ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/228 ޤަޟިއްޔާގެ ޙުކުމް
ވާ ޖީ
1
228/HC-A/14ޤ2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
6
ޤަޟިއްޔާ ނަންބަރ: 228/HC-A/2014
އިސްތިއުނާފުކުރި ފަރާތް:
ނަން: އަލީ ފާއިޒް
ކާޑު ނަންބަރ A073453
* ދާއިމީ އެޑްރެސް: ދޫރެސް، ށ.ފީވައް
މިހާރުގެ އެޑްރެސް: ދޫރެސް، ށ.ފީވައް
*
*
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* އައިޑީ ކާޑު ނަންބަރ:
އިމީ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
މިހާރުގެ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ރަޖިސްޓްރީކުރެވުނު ތާރީޚް: 23 ޝައްވާލް 1435
19 އޯގަސްޓް 2014
ނިމުނު ތާރީޚް: 2 ޒުލްޤައިދާ 1435
28 އޯގަސްޓް 2014
އިސްތިއުނާފުކުރެވުނު އަމުރު ނަންބަރު: 2014/7467(J(MD-145
ނިންމެވިކޯޓު: ކްރިމިނަލް ކޯޓު
މައްސަލައިގެ ބާވަތް: ކޯޓު އަމުރު
ހުށަހެޅި ތާރީޚް: 2014-08-14 = ނިމުނު ތާރީޚް: 2014-08-14
މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު ޔޫސުފު ޙުސައިން ފަނޑިޔާރުން
ދިވެހިރާއްޖޭގެ
ޝަރީފް
ޢައްބާސް
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
20j4/HC-A/22
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2014/7467(J
(
MD-145 ކޯޓު އަމުރު
ނެރުއްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ ށ.ފީވައް ދޫރެސް، ޢަލީ ފާއިޒު
(ދ.ރ.ކާޑު ނަންބަރުA073453) ގެ ފަރާތުން އެ އަމުރު ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން
ބަލާފައިވާ ޤަޟިއްޔާއެކެވެ. ޢަލީ ފާއިޒު ކުރި މި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހެވެ.
•މައްސަލައާއި ގުޅުންހުރި ލިޔުންތައް:
1- މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު: TD069584 "ހައްޔަރުކުރެވޭ މީހާގެ މަޢުލޫމާތު ފޯމް"
2- މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު: TD069584 "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން
ބަންދުކުރިތާ 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް މައްސަލަ ހުށަހަޅާ
ފޯމް"
ފާހަގަކުރެވުނު ނުކުތާތައް:
01 ކްރިމިނަލް ކޯޓުގެ ނަންބަރު 2014/7467(J
(
MD-145 ކޯޓު އަމުރަކީ، މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ނަންބަރު: TD069584 "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން ބަންދުކުރިތާ 24
ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް މައްސަލަ ހުށަހަޅާ ފޯމް" އިން ށ.ފީވައް
ދޫރެސް، ޢަލީ ފާއިޒު (ދ.ރ.ކާޑު ނަންބަރުA073453)ގެ ބަންދާމެދު ގޮތެއް ނިންމައިދިނުމަށް އެދި
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން އެކޯޓުން ނެރުއްވާފައިވާ
އަމުރެއްކަން އެނގެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
20j4/HC-A/22
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ކު06 6
ތުހުމަތުގައި ހައްޔަރުކުރެވޭ
އނއިގެ
402 ކްރިމިނަލް ކޯޓުގެ ނަންބަރު: 2014/7467(J(MD-145 "ކޯޓު އަމުރު" އަކީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށް ނެރުއްވާފައިވާ އަމުރެއް ކަމަށް ބުނެ ޢަލީ ފާއިޒްގެ ފަރާތުން
އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާފައިވާ ފޯމުގައި 04 ނުކުތާއެއް ފާހަގަކޮށް އެ ނުކުތާއާމެދު ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައި ވެއެވެ.
* ފުރަތަމަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 48 ވަނަ މާއްދާގެ (ރ)
ގައި،
ރެވޭ މީހަކު ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް އޭނާ
ބަންދުކޮށްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމުގެ ޙައްޤު ލިބިދީފައިވަނިކޮށް،
އެޙައްޤު ނިގުޅައިގަނެ، ޢަލީ ފާއިޒް ބަންދުކުރައްވަން ފުލުހުން ހިންގެވި އިޖުރާއާތުގެ ޞައްޙަކަމާމެދު
ފަނޑިޔާރު ގޮތެއް ކަނޑައަޅުއްވާފައި ނެތްކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
* ދެވަނަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 19/SC
-
A/2010 ނަންބަރު ޤަޟިއްޔާގެ
ފާހަގަކުރެވުނު ނުކުތާތަކުގެ 2 ވަނަ ނަންބަރުގެ (ށ) ގައި، ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހަކަށް،
އެމީހެއްގެ މައްޗަށް ތުހުމަތުކުރެވޭ ކުށާއި އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބު ސާފުކޮށް
އޮއްވާ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ޢަލީ ފާއިޒް ހައްޔަރުކުރުމަށްފަހު
ބަންދުގައި ބެހެއްޓުމާމެދު ގޮތެއް ނިންމުމަށް ފަނޑިޔާރުގެ ކުރިމައްޗަށް ގެންދިޔައިރުވެސް ޢަލީ ފާއިޒުއަށް އޭނާ
ބަންދުކުރެވުނު ސަބަބު އަންގާފައި ނުވިކަމުގައިވިޔަސް އެކަންކަމަށް ބެއްލެވުމަކާ ނުލައި، ޢަލީ ފާއިޒް
ހައްޔަރުގައި ދެމެހެއްޓުމަށް އަމުރުކުރައްވާފައިވާ ކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާ
ފެކުތާއެވެ.
ތިންވަނަ ނުކުތާއަކީ: ޢަލީ ފާއިޒް ހައްޔަރުކުރެވުނު މައްސަލާގައި، އޭނާ ހައްޔަރުކުރުމަށް ކޯޓު
ނެރެފައިވެސްނެތީސް، ޤާނޫނު ނަންބަރު 5/2008 (ފުލުހުންގެ ޤާނޫނު) ގެ 8 ވަނަ މާއްދާގެ ދަށުން
ހަދާފައިވާ "ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުން ހިފުމާބެހޭ ޤަވާޢިދު" ގެ
10 ވަނަ މާއްދާގައި ކޯޓު އަމުރަކާނުލައި މީހުން ދިރިއުޅޭ ތަންތަނަށް ވަނުމަށް ހުއްދަކުރާ ޙާލަތެއް
މެދުވެރިވެފައިނެތީސް، ޢަލީ ފާއިޒް ދިރިއުޅޭ ގެއަށް ވަދެ، ޤަވާޢިދާ ޚިލާފަށް ހިންގެވި މިދެންނެވި އިޖުރާތުގެ ހަޓް
ހއ 2
3 ފ 8
4
2 ހދ8
ކންފުންޏެ2ށ
8 292
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިންޑީގެ
\ •
4
20j4/HC-A/22
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ބޭނުންކޮށްގެން،
OCX
އެ އިޖުރާޢަތުގެ ސަބަބުން މެދުވެރިވި ޙާލަތެއްގައި ޢަލީ ފާއިޒް ހައްޔަރުކުރެއްވި ކުރެއްވުން
ޤާނޫނީ ގޮތުން ތަސްނީފު ކުރެއްވުމަކާ ނުލައި، ޢަލީ ފާއިޒް ހައްޔަރުގައި ދަމަހައްޓަން އަމުރުކުރައްވާފައިވާ
މަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
* ހަތަރުވަނަ ނުކުތާއަކީ: ކޯޓުއަމުރަކާ ނުލައި މީހުން ހައްޔަރު
ގޮތުން ފުލުހުންނަށް
ލިބިދީފައިވާ އެންމެހާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުން ހިފުމާބެހޭ ޤަވާޢިދު" ގެ 13 ވަނަ މާއްދާގައި
ކަނޑައެޅި ބަޔާންކޮށްފައިވާ އެއްވެސް ސަބަބެއް މެދުވެރިވެފައި ނެތީސް، ކޯޓުއަމުރަކާ ނުލައި ޢަލީ ފާއިޒް
ކުރެއްވި ހައްޔަރުގެ ޤާނޫނީ ޞައްޙަކަމާމެދު ދަށުކޯޓުން ގޮތެއް ކަނޑައަޅުއްވާފައި ނެތް ކަމަށްބުނެ
ފާހަގަކޮށްފައިވާ ނުކުތާއެވެ.
03 ކްރިމިނަލް ކޯޓުގެ ނަންބަރު 2014/7467(J(MD-145 ކޯޓު އަމުރަށާއި، ޢަލީ ފާއިޒްގެ
ފަރާތުން އެ އަމުރު އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ދެފަރާތުން
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް
ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ)
ގައި، ކުށެއްގެ ތުހުމުގައި ހައްޔަރު ކުރެވޭ މީހަކު ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް އޭނާ
ބަންދުކޮށްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމުގެ ޙައްޤު ލިބިދީފައި ވަނިކޮށް،
އެ ޙައްޤު އަލީ ފާއިޒުގެ ކިބައިން ނިގުޅައިގަނެ، ޢަލީ ފާއިޒު ބަންދުކުރަން ފުލުހުން ހިންގި އިޖުރާޢަތުގެ
ޞައްޙަކަމާމެދު ކްރިމިނަލް ކޯޓުގެ މުއްދަތުގެ މަޖިލީހުގައި ގޮތެއް ކަނޑައަޅުއްވާފައި ނުވާކަމަށް ބުނެ، ޢަލީ
ފާއިޒުގެ ފަރާތުން އިސްތިއުނާފުކޮށްފައިވާ ނުކުތާއަށް ބަލާއިރު، ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ)
ގައި، ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ ބަންދުކޮށްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިންތޯ
ކަނޑައެޅުމަށް، އެ މީހަކު ހައްޔަރުކުރެވުނުތާ ގިނަވެގެން 24 ގަޑިއިރުގެ ތެރޭގައި، ފަނޑިޔާރެއްގެ ކުރިމައްޗަށް
ހާޒިރުކުރާން ވާނެކަމަށާއި، އަދި ޝަރުތަކާއެކު ނުވަތަ ޝަރުޠަކާ ނުލައި އެ މީހަކު ދޫކޮށްލުމަށް،
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
20j4/HC-A/22
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
0 cx
6
2 ހއ
ގެތެއް ނިންމުމަށް
میسر کرد
ބަންދުގައި ބެހެއްޓުމަށް އަމުރެއް ނެރުމުގެ ބާރު އެ ފަނޑިޔާރަކަށް ލިބިގެންވާކަމަށް، އެމާއްދާގައި
ބަޔާންކޮށްފައިވާކަން ފާހަގަކުރެވޭކަމާއި،
އެހެންކަމުން، މީހަކު ހައްޔަރު ކުރުމަށްފަހު، 24 ގަޑިއިރުގެ ތެރޭގައި އެމީހާގެ ބަންދާމެދު
އެމީހަކު ފަނޑިޔާރުގެ ކުރިމައްޗަށް ހާޒިރުކުރެވޭ ވަގުތު، މުހިންމު ދެކަމެއްގައި އެކު އެކީގައި
ފަނޑިޔާރު ގޮތެއް ނިންމަންޖެހޭކަމާއި، އެއީ ފުލުހުން އެމީހަކު ހައްޔަރުކޮށްފައިވަނީ ޤާނޫނާއި ޤަވާއިދާއި
އެއްގޮތަށްކަން ނުވަތަ ނޫންކަން ކަނޑައެޅުމާއި، އެމީހަކު 24 ގަޑިއިރަށްވުރެ އިތުރަށް ހައްޔަރުގައި ނުވަތަ
ބަހައްޓަންޖެހޭފަދަ ޙާލަތެއް މެދުވެ.
މެދުވެރިވެފައިވާކަން ނުވަތަ ނޫންކަން ކަނޑައެޅުންކަމާއި،
މީގެތެރެއިން، އެމީހަކު ހައްޔަރު ކުރެވިފައިވަނީ ޤާނޫނާއި އެއްގޮތަށް ނޫންކަމަށް ފަނޑިޔާރަށް
ފެނިއްޖެނަމަ، ޝަރުޠަކާއެކު ނުވަތަ ޝަރުޠަކާ ނުލައި އެމީހަކު ދޫކޮށްލުމަށް ވަގުތުން ފަނޑިޔާރުން އަމުރު
ކުރަންވާނެކަމާއި، އަދި އެމީހަކު ހައްޔަރުކުރެވިފައިވަނީ ޤާނޫނީ އިމުގެ ތެރެއިން ކަމަށް ފަނޑިޔާރަށް
ބުރަވެވިއްޖެނަމަ، އެމީހަކު ބަންދުގައި އިތުރަށް ބަހައްޓަންޖެހޭފަދަ ޙާލަތެއް މެދުވެރިވެފައިވޭތޯ ބަލައި،
އެކަމާމެދު ގޮތެއް ނިންމަންޖެހޭކަމާއި، އެހެންކަމުން ހައްޔަރުކުރެވިފައިވާ މީހާ، 24 ގަޑިއިރަށްވުރެ އިތުރަށް
ބަންދުގައި ބަހަޓަންޖެހޭކަމަށް ފަނޑިޔާރަށް ފެންނަ ޙާލަތްތަކުގައި، އެމީހަކު އިތުރަށް ބަންދުގައި ބެހެއްޓުމަށް
ފަނޑިޔާރަށް އަމުރުކުރެވޭނީ އެމީހަކު ބަންދުކުރެވިފައިވަނީ ޤާނޫނީ އިމުގެ ތެރެއިން ކަމަށް ފަނޑިޔާރަށް
ބުރަވެވިގެން ކަމުގައިވާތީ، 24 ގަޑިއިރަށްވުރެ އިތުރަށް އެމީހަކު ބަންދުކޮށްފައިވާ ބެހެއްޓުމަށް ފަނޑިޔާރު
އަމުރުކުރުމުގެ ކުރިން އެމީހަކު ބަންދުކުރެވިފައިވަނީ ޤާނޫނީ އިމުގެ ތެރެއިން ކަމަށް ކަނޑައަޅައި ވަކި
ނިންމުމެއް ނިންމިކަން އެނގޭގޮތަށް އިޖްރާއީ ގޮތުންނާއި ޝަކުލީ ގޮތުން އެކަން ހަމަޖެހިފައި އޮތުމަކީ،
އެކަންކުރުމުގެ އެންމެ ފުރިހަމަގޮތްކަމާއި، ނަމަވެސް އެފަދަ ނިންމުމެއް ވަކިން ނިންމިކަން ފެންނަން ނެތުމަކީ،
އެމީހާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ނިންމި ނިންމުން އެ އަސާސްގެ މައްޗަށް ބާޠިލްވާނެ
ކަމެއް ނޫންކަމާއި، އެހެނީ 24 ގަޑިއިރަށްވުރެ އިތުރަށް މީހަކު ބަންދުގައި ބެހެއްޓުމަށް ފަނޑިޔާރަށް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
20j4/HC-A/22
ސިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އަމުރުކުރެވޭނީ، އެމީހަކު ބަންދުކޮށްފައިވާ ބަންދުކުރުން ޞައްޙަކަމަށް ފަނޑިޔާރަށް ކަނޑައެޅިގެންކަމުގައި
ވާތީކަން ފާހަގަކުރެވެއެވެ.
0ނކނ20
COCC
ست
م م ع کر د مې پی
(ނ) ދެވަނަ ކަމަކީ: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC
-
A/2010
ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 2 ވަނަ ނަންބަރުގެ (ށ) ގައި، ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ
މީހަކަށް، އެމީހެއްގެ މައްޗަށް ތުހުމަތު ކުރެވޭ ކުށާއި އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބު ސާފުކޮށް
އޮއްވާ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ޢަލީ ފާއިޒު ހައްޔަރުކުރުމަށްފަހު،
ޓުމާމެދު ގޮތެއް ނިންމުމަށް ފަނޑިޔާރު ކުރިމައްޗަށް ގެންދިޔައިރުވެސް، ޢަލީ ފާއިޒު އަށް އޭނާ
ބަންދުކުރި ސަބަބު އަންގާފައި ނުވިކަމުގައިވިޔަސް، އެކަންކަމަށް ބެއްލެވުމަކާ ނުލައި ޢަލީ ފާއިޒުގެ ބަންދުގެ
މުއްދަތު އިތުރުކޮށްފައިވަނީ ކަމަށް ޢަލީ ފާއިޒުގެ ފަރާތުން ބުނެ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ
އިސްތިއުނާފުގެ ފޯމުގައި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ޢަލީ ފާއިޒު ބަންދުކުރުމަށްފަހު، އޭނާގެ
މައްޗަށް ތުހުމަތުކުރެވޭ ކުށް ބަޔާންކޮށްދިނުމަށް އަންގަންޖެހޭ ރަސްމީ އެންގުން އެހާތަނަށްވެސް
އަންގާފައިނުވާކަމަށް ފާހަގަކޮށްފައިވާއިރު، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެ އެންގުން އޭނާއަށް އަންގާފައި
ނުވަނީ ނޫންކަމާއި، އެ ފަރާތުން އަންގަންޖެހޭ ރަސްމީ އެންގުން ޢަލީ ފާއިޒު އަށް ރަސްމީކޮށް
އެންގުމާއި ޙަވާލުވުމަށް އޭނާ އިންކާރުކޮށްފައިވަނީކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ފާހަގަކުރެއްވުމުން، އެކަމަށް ޢަލީ ފާއިޒުގެ ފަރާތުން އެއްބަސްވެފައިވާކަން
4.
އެރޭގެމެނޭ،
ފާހަގަކުރެވެއެވެ.
(ނ) ތިންވަނަ ކަމަކީ: ޢަލީ ފާއިޒު ހައްޔަރުކުރެވުނު މައްސަލާގައި، އޭނާ ހައްޔަރުކުރުމަށް
ކޯޓުން އަމުރެއް ނެރެފައިނެތަސް، ޤާނޫނު ނަންބަރު 5/2008 (ފުލުހުންގެ ޤާނޫނު) ގެ 8 ވަނަ މާއްދާގެ
ދަށުން ހަދާފައިވާ "ފުލުހުންނަށް ލިބިދީފައިވާ އެންމެހައި ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުން ހިފުމާބެހޭ
ޤަވާޢިދު" ގެ 10 ވަނަ މާއްދާގައި، ކޯޓު އަމުރަކާ ނުލައި މީހުން ދިރިއުޅޭ ތަންތަނަށް ވަނުމަށް ހުއްދަކުރާ
ޙާލަތެއް މެދުވެރިވެފައިނެތީސް، ޢަލީ ފާއިޒު ދިރިއުޅޭ ގެއަށްވަދެ، ޤަވާޢިދާ ޚިލާފަށް އިޖުރާޢަތުގެ ބޭނުންކޮށްޢާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
1
20j4/HC-A/22
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެއިޖުރާޢަތުގެ ސަބަބުން މެދުވެރިވި ޙާލަތެއްގައި ޢަލީ ފާއިޒު ހައްޔަރުކުރިކުރުން ޤާނޫނީގޮތުން ތަކްލީފު
ކުރުމަކާނުލައި، އޭނާ ހައްޔަރުގައި ދަމަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކުރައްވާފައިވަނީ ކަމަށް ޢަލީ ފާއިޒުގެ
ފަރާތުން ފާހަގަކޮށް، ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައާއި ގުޅިގެން، ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހުގެ ފަރާތުން ދައްކާފައިވާ ވާހަކައަށާއި، މިޤަޟިއްޔާއާއި ގުޅިގެން ހުށަހެޅިފައިވާ
ލިޔެކިއުންތަކަށް ބަލާއިރު،
ޢަލީ ފާއިޒު ގެ
ފަރާތުން މިނުކުތާގައި ފާހަގަކޮށްފައިވާ ގޮތާއި ޚިލާފަށް އޭނާ ހައްޔަރު
ކުރެވިފައިވަނީ "އެވަރ ވިން ފްރެޝް" ނަކަމަށް ކިޔާ ދޯންޏަކުން ކަމާއި، އޭނާ ދިރިއުޅޭ ގެއަކުން ނޫންކަން
ސާފުކޮށް އެނގެން އޮންނަ ކަމާއި، ޢަލީ ފާއިޒް ހައްޔަރު ކުރެވިފައިވަނީ، 2014 އޯގަސްޓް 14 ވަނަ ދުވަހުގެ
ވަގުތެއް (ރޭގަނޑު) ގައި، ޢަލީ ފާއިޒު އާއި އަދި އިތުރު ބަޔަކު ބައިވެރިވެގެން، "އެވަރ ވިން ފްރެޝް"
ނަކަމަށް ކިޔާ ދޯންޏަށް އަރާ، އެދޯނީގައިހުރި އިބްރާހީމް ރަޝީދު ކިޔާމީހެއްގެ ގައިގައި ތަޅާ މާރާމާރީ ހިންގާ،
ވާގަޑަކުން އިބްރާހީމް ރަޝީދު ބަނދެ، "އެވަރ ވިން ފްރެޝް" ދޯނީގައިހުރި ބައެއްތަކެތި އެހެން ދޯންޏަކަށް
އަރުވާ، އިބްރާހީމް ރަޝީދު ރަހީނުކޮށްގެން ގެންގޮސްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި، ޢަލީ
ފާއިޒުގެ ބައިވެރިވުންވެސްވާ ކަމަށް ބެލެވޭތީ، އެދުވަހުގެ 04:20 (ފަތިސް) ގައި ކަމާއި، ރަހީނު ކުރެވިފައިވާ
ކަމަށް ބެލެވޭ އިބްރާހީމް ރަޝީދު ސަލާމަތްކުރެވިފައިވަނީ، 2014 އޯގަސްޓް 14 ވަނަ ދުވަހުގެ 02:40
އެހާކަން ހާއިރު ޢަލީ ފާއިޒު އާއެކު މިކަމުގައި ބައިވެރިވާ އެހެން ދެމީހެއްގެ ބެލުމުގެ ދަށުގައި މާލޭގެ ގެއެއްގެ
ކޮޓަރިއެއްގެ ތެރޭގައިވަނިކޮށްކަމާއި، އިބްރާހީމް ރަޝީދުގެ ފަރާތުން ފުލުހުންނަށް މަޢުލޫމާތު ލިބިފައިވާގޮތުގައި،
"އެވަރ ވިން ފްރެޝް" ދޯންނަށް އަރާ އިބްރާހީމް ރަޝީދު އަށް އަނިޔާކޮށް އޭނާ ރަހީނު ކުރި މީހުންގެ
ތެރޭގައި ޢަލީ ފާއިޒު ކިޔާ މީހަކު ހިމެނޭކަމާއި، އެމީހާ އޭރުވެސްވީ އެދޯނީގައި ތިލަފުށީގައިކަމާއި، އެމީހާ
އެދޯނީގައި މަޑުކޮށްގެންހުރީ އިބްރާހީމް ރަޝީދު އަތުން ފައިސާހޯދުމުގެ ބޭނުމުގައި އޭނާ ގަދަކަމުން މާލެގެނައި
މީހުންނަށް އިބްރާހީމް ރަޝީދު އަތުން ފައިސާ ނުލިބިގެން އެދޯނީގައި ރޯކޮށްލުމަށް އަންގައިފިނަމަ އެކަން
ތަންފީޒުކުރުމަށްކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ބަހުންނާއި އިބްރާހީމް ރަޝީދު މައްސަލާގެ ތަޙްޤީޤަޓްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ވަ02
8
20j4/HC-A/22
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
4
4 މވ ހޑ 8
074ކއި
4 s
ދީފައިވާ ބަޔާނަށް ބެލުމުން އެނގެން އޮންނާތީ، "އެވަރ ވިން ފްރެޝް" ދޯނީގައި އަލީ ފާއިޒު ހުއްޓާ،
ފުލުހުން ކޯޓު އަމުރެއް ނެތި ޢަލީ ފާއިޒު ހައްޔަރުކޮށްފައިވަނީ، "ފުލުހުންނަ
ހިންނަށް ލިބިދީފައިވާ އެންމެހައި ޤާނޫނީ
ބާރުތަކާއި އިޚްތިޔާރުގެ ބޭނުން ހިފުމާބެހޭ ޤަވާޢިދު" ގެ 10 ވަނަ މާއްދާގައި، ކޯޓު އަމުރަކާނުލައި މީހުން
ދިރިއުޅޭ ތަންތަނަށް ހުއްދަކުރާ ޙާލަތްތަކުގެ ތެރެއިން ޙާލަތެއް ނުވަތަ
މެދުވެރިވެފައިވާކަމަށް ބެލެވޭ ހިނދެއްގައިކަމަށް ބުރަވެވޭކަމާއި،
އެހެނީ މީހެއްގެ ނުވަތަ ބައެއްގެ ފުރާނަ ސަލާމަތްކުރުމަށް، ނުވަތަ މުދަލަކަށް ލިބިދާނެ ބޮޑު
ގެއްލުމަކުން އެމުދާ ސަލާމަތްތެރިކުރުމަށް، ނުވަތަ ތުހުމަތުކުރެ މީހާ ފިލާފާނެ ކަމަށް، ނުވަތަ ކޮންމެހެން
ފިޔަވަޅު އަޅަންޖެހޭކަމަށް އެކަށީގެންވާ ސަބަބަކާއެކު ޤަބޫލުކުރެވޭ ޙާލަތެއް
ލަތެއްގައި، ކޯޓު އަމުރަކާ ނުލައިވެސް
ފުލުހުންނަށް ގޯތި ގެދޮރަށާއި މީހުން ދިރިއުޅޭ ތަންތަނަށް ވަދެ ބަލާފާސްކޮށް އެވަގުތަކަށް ކޮންމެހެން އަޅަންޖެހޭ
ފިޔަވަޅުތައް އެޅުމުގެ ބާރު އެޤަވާޢިދުން ލިބިދީފައިވާތީކަން ފާހަގަކުރެވެއެވެ.
(ނ) ހަތަރުވަނަ ކަމަކީ: ކޯޓު އަމުރަކާނުލައި މީހުން ހައްޔަރުކުރުމާބެހޭ ގޮތުން ފުލުހުންނަށް
ލިބިދީފައިވާ އެންމެހައި ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުން ހިފުމާބެހޭ ޤަވާޢިދު" ގެ 13 ވަނަ މާއްދާގައި،
ކަނޑައެޅި ބަޔާންކޮށްފައިވާ އެއްވެސް ސަބަބެއް މެދުވެރިވެފައި ނެތީސް ޢަލީ ފާއިޒު ހައްޔަރުކޮށްފައިވާއިރު، އެ
ހައްޔަރުގެ ޤާނޫނީ ޞައްޙަކަމާމެދު ކްރިމިނަލް ކޯޓުން ގޮތެއް ނިންމާފައި ނުވާކަމަށްބުނެ ޢަލީ ފާއިޒުގެ ފަރާތުން
ދައްކާފައިވާ ވާހަކައަށާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދައްކާފައިވާ ވާހަކައަށް ބަލާއިރު،
ކ.ތިލަފުށީ ފަޅުގައި "އެވަރ ވިން ފްރެޝް" ނަކަމަށް ކިޔާދޯނީގައި ޢަލީ ފާއިޒު ހުއްޓާ 2014 އޯގަސްޓް 14
ވަނަ ދުވަހުގެ 4:00 ގައި އޭނާ ހައްޔަރުކުރެވިފައިވަނީ، އޭނާގެ ފުށުން އެހެން މީހެއްގެ މުދަލަކަށް ނުވަތަ
އެހެން މީހެއްގެ ފުރާނައަށް ނުރައްކާވުމުގެ އިހުތިމާލު އޮތްކަމުގެ މަޢުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސަށް
ލިބިފައިވާތީކަން ހުށަހެޅިފައިވާ ލިޔުންތަކުން ސާފުކޮށް އެނގެން އޮތްކަމަށްޓަކައި، އެ ޙާލަތަކީ "ފުލުހުންނަށް
ލިބިދީފައިވާ އެންމެހައި ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުން ހިފުމާބެހޭ ޤަވާޢިދު" ގެ 13 ވަނަ މާއްދާގައި
4
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
9
20j4/HC-A/22
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ކަނޑައެޅި ބަޔާންވެފައިވާ ޙާލަތްތަކުގެ ތެރެއަށް ފެތޭ ޙާލަތެއްކަމަށް ނުބެލެވެންވީ ސަބަބެއް އޮތްކަމަށް
ނުފެންނަކަން ފާހަގަކުރެވެއެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތައް އެފަދައިން
ފޯމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު 2014
/
7467/J
(
MD-145 ކޯޓު އަމުރުން 2014 އޯގަސްޓް 14
ވަނަ ދުވަހުގެ 16:30 އިން ފެށިގެން 2014 އޯގަސްޓް 24 ވަނަ ދުވަހުގެ 16:29 ގެ ނިޔަލަށް،
މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ ތަނެއްގައި ޢަލީ ފާއިޒު ބަންދުކޮށްފައި
އަމުރުކޮށްފައިވަނީ އެކަމަށްޓަކައި ކަނޑައެޅިފައިވާ ޤާނޫނުތަކާއި ޤަވާޢިދު ތަކުގެ ބޭރުންކަމަށް ބެލެވެން ނެތްކަން
ބެހެއްޓުމަށް
ފާހަގަކުރެވެއެވެ.
ޙުކުމް:
ވީމާ، އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތައް އެފަދައިން
ހުރުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު 2014/7467(J(MD-145 ކޯޓު އަމުރުން 2014 އޯގަސްޓް 14
ވަނަ ދުވަހުގެ 16:30 އިން ފެށިގެން 2014 އޯގަސްޓް 24 ވަނަ ދުވަހުގެ 16:29 ގެ ނިޔަލަށް،
މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ ތަނެއްގައި ޢަލީ ފާއިޒު ބަންދުކޮށްފައި ބެހެއް
ބެހެއްޓުމަށް ކްރިމިނަލް
ކޯޓުން ކޮށްފައިވާ އަމުރަށް ބަދަލުގެންނަންޖެހޭތަނެއް ނެތްކަމަށް ކަނޑައަޅައި، އެގޮތުގެމަތިން
.ގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
8/
ހައިކޯޓު
ފ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv