ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/340 ޤަޟިއްޔާގެ ޙުކުމް
1
2009/HC-A/340
އިން 2
!ރާއްޖޭ؟
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
9:
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު:340/HC
-
A/2009
• އިސްތިއުނާފުކުރި ފަރާތް:
*ނަން: އިބްރާހީމް ލަޠީފް* ދާއިމީ އެޑްރެސް:އަޅިވިލާގެ ސ. ފޭދޫ
* އައިޑީ ކާޑު ނަންބަރު:A011812*މިހާރުގެ އެޑްރެސް:މ. ކާދު
ބަދަލުގައި: އޒް. ޢަބްދުﷲ ސަޢީދު ތްރީލައިން ސ. ހުޅުދޫ
• އިސްތިއުނާފު ރައްދުވި ފަރާތް:
*ނަން:އާމިނަތު ޝާހިދާދާއިމީ އެޑްރެސް:މއ. އޮޅިތެރިގެ
އައިޑީ ކާޑު ނަންބަރު:A034431*މިހާރުގެ އެޑްރެސް: ހ
ބަދަލުގައި: އޖ. ޝާހީން ޙަމީދު ހ. މީނާޒް
• ރަޖިސްޓްރީކުރި ތާރީޚް:24 ޛުލްޙިއްޖާ 1430*ނިމުނު ތާރީޚް:04 ޞަފަރު 1433
01 ޑިސެމްބަރ2009 29 ޑިސެމްބަރ 2011
، އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: 2004/MC/1558
• ނިންމެވިކޯޓު:މަދަނީކޯޓް
ޤަޟިއްޔާގެބާވަތް: ބަދަލުހޯދުން
ހުށަހެޅުނުތާރީޚް:2004 - 11
22*ނިމުނު ތާރީޚް: 2009 - 08 -
4
އެއްގަމުގެ
26
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.lhighcourt.gov.mv
2
2009/HC-A/340
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
ދަޢުވާގެ ޚުލާޞާ
އެއްގޮތަށް
22 ތ ލ0 3
2
ނޭނެކަމަށްބުނެ،
24
0 0
<< O
މިއީ، މަދަނީ ކޯޓުގެ ނަންބަރު2004/MC/1558ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ
ޢުޞޫލުތަކާ
ކަމަށްބު އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށްއެދި، އެޤަޟިއްޔާގައި
ދަޢުވާލިބުނުސ. ފޭދޫ އަޅިވިލާގެ އިބްރާހީމް ލަޠީފް (އައި.ޑީ.ކާޑު ނަންބަރުA011812)ގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި މައްސަލަ ރައްދުވާ
ފަރާތަކީ ގއ. އޮޅިތެރި އާމިނަތު ޝާހިދު އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1. މަދަނީ ކޯޓުގެ ނަންބަރު2004/MC/1558ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ
ޢުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށްއެދި، އެޤަޟިއްޔާގައި
ދަޢުވާލިބުނުސ. ފޭދޫ އަޅިވިލާގެ އިބްރާހީމް ލަޠީފް (އައި.ޑީ.ކާޑު ނަންބަރު A011812)ގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2. މަދަނީ ކޯޓުގެ ނަންބަރު2004/MC/1558ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް
ބެލިއިރު، އެޤަޟިއްޔާއަކީ، އއ. އޮޅިތެރިގޭ އާމިނަތު ޝާހިދުގެ ބައްޕަ މއ. އޮޅިތެރިގޭ އަލްމަރްޙޫމް އަޙްމަދު
ރަޝާދުގެ ފަރާތުން ފޭދޫ އަޅިވިލާގެ އަލްމަރްޙޫމް ޢަލީ ޙަސަންމަނިކުފާނަށް ދައްކަންޖެހިފައިވާ
-/
900,000ރ. (ނުވަލައްކަ ރުފިޔާ) ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 40/HC
-
A/87 ޤަޟިއްޔާގެ
ޙުކުމުގައިވާ ގޮތުގެމަތިން 07 އޭޕްރީލް 2004 ގައި އެފައިސާ މަދަނީކޯޓަށް ދައްކައި ޚަލާޞްކޮށްފައިވުމާއި
އަދި މަދަނީކޯޓުގެ ނަންބަރު2004/MC/53 ޤަޟިއްޔާގައިވާ ގޮތަށް 07 އޭޕްރީލް 2004 މިތާރީޚުން
ފެށިގެން 15 ދުވަސް ހަމަވާތާރީޚް ކަމުގައިވާ 22 އޭޕްރީލް 2004 މިދުވަހުގެ ފަހުން އިތުރު
އެންމެދުވަހަކުވެސް އެޙުކުމުގެ ދަށުން މއ. އޮޅިތެރިގޭގައި ތިބުމުގެ ޙައްޤެއް މަރުޙޫމް ޢަލީ ޙަސަންމަނިކުފާނުގެ
ފަރާތުން ތިބިއެއްވެސް ބަޔަކަށް ލިބިގެންނުވާތީ މަރުޙޫމް ޢަލީ ޙަސަންމަނިކުފާނުގެ ފަރާތުން ތިބި
އަޅިވިލާގެ އިބްރާހީމް ލަޠީފުއާއި، އެހެންމީހުން އެގެއިން ނުނިކުމެވާ ކޮންމެ ދުވަހަކީ މަރުޙޫމް އަޙްމަދު
OL
$322c
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
2009/HC-A/340
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
މަދަނީ ކޯޓުގެ
ceo
OLC
ރަޝާދުގެ ވާރިޘުންނަށް ލިބޭ ގެއްލުމެއް ކަމަށް އާމިނަތު ޝާހިދާގެ ފަރާތުންބުނެ، އެގެއްލުމުގެ ބަދަލެއްގެ
ގޮތުގައި 04 ސެޕްޓެމްބަރ 2004 އަށްވާ 177,333
/
33ރ. (އެއްލައްކަ ހަތްދިހަ ހަތްހާސް ތިންސަތޭކަ
ތެއްތިރީސް ރުފިޔާ ތެއްތިރީސްލާރި) އާއި، އަދި އޭގެ ފަހަށްވެސް ނުނިކުމެވާ ދުވަސްތަކަށްވާ ފައިސާ ސ.
ފޭދޫ އަޅިވިލާގޭ އިބްރާހީމް ލަޠީފުގެ އަތުން ހޯދުމަށް އާމިނަތު ޝާހިދާގެ ފަރާތުން ދަޢުވާ ކުރުމުން
ބެލެވިފައިވާ މައްސަލައެއްކަން އެނގެން އޮވެއެވެ.
3. މިމައްސަލައާ ގުޅިގެން
ނަންބަރު2004/MC/1558ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އެމައްސަލާގައި ޙުކުމް ކުރައްވާފައިވަނީ މިފަދައިންނެވެ. ދެންފަހެ،
އިސްވެދިޔަ ބަޔާންތަކަށާއި ފާހަގަކުރި ނުކުތާތަކުގެ މައްޗަށް ބެލުމަށްފަހު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
04/HC
-
A/87ޤަޟިއްޔާގެ ޙުކުމާއި މަދަނީކޯޓުގެ ނަންބަރު 2004/MC/537 ޤަޟިއްޔާގެ ޙުކުމުގައިވާ
ގޮތުގެމަތިން 22 އޭޕްރީލް 2004 މިތާރީޚުގެ ފަހުން އެއްވެސް ދުވަހެއްގައި އޮޅިތެރިގޭގައި ތިބުމުގެ
ފޭދޫ އަޅިވިލާގެ އިބްރާހީމް ލަތީފާއި، އިބްރާހީމް ލަތީފުގެ ފަރާތުން ތިބޭބަޔަކަށް
ލިބިގެންނުވާކަމާއި، އިބްރާހީމް ލަތީފްއާއި، އިބްރާހީމް ލަތީފުގެ ފަރާތުންތިބިބަޔަކު އޮޅިތެރިގެއިން
ނުކުމެފައިވަނީ 17 ޖޫން 2007 ގައިކަން މަދަނީކޯޓުގެ ނަންބަރު2005/MC/74 ޤަޟިއްޔާގެ ޙުކުމުން
އެނގެންއޮންނަކަމާއި،
މއ. އޮޅިތެރިގޭގައި އިބްރާހީމް ލަޠީފްމެން އުޅެމުންގެންދާ ބައިގެ ޢިމާރާތްތަކުގެ ކުއްޔެއްކަމަށް
އަގުކޮމެޓީން ކަނޑައަޅާފައިވާ ކުއްޔަކީ މަހަކު 40,000ރ. (ސާޅީސްހާސް ރުފިޔާ) ކަމާއި،
މިގޮތުން އިބްރާހީމް ލަޠީފްއާއި، އިބްރާހީމް ލަތީފުގެ ފަރާތުން ތިބިބަޔަކު މއ. އޮޅިތެރިގޭގައި ތިބުމުގެ
ޙައްގުނެތި ތިބި 22 އޭޕްރީލް 2004 ން 17 ޖޫން 2007 މިދުވަހަށްވާ 37 (ތިރީސް ހަތެއް) މަހާއި، 25
(ފަންސަވީސް) ދުވަހަށް މަހަކު -/40,000ރ. (ސާޅީސްހާސް ރުފިޔާ) މަގުން ކުލީގެ ގޮތުގައި ލިބެންވާ
1,513,333
/
33ރ. (ފަނަރަލައްކަ ތޭރަހާސް ތިންސަތޭކަ ތެއްތިރީސް ރުފިޔާ ތެއްތިރީސްލާރި) އަކީ
ހއޤުއ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
2009/HC-A/340
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
ގެއްލުމުގެ ބަދަލުގެ ގޮތުގައި އިބްރާހީމް ލަޠީފުގެ އަތުން މަރުޙޫމް އަޙްމަދު ރަޝާދުގެ ވާރިޘުންނަށް ލިބެންވާ
ފައިސާއެއްކަން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި،
ބުނެވިދިޔަ ގޮތުގެ މައްޗަށް ދަޢުވާލިބޭ އިބްރާހީމް ލަޠީފުގެ އަތުން މަރުޙޫމް އަޙްމަދު ރަޝާދުގެ
ވާރިޘުންނަށް ދޭންވާ 1,513,333
/
33ރ. (ފަނަރަލައްކަ ތޭރަހާސް ތިންސަތޭކަ ތެއްތިރީސް ރުފިޔާ(
ތެއްތިރީސްލާރި) ދިނުމަށްޓަކައި 2009 އޯގަސްޓު 26، މިދުވަހުން ފެށިގެން 21 (އެކާވީސް) މަސްދުވަހުގެ
ތެރޭގައި އެމަހަކު ޖެހޭވަރެއް އެމަހަކު ދައްކަމުންގޮސް 1,513,333
/
33ރ. (ފަނަރަލައްކަ ތޭރަހާސް
ތިންސަތޭކަ ތެއްތިރީސް ރުފިޔާ ތެއްތިރީސްލާރި) މަދަނީކޯޓަށް ދައްކައި ޚަލާކުރުމަށް ދަޢުވާލިބޭ ސ.ފޭދޫ
އަޅިވިލާގެ އިބްރާހީމް ލަތީފަށް އަންގައި ޙުކުމްކޮށްފީމެވެ." މިހެންނެވެ.
4. މަދަނީ ކޯޓުގެ ނަންބަރު2004/MC/1558ޤަޟިއްޔާ ނިމިފައިވަނީ ޝަރުއީ އަދި ޤާނޫނީ
ޢުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ
ފޭދޫ އަޅިވިލާގެ އިބްރާހީމް ލަޠީފްގެ ފަރާތުންއެމައްސަލަ
އިސްތިއުނާފުކުރުމަށް އެދި ހުށަހެޅި ފޯމުގައި އަށް ނުކުތާއެއް ފާހަގަކޮށްފައިވީނަމަވެސް އޭގެ ތެރެއިން އަށްވަނަ
ނުކުތާއަކީ އަލްމަރުޙޫމު އަޙްމަދު ރަޝާދުއާއި އަލްމަރުޙޫމް ޢަލީ ޙަސަންމަނިކުފާނާ ދެމެދު ވެފައިވާ
އެބަސްވުމުގެ ދަށުން މއ. އޮޅިތެރިގޭގެ ބިމާ ޢިމާރާތުގެ މިލްކުވެރިކަން ޢަލީ ޙަސަން މަނިކުފާނަށް
ބަދަލުކުރުން ލާޒިމްކުރާ އެއްބަސްވުމެއްކަމަށާއި ނަމަވެސް ސަރުކާރުން އެކަމަށް އިޢުތިރާޟް ކުރުމުން އެކަން
ނުވެފައިވީނަމަވެސް އެކަން އެގޮތަށްކުރީ ޤާނޫނީ ހަމަތަކުގެ މަތިން ނޫންކަމަށް 2007 ގައި ސަރުކާރުން
ޤަބޫލުކޮށްފައިވާކަމަށްބުނެ، އެއެއްބަސްވުމާ އެއްގޮތަށް ޙައްޤު ޤާއިމުކޮށްދެއްވުން އެދި ހުށަހެޅި ނުކުތާއަކަށްވެފައި
އަދި މިނުކުތާއަކީ އަލްމަރުޙޫމް ޢަލީ ޙަސަންމަނިކުފާނާ އެމަރުޙޫމުގެ ވާރިސުންނަށް
މިލްކުވެރިކަމުގެ މައްޗަށާއި އެތަން ބޭނުންކުރުމުގެ ޙައްޤުގެ މައްޗަށް ބުރަވެ ހުށަހެޅުއްވި
ދޭހަވާއިރު، އެއްބަސްވުމާ ދަށުކޯޓުންނާއި ހައިކޯޓުން މައްސަލަތަކެއް ނިންމަވާފައިވުމުން،
އެނުކުތާއަކީ އިސްތިއުނާފުކުރުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައިވާ މިމައްސަލާގައި އިސްތިއުނާފް
ގޮތުގައި ބަލައިގަނެވެން އޮތް ނުކުތާއެއް ނޫންކަމުގައި މިމައްސަލަ ބަލާ ފަނޑިޔާރުގެ ފަރާތުން
2
444
12
22
203
02 ހ2
Zcހ2
0 2x47
کر کمرسری
4 04 2 22
ނުކުތާއެއްގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
2009/HC-A/340
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
ޖަވާބު ދެވިފައިވެއެވެ.އެނުކުތާ ފިޔަވައިދެން ބާކީއޮތް ނުކުތާތައް ފާހަގަކޮށް އެކަންކަމާ ބެހޭގޮތުން
ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
2
8
2x ހދ
އުނގެތުކަމަށް
12
(ހ) ފުރަތަމަ ނުކުތާއަކީ އަލްމަރުޙޫމް ޢަލީ ޙަސަންމަނިކުފާނު އަމިއްލަ ޚަރަދުގައި ކޮށްފައިވާ
އަމިއްލަ ގެއެއްގައި ތިބުމަށްޓަކައި ޝަރީޢަތުން ކުއްޔެއް ކަނޑައެޅުއްވުމަކީ ޤާނޫނީ އަދި ޝަރުޢީ ހަމަތަކާ
ޚިލާފު ކަމެއް ކަމުގައިވުމާއި އަދި މއ. އޮޅިތެރިގެ ގޯތީގެ ދެކުނުބައިގައި މިހާރު ހުރި ޢިމާރާތަކީ އަލްމަރުޙޫމް
ޢަލީ ޙަސަން މަނިކުފާނު ކޮށްފައިވާ ޢިމާރާތެއްކަން އަލްމަޙޫމް އަޙްމަދު ރަޝާދު ވިދާޅުވެފައިވާކަން މިނިސްޓްރީ
އޮފް ޖަސްޓިސްގެ ކޯޓު ނަންބަރު 4 ގެ ނަންބަރު: 4185-JC/119 (20 ޖޫން 1984) ޤަޟިއްޔާއިން
އެނގެ ވިކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
(ށ) ދެވަނަ ނުކުތާއަކީ:މިމައްސަލާގައި ދަޢުވާކުރާ ފަރާތުން ހުށަހެޅިގޮތަށް މަދަނީ ކޯޓުން ކުލި
ކަނޑައެޅުއްވިއިރު، މިއީ
ޚާއްސަ ޙާލަތެއްގައި ހިނގާފައިވާ މައްސަލައެއްކަމާއި، މިމައްސަލާގައި
އޮޅިތެރިގޭގައި ދިރިއުޅެމުންދާ އަލްމަރުޙޫމް ޢަލީ ޙަސަން މަނިކުފާނުގެ ވާރިޘުން އޮޅިތެރިގޭގައި
ތިބެފައިވަނީ، އަލްމަރުޙޫމް ޢަލީ ޙަސަން މަނިކުފާނާއި އަލްމަރުޙޫމް އަޙްމަދު ރަޝާދާއި ދެމެދު އެއްބަސްވި
އެއްބަސްވުމުގެ ދަށުން ކަމަށްވާއިރު، އެ އެއްބަސްވުމަކީ އެއްބަސްވުމުގެ ދަށުން އޮޅިތެރިގޭގެ މިލްކުވެރިކަން
ޢަލީ ޙަސަން މަނިކުފާނަށް ބަދަލުވާގޮތަށް ކުރެވުނު އެއްބަސްވުމެއް ކަމަށާއި، އަދި އެލިޔުމުގައި ފެންނަން
އޮތްފަދައިންމއ. އޮޅިތެރިގޭގައި ހަދާފައިހުރި ޢިމާރާތަކީ ޢަލީ ޙަސަންމަނިކުފާނުގެ އަމިއްލަ ތަކެތީގައި، އެބިމުގެ
މިލްކުވެރިކަން ބަދަލުވާގޮތަށް ހަދާފައިވާ ޢިމާރާތަކަށް ވާހިނދު، އެޙާލަތްތަކަށް ރިޢާޔަތް ނުކުރައްވާ،މާރކެޓް
އަގުން ކަމަށް ވިދާޅުވެ ކުލި ކަނޑައެޅޭނެ ޤާނޫނީ އުޞޫލެއްނެތްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
(ނ) ތިންވަނަ ނުކުތާއަކީ:ދިވެހިރާއްޖޭގެ ހައިކޯޓުގެ ރިޕޯޓު (ނަންބަރު142/HC
-
A/94 ތާރީޚް: 3
ސެޕްޓެމްބަރ 1995) ގައިވެސް ވަނީ އޮޅިތެރިގޭ ހުޅަނގުބައިގައި ޢަލީ ޙަސަންމަނިކުފާނުގެ ފަރާތުން
ތިބޭތިބުމަށް މަހަކަށް 1000.00 (އެއްހާސް) ރުފިޔާ ކެނޑެމުން ދައްކާގޮތަށް ކަމުގައިވާއިރު، މިމައްސަލާގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
6
2009/HC-A/340
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
ޝަރީޢަތުގެ މަރުޙަލާތަކުގައި އަލްމަރުޙޫމް ޢަލީ ޙަސަން މަނިކުފާނުގެ ވާރިޘުން ހޭދަކުރަންޖެހުނު މުއްދަތާއި،
މިމައްސަލަ ހިނގާފައިވަނީ އިންސާފުގެ އުޞޫލުން ނޫންކަމަށް ސަރުކާރުން ދެކިގެން އަލްމަރުޙޫމް ޢަލީ ޙަސަން
މަނިކުފާނުގެ ވާރިޘުންނަށް އަދުލުވެރި ބަދަލެއް ދެވޭތޯ މަސައްކަތްކޮށް އެގޮތުގެމަތިން، މާލޭ ވިލިގިލިން
"އިޖްތިމާޢީ އަދާލަތުގެ ދަށުން ގޯއްޗެއް ދެއްވަން ނިންމަވައި އެކަން ހަމަޖައްސަވައި ދެއްވާފައިވަނީ،
މިމައްސަލާގައި އަލްމަރުޙޫމް ޢަލީ ޙަސަން މަނިކުފާނުގެ ޙައްޤަކަށް އުނިކަމެއް ލިބުނުކަމަށް ޤަބޫލްކޮށްގެން
ކަމަށްވާއިރު، ޙައްޤު ގެއްލުނު ފަރާތަށް އިތުރު ތަކްލީފެއް ތަޙައްމަލް ކުރަންޖެހޭ އުޞޫލުން، ތަނާޒުއު ބޮޑު
ޙާލަތެއްގައި ނިންމާފައިވާ މައްސަލައެއްގައި، އަމިއްލަ ތަކެތީގައި ހަދާފައިވާ ތަނެއްގައި އެތަނުގެ ކުލީގެ ގޮތުގައި
މިރަތަމަވެސް އެއްބަސްވެވުނު މިންވަރަށްވުރެ ބޮޑު އަދަދެއް ނަގައިދެވޭނެ ޤާނޫނީ އުޞޫލެއްނެތް ކަމަށްބުނެ
ހުށަހެޅި ނުކުތާއެވެ.
(ރ) ހަތަރުވަނަ ނުކުތާއަކީ: މަދަނީކޯޓުން ކުލި ކަނޑައެޅުއްވި މުއްދަތަކީ މަދަނީ ކޯޓުން ގެއިން
ނުކުތުމަށް ޙުކުމްކުރެއްވި އެކޯޓުގެ ޤަޟިއްޔާ އިސްތިއުނާފު ކުރުމުގެ މަރުހަލާގެ މުއްދަތުކަމަށްވާތީ މައްސަލަ
ޝަރީޢަތުގައިވާ މުއްދަތުގެ ކުލި ދައްކަންޖެހޭކަމަށް ކަނޑައެޅުއްވި ކަނޑައެޅުއްވުމަކީ ޝަރުޢީގޮތުން ހަމަޖެހޭ
އިނުވާ ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
ބި) ފަސްވަނަ ނުކުތާއަކީ އަލްމަރުޙޫމް ޢަލީ ޙަސަން މަނިކުފާނުގެ ވާރިޘުން އޮޅިތެރިގޭގައި
ތިބިތިބުމަކީ، ޤާނޫނީ ހަމަތަކުގެ މަތިން ކުރެވުނު އެއްބަސްވުމެއްގެ ދަށުން ތިބި ތިބުމެއްކަމާއި، އެއެއްބަސްވުން
ޤާއިމްވެފައި އޮތީ އަލްމަރުޙޫމް ޢަލީ ޙަސަންމަނިކުފާނާއި އަލްމަރުޙޫމް އަޙްމަދު ރަޝާދު އާއި ދެމެދު
ކަމަށްވާއިރު، އެއެއްބަސް
:ސްވުމުން ސާފުކޮށް ފެންނަން އޮތްފަދައިން
އޮޅިތެރިގެއަކީ، ޢަލީ ޙަސަން
މަނިކުފާނަށް މިލްކުވެރިކަން ބަދަލުވާގޮތަށް ކުރެވުނު އެއްބަސްވުމެއް ކަމަށާއި، އެގޮތުން
ވާރިޘުންނަށްވެސް އެކަން އެގޮތަށް ހަމަޖެއްސުމަށް ވަޞިއްޔަތް ކޮށްފައިވާއިރު، ތަނުގެ ކުލީގެ ގޮތުގައި
ހަމަޖެހިފައިވާކަމަށް އެއިރު ކަނޑައެޅި އަދަދު ޝަރީޢަތުން ނަގައިދީފައިވާ އުޞޫލަކީ،
ކުރިކަމަށް ބަލަންޖެހޭ ކަމަށާއި އެއީ މަހަކަށް 1000.00 (އެއްހާސް ރުފިޔާ) ކަމަށާއި،
22
02 ހ2 ދ
އެއްކަމުގައިން
އާ
12
ދެފަރާތުގެ
4245
ޑތ ތ 2
3 4ތ 2
==މއޤާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.lhighcourt.gov.mv
2009/HC-A/340
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
27
އަސްލު ބައިވެރިންނަށް ނުލިބޭ ނުވަތަ ގަސްދުނުކުރާ މަންފައެއް އެއެއްބަސްވުމުގެ ފަހަތުން އަންނަ ބަޔަކަށް
ލިބިގެން ނުވާކަން ޤާނޫނީ އަދި ޝަރުޢީ އުޞޫލުން އެނގެންއޮތުމުން، މއ. އޮޅިތެރިގޭގެ ކުލީގެ ގޮތުގައި
މަދަނީކޯޓުން ކަނޑައެޅި އަދަދަކީ ޤާނޫނީ އަދި ޝަރުޢީ އުޞޫލާއި ފުށުއަރާ ކަމެއްކަން އެނގެން އޮންނަކަމަށް
ބުނެ ހުށަހެޅި ނުކުތާއެވެ.
(ޅ) ހަވަނަ ނުކުތާއަކީ: އަލްމަރުޙޫމް ޢަލީ ޙަސަން މަނިކުފާނުގެ ވާރިޘުންނާއި ސަރުކާރާއި ދެމެދު
މަޝްވަރާ ކުރުމަށްފަހުދެފަރާތުން އެއްބަސްވެވުނު ތާރީޚުގައި އޮޅިތެރިގެއިން ޢަލީ ޙަސަން މަނިކުފާނުގެ
ވާރިޘުން ނުކުމެފައިވުމާއި، އެއީ ޙައްޤުގެއްލުނު ފަރާތަށް ސަރުކާރުންވެސް ދިން މުހުލަތުކަން އެނގެން
އޮތުމާއި، އެމުއްދަތުގެތެރޭގައި ކުއްޔެއް ނެގޭނަމަ ނެގެންވާ ކުއްޔަކީ މިއެއްބަސްވުމުގެ ބައިވެރިންގެ މެދުގައި
އެއްބަސްވެވުނުގޮތަށް ތަނުގެ ކުލިކަމަށް ފުރަތަމަވެސް ކަނޑައެޅިފައިވާ (އެއްހާސް ރުފިޔާ) 1000.00
ކަމަށާއި، މިއަދަދު ޢަލީ ޙަސަން މަނިކުފާނުގެ ވާރިޘުންގެ މައްޗަށް ބޮޑުކުރެވޭނަމަ، 1000.00 ރުފިޔާގެ
މަގުން އަލްމަރުޙޫމް އަޙްމަދު ރަޝާދުގެ ވާރިޘުން މަރްޙޫމް ޢަލީ ޙަސަން މަނިކުފާނުގެ ވާރިޘުން.
ޘުންނަށްދައްކާފައިވާ
900000.00 (ނުވަލައްކަ ރުފިޔާގެ އަދަދުވެސް މާރކެޓްގެ އުޞޫލުން ބޮޑުކުރުމުގެ ޙައްޤު ޢަލީ ޙަސަން
މަނިކުފާނުގެ ވާރިޘުންނަށްވެސް ދޭންޖެހޭނެކަން ޤާނޫނީ ހަމަތަކުގެ މަތިންދަލީލުކޮށްދޭކަމަށް ބުނެ
ހުށަހެޅިނުކުތާއެވެ.
(ކ) ހަތްވަނަ ނުކުތާއަކީ: އިސްތިއުނާފުކުރެވޭ މިމައްސަލާގެ ބައިވެރިންނަކީ މަރްޙޫމް ޢަލީ ޙަސަން
މަނިކުފާނާއި މަރްޙޫމް އަޙްމަދު ރަޝާދު ކަމަށްވެފައި އެދެފަރާތްވެސް މިހާރު ނިޔާވެފައިވާކަމާއި އެހެންކަމުން
މިމައްސަލައާއި ގުޅިގެން އުފެދޭ ކޮންމެ ދައުވާއެއް ނިސްބަތްވާންޖެހޭނީ ދެމަރުޙޫމުންގެ ވާރިޘުންނަށް
ކަމަށްވީހިނދު، މަދަނީކޯޓުގައި ހިނގައިދިޔަ މިޝަރީޢަތް ހިންގާފައިވަނީ މަރްޙޫމް އަޙްމަދު ރަޝާދުގެ
ވާރިޘުންގެ ނަމުގައިކަމަށްވެފައި، ދަޢުވާލިބޭ ފަރާތުގެ ގޮތުގައި މަރްޙޫމް ޢަލީ ޙަސަން މަނިކުފާނުގެ ވާރިޘުންގެ
ބަދަލުގައި ޢަލީ ޙަސަން މަނިކުފާނުގެ ވާރިޘުންގެ ތެރެއިން ހަމައެކަނި އިބްރާހީމް ލަޠީފުއަށް ނިސްބަތްކޮށް އަދި
ދަޢުވާ ލިބޭގޮތަށް ޝަރީޢަތް ހިންގި ހިންގުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން ހަމަޖެހޭ އުޞޫލެއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.lhighcourt.gov.mv
8
2009/HC-A/340
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
2 20
224 0 2
ނޫންކަމާއި، އެހެންކަމުން އިޖްރާޢީ ހަމަތަކާއި ފުށުއަރާގޮތަށް އިސްތިއުނާފު ކުރެވޭ މިޤަޟިއްޔާ ނިންމާފައިވާތީ
މަދަނީކޯޓުގެ ޙުކުމް ބާޠިލް ކުރަންޖެހޭކަން އެނގެންއޮންނަކަމަށް ބުނެ ހުށަހެޅިނުކުތާއެވެ.
5. މިމައްސަލައާއި ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ
ލިޔުންތަކަށާއި، އަދި މަދަނީކޯޓުގެ ނަންބަރު 2004/MC/1558 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއި އެއްގޮތް ނުވާކަމަށްބުނެ ސ. ފޭދޫ އަޅިވިލާގެ އިބްރާހީމް ލަތީފުގެ ފަރާތުން ހުށަހަޅާފައިވާ
ސަބަބުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ،މަދަނީ ކޯޓުގެ ނަންބަރު 2004/MC/1558 ޤަޟިއްޔާ ދިވެހިރާއްޖޭގެ
ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅި ސ. ފޭދޫ އަޅިވިލާގޭ އިބްރާހީމް ލަތީފުގެ ފަރާތުން ހުށަހަޅާފައިވާ
ކަންތައްތަކަށާއި ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، މަދަނީ ކޯޓުގެ ނަންބަރު
2004/MC/1558 ޤަޟިއްޔާނިންމަވާފައިވާ ގޮތް ރަނގަޅުނޫންކަމަށް އެފަރާތުން ބުނެފައިވާ މައިގަނޑު
ސަބަބަކީ، ކުރީގައި ވެފައިއޮތް އެއްބަސްވުމެއްގެ ދަށުން -/1000 (އެއްހާސް) ރުފިޔާގެ މަގުން ކުލި
ކަނޑައަޅާފައި ވަނިކޮށް، އޭގެމާފަހުން އަގުކޮމެޓީއަކުން ގޮސް އެތަން ބެލުމަށްފަހުގައި އެތަނުގެ
އަގުކޮމެޓީން -/
40,000ރ. (ސާޅީސްހާސް ރުފިޔާ) ކަނޑައަޅުއްވާފައިވުމުން އެކަމުގެ މައްޗަށް ބިނާކޮށް،މަހަކު
-/40,000ރ. (ސާޅީސްހާސް ރުފިޔާ) މަގުން ކުލީގެ ގޮތުގައި ލިބެންވާ 1,513,333
/
33ރ. (ފަނަރަލައްކަ
ތޭރަހާސް ތިންސަތޭކަ ތެއްތިރީސް ރުފިޔާ ތެއްތިރީސްލާރި) އަކީ ގެއްލުމުގެ ބަދަލުގެ ގޮތުގައި އިބްރާހީމް
ލަތީފުގެ އަތުން މަރުޙޫމް އަޙްމަދު ރަޝާދުގެ ވާރިޘުންނަށް ލިބެންވާ ފައިސާއެއްކަމަށް މަދަނީ ކޯޓުން
ކަނޑައަޅުއްވާފައިވުމުންކަމުގައި އިބްރާހީމް ލަފުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ފާހަގަކޮށްފައިވާކަން
09
2
2 ހދ 0
11
202
އެނގެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
9
2009/HC-A/340
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
2x 22 /
<< O
އއ
(ށ) ދެވަނަ ކަމަކީ، މިމައްސަލާގައި އިސްތިއުނާފު ކުރިފަރާތުން އެދޭގޮތަކީ މަދަނީ ކޯޓުގެ
ޤަޟިއްޔާއިން ނިންމާފައިއޮތް ޖުމްލަ ފައިސާއަކީ ދޭންޖެހޭ އެއްޗެއްނޫންކަމަށް ކަނޑައަޅުއްވައި ދެއްވައި،
އިންޞާފުވެރިކޮށް މިމައްސަލަ ނިންމަވާދެއްވުންކަމަށާއި، އިންޞާފުވެރިގޮތަކީ އެއީ އޭރުގެ އެއްބަސްވުމުގެދަށުން
ކުއްޔަކީ -/1000 (އެއްހާސް) ރުފިޔާ ކަމުގައި ބެލުންކަމަށް އިބްރާހީމް ލަތީފުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގައި ބުނެފައިވާކަން އެނގޭކަމާއި،
އެހެންކަމުން، އިބްރާހީމް ލަޠީފުއާއި، އިބްރާހީމް ލަޠީފުގެ ފަރާތުން ތިބިބަޔަކު . އޮޅިތެރިގޭގައި
ތިބުމުގެ ޙައްގުނެތި ތިބިކަމަށް މަދަނީ ކޯޓުގެ ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ މުއްދަތު ކަމުގައިވާ 22
އޭޕްރީލް 2004 ން 17 ޖޫން 2007 މިދުވަހަށްވާ 37 (ތިރީސް ހަތެއް) މަހާއި، 25 (ފަންސަވީސް)
ދުވަހަށް ކުލި ނަގައިދިނުމާމެދު އިބްރާހީމް ލަޠީފުގެ ފަރާތުން އިޢުތިރާޝްކޮށްފައިނުވާކަމާއި، އިބްރާހީމް ލަޠީފުގެ
ފަރާތުން އިޢުތިރާޝްކޮށްފައިވަނީ އިބްރާހީމް ލަތީފުގެ ފަރާތުން ދައްކަންޖެހޭކަމަށް އެޤަޟިއްޔާގައި
ކަނޑައަޅުއްވާފައިވާ ފައިސާގެ މިންވަރާމެދުގައިކަން އެނގޭކަމެވެ.
(ނ) ތިންވަނަ ކަމަކީ، އިބްރާހީމް ލަޠީފުއާއި، އިބްރާހީމް ލަތީފުގެ ފަރާތުން ތިބިބަޔަކު
އޮޅިތެރިގޭގައި ތިބެފައިވާ މުއްދަތުގެ ތެރެއިން 22 އޭޕްރީލް 2004 ން 17 ޖޫން 2007 މިދުވަހަށްވާ 37
(ތިރީސް ހަތެއް) މަހާއި، 25 (ފަންސަވީސް) ދުވަހަށް ކުލީގެ ގޮތުގައި ލިބެންވާ މިންވަރު ގެއްލުމުގެ ބަދަލުގެ
ގޮތުގައި އިބްރާހީމް ލަތީފުގެ އަތުން މަރުޙޫމް އަޙްމަދު ރަޝާދުގެ ވާރިޘުންނަށް ލިބެންވާކަމަށް މަދަނީ ކޯޓުގެ
ނަންބަރު 2004/MC/1558 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވަނީ، 22 އޭޕްރީލް 2004 ން ފެށިގެން
އިބްރާހީމް ލަޠީފުއާއި، އިބްރާހީމް ލަތީފުގެ ފަރާތުން ތިބިބަޔަކު މއ. އޮޅިތެރިގޭގައި ތިބުމުގެ އެއްވެސް
ހައްޤައް ނެތްއިރު އެތަނުން ނުނިކުމެ އެތަންބޭނުންކޮށްފައިވުމުން، ގެއްލުމުގެ ބަދަލުގެ ގޮތުގައިކަން
އެނގެންއޮތްކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ،އަޙްމަދު ރަޝާދުގެ ފަރާތުން ޢަލީ ޙަސަންމަނިކުފާނަށް ދައްކަންޖެހޭ ފައިސާ
ދައްކައި ޚަލާޞްކުރާތާ 15 ދުވަހުގެ ތެރޭގައި ޢަލީ ޙަސަން މަނިކުފާނާއި ޢަލީ ޙަސަން މަނިކުފާނު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
10
2009/HC-A/340
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
ފަރާތުން މއ. އޮޅިތެރިގޭގައި ބައިތިއްބާފައިވާމީހުން އެގެއިން ނުކުތުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު40/HC
-
A/87 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވާކަމާއި،އެ ދަރަނީގެ ތެރެއިން 07 އޭޕްރީލް
2004 ދުވަހާ ހަމައަށް ނުދައްކައި ބާކީ އޮތް 607763
/
20ރ. (ހަލައްކަ ހަތްހާސް ހަތްސަތޭކަ ފަސްދޮޅަސް
ތިން
ouc
OLC
13
ރުފިޔާ ވިހި ލާރި) އަޙްމަދު ރަޝާދުގެ ވާރިޘުންގެ ފަރާތުން 07 އޭޕްރީލް 2004 ގައި ދައްކައި ދަރަނި
ޚަލާސް ކޮށްފައިވާކަން މަދަނީ ކޯޓުގެ ނަންބަރު 1985/7 ސާބިތު ދަރަނީގެ ޗިޓުން އެނގެންއޮތުމުން،07
އޭޕްރީލް 2004 ން ފެށިގެން 15 ދުވަސް ހަމަވާ ތާރީޚު ކަމުގައިވާ 22 އޭޕްރީލް 2004 ން ފެށިގެން ޢަލީ
ޙަސަންމަނިކުފާނުގެ ފަރާތުން މއ. އޮޅިތެރިގޭގައި ބައިތިއްބާފައި ތިބި މީހުންގެ ތެރެއިން އެއްވެސް މީހަކަށް
އެގޭގައި ހުރުމުގެ އެއްވެސް ޙައްޤެއް ނެތްކަމާއި، އެހެންކަމުން މަދަނީ ކޯޓުގެ ނަންބަރު 2004/MC/537
ޤަޟިއްޔާ ނިމުނު އިރު ޢަލީ ޙަސަން މަނިކުފާނުގެ ފަރާތުން މއ. އޮޅިތެރިގޭގައި ތިބި ޢަލީ ޙަސަން
މަނިކުފާނުގެ ދަރި އިބްރާހީމް ލަޠީފުއާއި، އިބްރާހީމް ލަޠީފުގެ ފަރާތުން އެގޭގައި ތިބި އެއްމެހައި މީހުން 10
ޖޫން 2004 ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި އޮޅިތެރިގެއިން ނުކުތުމަށާއި، އޮޅިތެރިގޭގައި
އިބްރާހީމް ލަޠީފުއާއި، އިބްރާހީމް ލަތީފުގެ ފަރާތުން ތިބި އެއްމެހައި މީހުންގެ މުދަލާއި ތަކެތި މިމުއްދަތުގެ
ތެރޭގައި އޮޅިތެރިގެއިން ނެރެ އެތަން އަޙްމަދު ރަޝާދުގެ ވާރިޘުންނާއި ޙަވާލުކުރުމަށް މަދަނީ ކޯޓުގެ
ނަންބަރު 2004/MC/537 ޤަޟިއްޔާގައި 10 ޖޫން 2004 ޙުކުމް ކުރައްވާފައިވާކަމާއި،
މަދަނީ ކޯޓުގެ ނަންބަރު 2004/MC/537 ޤަޟިއްޔާގައި އެފަދައިން ޙުކުމް ކުރައްވާފައިވާއިރު،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 88/HC
-
A/2004 ޤަޟިއްޔާގައި މަދަނީ ކޯޓުގެ ނަންބަރު
2004/MC/537 ޤަޟިއްޔާގެ ޙުކުމަށް ތާއީދުކުރައްވާފައިވާކަން އެނގޭކަމާއި،
އަދި އިސްތިއުނާފުކުރެވި، ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާގައި ބެލެވިފައިވާ މަދަނީކޯޓުގެ
ނަންބަރު2004/MC/1558 ޤަޟިއްޔާގައި ވެސް މިކަންކަން ފާހަގަ ކުރައްވައި މިކަންކަމަށް ރިޢާޔަތް
ކުރައްވާފައިވާކަން އެނގެންއޮތްކަމެވެ.
ޢިދު 22 މ ގތ
19
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
11
2009/HC-A/340
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
4 22
1558/IC/2004
(ބ) ފަސްވަނަ ކަމަކީ، ގެއެއްގައި ތިބުމުގެ ޙައްޤު ނުވަތަހައިސިއްޔަތު ނެތްބަޔަކު އެގޭގެ ވެރިންގެ
ނުރުހުމުގައި އެގޭގައި ތިބޭނަމަ، ޤާނޫނީ އަދި ޝަރުޢީ ހަމަތަކުގެ މަތިން އެތަން ލިބިގަނެ ތަނުގެ
ބޭނުންކުރުމަށް ފިޔަވަޅު އެޅުމަކީ ޤާނޫނީ ގޮތުންނާއި ޝަރުޢީގޮތުން އެގެއެއްގެ ވެރިންނަށް ލިބިގެންވާ ޙައްޤެއްގެ
އިތުރަށް، އެފަދައިން ތިބޭ ބަޔަކު ތިބުމުގެ ސަބަބުން އެގެއެއްގެ ވެރިންނަށް ލިބޭ ގެއްލުމުގެ ބަދަލަކީވެސް
ގެއެއްގެ ވެރިންނަށް ދަޢުވާކޮށް ހޯދޭނެ ޙައްޤެއްކަން އެނގޭކަމާއި،
މަދަނީކޯޓުގެ ނަންބަރު
ޤަޟިއްޔާގައި ދަޢުވާކުރިފަރާތުން ހޯދުމަށް
އެދުނުގެއްލުމުގެ ބަދަލު ކަނޑައަޅުއްވާފައިވަނީ، ޢަލީ ޙަސަން މަނިކުފާނުގެ ފަރާތުން މއ. އޮޅިތެރިގޭގައި ތިބި
ޢަލީ ޙަސަން މަނިކުފާނުގެ ދަރި އިބްރާހީމް ލަޠީފުއާއި، އިބްރާހީމް ލަތީފުގެ ފަރާތުން އެގޭގައި ތިބި މީހުން
އެގޭގައި ތިބުމުގެ އެއްވެސް ޙައްގެއްނެތްކަމަށް، ބަޔާންކުރެވިދިޔަ ފަދައިން ސާބިތުވެ އެނގެންއޮތް މުއްދަތު
ކަމުގައިވާ 22 އޭޕްރީލް 2004 ން 17 ޖޫން 2007 އަށްވާ 37 (ތިރީސް ހަތެއް) މަހާއި، 25
(ފަންސަވީސް) ދުވަހުގެ މައްޗަށް ބައްލަވައި، އަދި މއ. އޮޅިތެރިގެ ފެންވަރުގެ އިމާރާތެއް ކުއްޔަށް
ދެވޭނޭކަމަށް ބެލެވެނީމަހަކު -/40000ރ. (ސާޅީސްހާސް ރުފިޔާ) އާއި -/45000ރ. (ސާޅީސް ފަސްހާސް
ރުފިޔާ) އާއި ދެމެދުގެ އަގަކަށްކަމުގައި ބަޔާންކޮށް ހެދިފައިވާ އަގުކޮމެޓީގެ ރިޕޯޓުގެ މައްޗަށް ބަލައި
މަތިންކަން އެނގޭކަމާއި،
މާލޭގެ ގޯތިގެދޮރު ކުއްޔަށްދޭ އަގުތަކަށް ބަލާއިރު، އެކުއްޔަކީ ޤަބޫލުނުކުރެވޭފަދަ ކުއްޔެއްނޫންކަމާއި،
އިބްރާހީމް ލަޠީފުއާއި، އިބްރާހީމް ލަޠީފުގެ ފަރާތުން މއ. އޮޅިތެރިގޭގައި ތިބި މީހުން އެގެއިން ނުކުތްނަމަ
ވެރިންނަށް އެގެއިން އެމިންވަރުގެ މަންފާއެއް ހޯދުމުގެ ފުރުސަތު އޮތްކަން ފާހަގަކުރެވޭކަމެވެ.
އެހެންކަމުން، މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ، ޢަލީ ޙަސަން
މަނިކުފާނުގެ ފަރާތުން އޮޅިތެރިގޭގައި ތިބި ޢަލީ ޙަސަންމަނިކުފާނުގެ ދަރި އިބްރާހީމް ލަޠީފުއާއި،
އިބްރާހީމް ލަތީފުގެ ފަރާތުން އެގޭގައި ތިބި މީހުން އެގޭގައި ތިބުމުގެ އެއްވެސް ޙައްޤެއްނެތި 22 އޭޕްރީލް
42x2
ہی گرم کی
24 2
ہم کو کی
OLC
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
12
2009/HC-A/340
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
2004 ން 17 ޖޫން 2007 އަށް އޮޅިތެރިގޭގައި ތިބެފައިވާކަން ސާބިތުވެ އެނގެންއޮތުމުންނާއި،
މިމުއްދަތަށް މަހަކު -/
40000ރ. (ސާޅީސްހާސް ރުފިޔާ) މަގުން ކުލީގެ ގޮތުގައި ލިބެންވާ ފައިސާގެ ޢަދަދަކީ
ގެއްލުމުގެ ބަދަލުގެ ގޮތުގައި އިބްރާހީމް ލަޠީފުގެ ފަރާތުން މަރުޙޫމް އަޙްމަދު ރަޝާދުގެ ވާރިޘުންނަށް ލިބެންވާ
ފައިސާއެއްކަމުގައި މަދަނީ ކޯޓުން ކަނޑައަޅުއްވާފައިވަނީ އަގުކޮމެޓިގެ ރިޕޯޓަށް ބައްލަވައި އެއަށް
ރިޢާޔަތްކުރައްވައިގެންކަމުންނާއި މާލޭގެ ގޯތިގެދޮރު ކުއްޔަށް ދެވޭ އަގުތަކަށް ބަލާއިރު، ގެއްލުމުގެ ބަދަލުގެ
ގޮތުގައި
މަހަކަށް ކަނޑައަޅުއްވާފައިވާ ފައިސާގެ އަދަދަކީ ޤަބޫލުނުކުރެވޭއަދަދެއްނޫންކަމުންނާއި، އަދި ގެއްލުމުގެ ބަދަލު
ނަގައިދޭން މަދަނީ ކޯޓުން ކަނޑައެޅުއްވި މުއްދަތާއި މިންވަރު ކަނޑައެޅުއްވުމުގައި ޝަރުޢީ އަދި ޤާނޫނީ
ހަމައަކާ ޚިލާފުވެފައިވާކަން އެނގެންނެތުމުންނާއި، މަދަނީކޯޓުގެނަންބަރު 2004/MC/1558ޤަޟިއްޔާ
އިސްތިއުނާފުކުރުމަށް އިބްރާހީމް ލަޠީފުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ކަންތައްތަކާގުޅިގެން
ހައިކޯޓުން ބެލިބެލުމުން، މަދަނީކޯޓުގެ ނަންބަރު 2004/MC/1558ޤަޟިއްޔާގައި ކުރައްވާފައިވާ
ޙުކުމަށް
24
ބަދަލު ގެންނަންޖެހޭ އެއްވެސް ސަބަބެއް އޮތްކަމަށް ނުފެންނަ ކަމަށެވެ.
4
ދެން ފަހެ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން،މަދަނީ ކޯޓުގެ ނަންބަރު
200/MC/1558ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފުކަމަށް
ބަލާނެތަނެއް ނެތްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އިއްތިފާޤްވެވިފައިވާތީ، އެޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން
ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv