ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/114 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/114
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 114/HC
-
A/2014
އިސްތިއުނާފުކުރި ފަރާތް
* ނަން: އޯޝަން އެޑްވެންޗަރސް ޕްރައިވެޓް ލިމިޓެޑް
ދާއިމީ އެޑްރެސް: ގ. ބަވަނަ
ރަޖިސްޓްރީ ނަންބަރު: 87
/
2001-C
* މިހާރުގެ އެޑްރެސް:
ނޫރާނީކިޔާ
ވަކީލު: އގ. އިބްރާހީމް ނާޞިރު މުޙައްމަދު (އައި.ޑީ ކާޑު ނަންބަރު A059695)
O COC
.1
0
• އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ޕިލި ޖުއިސިއްޕޭ (Pili Giuseppe)
ދާއިމީ އެޑްރެސް: ,Via Delli Margherite No. 6
,
Villagio Delle Mimose
6, ,
Sennai Caggiar, Italy
އައިޑީ ކާޑު ނަންބަރު: AA1296698
* ޕަވަރ އޮފް އެޓާރނީގެ ދަށުން: އޒް. މުޙައްމަދު ޙިލްމީ (އައި.ޑީ ކާޑު ނަންބަރު A001742)
• ހުށަހެޅުނު ތާރީޚް: 28 އޭޕްރީލް 2014
ނިމުނު ތާރީޚް: 26 ފެބުރުވަރީ 2015
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2013/Cv-C/1000
ނިންމެވި ކޯޓް: ސިވިލް ކޯޓު
ހުށަހެޅުނުތާރީޚް: 20-05-2013
ނިމުނު ތާރީޚް: 28-01-2014
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޔޫސުފް ޙުސައިން
z
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްޖޭގެ
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/114
ދަޢުވާގެ ޚުލާޞާ:
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/1000 ޤަޟިއްޔާ އެކޯޓުން ނިންމާފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށްއެދި އޯޝަން
އެޑްވެންޗަރސް ޕްރައިވެޓް ލިމިޓެޑް (ރެޖިސްޓްރީ ނަންބަރު 87
/
2001-C) ގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ، ޕިލި ޖުއިސިއްޕޭ (Via
)
(
Pili Giuseppe
(Delli Margherite No. 6
,
Villagio Delle imose
,
Sennai Caggiar
,
Italy އެވެ.
ހަގަކުރެވުނު ނުކުތާތައް:
01- ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/1000 ޤަޟިއްޔާއަކީ، އިޓަލީގެ ރައްޔިތެއްކަމުގައިވާ
ޖޯޖިއާ ރޯސީ ބެލިއަރ ގަރަންޓީ ދީގެން ދިވެހި ކުންފުންޏެއް ކަމަށްވާ އޯޝަން އެޑްވެންޗަރސް ޕްރައިވެޓް
ލިމިޓެޑް (ރެޖިސްޓްރީ
ނަންބަރު 87
/
2001-C) އަށް ފިލި ޖުއިސިއްޕޭ (Pili Giuseppe) (
އިޓަލީވިލާތުގެ އައި.ޑީ.ކާޑު ނަންބަރު AA1296698) ދީފައިވާ-/1,300,000$US (އެއްމިލިއަން ތިންލައްކަ
ޔޫއެސް ޑޮލަރު) އާއި -/1,200,000$US (އެއްމިލިއަން ދެލައްކަ ޔޫއެސް ޑޮލަރު) އާއެކު ޖުމްލަ
-/US
$
2,500,000(ދެމިލިއަން ފަސްލައްކަ ޔޫއެސް ޑޮލަރު) ގެ ލޯނު ފައިސާ، އެއްބަސްވެފައިވާ ގޮތަށް
އަދާކުރަމުން ނުދާތީ، ލޯނު ފައިސާއާއި، އެއްބަސްވެފައިވާ ގޮތަށް ފައިސާ ދައްކާފައިނުވާތީ ޖޫރިމަނާގެ ގޮތުގައި
ދައްކަންޖެހޭ އެންމެހާ ފައިސާ ލިބިގަތުމަށާއި ލޯނު ފައިސާ ނުދެއްކުނުނަމަ، ލޯނު ނެގުމަށްޓަކައި
ރަހުނުކޮށްފައިވާ [ގްރަންޑީޒާ“ އެވެ ކިޔާ (ރަޖިސްޓްރީ ނަންބަރު C1320B02 10
-
T) ސަފާރީ ބޯޓު
ވިއްކާލައިގެން ފައިސާ ލިބިގަތުމަށްޓަކައި، އެސަފާރީ ބޯޓު ޕިލި ޖުއިސިއްޖޭ އާއި ޙަވާލުކުރުމަށާއި، މި ދެ
ލޯނަށް ދައްކަންޖެހޭ އެންމެހާ ފައިސާ އަދާކޮށް ނިމެންދެން، މިދެލޯނަށް ރަހުނުކޮށްފައިވާ “ގްރަންޑީޒާ“ އެވެ
ކިޔާ ސަފާރީ ބޯޓުގެ މިލްކުވެރިކަން ބަދަލުކޮށްގެން ނުވާނެކަމަށާއި، ލޯނުގެ ފައިސާ އަދާކޮށް ނިމުމާއި ހަމައަށް،
ރަހުނު ފަރާތުގެ ރުހުމަކާ ނުލައި ”ގްރަންޑީޒާ“ އެވެ ކިޔާ ސަފާރީ ބޯޓު ރާއްޖެއިން ބޭރަށް ގެންދިއުން
OcOX
z
ބައިކް
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިންގެ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/114
މަނާކޮށް އޯޝަން އެޑްވެންޗަރސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް އަމުރުކޮށްދިނުން އެދި އަދި ޕިލި
ޖުއިސިއްޕޭގެ ޙައްޤު ޙިމާޔަތްކުރުމަށްޓަކައި ޝަރީޢަތަށް އަންނަން ޖެހުމުގެ ސަބަބުން ވަކީލުގެ ފީއަށް ހޭދަވި
ފައިސާއާއި، އިސްވެ ބަޔާންކުރެވުނު އެންމެހާ ފައިސާ ހޯދުމަށް އެދި ޕިލި ޖުއިސިއްޕޭގެ ފަރާތުން އޯޝަން
އެޑްވެންޗަރސް ޕްރައިވެޓް ލިމިޓެޑަށް ރައްދުވާ ގޮތަށް ސިވިލް ކޯޓަށް ހުށަހެޅުމުން ބައްލަވާފައިވާ
މައްސަލައެއްކަމާއި؛
އެމައްސަލާގައި ސިވިލް ކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަލާއިރު، ”..ޕިލި ޖުއިސިއްޕޭ އާއި
އޯޝަން އެޑްވެންޗަރސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ ލޯނު އެއްބަސްވުމުގެ ދަށުން ފިލި ޖުއިސިއްޕޭގެ
ފަރާތުން އޯޝަން އެޑްވެންޗަރސް ޕްރައިވެޓް ލިމިޓެޑަށް ދިނުމަށް އެއްބަސްވެފައިވާ ފައިސާގެ އެއްވެސް
މިންވަރެއް އަދި މިހާތަނަށް އޯޝަން އެޑްވެންޗަރސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިނުވާތީ، ދަޢުވާގައި
ބަޔާންކޮށްފައިވާ ފައިސާއަކީ އޯޝަން އެޑްވެންޗަރސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދައްކަންޖެހޭ ފައިސާއެއް
ނޫންކަމުގައި ބުނެ، އޯޝަން އެޑްވެންޗަރސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދަޢުވާއަށް އިންކާރުކޮށްފައިވާ
ހިނދު،
ލޯނު އެއްބަސްވުން ތަކުގައި ސޮއިކުރި ކަމަށާއި، ފައިސާ ލިބިދިނުމަށް އެދުނުކަމަށާއި، ފައިސާ
ލިބިފައިވާކަމަށް ބުނެ ލިޔުން ފޮނުވިކަމަށް ދަޢުވާލިބޭ ފަރާތުން އިޢްތިރާފުވާ ހިނދު، ދަޢުވާލިބޭ ފަރާތުން
ފައިސާ ލިބުނު ކަމަށް ބުނެ ލިޔުން ފޮނުވާފައިވަނީ ދެފަރާތުގެ މެދުގައި އޮތް އިތުބާރެއްގެ ސަބަބުން، ދަޢުވާކުރާ
އެފަދައިން ކަންކުރުމަށް އެދުމުންކަމަށް ދަޢުވާލިބޭ ފަރާތުން ބުނެފައިވާއިރު، ދަޢުވާލިބޭ ފަރާތުން އެކަން
ޝަރީޢަތަށް ޘާބިތުކޮށްދެވިފައިނުވާތީ، ދަޢުވާލިބޭ ފަރާތަށް ދަޢުވާގައި ބަޔާންކޮށްފައިވާ ލޯނު ފައިސާ އެހެން
ގޮތަކުން ނަމަވެސް ލިބުނު ކަމުގައި ބަލަންޖެހޭކަމަށް ޝަރީޢަތަށް ބުރަވެވޭތީ،
ދަޢުވާގައި ބަޔާންކުރާ ލޯނުފައިސާއާއި، އެފައިސާ އެއްބަސްވެފައިވާ ގޮތަށް ނުދެއްކުމުގެ ސަބަބުން
އަރަމުންދާ ފައިސާއަކީ ދަޢުވާލިބޭ ފަރާތުން ދައްކަންޖެހޭ ފައިސާ ކަމުގައާއި، ދަޢުވާގައި ބަޔާންކޮށްފައިވާ ލޯނު
، ހައި"
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/114
އެއްބަސްވުންތަކާއި ގުޅިގެން ވެފައިވާ ދެ ރަހުނު އެއްބަސްވުމާއި ގުޅިގެން "ގްރަންޑީޒާ“ އެވެ ކިޔާ
(ރަޖިސްޓްރީ ނަންބަރު C1320B02 10
-
T) ސަފާރީ ބޯޓު ރަހުނުކޮށްފައިވާކަމާއި، ރަހުނު ހިފި
ފަރާތުގެ
ހުއްދަނެތި، އެ އުޅަނދުގެ މިލްކުވެރިކަން ބަދަލުކުރުމުގެ ކަންކަން ކުރެވިގެން ނުވާނެކަމުގައާއި، ލޯނު ފައިސާ
އަނބުރާ ދެއްކުމާއި ހަމައަށް ރަހުނު އެއްބަސްވުން ދެމިއޮންނާނެ ކަމުގައާއި،
31 ޑިސެމްބަރ 2013 ދުވަހުގެ ނިޔަލަށް -/1,300,000$US (އެއްމިލިއަން ތިންލައްކަ
ޔޫއެސް ޑޮލަރު) ގެ ލޯނުގެ ޕްރިންސިޕަލް އެމައުންޓުގެ ގޮތުގައި ދައްކަންޖެހި ނުދައްކާވާ -/516,450$JS
(ފަސްލައްކަ ސޯޅަހާސް ހަތަރުސަތޭކަ ފަންސާސް ޔޫއެސް ޑޮލަރު) އާއި 10 ޖެނުއަރީ 2014 ދުވަހުގެ
ނިޔަލަށް -/1,200,000$US (އެއްމިލިއަން ދެލައްކަ ޔޫއެސް ޑޮލަރު) ގެ ލޯނުގެ ޕްރިންސިޕަލް އެމައުންޓްގެ
ގޮތުގައި ދައްކަންޖެހި ނުދައްކާވާ -/799,000$US (ހަތްލައްކަ ނުވަދިހަ ނުވަހާސް ޔޫއެސް ޑޮލަރު) ފައިސާ،
އަދި ދަޢުވާކުރާ ފަރާތުން ޤާނޫނީ އެހީތެރިކަން ހޯދުމަށް ވެފައިވާ އެއްބަސްވުމުގެ އަގުގެ ގޮތުގައި އޮތް
-/US
$
4,800 (ހަތަރުހާސް އަށްސަތޭކަ ޔޫއެސް ޑޮލަރު) އަކީ ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް
ދައްކަންޖެހޭ ފައިސާއެއްކަން މަދަނީ މިންގަނޑުން ޝަރީޢަތަށް ސާބިތުވާކަމުގައާއި،
ދެ ލޯނު އެއްބަސްވުމުގެ ދަށުންމެ، އިންޓަރަސްޓް ޖޫރިމަނާ ފައިސާ ޢަދަދުކޮށް ހިސާބުކޮށްފައިވާ
ގޮތް ސާފުކޮށް އެނގެން ނެތަތީ، މިޤަޟިއްޔާގެ ތެރެއިން އިންޓަރަސްޓް ޖޫރިމަނާ ފައިސާގެ ގޮތުގައި
މިހާތަނަށް ދައްކަންޖެހި ނުދައްކާވާ ވަކި އަދަދެއް ހިސާބު ކުރެވެން ނެތްކަމުގައި ކަނޑައަޅައި،
މިފައިސާ ޕިލި
ޖުއިސިއްޕޭއަށް ރައްދުކޮށްދިނުމުގެ ގޮތުން 28 ޖެނުއަރީ 2014 ދުވަހުން ފެށިގެން
06 (ހައެއް) މަސްދުވަހުގެ ތެރޭގައި، ކޮންމެ މަހަކުމެ، އެމަހަކަށް ޖެހޭ ޢަދަދަކަށް ވުރެ މަދުނޫން މިންވަރެއް
ސިވިލް ކޯޓަށް ދައްކައި، މިދަރި ޚަލާޞްކުރުމަށް އޯޝަން އެޑްވެންޗަރސް ޕްރައިވެޓް ލިމިޓެޑަށް އަންގަވާ.“
ޙުކުމް ކުރައްވާފައިވާކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެގެން އޮވެއެވެ.
CCCX
k
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/114
02- އިސްވެ
ބަޔާން.
ޔާންކުރެވުނު ގޮތުގެމަތީން ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1000
ޤަޟިއްޔާ ނިންމެވުމުން، އެ ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް
ކަމަށްބުނެ، އޯޝަން އެޑްވެންޗަރސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެމައްސަލަ އިސްތިއުނާފުކުރަމުން،
އަންނަނިވި 4 (ހަތަރެއް) ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެއިގެ ތެރެއިން:
2
ފުރަތަމަ ނުކުތާއަކީ: ސިވިލްކޯޓުގެ ޤަޟިއްޔާ ނަންބަރު 2013/Cv
-
C/1000 ގައި ޙުކުމް
ކުރެއްވިއިރު، މިފައިސާ ނުލިބޭކަމަށް ކޯޓުގައި ކުރި އިންޒާރަކީ ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކަށް ބަލާއިރު
މައްސަލަ ބެއްލެވި ކޯޓުގެ ޝަރީޢަތުން ބައްލަވާ އެފަދަ އިންކާރު ދިފާޢުކޮށް ޙައްޤު އެސްޓަބްލިޝް ކުރުމަށް
އޮންނަ އުޞޫލުކަމުގައިވާ 77لللޖާ ل لللل هللهلل لل هل للللا މި އުޞޫލުގެ ދަށުން ކުރަން
ލާޒިމްވާކަންތައް ނުކުރައްވައި، ކުރައްވާފައިވާ ޙުކުމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ
(ހ) ގައިވާ ގޮތާ ޚިލާފަށް ކުރައްވާފައިވާ ޙުކުމެއްކަމަށް ޤަބޫލު ކުރެވުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ: ސިވިލްކޯޓުގެ ޤަޟިއްޔާ ނަންބަރު 2013/Cv-C/1000 ގައި ”ދަޢުވާލިބޭ
ފަރާތުން އެކަން ޝަރީޢަތުގައި ސާބިތުކޮށްދެވިފައި ނުވާތީ، ދަޢުވާލިބޭ ފަރާތުން ދަޢުވާގައި ބަޔާންކޮށްފައިވާ
ލޯނު ފައިސާ އެހެން ގޮތަކުން ނަމަވެސް ލިބުނު ކަމަކަށް ބަލަންޖެހޭކަމަށް ޝަރީޢަތަށް ބުރަވެވޭތީ ކަމަށް“
ވިދާޅުވެ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ކުރައްވާފައިވާ
ޤަބޫލު ކުރެވުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ތިންވަނަ ނުކުތާއަކީ: ދަޢުވާލިބޭ ފަރާތުން ދަށުކޯޓުގައި ދަޢުވާކޮށްފައިވަނީ ދެމެދުގައި ވެފައިވާ ދެ
ނެވުމުގެ ދަށުން ދޭންޖެހޭ ފައިސާ ދީފައިވާތީ، އެ ފައިސާ ހޯދުމަށް ކަމަށްވާތީ، ދަޢުވާކުރާ ފަރާތުން
ދަށުކޯޓުގައި އިންކާރު ކޮށްފައިވަނީ ދެމެދުގައި ވެފައިވާ ދެ އެއްބަސްވުމުގެ ދަށުން ދޭންޖެހޭ ފައިސާ ނުލިބޭތީވެ
އެކަމަށް ކަމަށާއި ނަމަވެސް އެއްބަސްވުމުގެ ބޭރުން ދަޢުވާލިބޭ ފަރާތުން ކޮންމެވެސް މިންވަރަކަށް ފައިސާ
ދީފައިވާ ވާހަކަ ނުދައްކާތީ އެއްބަސްވުމުގެ ބޭރުން ކޮންމެވެސް މިންވަރަކަށް ފައިސާ ލިބިފައިވާ ކަމަށް އިންކާރު
ނުކުރުމުގެ ފުރުޞަތު ލިބިދީފައި ނުވާތީ، ދަޢުވާލިބޭ ފަރާތަށް ލިބެންޖެހޭ ފައިސާއަކީ ދަޢުވާލިބޭ ފަރާތުން
އެއްބަސްވުމުޑީ
4
އްޖޭ
ހައިކޯ
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/114
88226
4
ކޮންމެވެސް ސިފައެއްގައި ދީފައިވާ ފައިސާ، އެފައިސާއެއް ދީފައިވާ މިންވަރު ނުބައްލަވައި ކުރައްވާފައިވާ
ޙުކުމެއް ކަމަށް ޤަބޫލު ކުރެވުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ހަތަރުވަނަ ނުކުތާއަކީ: 31 ޑިސެމްބަރ 2013 ދުވަހުގެ ނިޔަލަށް -/1,300,000$US
(އެއްމިލިއަން ތިންލައްކަ ޔޫއެސް ޑޮލަރު) ގެ ލޯނުގެ ޕްރިންސިޕަލް އެމައުންޓްގެ ގޮތުގައި ދައްކަންޖެހި
ނުދައްކާވާ -/516,450$US (ފަސްލައްކަ ސޯޅަހާސް ހަތަރުސަތޭކަ ފަންސާސް ޔޫއެސް ޑޮލަރު) އާއި 10
ޖެނުއަރީ 2014 ދުވަހުގެ ނިޔަލަށް -/1,200,000$US (އެއްމިލިއަން ދެލައްކަ ޔޫއެސް ޑޮލަރު) ގެ ލޯނު
ޕްރިންސިޕަލް އެމައުންޓްގެ ގޮތުގައި ދައްކަންޖެހި ނުދައްކާވާ -/799,000$US (ހަތްލައްކަ ނުވަދިހަ
ނުވަހާސް ޔޫއެސް ޑޮލަރު) ގެ ފައިސާ އާއި އަދި ޤާނޫނީ އެހީތެރިކަން ހޯދުމުގެ އަގުގެ ގޮތުގައި
-/US
$
4,800 (ހަތަރުހާސް އަށްސަތޭކަ ޔޫއެސް ޑޮލަރު) އަކީ ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް
ދައްކަންޖެހޭ ފައިސާއެއްކަން ޝަރީޢަތަށް ސާބިތުވާތީއެވެ ބަޔާންކޮށް މި ކުރެއްވި ޙުކުމަކީ ދިވެހިރާއްޖޭގެ
ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތާއި ޚިލާފަށް ކުރައްވާފައިވާ ޙުކުމެއްކަމަށް ޤަބޫލު
ކުރެވުން ކަމަށްބުނެ ފާހަގަކުރި ނުކުތާއެވެ.
03- ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1000 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯޓަށާއި، އެމައްސަލަ އިސްތިއުނާފު ކުރަމުން އޯޝަން އެޑްވެންޗަރސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލަ ރައްދުވާ ފަރާތުން ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިހިނދު،
މިމައްސަލަ ހައިކޯޓުން ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) 2010 ފެބުރުއަރީ 06 ވަނަ ދުވަހު އޯޝަން އެޑްވެންޗަރސް ޕްރައިވެޓް ލިމިޓެޑް
(ރެޖިސްޓްރީ ނަންބަރު 87
/
2001-C) އާއި ޕިލި ޖުއިސިއްޕޭ (Pili Giuseppe) ( އިޓަލީވިލާތުގެ
އައި.ޑީ.ކާޑު ނަންބަރު AA1296698) އާއި ދެމެދު އޯޝަން އެޑްވެންޗަރސް ޕްރައިވެޓް ލިމިޓެޑަށް
-/US
$
1,300,000 (އެއްމިލިއަން ތިންލައްކަ ޔޫއެސް ޑޮލަރު) ދޫކުރުމަށް ލޯނު އެއްބަސްވުމެއްގައި
ސޮއިކޮށްފައިވާކަމާއި، އަދި ހަމަ އެތާރީޚުގައި -/1,200,000$US (އެއްމިލިއަން ދެލައްކަ ޔޫއެސް ޑޮލަރު)
ދޫކުރުމަށް ލޯނު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމާއި، އެދެ ލޯނު އެއްބަސްވުމާ ގުޅިގެން ”ގްރަންޑީޒާ“
R
ހައިކަކީ
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/114
2 * * *
އެވެ ކިޔާ (ރަޖިސްޓްރީ ނަންބަރު C1320B02 10
-
T) ސަފާރީ ބޯޓު ރަހުނުކޮށްފައިވާއިރު، މިކަންކަމާމެދު
ދެފަރާތުން ކުރެ ފަރާތަކުން އިންކާރުނުކުރާކަން އެނގެން އޮވެއެވެ.
(ށ) ޕިލި ޖުއިސިއްޕޭ އާއި އޯޝަން އެޑްވެންޗަރސް ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ
އެއްބަސްވުމުގެ ދަށުން ފިލި ޖުއިސިއްޕޭ ދިނުމަށް އެއްބަސްވެފައިވާ ފައިސާގެ ތެރެއިން އެއްވެސް މިންވަރެއް
އޯޝަން އެޑްވެންޗަރސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިނުވާތީ ދަޢުވާގައި ބަޔާންކޮށްފައިވާ ފައިސާއަކީ
އޯޝަން އެޑްވެންޗަރސް ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހޭ ފައިސާއެއް ނޫންކަމަށް ބުނެ ޖުއިސިއްޕޭގެ
ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/1000 ޤަޟިއްޔާގައި ކޮށްފައިވާ ދަޢުވާއަށް އޯޝަން
އެޑްވެންޗަރސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިންކާރުކޮށްފައިވާކަން އޯޝަން އެޑްވެންޗަރސް ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން އެ ޤަޟިއްޔާއާ ގުޅިގެން 8 އޮކްޓޯބަރު 2013 ގައި ސިވިލް ކޯޓަށް ހުށަހަޅާފައިވާ
ދަޢުވާގެ ޖަވާބު ފޯމުން އެނގެން އޮންނައިރު، އެކު ޖުމްލަ -/1,494,749$US (އެއްމިލިއަން ހަތަރު ލައްކަ
ނުވަދިހަ ހަތަރުހާސް ހަތްސަތޭކަ ސާޅީސް ނުވަ ޑޮލަރު) އެކި ފަހަރު މަތީން ލިބިފައިވާކަމަށް އޯޝަން
އެޑްވެންޗަރސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފުކުރުމަށް
ދަޢުވާ ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާއިރު، އެކި ފަހަރު މަތީން ލިބިފައިވާކަމަށް އެއްބަސްވެ އިސްތިއުނާފު
ފޯމުގައި ބަޔާންކޮށްފައިވާ ފައިސާއަކީ އިސްވެ އިޝާރާތްކުރެވުނު ލޯނު އެއްބަސްވުމުގައި ސޮއިކުރެވިފައިވާ
ތާރީޚުގެ ފަހުގެ ތާރީޚުތަކެއްގައި ލިބިފައިވާ ފައިސާތަކެއްކަން އެނގެން އޮވެއެވެ.
(ނ) ޕިލި ޖުއިސިއްޕޭ އާއި އޯޝަން އެޑްވެންޗަރސް ޕްރައިވެޓް ލިމިޓެޑްއާއި ދެމެދު 2010
ފެބުރުއަރީ 06 ވަނަ ދުވަހު ދެ ލޯނު އެއްބަސްވުމުގައި ސޮއިކުރެވިފައިވާކަން އޯޝަން އެޑްވެންޗަރސް
ޕްރައިވެޓް ލިމިޓެޑުގެ ބަހުން ޝަރީޢަތަށް ސާބިތުވާއިރު، -/1,300,000$US (އެއްމިލިއަން ތިންލައްކަ
ޔޫއެސް ޑޮލަރު) ދޫކުރުމަށް ސޮއިކޮށްފައިވާ ލޯނު އެއްބަސްވުމަށް ޙަވާލާދީ އެ އެއްބަސްވުމުގެ ދަށުން ދޫކުރުމަށް
އެއްބަސްވެފައިވާ ފައިސާ ހަމަޔަށް ލިބިފައިވާކަން ކަށަވަރުކޮށް ދިނުމުގެ ގޮތުން، 2010 ފެބުރުއަރީ 28 ގައި
ކޮންފަމޭޝަން ސިޓީއެއް ޕިލި ޖުއިސިއްޕޭ އަށް އެޑްރެސްކޮށް އޯޝަން އެޑްވެންޗަރސް ޕްރައިވެޓް ލިމިޓެޑުގެ
މެނޭޖިންގ ޑިރެކްޓަރު ޢަބްދުއްސައްތާރު މޫސާ ސޮއިކޮށް ދޫކޮށްފައިވާކަން އެނގެން އޮންނަކަމާއި،
1 0
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2014/HC-A/114
4
އަދި ހަމަ އެހެންމެ -/1,200,000$US (އެއްމިލިއަން ދެލައްކަ ޔޫއެސް ޑޮލަރު) ދޫކުރުމަށް
ސޮއިކޮށްފައިވާ ލޯނު އެއްބަސްވުމަށް ޙަވާލާދީ އެ އެއްބަސްވުމުގެ ދަށުން ދޫކުރުމަށް އެއްބަސްވެފައިވާ ފައިސާ
ހަމަޔަށް ލިބިފައިވާކަން ޔަޤީން ކަށަވަރުކޮށް ދިނުމުގެ ގޮތުން، 2010 ފެބުރުއަރީ 28 ގައި ކޮންފަމޭޝަން
ސިޓީއެއް ޕިލި ޖުއިސިއްޕޭ އަށް އެޑްރެސްކޮށް އޯޝަން އެޑްވެންޗަރސް ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިންގ
ޑިރެކްޓަރު ޢަބްދުއްސައްތާރު މޫސާ ސޮއިކޮށް ދޫކޮށްފައިވާކަން އެނގެން އޮންނަކަމާއި؛
ލޯނުގެ ފައިސާ ލިބިފައިވާކަން ކަށަވަރު ކޮށްދިނުމުގެ ގޮތުން އިޝާރާތްކުރެވުނު ދެ ސިޓީ
ދޫކޮށްފައިވާކަން އޯޝަން އެޑްވެންޗަރސް ޕްރައިވެޓް ލިމިޓެޑުގެ ބަހު ޝަރީޢަތަށް ސާބިތުވާއިރު، ނުލިބޭ
ފައިސާއެއް ލިބުނުކަމަށް ބުނެ އެކަން ލިޔުމުން ކަށަވަރުކޮށްދިނުމަކީ މާލީ މުޢާމަލާތްތަކުގައި ކުރުމަށްވުރެ
ނުކުރުން ގާތް ކަމެއްކަމާއި، އެފަދަ ގޮތަކަށް މުޢާމަލާތްކުރުމަކީ ވިޔަފާރިއާއި ދަރަންޏަށް ފައިސާ ނެގުމާއި
ދޫކުރުމުގެ ޢުރުފާ ޚިލާފުކަމެއްކަމާއި،
އެހެންކަމުން ޖުއިސިއްޕޭ އާއި އޯޝަން އެޑްވެންޗަރސް ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ ދެ
އެއްބަސްވުމުގެ ދަށުން ފިލި ޖުއިސިއްޕޭ ދިނުމަށް އެއްބަސްވެފައިވާ ފައިސާ ހަމަޔަށް އޯޝަން އެޑްވެންޗަރސް
ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާކަމަށް ބެލެވެއެވެ
ވީމާ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބުނެވުނު ކަންކަން އެގޮތަށް
ހުރުމާއެކު، ސިވިލް
ކޯޓުގެ ނަންބަރު 2013/Cv
-
C/1000 ޤަޟިއްޔާގައިނިންމަވާފައިވާ ނިންމެވުން ބަދަލު ކުރަންޖެހޭ ސަބަބެއް
ތްކަމަކަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި މަޖިލީހުގެ އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.
CCCCC
cc >
0
ޙުކުމް:
އެޑްފެން&
499ހ23
ނ# #$
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވިފައިވާ ކަންކަން އެގޮތަށް ހުރުމާއެކު،
އޯޝަން ވެންޗަރސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ
މައްޗަށް ބިނާކޮށް، ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/1000 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް
ބަދަލު ގެންނަންޖެހޭ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް ނެތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި
ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
އާ
.
ހައިކޯ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ