ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/238 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/238
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
6
ޤަޟިއްޔާ ނަންބަރ: 238/HC
-
A/2012
• އިސްތިއުނާފުކުރި ފަރާތް:
ނަން: އިސްމާއީލް ރަފީޢު
އައިޑީ ކާޑު ނަންބަރ: A095443
* ދާއިމީ އެޑްރެސް: ވިކްޓަރީހައުސް ލ.މާވަށް
މިހާރުގެ އެޑްރެސް: ވިކްޓަރީހައުސް/ލ.މާވަށް
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: އޮޅުވެލި ލާމު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް * ދާއިމީ އެޑްރެސް: ޖަޒީރާ ބިލްޑިންގ މާލެ
ރަޖިސްޓްރީ ނަންބަރ: 678
/
2006-C މިހާރުގެ އެޑްރެސް: ޖަޒީރާ ބިލްޑިންގ މާލެ
* ރަޖިސްޓްރީކުރެވުނު ތާރީޚް: 09 އޯގަސްޓް 2012
ނިމުނު ތާރީޚް: 17 ރަޖަބު 1434
27 މެއި 2013
01 ރަމަޟާން 1433
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2011/Cv
-
C/1878
ނިންމެވިކޯޓު: ސިވިލް ކޯޓު
މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
ހުށަހެޅި ތާރީޚް: 2011-09-20 ނިމުނު ތާރީޚް: 2012-03-05
L
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލީސް:
ފަނޑިޔާރު:ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު:ޢަބްދުﷲ ޙަމީދު ފަނޑިޔާރު:ޔޫސުފް ހުސައިން
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
2012/HC-A/238
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދައުވާގެ ޚުލާޞާ:
މިއީ، ސިވިލް ކޯޓުގެ ނަންބަރު: 2011/Cv
-
C/1878 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، އިސްމާޢީލް ރަފީޢު، ވިކްޓަރީހައުސް ލ.މާވަށް ގެ ފަރާތުން
ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި، އިސްތިއުނާފު ރައްދުވާ ފަރާތަކީ އޮޅުވެލި ލާމު
ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް އެވެ.
02
ނުކުތާތައް:
01 މިއީ، ސިވިލް ކޯޓުގެ ނަންބަރު: 2011/Cv
-
C/1878 ޤަޟިއްޔާ އެކޯޓުން
ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، އިސްމާޢީލް ރަފީޢު،
ވިކްޓަރީހައުސް ލ.މާވަށް ގެ ފަރާތުން ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
އިސްތިއުނާފް މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު: 2011/Cv-C/1878 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ އޮޅުވެލި ލާމު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް
(ރަޖިސްޓްރީ ނަންބަރު:678
/
2006-C) ގެ އެދުމަކަށް ށ.އޮޅުވެލި ރިސޯޓަށް ލ.މާވަށް ވިކްޓަރީހައުސް،
އިސްމާޢީލް ރަފީޢު (ދ.ރ.ކާޑު ނަންބަރު: A095443) ގެ އައި.އާރ.ސްޓޯރުން ސަޕްލައިކޮށްދީފައިވާ
80,000 (އަށްޑިހަހާސް) ލީޓަރގެ ޑީސެލަށްވާ -/
1,200,800ރ. (އެއްމިލިއަން ދެލައްކަ އަށްސަތޭކަ ރުފިޔާ)
އާއި، 15,000 (ފަނަރަހާސް) ލީޓަރގެ ޕެޓްރޯލަށްވާ -/237,450ރ. (ދެލައްކަ ތިރީސްހަތްހާސް ހަތަރުސަތޭކަ
ފަންސާސް ރުފިޔާ) އާއި، އެއްބަސްވެފައިވާ ގޮތުގެމަތީން ފައިސާނުދެއްކުމުގެ ސަބަބުން ފައިސާ ނުދައްކާވާ
575 (ފަސްސަތޭކަ ހަތްދިހަފަސް) ދުވަހަށް، ދުވާލަކަށް ބިލުގައިވާ ޖުމްލަ އަގުގެ %2 (ދޭއް އިންސައްތަ)
ރޭޓުން 20 އޯގަސްޓް 2011 ވަނަ ދުވަހުގެ ނިޔަލަށް ޖޫރިމަނާއަށްވާ -/
3,938,536ރ. (ތިންމިލިއަން
ނުވަލައްކަ ތިރީސްއަށްހާސް ފަސްސަތޭކަ ތިރީސް ހަރުފިޔާ) އާއި އެކު ޖުމްލަ -/
5,208,636ރ.
ދިވެހިރާއްa
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
2012/HC-A/238
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
(ފަސްމިލިއަން ދެލައްކަ އަށްހާސް ހަސަތޭކަ ތިރީސް ހަރުފިޔާ) ހޯދުމަށް އެދި އޮޅުވެލި ލާމު ހޯލްޑިންގްސް
ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް އިސްމާޢީލް ރަފީޢު ދަޢުވާކުރުމުން ބަލާފައިވާ ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި، "ދެންފަހެ، އިސްވެ ފާހަގަކުރެވުނު
ނުކުތާތަކުގެ މައްޗަށާއި މިމައްސަލާގައި ހުށަހެޅިފައިވާ އެހެނިހެން ލިއުންތަކުގެ މައްޗަށް ޝަރީޢަތުން
ރިޢާޔަތްކޮށް، އޮޅުވެލި ލާމު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު:678
/
2006-C) ގެ
އެދުމަކަށް ށ.އޮޅުވެލި ރިސޯޓަށް ލ.މާވަށް/ވިކްޓަރީހައުސް، އިސްމާޢީލް ރަފީޢު (ދިވެހިރައްޔިތެއްކަން އަންގައިދޭ
ކާޑު ނަންބަރު: A095443) ގެ އައި.އާރ. ސްޓޯރުން ސަޕްލައިކޮށްދީފައިވާ 80,000 (އަށްޑިހަހާސް)
ލީޓަރގެ ޑީސެމަށްވާ -/
1,200,800ރ. (އެއްމިލިއަން ދެލައްކަ އަށްސަތޭކަ ރުފިޔާ) އާއި 15,000
(ފަނަރަހާސް) ލީޓަރގެ ޕެޓްރޯލަށްވާ -/237,450ރ. (ދެލައްކަ ތިރީސްހަތްހާސް ހަތަރުސަތޭކަ ފަންސާސް
ރުފިޔާ) އާއި އެއްބަސްވެފައިވާ ގޮތުގެމަތީން ފައިސާނުދެއްކުމުގެ ސަބަބުން ފައިސާ ނުދައްކާވާ 575
(ފަސްސަތޭކަ ހަތްދިހަފަސް) ދުވަހަށް، ދުވާލަކަށް ބިތުގައިވާ ޖުމްލަ އަގުގެ %2 (ދޭއް އިންސައްތަ) ރޭޓުން
ޖޫރިމަނާއަށްވާ -/
3,938,536ރ. (ތިންމިލިއަން ނުވަލައްކަ ތިރީސްއަށްހާސް ފަސްސަތޭކަ ތިރީސް ހަރުފިޔާ)
އާއި 20 އޯގަސްޓް 2011 ވަނަ ދުވަހާ ހަމައަށް ލިބެންޖެހި ލިބިފައިނުވާ އެކު ޖުމްލަ -/
5,208,636ރ.
(ފަސްމިލިއަން ދެލައްކަ އަށްހާސް ހަސަތޭކަ ތިރީސް ހަރުފިޔާ) ހޯދުމަށް އެދި އޮޅުވެލި ލާމު ހޯލްޑިންގްސް
ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް އިސްމާޢީލް ރަފީޢު ދަޢުވާކޮށްފައިވާ މިމައްސަލަ ޝަރީޢަތުން ބެލިއިރު އޮޅުވެލި
ލާމު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ އެދުމަކަށް ލ.މާވަށް| ވިކްޓަރީހައުސް، އިސްމާޢީލް ރަފީޢުގެ
އައި.އާރ. ސްޓޯރުން 80,000 (އަށްޑިހަހާސް) ލީޓަރގެ ޑިސެޓާއި، 15,000 (ފަނަރަހާސް) ލީޓަރގެ
ޕެޓްރޯލް ސަޕްލައިކޮށްދީފައިވާކަމާއި، އިސްވެ ބަޔާންކުރެވުނު މުޢާމަލާތުގެ ދަށުން ތައްޔާރުކުރެވިފައިވާ
އައި.އާރ. ސްޓޯރގެ ނަންބަރު:11
152 (08 މާރޗް 2011) ބިލާއި، ނަންބަރު195/2011
17މާރޗް 2011) ބިލާއި، ނަންބަރު:10/2011 (31 މާރޗް 2011) ބިލާއި އަދި ނަންބަރު:
220/2011 (04 އޭޕްރީލް 2011) ބިލްގައިވާ އެކު ޖުމްލަ -/
1,370,100ރ. (އެއްމިލިއަން ތިންލައްކަ
) ރައްޖޭގެ ފައިން
4.1.2
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
2012/HC-A/238
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
4...
ކަމަށް ބަޔާންކޮށް
ހަތްދިހަހާސް އެއްސަތޭކަ ރުފިޔާ) އަކީ އޮޅުވެލި ލާމު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން އިސްމާޢީލް
ރަފީޢުއަށް ދައްކަންޖެހޭ ފައިސާއެއްކަން ދެފަރާތުގެ ބަހުން ޝަރީޢަތަށް ސާބިތުވެއްޖެކަމާއި، އޮޅުވެލި ލްމު
ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހޭ އެކު ޖުމްލަ -/
1,370,000ރ. (އެއްމިލިއަން ތިންލައްކަ
ހަތްދިހަހާސް އެއްސަތޭކަ ރުފިޔާ) ބިލްތަކުގައިވާ ގޮތުގެ މަތީން 15 (ފަނަރަ) ދުވަހުގެ ތެރޭގައި
ދައްކާފައިނުވާތީ، ފައިސާ ނުދައްކާވާ ކޮންމެ ދުވަހަކަށް ބިލްގެ ޖުމްލަ އަދަދުގެ %2 (ދޭއް އިންސައްތަ) ގެ
ރޭޓުން ޖޫރިމަނާކުރެވޭނެކަމަށާއި، އެގޮތުން މައްސަލަ ނިމޭ ދުވަހާހަމައަށް އަރާފައިވާ ޖޫރިމަނާގެ ފައިސާ
ނަގައިދިނުމަށް އިސްމާޢީލް ރަފީޢު ދަޢުވާގައި އެދިފައިވީނަމަވެސް، އިސްމާޢީލް ރަފީޢު ޙަވާލާދީފައިވާ %2
(ދޭއް އިންސައްތަ) ގެ ޖޫރިމަނާއަކީ އިސްމާޢީލް ރަފީޢު ތައްޔާރުކޮށްފައިވާ ބިންތަކުގައިވާ
ޝަރުތެއްކަމުގައިވެފައި، އެބިލްތަކުގައި ސޮއިކޮށްފައިވާ ދެވަނަ ފަރާތަކީ "މިބިލްގައިވާ މުދާ ހަމައަށް ލިބިއްޖެ"
ންކޮށް ސޮއިކުރާ ފަރާތެއްކަމުގައި އެބިލްތަކުން އެނގެން އޮތުމުން، އެމުދާ ލިބުނުކަމަށް
ސޮއިކުރާ ފަރާތަކީ އިސްމާޢީލް ރަފީޢު އާއި އޮޅުވެލި ލާމު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ތެޔޮ
ސަޕްލައިކޮށްދިނުމަށް ވެފައިވާ އެއްބަސްވުންތަކަށް އުނިއިތުރު ގެނައުމުގެ ބާރު ލިބިފައިވާ ފަރާތެއްކަމުގައި
މިމައްސަލާގައި ހުށަހެޅިފައިވާ ލިއުންތަކުގެ މައްޗަށް ބިނާކޮށް ޝަރީޢަތަށް ބުރަވެވެންނެތްކަމާއި، އަދި
މިމައްސަލާގައި ހުށަހެޅިފައިވާ ބިލްތަކަށް ބަލާއިރުގައި އެއިން ކޮންމެ ބިލަކީވެސް ވަކި ޕަރޗޭސް އޯޑަރެއްގެ
ނަންބަރު ލިޔެވި އޭގެ މައްޗަށް ބިނާވެ ތައްޔާރުކުރެވިފައިވާ ބިލްތަކެއްކަމުގައިވާހިނދު، ދެފަރާތުގެ ދެމެދުގައި
ތެޔޮ ސަޕްލައިކޮށްދިނުމަށް ވެފައިވާ އެއްބަސްވުންތައް ބިނާކުރެވިފައިވަނީ އެޕަރޗެސް އޯޑަރުތަކުގެ މައްޗަށާއި،
އެމުދަލުގެ އަގުގެ މައްޗަށާއި އަދި އެޕަރޗޭސް އޯޑަރގައިވާ މުދާ ޙަވާލުކުރެވޭ ހިސާބަށް ކަމުގައިވުމުން
އެމުޢާމަލާތް ނިމުމަށްފަހު، "މިބިލްގައިވާ މުދާ ހަމައަށް ލިބިއްޖެ" ކަމަށް އެބިލްގައި
ސޮއިކުރާކުރުމަކުން ދެފަރާތުގެ ދެމެދުގައި ފުރިހަމަކުރެވިފައިވާ މުޢާމަލާތުގެ
އެއްބަސްވެފައިނުވާ ޝަރުތެއް އިތުރު ކުރެވެން ނެތްކަމަށްޓަކައި މިމައްސަލާގައި އިސްމާޢީލް ރަފީޢު ދަޢުވާގައި
ހޯދުމަށް އެދިފައިވާ ޖޫރިމަނާގެ ފައިސާ ޝަރީޢަތުން ނަގައިދެވެން ނެތްކަމަށް ކަނޑައަޅައި،
/s
ބަޔޮށް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/238
މިމައްސަލާގައި އޮޅުވެވި ލާމު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން އިސްމާޢީލް ރަފީޢުއަށް
ދޭންޖެހޭ -/
1,370,100ރ. (އެއްމިލިއަން ތިންލައްކަ ހަތްދިހަހާސް އެއްސަތޭކަ ރުފިޔާ) އިސްމާޢީލް ރަފީޢުއަށް
ލިބިދިނުމަށްޓަކައި މިއަދު 05 މާރޗް 2012 ވަނަ ދުވަހުން ފެށިގެން 03 (ތިނެއް) މަސް ދުވަހުގެ ތެރޭގައި
ކޮންމެ މަހަކުވެސް މަދުވެގެން އެމަހަކަށް ޖެހޭވަރު މިކޯޓަށް ދައްކަމުންގޮސް މިފައިސާ އެމުއްދަތުގެ ތެރޭގައި
އެއްކޮށް ދައްކައި ޚަލާޞްކުރުމަށް އޮޅުވެލި ލާމު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް އަންގައި
ޙުކުމްކޮށްފީމެވެ." މިފަދައިން ބަޔާން ކޮށްފައިވާކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން
CCCX
އފއ
03- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ސިވިލް ކޯޓުގެ ނަންބަރު:2011/Cv
-
C/1878
ޤަޟިއްޔާގެ ޙުކުމް ކުރުމާއި ގުޅިގެން ލ.މާވަށް ވިކްޓްރީ ހައުސް އިސްމާޢީލް ރަފީޢު، ގެ ފަރާތުން އެމައްސަލަ
އިސްތިޢު
އަންނަނިވި ނުކުތާތައް ފާހަގަކޮށް އެނުކުތާތަކާއި މެދު ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
29
32 ހ9 8
¢ ¢ ¢
T
ފުރަތަމަ ނުކުތާއަކީ: ސި ކޯޓުގެ ނަންބަރު:2011/Cv
-
C/1878 ޤަޟިއްޔާގެ
ޙުކުމުގައި، އެޤަޟިއްޔާގައި ބެލެވުނު މައްސަލާގައި ހުށަހެޅުނު ބިލްތަކުގައި %2 (ދޭއް އިންސައްތަ)
ޖޫރިމަނާކުރެވޭނެކަމަށް ބުނެފައިވާޝަރުޠަކީ އިސްމާޢީލް ރަފީޢު އަމިއްލައަށް ހިމަނާފައިވާ ޝަރުތެއްކަމަށާއި،
އެއީ ދެފަރާތުން އެއްބަސްވެފައިވާ ޝަރުތެއް ނޫންކަމަށް ވިދާޅުވެފައިވީނަމަވެސް، އޮޅުވެލި ލާމު ހޯލްޑިންގްސް
ޕްރައިވެޓް ލިމިޓެޑާ މުދާ ޙަވާލުކުރެވޭ ކޮންމެ ފަހަރަކު އެމުދާ ޙަވާލުކުރެވެނީ
ދެވެނީ "ފައިސާއާއި، ތަކެތީގެ ބިލް" އާ
އެކުގައިކަމަށްވުމުން، އެބިލްގައިވާ ކޮންމެ ޝަރުޠަކީ، އޮޅުވެލި ލާމު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް
އެބިލްގައި ސޮއިކުރުމުގެ ކުރިން ސާފުވެފައިވާ ޝަރުތެއްކަން އެނގެން އޮތް ހިނދުވެސް، އެކަމަށް
ޙުކުމްކުރެއްވިއިރު ރިޢާޔަތްކުރައްވާފައި ނެތުން ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
* ދެވަނަ ނުކުތާއަކީ: އަދި އެފަދަ ކޮންމެ ބިލެއްގައި އެބިލްގައިވާ މުދާ ލިބޭތާ 15 ދުވަހުގެ
ތެރޭގައި، އެބިލްގައިވާ ފައިސާ ނުދައްކައިފިނަމަ، އިތުރުވާ ކޮންމެ ދުވަހަކަށް %2 (ދޭއް އިންސައްތަ)_
COX
4
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
,
6
2012/HC-A/238
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޖޫރިމަނާ ދައްކަންވާނެ ކަމަށް ޝަރުތުކޮށްފައިވާކަމާއި، އަދި އެފަދަ ކޮންމެ ބިލެއްގައި ދަޢުވާލިބޭ އޮޅުވެލި ލާމު
ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކޮށްފައިވާއިރު، އަދި މުދާ ލިބިއްޖެކަމަށް އޮޅުވެލި ލާމު
ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް އިން އެއިން ކޮންމެ ބިލެއްގައި ސޮއިކުރާ ވަގުތަކީ، އޮޅުވެލި ލާމު
ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް މުދާ ފޮނުވާ ކޮންމެ ފަހަރަކު އުފަންވާ އެއްބަސްވުން ފުރިހަމަވާ
ވަގުތުކަމަށްވީހިނދު، އެކަމަށް ޙުކުމްކުރެއްވިއިރު ރިޢާޔަތްކުރައްވާފައި ނެތުން ކަމަށް ބުނެ ހުށަހަޅާފައިވާ
( 3 ) ޑ ޒ
ންކުeއވެ
متع
ފޮނުވާ "ރީ
34 1ޑ
އދވހ
ނުވަތަ
ތިންވަނަ ނުކުތާއަކީ: އެއްބަސްވުމެއް ފުރިހަމަވަނީ ހުށަހެޅުމަކާއި ޤަބޫލުކުރުމެއްގެ
މައްޗަށްކަމަށްވާއިރު، އޮޅުވެލި ލާމު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ފޮނުވާ "ޑެލިވަރީ އަކީ
ދައުވަތެއް ނުވަތަ ”invitation to treat] އެއް ކަމަށްވެފައި، އިސްމާޢީލް ރަފީޢުގެ އައި.އާރ. ސްޓޯރުން
"ފައިސާއާއި،
ތަކެތީގެ ބިލް" އަކީ ހުށަހެޅުމެއް ނުވަތަ [offer] ކަމާއި، އަދި އެ ހުށަހެޅުން ނުވަތަ
ފައިސާއާއި ތަކެތީގެ ބިލް" ގައި އޮޅުވެލި ލާމު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ސޮއިކުރުމަކީ،
އެޅުން "ޤަބޫލުކުރުން" ”acceptance] ކަން އެނގެންއޮތްހިނދު، މިމައްސަލައިގައި
ޙުކުމްކުރެއްވިއިރު، އެކަންކަމަށް ރިޢާޔަތްކުރައްވާފައި ނެތުން ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
* ހަތަރުވަނަ ނުކުތާއަކީ: އަދި، އިސްމާޢީލް ރަފީޢުގެ އައި.އާރ. ސްޓޯރުން ފޮނުވާ ބިލަކީ
"އިންވޮއިސް" އާއި "ޑެލިވަރީ ނޯޓް" މިދެބައި ހިމެނޭ ބިލެއްކަމަށްވެފައި، އެ ބިލުގައި މުދާ ލިބިއްޖެކަމަށް
އޮޅުވެލި ލާމު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ސޮއިކުރުމަކީ، އެއްބަސްވުން ވެވޭ ވަގުތުކަމަށް، އޮޅުވެލި
ލާމު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ސިވިލްކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި 19 ޖެނުއަރީ 2012 ގައި
ހުށަހެޅި "ވިޔަފާރިއާ ބެހޭ ބަޔަށް ހުށަހަޅާ ދަޢުވާއާއި މައްސަލައިގެ ޖަވާބު ހުށަހަޅާ ފޯމް" ގެ 5 ވަނަ
ޕެރެގްރާފްގެ (ބ) ގައި ޞަރީޙަ ބަހުން އެއްބަސްވެފައިވާއިރު، މައްސަލައިގައި ޙުކުމްކުރެއްވިއިރު، އެކަންކަމަށް
ރިޢާޔަތްކުރައްވާފައި ނެތުން ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
* ފަސްވަނަ ނުކުތާއަކީ: އިސްވެ ދެންނެވި ޤަޟިއްޔާގައި ޙުކުމްކުރައްވަމުން، އޮޅުވެލި ލާމު
ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިސްމާޢީލް ރަފީޢުގެ އައި.އާރ. ސްޓޯރުން ފޮނުވާ ބިލްތަކުގައި
ސޮއިކުރާ ފަރާތަކީ، އެ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކަށް އުނިއިތުރު ގެނައުމުގެ ބާރު
ލިބިފައިވާ ފަރާތެއް ނޫންކަމަށް ވިދާޅުވެފައިވީނަމަވެސް، އެ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމެއް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
1
2012/HC-A/238
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ބަދަލުކޮށްގެން ދަޢުވާނުކުރާކަމާއި، ދަޢުވާކުރީ އެ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ އެއްގޮތަށް
ޖޫރިމަނާ ފައިސާ ނުދައްކައިގެންކަމަށް ވީހިނދު، އެކަމަށް ޙުކުމް ކުރެއްވިއިރު ރިޢާޔަތްކުރައްވާފައި ނެތުން
ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
* ހަވަނަ ވަނަ ނުކުތާއަކީ: އަދި، އިސްވެ ދެންނެވި ބިލްތަކުގައި، މުދާ ލިބުނުކަމަށް
ސޮއިކޮށްފައިވާ ފަރާތަކީ، އޮޅުވެލި ލާމު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެބިލްތަކުގައި ސޮއިކުރާ
ފަރާތެއްކަމާއި، އެ ބިލްތަކުގައިވާ ޝަރުތުތަކާއެކު، ސޮއިކުރަނީ އޮޅުވެލި ލާމު ހޯލްޑިންގްސް ޕްރައިވެޓް
ލިމިޓެޑްގެ ނަމުގައި އެ ކުންފުނި ޤާނޫނީ ބަނދެވުމަކުން ބަނދެވޭ ބީދައިންކަން އެނގެން އޮތްހިނދު، އަދި،
ބިލްތަކުގައިވާ ކަންކަން އޮޅުވެލި ލާމު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ޤަބޫލުކުރަންޖެހޭނީ އެ ބިލްގައިވާ
ހުރިހާ ކަމެއް އެކުގައިކަމަށް އެނގެން އޮތްހިނދު، އެކަމަށް ޙުކުމްކުރެއްވިއިރު ރިޢާޔަތްކުރައްވާފައި ނެތުން
ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
28
04- މިމައްސަލައާއި ގުޅިގެން ސިވިލްކޯޓު ގެ ނަންބަރު 2011/Cv
-
C/1878 ޤަޟިއްޔާ
ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ ނިމުނުގޮތާއިމެދު ހިތްހަމަ ނުޖެހޭކަމަށް ބުނެ އިސްމާއީލް ރަފީޢު
އިސްތިއުނާފްކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، ނުކުތާތަކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިއުންތަކަށް ބަލާއިރު އަންނަނިވި
ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ: އޮޅުވެލި ލާމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ޅ.އޮޅުވެލީގައި ހިންގާ "ސިކްސް ސެންސް އޮޅުވެލި ލާމް ރިސޯޓް" އެކުންފުނީގެ ފަރާތުން ހަދަމުން ދިޔައިރު،
ލ.މާވަށް ވިކްޓަރީ ހައުސް އިސްމާޢީލް ރަފީޢު ހިންގާ ފިހާރައެއް ކަމުގައިވާ "އައި.އާރ. ސްޓޯރ" އިން ތެލުގެ
ދެބާވަތެއް ކަމުގައިވާ ޑީސަލާއި ޕެޓްރޯލް ކްރެޑިޓުގެ އުޞޫލުން ގަތުމުގެ ވިޔަފާރި ކޮށްފައިވަނީ އެކަމަށްޓަކައި
މިދެފަރާތުގެ ދެމެދުގައި ލިޔުމުން ވެވިފައިވާ ވަކި އެއްބަސްވުމެއް އޮވެގެން ނޫންކަމަށް މިދެފަރާތުން ވެސް
CCX
އެއްބަސްފުކަމާއި،
އެއާ ޚިލާފަށް މި މުޢާމަލާތް ހިނގާފައިވާގޮތަކީ، އޮޅުވެލި ލާމް ހޯލްޑިންގްސް ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ޑީސަލް ނުވަތަ ޕެޓްރޯލް ގަންނަން ބޭނުންވާ ކޮންމެ ފަހަރަކު، އައި.އާރ ސްޓޯ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
2012/HC-A/238
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
(އިސްމާޢީލް ރަފީޢު، މިފަދައިން އެޑްރެސް ކޮށްފައިވާ ޕާރޗެސް އޯޑަރެއް އެކުންފުނީގެ ފަރާތުން ފޮނުވުމުން،
އެ ޕާރޗެސް އޯޑަރ ގައިވާ މިންވަރަށް އަދި އޭގައިވާ އަގުތަކަށް، ތެލުގެ ބާވަތްތައް އެކުންފުނީން
ޑެލިވަރކޮށްދިނުމަށް އެދިފައިވާ ތަނަކަށް އައި.އާރ ސްޓޯރ (އިސްމާޢީލް ރަފީޢު)
ފަރާތުން ޑެލިވަރ
ކޮށްދެމުން ގެންދިއުންކަމާއި،
އަދި ހަމައެފަދައިން އައި.އާރ ސްޓޯރ އިން އެފަދައިން ކުރާ ޑެލިވަރީ ކުރެވޭ ހިނދު، ޑެލިވަރީ
ނޯޓާއި ބިލުގެ ގޮތުގައި "ފައިސާއާއި، ތަކެތީގެ ބިލް" މިނަމުގައިވާ ލިޔުމެއް އޮޅުވެލި ލާމް ހޯލްޑިންގްސް
ޕްރައިވެޓް ލިމިޓެޑަށް ޙަވާލުކުރެވޭކަމާއި، އަދި އެލިޔުމުގައިވާ މުދާ އެހިނދު އެކުންފުންޏަށް ހަމައަށް
ލިބިފައިވާކަމަށް އެމުދަލާއި ހަވާލުވާ އެކުންފުނީގެ މުވައްޒަފަކު ސޮއިކުރަމުން އައިސްފައިވާކަމާއި، އަދި
ހަމައެފަދައިން އެލިޔުމުގައި،
މިބިލުގައިވާ ތަކެތި ގެންދެވުމަށްފަހު ބަދަލުކުރެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
މިބިލުގައިވާ ފައިސާ 15 ދުވަހުގެ ތެރޭގައި ދެއްކެވުން އެދެމެވެ. މި މުދައްތުގެ ތެރޭގައި
ފައިސާ ނުދައްކަވައިފިނަމަ އިތުރުވާ ކޮންމެ ދުވަހަކަށް ބިލްގައިވާ ޖުމްލަ ޢަދަދުގެ %2 ދައްކަންވާނެއެވެ.
މިފަދައިން ބަޔާންކޮށްފައި އޮންނަކަމާއި، މިއިން އެއްވެސް ކަމަކާއި މެދު މިދެފަރާތުގެ ދެމެދުގައި
ޚިލާފު އުފެދިފައި ނުވާކަން ފާހަގަކުރެވެއެވެ.
(ށ) ދެވަނަ ކަމަކީ: މި ދެފަރާތުގެ ދެމެދުގައި މައްސަލަ އުފެދެން ދިމާވި ސަބަބަކީ، އިސްވެ
ބަޔާންކުރެވުނުފަދައިން ދެފަރާތުގެ ދެމެދުގައި މުޢާމަލާތް ކުރަމުން އައިސް، އައި.އާރ ސްޓޯރުން ތެލުގެ
ބާވަތްތައް ގަތުން އޮޅުވެލި ލާމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުއްޓާލިއިރު، އެކުންފުނީގެ
ފަރާތުން އައި.އާރ ސްޓޯރަށް ފައިސާ ދައްކަންޖެހި ނުދައްކާވާ 04 ބިލަކަށް ފައިސާދެއްކުމަށާއި، އަދި
އެކުންފުންޏަށް ފައިސާ ދެއްކުމަށް އައި.އާރ ސްޓޯރ (އިސްމާޢީލް ރަފީޢު) ގެ ފަރާތުން އަންގާ ފޮނުވި
ސިޓީގައި އެހާތަނަށް ފައިސާ ދައްކަންޖެހި ނުދައްކާވާ ބިލްތަކަށް ފައިސާ ދައްކާފައިނުވުމުގެ ސަބަބުން
އެބިލްތަކުގައި ލިޔެފައިވާފަދައިން އެއިން ކޮންމެ ބިލަކަށްވެސް ބިލްކުރެވުނު ތާރީޚްގެ 15 ދުވަސް ފަހުން
ހިނގާފައިވާ ކޮންމެ ދުވަހަކަށް އެބިލެއްގައި ހިމެނޭ ފައިސާގެ ޢަދަދުގެ %2 އިންސައްތަ ޖޫރިމަނާ
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
9
2012/HC-A/238
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ކުރެވޭނެކަމަށް ބަޔާންކޮށްފައި އޮތުމުން އެކަމާދޭތެރޭ އުފެދުނު ޚިޔާލުތަފާތުވުމެއްގައިކަން ދެފަރާތުގެ ބަހުން
ސާފުކޮށް އެނގޭކަމާއި،
އިސްމާޢީލް ރަފީޢު ގެ ފަރާތުން ފޮނުވާފައިވާ ކުރިން މިބަޔާންކުރެވުނު ސިޓީގައި
ބަޔާންކޮށްފައިވާ ބިލްތަކުގެ ޖޫރިމަނާ ފައިސާއަކީ އޮޅުވެލި ލާމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ދައްކަންޖެހޭ ފައިސާއެއް ނޫންކަމަށް އެކުންފުނީން ބުނާ ސަބަބަކީ، ބިލްތަކަށް ފައިސާ ދައްކަންޖެހޭ މުއްދަތުގައި
ފައިސާ ނުދެއްކުމުން ޖޫރިމަނާ ކުރެވޭނެކަމަށް އެބިލްތަކުގައި ލިޔެފައިވިޔަސް، އެކަމަކީ އެމުޢާމަލާތުގެ ތެރެއިން
އައި.އާރ ސްޓޯރ (އިސްމާޢީލް ރަފީޢު) އާއެކު އެކުންފުނީން އެއްބަސްވެފައިވާ ކަމެއް ކަމުގައި ނުވާތީއާއި،
އައި.އާރ ސްޓޯރ (އިސްމާޢީލް ރަފީޢު) އާއެކު ތެލުގެ މުޢާމަލާތް ކުރެވެމުން ދިޔައިރު އޭގެ ކުރީގެ ބިލްތަކަށް
(ދަޢުވާގައި ބުނެފައިވާ 04 ބިލަށްވުރެ ކުރީގެ ބިލްތައް) ފައިސާ ދައްކާފައިވަނީ އެބިލްތަކަށް ފައިސާ ދެއްކުމަށް
ދީފައިވާ 15 ދުވަހަށްވުރެ ގިނަ ދުވަސް ފާއިތުވެދިޔަ ފަހުންކަމުގައިވިޔަސް، އޭރު އެބިލްތަކުގެ ފައިސާ
ބަލާގަނެފައިވަނީ އެއްވެސް ޖޫރިމަނާއަކާ އެކުގައި ކަމަށް ނުވާތީއާއި،
އެބިލްތަކުގައި ފައިސާ ދެއްކުމަށް 15 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އޭގެ ފަހުން އިތުރުވާ
ކޮންމެ ދުވަހަކަށް %2 އިންސައްތަ ޖޫރިމަނާ ކުރެވޭނެކަމަށް
ކަމަށް ލިޔެފައިވާ ޝަރުތަކީ މުޢާމަލާތް ނިމޭފަހުން
އިސްމާޢީލް ރަފީޢު އަމިއްލައަށް އިތުރުކޮށްފައިވާ ޝަރުތެއްކަމަށް ވާތީކަމުގައި އޮޅުވެލި ލާމް ހޯލްޑިންގްސް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެފައިވާއިރު،
އޮޅުވެލި ލާމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އައި.އާރ ސްޓޯރ
(އިސްމާޢީލް ރަފީޢު) އާއެކު ކޮށްފައިވާ ތެލުގެ މުޢާމަލާތް ކުރެވޭ ކޮންމެ ފަހަރަކުވެސް އެކުންފުންޏަށް ފޮނުވޭ
ބިލުގައި ކުރިން ބަޔާންކުރެވުނުގޮތަށް ބިލްކުރެވޭ ތާރީޚުގެ 15 ދުވަސްފަހުން ފައިސާ ދައްކާނަމަ %2
އިންސައްތަ ޖޫރިމަނާ ކުރެވޭނެކަމަށް ބަޔާންކޮށްފައި އޮތުމާއެކުވެސް 15 ދުވަސް ފަހުން އެކުންފުނީން ފައިސާ
ޖޫރިމަނާއަކާ ނުލައި ފައިސާ ބަލާގަންނަމުން އައިސްފައިވަނީ ތެލުގެ މުޢާމަލާތް އެކުންފުންޏާއެކު
ކުރިއަށް ގެންދިޔުމުގެ ޝައުޤުވެރިކަން އައި.އާރ ސްޓޯރ (އިސްމާޢީލް ރަފީޢު) ގެ ކިބާގައި ހުރުމުން
ކަސްޓަމަރ އާއި އޮންނަ ގުޅުން ދެމެހެއްޓުމުގެ ނިޔަތުގައިކަމާއި، އެއީ ކާމިޔާބު ކަމާއެކު ވިޔަފާރިކުރަން
ޤަޞްދުކުރާ ކޮންމެފަރާތަކުންވެސް ވިސްނާނެ އަދި ގެންގުޅޭނެ ވިޔަފާރި އުކުޅެއްކަމަށާއި، އެގޮތުގެ މަތިން
އައި.އާރ ސްޓޯރ (އިސްމާޢީލް ރަފީޢު) އަށް އޮޅުވެލި ލާމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ލިބެންޖެހޭ
2 2 3986
44
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
..
10
2012/HC-A/238
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
coc
އެތަށް ބައިވަރު ޖޫރިމަނާ ފައިސާއަކާނުލައި އެބިލްތަކަށް ފައިސާ ބަލައިގަނެފައިވަނީ، އެފައިސާ ލިބިގަތުމާއި
އެފައިސާ ނުނަގާ ދޫކޮށްލުމަށް އައި.އާރ ސްޓޯރ (އިސްމާޢީލް ރަފީޢު) އަށް ލިބިގެންވާ އިޚްތިޔާރުގެ
ދަށުންކަމާއި،
ކްރެޑިޓަށް މުދާ ދޫކުރުމަކީ އެކަމުގައި މުޤާބަލެއްނެތި އެއްވެސް ބަޔަކު ކުރާނެކަމެއް
ނޫންކަމާއި، ނަމަވެސް އޮޅުވެލި ލާމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން އައި.އާރ ސްޓޯރ (އިސްމާޢީލް
ރަފީޢު) އާއެކު ތެލުގެ މުޢާމަލާތްކުރުން ހުއްޓާލި ހިސާބުން ފެށިގެން އެކުންފުންޏަށް އެފަދަ ލުއިގޮތްތަކެއް
ހަދައިދިނުމަކީ އައި.އާރ ސްޓޯރ (އިސްމާޢީލް ރަފީޢު) އަށް އޭގެ ސަބަބުން ފައިދާއެއް ވާނެ ކަމެއް
ނޫންކަމާއި، ދެފަރާތުގެ ދެމެދުގައި ކުރެވެމުން އައި ތެލުގެ މުޢާމަލާތް ހުއްޓުމަކަށް އައިއިރު އޮޅުވެލި ލާމް
ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ފައިސާ ދައްކަންޖެހި ނުދައްކާވާ ހުރިހާ ބިލަކަށްވެސް އައި.އާރ
ސްޓޯރ (އިސްމާޢީލް ރަފީޢު) ގެ ދަޢުވާގައި ބުނެފައިވާ ގޮތުގެ މަތިން ޖޫރިމަނާ ނެގުމަކީ އެފަރާތަށް ޤާނޫނީ
ގޮތުން ލިބިގެންވާ ޙައްޤެއްކަމަށް އައި.އާރ ސްޓޯރ (އިސްމާޢީލް ރަފީޢު) ގެ ފަރާތުން ބުނެފައިވާކަން
ފާހަގަކުރެވެއެވެ.
(ނ) ތިންވަނަ ކަމަކީ: ސިވިލް ކޯޓުގައާއި ހައިކޯޓުގައި ދެފަރާތުން ދައްކާފައިވާ ވާހަކައަށާއި،
މި ދެފަރާތުގެ ދެމެދުގައި މުޢާމަލާތް ހިނގަމުން އައިސްފައިވާ ގޮތަށް ބަލާއިރު، އޮޅުވެލި ލާމް ހޯލްޑިންގްސް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ތެލުގެ ބާވަތްތައް ގަތުމަށް ބޭނުންވުމުން، އެންމެ ފުރަތަމަވެސް އެކުންފުނީގެ
ފަރާތުން އައި.އާރ ސްޓޯރ (އިސްމާޢީލް ރަފީޢު) އަށް ފޮނުވަނީ އެކުންފުނީގެ ޕާރޗެސް އޯޑަރެއްކަމާއި،
އެޕާރޗެސް އޯޑަރާއި އެއްގޮތަށް ތެލުގެ ބާވަތްތައް އައި.އާރ ސްޓޯރ (އިސްމާޢީލް ރަފީޢު) ގެ ފަރާތުން
ޑެލިވަރ ކޮށްދެނީ ކަމާއި، މިއީ ލިޔެކިއުމުން ފެންނަން އޮންނަ މިންވަރުކަމުން ޕާރޗެސް އޯޑަރއަކީ
ތެޔޮވިއްކުމަށް އެދި ހުށަހެޅި ހުށަހެޅުންކަމާއި، އަދި ޑެލިވަރ ކޮށްދިނުމަކީ އެކަން ޢަމަލީ ގޮތުން ޤަބޫލުކުރުން
ކަމުގައި ކޮންޓްރެކްޓްގެ ޢާންމު ޤާޢިދާތަކުގެ މަތިން ބެލެވޭކަމާއި، އަދި ފޮނުވޭ ޕާރޗެސް އޯޑަރުގައި، ގަންނަން
ތެލުގެ
ބާވަތްތަކުގެ މިންވަރުތަކާއި، ވަކިވަކިން ބަޔާންކުރެވިފައިވުމުންނާއި،
ތެޔޮވިއްކާފައިވަނީވެސް އެމިންވަރުތަކަށް އެއަގުތަކަށް އަދި އެބާވަތްތައްކަން ޑެލިވަރީ ނޯޓުންނާއި ފައިސާއާއި
ތަކެތީގެ ބިލުން ސާފުކޮށް އެނގެން އޮންނާތީ، އެމުޢާމަލާތާ ގުޅިގެން ދެފަރާތުގެ ދެމެދުގައި ވެފައިވާ
4 2 2 4
ބނުންވާ
އިޤްeއ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
11
2012/HC-A/238
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
24 4 ، 3 0
2
8 ގ ޏ ސ ޑ 8
އެއްބަސްވުމެއް
އެއްބަސްވުމަކީ ޕާރޗެސް އޯޑަރ ގައިވާ ހުށަހެޅުމުގެ މައްޗަށް ވެފައިވާ އެއްބަސްވުމެއްކަމާއި، އަދި ޑެލިވަރީ
ނޯޓުގައިވާ ގޮތުގެމަތިން ތެޔޮ ޑެލިވަރ ކުރާ ހިސާބުން އެއްބަސްވުމުގެ މާއްދާތައް ފުރިހަމަވާނެކަމާއި،
އެހެންކަމުން، ތެޔޮ ޑެލިވަރ ކުރުމަށްފަހު ނުވަތަ ޑެލިވަރީއާ އެކު އެކީގައި ފޮނުވާ ބިލުގައި، ދެފަރާތުގެ
ދެމެދުގައި ކުރިން ވާހަކަދެކެވި އެއްބަސްވެފައިނުވާ ޝަރުތެއް ބަޔާންކޮށްފައި އޮތްނަމަވެސް، އެޝަރުޠަކީ،
ޢާންމު އުސޫލެއްގެ ގޮތުން އެ ހުށަހެޅުމުގެ މައްޗަށް ވެވުނު އެއްބަސްވުމުގެ ބައެއްކަމުގައި ނުބެލެވޭނޭކަމާއި،
އެހެންނަމަވެސް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 292/HC
-
A/2012 ޤަޟިއްޔާގައި
ކަނޑައަޅާފައިވާ ފަދައިން، އެއްބަސްވުމުގައި އެއްބަސްވުމަށް
ބަދަލުގެނެވޭނޭ ވަކި ޚާއްޞަގޮތެއް
ކަނޑައެޅިފައިނުވާނަމަ، އެއްބަސްވުމުގެ ބައިވެރިން ޢަމަލުކުރާ ގޮތުން އެއްބަސްވުމަށް ބަދަލު ގެނެވިދާނެކަމާއި،
މިގޮތުން މިމައްސަލާގައި ކަންހިގާފައިވާ ގޮތަށް ބަލާއިރު، މުޅި މުޢާމަލާތާއި ގުޅޭގޮތުން ލިޔެކިޔުމުން ވެވިފައިވާ
ވުޖޫދުވެފައި ނެތްއިރު، މައްސަލާގައި ހިމެނޭ ދެފަރާތުގެ ދެމެދުގައި ހިނގާފައިވާ ތެޔޮ
ގަނެވިއްކުމުގެ އެންމެހާ މުޢާމަލާތްތަކަށް ބަލާއިރު، އޮޅުވެލި ލާމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ އެދުމުގެ
މަތިން އައި.އާރ ސްޓޯރ (އިސްމާޢީލް ރަފީޢު) ގެ ފަރާތުން ތެލުގެ ބާވަތްތައް ޑެލިވަރކުރުމަށްފަހު،
ހަވާލުކުރެވޭ ކޮންމެ ބިލެއްގައިވެސް، މިމައްސަލާގައި ހިމެނޭ ބިލުތަކުގައި ބަޔާންކޮށްފައިވާ، އިސްވެ
ދެންނެވިފައިވާ 2 (ދޭއް) ޝަރުޠު ހިމެނިފައިވާކަމާއި، އަދި އޮޅުވެލި ލާމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން އެބިލުތަކާ ޙަވާލުވާ ފަރާތްތަކަކީ އެބިލުގައިވާ ޖޫރިމަނާ ކުރުމުގެ ޝަރުޠު ޤަބޫލުކުރުމާއި ނުކުރުމުގެ
ބާރާއި އިޚްތިޔާރު ލިބިގެންވާ، އަދި ތެލުގެ މުޢާމަލާތާއި ގުޅިގެން އޮޅުވެލި ލާމް ހޯލްޑިންގްސް ޕްރައިވެޓް
ލިމިޓެޑާއި އައި.އާރ ސްޓޯރ (އިސްމާޢީލް ރަފީޢު) އާއި ދެމެދު އެއްބަސްވެފައިވާ ކަންތައްތަކަށް ބަދަލު
ގެނެވުމުގެ އިޚްތިޔާރާއި ބާރު ލިބިފައިވާ ފަދަ މަޤާމެއްގައި ތިބި ފަރާތްތަކަކަށް ނުވިނަމަވެސް، މިފަދަ ވިޔަފާރި
ޢާންމުވެފައިވާ ޢުރުފަށް ބަލާއިރު، މުދަލަކަށް އޯޑަރ ދިނުމުން އެ އޯޑަރާއި އެއްގޮތަށް މުދާ
ޑެލިވަރކުރުމަށްފަހު، ފައިސާގެ ބިލް ޙަވާލުކުރުމުން އެބިލެއް ބަލައި ގަތުމާއެކު އެތަނެއްގައި ހަމަޖެހިފައި
އޮންނަ އާންމު އުޞޫލާއި އެއްގޮތްވާ ގޮތުގެ މަތިން ކަމާބެހޭ ވެރިންނާ ހަމައަށް އެކަށީގެންވާ އަވަސްމިނެއްގައި
އެބިލެއް ލިބޭނެކަމަށް ޤަބޫލު ކުރަންޖެހޭކަމާއި، އަދި ކަމާބެހޭ ވެރިން އެބިލް ބެލުމަށްފަހު، ކުރިން
އެއްބަސްވެފައި ނުވާ ޝަރުތެއް ނުވަތަ އެނޫންވެސް އެހެންކަމެއް އެބިލްގައިވާނަމަ، އެކަމެއް ވީ
އެންމެ
އަވަހަކަށް ޙައްލުކުރަން މަސައްކަތް ކުރަންޖެހޭނެކަމާއި، އެފަދަ ކަމެއް ފާހަގަ ނުކޮށް، އަދި އެފަދަ ކަމެއް
O XOC
(241/eކ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
12
2012/HC-A/238
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އުޅޭކަމުގެ މަޢުލޫމާތު ބިލް ފޮނުވި ފަރާތާއި ޙިއްޞާ ނުކޮށް ތިބެފިނަމަ ބެލެވޭނީ، އެބިލެއް އެއޮތްގޮތަކަށް
ޤަބޫލުކުރި ކުރުމެއްކަމުގައި ނޫނީ ޤާނޫނީ ހަމަތަކުގެ މަތިން ޝަރީޢަތަށް ނުފެންނައިރު، މިމައްސަލާގައި ހިމެނޭ
ބިލްތަކާމެދު އޮޅުވެލި ލާމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެބިލްތަކާމެދު އިސްވެދެންނެވިފައިވާ
ގޮތުގެމަތިން ޢަމަލުކޮށްފައިނުވާކަން ސާފުކޮށް އެނގޭކަމާއި،
އެހެންކަމުން މިމައްސަލާގައި ވާހަކަ މިދެކެވޭ އައި.އާރ ސްޓޯރ (އިސްމާޢީލް ރަފީޢު) ގެ
ފަރާތުން އޮޅުވެލި ލާމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ޙަވާލުކޮށްފައިވާ 04 ބިލުންކުރެ ކޮންމެ
ބިލެއްގައިވެސް މިބިލުގައިވާ ފައިސާ 15 ދުވަހުގެ ތެރޭގައި ދެއްކެވުން އެދެމެވެ. ދު
މުދައްތުގެ ތެރޭގައި
ފައިސާ ނުދައްކަވައިފިނަމަ އިތުރުވާ ކޮންމެ ދުވަހަކަށް ބިލްގައިވާ ޖުމްލަ ޢަދަދުގެ %2 ދައްކަންވާނެއެވެ."
މިފަދައިން ލިޔެފައިވާ ލިޔުމާއި މެދު އެކުންފުނީގެ ފަރާތުން އިޢުތިރާޟް ކުރުމެއްނެތި ތިބިތިބުމަކީ އެކަން
ޝިމްނީ (implied) ގޮތުން ޤަބޫލުކޮށްގެން ތިބި ތިބުމެއްކަމާއި، އަދި އެކަން އެގޮތަށް ހިނގާފައިވުމަކީ
އިސްވެ ދެންނެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
292/HC-A/2012 ޤަޟިއްޔާގައި
ކަނޑައަޅާފައިވާ ގޮތުގެމަތިން މިމައްސަލާގައި ހިމެނޭ ދެފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމަށް، އެ
އެއްބަސްވުމަށްފަހު ދެފަރާތުގެ ޢަމަލުތައް ހުރިގޮތުން، އެއްބަސްވުމަށް ބަދަލުއައިސް، އައި.އާރ ސްޓޯރ
(އިސްމާޢީލް ރަފީޢު) ފަރާތުން އޮޅުވެލި ލާމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ޙަވާލުކޮށްފައިވާ އިސްވެ.
ބަޔާންކުރެވިފައިވާ 04 ބިލުގައި ބަޔާންކޮށްފައިވާ އިސްވެ ދެންނެވިފައިވާ ޝަރުޠުތަތަކީ އެދެފަރާތުގެ ދެމެދުގައި
އޮތް އެއްބަސްވުމުގެ ބައެއްގޮތުގައި ހިމެނިފައިވާ، އެއަށް އޮޅުވެލި ލާމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން ހުރުމަތްތެރިކޮން ހިތަންޖެހޭ ޝަރުތުތަކެއްކަމަށް ޝަރީޢަތަށް ފާހަގަކުރެވެއެވެ.
(ރ) ހަތަރުވަނަ ކަމަކީ: ސިވިލް ކޯޓްގެ ނަންބަރު 2011/Cv-C/1878 ޤަޟިއްޔާ ގައާއި
ހައިކޯޓުގެ މިޤަޟިއްޔާގައި ވާހަކަ މިދެކެވޭ އައި.އާރ ސްޓޯރ (އިސްމާޢީލް ރަފީޢު) ގެ ފަރާތުން އޮޅުވެލި ލާމް
ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވާ ބިލްތަކަށް ފައިސާ ދެއްކިފައި ނުވަނީ އެކުންފުނީން ފައިސާ
ދައްކަން ބޭނުންވެގެން ފައިސާ ދައްކަން ދިއުމުން ޖޫރިމަނާ ފައިސާއާއި އެކުގައި ނޫނީ އެބިލްތަކަށް ފައިސާ
ބަލައި ނުގަންނާނެކަމަށް އައި.އާރ ސްޓޯރ (އިސްމާޢީލް ރަފީޢު) ގެ ފަރާތުން ބުނެ އެބިލްތަކަށް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ވާތީ
13
2012/HC-A/238
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ބަލައިގަތުމަށް އިންކާރު ކުރުމުން ކަމަށާއި، ޖޫރިމަނާ ފައިސާ ނުހިމަނާ އެބިލްތަކަށް ފައިސާ ދައްކަންތިބިކަމަށް
އޮޅުވެލި ލާމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެފައިވާއިރު، އައި.އާރ ސްޓޯރ
(އިސްމާޢީލް ރަފީޢު) ގެ ފަރާތުން އެކަމާ އިންކާރުކޮށް ދައްކާފައިވާ ވާހަކައަށް ބަލާއިރު، އޮޅުވެލި ލާމް
ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެބިލްތަކަށް ފައިސާ ދެއްކުމަށް އައުމުން ޖޫރިމަނާ ފައިސާ އާއި
އެކުގައި ނޫނީ އެބިލްތަކަށް ފައިސާ ބަލައިނުގަންނާނެކަމަށް އައި.އާރ ސްޓޯރ (އިސްމާޢީލް ރަފީޢު) ގެ ފަރާތުން
ބުނެފައި ނުވާނެކަމަށާއި، ސިވިލްކޯޓުގައި ދަޢުވާ ކުރުމުގެކުރިން އެބިލްތަކަށް ފައިސާ ދެއްކުމަށް އޮޅުވެލި ލާމް
ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެއްވެސް މަސައްކަތެއްވެސް ކޮށްފައި ނުވާކަމަށާއި، އަދި ސިވިލް
ކޯޓްގެ ނަންބަރު 2011/Cv-C/1878 ޤަޟިއްޔާގައި ދަޢުވާ ކުރުމުގެ ކުރިން އެތައްގޮތަކުން އެބިލްތަކަށް
ފައިސާ ހޯދުމަށް މަސައްކަތް ކުރެވިފައިވާކަމަށާއި، އެގޮތުން ސިވިލްކޯޓުގައި ދަޢުވާކުރުމުގެ ކުރިން
15 އޯގަސްޓް 2011 ވަނަ ދުވަހު އޮޅުވެލި ލާމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ސިޓީއެއް ފޮނުވާ
20 އޯގަސްޓް 2011 ވަނަ ދުވަހާއި ހަމައަށް ބިލްތަކަށް ދައްކަންޖެހޭ އެންމެހައި ފައިސާ ދެއްކުމަށްވެސް
އެންގިފައިވާކަމަށާއި، ނަމަވެސް އެ އެންގުމަށް އިޖާބަ ނުދިނުމުން ސިވިލް ކޯޓަށް ދަޢުވާ ހުށަހަޅާފައިވަނީ
20 ސެޕްޓެމްބަރ 2011 ގައި ކަމަށް އައި.އާރ ސްޓޯރ (އިސްމާޢީލް ރަފީޢު) ގެ ފަރާތުން ބުނާ ބުނުން
ސާބިތުވާފަދަ ލިޔެކިޔުންތައް މިޤަޟިއްޔާއާއި ގުޅިގެން ހުށަހެޅިފައިވާއިރު،
ސިވިލް ކޯޓްގެ ނަންބަރު 2011/Cv-C/1878 ޤަޟިއްޔާގައި އައި.އާރ ސްޓޯރ
(އިސްމާޢީލް ރަފީޢު) ގެ ފަރާތުން ދަޢުވާކުރުމަށް އެދި ހުށަހެޅުމުގެ ކުރިން އަދި އެޤަޟިއްޔާގައި އައި.އާރ
ސްޓޯރ (އިސްމާޢީލް ރަފީޢު) ގެ ފަރާތުން ކުރި ދަޢުވާގައި އެތާރީޚެއްގެ ނިޔަލަށް ޖޫރިމަނާ ފައިސާގެ ހިސާބު
ހަދާފައިވާ 20 އޯގަސްޓް 2011 ގެ ތާރީޚްގެ ކުރިން އެފައިސާ ދެއްކުމަށް އޮޅުވެލި ލާމް ހޯލްޑިންގްސް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މަސައްކަތްކޮށްފައިވާކަމާއި، އެފަދައިން އެމަސައްކަތް ކުރުމުން އައި.އާރ
ސްޓޯރ (އިސްމާޢީލް ރަފީޢު) އިން ޖޫރިމަނާ ފައިސާއާއި އެކުގައި ނޫނީ އެބިލްތަކަށް ފައިސާ ބަލައި ގަތުމަށް
އިންކާރުކޮށްފައިވާކަން ޝަރީޢަތަށް ސާބިތުވާފަދަ އެއްވެސް ހެއްކެއް ޝަރީޢަތަށް ހުށަހެޅިފައިނުވާކަމާއި،
ސިވިލް ކޯޓްގެ ނަންބަރު 2011/Cv-C/1878 ޤަޟިއްޔާގައި އެ ބިލްތަކެއްގެ ފައިސާ އާއި
އެބިލްތަކެއްގެ ފައިސާ ނުދެއްކުމުގެ ސަބަބުން އަރަމުންދިޔަ ޖޫރިމަނާ ފައިސާ ހޯދުމަށް އައި.އާރ ސްޓޯރ
(އިސްމާޢީލް ރަފީޢު) ގެ ފަރާތުން ހުށަހެޅި ދަޢުވާގައި ހިމެނޭ ބިލްނަންބަރ 152/2011، 195/2011
# 23,
ދިވެހިރާއްޖެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
325ވއަން
14
2012/HC-A/238
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
210/2011 އަދި 220/2011
04 ބިލްގައި ހިމެނޭ މުދަލުގެ އަގުގެ ޖުމްލަތަކާއި، އަދި އެއިން ކޮންމެ
ބިލަކަށް ފައިސާ ދެއްކުމަށް ދެވިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުން ޖޫރިމަނާ އަރަމުން ގޮސްފައިވާގޮތް
އަންގައިދޭ ލިޔުމެއް އައި.އާރ ސްޓޯރ (އިސްމާޢީލް ރަފީޢު) ގެ ފަރާތުން ހައިކޯޓުގެ މިޤަޟިއްޔާއާއި ގުޅިގެން
ހުށަހަޅާފައިވާކަމާއި، އަދި އެ ލިޔުން އޮޅުވެލި ލާމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ޝަރީޢަތުގެ ފަރާތުން
ދިނުމަށްފަހު، އެލިޔުންތަކުގައި އެ ހަތަރު ބިލްގެ ފައިސާއާއި، އެފައިސާ ނުދެއްކުމުން ޖޫރިމަނާ އަރާފައިވާގޮތުގެ
ހިސާބު ހެދުމުގައި އެއްވެސް މައްސަލައެއްވާނަމަ އެކަން ޝަރީޢަތަށް ބަޔާންކޮށްދިނުމަށް ޝަރީޢަތުގެ ފަރާތުން
އެދުމުން، އެލިޔުންތަކުން އެފަދަ އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވާކަމަށް އެލިޔުން ދިރާސާ ކުރުމަށްފަހު
އޮޅުވެލި ލާމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަން
ފާހަގަކުރެވޭކަމާއި،
އެކުންފުނީން ފާހަގަކުރާ ހަމައެކަނި ނުކުތާއަކީ، އިޝާރާތް ކުރެވިފައިވާ ބިލްތަކުގައިވާ
ޖޫރިމަނާގެ ވާހަކައަކީ އެކުންފުންޏާއި ވާހަކަ ދައްކައިގެން އެކުންފުނިން އެކަމާ އެއްބަސްވެގެން ހިމަނާފައިވާ
ކަމަކަށްނުވާތީ، އެޖޫރިމަނާ ފައިސާއަކީ އެކުންފުނިން ދައްކަންޖެހޭ ފައިސާއެއް ނޫންކަމަށްބުނެ ފާހަގަކޮށްފައިވާ
ނުކުތާކަމާއި، އެހެންކަމުން އިސްވެ ބަޔާންކުރެވިފައިވާ ނުކުތާތަކުގައި
ޝަރީޢަތުން ޖަވާބު
ދެވިފައިވާކަމާއި،
އިސްވެ ލިޔުމަށްބަލާއިރު، އައި.އާރ ސްޓޯރ (އިސްމާޢީލް ރަފީޢު) ގެ ފަރާތުން
އޮޅުވެލި ލާމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފައިވާ ނަންބަރު 152/2011 ބިލްގައިވާ ތާރީޚަކީ
08 މާރޗް 2011 ކަމާއި، އެބިލްގައިވާ މުދާ ކްރެޑިޓަށް ދޫކުރެވިފައިވާ މުއްދަތަކީ 15 ދުވަސް ކަމާއި، އެ
މުއްދަތު ހަމަވިއިރު އެބިލްގައިވާ ފައިސާ ދައްކާފައިނުވާތީ، އެބިލްގައި ލިޔެފައިވާފަދައިން ޖޫރިމަނާ ކުރަން
ފަށާފައިވަނީ 22 މާރޗް 2011 ވަނަ ދުވަހުން ފެށިގެން ކަމާއި، އަދި އެބިލަށް ޖޫރިމަނާ ކޮށްފައިވަނީ ބިލްގެ
ޖުމްލަ ފައިސާގެ ޢަދަދުން ދުވާލަކަށް %2 އިންސައްތައިގެ ރޭޓުން 20 އޯގަސްޓް 2011 ގެ ނިޔަލަށްވާ 151
ދުވަހަށްކަމާއި، އެއީ ސިވިލް ކޯޓްގެ ނަންބަރު 2011/Cv-C/1878 ޤަޟިއްޔާ ގައި އައި.އާރ ސްޓޯރ
(އިސްމާޢީލް ރަފީޢު) އިން ދަޢުވާ ހުށަހެޅި ތާރީޚް ކަމުގައިވާ 20 ސެޕްޓެމްބަރ 2011 ގެ އެއްމަސް ދުވަސް
ކުރީގެ ތާރީޚެއް ކަމާއި، އެބިމުގައިވާ މުދަލުގެ އަގުގެ ޖުމްލައަކީ -/
3331500ރ.(ތިންލައްކަ ތިރީސް ތިންހާސް
ފަސްސަތޭކަ) ރުފިޔާ ކަމާއި، މި ޢަދަދުގެ %2 އިންސައްތައަކީ -/61670ރ.(ހަހާސް ހަސަތޭކަ ހަތްއި
2 2 4 2 2 42
ه0ނP/1ނ
*
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
15
2012/HC-A/238
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
142
ރުފިޔާ ކަމާއި، އެހެންކަމުން 151 ދުވަހަށް އެބިލުގެ ޖޫރިމަނާގެ ގޮތުގައި -/170'1007ރ. (އެއްމިލިޔަން
ހަތްހާސް އެއްސަތޭކަ ހަތްދިހަ ރުފިޔާ އަރާފައިވާކަމާއި،
މީގެއިތުރުން އައި.އާރ ސްޓޯރ (އިސްމާޢީލް ރަފީޢު) ގެ ފަރާތުން އޮޅުވެލި ލާމް ހޯލްޑިންގްސް
ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފައިވާ ނަންބަރު 195/2011 ބިލަށް ބަލާއިރު، އެބިލް ކުރެވިފައިވާ ތާރީޚަކީ
17 މާރޗް 2011 ކަމާއި، އެބިލްގައިވާ މުދާ ކްރެޑިޓަށް ދޫކުރެވިފައިވާ މުއްދަތަކީ 15 ދުވަސް ކަމާއި، އެ
މުއްދަތު ހަމަވިއިރު އެބިލްގައިވާ ފައިސާ ދައްކާފައިނުވާތީ، އެބިލްގައި ލިޔެފައިވާފަދައިން ޖޫރިމަނާ ކުރަން
ފަށާފައިވަނީ 01 އޭޕްރީލް 2011 ވަނަ ދުވަހުން ފެށިގެން ކަމާއި، އަދި އެބިލަށް ޖޫރިމަނާ ކޮށްފައިވަނީ ބިލްގެ
ޖުމްލަ ފައިސާގެ ޢަދަދުން ދުވާލަކަށް %2 އިންސައްތައިގެ ރޭޓުން 20 އޯގަސްޓް 2011 ގެ ނިޔަލަށްވާ 142
ދުވަހަށްކަމާއި، އެބިމުގައިވާ މުދަލުގެ އަގުގެ ޖުމްލައަކީ -/
357050ރ.(ތިއްލައްކަ ފަންސާސް ހަތްހާސް
ފަންސާސް) ރުފިޔާ ކަމާއި، މި ޢަދަދުގެ %2 އިންސައްތައަކީ -/71141 ރ.(ހަތްހާސް އެއްސަތޭކަ ސާޅީސް
އެކެއް) ރުފިޔާ ކަމާއި،
އެހެންކަމުން ދުވަހަށް އެބިލުގެ
އެބިލުގެ ޖޫރިމަނާގެ ގޮތުގައި
-10140224ރ. (އެއްމިލިޔަން ސާދަހާސް ބާވީސް) ރުފިޔާ އަރާފައިވާކަމާއި،
އަދި އައި.އާރ ސްޓޯރ (އިސްމާޢީލް ރަފީޢު) ގެ ފަރާތުން ހުށަހަޅާފައިވާ ތިންވަނަ ބިލަށް
ބަލާއިރު، އެބިލަކީ ނަންބަރު 210/2011 ބިލްކަމާއި، ބިލް ކުރެވިފައިވާ ތާރީޚަކީ 31 މާރޗް 2011 ކަމާއި،
އެބިލްގައިވާ މުދާ ކްރެޑިޓަށް ދޫކުރެވިފައިވާ މުއްދަތަކީ 15 ދުވަސް ކަމާއި، އެ މުއްދަތު ހަމަވިއިރު
އެބިލްގައިވާ ފައިސާ ދައްކާފައިނުވާތީ، އެބިލްގައި ލިޔެފައިވާފަދައިން ޖޫރިމަނާ ކުރަން ފަށާފައިވަނީ 15
އޭޕްރީލް 2011 ވަނަ ދުވަހުން ފެށިގެން ކަމާއި، އަދި އެބިލަށް ޖޫރިމަނާ ކޮށްފައިވަނީ ބިލްގެ ޖުމްލަ ފައިސާގެ
ޢަދަދުން ދުވާލަކަށް %2 އިންސައްތައިގެ ރޭޓުން 20 އޯގަސްޓް 2011 ގެ ނިޔަލަށްވާ 128 ދުވަހަށްކަމާއި،
އެބިމުގައިވާ މުދަލުގެ އަގުގެ ޖުމްލައަކީ -/
300200ރ.(ތިންލައްކަ ދުއިސައްތަ) ރުފިޔާ ކަމާއި، މި ޢަދަދުގެ
2
% އިންސައްތައަކީ -/6004ރ.(ހަހާސް ހަތަރު) ރުފިޔާ ކަމާއި، އެހެންކަމުން 128 ދުވަހަށް އެބިލުގެ
ޖޫރިމަނާގެ ގޮތުގައި -/7681512 ރ. (ހަތްލައްކަ ފަސްދޮޅަސް އަށްހާސް ފަސްސަތޭކަ ބާރަ) ރުފިޔާ
އަރާފައިވާކަމާއި،
އަދި ހަތަރުވަނަ ބިލްކަމުގައިވާ ބިލް ނަންބަރު 220/2011 އަށް ބަލާއިރު، ބިލް ކުރެވިފައިވާ
ތާރީޚަކީ 04 އޭޕްރީލް 2011 ކަމާއި، އެބިލްގައިވާ މުދާ ކްރެޑިޓަށް ދޫކުރެވިފައިވާ މުއްދަތަކީ 15 ދުވަސް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
16
2012/HC-A/238
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ހއ 2
3
4
3
2
ބނީކ /ވން
ކަމާއި، އެ މުއްދަތު ހަމަވިއިރު އެބިލްގައިވާ ފައިސާ ދައްކާފައިނުވާތީ، އެބިލްގައި ލިޔެފައިވާފަދައިން ޖޫރިމަނާ
ކުރަން ފަށާފައިވަނީ 19 އޭޕްރީލް 2011 ވަނަ ދުވަހުން ފެށިގެން ކަމާއި، އަދި އެބިލަށް ޖޫރިމަނާ
ކޮށްފައިވަނީ ބިލްގެ ޖުމްލަ ފައިސާގެ ޢަދަދުން ދުވާލަކަށް %2 އިންސައްތައިގެ ރޭޓުން 20 އޯގަސްޓް 2011
ގެ ނިޔަލަށްވާ 124 ދުވަހަށްކަމާއި، އެބިމުގައިވާ މުދަލުގެ އަގުގެ ޖުމްލައަކީ -/
379350ރ.(ތިންލައްކަ
ހަތްދިހަ ނުވަހާސް ތިންސަތޭކަ ފަންސާސް) ރުފިޔާ ކަމާއި، މި އަދަދުގެ %2 އިންސައްތައަކީ -/
7587ރ.
(ހަތްހާސް ފަސްސަތޭކަ އަށްޑިހަ ހަތެއް) ރުފިޔާ ކަމާއި، އެހެންކަމުން 124 ދުވަހަށް އެބިލުގެ ޖޫރިމަނާގެ
ގޮތުގައި -/
9409788ރ.(ނުވަލައްކަ ސާޅީސް ހާސް ހަތްސަތޭކަ އަށްޑިހަ އަށެއް) ރުފިޔާ އަރާފައިވާކަމާއި،
މިކަންކަން އައި.އާރ ސްޓޯރ (އިސްމާޢީލް ރަފީޢު) ގެ ފަރާތުން ހުށަހަޅާފައިވާ އިސްވެ
ލިޔެކިޔުންތަކުން ޝަރީޢަތަށް ސާބިތުވެއެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު އެންމެހައި ސަބަބުތައް އެފަދައިން
ހުރުމާއެކު، ސިވިލް ކޯޓްގެ ނަންބަރު 2011/Cv
-
C/1878 ޤަޟިއްޔާގައި ލ.މާވަށް! ވިކްޓްރީ ހައުސް،
އިސްމާޢީލް ރަފީޢު ކުޅަ ދަޢުވާ ބައްލަވާ ކުރައްވާފައިވާ ޙުކުމުގައި، އެދަޢުވާގައި ހިމެނޭ ބިލްތަކަށް
އެއްބަސްވެފައިވާ ގޮތުގައި މަތިން ފައިސާ ނުދެއްކުމުން ކޮށްފައިވާ ޖޫރިމަނާ ފައިސާ ޝަރީޢަތުން ނަގައިދެވެން
ނެތްކަމަށް ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުމަށް ބަދަލު ގެންނަންޖެހޭނެ ކަމަށް މިމައްސަލަ ބެލި ހައިކޯޓުގެ
ފަނޑިޔާރުންނަށް އިއްތިފާޤު ވެވިފައެއެވެ.
ޙުކުމް:
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތައް އެގޮތުގެ މަތިން
ހުރުމާއެކު ސިވިލް ކޯޓްގެ ނަންބަރު 2011/Cv-C/1878 ޤަޟިއްޔާގައި ލ.މާވަށް ވިކްޓަރީހައުސް،
އިސްމާޢީލް ރަފީޢު (ދ.ރ. ކާޑު ނަންބަރު: A095443) ކުޅަ ދަޢުވާ ބައްލަވާ ކުރައްވާފައިވާ ޙުކުމުގައި
އެދަޢުވާގައި ހިމެނޭ ބިލްތަކަށް އެއްބަސްވެފައިވާ ގޮތުގެ މަތިން ފައިސާ ނުދެއްކުމުން ކޮށްފައިވާ ޖޫރިމަނާ
ފައިސާ ޝަރީޢަތުން ނަގައިދެވެން ނެތްކަމަށް ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުން ބާޠިލްކުރުމާއެކުމީ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
17
2012/HC-A/238
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ހައިކޯޓުގެ މިޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 04 ވަނަ ނަންބަރުގެ (ނ) ގައި ބަޔާންކުރެވިފައިވާ
ސަބަބުތަކަށް ރިޢާޔަތްކޮށް އެއްބަސްވެފައިވާ ގޮތުގެ މަތިން އެބިލްތަކަށް ފައިސާ ނުދެއްކުމުން ކޮށްފައިވާ
ޖޫރިމަނާ ފައިސާއަކީ ޤާނޫނީ ހަމަތަކުގެ މަތީން ނަގައިދެވޭނެ ފައިސާއެއްކަމުގައި ކަނޑައަޅައި، ހައިކޯޓުގެ
މިޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 04 ވަނަ ނަންބަރުގެ (ރ) ގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިން
އެ 04 ބިލަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުގެ ސަބަބުން 20 އޯގަސްޓް 2011 ގެ ނިޔަލަށް އަރާފައިވާ
ޖޫރިމަނާ ފައިސާ، އެކު ޖުމްލަ -/7309492'3ރ. (ތިންމިލިޔަން ހަތްލައްކަ ތިރީސްހާސް ހަތަރުސަތޭކަ
ނުވަދިހަ ދެ ރުފިޔާ) އަކީ އޮޅުވެލި ލާމު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ދައްކަންޖެހޭ
ފައިސާއެއްކަމަށް ކަނޑައަޅައި، މިފައިސާ ލ.މާވަށް ވިކްޓަރީހައުސް، އިސްމާޢީލް ރަފީޢު (ދ.ރ.ކާޑް ނަންބަރު:
A095443) އަށް ލިބިދިނުމަށްޓަކައި، މިއަދު (27 މެއި 2013) ން ފެށިން މަސްހަމަކޮށް، ކޮންމެ މަހަކު
/
414499ރ. (ހަތަރުލައްކަ ސާދަހާސް ހަތަރުސަތޭކަ ނުވަދިހަ ނުވަ ރުފިޔާ) ސިވިލްކޯޓަށް ދައްކާ
ޚަލާޞްކުރުމަށް އޮޅުވެލި ލާމު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް އަށް އަންގާ ޙުކުމްކޮށްފީމެވެ.
ދިވެހިރާއްa
ހައިކޯޓް
ދިވެހިވެއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv