ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/174 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2016/HC-A/174
އަلA
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ރާއްޖެ"
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 174/HC-A/2016
• އިސްތިއުނާފު ކުރި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* އައި.ޑީ.ކާޑު ނަންބަރު: -
ދާއިމީ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
މިހާރުގެ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އިސްތިއުނާފް ރައްދުވާ ފަރާތް:
* ނަން: ޝާއިފް ޢަބްދުލްޣަފޫރު
އައި.ޑީ.ކާޑު ނަންބަރު: A123640
ދާއިމީ އެޑްރެސް: ހ.ބިއުޓީސައިޓް/ ކ.މާލެ
މިހާރުގެ އެޑްރެސް: ފ.ބިއުޓީސައިޓް/ ކ.މާލެ
z
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 10 ރަޖަބު 1437
17 އޭޕްރީލް 2016
ނިމުނު ތާރީޚް: 20 ރަޖަބު 1437
27 އޭޕްރީލް 2016
އިސްތިއުނާފް ކުރެވުނު އަމުރު ނަންބަރު: 2016
/
2554/J
/
MD-145
ނިންމެވި ކޯޓު ކްރިމިނަލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ކޯޓު އަމުރު (ޤަވާއިދާ ޚިލާފަށް ބަނގުރާ ގެންގުޅުން/ ވިޔަފާރިކުރުން މަސްތުވާތަކެތި
ބޭނުންކުރުން ގެންގުޅުން ވިޔަފާރިކުރުން)
• އަމުރު ނެރުއްވި ތާރީޚް: 04 އޭޕްރީލް 2016
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
އިސްފަނޑިޔާރު:ޢަބްދުﷲދީދީ ފަނޑިޔާރު.ޢަބްދުﷲ ޙަމީދު ފަނޑިޔާރުން ޝުޖާޢު ޢުޘްމާން
.ޖީހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/174
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ
ނަންބަރު 2016
/
2554/J
/
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށްނޫން
އެއްގޮތަށްނޫން ކަމަށްބުނެ އެ ކޯޓު އަމުރު އިސްތިއުނާފު
ކޮށްދިނުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ހ.ބިއުޓީސައިޓް ޝާއިފް ޢަބްދުލްޣަފޫރެވެ.
ރެވުނު
-1
1. ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
2554/J
/
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި
ކަމަށްބުނެ އެކޯޓު އަމުރު އިސްތިއުނާފު
ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވެއެވެ.
ޑ 2
2x
2
2
އއ 23ނން
CCC
2. ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
2554/J
/
MD-145 ކޯޓު އަމުރަށް ބަލާއިރު، އެ ކޯޓު
އަމުރަކީ، ހ.ބިއުޓީސައިޓް ޝާއިފް ޢަބްދުލްޣަފޫރުގެ މައްޗަށް ތުހުމަތުކުރެވިފައިވާ ޤަވާއިދާ ޚިލާފަށް ބަނގުރާ
ގެންގުޅުން/ ވިޔަފާރިކުރުން މަސްތުވާތަކެތި ބޭނުންކުރުން ގެންގުޅުން/ ވިޔަފާރިކުރުމުގެ މައްސަލައިގައި
ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށްޓަކައި 2016 އެޕްރީލު 05 ވަނަ ދުވަހުގެ 14:48 އިން ފެށިގެން 2016
އެޕްރީލު 15 ވަނަ ދުވަހުގެ 14:47 ގެ ނިޔަލަށް ގޭގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރައްވާ،
ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ އަމުރެއްކަން އެނގެއެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325129، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/174
3. ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
2554/J
/
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތައްނޫންކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ
ފަރާތުން އެއަމުރު އިސްތިއުނާފުކުރަމުން، އަންނަނިވި 3 (ތިނެއް) ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ؟
• ފުރަތަމަ ނުކުތާއަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
2554/J
/
MD-145 ކޯޓު އަމުރަކީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ”ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު، ގެ 07 ވަނަ މާއްދާގެ (ހ)
ގައި
މީހުން ބަންދުގައި ބެހެއްޓުމާމެދު ކަނޑައަޅުއްވާފައިވާ އުޞޫލަށް
283
ކށްޅނށް
ތުހުމަތުކުރެވޭ
ރިޢާޔަތްނުކުރައްވައި ނެރުއްވާފައިވާ އަމުރެއް ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC
-
A/2010 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ ރިޕޯޓުގެ 9 ވަނަ ނުކުތާގައިވާ އުޞޫލުތަކަށް ރިޢާޔަތް ކުރެއްވުމަކާނު
މަކާނުލައި
ނެރުއްވާފައިވާ އަމުރެއް ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
4 22
ތިންވަނަ ނުކުތާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
ގައި ”މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެ“
ކަމަށް ބަޔާންކޮށްފައިވާއިރު، މިބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރަންވީ އުޞޫލު ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓުގެ ނަންބަރު 33/SC-A/2011 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވަނިކޮށް، ކްރިމިނަލް ކޯޓުން އަމުރު
ނެރުއްވިއިރު އެ އުޞޫލަށް ރިޢާޔަތް ނުކުރައްވައި އަމުރު ނެރުއްވާފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/174
< ހދ
4. ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
2554/J
/
MD-145 ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި
ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މައްސަލާގައި ހިމެނޭ
ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ވިސްނާ ބަލާއިރު، މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
4 s
coc
(ހ) ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ”ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ
މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު، ގެ 7 ވަނަ މާއްދާގެ
(ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރާ ސަބަބެއް އޮތްތޯކަމާއި، އެއިން ސަބަބެއް އޮތްކަން ނުވަތަ
ނެތްކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށްކަން ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ
(ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަމާއިގެ
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު ގެ 7 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު،
އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް
ފެރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ
ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް
ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަން އެނގެން
އޮންނަކަމާއިގެ
ކުށެއްގެ
Ocx
ހަޢީކަން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ: ދިވެހިރާއްޖެ، ފެނޭ: 3325.029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/174
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް
މީހަކު ބަންދުކުރުމުގައި، ތުހުމަތުކުރެވޭ ކުށް
ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމަކީ ކޮބައިކަމާއި،
އަދި އެކުށް ތަޙުޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ
އަދަދަކީ ކޮބައިކަމާއި، ކުށުގެ ތަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް
ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލައި ރައްކާވުމުގެ ބިރުއޮތީ
ކިހާވަރަކަށްކަމާއި، އަދި ހެކިތަކާކުޅު ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު
ވަޒަންކުރަންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަން
etc
އެނގެން އޮވެއެވެ.
233 234
ކޮންތްވެގެން
(ނ) މިއިސްތިއުނާފުކުރެވޭ މައްސަލައިގައި ޝާއިފް ޢަބްދުލްޣަފޫރުގެ މައްޗަށް ތުހުމަތުކުރެވި
ތުހުމަތުކުރެވިފައިވަނީ،
ޤަވާއިދާ ޚިލާފަށް ބަނގުރާ ގެންގުޅުން/ ވިޔަފާރިކުރުން މަސްތުވާތަކެތި ދުން ގެންގުޅުން{
ވިޔަފާރިކުރުންކަން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު: 142979/MF ”ބަންދުގެ މުއްދަތު
އިތުރުކުރުމަށް ހުށަހަޅާ ފޯމް” އިންނާއި، ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ
ވާހަކަތަކުން އެނގެން އޮންނަކަމާއި، ޝާއިފް ޢަބްދުލްޣަފޫރުގެ މައްޗަށް ތުހުމަތުކުރެވިފައިވާ އެމައްސަލައަކީ
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން މިހާރު ތަޙްޤީޤު ކުރަމުންދާ މައްސަލައެއްކަން ދައުލަތުގެ ފަރާތުން
ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމާއިގެ
ކުށެއްގެ ތުހުމަތުކުރެވިގެން ތަޙްޤީޤު ކުރެވެމުންދާ މީހަކީ ކުށެއް ކުރިކަމުގެ ތުހުމަތުގެ މަޙައްލުގައިވާ
މީހެއް ކަމާއި، އެފަދަ މީހެއްގެ ބަންދާމެދު ގޮތެއް ނިންމާ ޙާލަތްތަކުގައި، އެމައްސަލައެއް ބައްލަވާ ފަނޑިޔާރަކު
ބައްލަވަން ޖެހޭނީ ތުހުމަތުކުރެވިފައިވާ މީހެއްގެ ފަރުދީ މަޞްލަޙަތަށް އެކަނި ނޫންކަމާއި، ކުށުގެ ތުހުމަތުގައިވާ
މީހެއްގެ ފަރުދީ މަސްލަޙަތު ޙިމާޔަތް މުޖުތަމަޢުގެ ޖަމާޢީ މަސްލަޙަތަށްވެސް ބެލި، މުޖުތަމަޢުގެ ޖަމާޢީ
3 2 29 2
8024ތރއއކ
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/174
މަޞްލަޙަތާއި ޙައްޤުތައް ރައްކާތެރިކުރެވޭނެ ގޮތްތަކެއްގެ މައްޗަށް ރިޢާޔަތްކޮށް މި ދެ މަސްލަޙަތު ބެލެންސް
ކުރެވެންވާނެކަން އެނގެއެވެ.
(ނ) ޝާއިފް ޢަބްދުލްޣަފޫރުގެ މައްޗަށް ތުހުމަތުކުރެވިފައިވަނީ ޤަވާއިދާ ޚިލާފަށް ބަނގުރާ ގެންގުޅުމާއި
ވިޔަފާރިކުރުމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި ވިޔަފާރިކުރުމުގެ ތުހުމަތުކަން އެނގެން
އޮންނައިރު، މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރިއާއި އޭގެ ބޭނުންކުރުމުގެ ކުށްތަކަކީ އެކުށްތަކުގެ ޒާތާއި
ބާވަތުން މުޖުތަމަޢުގެ ސުލްޙަ މަސަލަސްކަމާއި އަމަންއަމާންކަމަށް އަދި މުޖުތަމަޢަށް ބޮޑެތި ގެއްލުންތައް
ލިބެމުންދާ ކުށްތަކެއްކަމާއި، އެގޮތުން، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 136
ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ޓްރެފިކްކުރުމުގެ ކުށަކީ މުޠުލަޤު މަސްއޫލިއްޔަތު (ސްޓްރިކްޓް
ލައިބިލިޓީ) އުފުލަންޖެހޭ ކުށެއްގެ ގޮތުގައި ބަޔާންވެފައިވާ ކުށެއްކަމާއި މިކުރަކީ އެންމެ ބޮޑެތި ކުށްތަކުގެ
ގިންތީގައި ހިމެނޭ ޖިނާޔަތުގެ ކުށެއް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 10/SC-A/2016
ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ނ) ގައި ބަޔާންކުރައްވާފައިވާ ކަމާއި؛
އެގޮތުން ބަލާއިރު، ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
2554/J
/
MD-145 ކޯޓު އަމުރުގެ ދަށުން
ޝާއިފް ޢަބްދުލްޣަފޫރު ގޭގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރައްވާފައިވަނީ ހެއްކަށް ނުފޫޒު ފޯރުވަފާނެ
ކަމަށް ފަނޑިޔާރަށް ފެނިވަޑައިގަންނަވާތީ ކަން އެނގެން އޮންނައިރު، ޝާއިފް ޢަބްދުލްޣަފޫރުގެ މުއްދަތު
އިތުރުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ހުށަހަޅާފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ނަންބަރު: 142979/MF ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް” އަށް ބަލާއިރު، ޝާއިފް
ދުލްޣަފޫރުއާއި އިތުރު މީހަކު ހުރި ކޮޓަރި ފުލުހުން ބަލާފާސްކުރުމުން އެކޮޓަރީގެ ތެރެއިން ބަނގުރާކަމަށް
ދިޔާއެއްޗެއްހުރި 15 ފުޅި (އެކި ބްރޭންޑުގެ) އާއި ބަނގުރާކަމަށް ޝައްކުކުރެވޭ ދިޔާއެއްޗެއްހުރި
10 ލީޓަރުގެ 02 ހަމާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 44 ސެލޯފިންކޮޅު
(ޓެޓްރާހައިޑްރޯކެނެބިނޯލް އަށާއި، ކެނެބިނޯލްއަށް ޕޮޒިޓިވްކަމަށް ދައްކާ ޖުމްލަ ބަރުދަނުގައި 27.1557
ހ8 29 ,30
29
44
ޝައްކުކުރެވޭ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 029
3325، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2016/HC-A/174
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
މިށް
9 ހ42
ންރއި
ގްރާމްހުރި) އާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހޭކިފައިހުރި 04 ސެލޯފިންކޮޅު
(ޓެޓްރާހައިޑްރޯކެނެބިނޯލް އަށާއި، ކެނެބިނޯލްއަށް ޕޮޒިޓިވްކަމަށް ދައްކާ) އާއި މަސްތުވާތަކެތި ކަމަށް
ޝައްކުކުރެވޭ އެއްޗެއް ހޭކިފައިހުރި ފިލްމު ހުސްކުރި 02 ދަޅު (ޓެޓްރާހައިޑްރޯކެނެބިނޯލް އަށާއި، ކެނެބިނޯލްއަށް
ޕޮޒިޓިވްކަމަށް ދައްކާ) އާއި، 01 ވަޅި އާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗަކާއި ދުންފަތާ
އެއްކޮށްފައިވާ ދުންފަތްގަނޑެއް ހުރި 01 ތަށި ފެނިފައިވުމުގެ އިތުރުން ޝާއިފް ޢަބްދުލްޣަފޫރުގެ
ކުޑަކަމުދާތަކެތި ވަގުތީ ނަތީޖާއިން ޓީ.އެޗްސީއަށް ޕޮޒިޓިވްވެފައިވާ ކަމަށް ބަޔާންކޮށްފައިވާއިރު ޝާއިފް
ޢަބްދުލްޣަފޫރު އިތުރަށް ބަންދުގައި ބަހައްޓަން ބޭނުންވަނީ، އެމައްސަލައަކީ މަސްތުވާތަކެއްޗާއި ބަނގުރަލުގެ
ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކަށްވާތީ އާއި، އެމައްސަލައިގައި ޝާއިފް ޢަބްދުލްޣަފޫރު ހުރި
ކޮޓަރިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރާ ފެނިފައިވާތީ ޝާއިފް ޢަބްދުލްޣަފޫރު މިވަގުތު
ދޫކޮށްލައިފިނަމަ ޝާއިފް ޢަބްދުލްޣަފޫރުގެ ފަރާތުން މުޖުތަމަޢުގެ ސަލާމަތަ ރައްކާވެދާނެތީކަން އެނގެން
އޮތުމުގެ އިތުރުން، ޝާއިފް ޢަބްދުލްޣަފޫރުގެ ކުޑަކަމުދާތަކެތި ކެނަބިސްއަށް ޕޮޒިޓިވްވެފައިވާކަން އެތަކެތީގެ
ދާއިމީ ނަތީޖާއިން ދައްކާކަމަށް ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުން
އެނގެން އޮންނައިރު، ޝާއިފް ޢަބްދުލްޣަފޫރު ހައްޔަރުކުރެވުނުއިރު ހުރި ކޮޓަރި ތެރެއިން ކެނެބިސްއަށް
ޕޮޒިޓިވްވެފައިވާ ތަކެތި ފެނިފައިވާކަން އެނގެން އޮންނަކަމާއިގެ
މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރިއާއި އޭގެ ބޭނުންކުރުމުގެ ކުށްތަކަކީ އެކުށްތަކުގެ ބާވަތުން
މުޖުތަމަޢަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކަށްޓަކައި، މުޖުތަމަޢަށް ނުރައްކާތެރިކަން ބޮޑު ކުށުގެ ޢަމަލުތަކެއްގެ
ގޮތުގައި ފާހަގަކުރެވިފައިވާ ކުށްތަކެއް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 33/SC-A/2011
ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ނ) ގައި ބަޔާންކުރައްވާ އެޤަޟިއްޔާގައި ތުހުމަތުކުރެވިފައިވާ ފަރާތް
މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް އަމުރުކުރައްވާފައިވާކަން
އެނގެން އޮންނަކަމާއިގެ
CU O
t
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/174
ޝާއިފް ޢަބްދުލްޣަފޫރުގެ މައްޗަށް ތުހުމަތުކުރެވިފައިވާ މައްސަލައިގެ ޒާތާ ބާވަތުގެ ގޮތުން މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ފަރާތުން ހުށަހަޅާފައިވާ ހެކިތަކަށް ރިޢާޔަތްކޮށް ޝާއިފް ޢަބްދުލްޣަފޫރު ބަންދުގައި
ބެހެއްޓުމަށް އެކަށީގެންވާ ސަބަބެއް މައުޖޫދުވެފައިވާކަމާއި، އަދި ޝާއިފް ޢަބްދުލްޣަފޫރު ބަންދުގައި
ބަހައްޓަންވާނީ މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅައި ތަނެއްގައިކަން އެނގެއެވެ.
ވީމާ، އިސްވެ ބަޔާންކުރެވުނު
ކަންކަމަށް ބެލުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު
2016
/
2554/J
/
MD-145 ކޯޓު އަމުރަށް ބަދަލު ގެންނަންޖެހޭކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި
ބެލި ފަނޑިޔާރުންގެ މަޖިލީހަށް ޤަބޫލުކުރެވެއެވެ.
¢ ¢ ¢ ¢
ޙުކުމް:
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން، ކްރިމިނަލް ކޯޓުގެ
ނަންބަރު 2016
/
2554/J
/
MD-145 ކޯޓު އަމުރު މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި
ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލްކޮށް، 2016 އެޕްރީލު 27 ވަނަ ދުވަހުގެ 14:08 އިން ފެށިގެން 15
(ފަނަރަ) ދުވަހުގެ މުއްދަތަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅައި ތަނެއްގައި ޝާއިފް ޢަބްދުލްޣަފޫރު
ބަންދުކޮށްފައި ބެހެއްޓުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މިޤަޟިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ
އިއްތިފާޤުން އަމުރުކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv