ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/45 ޤަޟިއްޔާގެ ޙުކުމް
9
1
2017/HC-A/45
ޤަޟިއްޔާ ނިމުނު
އޭގެ ޚުލާޞާ
بم از مراسیم
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 45/HC
-
A/2017
އިސްތިއުނާފުކުރި ފަރާތް:
* ނަން: ހަވީރު މީޑިއާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް
* ރަޖިސްޓްރޭޝަން ނަންބަރު:0211
/
2013-C
* ދާއިމީ އެޑްރެސް: އަލްޚައިރިއްޔާ ބިލްޑިންގ މާލެ * މިހާރުގެ އެޑްރެސް: އަލްޚައިރިއްޔާ ބިލްޑިންގ މާލެ
• އިސްތިއުނާފު ރައްދުވި ފަރާތް
ނަން: އަޙްމަދު މުޖާޙް
އައިޑެންޓިޓީ ކާޑް ނަންބަރު: A123058
* ދާއިމީ އެޑްރެސް: ހަނދުވަރީވިލާ ދ.މީދޫ މިހާރުގެ އެޑްރެސް: ޗިޅިޔާވިލާ މާލެ
L
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 12 ޖަނަވަރީ 2017 ނިމުނު ތާރީޚް: 21 މޭ 2017
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ:
ނަންބަރު: 2016/Cv-C/659
ނިންމި ޓް: ސިވިލް ކޯޓު
މައްސަލައިގެ ބާވަތް: ބިމާއި އިމާރާތް ކުއްޔަށް ދިނުމާބެހޭ މައްސަލަ
ހުށަހެޅި ތާރީޚް: 06 އޭޕްރީލް 2016
* ނިމުނު ތާރީޚް: 20 ޑިސެމްބަރު 2016
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، އިސްފަނޑިޔާރު ޢަބްދުﷲދީދީ
ފަނޑިޔާރު ޢަބްދުﷲ ޙަމީދުކީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
2
2017/HC-A/45
ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނިމުނު
.ދައުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2016/Cv
-
C/659 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ހަވީރު މީޑިއާ ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
މި ޤަޟިއްޔާގައި، ދަޢުވާރައްދުވާ ފަރާތަކީ ދ.މީދޫހަނދުވަރީވިލާ، އަޙްމަދު ޤުޖާޙް އެވެ.
→ ފާހަގަ ކުރެވުނު ނުކުތާތައް:
1- ސިވިލް ކޯޓުގެ ނަންބަރު 2016/Cv
-
C/659 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ ގ.ޒާމިއާވިލާ އެވެ ކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހައި ޢިމާރާތްތައް 01
ނޮވެމްބަރު 2015 އިން ފެށިގެން 05 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަކަށް ހަވީރު މީޑިއާ ގްރޫޕް ޕްރައިވެޓް
ލިމިޓެޑަށް ކުއްޔަށް ދިނުމަށް އެތަނުގެ ވެރިފަރާތް ކަމުގައިވި ގ.ޒާމިއްވިލާ؛ކ.މާލެ، ޢަބްދުﷲ ޝަމީރުއާއި
ހަވީރު މީޑިއާ ގްރޫޕް ޕްރައިވެޓް ލިމިޓެޑާ ދެމެދު 14 އޯގަސްޓް 2014 ގައި ސޮއިކުރި އެއްބަސްވުން އޮއްވާ،
ހަވީރު މީޑިއާ ގްރޫޕް ޕްރައިވެޓް ލިމިޓެޑަށް އެއްވެސް އެންގުމެއް ނެތި، އެތަން އަޙްމަދު މުބާޙު ކިޔާ ފަރާތަކަށް
ވިއްކާލައި، ހަވީރު މީޑިއާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް އެ ޢިމާރާތުން މިހިނދުން މިހިނދަށް ނިކުންނަން އެތަން
ގަތް ފަރާތްކަމުގައިވާ އަޙްމަދު މުޖާޙް އަންގަމުން ގެންދާތީ، އެތަން ގަތް ފަރާތުގެ ޙައިޞިއްޔަތުން އަޙްމަދު
މުޖާޙްއަށް އެ އެއްބަސްވުން ތާބިޢުވާކަމަށާއި އެފަރާތުން ކުއްޔަށް ދިނުމުގެ އެ އެގްރީމަންޓަށް ހުރުމަތްތެރިކޮށް
ހިތަންޖެހޭކަމަށް ކަނޑައަޅުއްވައި ދެއްވުމަށް އެދި އަޙްމަދު މުޖާއްގެ މައްޗަށް ހަވީރު މީޑިއާ ގްރޫl aތަކެޓް
ލިމިޓެޑުގެ ފަރާތުން ދަޢުވާކުރުމުން ބެލެވުނު ޤަޟިއްޔާއެއް ކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
3
2{17/HC-A/45
کمر د فرما
ޤަޟިއްޔާ ނިމުނު
އެޤަޟިއްޔާ ނިންމަވާފައިވަނީ ގ.ޒާމިއާވިލާ:ޢަބްދުﷲ ޝަމީރުގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ
ގ.ޒާމިއާވިލާ (ސ.އޯކް ލޭންޑް) އެވެ ކިޔާ 537.8 (ފަސް ސަތޭކަ ތިރީސް ހަތެއް ޕޮއިންޓް އަށެއް) އަކަފޫޓުގެ
އަމިއްލަ ބިމާއި އެބިމުގައިވާ އެންމެހައި ޢިމާރާތްތަކާއި ނުއުފުލޭ މުދާ ދ.މީދޫ ހަނދުވަރީވިލާ، އަޙްމަދު މުޖާޙް
އަށް ގަނެވިއްކުމުގެ މުޢާމަލާތް ޝަރީޢަތް މެދުވެރިކޮށް ހިންގާފައިވަނީ ހަވީރު މީޑިއާ ގްރޫޕް ޕްރައިވެޓް
ލިމިޓެޑްއާއި ބިންވިއްކި ޢަބްދުﷲ ޝަމީރުއާ ދެމެދު ގ.ޒާމިއާވިލާ ކުއްޔަށް ދިނުމުގެ ޞައްޙަ އެއްބަސްވުމެއް
ދެމި އޮއްވައި، އެ އެއްބަސްވުމަށް ތާއިޢުކޮށް ކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށް ކަނޑައަޅުއްވައި ޙުކުމް
ކުރައްވައިކަން އެނގެން އޮންނަކަމެވެ.
2- ސިވިލް ކޯޓުގެ ނަންބަރު 2016/Cv-C/659 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ހަވީރު މީޑިއާ ގްރޫޕް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އަންނަނިވި ނުކުތާތައް ހުށަހަޅައި، އެނުކުތާތަކާ ގުޅޭ
ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި
ނުކުތާއަކީ:-
2ތ ﷲ 0
2 ހއ
އެއްބަސްވެލަށް
(ހ) ފުރަތަމަ ނުކުތާއަކީ: ގ.ޒާމިއާވިލާ ވިއްކުމުގެ މުޢާމަލާތް ކުރެވިފައިވަނީ، ހަވީރު މީޑިއާ
ގްރޫޕް ޕްރައިވެޓް ލިމިޓެޑްއާއި ޢަބްދުﷲ ޝަމީރުއާ ދެމެދު ކުރެވިފައިވާ ކުއްޔަށް ދިނުމުގެ
ތާބިޢުކޮށް ކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށް އިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެ ޤަޟިއްޔާ (ނަންބަރު
2016/Cv
-
C/659) ގައި ކަނޑައަޅުއްވާފައިވަނީ، ބިންބިމާއި މުދާ ގަނެވިއްކާ ތަޞައްރުފް ކުރުމުގައި
ބޭނުންކުރާ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ދުނިޔޭގެ ކުރިއަރާފައިވާ މިނިވަން ދިމިޤްރާތީ ޤާނޫނީ ނިޒާމުތަކުގައި
ޢަމަލުކުރާ މިންގަނޑާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
4
2{17/HC-A/45
ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނިމުނު
Puco
(ނ) ދެވަނަ ނުކުތާއަކީ: އިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2016/Cv-C/659
ޤަޟިއްޔާގައި ގ.ޒާމިއާވިލާގެ ބިމާއި ބިމުގައިވާ އިމާރާތްތައް ޝަރީޢަތް މެދުވެރިކޮށް ވިއްކުމަށްޓަކައި
މިލްކުވެރިކަމާމެދު ދަޢުވާއެއް ކުރާ ފަރާތެއްވޭތޯ ބެލުމަށް ކުރެވުނު އިޢުލާނަށް އިސްތިއުނާފުކުރާ ފަރާތުން އިޖާބަ
ދީފައި ނުވުމަކީ، އިސްތިއުނާފުކުރާ ފަރާތާއި ގ.ޒާމިއާވިލާ؛ ޢަބްދުﷲ ސަމީރުއާ ދެމެދު ކުރެވިފައިވާ
ކުއްޔަށް
އެދިނުމުގެ އެއްބަސްވުމުގެ ދަށުން އިސްތިއުނާފުކުރާ ފަރާތުގެ ޙައްޤުތައް ދޫކޮށްލުން ކަމަށް
ބައްލަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ
LooLoox
(ނ) ތިންވަނަ ނުކުތާއަކީ އިސްތިއުނާފު ރައްދުވާ ފަރާތަކީ، އިސްތިއުނާފުކުރާ ފަރާތާއި
ގ.ޒާމިއާވިލާ!ޢަބްދުﷲ ޝަމީރުއާ ދެމެދު ކުރެވިފައިވާ ކުއްޔަށްދިނުމުގެ އެއްބަސްވުމުގެ ބައިވެރިއަކަށް ނުވާތީ،
ޕްރިވިޓީ އޮފް ކޮންޓްރެކްޓްގެ މަބްދަޢުގެ ދަށުން އިސްތިއުނާފުރައްދު
ނާފުރައްދުވާ ފަރާތް އެ އެއްބަސްވުމުގެ ދަށުން އުފެދޭ
ޒިންމާތަކާއި އިލްތިޒާމްތަކާ މަތިނުކުރެވޭނެ ކަމަށް އިސްތިއުނާފު ކުރެވޭ ސިވިލް ކޯޓުގެ ޤާ
ޤަޟިއްޔާގައި
ކަނޑައަޅުއްވާފައިވަނީ ބިން ގަނެވިއްކުމާއި ކޮންޓްރެކްޓާ ބެހޭ ޢާންމު އުސޫލުތަކާއި ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ
3- ސިވިލް ކޯޓުގެ ނަންބަރު 2016/Cv
-
C/659 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ހަވީރު
މީޑިއާ ގްރޫޕް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެ ނުކުތާތަކާ ގުޅޭ ގޮތުން އެކުންފުނީގެ
ފަރާތުންނާއި މި އިސްތިއުނާފް ދަޢުވާރައްދުވާ ދ.މީދޫ!ހަނދުވަރީވިލާ، އަޙްމަދު މުޖާޙްގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ބުނެވިދިޔަ ސިވިލް ކޯޓުގެ ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މައްސަލައާ ގުޅޭ ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް
ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު،
އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައި ވެއެވެ.
ޚި
0
<< O
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
5
2{17/HC-A/45
ޤަޟިއްޔާ ނިމުނު
کم 3
(ހ) ފުރަތަމަ ކަމަކީ: ގ.އޯޓް ލޭންޑް އެވެ ކިޔާ އަމިއްލަ ގޯތި (ކުރިން ގ.ޒާމިއްވިލާ) އިން
އެގޭ ޢަބްދުﷲ ޝަމީރަށް މިލްކުވާ 537.8 އަކަފޫޓުގެ ބިމާއި އެބިމުގައިވާ އެންމެހައި ޢިމާރާތްތަކާއި ނުއުފުލޭ
މުދާ ދ.މީދޫ1ހަނދުވަރީވިލާ، އަޙްމަދު މުޖާޙްއަށް 3,155،000.00ރ (ތިން މިލިއަން އެއްލައްކަ ފަންސާސް
ފަސް ހާސް ރުފިޔާ) އަށް ވިއްކުމަށްޓަކައި ޢަބްދުﷲ ޝަމީރުގެ ފަރާތުން 15 އޭޕްރީލް 2015 ގައި ސިވިލް
ކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުގެ ނަންބަރު 2015/Cv
-
C/622 ޤަޟިއްޔާގައި ބައްލަވައި ނިންމަވާފައިވަނީ،
ގ.ޒާމިއާވިލާ، ޢަބްދުﷲ ޝަމީރުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގ.އޯޓް ލޭންޑް ކިޔާ 537.8 އަކަފޫޓުގެ
އަމިއްލަ ބިމާއި އެބިމުގައިވާ އެންމެހައި ޢިމާރާތްތަކާއި ނުއުފުލޭ މުދާ ދ.މީދޫހަނދުވަރީވިލާ، އަޙްމަދު މުޖާޙްއަށް
3،155،000.00ރ (ތިން މިލިއަން އެއްލައްކަ ފަންސާސް ފަސް ހާސް ރުފިޔާ) އަށް ޢަބްދުﷲ ޝަމީރު
ވިއްކުމުން، އަޙްމަދު މުޖާޙް މިއަގަށް މިތަން ގަނެ، ވިޔަފާރި އަޤުދުކޮށް، މި ވިޔަފާރީގެ އަގު ދައްކައި
ނިންމާފައިވާތީ، މި ވިޔަފާރި ޞައްޙަކަމަށާއި މި ވިޔަފާރީގެ ސަބަބުން ގ.ޒާމިއާވިލާ ޢަބްދުﷲ ޝަމީރުގެ
ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގ.އޯޓް ލޭންޑް ކިޔާ 537.8 އަކަފޫޓުގެ އަމިއްލަ ބިމާއި އެބިމުގައިވާ އެންމެހައި
ޢިމާރާތްތަކާއި ނުއުފުލޭ މުދަލުގެ މިހާރުގެ މިލްކްވެރި ފަރާތަކީ ދ.މީދޫ!ހަނދުވަރީވިލާ، އަޙްމަދު މުޖާޙް ކަމަށް
ކަނޑައަޅުއްވައި ކަން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ: ގ.ޒާމިއާވިލާ ޢަބްދުﷲ ޝަމީރުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ
ގ.އޯޓް ލޭންޑް ކިޔާ 537.8 އަކަފޫޓުގެ އަމިއްލަ ބިމާއި އެބިމުގައިވާ އެންމެހައި ޢިމާރާތްތަކާއި ނުއުފުލޭ މުދާ
ދ.މީދޫ1ހަނދުވަރީވިލާ، އަޙްމަދު މުޖާޙްއަށް ޢަބްދުﷲ ޝަމީރު ވިއްކިއިރު، ގ.އޯޓް ލޭންޑް ކިޔާ 537.8
އަކަފޫޓުގެ އަމިއްލަ ބިން (ކުރިން ގ.ޒާމިއާވިލާ އެވެ ކިޔާ) ގައި ހުރި ޢިމާރާތަކީ، 14 އޯގަސްޓް 2014 ގައި
ހަވީރު މީޑިއާ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި ގ.ޒާމިއާވިލާ، ޢަބްދުﷲ ޝަމީރުއާ ދެމެދު ވެވިފައިވާ
އެއްބަސްވުމެއްގެ ދަށުން 01 ނޮވެމްބަރު 2015 ގައި މުއްދަތު ގުނަން ފަށާ ގޮތަށް 05 (ފަހެއް) އަހަރު
ދުވަހުގެ މުއްދަތަށް ކުއްޔަށް ދީފައިވާ ތަނެއް ކަމަށާއި އެހެންކަމުން އެތަން ޢަބްދުﷲ ޝަމީރުގެ ޖޫންގައި
އަޙްމަދު މުޖާޙް ގަނެ، އެތަނުގެ މިލްކްވެރިކަން އަޙްމަދު މުޖާޒުގެ ނަމަށް ބަދަލުކުރެވިފައި ވީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
6
زمرد مشهور
2017/HC-A/45
ޤަޟިއްޔާ ނިމުނު
24 22
OOO
ޢަބްދުﷲ ޝަމީރާއި ހަވީރު މީޑިއާ ގްރޫޕް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމަށް އަޙްމަދު މުޖާޙް
ޘާބިޢުވާނެ ކަމަށް ހަވީރު މީޑިއާ ގްރޫޕް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެފައިވާއިރު،
ކޮންޓްރެކްޓަކީ ދެ މީހެއްގެ ދެމެދުގައި ނުވަތަ އެއަށްވުރެ ގިނަ ބައެއްގެ މެދުގައި އެއްބަސްވެވޭ
އެއްބަސްވުމެއް ކަމަށާއި، އެ އެއްބަސްވުމަކީ ޤާނޫނު ޤަބޫލުކުރާ ނުވަތަ ޤާނޫނު ބާރުދޭ އެއްބަސްވުމަކަށް
ވާންވާނެ ކަމަށާއި، ކޮންޓްރެކްޓެއްގައި އެއްބަސްވާ މީހުން ރުހި ޤަބޫލުވާންވާނީ އެއްވެސް މަޖްބޫރުކަމެއް ނެތި
އަމިއްލަ އިޚްތިޔާރުގައި ކަމަށާއި އަދި އެ މީހުންނަކީ ކޮންޓްރެކްޓް ކުރުމަށް ޤާނޫނު ޤަބޫލުކުރާ ފަދަ މީހުން
ކަމުގައި ވާންވާނެ ކަމަށާއި، ކޮންޓްރެކްޓަކީ ވަކި ގޮތަކަށް ލާޒިމް އެއްޗެއް ނޫންކަމަށާއި، އެކަކު އަނެކަކަށް
ހުށަހަޅާ ހުށަހެޅުން އެހުށަހެޅު
ހެޅުން ރައްދުވި ފަރާތުން ޤަބޫލު ކުރުމުން ކޮންޓްރެކްޓެއް ކުރެވޭނެ ކަމަށް ޤާނޫނު
ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާއާއި 3 ވަނަ މާއްދާގެ (ހ) އާއި 4 ވަނަ
މާއްދާއާއި އަދި 5 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނައިރު،
މި މައްސަލައިގައި ގ.ޒާމިއާވިލާ، ކިޔާ ގޯތީގައިވާ އެންމެހައި ޢިމާރާތްތައް ހަވީރު ޑެއިލީއަށް
01 ނޮވެމްބަރު 2010 އިން ފެށިގެން 05 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ހަވީރު
ޑެއިލީގެ ފަރާތުން ޖެނެރަލް މެނޭޖަރ ޢަބްދުއްރަޝީދު ޙުސައިން އާއި ގ.ޒާމިއާވިލާ!ޢަބްދުﷲ ޝަމީރު އާ
ދެމެދު 06 ޖެނުއަރީ 2010 ގައި އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމާއި، އަދި އޭގެ ފަހުން ގ.އޯކް
ލޭންޑް (ކުރިން ގ.ޒާމިއާވިލާ) ކިޔާ 537.8 އަކަފޫޓުގެ އަމިއްލަ ބިން (ކުރިން ގ.ޒާމިއާވިލާ އެވެ ކިޔާ) ގައި
ހުރި ޢިމާރާތް 01 ނޮވެމްބަރު 2015 ގައި މުއްދަތު ގުނަން ފަށާ ގޮތަށް 05 (ފަހެއް) އަހަރު ދުވަހުގެ
މުއްދަތަށް ކުއްޔަށް ދިނުމަށް 14 އޯގަސްޓް 2014 ގައި ހަވީރު މީޑިއާ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި
ގ.ޒާމިއާވިލާ، ޢަބްދުﷲ ޝަމީރުއާ ދެމެދު އެއްބަސްވުމެއް ވެވިފައިވާ ކަމާއި އަދި އެއެއްބަސްވުމުގެ ދަށުން 05
(ފަހެއް) އަހަރު ދުވަހުގެ ކުއްޔަށްވާ ފައިސާ ހަވީރު މީޑިއާ ގްރޫޕް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޢަބްދު
ޝަމީރަށް ދައްކާފައިވާކަން ހަވީރު މީޑިއާ ގްރޫޕް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުންނާއި
މި މައްސަލައިގައި ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބެލުމުން އެނގޭކަމާއި އިސްވެ ބުނެވިދިޔަ
4 22
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
1
ޤަޟިއްޔާ ނިމުނު
2017/HC-A/45
مکمل
އެއްބަސްވުމަކީ، ޢަބްދުﷲ ޝަމީރާއި ހަވީރު ޑެއިލީ އާއި އަދި ހަވީރު މީޑިއާ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި
ދެމެދުގައި ވެފައިވާ ދެ އެއްބަސްވުން ކަމާއި
އިސްވެ ބުނެވިދިޔަ ބިމާއި އެބިމުގައިވާ އެންމެހައި ޢިމާރާތްތަކާއި ނުއުފުލޭ މުދާ
ދ.މީދޫ!ހަނދުވަރީވިލާ، އަޙްމަދު މުޖާޙްއަށް ވިއްކުމަށްޓަކައި ގ.ޒާމިއާވިލާ!ޢަބްދުﷲ ޝަމީރާއި އަޙްމަދު މުޖާޙްއާ
ދެމެދު 19 ނޮވެމްބަރ 2014 ގައި ސޮއިކޮށް ސިވިލް ކޯޓުގައި ރަޖިސްޓްރީކޮށްފައިވާ ސިވިލް ކޯޓުގެ ނަންބަރު
730
/
2014-Cv
-
C
/
C އެއްބަސްވުމުގެ 7 ވަނަ މާއްދާއަށް ބަލާއިރު، އެއެގްރީމަންޓުގެ ދަށުން ވިއްކުމަށް
އެއްބަސްވެފައިވާ ބިމާއި ޢިމާރާތަކީ، މީގެ ކުރިން އެހެން އެއްވެސް ފަރާތަކަށް ދިނުމަށް ނުވަތަ ވިއްކުމަށް
އެއްބަސްވެ، އެއްވެސް ކަހަލަ ކޮންޓްރެކްޓެއް ހަދައިފައިނުވާ ތަނެއްކަމަށާއި، އަދި ހަމަ އެއްވެސް ފަރާތަކަށް
ކުއްޔަށްދީފައިނުވާ ތަނެއްކަމަށާއި އަދި ހަމަ މިއެގްރީމަންޓުގައި ސޮއި ކުރުމަށްފަހު އެބާވަތުގެ އެއްވެސް
މުޢާމަލާތެއް އެހެން އެއްވެސް ފަރާތަކާއެކު ނުކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ވިއްކާފަރާތުން ދީފައިވާކަން
އެނގެން އޮތުމުން ގ.އޯކްލޭންޑް ކިޔާ ގޯއްޗާއި އިމާރާތުގެ މިލްކްވެރިކަމާއި އަދި އެގޯއްޗާއި އިމާރާތްތާ ގުޅޭ
ގޮތުން ކުރެވިފައިވާ އެހެންވެސް މުޢާމަލާތަކުން އެހެން އެއްވެސް ފަރާތެއްގެ ޙައްޤެއް ވިއްކުމަށް
އެއްބަސްވެފައިވާ ބިމާއި ޢިމާރާތުގެ މައްޗަށް ނެތްކަމުގެ ޔަޤީންކަން އެތަން ވިއްކި ފަރާތުން ޢަބްދުﷲ ޝަމީރު
ދީފައިވާ އެބިމާއި އިމާރާތް ގަތް ދ.މީދޫހަނދުވަރީވިލާ، އަޙްމަދު މުޖާޙްއަށް ދީފައިވާ ކަމާއި،
އަދި އެޔަޤީންކަން އިތުރަށް ކަށަވަރުކޮށް ދެމުން އެގޯތި އަޙްމަދު މުޖާއަށް ވިއްކުމަށްޓަކައި
ޢަބްދުﷲ ޝަމީރު، 15 އޭޕްރީލް 2015 ގައި ސިވިލް ކޯޓަށް ހުށަހެޅި، ބިމާއި ޢިމާރާތް ވިއްކުމުގެ ފޯމުގެ 9
ވަނަ ނަންބަރުގައި ބިމާއި ޢިމާރާތް "އެހެން ފަރާތަކަށް ކުއްޔަށް ދޫކޮށްފައިވާނަމަ،" އެކަން ބަޔާންކުރުމަށް
އޮންނަ ބައިގައި "ނޫނެކެވެ." މިގޮތަށް އޮތް ގޮޅީގައި "ރަނގަޅު" ފާހަގަ ޖަހާފައިވުމުންނާއި، ގ.އޯކްލޭންޑް ކިޔާ
އިމާރާތް ވިއްކުމަށްޓަކައި ހިންގުނު ސިވިލް ކޯޓުގެ ނަންބަރު 2015/Cv
-
C/622 ޤަޟިއްޔާގައި
ޝަރީޢަތަށް ހާޒިރުކުރެވުނު ހެކިންގެ ތެރެއިން ޒުބައިދާމަންޒިލް، ޙުސައިން ސަލީމްގެ ހެކިބަހުގައި،
ގ.އޯކްލޭންޑް ވިއްކާލެވުނު އިރު، ހަވީރު މީޑިއާ ގްރޫޕް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށްދީފައިވާކަން
2 22 22
o occo
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
8
2{17/HC-A/45
ޤަޟިއްޔާ ނިމުނު
r 3
މުޖާއަށް އެންގިންތޯ؟ ޝަރީޢަތުން ކުރި ސުވާލުގެ ޖަވާބުގައި، އެއްވެސް ފަރާތަކަށް ކުއްޔަށްދީފައި ނުވާނެކަމަށް
ޢަބްދުﷲ ޝަމީރު ބުނެފައިވާ ކަމަށް ޙުސައިން ސަލީމް ބުނެފައިވުމުން ގ.އޯކް ލޭންޑް އެވެ ކިޔާ 537.8
އަކަފޫޓުގެ ބިމާއި އެބިމުގައިވާ އެންމެހައި ޢިމާރާތްތަކާއި ނުއުފުލޭ މުދާ ވިއްކުމަށް ސިވިލް ކޯޓަށް ހުށަހެޅި
މައްސަލަ ބައްލަވައި، ނިންމަވާފައިވަނީ، އެތަން ގަންނަ ފަރާތުން ތިންވަނަ ފަރާތަކަށް އެބިމާއި ޢިމާރާތާގު
ގޮތުން އުފުލަންޖެހޭ ޒިންމާއެއް އަދި ޙައްގެއް ނެތްކަމުގައި ބަލައިގެން ކަމާއި،
އެހެންކަމުން ހަވީރު މީޑިއާ ގްރޫޕް ޕްރައިވެޓް ލިމިޓެޑަށް އިސްވެ ބުނެވުނު ބިމާއި ޢިމާރާތް
ކުއްޔަށްދިނުމަށް ގ.ޒާމިއާވިލާ، ޢަބްދުﷲ ޝަމީރުއާ އެކުންފުންޏާ ދެމެދު އެއްބަސްވުމެއް ވެވިފައިވީ ނަމަވެސް،
އެ އެއްބަސްވުމުގެ މުއްދަތު ގުނަން ފެށުމުގެ ކުރިން އެތަނުގެ މިލްކްވެރިކަން އަޙްމަދު މުޖާޙަށް
ބަދަލުވެފައިވާތީއާއި އެއެއްބަސްވުމުގެ 5 (ފަހެއް) އަހަރު ދުވަހުގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ހަވީރު
މީޑިއާ ގްރޫޕް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދައްކާފައިވަނީ ޢަބްދުﷲ ޝަމީރަށް ކަމުގައިވާތީއާއި އެތަން
ވިއްކާލިއިރު އެތަން ކުއްޔަށް ދިނުމުގެ ގޮތުން ވެފައިވާ އެއްބަސްވުމަކަށް އެތަން ގަންނަ ފަރާތުން ސާބިޢުވެ،
އިޙްތިރާމްކުރުމަށް އަޙްމަދު މުޖާޙް އެއްބަސްވެފައިނުވާތީ، ޢަބްދުﷲ ޝަމީރު އާއި ހަވީރު މީޑިއާ ގްރޫޕް
ޕްރައިވެޓް ލިމިޓެޑާ ދެމެދު 14 އޯގަސްޓް 2014 ގައި ވެފައިވާ އެއެއްބަސްވުމާ އެއްގޮތަށް ގ.އޯކްލޭންޑް
ގޯއްޗާއި ޢިމާރާތް ގަތް ދ.މީދޫ!ހަނދުވަރީވިލާ، އަޙްމަދު މުޖާޙް ޢަމަލުކުރުމަށް އޭނާގެ ނުރުހުމުގައި
ލާޒިމްކުރެވޭނެ ސަބަބެއް ފެންނަން ނެތްކަމެވެ.
ooo
Ooec
(ނ) ތިންވަނަ ކަމަކީ: ގ.އޯކް ލޭންޑް ކިޔާ 537.8 އަކަފޫޓުގެ އަމިއްލަ ބިމާއި އެބިމުގައިވާ
އެންމެހައި ޢިމާރާތްތަކާއި ނުއުފުލޭ މުދާ ދ.މީދޫ!ހަނދުވަރީވިލާ، އަޙްމަދު މުޖާޙްއަށް ޢަބްދުﷲ ޝަމީރު
ގ.އޯކް ލޭންޑް ކިޔާ 537.8 އަކަފޫޓުގެ އަމިއްލަ ބިން (ކުރިން ގ.ޒާމިއާވިލާ އެވެ ކިޔާ) އާއި
އެބިމުގައި ހުރި ޢިމާރާތަކީ، ގ.ޒާމިއާވިލާ ޢަބްދުﷲ ޝަމީރުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ތަނެއްކަން
އެއްވެސް އޮޅުމެއްނެތި ސާފުކޮށް އެނގެން އޮތުމުން އެތަން އަޙްމަދު މުޖާޒްއަށް ވިއްކުމުގެ މުޢާމަލާތެ
ވިއްކިއިރު، ގ.އޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
9
2{17/HC-A/45
ޤަޟިއްޔާ ނިމުނު
مری میں قمر
Ooec
ހިންގުމަށް އެއްވެސް ހުރަހެއް ނެތްކަމާއި އަދި އެތަނުގެ މިލްކްވެރިކަން އަޙްމަދު މުޖާޒްގެ ނަމަށް ބަދަލު
ކުރެވިފައިވަނީ ޞައްޙަ މަގުންކަން އެނގޭކަމާއި، އެއާ ޚިލާފަށް، ގ.އޯކް ލޭންޑް ކިޔާ 537.8 އަކަފޫޓުގެ
އަމިއްލަ ބިން (ކުރިން ގ.ޒާމިއާވިލާ އެވެ ކިޔާ) ގައި ހުރި ޢިމާރާތް ހަވީރު މީޑިއާ ގްރޫޕް ޕްރައިވެޓް
ލިމިޓެޑާއި ގ.ޒާމިއާވިލާ، ޢަބްދުﷲ ޝަމީރުއާ ދެމެދު ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން 01 ނޮވެމްބަރު
2015 ގައި މުއްދަތު ގުނަން ފަށާ ގޮތަށް 05 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދީފައިވާއިރު،
އެމުއްދަތު ޖެހުނުއިރު، އެތަނުގެ މިލްކްވެރިކަން އަޙްމަދު މުޖާޙްގެ ނަމަށް ބަދަލުކުރެވިފައިވާތީ، އިސްވެ
ބުނެވުނު އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމަށް އަޙްމަދު މުޖާއްގެ މައްޗަށް ލާޒިމްކުރެވޭނެ ސަބަބެއް ހަވީރު
މީޑިއާ ގްރޫޕް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދެއްކިފައިނުވާކަން އެނގެން
c470
އޮންނަކަމެވެ.
24
2 0
x
(ރ) ހަތަރުވަނަ ކަމަކީ: ޢާންމު އުސޫލެއްގެ ގޮތުން ދެފަރާތެއްގެ ދެމެދު ވެވޭ އެއްބަސްވުމަކަށް
ޢަމަލުކުރަށް ޖެހޭނީ އެއެއްބަސްވުމުގެ ބައިވެރިންގެ މައްޗަށް ކަމާއި، އެއެއްބަސްވުމުގައި ބައިވެރިއެއް
ކަމުގައިނުވާ ފަރާތެއްގެ މައްޗަށް ޢާންމު އުޞޫލެއްގެ ގޮތުން އެއްބަސްވުމުގެ ދަށުން ކަންކަން ލާޒިމްނުކުރެވޭނެ
ކަމާއި، މިއީ ކޮމަންލޯގައި ބޭނުންކުރާ "ޕްރިވިޓީ އޮފް ކޮންޓްރެކްޓް" (Privity of Contract) ގެ މަބްދަޢު
ކަމާއި، މިމަބްދަޢުއަކީ ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުން ވެސް ބަލައިގަނެފައިވާ މައްދައެއް ކަމާއި "ޕްރިވިޓީ
އޮފް ކޮންޓްރެކްޓް" މިމަބްދަޢުން އިސްތިސްކާ
.ތިސްނާކުރެވޭ ޚާއްޞަ ޙާލަތްތަކެއްވާ ކަމާއި، އެގޮތުން:-
އެޖެންޓަކު އޭނާގެ ޢައްޔަންކުރި ފަރާތް ތަމްސީލުކޮށް އޭނާއަށް ދީފައިވާ ބާރުގެ ތެރެއިން ވެވޭ
އެއްބަސްވުމަށް އެއެޖެންޓް ތަމްސީލުކުރި ފަރާތް (ޕްރިންސިޕަލް) ޒިންމާވާން ޖެހޭ ޙާލަތާއި، ކޮލެޓްރަލް
ބަސްވުމެއްގެ ދަށުން ތިންވަނަ ފަރާތަކަށް ޒިންމާވާން ޖެހޭ ޙާލަތާއި، އިކުއިޓީގެ މަބްދަޢުގެ ދަށުން މުދަލެއް
އަމާނާތެއްގެ ގޮތުގައި ބެލެހެއްޓުމަށް ޙަވާލުވެފައިވާ ފަރާތަކުން ތިންވަނަ ފަރާތަކަށް ޒިންމާވާންޖެހޭ ޙާލަތާއި،
މިބަސްވުމެއްގައި ހިމެނޭ ޝަރުތެއްގެ ސަބަބުން ތިންވަނަ ފަރާތަކަށް ޒިންމާވާންޖެހޭ ޙާލަތާއި
4 22
82ތ
އެއްބަށ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
10 ޤަޟިއްޔާ ނިމުނު
کمیک فیشر
2017/HC-A/45
ދަށުން ތިންވަނަ ފަރާތަކަށް ޒިންމާވާންޖެހޭ ޙާލަތާއި، ކޮންޓްރެކްޓެއްގެ ދަށުން ގެއްލުމުގެ ބަދަލު ތިންވަނަ
ފަރާތަކަށް އަދާކުރަންޖެހޭ ޙާލަތްތައްކަން އެނގޭއިރު،
މި މައްސަލައިގައި ހިމެނޭ ހަވީރު މީޑިއާ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި ޢަބްދުﷲ ޝަމީރުއާ
ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ޢަބްދުﷲ ޝަމީރުގެ މިލްކުގައި ކުރިން ހިމެނުނު ގ.އޯކްލޭންޑް އެވެ
ކިޔާ ގޯތި ކުއްޔަށް ދީފައިވާ ކަމާއި އަދި އެތަން އަޙްމަދު މުޖާޙް ގަތްކަމުގައި ނަމަވެސް، ޢަބްދު
ޝަމީރުއާ ހަވީރު މީޑިއާ ގްރޫޕް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމާއެއް ގޮތަށް ޢަމަލުކުރުން
އަޙްމަދު މުޖާއްގެ މައްޗަށް ލާޒިމްކޮށްފައިވާ ފަދަ ޝަރުތެއް އަދި މާއްދާއެއް އެބިމާއި ޢިމާރާތް ވިއްކުމަށް
އަޙްމަދު މުޖާޙްއާއި ޢަބްދުﷲ ޝަމީރުއާ ދެމެދު ކުރެވިފައިވާ ވިޔަފާރީގެ މުޢާމަލާތުގެ ތެރޭގައި ހިމެނިފައިވާކަން
ސާބިތުނުވާކަމާއި އަދި އެއްބަސްވުމުގައި ނުހިމެނޭ ތިންވަނަ ފަރާތަކަށް އެއެއްބަސްވުމުގެ ބައިވެރިއަކު
ޒިންމާވާންޖެހޭ އިސްވެ ބަޔާންކޮށްފައިވާ ފަދަ އިސްތިސްނާ ޙާލަތެއް މި މައްސަލައިގައި ފެންނަން ނެތުމާއެކު،
އިސްވެ ބުނެވިދިޔަ ގޮތުގެމަތިން ޢަބްދުﷲ ޝަމީރު އާއި ހަވީރު މީޑިއާ ގްރޫޕް ޕްރައިވެޓް ލިމިޓެޑާ ދެމެދުގައި
ގ.އޯކްލޭންޑް ކުއްޔަށްދިނުމަށް ކުރިން ވެފައިވާ އެއްބަސްވުމަށް ޢަމަލުކުރުމަށް އެތަން ގަތް، އަޙްމަދު މުޖާއްގެ
ލާޒިމްކުރެވޭނެ ސަބަބެއް ނެތްކަމަށް މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އެއްބަސްވެވިފައި ވެއެވެ.
ހއކތ
މައްސަނ
4 20 02
<< O
24 2
އެހެންކަމުން، މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ، ސިވިލް
ކޯޓުގެ ނަންބަރު 2016/Cv
-
C/659 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ
ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ.
އެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2017/HC-A/45
11 ޤަޟިއްޔާ ނިމުނު
ކޮމީޑީ ޚުލާޞާ
ޙުކުމް:
ދެންފަހެ އިސްވެ ބަޔާން ކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ސިވިލް ކޯޓުގެ
ނަންބަރު 2016/Cv
-
C/659 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ
ޚިލާފަށް ކަމަށް ބަލާނެ ސަބަބެއް ނެތްކަމަށް މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ
އިއްތިފާޤުން ކަނޑައަޅައި އެގޮތުގެމަތިން ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv