ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-I-K/02 ޤަޟިއްޔާގެ ޙުކުމް
1
2011/HC-I-K02
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރ: 02/HC
-
I
-
K/2011
މައްސަލަ ހުށަހެޅި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
• މައްސަލަ ރައްދުވި ފަރާތް:
ނަން: މުޙައްމަދު ޢާރިފް
އައިޑީ ކާޑު ނަންބަރ: A070115
* ދާއިމީ އެޑްރެސް: ލ. އިސްދޫ ސީސައިޑް
އެޑްރެސް: ލ. އިސްދޫ ސީސައި
45
ހުށަހެޅުނު ތާރީޚް: 16 މާޗް 2011
ނިމުނު ތާރީޚް: 17 މާޗް 2011
• ޤަޟިއްޔާގެ ބާވަތް: އިންތިޚާބީ ކުށް
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް
• ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު އަޙްމަދު ޝަރީފު ޢަލީ، ފަނޑިޔާރު ޔޫސުފު ޙުސައިން
*
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW highcourt.gov.mv
2011/HC-I-K02
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދަޢުވާގެ ޚުލާޞާ
މިއީ، ލ. އިސްދޫ ސީސައިޑް މުޙައްމަދު ޢާރިފްގެ މައްޗަށް ޢާއިލާއާބެހޭ ކޯޓުގެ ނަންބަރު
2002/AC/967 ޤަޟިއްޔާއިން ސާބިތުވެފައިވާ ދަރަނި، ޙުކުމާ އެއްގޮތަށް ދައްކަމުން ނުގޮސް، 5
ފެބުރުއަރީ 2011 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބު 2011 އަށް
ކުރިމަތި ލުމުގެ ގޮތުން، އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ”ލޯކަލް ކައުންސިލްތަކުގެ މެމްބަރު ކަމަށް
ކުރިމަތިލުމަށް އެދޭ ފޯމު“ ގައި މުޙައްމަދު ޢާރިފް އަކީ ޤާނޫނު ނަންބަރު 10/2010 (ލޯކަލް
ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު)ގެ 12 ވަނަ މާއްދާގައި ބުނެފައިވާ ޝަރުޠުތައް ފުރިހަމަވެފައިވާ
މީހެއްކަމަށާއި، އެ ފޯމުގައިވާ މަޢުލޫމާތުތަކަކީ ޞައްޙަ މަޢުލޫމާތު ކަމަށް އިޤްރާރުވެ އިންތިޚާބަށް ކުރިމަތި
ލުމުގެ ގޮތުން ދޮގު މަޢުލޫމާތު ދީފައިވާ ކަމަށްބުނެ، ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ
ޤާނޫނު) ގެ 74 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާ ޙަވާލާދީ، އެ ޤާނޫނުގެ 74 ވަނަ މާއްދާގެ (ށ)
ގެ ދަށުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން، ލ. އިސްދޫ ސީސައިޑް މުޙައްމަދު ޢާރިފްގެ މައްޗަށް
އިންތިޚާބަށް ކުރިމަތިލުމުގެ ގޮތުން ދޮގު މަޢުލޫމާތު ދިނުމުގެ ކުށުގެ ދަޢުވާ، ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
22 ހއ 2
2
2
ހ 24
ހަގަކުރެވުނު
01- ލ. އިސްދޫ ސީސައިޑް މުޙައްމަދު ޢާރިފްގެ މައްޗަށް ޢާއިލާއާބެހޭ ކޯޓުގެ ނަންބަރު
2002/AC/967 ޤަޟިއްޔާއިން ސާބިތުވެފައިވާ ދަރަނި، ޙުކުމާ އެއްގޮތަށް ދައްކަމުން ނުގޮސް، 5
ފެބުރުއަރީ 2011 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބު 2011 އަށް
ކުރިމަތި ލުމުގެ ގޮތުން، އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ލޯކަލް ކައުންސިލްތަކުގެ މެމްބަރު ކަމަށް
ކުރިމަތިލުމަށް އެދޭ ފޯމު“ ގައި މުޙައްމަދު ޢާރިފް އަކީ ޤާނޫނު ނަންބަރު 10/2010 (ލޯކަލް
ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު)ގެ 12 ވަނަ މާއްދާގައި ބުނެފައިވާ ޝަރުޠުތައް ފުރިހަމަވެފައިވާ
މީހެއްކަމަށާއި، އެ ފޯމުގައިވާ މަޢުލޫމާތުތަކަކީ ޞައްޙަ މަޢުލޫމާތު ކަމަށް އިޤްރާރުވެ އިންތިޚާބަށް ކުރިމަތި
ލުމުގެ ގޮތުން ދޮގު މަޢުލޫމާތު ދީފައިވާ ކަމަށްބުނެ، ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު
ޤާނޫނު) ގެ 74 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާ ޙަވާލާދީ، އެ ޤާނޫނުގެ 74 ވަނަ މާއްދާގެ (ށ)
*
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW highcourt.gov.mv
2011/HC-I-K02
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
4422ދ
ނުވެވޭނެކަން،
967AC/2002
ގެ ދަށުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން، ލ. އިސްދޫ ސީސައިޑް މުޙައްމަދު ޢާރިފްގެ މައްޗަށް
އިންތިޚާބަށް ކުރިމަތިލުމުގެ ގޮތުން ދޮގު މަޢުލޫމާތު ދިނުމުގެ ކުށުގެ ދަޢުވާ ކޮށްފައިވެއެވެ.
02- އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާ އެއްގޮތަށް އެދަރަނި
އަދާކުރަމުން ނުދާ މީހަކަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ބައިވެރި
ޤާނޫނު ނަންބަރު
10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު)ގެ 12 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ
ނަންބަރުން ރަގަޅަށް އެގެންއޮވެފައި؟
ލޯކަލް ކައުންސިލްތަކުގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ގޮތުން މުޙައްމަދު ޢާރިފް
އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި "ލޯކަލް ކައުންސިލްތަކުގެ މެމްބަރު ކަމަށް ކުރިމަތިލުމަށް އެދޭ ފޯމު“
ގައި މުޙައްމަދު ޢާރިފްއަކީ، ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު)ގެ
12 ވަނަ މާއްދާގައި ބުނެފައިވާ ޝަރުޠުތައް ފުރިހަމަވެފައިވާ މީހެއްކަމަށާއި، އެ ފޯމުގައިވާ މަޢުލޫމާތުތަކަކީ
ޞައްޙަ މަޢުލޫމާތު ކަމަށް އިޤްރާރުވެ އެފޯމުގައި ސޮއިކޮށްފައިވާ ކަން އެނގެންއޮވެއެވެ.
03- މުޙައްމަދު ޢާރިފްގެ މައްޗަށް ޢާއިލާއާބެހޭ ކޯޓުގެ ނަންބަރު
ޤަޟިއްޔާއިން ސާބިތުވެފައިވާ ދަރަނި، ޙުކުމާ އެއްގޮތަށް ދެއްކިފައިނުވާކަން މުޙައްމަދު ޢާރިފުގެ ބަހުންނާއި
ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮވެއެވެ.
04- ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ
ބެހޭ ޢާންމު ޤާނޫނު)ގެ 74 ވަނަ މާއްދާގެ
(ހ) ގައި ބުނެފައިވާފަދަ ޢަމަލެއް ކުރުމުގެ ސަބަބުން ކުށްވެރިވެއްޖެ މީހެއްގެ އަދަބަކީ، އެމީހަކު ކުރި
ޢަމަލެއްގެ ކުޑަ ބޮޑުމިނަށް ބަލައި، 1 (އެކެއް) އަހަރު ދުވަހާއި 4 (ހަތަރެއް) އަހަރު ދުވަހާ ދެމެދުގެ
މުއްދަތަކަށް ޖަލަށްލުން، ނުވަތަ 12000.00ރ. (ބާރަހާސްރުފިޔާ) އާއި 48000.00ރ. (ސާޅީސް
އަށްހާސްރުފިޔާ) އާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުންކަން، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 74 ވަނަ
މާއްދާގެ (ށ) އިން އެނގެން އޮވެއެވެ.
05- ޢުޤޫބާތެއްގެ ގޮތުން ކުރާ ޖޫރިމަނާއަކީ 1000.00ރ. (އެއްހާސް ރުފިޔާ) އަށްވުރެ ބޮޑު
ޢަދަދެއްނަމަ އެފައިސާ ދެއްކުމަށް 1 (އެކެއް) މަސްދުވަހުގެ މުއްދަތެއް ޝަރީޢަތުން ކަނޑައެޅުމަށް
”ޝަރީޢަތް ކުރުމާބެހޭގޮތުން ހެދިފައިވާ ގަވާއިދު 6] ގެ 63 ވަނަ މާއްދާގެ 2 ވަނަ ނަންބަރުގައި
ބަޔާންކޮށްފައިވެއެވެ.
ދ ޏ 24
OXO
*
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW highcourt.gov.mv
2011/HC-I-K02
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޙުކުމް:
ދެންފަހެ، އިސްވެފާހަގަ ކުރެވުނު އެންމެހައި ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް، ލ. އިސްދޫ
ސީސައިޑް މުޙައްމަދު ޢާރިފްގެ މައްޗަށް ޢާއިލާއާބެހޭ ކޯޓުގެ ނަންބަރު 2002/9677AC ޤަޟިއްޔާއިން
ސާބިތުވެފައިވާ ދަރަނި، ޙުކުމާ އެއްގޮތަށް ދައްކަމުން ނުގޮސް، 5 ފެބުރުއަރީ 2011 ވަނަ ދުވަހު ބޭއްވުމަށް
ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބު 2011 އަށް ކުރިމަތި ލުމުގެ ގޮތުން، އިލެކްޝަންސް
ކޮމިޝަނަށް ހުށަހެޅި "ލޯކަލް ކައުންސިލްތަކުގެ މެމްބަރު ކަމަށް ކުރިމަތިލުމަށް އެދޭ ފޯމު“ ގައި މުޙައްމަދު
ޢާރިފަކީ ޤާނޫނު ނަންބަރު 10/2010 ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު)ގެ 12 ވަނަ
މާއްދާގައި ބުނެފައިވާ ޝަރުޠުތައް ފުރިހަމަވެފައިވާ މީހެއްކަމަށާއި، އެ ފޯމުގައިވާ މަޢުލޫމާތުތަކަކީ ޞައްޙަ
މަޢުލޫމާތު ކަމަށް އިޤްރާރުވެ އިންތިޚާބަށް ކުރިމަތި ލުމުގެ ގޮތުން ދޮގު މަޢުލޫމާތު ދީފައިވާކަން މުޙައްމަދު
ޢާރިފްގެ ބަހުންނާއި ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުވާތީ، ޤާނޫނު ނަންބަރު 11/2008
(އިންތިޚާބުތަކާބެއް
ބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 74 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން މުޙައްމަދު
ޢާރިފް ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، މިކުށުގެ އަދަބެއްގެ ގޮތުން ޤާނޫނު ނަންބަރު 11/2008
(އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 74 ވަނަ މާއްދާގެ (ށ) ގެ ދަށުން، މުޙައްމަދު ޢާރިފް
12000.00ރ. (ބާރަހާސް ރުފިޔާ) އިން ޖޫރިމަނާކޮށް، މިފައިސާ މިއަދު (2011 މާޗް 17 ވަނަ ދުވަހު)ން
ފެށިގެން 1 (އެކެއް) މަސްދުވަހުގެ ތެރޭ ދިވެހިރާއްޖޭގެ ހައިކޯޓަށް ދައްކާ ޚަލާޞްކުރުމަށް މުޙައްމަދު
ޢާރިފަށް އަންގާ، ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން
ޙުކުމްކޮށްފީމެވެ.
*
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW highcourt.gov.mv