ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/95 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/95
بماند امرالاسیم
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު:95/HC
-
A/2017
• އިސްތިއުނާފުކުރި ފަރާތް:
* ނަން. އަޙްމަދު ރަޝީދު
ދާއިމީ އެޑްރެސް: ދިލްބަހާރުގެ / ލ.ފޮނަދޫ
އައިޑީކާޑު ނަންބަރު: A011577
މިހާރުގެ އެޑްރެސް: މުތް 3/ ހުޅުމާލެ
އިސްތިއުނާފު ރައްދުވި ފަރާތް:
* ކާ
* ނަން: ޝީޒްލީން
އައިޑީކާޑު ނަންބަރު: A053215
* މިހާރުގެ އެޑްރެސް: މުތް 3/ ހުޅުމާލެ
ދާއިމީ އެޑްރެސް: މާވަހަރު 4/ ހުޅުމާލެ
ނިމުނު ތާރީޚް: 27 ފެބުރުވަރީ 2017
ރަޖިސްޓްރީކުރެވުނު ތާރީޚް: 30 ޖެނުއަރީ 2017
• އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު:
+ ނަންބަރު: 2016/Cv
-
C
-
HD/0049
* ކޯޓު ސިވިލް ކޯޓު
ޤަޟިއްޔާގެ ބާވަތް: ގޯތި ގެދޮރުން މީހުންނާއި މުދާ ނެރުން
* ނިންމެވި ތާރީޚް: 28 ޑިސެމްބަރު 2016
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް،
އިސްފަނޑިޔާރު ޢަބްދުﷲދީދީ،
ފަނޑިޔާރު ޢަބްދުﷲ ޙަމީދު،ވީހިރާއްޖޭގެ
، ހައިކޯއާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯނު: 3325029، ފެކްސް: 3516471/
ވެބް ސައިޓް [email protected]އީމެއިލް
www.highcourt-gov.my
ދިވެހިރާއްޖެ
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/95
•ދަޢުވާގެ ޚުލާ.
މިއީ ސިވިލް ކޯޓުގެ ނަންބަރު 2016/Cv-C-HD/1049 ޤަޟިއްޔާގައި ނިމިފައިވާ ގޮތް
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް، ށ.ފުނަދޫ
ދިލްބަހާރުގެ، އަޙްމަދު ރަޝީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި ދަޢުވާރައްދުވާ ފަރާތަކީ ކ.ހުޅުމާލެ/ މާވަހަރު 04، ޝީޒްލީންއެވެ.
• ފާހަގަ ކުރެވުނު ނުކުތާތައް:
1- ސިވިލް ކޯޓުގެ ނަންބަރު 2016/Cv
-
C
-
HD/0049 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ " ހުޅުމާލެ މާވަހަރު 4 ޝީޒްލީންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ
ހުޅުމާލެ "މާވަހަރު 04" ކިޔާ ޢިމާރާތް ށ.ފުނަދޫ ދިލްބަހާރުގެ އަޙްމަދު ރަޝީދު އަށް ކުއްޔަށް ދީފައިވަނީ
ޝީޒްލީންގެ ދަރިން މީހުންނާއި އިންނަންދެން ޝަރުތުކޮށް އަގަބަހުން ދެފަރާތުގެ ދެމެދު އެއްބަސްވެވިގެން
ކަމަށާއި، ދަރިން މީހުންނާ އިންނަން ވުމުން 03 މަސް ދުވަހުގެ މުހުލަތެއް ދީ ތަން ހުސްކޮށް ދިނުމަށް
އަޙްމަދު ރަޝީދު އަށް އެންގުމުން އެކަމާއި ދެކޮޅު ހަދައި ތަން ހުސްކުރުމަށް އިންކާރުކޮށްފައިވާކަމަށާއި،
ހުޅުމާލެ މާވަހަރު 4 ށ.ފުނަދޫ ދިލްބަހާރުގެ އަޙްމަދު ރަޝީދު އަށް ކުއްޔަށް ދީފައިވަނީ ދެފަރާތުގެ ދެމެދު
އަނގަބަހުން ވެވުނު އެއްބަސްވުމެއްގެ ދަށުން ކަމަށާއި، ލިޔުމުން ދެފަރާތުން ވެފައިވާ ކުލީގެ އެއްބަސްވުމެއް
ނޯންނާނެ ކަމަށާއި، އަދި ކުލީގެ ގޮތުގައި ފުރަތަމަ ނެގީ މަހަކު -/18,000 (އަށާރަހާސް) ރުފިޔާގެ
މަގުންކަމަށާއި، އެފަހުން -/21,000 (އެކާވީސްހާސް) ރުފިޔާއަށް ކުލި ބޮޑު ކުރެވުނުކަމަށާއި،
މިހާތަނަށް ހުޅުމާލެ، މާވަހަރު 4 ޝީޒްލީން އަށް ށ.ފުނަދޫ ދިލްބަހާރުގެ އަޙްމަދު ރަޝީދުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 13316471
ވެބް ސައިޓް [email protected]އީމެއިލް
www.highcourt-gov.my
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/95
2
ބަޔަކާއެކު
ލިބިދެވެންޖެހޭ ކުލި ބަރާބަރަށް ލިބިފައިވާކަމަށް ޝީޒްލީންގެ ފަރާތުން ބުނެ މާވަހަރު 4 ގޯތިން ދަޢުވާ ލިބުނު
އަޙްމަދު ރަޝީދު އާއި އަޙްމަދު ރަޝީދުގެ ފަރާތުން ތިބި ނެރެދިނުމަށް އަޙްމަދު ރަޝީދުގެ
މައްޗަށް ހުޅުމާލެ މާވަހަރު 4 ޝީޒްލީން ދަޢުވާކުރުމުން ބެލުނު ޤާޟީއްޔާއެއްކަން އެނގެން އޮންނަކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ "ދެންފަހެ، އިސްވެދިޔަ ބަޔާންތަކާއި ފާހަގަކުރި
ނުކުތާތަކުގެ މައްޗަށް ބެލުމަށް ފަހު ހުޅުމާލެ. މާވަހަރު 4، ށ.ފުނަދޫ ދިލްބަހާރުގެ އަޙްމަދު ރަޝީދު އަށް
ދީފައިވަނީ 16 ޖަނަވަރީ 2012 މިތާރީޚުން ފެށިގެން 05 އަހަރު ދުވަހުގެ މުއްދަތަށްކަން ހުށަހެޅިފައިވާ
ލިޔުންތަކުން ޝަރީޢަތަށް ސާބިތުވާތީ، މާވަހަރު 4 ކުއްޔަށްހިފި ދަޢުވާލިބޭ އަޙްމަދު ރަޝީދުގެ ފަރާތުން
ދައްކަންޖެހޭ ކުލި ދައްކަމުންދާހާ ހިނދެއްގައި 16 ޖަނަވަރީ 2012 މިތާރީޚުން ފެށިގެން 05 އަހަރު ހަމަވާ
ތާރީޚުކަމުގައިވާ 16 ޖަނަވަރީ 2017 މިތާރިޚުގެ ކުރިން މާވަހަރު 4 ން ދަޢުވާލިބޭ ށ.ފުނަދޫ ދިލްބަހާރުގެ
އަޙްމަދު ރަޝީދުއާއި އަޙްމަދު ރަޝީދުގެ ފަރާތުން ތިބި ބަޔަކާއިއެކު މާވަހަރު 4 ން ނުކުމެ އެތަން ހުޅުމާވެ.
މާވަހަރު 4 ޝީޒްލީން އާއި ޙަވާލުކުރުމަށް ޝަރީޢަތުގެ ފަރާތުން އަންގާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި
ދަޢުވާކުރާ ފަރާތުގެ ޣައިރު ޙާޟިރުގައި ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.
02- ސިވިލް ކޯޓުގެ ނަންބަރު 2016/Cv-C-HD/0049 އެކޯޓުން ނިންމަވާފައިވާ ގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް
ކަމަށް ބުނެ ށ.ފުނަދޫ/ ދިލްބަހާރުގެ، އަޙްމަދު ރަޝީދުގެ ފަރާތުން
އަންނަނިވި ނުކުތާ ހުށަހަޅައި އެނުކުތާއާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަ ދައްކާފައިވެއެވެ.
<< O
ދިވެހިރާއްa
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316477
ވެބް ސައިޓް [email protected]އީމެއިލް
www.highcourt-gov.my
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/95
02
#
0/0)
ހުޅުމާލެ. މާވަހަރު 4، ށ.ފުނަދޫ ދިލްބަހާރުގެ އަޙްމަދު ރަޝީދު އަށް ތަނުގެ ވެރިފަރާތް
ކަމުގައިވާ ޝީޒްލީން އެންމެ ފުރަތަމަ އަނގަ ބަހުން ވެވުނު އެއްބަސްވުމެއްގެ
ވިސްވުމެއްގެ ދަށުން ކުއްޔަށްދީފައިވަނީ
18,000ރ (އަށާރަހާސް) ރުފިޔާގެ ކުއްޔަކަށް 16 ޖަނަވަރީ 2012 އިން ފެށިގެން 5 އަހަރުގެ މުއްދަތަށެވެ.
ނަމަވެސް 4 ޖޫން 2014 ގައި އެ ތަނުގެ ކުލި 18,000 (އަށާރަހާސް) ރުފިޔާއިން 21,000ރ
(އެކާވީސްހާސް) ރުފިޔާ އަށް ބޮޑުހޭ
ބޮޑުކޮށް، ޖޫން 2014 އިން ފެށިގެން 05 އަހަރުގެ ތެރޭގައި
އެއްވެސް ބަދަލެއް
ހުންނާނެކަމަށާއި، ޖޫން 2014 އިން ފެށިގެން އިތުރު 05 އަހަރުގެ މުއްދަތަށް (ޖޫން
2019 ގެ ނިޔަލަށް) ތިބެވޭނެ ކަމަށް އެއްބަސްވެ ތަނުގެވެރިފަރާތުން ލިޔުމެއްގައި ސޮއިކޮށްފައިވާއިރު،
ހުޅުމާލެ މާވަހަރު 4، ށ.ފުނަދޫ ދިލްބަހާރުގެ އަޙްމަދު ރަޝީދުއަށް ގޭގެވެރިފަރާތް ކަމުގައިވާ ޝީޒްލީން
ކުއްޔަށްދީފައިވާ މުއްދަތަކީ 16 ޖަނަވަރީ 2012 އިން ފެށިގެން 16 ޖަނަވަރީ 2017 އަށް ކަމަށް ސިވިލް
ކޯޓުގެ ޙުކުމްގައި ކަނޑައެޅުއްވުން ކަމަށް ބުނެ ހުށަހެޅި ނުކުތާ.
03- ސިވިލް ކޯޓުގެ ނަންބަރު 2016/Cv
-
C
-
HD/0049 ޤަޟިއްޔާ ނިންމަވާފައިވާ
ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ށ.ފުނަދޫ ދިލްބަހާރުގެ، އަޙްމަދު ރަޝީދުގެ ފަރާތުން އިސްތިއުނާފް
ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި
ހި ހއވާ * * * *
ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ: ހުޅުމާލެ! މާވަހަރު 4 ޝީޒްލީން ގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ
"މާވަހަރު 04" ކިޔާ ޢިމާރާތް ށ.ފުނަދޫ ދިލްބަހާރުގެ އަޙްމަދު ރަޝީދު އަށް ކުއްޔަށް
ދީފައިވަނީ
އައިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 332502، ފެކްސް: 316471
ވެބް ސައިޓް [email protected]އީމެއިލް
www.highcourt-gov.my
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/95
077
0
2
0
2
2 ހވ
-/0ނ
ދަރިން މީހުންނާއި އިންނަންދެން ޝަރުތުކޮށް އަނގަބަހުން ދެފަރާތުގެ ދެމެދު އެއްބަސްވެވިގެންކަމާއި، ދަރިން
މީހުންނާއި އިންނަންވުމުން 03 މަސްދުވަހުގެ މުހުލަތެއް ދީ ތަން ހުސްކޮށްދިނުމަށް އަޙްމަދު ރަޝީދު އަށް
އެންގުމުން އެކަމާއި ދެކޮޅުހަދައި ތަންހުސް އިންކާރުކޮށްފައިވާކަމަށާއި، ހުޅުމާލެ "މާވަހަރު 4"،
ށ.ފުނަދޫ/ ދިލްބަހާރުގެ އަޙްމަދު ރަޝީދު އަށް ކުއްޔަށް ދީފައިވަނީ ދެފަރާތުގެ ދެމެދު އަނގަބަހުން ވެވުނު
އެއްބަސްވުމެއްގެ ދަށުން ކަމަށާއި، ލިޔުމުން ދެފަރާތުން ވެފައިވާ ކުލީގެ އެއްބަސްވުމެއް ނޯންނާނެކަމަށާއި، އަދި
ކުލީގެ ގޮތުގައި ފުރަތަމަ ނެގީ މަހަކު -/18,000 (އަށާރަހާސް) ރުފިޔާގެ މަގުން ކަމަށާއި، އޭގެ ފަހުން
-/21,000 (އެކާވީސްހާސް) ރުފިޔާ އަށް ކުލި ބޮޑުކުރެވުނުކަމަށާއި، އަދި މިހާތަނަށް ޝީޒްލީން އަށް
އަޙްމަދު ރަޝީދުގެ ފަރާތުން ލިބިދެވެންޖެހޭ ކުލި ބަރާބަރަށް ލިބިފައިވާކަމަށް ޝީޒްލީންގެ ފަރާތުން ބުނެ
މާވަހަރު 4 ގޯތިން އަޙްމަދު ރަޝީދުއާއި އަޙްމަދު ރަޝީދުގެ ފަރާތުން ތިބި ބަޔަކާއެކު ނެރެދިނުމަށް އަޙްމަދު
ރަޝީދުގެ މައްޗަށް ހުޅުމާލެ! މާވަހަރު 4 ޝީޒްލީން ދަޢުވާކުރުމުން ސިވިލް ކޯޓުން ބައްލަވާފައިވާ
މައްސަލައެއްކަން އެނގޭކަމެވެ.
4 20 0 0
(ށ) ދެވަނަ ކަމަކީ: އަޙްމަދު ރަޝީދުއާއި ޝީޒްލީން އާ ދެމެދު ވެފައިވާ އެއްބަސްވުމަކީ،
16 ޖަނަވަރީ 2012 ވަނަ ދުވަހު 5 އަހަރު ދުވަހުގެ މުއްދަތަށް ހުޅުމާލެ، މާވަހަރު 04، އަޙްމަދު
ރަޝީދުއަށް ކުއްޔަށް ދިނުމަށް، އަނގަބަހުން ވެފައިވާ އެއްބަސްވުމެއް ކަމާއި، އެ އެއްބަސްވުމުގެ މުއްދަތު
2014 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް އިތުރުކޮށްފައިވާކަމަށް
އަޙްމަދު ރަޝީދުގެ ފަރާތުން ބުނާ ކަމާއި، އެގޮތަށް އަޙްމަދު ރަޝީދު ބުނަނީ ހުޅުމާލެ މާވަހަރު 04 ގެ ކުލި،
-/18,000ރ (އަށާރަހާސް ރުފިޔާ) އިން -/21,000 (އެކާވީސްހާސް ރުފިޔާ) އަށް ބޮޑުކުރުމުގެ
"ކުލި ހަވާލުކުރާ ފޮތުގައި ލިޔެފައިވާ ލިޔުމުގެ މައްޗަށް ބިނާކޮށް ކަމާއި އެލިޔުމަށް ބަލާއިރު،
044
ގޮތުން،
0x
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
ވެބް ސައިޓް [email protected]އީމެއިލް
ދިވެހިhއްޖެ
www.highcourt-gov.my
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/95
"16 ޖަނަވަރީ 2012 ވަނަ އަހަރު 5 އަހަރުގެ މުއްދަތަށް -/18،000ރ (އަށާރަ ހާސް
ރުފިޔާ) ކުލީގެ ގޮތުގައި ދައްކަމުން އައިސް ފުލެޓް މާވަހަރު 04 ގެ ވެރިފަރާތުން 2014 ޖޫން މަހުން
ފެށިގެން -/
21,000ރ (އެކާވީސްހާސް ރުފިޔާ) ކުލީގެ ގޮތުގައި ދެއްކުމަށް ފުލެޓްގެ ވެރިފަރާތުން ވަނީ
ހަމަޖައްސާފައެވެ. އަދި ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި ކުއްޔަށް އެއްވެސް ބަދަލެއް ނުގެންނާނެކަމަށް
ފުލެޓްގެ ވެރިފަރާތް ކަމުގައިވާ ޝީޒްލީން ވަނީ ޔަޤީންކަން ދެއްވާ އަދި އެގޮތަށް އެއްބަސްވިއެވެ. އަދި އެހެންމެ
5 (ފަހެއް) އަހަރުގެ މުއްދަތަށް ތިބެވޭނެކަމުގެ ޔަޤީންކަން އަޅުގަނޑު ދެމެވެ." މިފަދައިން ލިޔެ މިލިޔުމުގައި
ޝީޒްލީން ސޮއިކޮށްފައިވާކަން އެނގެން އޮންނައިރު،
ބުނެވިދިޔަ އެއްބަސްވުމުގެ މުއްދަތަކީ، 5 އަހަރު ދުވަސްކަމާއި، އެމުއްދަތު ފެށިފައިވަނީ 16
ޖަނަވަރީ 2012 ގައި ކަމާއި ކުއްޔަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި ބަދަލު ނުވާނެކަމުގެ ޔަޤީންކަން ކުއްޔަށް
ހިފި ފަރާތަށް ދީފައިވާ ކަމާއި، އެލިޔުމުގެ މަޤްޞަދަކީ ކުރިން ކުއްޔަށް ދީފައިވާ ކުއްޔަށް ބަދަލު ގެނެސް
އެއެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި އޭގެ ފަހުން ކުއްޔަށް އިތުރު ބަދަލެއް ނުގެންނާނެކަމުގެ ޔަޤީންކަން
ދިނުންކަން އެނގޭކަމާއި، އެއެއްބަސްވުމުގެ މުއްދަތު 2014 ޖޫން މަހުން ފެށިގެން 5 (ފަހެއް) އަހަރު
ދުވަހުގެ މުއްދަތަށް އިތުރުކޮށްފައިވާކަމަށް އަޙްމަދު ރަޝީދުގެ ފަރާތުން ބުނާއިރު، އެކަމަށް ތަނުގެ
ވެރިފަރާތްކަމުގައިވާ ހުޅުމާލެ/ މާވަހަރު 4 ޝީޒްލީން އިންކާރު ކުރާކަން އެނގޭކަމާއި، އަދި އެއެއްބަސްވުމުގެ
މުއްދަތު 2014 ޖޫން މަހުން ފެށިގެން 5 އަހަރު ދުވަހަށް އިތުރުކޮށްފައިވާ ކަމަށް އަޙްމަދު ރަޝީދުގެ
ފަރާތުން ބުނާ ލިޔުމަށް ބަލާއިރުވެސް އެގޮތަށް އެއެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފައިވާކަން ސާފުކޮށް
ދޭހަނުވާއިރު، އެކަން ސާބިތުވާ މިންވަރުގެ ކާފީ ހެކި އަޙްމަދު ރަޝީދުގެ ފަރާތުން ޝަރީޢަތަށް
ހުށަހެޅިފައިނުވާކަން އެނގެން އޮންނަކަމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
ވެބް ސައިޓް: [email protected]އީމެއިލް
www.highcourt-gov.my
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/95
ކުރުމަށް
(ނ) ތިންވަނަ ކަމަކީ: ހުޅުމާލެ/ މާވަހަރު 4، ޝީޒްލީން ގެ ފަރާތުން، 15 ފެބްރުއަރީ
2016 ވަނަ ދުވަހު، އަޙްމަދު ރަޝީދުއަށް ފޮނުވާފައިވާ ސިޓީގައި، އޭނާގެ ދަރިން ކައިވެނި ކުރުމަށް
ހަމަޖެހިފައިވާތީ، އެއްބަސްވެފައިވާ ފަދައިން މެއި 2016 ގެ ނިޔަލަށް ތަން ހުސްކުރުމަށް އަންގާފައިވާކަމާއި،
އަޙްމަދު ރަޝީދުގެ ފަރާތުން މިކަމަށް އިއުތިރާޟުކޮށް ޝީޒްލީން އަށް ޖަވާބު ދީފައިވާކަން އެނގެން
އޮންނަކަމާއި،
އިޝާރާތް ކުރެވުނު ފަދައިން ޝީޒްލީންގެ ދަރިން ކައިވެނި ކުރަންވުމުން ތަން ހުސްކުރުމަށް
ދެފަރާތުގެ ދެމެދުގައި އެއްބަސްވެފައިވާނެކަމާމެދު އަޙްމަދު ރަޝީދު އިއުތިރާޟް ކުރިނަމަވެސް، އެ ޝަރުޠު
އެއީ މިދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމުގެ ޝަރުތެއްކަމުގެ
ޝީޒްލީންގެ ފަރާތުން
ހުށަހަޅާފައި ނެތްނަމަވެސް، މިދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަކީ 16 ޖަނަވަރީ 2012 އިން
ފެށިގެން 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ވެފައިވާ އެއްބަސްވުމެއް ކަމަށްވެފައި އެއެއްބަސްވުމުގެ
މުއްދަތު 16 ޖަނަވަރީ 2017 ގައި ހަމަވެފައިވާތީ، އޭގެ ފަހުން ހުޅުމާލެ، މާވަހަރު 4 ގެ ވެރިފަރާތް
ކަމުގައިވާ ޝީޒްލީންގެ ނުރުހުމުގައި، އަޙްމަދު ރަޝީދުއަށް އެތަނުގައި ހުރުމުގެ އެއްވެސް ޙައްޤެއް ނެތްކަމަށް
މި ޤަޟިއްޔާ ބެލި ފަނޑިޔާރުންނަށް
އެއްބަސްވެވުނު ކަމެވެ.
04 04
ޤަ
ހު ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ސިވިލް
ކޯޓުގެ ނަންބަރު 2016/Cv
-
C
-
HD/1049 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭ ފަދަ
ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
ވެބް ސައިޓް: [email protected]އީމެއިލް
www.highcourt-gov.my
ދިވެހިރާ22 ހާއި
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/95
• ޙުކުމް:
ހ2 0
2
92
2
ބަންކީ
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ނުކުތާތަކުގައި
ފެކުރެވުނު ކަންކަން އެގޮތަށް
ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު2016/Cv
-
C
-
HD/0049 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ
ޝަރުޢީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކުރައްވާފައިވާ ޙުކުމެއް ކަމަށް ބަލާނެ ހަމައެއް ނެތްކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.
ޤަޟިއްޔާ
<< O
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯނު: 3325029، ފެކްސް: 3316471
ވެބް ސައިޓް [email protected]އީމެއިލް
www.highcourt-gov.my