ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/323 ޤަޟިއްޔާގެ ޙުކުމް
1
2014/HC-A/323
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
އަދި
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 323/HC
-
A/2014
އިސްތިއުނާފުކުރި ފަރާތް:
* ނަން: އިބްރާހީމް ޝިފާޙް
ކާޑް ނަންބަރު: A127256
* ދާއިމީ އެޑްރެސް: ޖަނބުރޯލުމާގެ ވ.ފެލިދޫ
ހައިކޯޓް
0
• އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
ރަޖިސްޓްރީ ތާރީޚް: 09 ޞަފަރު 1436
01 ޑިސެމްބަރު 2014
ނިމުނު ތާރީޚް: 28 ޖުމާދަލްއޫލާ 1436
19 މާރޗް
2015
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2013/Cr-C/1509
• ނިންމެވި ކޯޓް: ކްރިމިނަލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: މަނާކުރެވިފައިވާ މަސްތު ދިވެހިރާއްޖެއަށް އެތެރެކުރުން.
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލީސް:
، ފަނޑިޔާރު އގ.ޢަލީ ސަމީރު، ފަނޑިޔާރު ޑރ.އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އޒީ.ޢައްބާސް ޝަރީފް
2
29 ތ 8ޑ
+8އއނއ
0
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
2
2014/HC-A/323
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/Cr-C/1509 ޤަޟިއްޔާ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި
ވ.ފެލިދޫ ޖަނބުރޯލްމާގެ އިބްރާހީމް ޝިފާޙްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ރައްދުވާ ފަރާތަކީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާތައް:
COCX
01 ކްރިމިނަލް ކޯޓުގެ ނަންބަރު 2013/Cr
-
C/1509 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، އިބްރާހީމް ޝިފާޙް، 07 އޮކްޓޯބަރު 2011 ދުވަހު 18:50
އެހައިކަންހާއިރު، މޯލްޑިވިއަން އެއަރލައިންސް ފްލައިޓް TRV Q2703 އިން ދިވެހިރާއްޖެއަށް އައިއިރު،
މީނާގެ ޢަމަލުތައް ހުރިގޮތުން ޝައްކުކުރެވިގެން މީނާގެ ހަށިގަނޑާއި، މީނާގެ ތަކެތި ބަލައި ފާސްކުރިއިރު،
މީނާގެ ވޮލެޓްތެރެއިން ބަރުދަނުގައި 0.2086 ގްރާމްހުރި 16 (ސޯޅަ) ކެނަބިސް އަށް ފެނިފައިވާތީއާއި،
މީނާގެ ބެކްޕެކް ތެރެއިން ބަރުދަނުގައި 0.2584 ގްރާމްހުރި 27 (ހަތާވީސް) ކެނެބިސް އޮށް ފެނިފައިވާތީ،
ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ، އެމާއްދާގެ
(ރ) ގެ ދަށުން، އިބްރާހީމް ޝިފާޒުގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް
ގެ ކުށުގެ ދަޢުވާކުރުމުން ބެލެވުނު މައްސަލައެއްކަން އެނގޭކަމާއި،
5 5 5 4 6 4
އeރސފތ
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ "ދެންފަހެ، 07 އޮކްޓޯބަރު 2011 ދުވަހު 18:50
އެހައިކަންހާއިރު، މޯލްޑިވިއަން އެއަރލައިންސް ފްލައިޓް Q2 703
،
TRV އިން ވ.ފެލިދޫ ޖަބުރޯލުމާގެ
އިބްރާހީމް ޝިފާޒު ދިވެހިރާއްޖެއަށް އައިއިރު، މީނާގެ ޢަމަލުތައް ހުރިގޮތުން ޝައްކުކުރެވިގެން މީނާގެ
ހަށިގަނޑާއި މީނާގެ ތަކެތި ބަލައިފާސްކުރިކުރުމުގައި މީނާގެ ވޮލެޓުގެތެރެއިން ބަރުދަނުގައި 0.2086)
ހިރާއްޖޭގެ
، ދިވެހިވެއްޖެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
މަސްތުވާއެއްޗެއް
3
2014/HC-A/3 23
ގްރާމް ހުރި 16 (ސޯޅަ) ކެނަބިސް އޮށް ފެނިފައިވާތީއާއި، މީނާގެ ބެކްޕެކް ތެރެއިން ބަރުދަނުގައި 0.2584
ގްރާމް ހުރި 27 (ހަތާވީސް) ކެނަބިސް އޮށް ފެނިފައިވާކަމަސް ބުނެ އިބްރާހީމް ޝިފާޒްގެ މައްޗަށް ދައުލަތުން
ކޮށްފައިވާ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ކުށުގެ މިދަޢުވާ ޝަރީޢަތުން
ބެލިބެލުމުން، ދައުލަތުގެ ދައުވާގައި ބުނެފައިވާތަކެތި ފެނިފައިވާކަން ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން
އެގެން އޮތުމާއި، ފެނިފައިވާ ތަކެތި ތަޙްލީލްކޮށްފައިވާކަމާއި، ފެނިފައިވާ ތަކެއްޗަކީ ކެނަބިސް އޮށްކަން
ޙާޟިރުކުރެވުނު ހެކިންގެ ހެކިބަހަށާއި، ދައުލަތުން ހުށަހަޅާފައިވާ ތަޙްލީލް ރިޕޯޓަށް ބެލުމުން އެގެން އޮތުމުން،
ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) ގެ ދަށުން
މަނާކުރެވިފައިވާ
ދިވެހިރާއްޖެއަށް އެތެރެކުރުމުގެ
ކުށުން އިބްރާހީމް
ޝިފާޙް
ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ބުނެވިދިޔަ ޤާނޫނުގެ 2 ވަނަ މާއްދާގެ (ރ)
ގެ ދަށުން ވ.ފެލިދޫ ޖަބުރޯލުމާގެ އިބްރާހީމް ޝިފާޙް ޢުމުރަށް ޖަލަށްލުމަށް ޙުކުމްކޮށް މައްސަލަ ނިންމީއެވެ."
މިފަދައިންނެވެ.
02- ކްރިމިނަލް ކޯޓުގެ ނަންބަރު 2013/Cr-C/1509 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި ވ.ފެލިދޫ ޖަނބުރޯލުމާގެ
އިބްރާހީމް ޝިފާޙްގެ ފަރާތުން 03 (ތިނެއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ، އިބްރާހީމް ޝިފާޙްގެ އަތުން ފެނުނުކަމަށް ބުނާ ތަކެތީގެ ޖުމްލަ ބަރުދަނަކީ
0.467 ގްރާމްކަން އެތަކެތީގެ ތަޙްލީލް ރިޕޯޓުންނާއި، މައްސަލައިގެ ޙުކުމުން އެނގޭއިރުއާއި، ދިވެހިރާއްޖެއަށް
އެތެރެކުރާ މަސްތުވާތަކެތީގެ ބަރުދަނަކީ 1 ގްރާމް ނުވަތަ 1 ގްރާމްއަށްވުރެ މަދު މިންވަރެއް ކަމުގައިވާނަމަ،
އެކުށުގެ އުގޫބާތަކީ 5 އަހަރާއި 12 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން، އަރުވާލުން ނުވަތަ ގޭގައި
ބަންދުކުރުންކަމަށް، ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ނ) ގައި
ބަޔާންކޮށްފައިވާއިރު، މިމައްސަލައިގައި އެމާއްދާގެ (ރ) ގެ ދަށުން އުމުރަށް ޖަލަށްލުމަށް ޙުކުމްކުރައްވާފައިވުން
ކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
44ވ
4
2014/HC-A/3 23
(ނ) ދެވަނަ ނުކުތާއަކީ، އިސްތިއުނާފް މިކުރެވޭ މައްސަލައިގައި ފެނިފައިވާ ތަކެތީގެ މެޝިނުންވެސް
ތަޙްލީލް ކުރެވޭނޭކަމަށާއި، އެހެންނަމަވެސް މިމައްސަލައިގައި ބަލާފައިވާނީ ހަމައެކަނި ބޭރުފުށުން ފެންނަ
ފެނުމަށް ކަމުގައި ބުނެ، މިމައްސަލައިގައި ފެނުނު ތަކެތި ތަޙްލީލްކުރި ފަރާތުން ދީފައިވާ ބަޔާނަކީ، ޤާނޫނު
ނަންބަރު 17/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 18 ވަނަ މާއްދާގައި ބަޔާންކުރާފަދަ "ސައިންޓިފިކް
އުޞޫލުގެ މަތީން ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު" ދީފައިވާ ބަޔާނެއްކަމުގައި ބައްލަވާފައިވުން ކަމުގައި ބުނެ
ހުށަހެޅި ނުކުތާ.
(ނ) ތިންވަނަ ނުކުތާއަކީ، ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން، މުޢާވިޔަތު އިލްހާމް ހެކިބަސް
ދިނުމަށްޓަކައި ޝަރީޢަތަށް ޙާޟިރުކޮށް ދަޢުވާ ސާފުކޮށްދިނުމުންވެސް މައްސަލައިގެ ހާދިޘާ މިހާރު ހަނދާނެއް
ނެތްކަމަށާއި، ތަޙްޤީޤަށް ބަޔާނެއް ދީފައިވާނޭ ކަމަށާއި، އެބަޔާނުގައިވާނީ ރަނގަޅަށް ކަމަށާއި، ބަޔާން ދެއްކުމަށް
އެދޭކަމަށް ބުނުމުން، ބަޔާން ދެއްކުމުން ހެކިބަސް ދީފައިވަނީ އެބަޔާނަށް ބަލައިގެންކަމާއި، މިއީ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 335/HC-A/2009 ޤަޟިއްޔާއާއި، 122/HC
-
A/2012 އާއި،
171/HC
-
A/2008 ނަންބަރު ޤަޟިއްޔާއިން ކަނޑައަޅާފައިވާ އުޞޫލުގެ މަޤްޞަދު ގެއްލޭގޮތަށް، އެއުޞޫލާ
ޚިލާފަށް ދީފައިވާ ހެކިބަހެއްކަމަށް ބުނެ ހުށަހެޅި ނުކުތާ،
03- މިމައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރު 2013/Cr
-
C/1509 ޤަޟިއްޔާ
ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ވ.ފެލިދޫ ޖަނބުރޯލްމާގެ އިބްރާހީމް ޝިފާޙްގެ ފަރާތުން
އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު
އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
ހ) ފުރަތަމަކަމަކީ، ވ.ފެލިދޫ ޖަނބުރޯލުމާގެ އިބްރާހީމް ޝިފާޙް 07 އޮކްޓޯބަރު 2011 ދުވަހު
18:50 އެހައިކަންހާއިރު، މޯލްޑިވިއަން އެއަރލައިންސް ފްލައިޓް TRV Q2703 އިން ދިވެހިރާއްޖެއަށް
އައިއިރު، މީނާގެ ޢަމަލުތައް ހުރިގޮތުން ޝައްކުކުރެވިގެން މީނާގެ ހަށިގަނޑާއި، މީނާގެ ތަކެތި ބަލައި
ފާސްކުރިއިރު، މީނާގެ ވޮލެޓްތެރެއިން ބަރުދަނުގައި 0.2086 ގްރާމްހުރި 16 (ސޯޅަ) ކެނަބިސް އޮށް
CCOCX
ހައިކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން މާސްދުވަހެއްޓެވީ ފޯން 3325129، ފެކްސް: 3316471
އީމެއިލް highcourt.gov.mv@ޖެ
www.high court.gov.my
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2014/HC-A/3 23
ފެނިފައިވާތީއާއި، މީނާގެ ބެކްޕެކް ތެރެއިން ބަރުދަނުގައި 0.2584 ގްރާމްހުރި 27 (ހަތާވީސް) ކެނެބިސް
އޮށް ފެނިފައިވާތީ، ޤާނޫނު ނަންބަރު 17/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާއި
ޙަވާލާދީ، އެމާއްދާގެ (ރ) ގެ ދަށުން، އިބްރާހީމް ޝިފާޒުގެ މައްޗަށް މަނާކުރެވިފައިވާ
ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ކުށުގެ ދަޢުވާ ކޮށްފައިވާއިރު، އިބްރާހިމް ޝިފާޙް މިދަޢުވާއަށް އިންކާރުކުރާކަން
އިބްރާހީމް ޝިފާޒުގެ ފަރާތުން ކްރިމިނަލް ކޯޓަށް ދީފައިވާ ބަޔާނަށް ބެލުމުން އެނގެން އޮންނަކަމެވެ.
މަސްތުވާއެއްޗެއް
(ނ) ދެވަނަކަމަކީ، އިބްރާހީމް ޝިފާޒުގެ މައްޗަށް ހުށަހެޅުނު އިޝާރާތްކުރެވުނު ދަޢުވާއަށް އޭނާ
އިންކާރުކުރަމުން ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް އިބްރާހީމް ޝިފާޒު ދީފައިވާ ބަޔާނުގައި
ބުނެފައިވަނީ މިމައްސަލައިގައި ޙަވާލާދޭ އެއްވެސް އެއްޗެއް އިބްރާހީމް ޝިފާޙް އެތެރެކޮށްފައި ނުވާނެކަމަށާއި،
އެފަދަ އެއްޗެއް އިބްރާހީމް ޝިފާޒުގެ ވޮލެޓުންނާއި ބެކްޕެކްގެ ތެރެއިން ނަގައި ދައްކާފައިވެސް ނުވާނެކަމަށާއި،
އެތަކެތި ބަލާ ފާސްކޮށްފައިވަނީ އިބްރާހީމް ޝިފާޒުގެ ޙާޟިރުގައި ނޫންކަމަށާއި، އިބްރާހީމް ޝިފާޒުގެ ވޮލެޓާއި
ބެކްޕެކް ކަސްޓަމްސް ބޭފުޅުން ގެންދިޔައީ ކަމަށާއި އެއަށްފަހު އެބޭފުޅުން އިބްރާހީމް ޝިފާޙް ގެނައީ މާލޭ
ކަސްޓަމްސް އަށްކަމަށާއި، އެއަށްފަހު "މިފެނުނީ ވޮލެޓުން، މިފެނުނީ ދަބަހުން" ކަމަށާއި، އެތަކެތި
ޓެސްޓްކޮށްލަން ބޭނުންކަމަށް ބުނިކަމަށާއި، އެވަގުތު އެފަދަ އެއްޗެއް އިބްރާހީމް ޝިފާޒުގެ ވޮލެޓާއި ބެކްޕެކްގެ
ތެރެއިން ނުދެއްކީ ކީއްވެގެންތޯ ސުވާލުކުރިކަމަށް އިބްރާހީމް ޝިފާޒުގެ ފަރާތުން ބުނެފައިވާކަން އެނގެން
* 2 /ޑ S
(ނ) ތިންވަނަކަމަކީ، އިބްރާހީމް ޝިފާޒުގެ މައްޗަށް ދައުލަތުން ހުށަހެޅި މަނާކުރެވިފައިވާ
މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ކުށަށް އިބްރާހީމް ޝިފާޙް އިންކާރުކޮށްފައިވާތީ، މިދަޢުވާ
ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ
އޮފިސަރ މ.ސީކޯ މުޢާވިޔަތު އިލްހާމާއި، ގދ.ހޯޑެއްދޫ ސްޓަރ މުޙައްމަދު ނިޝާނާއި، މިމައްސަލައިގައި
ޙަވާލާދޭ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެތި ތަޙްލީލުކުރި ފަރާތްކަމުގައިވާ މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ޕޮލިސް ސަރޖަންޓް މުޙައްމަދު އިނާސް ޢަބްދުއްލަތީފާއި، މަސްތުވާތަކެތީގެ ތަޙްލީލު ރިޕޯޓުކަން
އެނގޭކަމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
6
2014/HC-A/3 23
(ރ) ހަތަރުވަނަކަމަކީ، މިމައްސަލައާއި ގުޅިގެން ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންގެ ތެރެއިން
މުޢާވިޔަތު އިލްހާމާއި، މުޙައްމަދު ނިޝާންގެ ފަރާތުން ދީފައިވާ ހެކިބަހަށް ބަލާއިރު، އެފަރާތްތަކުން
ހެކިބަސްދީފައިވަނީ ހަމައެކަނި އެފަރާތްތަކުން ތަޙްޤީޤަށް ބަޔާނެއް ދީފައިވާނެކަމަށް ބުނެ އެކަނި ނޫންކަމާއި،
އެއާއި ޚިލާފަށް މިމައްސަލައިގައި ހެކިބަސްދެމުން ޝަރީޢަތުގެ ފަރާތުން ކުރިމަތިކުރުވި ސުވާލުތަކަށް
އެފަރާތްތަކުން ޖަވާބުދީފައިވާކަން އެނގޭކަމުން އެފަރާތްތަކުން ދީފައިވާ ހެކިބަހަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު 122/HC-A/2012 އަދި ނަންބަރު 171/HC
-
A/2008
ޚި
ނަންބަރު ޤަޟިއްޔާތަކުގައި
ކަނޑައަޅާފައިވާ އުސޫލުން ބޭރުން ދީފައިވާ ހެކިބަހެއްކަމުގައި ނުބެލެވޭކަމާއި، މީގެ އިތުރުން ހެކިންގެ ފަރާތުން
ފުލުސްއޮފީހުގައި ދިން ބަޔާނެއް ޝަރީޢަތުގެ މަޖިލީހުގައި އިއްވުމަކީ މައްސަލައެއް ނޫންކަމަށް މީގެ ކުރިން
ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ހައިކޯޓުގެ ނަންބަރު 83/HC
-
A/2013 ޤަޟިއްޔާގައި
ކަނޑައަޅުއްވާފައިވުމުން އެގޮތަށް ކްރިމިނަލް ކޯޓުން މިމައްސަލައިގައި ޢަމަލުކުރުމަކީ އެކޯޓުން
ހެކިބަސްނެގުމުގައި ޢަމަލުކުރަން އޮންނަ އިޖުރާއާތަކާއި ޚިލާފުވުންކަމުގައި ނުބެލެވޭކަމާއި،
coc
ހެކިންގެ ފަރާތުން ދީފައިވާ ހެކިބަސްތަކުގެ މައްޗަށް ބެލުމުން އެފަރާތްތަކުން ދީފައިވާ ހެކިބަހުގައި
ބުނެފައިވަނީ، އިބްރާހީމް ޝިފާޒުގެ ބެކްޕެކާއި އެއްޗެހި ބަލައި ފާސްކުރީ އިބްރާހީމް ޝިފާޒުގެ ޙާޟިރުގައި
ކަމަށާއި، އިބްރާހީމް ޝިފާޒުގެ ބެކްޕެކުން 27 އޮށް އަދި ވޮލެޓުން 16 އޮށް ފެނުނުކަމަށް ބުނެ
ހެކިބަސްދީފައިވާކަން
އެނގެން އޮންނަކަމެވެ.
(ބ) ހަތަރުވަނަކަމަކީ، އިބްރާހީމް ޝިފާޒުގެ މައްޗަށް މިދަޢުވާ އުފުލިފައިވަނީ ޤާނޫނު ނަންބަރު
17/77 (މަސްތުވާތަކެއް
ތަކެއްޗާބެހޭ ޤާނޫނު)ގެ ދަށުންކަމުގައިވާއިރު، އެޤާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގައި،
ސެތުވާތަކެއްޗާއި ގުޅޭގޮތުން އެތަކެތި ސައިންޓިފިކް އުޞޫލުގެމަތިން ބަލަންޖެހޭ ބެލުންތައް ބެލުމަށް ބޭނުންވާ
ތަޢުލީމީ ފާހާއި ތަޖުރިބާ ލިބިފައިވާ މީހަކު، ޝަރީޢަތުގެ މަޖިލީހުގައި ދޭ ބަޔާނަކީ، އެކަމެއް
ސާބިތުކުރުމަށްޓަކައި ލިބޭ ހަރުދަނާ ޤަރީނާއެއްކަމަށް ބަޔާންވެގެން އޮންނަކަމާއި،
އަދި އެމާއްދާގެ (ށ) ގައި އެފަދައިން ކުރެވޭ ތަޙްލީލު ރިޕޯޓެއްގައި މަސްތުވާއެއްޗެއްގެ ބާވަތާއި،
ނަމާއި، އެއެއްޗެއް ސިފަކޮށްދޭ ދިނުމާއި، އޭގެ ބަރުދަނާއި، މަސްތުވާއެއްޗެއްގެ ތެރެއަށް އެހެން އެއްޗެއް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނު/ގުޑް ރާއްޖެ ފެން: 3325029، ފެކްސް: 3316471
އީމެއިލް
www.highcourt.gov.mviesimota higicourt.gov.my
7
2014/HC-A/323
COCOCC
އެއްކޮށްފައިވާނަމަ، އެއެއްޗެއްގެ ބާވަތާއި، ނަން އަދި އެމަސްތުވާއެއްޗެއް ބަހައްޓާފައިވާ އެއްޗާއި،
މަސްތުވާއެއްޗެއް ތަޙްލީލުކުރެވުނު ގޮތާއި އޭގެ ނަތީޖާ ހިމެނޭ ބަޔާނަކީ އެކަމަކާއި ބެހޭގޮތުން ޝަރީޢަތަށް
ޤަބޫލުކުރެވޭ ބަޔާނެއްކަމަށް އޮންނަކަމާއި،
میرموطه
OCULCO
ހ9 8
އިންގ
ތަކެއްޗާއިބެހޭ ޤާނޫނުގެ މިމާއްދާއަށް ބަލާއިރު، މީހެއްގެ އަތުން ނުވަތަ ތަނަކުން ފެނުނީ
މަސްތުވާއެއްޗެއްކަން ނުވަތަ ނޫންކަން ކަށަވަރުކުރުމަށްޓަކައި ޢާއްމު އުޞޫލެއްގެ ގޮތުން އެތަކެތި ސައިންޓިފިކް
އުޞޫލުން ތަޙްލީލުކުރުމަކީ ކުރަންޖެހޭކަމެއްކަން އެނގެން އޮންނަކަމާއި، މިމައްސަލައިގައި އިބްރާހީމް ޝިފާޒުގެ
ފެނިފައިވަނީ މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ ކެނަބިސް އޮށްކަމަށް ނިންމާފައިވާއިރު
އިބްރާހީމް ޝިފާޒުގެ އަތުން ފެނުނުކަމަށް ބުނާ މަސްތުވާތަކެތީގެ ތަޙްލީލު ރިޕޯޓަށް ބެލުމުން އެތަކެތި
ސައިންޓިފިކް އުޞޫލުން ތަޙްލީލުކޮށްފައިވާކަން އެނގެން ނެތްކަމާއި، އަދި ފެނިފައިވަނީ ކެނަބިސްއޮށްކަމަށް
ނިންމި ނިންމުމުގެ ނަތީޖާއަށް އާދެވިފައިވަނީ ކޮންއަސާސެއްގެ މައްޗަށް ބިނާކޮށްގެންކަންވެސް
ންކަންވެސް އެރިޕޯޓުގައި
ފާހަގަކޮށްފައިނެތްކަމާއި، އެރިޕޯޓުގައި ބަޔާންކޮށްފައިވަނީ އިބްރާހީމް ޝިފާޒުގެ އަތުން ފެނިފައިވަނީ
ކެނަބިސްއަށް މިފަދައިން އެމިންވަރަށް އެކަނިކަން އެނގެން އޮތްއިރު، މިތަކެތި ތަޙްލީލުކުރި ފަރާތް ކްރިމިނަލް
ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކޮށް އެފަރާތުގެ ބަޔާންނެގުމުން، މިތަކެއްޗަކީ ކެނަބިސް
ކަމުގައިވާތީ
އެތަކެތި މެޝިނަށް ލައިފިނަމަ ފަހަރުގައި އެއީ މަސްތުވާތަކެތިކަމަށް ނުދައްކާ ހުރެވެސް ދާނެކަމަށާއި،
މިހެންކަމުން މިތަކެތި ޓެސްޓް ކުރެވިފައިވަނީ އެތަކެތީގެ ފިޒިކަލް އެޕިއަރެންސްއަށް ބަލައިގެން ލިބިފައިވާ
ތަޖުރިބާގެ އަލީގައި ކަމަށާއި، އެގޮތަށް ޓެސްޓްކުރުމަކީ ޔޫ.އެން.އޯ.ޑީ.ސީގެ މެނުއަލްއަށް ފޮލޯކުރާއިރު ވެސް
އެކަން ކުރެވެން އޮތްގޮތެއްކަމަށް ބުނެ އެކަންކަން ފާހަގަކޮށްފައިވާކަން އެނގޭކަމެވެ.
އޮށް
(ޅ) ފަސްވަނަކަމަކީ، ޢާއްމު އުޞޫލެއްގެ ގޮތުން މަސްތުވާތަކެތި ތަޙްލީލުކުރެވެން ޖެހޭނީ
ސައިންޓިފިކް އުޞޫލުންކަމުގައިވީ ނަމަވެސް އެފަދައިން ތަޙްލީލުކުރެވެން ނެތް ބާވަތުގެ މަސްތުވާތަކެތި އަދި
އެތަކެއްޗަކީ ހަމައެކަނި ބޭރުފުށުން ދެނެގަނެވޭ ބާވަތުގެ އެއްޗެއްނަމަ އެގޮތަށް ޢަމަލުކުރުމުގައި ގޯހެއް އޮތް
ކަމުގައި ނުބެލިދާނެކަމާއި، މިގޮތުން ކެނަބިސް އޮށަކީ އޭގެ ބާވަތުން މެޝިނަކަށް ލައިގެން ތަޙްލީލުކުރުމުގެ
ބަދަލުގައި އޭގެ ފިޒިކަލް އެޕިއަރެންސްއަށް ބެލިގެން ތަޙްލީލުކުރެވެން އޮތް އެއްޗެއްކަމަށް ކެނަބިސް
3
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ،
3325029، ފެކްސް:3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
4305 ޑ 8ތ ދދވ
8
2014/HC-A/323
ދެނެގަތުމާއި ގުޅޭގޮތުން ޔޫ.އެން.އޯ.ޑީ.ސީން ތައްޔާރުކޮށްފައިވާ މެނުއަލްއަށް ބެލުމުން އެނގެން އޮންނަކަމާއި،
މިހެންކަމުން ކެނަބިސް އަށް ދެނެގަތުމަށްޓަކައި އެތަކެތީގެ ފިޒިކަލް އެޕިއަރެންސަށް ބަލައިގެން ކަމާއިބެހޭ
ތަޖުރިބާކާރަކު އެތަކެތި ތަޙްލީލުކުރުމަކީ އުޞޫލެއްގެ ގޮތުން މައްސަލައެއްކަމުގައި ބެލެވެންނެތްކަމާއި،
ބަލަނީ އޭގެ
2
58
4 22
އެހެންނަމަވެސް، މިގޮތަށް ކުރެވޭ ތަޙުލީލެއްގައި އޭގެ ނަތީޖާއަށް ވާޞިލްވެފައިވަނީ ކޮން އަސާސެއްގެ
މައްޗަށްބުރަވެ ހުރެގެންކަމުގައި ބަޔާންވެގެން އޮންނަންޖެހޭކަމާއި، އަދި އެގޮތަށް ނިންމަން ޖެހުނު
ސަބަބެއްވެސް އެރިޕޯޓެއްގައި އޮތުމަކީ މުހިއްމުކަމެއްކަމާއި، މިމައްސަލައިގައި ފެންނަންހުރި ޙަޤީޤަތްތަކުގެ
މައްޗަށް ބަލާއިރު، އިބްރާހީމް ޝިފާޒުގެ އަތުން ފެނުނު ކެނަބިސް އޮށްކަމަށް ނިންމާފައިވާ ނިންމުމަށް
ބަރޯސާވި ކަންކަން މަސްތުވާތަކެތި ތަޙްލީލުކުރެވުނު ރިޕޯޓުގައި ހިމެނިފައިނުވާއިރު، މިތަކެތި ވަކިކުރަން
އެނގުނީ ކިހިނެތްތޯއާއި، ވަކިކުރަން ބަލަންޖެހެނީ ކޮންކޮން ކަންތައްތަކެއްތޯއާއި، ކެނަބިސްއޮށްކަމުގައި ވަނީ
ނަމަ ވަނީ ކިހިނެތްތޯ މިތަކެތި ތަޙްލީލުކުރި ފަރާތާއި ސުވާލުކުރުމުން އޭގެ ޖަވާބުގައި މިތަކެތި ތަޙްލީލުކުރި
ފަރާތުން ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވަނީ ކެނަބިސްއޮށްކަމަށް
ލިޓްރޭޗަރއާއި އޭގެ ފޮޓޯ ބެލުމަށްފަހުގައިކަމަށާއި، އަދި އެއާއި އެކު ފޮޓޯ ރިޕޯޓެއް ހުށަހަޅަންޖެހޭގޮތަށް
އޮންނަކަމަށާއި، އެކަމާއި ގުޅޭ ފޮޓޯ ރިޕޯޓުހަދަނީ ތަޙްލީލުކުރާ ފަރާތުންކަމަށްބުނެ ބަޔާން ދީފައިވާކަން އެނގެން
އޮންނައިރު، 28 އެޕްރީލް 2014 މިތާރީޚުގައި ދައުލަތުގެ ފަރާތުން ދީފައިވާ ބަޔާނުގައި އިބްރާހީމް ޝިފާޒުގެ
މައްޗަށް ކުރާ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގެކުށުގެ ދަޢުވާއާއި ގުޅިގެން
ތަޙްލީލުކުރެވުނު ކެނަބިސް އޮށްތަކުގެ ފޮޓޯ ރިޕޯޓެއް ދައުލަތަށް ލިބިފައިނުވާކަމަށްބުނެ އެކަން
ފާހަގަކުރައްވާފައިވާކަން އެނގެން އޮންނަކަމާއި، މީގެ އިތުރުން އިބްރާހީމް ޝިފާޒުގެ އަތުން މަސްތުވާތަކެތީގެ
އެއްވެސް ބާވަތެއް ފެނިފައިނުވާނެކަމަށްބުނެ
ފެނުނު މިއޮށްތަކާއި މެދުވެސް
އިންކާރުކޮށްފައިވާއިރު، އޭނާގެ އަތުން ފެނުނު ތަކެއްޗަކީ މަނާކުރެވިފައިވާ
ތެއްކަމަށް
ފަރާތުން ބުނާ ބުނުމަށް ދިފާޢު ބިނާކުރަން އެނގޭނީ އެތަކެތި ތަޙްލީލުކުރެވުނު ގޮތުގެ ފުރިހަމަ ރިޕޯޓެއް
އިބްރާހީމް ޝިފާޢުއަށް ލިބުމުންކަން އެނގެން އޮތްއިރު، އިބްރާހީމް ޝިފާޒުގެ މައްޗަށް ތުހުމަތުކުރެވުނު
މައްސަލައިގައި ހިމެނޭ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ބާވަތްތައް ޓެސްޓުކުރެވުނު ގޮތާއި އެކަންކޮށްފައިވަނީ
ކޮންއަސާސެއްގެ މައްޗަށް ބުރަވެ ހުރެކަން އަދި އެގޮތަށް ނިންމި ނިންމުމަށް ވާސިލުވި ސަބަބެއް އެތަކެތީގެ
ތަޙްލީލު ރިޕޯޓުންވެސް އަދި އެތަކެތި ތަޙްލީލުކުރި ފަރާތުންވެސް އަދި ދައުލަތަށްވެސް
6 24
އަތުން
ފުލުހުންގެ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލްދީދީ ފައްޅިތަ3325b09، ފެކްސް: 331471
އީމެއިލް [email protected]ވެބްސައިވާ www.highcourt.gov.mv
9
2014/HC-A/3 23
ސާބިތުކޮށްދެވިފައިނުވާކަން އެނގެން އޮތުމުން އިބްރާހީމް ޝިފާއުއަށް މިމައްސަލައިގައި އެކަށީގެންވާ
ގޮތެއްގައި ދިފާޢުވުމަށް ފުރުސަތު ގެއްލިފައިވުމުގެ އިތުރަށް، އިބްރާހީމް ޝިފާޒުގެ އަތުން ފެނުނީ
މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ ކެނަބިސް އޮށްކަމާއި މެދު އެކަށީގެންވާ ޝައްކު
ފިލައިގޮސްފައިނުވާކަން އެނގޭކަމެވެ.
(ކ) ހަވަނަކަމަކީ، ޖިނާއީ މައްސަލައެއް ޝަރީޢަތުން ސާބިތުވާކަމަށް ކަނޑައެޅުމުގައި ފަނޑިޔާރު
ބަލަންޖެހޭ މިންގަނޑަކީ، އެމީހަކު ކުށެއްކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތަށް
ސާބިތުވުންކަން ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އަށް ބެލުމުން އެނގޭއިރު، ޖިނާއީ
މައްސަލަތައް ސާބިތުކުރުމަށްޓަކައި ހުށަހެޅޭ ހެކިތަކާއި ދަލީލުތައް މައްސަލަ ބަލާ ފަނޑިޔާރު ތަޤްލީމް
(evaluation) ކޮށް ވަޒަންކުރުމަށްފަހު، އެފަނޑިޔާރަށް ޤަބޫލުކުރެވޭ ހެކިތަކާއި ދަލީލުތަކުން ނުކުންނަ
ނަތީޖާތަކުގެ މައްޗަށް ބުރަވެހުރެ، ޔަޤީނާ ގާތްކުރާ މިންވަރަށް އިޤުތިޞާޢު (convince) ވެގެން މެނުވީ ކުށެއް
ސާބިތުވެއްޖެކަމަށް ޖިނާއީ މައްސަލައެއްގައި ޙުކުމް ކޮށްގެން ނުވާނެކަމީ "ޤަރީނަތު
(presumption of innocence) ގެ ޢާންމު ޤާނޫނީ މަބްދަޢުގެ އެންމެ މުހިންމު އެއް ޚާއްޞިއްޔަތުކަން
އެނގެން އޮންނަކަމަށާއި، ޖިނާއީ ދައުވާއެއް ސާބިތުވާކަމަށް ކަނޑައަޅައި ކޯޓުން ކުރާ ޙުކުމް ބިނާވާންޖެހޭނީ
އަބަދުވެސް ޤާނޫނީ ގޮތުން ޞައްޙަ ދަލީލުތަކާއި ޤަރީނާތަކެއްގެ މައްޗަށްކަމަށްކަން ދިވެހިރާއްޖޭގެ ސްޕްރީމް
ކޯޓުގެ ނަންބަރު 01/SC
-
A/2012 ޤަޟިއްޔާގެ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ
3 އަދި 4 އަށް ބެލުމުން އެންގެން އޮތްއިރު،
އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި އިބްރާހީމް ޝިފާޒުގެ މައްޗަށް ދައުލަތުން
ތުހުމަތުކޮށްފައިވާ ކުށް ސާބިތުކުރުމުގެ ގޮތުން ޝަރީޢަތަށް ހުށަހަޅާފައިވާ، އިސްވެދެންނެވިފައިވާ
ހެކި ޤަރީނާތަކަށް ޖުމްލަގޮތެއްގައި ބަލާއިރު، ހަމައެކަނި އެހެކި ޤަރީނާތަކުގެ މައްޗަށް ބުރަވެ، ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އިސްވެދެންނެވިފައިވާ ޤާނޫނީ ހަމަތަކުގެ މަތިން ބަލާއިރު، އިބްރާހީމް
ޝިފާގުގެ އަތުން މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ ކެނަބިސްއޮށްކަމަށް ޝައްކުކުރެވޭ ބާވަތެއްގެ އެއްޗެއް
ފެނިފައިވީނަމަވެސް، އެ ޝައްކު ފިލައިގޮސް އެތަކެއްޗަކީ ސީދާ ކެނަބިސްއޮށްކަން ޔަޤީންވާ މިންވަރުގެ
ތަޙްލީލުތަކެއް ކޮށްފައިވާކަން އެނގެން ނެތުމުން، އިބްރާހީމް ޝިފާޒުގެ މައްޗަށް، ޤާނޫނު ނަންބަރު
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، 8މެ، ދި 332229ފެކްސް331647
l
އީމެއިލް [email protected]އުޓްސަwww.highcourt.gov
އށް
ބަޔާންކުރެވުނު
1)
2014/HC-A/3 23
17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ، އެމާއްދާގެ (ރ) ގެ
ދަށުން ހުށަހަޅާފައިވާ، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށް،
ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ، އެކަށީގެންވާ ޝައްކެއްނުވާ މިންވަރަށް
ސާބިތުވާކަމަށް ކަނޑައެޅިދާނޭކަމަށް، ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލަ ބެލުމުގައި ބައިވެރިވި
ފަނޑިޔާރުންނަށް ޤަބޫލުނުކުރެވޭކަމެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު
2013/Cr-C/1509 ޤަޟިއްޔާގައި ހިމެނޭ މައްސަލާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަކީ ދިވެހިރާއްޖޭގެ
ހައިކޯޓުން ބަދަލުގެންނަންޖެހޭ ޙުކުމެއްކަމަށް، މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ މަޖިލީހަށް އިއްތިފާޤުވެވިފައިވެއެވެ.
• ޙުކުމް
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި
ކަންކަން ބަޔާންކުރެވުނު ގޮތަށް
ހުރުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/Cr
-
C/1509 ޤަޟިއްޔާގައި، ވ.ފެލިދޫ ޖަނބުރޯލުމާގެ
އިބްރާހީމް ޝިފާޙް ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާއި
ޙަވާލާދީ، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމު ކުށުން ކުށްވެރިވާކަމަށް
ކަނޑައަޅައި، އެކުށުގެ ޢުޤޫބާތެއްގެ ގޮތުން، ބުނެވެދިޔަ ޤާނޫނުގެ 02 ވަނަ މާއްދާގެ (ރ) ގެ ދަށުން
އިބްރާހީމް ޝިފާޙް ޢުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރައްވާފައިވާ ޙުކުމް، މިމައްސަލަ ބެލުމުގައި
ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކޮށް، އެގޮތުގެމަތިން ޙުކުމްކޮށް ފިމެވެ.
ގެ
،ދިވެހިރާއްޖެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv