ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2007/HC-A/28 ޤަޟިއްޔާގެ ޙުކުމް
1
2007/HC-A/28
**
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
t 2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 28/HC-A/2007
• އިސްތިއުނާފް ކުރިފަރާތް:
* ނަން އެޓަރނީ ޖެނެރަލްގެ އޮފީސް
ވަކީލު: ޑެޕިއުޓީ ސްޓޭޓް އެޓަރނީ އޖ. ފާޠުމަތު ޙަލީމް
އިސްތިއުނާފް ރައްދުވި ފަރާތް:
ނަން: މުޙައްމަދު މާހިރު
ދާއިމީ އެޑްރެސް: ފ. ޅޮހީގެ
އައި.ޑީ.ކާޑު ނަންބަރު: A009466 މިހާރުގެ އެޑްރެސް: ހ. ޅޮހީގެ
0
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 11 މުޙައްރަމް 1428
ނިމުނު ތާރީޚް: 01 ރަބީޢުލްއާޚިރު 1433
30 ޖެނުއަރީ 2007
23 ފެބްރުއަރީ 2012
0
0
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2002/MC/716
• ނިންމެވި ކޯޓު މަދަނީކޯޓު
• ޤަޟިއްޔާގެ ބާވަތް: ފައިސާހޯދުން
ހުށަހެޅުނު ތާރީޚް: 25 އޭޕްރިލް 2002 ނިމުނު ތާރީޚް: 15 ސެޕްޓެމްބަރ 2005
• މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ: ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
2
2007/HC-A/28
0
ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީކޯޓުގެ ނަންބަރު 2002/MC/716 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފު ކޮށްދިނުމަށްއެދި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ވުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ
ދ. ހީގެ މުޙައްމަދު މާހިރުއެވެ.
CCCO
.1
.2
ފާހަގަކުރެވުނު ނުކުތާތައް:
މަދަނީކޯޓުގެ ނަންބަރު 2002/MC/716 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފު ކޮށްދިނުމަށްއެދި އެޓަރނީ ޖެނެރަލްގެ
އޮފީހުގެ ފަރާތުން، އެ އޮފީހުގެ ނަންބަރު 195
/
2007
/
16އޭ-32 (21 ޖަނަވަރީ 2007) ސިޓީއިން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
މަދަނީކޯޓުގެ ނަންބަރު 2002/MC/716 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު،
އެޤަޟިއްޔާއަކީ،
ޅޮހީގެ މުޙައްމަދު މާހިރު ބޭންކް އޮފް ކްރެޑިޓް އެންޑް ކޮމާރސް އިންޓަރނޭޝަނަލް(
މާލެ އިން އަނބުރާ ދައްކާގޮތަށް ނަގާފައިވާ 203,315.54$US (ދެލައްކަ ތިންހާސް ތިންސަތޭކަ ފަނަރަ
ޕޮއިންޓް ފަހެއް ހަތަރެއް ޔޫ.އެސް ޑޮލަރު) ގެ ލޯނުގެ މައްސަލަ ކޯޓު ނަންބަރު 03 ގެ ނަންބަރު
3
/
87-JC/45 ޤަޟިއްޔާގައި ބައްލަވައި ނިންމެވިއިރު ލޯނުގެ ސާރވިސް ޗާޖުގެ ބައި ނިންމަވާފައިނުވާތީ،
މިލޯނުގެ ސާރވިސް ޗާޖަށް ދައްކަންޖެހޭ 56,091.83$US (ފަންސާސްހަހާސް ނުވަދިހައެކެއް ޕޮއިންޓް
ޔޫ.އެސް ޑޮލަރު) މުޙައްމަދު މާހިރުގެ އަތުން ހޯދުމަށްއެދި ދައުލަތުގެ ފަރާތުން ދަޢުވާކުރުމުން
ބެލެވިފައިވާ މައްސަލައެއްކަން އެނގެން އޮވެއެވެ.
މިމައްސަލައާ ގުޅިގެން މަދަނީކޯޓުގެ ނަންބަރު 2002/MC/716 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އެމައްސަލާގައި ޙުކުމް ކުރައްވާފައިވަނީ މިފަދައިންނެވެ. "ވީމާ ބޭންކް އޮފް
ކްރެޑިޓް އެންޑް ކޮމާރސް އިންޓަރނޭޝަނަލް މާލެއިން ހ. ޅޮހީގޭ މުޙައްމަދު މާހިރު ނަގާފައިވާ
203,315.54 $US (ދެލައްކަ ތިންހާސް ތިންސަތޭކަ ފަނަރަ ޕޮއިންޓް ފަހެއް ހަތަރެއް ޔޫ.އެސް ޑޮލަރު) ގެ
ލޯނުގެ ފައިސާ އާއި އޭގެ އިންޓްރެސްޓްގެ ގޮތުގައި، އެބޭންކުގެ ވިޔަފާރި ބަންދުވުމާއި ހަމައަށް އަރާފައިއޮތް
އަދަދަށްވުރެ ބޮޑު ޢަދަދެއް، އެބޭންކުގެ ވިޔަފާރި ބަންދުވިފަހުން މުޙައްމަދު މާހިރުގެ ލޯނު އެކައުންޓަށް
ޖަމާކުރެވިފައި އޮންނަކަން އެނގެންއޮވެފައި، އެބޭންކް ވުޖޫދުގައި އޮތް މުއްދަތާ ހަމައަށް ޗާޖުކޮށްފައިވާ
އިންޓްރެސްޓްސް ފިޔަވައި އިތުރު އިންޓަރެސްޓެއް ޗާޖުކުރުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކަށް
އަށެއް ތިނެއް
.3
8 0 4 6 8 2
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
2007/HC-A/28
c etc
.4
ރިޢާޔަތްކުރާއިރު ހަމަޖެހޭ ކަމެއްކަމަކަށް ޝަރީޢަތަކަށް ނުފެންނާތީ، މުޙައްމަދު މާހިރު ނެގި ލޯނުގެ
އިންޓްރެސްޓްގެ ގޮތުގައި އޭނާގެ އަތުން ހޯދުމަށް ދައުލަތުން ދަޢުވާކުރާ 56,091.83$US (ފަންސާސް
ހަހާސް ނުވަދިހަ އެކެއް ޕޮއިންޓް އަށެއް ތިނެއް ޔޫ. އެސް ޑޮލަރު) މުޙައްމަދު މާހިރުގެ އަތުން ނަގައިދެވޭނެ
ތަނެއްނެތްކަމަށް ކަނޑައަޅައިފީމެވެ." މިހެންނެވެ.
މަދަނީކޯޓުގެ ނަންބަރު 2002/MC/716 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން 05 (ފަހެއް) ނުކުތާއެއް
ހުށައަޅައި އެނުކުތާތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ: ޅޮހީގެ މުޙައްމަދު މާހިރު، ބީ.ސީ.ސީ.އައި މާލެއިން ނަގާފައިވާ ލޯނުގެ
ފައިސާއާއި، އޭގެ އިންޓްރެސްޓް ނަގައިދިނުމުގެ މައްސަލާގައި މަދަނީކޯޓުގެ ނަންބަރު 2002/ސީއެމް/716
ޤަޟިއްޔާގައި، ބީ.ސީ.ސީ.އައި މާލޭ ގޮފި ބަންދުކުރިދުވަހުގެ އިތުރަށް ހިނގާ މުއްދަތަށް އަރާ އިންޓްރެސްޓް
ނަގާދިނުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކުގެ މަތިން ހަމަޖެހޭކަމެއްކަމަކަށް ނުފެންނަކަމަށް ނިންމަވާފައިވާއިރު،
މިބާވަތުގެ އެހެން މައްސަލަތައް މަދަނީ ކޯޓަށް ހުށަހެޅި، މީގެ ކުރިން އެކޯޓުން ޙުކުމްކުރައްވަމުން އައިސްފައިވަނީ
ލޯނާއި އޭގެ އިންޓްރެސްޓް ދައްކައި ނިންމާދުވަހާ ހަމައަށް އަރާ އިންޓްރެސްޓާއެކު ފައިސާ
ދެއްކުމަށްކަމަށްވާތީއާއި، މިފަދަ މައްސަލަތަކަށް އިސްތިއުނާފު މަރުޙަލާގައި އެކިފަހަރުމަތިން ދިވެހިރާއްޖޭގެ
ހައިކޯޓުން ތާއީދުކުރައްވާފައިވާތީ، މަދަނީކޯޓުގެ ނަންބަރު 2002/ސީއެމް!716 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް
މީގެކުރިން މަދަނީކޯޓުން ނިންމަވާފައިވާ މިބާވަތުގެ މައްސަލަތައް ނިންމަވާފައިވާ ގޮތާއި ތަޢާރުޒުވާކަމަށްބުނެ
ހުށަހެޅި ނުކުތާ.
(ށ) ދެވަނަ ނުކުތާއަކީ: 06 ޖުލައި 1991 ގައި ބީ.ސީ.ސީ.އައި ބަންދު ކުރުމާއެކު އެބޭންކުގައި
ފައިސާ ބަހައްޓާފައިވާ ދިވެހިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ގޮތުން އެބޭންކު ސަރުކާރުގެ ބެއްލެވުމުގެ ދަށަށް
ގެނެސް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އާ ޙަވާލުކޮށްފައިވުމުން، އެބޭންކުގެ އެންމެހައި
ކަންތައްތައް މިހާތަނަށް ބަލަހައްޓަމުން ގެންގޮސްފައިވަނީ އެމް.އެމް.އޭ އިންކަމަށްވެފައި، ބީ.ސީ.ސީ.އައި ގައި
ފައިސާ ބަހައްޓަވާފައިވާ ފަރާތްތަކުގެ ތެރެއިން ވެރިފަރާތަށް ރައްދުނުކުރެވިހުރި ފައިސާ ރައްދުކުރެވިފައިވަނީ
ބޭންކު ބަންދުކުރެވުނު ދުވަހުން ފެށިގެން 7 އަހަރާއި 1 މަސްދުވަހަށް، އަހަރަކަށް %5 ޕަސެންޓްގެ
އިންޓްރެސްޓާއެކު ކަމަށްވާތީ، ބީ.ސީ.ސީ.އައި އިން ލޯނުގެގޮތުގައި ފައިސާ ނަގާފައިވާ ފަރާތްތަކުންވެސް ފައިސާ
ދައްކާއިރު ބޭންކު ބަންދުކުރި ދުވަހުން ފެށިގެން ފައިސާ ދެއްކި މުއްދަތަށް ދޫކުރެވިފައިވާ ލޯނުގެ އިންޓްރެސްޓް
ދައްކަންޖެހޭނެ ކަމަށްބުނެ ހުށަހެޅި ނުކުތާ
ވިހިރާއްޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
2007/HC-A/28
#
34
ހއ
ގޮތަށް
(ނ) ތިންވަނަ ނުކުތާއަކީ: ބީ.ސީ.ސީ.އައި މާލޭ ގޮފި 6 ޖުލައި 1991 ގައި ބަންދު ކުރެވިފައި
ވީނަމަވެސް، އެބޭންކުން އެކިއެކި ފަރާތްތަކަށް ދޫކުރެވިފައިވާ ލޯނު ދައްކަންޖެހޭކަމަށާއި، ލޯނު ޤަވާޢިދުން
ދައްކަމުން ނުގެންދަވާ ފަރާތްތަކަށް ބައިނަލްއަޤްވާމީ ބޭންކިންގ އުޞޫލުތަކާއި އަދި ލޯނު އެގްރީމެންޓްތަކުގައި
އެއްބަސްވެފައިވާ ގޮތުގެ މަތިން "ޖޫރިމަނާ އިންޓްރެސްޓް" ގެ ގޮތުގައި އިތުރުވާ އިންޓްރެސްޓްވެސް
ދައްކަންޖެހޭނެކަމަށް އެމް.އެމް.އޭގެ ނަންބަރު 6
/
91ސީ.ބީ.އެސް (18 ޖުލައި 1991) ގެ އިޢުލާނުގައި
ބުނެފައިވާއިރު، އެ އިޢުލާނަށް ނުބައްލަވައި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ
(ށ) ހަތަރުވަނަ ނުކުތާއަކީ: އަރަނިވެރިންނަށް ފައިސާ ދިނުމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން
ޢަމަލުކުރަނީ، 6 ޖުލައި 1991 ގައި ބީ.ސީ.ސީ.އައި ބަންދުވުމަށްފަހު 7 އަހަރާއި 1 މަސްދުވަހަށް އަހަރަކު %5
ރޭޓުން އިންޓްރެސްޓް ހިމަނައިގެން ކަމަށް އެމް.އެމް.އޭ ގެ ނަންބަރު 4
/
98-އެސް.ބީ.ސީ (29 ޖުލައި
1998) ނޫސް ބަޔާނުން އެނގެންއޮތުމާއެކު ދަރަނިވެރިންގެ އަތުން ފައިސާ ހޯދުމުގައި ބޭނުންކުރެވިފައިވަނީ
ދަރަނިހޯދުމަށް ބީ.ސީ.ސީ.އައި އާއި ދަރަނިވެރިޔާއާއި ދެމެދު ކުރެވިފައިވާ އެއްބަސްވުމުގެ މަތިން ކަމަށްވެފައި
މިގޮތުން ދިވެހިރާއްޖޭގައި ކުންފުނި އިފްލާސްކުރެވޭ ޤާނޫނެއް ނެތުމާއެކު، ބައިނަލްއަޤުވާމީ ބޭންކިންގ ގައި
ޢަމަލުކުރެވޭ ބަލާއިރު އަދި، ދުނިޔޭގެ އެއްވެސް ގައުމެއްގެ ކުންފުނިތައް އިފްލާސްކުރެވޭ
ޤާނޫނުތަކުގައިވެސް އަދި ދަރަނި ހޯދުމަށް އެއްބަސްވުންތަކުގައިވެސް ދަރަނި އަދާކުރުމުގައި
ވަކިދުވަހެއްވުމުން، ނުވަތަ ދަރަނި ދޫކުރިފަރާތް ނިޔާވުމުން ނުވަތަ އެފަރާތް އިފްލާސްވުމުން (ދަރަނީގެ
އެއްބަސްވުމުގައި ނުވާނަމަ، އެފަރާތަށް ދައްކަންޖެހޭ ދަރަނި އަދާކުރުމުން ބަރީއަ ނުވެވޭކަމަށްވާއިރު، އަދި ހަމަ
އެހެންމެ ޚިދުމަތުގެ އަގު (އިންޓްރެސްޓް) ދެއްކުމުންވެސް ބަރީއަ ނުވެވޭއިރު، މިއާ ތަޢާރުޟުވާގޮތަށް ލޯނު
އިންޓްރެސްޓް ނަގައިދެވޭނެ ތަނެއް ނެތްކަމަށް ވިދާޅުވެ މައްސަލަ ނިންމަވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ
(ބ) ފަސްވަނަ ނުކުތާއަކީ: މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ނަންބަރު 6
/
91-ސީ.ބީ.އެސް (18 ޖުލައި
1991) އިޢުލާނާއި 8
/
91-ސީ.ބީ.އެސް (8 އޯގަސްޓް 1991) އިޢުލާނުން، ބީ.ސީ.ސީ.އައި ގެ މާލޭގޮފިން ލޯނު
ނުވަތަ އެނޫންވެސް ގޮތަކުން އެ ބޭންކުން ކްރެޑިޓަށް ފައިސާ ނަގާފައިވާ ފަރާތްތަކުން ދައްކަންޖެހޭ ފައިސާ
ދައްކަމުން ގެންދިއުމަށް އަންގަވާފައިވާއިރު، އަދި ދަރަނީގެ ޚިދުމަތުގެ އަގުނެގުމާއި ބެހޭގޮތުން މިނިސްޓްރީ އޮފް
ޖަސްޓިސްގެ ނަންބަރު 99
/
8-އެމް.ޖީ.ސީ (28 އޭޕްރިލް 1999) ސާރކިއުލަރ އިންވެސް ދަރަނިވެރިންގެ
ދަރަންޏާއި ޚިދުމަތުގެ އަގު ވަކިދުވަހެއް ހަމަވުމުން ނުވަތަ އެފަރާތެއް އިފްލާސްކުރެވުމުން މިނޫންގޮތަކަށް ޢަމަލު
ކުރައްވަން ކޯޓުތަކަށް އަންގަވާފައިނުވާއިރު، މިއާ ތަޢާރުޟުވާގޮތަށް މައްސަލަ ނިންމަވާފައިވާކަމަށްބުނެ ހުށަހެޅި
ނުކުތާ.
ވެވޭ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2007/HC-A/28
.5
މިމައްސަލައާއި ގުޅިގެން މަދަނީކޯޓުގެ ނަންބަރު 2002/MC/716 ޤަޟިއްޔާ
ނިމިފައިވާ ގޮތާއިމެދު ހިތްހަމަނުޖެހޭ ކަމަށްބުނެ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން އިސްތިއުނާފު ކުރުމަށް
ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅޭގޮތުން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި
ބެލިއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް
ފާހަގަކުރެވެއެވެ
(ހ) ފުރަތަމަ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާގައި އިސްތިއުނާފު ކުރެވިފައި މިވާ، މަދަނީ
ކޯޓުގެ ނަންބަރު 2002/MC/716 ޤަޟިއްޔާއަށާއި އަދި އެޤަޟިއްޔާއާ ގުޅުންހުރި ލިއުންތަކަށް ބަލާއިރު ހ.
ޅޮހީގޭ މުޙައްމަދު މާހިރު ބީ.ސީ.ސީ.އައި އިން ނަގާފައިވާ ލޯނުގެ އިންޓްރެސްޓް ކަމަށް ބުނުމުގެ ބަދަލުގައި
ބައެއްފަހަރު ސަރވިސް ޗާޖް ކަމަށް ލިޔެވިފައިހުރިކަން ފާހަގަކުރެވޭކަމާއި، ނަމަވެސް މިމައްސަލައާ ގުޅުންހުރި
ލިޔެކިއުންތަކަށް ބަލާއިރު މުޙައްމަދު މާހިރުގެ މައްޗަށް ދަޢުވާކުރެވިފައިވަނީ މުޙައްމަދު މާހިރު ބީ.ސީ.ސީ.އައި އިން
ނަގާފައިވާ ލޯނާއި އެލޯނުގެ އިންޓްރެސްޓު ހޯދުމަށްކަން އެނގޭކަމާއި، އެހެންކަމުން، މިމައްސަލައާގުޅުންހުރި
ލިއުމެއްގައި ނުވަތަ ރިޕޯޓެއްގައި ބަޔާންކޮށްފައިވާ އެއްޗެއް ނުވަތަ ޢިބާރާތެއް ބަޔާންކުރުމުގެ ގޮތުން މިރިޕޯޓުގެ
އިސްވެގެނެވިފައިވާ ބައިތަކުގައި "ސަރވިސް ޗާޖް" މިބަސް ބޭނުންކުރެވިފައިވީނަމަވެސް، މިރިޕޯޓުގައި އެބަސް
ބޭނުންކުރެވިފައި ވާނީ "އިންޓްރެސްޓް" މިބަހުގެ މާނާގައިކަމާއި، އަދި ބަޔާންކުރެވިދިޔަ ލިއުންތަކާއި ރިޕޯޓުތަކުގައި
ބައެއްފަހަރު "ސަރވިސް ޗާޖް" މިބަސް ބޭނުންކުރެވިފައިވަނީ "އިންޓްރެސްޓް" މިބަހުގެ ބަދަލުގައިކަން
މިރިޕޯޓުގައި މީގެފަހުން ބޭނުންކުރެވިފައިވާނީ "އިންޓްރެސްޓް" މިބަސްކަން ފާހަގަކުރާކަމެވެ.
(ށ) ދެވަނަ ކަމަކީ، ބޭންކް އޮފް ކްރެޑިޓް އެންޑް ކޮމާރސް އިންޓަރނޭޝަނަލް މާލެ (ބީ.ސީ.ސީ.އައި)
އިން ހ. ޅޮހީގޭ މުޙައްމަދު މާހިރު، އަނބުރާ ދައްކާ ގޮތަށް 203315.54$US (ދެލައްކަ ތިންހާސް ތިންސަތޭކަ
ފަނަރަ ޕޮއިންޓް ފަހެއް ހަތަރެއް ޔޫ.އެސް ޑޮލަރު) ގެ ލޯނެއް މުޙައްމަދު މާހިރު ނަގާފައިވާކަމާއި، އެލޯނުގެ
ފައިސާ ހޯދުމަށް ބީ.ސީ.ސީ.އައި އިން ކުރީގެ ކޯޓު ނަންބަރު 03 އަށް ހުށަހެޅި މައްސަލަ އެކޯޓުގެ ނަންބަރު
3
/
87-JC/45 ޤަޟިއްޔާގައި ބައްލަވައި
ނިންމެވިއިރު، ލޯނުގެ
އިންޓްރެސްޓްގެ ބައި ނިންމަވާފައި
ނުވާކަމާއި، އެހެންކަމުން އެލޯނުގެ އިންޓްރެސްޓުގެ ގޮތުގައި މުޙައްމަދު މާހިރު 56091.83$US
(ފަންސާސް ހަހާސް ނުވަދިހަ އެކެއް ޕޮއިންޓް އަށެއް ތިނެއް ޔޫ.އެސް ޑޮލަރު ދައްކަންޖެހޭ ކަމަށް ބުނެ
މުހައްމަދު މާހިރުގެ އަތުން އެފައިސާ ހޯދުމަށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާގައި އިސްތިއުނާފު ކުރެވިފައި
މިވާ، މަދަނީ ކޯޓުގެ ނަންބަރު 2002/MC/716 ޤަޟިއްޔާގައި ދައުލަތުން ދަޢުވާކޮށްފައިވާކަން އެނގޭކަމެވެ.
އެނގޭކަމުން،
8
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އެބު ޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2007/HC-A/28
24 4:
(ނ) ތިންވަނަ ކަމަކީ، ބޭންކް އޮފް ކްރެޑިޓް އެންޑް ކޮމާރސް އިންޓަރނޭޝަނަލް މާލެ
(ބީ.ސީ.ސީ.އައި) އިން ހ. ޅޮހީގޭ މުޙައްމަދު މާހިރު، އަނބުރާ ދައްކާ ގޮތަށް ނެގި 203315.54$US (ދެލައްކަ
ތިންހާސް ތިންސަތޭކަ ފަނަރަ ޕޮއިންޓް ފަހެއް ހަތަރެއް ޔޫ. އެސް ޑޮލަރު) ގެ ލޯނުގެ ފައިސާގެ މައްސަލަ ކޯޓު
ނަންބަރު 03 ގެ ނަންބަރު 3
/
87-JC/45 ޤަޟިއްޔާގައި ބައްލަވައި ނިންމަވާފައިވާކަމާއި، އެ ޤަޟިއްޔާއާ
ގުޅިގެން މުޙައްމަދު މާހިރު ވަނީ، ބޭންކް އޮފް ކްރެޑިޓް އެންޑް ކޮމާރސް އިންޓަރނޭޝަނަލް މާލެ
(ބީ.ސީ.ސީ.އައި) އަށް މުޙައްމަދު މާހިރު ދައްކަންޖެހޭކަމަށް އެޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ، މުޙައްމަދު
މާހިރު ބީ.ސީ.ސީ.އައި އިން ނެގި ލޯނުގެ އަސާސީ އަދަދު (ޕްރިންސިޕަލް އެމައުންޓް) 30 ޑިސެމްބަރު 1995
ގައި ދައްކައި ޚަލާޞްކޮށްފައިކަން އެނގޭކަމާއި، އެކަން މިމައްސަލައާއެކު ހުށަހެޅިފައިވާ، ކޯޓު ނަންބަރު 03 ގެ
ނަންބަރު 3
/
87-JC/45 ޤަޟިއްޔާގެ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓުގެ ފަހު ޞަފުހާގައި ނޯޓެއްގެ ގޮތުގައި ލިޔެވި
އެކަމުގެ މަޢުލޫމާތު ބަޔާންކުރެވިފައިވާކަން އެނގޭކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، ކޯޓު ނަންބަރު 03 ގެ ނަންބަރު 3
/
87-JC/45 ޤަޟިއްޔާ ނިންމެވިއިރު،
ލޯނުގެ އިންޓްރެސްޓުގެ ބައި ނިންމަވާފައިނުވާކަމާއި، އިންޓްރެސްޓާ މެދު ގޮތެއް ނިންމުމަށް ބީ.ސީ.ސީ.އައި ގެ
ހެޑް އޮފީހާއެކު މަޝްވަރާކުރަމުންދާކަމަށް ބީ.ސީ.ސީ.އައި ގެ ފަރާތުން ކޯޓު ނަންބަރު 03 ގެ ނަންބަރު -JC/45
3/87 ޤަޟިއްޔާގެ ޝަރީޢަތުގައި ބުނެފައިވާކަން އެނގޭކަމާއި،
އެހެންކަމުން، ލޯނުގެ އިންޓްރެސްޓް ހޯދުމުގެ މައްސަލަ 01 ޖެނުއަރީ 1996 ގައި ދައުލަތުން
(އެމް.އެމް.އޭ އިން) ކޯޓަށް ހުށަހެޅިކަމާއި، ނަމަވެސް 18 މާރޗް 1996 ގައި މިނިސްޓްރީ އޮފް ޓޫރިޒަމުން
އަންގަވައިގެން، ވާދޫ ޑައިވިން ޕެރަޑައިސް ގެ އިންވެސްޓްމެންޓް ގަތް ފަރާތުން، މުޙައްމަދު މާހިރުގެ ލޯނު
ދައްކަންޖެހޭ އިންޓްރެސްޓް (828216.69$US} އެމް.އެމް.އޭ އަށް ޖަމާކޮށްފައިވާކަމާއި، އަދި
އެފައިސާ އެމް.އެމް.އޭ އަށް ލިބުމާއެކު މުޙައްމަދު ޒާހިރާ ދޭތެރޭ އެމް.އެމް.އޭ އިން ކޮށްފައިވާ ދަޢުވާ
(އިންޓްރެސްޓް ހޯދުމަށް ހުށަހެޅިފައިވާ މައްސަލަ އަނބުރާ ގެންގޮސްފައިވާކަން އެނގޭކަމާއި، މިކަންކަން،
އެމް.އެމް.އޭ އިން ތައްޔާރުކޮށްފައިވާ، "މުޙައްމަދު މާހިރު |ހ. ޅޮހީގެ ކުރީގެ ބީ.ސީ.ސީ.އައި އިން ނެންގެވި ލޯނަށް
ދައްކަވަންޖެހޭ އިންޓްރެސްޓުގެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވުމާއި ގުޅިގެން
މިއޮތޯރިޓީ އިން ބެލި ބެލުމުން އެކަންތައް ހިނގާފައިވާގޮތް ތިރީގައި އެވަނީއެވެ." މި ލިއުމުގައި ސާފުކޮށް
ބަޔާންކޮށްފައިވާކަން އެނގޭކަމެވެ.
(ބ) ފަސްވަނަ ކަމަކީ، މުޙައްމަދު މާހިރު ނެގި ލޯނުގެ އެކައުންޓަށް ކްރެޑިޓްކުރެވުނު ފައިސާ
(US$828216.69) އަކީ ވާދޫ ޑައިވިން ޕެރަޑައިސް ގެ އިންވެސްޓްމެންޓް ވިއްކާލުމުގެ ހުއްދަ ދިނުމާބެހޭ
މައްސަލާގައި މިނިސްޓްރީ އޮފް ޓޫރިޒަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވި ނަންބަރު 88/1/96/19 (24
ޑފ2 ތ ގތ
އިކއންeށް
2*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2007/HC-A/28
ox
ޖަނަވަރީ 1996) ގެ ސިޓީގައި، މުޙައްމަދު މާހިރު ބީ.ސީ.ސީ.އައި އިން ނެގި ލޯނުގެ އިންޓްރެސްޓްގެ ގޮތުގައި
ދައްކަންޖެހޭ ފައިސާގެ މައްސަލަ ޝަރީއަތުން ވަކިގޮތަކަށް ނިންމަވަންދެން ކަނޑައެޅޭ އެކައުންޓެއްގައި އެފައިސާ
ބަހައްޓަން ޝަރުތުކޮށް އެރިސޯޓު ވިއްކާލުމުގެ ހުއްދަ ދެއްވުމާމެދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލަފާފުޅަކަށް
އެދިވަޑައިގަތުމުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު 88196
/
17/ޖީ-1 (27 ޖަނަވަރީ 1996) ގެ
ސިޓީއިން، އެގޮތުގެމަތިން އެ ހުއްދަ ދެއްވުން އެންމެރަނގަޅު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިނިސްޓްރީ
އޮފް ޓޫރިޒަމަށް ޖަވާބު ދެއްވުމުން، މިނިސްޓްރީ އޮފް ޓޫރިޒަމުން އެ ރިސޯޓު ވިއްކާލުމުގެ ހުއްދަ
ބަޔާންކުރެވިދިޔަގޮތުގެމަތިން މުޙައްމަދު މާހިރަށް ދެއްވުމުން، އެރިސޯޓު ވިއްކާލައިގެން ލިބުނު ފައިސާއިން،
އިންޓްރެސްޓްގެ ގޮތުގައި އެހާތަނަށް މުޙައްމަދު މާހިރު ދައްކަންޖެހޭކަމަށްބުނެ، އެއާމެދު ޝަރީޢަތުން ވަކިގޮތެއް
ކަނޑައެޅެންދެން އެމް.އެމް.އޭ އިން ކަނޑައަޅާ އެކައުންޓެއްގަ ބެހެއްޓުމަށް ހިފެހެއްޓުނު ފައިސާއެއްކަން
އެނގޭކަމެވެ.
(ޅ) ހަވަނަ ކަމަކީ، ވާދޫ ޑައިވިން ޕެރަޑައިސް ވިއްކާލަން މުޙައްމަދު މާހިރު ބޭނުންވުމުން، އެރިސޯޓު
ވިއްކާލުމާމެދު، މިނިސްޓްރީ އޮފް ޓޫރިޒަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވި ސިޓީގެ ޖަވާބުގައި،
ބީ.ސީ.ސީ.އައި އިން ހ. ޅޮހީގޭ މުޙައްމަދު މާހިރު އަށް ދޫކޮށްފައިވާ ލޯނުގެ އިންޓްރެސްޓަށް ދައްކަންޖެހޭ ފައިސާ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ކަނޑައަޅާ އެކައުންޓަކަށް ޖަމާކުރުން ޝަރުޠުކޮށް، އެރިސޯޓު ވިއްކާލުމުގެ
ހުއްދަ މުޙައްމަދު މާހިރަށް ދީފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު 88
/
96
/
17/ޖީ-1 (27
ޖަނަވަރީ 1996) ގެ ސިޓީއިން އެނގޭކަމާއި،
މިގޮތުގެމަތިން އެރިސޯޓު ވިއްކާލުމުގެ ހުއްދަ މުހައްމަދު މާހިރަށް ދީ، ހުއްދަ ދިންއިރު ލޯނުގެ
އިންޓްރެސްޓަށް މުޙައްމަދު މާހިރު ދޭންޖެހޭކަމަށް ހަމަޖައްސާފައިވާ ފައިސާ 18 މާރޗް 1996 ގައި
އެމް.އެމް.އޭ އަށް ޖަމާކޮށްފައިވާކަމާއި، އަދި މިފައިސާ ބެހެއްޓުމުން، އިންޓްރެސްޓް ހޯދުމަށް 10 ޖެނުއަރީ 1996
ގައި ދައުލަތުން (އެމް.އެމް.އޭ އިން) މުޙައްމަދު މާހިރުގެ މައްޗަށް ހުށަހަޅާފައިވާ ދައުވާ އަނބުރާ
ގެންދެވިކަންވެސް އެނގޭކަމާއި، މިކަންކަން، އެމް.އެމް.އޭ އިން ތައްޔާރުކޮށްފައިވާ، "މުޙައްމަދު މާހިރު
ޅޮހީގެ ކުރީގެ ބީ.ސީ.ސީ.އައި އިން ނެންގެވި ލޯނަށް ދައްކަވަންޖެހޭ އިންޓްރެސްޓުގެ މައްސަލަ ކޯޓަށް ހުށަހެޅުމަށް
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވުމާއި ގުޅިގެން މިއޮތޯރިޓީ އިން ބެލި ބެލުމުން އެކަންތައް ހިނގާފައިވާގޮތް ތިރީގައި
އެވަނީއެވެ." މި ސުރުޚީގެ ދަށުން ތައްޔާރުކޮށްފައިވާ ލިއުމުން ރަނގަޅަށް އެނގޭކަމެވެ.
(ކ) ހަތްވަނަ ކަމަކީ، ލޯނުގެ ފައިސާ އާއި އޭގެ އިންޓްރެސްޓްގެ ގޮތުގައި، އެބޭންކުގެ ވިޔަފާރި
ބަންދުވުމާއި ހަމައަށް އަރާފައިއޮތް އަދަދަށްވުރެ ބޮޑު ޢަދަދެއް، އެބޭންކުގެ ވިޔަފާރި ބަންދުވިފަހުން މުޙައްމަދު
މާހިރުގެ ލޯނު އެކައުންޓަށް ޖަމާކުރެވިފައި އޮންނަކަން އެނގެންއޮންނަކަމަށާއި، އެބޭންކް ވުޖޫދުގައި އޮތް މުއްދަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
2007/HC-A/28
716/MC/2002
ހަމައަށް ޗާޖުކޮށްފައިވާ އިންޓްރެސްޓް ފިޔަވައި އިތުރު އިންޓްރެސްޓެއް ޗާޖުކުރުމަކީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކަށް ރިޢާޔަތްކުރާއިރު ހަމަޖެހޭ ކަމެއްކަމަކަށް ޝަރީޢަތަށް ނުފެންނާތީކަމަށް ވިދާޅުވެ، މުޙައްމަދު މާހިރު
ނެގި ލޯނުގެ އިންޓްރެސްޓްގެ ގޮތުގައި އޭނާގެ އަތުން މިޤަޟިއްޔާގައި އިސްތިއުނާފު ކުރެވިފައިވާ، މަދަނީ ކޯޓުގެ
ނަންބަރު
ޤަޟިއްޔާގައި ހޯދުމަށް ދައުލަތުން ދަޢުވާކުރި 56,091.83$US
(ފަންސާސްހަހާސް ނުވަދިހައެކެއް ޕޮއިންޓް އަށެއް ތިނެއް ޔޫ.އެސް ޑޮލަރު) މުޙައްމަދު މާހިރުގެ އަތުން
ނަގައިދެވޭނެ ތަނެއްނެތްކަމަށް މަދަނީ ކޯޓުން ކަނޑައަޅުއްވާފައިވާއިރު،
މަދަނީ ކޯޓުގެ ނަންބަރު 2002/MC/716 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ
ނުކުތާތަކަށް ބަލާއިރު، ދައުލަތުން ފާހަގަކޮށްފައިވަނީ މައިގަނޑު އެއް ނުކުތާއެއްކަމާއި، އެއީ، 6 ޖުލައި 1991
ގައި ޖީ.ސީ.ސީ.އައި ބަންދުކުރެވިފައިވީނަމަވެސް އެބޭންކުން ދޫކޮށްފައިވާ ލޯނާއި އިންޓްރެސްޓް، ބައިނަލް އަޤުވާމީ
ބޭންކިންގ އުޞޫލުތަކާއި އަދި ލޯނު އެގްރީމެންޓުގައި އެއްބަސްވެފައިވާގޮތުގެމަތިން ދައްކަން ޖެހޭނެކަމަށާއި،
ނަމަވެސް މިމައްސަލަ މަދަނީ ކޯޓުން ނިންމަވާފައިވަނީ މިއާ އަދި މީގެ ކުރިން މަދަނީ ކޯޓުން ނިންމަވާފައިވާ
މިބާވަތުގެ މައްސަލަތައް ނިންމަވާފައިވާގޮތާއި ތަޢާރުޟުވާގޮތަށް ކަމަށާއި، އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ
ނަންބަރު 6
/
91-ސީ.ބީ.އެސް (18 ޖުލައި 1991) އިޢުލާނާއި، 8
/
91-ސީ.ބީ.އެސް (8 އޯގަސްޓް 1991)
އިޢުލާނަށް، އަދި މިނިސްޓްރީ އޮފް ޖަސްޓިހުގެ ނަންބަރު 99
/
8-އެމް.ޖީ.ސީ (28 އެޕްރީލް 1999) ސާރކިއުލަރ
އަށްވެސް ނުބައްލަވައި، ބަޔާންކުރެވިދިޔަ އިޢުލާންތަކާއި ސަރކިއުލަރ އާއި ތަޢާރުޟުވާގޮތަށް ކަމުގައިބުނެ
ދައުލަތުގެ ފަރާތުން ހުށަހެޅި ނުކުތާކަމަށްވާއިރު، މިނުކުތާއަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބެލިއިރު،
ހ. ޅޮހީގެ މުޙައްމަދު މާހިރު، ބީ.ސީ.ސީ.އައި މާލެއިން ނަގާފައިވާ ލޯނުގެ ފައިސާގެ މުޢާމަލާތް
ހިނގިއިރު، އަދި އެލޯނުގެ އިންޓްރެސްޓްގެ މައްސަލަ، މަދަނީކޯޓުގެ ނަންބަރު 2002/ސީއެމް/716 ޤަޟިއްޔާ
މަދަނީ ކޯޓުން ބައްލަވައި ނިންމެވިއިރުވެސް ދިވެހިރާއްޖޭގައި ބޭންކިންއާބެހޭ ޤާނޫނެއް ނެތްކަމާއި، މިފަދަ
މުޢާމަލާތްތަކުގެ މައްޗަށް އެއިރު ހިންގަމުން ދިޔައީ ބޭންކާއި ކަސްޓަމަރ އާ ދެމެދު ވެފައިވާ އެއްބަސްވުމުގައި
ކަނޑައެޅިފައިވާ ޝަރުތުތަކާއި ހަމަތަކާއި، އަދި މިފަދަ މުޢާމަލާތްތަކުގެ މައްޗަށް ހިންގުމަށް ދައުލަތުން
ކަނޑައަޅާފައިވާ ޤަވާޢިދުތަކާއި އަދި ކޯޓުތަކުން ޢަމަލުކުރައްވަމުން ގެންދެވި އުޞޫލުތައްކަން އެނގޭއިރު،
6 ޖުލައި 1991 ގައި ބީ.ސީ.ސީ.އައި ބަންދުކުރެވުމާގުޅިގެން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން
18 ޖުލައި 1991 ގައި ކޮށްފައިވާ ނަންބަރު: 6
/
91ސީ.ބީ.އެސް އިޢުލާނަށާއި، 08 އޯގަސްޓް 1991 ގައި
ކޮށްފައިވާ ނަންބަރު: 8
/
91-ސީ.ބީ.އެސް އިޢުލާނަށާއި، އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ނަންބަރު -CBS
4,98 ނޫސް ބަޔާން"
ބަލާއިރު، އެކިއެކި ފަރާތްތަކުން ޖީ.ސީ.އައި އަށް ދައްކަން ޖެހޭ ފައިސާ،
ދިވެހިރާއްa
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2007/HC-A/28
އެބޭންކުން
97/HC-A/141
97/HC-A/149
އެފައިސާއެއް ދެއްކުމަށް ހަމަޖެހިފައިވާ ޤަވާއިދުން، އެލޯނުތައް އެއަށް ދައްކަންޖެހޭ އިންޓްރެސްޓާއެކު މޯލްޑިވްސް
މަނިޓަރީ އޮތޯރިޓީ އަށް ދައްކަމުން ގެންދިއުމަށް އަންގައި އާންމުކޮށް އިއުލާންކޮށްފައިވާކަން އެނގޭކަމާއި،
ނަންބަރު: 99
/
8- އެމް.ޖީ.ސީ (28 އޭޕްރިލް 1999) ސަރކިއުލަރ އަށް ބަލާއިރުވެސް، ބޭންކުން
ނަގާފައިވާ ލޯނަކާގުޅޭ ޤަޟިއްޔާއެއްގައި ދައްކަން ސާބިތުވާކަމަށް ޙުކުމް ކޮށްފައިވާ ފައިސާ ބޭންކަށް ދެއްކި ތާރީޚާ
ދެމެދު ނުވަތަ ރަހުނު ޙަވާލުކުރި ތާރީޚާ ދެމެދު ހިނގާފައިވާ ދުވަސްތަކުގެ އިންޓްރެސްޓް ހޯދުމަށް
ދަޢުވާކުރެވިދާނެކަމުގައި ބަޔާންވެފައި އޮތްކަން އެނގޭކަމާއި،
6 ޖުލައި 1991 ގައި ބީ.ސީ.ސީ.އައި ބަންދުކުރެވިފައިވީނަމަވެސް ދޫކޮށްފައިވާ ލޯނުތަކާއި
އެލޯނުތަކަށް ދައްކަންޖެހޭ އިންޓްރެސްޓް، ލޯނު އެގްރީމެންޓުގައި އެއްބަސްވެފައިވާގޮތުގެމަތިން ދައްކަން
ޖެހޭނެކަމަށް އިސްތިއުނާފުކުރެވިފައިމިވާ، މަދަނީ ކޯޓުގެ ނަންބަރު 2002/ސީއެމް/716 ޤަޟިއްޔާގެ ކުރިން
މަދަނީ ކޯޓުން ނިންމަވާފައިވާ، ބީ.ސީ.ސީ.އައި ގެމިބާވަތުގެ އެހެން މައްސަލަތަކުގައި ނިންމަވައި އެފަދަ
ނިންމެވުންތަކަށް ދިވެހިރާއްޖޭގެ ހައިކޯޓުން ތާއީދު ކުރައްވާފައިވާކަން އެނގޭކަމާއި، އެގޮތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު
ޤަޟިއްޔާ އާއި ނަންބަރު
ފާހަގަކުރެވޭކަމާއި،
އެހެންކަމުން، ބީ.ސީ.ސީ.އައި ވުޖޫދުގައި އޮތް މުއްދަތާ ހަމައަށް ޗާޖްކޮށްފައިވާ އިންޓްރެސްޓް ފިޔަވައި އިތުރު
އިންޓްރެސްޓެއް ޗާޖުކުރުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކަށް ރިޢާޔަތްކުރާއިރު ހަމަޖެހޭ ކަމެއްކަމަކަށް
ޝަރީޢަތަށް ނުފެންނަކަމަށް ވިދާޅުވެ، މަދަނީ ކޯޓުގެ ނަންބަރު 2002/ސީއެމް/716 ޤަޟިއްޔާގައި، އެޤަޟިއްޔާގެ
ޙުކުމް ބިނާކުރެއްވި ސަބަބަކީ، މިމައްސަލަ ހިނގާދިޔަ ދުވަސްވަރު ޢަމަލުކުރެވެމުންދިޔަ ޤަވާޢިދުތަކާއި،
އުޞޫލުތަކާއި، އަދި އިސްވެ އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުންތަކުގެ އަލީގައި ބަލާއިރު
ރަނގަޅު ސަބަބެއް ނޫންކަން އެނގޭކަމެވެ.
(އ) އަށްވަނަ ކަމަކީ، މުޙައްމަދު މާހިރު ބީ.ސީ.ސީ.އައި އިން ނެގި ލޯނުގެ އިންޓްރެސްޓަށް މުޙައްމަދު
މާހިރު ދޭންޖެހޭކަމަށް ހަމަޖައްސާފައިވާ ފައިސާ 18 މާރޗް 1996 ގައި އެމް.އެމް.އޭ ޖަމާކޮށްފައިވާކަމާއި،
އަދި މިފައިސާ ޖަމާކުރުމުން، އިންޓްރެސްޓް ހޯދުމަށް 10 ޖެނުއަރީ 1996 ގައި ދައުލަތުން (އެމް.އެމް.އޭ އިން)
މުޙައްމަދު މާހިރުގެ މައްޗަށް ހުށަހަޅާފައިވާ ދަޢުވާ އަނބުރާ ގެންގޮސްފައިވާކަން އެނގޭކަމާއި، އެހެންކަމުން،
މިލޯނުގެ އިންޓްރެސްޓްގެ ގޮތުގައި 18 މާރޗް 1996 ގައި އެމް.އެމް.އޭ އަށް ޖަމާކޮށްފައިވާ ފައިސާ
(US$828216.69) ގެ އިތުރުން އެހެން އެއްވެސް ފައިސާއެއް ހޯދުމަށް އެމް.އެމް.އޭ އިން ބޭނުން ނުވާތީ
އެދަޢުވާ ދޫކޮށް، އިންޓްރެސްޓްގެ ފައިސާ ހޯދުމަށް ކޮށްފައިވާ ދަޢުވާ އަނބުރާ ގެންދެވީކަމުގައި ބަލަންޖެހޭކަމާއި،
ގޮތަށް ދަޢުވާ އަނބުރާ ގެންދިއުމަށްފަހު، މިލޯނުގެ އިންޓްރެސްޓް ފައިސާގެ ގޮތުގައި އިތުރު ފައިސާތަކެއް
CU O
Occ
OX
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
10
2007/HC-A/28
ހޯދުމަށް މުޙައްމަދު މާހިރުގެ މައްޗަށް ދަޢުވާކޮށްފައިވަނީ އޭގެ 06 އަހަރު ފަހުންކަމާއި، ވުމާއެކު، މިޙާދިސާގެ
ވަށައިގެންވާ އެންމެހާ ކަންކަމުގެ މައްޗަށް ރިޢާޔަތްކުރާއިރު، މިލޯނުގެ އިންޓްރެސްޓްގެ ގޮތުގައި 18 މާރޗް
1996 ގައި އެމް.އެމް.އޭ
އިމް.އޭ އަށް މުޙައްމަދު މާހިރުގެ ފަރާތުން 828216.69$US ޖަމާކުރުމުން، ލޯނުގެ
އިންޓްރެސްޓް ފައިސާ ހޯދުމަށް މުޙައްމަދު މާހިރުގެ މައްޗަށް ކޯޓަށް އެއިރު ހުށަހެޅިފައިވާ ދަޢުވާ އަނބުރާ
ގެންދިއުމަށްފަހު، އެދަޢުވާ އަނބުރާ ގެންދިޔަތާ 06 އަހަރު ފަހުން، ލޯނާގުޅިގެން އިންޓްރެސްޓްގެ ގޮތުގައި އިތުރު
ފައިސާ ހޯދުމަށް ދަޢުވާ ކުރުމަކީ އެންމެ ޢަދުލުވެރި އަދި އިންސާފުވެރި ގޮތެއްކަމުގައި ނުބެލެވޭކަމާއި،
މިލޯނުގެ އިންޓްރެސްޓްގެ ގޮތުގައި 18 މާރޗް 1996 ގައި އެމް.އެމް.އޭ އަށް މުޙައްމަދު މާހިރުގެ
ފަރާތުން ޖަމާކޮށްފައިވާ 828216.69$US ގެ އިތުރުން އެހެން އެއްވެސް ފައިސާއެއް ހޯދުމަށް މުޙައްމަދު
މާހިރުގެ މައްޗަށް ދަޢުވާކުރުމުގެ ހައްޤު ދައުލަތަށް (އެމް.އެމް.އޭ އަށް) ލިބިގެންނުވާކަން ފާހަގަކުރެވޭކަމާއި،
މިސަބަބުތައް މިހެންހުރުމުން، މުޙައްމަދު މާހިރު ނެގި ލޯނުގެ އިންޓްރެސްޓްގެ ގޮތުގައި އޭނާގެ އަތުން ހޯދުމަށް
ދައުލަތުން މަދަނީ ކޯޓުގެ ނަންބަރު 2002/ސީއެމް/716 ޤަޟިއްޔާގައި، ދަޢުވާކުރި 56,091.83$US
(ފަންސާސްހަހާސް ނުވަދިހައެކެއް ޕޮއިންޓް އަށެއް ތިނެއް ޔޫ.އެސް ޑޮލަރު) މުޙައްމަދު މާހިރުގެ އަތުން
ނަގައިދެވޭނެ ތަނެއް ނެތްކަމަށް މިމައްސަލަ ބެލި ފަނޑިޔާރުންނަށް އެއްބަސްވެވެއެވެ.
ޑ 4
2 ހ83
އިހންކަމުން،
• ޙުކުލް:
ދެންފަހެ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، މުޙައްމަދު މާހިރު ނެގި ލޯނުގެ
އިންޓްރެސްޓްގެ ގޮތުގައި އޭނާގެ އަތުން ހޯދުމަށް ދައުލަތުން މަދަނީ ކޯޓުގެ ނަންބަރު 2002/ސީއެމް/716
ޤަޟިއްޔާގައި، ދަޢުވާކުރި 56,091.83$US (ފަންސާސްހަހާސް ނުވަދިހައެކެއް ޕޮއިންޓް އަށެއް
ޑޮލަރު) މުޙައްމަދު މާހިރުގެ އަތުން ނަގައިދެވޭނެ ތަނެއްނެތްކަމަށް އެޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ
ތާއީދުކޮށްފީމެވެ.
ތިނެއް ޔޫ.އެސް
ކަނޑައެޅުއްވުމަށް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv