ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/188 ޤަޟިއްޔާގެ ޙުކުމް
c
1
2008/HC-A/188
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ކޯޓު
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރ: 188/HC
-
A/2008
، އިސްތިއުނާފުކުރި ފަރާތް:
ނަން: ނަޒާކީ ސާރވިސަސް
* ޕާސްޕޯޓް ނަންބަރ: -
ވަކީލު:
* ދާއިމީ އެޑްރެސް: -
މިހާރުގެ އެޑްރެ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޒަރީނާ ޢަލީ
އައިޑީ ކާޑު ނަންބަރ. -
ދާއިމީ އެޑްރެސް: ލ. ކަފިޔާވިލު
މިހާރުގެ އެޑްރެސް: މ. އަޙްމަދީއާބާދު
• ހުށަހެޅުނު ތާރީޚް: 21 ޖުމާދުލްއާޚިރު 1429
ނިމުނު ތާރީޚް: 06 ރަބީޢުލްއާޚިރު 1431
މާރޗް
25
2008
22
2010
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2007/MC/1562
ނިންމެވިކޯޓް: މަދަނީކޯޓް
އެއްގޮތަށް ޢަމަލުކުރުން
ހުށަހެޅުނުތާރީޚް: 2007-09-18 ނިމުނު ތާރީޚް: 2008-04-22
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2
2008/HC-A/188
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީކޯޓުގެ ނަންބަރު 2007/MC/1562 ގެ ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ
ގޮތާމެދު ހިތްހަމަ ނުޖެހޭކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށް ދެއްވުން އެދި ނަޒާކީ
ސަރވިސަސް ޕވޓ ލޓޑ މ. ހަދުވަރީނާޒް (ފަސްޓްފްލޯ) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ.
occo
ފާހަގަކުރެވުނު ނުކުތާތައް
މަދަނީކޯޓުގެ ނަންބަރު 2007/MC/1562 ގެ ޤަޟިއްޔާގެ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓުގެ
މައްޗަށާއި ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުގެ ދައްކާފައިވާ ވާހަކަތަކުގެ މައްޗަށާއި
މިމައްސަލައާގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުންބަލާއިރު އަންނަނިވި ކަންތައްތަކަށް ފާހަގަކުރެވިފައިވެއެވެ.
• ފުރަތަމަކަމަކީ، މަދަނީކޯޓުގެ ނަންބަރު 2007/MC/1562 ގެ ޤަޟިއްޔާގެ
ދަޢުވާގައި އިޝާރާތްކޮށްފައިވާ މ. ކަފިޔާވިލާ ޒަރީނާ ޢަލީއާއި ނަޒާކީ ސާރވިސަސް ޕްރައިވެޓް
ލިމިޓެޑާއިދެމެދު 2007/1/27 ދުވަހު ކުރެވިފައިވާކަމަށް މިދެފަރާތުން ބުނާ މިމައްސަލައިގެ
ޝަރީޢަތަށް ހުށަހެޅިފައިވާ އެގްރިމަންޓަށް ބަލާއިރު މިއެގްރިމަންޓަކީ މ. ކަފިޔާވިލާ ޒަރީނާ ޢަލީގެ
ނަމުގައި ރަޖިސްޓްރީކޮށްފައިވާ އިވެޔޮމަގާ އިންވެގެން އިރަށް އޮންނަ މ. ފިޔާވިލުއެވެ ކިޔާ
ބަންޑާރަގޯތީގެ 905 އަކަފޫޓުގެ އޭރިޔާގެ ބިމުގައި ނަޒާކީ ސާރވިސަސް ޕްރައިވެޓް ލިމިޓެޑުގެ
އަމިއްލަ ޚަރަދުގައި 08 (އަށެއް) ބުރިއިމާރާތެއް ހެދުމަށްފަހު ޢިމާރާތުގެ 05 (ފަހެއް) ބުރި ނަޒާކީ
ސާރވިސަސް ޕްރައިވެޓް ލިމިޓެޑްއަށް ކުއްޔަށް ދިނުމަށްޓަކައި ޢިމާރާތުގެ ވެރިފަރާތުގެ
ޙައިޘިއްޔަތުން ޒަރީނާ ޢަލީއާއި، ކުއްޔަށް ހިފިފަރާތުގެ ޙައިޘިއްޔަތުން ނަޒާކީ ސާރވިސަސް
ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ކުރެވިފައިވާ އެގްރިމެންޓެއްކަން މިއެގްރިންޓުގެ 1 ވަނަ
މާއްދާއިންއެނގޭ ކަމާއި، މިއެގްރިނަމްޓުގެ 10 ވަނަ މާއްދާގައި މިއެގްރިމަންޓް މަދަނީކޯޓުގައި
ރަޖިސްޓްރީ ކުރާތާ 31 ދުވަސް ހަމަވާ ދުވަހުންފެށިގެން މިއެގްރިމެންޓުގައި ބަޔާންކުރާ ޢިމާރާތް
ފުރިހަމަކޮށް ނިންމުމަށް 01 އަހަރާއި 06 މަސްދުވަސް ދިނުމަށް ޢިމާރާތުގެ ވެރިފަރާތުން
އެއްބަސްވާކަމަށް ބަޔާންކޮށްފައިވާކަމާއި، މިއެގްރިމަންޓުގެ 15 ވަނަ މާއްދާގައި މިއެގްރިމަންޓްގެ
މުއްދަތަކީ މީލާދީން 2007 ފެބްރުއަރީ 1 ވަނަ ދުވަހުން ފެށިގެން 2012 ޖެނުއަރީ 31 ދުވަހުގެ
ނިޔަލަށް 15 އަހަރުދުވަސްކަމަށް ބަޔާންކުރެވިފައިވާކަމާއި، މިއެގްރިމަންޓަކީ ޖުމްލަ 09 (ނުވަ)
1
05 ހ އ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
3
2008/HC-A/188
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
0
ޞަފްޙާގެ މައްޗަށް އެކުލެވިފައިވާ، އަދި 43 މާއްދާގެ މައްޗަށް އެކުލެވިފައިވާ އެގްރިންޓެއް ކަމާއި
މިކަންކަން މިއެގްރިންޓަށް ބެލުމުން އެނގެން އޮންނައޮތުމެވެ.
• ދެވަނަކަމަކީ މަދަނީކޯޓްގެ ނަންބަރު 2007/MC/1562 ގެ ޤަޟިއްޔާގައި ޒަރީނާ
ޢަލީކޮށްފައިވާ ދަޢުވާގައި، ޒަރީނާ ޢަލީއާއި ނަޒާކީސާރވިސަސް ޕްރައިވެޓް ލިމިޓަޑް މިދެފަރާތުގެ
ދެމެދުގައި 2007/1/27 ދުވަހު ކުރެވިފައިވާ ބުނެވުނު އެގްރިމަންޓާ އެއްގޮތަށް ޢަމަލުކުމަށް
ނަޒާކީސާރވިސަސް ޕްރައިވެޓް ލިމިޓެޑަށް އަންގައި ކޯޓުން އަމުރުކޮށްދެއްވުމަށް އެދިފައިވީނަމަވެސް
މިމައްސަލައާގުޅިގެން ޒަރީނާ ޢަލީގެ ފަރާތުން 2009/05/14 ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހަށް ދީފައިވާބަޔާނުގައި މިއެގްރިމަންޓުގެ ދަށުން ނަޒާކީސާރވިސަސްއިން
ކޮށްފައިހުރި ޚަރަދުތައް އެފަރާތަށްދީ މިއެގްރިމަންޓް ނިމުމަކަށް ގެނައުމަށް ޒަރީނާ ޢަލީވެސް މިހާރު
ބޭނުން ވާކަމަށް ޞަރީޙަބަހުން ބުނެފައިވާކަން އެނގެންއޮންނައޮތުމެވެ.
ތިނަވަނަކަމަކީ، މަދަނީކޯޓުގެ ނަންބަރު 2007/MC/1562 ގެ ޤަޟިއްޔާއަކީ
ބުނުވުނު އެގްރިމަންޓްގެ ދަށުން ނަޒާކީސާރވިސަސްގެ ފަރާތުން މ. ކަފިޔާވިލުގައި ކޮށްފައިވާ
މަސައްކަތުގެ މިންވަރު ބައްލަވައި އެމަސައްކަތުގެ އަގާމެދު ވަކިގޮތަކަށް ނިންމެވުމެއް ނިންމަވައި
ޙުކުމެއް ކުރެއްވި ޤަޟިއްޔާއަކަށްނުވާތީ މައްސަލަތައް އިސްތިޢުނާފުކުރުމުގެ ޤާނޫނީ ޢުސޫލުތައް
ނިޔާކުރާގޮތުން ބުނުވެނު މިދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ އެގްރިމަންޓުގެ ދަށުން މ.
ކަފިޔާވިލުގައި ނަޒާކީސާރވިސަސްއިން ކޮށްފައިވާ މަސައްކަތުގެ އަގުގެ މިންވަރާއި އަދި އެފައިސާ
ދައްކަންޖެހޭގޮތާއި މިކަންކަމަކީ، ހައިކޯޓުގެ މިޤަޟިއްޔާގެ އިސްތިޢުނާފް މަރުޙަލާގައި ބެލެވޭނެ
ކަންތައްތަކެއް ނޫންކަން އެނގެން އޮންނައޮތުމެވެ.
•ހަތަރުވަނަކަމަކީ، އިސްވެބަޔާން ކުރެވިދިޔަކަންކަން މިބަޔާންކުރެވިދިޔަ ގޮތުގެމަތިން
ހުރުމާއެކު ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ ބެލިފަނޑިޔާރުންނަށް އެއްބަސްވެވިފައިވަނީ
މަދަނީކޯޓުގެ ނަންބަރު 2007/MC/1562 ގެ ޤަޟިއްޔާ
ކުރައްވާފައިވާ ޙުކުމަށް
ބަދަލުގެންނަން
ރަން ޖެހޭކަމަށެވެ.
މަދަނީ
އިސްވެދިޔަ ސަބަބުތަކާއި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް
ކޯޓްގެ ނަންބަރު 2007/MC/1562 ގެ ޤަޟިއްޔާގައި ކަފިޔާވިލު
އަޙްމަދީއާބާދު ޒަރީނާ ޢަލީ ކޮށްފައިވާ ދަޢުވާގައި ޒަރީނާ ޢަލީ އާއި ނަޒާކީސާރވިސަސް ޕްރައިވެޓް
ލިމިޓެޑާއި ދެމެދު 2007/1/27 ގައި ކުރެވިފައިވާ އެގްރިމަން
ޢަމަލުކުރުމަށް
04 ހ4
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2008/HC-A/188
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009/05/14
ނަޒާކީސާރވިސަސް ޕްރައިވެޓް ލިމިޓެޑަށް އަންގަވައި ކޯޓުން އަމުރުކޮށްދެއްވުމަށް އެދިފައި
ވީނަމަވެސް މިމައްސަލައާއި ގުޅިގެން ޒަރީނާ ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހަށް
ދުވަހު ދީފައިވާބަޔާނުގައި މިއެގްރިމަންޓްގެ ދަށުން ނަޒާކީ
ސާރވިސަސްއިން ކޮށްފައިވާ ޚަރަދުތައް އެފަރާތަށްދާ މިއެގްރިމަންޓް ނިމުމަކަށް ގެނައުމަށް ޒަރީނާ
ޢަލީވެސް މިހާރު ބޭނުންވާކަމަށް ޞަރީޙަބަހުން ބުނެފައި ވަތީ
މަދަނީ ކޯޓްގެ ނަންބަރު 2007/MC/1562 ގެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލު
ކުރަންޖެހޭނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ ބެލިފަނޑިޔާރުންގެ މަޖިލީހަށް
އިއްތިފާޤުވެވުނުހިނދު އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުން
މިމައްސަލަބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލްކޮށް މިޤަޟިއްޔާ ނިންމީއެވެ.
OXO
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ
.
އަދި އެ
ޙަމީދު
އާދަމް މުޙައްމަދު ޢަބްދު
(ފަނޑިޔާރު)
އަޙްމަދު ޝަރީފް ޢަލީ
(ފަނޑިޔާރު)
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv