ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/94 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/94
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ކޯޓު
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
• ޤަޟިއްޔާ ނަންބަރު: 94/HC
-
A/2015
• އިސްތިއުނާފުކުރި ފަރާތް:
ނަން: އިސްތިޔާޤް ޙުސައިން
އައިޑީ ކާޑު ނަންބަރު: A039136
*
ދާއިމީ އެޑްރެސް: މ. ރެޑްކޯސްޓް | ކ. މާލެ
މިހާރުގެ އެޑްރެސް: މ. ރެޑްކޯސްޓް | ކ. މާލެ
*
25
އިސްތިއުނާފު ރައްދުވި ފަރާތްތައް:
* ނަން: ޢާއިޝަތު އަލްޔާ އިސްތިޔާޤް * ދާއިމީ އެޑްރެސް: ފ.ރޭޑިއަންޓް | ކ. މާލެ
އައިޑީ ކާޑު ނަންބަރު: A102832 * މިހާރުގެ އެޑްރެސް: ހ.ރޭޑިއަންޓްހކ.މާލެ
* ބަދަލުގައި: ރައީފާ ޢަބްދުލްވައްހާބް ހ.ރޭޑިއަންޓް/ ކ. މާލެ
*
ރަޖިސްޓަރީ ކުރެވުނު ތާރީޚް: 8 މާރިޗް 2015
* ނިމުނު ތާރީޚް: 13 އޯގަސްޓް 2015
0
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2013/Cv-C/1380
• ނިންމެވިކޯޓް: ސިވިލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ހިބަ އަނބުރާ އަތުލުން
• ހުށަހެޅުނު ތާރީޚް: 14 ޖުލައި 2013
ނިމުނު ތާރީޚް: 13 ނޮވެމްބަރު 2014
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޝުޖާޢު ޢުޘްމާން، ފަނޑިޔާރު ޢަބްދު
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
މާވެ.
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/94
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/1380 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާއި ޚިލާފަށް ކަމަށް ބުނެ، މ. ރެޑްކޯސްޓް އިސްތިޔާޤް ޙުސައިންގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު
ކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ އަންޓް ޢާއިޝަތު އަލްޔާ އިސްތިޔާޤް (ރައީފާ
ހ. ރޭޑިއަންޓް
ޢަބްދުލްވައްހާބު) އެވެ.
0
.
ފާހަގަކުރެވުނު ނުކުތާތައް:
01- ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1380 ޤަޟިއްޔާއަކީ،
ރެޑްކޯސްޓް މާލެ،
އިސްތިޔާޤް ޙުސައިން (A039136) ގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މ. ރެޑްކޯސްޓް އެވެ ކިޔާ ގޯތީގެ
ދެބައިކުޅަ އެއްބައި އިސްތިޔާޤް ޙުސައިންގެ ދަރިފުޅު ޢާއިޝަތު އަލްޔާ އިސްތިޔާޤް އަށް ސިވިލް ކޯޓުގެ ނަންބަރު
2009/MC/2508 ޤަޟިއްޔާގައި އިސްތިޔާޤް ޙުސައިން ހިބައިން ދީފައިވާއިރު، އެކިބަ އަނބުރާ އަތުލުމަށް
އިސްތިޔާޤް ޙުސައިން ހުށަހެޅުމުން ސިވިލް ކޯޓުން ބައްލަވާފައިވާ ޤަޟިއްޔާއެއްކަމާއި؟
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ "ދެންފަހެ، މ. ރެޑްކޯސްޓް/ މާލެ އިސްތިޔާޤް ޙުސައިން
(A039136) ގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ރެޑްކޯސްޓް އެވެ ކިޔާ ގޯތީގެ ދެބައިކުޅަ އެއްބައި
އިސްތިޔާޤް ޙުސައިންގެ ދަރިފުޅު ޢާއިޝަތު އަލްޔާ އިސްތިޔާޤް އަށް ސިވިލް ކޯޓުގެ ނަންބަރު
2009/MC/2508 ޤަޟިއްޔާގައި އިސްތިޔާޤް ޙުސައިން ހިބައިން ދީފައިވާއިރު، އެހިބަ އަނބުރާ އަތުލުމަށް
އިސްތިޔާޤް ޙުސައިން ހުށަހަޅާފައިވާ މިދަޢުވާ ޝަރީޢަތުން ބެލިއިރު،
މ. ރެޑްކޯސްޓް އެވެ ކިޔާ ގޯތީގެ ދެބައިކުޅަ އެއްބައި ޢާއިޝަތު އަލްޔާ އިސްތިޔާޤް އަށް ހިބައިން
ދީފައިވަނީ 03 ޑިސެމްބަރ 2009 ގައި ކަމަށްވުމާއި، އޭގެ ފަހުން 2011 ގެ ކުރީކޮޅުގައި
ރެޑްކޯސްޓް އެވެ
.
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/94
ކިޔާ ގޯތީގެ އިރުމަތީ ފަރާތުގައި ހަދާފައިވާ ޢިމާރާތަށް ބޮޑު ބަދަލުތަކެއް ގެނެވި އުނި އިތުރު ގެނެވިފައިވާކަން
ހެކިންގެ ހެކިބަހުންނާއި ދެފަރާތުގެ ބަހުން އެނގެން އޮތުމާއި،
ޢިމާރާތަށް ގެނެސްފައިވާ ބަދަލުތަކަކީ އެގެ ކުއްޔަށް ހިފައިގެން އުޅޭ ފަރާތުން ގޭގެ ވެރިފަރާތުގެ
ހުއްދަނެތި ގެނެސްފައިވާ ބަދަލުތަކެއްކަމަށް އިސްތިޔާޤް ޙުސައިން ބުނިނަމަވެސް، އެތަން ކުއްޔަށްދިން މުއްދަތު
2013 ގައި ހަމަވި ފަހުން އިސްތިޔާޤް ޙުސައިން ހަމައެފަރާތަށް އެތަން ކުއްޔަށް ދީފައިވުމުން، ކުއްޔަށް
ހިފިފަރާތުން ޢިމާރާތަށް ގެނައި ބަދަލުތައް އިސްތިޔާޤް ޙުސައިން ޤަބޫލުކުރީކަމަށް ބެލެވެން އޮތުމުން،
ރެޑްކޯސްޓް އެވެ ކިޔާ ގޯތީގެ ދެބައިކުޅަ އެއްބައި ޢާއިޝަތު އަލްޔާ އިސްތިޔާޤް އަށް ހިބައިން ދިންފަހުން އެތަނަށް
ބޮޑެތި ބަދަލުތަކެއް ގެނެވިފައިވާ ކަމަށް ބަލަންޖެހޭތީއާއި،
ރެޑްކޯސްޓް އެވެ ކިޔާ ގޯއްޗަކީ އިސްތިޔާޤް ޙުސައިންއާއި ޢާއިޝަތު އަލްޔާ އިސްތިޔާޤްއާއި
ދެމީހުންނަށް ހަމަހަމަކޮށް ލިބިގެންވާ ތަނަކަށްވުމާއި، އެގޯތީގެ ބެހެނިވެރިންނަށް ބިން އައްޔަން ކުރެވިފައިނުވާއިރު،
މުޅި ގޯއްޗަކީ ދެމީހުންގެ ތަނަކަށްވާތީ، އެގޯއްޗާއި އެގޯތީގައިވާ ނުއުފުލޭ މުދަލަށް ގެނެވޭ ބަދަލަކީ އެގޯތިން
ދެމީހުނަށްވެސް ލިބިގެންވާ ބަޔަށް ގެނެވޭ ބަދަލެއް ކަމަށްވާތީ، އެގޯތީގައިވާ ޢިމާރާތަކަށް ގެނެވުނުކަމަށް
އިސްވެބަޔާންވެދިޔަ ބަދަލަކީ ޢާއިޝަތު އަލްޔާ އިސްތިޔާޤުއަށް ލިބިފައިވާ ބަޔަށް ގެނެވިފައިވާ ބަދަލެއްކަމަށް
ބަލަންޖެހޭތީއާއި،
ބައްޕަ ދަރިފުޅަށް ދޭ ހިބަ ބައްޕަޔަށް އަނބުރާ އަތުލެވޭނީ ހިބައިން ދިންތަނަށް އެއްވެސް އުނިއިތުރެއް
ގެނެވިފައިނުވާ ޙާލަތުގައިކަން ޝަރީޢަތްކުރުމާއި ބެހޭ ޤަވާޢިދު 6 ގެ 145 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 93/HC-A/2001 ޤަޟިއްޔާއާއި، ނަންބަރު 48/HC
-
A/98 ޤަޟިއްޔާއިން އެނގެން
4
404
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/94
ނެތްކަމަށް ކަނޑައަޅައި،
¢¢ ¢ ¢
ސިވިލް ކޯޓުގެ ނަންބަރު 2009/MC/2508 ޤަޟިއްޔާގައި އިސްތިޔާޤް ޙުސައިންގެ ދަރިފުޅު ޢާއިޝަތު
އަލްޔާ އިސްތިޔާޤް އަށް އިސްތިޔާ ޤް ޙުސައިން ދީފައިވާ ހިބަ އަނބުރާ އަތުލެވޭނެ ތަނެއް ނެތްކަމަށް
ޙުކުމްކޮށްފީމެވެ.“ މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
02- ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1380 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ
އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި އިސްތިޔާ ޤް ޙުސައިންގެ
ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އަންނަނިވި ނުކުތާ ފާހަގަކޮށް އެނުކުތާއާމެދު ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
• އެ ނުކުތާއަކީ:
މ. ރެޑްކޯސްޓް އެވެ ކިޔާ ބަންޑާރަގޯތީގައި ކޮށްފައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން
ކުއްޔަށްދިނުމަށްޓަކައި، ކޮށްފައިވާ އެގްރީމެންޓްގެ 6 ވަނަ މާއްދާއާއި ކަނޑައެޅިގެން ޚިލާފަށް ޢިމާރާތަށް
ބަދަލުގެނެސްފައިވާއިރުވެސް އެކަމަށް ޝަރީޢަތުން ރިޢާޔަތް ނުކުރައްވާ މައްސަލަ ނިންމެވުމުގެ ސަބަބުން
އިސްތިޔާޤު ޙުސައިންގެ ޙައްޤުތައް އޭގެ ޒާތުން ގެއްލިފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
03- ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1380 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި،
އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އިސްތިޔާޤް ޙުސައިންގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއަށާއި، އެނުކުތާއާއި
ގުޅިގެން އިސްތިއުނާފުކުރި ފަރާތުންނާއި އިސްތިއުނާފު ރައްދުވާ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް
ފާހަގަކުރެވެއެވެ.
ރެޑްކޯސްޓް އެވެ ކިޔާ ގޯއްޗަކީ އިސްތިޔާޤް ޙުސައިން (A039136) އާއި ޢާއިޝަތު އަލްޔާ
އިސްތިޔާޤް (A102832) ގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ ބަންޑާރަ ގޯއްޗެއްކަމާއި، އެ ގޯތި
ޙަވާލުކުރެވިފައިވަނީ އަދި އެގޯތީގައިވާ ޢިމާރާތުގެ ވެރިފަރާތަކީވެސް ޢާއިޝަތު އަލްޔާ އިސްތިޔާޤް އާއި އިސްތިޔާޤް
ޙުސައިންއާއި މިދެފަރާތްކަމާއި، ޢާއިޝަތު އަލްޔާ އިސްތިޔާޤް އާއި އިސްތިޔާޤް ޙުސައިންގެ މައްޗަށް މ.
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ރާއްޖެ.
5
eއޔި
މު ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/94
ރެޑްކޯސްޓް އެވެ ކިޔާ ގޯތި ރަޖިސްޓްރީކޮށްދީފައިވަނީ 18 ފެބުރުއަރީ 2001 ގައި އެގޯތީ އިސްތިޔާޤް ޙުސައިނަށް
ރަޖިސްޓްރީކޮށްދީފައިވަނިކޮށް، އެ ގޯތީގެ އަ! ބައި އިސްތިޔާޤް ޙުސައިންގެ މިލްކުން ކަނޑައި އޭނާގެ ހުރި
ހަމައެކަނި ދަރިފުޅު ޢާއިޝަތު އަލްޔާ އިސްތިޔާޤަށް ހިބައިން ދީ، ޢާއިޝަތު އަލްޔާ އިސްތިޔާޤަކީ ތަޞައްރަފް
ނުފުދޭ ކުޑަކުއްޖަކަށްވާތީ އެކުއްޖާގެ ފަރާތުން އެ ކުއްޖާގެ ބައްޕަ އިސްތިޔާޤް ޙުސައިން އެ ހިބަ ޤަބޫލުކޮށް
ބަލައިގެންފައިވާތީ، އެ ހިބަ ޞައްޙަކަމަށް މަދަނީ ކޯޓުން 2009 ޑިސެމްބަރ 03 ގައި ނިންމަވާފައިވާ، މަދަނީ
ކޯޓުގެ ނަންބަރު 2009/MC/2508 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮންނާތީކަމަށް
އެގޯއްޗަށް މާލޭ މުނިސިޕަލްޓީން 2010 އޮކްޓޯބަރ 12 ވަނަ ދުވަހު ހަދައިދީފައިވާ ނަންބަރު •16643
ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީން އެނގެން އޮންނައިރު،
މަދަނީ ކޯޓުގެ ނަންބަރު 2009/MC/2508 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު،
އިސްތިޔާޤް ޙުސައިންގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ މ. ރެޑްކޯސްޓް އެވެ ކިޔާ ބަންޑާރަ ގޯތީގެ 1/2
(ދެބައިކުޅަ އެކެއް) ބައި ގައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން އިސްތިޔާޤް ޙުސައިންގެ މިލްކުން ކަނޑައި
އޭނާގެ ހުރި ހަމައެކަނި ދަރިފުޅު ޢާއިޝަތު އަލްޔާ އިސްތިޔާޤަށް ހިބައިން ދީ، އެ ހިބައިގެ އީޖާބާއި ޤަބޫލު
ޝަރީޢަތުގެ ޞައްޙަމަގު
ޞައްޙަމަގުން ހިނގާނިމިފައިވާތީ އެހިބައަކީ ޞައްޙަ ހިބައެއްކަމަށް ކަނޑައަޅުއްވާފައިވާކަން
އެޤަޟިއްޔާގެ ހުކުމަށް ބެލުމުން އެނގެން އޮވެއެވެ.
(ށ) މަދަނީ ކޯޓުގެ ނަންބަރު 2009/MC/2508 ޤަޟިއްޔާއިން ރެޑްކޯސްޓް އިސްތިޔާޤް ޙުސައިން
ކުރި ފިބައަކުން އޭނާގެ ހުރި ހަމައެކަނި ދަރިފުޅު ކަމުގައިވާ ޢާއިޝަތު އަލްޔާ އިސްތިޔާޤަށް މިލްކުވެފައިވާ
ރެޑްކޯސްޓް އެވެކިޔާ ބަންޑާރަ ގޯތީގެ /! (ދެބައިކުޅަ އެކެއް) ބައި ގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ
ތަންތަނުގެ ހިބަ އިސްތިޔާޤް ޙުސައިންގެ ފަރާތުން އަނބުރާ އަތުލައި އެ ހިބައިން ރުޖޫޢަވެފައިވާތީ
އެވެކިޔާ ބަންޑާރަ ގޯތިން، ޢާއިޝަތު އަލްޔާ އިސްތިޔާޤަށް އޮތް ބައިގައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުގެ
މިލްކުވެރި ފަރާތަކީ މ. ރެޑްކޯސްޓް އިސްތިޔާޤް ޙުސައިން ކަމަށް ކަނޑައަޅުއްވާ ސިވިލް ކޯޓުގެ ނަންބަރު
2011/Cv-C/1050 ޤަޟިއްޔާގައި 2011 ޖުލައި 21 ވަނަ ދުވަހު ޙުކުމް ކުރައްވާފައިވާއިރު،
ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/1050 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކުރައްވާފައިވާ ޙުކުމެއްކަމަށް ކަނޑައަޅުއްވައި، އެޤަޟިއްޔާގައި ސިވިލްކޯޓުން
މ. ރެޑްކޯސްޓް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ވާވެ.
6
jل
ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/94
CCCX
ހހ2ކ
ކުރައްވާފައިވާ ޙުކުމް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 270/HC-A/2011 ޤަޟިއްޔާއިން 2012 މެއި 31
ވަނަ ދުވަހު ބާޠިލްކުރަ
ފިކުރައްވާފައިވާކަން އެނގެން އޮވެއެވެ.
ރެޑްކޯސްޓް/ މާލެ، އިސްތިޔާޤް ޙުސައިން (A039136) ގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ
ރެޑްކޯސްޓް އެވެ ކިޔާ ގޯތީގެ ދެބައިކުޅަ އެއްބައި އިސްތިޔާޤް ޙުސައިންގެ ދަރިފުޅު ޢާއިޝަތު އަލްޔާ
އިސްތިޔާޤް އަށް ސިވިލް ކޯޓުގެ ނަންބަރު 2009/MC/2508 ޤަޟިއްޔާގައި އިސްތިޔާޤް ޙުސައިން ހިބައިން
ދީފައިވާއިރު، އެކިބަ އަނބުރާ އަތުލެވޭނެ ތަނެއް ނެތްކަމަށް 2014 ނޮވެމްބަރު 13 ވަނަ ދުވަހު
މިއިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1380 ޤަޟިއްޔާގައި އެކޯޓުން ކަނޑައަޅު
މެކުރައްވާފައިވާކަން އެނގެން އޮވެއެވެ.
މ. ރެޑްކޯސްޓް އެވެ ކިޔާ ބަންޑާރަގޯތީގައި ކޮށްފައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން
ކުއްޔަށްދިނުމަށްޓަކައި، ކޮށްފައިވާ އެގްރީމެންޓްގެ 6 ވަނަ މާއްދާއާ ކަނޑައެޅިގެން ޚިލާފަށް ޢިމާރާތަށް
ބަދަލުގެނެސްފައިވާ އިރުވެސް އެކަމަށް ޝަރީޢަތުން ރިޢާޔަތް ނުކުރައްވާ މައްސަލަ ނިންމެވުމުގެ ސަބަބުން
އިސްތިޔާޤު ޙުސައިންގެ ޙައްޤުތައް އޭގެ ޒާތުން ގެއްލިފައިވާ ކަމަށް ބުނެ އިސްތިޔާޤް ޙުސައިންގެ ފަރާތުން
އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާއަށް ޝަރީޢަތުން ނަޒަރުކުރާއިރު،
އަވާލާދެވިފައިވާ އެގްރީމެންޓްގެ 6 ވަނަ މާއްދާގައި "ކުއްޔަށް ހިފާފަރާތަށް އިމާރާތަށް އުނިއިތުރެއް
ގެނެވޭނީ އިމާރާތުގެ ވެރިފަރާތުން ހުއްދަ ލިޔުމުން ލިބިގެންނެވެ. މިގޮތަށް ހުއްދަ ލިބިގެން ކުރާ މަސައްކަތަކުން
ފަރާތަކަށް ގެއްލުމެއް ލިބިއްޖެނަމަ އެކަމުގެ ކުއްޔަށް ހިފިފަރާތުން އުފުލަންވާނެ..” ކަމަށް
ބަޔާންކޮށްފައިވާއިރު، ޢިމާރާތް ކުއްޔަށް ދެވެނީ މިއެގްރީމެންޓްގައި ސޮއިކުރެވޭ ތާރީޚުން ފެށިގެން މީލާދީ ގޮތުން 5
އަހަރު ދުވަހުގެ މުއްދަތަށް ކަމާއި، ކުއްޔަށްހިފާ ފަރާތުން އެމުއްދަތުގެ ތެރޭގައި އެގްރީމެންޓްއާ ޚިލާފުނުވާނަމަ
މުއްދަތު އިތުރު ކުރުމަށް ދެފަރާތުން ވާހަކަދެއްކިދާނެކަމަށް އެގްރީމެންޓުގެ 1 ވަނަ މާއްދާގައި ބުނެފައިވާކަމާއި؛
ޤާނޫނު ނަންބަރު 4/91 (ކޮންޓެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ) ގައި
ބައިވެރިއެއްގެ މައްޗަށް ލާޒިމުވާ ކަންތައްތައް ކުރަންވަނީ، އެކޮންޓްރެކްޓްގައިވާ ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ
މަތިންނެވެ. މިއާ ޚިލާފުގޮތަށް ޢަމަލު ކުރެވޭނީ އެ ކޮންޓްރެކްޓްގެ އަނެއް ބައިވެރިޔާ، އޭނާގެ މައްޗަށް ލާޒިމްވާ
44
ޒިންމާ ކުއްޔަށް
4 2 2 4 6 8 229
موقع سيما ع پیک
s
OOCOOX
COOCOOX
6 24
ހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
މާވެ.
1
;
( ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/94
ހއ 2
4
އެތެދޭ
ކަމަކަށް ދުލެއްދީފި ނަމައެވެ. ނުވަތަ އޭނާ ކޮންމެވެސް އެހެން ގޮތަކަށް ޢަމަލުކުރާން އެއްބަސްވެއްޖެ ނަމައެވެ.“
މިފަދައިން ބަޔާންކުރެވިފައިވާކަމާއިގެ
ކުއްޔަށްދީފައިވާ ޢިމާރާތަށް ބޮޑު ބަދަލުތަކެއް ގެނެސްފައިވާކަން އިސްތިޔާޤް ޙުސައިންގެ ބަހުންނާއި
މިއިސްތިއުނާފުކުރެވޭ މައްސަލައާ ގުޅިގެން ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ޙާޒިރުކުރެވިފައިވާ ހެކިންގެ
ބަހުން ޝަރީޢަތަށް ސާބިތުވާއިރު، ޢިމާރާތަށް ބަދަލު ގެނެސްފައިވަނީ ގޭގެ ވެރިފަރާތުގެ ހުއްދަ ނެތި ކަމަށް
އިސްތިޔާޤް ޙުސައިންގެ ފަރާތުން ބުނެފައިވީނަމަވެސް، އެކަމާ ގުޅިގެން
އެއްވެސް ފަރާތެއްގައި
މައްސަލައެއް ޖައްސައި އެގްރީމެންޓް ބާތިލުކުރުން ފަދަ ކަމެއް ކުރުމަށް މަސައްކަތްކޮށްފައިވާކަން އެނގެން
ނެތްކަމާއި، އެގްރީމެންޓް ކުރެވިފައިވަނީ 2008 އޭޕްރީލް މަހުގައި ކަމާއި، އެގްރީމެންޓުގެ މުއްދަތަކީ
އެގްރީމެންޓްގައި ސޮއިކުރެވޭ ތާރީޚުން ފެށިގެން މީލާދީ ގޮތުން 5 (ފަހެއް) އަހަރު ދުވަސްކަމަށްވާއިރު، ކުއްޔަށް
ދީފައިވާ މުއްދަތު 2013 ގައި ހަމަވުމާއެކު އެމުއްދަތުގެ ފަހުން، ހަމަ ކުރިން ކުއްޔަށް ހިފައިގެން ހުރި ފަރާތަށް
އެތަން ކުއްޔަށް ދީފައިވުމުން، ކުއްޔަށްހ ފި ފަރާތުން އެގްރީމެންޓުގެ މުއްދަތުގައި ޢަމަލުކޮށްފައިވަނީ އެގްރީމެންޓާ
ޚިލާފުވުމެއްނެތި އެގްރީމެންޓާ އެއްގޮތަށް ކަމަށް ބެލެވުމުގެ އިތުރުން، ޢިމާރާތަށް ގެނެވުނު ބަދަލުތަކަކީ އިސްތިޔާޤް
ޙުސައިންގެ ފަރާތުންވެސް
ޤަބޫލުކުރާ އަދި އެގްރީމެންޓްގެ 6 ވަނަ މާއްދާގެ ދަށުން ޢަމަލުކު
އެއްބަސްވެފައިވާ އިޖުރާއާ
ޖަރާއާތާ ޚިލާފަށް، އެނޫން ގޮތަކަށް ޢަމަލުކުރުމަށް ރުހުންދީ އެއްބަސްވެވިފައިވާ ބަދަލުތަކެއް
ކަމަށް ކޮންޓެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގެ އަލީގައި ޤާނޫނީ ގޮތުން ބެލެވެއެވެ.
(ބ) ”ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ގަވާއިދު“ 6 ގެ 145 ވަނަ މާއްދާގައި، ބަފަޔަކު
ނުވަތަ މަޔަކު ދަރިއަކަށް ދީފައިވާ ބަންޑާރަ ގޯއްޗެއްގައި ހުރި އިމާރާތާއި ވަޅުފަދަ ތަންތަނުގެ ހިބަ އަނބުރާ
ބަފަޔަކު ނުވަތަ މަޔަކު އަތުލާއިރު އެއްވެސް ކަހަލަ އުނި އިތުރެއް އެތަންތަނަ
ންތަނަށް ނުގެނެސް ހުރިނަމަ ނުވަތަ އުނި
އިތުރާމެދު ޝަރުއީ ގޮތުން އެމައްސަލަ ނިންމުމަށް ފަހު، ގޯތީގެ ރަޖިސްޓްރީ ބަފަޔަކު ނުވަތަ މަޔަކުގެ ނަމަށް
ދަލުކުރެވޭނެއެވެ.] މިފަދައިން ބަޔާންކޮށްފައިވާކަމާއި، މ. ރެޑްކޯސްޓް އެވެކިޔާ ބަންޑާރަގޯތީގައި ކޮށްފައިވާ
ޢިމާރާތް އުނި އިތުރުކޮށް އެ ޢިމާރާތަށް ބޮޑު ބަދަލުތަކެއް ގެނެސްފައިވާކަން އިސްތިޔާޤް ޙުސައިންގެ ބަހުންނާއި
މިއިސްތިއުނާފުކުރެވޭ މައްސަލައާ ގުޅިގެން ޙާޒިރުކުރެވިފައިވާ ހެކިންގެ ހެކި ބަހުން ޝަރީޢަތަށް ސާބިތުވާއިރު، އެ
ޢިމާރާތަށް ގެނެވިފައިވާ އުނި އިތުރާމެދު ޝަރުޢީ ގޮތުން ގޮތެއް ކަނޑައެޅިފައިވާކަން އެނގެން ނެތުމުން، ސިވިލް
393 އއ
އިމަލެކެރެމަށް
UCOCOX
ccccc
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ރާއްޖެ.
8
;އޔި
ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/94
ccc
ކޯޓުގެ ނަންބަރު 2009/MC/2508 ޤަޟިއްޔާއިން އިސްތިޔާޤް ޙުސައިންގެ ދަރިފުޅު ޢާއިޝަތު އަލްޔާ
އިސްތިޔާޤް އަށް އިސްތިޔާޤް ޙުސައިން ދީފައިވާ ހިބަ ރުޖޫޢު ކުރުމުގައި ޝަރުޢީ ޤާނޫނީ ގޮތުން ފުރިހަމަވާންޖެހޭ
ކަންކަން ފުރިހަމަ ކުރެވިފައިނުވުމާއެކު، އެ ހިބަ އަނބުރާ އަތުލުމުގައި ޝަރުޢީ ޤާނޫނީ ގޮތުން ހުރަސްއަޅާކަން
އެނގެއެވެ.
ވީމާ، ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1380 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އިސްތިޔާޤް
ޙުސައިންގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާގެ މައްޗަށް ބިނާކޮށް އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް
ބަދަލުގެންނަންޖެހޭ
ހަންޖެހޭ ކަމަކަށް މިމައްސަލަ ބެލުމުގައި ބައިވެރިވި އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.
0
ޙުކުމް.
ހއށް
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކުރުމުން، ސިވިލް ކޯޓުގެ ނަންބަރު
2013/Cv-C/1380 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އިސްތިޔާޤް ޙުސައިންގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާގެ
ބިނާކޮށް އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭ ފަދަ ޝަރުޢީ ޤާނޫނީ ސަބަބެއް
މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި
ޙުކުމްކޮށްފީމެވެ.
celo
ނެތްކަމަށް
އައިކޯޓް
*
*
$$
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv