ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/214 ޤަޟިއްޔާގެ ޙުކުމް
*
1
2016/HC-A/214
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
29
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 214/HC-A/2016
• އިސްތިއުނާފު ކުރި ފަރާތް:
* ނަން: ޙުސައިން ޝިޔާޒް
އައި.ޑީ.ކާޑު ނަންބަރު: A075202
ދާއިމީ އެޑްރެސް: ހ.ފޭދޫގެ/ މާލެ
މިހާރުގެ އެޑްރެސް: ހ.ފޭދޫގެ/ މާލެ
• އިސްތިއުނާފު ރައްދުވި ފަރާތް
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* އައި.ޑީ.ކާޑު ނަންބަރު: -
ދާއިމީ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* މިހާރުގެ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 05 ޝަޢުބާން 1438
12 މެއި 2016
= ނިމުނު ތާރީޚް: 18 މުޙައްރަމް 1439
08 އޮކްޓޯބަރު 2017
ދިވެހިރާއްޖޭގެ
އިސްތިއުނާފު ކުރެވުނު ޤާޟިއްޔާ ނަންބަރު: 2014/Cr
-
C/813
• ނިންމިކޯޓު: ކްރިމިނަލް ކޯޓޯ
• ޤަޟިއްޔާގެ ބާވަތް: ކެނަބިސް ޓްރެފިކްކުރުން
• ހުށަހެޅުނު ތާރީޚް: 17 ނޮވެމްބަރ 2014 ، ނިމުނު ތާރީޚް: 25 ފެބްރުއަރީ 2016
ﷲ0
2
0
320
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
(ރިޔާސަތު)
ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
2
2016/HC-A/214
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2014/Cr
-
C/813 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށް ބުނެ، އެ ޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި، ފޭދޫގެ
ޙުސައިން ޝިޔާޒްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މި ޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (ދިވެހި
ދައުލަތް) އެވެ.
• ފާހަގަކުރެވުނު ނުކުތާތައް:
1. ކްރިމިނަލް ކޯޓުގެ ނަންބަރު 2014/Cr-C/813 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ އެއްގޮތަށް
ނޫންކަމަށްބުނެ، އެ ޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި،
ފޭދޫގެ ޙުސައިން
ދަ
<< O
ޝިޔާޒުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2 2x 2 3
مسی مس کرم کی
2. ކްރިމިނަލް ކޯޓުގެ ނަންބަރު 2014/Cr
-
C/813 ޤަޟިއްޔާގެ ޝަރީޢަތް ރިޕޯޓަށް
ބެލިއިރު އެ ޤަޟިއްޔާގައި ހުށަހެޅިފައިވާ މައްސަލައަކީ، 17 ޖުލައި 2014 ދުވަހު 18:22 އެހާކަންހާއިރު،
ށ. ފޭދޫގެ ޙުސައިން ޝިޔާޒް އިންޑިޔާގެ ރައްޔިތަކާ ގުޅިގެން، ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް
އެތަކެތީގެ ވިޔަފާރިކުރާކަމަށް ޕޮލިސް އިންޓަލިޖެންސްއަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، ކޯޓު އަމުރެއްގެ
ދަށުން މީނާ ދިރިއުޅޭ ގ. ފޭދޫގެ 6 ވަނަ ފަންގިފިލާ ބަލައި ފާސްކުރިއިރު، 6 ވަނަ ފަންގިފިލާގައި މީނާ
ދިރިއުޅޭ އެޕާރޓްމަންޓުގެ ބަދިގެއާއި ދިމާލުން ބޭރު ބެލްކަނީގައި ހަރުކޮށްފައި ހުރި އެއަރ ކޮ
އެހިރާއްޖޭގެ
ހިޝާޑް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
3
2016/HC-A/214
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ފާރާ ދޭތެރޭގައި އޮތް ރަތްކުލައިގެ ކޮތަޅެއްގެ ތެރެއިން ފެނުނު ރަބަރު ގަނޑެއްގައި 67.8633 ގްރާމް
ކެނަބިސް ހުރިކަމަށާއި، ހަމަ އެ އެޕާރޓްމަންޓްގެ ތެރެއިން ނުކުމެވޭ ގޮތަށް އިން ޓެރަސްގައި ހުރި ކުޑަ
ގުދަނެއްގައި ހުރި ބާސްކެޓެއްގެ ތެރެއިން ފެނުނު 2 (ދޭއް) ރިޒްލާ ބޮނޑީގައި ކިރޭ މިންވަރަށްވުރެ ލުއި
މިންވަރަކަށް ކެނަބިސް ހުރިކަމަށާއި، ހަމަ އެތަނުން ފެނުނު 2 (ދޭއް) ކަޓަރު ތިލައިގައި ކިރޭ މިންވަރަށްވުރެ
ލުއި މިންވަރަކަށް ކެނަބިސް ހުރިކަމަށާއި، ހަމަ އެތަނުން ފެނުނު ބިޑިއެއްގައި 0.2465 ގްރާމް ކެނަބިސް
ހުރިމަށާއި، ހަމަ އެތަނުން ފެނުނު ފިލާގަނޑެއްގައި ކިރޭ މިންވަރަށްވުރެ ލުއި މިންވަރަކަށް ކެނަބިސް
ހުރިކަމަށް އެތަކެތީގެ ތަޙްލީލް ރިޕޯޓުން ދައްކާތީ، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާ
ޤާނޫނު)ގެ 106 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެމާއްދާގެ (ނ)ގެ ދަށުން ޙުސައިން ޝިޔާޒުގެ މައްޗަށް
ކެނަބިސް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ ކުރުމުން ބަލާފައިވާ މައްސަލައެކެވެ.
شروط پر سر
2 22 22
3. މިޤަޟިއްޔާއާ ގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރު 2014/Cr
-
C/813 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ދެންފަހެ، މާލެ! ހ.ފޭދޫގެ
ޙުސައިން ޝިޔާޒްގެ މައްޗަށް ދައުލަތުން ކުޅަ ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ މިދަޢުވާ ޝަރީޢަތުން
ބެލިބެލުމުން، ޙުސައިން ޝިޔާޒް، 17 ޖުލައި 2014 ދުވަހު، 18:22 އެހާކަށްހާއިރު، އިންޑިއާގެ ރައްޔިތަކާ
ގުޅިގެން، ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ޕޮލިސް އިންޓަލިޖެންސްއަށް
ލިބުނު މަޢުލޫމާތަކާއި ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން މީނާ ދިރިއުޅޭ ހ.ފޭދޫގެ 6 ވަނަ ފަންގިފިލާ ފުލުހުން
ބަލައި ފާސްކުރިއިރު، 6 ވަނަ ފަންގިފިލާގައި މީނާ ދިރިއުޅޭ އެޕާރޓްމަންޓުގެ ބަދިގެއާއި ދިމާލުން ބޭރު
ބެލްކަނީގައި ހަރުކޮށްފައި ހުރި އެއަރ ކޮންޑިޝަންއާއި ފާރާ ދޭތެރޭގައި އޮތް ރަތްކުލައިގެ ކޮތަޅެއްގެ ތެރެއިން
ފެނުނު ރަބަރު ގަނޑަކާއި، ހަމަ އެ އެޕާރޓްމަންޓްގެ ތެރެއިން ނުކުމެވޭ ގޮތަށް އިން ޓެރަސްގައި ހުރި ކުޑަ
ގުދަނެއްގައި ހުރި ބާސްކެޓެއްގެ ތެރެއިން ފެނުނު 2 ރިޒްލާ ބޮނޑިއާއި، ހަމަ އެތަނުން ފެނުނު 2 ކަޓަރު
ތިލައާއި، ހަމަ އެތަނުން ފެނުނު ބިޑިއަކާއި، ހަމަ އެތަނުން ފެނުނު ފިލާގަނޑެއްގައި މަސްތުވާތަކެތި ހުރިކަން ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
4
2{16/HC-A/214
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
04
ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން އެނގެން އޮންނާތީއާއި، މިފެނުނު މަސްތުވާތަކެތީގައި، 68.1098
ގްރާމް ކެނަބިސް ހުރިކަމަށް އެތަކެތީގެ ތަޙްލީލު ރިޕޯޓުން ދައްކާތީއާއި، ހ.ފޭދޫގެ 6 ވަނަ ފްލޯގައި ޙުސައިން
ޝިޔާޒް ދިރިއުޅޭ ކޮޓަރިއާ ގުޅިގެން ހުރި ގުދަނުގެ ތެރެއިން ފެނުނު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ
އެއްޗެއް ހޭކިފައި ހުރި ފިލާގަނޑުން ނެގުނު ފިންގަރ ޕްރިންޓާއި، ޙުސައިން ޝިޔާޒްގެ ފިންގަރ ޕްރިންޓާ
ދިމާވާކަން، ފިންގަރ ޕްރިންޓް ކޮންޕެރިސަން ރިޕޯޓުން އެނގެން އޮންނާތީ، ހެކިންގެ ހެކިބަހުންނާއި ގުޅިފައިވާ
ޤަރީނާތަކުގެ މައްޗަށް ރިޢާޔަތްކޮށް، ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުން، މާލެ/ ހ.ފޭދޫގެ ޙުސައިން ޝިޔާޒް
ކުށްވެ. މަށް ކަނޑައަޅައި، މިއީ މިބާވަތުގެ ކުށެއް މީނާގެ މައްޗަށް ޝަރީޢަތަށް ސާބިތުވި ފުރަތަމަ
ފަހަރު ކަމަށްވާތީ، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު)ގެ
106 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެމާއްދާގެ (ނ) ގެ ދަށުން މާލެ/ ހ.ފޭދޫގެ ޙުސައިން ޝިޔާޒް ޢުމުރަށް
ޖަލަށްލުމާއެކު -/100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކުރުމަށް ޙުކުމްކޮށް، މިފައިސާ މިއަދުން ފެށިގެން
01 (އެކެއް) މަސްދުވަހުގެ ތެރޭގައި މިކޯޓަށް (ކްރިމިނަލް ކޯޓަށް) ދެއްކުމަށް ޙުސައިން ޝިޔާޒް އަށް
އަންގައި، މިގޮތުގެ މަތިން ޙުކުމްކޮށް، ޤިޤާ ޟިއްޔާ ނިންމީއެވެ".
22
4 އ ދވ
ދުވެރިވެއްޖެކަމަށް
4. ކްރިމިނަލް ކޯޓުގެ ނަންބަރު 2014/Cr
-
C/813 ޤަޟިއްޔާ އެ ކޯޓުން ނިންމަވާފައިވަނީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ށ. ފޭދޫގެ ޙުސައިން ޝިޔާޒްގެ ފަރާތުން އެ
ޤަޟިއްޔާ އިސްތިއުނާފު ކުރަމުން 5 (ފަހެއް) ނުކުތާއެއް ފާހަގަކޮށް، އެ ނުކުތާތަކާމެދު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ. މިގޮތުން ޙުސައިން ޝިޔާޒްގެ ފަރާތުން ހުށަހެޅިގެ
• ފުރަތަމަ ނުކުތާއަކީ، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާއި އަދި
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 01/SC
-
A/2012 ޤަޟިއްޔާގެ 3 އަދި 4 ވަނަ ނުކުތާގައި
ކަނޑައަޅުއްވާފައިވާ އުޞޫލާއި ޚިލާފަށް މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
5
2016/HC-A/214
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ދެވަނަ ނުކުތާއަކީ، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 24 ވަނަ މާއްދާއާއި އަދި 47 ވަނަ
މާއްދާގެ (ހ) އާއި (ށ) އަށް ރިޢާޔަތްކޮށްފައިނެތުމާއި، އަދި ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ
މާއްދާއާއި ޚިލާފަށް ހެކި ހޯދާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
• ތިންވަނަ ނުކުތާއަކީ، މަސްތުވާތަކެތި ހުރިކަމަށް ބުނާ ހ.ފޭދޫގެ 6 ވަނަ ފަންގިފިލާގެ ބަދިގެއާއި
ދިމާލުން ބޭރުން ބެލްކަނީގައި ހަރުކޮށްފައި ހުރި އެއަރ ކޮންޑިޝަނާއި ފާރާއި ދޭތެރެއިން ނެގުނުކަމަށްބުނާ
ރަތްކުލައިގެ ކޮތަޅާއި، އެ ކޮތަޅުގެ ތެރެއިން ފެނުނު ކަމަށް ބުނާ ރަބަރު ގަނޑުގެ ފިންގަރ ޕްރިންޓް
ކޮމްޕޭރިޝަން ހެދިފައި ނެތުމާއި، ހ.ފޭދޫގެ ޓެރަސްގައި ހުރި ގުދަނެއްގައި ހުރި ފިލާގަނޑަކުން ޙުސައިން
ޝިޔާޒުގެ ފިންގަރޕްރިންޓް ފެނުމަކީ ފެނުނު މަސްތުވާތަކެއްޗާއި ޙުސައިން ޝިޔާޒްއާއި ގުޅުވައިދޭނެ ހަރުދަނާ
ޤަރީނާއެއް ކަމަށް ނުދެކޭކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
« OX
ބެލެވޭން
8474އ
• ހަތަރުވަނަ ނުކުތާއަކީ، މީހެއްގެ އަތުގައި މަސްތުވާތަކެތި ހުރުންކަމަށް
ބަޔާންކޮށްދީ ކަނޑައަޅާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 109;HC
-
A;2014 ޤަޟިއްޔާގައި
ބަޔާންކޮށްފައިވާ އުޞޫލަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
• ފަސްވަނަ ނުކުތާއަކީ، ހ.ފޭދޫގެ 6 ވަނަ ފަންގިފިލާގެ ބޭރުން ބެލްކަންޏެއްގައި ހަރުކޮށްފައި ހުރި
އެއަރކޮންޑިޝަނެއްގެ އައުޓްޑޯރ ޔުނިޓާއި ފާރާއި ދޭތެރެއިން ފެނުނު މަސްތުވާތަކެއްޗާއި އެ ޢިމާރާތުގެ
ޓެރަހުގައި ހުރި ގުދަނެއްގެ ތެރެއިން ފެނުނު މަސްތުވާތަކެއްޗާއި އަދި މަސްތުވާތަކެތި ހޭކިފައިހުރިކަމަށް
ފުލުހުން ބުނާ އެންމެހާ ތަކެއްޗެއް ހުރި ތަންތަނަކީ ޙުސައިން ޝިޔާޒް އަށް ޚާއްޞަކުރެވިފައިވާ ތަނަކުން
ނުވަތަ ހަމައެކަނި ޙުސައިން ޝިޔާޒް ބޭނުންކުރާ އެއްޗެއްގެ ތެރެއިން ފެނުނު ނުވަތަ އެތަކެއްޗަކީ ޙުސައިން
ޝިޔާޒް ގެންގުޅޭ ނުވަތަ އެތަކެތީގެ މައްޗަށް ޙުސައިން ޝިޔާޒްގެ ކޮންޓްރޯލެއް ނުވަތަ ބާރުވެރި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
6
2{16/HC-A/214
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ތަކެތިކަން ނުވަތަ އެތަކެއްޗަކީ ޙުސައިން ޝިޔާޒްގެ ތަކެތިކަން ނުވަތަ ޙުސައިން ޝިޔާޒްގެ ހިޔާޒަތުގެ
ދަށުގައިވާ ތަކެތިކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ސާބިތުކުރެވޭ ވަރަށް ހެކި ލިބިފައިނުވާކަމަށް ބުނެ
ހުށަހެޅި ނުކުތާއެވެ.
5. މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ
ލިޔުންތަކަށާއި، ކްރިމިނަލް ކޯޓުގެ ނަންބަރު 2014/Cr
-
C/813 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، ށ. ފޭދޫގެ ޙުސައިން ޝިޔާޒްގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ
މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ ކްރިމިނަލް ކޯޓުގެ ނަންބަރު 2014/Cr
-
C/813
ޤަޟިއްޔާގައި ފޭދޫގެ ޙުސައިން ޝިޔާޒުގެ މައްޗަށް ދައުލަތުން ކުޅަ ކެނަބިސް ޓްރެފިކް ކުރުމުގެ
ދަޢުވާއަށް ޙުސައިން ޝިޔާޒް އިންކާރުކޮށްފައިވާކަމާއި،
އެދަޢުވާއަށް ޙުސައިން ޝިޔާޒް އިންކާރުކުރުމުން ދަޢުވާ ސާބިތުކުރުމަށް ދައުލަތުން ހެކިންގެ
ގޮތުގައި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޯޕްރަލް ޙަސަން ސިރާޖާ އާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ލާންސް ކޯޕްރަލް އައްސަދު މޫސާއާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޯޕްރަލް މުޙައްމަދު ޙުސައިންއާއި،
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސްޓޭޝަން އިންސްޕެކްޓަރ އަޙްމަދު ބިލާލުއާއި މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ސަރޖަންޓް ޝިޔާނާ ޙަބީބް ހުށަހަޅާފައިވާކަމާއި،
މިހެކިބަސްތަކަށް ޖުމްލަ ގޮތެއްގައި ބަލާއިރު، މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް އެތަކެތީގެ
ވިޔަފާރިކުރާކަމަށް ޕޮލިސް އިންޓަލިޖެންސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން 17 ޖުލައި 2014 ގަޔާ ދުވަހު
ކޯޓު އަމުރެއްގެ ދަށުން ހ. ފޭދޫގެ 6 ވަނަ ފަންގިފިލާ ބަލައި ފާސްކުރިއިރު އެގޭގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 6471
331
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެއެސްއެ
2 ބ 2
އައިއ
އ ހ 404
"/
ހަރުކޮށްފައި އިން އެއަރ ކޯނާއި ފާރާދޭތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި
ރަބަރުގަނޑެއް ފެނިފައިވާކަމަށާއި، އަދި އެގޭގެ ޓެރަސްގައި އިން ގުދަނަކުން މަސްތުވާތަކެތި ކަމަށް
އުނގުޅިފައިހުރި ދެރިޒްލާ ބޮނޑިއާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ
ހޭކިފައިއޮތް 02 ކަޓަރުތިލައާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހޭކިފައިއޮތް ފިލާގަނޑެއްގެ
އިތުރުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހޭކިފައިއޮތް ބަޑިއެއްވެސް ފެނިފައިވާކަމަށާއި،
މިހުރިހާތަނެއް ބަލާ ފާސްކުރީ ޙުސައިން ޝިޔާޒްގެ ހާޒިރުގައި ކަމަށާއި، އެތަކެތި ނަގައި ޙުސައިން ޝިޔާޒަށް
ދައްކާފައިވާނެކަމަށާއި، އެތަކެއްޗަކީ އުސާއިން ޝިޔާޒްގެ ތަކެތި ނޫންކަމަށް ބުނެ ޙުސައިން ޝިޔާޒް
އިންކާރުކޮށްފައިވާކަމަށް ކޯޕްރަލް ޙަސަން ސިރާޖުއާއި، ކޯޕްރަލް މުޙައްމަދު ޙުސައިންއާއި ލާންސް
ކޯޕްރަލް އައްސަދު މޫސާގެ ހެކިބަހުގައި ބަޔާންކޮށްފައިވާކަން ފާހަގަކުރެވޭކަމާއި،
ށ. ފޭދޫގޭ 6 ވަނަ ފަންގިފިލާއިން މިފެނުނު ތަކެތީގެ ތެރެއިން، އެގޭގައި އިން ބެލްކަންޏެއްގައި
ހަރުކޮށްފައި އިން އެއަރ ކޯނާ ފާރާދޭތެރޭގައި އޮތް ރަބަރުގަނޑުގައި 67.8633 ގްރާމް ކެނަބިސް އަދި
އެއެޕާރޓްމަންޓުގައި އިން ޓެރަސްގައި އިން ގުދަނުން ފެނުނު ބިޑީގައި 0.2465 ގުރާމު ކެނަބިސް
ހުރިކަމަށާއި، އަދި އެތަނުން ފެނުނު 02 ކަޓަރުތިލައާއި ފިލާގަނޑުގައި ކިރޭ މިންވަރަށްވުރެ ލުއި މިންވަރަކަށް
ކެނަބިސް ހުރިކަމަށް އެތަކެތީގެ ތަޙުލީލު ރިޕޯޓުން ދައްކާކަން އެނގެންއޮންނައިރު، އެތަޙުލީލު ރިޕޯޓަކީ ޞައްޙަ
ރިޕޯޓެއްކަމަށް އެރިޕޯޓު ތައްޔާރުކުރި ސްޓޭޝަން އިންސްޕެކްޓަރ އަޙްމަދު ބިލާލު ކްރިމިނަލް ކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސްދީފައިވާކަމާއި،
އަދި މިފެނުނު މަސްތުވާތަކެތީގެ ތެރެއިން މަސްތުވާތަކެތި ހޭކިފައި ހުރިކަމަށް ބުން ފިލާގަނޑުން
ނެގުނު ފިންގަރޕްރިންޓް ޙުސައިން ޝިޔާޒުގެ ފިންގަރޕްރިންޓް ދިމާވާކަމަށް މިމައްސަލާގައި ހުށަހެޅިފައިވާ
ފިންގަރޕްރިންޓް ކޮންޕެރިސަން ރިޕޯޓުގައި ބަޔާންކޮށްފައިވާއިރު، މިރިޕޯޓަކީ ޞައްޙާ ރިޕޯޓެއްކަމަށް ބުނެ
އެރިޕޯޓު ތައްޔާރުކުރި ސަރޖަންޓް ޝިޔާނާ ޙަބީބް ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ
ހެކިބަސްދީފައިވާކަން ފާހަގަކުރެވޭކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
8
2016/HC-A/214
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދައުލަތުން ޙުސައިން ޝިޔާޒްގެ މައްޗަށް ކުރި ކެނަބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާ
ޝަރީޢަތަށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅުއްވާފައިވަނީ އިސްވެބަޔާންކުރެވުނު ހެކިންގެ
ހެކިބަހަށާއި ޤަރީނާއަށް ބައްލަވައިކަން އެޤާ ޝިއްޔާގެ ޝަރީޢަތްނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން
2 20
އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 01/SC-A/2012 ޤަޟިއްޔާގެ
ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނުކުތާގައި، ޖިނާއީ މައްސަލަތައް ސާބިތުކުރުމަށްޓަކައި ހުށަހެޅޭ ހެކިތަކާއި
ދަލީލުތައް މައްސަލަ ބަލާ ފަނޑިޔާރު ތަޤްލީމް (evaluate) ކޮށް ވަޒަންކުރު
ކުރުމަށްފަހު، އެ ފަނޑިޔާރަށް
ޤަބޫލުކުރެވޭ ހެކިތަކާއި ދަލީލުތަކުން ނިކުންނަ ނަތީޖާތަކުގެ މައްޗަށް ބުރަވެ ހުރެ ޔަޤީނާ ގާތްކުރާ މިންވަރަށް
އިޤްތިޞާޢު (convince) ވެގެން މެނުވީ ކުށެއް ސާބިތުވާކަމަށް ޖިނާއީ މައްސަލައެއްގައި ޙުކުމްކޮށްގެން
ނުވާނެކަމީ ޤަރީނަތުލް ބަރާއާ (presumption of innocence) ގެ ޢާންމު ޤާނޫނީ މަބްދަޢުގެ އެންމެ
މުހިއްމު އެއް ޚާއްޞިއްޔަތުކަމަށް ބަޔާންކޮށްފައިވާކަމާއި،
މަސްތުވާތަކެތީގެ ވިޔަފާރި ކުރުމަށްޓަކައި އަތުގައި ބެހެއްޓިކަމަށް ބެލެވޭ މިންވަރަށް މަސްތުވާތަކެތި
ގެންގުޅުމުގެ ކުށުގެ އަދަބަކީ ޖިނާއީ ކުށްކުށަށް ދެވޭ އަދަބުތަކުގެ ތެރެއިން އެންމެ ހަރުކަށި އެއް އަދަބުކަމާއި،
އެހެންކަމުން މިފަދަ ޙައްސާސްކަން ބޮޑު މައްސަލަތަކުގައި އިޙްމާލުވުން ދުރުކުރުވުމުގެ ގޮތުން، ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުގެ ނަންބަރު 01/SC
-
A/2012 ޤަޟިއްޔާގައިވާ އުޞޫލު ތަޠުބީޤުކުރާނަމަ، މުއްތަހަމާއި ކުށާއި
ގުޅުވައިދޭ އިތުރު ހަރުދަނާ ދަލީލު ހުރެގެން މެނުވީ މުއްތަހަމުގެ މައްޗަށް ކުށް ސާބިތުވާކަމަށް ޔަޤީނާ ގާތްކުރާ
މިންވަރަށް އިޤްތިޞާޢު ނުވެވޭނެކަމާއި، އަދި އެފަދައިން ލިބިފައިވާ ދަލީލުތަކަކީ ހެކިންގެ ހެކިބަހަށް އިތުރަށް
ބުރަދަންދޭ ދަލީލުތަކަކަށް ވާންޖެހޭނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 10/HC
-
A/2015
ޤަޟިއްޔާގައި ބަޔާންކުރައްވާފައިވާކަމާއި،
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
9
2{16/HC-A/214
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ه2
20
2 ދ ތ
ބޭނުންވާނވނަ
އެގޮތުން، އިސްތިއުނާފުކުރެވިފައިމިވާ މައްސަލާގައި ށ. ފޭދޫގޭގެ 6 ވަނަ ފަންގިފިލާއާ ގުޅުންހުރި
ތަންތަނުން މަސްތުވާތަކެތި ފެނުނު ކަމަށް ސ. ފޭދޫގޭގެ 6 ވަނަ ފަންގިފިލާ ބަލާފާސްކުރަންދިޔަ ތިން ފުލުހުން
ބުނާއިރު، އެތަކެތި އެތަންތަނުން ފެނުނުކަމާމެދު ޙުސައިން ޝިޔާޒްގެ ފަރާތުންވެސް އިންކާރު ނުކުރާކަން
ފާހަގަކުރެވޭކަމާއި، ޙުސައިން ޝިޔާޒްގެ ފަރާތުން އިންކާރުކޮށްފައިވަނީ އެފެނުނު މަސްތުވާތަކެއްޗަކީ ޙުސައިން
ޝިޔާޒުގެ ތަކެތި ނޫންކަމަށާއި، އަދި މަސްތުވާތަކެތި ފެނުނު އެ އެޕަރޓްމަންޓަކީ ޙުސައިން ޝިޔާޒު އެކަނި
ދިރިއުޅެމުންދާ ތަނަކަށްނުވެފައި މަސްތުވާތަކެތި ފެނުން އެތަންތަނަކީ އެހެންމީހުންނަށްވެސް ފަސޭހައިން
އެކްސެސްވެވޭ ގޮތަށް ހުރި ތަންތަން ކަމަށްބުނެ ކަމަށްވާއިރު، ސީނަށް ދިޔަ ފުލުހުންގެ ހެކިބަހުގައި
ފޭދޫގޭގެ 6 ވަނަ ފަންގިފިލާއިން އެމަސްތުވާތަކެތި ފެނުންކަން ބަޔާންކުރުމުގެ އިތުރަށް އެތަކެއްޗާއި ޙުސައިން
ޝިޔާޒުއާ ގުޅުވާލެވޭނެ ފަދަ ކަމެއް އެހެކިބަހުގައި ފާހަގަކޮށްފައިނުވާކަމާއި، މިޙާލަތުގައި ހުސައިން ޝިޔާޒުއާއި
އެފެނުނު މަސްތުވާތަކެއްޗާ ގުޅުވާލުމަށް ހަރުދަނާ ޤަރީނާތަކެއް ބޭނުން ފާހަގަކުރެވޭކަމާއި،
ޙުސައިން ޝިޔާޒުގެ މައްޗަށް ދައުލަތުން ކުރި ކެނަބިސް ޓްރެފިކްކުރުމުގެ ކުށުގެ މިދަޢުވާ
މައިގަނޑު ގޮތެއްގައި ބިނާކޮށްފައިވަނީ ހ. ފޭދޫގޭގެ 6 ވަނަ ފަންގިފިލާގައި ހުރި ބެލްކަންޏެއްގައި ހަރުކޮށްފައި
އިން އެއަރކޯނާ ފާރާދޭތެރޭގައި އޮތް ރަބަރުގަނޑުގައި 67.8633 ގްރާމް ކެނަބިސް ހުރުމުން އެތަކެތީގެ
މައްޗަށް ކަމަށްވާއިރު، އެތަކެއްޗާމެދު ޙުސައިން ޝިޔާޒް އިންކާރުކޮށްފައިވާއިރު، އެތަކެއްޗަކީ ޙަޤީޤަތުގައިވެސް
ޙުސައިން ޝިޔާޒުގެ ތަކެތިކަން ކަށަވަރުކުރުމުގެ ގޮތުން ނެގުނު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު
2014
/
0079/Kd
/
FCR (17 ސެޕްޓެމްބަރ 2014) "ފިންގަރޕްރިންޓް ކޮމްޕްރިސަން ރިޕޯރޓް" އަށް
ބަލާއިރު މަސްތުވާތަކެތި ފެނުނު އެރަބަރުގަނޑުން ޙުސައިން ޝިޔާޒުގެ ފިންގަރޕްރިންޓް ފެނިފައިނުވާކަން
އެނގެންއޮންނަކަމާއި، މިތަކެއްޗާ ޙުސައިން ޝިޔާޒުއާއި ގުޅުވާލެވޭ ގޮތަކީ އެއެޕަރޓްމަންޓްއަކީ ޙުސައިން
ޝިޔާޒު ދިރިއުޅޭ ތަން ކަމަށްވެފައި އެތަނާ ގުޅުންހުރި ތަންތަނުން ފެނުނު މަސްތުވާތަކެތީގެ ތެރެއިން ކިރޭ
މިންވަރަށްވުރެ ލުއި މިންވަރަކަށް ކެނަބިސް ހޭކިފައިހުރި ފިލާގަނޑުން ޙުސައިން ޝިޔާޒުގެ ފިންގަރޕްރިންޓް
ފެނިފައިވުމާއި، ޙުސައިން ޝިޔާޒުގެ ކުޑަކަމުދާތަކެތި ކެނަބިސްއަށް ޕޮސިޓިވްވެފައިވުންކަމަށް އެދައުލަތުގެ
22 /
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
10
2{16/HC-A/214
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައާއި ކްރިމިނަލް ކޯޓުގެ ޝަރީޢަތުގައި ދައްކާފައިވާ
ވާހަކަތަކަށް ބެލުމުން އެނގެންއޮންނަކަމާއި، ކެނަބިސް ޓްރެފިކްކުރުން ކަމަށް ބެލެވޭނެ ޙާލަތްތައް ޤާނޫނު
ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގައި ބަޔާންކޮށްފައިވާކަމާއި، އެގޮތުން އެޤާނޫނުގެ 136
ވަނަ މާއްދާގެ (ބ) އާއި 137 ވަނަ މާއްދާގެ (ބ) ގައި 14 (ސާދަ) ގުރާމަށްވުރެ ގިނަ ޢަދަދަކަށް މީހެއްގެ
އަތުގައި ކެނަބިސް ހުރެއްޖެނަމަ އެއެއްޗެއް އޭނާގެ އަތުގައި އެހުރީ ޓްރެފިކްކުރުމަށް ކަމުގައި ބެލެވޭނެކަން
ބަޔާންކޮށްފައިވާއިރު، ށ. ފޭދޫގޭ 6 ވަނަ ފަންގިފިލާގައި ހުރި އެޕަރޓްމަންޓުގެ ޓެރަސްގައި އިން ގުދަނުން
ފެނުނު ކިމިންވަރަށް ވުރެ ލުއި މިންވަރަކަށް ކެނަބިސް ހޭކިފައި ހުރި ފިލާގަނޑަކުން ޙުސައިން ޝިޔާޒުގެ
ފިންގަރޕްރިންޓް ފެނިފައިވުމަކީ އެއެޕަރޓްމަންޓުގެ ބެލްކަންޏެއްގައި ހަރުކޮށްފައި އިން އެއަރކޯނާ
ފާރާދޭތެރޭގައި އޮތް ރަބަރުގަނޑުން ފެނުނު 67.8633 ގްރާމް ކެނަބިސްއަށް، އެތަކެތިން ޙުސައިން ޝިޔާޒުގެ
ފިންގަރޕްރިންޓެއް ފަދަ ޙުސައިން ޝިޔާޒުއާއި އެތަކެއްޗާ ގުޅުވާލެވޭނެ ގޮތެއް ނެތީސް، އެތަކެތީގެ ޒިންމާ
ޙުސައިން ޝިޔާޒު ނަގަންޖެހޭ
މިމައްސަލަ މިކޯޓުގައި ބެލި ފަނޑިޔާރުންނަށް
ޤަބޫލުނުކުރެވޭކަމާއި،
މަސްތު
ސްތުވާއެއްޗެއް ބޭނުންކުރުމަކީ މަސް
ސްތުވާއެއްޗެއްގެ އެއްވެސް މިންވަރެއް މީހެއްގެ ހަށިގަނޑުގެ
ތެރެއަށް ވާޞިލްކުރުން ނުވަތަ ވާޞިލްކުރުވުންކަމާއި، ޓްރެފިކްކުރުމަކީ، ޕެޑްލަރަކަށް ނުވާމީހަކު ޤާނޫނު
ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 142 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން
02
/
2ހހހ
ބޮއްކުކޮށް
4 20 0 .
ކަމެއް ފުރިހަމަވާގޮތަށް މަސްތުވާތަކެތިން މުޢާމަލާތު ކުރުން ނުވަތަ ޕެޑްލަރަކަށް ހުރެ ޤާނޫނު ނަންބަރު
17/2011 (މަސްތުވާތަ
ވާތަކެއްޗާބެހޭ ޤާނޫނު) ގެ 142 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ދެކަމެއް
ފުރިހަމަވާގޮތަށް މަސްތުވާތަކެތިން މުޢާމަލާތު ކުރުން ކަމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި މަސްތުވާތަކެތި
ޓްރެފިކްކުރުމަކީ ޤާނޫނުގެ ކުރިމަތީގައި އަދަބުކަނޑައެޅުމުގައިވެސް ތަފާތު ދެކަމެއްކަން ޤާނޫނު ނަންބަރު
17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) އަށް ބެލުމުން އެނގެންއޮންނައިރު، ކުޑަކަމުދާ އެއްޗެހީގެ ޓެސްޓުގެ
ނަތީޖާއިން އެމީހެއްގެ ކުޑަކަމުދާ އެއްޗެހީގައި މަސްތުވާއެއްޗެއްގެ އަސަރު ހުރިކަމަށް ދައްކާފިނަމަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
11
2016/HC-A/214
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
044
x
04
سرگرمی مسلم
ސާބިތުނުވާހާ ހިނދަކު އެމީހަކީ މަސްތުވާއެއްޗެހި ބޭނުންކުރާ މީހެއްކަމުގައި ބެލެވޭނެކަމަށް
އެޤާނޫނުގައި ބަޔާންކޮށްފައިވާއިރު، އަދި މިމައްސަލާގައި ބަޔާންކުރާ މަސްތުވާތަކެތި ފެނިފައިވަނީ ޙުސައިން
ޝިޔާޒު އެކަނި ދިރިއުޅެމުންދާ ޙުސައިން ޝިޔާޒަށް ހާއްޞަކުރެވިފައިވާ ތަނަކުން ނޫންކަން މައްސަލާގައި
ހުށަހެޅިފައިވާ ހެކިންގެ ހެކިބަސްތަކުން ސާފުކޮށް އެނގެންއޮންނައިރު، އިސްތިއުނާފުކުރެވިފައިމިވާ މައްސަލާގައި
ކެނަބިސް ޓްރެފިކްކުރުމުގެ ބޭނުމުގައި ބެހެއްޓިފައިވާ މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެއްޗާއި ޙުސައިން
ޝިޔާޒުއާއި ހުރި ސީދާ ގުޅުމެއް ދައުލަތަށް ބުނެދެވިފައިނުވާ މިޙާލަތުގައި، ޙުސައިން ޝިޔާޒުގެ ކުޑަކަމުދާތަކެތި
ކެނަބިސްއަށް ޕޮސިޓިވްވުމަކީ ޙުސައިން ޝިޔާޒު އަކީ ކެނަބިސް ޓްރެފިކްކުރާ މީހެއްކަމުގައި ބެލެވޭނެ ސަބަބެއް
ނޫންކަން ފާހަގަކުރެވޭކަމެވެ.
ވުމާއެކު، މިމައްސަލައިގެ ވަށައިގެންވާ އެންމެހާ ކަންކަމުގެ މައްޗަށް ބަލާއިރު، ދަޢުވާއަށް ޙުސައިން
ޝިޔާޒު އިންކާރުކުރަމުންދާ ޙާލު، ކުށާއި މުއްތަހަމާ ގުޅުވާލުމަށް ހަރުދަނާ ޤަރީނާތަކެއްނެތީސް، މިމައްސަލާގައި
ހެކި ހުށަހެޅިފައިވާ މިންވަރުގެ މައްޗަށް އެކަނި ބުރަވެ، ޙުސައިން ޝިޔާޒުގެ މައްޗަށް، ޤާނޫނު ނަންބަރު
17/2011 (މަސްތުވާތަ
ވާތަކެއްޗާބެހޭ ޤާނޫނު)ގެ 106 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެމާއްދާގެ (ނ)ގެ ދަށުން
ކެނަބިސް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ
(އ) ގައި ބަޔާންކޮށްފައިވާ އެކަށީގެންވާ މިންވަރުގެ
މިންވަރަށް ޝަރީޢަތަށް
ސާބިތުކޮށްދެވިފައިވާކަމަށް މި މައްސަލަ ބެލުމުގައި ބައިވެރިވި އެއްވެސް ފަނޑިޔާރަކަށް ނުފެނުނުކަމާއި،
އެހެންކަމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 2014/Cr
-
C/813 ޤަޟިއްޔާގައި ކެނަބިސް ޓްރެފިކް
ކުށުން ޙުސައިން ޝިޔާޒު ކުށްވެރިވެއްޖެކަމަށް ކަނޑައަޅުއްވައި ކުރައްވާފައިވާ ޙުކުމަށް ބަދަލު
ގެންނަންޖެހޭކަމަށް މި މައްސަލަ މިކޯޓުގައި ބެލި ފަނޑިޔާރުންނަށް އިއްތިފާޤުވެވުނެވެ.
ޝައްކެއްނެތް
ތ ދ ތތ
مر مرج کر
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
12
2016/HC-A/214
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
03
ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު
2014/Cr
-
C/813 ޤަޟިއްޔާގައި ށ. ފޭދޫގެ ޙުސައިން ޝިޔާޒުގެ މައްޗަށް ކެނަބިސް ޓްގެ
ޓްރެފިކްކުރުމުގެ
ސާބިތުވާކަމަށް ކަނޑައަޅުއްވައި، އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި
މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކޮށް، އެގޮތުގެ މަތިން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;