ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/285 ޤަޟިއްޔާގެ ޙުކުމް
9
1
ޤަސިވިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/285
بمان از مراسیم
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު:285/HC
-
A/2012
އިސްތިއުނާފުކުރި ފަރާތް:
ބޭންކް އޮފް މޯލްޑިވްސް
ރަޖިސްޓްރޭޝަން ނަންބަރު: 22
/
1982-C
މިހާރުގެ އެޑްރެސް:
404
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ނައިފަރު ޖުވެނައިލް
* ރަޖިސްޓަރީ އެޑްރެސް: ސްޑީސައިޑް ޅ.ނައިފަރު
* ރަޖިސްޓަރީ ނަންބަރ: 2000
/
31/A-10
* މިހާރުގެ އެޑްރެސް: ސޭޑީސައިޑް / ޅ.ނައިފަރު
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 02 އޮކްޓޯބަރު 2012
ނިމުނު ތާރީޚް: 13 ސެޕްޓެމްބަރު 2015
•އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2011/G2MC/143
.ނިންމި ކޯޓް: ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓް
•މައްސަލައިގެ ބާވަތް: ޑޮލަރު އެކައުންޓުން ޑޮލަރު ދޫނުކުރުން
، ހުށަހެޅި ތާރީޚް: 16 ނޮވެމްބަރު 2011
* ނިމުނު ތާރީޚް: 18 ޑިސެމްބަރު 2011
މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަލީ ސަމީރު،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{12/HC-A/285
•ދަޢުވާގެ ޚުލާޞާ:
މިއީ، ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/G2MC/143 ޤަޟިއްޔާ
އެކޯޓުން ބައްލަވައި ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެޤަޟިއްޔާ
އިސްތިއުނާފު ކުރުމަށް ބޭންކް އޮފް މޯލްޑިވްސް ޕލކގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
2ތ0724
ހުށަހެޅުމުން
ލިޤާޟިއްޔާގައި، ދަޢުވާރައްދުވާ ފަރާތަކީ "ނައިފަރު ޖުވެނައިލް" ޖަމްޢިއްޔާއެވެ.
• ފާހަގަ ކުރެވުނު ނުކުތާތައް:
1- ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު 2011/G2MC/143 ޤަޟިއްޔާ
އެކޯޓުން ބައްލަވައި ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެޤަޟިއްޔާ
އިސްތިއުނާފު ކުރުމަށް ބޭންކް އޮފް މޯލްޑިވްސް ޕލކގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2- ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު 2011/G2MC/143 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ ނައިފަރު ޖުވެނައިލް : ޅ.ނައިފަރު އިން ބޭންކް
އޮފް މޯލްޑިވްސް ޕލކ ނައިފަރު ބްރާންޗް ގައި ހުޅުވާފައިވާ ޑޮލަރު އެކައުންޓް (003-323365-7705)
އަށް އެޖަމްޢިއްޔާއިން ހިންގާ ތަފާތު މަޝްރޫޢުތަކާ ގުޅިގެން ބޭރުގެ އެހީދޭ އެކިއެކި ޖަމްޢިއްޔާ ޖަމާޢަތްތަކުން
ޖަމާކޮށްދޭ އެކިއެކި ފައިސާ (އެމެރިކާ ޑޮލަރު) ނައިފަރު ޖުވެނައިލްގެ ބޭނުމަށް ބޭންކް އޮފް މޯލްޑިވްސް ޕލކ
ނައިފަރު ބްރާޗުން ދޫނުކުރުމުން ޖަމްޢިއްޔާއަށް މާލީ ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހި ބޭރުގެ އެހީދޭ އެކިއެކި
ޖަމްޢިއްޔާ ޖަމާޢަތްތަކާއި ދެމެދު ވެފައިވާ އެއްބަސްވުންތަކާއި އެއްގޮތަށް ކަނޑައެޅިފައިވާ ތާރީޚްތަކަށް
މަސައްކަތްތައް ނިންމުމުގައި ތަފާތު ދަތިތަށް ކުރިމަތިވަމުން އަންނާތީ ޖުވެނައިލް އެކައުންޓްގައި ޑޮލަރު ހުރެމެ
ޑޮލަރު ނެގުމަށް ޗެކު ލިޔެގެން ދިޔުމުން ފިޒިކަލް ކޭޝް (ނަގުދު ފައިސާ) ޖަމާ ނުކުރާތީކަމަށްބުނެ ޑޮލަރު
2 0 2 0
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/285
އެކައުންޓް
04 ދ 22
އެއްބަސްވުމުގެ
ދޫކުރެވެން ނެތްކަމަށް ބޭންކް އޮފް މޯލްޑިވްސް ޕލކ ނައިފަރު ބްރާންޗުން އަންގައި އަނގަބަހުން ޖަވާބުދީ
ލިޔުމުން އެޖަވާބު ދިނުމަށް އެދުމުން ލިޔުމުންވެސް ޖަވާބުދިނުމަށް އިންކާރުކޮށްފައިވާ ކަމަށްބުނެ ޖުވެނައިލްގެ
ބޭނުމަށް ނައިފަރު ޖުވެނައިލްއިން ބޭންކް އޮފް މޯލްޑިވްސް ޕލކ ނައިފަރު ބްރާންޗުން ޑޮލަރު ދޫކޮށްދިނުމަށް
އެބުރާންޗުގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ނައިފަރު ޖުވެނައިލްގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސް ޕލކ
ނައިފަރު ބްރާންޗްގެ މައްޗަށް ދަޢުވާ ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެއް ކަމާއި،
އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ނައިފަރު ޖުވެނައިލްއިން ބޭންކް އޮފް މޯލްޑިވްސް
ޕީލކ 003-323365-7705 ނަންބަރު އެކައުންޓަށް ނައިފަރު ޖުވެނައިލްއިންނާއި ނައިފަރު ޖުވެނައިލް އަށް
އެހީދޭ ފަރާތްތަކުން ފައިސާ (ޔޫއެސް ޑޮލަރު) ޖަމާކުރަނީ ރައްކާތެރިކަމާއިއެކު ބެހެއްޓުމަށްޓަކައި އާއި އަދި
އެފައިސާ ބޭނުންވެއްޖެ ހިނދެއްގައި ނުނެގޭނޭ އެއްވެސް ޤާނޫނީ ހަމައެއް ނެތުމާއި، އެކައުންޓް ހުޅުވިއިރު
ހުޅުވިފަރާތުން ވެފައިވާ މުގައި އެކައުންޓަކަށް ޖަމާކުރަން ފޮނުވާ ފައިސާއެއް ބޭންކުން
އެވަގުތަކު ލިބެންހުރި ފައިސާއަކުން ޖަމާކުރެވިދާނެކަމަށް ބަޔާންކޮށްފައިވީނަމަވެސް އެކައުންޓަކަށް ފައިސާއެއް
ޖަމާކުރުމަށްފަހު އެފައިސާއެއް އެކައުންޓުގެ ވެރިފަރާތަށް ދޫނުކޮށް ހިފެހެއްޓޭނެކަމަށް އެއްބަސްވެވިފައިނުވާތީއާއި
އެކައުންޓަކަށް ފައިސާ (ޔޫ އެސް ޑޮލަރު) އެއް އެކައުންޓުގެ ވެރިފަރާތުން އިންކާރުކުރަނިކޮށް އެހެން
ފައިސާއަކަށް ބަދަލުކުރެވޭނެ ހަމައެއް ނެތް ހިނދު، ނައިފަރު ޖުވެނައިލް އިން ބޭންކް އޮފް މޯލްޑިވްސް ޕލކ
ނައިފަރު ބްރާންޗްގައި ހުޅުވާފައިވާ (003-323365-7705) ނަންބަރު އެކައުންޓުގައިވާ ފައިސާ (ޔޫ އެސް
ޑޮލަރު) ދޫކުރުމަށް ބޭންކް އޮފް މޯލްޑިވްސް ޕލކ ނައިފަރު ބްރާންޗަށް އަމުރު ކުރުމުން، އެހެނީ ޗެކް ލިޔެފައި
ފޮނުވުމުން، އެއަމުރަށް ތަބަޢުނުވެ ނައިފަރު ޖުވެނައިލް ޙައްޤެއް ބޭންކް އޮފް މޯލްޑިވްސް ޕލކ ނައިފަރު
ބްރާންޗަށް ހިފެހެއްޓޭނެ އެއްވެސް ޤާނޫނީ އަދި ޝަރުޢީ ހަމައެއްނެތްކަމަށްޓަކައި، ނައިފަރު ޖުވެނައިލްގެ
ޙައްޤެއް ބޭންކް އޮފް މޯލްޑިވްސް ޕލކ ނައިފަރު ބްރާންޗްގައި ހުޅުވާފައިވާ (003-323365-7705)
ނަންބަރު އެކައުންޓުގައިވާ ފައިސާ (ޔޫ އެސް ޑޮލަރު) އަކީ ނައިފަރު ޖުވެނައިލްގެ ޙައްޤެއްކަމަށްވާއިރު،
އެޖަމްޢިއްޔާއިން ބޭނުންވެއްޖެ ހިނދެއްގައި ނެގޭނެ ފައިސާ (ނައިފަރު ޖުވެނައިލްގެ އެކައުންޓްގައިވާ ޔޫއެސް
00c
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{012/HC-A/285
ޑޮލަރު) އެއްކަމުގައި ކަނޑައަޅައި، އެފައިސާ (ޔޫ އެސް ޑޮލަރު) ނެގުމަށް ނައިފަރު ޖުވެނައިލްއިން ޗެކް
ލިޔެފައި ބޭންކް އޮފް މޯލްޑިވްސް ޕލކ ނައިފަރު ބްރާންޗަށް ފޮނުވުމުން، އެ އެކައުންޓުގައި ޗެކުގައިވާ
އަދަދަށް ފައިސާ (ޔޫ އެސް ޑޮލަރު) ހުރިނަމަ، އެފައިސާ (ޔޫ އެސް ޑޮލަރު) ދޫކުރުމަކީ ބޭންކް އޮފް
މޯލްޑިވްސް ޕލކ ނައިފަރު ބްރާންޗުގެ މައްޗަށް ޤާނޫނީ އަދި ޝަރުޢީ ހަމަތަކުގެ މަތިން ލާޒިމް
ކުރާކަމެއްކަމަށް ވީހިނދު، އެއެކައުންޓްގެ ވެރިފަރާތުން (ނައިފަރު ޖުވެނައިލް) ލިޔާ ޗެކުގައިވާ ޢަދަދަށް ފައިސާ
(ޔޫއެސް ޑޮލަރު) ހުރިނަމަ، އެޗެކަކަށް ފައިސާ (ޔޫ އެސް ޑޮލަރު) ދޫކުރުމަށް ބޭންކް އޮފް މޯލްޑިވްސް
ޕީލކ ނައިފަރު ބްރާންޗްގެ މައްޗަށް އަމުރުކުރައްވައިކަން އެނގެން އޮންނަކަމެވެ.
-3
ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު 2011/G2MC/143 ޤަޟިއްޔާ
އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ އެޤަޟިއްޔާ
އިސްތިއުނާފުކުރުމަށް ބޭންކް އޮފް މޯލްޑިވްސް ޕލކގެ ފަރާތުން 4 (ހަތަރެއް) ނުކުތާ ހުށަހަޅައި އެނުކުތާތަކާ
ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:-
&2ތ ތކ
eކށް
ou oo
(ހ) ފުރަތަމަ ނުކުތާއަކީ: ބޭންކިންގ ނިޒާމު ތަރައްޤީވެފައިވަނީ ބޭންކާއި ކަސްޓަމަރާއި
އޮންނަ ދަރަނިވެރިޔާ-އަރަނިވެރިޔާގެ އުޞޫލުގެ މައްޗަށް ކަމަށްވާއިރު، މިގޮތުން ކަސްޓަމަރު ބޭންކަށް ޖަމާކުރާ
ފައިސާ ފޮއްޗާއި ނޫޓު ކަސްޓަމަރުގެ ނަންޖަހާފައި ތިޖޫރީއެއްގައި "ރައްކާކޮށްފައި" ބެހެއްޓުމަށް
ލާޒިމުކުރާ އެއްވެސް ޤާނޫނެއް ނުވަތަ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލެއް ޤާއިމުވެފައިނުވާ ޙާލު ބޭންކް
އެކައުންޓަކީ ހަމައެކަނި ދަރަންޏާއި ދަރަނީގެ ބަޔާނެއްކަމުގައި ވީހިނދު، ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް
ކޯޓުގެ ޙުކުމްގައި ބޭންކް އޮފް މޯލްޑިވްސް ޕޮލިކީ ނައިފަރު ބްރާންޗްގައި ނައިފަރު ޖުވެނައިލްއިން ހުޅުވާފައިވާ
ނަންބަރު އެކައުންޓުގައިވާ ފައިސާ (ޔޫ.އެސް. ޑޮލަޑު) އަކީ ނައިފަރު ޖުވެނައިލްގެ ހައްޤެއް" ކަމަށް
ކަނޑައަޅާފައިވަނީ އެއްވެސް ޤާނޫނަކަށް ނުވަތަ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކަށް ބިނާ
ބިނާކޮށްގެން ނޫންކަން،
އަދި އެއީ ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 24/2010) އާ ޚިލާފުކަމެއްކަމަށް ބުނެ
ހުށަހެޅި ނުކުތާ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
5
2012/HC-A/285
ޤާސިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
94
(ނ) ދެވަނަ ނުކުތާއަކީ: ބޭންކް އޮފް މޯލްޑިވްސް ޕލކގައި ނައިފަރު ޖުވެނައިލުން އެކައުންޓް
ހުޅުވާފައިވަނީ އެކައުންޓް ފޯމުގައި ބަޔާންކޮށްފައިވާ ފަދައިން ބޭންކުން ކަނޑައަޅާ ޝަރުޠުތައް ޤަބޫލުކޮށްގެން
ކަމަށްވެފައި މިގޮތުން ބޭންކާއި ކަސްޓަމަރާއި ދެމެދުގައި ކޮންޓްރެކްޓާބެހޭ ޤާނޫނުން ބާރު ލިބިދޭ އެއްބަސްވުމެއް
އުފެދިފައިވާ ހިނދު، ޝަރީޢަތުން ކުރައްވާފައިވާ ޙުކުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 4/91)
ގެ 20 ވަނަ މާއްދާއާ ޚިލާފަށް އެއެއްބަސްވުމުގެ ދަށުން ބޭންކަށް ލިބިފައިވާ ޙައްޤު ނިގުޅައިގަނެވޭ ގޮތަށް
ކޮށްފައިވާ ޙުކުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދ ޏ އ ދވ
هއޗަށް
(ނ) ތިންވަނަ ނުކުތާއަކީ: ނައިފަރު ޖުވެނައިލްއިން ޔޫ އެސް ޑޮލަރު ޗެކަކުން ބޭންކުން
ފައިސާ ނަގަން ހުށަހެޅުމުން ދިވެހިރާއްޖޭގެ ލީގަލް ޓެންޑަރ ކަމުގައިވާ ދިވެހި ރުފިޔާ ދޫކުރުމަށް ބޭންކުން
ތިބި ޙާލު، އަދި އެއީ ބޭންކާއި ކަސްޓަމަރާއި ދެމެދު ކޮންޓްރެކްޓާބެހޭ ޤާނޫނުން ބާރު ލިބިދޭ
ދަށުން ބޭންކަށް ލިބިގެންވާ ޙައްޤެއް ކަމުގައިވީ ހިނދު، ޔޫ އެސް ޑޮލަރު ދޫނުކުރުމަކީ
ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 16/95) އާ ޚިލާފަށް
ބޭންކުން ކުޅަ ޢަމަލެއްކަމުގައި ކަނޑައަޅާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
44 ވ 4
3
2
4
09884ގ
(ރ) ހަތަރުވަނަ ނުކުތާއަކީ: ބޭންކް އޮފް މޯލްޑިވްސް ޕލކ އާ ނައިފަރު ޖުވެނައިލް އާ ދެމެ
ކުރެވިފައިވަނީ ވިޔަފާރީގެ މުޢާމަލާތެއް ކަމަށްވީ ހިނދު، އެމުޢާމަލާތުގެ ތެރޭގައި ބޭންކުން ނިންމި ނިންމުމަކީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ މަޤްޞަދާއި ރޫޙާ ޚިލާފަށް އެމާއްދާގެ
ނިންމަވާފައިވާ ނިންމުމެއް ކަމަށްބުނެ ހުށަހެޅި ނުކުތާ.
އ ހ 0
02
4 22
04- ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/G2MC/143 ޤަޟިއްޔާ
އިސްތިއުނާފުކުރުމަށް ބޭންކް އޮފް މޯލްޑިވްސް ޕޮލިސީގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާއި
ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސް ޕލކގެ ފަރާތުންނާއި، މި އިސްތިއުނާފް ދަޢުވާ ރައްދުވާ ނައިފަރު
ޖުވެނައިލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/G2MC/143 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
6
ޤަޟިބިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/28
ގޮތުގެ ރިޕޯޓަށާއި، މައްސަލައާ ގުޅޭ ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް ޚި
ޤަޟިއްޔާ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި
ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
4 22
ox
(ހ) ފުރަތަމަ ކަމަކީ: ބޭންކިންގ ނިޒާމު ތަރައްޤީވެފައިވަނީ ބޭންކާއި ކަސްޓަމަރާއި އޮންނަ
ދަރަނިވެރިޔާ-އަރަނިވެރިޔާގެ އުޞޫލުގެ މައްޗަށް ކަމަށްވާއިރު، މިގޮތުން ކަސްޓަމަރު ބޭންކަށް ޖަމާކުރާ ފައިސާ
ފޮއްޗާއި ނޫޓު ކަސްޓަމަރުގެ ނަންޖަހާފައި ތިޖޫރީއެއްގައި "ރައްކާކޮށްފައި" ބެހެއްޓުމަށް ބޭންކަށް ލާޒިމުކުރާ
އެއްވެސް ޤާނޫނެއް ނުވަތަ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލެއް ޤާއިމުވެފައި ނުވާޙާލު ބޭންކް އެކައުންޓަކީ
ހަމައެކަނި ދަރަންޏާއި ދަރަނީގެ ބަޔާނެއްކަމުގައި ވީހިނދު، ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ޙުކުމްގައި
"ބޭންކް އޮފް މޯލްޑިވްސް ޕލކ ނައިފަރު ބްރާންޗްގައި ނައިފަރު ޖުވެނައިލްއިން ހުޅުވާފައިވާ ނަންބަރު
7705-323365-003 އެކައުންޓުގައިވާ ފައިސާ (ޔޫ.އެސް. ޑޮލަޑު) އަކީ ނައިފަރު ޖުވެނައިލްގެ ހައްޤެއް"
ކަމަށް ކަނޑައަޅާފައިވަނީ އެއްވެސް ޤާނޫނަކަށް ނުވަތަ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކަށް ބިނާކޮށްގެން
ނޫންކަން، އަދި އެއީ ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 24/2010)އާ
ޚިލާފުކަމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއަށް ޝަރީޢަތުން ނަޒަރުކުރި އިރު،
ބޭންކިންގ ނިޒާމުގައި އާންމު ގޮތެއްގައި، ބޭންކާއި ކަސްޓަމަރާ ދެމެދުގައި އުފެދިފައި އޮންނަނީ
އުފެދިފައިވާ ގުޅުމެއް ކަމާއި، މި ގުޅުން ފެށިގެން އަންނަނީ ކަސްޓަމަރު ބޭންކްގައި
އެކައުންޓެއް ހުޅުވާ ވަގުތުގައި ކަމާއި، ކަސްޓަމަރު އެ ބޭންކަށް ފައިސާ ޖަމާ ކުރާހިނދުން ފެށިގެން އެ
ބޭންކަކާއި ކަސްޓަމަރާ ދެމެދުގައި ދަރަނިވެރިޔާ-އަރަނިވެރިޔާގެ ގުޅުން އުފެދިގެންދާ ކަމާއި، ބޭންކަށް ފައިސާ
ޖަމާކުރާ ކޮންމެ ފަހަރަކު މިގުޅުން އާކުރަން ނުޖެހޭ ކަމާއި، މިގުޅުމަކީ އެކައުންޓް ބަންދުކުރުމާއި ހަމައަށް
ނުވަތަ މިގުޅުމުގެ އަޞްލު ބަދަލުވުމާއި ހަމައަށް ދެމިގެންދާ ގުޅުމެއް ކަމާއި، މިގުޅުމުގެ ދަށުން ކަސްޓަމަރު
ންކަށް ފައިސާ ޖަމާކުރާ ވަގުތުން ފެށިގެން އެފައިސާގެ މިލްކުވެރިކަން އެ ފައިސާ ޖަމާކުރާ ބޭންކަކަށް
ކަމާއި، އެފައިސާ ބޭނުންވާ ގޮތަކަށް ބޭނުންކުރުމުގެ އިޚްތިޔާރު އެވަގުތުން ފެށިގެން
0x
0
02 ހ2 8
مل مسرع بر ما و مسل مسر
22 ހއ
ބަށް
ބަދިވ
ބޭންކަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
1
2{12/HC-A/285
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2 މީ ޖމި ސަބަބު، އެ
23 22c
3
ހއކތ
މައެdށް
833 މ
ކޯޓުގެ ޙުކުމްގައި
ލިބިގެންދާކަމާއި، ކަސްޓަމަރު ބޭންކަށް ޖަމާކުރާ ފައިސާ ފޮއްޗާއި ނޫޓު ކަސްޓަމަރުގެ ނަންޖަހާފައި
ތިޖޫރީއެއްގައި "ރައްކާކޮށްފައި" ނުވަތަ ކަސްޓަމަރުގެ ނަންޖަހައި ރިޒާރވް ކޮށްފައި ބެހެއްޓުމަށް ބޭންކަށް
ލާޒިމުނުކުރާ ކަމާއި އަދި، އެ ފައިސާ ބޭނުންކުރަމުން ގެންދާ ގޮތާއި އެފައިސާ
ބޭނުންކުރެވޭ
ފައިސާ ޖަމާކުރި ކަސްޓަމަރަށް އެނގެން ޖެހޭ ކަމުގައި ނުވިނަމަވެސް،
ކަސްޓަމަރު ބޭންކަށް ޖަމާކުރި ފައިސާ އަލުން އަނބުރާ ހޯދުމަށް ބޭންކުގައި އެދޭހިނދު،
އެފަރާތުން ބޭންކްގައި ރައްކާކޮށްފައިވާ ފައިސާ ފޮއްޗާއި ނޫޓް ހޯދައި ހަމަ އެފައިސާފޮތި ނުވަތަ ނޫޓް
ހަވާލުކުރުން ބޭންކުގެ މައްޗަށް ލާޒިމް ނޫންކަމާއި، ނަމަވެސް، އެފައިސާ ހޯދުމަށް އެދޭ ވަގުތުން ފެށިގެން
އެކަށީގެންވާ މުއްދަތެއްގައި ޢަދަދަށް ފައިސާ، ކަސްޓަމަރަށް އަނބުރާ ދިނުން
ލާޒިމްވާއިރު،
ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓު ބޭންކް އޮފް މޯލްޑިވްސް ޕލކ ނައިފަރު
ބްރާންޗްގައި ނައިފަރު ޖުވެނައިލުން ހުޅުވާފައިވާ އެކައުންޓުގައިވާ ފައިސާ (ޔޫ.އެސް. ޑޮލަޑު) އަކީ ނައިފަރު
ޖުވެނައިލުގެ ހައްޤެއް" ކަމަށް ކަނޑައަޅާފައިވަނީ އެފައިސާ ހޯދުމަށް އެދޭ ވަގުތުން ފެށިގެން އެކަށީގެންވާ
މުއްދަތެއްގައި ކަސްޓަމަރަށް އެފައިސާ އަނބުރާ ދިނުން ބޭންކުގެ މައްޗަށް ލާޒިމްވާތީއާއި އަދި އެފައިސާ
ލިބުމަކީ ކަސްޓަމަރުގެ "ޙައްޤެއް" ގޮތުގައި ދެކޭތީކަން އެނގޭއިރު، ބޭންކާ ކަސްޓަމަރާ ދެމެދުގައި އޮންނަ
ގުޅުމަކީ ދަރަނިވެރިޔާ-އަރަނިވެރިޔާގެ ގުޅުންކަމަށް ވުމަކުން ނުވަތަ، ބޭންކަށް ޖަމާކުރެވޭ ފައިސާ ބޭންކްގެ
ވިޔަފާރީގައި ބޭނުން ކުރުމަށް ޤާނޫނު ހުއްދަކުރާ ކުރުމަކީ، ކަސްޓަމަރު ބޭންކަށް ޖަމާކޮށްފައިވާ ފައިސާ
ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އަނބުރާ ހޯދުމަށް ކަސްޓަމަރު އެދޭ ޙާލަތުގައި އެފައިސާ
ނުދީހިފެހެއްޓުމުގެ ބާރު ބޭންކަށް ލިބިދިނުން ނޫންކަން އެނގޭކަމާއި،
ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅެވޭ ލިޔުމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 16/95)
ގެ ދަށުން ޗެކްފަދަ ލިޔުންތަކަކީ ޤާނޫނީ ގޮތުން ފައިސާއަށް ބަދަލު ކުރެވޭ ލިޔުމެއް ކަމާއި،ބޭންކެއްގައި ފައިސާ
ބަހައްޓާފައިވާ މީހަކު އެބޭންކަކުން ފައިސާ ނެގުމަށް ލިޔާ ޗެކަކީ ފައިސާ ދިނުމަށް ބޭންކަށް ކޮށްފައިވާ
202c
2x
ކުއިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
39
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{012/HC-A/285
(ހ) ޗެކު
އަމުރެއްކަން އެނގޭއިރު، ނައިފަރު ޖުވެނައިލް ޖަމްޢިއްޔާގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ޕޮލިކީ ނައިފަރު
ބްރާންޗްގައި ހުޅުވާފައިވާ 003-323365-7705 ނަންބަރު އެކައުންޓުން ފައިސާ (ޔޫ އެސް ޑޮލަރު)
ނެގުމަށްޓަކައި، އެޖަމްޢިއްޔާގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސް ޕވކި ނައިފަރު ބްރާންޗްގައި އެދިފައިވާ ކަން
އެނގޭއިރު، އެފައިސާ ދޫނުކުރުމަށް ބޭންކަށް ނިންމޭނީގެ
ލިޔުނު
މީހާ އެޗެކަށް ފައިސާ ނުދޭން ބޭންކަށް އެންގު
އެންގުން،
(ށ) ޗެކް ލިޔުނު މީހާ މަރުވެއްޖެކަން ބޭންކަށް އެންގުން؛
(ނ) ޤާނޫނީ ނުވަތަ ޝަރުޢީ ޢަމުރެއް ކުރުން، މިއިން ސަބަބެއް އޮވެގެންކަން ޤާނޫނު ނަންބަރު
16/95 (ފައިސާ އަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅެވޭ ލިޔުމާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާއިން އެނގެން
އޮތްއިރު، އެޗެކަށް ފައިސާ (ޔޫއެސް ޑޮލަރ) ދޫނުކުރުމަށް ބޭންކުން ނިންމާފައިވަނީ އެމާއްދާގައި
ބަޔާންކޮށްފައިވާ ފަދަ އެއްވެސް ސަބަބެއް އޮވެގެން ނޫންކަން އެނގޭކަމާއި، އަދި އެ ޤާނޫނުގެ 30 ވަނަ
މާއްދާގައި، ޗެކަކަށް ފައިސާ ދިނުމަށް ބޭންކުން ތަބާވުން ލާޒިމްނުވާ ސަބަބުތައް ބަޔާންކޮށްފައިވާކަމާއި، އެއީ؟
(ހ) ޕޯސްޓް ޑޮޓް ޗެކެއް ބޭންކަށް ހުށަހެޅުނުއިރު އެޗެކުގައިވާ ތާރީޚް އައިސްފައި ނުވުން؛
(ށ) ޗެކް ދުވަސް ހަމަވެފައިވުން؛
(ނ) އެކައުންޓްގައި ޗެކްގައިވާ ވަރަށް ފައިސާ ނެތުންގެ
(ށ) ޗެކް ހަލާކުވެފައިވުން؛
(ބ) ޗެކް ދޫކުރިފަރާތް ބަނގުރޫޓުވެފައިވުން؛
(ޅ) ޗެކް ދޫކުރިފަރާތުގެ އެކައުންޓް ކޯޓު އަމުރެއްގެ ދަށަށް ގޮސްފައިވުން؛
(ކ) ޗެކް ދޫކުރިފަރާތުގެ ސޮއި ކަމަށް ބޭންކަށް އެނގިފައި އޮންނަ ސޮޔާއި ޗެކްގައިވާ ސޮއި
0
0x ތ
2 22 22
3
02
ނުވައްތަރުވާންވީ
(އ) ޗެކްގެ ސައްޙަކަމާމެދު ޝައްކު އުފެދުން. ކަން އެނގޭކަމާއި،
ދިވެހިރާއްaއި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
9
2{12/HC-A/285
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ނައިފަރު ޖުވެނައިލްއިން ބޭންކް އޮފް މޯލްޑިވްސް ޕޮލިކީ ނައިފަރު ބްރާންޗްގައި ހުޅުވާފައިވާ
7705-323365-003 ނަންބަރު އެކައުންޓުގައިވާ ފައިސާ (ޔޫ އެސް ޑޮލަރު) ނެގުމަށް ޗެކް ލިޔެފައި
ފޮނުވުމުން، އެޗެކަށް ފައިސާ (ޔޫއެސް ޑޮލަރ) ދޫނުކޮށް ބޭންކުން ހިފަހައްޓާފައިވަނީ އިސްވެ ބުނެވުނު
ސަބަބުތަކުގެ ތެރެއިން ސަބަބެއް މެދުވެރިވެގެންކަން ބޭންކް އޮފް މޯލްޑިވްސް ޕލކއިން ޝަރީޢަތަށް
ސާބިތުކޮށްދީފައި ނުވާކަން ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/G2MC/143
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮތުމުން ނައިފަރު ޖުވެނައިލްއިން ބޭންކަށް ޖަމާކުރި
ފައިސާ (ޔޫއެސް ޑޮލަރ) އަލުން އަނބުރާ ހޯދުމަށް ބޭންކުގައި އެދޭހިނދު، އެޢަދަދަށް ފައިސާ (ޔޫއެސް
ޑޮލަރ) އެކައުންޓްގައި ހުރި ނަމަ، އެފައިސާ (ޔޫއެސް ޑޮލަރ) ހޯދުމަށް އެދޭ ވަގުތުން ފެށިގެން އެކަށީގެންވާ
މުއްދަތެއްގެ ތެރޭގައި އެފައިސާ (ޔޫއެސް ޑޮލަރ) އެފަރާތަށް އަނބުރާ ދޭންޖެހޭނެކަމަށް ޤަބޫލުކުރެ
2727 242ތ 2
2
ކުރެވޭކަމެވެ.
(ށ) ދެވަނަ ކަމަކީ: ބޭންކް އޮފް މޯލްޑިވްސް ޕލކ ގައި ނައިފަރު ޖުވެނައިލް އިން
އެކައުންޓް ހުޅުވާފައިވަނީ އެކައުންޓް ފޯމުގައި ބަޔާންކޮށްފައިވާ ފަދައިން
ބޭންކުން ކަނޑައަޅާ ޝަރުޠުތައް
ޤަބޫލުކޮށްގެންކަމަށްވެފައި މިގޮތުން ބޭންކާއި ކަސްޓަމަރާއި ދެމެދުގައި ކޮންޓްރެކްޓާބެހޭ ޤާނޫނުން ބާރުލިބިދޭ
އެއްބަސްވުމެއް އުފެދިފައިވާ ހިނދު، ޝަރީޢަތުން ކުރައްވާފައިވާ ޙުކުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ
މާއްދާއާ ޚިލާފަށް އެއެއްބަސްވުމުގެ ދަށުން ބޭންކަށް ލިބިފައިވާ ޙައްޤު ނިގުޅައިގަނެވޭ ގޮތަށް ކޮށްފައިވާ
ޙުކުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއަށް ޝަރީޢަތުން ނަޒަރުކުރިއިރު،
ނައިފަރު ޖުވެނައިލް އިން ބޭންކް އޮފް މޯލްޑިވްސް ޕލކ ނައިފަރު ބްރާންޗުގައި އެކައުންޓް
ހުޅުވިއިރު، އެކައުންޓް ހުޅުވާ ފޯމުގެ އަނެއްފަރާތުގައިވާ ޝަރުތުތަކުގެ ތެރެއިން 17 ވަނަ މާއްދާގެ މަފްހޫމަކީ
ބޭންކުން ބޭނުންވެއްޖެ ޙާލަތެއްގައި، އެކައުންޓަށް ކްލިއަރވާ ފައިސާ ބޭންކުން ލިބެންހުރި އެހެން ކޮންމެ
ފައިސާއަކަށް ބަދަލުކުރެވުން ނޫންކަމާއި، އެއީ ކަސްޓަމަރުގެ ޙައްޤުގައި، ކަސްޓަމަރުގެ އެކައުންޓްގައިވާ ފައިސާ
ކަސްޓަމަރު ބޭނުންވެއްޖެ ހިނދެއްގައި، ބޭންކުގައި އެކަމަށް އެދިގެން ބަދަލުކުރެވޭ މާނާގައި
2 02 032&
4 22
ދެލިV/0ގ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
2{12/HC-A/285
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ކަމާއި، އެހެނީ ކަސްޓަމަރުގެ ބޭނުމަށް އެކައުންޓުގައިވާ ފައިސާ ނޫން އެހެން ފައިސާއަކަށް ބަދަލުކޮށްދިނުމަށް
ބޭންކުގައި އެދެވިދާނެކަމާއި، އެގޮތަށް އެދިއްޖެ ޙާލަތުގައި، އެހެން ފައިސާއަކަށް ބަދަލުކޮށް ދިނުމަކީ
އިޚްތިޔާރީ ކަމެއްކަން މި މާއްދާގެ އިބާރާތަށް ބެލުމުން އެނގެން އޮންނައިރު،
ޤާނޫނު މަނާނުކުރާ ހުއްދަ ސަބަބެއްގެ މައްޗަށް އެކޮންޓްރެކްޓެއްގެ ބައިވެރިންގެ ފުރިހަމަ
ރުހުމާއި ޤަބޫލުވުމުގެ މައްޗަށް ކުރެވޭ ކޮންޓްރެކްޓަކީ އެމައްޗަށް ޢަމަލުކުރުން އެކޮންޓްރެކްޓެއްގެ ބައިވެރިންގެ
މައްޗަށް ލާޒިމްވާ ކޮންޓްރެކްޓެއްކަން ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެޤާނޫނުގެ 20
ވަނަމާއްދާގެ (ހ) އިން ސާފުކޮށް އެނގެން އޮންނަކަމާއި، އެއާ ޚިލާފު ގޮތަކަށް ޢަމަލު
ޢަމަލުކުރެވޭނީ
އެކޮންޓްރެކްޓެއްގެ އަނެއް ބައިވެރިޔާ އޭނާގެ މައްޗަށް ލާޒިމްކަމަކަށް ދުލެއްދީފިނަމަ ނުވަތަ ކޮންމެވެސް
އެހެންގޮތަކަށް ޢަމަލުކުރަން އެއްބަސްވެއްޖެނަމަކަން އެއަކުރުގެ ފަހުގެ ޢިބާރާތްތަކުން ސާފުކޮށް އެނގެން
އޮންނަކަމަށް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 14/SC
-
A/2012 ޤަޟިއްޔާގެ ފާހަގަ ކުރެވުނު
ނުކުތާތަކުގެ 6 ވަނަނުކުތާގެ (އ) އަށް ބެލުމުން އެނގެން އޮތުމުން ބޭންކާއި ކަސްޓަމަރާ ދެމެދު ވެފައިވާ
ޓްރެކްޓުގައިވާ ގޮތްނޫން އެހެން ގޮތަކަށް ޢަމަލު ކުރެވޭނީ އެގޮތަށް ޢަމަލު ކުރުމާމެދު ކަސްޓަމަރު ރުހުން
2 22 2x
مسلسعر مع م
ލިބިފައިވާނަމަކަމަށް ޤަބޫލުކުރެވޭ ކަމެވެ.
(ނ) ތިންވަނަ ކަމަކީ: ނައިފަރު ޖުވެނައިލްއިން ޔޫއެސް ޑޮލަރު ޗެކަކުން ބޭންކުން ފައިސާ
ނަގަން ހުށަހެޅުމުން ދިވެހިރާއްޖޭގެ ލީގަލް ޓެންޑަރ ކަމުގައިވާ ދިވެހި ރުފިޔާ ދޫކުރުމަށް ބޭންކުން ތައްޔާރަށް
ތިބި ޙާލު، އަދި އެއީ ބޭންކާއި ކަސްޓަމަރާއި ދެމެދު ކޮންޓްރެކްޓާބެހޭ ޤާނޫނުން ބާރުލިބިދޭ އެއްބަސްވުމުގެ
ދަށުން ބޭންކަށް ލިބިގެންވާ ޙައްޤެއް ކަމުގައިވީ ހިނދު، ޔޫއެސް ޑޮލަރު ދޫނުކުރުމަކީ ޤާނޫނު ނަންބަރު
16195 (ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނު) އާ ޚިލާފަށް ބޭންކުން ކުޅަ
ޢަމަލެއްކަމުގައި ކަނޑައަޅާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއަށް ޝަރީޢަތުން ނަޒަރުކުރިއިރު،
ބޭންކް އޮފް މޯލްޑިވްސްގައި، ތިން ބާވަތެއްގެ ފައިސާއިން އެކައުންޓް ހުޅުވޭކަމާ އެއީ، ދިވެހި
ފައިސާއާއި ޔޫ އެސް ޑޮލަރާއި ޔޫރޯއިން ހުޅުވޭ އެކައުންޓްކަމާއި، ޑޮލަރުން ހުޅުވޭ އެކައުންޓް ހުޅުވާއިރު،
އެކައުންޓް ހުޅުވުމުގެ ފީއެއްގެ ގޮތުން ނުވަތަ މިނިމަމް ޑިޕޮސިޓް އަދަދެއްގެ ގޮތުން ޑިޕޮސިޓް ކުރުމަށްeއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
ދިވެތިވެއްޖެ
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{012/HC-A/285
ފަރާތުން ބޭނުންލީ
ބޭންކުން ހަމައެކަނި ޤަބޫލުކުރަނީ ޑޮލަރު ކަމަށްވެފައި، ޑޮލަރު އެކައުންޓެއް ބޭންކްގައި ހުޅުވުމުގެ މައިގަނޑު
މަޤްޞަދަކީ ޑޮލަރުން މުޢާމަލާތްކުރުން ކަމަށްވެފައި، ކަސްޓަމަރު އިންކާރުކުރާ ޙާލަތުގައިވެސް، ބޭނުން ކޮންމެ
ފައިސާއަކަށް ބަދަލުކޮށް ކަސްޓަމަރަށް ދިނުމުގެ އިޚްތިޔާރު ބޭންކަށް ދެވިފައިވާނަމަ އެއީ، އެކައުންޓް ހުޅުވި
ންނުވާ ފައިސާއަކުން ފައިދާ ދޫކުރުމުގެ ބާރު، އެކައުންޓުގެ ވެރިފަރާތުގެ ނުޤަބޫލުގައި ބޭންކަށް
ލިބިދިނުންކަމަށް ޤަބޫލުކުރެވޭކަމާއި، އެކަމަކީ ވަކި ފައިސާއަކުން މުޢާމަލާތް ކުރުމުގެ މަޤްޞަދުގައި
އެފައިސާއިން އެކައުންޓް ހުޅުވާފައިވާ ކަސްޓަމަރުގެ ޙައްޤަށް އުނިކަން ލިބޭ ގޮތަށް ކުރެވޭ ކަމެއްކަމުގައި ނޫނީ
ނުވާނެކަމާއި،
ނައިފަރު ޖުވެނައިލް އިން ބޭންކް އޮފް މޯލްޑިވްސް ޕލކ ނައިފަރު ބްރާންޗުގައި އެކައުންޓް
ހުޅުވިއިރު، އެކައުންޓް ހުޅުވާ ފޯމުގައިވާ ޓާރމްސް އެންޑް ކޮންޑިޝަންއަކީ ސްޓޭންޑަޑައިޒް ޓަރމްސް އެންޑް
ކޮންޑިޝަންތަކެއް ކަމާއި، މިއީ ބޭންކް އޮފް މޯލްޑިވްސްގައި އެކައުންޓެއް ހުޅުވާ ކޮންމެ މީހަކަށްވެސް ޤަބޫލު
ކުރަންޖެހޭ ޝަރުޠުތަކެއް ކަމާއި، އެކައުންޓެއް ހުޅުވާއިރު ވަކި މީހަކަށް ޚާއްޞަ ޝަރުޠުތަކެއް ބޭންކުން
އެކުލަވަނުލާ ކަމާ، ކޮންމެ ފަރާތަކުންވެސް ބޭންކް އޮފް މޯލްޑިވްސްގައި އެކައުންޓެއް ހުޅުވުމަށްޓަކައި މިޝަރުޠު
ތަކަށް އެއްބަސްވުމަކީ ލާޒިމު ކަމެއްކަން އެނގޭއިރު، އެއެއްބަސްވުމުގައި ބަޔާންކޮށްފައިވާ ޝަރުޠުތައް
އެކުލަވާލެވިފައިވަނީ މަސްލަޙަތާއި ޙައްޤުތައް އެންމެ ފުރިހަމަ
އެންމެ ފުރިހަމަ ގޮތެއްގައި ހިމާޔަތްކޮށް
ރައްކާތެރިކުރެވޭނެ ގޮތެއްގެ މަތިންކަމަށް ބެލެވޭއިރު، ބޭންކުގައި ވަކި ބާވަތެއްގެ ފައިސާއަކުން
ހުޅުވައި އެބާވަތަކުން އެއެކައުންޓަށް ފައިސާ ޖަމަޢުކުރުމަށްފަހު، އެއެކައުންޓުން ފައިސާ ނެގުމަށް އެދުމުން
އެހެން ބާވަތެއްގެ ފައިސާއަކުން ބޭންކުން ފައިސާ ދޭނެކަމަށް ބޭންކާއި އެކު މުޢާމަލާތްކުރާ ޢާންމު
ކަސްޓަމަރުންނަށް ޤަބޫލުކުރެވިފައިނުވާއިރު، އަދި މިމައްސަލާގައި އެކައުންޓް ހުޅުވާ ފަރާތްތަކާއެކު ބޭންކުން
ވެވޭ އެއްބަސްވުމުގެ 17 ވަނަ މާއްދާއަށް ބަލާއިރު، ވަކި ބާވަތެއްގެ ފައިސާއަކުން ހުޅުވާފައިވާ އެކައުންޓަކުން
އެބާވަތުން ފައިސާ ނެގުމަށް ކަސްޓަމަރު އެދޭ ހާލަތުގައި، އެނޫން ބާވަތެއްގެ ފައިސާއަކުން، ކަސްޓަމަރުގެ
ނުރުހުމުގައި ފައިސާ ދޫކުރުމުގެ ބާރު ބޭންކަށް ލިބިދީފައިވާކަމަށް މާނަ ކުރެވޭނެ ތަނެއް އޮތްކަމަށް ނުފެންނަ
2002
އެކައުންޓް
ކަމެވެ.
(ނ) ހަތަރުވަނަ ކަމަކީ: ބޭންކް އޮފް މޯލްޑިވްސް ޕލކ އާ ނައިފަރު ޖުވެނައިލް އާ ދެމެ
ކުރެވިފައިވަނީ ވިޔަފާރީގެ މުޢާމަލާތެއް ކަމަށްވީ ހިނދު، އެމުޢާމަލާތުގެ ތެރޭގައި ބޭންކުން ނިންމި ނިންމުމަކީރިންގެ22
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
12 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/285
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 43 ވަނަ މާއްދާގެ މަޤްޞަދާއި ރޫޙާއި ޚިލާފަށް އެމާއްދާގެ
މަޙައްލުން ބޭރުން ކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއަށް ޝަރީޢަތުން ނަޒަރުކުރިއިރު،
ނައިފަރު ޖުވެނައިލް އެކައުންޓްގައި ޑޮލަރު ހުރެމެ ޑޮލަރު ނެގުމަށް ޗެކު ލިޔެގެން ދިޔުމުން
ފިޒިކަލް ކޭޝް ޖަމާނުކުރާތީކަމަށްބުނެ ޑޮލަރު ދޫކުރެވެން ނެތްކަމަށް ބޭންކް އޮފް މޯލްޑިވްސް ޕލކ ނައިފަރު
ބްރާންޗުން އަންގައި އަނގަބަހުން ޖަވާބުދީ ލިޔުމުން އެޖަވާބު ދިނުމަށް އެދުމުން ލިޔުމުންވެސް ޖަވާބުދިނުމަށް
އިންކާރުކޮށްފައިވާކަން ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު 2011/G2MC/143 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގޭކަމާއި،
ޢަދުލުވެރިކަމާއެކު އިދާރީ ފިޔަވަޅުތައް އެޅުމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު
އަސާސީގެ 43 ވަނަ މާއްދާގައި ބުނާއިރު، މިމާއްދާގެ (ނ) ގައި، އިދާރީގޮތުން އަޅާ ފިޔަވަޅެއްގެ ސަބަބުން
އެއްވެސް މީހެއްގެ ޙައްޤަކަށް އުނިކަމެއް ލިބިއްޖެކަމަށް ފެނިއްޖެނަމަ، އެފިޔަވަޅެއް އެޅުމުގެ ސަބަބު ލިޔުމުން
ލިބުމުގެ ޙައްޤު އެމީހަކަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވާކަން އެނގޭއިރު، މި މައްސަލާގައި ބޭންކް އޮފް
މޯލްޑިވްސް ޕީލކ ނައިފަރު ބްރާންޗްގައި ހުޅުވާފައިވާ 003-323365-7705 ނަންބަރު ޑޮލަރ
އެކައުންޓުގައިވާ ފައިސާ ނެގުމަށް ނައިފަރު ޖުވެނައިލްގެ ފަރާތުން އެދުނު ހިނދު، އެފައިސާ ނުދީ
ހިފެހެއްޓުމަކީ، ނައިފަރު ޖުވެނައިލް ޖަމްޢިއްޔާއާ މެދު ބޭންކުން އިދާރީ ގޮތުން އެޅި ފިޔަވަޅެއްކަމުގައި މާނަ
ނުކުރެވުނު ނަމަވެސް، ބޭންކާއި ކަސްޓަމަރާ ދެމެދު އުފެދިފައިވާ ގުޅުމަކީ ކޮންޓްރެކްޓެއްގެ ދަށުން އުފެދިފައިވާ
ދަރަނިވެރިޔާ-އަރަނިވެރިޔާގެ ގުޅުންކަމަށްވެފައި، އެގުޅުމުގެ ތެރޭގައި ކުރެވޭ މުޢާމަލާތްތަކަކީ ކަސްޓަމަރަށް
އެނގުމާއި އިތުބާރުކުރެވޭ ފަދަ ހަރުދަނާ ގޮތެއްގައި ކުރެވޭ މުޢާމަލާތަކަށް ވާންޖެހޭނެކަމަށް ޤަބޫލުކުރެވޭ ކަމާއި،
އަދި ބޭންކުގައި ހުޅުވާފައިވާ އެކައުންޓަކުން ޗެކަކުން ފައިސާ ނެގުމަށް ހުށަހެޅުމުން އެޗެކުގައިވާ ޢަދަދަށް
ފައިސާ ހުރިނަމަ ފައިސާ ދިނުން ބޭންކްގެ މައްޗަށް ލާޒިމްވާކަން އެނގޭކަމާއި، ޗެކަކުން ފައިސާ
ބޭންކަށް ހުށަހެޅުމުން އެޗެކަށް ފައިސާ ނުދެވޭ ސަބަބު އެޗެކް ހުށަހެޅި ފަރާތަށް ޢާންމު އުޞޫލެއްގެ ގޮތުން
ލިޔުމުން އަންގާކަން، އެފަދަ ހާލަތްތަކުގައި ބޭންކުން ހަވާލުކުރާ "ބޭންކުން ޗެކު އަބުރާ
ލިޔުން" އަށް ބެލުމުން އެނގޭއިރު، ނައިފަރު ޖުވެނައިލްއިން ބޭންކް އޮފް މޯލްޑިވްސް ޕލކ ގައި
ހުޅުވާފައިވާ ޑޮލަރ އެކައުންޓުން ފައިސާ ނެގުމަށް ހުށަހެޅުމުން އެޗެކަށް ފައިސާ ދޫނުކުރި ލިޔުމުން
އެފަރާތަށް އަންގަންޖެހޭނެކަމަށް ޤަޟިއްޔާ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުރިހާ
ފަނޑިޔާރުންނަށްވެސް ޤަބޫލުކުރެވޭކަމެވެ.
0/22
93ނ
07*
22 2
ފ2 23
24
ރައްދުކުރެވެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
13 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{12/HC-A/285
02c 0 0
އެހެންކަމުން މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ފާދިއްޕޮޅު
ނައިފަރު މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު 2011/G2MC/143 ޤަޟިއްޔާގައި އެކޯޓުން ނިންމާފައިވާ
ނިންމުމަށް ބަދަލު ގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ.
:
ދެންފަހެ އިސްވެ ފާހަގަކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ނައިފަރު
މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު 2011/G2MC/143 ޤަޟިއްޔާ އެކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލު
ގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
4
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv