ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/270 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމު
ނިމުނު ގޮ
ގޮތުން
2012/HC-A27
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
es
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
• ޤަޟިއްޔާ ނަންބަރު: 270/HC
-
A/2012
އިސްތިއުނާފު ކުރިފަރާތް:
ނަން: އިބްރާހީމް ޢަލީ
ކާޑު ނަންބަރު: A047743
L
L
ދާއިމީ އެޑްރެސް: ދަފްތަރު ނަންބަރު ރސ 2370/މާލެ
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: އުރްސުލާ ސުސާނާ ކޮއިޕްފްލީ (Ursula_Susanna_KGpfli)
ޕާސްޕޯޓް ނަންބަރު: F2942967
ދާއިމީ އެޑްރެސް: ސްވިޓްޒަލޭންޑް
ރަޖިސްޓްރީކުރެވުނު ތާރީޚް: 14 ޝައްވާލު 1433
13 ސެޕްޓެމްބަރު 2012
ނިމުނު ތާރީޚް: 05 ޒުލްޙިއްޖާ 1433
21 އޮކްޓޯބަރު 2012
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2011/Cv
-
C/1619
ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
ނިންމެވި ކޯޓް: ސިވިލް ކޯޓު
ތާރީޚް: 2 އޯގަސްޓް 2011
، ނިމުނު ތާރީޚް: 24 ޖޫން 2012
..
0
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޔޫސުފް ޙުސައިން
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471/
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2012/HC-A/270
گمرکی
ނިމުނު :
ދަޢުވާގެ ޚުލާޞާ
1619/Cv-C/2011
މިއީ، ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާ އެކޯޓުން
ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފު
ކޮށްދިނުންއެދި އިބްރާހީމް ޢަލީ، ދަފްތަރު ނަންބަރު ރސ 12370މާލެ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
ނަންބަރު A047743) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ.
މިޤާޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ، ސުވިޒަލޭންޑްގެ ރައްޔިތެއްކަމަށްވާ އުރްސުލާ ސުސާނާ
ކޮއިޕްފްލީ (Ursula Susanna Kdpfli) ޕާސްޕޯޓް ނަންބަރު F2942967) އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
އެޤަޟިއްޔާއަކީ،
2220
އަތުން،
0 0
1. އިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1619 ޤަޟިއްޔާއަށް
ބަލާއިރު،
ސްވިޒްލޭންޑްގެ ރައްޔިތެއްކަމަށްވާ
އުރުސުލާ ސުސާނަ ކޮއިޕްފްލީ
(Ursula Susanna Kopfli) ޕާސްޕޯޓް ނަންބަރު: F2942967)
އިންނާނެކަމަށްބުނެ އޮޅުވާލައިގެން އިބްރާޙިމް ޢަލީ، މ.މ.ދ. ދަފްތަރު ނަންބަރު ރސ 2370/މާލެ
ހޯދާފައިވާ -/58,800$US (ފަންސާސް އަށްހާސް އަށް ސަތޭކަ ޔޫ.އެސް.ޑޮލަރ) އާއި، -/67,000
(ހަތްހާސް ޔޫރޯ) އާއި، އިބްރާހީމް ޢަލީ އެދިގެން އެކިފަހަރުމަތިން ވެސްޓަރން ޔޫނިއަން އާއި ބޭންކް
މެދުވެރިކޮށް ފޮނުވާފައިވާ 252,196
/
95.Fr (ދެލައްކަ ފަންސާސް ދެހާސް އެއްސަތޭކަ ނުވަދިހަ ސްވިސް
ފްރެންކް ނުވަދިހަފަސްރެފެން) އާއި، ވެސްޓަރން ޔޫނިއަން އާއި ބޭންކް މެދުވެރިކޮށް މިފައިސާ
ޓްރާންސްފަރ ކުރުމަށް ޚަރަދުވި 2420.00
Fr (ދެހާސް ހަތަރު ސަތޭކަ ވިހި ސްވިސް ފްރޭންކް) އާއި،
އަދި މިފައިސާ ހޯދުމަށް ދިވެހިރާއްޖެއަށް އަންނަންޖެހުމުގެ ސަބަބުން ސްވިޒަލޭންޑުން ދިވެހިރާއްޖެއަށް
އައުމަށްޓަކައި ދެކޮޅު ޓިކެޓަށް ޚަރަދުވި 1,200.00$US (ބާރަސަތޭކަ ޔޫ.އެސް ޑޮލަރު) އާއި، މާލޭގައި
ހުރުމާއި ކެއުމަށް ހޭދަވެފައިވާ 750.00$US (ހަތްސަތޭކަ ފަންސާސް ޔޫ.އެސް. ޑޮލަރު) އާއި، ޝަރީޢަތް
މެދުވެރިކޮށް މިފައިސާ ހޯދަންޖެހުމުގެ ސަބަބުން ލީގަލް ފީގެ ގޮތުގައި ހޭދަވާ -/75,000 (ހަތްދިހަ
ފަސްހާސް) ރުފިޔާ ހޯދުމަށް އެދި އިބްރާހީމް ޢަލީގެ މައްޗަށް އުރުސުލާ ސުސާނަ ކޮއިޕްފްލީގެ ފަރާތުން
ދަޢުވާކުރުމުން ސިވިލް ކޯޓުން ބައްލަވައި ނިންމަވާފައިވާ ޤަޟިއްޔާއެއްކަމާއި،
ދިވެހިރާއްa
ދިވެހިންގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
މާވެ،
ދިވެހިރާއްޖެ
3
23
2(12)HC-A/270
ه2
24
އަތުން،
1 ނިމުނު
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "ދެންފަހެ، އިސްވެފާހަގަކުރެވުނު
ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކުރާއިރު، މީހެއްގެ މިލްކު މުދަލެއް އަނެކާއަށް ލިބިފައިވަނީ ޝަރުޢީގޮތުން
ހުއްދަ މުޢާމަލާތެއްގެ ދަށުން މިލްކުވެރިކަން ބަދަލުވެގެންކަން ޝަރީއަތަށް ސާބިތުނުވާހާ ހިނދަކު
އެމުދަލެއްގެ މިލްކުވެރިކަން ފުރަތަމަ ފަރާތުގެ ކިބައިން ނިގުޅިގެން ނުދިއުމަކީ އަޞްލުގޮތްކަމަށްވެފައި،
ޝަރުޢީ ހަމަތަކުގެ މަތިން ކަމެއް ސާބިތުކޮށްދިނުމުގެ ބުރަ އުފުލަންޖެހޭ ފަރާތަކީ އަޞްލު ގޮތާ ޚިލާފަށް
އެކަމެއް ހިނގާފައިވާކަމަށްބުނާ ފަރާތުން ކަމަށްވީހިނދު،
ސްވިޒަލޭންޑްގެ ރައްޔިތެއްކަމަށްވާ އުރުސުލާ ސުސާނާ
(Urusula Susanna Kopfli} ޕާސްޕޯޓް ނަންބަރު: F2942967) ގެ
އިންނާނެކަމަށްބުނެ އޮޅުވާލައިގެން ދަފްތަރު ނަންބަރު ރސ 2370 އިބްރާޙިމް ޢަލީ (އައި.ޑީ.ކާޑް ނަންބަރު
A047743) ހޯދާފައިވާ 58,800$US (ފަންސާސް އަށްހާސް އަށް ސަތޭކަ ޔޫ.އެސް ޑޮލަރ) އާއި،
67,000.00 (ހަތްހާސް ޔޫރޯ) އާއި، އިބްރާހީމް ޢަލީ އެދިގެން އެކިފަހަރުމަތިން ވެސްޓަން ޔޫނިއަން އާއި
ބޭންކް މެދުވެރިކޮށް ފޮނުވާފައިވާ 252,16.95 (ދެލައްކަ ފަންސާސް ދެހާސް އެއްސަތޭކަ ނުވަދިހަ ހައެއް
ޕޮއިންޓް ނުވައެއް ފަހެއް ސްވިސް ފްރެންކް) އިބްރާހީމް ޢަލީ އަށް ލިބިފައިވާކަން ހުށަހެޅިފައިވާ
ލިޔުންތަކުންނާއި ދެފަރާތުގެ ވާހަކައިން އެނގެން އޮތުމުން މިފައިސާއަކީ ޞައްޙަ މުޢާމަލާތެއްގެ ދަށުން
އުރުސުލާ ސުސާނާ ކޮއިޕްފްލީގެ އަތުން އިބްރާހީމް ޢަލީ އަށް ލިބެންޖެހޭ ފައިސާއެއްކަން ނުވަތަ އެފައިސާއަކީ
އިބްރާހީމް ޢަލީއަށް އުރުސުލާ ސުސާނާ ކޮއިޕްފްލީ ތަބައްރުޢުގެ ގޮތުން ދީފައިވާ އެއްޗެއްކަން
ސާބިތުކޮށްދޭންޖެހޭ ފަރާތަކީ އިބްރާހީމް ޢަލީ ކަމަށްވާއިރު، މިއިން އެއްވެސް ގޮތަކުން މިފައިސާ އިބްރާހީމް
ޢަލީއަށް ހައްޤުވާގޮތެއް އިބްރާހީމް ޢަލީއަށް ސާބިތުކޮށްދެވިފައިނުވާތީ،
މިއެންމެހާ ފައިސާއާއި، އަދި ވެސްޓަން ޔޫނިއަން އާއި ބޭންކު މެދުވެރިކޮށް މީގެ
ތެރެއިން ބައެއް ފައިސާ ޓްރާންސްފަރ ކުރުމަށް ޚަރަދުވި F2420.00 (ދެހާސް ހަތަރުސަތޭކަ ވިހި ސްވިސް
ފްރެންކް) އާއި، ޤާނޫނީ ވަކީލުގެ ޚަރަދުގެ ގޮތުގައި މިމައްސަލާގައި ނަގައިދެވޭ -/1,500ރ (އެއްހާސް
ފަސްސަތޭކަ ރުފިޔާ) އަކީ އުރްސުލާ ސުސާނާ ކޮއިޕްފްލީއަށް އިބްރާހީމް ޢަލީ ދައްކަންޖެހޭ ފައިސާއެއް ކަމަށް
ކަނޑައަޅައި،
މިގޮތުން އެކުޖުމްލަ 58,800.00$US (ފަންސާސް އަށްހާސް އަށް ސަތޭކަ
ޔޫ.އެސް ޑޮލަރ) އާއި، 67,000.00 (ހަތްހާސް ޔޫރޯ) އާއި، F254,616.95 (ދެލައްކަ ފަންސާސް
ހަތަރުހާސް ހަސަތޭކަ ސޯޅަ ޕޮއިންޓް ނުވައެއް ފަހެއް ސްވިސް ފްރެންކް) އާއި، -/1,500ރ. (އެއްހާސް
ފަސްސަތޭކަ ރުފިޔާ) އަދާކޮށްދިނުމުގެ ގޮތުން، މިއަދު (24 ޖޫން 2012) ން ފެށިގެން 06 :aއެއް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 36471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ޤުހ
4
23
ނިމުނު :
2(12)HC-A/270
މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކުވެސް އެމަހަކަށް ޖެހޭވަރަށްވުރެ މަދުނޫން ޢަދަދެއްގެ ފައިސާ (ނުވަތަ
މީގެ ތެރޭގައި ހިމެނޭ ދިވެހި ފައިސާ ފިޔަވައި ދެންހުރި ބޭރުގެ ފައިސާ ދައްކާއިރު، އެއިރު ހުރި ރޭޓަކުން
ދިވެހި ފައިސާއިން އެމަހަކަށް ޖެހޭވަރަށްވުރެ މަދުނޫން ޢަދަދެއްގެ ދިވެހި ފައިސާ) މިކޯޓަށް ދައްކަމުންގޮ
އެމުއްދަތުގެ ތެރޭގައި މިއެންމެހާ ފައިސާ ދައްކައި ޚަލާޞްކުރުމަށް ދަފްތަރު ނަންބަރު 2370 އިބްރާހީމް
ޢަލީ (އައި.ޑީ.ކާޑު ނަންބަރު A047743) އަށް އަންގައި" އެގޮތު
ގޮތުގެމަތިންކަން އެޤަޟިއްޔާގެ ޝަރީޢަތް
.ނުގޮތުގެ ރިޕޯޓުން އެގެން އޮންނަކަމެވެ.
2 / ~
2. ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1619 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ
ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ އިބްރާހީމް ޢަލީގެ ފަރާތުން އެޤަޟިއްޔާ
އިސްތިއުނާފުކުރަމުން، އަންނަނިވި 9 (ނުވައެއް) ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
02 20
• ފުރަތަމަ ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1619 ޤަޟިއްޔާއަކީ
ސްވިޓްޒަލޭންޑްގެ ރައްޔިތެއްކަމަށްވާ އުރުސުލާ ސުސާނާ ކޮއިޕްފްލީ (ޕާސްޕޯޓް ނަންބަރު F2942967) ގެ
ފަރާތުން އިބްރާހީމް ޢަލީގެ މައްޗަށް ފައިސާ ހޯދުމަށް ކުޅަ ދަޢުވާއެއްކަމަށްވެފައި އަދި މިދަޢުވާގެ ޞީޣާ
ބިނާކޮށްފައިވަނީ މައިގަނޑު 3 (ތިނެއް) ނުކުތާއެއްގެ މައްޗަށް ކަމަށްވެފައި މިއިން އެއްވެސް ނުކުތާއެއް
ޝަރީޢަތަށް ސާބިތުކޮށްދެވިފައި ނުވާއިރުވެސް ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި މިކަންކަމަށް ބައްލަވާފައި ނުވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
OX
1619/Cv-C/2011
• ދެވަނަ ނުކުތާއަކީ، ސްވިޓްޒަލޭންޑްގެ ރައްޔިތެއްކަމަށްވާ އުރުސުލާ ސުސާނާ
ކޮއިޕްފްލީ (ޕާސްޕޯޓް ނަންބަރު F2942967) ގެ ފަރާތުން އިބްރާހީމް ޢަލީގެ މައްޗަށް ސިވިލް ކޯޓަށް
ހުށަހަޅާފައިވާ ދަޢުވާއަކީ ފައިސާ ހޯދުމަށް ކުޅަ ދަޢުވާއެއްކަމަށްވެފައި، އޭނާގެ ދަޢުވާގައިބުނާ ފައިސާ
އިބްރާހީމް ޢަލީ އޭނާއަށް ދޭންޖެހޭނެ ޝަރުޢީ އަދި ޤާނޫނީ އެއްވެސް ހަމައެއް ދެއްކިފައި ނުވާއިރުވެސް
ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1619 ޤަޟިއްޔާގައި މިކަންކަމުގެ މައްޗަށް ބައްލަވާފައި
ހުށަހަޅާފައިވާ
2 2 223
ނުވާކަމަށްޓެން
ނެކެޗއިވާ"
ތިންވަނަ ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/1619 ޤަޟިއްޔާގައި
ދަޢުވާކުރާ ފަރާތުން ހޯދުމަށް ދަޢުވާކުރާ ފައިސާއަކީ އިބްރާހީމް ޢަލީ އެދިގެން އެފަރާތުން
ދިވެހިންޓޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
ދު
ނިމުނު ގޮ
2(12)HC-A/270
ފައިސާއެއްކަމަށް ބުނެ، އެފައިސާ އަނބުރާ ހޯދުމަށް އިބްރާހީމް ޢަލީގެ މައްޗަށް ދަޢުވާ އުފުލާފައިވާއިރު
އުރުސުލާ ސުސާނާ ކޮއިޕްފްލީ (ޕާސްޕޯޓް ނަމްބަރު F2942967) ގެ އަތުން ފައިސާ ހޯދުމަށް އިބްރާހީމް
ޢަލީ އެދިފައިވާކަން ޝަރީޢަތަށް ސާބިތުވާފަދަ އެއްވެސް ހެއްކެއް ދަޢުވާކުރާ ފަރާތަށް ދެއްކިފައިނުވާއިރު
މިކަންކަމަށް ޝަރީއަތުން ބަލާފައި ނުވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
• ހަތަރުވަނަ ނުކުތާއަކީ، ސްވިޓްޒަލޭންޑްގެ ރައްޔިތެއްކަމަށްވާ އުރުސުލާ ސުސާނާ
ކޮއިޕްފްލީ (ޕާސްޕޯޓް ނަންބަރު F2942967) އިބްރާހީމް ޢަލީގެ މައްޗަށް ކުޅަ ދަޢުވާގައި އިބްރާހީމް ޢަލީ
އޭނާގެ އަތުން ފައިސާ ހޯދާފައިވަނީ މަކަރާއި ހީލަތުންކަމަށް ބުނެފައިވާއިރު، އިބްރާހީމް ޢަލީ އޭނާގެ އަތުން
ފައިސާ ހޯދުމަށް މަކަރާއި ހީލަތްހަދާ
ކޮށްފައިވާ އެއްވެސްކަމެއް ޝަރީޢަތަށް
ސާބިތުކޮށްދެވިފައިނުވާއިރު ސިވިލް ކޯޓުގެ ނަންބަރު 2011;Cv
-
C:1619 ޤަޟިއްޔާ ނިންމެވުމުގައި
ޝަރީޢަތުން މިކަންކަމުގެ މައްޗަށް ބައްލަވާފައިނުވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
23x
2 ހއ
ފަސްވަނަ ނުކުތާއަކީ، ސްވިޓްޒަލޭންޑްގެ ރައްޔިތެއްކަމަށްވާ އުރުސުލާ ސުސާނާ
ކޮއިޕްފްލީ ޕާސްޕޯޓް ނަންބަރު F2942967) ގެ ދަޢުވާގައި އިބްރާހީމް ޢަލީ އޭނާގެ އަތުން ފައިސާ
ހޯދާފައިވަނީ ނުވަތަ އޭނާ އިބްރާހީމް ޢަލީއަށް އެކިފަހަރުމަތިން ފައިސާ ދީފައިވަނީ އިބްރާހީމް ޢަލީ އޭނާޔާ
ކައިވެނިކުރާނެކަމަށް ބުނެގެންކަމަށް ބުނެފައިވީނަމަވެސް މިކަން ޝަރީޢަތަށް ސާބިތުކޮށްދެވިފައިނުވާކަމަށްބުނެ
ހުށަހަޅާފައިވާ ނުކުތާއެވެ.
29
• ހަވަނަ ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1619 ޤަޟިއްޔާގައި
އިބްރާހީމް ޢަލީގެ މައްޗަށް ކުޅަ ދަޢުވާގައި -/58,800$US (ފަންސާސް އަށްހާސް އަށް ސަތޭކަ ޔޫ.އެސް.
ޑޮލަރު) އާއި، -/67,000 (ހަތްހާސް ޔޫރޯ) އާއި، އިބްރާހިމް ޢަލީ އެދިގެން އެކިފަހަރުމަތިން ވެސްޓަރން
ޔޫނިއަން އާއި ބޭންކް މެދުވެރިކޮށް ފޮނުވާފައިވާ 252,196
/
95.Fr (ދެލައްކަ ފަންސާސް ދެހާސް
އެއްސަތޭކަ ނުވަދިހަ ހަ ފްރޭންކް ނުވަދިހަފަސް ރެފެން) އާއި، -/1500 (ފަނަރަސަތޭކަ) ރުފިޔާ
އަދާކޮށްދިނުމުގެ ގޮތުން 24 ޖޫން 2012 އިން ފެށިގެން 06 މަސްދުވަހުގެ ތެރޭގައި ދެއްކުމަށް
ކަނޑައަޅުއްވާފައިވާއިރު، މިފައިސާ އިބްރާހީމް ޢަލީ ދައްކަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ދެއްކިފައި
ނުވުމާއި، އަދި ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/1619 ޤަޟިއްޔާގެ ފާހަގަކުރެއްވި ނުކުތާތަކަށް
ބަލާއިރުވެސް ޤާޟިއްޔާގައި ހިމެނޭ ދަޢުވާގައި ބުނާ ފައިސާ އިބްރާހީމް ޢަލީ ދައްކަންޖެހެނީ ކޮން
ވެ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ހހހހ
6
4 e ,
ދު
ނިމުނު
2012/HC-A/270
ހައިސިއްޔަތަކުންކަން ޝަރުޢީ އަދި ޤާނޫނީ ހަމައަކުން ބަޔާންކޮށްދެވިފައިނެތްކަމަށްބުނެ ހުށަހަޅާފައިވާ
ނުކުތާއެވެ.
• ހަތްވަނަ ނުކުތާއަކީ، ސްވިޓްޒަލޭންޑްގެ ރައްޔިތެއްކަމަށްވާ އުރުސުލާ ސުސާނާ
ކޮއިޕްފްލީ (ޕާސްޕޯޓް ނަންބަރު F2942967) ގެ ދަޢުވާގައި ބުނާ ފައިސާއަކީ ތަބައްރުއެއްގެ ގޮތުން ދިން
ފައިސާއެއްކަން ސާބިތުކޮށްދޭންޖެހޭނީ އިބްރާހީމް ޢަލީކަމަށް ސިވިލް ކޯޓުގެ ނަންބަރު
2011/Cv-C/1619 ޤަޟިއްޔާގައި ފާހަގަކުރައްވާފައިވީނަމަވެސް ފައިސާ ދީފައިވާ ގޮތާއި އަދި އެކަމުގެ
މު ޤާބިލުގައި އެއްވެސް އެއްޗެއް އަދި އެއްވެސް ކަމެއް ކޮށްދޭން ނުވަތަ އަނބުރާ އެފައިސާ ދޭން
ބުނެފައިވާކަން ދަޢުވާކުރާ ފަރާތުން ޝަރީޢަތަށް ސާބިތުވެފައި ނުވާއިރު އަދި އިބްރާހީމް ޢަލީގެ ފަރާތުން
އެފަދަ ކަމެއްކޮށްދޭނެކަމަށް ބުނެފައިވާކަން ޝަރީޢަތަށް ސާބިތުވެފައި ނުވާއިރު އިބްރާހީމް ޢަލީގެ ފަރާތުން
ޝަރީޢަތަށް ސާބިތުކޮށްދޭންޖެހޭކަމެއް ނެތެއިރުވެސް ފައިސާދީފައިވާ މަޤުޞަދު ސާބިތުކޮށްދޭން ޖެހެނީ
އިބްރާހީމް ޢަލީކަމަށް ބުނެފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
cu oxo
• އަށްވަނަ ނުކުތާއަކީ، ސްވިޓްޒަލޭންޑްގެ ރައްޔިތެއްކަމަށްވާ އުރުސުލާ ސުސާނާ
ކޮއިޕްފްލީ (ޕާސްޕޯޓް ނަންބަރު F2942967) ގެ މިދަޢުވާއަކީ ދިގު މުއްދަތެއްގެ ތެރޭގައި އެކިފަހަރުމަތިން
އޭނާ އިބްރާހީމް ޢަލީއަށް ދީފައިވާ ފައިސާތަކެއް ހޯދުމަށް ކުޅާ ދަޢުވާއަކަށްވެފައި އޭނާ އެއްވެސް
ޝަރުތެއްނެތި އެކިފަހަރުމަތިން ފޮނުވާފައިވާ ފައިސާއެއްކަން އެނގެން އޮތުމާއި އަދި އޭނާގެ މިލްކް
ފައިސާއެއް އެހެން ފަރާތަކަށް ދިނުމުން ލިބޭ ފަރާތަށް އެ ޙައްޤުނުވާނެ ޝަރުޢީ އަދި ޤާނޫނީ އެއްވެސް
އަސާސެއް ނެތްއިރުވެސް މިކަންކަމަށް ބަލާފައިނުވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ފަރާތުގެ ޒިންމާއެއްކަމަ
• ނުވަވަނަ ނުކުތާއަކީ، މަދަނީ މުއާމަލާތްތަކުގައި ދަޢުވާ ސާބިތުކޮށްދިނުމަކީ ދަޢުވާކުރާ
މާއެއްކަމަށް ވީނަމަވެސް ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1619 ޤަޟިއްޔާގައި
ދަޢުވާކުރާ ސްވިޓްޒަލޭންޑްގެ ރައްޔިތެއްކަމަށްވާ އުރުސުލާ ސުސާނާ ކޮއިޕްފްރީ (ޕާސްޕޯޓް ނަންބަރު
F2942967) އަށް މަދަނީ މިންގަޑުން މިދަޢުވާ ސާބިތުކޮށްދެވިފައިނުވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
1619/Cv-C/2011
3. މިމައްސަލައާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން އިބްރާހީމް ޢަލީގެ
ސުސާނާ ކޮއިޕްފްލީ (Ursula Susanna Kopfli) ގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471/
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
1
23
2012/HC-A/27]
0 0
ދަޢުވާއަކީ، 2007 ވަނަ އަހަރުން ފެށިގެން އުރްސުލާ ސުސާނާ ކޮއިޕްފްލީ އިބްރާހީމްބެހި،
ނިމުނު
ގުޅިގެން ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، މި މައްސަލަ ބެލި
ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު
2011/Cv
-
C/1619 ޤަޟިއްޔާގައި ހިމެނޭ މައްސަލައާ ގުޅިގެން އެކޯޓަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް
ބަލާއިރު، 2007 ވަނަ އަހަރުން ފެށިގެން އެކިފަހަރުމަތިން އިބްރާހީމް ޢަލީއަށް އުރްސުލާ ސުސާނާ
ކޮއިޕްފްލީ އެކި ޢަދަދުތަކުން ފައިސާ ދީފައިވާކަމާއި، މިގޮތުން އެކިފަހަރުމަތިން ޖުމްލަ -/58,800$US
(ފަންސާސް އަށްހާސް އަށް ސަތޭކަ ޔޫ.އެސް. ޑޮލަރު) އާއި، -/67,000 (ހަތްހާސް ޔޫރޯ) އާއި،
252,196
/
95.Fr (ދެލައްކަ ފަންސާސް ދެހާސް އެއްސަތޭކަ ނުވަދިހަ ހަ ފްރޭންކް ނުވަދިހަފަސް ރެޕެން)
މިދެންނެވި މުއްދަތުގެ ތެރޭގައި، އުރްސުލާ ސުސާނާ ކޮއިޕްފްލީ އިބްރާހީމް ޢަލީއަށް ދީފައިވާކަމާއި، އަދި
މިފައިސާ ވެސްޓަން ޔޫނިއަން އާއި ބޭންކް މެދުވެރިކޮށް ޓްރާންސްފަރ ކުރުމަށްޓަކައި -/2420.Fr (ދެހާސް
ހަތަރުސަތޭކަ ވިހި ސްވިސް ފްރޭންކް) އުރްސުލާ ސުސާނާ ކޮއިޕްފްލީގެ އަތުން ޚަރަދުވެފައިވާކަމާއި،
މިގޮތަށް އިބްރާހީމް ޢަލީ އަށް އޭނާ ޚަރަދު ކޮށްފައިވާ ސަބަބަކީ، އިބްރާހީމް ޢަލީ އަކީ މީހަކާ ކައިވެނީގެ
ގޮތުން ގުޅިގެން ނޫޅޭ ހުއްސަރިބައި މީހެއްކަމަށާއި، އުރްސުލާ ސުސާނާ ކޮއިޕްފްލީ އާއި ކައިވެނީގެ ގޮތުން
ގުޅިގެން އުޅެންބޭނުންވާކަމަށްބުނެ އެކަމަށް ވަޢުދުވެފައިވާތީކަމަށް އުރްސުލާ ސުސާނާ ކޮއިޕްފްލީ
ބުނެފައިވާއިރު،
2007 ވަނަ އަހަރުން ފެށިގެން އެކިފަހަރުމަތިން އުރްސުލާ ސުސާނާ ކޮއިޕްފްލީ
އިބްރާހީމް ޢަލީއަށް އެކި ޢަދަދުތަކުން ފައިސާ ދީފައިވާކަމަށް އިބްރާހީމް ޢަލީ އިޢުތިރާފުވެފައިވާކަމާއި، އަދި،
އުރްސުލާ ސުސާނާ ކޮއިޕްފްލީ އިބްރާހީމް ޢަލީއަށް އެކިފަހަރުމަތިން ދީފައިވާކަމަށް އުރްސުލާ ސުސާނާ
ކޮއިޕްފްލީގެ ފަރާތުން ސިވިލް ކޯޓުގައި ބުނެފައިވާ އިސްވެދެންނެވިފައިވާ ފައިސާގެ ޢަދަދުތަކަށް އިބްރާހީމް
ޢަލީ އިންކާރުކޮށްފައިނުވާކަމާއި، އެހެންކަމުން ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި ހިމެނޭ މައްސަލާގައި އިބްރާހީމް ޢަލީއަށް ދީފައިވާކަމަށް އުރްސުލާ ސުސާނާ ކޮއިޕްފްލީގެ
ފަރާތުން ބުނެފައިވާ، އިސްވެދެންނެވިފައިވާ ފައިސާއަކީ އުރްސުލާ ސުސާނާ ކޮއިޕްފްލީގެ އަތުން އިބްރާހީމް
ޢަލީއަށް ލިބިފައިވާ ފައިސާއެއްކަމަށް ބަލަންޖެހޭކަމެވެ.
(ށ) ދެވަނަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު
2011/Cv
-
C/1619 ޤަޟިއްޔާގައި ހިމެނޭ މައްސަލާގައި އުރްސުލާ ސުސާނާ ކޮއިޕްފްލީ
1619/Cv-C/2011
ކޮށްފައިވާ
ދިވެހީންޑްގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
2
ޤަޟިއްޔާ ނިމުނު 1
2012/HC-A270
އެކިފަހަރުމަތިން ދީފައިވާ، އިސްވެދެންނެވިފައިވާ ފައިސާ، އިސްވެ ދެންނެވިފައިވާ ސަބަބަށްޓަކައި
ދީފައިވާއިރު، އެފައިސާ ބޭނުންކޮށްގެން އިބްރާހީމް ޢަލީ ރަގަޅު ފެންވަރުގެ ގެއެއް އިމާރާތްކޮށް، އަދިވެސް
ޢާމްދަނީ ލިބޭނޭ އެހެނިހެން މަގުތައްވެސް ތަނަވަސްކޮށްފައިވާއިރު، އަދި އުރްސުލާ ސުސާނާ ކާއިފްލީ އަށް
ވަކިކަމެއް ވަކިގޮތަކަށް ތަޞައްވުރު (ކައިވެނި ކުރާނެކަމަށް ވަޢުދުވުން) ކޮށްދީގެން އެފައިސާ ހޯދުމަށްފަހު،
މިހާރު އެކަމަށް އިންކާރު ކޮށްފައިވާތީއާއި، އަދި އިބްރާހީމް ޢަލީ އަކީ މީހަކާ ކައިވެނީގެ ގޮތުން ގުޅިގެންއުޅޭ
އަދި ދަރިންވެސް ތިބި މީހެއްކަން މިހާރު އެނގިފައިވާތީ، އިބްރާހީމް ޢަލީ އޭރު އެފައިސާ އޭނާ އަތުން
ހޯދާފައިއެވަނީ އޮޅުވާލައިގެން ކަމަށް ޤަބޫލުކުރެވޭތީ، އެފައިސާ އިބްރާހީމް ޢަލީގެ ކިބައިން ހޯދުމަށް އެދި
ކޮށްފައިވާ މަދަނީ ދަޢުވާއެއްކަމާއި،
އުޞޫލެއްގެ ގޮތުގައި މަދަނީ ޚުޞޫމަތްތަކުގައި ޘާބިތުކުރުމުގެ ބުރަ
(ous probandi) އުފުލުމަކީ ދަޢުވާކުރާ ފަރާތުގެ މަސްއޫލިއްޔަތެއްކަމަށް ވީނަމަވެސް، އުރްސުލާ
ސުސާނާ ކޮއިޕްފްލީގެ މިދަޢުވާއާ ގުޅިގެން، 2007 ވަނަ އަހަރުން ފެށިގެން އުރްސުލާ ސުސާނާ ކޮޕްފްލީ
އިބްރާހީމް ޢަލީއަށް އެކިފަހަރުމަތިން ދީފައިވާ ފައިސާއަކީ، އެއްވެސް ކަމެއްގެ މުޤާބިލުގައި ދީފައިވާ
ފައިސާއެއް ނޫންކަމަށާއި، އެފައިސާއަކީ ތަބައްރުއެއްގެ ގޮތުގައި ދީފައިވާ ފައިސާއެއްކަމަށް އިބްރާހީމް ޢަލީ
ބުނެފައިވާ ބުނުމަކީ، ދަޢުވާގައި ބުނެފައިވާ ފައިސާ ލިބިފައިވާކަމަށް އިޢުތިރާފުވުމަށްފަހު އޭނާގެ ފަރާތުން
އެފައިސާ އަނބުރާ ދޭންނުޖެހޭނެކަމަށް ބުނެ އެކަމުގެ ދިފާޢުގައި ބުނެފައިވާ ބުނުމެއްކަމުން، އެދިފާޢު
އެގޮތަށް ސާބިތު ކޮށްދިނުމަކީ އިބްރާހީމް ޢަލީގެ މައްޗަށް ޝަރުޢީ ހަމަތަކުގެ މަތިން ލާޒިމްވާ ކަމެއްކަމެވެ.
ހ.2
1619/Cv-C/2011
(ނ) ތިންވަނަ ކަމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 02/SC
-
A/2010
ޤަޟިއްޔާގައިވެސް ފާހަގަކުރައްވާފައިވާ، އިސްވެދެންނެވުނު އުސޫލު، އިސްތިއުނާފަށް ހުށަހެޅިފައިމިވާ
ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި ހިމެނޭ މައްސަލައިގެ މައްޗަށް
ތަޠުބީޤުކުރާއިރު، އެ މައްސަލައިގެ ދަޢުވާ ފޯމުގައި ދަޢުވާކުރާ ފަރާތެއްގެ ގޮތުގައި އޮތީ އުރްސުލާ ސުސާނާ
ކޮއިޕްފްލީ ކަމުގައިވީނަމަވެސް، އުރްސުލާ ސުސާނާ ކޮއިޕްފްލީ މަދަނީ ކޯޓަށް ހުށަހެޅި ދަޢުވާގައި، 2007
ވަނަ އަހަރުން ފެށިގެން އުރްސުލާ ސުސާނާ ކޮއިޕްފް އިބްރާހީމް ޢަލީއަށް އެކިފަހަރުމަތިން ދީފައިވާ،
ޖުމްލަ -/58,800$US (ފަންސާސް އަށްހާސް އަށް ސަތޭކަ ޔޫ.އެސް. ޑޮލަރ) އާއި، -/67000
(ހަތްހާސް ޔޫރޯ) އާއި، 252,196195.Fr (ދެލައްކަ ފަންސާސް ދެހާސް އެއްސަތޭކަ ނުވަދިހަ ހަ ފްރޭންކް
ނުވަދިހަފަސް ރެޕެން) އާއި މިފައިސާ ވެސްޓަން ޔޫނިއަން އާއި ބޭންކް މެދުވެރިކޮށް ޓްރާންސްފަރ
ކުރުމަށްޓަކައި ޚަރަދުވެފައިވާ-/2420.Fr (ދެހާސް ހަތަރު ސަތޭކަ ވިހި ސްވިސް ފްރޭންކް)
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 6316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
9
23
2(12)HC-A/270
ޢަލީގެ މައްޗަށް
ﷲ ނިމުނު
ސުސާނާ ކޮއިޕްފްލީ އަށް ވަކިކަމެއް ވަކިގޮތަކަށް ތަޞައްވުރު (ކައިވެނި ކުރާނެކަމަށް ވަޢުދުވުން) ކޮށްދީގެން
އެފައިސާ ހޯދުމަށްފަހު، މިހާރު އެކަމަށް އިންކާރު ކޮށްފައިވާތީއާއި، އަދި އިބްރާހީމް ޢަލީ އަކީ މީހަކާ
ކައިވެނީގެ ގޮތުން ގުޅިގެންއުޅޭ އަދި ދަރިންވެސް ތިބި މީހެއްކަން މިހާރު އެނގިފައިވާތީ، އެފައިސާއަކީ
އޮޅުވާލައިގެން އޭނާގެ އަތުން އިބްރާހީމް ޢަލީ ނަގާފައިވާ ފައިސާއެއްކަމަށް ބުނެ، އެފައިސާ އިބްރާހީމް
ޢަލީގެ ކިބައިން ހޯދުމަށް އެދި ދަޢުވާކޮށްފައިވާއިރު،
އަދި އުރްސުލާ ސުސާނާ ކޮއިޕްފްލީއަކީ އިބްރާހީމް ޢަލީއަށް، ޝަރުޢީ ނުވަތަ
ޤާނޫނީގޮތުން ފައިސާއެއް ދޭންޖެހޭ ނުވަތަ ޚަރަދެއް ކުރަންޖެހޭފަދަ މަޤާމެއްގައިހުރި ނުވަތަ ޤާނޫނީ
(fiasciary ގުޅުމެއްއޮތް މީހެއްކަމަށް ނުވާކަން އެނގޭއިރު، އަދި، ދަޢުވާގައި ހިމެނޭ ފައިސާއަކީ
އުރްސުލާ ސުސާނާ ކޮއިޕްފްލީގެ އަތުން އިބްރާހީމް ޢަލީއަށް ލިބިފައިވާ ފައިސާއެއްކަމަށް އިބްރާހީމް ޢަލީ
އެއްބަސްވާއިރު، ދަޢުވާގައި ހިމެނޭ ފައިސާއަކީ، އެއްވެސް ކަމެއްގެ މުޤާބިލުގައި ދީފައިވާ ފައިސާއެއް
ނޫންކަމަށާއި، އެފައިސާއަކީ ތަބައްރުއެއްގެ ގޮތުގައި ދީފައިވާ ފައިސާއެއްކަމަށް އިބްރާހީމް ޢަލީ ބުނާބުނުން
ސާބިތުކޮށްދީ އެކަމުގެ މައްޗަށް ހެކިދެއްކުމަކީ އިބްރާހީމް ޢަލީ ކުރަންޖެހޭކަމެއްކަން އެނގޭކަމާއި،
އަދި އުރްސުލާ ސުސާނާ ކޮއިޕްފްލީގެ ފަރާތުން އިބްރާހީމް
ހުށަހަޅާފައިވަނީ މަދަނީ ދަޢުވާއެއްކަމުން، އިސްވެދެންނެވިފައިވާ ޙާލަތުގައި، އުރްސުލާ ސުސާނާ ކޮއިޕްފްލީ
އިބްރާހީމް ޢަލީއަށް ދީފައިވާ، ސިވިލް ކޯޓުގެ ދަޢުވާގައި ހިމެނޭ ފައިސާއަކީ، އުރްސުލާ ސުސާނާ ކޮއިޕްފްލީ
އަށް ވަކިކަމެއް ވަކިގޮތަކަށް ތަޞައްވުރު (ކައިވެނި ކުރާނެކަމަށް ވަޢުދުވުން) ކޮށްދީގެން އެފައިސާ
ހޯދުމަށްފަހު، މިހާރު އެކަމަށް އިންކާރު ކޮށްފައިވާތީއާއި، އަދި އިބްރާހީމް ޢަލީ އަކީ މީހަކާ ކައިވެނީގެ
ގޮތުން ގުޅިގެންއުޅޭ އަދި ދަރިންވެސް ތިބި މީހެއްކަން މިހާރު އެނގިފައިވާތީ، އެފައިސާއަކީ އޮޅުވާލައިގެން
އޭނާގެ އަތުން އިބްރާހީމް ޢަލީ ނަގާފައިވާ ފައިސާއެއްކަމަށް ސާބިތުކޮށްދިނުމަށްޓަކައި އިތުރުހެއްކެއް
ހުށަހެޅުމަކީ އުރްސުލާ ސުސާނާ ކޮއިޕްފްލީގެ މައްޗަށް ކޮންމެހެން ލާޒިމުކަމެއް ނޫންކަމާއި، މިއުސޫލަކީ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 192/HC
-
A/2011 ޤަޟިއްޔާގައިވެސް ބަލައިގަނެ، އެމައްސަލައިގައި
ތަޠުބީޤުކޮށްފައިވާ އުސޫލެއްކަންވެސް އެނގޭކަމާއި،
އިސްތިއުނާފަށް ހުށަހެޅިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1619
ޤަޟިއްޔާގައި ހިމެނޭ މައްސަލައާ ގުޅިގެން އެކޯޓަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކަށާއި، އެމައްސަލައިގައި
އިބްރާހީމް ޢަލީގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ނަޒަރުކުރާއިރު، 2007 ވަނަ އަހަރުން ފެށިގެން
އެކިފަހަރުމަތިން އިބްރާހީމް ޢަލީއަށް އުރްސުލާ ސުސާނާ ކޮއިޕްފްލީ ދީފައިވާ ފައިސާއަކީ، އެއްވެސް ކަމެއްގެ
މުޤާބިލުގައި ދީފައިވާ ފައިސާއެއް ނޫންކަމަށާއި، އެފައިސާއަކީ
ދ 00
042
4
کر رہی ہے کہ
ވެ،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
10
ޤަޟިއްޔާ
2012/HC-A/270
کی عمری
އެހެންކަމުން
4
2
2 ހ23
ﷲ ނިމުނު
ފައިސާއެއްކަމަށް އިބްރާހީމް ޢަލީ ބުނާބުނުން ފިޔަވައި، އިބްރާހީމް ޢަލީގެ ޝި ދިފާޢު
ސާބިތުކޮށްދިނުމަށްޓަކައި އިތުރު ހެއްކެއް ހުށަހެޅިފައިނުވާކަމާއި،
2007 ވަނަ އަހަރުން ފެށިގެން އެކިފަހަރުމަތިން އިބްރާހީމް ޢަލީއަށް
އުރްސުލާ ސުސާނާ ކޮއިޕްފްލީ ދީފައިވާ ފައިސާއަކީ، ޞައްޙަ މުޢާމަލާތެއްގެ ތެރެއިން އުރްސުލާ ސުސާނާ
ކޮއިޕްޕްލީގެ އަތުން އިބްރާހީމް ޢަލީއަށް ޙައްޤުވާ ފައިސާއެއްކަން ނުވަތަ އެފައިސާއަކީ އެއްވެސް ބަދަލެއްނެތި
ތަބައްރުއެއްގެ ގޮތުން އިބްރާހީމް ޢަލީއަށް އުރްސުލާ ސުސާނާ ކޮޕްފްލީ ދީފައިވާ އެއްޗެއްކަން އިބްރާހީމް
ޢަލީއަށް ސާބިތުކޮށްދެވިފައިނުވުމުން، އެފައިސާއަކީ އިބްރާހީމް ޢަލީގެ ފަރާތުން އުރްސުލާ ސުސާނާ
ކޮއިޕްފްލީއަށް އަނބުރާ ލިބެންޖެހޭނެ ފައިސާއެއްކަމަށް މަދަނީ ކޯޓުން ކަނޑައަޅުއްވާފައިވަނީ ޝަރުޢީ ނުވަތަ
ޤާނޫނީ އުސޫލަކާ ޚިލާފަށްކަމަށް ބެލެވެންނެތްކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، މިމައްސަލައިގައި ޙުކުމްކުރުމަށްޓަކައި، މިއަދު (21 އޮކްޓޫބަރު
2012) ގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޝަރީޢަތުގެ މަޖިލީހަށް އިބްރާހީމް ޢަލީ
ޙާޒިރުވުމަށް އަންގައި އޭނާއަށް މިކޯޓުން ފޮނުވި މިކޯޓުގެ ނަންބަރު h HC
-
B9
/
2012
/
543ކޯޓަށް
ޙާޒިރުވުމުގެ އަމުރު" އާ 15 އޮކްޓޯބަރު 2012 ގައި އޭނާގެ ވަކީލު ޙަވާލުވެފައިވީނަމަވެސް، މިއަދުގެ މި
ޝަރީޢަތުގެ މަޖިލީހަށް އިބްރާހީމް ޢަލީ ޙާޒިރުވެފައި ނުވާތީ މިމައްސަލައިގައި ޙުކުމް ކުރެވިފައިމިވަނީ
އިބްރާހީމް ޢަލީގެ ޣައިރުޙާޒިރުގައެވެ.
4 22
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު
2011/Cv
-
C/1619 ޤަޟިއްޔާގައި ހިމެނޭ މައްސަލަ އިސްތިއުނާފުކުރުމަށް އިބްރާހީމް ޢަލީގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާއަށް ބިނާކޮށް، އެމައްސަލާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭފަދަ
އެއްވެސް ސަބަބެއް އޮތްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ
މަޖިލީހަކަށް ނުފެނުނެވެ.
2 0 2
• ޙުކުމް
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު
ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1619 ޤަޟިއްޔާގައި
މައްސަލަ އިސްތިއު
ތިއުނާފުކުރުމަށް އިބްރާހީމް ޢަލީގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށް ބިނާކޮށް،
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
11
2
2(12)HC-A/270
1 ނިމުނު
ކޯޓުގެ ނަންބަރު 2011/Cv
-
C/1619 ޤަޟިއްޔާގައި ހިމެނޭ މައްސަލާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް
ދިވެހިރާއްޖޭގެ ހައިކޯޓުން އެއްވެސް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް މިމައްސަލަ ބެލުމުގައި
ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، މ.މ.ދ. ދަފްތަރު ނަންބަރު
ރސި 2370/މާލެ އިބްރާހީމް ޢަލީގެ ޢައިރުޙާޒިރުގައި، އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv