ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/206 ޤަޟިއްޔާގެ ޙުކުމް
ޤަޟިއްޔާ ނިމުނު
2009/HC-A/206
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓް
• ޤަޟިއްޔާ ނަންބަރ: 106/HC
-
A/2009
އިސްތިއުނާފު ކުރިފަރާތް:
ނަން: ޕްރޮސިޓަރ ޖެނެރަލްގެ އޮފީސް
* އައިޑީ ކާޑު ނަންބަރ
* ދާއިމީ އެޑްރެސް: ޕްރޮސިކުޓަރ ޖެނެރަލްގެ އޮފީސް
މިހާރުގެ އެޑްރެސް: ޕްރޮސިކުޓަރ ޖެނެރަލްގެ އޮފީސް
އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ޖަލްނާ ޢަބްދުﷲ ސަޢީދު
އައިޑީ ކާޑު ނަންބަރ،
ދާއިމީ އެޑްރެސް: ގއ.ދިޔަދޫ، ހުސްނުހީނާގެ
މިހާރުގެ އެޑްރެސް: ފ.ފަހަލު
A061111
ޝަޢުބާން
ރަޖިސްޓްރީކުރެވުނު ތާރީޚް: 08
*
1430
ނިމުނު ތާރީޚް: 27 ޛުލްޤައިދާ 1432
25 އޮކްޓޫބަރު 2011
20
ޖުލައި 2009
އިސްތިއުނާފުކުރެވުނުޤަޟިއް
ރެވުނުޝިއްޔާނަންބަރ. ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/859 ޤަޟިއްޔާ
• ޤަޟިއްޔާގެ ބާވަތް: އަމު
އަމުރަށް ނުކިޔަމަންތެރިވުން
• ނިންމެވިކޯޓް: ޖިނާއީކޯޓު
ތާރީޚް: 24 ފެބްރުއަރީ 2009
0
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ، އިސްފަނޑިޔާރު އަޙްމަދު ޝަރީފް، ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ދިވެހިރާއްޖޭގެ
|
މަޖީކު
2
ނިމުނު ގޮތުގެ ރިޕޯޓް
2009/HC-A/206
* ފާހަގަކުރެވުނު ނުކުތާތައް:
01- މިއީ، ޖިނާއީކޯޓުގެ ނަންބަރު 2008/JC/859 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާއި އެއްގޮތްނުވާކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުންއެދި ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ. މި
ޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ ގއ.ދިޔަދޫ ހުސްނުހީނާގެ، ޖަމްނާ ޢަބްދުﷲ ސަޢީދު (އައި.ޑީ.ކާޑް
ނަންބަރުA061711) އެވެ.
02- ދިވެހިރާއްޖޭ ހައިކޯޓުގެ މިޤަޟިއްޔާގެ ދަށުން އިސްތިއުނާފް މިކުރެވޭ ޖިނާއީކޯޓުގެ
ނަންބަރު:2008/JC/859 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ،
ގއ.ދިޔަދޫ ހުސްނުހީނާގެ، ޖަމްނާ ޢަބްދުﷲ ސަޢީދު (އައި.ޑީ.ކާޑް ނަންބަރުA061711) ގެ މައްޗަށް
ޝަރީޢަތަށް ސާބިތުވެފައިވާ ކުށެއް ތަންފީޒު ކުރުމުގެ ގޮތުން މާފުށީ ޖަލުގައި ބަންދު ކުރެވިފައި ވަނިކޮށް،
މީނާ ބަލިވެގެން ބޭސްފަރުވާ ކުރުމަށްޓަކައި 29 ޑިސެމްބަރ 2007 ދުވަހު ޑިޕާރޓްމަންޓް އޮފް ޕެނިޓެންޝަރީ
އެންޑް ރެހެބިލިޓޭންޝަނުގެ ފަރާތުން މީނާ އައި.ޖީ.އެމް. ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވަނިކޮށް،
އެޑިޕާރޓްމަންޓަށް ނޭގި 05 ޖެނުއަރީ 2008 ދުވަހު އެ ހޮސްޕިޓަލުން ފިލައިގެން ގޮސްފައިވާކަމަށްބުނެ،
ޤާނޫނުލް ޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން ޖަމްނާ ޢަބްދުﷲ ސަޢީދު ގެ މައްޗަށް
އަމުރަށްނުކިޔަމަންތެރިވުމުގެ
ކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާކުރުމުން އެކޯޓުން ބައްލަވާފައިވާ މައްސަލައެއްކަމާއި،
އެޤަޟިއްޔާ ނިންމަވާފައިވަނީ، ގއ.ދިޔަދޫ ހުސްނުހީނާގެ، ޖަމްނާ ޢަބްދުﷲ ސަޢީދު
(އައި.ޑީ.ކާޑް ނަންބަރުA061711) ގެ މައްޗަށް ދައުލަތުން ކުޅި އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ
މިދައުވާ ޝަރީއަތުން ބެލިބެލުމުން، ޖަމްނާ ޢަބްދުﷲ ސައީދު މިކުށަށް ޝަރީޢަތުގެ މަޖިލީހުގައި އިޢުތިރާފް
ވެފައި ވީނަމަވެސް، އެން ނުކިޔަމަންތެރިވެފައިވާ އަމުރަކީ ކޮބައިކަން ދަޢުވާކުރާ ފަރާތަށް ސާބިތު ކޮށްދެވިފައި
ނުވާކަމަށް ކަނޑައަޅުއްވައި، ޖަލު ބަންދުގައިހުރި މީހަކު ބޭސްކުރުމަށްޓަކައި ހޮސްޕިޓަލުގައި އެއްދުވަg
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009/HC-A/206
4 2 2 4
439 2
ކުރެވިއްޖެނަމަ، އޭނާ ބެލެހެއްޓުމަކީ ވަކި އިދާރާއަކުން ކުރަންޖެހޭ ކަމަކަށްވެފައި، އެއިދާރާގެ ވާޖިބު އަދާ
ސަބަބުން ހިނގާ ކަމެއްގެ ޒިންމާ، އެހެން މީހަކު އުފުލަން ނުޖެހޭނެކަމަށް ކަނޑައަޅުއްވައި،
ޖަމްނާ ޢަބްދުﷲ ސަޢީދުގެ މައްޗަށް ދައުލަތުން ކުޅަ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާ ސާބިތު
ނުވާކަމަށް ޙުކުމް ކުރައްވާފައިކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
03- އިސްވެ ބަޔާން ކުރެވުނު ގޮތުގެ މަތީން ޖިނާއީކޯޓުގެ ނަންބަރު: 2008/JC/859
ޤަޟިއްޔާ ގައި ޙުކުމް ކުރައްވާ ނިންމެވުމުން، އެ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް
ކުރައްވާފައިވާ ޙުކުމެއް ނޫންކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން 03 (ތިން) ނުކުތާއެއް
ހުށައަޅާ އެނުކުތާތަކާއި ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ : ޖަމްނާ ޢަބްދުﷲ ސަޢީދުގެ މައްޗަށް ސާބިތުވެފައިވާ ކުށަކާއި
ގުޅިގެން ޙުކުމް ތަންފީޒު ކުރުމުގެ ގޮތުން މާފުށީ ޖަލުގައި ބަންދު ކުރެވިފައި ވަނިކޮށް، ބޭސްފަރުވާއަކަށް
ޑިޕާރޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރެހެބިލިޓޭޕްޝަނުގެ ފަރާތުން އައި.ޖީ.އެމް ހޮސްޕިޓަލުގައި، ޖަމްނާ
ޢަބްދުﷲ ސަޢީދު އެޑްމިންޓް ކޮށްފައިވަނިކޮށް، އެޑިޕާޓްމަންޓަށް ނޭގި ހޮސްޕިޓަލުން ފިލައިގެން ދިޔަކަމަށް
ޖަމްނާ ޢަބްދުﷲ ސަޢީދު ޝަރީޢަތުގެ މަޖިލީހުގައި އިޢުތިރާފުވެފައި ވީނަމަވެސް، އެކަމަށް ރިޢާޔަތް ނުކުރައްވާ
މައްސަލަ ނިންމަވާފައިވަނީ ކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
* ދެވަނަ ނުކުތާއަކީ: ޖިނާއީކޯޓުގެ ނަންބަރު: 2008/JC/859 ޤަޟިއްޔާ ބައްލަވައި،
ޖަމްނާ ޢަބްދުﷲ ސަޢީދުގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
އަޢު ޤާނޫނުއަސާސީ ތަސްދީޤް ކުރެއްވުމުގެ ފަހުން ކަމަށާއި ޑިޕާރޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް
ރެހެބިލިޓޭންޝަން އަކީ ޖަލު ޙުކުމްގައި ތިބޭ ފަރާތްތައް ބަލަހައްޓަންޖެހޭ ފަރާތަށްވެފައި، ކުށްވެރިއަކު ބޭސް
ފަރުވާއަށް އެނދުމަތި ކުރާއިރު، އެކުން ވެރިޔާއާއިމެދު ޢަމަލު ކުރަންޖެހެނީ ކިހިނެތްކަމެއް ނުވަތަ ކުށްވެރިއާގެ
ޢަމަލުތައް ބަހައްޓަންޖެހެނީ ކިހިނެތް ކަމެއް ބަޔާންކޮށް ޝާއިޢު ކޮށްފައިވާ ޤާނޫނެއްވެސް އަދި ޤަވާއިދެއްވެސް
ނެތްއިރު، އެކުށްވެރިއާ ބެލެހެއްޓުމަކީ އެޑިޕާޓްމަންޓުގެ ޒިންމާއެއްކަމަށް ޝަރީޢަތުން ދެކޭކަމަށާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާވެ. ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
ވާ3، 4
4
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009HC-A{206
03.
5
އިދާއިރާއިން އެކުށްވެރިޔާ ބަލަހައްޓަންޖެހޭ ވަރަށް ނުބެލުމުގެ ސަބަބުން އޭނާ އަމިއްލައަށް އެހޮސްޕިޓަލުން
ދޫވެގެން ދިއުމަކީ ކުށެއް ކަމަށް ޝަރީޢަތުން ފާހަގަ ނުކުރައްވާ ކަމަށް ވިދާޅުވެފައިވާއިރު،
އައު ޤާނޫނުއަސާސީ ތަޞްދީޤު ކުރެވިފައިވަނީ 7 އޮގަސްޓް 2008 ދުވަހު ކަމަށްވާއިރު،
މިޙާދިސާ ހިގާފައިވަނީ 5 ޖަނަވަރީ 2008 ދުވަހު ކަމަށްވުމުން މިމައްސަލައިގެ މައްޗަށް ހިނގާނީ ކުރީގެ
ހުސާސީގެ ދަށުން އަމަލުކުރަމުން ގޮސްފައިވާ އުޞޫލުތައްކަމަށްވެފައި، އެޤާނޫނުއަސާސީގެ 156 ވަނަ
މާއްދާގައި ޤާނޫނު މާނަކޮށްފައިވާގޮތުން ޤާނޫނުގެ މާނައިގެތެރޭގައި ރައީސުލް ޖުމްހޫރިއްޔާ ތަސްދީޤްކުރައްވާ
ޤާނޫނުތަކާއި އޭގެދަށުން ހެދޭ ޤަވާޢިދުތަކާއި ސަރުކާރުން ޢަމަލުކުރަމުންގެންދާ
މުންގެންދާ އުޞޫލުތައް ހިމެނިފައިވާއިރު،
ކުރީގެ ޤާނޫނުއަސާސީގެ ދަށުން މިފަދަ އެތައް މައްސަލަތަކެއް ޖިނާއީކޯޓުން ޘާބިތުވެފައިވާހިނދު،
އެމައްސަލަތަކުގައި އެނޫންގޮތަކަށް ދިވެހިރާއްޖޭގެ ހައިކޯޓުން އަދި ސުޕްރީމް ކޯޓުންވެސް ގޮތެއް ނިންމަވާފައި
ނުވާކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ: ޖިނާއީކޯޓުގެ ނަންބަރު:2008/JC/859 ޘާޟިއްޔާ
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާއި ޚިލާފަށް ކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
03- މިމައްސަލައާއި ގުޅިގެން ޖިނާއީކޯޓުގެ ނަންބަރު:2008/JC/859 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯރޓަށާއި އެޤަޟިއްޔާ އިސްތިއުނާފު ކުރުމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ
ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް
30
ފާހަގަކުރެވެއެވެ.
ގއ.ދިޔަދޫ ހުސްނުހީނާގެ،
ޖަމްނާ ޢަބްދުﷲ ސަޢީދު (އައި.ޑީ.ކާޑް
33
ނަންބަރުA061711) ގެ މައްޗަށް ދައުލަތުން ދަޢުވާކޮށްފައިވާ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ
ދަޢުވާގައި ބުނެފައިވާ ޢަމަލަށް ޖަމްނާ ޢަބްދުﷲ ސަޢީދު ޖިނާޢީ ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009;HC-A/206
44 4
+ + + +
ވެފައިވާކަމާއި، ނަމަވެސް ޖަލުގައި ޙުކުމް ތަންފީޒު ކުރަމުން ދާމީހަކު ބަލިވެގެން ބޭސް
ފަރުވާކުރުމަށްޓަކައި ހޮސްޕިޓަލުގައި އެޑްމިޓް ކުރުމުން، ތަންފީޒީ އިދާރާގެ ހުއްދަ ނެތި އޭނާ ފިލައިގެން
ދިއުމަކީ ކުށެއްކަމަށް ބަޔާންކުރާ ޤާނޫނީ ނައްސެއް ދައުލަތުން ދެއްކިފައި ނުވާކަމަށާއި، ޖަމްނާ ޢަބްދު
ސައީދު ނުކިޔަމަންތެރިވީ އަމުރަކީ ކޮބައިކަން ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާކަމަށް ވިދާޅުވެ، ޖަމްނާ
ޢަބްދުﷲ ސަޢީދު ގެ އެޢަމަލަކީ، ޝަރުޢީ އަދި ޤާނޫނީ ގޮތުން ކުރެވިފައިވާ ޞަރީޙަ އަމުރަކަށް ޖަމްނާ
ޢަބްދުﷲ ސަޢީދު ނުކިޔަމަންތެރިވުންކަމަށް ޝަރީއަތަށް ސާބިތު ނުވާކަމަށް ކަނޑައަޅުއްވައި އެގޮތުގެ
މަތީން ޖިނާއީކޯޓުގެ ނަންބަރު: 2008/JC/859 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވާކަން ފާހަގަކުރެވެއެވެ.
(ނ) އިސްވެ ބަޔާން ކުރެވުނު ފަދައިން ޖިނާއީކޯޓުގެ ނަންބަރު: 2008/JC/859 ޤަޟިއްޔާ
ޙުކުމް ކުރައްވާފައިވާއިރު، ޤާނޫނެއްގައި ނުވަތަ އިސްލާމީ ޝަރީޢަތުގައި އެކަމަކީ މަނާކަމެއްގެ ގޮތުގައި
ކޮންމެ ކަމަކީ ކުށެއްކަމުގައި ބެލެވޭނެ ކަމެއްކަމާއި، އަދި ވަކިޢަމަލެއް ނުވަތަ ވަކިކަމެއް އެއީ
ކުށެއްކަމުގައި ކަނޑައެޅެނީ ހަމައެކަނި ޤާނޫނެއް ނުވަތަ ޤަވާއިދެއްގެ ދަށުން ނޫންކަން ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 59 ވަނަ މާއްދާގެ (ހ) އިން އެނގެން އޮންނަކަމާއި،
އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގެ (ށ) ގައި
ޤާނޫނެއް ނުވަތަ ޤަވާއިދެއްގެ ދަށުންވިޔަސް އެއްވެސް މީހަކަށް އަދަބެއްދެވޭނީ އެޤާނޫނެއް ނުވަތަ
އެޤަވާއިދަކީ ޢާއްމުކޮށް ޝާއިޢުކޮށްފައިވާ އެއްޗަކަށްވާނަމަ ކަމަށާއި، އަދި މަނާކުރެވޭ ކަންތަކާއި އެއިން
ކަމެއް ކޮށްފި މީހަކަށް ދެވޭނޭ އަދަބު ސާފުކޮށް ބަޔާންކޮށްފައި އޮވެގެން ކަމަށް ބުނެފައި އޮންނަ
އޮތުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 19 ވަނަ މާއްދާއާއި 59 ވަނަ މާއްދާގެ (ހ)
ގައި ބަޔާންކޮށްފައިވާ އުޞޫލާ ފުށުއަރާ ކަމެއްކަމަށް ނުބެލެވޭ ކަމާއި، އެހެނީ ޤާނޫނުއަސާސީގެ 61
ވަނަ މާއްދާގެ (ނ) ގައި ބަޔާންވެފައިވާ ނައްޞަކީ އުޞޫލެއްގެގޮތުން އެކަން އޮންނަންވާގޮތް ބަޔާންކުރާ
OXO O X
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް Www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009/HC-A206
އއ ވ މވ ހޑ
03x 4 048
ގ ދ ތ ދވތ 4 ވ 2
މުހކއތކއ
އ=އގން
· 4
coe
ނައްބެއްކަމާއި، ނަމަވެސް އިސްލާމީ ޝަރީޢަތުގައި މަނާކުން އެއީ ދިވެހިރާއްޖޭގައިވެސް
ގޮތުގައި މެނުވީ
ބަލާނެ ހަމައެއް ނެތްކަމާއި،
ޤާނޫނުއަސާސީ
ސާސީއާއި، ޤާނޫނުގައި ވަކިގޮތަކަށް ކަނޑައެޅިފައިނުވާ ކަންކަން ނިންމުމުގައި އިސްލާމީ
ޝަރީއަތުގައި އެކަމެއް ކަނޑައެޅިފައިވާ ގޮތުގެ މައްޗަށް ފަނޑިޔާރުން ރިޢާޔަތް ކުރަންވާނެކަމުގައި
ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި ސާފުބަހުން ބަޔާންކޮށްފައިވާކަން ފާހަގަ ކުރެވޭކަމެވެ.
(ނ) ޝަރުޢީ ކޯޓަކުން މީހެއްގެ މައްޗަށް ސާބިތުވާ ކުށެއްގެ ޢުޤޫބާތެއްގެ ގޮތުން އޭނާގެ
މައްޗަށް ޖަލު ޙުކުމެއް ތަންފީޒު ކުރަންޖެހޭނަމަ، އެޙުކުމެއްގައި ބުނެފައިވާފަދައިން އެޙުމުގައި ބުނެފައިވާ
މުއްދަތަކަށް އޭނާ ހުންނަޖެހޭނީ ޖަލުގައިކަމާއި، އެމުއްދަތުގައި އޭނާ ޖަލުގައި ނޫން އެހެން ތަނެއްގައި
ބަހައްޓަންޖެހޭނީ ޤާނޫނަކުން ނުވަތަ ޤާނޫނީ ބާރު ލިބިފައިވާ ޤަވާޢިދެއްގެ ދަށުން ދީފައިވާ އިސްތިސްނާއެއްގެ
ދަށުން އިންތިޒާމް ކުރެވޭ ކަމެއްގެ ތެރެއިން ނުވަތަ ޝަރޫރީ ޙާލަތެއް މެދުވެރިވުމުން، އެޙާލަތެއް ނިޔާކުރާ
ގޮތެއްގެ މަތީން އެކަނި ކަމާއި، މިގޮތަށް ޖަލުން ބޭރުގައި ކުށްވެރިޔާ ބެހެއްޓޭ ޙާލަތްތަކުގައިވެސް އޭނާ
ފިލައިގެން ގޮސްފާނެ ކަމުގައި ބިރައްޓަކައި، ފިލައިގެން ނުދެވޭނޭފަދަ ގޮތަކަށް ކަންތައްތައް
ބެލެހެއްޓުމަކީ ތަންފީޒީ އިދާރާގެ މައްޗަށް ލާޒިމް ކަމަކަށް ވާފަދައިން، ޝަރުޢީ ކޯޓަކުން އެމީހެއްގެ
ކޮށްފައިވާ ޙުކުމަށް ތަބާވުމަކީ އެމީހެއްގެ މައްޗަށްވެސް ލާޒިމް ކަމެއް ކަމާއި،
މިގޮތުން ޝަރުޢީ ކޯޓަކުން ކޮށްފައިވާ ޙުކުމެއް ތަންފީޒު ކުރުމުގެ ގޮތުން ޖަލުގައި ހުރިމީހަކު،
ޝަރޫރީ ޙާލަތަކަށްޓަކައި ހޮސްޕިޓަލުގައި އެޑްމިޓް ކުރަންޖެހޭ ފަދަ ޙާލަތެއް މެދުވެރި ވެއްޖެނަމަ، އެޙާލަތަކާއި
އެއްގޮތަށް ތަންފީޒީ އިދާރާއިން ޢަމަލު ކުރުމުން އެކަމުގެ ނާޖާއިޒް ފައިދާ ލިބިގަތުމުގެ ގޮތުން
ދަނޑިވަޅުބަލާފައި ފިލައިގެން ދިޔުމަކީ ޝަރުޢީ އަދި ޤާނޫނީ ގޮތުން ކުރެވިފައިވާ އަމުރަކަން
ނުކިޔަމަންތެރިވުން ކަމުގައި ބެލެވޭނެކަމާއި،
0 ވ
އިނކަމެކެވެ
4
444 3ދ
ހހހ8
މއށ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
7
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009!IC-A/06
ޝަރުޢީ ނުވަތަ ޤާނޫނީގޮތުން ކުރެވޭ އަމުރަކަށް ނުކިޔަމަންތެރިވުމަކީ ކުށެއްކަމަށް
ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ
ހުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގައި ކަނޑައެޅި ބަޔާންވެފައިވާ ކަމާއި، އަދި އެފަދަ
ޢަމަލެއް ކޮށްފިމީހެއްގެ މައްޗަށް ކަނޑައެޅިފައިވާ ޢުޤޫބާތްވެސް އެމާއްދާގައި ބަޔާންވެފައި އޮތްކަން
ފާހަގަކުރެވެއެވެ.
CO
4 22
މާއްދާއާއި
(ރ) އިސްވެ ބަޔާންކުރެވިދިޔަ ކަންކަން އެފަދައިން ހުރުމުން، ޖަމްނާ ޢަބްދުﷲ ސަޢީދު ގެ
މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކުރި ދައުވާގައި ޖަމްނާ ޢަބްދުﷲ ސަޢީދު އަށް
ނިސްބަތްކުރި ޢަމަލަކީ އޭނާ ކޮށްފައިވާ ޢަމަލެއް ކަމަށް ޖިނާއީކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އޭނާ އިޢުތިރާފް
ވެފައިވާއިރު، ޖަމްނާ ޢަބްދުﷲ ސަޢީދުގެ އެޢަމަލަކީ ޝަރުޢީ ނުވަތަ ޤާނޫނީގޮތުން ކުރެވިފައިވާ އަމުރަކަށް
ނުކިޔަމަންތެރިވީކަމުގައި ކަނޑައެޅެން ނެތްކަމަށް ވިދާޅުވެ ޖިނާއީކޯޓުގެ ނަންބަރު: 2008/JC/859
ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 102 ވަނަ މާއްދާއާއި 10 ވަނަ
19 ވަނަ މާއްދާއާއި 59 ވަނަ މާއްދާގެ (ހ) އާއި 142 ވަނަ މާއްދާގައި ކަނޑައެޅި
ބަޔާންވެފައިވާ އުޞޫލުތަކާއި އެއްގޮތްނުވާކަމާއި،
މީގެ ކުރިން ހައިކޯޓުގައި އިސްތިއުނާފްކޮށް ނިމިފައިވާ ޖިނާއީ ކޯޓުގެ ނަމްބަރު
2009/JC/1642 ޤަޟިއްޔާ އާއި ގުޅިގެން، އެޤަޟިއްޔާ އިސްތިއުނާފު ކުރެވުމުން އެމައްސަލަ
ދިވެހިރައްޖޭގެ ހައިކޯޓުގެ ނަމްބަރު 310/HC-A/2009 ޤަޟިއްޔާގައި ބަލައި، ޖިނާއީ ކޯޓުގެ ޙުކުމް
ބާޠިލުކޮށް، މިބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި
މިންގަޑުތަކާއި އުޞޫލުތައް ކަނޑައަޅައި، ސާފްކޮށް ކިޔައިދެވިފައިވާކަން އެނގެންއޮންނާތީ،
ޖިނާއީކޯޓުގެ ނަންބަރު: 2008/JC/859 ޤަޟިއްޔާ ބައްލަވައި، ޖަމްނާ ޢަބްދުﷲ ސަޢީދު ގެ
މައްޗަށް އެޤަޟިއްޔާގައި އުފުލުނު ދަޢުވާގައި ނިސްބަތް ކުރެވިފައިވާ ޢަމަލަކީ އަމުރަށް ނުކިޔަމަންތެރިވުން
ކަމުގައި ކަނޑައެޅި ބަޔާން ކުރެވިފައިވާ ޝަރުޢީ ނުވަތަ ޤާނޫނީ ޞަރީޙަ އަމުރަކީ ކޮބައިކަން ދަޢުވާރާއި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާވެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ترور نے
އްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009/HC-A/206
40
ފަރާތަށް ޝަރީޢަތަށް ސާބިތުކޮށްދެވިފައިނުވާތީ ކަމަށް ވިދާޅުވެ، ޖަމްނާ ޢަބްދުﷲ ސަޢީދުގެ މައްޗަށް
އުފުލާފައިވާ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާ ޝަރީޢަތަށް ސާބިތުނުވާ ކަމަށް ޖިނާއީކޯޓުގެ
ނަންބަރު: 2008/JC/859 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 02 ވަނަ މާއްދާއާއި 10 ވަނަ މާއްދާއާއި 19 ވަނަ މާއްދާއާއި 59 ވަނަ މާއްދާގެ
(ހ) އާއި 142 ވަނަ މާއްދާގައި ބަޔާންވެފައިވާ އުޞޫލުތަކާއި އެއްގޮތްނުވާތީ، ދިވެހިރާއްޖޭގެ
ހައިކޯޓުގައި މިމައްސަލަ ބެލި ފަނޑިޔާރުން ދެކެނީ ޖިނާއީކޯޓުގެ ނަންބަރު: 2008/JC/859
ޤަޟިއްޔާއަކީ، އެދަޢުވާ އަލުން ކަމާބެހޭ ފަރާތުން ކަމާބެހޭ ކޯޓަށް ހުށަހަޅައިފިނަމަ، ދިވެހިރައްޖޭގެ
ހައިކޯޓުގެ ނަންބަރު 310/HC
-
A/2009 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާއި އެއްގޮތްވާ
ގޮތުގެ މަތީން އަލުންބަލައި ފައިޞަދާ ކުރަނިވި ޙުކުމެއް ކުރައްވަންޖެހޭނެ މައްސަލަ އެއްކަމަށްކަން
ފާހަގަކުރެވެއެވެ.
ދެންފަހެ، ގއ.ދިޔަދޫ ހުސްނުހީނާގެ، ޖަމްނާ ޢަބްދުﷲ ސަޢީދު (އައި.ޑީ.ކާޑް
ނަންބަރުA061711) ގެ މައްޗަށް ޝަރީޢަތަށް ސާބިތުވެފައިވާ ކުށެއް ތަންފީޒު ކުރުމުގެ ގޮތުން މާފުށީ
ޖަލުގައި ބަންދު ކުރެވިފައި ވަނިކޮށް، މީނާ ބަލިވެގެން ބޭސްފަރުވާ ކުރުމަށްޓަކައި 29 ޑިސެމްބަރ 2007
ދުވަހު ޑިޕާރޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭންޝަނުގެ ފަރާތުން މީނާ އައި.ޖީ.އެމް.
ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވަނިކޮށް، އެޑިޕާރޓްމަންޓަށް ނެގި 05 ޖެނުއަރީ 2008 ދުވަހު އެ
ހޮސްޕިޓަލުން ފިލައިގެން ގޮސްފައިވާކަމަށްބުނެ، ޤާނޫނުލް ޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން
ޖަމްނާ ޢަބްދުﷲ ސަޢީދުގެ މައްޗަށް ޖިނާއީކޯޓުގެ ނަންބަރު: 2008/JC/859 ޤަޟިއްޔާގައި ޕްރޮސިކިއުޓަރ
ޖެނެރަލްގެ ފަރާތުން ހުށަހެޅި އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާއަށް ބެލިއިރު،
8
33
8E
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން. 3325029، ފެކްސް: 3316471
އީމެއިލް info
{
uhighcourt.gov.mv ވެބް ސައިޓް: www.highcourt.gov.mv
9
2009HC-A/206
ބޮ##
و هه ر قمر
44 4
ބުނެފައިވާ ކަންތައްތައް، އެދަޢުވާގައި ބުނެފައިވާ ގޮތުގެމަތިން ހިނގާފައިވާކަން ޖަމްނާ ޢަބްދުﷲ ސަޢީދު
ޖިނާއީކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަ ތަކުން އެނގެންއޮންނަކަމާއި، ޖަމްނާ ޢަބްދުﷲ ސަޢީދުގެ އިޢުތިރާފު އެކަމުގެ މައްޗަށް ލިބިފައިވާކަން
އެނގޭއިރު، ޤާނޫނާއި އިސްލާމީ ޝަރީޢަތުގައި މަނާކުރެވިފައިވާ ކޮންމެކަމަކީ ދިވެހިރާއްޖޭގައި މަނާކަމެއްކަމަށް
ބެލުމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 02 ވަނަ މާއްދާއާއި 10 ވަނަ މާއްދާއާއި 19 ވަނަ
މާއްދާއާއި 59 ވަނަ މާއްދާގެ (ހ) ގެ ދަށުން ލާޒިމްވާތީއާއި، އަދި ޤާނޫނުގައި ނައްޞުން ބަޔާންކުރެވިފައި)
ބަޔާންކުރެވިފައިނުވާ
ކަންކަން ނިންމުމުގައި އިސްލާމީ ޝަރީއަތުގައި އެކަމެއް އޮންނަގޮތުގެ މައްޗަށް ރިޢާޔަތް ކުރަންޖެހޭކަމަށް
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި ބަޔާންކޮށްފައިވުމުން، ޖަމްނާ ޢަބްދު
ސަޢީދުގެ ޢަމަލަކީ ކުށެއްކަމުގައި ސާބިތުވާންނެތްކަމުގައި ޖިނާއީކޯޓުގެ ނަންބަރު: 2008/JC/859
ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް މިމައްސަލަ ބެލުމުގައި
ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، އެޤަޟިއްޔާގެ ޙުކުމަކީ ބާޠިލު
ޙުކުމެއްކަމުގައި ކަނޑައަޅައި، އެދަޢުވާ އަލުން ކަމާބެހޭ ފަރާތުން ކަމާބެހޭ ކޯޓަށް ހުށަހަޅައިފިނަމަ،
ދިވެހިރައްޖޭގެ ހައިކޯޓުގެ ނަމްބަރު 310/HC
-
A/2009 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާއި
ގޮތުގެމަތީން އަލުން ބަލައި ފައިޞަލާ ކުރަނިވި ޙުކުމެއް ކުރައްވަންޖެހޭނެކަން
ފިކަން އަންގާ އެގޮތުގެ
މަތީން ޙުކުމް ކޮށްފީމެވެ.
2
8
29 އ
އއބާވެ 5
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv