ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/18 ޤަޟިއްޔާގެ ޙުކުމް
1
2{{{ HC-A;1 8
ން
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޓް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދާއިމީ އެޑްރެސް: ފ.ސައުތުއެންޑް
* މިހާރުގެ އެޑްރެސް: (މާފުށީޖަލުގައި)
• ޤަޟިއްޔާ ނަންބަރު: 18/IHC
-
A/2010
• އިސްތިއުނާފް ކުރިފަރާތް:
*ނަން. މުޙައްމަދު ޢުޒައިރު
*އައިޑީ ކާޑު ނަންބަރު: A046062
"ވަކީލު: އޏ.މުޙައްމަދު އިބްރާހީމް
* އައިޑީ ކާޑު ނަންބަރު.
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
* ވަކީލު: އޗ.އަޙްމަދު ތައުފީޤް
A038840
އެޑްރެސް: ހުޅުމާލެ ރޯހައުސް މުތް 2
އައިޑީ ކާޑު ނަންބަރު: A122667
1431
• ރަޖިސްޓްރީކުރެވުނު ތާރީޚް: 23 ޞަފަރު
ނިމުނު ތާރީޚް: 13 ޝަޢުބާން 1432
07 ފެބްރުއަރީ 2010
14 ޖުލައި 2011
ސްތިއުނާފުކުރެވުނު ޤަޟިއްޔާނަންބަރު، ކްރިމިނަލްކޯޓު (ޖިނާއީ ކޯޓު) ގެ ނަންބަރު: 2009/JC/735
• ޤަޟިއްޔާގެ ބާވަތް: މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ބޭނުންކުރުމާއި، ވިޔަފާރީގެ ބޭނުމަށް އަތުގައި
ބެހެއްޓުން
• ނިންމެވި ކޯޓް: ކްރިމިނަލްކޯޓް (ޖިނާއީ ކޯޓު)
ހުށަހެޅުނު ތާރީޚް: 18 މާރޗް 2009 ނިމުނު ތާރީޚް: 29 އޮކްޓޯބަރ 2009
ބައިކް
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒުހިނގުން.ތީމުގެ 3ވަނަދޮރޯށީގެ ޚެވެ. ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
201/HC-A: 18
O
ex O3
ދަޢުވާގެ ޚުލާޞާ
މިއީ، ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/735 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފްކޮށްދިނުން އެދި ހ.ސައުތުއެންޑް
މުޙައްމަދު ޢުޒައިރުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
• ފާހަގަކުރެވުނު ނުކުތާތައް:
01- ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/735 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ "މުޙައްމަދު ޢުޒައިރުއާއި، ހ.އަނދުންގެ އިބްރާހީމް ޝަމީމް،
09 އޮގަސްޓު 2008 ދުވަހުގެ 23:30 ހާއިރު، ހ.އަނދުންގޭގައި މަސްތުވާތަކެތި ބޭނުންކުރާކަމަށް
މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބުނު މަޢުލޫމާތާއި ގުޅިގެން ފުލުހުންގެ ބޭކަލުން އެގެއަށް
ދުރުވެ، މިދެމީހުން ފުލުހުންގެ ބެއްލެވުމުގެ ދަށަށް ގެންނަވައި މިދެމީހުންގެ ހަށިގަނޑާއި،
މިދެމީހުން ތިބި ކޮޓަރިތެރެ ބަލާފާސްކުރިއިރު، މިދެމީހުންތިބޭ ކޮޓަރިތެރޭގައި ހުރި އެނދެއްގެ މަތިން
ފެނުނު 04 ޕައިޕް އޯޕީއޭޓްސްއަށް ޕޮޒިޓިވްވެފައިވާތީއާއި، ހަމަ އެއެނދުމަތިން ފެނުނު ސިގިރޭޓް
އަޅާ ފޮއްޓެއްގެ ތެރެއިން ފެނުނު 01 ސެލޯފިންކޮޅުގައި 0.1804 ގްރާމް ކެނަބިސްހުރި ކަމަށާއި،
އެކޮޓަރީގައި ހުރި އަލަމާރިއެއްގެ ދަމާވަތްގަނޑެއްގެ ތެރެއިން ފެނުނު 01 ޖޫސްޕެޓީ ކޮތަޅާއި 05
ރަބަރު ޕެކެޓް ތަޙްލީލު ކުރެއްވިއިރު އޭގެ ތެރެއިން ޖޫސްޕެޓީ ކޮތަޅުގައި 13.9200 ގްރާމް
އޯޕީއޭޓްސް ހުރިކަމަށާއި، އަދި 25 ރަބަރު ޕެކެޓުގައި 18.2089 ގްރާމް އޯޕީއޭޓްސްހުރިކަމަށާއި،
އެކޮޓަރީގެ ފާޚަނާތަށި ތެރެއިން ފެނުނު 01 ސެލޯފިންކޮޅުގައި 0.1966 ގްރާމް ކެނަބިސް
ހުރިކަމަށް އެތަކެތީގެ ތަޙްލީލު ރިޕޯޓުން ދައްކާތީއާއި، އިބްރާހީމް ޝަމީމްގެ ކުޑަކަމުދާތަކެތި
ކެނަބިސްއަށާއި، ބެންޖޯޑައިޒީޕައިންއާއި، އޯޕިރޭޓްސްއަށް ޕްޒިޓިވްވެފައިވާތީ، ޤާނޫނު ނަންބަރު
coc
CO2
Occ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބަރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި މާލެ، ދިވެހިދޯއްޖެ، ފޯން: 3325029، ފެކްސް: 3316471
މެއިލް [email protected] ވެބް ސައިޓް: "www.hightJurt.gov.mv
*
4ހ5
3
2010;HC-A: 18
އދ61
4 22
30 # 3,9
#
#
17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 02 ވަނަ މާއްދާގެ (ހ)ގެ ދަށުން މުޙައްމަދު
އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާއާއި، އެޤާނޫނުގެ 04 ވަނަ މާއްދާގެ (ހ)ގެ 01 ނަންބަރުގެ
ދަށުން އިބްރާހީމް ޝަމީމްގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމުގެ ކުށުގެ
ދައުވާކުރުމުން ބެލެވުނު މައްސަލައެކެވެ."
02- ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/735 ޤަޟިއްޔާ ނިމިފަވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި މުޙައްމަދު
ޢުޒައިރުގެ ފަރާތުން 07 (ހަތް) ނުކުތާއެއް
ހުށަހަޅާ
ބެހޭ ގޮތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
އެނުކުތާތަކާއި
• ފުރަތަމަ ނުކުތާއަކީ، މުޙައްމަދު ޢުޒައިރުއާއި، ފ.އަނދުންގެ އިބްރާހީމް ޝަމީމްއާއި،
ދެމީހުން ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަމުގެ މަޢުލޫމާތު ޕޮލިސް
ސަރވިސްގެ މިކަމާގުޅޭ ސެކްޝަނަށް ލިބިވަޑައިގަތުމުން މުޙައްމަދު ޢުޒައިރުއާއި އިބްރާހީމް ޝަމީމް
ހިފާ ހައްޔަރު ކުރުމަށް ހިންގަވާލެއްވި އޮޕަރޭޝަނެއްކަމަށް، ތަޙްޤީޤު ކުރެއްވި ފަރާތުގެ
ބަޔާނުގައިވާއިރު މިކަމުގެ ތަފްޞީލަކަށް ޝަރީޢަތުން އިންސާފެއް ކުރައްވާފައި ނެތުމުން މައްސަލާގެ
ޙަޤީޤަތް ނޭގޭކަމަށް ބުނެ ހުށައެޅި ނުކުތާ
• ދެވަނަ ނުކުތާއަކީ، ތަޙްޤީޤަށް ފެށުމުން، ފުލުހުން ހ.އުނދުންގޭގައި މުޙައްމަދު ޢުޒައިރުގެ
އިތުރަށް އެގޭ އިބްރާހީމް ޝަމީމްއާއި މިދެމީހުން އެކޮޓަރީގައި ތިއްބާ އަޙްމަދު ރަޝީދު ކޮބައިތޯ
ސުވާލުކުރި ދެމީހުންވެސް އެކޮޓަރީގައި ތިއްބާ ފުލުހުންގެ ތަޙްޤީޤުގައި އެދެމީހުން ތިބިކަމުގެ
މަޢުލޫމަތު ސިއްރުކޮށްފައި އޮތުން.
ދިވެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 29(3325، ފެކްސް: 3316471
އީމެއިލް [email protected] ތެތް ސައިޓް: www.highcourt.gov.mv
،
4
2{010;FIC-A: f 8
• ތިންވަނަ ނުކުތާއަކީ، ހ.އަނދުންގޭގައި ހުރި ކަމަށްބުނާ މަސްތުވާތަކެތީގެ ތެރޭގައި
އެކޮޓަރީގައި އުޅެމުންދިޔަ، ކ.މާލެއއ.ހަނިކަނޑު ޖަޢުފަރު އެތަކެއްޗާއިގެން އެކޮޓަރީގައި އުޅެމުން
ބޭސްފަރުވާއަކަށް ރާއްޖެއިން ބޭރަށް ދިޔަކަމަށާއި ރާއްޖެއިން ބޭރަށް ދިޔައިރު އެކޮޓަރީގައި އޭނާގެ
ބައެއްތަކެތި ހުންނާނެކަމަށާއި، މިހާރު މައްސަލަ ކުރިމަތިވެގެން ހުށައެޅިފައިވާ ހުރިހާ
މަސްތުވާއެއްޗަކީ ޖަޢުފަރުގެ ތަކެތިކަމަށް އިޢުތިރާފް ވެފައިވާއިރު އެއިޢުތިރާފުގެ މައްޗަށް
އިންސާފުކޮށްފައި ނުވާކަމަށް ބުނެ ހުށައެޅި ނުކުތާ.
• ހަތަރުވަނަ ނުކުތާއަކީ، ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/735 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓްގެ ފާހަގަކުރެވުނު ނުކުތާތަކުގެ 10 ވަނަ ނަންބަރުގައި، ހ.އަނދުންގެއަށް
ވަނުމަށް ފުލުހުން ގޮސް ފުލުހުން ދޮރުގައި ޓަކިޖެހުމުން ދޮރުނުހުޅުވުނުކަމަށާއި ގަދަކަމުން
ދޮރުހުޅުވި ކަމަށާއި މަސްތުވާތަކެތީގެ މަޢުލޫމާތު ލިބުނު ކޮޓަރިއަށް ވަންއިރު އެކޮޓަރީގައި ތިބީ
ދެމީހުންކަމަށް ޝަރީޢަތުން ފާހަގަކުރުމަކީ މައްސަލަ ހުށަހެޅި ފަރާތަށްކޮށްދިން ބަރޯސާއަކަށްވުމުން
އިންސާފުގެ ތެރެއަށް ވަދެވެން އޮތްމަގު ބަންދުވެފައިވާ ކަމަށް ބުނެ ހުށައެޅި ނުކުތާ.
އބކވެ
• ފަސްވަނަ ނުކުތާއަކީ، މުޙައްމަދު ޢުޒައިރު ށ.އަނދުންގެއަށް ގޮސް އެގޭ
ޝަމީމްއާއި ބައްދަލުކުރި ސަބަބާއި ދިޔަ ބޭނުން ތަޙްޤީޤުގައި އަދި ޝަރީޢަތުގެ މަޖިލިސްއަށް
ހާމަކޮށް ދެވިފައިވާއިރު މިކަމަށް އެއްވެސް އިންސާފެއް ކޮށްދެއްވާފައި ނެތުމުން މިކަމުގައި
އިންސާފުގެ ހަމަތައް ގެއްލިގެން ދިޔަކަމަށް ބުނެ ހުށައެޅި ނުކުތާ
• ހަވަނަ ނުކުތާއަކީ، މުޙައްމަދު ޢުޒައިރުގެ އަތުގައި ނުވަތަ ގައިގެ ތަނެއްގައި ނުވަތަ
ލައިގެންހުރި ހެދުމެއްގައި މަސްތުވާއެއްޗެއް ނެތްކަމަށް ތަޙްޤީޤު ކުރެއްވި ފުލުހުން ތަޙްޤީޤަށާއި،
ޝަރީޢަތުގެ މަޖިލީސްއަށް ބަޔާންދީފައި އޮތުމާއި، ހ.އަނދުންގޭގައި ކުޑަވަގުތު ކޮޅެއްގައި މުޙައްމަދު
ހައިކޯޓު
ދިވެހީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޖުހިނގުން، ތީމުގެ 3ވަނަދޮރޯނި މަލެ. ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
201;HC-A/ 18
.)
ޢުޒައިރު އިނދެލެވުނު އެކޮޓަރިއަކީ މުޙައްމަދު ޢުޒައިރު ދިރިއުޅޭ ނުވަތަ އުޅެމުންދިޔަ ތަނަކަށް
ނުވުމާއި މުޙައްމަދު ޢުޒައިރުގެ އެއްވެސް ބާރެއް ނުފޫޒެއް ހިމެނުމެއް އަމުދުންވެސް ނުވާތަނަކަށް
އެތަންވާއިރު، މުޙައްމަދު ޢުޒައިރުއަކީ ހަމައެކަނި މެހެމާނެއްގެ މަޤާމުގައި ހިމެނޭނެ މީހަކަށް
ބެލެވެންވާއިރު ވިޔަފާރީގެ ބޭނުމުގައި މުޙައްމަދު ޢުޒައިރުގެ އަތުގައި މަސްތުވާތަކެތި ބެހެއްޓުމުގެ
ކުށެއް އިލްޒާމް ކުރެވޭނެ އެއްވެސް ސަބަބެއްނެތިސް ނުޙައްޤު ޙުކުމެއް ކަނޑައަޅާފައި އޮތްކަމަށް
ބުނެ ހުށައެޅި ނުކުތާ.
• ހަތްވަނަ ނުކުތާއަކީ، މިމައްސަލާގައި މުޙައްމަދު ޢުޒައިރު ތަޙްޤީޤަށް ބަޔާންދިންއިރު
މުޙައްމަދު ޢުޒައިރުގެ ބުނުންތަކާމެދު ހ.އަނދުންގެ އިބްރާހީމް ޝަމީމް ބުނާނީ ކީކޭކަމެއްވެސް
މުޙައްމަދު ޢުޒައިރަށް އެނގިފައިނުވާއިރު އިބްރާހީމް ޝަމީމްގެ ބަޔާން ފެނުނުއިރު މުޙައްމަދު
ޢުޒައިރުގެ ވާހަކައިގެ މައްޗަށް އެއްވެސް ތަފާތެއް ނެތްކަމުން މުޙައްމަދު ޢުޒައިރުގެ ބަސް ތެދުކަން
އެނގިގެންދާއިރު މިކަމަށްވެސް އިންސާފެއް ގެނެސް ދެއްވާފައި ނެތްކަމަށް ބުނެ ހުށައެޅި ނުކުތާ .
03- މިމައްސަލައާއިގުޅިގެން ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިއުންތަކަށާއި އަދި ޖިނާއީ ކޯޓުގެ ނަންބަރު
2009/JC/735 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީހަމަތަކާ އެއްގޮތްނުވާކަމަށްބުނެ
މުޙައްމަދު ޢުޒައިރުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ވިސްނައި ބެލިއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލަ ބެލި ފަނޑިޔާރުންނަށް
އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ހ.އަނދުންގެ އިބްރާހިމް ޝަމީމާއި ހ. ސައުތު އެންޑް މުޙައްމަދު
ޢުޒައިރުގެ މައްޗަށް ޖިނާއީކޯޓުގެ ނަންބަރު 2009/JC/735 ޤަޟިއްޔާގައި މަނާކުރެވިފައިވާ
ހައިކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޖުހިނގުން،ތީމުގެ 3ވަނަދޮރޯނިޤީ މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: pf16471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
6
20;HC-A,18
##
9
8
7
4 ވގތ
ބޭނެ ކަމަށް
މަސްތުވާއެއްޗެއްބޭނުންކުރުމާއި، ވިޔަފާރީގެ ބޭނުމުގައި އަތުގައި ބެހެއްޓުމުގެ ދަޢްވާކުރައްވާފައިވާއިރު،
ދަޢުވާއަށް މުޙައްމަދު ޢުޒައިރު ޖިނާއީކޯޓުގައި އިންކާރުކޮށްފައިވާކަން އެނގޭކަމާއި، ޖިނާއީކޯޓުގެ
ނަންބަރު 2009/JC/735 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބިނާކުރައް
ބިނާކުރައްވާފައިވާ ނުކުތާތަކުގެ
މައްޗަށް ބެލިއިރު، އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބިނާކުރައްވާފައިވާ މައިގަނޑު ނުކުތާއަކީ
09 އޮގަސްޓް 2008 ދުވަހުގެ ރޭ އަނދުންގޭގައި މަސްތުވާތަކެތި
މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ލިބުނު މަޢްލޫމާތަކާއި ގުޅިގެން ފުލުހުން އެގެއަށް ގޮސް ،
ށ.އަނދުންގެ އިބްރާހިމް ޝަމީމާއި ، މުޙައްމަދު ޢުޒައިރު މިދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް
ގެނެސް މިދެމީހުންގެ ހަށިގަނޑާއި، މިދެމީހުން ތިބި ކޮޓަރި ބަލާ ފާސްކުރިއިރު މި ދެމީހުން ތިބި
ކޮޓަރިތެރެއިން މަސްތުވާތަކެތި ފެނުނުކަން ހެކިންގެ ހެކިބަހުން އެނގެންއޮތުމުން އަދި މަސްތުވާ
ތަކެތީގެ
ބަރުދަން 01 ގްރާމަށްވުރެ މަތިކަމަށް، މިތަކެތި ތަޙްލީލުކުރި ފަރާތުން ބުނެފައިވުމުން
މުޙައްމަދު ޢުޒައިރު މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމުގައި އަތުގައި ބެހެއްޓުމުގެ
ކުށް ސާބިތުވާ ކަމަށް ބައްލަވައިގެން ކަން އެނގެންއޮތުމެވެ.
4 22
8
22
4 ހދ#
ނަންކަމަށް1
(ހ) ދެވަނަކަމަކީ، މުޙައްމަދު ޢުޒައިރު ދިރިއުޅެމުންދާ ގެއަކީ ހ.ސައުތުއެންޑް ކަމަށާއި،
ށ.އަނދުންގެއަކީ މުޙައްމަދު ޢުޒައިރު ކުއްޔަށް ހިފައިފައިވާ އަދި އެއްވެސް އިރެއްގައި ދިރިއުޅެފައިވާ
މަށާއި، ހ.އަނދުންގެއަށް 09 އޮގަސްޓް 2008 ދުވަހުގެރޭ މުޙައްމަދު ޢުޒައިރު
ގޮސްފައިވަނީ ، ދ.އަނދުންގޭ އިބްރާހިމް ޝަމީމްގެ އެދުމުގެ މަތިން އެގޭގޭގައި މަސައްކަތްތަކެއް
ކުރުމަށްކަމަށް މުޙައްމަދު ޢުޒައިރު ބުނެފައިވާއިރު، ހ.އަނދުންގެއިން މަސްތުވާތަކެތި ފެނުނުކަމަށް
ބުނާ ކޮޓަރިއަކީ އިބްރާހިމް ޝަމީމްގެ ޢާއިލާއާއި އެކު އިބްރާހިމް ޝަމީމް ދިރިއުޅެމުން ދިޔަ
އިބްރާހިމް ޝަމީމްގެ އެޕާރޓްމަންޓެއްގައި ހުރި ކޮޓަރިއެއްކަން މި މައްސަލައާއި އެކު ހުށައެޅުނު
ބަޔާންތަކަށް ބެލުމުން އެނގެން
ގެންއޮންނަކަމާއި، މުޙައްމަދު ޢުޒައިރު ހ.އަނދުންގެއަށް އައިސްފައިވަނީ
އިބްރާހިމް ޝަމީމް ގެ އެދުމުގެ މަތިން މަސައްކަތްތަކެއް ކޮށްދިނުމަށް ކަމަށް އިބްރާހީމް ޝަމީމް
ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި ބުނެފައިވާ ކަން އެނގެންއޮތުމެވެ.
1
ދިވެހިރާއްޖޭގެ ކުއިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށީ މާލެ، ދިވެހިރާއްޖެ، ޖޯން 3325029، ފެކްސް: [2314547
އީމެއިލް [email protected] ވެބް ސައިޓް: ww.highcourt.gov.mv
1
2{{{{j;HC-A; 7 8
09
(ނ) ތިންވަނަކަމަކީ، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމުގައި އަތުގައި
ބެހެއްޓުމުގެ ކުށް ޝަރީޢަތަށް ސާބިތުވޭތޯ ނުވަތަ ނޫންތޯ ބެލުމުގައި ، ފެނުނު މަސްތުވާތަކެއްޗާއި
އެމީހަކާއި ހުރި ގުޅުމަކީ ކޮބައިތޯ އާއި ، މި ތަކެތި ފެނިފައިވަނީ އެމީހެއްގެ ޙިޔާޒަތުގެ ދަށުގައި
ހުއްޓާކަން ނުވަތަ ނޫންކަން ޝަރީޢަތުގެ ފަރާތުން ރިޢާޔަތްކޮށް ބަލަން ޖެހޭކަމާއި، ކު މައްސަލައާއި
ގުޅިގެން ހުށައެޅުނު ލިޔެކިޔުންތަކަށާއި ތަޙްޤީޤަތާއި ޖިނާއީކޯޓުގެ ޝަރީޢަތުގެ މަޖިލިސް އަށް
ދީފައިވާ ބަޔާންތަކަށްބެލިއިރު، 09 އޮގަސްޓް 2008 ދުވަހުގެރޭ މުޙައްމަދު ޢުޒައިރު
ހ.އަނދުންގެއަށް ގޮސްފައިވަނީ ފ.އަނދުންގޭގައި ދިރިއުޅޭ އިބްރާހީމް ޝަމީމްގެ އެދުމުގެ މަތިން
މަސައްކަތްތަކެއް ކޮށްދިނުމަށްކަމަށް އިބްރާހީމް ޝަމީމް ބުނެފައިވާބުނުމަށާއި، ހ.އަނދުންގެއަކީ
އެއްވެސް އިރެއްގައި މުޙައްމަދު ޢުޒައިރު ދިރިއުޅެފައިވާ ، އަދި މުޙައްމަދު ޢުޒައިރުގެ ބެލުމުގެ
ދަށުގައި ހުރިއެއްކަން އެނގެންނެތުމުންނާއި، މަސްތުވާތަކެތި ފެނުނު ކަމަށް ބުނާ ކޮޓަރީގެ
ތެރޭގައި މި އެޕާރޓްމަންޓުގައި ދިރިއުޅޭ އިބްރާހިމް ޝަމީމްވެސް ހުރިކަން އެނގެން އޮތްއޮތުމަށާއި،
މަސްތުވާތަކެތީގެ އެއްވެސް ބާވަތެއް މުޙައްމަދު ޢުޒައިރުގެ ހަށިގަނޑުން ފެނިފައިވާކަން އެނގެން
ނެތްއިރު، މުޙައްމަދު ޢުޒައިރު އެވަގުތު ހުރީ މަނާކުރެވިފައިވާ މަސްތުވާ ބާވަތުގެ އެއްވެސް
ނޫންކަން ލެބޯޓްރީ ތަޙްލީލް ރިޕޯޓުން ދައްކާތީއާއި، މަސްތުވާތަކެތި ފެނުނު
ދ.އަނދުންގޭގެ ކޮޓަރިއެއްގެ ތެރޭގައި މުޙައްމަދު ޢުޒައިރު ހުރި ހުރުން ފިޔަވައި މުޙައްމަދު
ޢުޒައިރާއި މިކޮޓަރިން ފެނުނު މަސްތުވާތަކެއްޗާއި ހުރި ގުޅުން އަންގައިދޭ އެއްވެސް ހެއްކެއް އަދި
ޤަރީނާއެއްވިޔަސް ޝަރީޢަތަށް ހުށައެޅިފައިނުވާކަމުންނާއި، މިކަންކަން މިހެން ހުރުމާއި އެކު
ހ.އަނދުންގޭގެ ކޮޓަރިން ފެނުނު މަސްތުވާތަކެއްޗަކީ ވިޔަފާރީގެ ބޭނުމުގައި މުޙައްމަދު ޢުޒައިރު ގެ
އަތުގައި ބަހައްޓާފައިހުރި މުޙައްމަދު ޢުޒައިރުގެ ތަކެތިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި
ޝަރީޢަތަށް ސާބިތުވާކަމުގައި މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
4ه344
9
8 ] 8
އެސޮބޭނުންކޮށްގެން
4
244 ތ 8 * * *
ބވއވއދ.
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯވި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3346477
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
8
2] [HC-A18
#
ހދ
ދެންފަހެ، އިސްވެ
ބަޔާންކުރެވުނު ސަބަބުތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، ޖިނާއީކޯޓުގެ
ޤަޟިއްޔާނަންބަރ 2009/JC/735 ގައި، ހ.ސައުތުއެންޑް މުޙައްމަދު ޢުޒައިރު ގެ މައްޗަށް،
މަސްތުވާ އެއްޗެއް ވިޔަފާރީގެ ބޭނުމުގައި އަތުގައި ބެހެއްޓުމުގެ ކުށް ޝަރީޢަތަށް
ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްވާ ގޮތުގެ
މަތިންކަން މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ނުފެންނާތީ، ޖިނާއީކޯޓުގެ
ނަންބަރު 2009/JC/735 ޤަޟިއްޔާއިން، މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރީގެ
ބޭނުމުގައި މުޙައްމަދު ޢުޒައިރުގެ އަތުގައި ބެހެއްޓުމުގެ ކުށް ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައެޅި
ކަނޑައެޅުން މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކޮށް މި
ޤަޟިއްޔާ ނިންމީއެވެ.
މިޤަޟިއްޔާ ބަވައި ޙުކުމް ކުރީ
ޢަލީ ސަމީރު
ފަނޑިޔާރު)
ޢަބްދުﷲ ޙަމީދު
(ފަނޑިޔާރު)
ޝުޢައިބު ޙުސައިން ޒަކަރިއްޔާ
(ފަނޑިޔާރު)
ބައިކް
ދިވެހީގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށީ އާދެ، ދިވެހިރާއްޖެ، ފޯން: 29(33256، ފެކްސް: 3316471
އީމެއިލް info
(
@
highcourt.gov.mv ވެބް ސައިޓް: www.highcourt.gov.mv