ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/312 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009/HC-A/312
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
:މިޚާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 312/HC-A/2009
، އިސްތިއުނާފުކުރި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޙަސަން އިބްރާހީމް
އައިޑީ ކާޑު ނަންބަރ. A119654
L
ދާއިމީ އެޑްރެސް: ރެޑްކޮރަލް ހދ. ކުޅުދުއްފުށި
މިހާރުގެ އެޑްރެސް: ގ. ޖޫލިއެޓް
ހުށަހެޅުނު ތާރީޚް: 20 އޮކްޓޯބަރ 2009
ނިމުނު ތާރީޚް: 13 ސެޕްޓެމްބަރ 2012
• މައްސަލައިގެ ބާވަތް: އަމުރަށް ނުކިޔަމަންތެރިވުން
0
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، އިސްފަނޑިޔާރު އަޙްމަދު ޝަރީފް، ފަނޑިޔާރު ޢަބްދުލްޣަނީ މުހައްމަދު
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009}HC-A/312
ދަޢުވާގެ ޚުލާޞާ:
މިއީ، ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/889 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށް ބުނެ ދައުލަތު (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) ގެ ފަރާތުން
އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާޕީ ދަޢުވާ ރައްދުވާ ފަރާތަކީ ޙަސަން އިބްރާހީމް ރެޑްކޮރަލް/ ހދ.
ކުޅުދުއްފުށިއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
ކޯޓުގެ ނަންބަރު 2009/JC/889 ޤަޟިއްޔާ އަކީ، ޙަސަން އިބްރާހީމް، ގ. ޖޫލިއެޓް
-gl
ޖިނާއީ
01 ގޭގައި ގިނަ ޢަދަދެއްގެ ޞައްޙަނޫން ފައިސާ ގެންގުޅޭކަމުގެ މަޢުލޫމާތު މޯލްޑިވްސް ޕޮލިސް ސާރވިސްއަށް
ލިބުމާއި ގުޅިގެން 17 އޭޕްރީލް 2008 ދުވަހު ފުލުހުން ގ. ޖޫލިއެޓް 01 ގެ ބަލާ ފާސްކުރިއިރު، އެގޭގެ
ބަދިގެ ތެރޭގައި ހުރި ޙަސަން އިބްރާހީމްގެ އަންނައުނު ބަހައްޓާ ބޮޑު އަލަމާރިއެއްގެ ކުޑަ ވަތްގަނޑު ތެރޭގައި
ސިޓީއުރައެއްގެ ތެރެއިން ސައްޙަނޫން 10 (ދިހައެއް) ޔޫ.އެސް ޑޮލަރުގެ 04 (ހަތަރެއް) ގަނޑާއި،
އެއަލަމާރީގެ އަންނައުނު ބަހައްޓާފައި ހުރި ތަނުގައި އޮތް ކަރުދާސް ގަނޑެއްގެ ތެރެއިން ސައްހަނޫން 100
(އެއްސަތޭކަ) ޔޫ.އެސް ޑޮލަރުގެ 22 (ބާވީސް) ގަނޑު ފެނިފައިވާކަމަށް ބުނެ ޤާނޫނުލް ޢުޤޫބާތުގެ 88 ވަނަ
މާއްދާގެ (ހ) ގެ ދަށުން ޙަސަން އިބްރާހީމްގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާކުރުމުން
ބައްލަވާފައިވާ ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ޙަސަން އިބްރާހީމްގެ މައްޗަށް ދައުލަތުން ކުޅަ އަމުރަށް
ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާ ޝަރީޢަތުން ބެލި ބެލުމުން، ޞައްޙަނޫން އެމެރިކާ ޑޮލަރު އަތުގައި
ބެހެއްޓުން ނުވަތަ ގެންގުޅުން މަނާކުރާ ޤާނޫނީ ނައްސެއް ނެތުމުން ޙަސަން އިބްރާހީމްގެ މައްޗަށް ދައުލަތުން
ކުޅަ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާ ޝަރީޢަތަށް ސާބިތު ނުވާކަމަށް ކަނޑައަޅުއްވާފައިކަން
އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
A+
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމް 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3006 4/2/
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2009}HC-A/312
ނުވާކަމަށްބުނެ
02- އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/889 ޤަޟިއްޔާގައި
ޙުކުމް ކުރެއްވުމުން، އެޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން 02 (ދޭއް) ނުކުތާއެއް ފާހަގަކޮށް އެނުކުތާތަކާއި ބެހޭ ގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެނުކުތާތަކަކީ:
• ފުރަތަމަ ނުކުތާއަކީ: ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/889 ޤަޟިއްޔާ ނިންމެވުމުގައި އެކޯޓުން
ފާހަގަކުރެވުނު ނުކުތާތަކުގެ 4 ވަނަ ނަންބަރުގައި ބަޔާންކޮށް ރިޢާޔަތްކުރައްވާފައިވަނީ ހަމައެކަނި ދިވެހި
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 61 ވަނަމާއްދާގެ (ށ) އަށްކަން، އަދި ދިވެހިޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ ދަށުން ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ މަޞްދަރަކީ އިސްލާމީ ޝަރީޢަތްކަން އެނގެން
އޮތްއިރު، އިސްލާމީ ޝަރީޢަތާ ފުށުއަރާ އެއްވެސް ޤާނޫނެއް ހަދާގެން ނުވާނެކަމަށް އެޤާނޫނުއަސާސީގެ 10
ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާއިރު، ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގައި
އިސްލާމީ ޝަރީޢަތުގައި ކުށެއްކަމުގައި ބަލާގެންފައިވާ ކުށްތަކަށް އަދަބު ދެވޭނެ ކަމަށް މަފްހޫމް ލިބޭއިރު
މިކަންތައްތަކަށް މިމައްސަލަ ބެއްލެވުމުގައި ރިޢާޔަތް ކުރައްވާ ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
10
OxOS
• ދެވަނަ ނުކުތާއަކީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 59 ވަނަމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ
ގޮތުން އިސްލާމީ ޝަރީޢަތުގައި ކުށެއްކަމަށް ބަޔާންކޮށްފައިވާ ކަމެއްކޮށްފިނަމަ އަދަބުދޭންޖެހޭނެ ކަމަށް
އޮތްއިރު، އިސްލާމީ ޝަރީޢަތުގައި މަޞްލަޙާ މުރުސަލާގެ ދަށުން ބަލާއިރު، ސައްޙަނޫން ޑޮލަރު
ގެންގުޅުމަކީ ޤައުމުގެ ޢާއްމު މަޞްލަޙަތަށާއި އިޤްތިޞާދަށް ގެއްލުން ލިބޭނެ ޢަމަލެއްކަން ދޭހަކޮށްދޭއިރު،
ޞައްޙަނޫން އެއްވެސް ބާވަތެއްގެ ފައިސާ ގެންގުޅުމަކީ ޢާއްމު މަޞްލަޙަތާ ގުޅުން ހުރިކަމަކަށް ވީހިނދު،
އިސްލާމީ ޝަރީޢަތުގައި ޖަމާޢަތުގެ މަޞްލަޙަތު ފަރުދުންގެ މަޞްލަޙަތަށްވުރެ އިސްކޮށްފައިވާއިރު،
މިއިންކަމަކަށް ނުބައްލަވައި މައްސަލަ ނިންމަވާފައިވުން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
03- ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/889 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި
އެޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭކަމަށްބުނެ ދައުލަތުގެ ފަރާތުން އިސްތިއުނާފު ކުރުމަށް
AJA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009/HC-A/312
ހުށަހަޅާފައިވާ ނުކުތާ
ކުތާތަކަށާއި، މައްސަލައާއި ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލިހުގައި ދައްކާފައިވާ ވާހަކަ ތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި
ކަންތައްތައް ފާހަގަކުރެ
4 & $ &
.ނަފއ
(ހ) ދިވެހިރާއްޖެއަކީ އިސްލާމީ އުޞޫލުތަކުގެ މައްޗަށް ބިނާކުރެވިފައިވާ ދައުލަތެއްކަމާއި،
ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ މައިގަޑު މަޞްދަރަކީ އިސްލާމީ ޝަރީޢަތް ކަމާއި، އިސްލާމްދީނާއި ޚިލާފު ޤާނޫނެއް
ދިވެހިރާއްޖޭގައި ނެހެދޭނެކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 02 ވަނަ މާއްދާއިން ކަށަވަރު
ކޮށްދީފައިވާއިރު، އިސްލާމީ ޝަރީޢަތުގައި ނުވަތަ ޤާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައިނުވާ ކޮންމެކަމެއް
ކުރުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާކަމަށް ޤާނޫނުއަސާސީގެ 19 ވަނަ މާއްދާގައި
ސާފުބަހުން ބުނެފައިވާތީ، އިސްލާމީ އުޞޫލުތަކުގެ މައްޗަށް ބިނާކުރެވޭ ކޮންމެ އިސްލާމީ މުޖުތަމައެކޭވެސް
އެއްފަދައަކުން ޤާނޫނެއްގެ ދަށުން މަނާކުރެވޭ ކަންތައްތަކުގެ އިތުރަށް ދިވެހިރާއްޖޭގައި ހުއްދަކަމަށް ބެލެވޭނެ
ކަންތައްތަކާއި، މަނާކަން
ކަންތައްތަކެއް ކަމަށް ބެލެވޭނެ ކަންތައްތައް ކަނޑައެޅުމުގައި އަސާސެއްކަމަށް ބެލެވޭނީ
އިސްލާމީ ޝަރީޢަތުގައި އެކަމެއްގެ ޙުކުމް އޮންނަގޮތެއްގެ މައްޗަށްކަމާއި؛
އިސްލާމީ ޝަރީޢަތުގައި ކަނޑައެޅި ބަޔާންވެފައިވާ ހަމަތަކާއި އެއްގޮތްވާ ގޮތުގެމަތިން އިސްތިޘްނާ
ޙާލަތެއްގައި އެފަދަ ޚާއްޞަ ޙާލަތަކަށް ބޭނުންވާ މިންވަރަކަށްމެނުވީ އިސްލާމީ ޝަރީޢަތުގައި މަނާ ކުރެވިފައިވާ
ދިވެހިރާއްޖޭގައި ހުއްދަކުރެވޭނެ ހަމައެއްވެސް ފުރުޞަތެއް ނޯންނާނެކަން ރަނގަޅަށް އެނގެން
އޮންނައިރު، ޤާނޫނެއްގެ ދަށުން ނުވަތަ އިސްލާމީ ޝަރީޢަތުގައި މަނާކަމެއްގެ ގޮތުގައި ބެލެވޭކޮންމެ ކަމަކީ
ކުށެއްކަމަށް ބެލެވޭނޭކަމާއި، އެފަދަކުށެއް ކޮށްފި ކޮންމެމީހަކަށް ދިވެހިރާއްޖޭގައި ޢުޤޫބާތް ޙައްޤުވާނެކަން،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ) އިން ރަނގަޅަށް އެނގެން
އެބައޮތްކަމާއި، އަދި އެމާއްދާގައި ވަކިކަމެއް ކުރުން ނުވަތަ ވަކިކަމެއް ނުކޮށް ދޫކޮށްލުން އެއީ ކުށެއްކަމުގައި
އިސްލާމީ ޝަރީޢަތުގައި ނުވަތަ ޤާނޫނުގައި ބަޔާންކޮށްފައިނެތަސް އެކަމެއްކުރި މީހަކަށް ނުވަތަ އެކަމެއް
ނުކޮށްދޫކޮށްލި މީހަކަށް އެކަމަކާ ގުޅުވައިގެން އަދަބު ދީގެންނުވާނެކަމަށް ކަނޑައެޅި ބަޔާންވެފައި އޮތުމުން،
އެކިއެކި ފަރާތްތަކުގެ ޢަމަލުތައް ތަޖްރީމް ކުރެވޭނީ ހަމައެކަނި ޤާނޫނެއްގެ ދަށުން ނޫންކަމާއި، ޢަމަލުތައް
4
2 4ދ$
Oce
AJA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009/HC-A/312
ދިވެހިރާއްޖޭގައި ތަޖްޒީމްކުރެވޭ ދެއަސާސަކީ ޝަރީޢަތާއި ޤާނޫނުކަމާމެދު ޝައްކެއް އުފެދެންޖެހޭ ޝަރުޢީ އަދި
ޤާނޫނީވިޔަސް ހަމައެއް ނެތްކަން އެނގެއެވެ.
ޑ 9
8
އެނޫން
(ނ) ޞައްޙަނޫން އެއްވެސް ބާވަތެއްގެ ފައިސާ ގެންގުޅުމަކީ، ޞައްޙަ ފައިސާއާއި ފައިސާ
އެކުވެ ޞައްޙަ ފައިސާގެ ތެރޭގައި ދައުރުވާ ވިޔަފާރީގެ މުޢާމަލާތްތަކުގައި އެފައިސާ ބޭނުންކުރެވި،
މުޖުތަމަޢުގައި އެކަކު އަނެކަކުގެ މައްޗަށް އޮންނަ އިތުބާރާއި މުޢާމަލާތްތަކުގައި ބޭނުންކުރެވޭ
ފައިސާއަކީ
ޞައްހަ ފައިސާކަމުގެ މައްޗަށް އޮންނަ އިތުބާރު ގެއްލި ވިޔަފާރީގެ މުޢާމަލާތްތައް އޮޅުން ބޮޅުންވެ މަކަރާއި
ޙީލަތާއި އޮޅުވާލުމަށް މަގުފަހިވެގެންދާނެކަމެއް ކަމާއި، އެފަދަ ނުބައިކަންކަމަށް މަގުފަހިވާ ކަންކަމަކީވެސް
އިސްލާމީ ޝަރީޢަތުގައި ދުރުހެލިވުމަށް އަންގަވާފައިވާ ކުރުން މަނާވެގެންވާ ކަންކަން ކަމާއި، ހަމައެހެންމެ
މަކަރާއި ޚީލަތާއި އޮޅުވާލުމަކީ ރަސޫލާގެ ޞައްޙަ ހަދީސް ބަސްފުޅުތަކުން މަނާކުރައްވާ އެފަދަ ޢަމަލު
ކުރާމީހުންނަކީ އަހަރުމެންގެ ތެރެއިން ވާ ބައެއްނޫންކަމަށް ކަނޑައެޅިގެން އަންގަވާފައިވާ ބައެއްކަން އެނގެން
އޮތުމުގެ އިތުރުން، ޞައްޙަ ނޫން ފައިސާ ގެންގުޅުމަކީ، ޢާއްމު މަޞްލަޙަތާ ނިޘާމު ޢާންމު އާއި ޚިލާފު ކަމަށް
ވީހިނދު، ޢާއްމު މަޞްލަޙަތާ ނިޘާމު ޢާންމު އާއި ޚިލާފުވާ ކަންތައްތަކުން އެއްކިބާވެ ޖަމާޢަތުގެ މަޞްލަޙަތާއި
ނިޘާމު ޢާންމު ހިފެހެއްޓުމަށް އިސްލާމީ ޝަރީޢަތުގައި އަމުރުވެވިގެންވާކަން އެއީ ދެބަސްވެވެން ނެތް
ޙަޤީޤަތެއްކަމާއި؛
ސައްޙަނޫން ޑޮލަރު ގެންގުޅުންފަދަ ޤައުމުގެ ޢާއްމު މަޞްލަޙަތަށާއި އިޤްތިޞާދަށް ގެއްލުން ލިބޭފަދަ
ޢަމަލުތަކަކީ ކުށް ކަމުގައި ޤާނޫނުގެ ރައްސެއްގައި ކަނޑައެޅިފައިނެތްނަމަވެސް، އިސްލާމީ ޝަރީޢަތުގައި
މަނާކަންތައްތަކެއްކަމަށް ބެލެވޭ އެފަދަ އެންމެހާ ޢަމަލުތަކަކީ، ޤާނޫނެއް ނުވަތަ ޤަވާޢިދެއްގައި އެހެންގޮތަކަށް
ކަނޑައެޅިފައިނުވާނަމަ، ކުށުގެ ޢަމަލުތަކެއްކަމަށް ބެލުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 02
ވަނަ މާއްދާއާއި 10 ވަނަ މާއްދާއާއި 19 ވަނަ މާއްދާއާއި 59 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ބަލާއިރު
ލާޒިމުކަމެއްކަމާއި، އަދި ޤާނޫނުއަސާސީއާއި ޤާނޫނުގައި ވަކިގޮތަކަށް ކަނޑައެޅިފައި ނުވާ ކަންކަން
ނިންމުމުގައި އިސްލާމީ ޝަރީޢަތުގައި އެކަމެއް ކަނޑައެޅިފައިވާ ގޮތަށް ފަނޑިޔާރުން ރިޢާޔަތްކުރަންވާނެކަމަށް
ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި ޞަރީޙަ ޢިބާރާތުން ބުނެފައިވާކަން އެނގެން އޮވެއެވެ.
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009/HC-A/312
އެންމެބޮ ޑުއެއް
މަޤްޞަދަކީ
446
ހ) ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަޑު މަޞްދަރު ކަމުގައިވާ އިސްލާމީ ޝަރީއަތް ބާއްވާލެއްވުމާއި
ދިވެހިރާއްޖެފަދަ ކޮންމެ އުއްމަތެއްގައިވެސް ޤާނޫނުތަކާއި ޤަވާޢިދުތައް އެކަށައެޅުމުގެ
ފަރުދުންނާއި ޖަމާޢަތުގެ ޙައްޤުތަކާއި ވާޖިބުތައް ރައްކާތެރި ކުރުމުގެ އިތުރަށް އިންސާނީ ފިކުރާއި ވިސްނުމުގެ
ބޭނުންމުޅި އިންސާނީ ޖަމާޢަތުގެ ލާބަޔަށްޓަކައި މެނުވީނުހިފާނޭ އަމާންއޮމާން އަދި ފާގަތި މުޖުތަމައެއް ބިނާކޮށް
ކުރިއެރުވުން ކަމަށްވެފައި، ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ ޖިނާއީޤާނޫނާއި ޤަވާޢިދާ އެއްފަދައަކުން އިސްލާމީ
ޝަރީޢަތުގައި މަނާކުރެވިފައިވާ އެއްވެސްކަމެއް ދިވެހިރާއްޖޭގައި އުޞޫލެއްގެ ގޮތުން ހުއްދަކުރެވޭނެ
ހަމައެއްނެތްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 10 ވަނަ މާއްދާއާއި 59 ވަނަ މާއްދާގެ (ހ)
އިން އެނގެން އޮންނާތީއާއި ޝަރުޢީ ނުވަތަ ޤާނޫނީގޮތުން ކުރެވޭ އަމުރަކަށް ނުކިޔަމަންތެރިވުމަކީ ކުށެއްކަމަށް
ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގައި ކަނޑައެޅި ބަޔާންވެފައިވާ ނައްޞަކީ
އީޖާބީގޮތުން ނުވަތަ ސަލްބީގޮތުންވިޔަސް ވަކިކަމެއް ކުރުމަށް ނުވަތަ ވަކިކަމަކުން އެއްކިބާވުމަށް އިސްލާމީ
ޝަރީޢަތުގައި ޢަމުރުކުރެވިފައިވާ ކޮންމެކަމަކަށް ނަހަމަގޮތުގައި އަރައިގަތުމަކީ ކުށުގެ ޢަމަލެއްކަން ކަނޑައަޅާ
މާއްދާއަކަށްވެފައި، އެފަދަކުށެއް ކޮށްފިމީހެއްގެ މައްޗަށް ކަނޑައަޅަން ޖެހޭނޭ ޢުޤޫބާތްވެސް އެމާއްދާގެ (ހ)
(ހ) އަދި (ނ) ގައި ކަނޑައެޅި ބަޔާންވެފައި އޮތުމާއެކުވެސް އިސްލާމީ ޝަރީޢަތުގައި މަނާ ކުރައްވާފައިވާ
ކަންތައްތަކުގެ ތެރެއިން އިޤުތިޞާދީގޮތުން ޤައުމަށް ގެއްލުމެއް ލިބިދާފަދަކަމެއް ކުރުމާއި، ދިވެހިއުއްމަތަށް
އެއްވެސް ސިފައެއްގައި ގެއްލުމެއް ދިނުމާއި ގެއްލުމެއް ދިނުމަށް ރޭވުމާއި އެފަދަކަމެއް ކުރަންއުޅުމަކީވެސް
ދިވެހިރާއްޖޭގައި ކުށުގެ ޢަމަލުތަކެއް ކަމަށް ބެލެވޭނެތީ، ޤާނޫނުއަސާސީގެ 2 ވަނަ މާއްދާއާއި، 10 ވަނަ
މާއްދާއާއި،
19 ވަނަ މާއްދާއާއި، 59 ވަނަ މާއްދާގެ (ހ) އާއި، 142 ވަނަ މާއްދާގެ އިތުރަށް
ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާބަލާއިރު،
ދިވެހިރާއްޖޭގެ ހައިކޯޓްގެ ފަނޑިޔާރުންދެކެނީ ޞައްޙަނޫން އެމެރިކާ ޑޮލަރު އަތުގައި ބެހެއްޓުން ނުވަތަ
ގެންގުޅުން މަނާކުރާ ޤާނޫނީ ނައްސެއް ޤާނޫނާއި ޤަވާއިދުގައި ނެތްކަމަށްބުނެ ޤާނޫނުއަސާސީގެ 62 ވަނަ
މާއްދާގެ (ށ) އަށް ޙަވާލާދެއްވާ އެކަންކަމަކީ ކުށުގެ ޢަމަލުތަކެއް ކަމަށް ބަލާނެތަނެއްނެތް ކަމަށާއި އަދި
އެކަންކަމަށް ޢުޤޫބާތް ކަނޑައެޅުމަކީވެސް ޤާނޫނުއަސާސީގެ 62 ވަނަ މާއްދާގެ (ށ) އެކަމަށް ހުރަސްއަޅާ
ކަމެއްކަމަށް ދަށުކޯޓްތަކުން ބައްލަވަމުން އައިސްފައިވާގޮތަކީ އިސްލާމީ އުޞޫލުތަކުގެ މައްޗަށް ބިނާކުރެވިފައިވާ
cuo
Aއ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2009/HC-A/312
އަދި އިސްލާމީ ޝަރީޢަތުގައި މަނާކުރެވިފައިވާ އެންމެހައި ކަންތައްތައް ދިވެހިރާއްޖޭގައި މަނާ ކަންތައްތަކެއްގެ
ގޮތުގައި ބެލެވޭނެކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ކަށަވަރުކޮށް ދީފައިވާ ކަށަވަރު
ކޮށްދިނުމާއި ފުށުއަރާކަމެއް ކަމަށެވެ.
ތަޖްރީމް
ވީމާ، އިސްވެ ބަޔާންކުރެވިދިޔަ ކަންކަން އެފަދައިން ހުރުމުން، ޙަސަން އިބްރާހީމްގެ މައްޗަށް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކުރި ދަޢުވާގައި ޙަސަން އިބްރާހީމްއަށް ނިސްބަތްކުރި ޢަމަލު
ޝަރުޢީ އަދި ޤާނޫނީ ނައްޞު ދައުލަތަށް ދެއްކިފައި ނުވާކަމަށް ވިދާޅުވެ ޖިނާއީކޯޓުގެ ނަންބަރު
2009/JC/889 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި އެއްގޮތް
މެއްކަމަށް މިމައްސަލަ ބެލި ފަނޑިޔާރުންނަށް ނުފެނު ހިނދު، ހައިކޯޓުގެ މިޤަޟިއްޔާގައިވެސް ޢަމަލު
ކުރަންޖެހޭނީ މީގެ ކުރީން ހައިކޯޓުން ނިންމާފައިވާ މިބާވަތުގެ އެހެން ޤަޟިއްޔާތަކުގައި ހައިކޯޓުން
ޢަމަލުކުރުމަށް ނިންމާފައިވާ އުޞޫލާއި އެއްގޮތަށް ކަމަށް މިމައްސަލަ ބެލި މަޖިލީހުގެ ފަނޑިޔާރުން
އެއްބަސްވެއެވެ.
ކުs
/
¢ ¢ ¢
ޙުކުމް.
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލިއިރު، ޖިނާއީކޯޓުގެ ނަންބަރު
2009/JC/889 ޤަޟިއްޔާގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ޙަސަން އިބްރާހީމްގެ މައްޗަށް
ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޮށްފައިވާ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާ
ޝަރީޢަތަށް ސާބިތުނުވާކަމަށް ޙުކުމް ކުރައްވާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް
މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް އިއްތިފާޤު ވެވުނު ހިނދު،
އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލުކޮށް، ޖިނާއީކޯޓުގެ ނަންބަރު 2009/JC/889 ޤަޟިއްޔާގައި
ހުށަހެޅުނު ދަޢުވާ، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދަށުކޯޓަށް އަލުން ހުށަހަޅައިފިނަމަ، އެދަޢުވާގެ
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009/HC-A/312
މައުޟޫޢާމެދު ގޮތެއް ކަނޑައެޅުމަށް އަންގާ މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ
މަޖިލީހުގެ އިއްތިފާޤުން ޙުކުމްކޮށް ފީމެވެ.
ދިވެހިމް
ދިވެހިރާއްޖެ'
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv