ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/115 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2017/HC-A/115
އަلA
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ރާއްޖެ"
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
*
• ޤަޟިއްޔާ ނަންބަރު: 115/HC-A/2017
• އިސްތިއުނާފު ކުރި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ދާއިމީ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އައި.ޑީ.ކާޑު ނަންބަރު.
މިހާރުގެ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އިސްތިއުނާފު ރައްދުވާ ފަރާތް:
* ނަން: މުޙައްމަދު ޒާމިލް
ދާއިމީ އެޑްރެސް: މ. މާހަރާ/ މާލެ
އައި.ޑީ.ކާޑު ނަންބަރު: A125948 ! މިހާރުގެ އެޑްރެސް: މ. . އާތަރި ކ.މާލެ.
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 05 ޖުމާދަލްއޫލާ 1438
07 ފެބްރުއަރީ 2017
ނިމުނު ތާރީޚް: 02 ޖުމާދައާޚިރާ 1438
11) މާރޗް 2017
އިސްތިއުނާފު ކުރެވުނު އަމުރު ނަންބަރު: 2017
/
940/J
/
MD-145
• ނިންމެވި ކޯޓު ކްރިމިނަލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ކޯޓު އަމުރު (މަސްތުވާތަކެތި ގެންގުޅުން/ ޓްރެފިކްކުރުން)
އަމުރު ނެރުއްވި ތާރީޚް: 02 ފެބްރުއަރީ 2017
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
އިސްފަނޑިޔާރު.ޢަބްދުﷲ ދީދީ ފަނޑިޔާރު: ޢަބްދުﷲ ޙަމީދު ފަނޑިޔާރު: ޢަބްދުއްރައޫފު އިބްރާހީމް
0
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2017/HC-A/115
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2017
/
940/J
/
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށްނޫން ކަމަށްބުނެ އެކޯޓުއަމުރު އިސްތިއުނާފު
ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލިފައިވާ ޤަޟިއްޔާއެކެ
ސިއެންއކވ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، ކ. މާލެ/ މއ.މާހަރާ މުޙައްމަދު ޒާމިލްއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1. ކްރިމިނަލް ކޯޓުގެ ނަންބަރު 2017
/
940/J
/
MD-145 ކޯޓު އަމުރު، އެކޯޓުން ނެރެފައިވާ
ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނޫން ކަމަށްބުނެ އެކޯޓު އަމުރު އިސްތިއުނާފު ކުރުމަށް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވެއެވެ.
co
ccc
2. ކްރިމިނަލް ކޯޓުގެ ނަންބަރު 2017
/
940/J
/
MD-145 ކޯޓު އަމުރަށް ބަލާއިރު އެކޯޓު އަމުރު
ނެރެފައިވަނީ، 03 ފެބްރުއަރީ 2017 ވަނަ ދުވަހުގެ 19:39 އިން 13 ފެބްރުއަރީ 2017 ދުވަހުގެ 19:38
އަށް މުޙައްމަދު ޒާމިލް ގޭގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްކަމާއި، މިގޮތަށް މުޙައްމަދު ޒާމިލް ގޭގައި
ބަންދުކޮށްފައި ބެހެއްޓުމަށް
އަމުރުކުރެއްވި ސަބަބަކީ މުޖުތަމަޢުގެ ހަމަޖެހުމާއި، ސަލާމަތާއި،
ރައްކާތެރިކަމަށްޓަކައި” ކަން މިއަމުރަށް ބެލުމުން އެނގެން އޮވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
2017/HC-A/115
3. ކްރިމިނަލް ކޯޓުގެ ނަންބަރު 2017
/
940/J
/
MD-145 ކޯޓު އަމުރު ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާ
ތަކާ އެއްގޮތްނޫންކަމަށްބުނެ އެއަމުރު އިސްތިއުނާފް ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
ނުކުތާއެއް ފާހަގަކޮށް އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖްލީހުގައި ވާހަކަ
ދައްކާފައިވެއެވެ. އެގޮތުން ހުށަހެޅި؟
04
02
ފުރަތަމަ ނުކުތާއަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު: 2017
/
940/J
/
MD-145 ކޯޓު
އަމުރަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި
ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7
ވަނަ މާއްދާގައި ކުށްކުށަށް ތުހުމަތުކުރެވޭ މީހުން ބަންދުގައި ބެހެއްޓުމާމެދު ކަނޑައެޅުއްވާފައިވާ އުޞޫލަށް
ރިޢާޔަތްނުކުރައްވައި ނެރުއްވާފައިވާ އަމުރެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
ގައި "މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެ"
ކަމަށް ބަޔާންކޮށްފައިވާއިރު، މިބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރަންވީ އުޞޫލު ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓުގެ ނަންބަރު: 19/SC-A/2010 ޤަޟިއްޔާގައި އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު:
33/SC-A/2011 ޤަޟިއްޔާގައި ކަނޑައަޅުއްވާފައި ވަނިކޮށް، ކްރިމިނަލް ކޯޓުން އަމުރު ނެރުއްވިއިރު، އެ
އުޞޫލަށް ރިޢާޔަތް ނުކުރައްވައި އަމުރު ނެރުއްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
4. ކްރިމިނަލް ކޯޓުގެ ނަންބަރު 2017
/
940/J
/
MD-145 ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް
ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި
ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މައްސަލާގައި
ހިމެނޭ ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ
CUO
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު މުޒުހިނގުން، މާލެ ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2017/HC-A/115
ނަޒަރަކުން ވިސްނާ ބަލާއިރު، މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަކަމަކީ، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު
ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ”ކުށެއްގެ ތުހުމަތުގައި
ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު،“ ގެ 7
ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރާ ސަބަބެއް އޮތްތޯކަމާއި، ޤާނޫނުއަސާސީގެ 49 ވަނަ
މާއްދާއާއި ”ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު
ގޮތެއް ނިންމުމުގެ ޤަވާޢިދު ގެ 7 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، އެމީހަކާމެދު ތުހުމަތުކުރެވިފައިވާ
މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ރުވުމަށް މަސައްކަތް
ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ
މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ބަންދުގައި
އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަން
އެނގެން އޮންނަކަމާއިގެ
288/
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް މީހަކު ބަންދުކުރުމުގައި، ތުހުމަތުކުރެވޭ ކުށް
ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމަކީ ކޮބައިކަމާއި،
އެކުށް ތަޙުޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ ޢަދަދަކީ
ކޮބައިކަމާއި، ކުށުގެ ތަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި
ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލައި ރައްކާވުމުގެ ބިރުއޮތީ ކިހާވަރަކަށްކަމާއި،
ހެކިތަކާކުޅު ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަމަށް ސުޕްރީމް
ކޯޓުގެ ނަންބަރު 19/SC
-
A/2010 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަން އެނގެން އޮވެއެވެ.
CCCX
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
2017/HC-A/115
(ނ) ދެވަނަކަމަކީ، އިސްތިއުނާފުކުރެވޭ މައްސަލައިގައި މއ.މާހަރާ މުޙައްމަދު ޒާމިލްގެ މައްޗަށް
މައްޗަށް ތުހުމަތުކުރެވިފައިވަނީ، 2017 ޖެނުއަރީ 13 ވަނަ ދުވަހުގެ 21:22 ހާއިރު މ. ރޫބީ ކައިރީގައި
މުޙައްމަދު ޒާމިލް މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅެ އެތަކެތި ޓްރެފިކްކުރާކަމުގެ މައްޗަށްކަމާއި،
އެހެންކަމުން އެމައްސަލާގައި މުޙައްމަދު ޒާމިލް ދޫކޮށްލައިފިނަމަ އޭނާގެ ފަރާތުން އެފަދަ ކުށްތައް ތަކުރާރުވެ
އޭނާގެ ފަރާތުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފެންނާތީ، މިނިސްޓްރީ އޮފް
ހޯމްއެފެއަރޒުން ކަނޑައަޅާ ތަނެއްގައި މުޙައްމަދު ޒާމިލް ބަންދުގައި ބަހައްޓަން އަމުރުކޮށްދެއްވުން އެދޭކަން
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު: 155887/MF ”ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް“
އިންނާއި، ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމާއި،
މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރިއާއި އޭގެ ބޭނުންކުރުމުގެ ކުށްތަކަކީ އެކުށްތަކުގެ ޒާތާއި ބާވަތުން
މުޖުތަމަޢުގެ ސުލްޙަ މަސަލަސްކަމާއި އަމަންއަމާންކަމަށް އަދި މުޖުތަމަޢަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ
ށްތަކެއްކަމާއި، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 136 ވަނަ މާއްދާގެ (ބ)
ގައި ބަޔާންކޮށްފައިވާ ޓްރެފިކްކުރުމުގެ ކުށަކީ މުޠުލަޤު މަސްއޫލިއްޔަތު (ސްޓްރިކްޓް ލައިބިލިޓީ) އުފުލަންޖެހޭ
ކުށެއްގެ ގޮތުގައި ބަޔާންވެފައިވާ ކުށެއްކަމާއި މިކުރަކީ އެންމެ ބޮޑެތި ކުށްތަކުގެ ގިންތީގައި ހިމެނޭ ޖިނާޔަތުގެ
ކުށެއް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 10/SC
-
A/2016 ޤަޟިއްޔާގެ ފާހަގަކުރެވުނު
ނުކުތާތަކުގެ (ނ) ގައި ބަޔާންކުރައްވާފައިވާ ކަމާއި
މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރިއާއި އޭގެ ބޭނުންކުރުމުގެ ކުށްތަކަކީ، އެކުށްތަކުގެ
ބާވަތުން މުޖުތަމަޢަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކަށްޓަކައި މުޖުތަމަޢަށް ނުރައްކާތެރިކަން ބޮޑު ކުށުގެ
ޢަމަލުތަކެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކުށްތަކެއް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
33/SC-A/2011 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ނ) ގައި ބަޔާންކުރައްވައި އެޤަޟިއްޔާގައި
ތުހުމަތުކުރެވުނު ފަރާތް އެމައްސަލައިގެ ޝަރީޢަތް ނިމެންދެން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ
ކނP
CU O
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2017/HC-A/115
ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަމުރު ނެރުއްވާފައިވާކަން އެނގެން
އޮންނަކަމެވެ.
(ނ) ތިންވަނަކަމަކީ، މުޙައްމަދު ޒާމިލް މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންނަށް
ޝައްކުކުރެވިގެން މުޙައްމަދު ޒާމިލް ހުއްޓުވައި އޭނާގެ ހަށިގަނޑު ބަލާފާސްކުރުމުން އޭނާ
ލައިގެންހުރި
ބޮކްސާއާއި ހަށިގަނޑާއި ދޭތެރެއިން ނެގުނު 03 ޓިޝޫގަނޑުގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ
އެއްޗެއްހުރި ބްލެޓް ސައިޒުގެ 10 ރަބަރު ޕެކެޓާއި (ލެބޯޓްރީ ތަޙްލީލުކުރުމުން 4.2096 ގްރާމް ހުރި)، މީނާ
ލައިގެން ހުރި ޖިންސްގެ ކަނާއަތް ފަރާތު ކުރިމަތީ ކުޑަޖީބުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެ
01 ސެލޯފިންކޮޅާއި (ލެބޯޓްރީ ތަޙްލީލުކުރުމުން ޓެޓްރާހައިޑްރޯކެނެބިނޯލް އާއި ކެނެބިނޯލްއަށް ޕޮސިޓިވްވެ
ބަރުދަނުގައި 0.0103 ގްރާމް ހުރި)، މީނާ ލައިގެންހުރި ޖީންސްގެ ޖީބުތަކުންނާއި މީނާގެ ވޮލެޓުން ގިނަ
އަދަދެއްގެ ފައިސާ ފެނިފައިވުމުގެ އިތުރުން މީނާގެ ކުޑަކަމުދާތަކެތި ތަޙުލީލުކުރުމުން ކެނަބިސްއަށް
ޕޮޒިޓިވްވެފައިވާކަން އެމައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ހެކި ޤަރީނާ އަށް ބެލުމުން އެނގެންއޮންނައިރު،
މިހެކި ޤަރީނާތަކަށް ބެލުމުން މުޙައްމަދު ޒާމިލްގެ މައްޗަށް ތުހުމަތުކުރެވޭ ކުށަށް ތުހުމަތެއް އުފެދޭ މިންވަރުގެ
ހެކި ޤަރީނާ ފުލުހުންގެ ފަރާތުން ހުށަހަޅާފައިވާކަން އެނގޭކަމާއި، މިހެންކަމުން މިމައްސަލައިގެ ބާވަތަށާއި،
ހުށަހެޅުނު ހެކި ޤަރީނާގެ މައްޗަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 33/SC
-
A/2011
ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ނ) ގައި ފާހަގަކުރައްވާފައިވާ ކަންކަމުގެ މައްޗަށް ބެލުމުން، މިފަދަ
ތުހުމަތެއްގައިވާ ފަރާތެއް ދޫވެފައި ހުރުމަކީ ނުވަތަ ގޭ ބަންދުގައިވެސް ހުރުމަކީ އެކަމުގެ ސަބަބުން މުޖުތަމަޢުގެ
ސަލާމަތަށް ނުރައްކަލެއް އޮތްކަމެއްކަމުގައި ބެލެވެންއޮންނަކަމާއި، މިހެންކަމުން މިމައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ މުޙައްމަދު ޒާމިލް ބަންދުގައި ގޭގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން
ނިންމަވާފައިވާ އެ ކޯޓުގެ ނަންބަރު 2017
/
940/J
/
MD-145 ކޯޓު އަމުރަށް ބަދަލު ގެންނަންޖެހޭކަމަށެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2017/HC-A/115
އެވެ
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން، ކުރިމިނަލް ކޯޓުގެ
ނަންބަރު 2017
/
940/J
/
MD-145 ކޯޓު އަމުރު މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި
ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލުކޮށް، 2017 މާރޗް 01 ވަނަ ދުވަހުގެ 09:25 އިން ފެށިގެން
15 (ފަނަރަ) ދުވަހުގެ މުއްދަތަށް މާލެ/ މއ.މާހަރާ މުޙައްމަދު ޒާމިލް މިނިސްޓްރީ އޮފް ހޯމް
އެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް، މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ އިއްތިފާޤުން އަމުރުކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv