ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/08 ޤަޟިއްޔާގެ ޙުކުމް
1
2012/HC-A/08
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
1/2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 08/HC-A/2012
އިސްތިއުނާފުކުރި ފަރާތް؟
* ނަން: މެރިމެކްސް ޕްރައިވެޓް ލިމިޓެޑް
ވަކީލު:
. ޢަލީ ޙުސައިން
* އައިޑީ ކާޑު ނަންބަރު: A074712
ދާއިމީ އެޑްރެސް: މ.ލަކްސްލިން
އެޑްރެސް: މުނިޔާގެ/ ބ.ކެންދޫ
*
0
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ސްޓެޕް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
ވަކީލު: މޒ. ޢަލީ ޝާހު
އައިޑީ ކާޑު ނަންބަރު: A092898
ދާއިމީ އެޑްރެސް: ފ.ފިނިމާގެއާގެ
ދާއިމީ އެޑްރެސް: ބީޗްހައުސް ގއ.ވިލިނގިލި
ރަޖިސްޓްރީ ތާރީޚް: 19 ޞަފަރު 1433
04 ޖެނުއަރީ 2012
ނިމުނު ތާރީޚް: 17 ރަބީޢުލްއައްވަލު 1434
ޖެނުއަރީ 2013
29
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2011/Cv-C/818
، ނިންމެވި ކޯޓް: ސިވިލްކޯޓް
• މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
0
މައްސަލަބެވި ފަނޑިޔާރުންގެ މަޖިލިސްޑް
ފަނޑިޔާރު: ޢަލީ ސަމީރު، އިސްފަނޑިޔާރު: އަޙްމަދު ޝަރީފު، ފަނޑިޔާރުން ޢައްބާސް ޝަރީފު ޑިއްއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
'2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2012/HC-A/08
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/818 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި މެރިމެކްސް ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ސްޓެޕް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑެވެ.
ފާހަގަކުރެވުނު ނުކުތާތައް
01- ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/818 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް
ބެލިއިރު، އެޤަޟިއްޔާއަކީ، ސްޓެޕް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އައްޑު އަތޮޅު ހިތަދޫގައި ހަދާފައިވާ ކޯލްޑް
ސްޓޯރޭޖާއި އެއާއި ގުޅިފައިވާ ޙައްޤުތައް އޭގެ ޛާތުގައި މެރިމެކްސް ޕްރައިވެޓް ލިމިޓެޑަށް ވިއްކާލުމަށްޓަކައި
ސްޓެޕް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި މެރިމެކްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު 01 ފެބުރުއަރީ 2010 ދުވަހު
ވެފައިވާ އެއްބަސްވުމުގެ 3.03 ވަނަ މާއްދާއާއި ތަކުރާރުކޮށް މެރިމެކްސް ޕްރައިވެޓް ލިމިޓެޑުން
ޚިލާފުވެފައިވާތީ، ސްޓެޕް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އައްޑު އަތޮޅު ހިތަދޫގައި ހަދާފައިވާ ކޯލްޑް
ސްޓޯރޭޖާއި އެއާއި ގުޅިފައިވާ ޙައްޤުތައް އޭގެ ޛާތުގައި އަނބުރާ ހޯދުމަށާއި، މެރިމެކްސް ޕްރައިވެޓް ލިމިޓެޑުން
އެއްބަސްވުމާއި ޚިލާފްވުމުގެ ސަބަބުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ސްޓެޕް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް
އެއްބަސްވުމުގެ 3.08 ގެ ދަށުން ލިބެންޖެހޭ -/650,000 (ފަންސާސް ހާސް ޔޫރޯ) މެރިމެކްސް ޕްރައިވެޓް
ލިމިޓެޑްގެ އަތުން އެއްފަހަރާ ހޯދުން އެދިގެން މެރިމެކްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސްޓެޕްކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދަޢުވާކޮށް ހުށަހެޅުމުން ބެލެވުނު މައްސަލައެއްކަން އެނގޭކަމާއި،
COC
COC
COXOCO
COX
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ "ދެންފަހެ، ސްޓެޕް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އައްޑު
އަތޮޅު ހިތަދޫގައި ހަދާފައިވާ ކޯލްޑް ސްޓޯރޭޖާއި އެއާއި ގުޅިފައިވާ ޙައްޤުތައް އޭގެ ޛާތުގައި މެރިމެކްސް
ޕްރައިވެޓް ލިމިޓެޑަށް ވިއްކާލުމަށްޓަކައި ސްޓެޕް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި މެރިމެކްސް ޕްރައިވެޓް ލިމިޓެޑާ
ދެމެދު 01 ފެބުރުއަރީ 2010 ދުވަހު ވެފައިވާ އެއްބަސްވުމުގެ 3.03 ވަނަ މާއްދާއާއި ތަކުރާރުކޮށް
މެރިމެކްސް ޕްރައިވެޓް ލިމިޓެޑުން ޚިލާފުވެފައިވާތީ، ސްޓެޕް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އައްޑު އަތޮޅު
ހިތަދޫގައި ހަދާފައިވާ ކޯލްޑް ސްޓޯރޭޑާއި އެއާއި ގުޅިފައިވާ ޙައްޤުތައް އޭގެ ޛާތުގައި އަނބުރާ ހޯދުމަކާއި
ހައިކޯ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2012/HC-A/08
8
COX
މެރިމެކްސް ޕްރައިވެޓް ލިމިޓެޑުން އެއްބަސްވުމާއި ޚިލާފުވުމުގެ ސަބަބުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ސްޓެޕް
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް އެއްބަސްވުމުގެ 3.08 ގެ ދަށުން ލިބެންޖެހޭ -/50,000 (ފަންސާސްހާސް
ޔޫރޯ) މެރިމެކްސް ޕްރައިވެޓް ލިމިޓެޑްގެ އަތުން އެއްފަހަރާ ހޯދުން އެދިގެން މެރިމެކްސް ޕްރައިވެޓް ލިމިޓެޑްގެ
މައްޗަށް ސްޓެޕް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކުޑަ މިދައުވާއަށް ޝަރީޢަތުގެ ހަމަތަކުގެ މަތިން
ބެލިއިރު،
ސްޓެޕް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އައްޑޫ އަތޮޅު ހިތަދޫ ހާބަރު ކުރިމަތީގައި ޤާއިމްކޮށްފައިވާ
ކޯލްޑް ސްޓޯރޭޖާއި އެއާއި ގުޅޭ އެންމެހާ ޙައްޤުތައް އެއްބަސްވުމުގައިވާ ފަދައިން މެރިމެކްސް ޕްރައިވެޓް
ލިމިޓެޑަށް ވިއްކުމާގުޅޭގޮތުން ދެފަރާތްދެމެދު އެއްބަސްވުމެއްކުރެވުނުކަމާއި، މިގޮތުން ދަޢުވާގައި އިޝާރާތްކުރާ
މުޢާމަލާތަކީ ހިނގާފައިވާ މުޢާމަލާތެއްކަމާއި، ސްޓެޕް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އައްޑު އަތޮޅު ހިތަދޫގައި
ހަދާފައިވާ ކޯލްޑް ސްޓޯރޭޖާއި އެއާއި ގުޅިފައިވާ ޙައްޤުތައް މެރިމެކްސް ޕްރައިވެޓް ލިމިޓެޑް ވިއްކާލެވުނުކަމާއި،
މިއެއްބަސްވުމުގެ ދަށުން ކުރެވުނު ވިޔަފާރީގެ މުޤާބިލުގައި މެރިމެކްސް ޕްރައިވެޓް ލިމިޓެޑުން ފައިސާ
ދައްކަންޖެހޭކަމާއި، މިކަންކަމުގެ މައްޗަށް މިމައްސަލައިގައި ޚިޔާލު ތަފާތުވުމެއް ނެތްކަމާއި، މިމައްސަލައިގައި
ޚިޔާލު ތަފާތުވުމެއް އޮތީ ދަޢުވާގައި އިޝާރާތްކުރާ ފައިސާ ދައްކާފައިނުވާކަމުގެ މައްޗަށްކަން ފާހަގަކުރުމާއެކު،
އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާވަނީ ދައްކާ ޚަލާޞްކޮށްފައިކަމަށް ދަޢުވާލިބޭ ފަރާތުން ބުނާ
ބުނުމަށް ބަލާއިރު، އެކަން ޘާބިތުކޮށްދިނުމަށްޓަކައި ދަޢުވާލިބޭ ފަރާތުން ހުށަހެޅި ލިޔުމަށް ދަޢުވާކުރާ ފަރާތުން
ހެކާރުކޮށްފައިވާކަމާއި، ދަޢުވާލިބޭ ފަރާތުން ހުށަހެޅި ލިޔުން ފިޔަވައި، މިކަމުގައި ދަޢުވާލިބޭ ފަރާތުން ބުނާ
ބުނުން ދަލީލުކޮށްދޭ އެއްވެސް ހެއްކެއް ނެތްކަމުން، އެއްބަސްވުމުގެ ދަށުން ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ
ފަރާތަށް ދައްކަންޖެހޭ ފައިސާދައްކާ ޚަލާޞްކޮށްފައިވާކަމަށް ބުނިނަމަވެސް، އެކަން ޘާބިތުކޮށްދެވިފައިނުވާކަމާއި،
އެއްބަސްވުމުގެ ބައިވެރިންކުރެ އެއްވެސް ބައިވެރިޔަކު އެއްބަސްވުމާއި ޚިލާފުވެއްޖެކަމުގައިވާނަމަ
އެއްބަސްވުމާއި ޚިލާފުވި ބައިވެރިއެއްގެ ފަރާތުން އަނެއް ބައިވެރިޔާއަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި
-/650,000 (ފަންސާސްހާސް ޔޫރޯ) ދިނުމަށް އެއްބަސްވެފައިވާކަމާއި، އަދި މިޙައްޤަކީ އެކަމާމެދު ސުވާލު
ނުއުފެއްދޭނެ ޙައްޤެއްކަމަށް އެއްބަސްވުމުގެ 3.07 އަދި 3.08 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނާތީ،
ދަޢުވާލިބޭ ފަރާތުން އެއްބަސްވުމާއި ޚިލާފުވެ އެއްބަސްވުމުގެ ދަށުން ދަޢުވާލިބޭ ފަރާތަށް ދަޢުވާކުރާ ފަރާތުން
ވިއްކި ޢިމާރާތްތަކާއި މުދަލާއި އެއާއި ގުޅޭ އެންމެހާ ޙައްޤުތަކުގެ މުޤާބިލުގައި ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ
ފަރާތަށް ދައްކަންޖެހޭ މިމުޢާމަލާތުގެ އަގު ދަޢުވާލިބޭ ފަރާތުން ދައްކާފައިނުވާކަން ޘާބިތުވާން އޮތުމުން،
01 ފެބުރުއަރީ 2010 ގައި ސްޓެޕް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި މެރިމެކްސް ޕްރައިވެޓް ލިމިގެ
ދެމެދު ކުރެވުނު އެއްބަސްވުމުގެ ދަށުން މެރިމެކްސް ޕްރައިވެޓް ލިމިޓެޑަށް ބަދަލުކުރެވުނު
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2012/HC-A/08
ޢިމާރާތްތަކާއި މުދަލާއި އެއާއިގުޅިފައިވާ އެންމެހާ ޙައްޤުތައް މިހާރު މިލްކުވެގެންވަނީ ސްޓެޕް ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑަށްކަމަށާއި، މިޢިމާރާތްތަކާއި މުދަލާއި އެއާއި ގުޅިފައިވާ އެންމެހާ ޙައްޤުތައް މިއަދު 22
ޑިސެމްބަރ 2011 ދުވަހުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި ސްޓެޕް ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑަށް ޙަވާލުކުރުމަށާއި، މެރިމެކްސް ޕްރައިވެޓް ލިމިޓެޑުން އެއްބަސްވުމާއި ޚިލާފުވެފައިވާތީ، އެއްބަސްވުމުގެ
ވަނަ މާއްދާގައި ދެފަރާތުން އެއްބަސްވެފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި -/650,000
(ފަންސާސްހާސް ޔޫރޯ) ސްޓެޕް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ޙައްޤުވާކަމަށް ކަނޑައަޅައި، މިފައިސާ މިއަދު
22 ޑިސެމްބަރ 2011 ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކާ
ޚަލާޞްކުރުމަށް މެރިމެކްސް ޕްރައިވެޓް ލިމިޓެޑަށް އަންގައި ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.
3.08
02- ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/818 ޤަޟިއްޔާ ނިމިފަވާގޮތް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި މެރިމެކްސް ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން 02 (ދޭއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ، އިސްތިއުނާފް ކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/818
ޤަޟިއްޔާގައި ދަޢުވާކުރާ ފަރާތުން (ސްޓެޕް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއިން) ދަޢުވާކޮށްފައިވަނީ ދެފަރާތުގެ
ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 3.01 ވަނަ މާއްދާގެ ދަށުން، ލިޕަރ އިންޑަސްޓްރިއަލް ގްރޫޕްގެ ފަރާތުން
އެޕްރިލިސް ހޯލްޑިންގްސް އަށް ދައްކަންވާނެކަމަށް ބަޔާންކޮށްފައިވާ ފައިސާ ހޯދުމަށްކަމަށްވާއިރު، އެފައިސާ
ދައްކައި ޚަލާޞްކޮށްފައިވާ ކަމުގެ ކިތާބީ ހެކި (ދަޢުވާކުރާ ފަރާތުން ފައިސާ ބަލައިގެންފައި އެކުންފުނީގެ
ތައްގަނޑު ޖަހައި، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ފައިސާ ލިބުނު ކަމަށް ސޮއިކޮށް ދޫކޮށްފައިވާ ރަސީދު)
ހުށަހެޅުމުން، އެކިތާބީ ހެއްކަށް ދަޢުވާކުރާ ފަރާތުން ސާފުކޮށް އިންކާރު ކޮށްފައި ނުވާ ހިނދު، އަދި އިންކާރު
ކުރިނަމަވެސް އިންކާރު ކުރުމުން އެ ރަސީދަކީ ޞައްޙަ ރަސީދެއް ނޫންކަމަށް ސާބިތުކުރުމުގެ ޒިންމާ ޤާނޫނީ
ގޮތުން
ސްޓެޕް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ފުރޮޅިގެންދާނެ ހިނދު، އެކަމަށް ނުބައްލަވައި، އަދި އެ
ކިތާބީ ހެއްކަށް ރިޢާޔަތްނުކޮށް ސިވިލް ކޯޓުން މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ޖެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
5
2012/HC-A/08
(ނ) ދެވަނަ ނުކުތާއަކީ، ސްޓެޕް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "ދަޢުވާކުރާ ފަރާތް")
އިން މެރިމެކްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދަޢުވާލިބޭ ގޮތަށް ހުށަހެޅުމުން ސިވިލް ކޯޓުގެ ނަންބަރު
2011/Cv-C/818 ޤަޟިއްޔާއިން ބެއްލެވި މައްސަލައިގައި، ސްޓެޕް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހޯދުމަށް
އެދިފައިވާ ފައިސާއަކީ ސްޓެޕް ކޮމްޕެނީގެ މިލްކުވެރިކަމުގައި އޭރު އޮތް ސ.ހިތަދޫގައި ޤާއިމްކޮށްފައިވާ ކޯލްޑް
ސްޓޯރޭޖާއި އެއާއި ގުޅިފައިވާ ޙައްޤުތައް (މީގެ ފަހުން ފެކްޓްރީ" ކަމުގައި ބުނެފައިވާ) ލިޕަރ
އިންޑަސްޓްރިއަލް ގްރޫޕަށް ވިއްކުމަށްޓަކައި ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތާ ދެމެދު 01 ފެބުރުއަރީ
2010 ގައި ކުރެވުނު އެގްރީމެންޓުގެ ދަށުން ލިޕަރ އިންޑަސްޓްރިއަލް ގްރޫޕްއިން ދަޢުވާކުރާ ފަރާތަށް
ދައްކަންޖެހޭ ފައިސާއެއްކަމަށްވެފައި، ލިޕަރ އިންޑަސްޓްރިއަލް ގްރޫޕުގެ އެޖެންޓްގެ ހައިސިއްޔަތުން
މިކުންފުނީގެ ފަރާތުން ދަޢުވާ ކުރާ ފަރާތަށް އެ ފައިސާ ދައްކައި ޚަލާޞްކޮށްފައިވާތީވެ، އެ ފެކްޓްރީގެ
މިލްކުވެރިކަން މިކުންފުންޏަށް ބަދަލު ވެފައިވާތީވެ، 10 ދުވަހުގެ ތެރޭގައި އެ ފެކްޓްރީ އަނބުރާ ސްޓެޕް
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ޙަވާލުކުރުމަކީ އިންސާފުވެރި ނިންމުމެއްކަމަށް ނުވެފައި އެއީ މިކުންފުނީގެ
މިލްކިއްޔާތު ޣަސްބުން މިކުންފުންޏާއި ވަކިކުރުންކަމަށްވެފައި، އަދި އެ ފެކްޓްރީ މިކުންފުނިން ގަތް ފަހުން
އެފެކްޓްރީ އަޕްގްރޭޑް ކުރުމަށް ކޮށްފައިވާ ޚަރަދުވެސް ގެއްލޭ ގޮތަށް ކޮށްފައިވާ ޙުކުމަކަށްވާކަމަށް ބުނެ ހުށަހެޅި
ނުކުތާ.
3- މިމައްސަލައާއި ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/818 ޤަޟިއްޔާ ނިމުނު ގޮތުގެ
ރިޕޯޓަށާއި އެޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ
ފެބުނެ މެރިމެކްސް ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި
ހއ ހތދތ
ކަންތައްތައް ފާހަގަކުރެވެއެވެ.
COXOCO
ހއ ?ދaވެ
ފުރަތަމަކަމަކީ، ސްޓެޕްކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން
ހިތަދޫގައި
ހަދާފައިވާކަމަށްބުނާ، ކޯލްޑް ސްޓޯރޭޖާއި އެއާއި ގުޅިފައިވާ ޙައްޤުތައް އޭގެ ޒާތުގައި މެރިމެކްސް ޕްރައިވެޓް
ލިމިޓެޑަށް ވިއްކާލުމަށްޓަކައި ސްޓެޕް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި މެރިމެކްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު
1 ފެބުރުއަރީ 2010 ވަނަ ދުވަހު ވެފައިވާ އެއްބަސްވުމެއް އޮންނަކަމާއި، މިއެއްބަސްވުމުގެ ދަށުން އިޝާރާތް
ކުރެވުނު ކޯލްޑް ސްޓޯރޭޑާއި އެއާއި ގުޅިފައި ޙައްޤުތައް އޭގެ ޒާތުގައި މެރިމެކްސް ޕްރައިވެޓް
ވިއްކާލެވުނު ކަމާއި، މިއެއްބަސްވުމުގެ ދަށުން ކުރެވުނު މިވިޔަފާރީގެ މުޤާބިލުގައި މެރިމެކް
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ލްސް ރިޕޯޓް
2012/HC-A/08
ލިމިޓެޑުން ސްޓެޕްކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ފައިސާދައްކަންޖެހޭކަމާއި މިކަންކަމާއި މެދު މިއެއްބަސްވުމުގެ
ބައިވެރިންގެ މެދުގައި ދެބަސްވުމެއް ނުވާކަން އެނގެން އޮންނަކަމެވެ.
COX
(ނ) ދެވަނަކަމަކީ، ސްޓެޕްކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން މެރިމެކްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް
ސިވިލްކޯޓުގައި ދަޢުވާ އުފުލާފައިވަނީ މެރިމެކްސް ޕްރައިވެޓް ލިމިޓެޑާއި ސްޓެޕްކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި
ދެމެދު ވެވުނު އިޝާރާތްކުރެވުނު އެއްބަސްވުމުގެ ދަށުން ކުރެވުނު ވިޔަފާރީގެ މުޤާބިލުގައި މެރިމެކްސް
ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާކަމަށްބުނެ، މިދެފަރާތުގެ ދެމެދުގައި ވެފައިވާ
އެއްބަސްވުމުގެ 3.03 ވަނަ މާއްދާއާއި މެރިމެކްސް ޕްރައިވެޓް ލިމިޓެޑުން ޚިލާފުވެފައިވާތީ ކޯލްޑް ސްޓޯރޭޖާއި
އެއާއި ގުޅިފައިވާ ޙައްޤުތައް އަނބުރާ ލިބިގަތުމަށާއި އެއްބަސްވުމާއި ޚިލާފުވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ
ބަދަލު ހޯދުމަށް އެދި އެކަމުގެ މައްޗަށްކަން އެނގޭކަމާއި، މިދެފަރާތުގެ ދެމެދުގައިވެފައިވާ އެއްބަސްވުމުގެ
3.03 ވަނަ މާއްދާއަކީ މިއެއްބަސްވުމުގެ ދަށުން ކުރެވުނު މުޢާމަލާތަށް ފައިސާދައްކަންޖެހޭގޮތް ބަޔާންކޮށްދޭ
މާއްދާކަން އެނގޭކަމާއި، މިމާއްދާގެ (i) ގައި އެއްބަސްވުމުގައި ސޮއިކުރެވޭ ދުވަހު -/650,000
(ފަންސާސްހާސް) ޔޫރޯ ދައްކަންވާނެކަމަށާއި، (ii) ގައި ގަންނަ އަގުގެ %30 (ތިރީސް އިންސައްތަ) 31
މާރޗް 2010 ގައި ދައްކަންވާނެކަމަށާއި އަދި (ii) ގައި ބާކީ ދައްކަންޖެހޭ ފައިސާ އަދާކުރަން ޖެހޭ އުސޫލު
ބަޔާންކޮށްފައިވާކަން އެނގޭއިރު، މި އެއްބަސްވުމުގެ ދަށުން ވިއްކާލެވޭ ޢިމާރާތްތަކާއި މުދަލާއި އެއާގުޅިފައިވާ
އެންމެހާ ޙައްޤުތަކުގެ އަގަކީ ޖުމްލަ -/1,380,000 ޔޫރޯ (އެއްމިލިޔަން ތިންލައްކަ އައްޑިހަހާސް ) ކަމަށް މި
އެއްބަސްވުމުގެ 3.01 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަ
ންނަކަމެވެ.
COXOCO
(ބ) ތިންވަނަކަމަކީ، ސްޓެޕްކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އައްޑު އަތޮޅު ހިތަދޫގައި ހަދާފައިވާ
ކަމަށްބުނާ، ކޯލްޑް ސްޓޯރޭޖާއި އެއާއި ގުޅިފައިވާ ޙައްޤުތައް އޭގެ ޒާތުގައި މެރިމެކްސް ޕްރައިވެޓް ލިމިޓެޑަށް
ވިއްކާލުމާއި ގުޅޭގޮތުން ސްޓެޕް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި މެރިމެކްސް ޕްރައިވެޓް ދެމެދު އެއްބަސްވުމެއް
ވެވިފައިވާކަމަށް، އަދި މި އެއްބަސްވުމުގެ ދަށުން އެމުޢާމަލާތް މިދެފަރާތުގެ ދެމެދުގައި ހިނގާފައިވާކަމަށް
މިދެފަރާތުގެ ދެމެދުގައި ޚިޔާލުތަފާތުވުމެއް ނެތްނަމަވެސް، މިއެއްބަސްވުމުގެ ދަށުން މެރިމެކްސް ޕްރައިވެޓް
ލިމިޓެޑުން ސްޓެޕްކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާ ދެއްކި ކަމާއިމެދު މިދެފަރާތުގެ
ދެމެދުގައި ދެބަސްވެވޭކަމާއި، މިގޮތުން އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ އެންމެހާ ފައިސާއެއް ވާނީ ދައްކާ
ޚަލާސްކޮށްފައިކަމަށް މެރިމެކްސް ޕްރައިވެޓް ލިމިޓެޑުން ބުނާބުނުމަށް ސްޓެޕްކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން
އިންކާރުކޮށްފައިވާކަން އެނގެން އޮންނަކަމާއި،
COX OC
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
އެ/ ه3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2012/HC-A/08
3 4
cod
ޢާއްމު އުސޫލެއްގެ ގޮތުން މަދަނީ ޚުސޫމާތްތަކުގައި ސާބިތުކުރުމުގެ ބުރަ އުފުލުމަކީ ދަޢުވާކުރާ
ފަރާތުގެ މަސްއޫލިއްޔަތެއްނަމަވެސް، ދަޢުވާ ރައްދުވާ ފަރާތުން ދަޢުވާގެ ދިފާޢުގައި ކުރާ ދިފާޢީ ދަޢުވާ
ސާބިތުކުރުމަކީ އެފަރާތުގެ މަސްއޫލިއްޔަތެއްކަމާއި، މިހެންކަމުން ދަޢުވާއެއްގައި އެއްޚަސްމު އަނެއް ޚަސްމާ
ކުރިމަތިކުރާ "ދަފްޢު" ސާބިތުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތަކީ ދަފްއެއް" ކުރިމަތިކުރާ
ފަރާތްކަން އެނގޭކަމާއި، މި އުސޫލުގެ މައްޗަށް ރިޢާޔަތްކޮށް، އިސްތިއުނާފު މިކުރެވޭ ސިވިލްކޯޓުގެ
ނަންބަރު 2011/Cv-C/818 ޤަޟިއްޔާގައި އެކޯޓަށް ހުށަހެޅުނު މައްސަލައަށް ބެލިއިރު، ސިވިލްކޯޓަށް
ހުށަހެޅުނު މައްސަލައިގެ ދަޢުވާ ފޯމުގައި ދަޢުވާކުރާފަރާތެއްގެ ގޮތުގައި އޮތީ ސްޓެޕްކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑުކަމަށްވީ ނަމަވެސް، ސްޓެޕްކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި ދަޢުވާގައި ސްޓެޕްކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑާއި މެރިމެކްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު 1 ފެބުރުއަރީ 2010 ދުވަހު ވެވުނު
އެއްބަސްވުމެއްގެ ދަށުން ލިބެންޖެހޭ ފައިސާ ލިބިފައިނުވާތީ ސްޓެޕްކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ލިބުނު
ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކޮށްފައިވާއިރު، މިއެއްބަސްވުން ވެވުނުކަމާއި، މިއެއްބަސްވުމުގެ ދަށުން
މުޢާމަލާތެއް ހިނގާފައިވާކަން މިދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން
އެނގެންއޮންނައިރު، މިއެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ އެންމެހާ ފައިސާއެއް ދައްކާފާވާނެ ކަމަށް
މެރިމެކްސް ޕްރައިވެޓް ލިމިޓެޑުން ބުނިނަމަވެސް އެކަމަށް ސްޓެޕްކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން
އިންކާރުކޮށްފައިވާކަން އެނގޭކަމުން
ދަށުން ދައްކަ އެންމެހާ ފައިސާދައްކާ
ޚަލާސްކޮށްފައިވާކަމަށް މެރިމެކްސް ޕްރައިވެޓް ލިމިޓެޑުން ބުނާ ބުނުން ސާބިތުކޮށްދީ އެކަމުގެ މައްޗަށް ހެކި
ދެއްކުމަކީ މިޙާލަތުގައި މެރިމެކްސް ޕްރައިވެޓް ލިމިޓެޑުން އުފުލަންޖެހޭ ބުރައެއްކަން އެނގޭކަމެވެ.
e coc
3 4
2 ތ 8 ·
ދައްކަންޖެހޭ
OXOC
COXOCO
(ރ) ފަސްވަނަކަމަކީ، ސްޓެޕްކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ދަޢުވާގައި އެފަރާތުން ހޯދުމަށް އެދޭ
ފައިސާއަކީ، ސްޓެޕްކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ މިލްކުގައި އޮތް ކޯލްޑް ސްޓޯރޭޖާއި އެއާއި ގުޅޭ ޙައްޤުތައް
ލިޕަރ އިންޑަސްޓްރިއަލް ގްރޫޕް އެވެ ކިޔާ ކުންފުންޏަކަށް ވިއްކުމަށްޓަކައި ސްޓެޕްކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑާއި މެރިމެކްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހޯދުމަށް އެދޭ
ފައިސާއެއްކަމަށާއި، ލިޕަރ އިންޑަސްޓްރިއަލް ގްރޫޕްގެ އެޖެންޓުގެ ޙައިސިއްޔަތުން މިފައިސާ މެރިމެކްސް
ޕްރައިވެޓް ލިމިޓެޑުން ސްޓެޕްކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފާވާކަމަށް މެރިމެކްސް ޕްރައިވެޓް
ލިމިޓެޑުން ބުނިނަމަވެސް، ސްޓެޕްކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސިވިލްކޯޓުގައި އުފުލާފަކިޔާޖޭގެ ޚައިވީ
COD
OXOCO
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
،
8
2012/HC-A/08
2010
ދަޢުވާއަކީ ސްޓެޕްކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި މެރިމެކްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު 1 ފެބުރުއަރީ
ވެވުނު އެއްބަސްވުމެއްގެ ދަށުން ލިބެންޖެހޭ ފައިސާއެއް ހޯދުމަށް ކޮށްފައިވާ ދަޢުވާއެއްކަމާއި، މިއީ
ލިޕަރ އިންޑަސްޓްރިއަލް ގުރޫޕުން ލިބެންޖެހޭ ފައިސާއެއްކަމަށްބުނެ އެފައިސާ ހޯދުމަށް ސްޓެޕްކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި ދަޢުވާއެއް ނޫންކަން އެނގޭކަމެވެ.
44
COXOCO
COXOCO
(ބ) ހަވަނަކަމަކީ، ސްޓެޕްކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި މެރިމެކްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު 1
ފެބުރުއަރީ 2010 ވެވުނު އެއްބަސްވުމެއްގެ ދަށުން ދައްކަންޖެހޭ ފައިސާ ދައްކާ ޚަލާސްކޮށްފައިވާކަން
ސާބިތުކުރުމުގެ ގޮތުން މެރިމެކްސް ޕްރައިވެޓް ލިމިޓެޑުން ހެކީގެ ގޮތުގައި ސިވިލްކޯޓަށް ހުށަހަޅާފައިވަނީ، 15
އެޕްރީލް 2010 ގެ ތާރީޚު ޖަހާފައިވާ ސްޓެޕްކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ލެޓަރ ހެޑެއްގައި އޮންނަ
"Acknowledgement of Payment" މި ލިޔުމާއި، އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ އެންމެހާ
ފައިސާ އާއި ސްޓެޕް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ޙަވާލުވެފައިވާކަމަށް ބުނާ ޕޭމަންޓް ވައުޗަރާއި
މިދެލިޔުންކަމާއި، މިފައިސް ސްޓެޕްކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރެވުނީ ސްރީލަންކާގެ ސިނަމަންލޭކް
ހޮޓަލުގެ ސެވަންޑިގްރީސް ރެސްޓޯރެންޓުގައި ތިބެގެންކަމަށާއި، މި ފައިސާއާއި ޙަވާލުވީ ސްޓެޕްކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިންގ ޑައިރެކްޓަރ ފްރެންކޯ ވިޓަނީ ކަމަށާއި، މިފައިސާ ޙަވާލުކުރިއިރު
އެޙާޟިރުގައި ލިޕަރ އިންޑަސްޓްރިއަލް ގްރޫޕްގެ ސީއީއޯ މއ. އެން، އެޗް ލާރީ އާއި ސްރީލަންކާގެ
ދެމީހުންކަމަށްވާ ރިޔާޝުއާއި އަދިވެސް އެހެން މީހަކާއި މެރިމެކްސް ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިންގ
ޑިރެކްޓަރ ޢަބްދުﷲ ފަހުމީ އާއި ހ.ހާޖަރާގެ ޢަބްދުﷲ ލުތުފީއާއި އޭނާގެ އަނބިމީހާ ހުރިކަމަށް މެރިމެކްސް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސިވިލްކޯޓަށް 06 ސެޕްޓެމްބަރ 2011 ވަނަ ދުވަހު ދީފައިވާ ބަޔާނުގައި
ފާހަގަކޮށްފައި އޮތްނަމަގެ
ނަމަވެސް، މެރިމެކްސް ޕްރައިވެޓް ލިމިޓެޑުން ސްޓެޕްކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް
ދައްކަންޖެހޭ ފައިސާ ލިބުނުކަމަށްބުނާ އެއްވެސް ލިޔުމެއްގައި ފްރެންކޯ ވިޓަނީ ސޮއިނުކުރާކަމަށާއި،
އެލިޔުމުގައިވާ ސްޓޭމްޕަކީ އެއްވެސް އިރެއްގައި ސްޓެޕްކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގައި ބޭނުންކުރި ސްޓޭމްޕެއް
ކުންފުނީގެ ސްޓޭމްޕް
އިރެއްގައި ފްރޭންކޯ ވިޓަނީ ރާއްޖެއިން
ބޭރަށްގެންގޮސްފައިނުވާނެކަމަށް ބުނެ މިލިޔުންތަކަށް ސްޓެޕްކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އިންކާރުކޮށް އަދި
ދެފަރާތުގެ ދެމެދުގައިވެފައިވާ އެއްބަސްވުމުގެ ދަށުން ފައިސާދައްކަންޖެހޭ ގޮތް އެއްބަސްވުމުގެ 3.4 ގައި
ބަޔާންކޮށްފައިވަނިކޮށް މިއާއި ޚިލާފުގޮތަކަށް އަދި އެއްބަސްވުމުގެ 3.03 ގައި ފައިސާ ދައްކަންޖެހެނީ
ޕޭމަންޓުތަކަކަށް ބަހާލައިގެން ވަކި އުސޫލަކުން ކަމަށް ކަނޑައަޅާފައިވަނިކޮށް އެމުއްދަތުގެ ކުރިން އެންމެހާ
ފައިސާދައްކާ ޚަލާސްކޮށްފާނެކަމަށް ބުއްދީގެ ހަމައިންވެސް ޤަބޫލުކުރެވެންނެތްކަމަށް ސްޓެޕްކޮމްޕެނީ ޕްރައިވެޓްއްޖޭގެ
COXOCO
COXOCO
ނަން ކހނއ•
އެއްވެސް
COXOC
ހައިކޯ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
9
2012/HC-A/08
ލިމިޓެޑުން ބުނެފާވާއިރު، މެރިމެކްސް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި ލިޔުންތަކަކީ ސައްޙަ ލިޔުންތަކެއްކަމަށް
އަދި އެލިޔުންތަކުގައިވާ ކަންކަމަކީ ތެދުކަން ސާބިތުކުރުމަށް މެރިމެކްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިތުރު
އެއްވެސް ހެއްކެއް ނުވަތަ ޤަރީނާއެއްވިޔަސް ސިވިލްކޯޓަށް ހުށަހަޅާފައިވާކަން އެނގެންނެތްކަމާއި، އަދި ފައިސާ
ދިންކަމަށް ބުނާވަގުތު އެޙާޟިރުގައި ތިބިކަމަށް ބުނާ ފަރާތްތައް ހެކީގެ ގޮތުގައި ޝަރީޢަތަށް
ޙާޟިރުކޮށްދިނުމަށް މެރިމެކްސް ޕްރައިވެޓް ލިމިޓެޑުން ސިވިލްކޯޓުގައި އެދިފައިވެސްނުވާކަން އެނގެން
8 ހއ
އަންނަކަމެވެ.
x e cހ4
އެއްގޮތަށް
COXOCd
(ވ) ހަތްވަނަކަމަކީ، މެރިމެކްސް ޕްރައިވެޓް ލިމިޓެޑާއި ސްޓެޕްކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ދެމެދު
ވެވިފައިވާ އިޝާރާތްކުރެވޭ އެއްބަސްވުމުގައި މެރިމެކްސް ޕްރައިވެޓް ލިމިޓެޑުން ސްޓެޕްކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑަށް ދައްކަންޖެހޭ ފައިސާ ދައްކަންޖެހެނީ ބޭންކު އެކައުންޓަކަށް ކަމަށް އެއްބަސްވުމުގެ 3.04 ވަނަ
މާއްދާގައި ކަނޑައެޅިގެން ބަޔާންކޮށްފައިވަނިކޮށް، އެއްބަސްވުމުގައި ކަނޑައެޅި ބަޔާންވެގެންވާ މި އުސޫލާއި
މެރިމެކްސް ޕްރައިވެޓް ލިމިޓެޑުން ސްޓެޕްކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ފައިސާ ދައްކާފައިވާކަން
ޝަރީޢަތަށް ސާބިތުވާންނެތްއިރު، މިފައިސް ޙަވާލުކޮށްފައިވަނީ ސްޓެޕްކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ
މެނޭޖިންގ ޑައިރެކްޓަރާއި ކަމަށް މެރިމެކްސް ޕްރައިވެޓް ލިމިޓެޑުން ބުނާ ބުނުން ޝަރީޢަތަށް ސާބިތުވާ
މިންވަރުގެ ކާފީހެކި މެރިމެކްސް ޕްރައިވެޓް ލިމިޓެޑުން ސިވިލްކޯޓަށް ހުށަހަޅާފައިނުވާކަން އެނގޭކަމުން
މިދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 3.03 ވަނަ މާއްދާއާއި މެރިމެކްސް ޕްރައިވެޓް ލިމިޓެޑުން
ޚިލާފުވެފައިވާކަން ޝަރީޢަތަށް ސާބިތުވާކަން އެނގެން އޮންނަކަމާއި، މިއެއްބަސްވުމާއި ގަންނަފަރާތުން
(މެރިމެކްސް ޕްރައިވެޓް ލިމިޓެޑް) ޚިލާފުވެއްޖެނަމަ /50,000 (ފަންސާސްހާސް ޔޫރޯ) ހޯދުމަށް ދަޢުވާކުރުމުގެ
ޙައްޤު ވިއްކާ ފަރާތަށް (ސްޓެޕްކޮމްޕެނީ ޕްރައިވެޓް ލިމިޓެޑު) މުތުލަޤުކޮށް ލިބިގެންވާކަމަށް މިދެފަރާތުގެ
ދެމެދުގައިވެފައިވާ އެއްބަސްވުމުގެ 3.08 ވަނަ މާއްދާއަށް ބެލުމުން އެނގޭކަމެވެ.
1 5 6
ޑ ހދ
އިޤްޓށް
ވީމާ، އިސްވެދިޔަ ސަބަބުތައް ހުރުމުން ސިވިލްކޯޓުގެ ނަންބަރު 2011/Cv-C/818
ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ބަދަލެއްގެންނަންޖެހޭ ތަނެއް ނެތްކަމަށް މިމައްސަލަބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވެއެވެ.
ވެމަށް
ދިވެހިރާއްޖޭގެ
އައިކް
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 331471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2012/HC-A/
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް
ހުރުމާއެކު، ސިވިލްކޯޓުގެ ނަންބަރު 2011/Cv
-
C/818 ޤަޟިއްޔާގައި ކުރައްވާފައިވާ
ޙުކުމް
އިސްތިއުނާފުކުރުމަށް މެރިމެކްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށައެޅި ނުކުތާތަކުގެ މައްޗަށް
ބިނާކޮށް އެޙުކުމަށް ބަދަލު ގެންނަން ޖެހޭ ފަދަ ޝަރުޢީ ނުވަތަ ޤާނޫނީ ވިޔަސް ސަބަބެއް ނެތްކަމަށް
މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވާތީ، ސިވިލްކޯޓުގެ
ނަންބަރު 2011/Cv
-
C/818 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭނެ ތަނެއް
ނެތްކަމަށް ކަނޑައަޅައި އެގޮތުގެ މަތިން ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްa
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv