ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/47 ޤަޟިއްޔާގެ ޙުކުމް
1
2015/HC-A/47
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
je
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 47/HC
-
A/2015
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ފުއާދު ޒާހިރު
އައިޑީ ކާޑު ނަންބަރު: A057687
ދާއިމީ އެޑްރެސް: މަރިޔަމްމާގެ !ގއ. ކޮލަމާފުށި
* މިހާރުގެ އެޑްރެސް: މ. ހިންމިޔާ | ކ. މާލެ
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: މެޕް އެކްސްޕޯޓްސް ލިމިޓެޑް
*ދާއިމީ އެޑްރެސް:
.C/
-4C Consuting
,
Unit1
Mount Lawley WA Australia
*ރަޖިސްޓްރީ ނަންބަރު.
މިހާރުގެ އެޑްރެސް: ,spinebell Rest
8
Beeliar WA 6165 Australia
• ރަޖިސްޓްރީ ތާރީޚް: 12 ރަބީޢުލްއާޚިރު 1436
02 ފެބްރުއަރީ 2015
ނިމުނު ތާރީޚް: 17 ރަމަޝާން 1438
ޖޫން 2017
08
އިސްތިއުނާފު
މާފުކުރެވުނު ޤަޟިއްޔާ ނަންބަރު: ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/2088 ޤަޟިއްޔާ
• ނިންމެވި ފަރާތް: ސިވިލް ކޯޓު
މައްސަލައިގެ ބާވަތް: ފައިސާހޯދުން
ހުށަހެޅި ތާރީޚް: 27.10.2013
* ނިމުނު ތާރީޚް: 24.08.2014
ޖެހިރާއްޖޭގެ
• މައްސަލަ ބެއްލެވި ފަނޑިޔާރުން:
އިސްފަނޑިޔާރު ޢަބްދުﷲ ދީދީ ފަނޑިޔާރު ޢަބްދުﷲ ޙަމީދު ފަނޑިޔާރު ޢަބްދުއްރައޫފު
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
409904=ޑް
2
2{015/HC-A/47
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/2088 ޤަޟިއްޔާ، އެ ކޯޓުން ނިންމެވީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ގއ. ކޮލަމާފުށި | މަރިޔަމްމާގެ، ފުއާދު ޒާހިރުގެ ފަރާތުން އެ
ޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ.
މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މެޕް އެކްސްޕޯޓްސް
އެކްސްޕޯޓްސް ލިމިޓެޑްއެވެ.
ވެ
1) އިސްތިއުނާފު ކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/2088 ޤަޟިއްޔާގައި،
އ. ކޮލަމާފުށި | މަރިޔަމްމާގެ، ފުއާދު ޒާހިރު (ދިވެހިރއްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A057687) ގެ
އެދުމަކަށް މެޕް އެކްސްޕޯޓްސް ލިމިޓެޑުން، ފަހުން ފައިސާ ދައްކާގޮތަށް 02 ފަހަރެއްގެ މަތިން ފުއާދު ޒާހިރަށް
ފޮނުވާފައިވާ މޭވާގެ ޝިޕްމަންޓްތަކަށް ދައްކަންޖެހި ނުރައްކާވާ އެކު ޖުމްލަ 18,654165 $US (އަށާރަހާސް
ހަސަތޭކަ ފަންސާސް ހަތަރު އެމެރިކާ ޑޮލަރު | ފަސްދޮޅަސް ފަސް ސެންޓް) ދެއްކުމަށް ފުއާދު ޒާހިރަށް
އެންގުމުންވެސް އެ ފައިސާ ދައްކާފައިނުވާތީ، އެ ފައިސާ ލިބިގަތުމަށް އެދި ފުއާދު ޒާހިރުގެ މައްޗަށް މެޕް
އެކްސްޕޯޓްސް ލިމިޓެޑުން ދަޢުވާކޮށްފައިވާކަމާއި،
އެ ޤަޟިއްޔާ ނިންމަވާފައިވަނީ "ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށާއި، މި
މައްސަލާގައި ހުށަހެޅިފައިވާ އެހެނިހެން ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް، ގއ. ކޮލަމާފުށި ! މަރިޔަމްމާގެ،
ފުއާދު ޒާހިރު (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A057687) ގެ އެދުމަކަށް މެޕް އެކްސްޕޯޓްސް
ލިމިޓެޑުން، ފަހުން ފައިސާ ދައްކާގޮތަށް 2 ފަހަރެއްގެ މަތިން ފުއާދު ޒާހިރަށް ފޮނުވާފައިވާ މޭވާގެ
ޝިޕްމަންޓްތަކަށް ދައްކަންޖެހި ނުދައްކައި، އެކު ޖުމްލަ 18,654
/
65 $US (އަށާރަހާސް ހަސަތޭކަ ފަންސާސް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
3
2015}HC-A/47
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދައްކާފައިނުވާތީ، މި ފައިސާ ލިބިގަތުމަށް އެދި ފުއާދު ޒާހިރުގެ މައްޗަށް މެޕް އެކްސްޕޯޓްސް ލިމިޓެޑުން
ހުށަހަޅާފައިވާ މި މައްސަލަ ޝަރީޢަތުން ބެލިއިރުގައި،
މެޕް އެކްސްޕޯޓްސް ލިމިޓެޑުގެ ނަންބަރު 00000023 (26 މާރޗް 2012) ކޮމަރޝަލް
އިންވޮއިސްއާއި، ނަންބަރު 00000040 (15 މެއި 2012) ކޮމަރޝަލް އިންވޮއިސްގައިވާ މުދައު ފުއާދު
ޒާހިރަށް ލިބިފައިވާކަމާއި، އެ އިންވޮއިސްގައިވާ ޤުދައު ފުއާދު ޒާހިރަށް ލިބިފައިވާހިނދު، އެ އިންވޮއިސްގައިވާ
މުދަލަށް ދައްކަންޖެހޭ ފައިސާ ދެއްކުމަކީ ފުއާދު ޒާހިރުގެ ޒިންމާއެއްކަމުގައިވާތީ، އެ ފައިސާ މެޕް އެކްސްޕޯޓްސް
ލިމިޓެޑަށް ދައްކާފައިވާކަން ސާބިތުކޮށްދިނުމަކީ، އެ ފައިސާ ދައްކަންޖެހޭ ފުއާދު ޒާހިރުގެ މަސްއޫލިއްޔަތެއްކަމާއި،
މި ގޮތުން މެޕް އެކްސްޕޯޓްސް ލިމިޓެޑުގެ ނަންބަރު 00000023 (26 މާރޗް 2012) ކޮމަރޝަލް
އިންވޮއިސްގެ ޓަރމް އޮފް ޕޭމަންޓުގައި %50 އެޑްވާންސް އަދި ބެލެންސް ލިޔެވިފައި އޮތުމާއި، ނަންބަރު
00000040 (15 މެއި 2012) ކޮމަރޝަލް އިންވޮއިސްގެ ޓަރމްސް އޮފް ޕޭމަންޓުގެ އެއްވެސް ގޮޅިއެއްގައި
ފާހަގަ ޖަހާފައިނުވާތީ، އެ އިންވޮއިސްތަކުގައިވާ ހުރިހާ ފައިސާއެއް އެޑްވާންސްކޮށް މެޕް އެކްސްޕޯޓްސް ލިމިޓެޑަށް
ފުއާދު ޒާހިރު ދައްކާފައިވާކަން އެ ލިޔުންތަކުން ޝަރީޢަތަށް ސާބިތުނުވާކަމާއި، އެއާ ޚިލާފަށް އެ ލިޔުންތަކަކީ
ކޮމަރޝަލް އިންވޮއިސްއެއްކަމަށްވާތީ، އެ ލިޔުންތަކަކީ ލިބެންޖެހޭ ފައިސާ ހުރިކަން ބަޔާންކޮށްދޭ ލިޔުމެއްކަމާއި،
ފުއާދު ޒާހިރު ހަވާލާދީފައިވާ ޓީޓީގެ ލިޔުންތަކަކީ، މި މުޢާމަލާތް ހިނގުމުގެ އެތައް މަސްތަކެއް ކުރިން، 25
ސެޕްޓެމްބަރު 2011 އާއި، 15 މެއި 2011 ގައި ސީޓީޕީ އެކްސްޕޯޓްސް އަށް ހަދާފައިވާ ދެ
ޓީޓީއެއްކަމުގައިވާތީ، އެ ފައިސާއަކީ މި މުޢާމަލާތާ ގުޅުންހުރި ފައިސާއެއްކަމަށް ޝަރީޢަތަށް ބުރަވެވެން
ނެތްކަމާއި، މެޕް އެކްސްޕޯޓްސް ލިމިޓެޑާއި، ފުއާދު ޒާހިރުއާ ދެމެދު ކުރެވިފައިވާ މި މުޢާމަލާތާ ގުޅިގެން ފުއާދު
ޒާހިރު ދައްކަންޖެހޭ ފައިސާގެ ތެރެއިން ބައެއް ލިބިފައިވާކަމަށް މެޕް އެކްސްޕޯޓްސް ލިމިޓެޑުން ބުނެފައިވާތީ،
މިހާރު މެޕް އެކްސްޕޯޓްސް ލިމިޓެޑަށް ފުއާދު ޒާހިރު ދައްކަންޖެހި ނުދައްކައިވާ ފައިސާގެ ޢަދަދަކީ
US
$
18,654
/
65 (އަށާރަހާސް ހަސަތޭކަ ފަންސާސް ހަތަރު އެމެރިކާ ޑޮލަރު | ފަސްދޮޅަސް ފަސް ސެންޓް)
ކަން މި މައްސަލާގައި ހުށަހެޅިފައިވާ ލިޔުންތަކުގެ މައްޗަށް ބިނާކޮށް މަދަނީ މިންގަނޑުތަކުން ޝަރީއަތަށް
ސާބިތުވާކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/47
މި މައްސަލާގައި ސާބިތުވެފައިވާ އެކު ޖުމްލަ 18,654
/
65$US (އަށާރަހާސް ހަސަތޭކަ
ފަންސާސް ހަތަރު އެމެރިކާ ޑޮލަރު | ފަސްދޮޅަސް ފަސް ސެންޓް) މެޕް އެކްސްޕޯޓްސް ލިމިޓެޑަށް
ލިބިދިނުމަށްޓަކައި، މި ފައިސާ މިއަދު 24 އޯގަސްޓް 2014 އިން ފެށިގެން ކޮންމެ މަހަކު މަދުވެގެން އެ
މަހަކަށްޖެހޭ މިންވަރު މި ކޯޓަށް ދައްކަމުންވެސް، މި ފައިސާ އެކު ޖުމްލަ 06 (ހައެއް) މަސްދުވަހުގެ ތެރޭގައި
އެއްކޮށް ދައްކާ ޚަލާޞްކުރުމަށް ފުއާދު ޒާހިރަށް އަންގައި ޙުކުމްކޮށް..." މައްސަލަ ނިންމަވާފައިވާކަން އެ
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
2) ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/2088 ޤަޟިއްޔާ، އެ ކޯޓުން ނިންމެވީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ކޮލަމާފުށި | މަރިޔަމްމާގެ، ފުއާދު ޒާހިރުގެ ފަރާތުން އެ ޤަޟިއްޔާ
އިސްތިއުނާފު ކުރަމުން، 04 (ހަތަރެއް) ނުކުތާއެއް ފާހަގަކޮށް އެ ނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ، އިސްތިއުނާފު ރައްދުވާ ފަރާތުން ފޮނުވި މުދަލުގެ ކޮމަރޝަލް
އިންވޮއިސްގައި މުދަލުގެ އަގު އަދާކުރެވޭނެ ގޮތްތައް ކަމަށް ބަޔާންކޮށްފައިވާ ޓަރމްސް އޮފް ޕޭމަންޓުގައި
ކަނޑައަޅާފައިވާ ހުރިހާ ގޮތްތަކަކީވެސް އިސްތިއުނާފު ރައްދުވާ ފަރާތުން ފޮނުވި މުދަލުގެ ފުރިހަމަ އަގު އެ
ފަރާތަށް ލިބުމަށްފަހު މެނުވީ އިސްތިއުނާފުކުރާ ފަރާތަށް މުދާ ލިބޭނޭ ގޮތްތަކަކަށް ނުވާއިރު، އިންވޮއިސްގައި
ކަނޑައަޅާފައިވާ ޕޭމަންޓް ޓަރމްސް ނުބައިކޮށް މާނަކުރައްވައި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި
ނުކުތާ.
• ދެވަނަ ނުކުތާއަކީ، އިސްތިއުނާފު ރައްދުވާ ފަރާތުން އަމިއްލައަށް ތައްޔާރުކޮށް ހުށަހަޅާފައިވާ
އަދި އެއީ ކޮން ކުންފުންޏަކަށް ނިސްބަތްވާ ޑޮކިއުމަ
އުމަންޓެއްކަންވެސް ނޭނގޭ، ލޭޓަރ ހެޑެއް އަދި
FE0 0
ޝޯގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{015/HC-A/47
ޖަހާފައިނެތް ޑޮކިއުމަންޓަކަށް ރިޢާޔަތްކުރައްވައި، އިސްތިއުނާފު ކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތަށް
ފައިސާ ދޭން އޮތްކަމާއި އަދި ދޭންޖެހޭ މިންވަރު ބަޔާންކުރައްވާ ޙުކުމްކުރައްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
• ތިންވަނަ ނުކުތާއަކީ، ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 06 ވަނަ
މާއްދާއާ ޚިލާފަށް މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ހަތަރުވަނަ ނުކުތާއަކީ، އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފް ރައްދުވާ ފަރާތަށް
ދައްކަންޖެހޭ ފައިސާ ދެއްކުމަށްޓަކައި ސީޓީޕީ އެކްސްޕޯޓްސް އަށް ފައިސާ ފޮނުވި ދެ ޓީޓީ ބަޔާންކޮށްފައިވާ
ފައިސާ ސީޓީޕީ އެކްސްޕޯޓަށް ނުލިބޭކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވާއިރު، އަދި ޓީޓީ ކޮޕީގައިވާ
ފައިސާ ސީޓީޕީ އެކްސްޕޯޓަށް ނުލިބޭކަން އަންގައިދޭ އެއްވެސް ދަލީލެއް ހުށަހަޅާފައިވާއިރު، ސީޓީޕީ އެކްސް
ސްޕޯޓަށް
ލިބިފައިވާ ބުނެވިދިޔަ ފައިސާއަކީ މި މުޢާމަލާތް ގުޅުމެއްނެތް ފައިސާއެއްކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން
ބުނާ ބުނުން އެ ފަރާތުން ސާބިތުކޮށްދިނުމަށްޓަކައި އެއްވެސް ހަރުދަނާ ދަލީލެއް ދެއްކިފައިނުވާއިރު އެ ފައިސާއަކީ
މުޢާމަލާތާ ގުޅުން ނެތް ފައިސާއެއްކަމަށް ކަނޑައަޅުއްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
0x2
3) މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެ ފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/2088 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، މި މައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ ލިޔެކިއުންތަކަށް ބަލާއިރު،
އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
ގއ
(ހ) ފުރަތަމަ ކަމަކީ، ކޮލަމާފުށި | ފުއާދު ޒާހިރުގެ އެދުމަކަށް މެޕް އެކްސްޕޯޓްސް
ލިމިޓެޑުން ފަހުން ފައިސާ ދައްކާގޮތަށް 2 (ދޭއް) ފަހަރެއްގެ މަތިން މޭވާ ޝިޕްމަންޓްތަކެއް ފޮނުވާފައިވާކަމަށާއި،
އެ ގޮތުން މެޕް އެކްސްޕޯޓްސް ލިމިޓެޑުން ފޮނުވި މުދައުތަކަށް އެ ކުންފުނީގެ ނަންބަރު
00000023 (26 މާރޗް 2012) ގެ ކޮމާރޝަލް އިންވޮއިސް (28,378 $US އަށާވީސް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
6
2{015/HC-A/47
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ސަތޭކަ ހަތްދިހަ އަށެއް ޑޮލަރު) އާއި ނަންބަރު 00000040 (15 މެއި 2012) ގެ ކޮމާރޝަލް އިންވޮއިސް
(30,176.65 $US ތިރީސްހާސް އެއް ސަތޭކަ ހަތްދިހަ އެއް ޕޮއިންޓް ފަސްދޮޅަސް ފަހެއް ސެންޓްސް)
ފުއާދު ޒާހިރަށް ފޮނުވާފައިވާކަމާއި،
ބުނެވުނު އިންވޮއިސްތަކަށް ފުއާދު ޒާހިރުގެ ފަރާތުން ދައްކަންޖެހޭ ފައިސާގެ ތެރެއިން
US
$
18,654
/
65 (އަށާރަހާސް ހަސަތޭކަ ފަންސާސް ހަތަރު އެމެރިކާ ޑޮލަރު | ފަސްދޮޅަސް ފަސް ސެންޓް)
ދައްކާފައިނުވާކަމަށާއި، އަދި އެ ފައިސާ ދެއްކުމަށް އެންގުމުން ފައިސާ ދައްކާފައިނުވާތީ، އިސްތިއުނާފުކުރެވޭ
ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/2088 ޤަޟިއްޔާއިން ފުއާދު ޒާހިރުގެ މައްޗަށް ދައުވާކުރެވުނުކަމާއި،
ބުނެވުނު ޤަޟިއްޔާގައި މެޕް އެކްސްޕޯޓްސް ލިމިޓެޑުން ފޮނުވާފައިވާ ކޮމާރޝަލް
އިންވޮއިސްތަކުގައިވާ ފައިސާގެ ތެރެއިން މެޕް އެކްސްޕޯޓްސް ލިމިޓެޑުން ނުދައްކާކަމަށް ދައުވާކުރާ ފައިސާއަކީ
ފުއާދު ޒާހިރުގެ ފަރާތުން ދައްކާފައިވާ ފައިސާއެއްކަން ހުށަހެޅިފައިވާ ލިޔުންތަކުން ސާބިތުވާންނެތަތީ، އެ
ފައިސާއަކީ ފުއާދު ޒާހިރުގެ ފަރާތުން މެޕް އެކްސްޕޯޓްސް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާއެއްކަމަށް
833
2 ދ 2 ދ ތ
ކަނޑައަޅުއްވައި ޙުކުމްކުރައްވާފައިވާކަން އެނގެންއޮންނަކަމެވެ.
ކަމަކީ، މެޕް އެކްސްޕޯޓްސް ލިމިޓެޑުން ހުށަހަޅާފައިވާ ކޮމާރޝަލް
އިންވޮއިސްތަކުގައިވާ މުދައު ފުއާދު ޒާހިރަށް ލިބިފައިވާކަމަށް ފުއާދު ޒާހިރުގެ ފަރާތުން ދަށު ކޯޓުގައާއި އަދި
ދިވެހިރާއްޖޭގެ ހައިކޯޓުގައިވެސް ބުނެފައިވާކަމާއި،
ކޮމަރޝަލް އިންވޮއިސްގައިވާ ޓަރމްސް އޮފް ޕޭމަންޓްއަށް ބެލުމުން ފުއާދު ޒާހިރުގެ ފަރާތުން
މެޕް އެކްސްޕޯޓްސް ލިމިޓެޑަށް ލިބެންޖެހޭ ފައިސާ ލިބުމަށްފަހު މެނުވީ ފުއާދު ޒާހިރާއަށް މުދާ ނުލިބޭނެކަމަށާއި،
މި މުޢާމަލާތާއި ގުޅިގެން ދެ ޓީޓީއެއްގެ ޒަރީޢާއިން ސީޓީޕީ އެކްސްޕޯޓަށް ފައިސާ ދައްކާފައިވާނެކަމަށް ފުއާދު
ޒާހިރުގެ ފަރާތުން ބުނެފައިވާކަމާއި،
ފުއާދު ޒާހިރުގެ ފަރާތުން ޙަވާލާދޭ ބުނެވުނު އެ ލިޔުންތަކަށް ބަލާއިރު، އެ
އިސްތިއުނާފު ކުރެވޭ މި މައްސަލާގައި ހިމެނޭ މުޢާމަލާތް ހިނގުމުގެ މާ ކުރީގެ ތާރީޚެއްގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
2015/HC-A/47
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2 *
2 22 22
کو شر کی
އެނގޭކަމާއި، އެ ގޮތުން އެ ލިޔުންތަކަކީ 15 މެއި 2011 އަދި 25 ސެޕްޓެމްބަރު 2011 ގެ ތާރީޚްގައިވާ
ލިޔުންތަކެއްކަން އެ ލިޔުންތަކަށް ބެލުމުން އެނގެންއޮންނަކަމާއި، ފުއާދު ޒާހިރުގެ ފަރާތުން އިސްވެ ބުނެވުނު
މުޢާމަލާތަކީ ފައިސާ ދެއްކިފައި ހުއްޓާ ޝިޕްމަންޓް ހަލާކުވެފައި ހުރުމުން، އެ ޝިޕްމަންޓަށްވުރެ އިތުރަށް
ދެއްކިފައި ހުރި ފައިސާކަމަށާއި، އެ ގޮތަށް ދެއްކިފައި ހުންނަ ފައިސާއަކީ މެޕް އެކްސްޕޯޓްސް ލިމިޓެޑުގައި
ހުންނަ އެޑްވާންސްކަމަށް މެޕް އެކްސްޕޯޓްސް ލިމިޓެޑުން ބަލާކަމަށް ބުނެފައިވާއިރު، އެފަދައިން ކަން
ހިނގާފައިވާކަމުގެ އެއްވެސް ލިޔުމެއް ހުށަހަޅާފައިނުވާކަން ފާހަގަކުރެވޭކަމާއި، އެހެންކަމުން، އިޝާރާތްކުރެވޭ އެ
ލިޔުންތަކަކީ އިސްތިއުނާފުކުރެވޭ މި މައްސަލާގެ މުޢާމަލާތާއި ގުޅުންހުރި ލިޔުންތަކެއްކަމަށް ބެލެވެންނެތްކަމާއި،
އަދި އެކަން އިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/2088 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓުގައިވެސް ފާހަގަކުރައްވާފައިވާކަމާއި،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 02/SC
-
A/2010 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ރިޕޯޓުގެ ފާހަގަކުރެއްވުނު ނުކުތާތަކުގެ (ނ) ގައި "...ޢާންމު އުޞޫލެއްގެ ގޮތުގައި މަދަނީ
ޚުޞޫމަތްތަކުގައި ޘާބިތުކުރުމުގެ ބުރަ
އުފުލުމަކީ ދަޢުވާކުރާ ފަރާތުގެ
މަސްއޫލިއްޔަތެއްކަމާއި، މި މާނާގައި ދަޢުވާކުރާ ފަރާތަކީ ހަމައެކަނި ދަޢުވާ ކޯޓަށް އުފުލާ ފަރާތް ނޫންކަމާއި، އޭގެ
އިތުރުން ދަޢުވާ ރައްދުވާ ފަރާތުން ދަޢުވާގެ ދިފާޢުގައި ކުރާ ދިފާޢީ ދަޢުވާ ޘާބިތުކުރުމަކީ އެފަރާތުގެ
މަސްއޫލިއްޔަތެއްކަމާއި، އެހެންކަމުން ދަޢުވާއެއްގައި އެއް ޚަޞްމު އަނެއް ޚަޞްމާ ކުރިމަތިކުރާ "ދަފްޢު" (plea)
ޘާބިތުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތަކީ އެ "ދަފްއެއް" ފަރާތް..."
ކަނޑައަޅުއްވާފައިވާކަމާއި،
މެޕް އެކްސްޕޯޓްސް ލިމިޓެޑުން ފޮނުވާފައިވާ ކޮމާޝަލް އިންވޮއިސްތަކުގައި މުދައު ލިބިފައިވާކަން
ފުއާދު ޒާހިރުގެ ބަހުން އެނގެންއޮތްއިރު، އަދި އެ އިންވޮއިސްތަކުގައިވާ ފައިސާ ދައްކާފައިވާކަމަށް ފުއާދު ޒާހިރުގެ
ފަރާތުން ބުނާއިރު، އެކަން ސާބިތުކޮށްދިނުމުގެ ބުރަ އުފުލަންޖެހޭނީ ފުއާދު ޒާހިރުއަށްކަމާއި، ފުއާދު ޒާހިރުގެ
ފަރާތުން ފައިސާ އަބަދުވެސް ދައްކަމުން އަންނަނީ އިންޓަރނޭޝަނަލް ޓީޓީ ޓްރާންސްފަރގެ ޒަރީއާއި
ބުނެފައިވާއިރު، އަދި ހުށަހެޅިފައިމިވާ މުޢާމަލާތާ ގުޅިގެން ހުރިހާ ފައިސާއެއް ދައްކާފައިވާކަމަށް ބުނެފައިވާށެވެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
probandi)
(onus
(
ކަމަށް
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/47
ސިވިލް ކޯޓުގެ
2088/Cv-C/2013
ފުއާދު ޒާހިރުގެ ފަރާތުން އެ ފަދައިން ބުނާ ބުނުން ފިޔަވައި އެ ކަން ސާބިތުކޮށްދިނުމުގެ ގޮތުން އިތުރު އެއްވެސް
ލިޔުމެއް އަދި ހެއްކެއްވެސް އިސްތިއުނާފުކުރެވޭ ޤަޟިއްޔާގައި ހުށަހަޅާފައިނުވާކަން ފާހަގަކުރެވޭކަމާއި،
އެހެންކަމުން،
ނަންބަރު
ޤަޟިއްޔާގައި
އެކުރައްވާފައިވަނީ މައްސަލާގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި މައްސަލައާ ގުޅިގެން ހުށަހެޅުނު
ލިޔެކިއުންތަކުގައިވާ ކަންކަމުގެ މައްޗަށް ރިޢާޔަތްކުރައްވައިގެންކަން އެނގެންއޮންނަކަމާއި، އަދި އެ ޤަޟިއްޔާ
ނިންމެވުމުގައި ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލަކާ ޚިލާފްވަނީ ކޮން ގޮތަކުންކަން ފުއާދު ޒާހިރުއަށް
ބުނެދެވިފައިނުވާކަމެވެ.
ހހ2ކ
ވީމާ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމުން، އިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެ
ނަންބަރު 2013/Cv
-
C/2088 ޤަޟިއްޔާ ނިންމަވާފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލުތަކާ ޚިލާފަށްކަމަށް
މި މައްސަލަ ބެލި އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަކަންކަން އެ ގޮތަށް ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު
2013/Cv-C/2088 ޤަޟިއްޔާ ނިންމަވާފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލުތަކާ ޚިލާފަށްކަމަށް ބެލެވެން
ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި،
ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ޖިންޑީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv