ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-DM/04 ޤަޟިއްޔާގެ ޙުކުމް
1
2{{09!IC-[104
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
• ޤަޟިއްޔާ ނަންބަރ: 04/HC
-
MD/2009
އިސްތިއުނާފު ކުރިފަރާތް:
* ނަން: އަޙްމަދު ޢާޠިފް
އައިޑީ
ކާޑު ނަންބަރ A064888
އިސްތިއުނާފު ރައްދުވި ފަރާތް
* ނަން: އެޓަރނީ ޖެނެރަލްގެ އޮފީސް
އައިޑީ
ކާޑު ނަންބަރ:
އެޑްރެސް: ޝަބްނަމްގެ/ އއ.ފެރިދޫ
މިހާރުގެ އެޑްރެސް: ..
ދުވޭދާރު
މިހާރުގެ އެޑްރެސް:
ރަޖިސްޓްރީކުރެވުނު ތާރީޚް: 13 ޖުމާދަލްއޫލާ 1433
ޖޫން
* ނިމުނު ތާރީޚް: 22 ޖުމާދަލްއާޚިރު 1433
(
s
25
2009
18
2012
0
ޤަޟިއްޔާގެ ބާވަތް ދުސްތޫރީ މައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު، ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2009/I IC-DM/04
ފިހުރިސްތު
ޞަފްޙާ ނަންބަރ: 03
dl- ދަޢުވާގެ ޚުލާޞާ
02- ފާހަގަކުރެވުނު ނުކުތާތައް
03- ޙުކުމް:
it
03-12 ;
j
12-13:
04- މަޙްޝަރު ބަޔާންތައް
04.1 އިސްތިއުނާފުކުރި ފަރާތުގެ މަޙުޝަރު ބަޔާންތައް:
އަޙްމަދު ޢާޠިފު!އއ. ފެރިދޫ، ޝަބްނަމްގެ ފަރާތުން:
ވަކީލު އދ. މުޙައްމަދު ޖަމީލު އަޙްމަދު1ހ. ޝޭޑީޕާމްގެ ދެއްކި ވާހަކަތައް:
މަޙުޝަރު ނަންބަރ: 05-01 :HC
-
DM-
04 Mpg-2009
މަޙުޝަރު ނަންބަރ: 27-14 :HC
-
DM
-
04 Mpg-2009
..2
އިސްތިއުނާފު ރައްދުވި ފަރާތުގެ މަޙުޝަރު ބަޔާންތައް:
("
އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން:
އއ. ޚަދީޖާ ރަޝީދު ދެއްކި ވާހަކަތައް
މަޙުޝަރު ނަންބަރ: 13-06 :HC
-
DM
-
04 Mpg-2009
އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން:
ވަކީލު ސްޓޭޓް އެޓަރނީ އދ. މޫސާ ޢާލިމް ދެއްކި ވާހަކަތައް:
މަޙުޝަރު ނަންބަރ: 36-28 :HC
-
DM-
04 Mpg-2009
05 - މައްސަލައާއި ގުޅިގެން ހުށަހެޅުނު ލިޔުންތައް:
ރިޕޯރޓްގައިވާ ޞަފްޙާގެ ޖުމްލަ ޢަދަދު: 15
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު، ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
ވެބް ސައިޓް: www.highcourt.gov.mv
[email protected]
3
2009HC-DM/04
ދަޢުވާގެ ޚުލާޞާ:
މިއީ، ޤާނޫނުއަސާސީގައި ބަޔާންކުރެވިފައިވާ ޢާންމު އިންތިޚާބެއްގައި ވާދަކުރުމަށް ގަސްތުކުރާ
ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުން އެ އިންތިޚާބެއް ބާއްވާ ތާރީޚުގެ 6 މަސްދުވަސް ކުރިން މަޤާމުން
އިސްތިއުފާދިނުމަށް ސިވިލް ސަރވިސްގެ ޤާނޫނުގެ 51 ވަނަ މާއްދާގެ ދަށުން ލާޒިމުކުރާ ކުރުމަކީ
ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) (އިންތިޚާބުތަކުގައި އެކިއެކި މަޤާމުތަކަށް ކުރިމަތި ލުމުގެ ޙައްޤު)
އާއި އަދި ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) (މަޖިލީހުގެ އިންތިޚާބުގައި ބައިވެރިނުވެވޭނެ ޙާލަތްތައް)
އާއި ތަޢާރަޟުވާ މާއްދާއެއް ކަމަށްވާތީ ސިވިލް ސަރވިސްގެ ޤާނޫނުގެ 51 ވަނަ މާއްދާއަކީ ޤާނޫނުއަސާސީގެ
268 ވަނަ މާއްދާގެ ދަށުން ބާޠިލު މާއްދާއެއްކަމަށް ކަނޑައަޅާދިނުން އެދި ފެރިދޫ ޝަބްނަމްގެ އަޙްމަދު
ޢާޠިފްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައެކެވެ.
ޝަގ
{
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ އެޓަރނީ ޖެނެރަލްގެ އޮފީސް (ދިވެހި ދައުލަތް)
އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
4
t
ޖ ޗ
{
01- ޤާނޫނުއަސާސީގައި ބަޔާންކުރެވިފައިވާ ޢާންމު އިންތިޚާބެއްގައި ވާދަކުރުމަށް ގަސްތުކުރާ
ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުން އިންތިޚާބެއް ތާރީޚުގެ 6 މަސްދުވަސް ކުރިން މަޤާމުން
އިސްތިއުފާދިނުމަށް ސިވިލް ސަރވިސްގެ ޤާނޫނުގެ 51 ވަނަ މާއްދާގެ ދަށުން ލާޒިމުކުރާ ކުރުމަކީ
ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) (އިންތިޚާބުތަކުގައި އެކިއެކި މަޤާމުތަކަށް ކުރިމަތި ލުމުގެ ޙައްޤު)
އާއި އަދި ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) (މަޖިލީހުގެ އިންތިޚާބުގައި ބައިވެރިނުވެވޭނެ ޙާލަތްތައް)
އާއި ތަޢާރުޟުވާ މާއްދާއެއް ކަމަށްވާތީ ސިވިލް ސަރވިސްގެ ޤާނުނުގެ 51 ވަނަ މާއްދާއަކީ ޤާނޫނުއަސާސީގެ
268 ވަނަ މާއްދާގެ ދަށުން ބާޠިލު މާއްދާއެއްކަމަށް ކަނޑައަޅާދިނުން އެދި ފެރިދޫ ޝަބްނަމްގެ އަޙްމަދު
ޢާޠިފްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
2009{IC-DM/04
ޤަޟިއްޔާ ނިމުނު ގޮތުގެ ޚިޕޯޓް
02- އއ.
ސަ06
032&c ·
ފެރިދޫ ޝަބްނަމްގެ އަޙްމަދު ޢާޠިފްގެ ފަރާތުން ހުށަހަޅާފައިވާ ދުސްތޫރީ ދަޢުވާ
ބިނާކުރި ސަބަބުތަކުގެ މައްޗަށް ބެލިއިރު، 08 (އަށެއް) ސަބަގެ ފާހަގަކޮށް އެކަންކަމާ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
-99އ
ބެހޭގެތެން
(ހ) ފުރަތަމަ ސަބަބަކީ: ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ށ) ގެ ދަށުން
އިންތިޚާބުތަކުގައި ބައިވެރިވުމުގެ ޙައްޤު އެހެން ގޮތަކަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައި ނުވާހާހިނދަކު
ދިވެހި ކޮންމެ ރައްޔިތަކަށް ލިބިދީފައިވާކަން އެނގޭއިރު، އިންތިޚާބަށް ކުރިމަތިލުމަށްޓަކައި އަސާސީ ޙައްޤެއް
ނިގުޅައިގަތުމުގެ ބާރު އެއްވެސް މީހަކަށް ނުވަތަ ފަރާތަކަށް ޤާނޫނުއަސާސީގެ ދަށުން ލިބިގެންނުވާ ކަމަށްބުނެ
ހުށަހެޅި ސަބަބެވެ.
{
(ށ) ދެވަނަ ސަބަބަކީ، ޤާނޫނުއަސާސީއިން ލިބިދޭ އަސާސީ ޙައްޤެއް އެއްވެސް މިންވަރަކަށް
ހިފެހެއްޓޭނީ. ޤާނޫނުއަސާސީއާ ތަޢާރަޟުނުވާގޮތެއްގެ މަތިންކަން ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި
ބަޔާންވެފައިވާކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
¢ ¢ ¢>
(ނ) ތިންވަނަ ސަބަބަކީ: ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލެވޭނޭ މީހުންނާއި
ކުރިމަތި ނުލެވޭނޭ މީހުން ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި، މިގޮތުން
ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގައި ވަނީ މެންބަރަކަށް އިންތިޚާބުކުރެވޭ މީހެއްގެ ކިބައިގައި ހުންނަންވާ
ޝަރުޠުތައްކަމާއި، 73 ވަނަ މާއްދާގެ (ނ) ގައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބައިވެރިނުވެވޭނެ
ހާލަތްތައްކަމާއި، މިނޫން އެހެން އެއްވެސް ހާލަތެއްގައި 26 ވަނަ މާއްދާގެ (ށ) ގެ ދަށުން ލިބިދޭ
އިންތިޚާބުގައި ބައިވެރިވުމުގެ އަސާސީ ޙައްޤު ނިގުޅައިގަތުމަށް ޤާނޫނުއަސާސީ ހުއްދަނުކުރާކަމުން ސިވިލް
ސަރވެންޓުންނަށް މަޖިލީހެއްގެ އިންތިޚާބުގައި ބައިވެރި ނުވެވޭގޮތަށް ސިވިލް ސަރވިސްގެ ޤާނޫނުގެ 51 ވަނަ
މާއްދާ އެކުލަވާލެވިފައިވަނީ ޤާނޫނުއަސާސީން ހުއްދަކުރާ އިމުން ބޭރުންކަމަށްބުނެ ހުށަހެޅި ސަބަބެވެ.
Oxe
¢ ¢ ¢ ¢
(ހ) ހަތަރުވަނަ ސަބަބަކީ: އަސާސީ ޙައްޤެއް އެއްވެސް މިންވަރަކަށް ހިފެހެއްޓޭނީ
ޤާނޫނުއަސާސީ އާއި ތަޢާރަޟުނުވާގޮތެއްގެ މަތިން މިނިވަން ދީމިޤްރާތީ މުޖްތަމަޢުއެއްގައި އެފަދަ
މިނިވަންކަމެއް ހިފެހެއްޓޭނެ މިންވަރަށްކަން ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު "ދިވެހި
ސިވިލް ސަރވިސްގެ ޤާނޫނު" ގެ 51 ވަނަ މާއްދާގައި ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުން އިންތިޚާބެއް
ބާއްވާ ތާރީޚުގެ 6 މަސްދުވަސްކުރިން އެމީހަކު ހުރި ވަޒީފާއިން އިސްތިއުފާދޭން ޖެހޭނެ ކަމަށް ބަޔާންކޮށްފައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
15ނ
5
ޤަޟިއްޔާ ނިމުނު ގޮ
2009/HC-DM/04
އޮތް އޮތުމަކީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި އެބުނާ މިނިވަން، ދީމިޤްރާޠީ މުޖްތަމަޢެއްގައި މިފަދަ
ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރާ މިންވަރު
ކަމަށްބުނާ ޓެސްޓަށް ނުވަތަ މީޒާނަށް
ނުފެތޭ މިންގަނޑެއްކަމަ
އެކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
(ބ) ފަސްވަނަ ސަބަބަކީ، އިންތިޚާބުގެ 6 މަސްދުވަސް ކުރިން މަޤާމުން އިސްތިއުފާދިނުމަށް
ސިވިލް ސަރވިސްގެ ޤާނޫނުގެ 51 ވަނަ މާއްދާއިން ލާޒިމުކުރާއިރު އިންތިޚާބު ބާއްވާ ދުވަހާއި އަދި އިންތިޚާބު
ބާއްވާނެ ދުވަހެއް އިޢުލާންކުރާ ދުވަހާއި ދެމެދު 6 މަސްދުވަހުގެ މުހުލަތު ލިބިފައިނުވާތީ ސިވިލް ސަރވިސް
ޤާނޫނާއި އެއްގޮތަށް ޢަމަލުކުރުމަކީ މުސްތަޙީލު ކަމެއްކަމަށްބުނެ ހުށަހެޅި ސަބަބެވެ.
02 04
ބައި4439
ދ
{
(ޅ) ހަވަނަ ސަބަބަކީ: އިންތިޚާބު އިންތިޚާބަށް ގޮވައިލުމަކީ ތަފާތު ފަރާތްތަކަކުން
ކުރާކަމެއްކަމާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2009 ބާއްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން
އިޢުލާންކުރީ 4 މާރޗް 2009 ދުވަހު ކަމަށާއި، އިންތިޚާބު ބާއްވާފައިވަނީ 9 މެއި 2009 ގައިކަމަށާއި،
އެހެންކަމުން އިންތިޚާބު ބޭއްވި ދުވަހާއި އަދި އިންތިޚާބު ބާއްވާނެކަމަށް އިޢުލާން ކުރިދުވަހާއި ދެމެދު ވީ
ދުވަސްކަމުން ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ށ) ގެ ދަށުން ލިބިދޭ އަސާސީ ޙައްޤުން ދިވެހި
ސިވިލްސަރވެންޓުން މަޙްރޫމް ކުރެވިފައިވާކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
66
2 4 8 2
(ކ) ހަތްވަނަ ސަބަބު: ޤާނޫނުއަސާސީގެ 78 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ
ހުސްވާ ގޮނޑިއަށް އެ ގޮނޑި ހުސްވާ ދުވަހުންފެށިގެން ފަސްދޮޅަސް ދުވަހުގެ ތެރޭގައި މެންބަރަކު އިންތިޚާބު
ކުރަންޖެހޭނެ ކަމަށް އޮންނައިރު، ސިވިލް ސަރވިސްގެ ޤާނޫނުގެ 51 ވަނަ މާއްދާއަށް ޢަމަލުކުރުމަ
ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ށ) އިން ލިބިދޭ އަސާސީ ޙައްޤުން ދިވެހި ސިވިލް ސަރވެންޓުން
ރެމެހާ ބައި އިލެކްޝަންސް ތަކުގައި ބައިވެރިވުމުން މަޙްރޫމްކުރެވޭ ކަމެއްކަމަށާއި، މިފަދަ ގޮތަކަށް
ޤާނޫނުއަސާސީ މާނަކޮށްގެން އަސާސީ ޙައްޤަކުން ރައްޔިތުން މަޙްރޫމްކުރާކަށް ޤާނޫނުއަސާސީގެ 16 ވަނަ
މާއްދާ ހުއްދަނުކުރާ ކަމަށްބުނެ ހުށަހެޅި ސަބަބެވެ.
އއ
(އ) އަށްވަނަ ސަބަބަކީ: ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގައި، އަސާސީ ޙައްޤުތައް
މާނަކުރުމުގައި ކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކަށް
ޔަތްކުރަންވާނެކަމަށް ބުނާއިރު ބައިނަލްއަޤްވާމީ ސިޔާސީ އަދި މަދަނީ ޙައްޤުތަކާބެހޭ މުޢާހަދާގެ
25 ވަނަ
މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ސިޔާސީ ކަންކަމުގައި ބައިވެރިވުމުގައި އެކަށީގެންނުވާ ހުރަސްތައް
ދި4
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރޯށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
6 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009;HC-DM/04
(އަންރީޒަނަބަލް ރިސްޓްރިކްޝަންސް) ކުރިމަތިކުރުވައިގެން ނުވާނެކަމަށްވާކަމަށާއި، އެހެންކަމުން އިންތިޚާބަށް
ކުރިމަތިލުމުގެ ހުދޫދު ކަނޑައަޅާފައިވާ ޤާނޫނުގައި ދޭންޖެހޭ މުއްދަތުވެސް ނުދީ ބޭއްވުނު އިންތިޚާބެއްކަން
އެނގެން އޮތްއިރު، ސިވިލްސަރވިސް އިން ޢަމަލުކޮށްފައިވަނީ ޤާނޫނާއި އެއްގޮތަށް ނޫންކަމަށާއި، އިންތިޚާބު
ބޭއްވުމާއި، އިންތިޚާބަށް ގޮވައިލުމަކީ ތަފާތު ފަރާތްތަކަކުން ކުރާ ކަންތައްތަކެއްކަމަށްވާއި
ވާއިރު 6 މަސްދުވަހުގެ
ކުރިން އިސްތިއުފާދޭން ސިވިލްސަރވިސްގެ ޤާނޫނުން ލާޒިމްކުރުމަކީ ކުރެވޭނެކަމެއްނޫންކަން އެނގެންއޮންނަ
ކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
03- މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި މިމައްސަލައާ ގުޅޭގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ، މިމައްސަލައާ ގުޅޭ
ލިޔެކިއުންތަކަށް ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، އިންތިޚާބުތަކަށް ކުރިމަތިލުމުގެ ޙައްޤަކީ ޤާނޫނުއަސާސީ އިން
ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެއްކަމާއި، ވޯޓުދިނުމުގެ ޙައްޤާއި އިންތިޚާބުތަކަށް ކުރިމަތިލުމުގެ ޙައްޤާ
ގުޅޭގޮތުން ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގައި "މިޤާނޫނުއަސާސީ ގައި އެހެންގޮތަކަށް ބަޔާންކޮށްފައި
ނުވާހައި ހިނދަކު ޢުމުރުން އަށާރަ އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށްމެ އަންނަނިވި ޙައްޤުތައް
ލިބިގެންވެއެވެ." މިފަދައިން ބަޔާންކުރުމަށްފަހު އެމާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ "އިންތިޚާބުތަކުގައި
އެކިއެކި މަޤާމުތަކަށް ކުރިމަތިލުމުގެ ޙައްޤު." މިފަދައިންކަމާއި،
#
އެހެންކަމުން، އިންތިޚާބުތަކަށް ކުރިމަތިލުމަކީ ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ އަސާސީ
ޙައްޤެއްކަން ޤާނޫނުއަސާސީގެ 26 ވަނަމާއްދާއާއި އެމާއްދާގެ (ށ) އިން އެނގޭކަމާއި،
ބައިނަލް އަޤްވާމީ ސިޔާސީ އަދި މަދަނީ ޙައްޤުތަކާބެހޭ މުޢާހަދާގެ 25 ވަނަ މާއްދާ އަށާއި
އެމާއްދާގެ (b) އަށް ބަލާއިރުވެސް އިންތިޚާބުތަކަށް ކުރިމަތިލުމުގެ ޙައްޤު ރައްޔިތުންނަށް ލިބިދީފައިވާކަމާއި،
އަދި މިޙައް ބޭނުންކުރުމަށް ޤަބޫލުނުކުރެވޭފަދަ ހުރަސްތަކެއް (Unreasonable restrictions)
ކުރިމަތިކުރުވައިގެން ނުވާނެކަން އެނގޭކަމެވެ.
(ނ) ދެވަނަ ކަމަކީ، އަސާސީ ހައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް
ހިފެހެއްޓޭނީ ޤާނޫނުއަސާސީއާއި ތަޢާރުޟްނުވާ ގޮތުގެ މަތިން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
209/HC-DM/f4
3ނ
ޤާނޫނުނަކުންކަމާއި، މިފަދަ ޤާނޫނުތަކުންވެސް އަސާސީ ޙައްޤެއް ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް
ހިފެހެއްޓޭނީ، މިނިވަން ދިމިޤްރާޠީ މުޖުތަމައެއްގައި މިފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް
ޤަބޫލުކުރެވޭ މިންވަރަށްކަމާއި، އަދި އިސްލާމްދީނުގެ އަޞްލުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި،
ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އަސާސީ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމާއި އެފަދަ
އަސާސީ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓޭނީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ
ގޮތުގެ މަތިންކަން އެނގޭ ކަމާއި،
އެހެންކަމުން، އިންތިޚާބުތަކަށް ކުރިމަތިލުމުގެ ޙައްޤަކީވެސް ޤާނޫނުއަސާސީ އިން
ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤަކަށްވުމުން،
އެއްވެސް މިންވަރެއް ހިފެހެއްޓޭނީ
ޤާނޫނުއަސާސީއިން ނުވަތަ ޤާނޫނުއަސާސީ ގެ 16 ވަނަ މާއްދާގައި ކަނޑައެޅިފައިވާ ގޮތުގެ މަތިންކަމެވެ.
މިޙައްޤުގެ
44 / 2
(ނ) ތިންވަނަ ކަމަކީ، އިންތިޚާބުތަކަށް ކުރިމަތިލުމުގެ ޙައްޤާ ފުށުއަރާކަމަށް ބުނެ ޤާނޫނު
ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 51 ވަނަ މާއްދާ އަކީ ޤާނޫނުއަސާސީގެ 268
ވަނަ މާއްދާގެ ދަށުން ބާޠިލު މާއްދާއެއްކަމަށް ކަނޑައަޅާދިނުން އެދި ފެރިދޫ ޝަބްނަމްގެ އަޙްމަދު
ޢާޠިފްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވުމުން އެމާއްދާއަށް ބެލިއިރު އެ މާއްދާގައި ވަނީ؟
¢ ¢ ¢ ¢3
"(ހ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންކުރެވިފައިވާ ޢާންމު
އިންތިޚާބެއްގައި ވާދަކުރުމަށް ގަސްދުކުރާ ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުން އެ އިންތިޚާބެއް ބާއްވާ
ތާރީޚުގެ މީލާދީ 6 މަސް ދުވަސް ކުރިން އެ މުވައްޒަފަކު ހުރި ވަޒީފާއިން އިސްތިއުފާ ދޭންވާނެއެވެ.
(ށ) މަޤާމުން އިސްތިއުފާ ނުދީހުރެ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިންތިޚާބަކަށް
ކުރިމަތިލައިފިނަމަ ވަޒީފާއިން ވަކިކުރެވޭނެއެވެ." މިފަދައިންކަމާއި،
6
'
ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ މިމާއްދާގައި ވާގޮތުން، ދިވެހި ސިވިލް ސަރވިސްގެ
މުވައްޒަފަކު، ބަޔާންކުރެވިދިޔަފަދަ ޢާންމު އިންތިޚާބެއްގައި ވާދަކުރަން ގަސްދުކުރާނަމަ، އެ އިންތިޚާބެއް ބާއްވާ
ތާރީޚުގެ 6 މަސް ދުވަސް ކުރިން ވަޒީފާއިން އިސްތިއުފާދިނުން ލާޒިމްކޮށްފައިވާކަމާއި، އަދި އިސްތިއުފާ ނުދީ
އެފަދަ އިންތިޚާބަކަށް ކުރިމަތިލައިފި ނަމަ ވަޒީފާއިން ވަކިކުރެވޭނެކަންވެސް ބަޔާންކޮށްފައިވާކަން އިނގެންއޮތް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
,
8
ނމުނު
2009-C-DM/04
21
ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 51 ވަނަ މާއްދާއަކީ
ޤާނޫނުއަސާސީއާއި ފުށުއަރާ ބާޠިލް މާއްދާއެއްތޯއާއި މިމާއްދާގައި ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުން،
ބަޔާންކުރެވިދިޔަފަދަ ޢާންމު އިންތިޚާބެއްގައި ވާދަކުރުމަށް ކުރިމަތިކޮށްފައިވާ ހުރަހަކީ ޤާނޫނުއަސާސީއާއި
ފުށުނާރާ، އަދި ޤަބޫލުކުރެވޭވަރުގެ ހުރަހެއްތޯ ނުވަތަ ނޫންތޯ ބަލާއިރު،
ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ވުމުގެ
ޝަރުޠުތައް ބަޔާންކޮށްފައިވާއިރު، އެމާއްދާގެ (ނ) ގައިވާގޮތުން ފަނޑިޔާރުކަމުގެ މަޤާމުގައި ހުރެ ރައްޔިތުންގެ
މަޖިލީހުގެ އިންތިޚާބުގައި ބައިވެރިނުވެވޭނެކަން ބަޔާންކޮށްފައިވުމުން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި
ފަނޑިޔާރުން ބައިވެރިވުން ޤާނޫނުއަސާސީގެ މިމާއްދާގެ ޞަރީޙަ ނައްޞުންމަނާކޮށްފައިވާކަން އެނގޭކަމާއި،
ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ބަލާއިރު އެމާއްދާއަކީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ
އިންތިޚާބުތަކުގައި ބައިވެރިވުމުގެ ޝަރުޠުތައް ކަނޑައަޅާފައިވާ މާއްދާއެއްކަމާއި، އެމާއްދާގައި ރައްޔިތުންގެ
މަޖިލީހުގެ އިންތިޚާބުތަކުގެ ވާހަކަ ފިޔަވައި އެހެނިހެން އިންތިޚާބުތަކުގެ ވާހަކަ ބަޔާންކޮށްފައިނުވާކަމާއި،
ހިފެހެއްޓިދާނެ ޙައްޤެއްކަ
44
އެހެންކަމުން، ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބަޔާންވެފައިވާ ގޮތުގެ މަތިން،
އިންތިޚާބުތަކަށް ކުރިމަތިލުމުގެ ޙައްޤަކީވެސް ޤާނޫނުއަސާސީގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިން
އެޤެއްކަމާއި، ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 51 ވަނަ
މާއްދާއަށް ބަލާއިރު، އެމާއްދާގެ (ހ) ގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންކުރެވިފައިވާ
ޢާންމު އިންތިޚާބެއްގައި ވާދަކުރުމަށް ގަސްދުކުރާ ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުން އެ އިންތިޚާބެއް
ބާއްވާ ތާރީޚުގެ މީލާދީ 6 މަސްދުވަސް ކުރިން އެ މުވައްޒަފަކު ހުރި ވަޒީފާއިން އިސްތިއުފާ ދޭންވާނެކަމުގައި )
ބަޔާންކޮށްފައިވާއިރު، އެފަދަ ބައެއް އިންތިޚާބުތައް ބޭއްވުމަށް އިޢުލާންކުރެވޭ ތާރީޚާއި އިންތިޚާބު ބާއްވާ ތާރީޚާ
ދެމެދު 6 މަސްދުވަހުގެ މުއްދަތު ނުލިބި ގޮސްފައިވާކަން އެނގޭކަމާއި، ޤާނޫނުއަސާސީގެ 78 ވަނަ މާއްދާއަށް
ބަލާއިރުވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިވުމުގެ ސަބަބުން ހުސްވާ ގޮނޑިއަށް އެ
ގޮނޑި ހުސްވި ތާރީޚުން ފެށިގެން ފަސްދޮޅަސް ދުވަހުގެ ތެރޭގައި މެންބަރަކު އިންތިޚާބު ކުރަންވާނެ ކަމުގައި
ބަޔާންކޮށްފައިވާކަމާއި، އެހެންކަމުން، މިގޮތަށް ދިމާވާ ހާލަތުތަކުގައި ޤާނޫނު ނަންބަރު 5/2007 (ދިވެހި
ސިވިލް ސަރވިސްގެ ޤާނޫނު) ގެ 51 ވަނަ މާއްދާގެ (ހ) އަށް ޢަމަލުކުރުމަކީ މުސްތަޙީލުކަމަކަށް
ވާނެކަމާއި، އަދި މިގޮތަށް މިޙަޤީޤަތް އޮތުމުން މިމާއްދާގެ މިއަކުރުގައި، ބަޔާންކުރެވިދިޔަފަދަ އިންތިޚާބުތަކަށް
ކުރިމަތިލުމަށް ކުރިމަތިކޮށްފައިވާ ހުރަހަކީ، މަދަނީ އަދި ސިޔާސީ ޙައްޤުތަކާބެހޭ ބައިނަލް އަޤްވާމީ މުޢާހަދާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
19
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009IC-DM/04
(International Convention on Civli and Political Rights)ގެ 25 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާފަދަ، އިންތިޚާބުތަކަށް ކުރިމަތިލުމުގެ ޙައްޤު
(Unreasonable restrictions) ކަން އެނގޭކަމާއި،
22
2
4
2
3 ހދ
ބޭންކރ9ނ
ހރައެ
ޢާންމު އިންތިޚާބުތަކަށް ކުރިމަތިލުމަށް ލިބިދީފައިވާ ޙައްޤު ހިފަހައްޓައި، ޤާނޫނު ނަންބަރު
5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 51 ވަނަ މާއްދާގެ (ހ) ގައި، ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންކުރެވިފައިވާ ޢާންމު އިންތިޚާބެއްގައި ވާދަކުރުމަށް ގަސްދުކުރާ ދިވެހި
ސިވިލް ސަރވިސްގެ މުވައްޒަފުން އެ އިންތިޚާބެއް ބާއްވާ ތާރީޚުގެ މީލާދީ 6 މަސްދުވަސް ކުރިން އެ
މުވައްޒަފަކު ހުރި ވަޒީފާއިން އިސްތިއުފާ ދޭންވާނެކަމުގައި ބަޔާންކޮށްފައިވާއިރު، ޤާނޫނުއަސާސީގެ 16 ވަނަ
މާއްދާގެ (ނ) ގައި، ޤާނޫނުއަސާސީގެ އަސާސީ ޙައްޤުތަކާއި މިނިވަންކަމުގެ ބާބުގައި ބަޔާންކޮށްފައިވާ ޙައްޤެއް
ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފަހައްޓާފައިވަނީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ)
އާއި (ށ) ގައިވާ ގޮތުގެ މަތިންތޯ ކަނޑައެޅުމުގައި ކޯޓުން އެކަމާ ގުޅޭ ހުރިހައި ކަންތައްތަކަށް ފުރިހަމައަށް
ރިޢާޔަތްކުރަން ވާނެކަން ބަޔާންކުރުމަށްފަހު، އެގޮތުން ރިޢާޔަތްކުރަންޖެހޭ ކަންތައްތަކުގެ ގޮތުގައި އެއަކުރުގައި
6 ކަމެއް ބަޔާންކުރައްވާފަހިވީ
ވާފައިވާކަމާއި، އޭގެ ތެރޭގައި، "އެ ޙައްޤެއް ނުވަތަ އެ މިނިވަންކަމެއް ހިފެހެއްޓުމުގެ
ބޭނުމާއި މުހިންމުކަން." އެ ޙައްޤެއް ނުވަތަ އެ މިނިވަންކަމެއް ހިފަހައްޓާފައިވާ ގޮތާއި މިންވަރު." އަދި "އެ
ޙައްޤެއް ނުވަތަ އެ މިނިވަންކަމެއް ހިފަހައްޓާފައިވާ މިންވަރަށްވުރެ ކުޑަކޮށް ހިފަހައްޓައިގެން
މަޤްޞަދު ޙާޞިލްކުރެވިދާނެތޯ." ހިމެނޭކަމާއި،
4 03
ޏވެ
"
ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މިކަންކަމުގެ މައްޗަށް
ބަލައި، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ޢާންމު އިންތިޚާބުތަކުގައި ބައިވެރިވުމަށް ލިބިފައިވާ ޙައްޤު
ހިފަހައްޓާފައިވާ ބޭނުން ނުވަތަ އެކަމުގެ މަޤުޞަދުކަމުގައި ދައުލަތުގެ ފަރާތުން ބުނެފައިވަނީ، ސިވިލް
ސަރވިސްގެ މުވައްޒަފުންނަކީ، ސިވިލް ސަރވިސްގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގައި ބުނާގޮތުން
ސިޔާސީ މައްސަލަތަކުން އެކަހެރިވެފައިވާ ވަކިފަރާތެއްގެ ނުފޫޒަކަށް ތަބާނުވާ، ވަކިފަރާތެއްގެ ރުހުން ހޯދަން
މަސައްކަތް ނުކުރާ ޕްރޮފެޝަނަލް މިންގަނޑުތަކަކުން ޚިދުމަތް ފޯރުކޮށްދޭ ބަޔަކަށްވުންކަމާއި، އަދި ސިވިލް
ސަރވިސްގެ ވަސީލަތްތައް ނާޖާއިޒުގޮތުގައި ބޭނުންނުކުރާ ބަޔަކަށް ވުން ކަމުގައި ބުނެފައިވާއިރު، މިމަޤްޞަދު
ޙާޞިލުކުރުމަށް، ޢާންމު އިންތިޚާބުތަކަށް ކުރިމަތިލުމަށް ލިބިދީފައިވާ ހައްޤު ސިވިލް ސަރވިސްގެ
މުވައްޒަފުންނަށް ލިބިދިނުން ހިފަހައްޓާފައިވާ ގޮތާއި މިންވަރަށް ބަލާއިރު، ޤާނޫނު ނަންބަރު 5/2007 (ދިވެހި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
10
2 22
ނިމުނު ގޮތުގެ
2009/HC-DM/04
302c 3ވ
42949
ސިވިލް ސަރވިސްގެ ޤާނޫނު) ގެ 51 ވަނަ މާއްދާގެ (ހ) ގައި އެޙައްޤު ހިފަހައްޓާފައިވާމިންވަރަށް އެޙައްޤު
ހިފަހައްޓައި، ޢާންމު އިންތިޚާބަކަށް ކުރިމަތިލާން ސިވިލް ސަރވިސްގެ މުވައްޒަފަކު ބޭނުންނަމަ އެ އިންތިޚާބު
6 މަސް ކުރިން ވަޒީފާއިން އިސްތިއުފާދޭން އޮތް އޮތުމަކީ، އެމިންވަރަށް އެޙައްޤު
ނުހިފަހައްޓައިފިނަމަ ޙާޞިލުނުވާނެ މަޤްޞަދެއްކަމަށް ބެލެވެން ނެތްކަމާއި، އެއަށްވުރެ ކުޑަކޮށް އެ ޙައްޤު
ހިފަހައްޓައިގެންވެސް އެމަޤްޞަދު ޙާޞިލްކުރެވޭނެކަމަށް ޤަބޫލުކުރެވޭކަމާއި، އެގޮތުން އެ އިންތިޚާބެއް،
ބޭއްވުމުގެ 6 މަސްކުރިން އިސްތިއުފާދިނުން ލާޒިމުކުރުމުގެ ބަދަލުގައި، އެއިންތިޚާބަކަށް ކުރިމަތި ލުމުގެ ކުރިން
އިސްތިއުފާދޭންޖެހޭގޮތަށް ކަނޑައަޅައިގެންވެސް، އެ ޙައްޤު ހިފެހެޓުމުގެ މަޤްޞަދު ޙާޞިލްކުރެވިދާނެކަމަށް
ޤަބޫލުކުގެ
eލިކރވެޚުވ.
2
80
OXO
(ރ) ހަތަރުވަނަ ކަމަކީ، ޤާނޫނުއަސާސީގެ 182 ވަނަ މާއްދާގެ (ހ) ގެ 10 ވަނަ
ނަންބަރުގައި ސިވިލް ސަރވިސްގައި ހިމެނޭ އެއްވެސް މީހަކު އޭނާގެ މަޤާމުގެ ޙައިސިއްޔަތުން
ލިބިފައިވާ އެއްވެސް މަޢުލޫމާތެއް، އޭނާގެ ނުވަތަ އެހެން މީހެއްގެ ޒާތީ މަންފާ އަކަށްޓަކައި ނަހަމަ ގޮތުގައި
ބޭނުންކޮށްގެން ނުވާނެ ކަމުގައި ބަޔާންކޮށްފައިވާއިރު، ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް
ސަރވިސްގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ނ) އަށް ބަލާއިރު، ދިވެހި ސިވިލް ސަރވިސްއަކީ،
އިންސާފުވެރިކަމާއި، ތެދުވެރިކަމާއެކު ވަކި ފަރާތަކަށްނުޖެހި، ދިވެހި ރައްޔިތުންނަށް ފުރިހަމަ ޚިދުމަތެއް
ލިބިދެވޭނެ ޤާބިލުކަންހުރި ފަރާތަކަށް ވާންވާނެކަން އެނގެން އޮތްކަމާއި، އަދި ހަމަ އެ ޤާނޫނުގެ 26 ވަނަ
މާއްދާއަށް ބަލާއިރުވެސް ދިވެހި ސިވިލް ސަރވިސްގައި ޚިދުމަތްކުރާ މުވައްޒަފުންގެ ދައުރަކީ، ތެދުވެރިކަމާއި
އިޚުލާޞްތެރިކަމާއެކު، ވަކިފަރާތެއްގެ ރުހުން ހޯދުމަށް މަސައްކަތްކުރުމެއްނެތި ސަރުކާރުން އެކަށައަޅާ
ސިޔާސަތުތަކާއި، ހިންގާ ޕްރޮގްރާމްތައް ހިންގުމަށް އެހީތެރިވެދިނުމާއި، އެގޮތުން އެންމެހައި ސިޔާސީ )
ނުފޫޒުތަކުން އެއްކިބާވެތިބެ، އެ ހިނދަކު ވެރިކަން ހިންގުމާ ޙަވާލުވެއޮތް ސަރުކާރެއްގެ ސިޔާސަތު
އެކަށައެޅުމުގައާއި، އެ ސިޔާސަތުތަކަށް އަމަލީސިފަ ގެނައުމުގައި އެހީތެރިވެދިނުންކަން އެނގެން އޮތުމުން،
ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފަކު ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރާ ޙާލުގައިހުރެ ޤާނޫނުއަސާސީގައި
ބަޔާންކޮށްފައިވާފަދަ ޢާންމު އިންތިޚާބުތަކުގައި ބައިވެރިވުމަކީ، ދިވެހި ސިވިލް ސަރވިސްގެ މަޤުޞަދު
ޙާޞިލްނުވެ ހިނގައިދާނެކަމެއްކަމާއި، އަދި އެއީ ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަކީ ވަކި
ފަރާތަކަށްނުޖެހި، ޚިދުމަތްކުރާ ބަޔަކުކަމުގެ ތަޞައްވުރު ގެއްލިގެން ހިނގައިދާނެކަމެއްކަމާއި، އެހެންކަމުން،
ސިވިލް ސަރވިސްގެ މުވައްޒަފުން ވަޒީފާގެ މަސްޢޫލިއްޔަތު އަދާކުރާ ޙާލުގައި ތިބެ ބަޔާންކުރެވިދިޔަފަދަ ޢާންމު
އިންތިޚާބުތަކަށް ކުރިމަތިލުން ހިފެހެއްޓިފައިވުމަކީ ޤާނޫނުއަސާސީއާއި ފުށުއަރާކަމެއްކަން އެނގެންނެތްކަމާއި،
4 3
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
11
ވިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009/HC-DM/04
އަދި ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގައި، އަސާސީ ޙައްޤުތަކާއި މިނިވަންކަން
މާނަކުރުމުގައްޔާއި ލިބިދިނުމުގައި ހުޅުވިގެންވާ ދީމިޤްރާޠީ މުޖުތަމަޢުތަކުން ޤަބޫލުކުރާ އުޞޫލުތަކަށް
ރިޢާޔަތްކުރަންވާނެކަމަށް ބުނާއިރު މިއީ މިނިވަން ދީމިޤްރާޠީ މުޖުތަމަޢެއްގައި ލިޙައްޤު ހިފެހެއްޓިދާނެކަމަށް
ޤަބޫލުނުކުރެވޭ މިންވަރެއްނޫންކަމާއި، މީގެ މިސާލެއްގެގޮތުން، އިނގިރޭސިވިލާތުގައިވެސް ސިވިލް ސަރވިސްގެ
މުވައްޒަފުން ސިވިލް ސަރވިސްގެ ވަޒީފާގައި ތިބެ ސިޔާސީ މަޤާމުތަކަށް ވާދަނުކުރެވޭކަން އެނގޭކަމެވެ.
(ބ) ފަސްވަނަ ކަމަކީ، ބަޔާންކުރެވިދިޔަ ކަންކަން އެފަދައިން ހުރުމުން، އިންތިޚާބުތަކުގައި
އެކިއެކި މަޤާމުތަކަށް ކުރިމަތި ލުމުގެ ޙައްޤު، ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ
ޤާނޫނު) ގެ 51 ވަނަ މާއްދާގެ (ހ) ގައި ހިފަހައްޓާފައިވާ މިންވަރަށް އެޙައްޤު ހިފަހައްޓައި، ސިވިލް
ސަރވިސްގެ މުވައްޒަފަކު ޢާންމު އިންތިޚާބަކަށް ކުރިމަތިލާން ބޭނުންވާނަ
ރިވާނަމަ އެ އިންތިޚާބެއް ބޭއްވުމުގެ 6 މަސް
ކުރިން ވަޒީފާއިން އިސްތިއުފާދޭންޖެހޭގޮތަށް އޮތް އޮތުމަކީ، އެމިންވަރަށްވުރެ ކުޑަކޮށް އެޙައްޤު
ހިފަހައްޓައިގެންވެސް އެޙައްޤު ހިފެހެއްޓުމުގެ މަޤުޞަދު ޙާޞިލްކުރެވެންއޮތް ކަމެއްކަމާއި، އަދި އެއީ ސިވިލް
ސަރވިސްގެ މުވައްޒަފުން ބަޔާންކުރެވިދިޔަފަދަ ޢާންމު އިންތިޚާބެއްގައި ވާދަކުރުމަށް ކުރިމަތިކޮށްފައިވާ،
ޤަބޫލުނުކުރެވޭފަދަ ހުރަހެއް ކަމާއި، އެހެންކަމުން، ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ
ޤާނޫނު) ގެ 51 ވަނަ މާއްދާގެ (ހގައި އެގޮތަށް އޮތް އޮތުމަކީ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ)
ގައި ބަޔާންކޮށްފައިވާ، "އިންތިޚާބުތަކުގައި އެކިއެކި މަޤާމުތަކަށް ކުރިމަތިލުމުގެ ޙައްޤު" އާ ތަޢާރުޟްވާ،
ކަމެއްކަން
އެނގޭކަމާއި،
C
ނަމަވެސް ސިވިލް ސަރވިސްގެ މުވައްޒަފަކު ވަޒީފާގައިހުރެ، ބަޔާންކުރެވިދިޔަފަދަ ޢާންމު }
އިންތިޚާބަކަށް ކުރިމަތިނުލެވޭގޮތަށް އޮތްއޮތުމަކީ، އަދި ވަޒީފާގައި ހުރެ ޢާންމު އިންތިޚާބަކަން
ކުރިމަތިލައިފިނަމަ، ވަޒީފާއިން ވަކިކުރެވޭނެކަމަށް ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ
ޤާނޫނު) ގެ 51 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވުމަކީ ޤާނޫނުއަސާސީއާ ޚިލާފުކަމެއްކަމަށް
ބެލެވޭނެތަނެއް ނެތްކަމާއި،
އަދި ސިވިލް ސަރވިސްގެ މުވައްޒަފަކު ވަޒީފާގައިހުރެ، ބަޔާންކުރެވިދިޔަފަދަ ޢާންމު
އިންތިޚާބަކަށް ކުރިމަތިލުމުގެ ސަބަބުން އެމުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވީނަމަވެސް އެއީ،
ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ، "އިންތިޚާބުތަކުގައި އެކިއެކި މަޤާމުތަކަށް
ކުރިމަތިލުމުގެ ޙައްޤުއާ ތަޢާރުޟްވާގޮތަށް ސިވިލް ސަރވިސް ކޮމިޝަނުން ކޮށްފައިވާ ކަމެއްކަމަށް ބަލާނެ
OXO
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން 332529، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
12
2009/IC-DM/04
ތަނެއް ނެތްކަމާއި، ސިވިލް ސަރވިސްގެ މުވައްޒަފަކު ވަޒީފާގައިހުރެ، ބަޔާންކުރެވިދިޔަފަދަ ޢާންމު އިންތިޚާބަކަށް
ކުރިމަތިލައިފިނަމަ، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ އިޚްތިޔާރު ސިވިލް ސަރވިސް ކޮމިޝަނަށް
ލިބިގެންވާކަން ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 51 ވަނަ މާއްދާގެ (ށ)
އަށް ބެލުމުން އެނގޭ
ދިގޭކަމެވެ.
0
ދެންފަހެ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ޤާނޫނުއަސާސީ ގެ 26 ވަނަ
މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ، އިންތިޚާބުތަކުގައި އެކިއެކި މަޤާމުތަކަށް ކުރިމަތިލުމުގެ ޙައްޤު، ޤާނޫނު
ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 51 ވަނަ މާއްދާގެ (ހ) ގައި
ހިފަހައްޓާފައިވާމިންވަރަށް އެޙައްޤު ހިފަހައްޓައި، ސިވިލް ސަރވިސްގެ މުވައްޒަފަކު ޢާންމު އިންތިޚާބަކަށް
ކުރިމަތިލާން ބޭނުންނަމަ އެ އިންތިޚާބު ބޭއްވުމުގެ 6 މަސް ކުރިން ވަޒީފާއިން އިސްތިއުފާދޭން އޮތް އޮތުމަކީ،
އެމިންވަރަށްވުރެ ކުޑަކޮށް އެޙައްޤު ހިފަހައްޓައިގެންވެސް އެޙައްޤު ހިފެހެއްޓުމުގެ މަޤުޞަދު ޙާޞިލްކުރެވެންއޮތް
ކަމެއްކަމާއި، އަދި އެއީ ސިވިލް ސަރވިސްގެ މުވައްޒަފުން ބަޔާންކުރެވިދިޔަފަދަ ޢާންމު އިންތިޚާބެއްގައި
ވާދަކުރުމަށް ކުރިމަތިކޮށްފައިވާ، ޤަބޫލުނުކުރެވޭފަދަ ހުރަހެއް ކަމާއި، އެހެންކަމުން، ޤާނޫނު ނަންބަރު 5/2007
(ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 51 ވަނަ މާއްދާގެ (ހ) ގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގައި ބަޔާންކުރެވިފައިވާ ޢާންމު އިންތިޚާބެއްގައި ވާދަކުރުމަށް ގަސްދުކުރާ ދިވެހި ސިވިލް
ސަރވިސްގެ މުވައްޒަފުން އިންތިޚާބެއް ބާއްވާ ތާރީޚުގެ މީލާދީ 6 މަސް ދުވަސް ކުރިން އެ މުވައްޒަފަކު ( A
ހުރި ވަޒީފާއިން އިސްތިއުފާ ދޭންވާނެކަމަށް އޮތް އޮތުމަކީ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) ގައި
ބަޔާންކޮށްފައިވާ، "އިންތިޚާބުތަކުގައި އެކިއެކި މަޤާމުތަކަށް ކުރިމަތިލުމުގެ ޙައްޤު" އާ ތަޢާރުޟްވާ، އަދި
ޤާނޫނުއަސާސީގެ 268 ވަނަ މާއްދާގެ ދަށުން ބާޠިލް ކަމެއްކަމަށް ކަނޑައަޅައި،
OXCG C
ސިވިލް ސަރވިސްގެ މުވައްޒަފަކު ވަޒީފާގައިހުރެ، ބަޔާންކުރެވިދިޔަފަދަ ޢާންމު އިންތިޚާބަކަށް
ކުރިމަތިނުލެވޭގޮތަށް އޮތްއޮތުމަކީ، އަދި ވަޒީފާގައި ހުރެ ޢާންމު އިންތިޚާބަކަށް ކުރިމަތިލައިފިނަމަ، ވަޒީފާއިން
ވަކިކުރެވޭނެކަމަށް ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 51 ވަނަ މާއްދާގެ
(ށ) ގައި ބަޔާންކޮށްފައިވުމަކީ ޤާނޫނުއަސާސީއާ ޚިލާފުކަމެއްކަމަށް ބެލެވޭނެތަނެއް ނެތްކަމަށާއި،
O O
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
13
2009¢I IC-DM/04
އަދި އެފަދަ ޢާންމު އިންތިޚާބަކަށް ކުރިމަތިލުމުގެ ސަބަބުން ސިވިލް ސަރވިސްގެ މުވައްޒަފަކު
ނުވަތަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފައިވީނަމަވެސް އެއީ، ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ)
ގައި ބަޔާންކޮށްފައިވާ، "އިންތިޚާބުތަކުގައި އެކިއެކި މަޤާމުތަކަށް ކުރިމަތިލުމުގެ ޙައްޤު" އާ ތަޢާރުޟުވާގޮތަށް
ސިވިލް ސަރވިސް ކޮމިޝަނުން ކޮށްފައިވާ ކަމެއްކަމަށް ބަލާނެ ތަނެއް ނެތްކަމަށް މިމައްސަލަ މިކޯޓުގައި ބެލި
ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.
މިޤަޟިއްޔާ ބަލައި ޙުކުމް ކުރީ
|
Mundo
[
|
ޝުޢައިބު ޙުސައިން ޒަކަރިއްޔާ
(ފަނޑިޔާރު)
އަޒްމިރާލްދާ ޒާހިރު
(ފަނޑިޔާރު)
ޢަބްދުއްރައޫފު އިބްރާހީމް
(ފަނޑިޔާރު)
{
ތައްޔާރުކުރީ: ފާޠިމަތު ނީޝާ
ޗެކްކުރީ: ޙައްވާ ނަޝާތު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471
33
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv