ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/139 ޤަޟިއްޔާގެ ޙުކުމް
1
2012/HC-A/139
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
1/2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރ: 139/HC
-
A/2012
އިސްތިއުނާފުކުރި ފަރާތް:
ނަން. މޯލްޑިވްސް ޓްއަރިޒަމް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން ޕލކ
* ވަކީލު: އޏ.އިސްމާޢީލް ވިޝާމް
އެޑްރެސް: މ.ހަންޑިއު
* އައި.ޑީ ނަންބަރު: A040670
O
. އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އޯ ޕްލަސް އީ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް
ވަކީލު: އގ.މަޒްލާން ރަޝީދު * ދާއިމީ އެޑްރެސް: ގ.ރަތްވިލާގެ
* އައި.ޑީ ނަންބަރު: A026976
0
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 15 ޖުމާދަލްއާޚިރާ 1433
މެއި
ނިމުނު ތާރީޚް: 27 ރަބީޢުލްއައްވަލް 1434
07 ފެބުރުއަރީ 2013
06
2012
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2011/Cv
-
C/1791
ނިންމެވި ކޯޓް: ސިވިލް ކޯޓް
• މައްސަލައިގެ ބާވަތް: ފައިސާހޯދުން
މައްސަލަބެއްލެވި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު: ޢަލީ ސަމީރު، ފަނޑިޔާރު: ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު: ޔޫސުފު ޙުސައިން ވީހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
'2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2012/HC-A/139
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓްގެ ނަންބަރު 2011/Cv-C/1791 ޤަޟިއްޔާ ނިމިފަވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި މޯލްޑިވްސް ޓްއަރިޒަމް
ޑިވެލޮޕްމަންޓް ކޯރޕަރޭޝަން ޕލކ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
14 2
oooxc
ޏ އ ސ ޑ *
ޤަޟިއްޔާއެކެވެ.
މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ އޯ ޕްލަސް
ލިމިޓެޑެވެ.
ހޯލްޑިންގްސް ޕްރައިވެޓް
O
ހަގަކުރެވުނު ނުކުތާތައް:
.-01
I!
- ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1791 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބަލާއިރު، އެޤަޟިއްޔާއަކީ، "ދ.އަތޮޅު އެނބޫދޫފުށި އަދި އޮޅުވެލީގައި 220 (ދުއިސައްތަ ވިހި)
އެނދުގެ ޓުއަރިސްޓް ރިސޯޓެއް ތަރައްޤީކުރުމަށްޓަކައި މޯލްޑިވްސް ޓްއަރިޒަމް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން
ޕަލކ (އެމް.ޓީ.ޑީ.ސީ) އާއެކު އޯ ޕްލަސް އީ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން 17 އޭޕްރީލް 2008
ގައި ސޮއިކުރި ސަބްލީޒް އެގްރީމެންޓްގައި އެއްބަސްވެފައިވާ މާއްދާތަކާއި ޚިލާފަށް، ސަބްލެސީގެ ފަރާތުން
ދައްކަންޖެހޭ ކުއްޔަށް އެމް.ޓީ.ޑީ.ސީގެ ފަރާތުން ބަދަލުގެނެސް، އެއްބަސްވި ކުއްޔަށް އަހަރަކު ނުވަލައްކަ
އެމެރިކާ ޑޮލަރާއި ގާތްކުރާވަރުގެ ޢަދަދެއް އިތުރުކޮށް، އެފައިސާ ދެއްކުމަށް އަންގައި، އަދި އެމް.ޓީ.ޑީ.ސީ
އިން އަމިއްލައަށް ކުއްޔަށް އިތުރުކުރި ބައި ހިމަނައިގެން ކުލި ނުދައްކައިފިނަމަ، ސަބްލީޒް އެގްރީމެންޓް
ބާޠިލްކުރާނެ
ކުރާނެ ކަމަށް އަންގަމުން ގެންދާތީ، އެމް.ޓީ.ޑީ.ސީގެ ފަރާތުން ކުއްޔަށް ގެނެސްފައިވާ ބަދަލަކީ
އެއްބަސްވުމާއި ޚިލާފަށް ދައްކަން އެދޭ ކުއްޔެއްކަމަށާއި، އަދި 17 އޭޕްރީލް 2008 ގެ ދަށުން
އެއްބަސްނުވާ ކުއްޔެއް ދެއްކުމަށް އެންގުމުގެ ޤާނޫނީ ޙައްޤު ޤާނޫނީ ގޮތުން އެމް.ޓީ.ޑީ.ސީ އަށް ލިބިގެން
ނުވާކަމަށް ކަނޑައަޅާދިނުން އެދި މޯލްޑިވްސް ޓްއަރިޒަމް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން ޕލކ
(އެމް.ޓީ.ޑީ.ސީ) ގެ މައްޗަށް އޯ ޕްލަސް އީ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ދަޢުވާކުރުމުން ބެލުނު
މައްސަލައެއްކަން" އެނގެން އޮންނަކަމާއި،
6 24
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2012/HC-A/139
,
oco
އެޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ، "ދެންފަހެ، ދ.އަތޮޅު އެނބޫދޫފުށި އަދި އޮޅުވެލީގައި 220
ދުއިސައްތަ ވިހި) އެނދުގެ ޓުއަރިސްޓް ރިސޯޓެއް ތަރައްޤީކުރުމަށްޓަކައި މޯލްޑިވްސް ޓްއަރިޒަމް
ޑިވެލޮޕްމަންޓް ކޯރޕަރޭޝަން ޕލކ (އެމް.ޓީ.ޑީ.ސީ) އާއެކު އޯ ޕްލަސް އީ ހޯލްޑިންގްސް ޕްރައިވެޓް
ލިމިޓެޑުން 17 އޭޕްރީލް 2008 ގައި ސޮއިކުރި ސަބްލީޒް އެގްރީމެންޓްގައި އެއްބަސްވެފައިވާ މާއްދާތަކާއި
ޚިލާފަށް، ސަބްލެސީގެ ފަރާތުން ދައްކަންޖެހޭ ކުއްޔަށް އެމް.ޓީ.ޑީ.ސީގެ ފަރާތުން ބަދަލުގެނެސް، އެއްބަސްވި
ކުއްޔަށް އަހަރަކު ނުވަލައްކަ އެމެރިކާ ޑޮލަރާއި ގާތްކުރާވަރުގެ ޢަދަދެއް އިތުރުކޮށް، އެފައިސާ ދެއްކުމަށް
އަންގައި، އަދި އެމް.ޓީ.ޑީ.ސީ އިން އަމިއްލައަށް ކުއްޔަށް އިތުރުކުރި ބައި ހިމަނައިގެން ކުލި
ނުދައްކައިފިނަމަ، ސަބްލީޒް އެގްރީމެންޓް ބާޠިލްކުރާނެ ކަމަށް އަންގަމުން ގެންދާ ކަމުގައި ބުނެ،
އެމް.ޓީ.ޑީ.ސީގެ ފަރާތުން ކުއްޔަށް ގެނެސްފައިވާ ބަދަލަކީ އެއްބަސްވުމާއި ޚިލާފަށް ދައްކަން އެދޭ
ކުއްޔެއްކަމަށާއި، އަދި 17 އޭޕްރީލް 2008 ގެ ދަށުން އެއްބަސްނުވާ ކުއްޔެއް ދެއްކުމަށް އެންގުމުގެ
ޙައްޤު ޤާނޫނީ ގޮތުން އެމް.ޓީ.ޑީ.ސީ އަށް ލިބިގެން ނުވާކަމަށް ކަނޑައަޅާ ދިނުން އެދި މޯލްޑިވްސް
ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން ޕލކ (އެމް.ޓީ.ޑީ.ސީ) ގެ މައްޗަށް އޯ ޕްލަސް އީ ހޯލްޑިންގްސް
ޕްރައިވެޓް ލިމިޓެޑުން ކުލަ ދަޢުވާއަށް ބަލާއިރު،
ދަޢުވާއަށް ޖަވާބުދާރީވަމުން ދަޢުވާލިބޭ މޯލްޑިވްސް ޓްއަރިޒަމް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން ޕލކ
(އެމް.ޓީ.ޑީ.ސީ) ގެ ފަރާތުން ބުނެފައިވަނީ ދަޢުވާލިބޭ ފަރާތުން ކުއްޔަށްދީފައިވާ ރަށްތަކުގެ ކުލީގެ ގޮތުގައި
ސަރުކާރަށް ދައްކަންޖެހޭ ހެޑްލީޒް ރެންޓް ބޮޑުވެއްޖެނަމަ، އެބޮޑުވާ މިންވަރު ދަޢުވާކުރާ ފަރާތުން ދެއްކުމަށް
ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމުގައި ޞަރީޙަބަހުން ބަޔާންކޮށްފައިވާ ކަމަށާއި، ދަޢުވާ ލިބޭ
ފަރާތުން ހެޑް ލީޒްގެ ގޮތުގައި ދައްކަންޖެހޭ މިންވަރު ޓޫރިޒަމާބެހޭ ޤާނޫނަށް ގެނެވުނު ދެވަނަ އިޞްލާޙުގެ
ދަށުން މިހާރު ބޮޑުވެފައިވާތީ، ކުރިން ބޮޑުވި މިންވަރު ދެއްކުމަށް ދަޢުވާކުރާ ފަރާތުން އިޢުތިރާޟުކޮށް،
ޤާނޫނަށް އަދި ބަދަލެއްގެ ސަބަބުން ހެޑް ލީޒް ރެންޓަށް އިތުރުވާ މިންވަރު ދެއްކުމަށް ދަޢުވާކުރާ ފަރާތަށް
އެންގި އެންގުމަކީ ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމާއި ޚިލާފަށް ދަޢުވާ ލިބޭ ފަރާތުން އެންގި
އެންގުމެއް ކަމުގައި ދަޢުވާކުރާ ފަރާތުން ބުނާބުނުމަށް ދަޢުވާލިބޭ ފަރާތުން އިންކާރުކުރާކަމަށާއި، ޤާނޫނަށް
އައި ބަދަލެއްގެ ސަބަބުން ހެޑް ލީޒް ރެންޓަށް އިތުރުވާ މިންވަރު ދެއްކުމަށް ދަޢުވާކުރާ ފަރާތަށް
އަންގާފައިވާނީ ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމާއި ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިންކަމުގައި ކަން
އެނގޭކަމާއި،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
4
2012/HC-A/139
coc
oco
ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތުން ހުށަހަޅާފައިވާ ބަޔާންތަކާއި، ލިޔުންތަކަށް ރިޢާޔަތް
ކުރުމުން، ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތާއި މެދު ޚިޔާލު ތަފާތުވުން އުފެދިފައިވަނީ ޓޫރިޒަމްއާބެހޭ
ޤާނޫނަށް ގެނެވުނު ދެވަނަ އިޞްލާޙާއި ގުޅިގެން ދަޢުވާލިބޭ އެމް.ޓީ.ޑީ.ސީ ގެ ފަރާތުން އެފަރާތާއި ދިވެހި
ސަރުކާރާއި މެދު ވެފައިވާ ހެޑް ލީޒް އެއްބަސްވުމުގެ ދަށުން، ދަޢުވާލިބޭ ފަރާތުން ސަރުކާރަށް ދައްކަންޖެހޭ
ކުލި ބޮޑުވެފައިވާތީ، އެ އިތުރުވީ މިންވަރު ދަޢުވާކުރާ ފަރާތުގެ ކިބައިން ހޯދުމަށް ބޭނުންވާތީކަން
އެނގޭހިނދު، ދަޢުވާލިބޭ ފަރާތަށް މިފަދައިން ކަން ކުރެވިދާނެކަން ނުވަތަ ނޫންކަމަށް ބަލާއިރު،
ދަޢުވާކުރާ ހިތުން ބުނާ ގޮތުގައި އެފަރާތާއި އެމް.ޓީ.ޑީ.ސީ އާމެދު ވެފައިވާ އެއްބަސްވުމުގެ 13
ވަނަ މާއްދާގެ (i) ގެ (a) ގައި ބަޔާންކޮށްފައިވަނީ ވަކި ޙާލަތެއް މެދުވެރިވެއްޖެނަމަ ބޮޑު ކުއްޔެއް
ދައްކަން ޖެހޭނެ ކަމުގައާއި، އެޙާލަތަކީ ދަޢުވާލިބޭ ފަރާތުން ސަރުކާރަށް ކުލީގެ ގޮތުގައި ކޮންމެ އެނދަކަށް،
ކޮންމެ އަހަރަކު ދައްކަންޖެހޭ މިންވަރު އިތުރުވުން ކަމުގައާއި، ދަޢުވާ ލިބޭ ފަރާތުން ޤާނޫނު ނަންބަރު
2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމް ޤާނޫނު) އަށް ގެނައި 2 ވަނަ އިޞްލާޙަށް ޙަވާލާދީ، އެފަދައިން ކަން
ވެފައިވާކަމަށް ބަޔާންކުރާ ކަމާއި، ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމް ޤާނޫނު) އަށް ގެނައި
2 ވަނަ އިޞްލާޙަށް ބަލާއިރު، އެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ،
"...ޓޫރިސްޓް ރިޒޯޓާއި ޓޫރިސްޓު ހޮޓަލާއި ޓޫރިސްޓް ގެސްޓް ހައުސެއް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި
ބިންބިމުގެ ކުލި ސަރުކާރަށް ...." ދައްކާނެ އުޞޫލުކަމާއި، އެ އުޞޫލުގެ ދަށުން ކުލި ނެގުމަށް
ކަނޑައަޅާފައިވަނީ ކުއްޔަށް ދޫކުރަނީ ރަށެއްނަމަ، އެރަށެއްގެ އޭރިޔާއަށް ބަލައިކަން އެނގޭކަމާއި،
ސަބްލީޒް އެއްބަސްވުމުގައި ކުރި އިތުރުވާނެ ކަމަށް ބަޔާންކޮށްފައިވަނީ އޭރިޔާއަށް ބަލައި ކުނި ނަގާ
އުޞޫލަށް ޙަވާލާދީ ނޫންކަމާއި، އެއްބަސްވުމުގައި ކުރި އިތުރުވާނެ ކަމަށް ބުނެފައިވަނީ އެނދަކަށް،
އަހަރަކު ދައްކަންޖެހޭނެ ކަމަށް އެދެފަރާތުގެ މެދުގައި އެއްބަސްވެފައިވާ ކުއްޔަށް
(rent per bed per year basis) ޙަވާލާދީކަމުން، އަދި އެނޫންގޮތަކަށް ދަޢުވާކުރާ ފަރާތުން
ދަޢުވާލިބޭ ފަރާތަށް ދައްކަންޖެހޭ ކުލި އިތުރުކުރެވިދާނެ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައި ނެތުމުން،
ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމް ޤާނޫނު) އަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ސަބަބުން،
ސަރުކާރަށް ދައްކަންޖެހޭ ކުލި ނަގަމުން އައި އުޞޫލު ބަދަލުވުމަކުން، ސަބްލީޒް އެއްބަސްވުންތަކުގައި
އެފަދަ ކަމަކަށް މަގުފަހިކޮށްފައިނުވާނަމަ، ސަބްލެސީއަށް އަލަށް އައި ޤާނޫނީ ބަދަލުގެ އަސަރު ފޯރައިގެން
ނުވާނެކަމާއި، އެހެނީ ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެބީއީގެ
2 * *
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
5
2012/HC-A/139
OXO
ވަނަ މާއްދާ، އެމާއްދާގައި ބަޔާންކުރާ މިންވަރަށް ވުރެ ފުޅާކުރެވޭނެ ޖާގައެއް އޮތްކަމުގައި ބެލެވެން ނެތަތީ،
އަދި ސަބްލެސީ ބަނދެވިގެންވަނީ އެގްރީމެންޓްގައި ބަޔާންކޮށްފައިވާ ކަންކަމުގެ މައްޗަށް ކަމުގައި ވިޔަތީ،
އެމް.ޓީ.ޑީ.ސީގެ ފަރާތުން ކުއްޔަށް ގެނެސްފައިވާ ބަދަލަކީ އެއްބަސްވުމާއި ޚިލާފަށް ގެނެސްފައިވާ
ބަދަލެއް ކަމަށާއި، އަދި 17 އޭޕްރީލް 2008 ދުވަހު ވެފައިވާ އެއްބަސްވުމުގެ ދަށުން އެއްބަސްނުވާ
ކުއްޔެއް ދެއްކުމަށް އެންގުމުގެ ޙައްޤު ޤާނޫނީ ގޮތުން އެމް.ޓީ.ޑީ.ސީ އަށް ލިބިގެން ނުވާކަމުގައި
ކަނޑައަޅައި، ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.
I
1. ސިވިލް ކޯޓްގެ ނަންބަރު 2011/Cv-C/1791 ޤަޟިއްޔާއަށް އެކޯޓުން ނިންމަވާފައިވާ ގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ މޯލްޑިވްސް ޓްއަރިޒަމް ޑިވެލޮޕްމަންޓް
ކޯރޕަރޭޝަނުން 02 (ދޭއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓްގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
6 3x2¢
OXO
(ހ) ފުރަތަމަ ނުކުތާއަކީ، އޯ ޕްލަސް އީ ހޯލްޑިންގްސް ޕވޓ ލޓޑ އަށް ކުއްޔަށް ދީފައިވާ
ރަށްތަކުގެ ކުލީގެ ގޮތުގައި ސަރުކާރަށް ދައްކަންޖެހޭ ޑްލީޒް ރެންޓް ބޮޑުވެއްޖެނަމަ، އެބޮޑުވާ މިންވަރު
އިސްތިއުނާފު ރައްދުވާ ފަރާތުން ދެއްކުމަށް ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމުގައި ޞަރީޙަބަހުން
ބަޔާންކޮށްފައިވާ ހިނދު، ޤާނޫނަށް އައި ބަދަލެއްގެ ސަބަބުން ހެޑް ލީޒް ރެންޓަށް އިތުރުވާ މިންވަރު
ދެއްކުމަށް އިސްތިއުނާފު ރައްދުވާ ފަރާތަށް އެންގި އެންގުމަކީ ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމާއި
ޚިލާފަށް އިސްތިއުނާފު ކުރާ ފަރާތުން އެންގި އެންގުމެއް ކަމުގައި ސިވިލް ކޯޓުން ނިންމާފައިވަނީ އިސްވެ
ދެންނެވުނު އެއްބަސްވުމުގައިވާ މާއްދާތަކާ ޚިލާފަށްކަމަށް ވީ ހިނދު، މިމާއްދާގައި ހެޑްލީސް ރެންޓު
އިތުރުވާ މިންވަރު ދަޢުވާ ކުރާ ފަރާތުން ދަޢުވާލިބޭ ފަރާތަށް ދައްކަންޖެހުމުގެ "ޓެސްޓަކީ" އިސްތިއުނާފު
ކުރާ ފަރާތަށް އެނދުގެ ނިސްބަތުން މިހާރު ދައްކަންޖެހޭ ކުލި ބޮޑުވެއްޖެތޯ ކަމަށްވީ ހިނދު، ތަފާތު
އުޞޫލެއްގެ ނަންދީފައި ޤާނޫނަށް އިޞްލާޙު ގެނެވެނުއިރުވެސް އެނދުގެ ނިސްބަތުން އިސްތިއުނާފު ކުރާ
ފަރާތް މިހާރު ދައްކަންޖެހޭ ކުލި ބޮޑުވެއްޖެކަމުގައި ދެބަސްވެވޭނޭ ޤާނޫނީ އަސާސެއް
ނޯންނާނެކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
o co
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
6
2012/HC-A/139
OXO
(ށ) ދެވަނަ ނުކުތާއަކީ، ސިވިލް ކޯޓުން މިއެއްބަސްވުން މާނަކޮށްފައިވަނީ މާނަކުރުމުގެ
އަސާސުތަކާވެސް ޚިލާފަށްކަމަށާއި މިގޮތުން، ޤާނޫނު ނަންބަރު 4/2010 (މާނަކުރުމާބެހޭ ޤާނޫނު) ގެ 3
ވަނަ މާއްދާގެ (ނ) އަށް ރިޢާޔަތްކޮށް މައްސަލަ ނިންމަވާފައިވާއިރު، އެޤާނޫނުގެ 4 ވަނަ މާއްދާއަށާއި 10
އަދި 11 ވަނަ މާއްދާއަށް ސިވިލް ކޯޓުން ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވީ ހިނދު، ދެފަރާތުގެ
ދެމެދުގައި ސޮއިކޮށްފައިވާ ސަބްލީސް އެގްރީމެންޓުގެ
13 ވަނަ މާއްދާގެ (ii) ގެ (a) ގެ މުޅި ޖައުހަރަކީ
(އެސެންސް އަކީ) ސަބްލީސް އެގްރީމެންޓް ކުރެވުނު އިރު، އެދެރަށާ ގުޅިގެން އެމް.ޓީ.ޑީ.ސީ ގެ ފަރާތުން
ސަރުކާރަށް ދައްކަންޖެހޭ ކުލީގެ މިންވަރު އެ ސަބްލީސް އެގްރީމެންޓުގެ މުއްދަތުގެ ތެރޭގައި ބޮޑުވެއްޖެނަމަ
ދެފަރާތުން ޢަމަލުކުރާނެ ގޮތް ބަޔާންކުރުންކަމަށް
ބަޔާންކުރުންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
2
يا مرمر )
މިމައްސަލައާ ގުޅިގެން ސިވިލް ކޯޓުގެ 2011/Cv
-
C/1791 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް މޯލްޑިވްސް ޓްއަރިޒަމް ޑިވެލޮޕްމަންޓް
ކޯރޕަރޭޝަން ޕލކގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި
އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މައްސަލާގައި ހިމެނޭ ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ވިސްނާ ބަލާއިރު، މި މައްސަލަބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް
ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ދ.އަތޮޅު އެނބޫދޫފުށި އަދި އޮޅުވެލީގައި 220 (ދުއިސައްތަ ވިހި) އެނދުގެ
ޓުއަރިސްޓް ރިސޯޓެއް ތަރައްޤީކުރުމަށްޓަކައި މޯލްޑިވްސް ޓްއަރިޒަމް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން ޕލކ
(އެމް.ޓީ.ޑީ.ސީ) އާއި ޑރ އިބްރާހިމް ޢުމަރުމަނިކާއި ދެމެދު 17 އެޕްރީލް 2008 ވަނަ ދުވަހު ސަބްލީޒް
އެގްރީމެންޓެއްގައި ސޮއިކޮށްފައިވާކަން އެނގޭކަމާއި، އެމް.ޓީ.ޑީ.ސީ އާއި ޑރ.އިބްރާހިމް ޢުމަރުމަނިކާއި
ދެމެދު ސޮއިކުރެވުނު މި ސަބްލީޒް އެގްރީމެންޓް 20 މެއި 2010 ވަނަ ދުވަހު ޑރ.އިބްރާހިމް
ޢުމަރުމަނިކާއި އޯޕްލަސް އީ ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެވުނު ޑީޑް އޮފް
އެސައިންމެންޓްގެ ދަށުން ވަނީ އޯޕްލަސް އީ ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑަށް ބަދަލުކުރެވިފައިކަން
ހުށަހެޅިފައިވާ ލިޔުންތަކުން އެނގޭކަމެވެ.
ood
ދިވެހިރާއްޖޭގެ
، ހައިކޯޑް
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2012/HC-A/139
* 2
(ނ) ދެވަނަ ކަމަކީ، ސިވިލް ކޯޓްގެ ނަންބަރު 2011/Cv-C/1791 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަށް ބަލާއިރު، އެޤަޟިއްޔާގައި އޯޕްލަސް އީ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން
އެމް.ޓީ.ޑީ.ސީގެ މައްޗަށް ދަޢުވާއުފުލާފައިވަނީ، ދ.އަތޮޅު އެނބޫދޫފުށި އަދި އޮޅުވެލީގައި 220 (ދުއިސައްތަ
ވިހި) އެނދުގެ ޓުއަރިސްޓް ރިސޯޓެއް ތަރައްޤީކުރުމަށްޓަކައި މޯލްޑިވްސް ޓްއަރިޒަމް ޑިވެލޮޕްމަންޓް
ކޯރޕަރޭޝަން ޕލކ (އެމް.ޓީ.ޑީ.ސީ) އާއެކު އޯ ޕްލަސް އީ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން 17
އޭޕްރީލް 2008 ގައި ސޮއިކުރި ސަބްލީޒް އެގްރީމެންޓްގައި އެއްބަސްވެފައިވާ މާއްދާތަކާއި ޚިލާފަށް،
ސަބްލެސީގެ ފަރާތުން ދައްކަންޖެހޭ ކުއްޔަށް އެމް.ޓީ.ޑީ.ސީގެ ފަރާތުން ބަދަލުގެނެސް، އެއްބަސްވި ކުއްޔަށް
އަހަރަކު ނުވަލައްކަ އެމެރިކާ ޑޮލަރާއި ގާތްކުރާވަރުގެ ޢަދަދެއް އިތުރުކޮށް، އެފައިސާ ދެއްކުމަށް އަންގައި،
އަދި އެމް.ޓީ.ޑީ.ސީ އިން އަމިއްލައަށް ކުއްޔަށް އިތުރުކުރި ބައި ހިމަނައިގެން ކުލި ނުދައްކައިފިނަމަ،
ސަބްލީޒް އެގްރީމެންޓް ބާޠިލްކުރާނެ ކަމަށް އަންގަމުން ގެންދާތީ، އެމް.ޓީ.ޑީ.ސީގެ ފަރާތުން ކުއްޔަށް
ގެނެސްފައިވާ ބަދަލަކީ އެއްބަސްވުމާއި ޚިލާފަށް ދައްކަން އެދޭ ކުއްޔެއް
އެއްކަމަށާއި، އަދި 17 އޭޕްރީލް 2008
ގެ ދަށުން އެއްބަސްނުވާ ކުއްޔެއް ދެއްކުމަށް އެންގުމުގެ ޤާނޫނީ ޙައްޤު ޤާނޫނީ ގޮތުން އެމް.ޓީ.ޑީ.ސީ އަށް
ލިބިގެން ނުވާކަމަށް ކަނޑައަޅާދިނުން އެދިގެން ކަން އެނގެން އޮންނައިރު، މިކަމަށް އެމް.ޓީ.ޑީ.ސީ ގެ
ފަރާތުން އިންކާރުކުރަމުން މި ދަޢުވާގެ ޖަވާބުގައި އެމް.ޓީ.ޑީ.ސީގެ ފަރާތުން ބުނެފައިވަނީ އެމް.ޓީ.ޑީ.ސީގެ
ފަރާތުން އޯޕްލަސް ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށްދީފައިވާ ރަށްތަކުގެ ކުލީގެ ގޮތުގައި
ސަރުކާރަށް ދައްކަންޖެހޭ ހެޑްލީޒް ރެންޓް ބޮޑުވެއްޖެނަމަ، އެބޮޑުވާ މިންވަރު އޯޕްލަސް އީ
މީ ހޯލްޑިންގްސް
ޕްރައިވެޓް ލިމިޓެޑުން ދެއްކުމަށް މިދެފަރާތުގެ ދެމެދުވެވިފައިވާ ސަބްލީޒް އެގްރީމެންޓުގެ 13 ވަނަ މާއްދާގެ
(ii) ގެ (a) ގައި ސަރީޙަބަހުން ބަޔާންކޮށްފައިވާކަމަށާއި، އެމް.ޓީ.ޑީ.ސީގެ ފަރާތުން ހެޑްލީޒް ރެންޓުގެ
ގޮތުގައި ދައްކަންޖެހޭ މިންވަރު ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމް ޤާނޫނު) އަށް ގެނައި 2
ވަނަ އިސްލާޙުގެ ދަށުން ބޮޑުވެފައިވާތީ، ކުރިން ބޮޑުވި މިންވަރު ދެއްކުމަށް އެމް.ޓީ.ޑީ.ސީގެ ފަރާތުން
އޯޕްލަސް އީ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާނީ ދެފަރާތުގެ ދެމެދުގައިވެފައިވާ
އެއްބަސްވުމާއި ޤާނޫނާއި އެއްގޮތްވާގޮތުގެ މަތިންކަމަށް ބުނެފައިވާކަން އެނގޭކަމާއި، މިމައްސަލައާ ގުޅިގެން
މިދެފަރާތުން ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާންތަކަށް ބަލާއިރު، އެމް.ޓީ.ޑީ.ސީ އާއި
ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ޚިޔާލުތަފާތުވުން އުފެދިފައިވަނީ، ދިވެހިރާއްޖޭގެ ޓޫރިޒަމާއި ބެހޭ
ޤާނޫނަށް ގެނެވުނު ދެވަނަ އިސްލާޙާއި ގުޅިގެން އެމް.ޓީ.ޑީ.ސީގެ ފަރާތުން ސަރުކާރަށް ދައްކަންޖެހިފައިވާ
ކުލި ބޮޑުވެފައިވާތީ، އެއިތުރުވީ މިންވަރަކީ މިދެފަރާތުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުމުގެ ދަރުރާއްޖޭގެ
3w
އޯޕްލަސް
*
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
8
2012/HC-A/139
އޯޕްލަސް އީ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން އެމް.ޓީ.ޑީ.ސީއަށް ދައްކަންޖެހޭ ފައިސާއެއްކަން ނުވަތަ
ނޫންކަމާއި މެދުގައި ކަން އެނގޭކަމެވެ.
(ނ) ތިންވަނަ ކަމަކީ، 20 މެއި 2010 ވަނަ ދުވަހު ޑރ.އިބްރާހިމް ޢުމަރުމަނިކާއި އޯޕްލަސް އީ
ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެވުނު ޑީޑް އޮފް އެސައިންމެންޓްގެ ދަށުން އޯޕްލަސް އީ
ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑަށް ބަދަލުކުރެވިފައިވާ 17 އެޕްރީލް 2008 ގެ ސަބްލީޒް އެގްރީމެންޓުގެ
13 ވަނަ މާއްދާ އަކީ ކުއްޔަށްހިފި ފަރާތުން ކުލި ދައްކާނެގޮތް ބަޔާންކޮށްދޭ މައިގަނޑު މާއްދާކަމާއި،
މިމާއްދާގެ (i) ގެ (2) ގައި ބަޔާންވެގެންވަ.
At any time during the term of this Sublease Agreement, if the
Lease Rent payble by MTDC to the Government on a per bed per year
exceeds rent per bed per year sripulated for the year in the FIRST
SCHEDULE to the Head Lease then the Sublessee shall pay to MTDC in
United States Dollars the amount which exceeds the rent per bed per year
stipulated for that year ine the FIRST SCHEDULE to the Head Lease”
343x
ބަޑި 13
މިފަދައިންކަމާއި، މިމާއްދާއަށް ބަލާއިރު، ސަބްލީޑް އެގްރީމެންޓުގެ މުއްދަތުގެ ތެރޭގައި،
އެމް.ޓީ.ޑީ.ސީން
ސީން ސަރުކާރަށް ދައްކަންޖެހޭ ލީޒް ރެންޓް ހެޑް ލީސް ރެންޓުގެ ފުރަތަމަ ޝެޑިއުލްގައި
ބަޔާންކުރެވިފައިވާ ވަރަށްވުރެ، އެނދަކަށްޖެހޭ ނިސްބަތުން ވެއްޖެނަމަ، ކުއްޔަށް ހިފާފަރާތުން
އެމް.ޓީ.ޑީ.ސީ އަށް އެނދަކަށް ޖެހޭ ނިސްބަތުން ހެޑް ލީސް އެގްރީމެންޓުގެ ފުރަތަމަ ޝެޑިއުލް އަށްވުރެ
ބޮޑުވި މިންވަރު، އެމެރިކާ ޑޮލަރުން ދެއްކުމަށް އޯޕްލަސް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން
އެއްބަސްވެފައިވާކަން އެނގެންއޮންނަކަމާއި، އެހެންނަމަވެސް އެއްބަސްވުމުގެ މިމާއްދާ މާނަކުރުމާއި،
އެއްބަސްވުމުގައި މިމާއްދާ އޮތުމުގެ މަޤްސަދާއި މެދު އޯޕްލަސް އީ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާއި
އެމް.ޓީ.ޑީ.ސީ އާއި ދެމެދު ޚިލާފު އުފެދިފައިވާކަން އެނގޭކަމާއި މިގޮތުން މިދެފަރާތުގެ ދެމެދުގައި ވެވުނު
އިސްވެ އިޝާރާތްކުރެވުނު އެއްބަސްވުމުގެ 13 ވަނަ މާއްދާ ގެ (i) ގެ (a) ގައި ބަޔާންވެގެންވަނީ ވަކި
ޙާލަތެއްގައި ކުލި ބޮޑުވެއްޖެނަމަ ޢަމަލުކުރަންޖެހޭ ގޮތްކަމަށާއި، މި މާއްދާގެ ދަށުން ކުލި ބޮޑުވާ ހުރިކާގެ ހައި
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
9
2012/HC-A/139
per year basis
bed
per
ޙާލަތެއްގައި ފައިސާ ދެއްކުމަށް އެއްބަސްވެފައި ނުވާނެކަމަށާއި، ކުލި އިތުރުވާނެކަމަށް ބުނެފައިވަނީ
ހަމައެކަނި އެނދަކަށް، އަހަރަކަށް ދައްކަންޖެހޭނެކަމަށް ދެފަރާތުގެ ދެމެދުގައި އެއްބަސްވެފައިވާ ކުއްޔަށް
rent އަށް ޙަވާލާދީކަމަށާއި، މިހެންކަމުން މިޙާލަތު ނޫން އެހެން
ޙާލަތެއް ދިމާވެގެން ކުލި ބޮޑުވިޔަސް އެއީ އޯޕްލަސް އީ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ޒިންމާނަގަން
ޖެހޭކަމެއް ނޫންކަމަށާއި އަދި އެމް.ޓީ.ޑީ.ސީ އާއި ސަރުކާރާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން
އެމް.ޓީ.ޑީ.ސީން ސަރުކާރަށް ކޮންމެ އެނދަކަށް ދައްކަންޖެހޭ ފައިސާ ސަރުކާރުން އިތުރު ކުރައްވާފައި
ނުވާކަމަށް އޯޕަލްސް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ބުނާއިރު، އެއްބަސްވުމުގެ މިމާއްދާގެ
މަޤްސަދަކީ އެމް.ޓީ.ޑީ.ސީގެ ފަރާތުން ސަރުކާރަށް ދައްކަންޖެހޭ ކުލީގެ މިންވަރު އެއްވެސް މިންވަރަކަށް
ބޮޑުވެއްޖެނަމަ އެބޮޑުވާ މިންވަރަށް އޯޕްލަސް އީ ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑުގެ ގެ ފަރާތުން
ޒިންމާކުރުވުންކަމަށާއި، އެއްބަސްވުމުގެ މި މާއްދާގައި [per bed per year“ އަށް ޙަވާލާދީފައިވަނީ
ކުލި ދައްކާ މިންވަރު ބޮޑުވެއްޖެތޯ ނުވަތަ ނޫންތޯ ބަލާ ވަޒަންކުރާނެ މިންގަނޑެއްގެ ގޮތުގައި ކަމަށާއި،
އެމިންގަނޑު އެއްބަސްވުމުގައި ބޭނުންކޮށްފައިވަނީ އެއްބަސްވުން އެކުލަވާލެވުނު އިރު ކުލި ދެއްކުމުގައި
ސަރުކާރުން ގެންގުޅުނު މިންގަނޑަކީ އެއީ ކަމުގައިވާތީ ކަމަށް އެމް.ޓީ.ޑީ.ސީ ގެ ފަރާތުން ބުނާކަން
އެނގެން އޮންނަކަމެވެ.
cocx
OXO
(ރ) ހަތަރުވަނަ ކަމަކީ، ޤާނޫނު ނަންބަރު 20/2010 (ޤާނޫނު ނަންބަރު 2/99)
(ދިވެހިރާއްޖޭގެ ޓޫރިޒަމް ޤާނޫނު) އަށް 2 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާއަށް
ބެލުމުން އެމާއްދާއަކީ "ޓޫރިސްޓް ރިސޯޓާއި ޓޫރިސްޓު ހޮޓަލާއި ޓޫރިސްޓް ގެސްޓު ހައުސެއް ހެދުމަށް
ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދައްކާނެ އުސޫލުކަން އެނގޭކަމަށާއި، އެމާއްދާގެ (ށ)
ގައި" ޤާނޫނު ނަންބަރު 299 (ދިވެހިރާއްޖޭގެ ޓޫރިޒަމް ޤާނޫނު) އަށް ގެނެވޭ 2 ވަނަ އިސްލާޙަށް
ޢަމަލުކުރަން ފެށުމުގެ ކުރިން ޓޫރިސްޓް ރިޒޯޓާއި ޓޫރިސްޓު ހޮޓަލާއި ޓޫރިސްޓް ގެސްޓު ހައުސް ހެދުމަށް
ދޫކޮށްފައިވާ ރަށްރަށާއި ބިންބިމަށްވެސް އެއިސްލާޙަށް ޢަމަލުކުރަންފަށާ ތާރީޚުން ފެށިގެން ކުލި
ދައްކާނީ މިމާއްދާގެ (ހ) ގެ 1،2 އަދި 3 ގައި ބަޔާންކޮ
ބަޔާންކޮށްފައިވާ
ގޮތަށް ކަމަށް ބުނުމުން، ޤާނޫނުން
ކުލި ދައްކަން ބަޔާންކުރާ މިންވަރަށް އެމް.ޓީ.ޑީ.ސީގެ ފަރާތުން ސަރުކާރަށް ކުލި ދައްކަންޖެހޭނެކަމާއި މެދު
ޚިލާފެއް އުފެދޭނެ ޖާގައެއްނެތްކަމަށް ސިވިލްކޯޓުގެ ނަންބަރު 2011/Cv
-
C/1791 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓުގެ 5.10 ގައި ފާހަގަކުރައްވާފައިވާކަން އެނގެން އޮންނަކަމާއި، ޓޫރިޒަމާބެހޭ ޤާނޫޔާގެ ހައި
ދه
ކެއްޔަށް ދިވ
I!
*
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
ބެޑް 8
6 &ދަ
10
2012/HC-A/139
ގެނެވުނު އިސްލާޙާއި ގުޅިގެން އެމް.ޓީ.ޑީ.ސީގެ ފަރާތުން ސަރުކާރަށްކުރިން ދައްކަމުންދިޔަ ކުލި
ޤާނޫނަށް ގެނެވުނު މިއިސްލާޙުގެ ސަބަބުން ބޮޑުވެފައިވާކަން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން
އެމް.ޓީ.ޑީ.ސީ އަށް ފޮނުވާފައިވާ ސިޓީންނާއި މިމައްސަލައާއި އެކު ސިވިލް ކޯޓަށް ހުށަހެޅުނު
ލިޔެކިޔުންތަކުން އެނގެން އޮންނައިރު، މި ޤާނޫނަށް އިސްލާޙު ގެނައުމުގެ ކުރިން ޓޫރިސްޓް ރިސޯޓުތަކުން
ސަރުކާރަށް ކުލި ނަގަމުންގެންދިޔައީ [per bed per year“ ގެ އުސޫލުން ކަމަށްވީ ނަމަވެސް ޤާނޫނު
ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމް ޤާނޫނު) ޤާނޫނަށް ގެނެވުނު އިސްލާޙާއި ގުޅިގެން ޓޫރިސްޓު
ރިސޯޓުތަކުން ކުނި ނަގަމުން ދިޔަ މި އުސޫލު ބަދަލުވެ ލޭންޑް އޭރިޔާއަށް ބަލާ ކުލި ނެގުމުގެ އުސޫލަށް
ބަދަލުގެނެވިފައިވާކަން ޓޫރިޒަމާބެހޭ ޤާނޫނަށް ގެނެވުނު 2 ވަނަ އިސްލާޙަށް ބެލުމުން އެނގޭކަމެވެ.
(ބ) ފަސްވަނަ ކަމަކީ، އެމް.ޓީ.ޑީ.ސީ އާއި އޯޕްލަސް އީ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާއި
ދެމެދު ޚިލާފު އުފެދިފައިވާ މިދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމުގެ 13 ވަނަ މާއްދާ ގެ (ii) ގެ
(a) އަށް ބެލުމުން އެމް.ޓީ.ޑީ.ސީއާއި އޯ ޕްލަސް ހޯލްޑިންގްސް ޕވޓ
ލޓޑ ދެމެދު ވެވުނު
ސަބްލީޒް އެގްރީމެންޓުގެ މުއްދަތުގެ ތެރޭގައި، އެމް.ޓީ.ޑީ.ސީ އިން ސަރުކާރަށް ދައްކަންޖެހޭ ލީޒް ރެންޓް
ހެޑް ލީސް ރެންޓުގެ ފުރަތަމަ ޝެޑިއުލްގައި ބަޔާންކުރެވިފައި ވަރަށްވުރެ، އެނދަކަށްޖެހޭ ނިސްބަތުން
ހިފާފަރާތުން އެމް.ޓީ.ޑީ.ސީ އަށް އެނދަކަށް ޖެހޭ ނިސްބަތުން ހެޑް ލީސް
އެގްރީމެންޓުގެ ފުރަތަމަ ޝެޑިއުލް އަށްވުރެ ބޮޑުވި މިންވަރު، އެމެރިކާ ޑޮލަރުން ދެއްކުމަށް އެއްބަސްވެފައި
އޮންނަކަމީ ދެބަސްވެވެން ނެތްކަމެއްކަން އެނގޭއިރު،
3
2
6
4 ދ ތ
ބޮޑެ ވެއްޖެނަމަ،
ކުއްޔަށް
ދެފަރާތެއްގެ ދެމެދުގައިވެވިފައިވާ އެއްބަސްވުމެއް މާނަކުރުމުގައި އެއްބަސްވުމުގެ ބައިވެރިންގެ
މެދުގައި ޚިލާފެއް އުފެދިއްޖެނަމަ، އެއެއްބަސްވުން މާނަކުރުމުގައި ރިޢާޔަތްކުރެވޭނީ އެއްބަސްވުމުގެ
މަޤްސަދަށްކަމާއި އޭގައިވާ ލަފްޒުތަކަށް ނޫންކަން އެނގޭކަމާއި، މިމަބްދަޢުއަކީ العبرة في العقود
هلاދ هلللانޖީ އޭ هلاللا هلللاهل އަލް ޢިބްރަތު ފިލް ޢުދު ލިލް މަޤާސިދު ވަލް މަޢާނީ ލާ
ލިލް އަލްފާޒު ވަލްވަބާނީ މި ޝަރުޢީ ޤާޢިދާއިން އިސްލާމީ ފިޤުހުގައި ޤާއިމުވެފައިވާ އުސޫލެއްކަމާއި
މިއުސޫލުގެ މައްޗަށް ރިޢާޔަތްކޮށް އެއްބަސްވުމުން މާނަކުރުމުގެ ބޭނުމަށް އެއްބަސްވުމުގެ ބައިވެރިންގެ
މަޤްސަދު ދެނެގަތުމަށްޓަކައި އެއްބަސްވުމުގައި ހިމެނިގެންވާ މާއްދާތަކުގެ މައްޗަށާއި މުޢާމަލާތް
ހިނގާފައިގޮތުގެ މައްޗަށާއި މުޅި އެއްބަސްވުމުގެ ވަށައިގެންވާ ކަންކަމަށް ހޭނެކަން އެނގޭކަޤާ ރާއްޖޭގެ މައި
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
11
2012/HC-A/139
މިގޮތުން ބަލާއިރު ދިވެހިރާއްޖޭގެ ޓޫރިޒަމާއި ބެހޭ ޤާނޫނަށް ގެނެވުނު 2 ވަނަ އިސްލާޙާއި ގުޅިގެން
އެމް.ޓީ.ޑީ.ސީން ސަރުކާރަށް އެނދަކަށް ދައްކަންޖެހޭ ކުލީގެ ނިސްބަތް އިތުރުވެފައި އޮތް ކަމީ ފެންނަން
އޮތް ޙަޤީޤަތެއްކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެން އޮތްއިރު، ޤާނޫނަކަށް ގެނެވޭ ބަދަލަކުން
އެމް.ޓީ.ޑީ.ސީން ސަރުކާރަށް ދައްކަންޖެހޭ ކުދި ބޮޑުވާ ޙާލަތެއް މެދުވެރިވެއްޖެނަމަ ކުރިން ބޮޑުވި މިންވަރު
އެއީ އޯޕްލަސް
ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ޒިންމާ ނަގަން ނުޖެހޭނެ ޙާލަތެއްކަމަށް ބުނެ
އެހާލަތު އިސްތިސްނާކޮށްފައިނުވާކަން އެނގެންއޮންނާތީއާއި، އެއްބަސްވުން އެކުލަވާލެވުނު އިރު
އެމް.ޓީ.ޑީ.ސީން ސަރުކާރަށް ކުލި ދައްކަންޖެހެނީ [per bed per year] ގެ އުސޫލުން ކަމަށްވެފައި،
ޓޫރިޒަމާބެހޭ ޤާނޫނަށް ގެނެވުނު އިސްލާޙަކާއި ގުޅިގެން މިއުސޫލުން ކުލި ނެގެމުން އައިއައުން މުޅިން
ހުއްޓާލެވި ކުލި ނެގެމުންދިޔަ އުސޫލަށް ބަދަލު ގެނެވިފައިވާކަން އެނގެން އޮންނާތީއާއި، އެމް.ޓީ.ޑީ.ސީން
ސަރުކާރަށް ދައްކަންޖެހޭ ކުލި އެނދަކަށް ޖެހޭ ނިސްބަތުން އިތުރުވާ ޙާލަތެއް މެދުވެރިވެއްޖެނަމަ،
އެހާލަތުގައި ކުއްޔަށް އިތުރުވާ މިންވަރެއްގެ ޒިންމާ ނަގަންޖެހޭނެކަން އެއްބަސްވުން ވެވުނު ވަގުތު އޯޕްލަސް
ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑަށް އެނގިފައި އޮތްކަން އަދި މިއީ ދިމާވެދާނެކަމަށް ކުރިން
ޤަބޫލުކުރެވިފައިވާ ޙާލަތެއްކަން އެއްބަސްވުމުގެ މިމާއްދާއަށް ބެލުމުން އެނގޭތީއާއި، ކުލި ނެގުމުގެ އުސޫލަށް
ޤާނޫނަށް ގެނެވުނު ބަދަލުގެ ސަބަބުން އިތުރުވާ ބައިގެ ޒިންމާ ޕްލަސް އީ ހޯލްޑިންގ ޕްރައިވެޓް
ލިމިޓެޑުން ނަގަންނުޖެހެނީ ޤާނޫނަށް ގެނެވުނު އިސްލާޙުން [per bed per year“ ގެ އުސޫލުން
ކުއްޔަށް އެއްވެސް މިންވަރެއް އިތުރުވެފައި ނުވާތީކަމަށް ބަލައިފިނަމަ، ކުލި ނެގުމުގައި ކުރިން ޢަމަލު
ކުރަމުން ދިޔަ ”per bed per year] ގެ އުސޫލު މިހާރު ނެތް ޙާލަތުގައި އޯޕްލަސް އީ ހޯލްޑިންގސް
ޕްރައިވެޓް ލިމިޓެޑުން އެމް.ޓީ.ޑީ.ސީ އަށް އެއްވެސް ކުއްޔެއް ދައްކަން ނުޖެހޭފަދަ ގޮތަކަށް ތަރުޖަމާކުރުމުގެ
ޖާގަ ލިބިގެން ހިނގައިދާނެތީއާއި، މި އެންމެހާ ކަންކަމުގެ މައްޗަށް ބަލާއިރު އޯޕްލަސް އީ ހޯލްޑިންގސް
ޕްރައިވެޓް ލިމިޓެޑާއި އެމް.ޓީ.ޑީ.ސީ އާއި ދެމެދުވެވުނު އެއްބަސްވުމުގެ 13 ވަނަ މާއްދާގެ (ii) ގެ (a)
އޮތުމުގެ މަޤްސަދެއްގެ ގޮތުގައި ބެލެވެނީ އެއްވެސް ސަބަބަކާއި ހުރެ އެމް.ޓީ.ޑީ.ސީން ސަރުކާރަށް
ދައްކަންޖެހޭ ކުއްޔަށް ބަދަލެއްއައިސްގެން އެމް.ޓީ.ޑީ.ސީ އިން ސަރުކާރަށް ދައްކަންޖެހޭ ލީޒް ރެންޓް ހެޑް
ލީސް ރެންޓުގެ ފުރަތަމަ ޝެޑިއުލްގައި ބަޔާންކުރެވިފައިވާ ވަރަށްވުރެ، އެނދަކަށްޖެހޭ ނިސްބަތުން
ބޮޑުވެއްޖެނަމަ، އޯޕްލަސް އީ ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑުން އެމް.ޓީ.ޑީ.ސީ އަށް އެނދަކަށް ޖެހޭ
ނިސްބަތުން ހެޑް ލީސް އެގްރީމެންޓުގެ ފުރަތަމަ ޝެޑިއުލް އަށްވުރެ ބޮޑުވި މިންވަރު ދެއްކުމަށް
ޒިންމާކުރުވުން ކަމަށް ޤަބޫލުކުރެވޭކަމާއި، އަދި އެއްބަސްވުމުގެ މިމާއްދާގެ މުޅި މަފްހޫމަކީ އެމް.ޓީޑީޒީޏާއްޖޭގެ މައިޖީ
coc
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
12
2012/HC-A/139
ފަރާތުން ސަރުކާރަށް ދައްކަންޖެހޭ ކުލީގެ އެއްވެސް މިންވަރެއް ބޮޑުވެއްޖެނަމަ، އެމިންވަރަށް އޯޕްލަސް
ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑުން ޒިންމާކުރުވުން ކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި
ފަނޑިޔާރުންނަށް ޤަބޫލުކުރެވޭކަމެވެ.
ވީމާ، އިސްވެ ދިޔަ ސަބަބުތައް މިހެން ހުރުމުން މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުން ދެކެނީ ސިވިލްކޯޓުގެ ނަންބަރު 2011/Cv
-
C/1791 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ
ޙުކުމަށް ބަދަލު ގެންނަން ޖެހޭނެ ކަމަށެވެ.
ވީމާ، އިސްވެދިޔަ ސަބަބުތައް އެގޮތަށް ހުރުމުން، ސިވިލްކޯޓުގެ ނަންބަރު 2011/Cv
-
C/1791
ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤު ވެވުނު ހިނދު، ސިވިލްކޯޓުގެ ނަންބަރު 2011/Cv
-
C/1791
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން
ތިލުކޮށް އެގޮތުގެ މަތިން ޙުކުމްކޮށްފީމެވެ.
de o
2 ه
ދިވެހިރާއްޖޭގެ
އައިކް
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv