކަމެވެ.
<< O
.ރާއްޖޭގެ ހައިކޯޓް، އްބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A/1:3
02
43 34 04
043 02
10944
29
އެއްވެއުޅުމުގެ
l
(ރ) ހަތަރުވަނަ ކަމަކީ، 29 އެޕްރީލް 2015 ގައި ޢަދާލަތު ޕާޓީން މޯލްޑިވްސް ޕޮލިސް
ސަރވިސްއަށް ފޮނުވި އެ ޕާޓީގެ ނަންބަރު 2015
/
86/AP
/
MIS ސިޓީއަށް ބަލާއިރު، އަދާލަތު ޕާޓީއާއި
އެމްޑީޕީ އަދި ގުޅިފައިވާ އެހެނިހެން ފަރާތްތަކާއެކު 1 މެއި 2015 ވާ ހުކުރު ދުވަހު ރާވައިގެން، ސުލްޙަވެރި
މަސައްކަތްކުރަމުންދާތީ، ޤާނޫނު ނަންބަރު 1/2013 (ޞުލްޙަވެރިކަމާއެކު
މިނިވަންކަމުގެ ޤާނޫނު) ގެ 29 ވަނަ މާއްދާގެ ދަށުން ނޯޓިސްދޭކަމަށާއި، ބުނެވުނު ސިޓީގައި އެއްވުން ބާއްވާ
ވަގުތަކީ 1 މެއި 2015 ވާ ހުކުރު ދުވަހުގެ މެންދުރު 1 ޖަހާއިރުކަމަށާއި، 9 ގަޑިއިރު ވަންދެން އެއްވުން
ދިގުދެމިދާނެކަމަށް ޤަބޫލުކުރެވޭކަމަށާއި، އެއްވުމުގައި ބޭނުންކުރާ މަގުތަކަކީ މަޖީދީމަގާއި ބޮޑުތަކުރުފާނު
މަގުކަމަށާއި، އެއްވުން އިންތިޒާމްކުރާ ފަރާތަކީ ޢަދާލަތު ޕާޓީކަމަށް ބަޔާންކޮށް ޢަދާލަތު ޕާޓީގެ ރައީސް ޢިމްރާން
ޢަބްދުﷲ ސޮއިކޮށް ސިޓީ ފޮނުވާފައިވާކަން ފާހަގަކުރެވޭކަމާއި،
ބުނެވުނު ސިޓީގެ
ސިޓީގެ ޖަވާބުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު
2015
/
861/F1
/
PRIV-171 (30 އެޕްރީލް 2015) ސިޓީގައި ޙަވާލާދެވޭ އެއްވުމަށް އެދުމުގައި ހަމައެކަނި
ޢަދާލަތު ޕާޓީގެ ރައީސް ސޮއިކޮށް އެދުމުގެ ބަދަލުގައި ޕާޓީގެ ކަމާބެހޭ މަޖިލިހުން ކަނޑައަޅާ އެ ފަރާތްތަކުގެ
ސޮޔާއެކު އެއްވުން ބާއްވާނޭކަމުގެ ނޯޓިސް ފޮނުވުމަށް އަންގާފައިވާކަން ފާހަގަކުރެވޭކަމާއި، އެހެންނަމަވެސް،
ބުނެވުނު ފަދަ ލިޔުމެއް މުޒާހަރާގެ ކުރިން މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހިއްސާކޮށްފައިވާކަން މި މައްސަލައާ
ގުޅިގެން ހުށަހެޅުނު ލިޔުންތަކުން އެނގެންނެތްކަމާއި، އަދި 1 މެއި 2015 ގައި "މޭޑޭ" ގެ ނަމުގައި މާލޭގައި
މުޒާހަރާގައި ޢަދާލަތު ޕާޓީ އިސްކޮށް ޙަރަކާތްތެރިވުމާ ގުޅޭގޮތުން އެ ޕާޓީގެ މަޝްވަރާ މަޖިލިހުގެ
ވުމެއް ބާއްވާފައިނުވާކަމަށް ޢަދާލަތު ޕާޓީގެ ނަންބަރު 2015
/
138/AP
/
MIS (14 މެއި 2015)
ސިޓީން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގާފައިވާކަން ފާހަގަކުރެވޭކަމާއި،
ޢަދާލަތު ޕާޓީގެ ނަމުގައި ދީފައިވާ ނޯޓިސްއާ އެއްގޮތަށް 1 މެއި 2015 ގައި މާލޭގައި
މުޒާހަރާއެއް
ބާއްވާފައިވާކަން އެނގޭކަމާއި، ބުނެވުނު މުޒާހަރާގައި މުޒާހަރާގެ ބައިވެރިންނާ މުޚާތަބްކޮށް ޢިމްރާން
ޢަބްދުﷲ ވާހަކަދައްކާފައިވާކަމާއި، މުޒާހަރާގެ ބައިވެރިންނާ މުޚާތަބްކޮށް ޢިމްރާން ޢަބްދުﷲ ދައްކާފައިވާ
ވާހަކަތަކަށް ބަލާއިރު، "...އަޅުގަނޑުމެން އެއްވެ މި ތިބީ އަނިޔާވެރިކަން ނިންމަން.. އަޙްމަދު އަދީބު މިބައެލްޑޯ
l
2 2 22
oxo
eނ
ހއ
ހ0497
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A/1:3
2 2
##
ޖީ ތައްޔާރުތޯ؟ އެއްވެސް
އާދެ! ހުމާމް ބުނީ ތެދެއް! ހުމާމް ބުނީ ޑޮކްޓަރ އަފްރާޝީމް ޝަހީދުކުރި މީހުން އެންމެ ރަނގަޅަށް
އެނގޭނީ ރައީސް ޔާމީނާއި އަޙްމަދު އަދީބާ ދެމީހުންނަށޭ. އެ ދެ މީހުންނަށް އެނގޭނެޔޭ!.. އާދެ! މި ޤައުމުގަ
ތިބި އެންމެ ބޮޑު ދެ އަނިޔާވެރިން މި ދެމީހުންނަކީ! އަޅުގަނޑުމެން އެންމެން މި އަނިޔާވެރިކަމާ
ދެކޮޅަށް... އަނިޔާވެރިކަން ނިންމަން! ތިބޭފުޅުން ތައްޔާރުތޯ؟ ހިތްވަރު އެބަހުރިތޯ؟ ތައްޔާރުތޯ؟ ވެސް ބޭފުޅަކު
ފަހަތަށް ޖެހިވަޑައިނުގަންނަވާތި! ހިތްވަރާއެކުގައި ކުރިއަށް ވަޑައިގަންނަވާތި! އާދެ! އަޅުގަނޑުމެންގެ
މި •
އަޅުގަނޑުމެންގެ މި ލޮބުވެތި ވަޠަނަކީ ﷲގެ ރަޙްމަތްފުޅުން މީގެ 2500 އަހަރު ކުރިއްސުރެ މިނިވަން،
މުސްތަޤިއްލު، ޝަރަފްވެރި، އިއްޒަތްތެރި، އަމާން، ޞުލްޙަވެރި ޤައުމެއް! އަޅުގަނޑުމެން ޤައުމު
ދަމަހައްޓަމުން އައީ އެގޮތުގައި! މި ޤައުމު ކުރިއަށް މި ދަނީ އެ ގޮތުގައި! އަޅުގަނޑުމެންގެ އަންނަން އޮތް
ޖީލުތަކަށް މި ޤައުމު އެ ގޮތުގައި ފޯރުކޮށްދިނުމަކީ ތި ލޮބުވެތި ރައްޔިތުންގެ ވާޖިބެއް! އެ ގޮތުގައި ޤައުމު
ފޯރުކޮށްދިނުމަކީ ތި ލޮބުވެތި ރައްޔިތުންގެ ވާޖިބެއް! ތައްޔާރުތޯ އެކަން ކުރަން! ތައްޔާރުތޯ؟ ތައްޔާރުތޯ އެކަން
ކުރަން! ...ދަންނަވަންތޯ؟ މިއަދާ ހަމައަށް އަޅުގަނޑުމެން އަންނަންޖެހުނީ އަނިޔާވެރި ސަރުކާރެއްގެ ކިބައިން
އަޅުގަނޑުމެންނަށް ސަލާމަތް
ނެތިގެން ކަމަކަށްފަހު ކަމެއް ފެއިލްވެގެން އައިސް ކާނަލް
ނާޒިމްގެ މައްސަލަ ޖެހުމާ ހަމައަށް އަޅުގަނޑަށް އެނގިއްޖެ، ޔަޤީންވެއްޖެ. މި ސަރުކާރުގައި ރަނގަޅު އެއްވެސް
ނިޔަތެއް ނެތްކަން. އިޚްލާސްތެރިކަމެއް ނެތްކަން. ރައްޔިތަކަށް ހެވެއްނެތްކަން. ރައްޔިތަކަށް އޯގާވެރިކަމެއް
ނެތްކަން އާދެ! މި މައްސަލާގައި ދިރާސާކޮށް ބެލި ބެލުމުން ކަނޑައެޅިގެން ވަރަށް ސާފުކޮށް އެނގުނީ މި
މައްސަލާގަ ސީދާ ސީދާ މިކަން ކުރީ އަޙްމަދު އަދީބާއި ޙުސައިން ވަޙީދާ ދެމީހުންކަން. އާދެ! މިއަދު މި
ދެމީހުންގެ ކަންތައް ތި ބޭފުޅުން ނިންމަންވާނެ އިނގޭތޯ؟ މި ދެ ބޭފުޅުން ގެއަށް ފޮނުވަންވާނެ! އަޙްމަދު އަދީބާއި
ޙުސައިން ވަޙީދުގެ މައްޗަށް ޝަރުޢީގޮތުން ކުރަންޖެހޭ ހުރިހާ މަރުހަލާއެއް ގެންދިއުމުގެ ޒިންމާއެއް އޮތީ
ތިބޭފުޅުންގެ އަތުގައި. ތައްޔާރުތޯ؟
މިއަދު ޑޮކްޓަރ އަފްރާޝީމް ޝަހީދުކޮށްލިތާ ގާތްގަނޑަކަށް ދެ
ދުވަސްވާއިރުގައި ހުމާމް އެ ބުނި ފަދައިން އެންމެ ރަނގަޅަށް އެނގޭނީ ރައީސް ޔާމީނާ އަޙްމަދު
އަދީބަށް. މިއަދާ ހަމައަށް ޑޮކްޓަރ އަފްރާޝީމްގެ މަރުގެ މައްސަލަ ތަޙްޤީޤުކޮށް އެ މައްސަލަ ހައްލުކުރުމަށް
ރައީސް ޔާމީން އިޚްލާސްތެރިކަމާއެކު އެއްވެސް ކަމެއް ކޮށްފަނުވޭ.
ޤައުމުގެ ރައްޔި
އރު ދ ތ 2
2
4
2 04x 04
(.26
ހއ 02 ދު
އަހަރެއްހާ
ދިވެހިރާއްޖޭގެ
4
2 ބ 22
2
އެހެން ކަމުން،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް ވެބްސައިޓް:
www-highcourt.gov.my eros [email protected]
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{16/HC-A/1:3
(
ލޭއޮހޮރުވިގެން ދާއިރުގައި އެ ލޭގެ ޙައްޤު ހޯދާ ނުދޭ ވެރިއަކީ ހުރެވިގެންވާނެ މީހެއްނޫން އިނގޭތޯ؟ އެ މީހަކު
ނުހުންނާނެ އިނގޭތޯ؟ ރައީސް ޔާމީނަށް ދެން ވެރިކަމުގަ ހުރެވޭނީ އަޅުގަނޑުމެން ހަތަރު ޕާޓީގެ
ލީޑަރުންނާއެކުގައި އިށީނދެ ސުލްޙައިގެ އެއްބަސްވުމެއްގައި ސޮއި ކުރުމަށްފަހުގައި. އާދެ! ..ރިޟްވާނަށް
ވީގޮތް ބުނެދިނުމަށް ޕޮލިސް ވަނީ ނުކުޅެދިފަ: ޕޮލިސްއަށް އެނގޭ ވީގޮތް. ޕޮލިހުގަ އެބަހުރި ރިޕޯޓްތައް. ޕޮލިހުގަ
އެބައޮތް ތަޙުޤީޤު. އެކަމަކު މި އަނިޔާވެރި ސަރުކާރުން އަޙްމަދު އަދީބާއި ޙުސައިން ވަހީދުވަނީ މި ރިޕޯޓުތައް
ހިފަހައްޓާފައި... މާތް ﷲ އިރާދަކުރެއްވިއްޔާ މިއަދަށްފަހު ޤި ރިޕޯޓްތައް ހިފަހައްޓައިގެން ހުންނާކަށް ޖާގައެއް
ނުލިބޭނެ..މިކަމުގެ ޙަޤީޤަތް ބުނެދޭންޖެހޭ. ބައެއް މީހުން ބުނާ ގޮތުގައި ކޮށާލާފަ ގޯންޏަކަށް އަޅާފަވީ. އަނެއް
ބަޔަކު ބުނާ ގޮތުގައި ކަނޑުފައްތާފަ ވީ. މިކަމުގެ ޙަޤީޤަތް އެބަޖެހޭ ބުނެދޭން... ކޮބައިތޯ ޔާމީނަށް އެނގޭ
ޙަޤީޤަތް.. ޔާމީން އަމިއްލަ ދުލުން ވިދާޅުވީ ހުމާމްގެ މައްޗަށް ޙުކުމްކުރެވުނީމަ ޙަޤީޤީ ޤާތިލުން ހޯދަން
ފަސޭހަވާނެޔޭ... އަޅުގަނޑުގެ އަތުގައި މި ހުރީ ޑޮކިއުމަންޓައް..މީގެ ފަހަތުގައި ވަނީ ޙުސައިން ވަޙީދާއި އަހްމަދު
އަދީބު ވަނީ. އާދެ މިކަންތައް ދޫކޮށްލައިފިނަމަ ދެން އަޅުގަނޑުމެންނަކަށް ސަލާމަތެއްނެތް.. އަޙްމަދު އަދީބު
ގުޅިފައިވަނީ ދުނިޔޭގެ އެންމެ ވަރުގަދަ މާފިއާ ގޭންގުތަކާ.މީނަ ކޮންޓްރޯލް ކުރަނީ ދުނިޔޭގެ މާފިއާ
ލޮބުވެތި ރައްޔިތުން! މިއަދު މި ޤައުމު ދޫކޮށްލައިފިނަމަ ދެން ދުވަހަކުވެސް ސަލާމަތެއްނުވާނެ! އާދެ
8 249 04c
کر سب کو فراس
22 0 2
24 ދ 02
4ހ29ނ
އަޅުގަނޑުމެން އެބަޖެހޭ ވަރަށް ސާބިތުކަމާއެކު ކުރިއަށްދާން! އެންމެހާ ލޮބުވެތި ރައްޔިތުން!
ކެތްތެރިވެ ވަޑައިގަންނަވާ! އަޅުގަނޑުމެން އިރުއޮއްސޭ ގަޑީގައި ދުޢާކުރާނަން. ދުޢާކުރުމަށްފަހުގައި ދެން ތިޔަ
ބޭފުޅުން އެހެން ގޮތަކަށް ތެދުވެވަޑައިގަންނަވާ!.. މާތްﷲ އިރާދަކުރެއްވިއްޔާ މި އަނިޔާވެރިކަން މިއަދު
ނިމުމަކަށް އަންނާނެ! ތިޔަބޭފުޅުންގެ ހިތްވަރު! ތިޔަބޭފުޅުންގެ އަޒުލް! ތިޔަބޭފުޅުންގެ ތައްޔާރު! ...." މިފަދައިން
މުޚާތަބްކޮށް މުޒާހަރާގެ ބައިވެރިންނާ ވާހަކަދައްކާފައިވާކަން ފާހަގަކުރެވޭކަމާއި،
ޢިމްރާން ޢަބްދުﷲ ދެއްކި ވާހަކައިގައި އަނިޔާވެރިކަން ނިންމަން އެއްވެސް ފަރާތަކުން
ފަސްނުޖެހުމަށާއި، މުޒާހަރާއާއިގެން ހިތްވަރާއެކު ކުރިއަށްދިއުމަށާއި، ތަޙުޤީގު މަރުޙަލާގަޔާއި ޝަރީޢަތުގެ
މަރުހަލާގައިވާ މައްސަލަތަކެއްގެ ވާހަކަ ދައްކާ ދައުލަތުގެ އިސް ވެރިންތަކަކަށް ނިސްބަތްވާގޮތަށް ބޮޑެތި
ތުހުމަތުތައްކޮށް އެ ފަރާތްތަކުގެ ކަންތައް ނިންމަންވާނެކަމަށާއި، އެ ފަރާތްތަކުގެ މައްޗަށް ޝަރުޢީގޮތް
teޖޭގެ ރައީސް
ރާއްޖޭގެ ހައިކޯޓް، އާބުނުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: WWW
.
highcourt.gov.mv
13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2{016/HC-A/1{3
14 2
ކުރަންޖެހޭ ހުރިހާ މަރުހަލާއެއް ގެންދިއުމުގެ ޒިންމާއެއް އޮތީ މުޒާހަރާގެ ބައިވެރިންގެ އަތުގައި ކަމަށާއި، އެކަމަށް
ތައްޔާރުތޯ އަހައި ވާހަކަދައްކާފައިވާއިރު، މުޒާހަރާގެ ބައިވެރިންނަށް "އެހެން ގޮތަކަށް" ތެދުވުމަށް ހިތްވަރުދީ
ވާހަކަދައްކާފައިވާކަމާއި އަދި މަޣްރިބް ނަމާދުކުރުމަށް މުޒާހަރާގެ ބައިވެރިން އިސްލާމީ މަރުކަޒާ ދިމާލަށް
މިސްރާބު ޖަހާ ދިޔަކަން އެނގެންއޮންނައިރު، މުޒާހަރާ އިންތިޒާމްކުރި ފަރާތުގެ ޙައްޞިއްޔަތުން ޢިމްރާން
ޢަބްދުﷲގެ ފަރާތުން މުޒާހަރާ ނިމިފައިވާކަމަށް އިޢުލާންކޮށްފައިވާކަން އެނގެންނެތްކަމާއި،
މުޒާހަރާގެ ބައިވެރިން އޭގެ ފަހުންވެސް މުޒާހަރާއާއިގެން ކުރިއަށް ދިޔަކަން އެނގޭކަމާއި،
މުޒާހަރާގެ ބައިވެރިން ފުލުހުން ބަންދުކޮށްފައިވާ ސަރަޙައްދުތަކަށް ވަތްކަމާއި، އަދި އަމަން ބަލަހައްޓަން ތިބި
ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގާދިޔަކަމާއި، އެ ގޮތުން ހިނގާދިޔަ
ހަމަނުޖެހުންތަކުގެ ތެރޭގައި ޢާންމުންނަށާއި ފުލުހުންނަށާއި މުދަލަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަން މި
މައްސަލާގައި ހުށަހެޅުނު ލިޔުންތަކުން އެނގޭކަމާއި، އެގޮތުން، 17 (ސަތާރަ) ފުލުހަކަށް އަނިޔާވެފައިވާއިރު، 2
ފުލުހަކަށް ސީރިއަސް އަނިޔާލިބުމުގެ ސަބަބުން އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދެވުނުކަން މޯލްޑިވްސް
ޕޮލިސް ސަރވިސްގެ އޮޕަރޭޝަން ލޭބަރޑޭ 2015، ބްރީފިންގ ރިޕޯޓްއަށް ބެލުމުން އެނގޭކަމާއި، މީގެ އިތުރުން،
މުޒާހަރާގައި ހިނގާދިޔަ ހަމަނުޖެހުންތަކުގައި ފުލުހުންނަށާއި މުދަލަށް ގެއްލުންދީފައިވާކަން މޯލްޑިވްސް ޕޮލިސް
ސަރވިސްގެ 2015 މެއި 1 ދުވަހު ލޭބަރޑޭ އޮޕަރޭޝަން (އޮޕްސް) އަށް ރިޕޯޓްކުރެވިފައިވާ
އިންސިޑެންޓްތަކަށާއި، މި މައްސަލައާ ގުޅިގެން ހުށަހެޅުނު ފޮޓޯތަކަށާއި، ވީޑިއޯ ފުޓޭޖްތަކަށް ބެލުމުން
އެނގެންއޮންނަކަމެވެ.
(ބ) ފަސްވަނަ ކަމަކީ، އިސްލާމީ ޝަރީޢާގެ ޤާއިދާއެއް
ދާއެއްކަމަށްވާ "للهلل ޕެهل هلللޑ"
ގައިވާ ފަދައިން ޔަޤީންކަމާއެކު ސާފު ނައްޞުން ފެންނަން އޮތް ކަމެއް ޝައްކަކުން ނުވަތަ އެހެން މީހަކު އެހެން
ގޮތަކަށް މާނަކުރުމަކުން ސާފު ނައްޞުން ފެންނަން އޮތް އޮތުމުގެ ހުއްޖިއްޔާތު ވެއްޓިގެން ނުދާނެ ކަމަށް ބުނާ
ޤާއިދާ ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ޢިމްރާން ޢަބްދުﷲގެ ފަރާތުން ހުށަހެޅި ނުކުތާއަށް
ރިޢާޔަތްކުރިއިރު،
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: WWW
.
highcourt.gov.mv
14
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{16/HC-A/113
ޢިމްރާން ޢަބްދުﷲގެ ތަޤްރީރުގެ ބައެއް ތަންތަނުގައި އަނިޔާނުކުރުމަށް ބުނިނަމަވެސް އަނެއްބައި
ތަންތަނުގައި އަނިޔާކުރުމަށް ހިތްވަރުދީފައިވާކަމަށާއި، އަނިޔާކުރުމަށް ހިތްވަރުދީފައިވާކަމަށް ދައުލަތުން ބުނަނީ
އިމްރާން ޢަބްދުﷲގެ ތަޤްރީރުގެ ބައެއް ލަފްޒުތަކުން ދައުލަތަށް ހީވާ އެއްޗެއްގެ މައްޗަށްކަމަށާއި، ދައުލަތަށްވާ
ހީއެއްގެ ނުވަތަ ދޭހަވާ އެއްޗެއްގެ ޒަރީއާއިން، އެ ތަޤްރީރުގައި މުޠާލަޤަށް ސާފުކޮށް ޔަޤީންކަމާއެކު
އަނިޔާވެރިނުވުމަށާއި ހަމަނުޖެހުން ނުހިންގަން ޢިމްރާން ޢަބްދުﷲ ބުނެފައިވާ ބުނުމުގެ ބާރު ކެނޑިގެން
ނުދާނެކަމަށްބުނެ ޢިމްރާން ޢަބްދުﷲގެ ފަރާތުން މި ނުކުތާގައި އިތުރަށް ފާހަގަކޮށްފައިވާކަމާއި،
ކުރިންވެސް ފާހަގަކުރެވުނު ފަދައިން 1 މެއި 2015 ގައި ބޭއްވި މުޒާހަރާގައި ޢިމްރާން
ޢަބްދުﷲ މުޒާހަރާގެ ބައިވެރިންނާ މުޚާތަބުކޮށް ދެއްކި ވާހަކައިގައި، ރައީސް ޔާމީނާއި ސަރުކާރުގެ
އިސްވެރިންތަކަކަށް ނިސްބަތްވާގޮތަށް ބޮޑެތި ޖިނާއީ އަމަލުތަކުގެ ތުހުމަތުކޮށްފައިވާކަމާއި، އަދި އެކަންތައް
ނިންމުމަށް މުޒާހަރާގެ ބައިވެރިންނަށް ހިތްވަރު ދީ ވާހަކަދައްކާފައިވާއިރު، ޢިމްރާން ޢަބްދުﷲ ގެ ވާހަކައިގައި،
".މިކަންތައް ދޫކޮށްލައިފިނަމަ ދެން އަޅުގަނޑުމެންނަކަށް ސަލާމަތެއްނެތް.. ދުޢާކުރުމަށްފަހުގައި ދެން ތިޔަ
ބޭފުޅުން އެހެން ގޮތަކަށް ތެދުވެވަޑައިގަންނަވާ!..." މިފަދައިން މުޒާހަރާގެ ބައިވެރިންނާ މުޚާތަބުކޮށް ސާފު ބަހުން
ވާހަކަދައްކާފައިވާކަން ފާހަގަކުރެވެން އޮތުމުން، މުޒާހަރާގެ ބައިވެރިންނަށް ސަރުކާރާ ދެކޮޅަށް ތެދުވުމަށް ޢިމްރާން
ޢަބްދުﷲ ގޮވާލާފައިވާކަން ފާހަގަކުރެވޭކަމެވެ.
*
(ޅ) ހަވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ)
ގައި ވަކި ކަމެއް ކުރުން ނުވަތަ ވަކި ކަމެއް ނުކޮށް ދޫކޮށްލުން އެއީ ކުށެއް ކަމުގައި އިސްލާމީ ޝަރީޢަތުގައި
ނުވަތަ ޤާނޫނުގައި ބަޔާންކޮށްފައި ނެތަސް އެކަމެއް ކުރި މީހަކަށް ނުވަތަ ނުކޮށް ދޫކޮށްލި މީހަކަށް، އެ ކުރި
ކަމަކާ ނުވަތަ ނުކޮށް ދޫކޮށްލިކަމަކާ ގުޅުވައިގެން އަދަބު ދީގެން ނުވާނެކަމަށް ބަޔާންކޮށްފައިވާކަމާއި،
ޤާނޫނު ނަންބަރު 10/90 (ދިވެހިރާއްޖޭގެ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ
މާއްދާގައި އެ މާއްދާގައި ބަޔާންކޮށްފައިވާ ކަންތައްތަކަކީ އެ ޤާނޫނުގެ ދަށުން ޓެރަރިޒަމްގެ ކުށުގެ ތެރޭގައި
ހިމެނޭ ކަންކަންކަމަށް ބަޔާންކޮށް
ފްކޮށްފައިވާއިރު، ބުނެވުނު މާއްދާގެ (ށ) ގައި، ރައްޔިތުންގެ ތެރޭގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
ކަސްޓަށ ﷲ
15
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{016/HC-A/1:33
4 2 2 2 4 04
އެއްވެއުޅު2 ޖެ
3 2x22
އިންތޮނަމަކަވ
އުފެދޭފަދަ ކަމެއް ކުރުން، ނުވަތަ ކުރަން އުޅުން ނުވަތަ މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުވަތަ
މުދަލަށް ގެއްލުންދީފާނެ ކަމުގެ އިންޒާރު ދުލުން ނުވަތަ ލިޔުމަކުން ވިޔަސް ދިނުމަކީ ބުނެވުނު ޤާނޫނުގެ
މަށްޓަކައި ޓެރަރިޒަމްގެ ކުށެއްކަން އެނގެންއޮންނަކަމާއި،
ޤާނޫނު ނަންބަރު 1/2013 (ޞުލްޙަވެރިކަމާއެކު
މިނިވަންކަމުގެ ޤާނޫނު) ގެ 52
ވަނަ މާއްދާގެ (ހ) ގައި އެއްވުމެއްގައި ހިނގާ ހަމަނުޖެހުމާ ގުޅޭގޮތުން ނުވަތަ އަނިޔާވެރި ޢަމަލަކާ ގުޅޭގޮތުން
ނުވަތަ މުދަލަށް ގެއްލުންދިނުމާ ގުޅޭގޮތުން ނުވަތަ މީހަކަށް ގެއްލުން ދިނުމާގުޅޭގޮތުން އެއްވުން އިންތިޒާމްކުރާ
ފަރާތުން ޒިންމާ އުފުލަންޖެހޭނީ، އެކަން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ އެކަށީގެންވާ ފިޔަވަޅުތައް އެ މީހުން
އަޅާފަނުވާ ޙާލަތުގައިކަމަށާއި، ނުވަތަ އަނިޔާވެރި ޢަމަލު ހިންގުމަށް ނުވަތަ މުދަލަށް ގެއްލުންދިނުމަށް އެ
އެއްވުމުގައި ފާޅުގައި ގޮވަމުންދާއިރުވެސް، އެކަން ހުއްޓުވުމަށް އެއްވުން އިންތިޒާމްކުރާ ފަރާތުން ކުރި
މަސައްކަތެއް ފާހަގަވާންނެ މަކަމަށް ބަޔާންކޮށްފައިވާކަމާއި،
ހުށަހެޅިފައިމިވާ މައްސަލާގައި ޤާނޫނު ނަންބަރު 10/90 (ދިވެހިރާއްޖޭގެ ޓެރަރިޒަމް
ނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ ދަށުން ޢިމްރާން ޢަބްދުﷲގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވާއިރު،
އެ ދައުވާ ކޮށްފައިވަނީ 1 މެއި 2015 ގައި ޢިމްރާން ޢަބްދުﷲ ރައީސްކަންކުރާ އަދާލަތު ޕާޓީ އިސްވެ އޮވެ،
އަނިޔާވެރިކަން ނިންމުން" މި ނަމުގަ މާލެތެރޭގަ ކުރިއަށް ގެންދިޔަ މުޒާހަރާގަ އަނިޔާވެރިކަމަށް ހިތްވަރު
މުޒާހަރާގެ ބައިވެރިންނާ ޢިމްރާން
ޢަބްދުﷲ މުޚާތަބުކުރުމުން، ފުލުހުން ބަންދުކޮށްފަވާ
ސަރަޙައްދުތަކަށް މުޒާހަރާގެ ބައިވެރިން ވަދެ، އަމަން ބަލަހައްޓަން
ތިބި
ފުލުހުންނަށާ، ޢާންމުންނަށް
ގެއްލުންދީފަވާތީކަމަށް ދައުލަތުން ބުނެފައިވާކަމާއި،
މި މައްސަލައިގެ ޙާދިސާ ހިނގިއިރު، ޢަމަލުކުރެވެމުން ދިޔަ ޤާނޫނުލްޢުޤޫބާތުގެ ދަށުން
ކުށެއްގައި ބައިވެރިވީކަމަށް ބެލެވޭ
ތެރޭގައި މާނައެއްގައި
ނަސޭހަތްތެރިވުން، ފާޑު ކިޔައިދިނުން ނުވަތަ މިއިންކަމަކަށް ސީދާ ނުވަތަ ނުސީދާ ގޮތަކަށް އިޝާރާތްކުރުން
ހިމެނޭކަން އެޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) އަށް ބެލުމުން އެނގޭއިރު،
ދ 24
މަނާގެ
x2ތޏ
ފަގޗށް
0 2 04
04 3 2 443
ކނވސ
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް ވެބްސައިޓް:
www-highcourt.gov.my eros [email protected]
16
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{016/HC-A/1:33
l
11611 ގެ
4x4 0
ޢިމްރާން ޢަބްދުﷲ މުޒާހަރާގެ ބައިވެރިންނާ މުޚާތަބްކޮށް އިސްވެ ފާހަގަކުރެވުނު ފަދައިން ވާހަކަ
ދައްކާފައިވާއިރު، މުޒާހަރާގައި ހިނގާދިޔަ ހަމަނުޖެހުންތައް ހިނގާދިޔައީ ޢިމްރާން ޢަބްދުﷲގެ ވާހަކައިގައި
"އެހެންގޮތަކަށް ތެދުވުމަށް" ގޮވާލައި ދައްކާފައިވާ ވާހަކަތަކާއި ގުޅިގެންކަން އެނގޭކަމާއި، މުޒާހަރާގައި
އާންމުންނަށާއި، ފުލުހުންނަށާއި، އަދި މުދަލަށް ލިބުނު ގެއްލުންތަކަކީ ސީދާ ޢިމްރާން ޢަބްދުﷲ ދެއްކި
ވާހަކަތަކުގެ ސަބަބުން ލިބުނު ގެއްލުންތަކެއްކަން ދައުލަތަށް ސާބިތުކޮށްދެވިފަނުވާކަމަށް ޢިމްރާން ޢަބްދުﷲގެ
ފަރާތުން ފާހަގަކޮށްފައިވީ ނަމަވެސް، ކުރިންވެސް ފާހަގަކުރެވުނު ފަދައިން 1 މެއި 2015 ގައި "މޭޑޭ'
ނަމުގައި ހިންގި މުޒާހަރާއަކީ ޢަދާލަތު ޕާޓީ އިސްވެއޮވެ މާލޭގައި ކުރިއަށްގެންދިޔަ މުޒާހަރާއެއްކަމަށް ވެފައި،
މުޒާހަރާ ކުރިއަށް ގެންދިއުމަށް ހުއްދަދީފައިވަނީ ވަކި ޝަރުތުތަކަކާއެކުކަމުގައި ވީނަމަވެސް، އެ ޝަރުޠުތައް
ފަހަނަޅައި މުޒާހަރާ ކުރިއަށް ގެންގޮސްފައިވާއިރު، މުޒާހަރާގައި ހިނގި ޢަމަލުތަކާއި، މުޒާހަރާގެ ބައިވެރިންނާ
މުޚާތަބްކޮށް ޢިމްރާން ޢަބްދުﷲ އަނިޔާވެރިކަމަށް ހިތްވަރުލިބޭގޮތަށް ދެއްކި ވާހަކަތަކާ ގުޅުވާލުމުން އެ ދެއްކި
ވާހަކަތަކުގެ ސަބަބުން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިގެން ދިޔަކަން އެނގެންއޮތުމުން، ޢިމްރާން
ޢަބްދުﷲ ގެ އެ ޢަމަލަކީ ޤާނޫނު ނަންބަރު 10/90 (ދިވެހިރާއްޖޭގެ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 2
ވަނަ މާއްދާގެ (ށ) ގެ ދަށުން ތަޖްރީމް ކުރެވިފައިވާ ކުށެއްކަން އެ އަކުރުގެ ސާފު ނައް ޞަށް ބެލުމުން
އެނގޭކަމާއި،
ޓެރަރިޒަމްގެ ޢަމަލަކަށް ހިތްވަރުދިނުމުގެ ކުށަކީ، ޤާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް
މަނާކުރުމުގެ ޤާނޫނު) ގެ 8 ވަނަ މާއްދާގައި ތަޖްރީމްކުރެވިފައިވާ ކުށެއްކަމާއި، އަދި މި ކުށަށް އިސްތިއުނާފު
ކުރެވޭ ޤަޟިއްޔާގައި ޙަވާލާ ދީފައިވީނަމަވެސް، ހުށަހެޅިފައިވާ މައްސަލާގައި ޢިމްރާން ޢަބްދުﷲގެ މައްޗަށް ކުށް
ސާބިތުވާކަމަށް ކަނޑައަޅާފައިވަނީ ޤާނޫނު ނަންބަރު 1090 (ދިވެހިރާއްޖޭގެ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު)
ގެ ދަށުންކަން އިސްތިއުނާފުކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު 2015/Cr
-
C/414 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެންއޮތުމުން، އިޝާރާތްކުރެވުނު އެ ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ) އާ ޚިލާފަށްކަމަށް ބެލެވެންނެތްކަމާއި،
ރިހުން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
17
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{16/HC-A/1:3
ޢަދާލަތު ޕާޓީއަކީ ބުނެވުނު މުޒާހަރާ އިންތިޒާމްކުރި ފަރާތްކަމުގައިވެފައި، އެ ޕާޓީގެ ރައީސެއްގެ
ޙައިޞިއްޔަތުން ޢިމްރާން ޢަބްދުﷲ މުޒާހަރާގެ ބައިވެރިންނާ މުޚާތަބްކޮށް މުޒާހަރާއާއިގެން ކުރިއަށް ދިއުމަށް
އިރުޝާދު ދީފައިވާއިރު، މުޒާހަރާގައި ހަމަނުޖެހުން ހިނގައި ޢާންމުންނަށާއި މުދަލަށް އެތަކެއް ގެއްލުންތަކެއް
ލިބިގެން ދިޔައިރުވެސް މުޒާހަރާ ނިންމާލިކަމުގެ އެއްވެސް އިޝާރާތެއް ދީފައިނުވާއިރު، މުޒާހަރާ ރާވާ ހިންގާ
އަދި މުޒާހަރާގައި ބައިވެރިންނާ މުޚާތަބުކޮށް އިރުޝާދުދިން ފަރާތެއްގެ ޙައިޞިއްޔަތުން މުޒާހަރާގެ ބައިވެރިންނަށް
އެއްވެސް އިރުޝާދެއްދީ ހަމަނުޖެހުން ހުއްޓުވުމަށް ޢިމްރާން ޢަބްދުﷲގެ ފަރާތުން އެކަށީގެންވާ ފަދަ މަސައްކަތެއް
ކޮށްފައިނުވާކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ އެކަށީގެންވާ
މިންވަރެއްގެ ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަމަށް މި މައްސަލަ ބެލުމުގައި ބައިވެރިވި ހުރިހާ
ފަނޑިޔާރުންނަށް އެއްބަސްވެވުނުކަމާއި،
އެހެންކަމުން، އެދުވަހުގެ މުޒާހަރާގެ ބައިވެރިންނަށް އަނިޔާވެރިކަމަށް ހިތްވަރު ލިބޭ ގޮތަށް
ޢިމްރާން ޢަބްދުﷲ ވާހަކަ ދައްކާފައިވުމާއި އެމުޒާހަރާގެ ބައިވެރިން އަނިޔާވެރި ޢަމަލުތަކެއް ހިންގާފައިވާކަމާއި
އަދި އެކަން ހުއްޓުވުމަށް މުޒާހަރާ އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތެއްގެ ހައިސިއްޔަތުން
ޢިމްރާން ޢަބްދުﷲ އެކަށީގެންވާ ފަދަ މަސައްކަތްތަކެއް ކޮށްފައިވާކަން އެނގެން ނެތުމުން އެކަންކަމުގައި ޤާނޫނު
ނަންބަރު 1/2013 (ޞުލްޙަވެރިކަމާއެކު މިނިވަންކަމުގެ ޤާނޫނު) ގެ 52 ވަނަ މާއްދާގެ (ހ)
ގައިވާ ގޮތުގެމަތިން ޢިމްރާން ޢަބްދުﷲ ވެސް ޒިންމާ އުފުލަންޖެހޭތީ، ކްރިމިނަލް ކޯޓުގެ ނަންބަރު -CR/414
2015/C ޤަޟިއްޔާގައި ޢިމްރާން ޢަބްދުﷲގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ކުށް، ސާބިތުވާކަމަށް
ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލުތަކާ ޚިލާފަށްކަމަށް ބެލެވެން ނެތްކަމެވެ.
2 22 22 22
އެވައޅު9ގ
އެ
ވީމާ، އިސްވެބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމާއެކު، ޢިމްރާން ޢަބްދުﷲގެ ފަރާތުން
ކްރިމިނަލް ކޯޓުގެ ނަންބަރު 2015/CR
-
C/414 ޤަޟިއްޔާ އިސްތިއުނާފު ކުރަމުން ހުށަހަޅާފައިވާ ނުކުތާތަކުގެ
މައްޗަށް ބިނާކޮށް، އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ބާޠިލު ޙުކުމެއްކަމަށް ކަނޑައަޅާނެ އެއްވެސް ޝަރުޢީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް ވެބްސައިޓް:
www-highcourt.gov.my eros [email protected]
18
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A/113
އަދި ޤާނޫނީ ސަބަބެއް ޢިމްރާން ޢަބްދުﷲއަށް ދެއްކިފައިވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި
އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.
• ޙުކުމް
OX
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެ ގޮތަށް ހުރުމުން، މ.ކޮޅުފުށި މަހާރު،
ޢިމްރާން ޢަބްދުﷲ (އައިޑީ ކާޑު ނަންބަރު A048136) ގެ ފަރާތުން ކްރިމިނަލް ކޯޓުގެ ނަންބަރު
2015/Cr
-
C/414 ޤަޟިއްޔާ އިސްތިއުނާފުކުރަމުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ
ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލުކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި
މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، އެ ގޮތުގެ މަތިން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: WWW
.
highcourt.gov.mv