ދިވެހިރާއްޖޭގެ ސުޕްރީމްކޯޓްގް ނަންބަރު 2015/SC-A/05 ޤަޟިއްޔާ
ސަފްޙާ 25 ގެ 1
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
*
ޖެހިއްޖެގެ ސްޕްރިލް
ދިވެހިރާއްޖެ
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 05/SC
-
A/2015
ދަޢުވާކުރާ ފަރާތް: ޒުންނަވާރު ސަލީމް، ނައިންހައުސް
• ދަޢުވާލިބޭ ފަރާތް: އެންޓިކޮރަޕްޝަން ކޮމިޝަން
އެޓަރނީ ޖެނެރަލްގެ އޮފީސް
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ
• މައްސަލައިގެ ބާވަތް: އިދާރީ ފިޔަވަޅު ބާޠިލްކުރުން
• މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
• ހުށަހެޅުނު ތާރީޚް: 15 ޖެނުއަރީ 2015
ރަޖިސްޓްރީކުރެވުނު ތާރީޚް: 01 މާރޗް 2015
ނިމުނު ތާރީޚް: 26 ސެޕްޓެންބަރު 2016
• މައްސަލަ ނިންމި ގަޑި: 12:00
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ،
ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދު
އިސްތިއުނާފުކުރެވުނު ޤާޟީއްޔާ
0
ނަންބަރު: 161/HC
-
A/2014
0 2
<< O
• ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 12 ޖޫން 2014
ނިމުނު ތާރީޚް: 04 ނޮވެންބަރު 2014
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'ſ Republic of Maldives
ވެބްސައިޓް: URL
:
WWW-Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 30099go
960+)
/elމާލެ،
ސަފްޙާ 25 ގެ 2
ފާހަގަކުރެވުނު ނުކުތާތައް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 161/HC
-
A/2014 ޤަޟިއްޔާގެ ޙުކުމް
ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށްކަމަށް ބުނެ، އެ ޤަޟިއްޔާ އިލްތިމާސްކޮށްދިނުން
އެދި މ.ނައިންހައުސް، މާލެ، ޒުންނަވާރު ސަލީމްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން
ބެލެވިފައިވާ ޤަޟިއްޔާއެކެވެ. މި މައްސަލައިގައި އިލްތިމާސްގެ މި ދަޢުވާ ރައްދުވާ ފަރާތްތަކުގެ ގޮތުގައި
މައްސަލަ ހުށަހެޅި ފަރާތުން 03 (ތިން) ފަރާތެއް ހިމަނާފައިވެއެވެ. އެއީ އެންޓި-ކޮރަޕްޝަން
ކޮމިޝަންއާއި، އެޓަރނީ ޖެނެރަލްގެ އޮފީހާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ އާއި މި ތިން
0/
<< o
2- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 161/HC
-
A/2014 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ، ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1790
ޤަޟިއްޔާ، އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށް ބުނެ، ޒުންނަވާރު
ސަލީމް (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A010996) ގެ ފަރާތުން އެ ޤަޟިއްޔާ
އިސްތިއުނާފުކޮށްދިނުން އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން ބަލައި ނިންމާފައިވާ
ޤަޟިއްޔާއެއް ކަން އެނގެއެވެ.
3- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 161/HC
-
A/2014 ޤަޟިއްޔާގެ ދަށުން،
އިސްތިއުނާފު ކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1790 ޤަޟިއްޔާގެ މައްސަލަ
ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ، އެންޓި-ކޮރަޕްޝަން ކޮމިޝަންއާއި، އެޓަރނީ
ޖެނެރަލްގެ އޮފީހާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ އާއި މި ތިން ފަރާތުގެ މައްޗަށް ދަޢުވާ
ލިބޭގޮތަށް ޒުންނަވާރު ސަލީމް، މ.ނައިންހައުސް، މާލެ، ގެ ފަރާތުން ދަޢުވާކުރުމުން ސިވިލް ކޯޓުން ބަލައި
ނިންމާފައިވާ ޤަޟިއްޔާއެއް ކަމާއި، އެ ޤަޟިއްޔާގައި ދަޢުވާލިބޭ ފަރާތްތަކުގެ މައްޗަށް، ޒުންނަވާރު ސަލީމް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ 1 އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'ſ Republic of Maldives
ވެބްސައިޓް: URL
:
WWW-Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 30099go
960+)
/elމާލެ،
ސަފްޙާ 25 ގެ 3
ކޮށްފައިވާ ދަޢުވާއަކީ، އެންޓި-ކޮރަޕްޝަން ކޮމިޝަންއަށް ލިބިގެންވާ ބާރަކީ، ހަމައެކަނި ދައުލަތުގެ
އިދާރާތަކުން ހިންގާ ކަންތައްތަކުގެ ތެރޭގައި ކޮރަޕްޝަންގެ ޢަމަލުގެ ގޮތުގައި ތުހުމަތުކުރެވޭ ކަންތައްތައް
ތަޙުޤީޤު ކުރުމާއި، އެ ތަޙުޤީޤު ފުރިހަމަ ކުރުމަށް މަގުފަހިކޮށްދޭ އެހެނިހެން ކަންތައް ކުރުންކަމުގައި
ވީހިނދު، 25 ޖުލައި 2013 ވަނަ ދުވަހު އޭސީސީގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ލިޔުމުގައި،
ޒުންނަވާރު ސަލީމް، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިއު.އޭ) އަށް ހުށަހަޅައިގެން އެކްރެޑިޓް
ކޮށްފައިވާ ބެޗެލަރ އޮފް ލޯ ސެޓްފިކެޓަކީ ޕޯޖް ސެޓްފިކެޓެއްކަމަށް އޭ.ސީ.ސީގެ ތަޙުޤީޤަށް
ފާހަގަކުރެވިފައިވާތީ، ޒުންނަވާރު ސަލީމް ބެޗްލަރ އޮފް ލޯ ސެޓްފިކެޓް އެކްރެޑިޓް ކުރުމަށްޓަކައި ހުށަހެޅި
އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓްތަކާއި، އެހެނިހެން ލިޔުންތަކަކީވެސް ޕޯޖްކޮށްފައިވާ ލިޔުންތަކެއްކަމަށް
އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ފާހަގަކުރެވިފައި ވާކަމަށް ބުނެ، ބެޗްލަރ އޮފް ލޯ ސެޓްފިކެޓްގެ
އެކްރެޑިޓޭޝަން ބާޠިލް ކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގައި ދަންނަވައި، އަދި އެޓަރނީ
ޖެނެރަލްގެ އޮފީހުން ޒުންނަވާރު ސަލީމަށް ދޫކޮށްފައިވާ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ބާޠިލްކޮށް ދެއްވުމާއި،
އެކަމާ ގުޅިގެން ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެޓަރނީ ޖެނެރަލްއަށް އަންގާފައިވަނީ،
އޭ.ސީ.ސީގެ މެންޑޭޓުން ބޭރުން ކުރި ތަހުޤީޤައްގެ މައްޗަށް ބިނާކޮށްގެން ކަމަށާއި،
އޭ.ސީ.ސީގެ ތަޙުޤީޤު އޭގެ އިންތަކުން ފަހަނައަޅައި ގޮސްފައިވުމުން އެފަދަ ތަހުޤީޤެއްގެ މައްޗަށް
ބިނާކުރެވިފައިވާ ޙަޤީޤަތްތައް ޞައްޙަނުވާނެތީވެ، މި މައްސަލައާ ގުޅިގެން އޭ.ސީ.ސީ އިން އެކުލަވާލާފައިވާ
ތަޙުޤީޤު ރިޕޯޓު ބާޠިލްވާނެ ކަމަށާއި، މިގޮތުން އޭ.ސީ.ސީގެ ތަޙުޤީޤު ރިޕޯޓް ބާޠިލް ކޮށްދެއްވުމަށާއި،
އޭ.ސީ.ސީއަށް، އިސްވެ ބުނެވުނު އިދާރާތަކަށް އެފަދަ އެންގުމެއް އެންގުމުގެ އިޚްތިޞާޞް ޤާނޫނީ ގޮތުން
ލިބިދީފައި ނުވާހިނދު، އޭ.ސީ.ސީގެ އެންގުމުގެ މައްޗަށް ބިނާކޮށް އެފަދަ ފިޔަވަޅެއް ނޭޅޭނެކަމަށް
ކަނޑައަޅައި ދެއްވުމަށާއި، އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ އެންގުމުގެ މައްޗަށް ބިނާކޮށް
25 ޖުލައި 2013 ގައި އެޓަރނީ ޖެނެރަލްގެ އޮފީހުން ޒުންނަވާރު ސަލީމްގެ ޤާނޫނީ ވަކީލުކަމުގެ ހުއްދަ
ބާޠިލް ކޮށްފައިވަނީ، އަދި އޯގަސްޓް 2013 ގައި މޯލްޑިވްސް ކޮލިފިކޭޝަންސް
22
2 ހ2
އެހެންކަމުން
99
2
043 .
04
2x
e/84
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'ſ Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 30099go
960+)
/elމާލެ،
ދިވެހިރާއްޖެ
ސަފްޙާ 25 ގެ 4
(އެމް.ކިއު.އޭ) އިން ބެޗްލަރ އޮފް ލޯ ސަނަދުގެ ވެލިޑޭޝަން ބާޠިލް ކޮށްފައިވަނީ ޤާނޫނީ ގޮތުން
އިޚްތިޞާޞް ލިބިފައިވާ ފަރާތެއްގެ އެންގުމުގެ މައްޗަށް ބިނާކޮށްގެން ނޫންކަމަށްވާތީ، އެޓަރނީ ޖެނެރަލްގެ
އޮފީހުގެ ނިންމުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ނިންމުން ބާޠިލް ކޮށްދިނުމަށް އެދި،
އޭ.ސީ.ސީގެ މައްޗަށާއި، އެޓަރނީ ޖެނެރަލްގެ އޮފީހުގެ މައްޗަށާއި، އަދި މޯލްޑިވްސް ކޮލިފިކޭޝަންސް
އޮތޯރިޓީގެ މައްޗަށް ޒުންނަވާރު ސަލީމް ކޮށްފައިވާ ދަޢުވާއެއްކަން އެ މައްސަލައިގެ ދަޢުވާ ފޯމުގެ
ޚުލާޞާގައި ބަޔާންކޮށްފައިވާ އެ ދަޢުވާގެ އާއިން އެނގޭކަމާއި،
4 20 0
0422
އެއްވެސް
ސިވިލް ކޯޓުން، އެ ކޯޓުގެ ނަންބަރު 2013/Cv
-
C/1790 ޤަޟިއްޔާ ނިންމަވާފައިވަނީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ (2008) ގެ 199 ވަނަ މާއްދާގެ ދަށުން އުފަން ކޮށްފައިވާ
އެންޓި-ކޮރަޕްޝަން ކޮމިޝަނަކީ ޤާނޫނުއަސާސީގެ 202 ވަނަ މާއްދާގެ ދަށުން، ކޮރަޕްޝަންގެ
މައްސަލަތައް ބަލައި ތަޙުޤީޤު ކުރުމާއި، ކޮރަޕްޝަންގެ ޢަމަލެއްކަމަށް ތުހުމަތުކުރެވޭ
ފަރާތަކުން ހިންގައިފިކަމުގެ ޝަކުވާއެއް ހުށަހަޅައިފިނަމަ ނުވަތަ މިނޫން ގޮތަކުންވެސް މިފަދަ ކަމެއްގެ
މަޢުލޫމާތު ލިބިއްޖެނަމަ، ނުވަތަ އެފަދަ ކަމެއްގެ މައްޗަށް ޝައްކު ކުރެވިއްޖެނަމަ، އެކަމެއް ބަލައި
ތަހުޤީޤުކުރުމާއި، ކޮމިޝަނުން ތަހުޤީޤުކުރާ ކަންތައްތަކުގެ ތެރެއިން އެހެނިހެން އިދާރާތަކުން އިތުރަށް
ބަލައި ސާފުކުރަންޖެހޭ ކަންތައްތައް އެ ފަރާތްތަކަށް ހުށަހަޅައި، ޝަރީޢަތަށް ހުށަހަޅަންޖެހޭކަމަށް ފެންނަ
ޝަރީޢަތަށް ހުށަހެޅުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލަށް ފޮނުވުމާއި، ކޮރަޕްޝަން
ހުއްޓުވުމަށްޓަކައި ދިރާސާތައްކޮށް، އަޅަންޖެހޭ ފިޔަވަޅުތަކާބެހޭ ލަފާ ކަމާބެހޭ އިދާރާތަކަށް ދިނުމުގެ
މަސްއޫލިއްޔަތާއި، ބާރު ލިބިފައިވާ މުސްތަޤިއްލު މުއައްސަސާއެއް ކަމަށާއި، އަދި ޤާނޫނު ނަންބަރު
13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 21 ވަނަ މާއްދާގެ ދަށުން ކޮރަޕްޝަން
ހުއްޓުވުމާއި، މަނާކުރުމާ ގުޅޭގޮތުން ޢާންމުކޮށް ހާމަކުރަންޖެހޭ ކަންކަން ހާމަކުރުމާއި، ކަމާގުޅޭގޮތުން
ޝާއިޢު ކުރަންޖެހޭ ބަޔާންތައް ޝާއިޢުކުރުމާއި، ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކުރަންޖެހޭ
މ އ މވ ހ
رسمی هوا
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'ſ Republic of Maldives
ވެބްސައިޓް: URL
:
WWW-Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 30099go
960+)
/elމާލެ،
ސަފްޙާ 25 ގެ 5
އެންމެހައި ކަންކަން ކުރުމާއި، އެ މަސްއޫލިއްޔަތުތައް އަދާކުރުމަށް މަގުފަހިވާނެ އެންމެހައި ކަންކަން
ކުރުމުގެ މަސްއޫލިއްޔަތު އެ ކޮމިޝަނަށް މަތިކޮށްފައިވާ ކަމަށާއި، އަދި އެ ޤާނޫނުގެ 22 ވަނަ މާއްދާގެ
(ފ) ގެ ދަށުން އެ ޤާނޫނާއި، އަދި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމާ ގުޅޭގޮތުން ހެދިފައިވާ އެހެން
ޤާނޫނުތަކުގައިވާ މަޤުޞަދުތައް ޙާޞިލްކުރުމަށްޓަކައި ތަހުޤީޤުކުރުމާއި މައްސަލަ ބެލުމަށްޓަކައި ކޮމިޝަނަށް
ބޭނުންވާ އެހެނިހެން ބާރުތައްވެސް ކޮމިޝަނަށް ލިބިދީފައިވާކަން އެ މާއްދާތަކުން އެނގެން އޮންނަކަމަށާއި،
ﷲ0
0
32
0
މ. ނައިންހައުސް ޒުންނަވާރު ސަލީމް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް
ޞައްޙަނޫން ސެޓްފިކެޓްތަކެއް ހުށަހަޅާފައިވަނިކޮށް ބަލަން ވާވަރަށް ނުބަލައި، ޞައްޙަނޫން ބެޗްލަރ އޮފް
ލޯ ސެޓްފިކެޓެއް އޭނާއަށް އެކްރެޑިޓް ކޮށްފައިވާކަމަށް ބުނާ މައްސަލަ، މި ސުރުހީގެ ދަށުން 25 ޖުލައި
2013 ގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ވެބްސައިޓްގައި ޝާއިޢުކޮށްފައިވާ ލިޔުމަކީ އެ ކޮމިޝަނުން
ކުރަމުން ގެންދާ ތަހުޤީޤު ގުޅިގެން އެހާތަނަށް ފާހަގަކުރެވިފައިވާ ކަންކަން ޝާއިޢު ކުރުމަށްޓަކައި
އެކުލަވާލާފައިވާ ލިޔުމެއްކަމަށާއި، އަދި އެ ލިޔުމަކީ ތަހުޤީޤުކޮށް ނިންމުމަށްފަހު އެކުލަވާލާފައިވާ ތަޙުޤީޤު
ރިޕޯޓެއް ނޫންކަން އެ ރިޕޯޓުގެ އެންމެ ފަހު ޕެރެގްރާފުގައި، "މ. ނައިންހައުސް ޒުންނަވާރު ސަލީމް
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް ހުށަހެޅި ސެޓްފިކެޓް އެކްރެޑިޓް ކުރުމުގައި އެއްވެސް ފަރާތަކުން
ކޮރަޕްޝަންގެ އެއްވެސް ޢަމަލެއް ހިންގާފައިވޭތޯ ބެލުމަށްޓަކައި މި ކޮމިޝަނުން މި ގެންދަނީ މި މައްސަލަ
އިތުރަށް ތަޙުޤީޤު ކުރަމުންކަމަށް،" މިފަދައިން ލިޔެފައި އޮތުމުން އެ ލިޔުމާ މެދު އެފަދަ އޮޅުމެއް އޮތުމުގެ
ޖާގައެއް ނެތްކަމަށާއި، އަދި ހަމަ އެ ލިޔުމުން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަހުޤީޤުކުރަމުން ގެންދާ
މައްސަލައިގެ އަޞްލަކީ ޒުންނަވާރު ސަލީމް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް ހުށަހެޅި
ސެޓްފިކެޓްގެ ޞައްޙަކަން ބެލުން ކަމުގައި ނުވިއަސް، އެ ތަޙުޤީޤު ފުރިހަމަކުރެވޭނީ އެ ސެޓްފިކެޓްތަކުގެ
އަޞްލު ދެނެގަނެވިގެންކަން އެ ތަހުޤީޤުގެ މައުޟޫޢުއިން އެނގެން އޮންނަކަމަށާއި،
Auc
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'ſ Republic of Maldives
ވެބްސައިޓް: URL
:
WWW-Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 30099go
960+)
/elމާލެ،
ސަފްޙާ 25 ގެ 6
2&
.ހއ ހ422
އަހީނނީ
އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަޙުޤީޤު ކުރަމުން ގެންދާ މައްސަލައިގެ ޙަޤީޤަތް
ދެނެގަތުމަށްޓަކައި، ޒުންނަވާރު ސަލީމް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް ހުށަހަޅާފައިވާ ބެޗެލަރ
އޮފް ލޯ ސެޓްފިކެޓާއި، އެ ސެޓްފިކެޓް ލިބުން ބިނާވެފައިވާ އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓްތައް ދޫކުރި
ތަޢުލީމީ މަރުކަޒުތަކަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ލިޔުމުން، ޒުންނަވާރު ސަލީމް މޯލްޑިވްސް
ކޮލިފިކޭޝަންސް އޮތޯރިޓީއަށް ހުށަހަޅާފައިވާ އެ ސެޓްފިކެޓް ތަކަކީ އެ މަރުކަޒުތަކުން ދޫކޮށްފައިވާ
ސެޓްފިކެޓްތަކެއް ނޫންކަމަށާއި، ޒުންނަވާރު ސަލީމަކީ އެ ތަޢުލީމީ މަރުކަޒުތަކުގެ ދަރިވަރެއް ނޫންކަމަށް އެ
މަރުކަޒުތަކުން ބުނެފައިވާތީ، ޒުންނަވާރު ސަލީމް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް ހުށަހަޅާފައިވާ
ބެޗްލަރ އޮފް ލޯ ސެޓްފިކެޓާއި، އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓްތަކަކީ
ސެޓްފިކެޓްތަކެއްކަން އެންޓި-ކޮރަޕްޝަން ކޮމިޝަނަށް އެނގިފައިވުމުން، އެ މަޢުލޫމާތު ސިއްރުނުކޮށް
ވީހާވެސް އަވަހަކަށް އެ މަޢުލޫމާތު ކަމާބެހޭ ދައުލަތުގެ އިދާރާތަކަށާއި، ޢާންމުންނަށް އެންޓި-ކޮރަޕްޝަން
ކޮމިޝަނުން ޙިއްޞާކޮށްފައިވުމަކީ، އެންޓި-ކޮރަޕްޝަނުން މި މައްސަލައިގައި އެ ކޮމިޝަނުގެ
މަސްއޫލިއްޔަތުތަކާއި، ޒިންމާތައް އަދާކުރަމުން ގެންދާކަން އެނގެން އޮންނަކަމެއް ކަމަށާއި، އަދި އެ
ޢަމަލަކީ ޤާނޫނުއަސާސީގެ 199 ވަނަ މާއްދާގެ ދަށުން ދައުލަތުގެ އެންމެހައި ދާއިރާތަކުން ކޮރަޕްޝަން
ނައްތައިލުމަށް ޖެހިލުންވުމެއްނެތި މަސައްކަތްކުރުމަށް އުފައްދާފައިވާ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ
މަޤުޞަދު ޙާޞިލްކުރުމަށްޓަކައި އެ ކޮމިޝަނުން ކޮށްފައިވާ ކަމެއްކަމަށް ޝަރީޢަތަށް ބުރަވެވޭ ކަމަށާއި،
އެ މަޢުލޫމާތު އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެޓަރނީ ޖެނެރަލްގެ އޮފީހަށާއި، އަދި މޯލްޑިވްސް
ކޮލިފިކޭޝަންސް އޮތޯރިޓީއަށް ޙިއްޞާކުރުމުން، އެ މަޢުލޫމާތުގެ މައްޗަށާއި، އަދި އޭގެ އިތުރަށް ބަލަންވާ
ކަންކަމަށް ބެލުމަށްފަހު، އެޓަރނީ ޖެނެރަލްގެ އޮފީހުން އެ ސެޓްފިކެޓްގެ މައްޗަށް ބިނާކޮށް ޒުންނަވާރު
ސަލީމަށް ދޫކޮށްފައިވާ ޤާނޫނީ ވަކީލުކަމުގެ ހުއްދައާއި، އަދި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެ
ސެޓްފިކެޓްތައް ވެލިޑޭޓްކޮށްފައި އޮތްއޮތުން ބާޠިލްކޮށްފައިވަނީ، ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށް މި
މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުނުވާތީކަމަށް
އަދި
2x
ހ2 0
xތ
94/
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'ſ Republic of Maldives
ވެބްސައިޓް: URL
:
WWW-Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 30099go
960+)
/elމާލެ،
ސަފްޙާ 25 ގެ 7
ޒުންނަވާރު ސަލީމް އެދިފައިވާ ކަންކަން އެ ގޮތުގައި ޝަރީޢަތަށް ކަނޑައަޅައި ދެވެން ނެތްކަމަށް
ޙުކުމްކޮށްގެން ކަމާއި
މި ކަންކަން އިސްވެ އިޝާރާތް ކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1790
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެއެވެ.
4 ދިވެހިރާއްޖޭގެ ހައިކޯޓުން އެ ކޯޓުގެ ނަންބަރު 161/HC
-
A/2014 ޤަޟިއްޔާ
ނިންމާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/1790 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް
ޒުންނަވާރު ސަލީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ކަންތައްތަކަކީ އެ ޤަޟިއްޔާގައި
ސިވިލް ކޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކެއް ނޫންކަން އެނގެން އޮންނާތީ ކަމަށް ބަޔާންކޮށް، ޤާނޫނު
ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) އަށާއި، އެ ޤާނޫނުގެ
43 ވަނަ މާއްދާއަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ 27 ވަނަ މާއްދާއަށް ރިޢާޔަތްކޮށް،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ 28 ވަނަ މާއްދާގެ ދަށުން ހައިކޯޓުގެ ފަނޑިޔާރުންނަށް ލިބިދޭ
ބާރުގެ ދަށުން ކަމަށްބުނެ ޒުންނަވާރު ސަލީމް އެ ކޯޓަށް ހުށަހަޅާފައިވާ ނަންބަރު 161/HC
-
A/2014
ޤަޟިއްޔާ ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ހައިކޯޓުގައި އެ ޤަޟިއްޔާ
ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްގެންކަމާއި
އިއްތިފާޤުން ޙުކުމްކޮށްގެންކަމާއި މި ކަންކަން ހައިކޯޓުގެ ނަންބަރު
161/HC
-
A/2014 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެއެވެ.
ދު 43
ކަމަށްބުނެ
5- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 161/HC
-
A/2014 ޤަޟިއްޔާގައި އެ ކޯޓުން
ކޮށްފައިވާ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާގޮތަށް
ށެބުނެ ޒުންނަވާރު ސަލީމްގެ
ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގައި، ހައިކޯޓުގެ ނަންބަރު 161/HC
-
A/2014
ޤަޟިއްޔާ، އެ ކޯޓުން ނިންމި ގޮތް ރަނގަޅު ނޫންކަމަށް ބުނެ ޒުންނަވާރު ސަލީމުގެ ފަރާތުން ފާހަގަ
ކޮށްފައިވާ މައިގަނޑު ޝަކުވާއަކީ ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/1790 ޤަޟިއްޔާ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'ſ Republic of Maldives
ވެބްސައިޓް: URL
:
WWW-Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 30099go
960+)
/elމާލެ،
ދިވެހިރާއްޖެ
0ހ4 3
ސަފްޙާ 25 ގެ 8
އިސްތިއުނާފުކުރުމަށް ޒުންނަވާރު ސަލީމުގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ ކަންތައްތަކަކީ، ސިވިލް
ކޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކެއް ނޫންކަމަށް ބުނެ ޒުންނަވާރު ސަލީމުގެ އިސްތިއުނާފް ދަޢުވާގެ
މައްސަލަ ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ހައިކޯޓުގެ ބުނެވުނު ޤަޟިއްޔާއިން ޙުކުމް
ކޮށްފައިވާތީ އެކަން ބަޔާންކޮށް ޒުންނަވާރު ސަލީމުގެ ފަރާތުން ހުށަހަޅާފައިވާ ޝަކުވާކަން ޒުންނަވާރު
ސަލީމުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށް ބެލުމުން އެނގެއެވެ.
2c2c8
6- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 161/HC
-
A/2014 ޤަޟިއްޔާގައި އެ ކޯޓުން
ކޮށްފައިވާ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށްކަމަށް ބުނެ ޒުންނަވާރު
ސަލީމްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގައި ދައްކާފައިވާ ވާހަކަތަކުގެ މައްޗަށާއި،
މި މައްސަލައިގައި ދަޢުވާ ލިބޭ ފަރާތްތަކުގެ ގޮތުގައި ޒުންނަވާރު ސަލީމް ބަޔާންކޮށްފައިވާ އިސްވެ
ބަޔާންކުރެވިދިޔަ ތިން ފަރާތްކަމުގައިވާ އެންޓި-ކޮރަޕްޝަން ކޮމިޝަން އާއި، އެޓަރނީ ޖެނެރަލްގެ އޮފީހާއި،
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ އާއި މި ފަރާތްތަކުން މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުގެ މައްޗަށާއި، މި މައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ، މި
މައްސަލައާ ގުޅޭ އެންމެހައި ލިޔެކިޔުން ތަކުގެ މައްޗަށާއި، ޒުންނަވާރު ސަލީމްގެ ފަރާތުން ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ދަށުން އިލްތިމާސްކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
161/HC
-
A/2014 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ މައްޗަށާއި، އަދި ހައިކޯޓުގެ މި
ބުނެވުނު ޤަޟިއްޔާގެ ދަށުން އިސްތިއުނާފަށް ހުށަހެޅުނު ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1790
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ
ފާހަގަކުރެވިފައި ވެއެވެ.
LUCO
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'ſ Republic of Maldives
ވެބްސައިޓް: URL
:
WWW-Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 30099go
960+)
/elމާލެ،
ސަފްޙާ 25 ގެ 9
(ހ) ފުރަތަމަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/1790 ޤަޟިއްޔާ އެ
ކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ކަމަށްބުނެ މ. ނައިންހައުސް، ޒުންނަވާރު
ސަލީމްގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ އިސްތިއުނާފާ މެދު
ގޮތެއް ކަނޑައެޅުމަށްޓަކައި ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި އެ ކޯޓުގެ ނަންބަރު 161/HC
-
A/2014
ޤަޟިއްޔާ ނިންމާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/1790 ޤަޟިއްޔާ އިސްތިއުނާފް
ކުރުމަށް ޒުންނަވާރު ސަލީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ކަންތައްތަކަކީ އެ
ޤަޟިއްޔާގައި ސިވިލް ކޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކެއް ނޫންކަމަށް ބަލައި، ޤާނޫނު ނަންބަރު
22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) އަށާއި، އެ ޤާނޫނުގެ 43
ވަނަ މާއްދާއަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ 27 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޤަވާޢިދުގެ 28 ވަނަ މާއްދާގެ ދަށުން ހައިކޯޓުގެ ފަނޑިޔާރުންނަށް ލިބިދޭ ބާރުގެ ދަށުން
ކަމަށްބުނެ ޒުންނަވާރު ސަލީމް އެ ކޯޓަށް ހުށަހަޅާފައިވާ ނަންބަރު 161/HC
-
A/2014 ޤަޟިއްޔާ
ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ހައިކޯޓުގައި އެ ޤަޟިއްޔާ ބެލި
ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްގެންކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސް އިޝާރާތްކުރެވުނު އެ
ކޯޓުގެ ނަންބަރު 161/HC
-
A/2014 ޤަޟިއްޔާގައި ހައިކޯޓުން ކޮށްފައިވާ ޙުކުމުގެ ޢިބާރާތަށް ބެލުމުން
އެނގެން އޮތުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާ އެގޮތުގެ މަތިން އެ
ކޯޓުން ނިންމާފައި އެވަނީ އެ ޤަޟިއްޔާގެ ދަށުން ޒުންނަވާރު ސަލީމް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި
ޢަލީގައި ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/1790 ޤަޟިއްޔާގައި އެ
ކޯޓުން ކޮށްފައިވާ ޙުކުމް އެގޮތުގެ މަތިން ކޮށްފައި އެވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިންތޯ
ނުވަތަ ނޫންތޯ އެއްވެސް މިންވަރަކަށް އިސްތިއުނާފީ ނަޒަރަކުން ބަލައި، ފައިޞަލާކުރަނިވި، ނިޔާއެއް
ކަނޑައަޅައިގެން ނޫންކަން އެނގެން އޮންނަ އޮތުމެވެ.
222
އިސްތިއުނާފް ނުކުތާތަ
مریسا کہ
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'ſ Republic of Maldives
ވެބްސައިޓް: URL
:
WWW-Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 30099go
960+)
/elމާލެ،
ސަފްޙާ 25 ގެ 10"
<< O
(ށ) ދެވަނަ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްވެ އިޝާރާތްކުރެވުނު އެ ކޯޓުގެ
ނަންބަރު 161/HC
-
A/2014 ޤަޟިއްޔާ، ބަޔާންވެދިޔަ ގޮތުގެމަތިން ނިންމުމަށް އެ ކޯޓުން ބުރަވި
މައިގަނޑު ސަބަބެއް ކަމުގައި އެ ކޯޓުން ބަޔާންކޮށްފައިވާ ސަބަބަކީ، ސިވިލް ކޯޓުގެ ނަންބަރު -Cv/1790
2013/C ޤާޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް އެދި ޒުންނަވާރު ސަލީމް
ހުށަހަޅާފައިވާ އިސްތިއުނާފު ބިނާކޮށްފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/1790
ޤަޟިއްޔާގައި ޒުންނަވާރު ސަލީމް ނަގާފައިނުވާ ދިފާޢުތައް ނުހިމެނޭ ގޮތުން މުޅިން އައު އަސާސްތަކެއްގެ
މައްޗަށް ބިނާކޮށްގެން ކަމަށްވުން ކަމަށްބުނެ ދިވެހިރާއްޖޭގެ ހައިކޯޓުން ފާހަގަކޮށްފައިވާ ސަބަބުކަން އެ
ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކާއި ޙުކުމުގެ ޢިބާރާތަށް ބެލުމުން އެނގެން އޮތުމެވެ.
(ނ) ތިންވަނަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1790 ޤަޟިއްޔާ
އިސްތިއުނާފުކުރުމަށްޓަކައި ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްވެ އިޝާރާތް ކުރެވުނު އެ ކޯޓުގެ ނަންބަރު
161/HC
-
A;2014 ޤަޟިއްޔާގެ ދަށުން ޒުންނަވާރު ސަލީމް ހައިކޯޓަށް ހުށަހަޅާފައިވަނީ މުޅިއެކު
ފަސްނުކުތާ ކަމާއި އެ ފަސްނުކުތާގެ ތެރެއިން:
ފުރަތަމަ ނުކުތާއަކީ، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަހުޤީޤުކޮށް
ނިންމުމުގެކުރިން ޙިއްޞާކުރި މަޢުލޫމާތާ ގުޅިގެން އެ ކޮމިޝަނުން ތަހުޤީޤުގައި ވަކިގޮތެއް ކަނޑައެޅުމުގެ
ކުރިން އަދި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗްލަރ އޮފް ލޯ" ސެޓްފިކެޓް ގެ ވެލިޑޭޝަން
ބާޠިލްކުރުމުގެ ކުރިން އެޓަރނީ ޖެނެރަލްގެ އޮފީހުން ވަކާލާތުކުރުމުގެ ހުއްދަ ބާޠިލް ކުރައްވާފައިވަނީ
ޤާނޫނީ ވަކީލެއްގެ ޙައިޘިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ ދިނުމުގެ އުޞޫލުގެ 2 ވަނަ ނަންބަރުގެ
(ޅ) ގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ދެމިއޮއްވައި އެޤަވާޢިދާ ޚިލާފަށް ކަމުގައިވުމުން ވަކާލާތު ކުރުމުގެ
ހުއްދަ ބާޠިލް ކުރެއްވި ކުރެއްވުން ޤާނޫނުއަސާސީގެ 17 ވަނަ މާއްދާ އާއި އަދި ޤާނޫނުއަސާސީގެ 20
ވަނަ މާއްދާއާ ޚިލާފްވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާކަމާއި،
0
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'ſ Republic of Maldives
ވެބްސައިޓް: URL
:
WWW-Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 30099go
960+)
/elމާލެ،
ސަފްޙާ 25 ގެ 11
ދެވަނަ ނުކުތާއަކީ، އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައަކާ
ގުޅިގެން އެ ކޮމިޝަނުން ބެލި ބެލުމުން ޒުންނަވާރު ސަލީމް، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް
ހުށަހަޅައި ވެލިޑޭޓް ކޮށްފައިވާ ޔުނިވަރސިޓީ އޮފް އީސްޓްލޭންޑްގެ "ބެޗްލަރ އޮފް ލޯ" ސަނަދާއި އެ
ސަނަދާއެކު ހުށަހަޅާފައިވާ އެހެން ބައެއް ސަނަދާއި ލިޔުންތަކަކީ ޞައްޙަނޫން ފޯޑް ސަނަދެއް ކަމުގައި
އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ފާހަގަކުރެވުމަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ދަށުން ހިންގާ
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން "ބެޗްލަރ އޮފް ލޯ" ސަނަދުގެ ޓްރާންސްކްރިޕްޓްތައް
އެޓެސްޓްކޮށް އަދި ހަމަ އެހެންމެ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ދަށުން ހިންގާ މޯލްޑިވްސް
ކޮލިފިކޭޝަންސް އޮތޯރިޓީން ވެލިޑޭޓް ކޮށްފައިވާ އެއްވެސް ސަނަދެއް ބާޠިލް ކުރެވޭނެ ޤާނޫނީ ސަބަބެއް
ނޫންކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާކަމާއި،
ތިންވަނަ ނުކުތާއަކީ، ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން
ކޮމިޝަނުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގައި އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ބާރުލިބިގެން ދަނީ
އެކޮމިޝަނުން ކުރަމުންދާ ތަހުޤީޤުތަކާ ގުޅިގެން ޖިނާއީ އިޖުރާއަތާ ގުޅޭ ޤާނޫނުތަކާއި ޤަވާޢިދުތަކާ ޚިލާފް
ނުވާގޮތުގެ މަތިންކަން ބަޔާންކޮށްފަ އޮތުމާއި އެ ޤާނޫނުގެ 22 ވަނަ މާއްދާގައި ކޮރަޕްޝަނަކީ ކޮބައިކަން
ބަޔާން ކުރުމުގައި، ކޮރަޕްޝަން ކަމުގައި ބުނެފައި އެވަނީ ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން
މަނާކުރުމުގެ ޤާނޫނު) ގައި ބުނާ ކަންތައްތައް ކަމުގައިވާއިރު، އެ ޤާނޫނުގައި ފޯމް
ސެޓްފިކެޓްގެ މައްސަލަތައް ކޮރަޕްޝަންގެ ތެރޭގައި ހިމެނިފައިނެތުމުން ދަށުކޯޓުގެ ނިންމުން ޤާނޫނު
ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 22 ވަނަ މާއްދާއާ ޚިލާފުވާ
ކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާކަމާއި،
ހަތަރުވަނަ ނުކުތާއަކީ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން އެކްރެޑިޓް
ކޮށްފައިވާ ސެޓްފިކެޓް އޭގެ އަޞްލުގެ ގޮތުގައި ދެމިއޮއްވައި ޒުންނަވާރު ސަލީމް ވަކާލާތު ކުރުމުގެ ހުއްދަ
ހޯދުމަށް ހުށަހެޅި ލިޔުންތަކަކީ ސައްޙަ ލިޔުންތަކެއް ކަމަށް ނުވާކަމަށް
ނުވާކަމަށްބުނެ، ޒުންނަވާރު
229 22
404
2x
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'ſ Republic of Maldives
ވެބްސައިޓް: URL
:
WWW-Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 30099go
960+)
/elމާލެ،
ދިވެހިރާއްޖެ
ސަފްޙާ 25 ގެ 12"
4 22
ކިބައިގައި ޤާނޫނީ ވަކީލުކަމުގެ ހުއްދަދިނުމަށް ޝަރުޠު ފުރިހަމަ ނުވާކަމަށް ބައްލަވައި، ވަކާލާތު ކުރުމުގެ
ހުއްދަ ބާތިލް ކުރެއްވި ކުރެއްވުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ހ)
އާއި އަދި 20 ވަނަ މާއްދާއާ ތަޢާރުޟުވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާކަމާއި،
ފަސްވަނަ ނުކުތާއަކީ، 6 ޖެނުއަރީ 2014 ގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ
ފަރާތުން ޝަރީޢަތަށް ދީފައިވާ ބަޔާނުގައި އެ ކޮމިޝަނުން ބެލި އަޞްލު މައްސަލައަކީ ފޯޑް ސެޓްފިކެޓްގެ
މައްސަލަ ނޫންކަމަށާއި، ފޯމް ސެޓްފިކެޓްކަމަށް ތުހުމަތުކޮށް ބެލި މައްސަލައަކީ އެ ކޮމިޝަނުގެ މެންޑޭޓުން
ބޭނުންކޮށްފައިވާ ކަމެއް ކަމަށް އެ ކޮމިޝަނުން ވެފައިވާ އިޢުތިރާފުން، ޒުންނަވާރު ސަލީމް ހުށަހެޅި
މައްސަލައިގެ ޞިޣާއާ އެއްގޮތަށް މައްސަލަ ސާބިތުވެފައި ވަނިކޮށް، ޒުންނަވާރު ސަލީމް އެދިފައިވާ ގޮތަށް
އެކަންކަން، އެގޮތުގައި ޝަރީޢަތަށް ކަނޑައަޅައި ދެވެން ނެތްކަމަށް ކުރެއްވި ޙުކުމް ޤާނޫނު ނަންބަރު
13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 21 ވަނަ މާއްދާ އާއި 22 ވަނަ މާއްދާގެ (ފ)
ގެ ދަށުން އެ ކޮމިޝަނަށް ލިބިދޭ އިޚްތިޞާޞްއާ ތަޢާރުޟުވުމާއި، ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގެ
(ހ) އާ ޚިލާފުވުންކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާކަމާއި
މި ފަސް ނުކުރާކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ ދެވަނަ ނަންބަރަށް ބެލުމުން އެނގެން އޮންނަކަމެވެ.
2014/HC-A/161
مکرمی
(ރ) ހަތަރުވަނަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1790 ޤަޟިއްޔާގައި
ޒުންނަވާރު ސަލީމް ކޮށްފައިވާ ދަޢުވާގެ ޞިޣާ، ޒުންނަވާރު ސަލީމްގެ ދަޢުވާ ފޯމުގައިވާ ދަޢުވާގެ
ޚުލާޞާގައި ބަޔާންކުރެވިފައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ފާހަގަކުރެވުނު
ނުކުތާތަކުގެ 3 ވަނަ ނަންބަރުގައި ބަޔާންކުރެވިފައި އެ ވަނީކަން އެނގެން އޮންނައިރު، އެ ދަޢުވާގެ ދަށުން
ޒުންނަވާރު ސަލީމް އެދިފައިވާ ގޮތަށް ނިޔާކަނޑައަޅައި ދިނުމަށް ޒުންނަވާރު ސަލީމް އެދޭ އެ ދަޢުވާގެ
މައިގަނޑު އަސާސަކީ، 25 ޖުލައި 2013 ގައި އެންޓިކޮރަޕްޝަން ކޮމިޝަނުގެ ވެބްސައިޓްގައި
ޝާއިޢުކޮށްފައިވާ ލިޔުމުގައި ޒުންނަވާރު ސަލީމް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް ހުށަހަޅައީ
ރާއް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'ſ Republic of Maldives
ވެބްސައިޓް: URL
:
WWW-Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 30099go
960+)
/elމާލެ،
ސަފްޙާ 25 ގެ 13"
22
4 22
OXO
އެކްރެޑިޓްކޮށްފައިވާ ބެޗެލަރ އޮފް ލޯ ސެޓްފިކެޓަކީ ޕޯޖް ސެޓްފިކެޓެއް ކަމަށް އެންޓި-ކޮރަޕްޝަން
ކޮމިޝަނުގެ ތަޙްޤީޤަށް ފާހަގަކުރެވިފައިވާތީ ޒުންނަވާރު ސަލީމްގެ ބެޗްލަރ އޮފް ލޯ ސެޓްފިކެޓް އެކްރެޑިޓް
ކުރުމަށްޓަކައި ހުށަހެޅި އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓްތަކާއި އެހެނިހެން ލިޔުންތަކަކީވެސް ޕޯޖްކޮށްފައިވާ
ލިޔުންތަކެއްކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ފާހަގަކުރެވިފައި ވާކަމަށް ބުނެ ޒުންނަވާރު ސަލީމްގެ
ބެޗްލަރ އޮފް ލޯ ސެޓްފިކެޓްގެ އެކްރެޑިޓޭޝަން ބާޠިލްކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް،
އަދި އެޓަރނީ ޖެނެރަލްގެ އޮފީހުން ޒުންނަވާރު ސަލީމަށް ދޫކޮށްފައިވާ ޤާނޫނީ ވަކީލުކަމުގެ ހުއްދަ
ބާޠިލްކޮށްދިނުމަށް އެޓަރނީ ޖެނެރަލްގެ އޮފީހަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން އަންގާފައިވަނީ އެންޓި-
ކޮރަޕްޝަން ކޮމިޝަނުގެ މެންޑޭޓްއާއި އިޚްތިޞާޞްގެ ބޭރުންކުރި ތަޙްޤީޤެއްގެ މައްޗަށް ބިނާކޮށްގެންކަމަށް
ޒުންނަވާރު ސަލީމް ދެކޭތީ އެފަދަ ތަޙްޤީޤެއްގެ މައްޗަށް ބިނާކޮށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެޓަރނީ
ޖެނެރަލްގެ އޮފީހަށާއި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް އެންގި އެންގުމެއްގެ މައްޗަށް ބިނާކޮށް 25
ޖުލައި 2013 ގައި އެޓަރނީ ޖެނެރަލްގެ އޮފީހުން ޒުންނަވާރު ސަލީމްގެ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ބާޠިލް
ކުރިކުރުމާއި އަދި 04 އޯގަސްޓް 2013 ގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ޒުންނަވާރު
ސަލީމްގެ ބެޗްލަރ އޮފް ލޯގެ ވެލިޑޭޝަން ބާޠިލްކުރިކުރުން ޞައްހަވާނެ ކަމަށް ޒުންނަވާރު ސަލީމް
ނުދެކޭތީ އެ މައިގަނޑު އަސާސްކަން ޒުންނަވާރު ސަލީމް އިސްވެ އިޝާރާތްކުރެވުނު ސިވިލް ކޯޓުގެ
ނަންބަރު 2013/Cv
-
C/1790 ޤަޟިއްޔާގައި ޒުންނަވާރު ސަލީމް ކޮށްފައިވާ ދަޢުވާގެ ޓީޝާއަށް ބެލުމުން
ސާފުކޮށް އެނގެން އޮންނައިރު، ސިވިލް ކޯޓުގެ އިސް އިޝާރާ އެ ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި ޒުންނަވާރު ސަލީމް ކޮށްފައިވާ ދަޢުވާގައި ޝަރީޢަތުން
ނިޔާކަނޑައަޅައި ދިނުމަށް އެދިފައިވާ ކަންކަމުގެ މައްޗަށާއި، އަދި އެ ދަޢުވާ ބިނާކޮށްފައިވާ އެ ދަޢުވާގެ
އަސާސްގެ މައްޗަށާއި އިސްވެ އިޝާރާތްކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1790
ޤަޟިއްޔާ، އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫންކަމަށްބުނެ އެ
ޤަޟިއްޔާ އިސްތިއުނާފްކޮށްދިނުމަށް އެދި ޒުންނަވާރު ސަލީމް ދިވެހިރާއްޖޭގެ ހައިކޯޓަށް
ورمر مرور
1790/Cv-C/2013
2
2
4
2 ބ
ހނފ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ 1 އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'ſ Republic of Maldives
ވެބްސައިޓް: URL
:
WWW-Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 30099go
960+)
/elމާލެ،
ދިވެހިރާއްޖެ
ސަފްޙާ 25 ގެ 14
ދީ ދީ ވ މ 2((
فورم محروس
ބެލެވުނު ދިވެހިރާއްޖޭގެ ހައިކޯޓު ނަންބަރު 161/HC-A/2014 ޤަޟިއްޔާއަށް ޒުންނަވާރު ސަލީމްގެ
ފަރާތުން ހުށަހަޅާފައިވާ އިސްވެ ބަޔާންކުރެވިދިޔަ އިސްތިއުނާފް ފަސް ނުކުތާގައި ޒުންނަވާރު ސަލީމްގެ
ފަރާތުން ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗަށް ބަލާއިރު، ސިވިލް ކޯޓުގެ އިސްވެ އިޝާ
ކޯޓުގެ ނަންބަރު 2013/Cv
-
C/1790 ޤަޟިއްޔާގެ ދަޢުވާގެ ދަށުން ބަލައި ނިޔާ ކަނޑައަޅައި ދިނުމަށް
ޒުންނަވާރު ސަލީމް އެދިފައިވާ ކަންކަމުގެ ޙުދޫދުގެ ބޭރުން، މުޅިން އާ ދަޢުވާތަކެއް ކަމުގައި ބެލެވޭ
އެއްވެސް ހުށަހެޅުމެއް ބަލައި ނިޔާ ކަނޑައަޅައިދިނުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ބުނެވުނު ޤަޟިއްޔާއަށް
ޒުންނަވާރު ސަލީމް ހުށަހަޅާފައިވާ އިސްތިއުނާފް ނުކުތާތަކުގައި އެދިފައި ނުވާކަމާއި، އަދި ސިވިލް ކޯޓުގެ
ނަންބަރު 2013/Cv
-
C/1790 ޤަޟިއްޔާގައި ޒުންނަވާރު ސަލީމް ކޮށްފައިވާ އިސްވެ ބަޔާންވެދިޔަ ދަޢުވާ
ބިނާކޮށްފައިވާ މައިގަނޑު އަސާސް ކަމުގައި އެ ދަޢުވާގައި ބަޔާންކޮށްފައިވާ އިސްވެ ބަޔާންކުރެވިދިޔަ އެ
ދަޢުވާގެ އަސާސް ކަމުގައި ނުބެލެވޭ އެއްވެސް ކަމެއް އެއީ އެ ދަޢުވާގެ އަސާސްކަން ދޭހަވާ ފަދަ ޢިބާރާތެއް
އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ޒުންނަވާރު ސަލީމްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްވެ.
ބަޔާންކުރެވިދިޔަ ފަސް ނުކުތާގައި ފާހަގަކޮށްފައި ނުވާކަން އެ ނުކުތާތަކަށް ބެލުމުން ސާފުކޮށް އެނގެން
އޮންނައޮތުމުގެ އިތުރުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ބުނެވުނު ޤަޟިއްޔާއަށް ޒުންނަވާރު ސަލީމް
ހުށަހަޅާފައިވާ އިސްތިއުނާފް ނުކުތާތަކުގައިވެސް މައިގަނޑު ގޮތެއްގައި ޒުންނަވާރު ސަލީމް
ބަޔާންކޮށްފައިވަނީ ސިވިލް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ރަނގަޅުނޫން
ކަމަށް ޒުންނަވާރު ސަލީމް ދެކޭ ޤާނޫނީ ނުކުތާ ތަކެއްކަން އެ ނުކުތާތަކަށް ބެލުމުން ސާފުކޮށް އެނގެން
އޮންނައިރު ޖިނާއީ މައްސަލަތަކުގައްޔާއި މަދަނީ މައްސަލަތަކުގައި އިއްވާ ޙުކުމްތަކާއި ނެރޭ ކޯޓު އަމުރުތައް
އިސްތިއުނާފަށް ހުށަހެޅުމުގެ ޙައްޤު މައްސަލައާ ގުޅުންހުރި ކޮންމެ މީހަކަށްމެ ލިބިގެންވާކަން
ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގައި، އަސާސީ ޙައްޤެއްގެ ގޮތުގައި ކަށަވަރުކޮށްދީފައި ވާއިރު، ދަށު
ކޯޓަކުން ނިންމާފައިވާ ނިންމުމެއް ޤާނޫނުއަސާސީއާ ނުވަތަ ޤާނޫނަކާ ނުވަތަ ޤާނޫނަކުން ބާރުލިބިގެން
ހަދާފައިވާ ޤަވާޢިދަކާ ޚިލާފުކަމަށް ޤަބޫލުކުރެވިގެން، އެކަން ފާހަގަކޮށް، ކަމުގެ މަޞްލަޙަތު އޮތް ފަރާ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'ſ Republic of Maldives
ވެބްސައިޓް: URL
:
WWW-Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 30099go
960+)
/elމާލެ،
ސަފްޙާ 25 ގެ 15"
42 0 0
ހުށަހަޅާ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ހައިކޯޓަށް ލިބިގެންވާކަމަށް ޤާނޫނު ނަންބަރު 22/2010
(ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 38 ވަނަ މާއްދާގައި ސާފުބަހުން ބަޔާންކޮށްފައިވާއިރު، އަދި
ހަމައެހެންމެ އިސްވެ އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައި އެ
ޤާނޫނުގެ 38 ވަނަ މާއްދާ އާއި 39 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ޙުކުމްތަކާއި ނިންމުންތައް
ހައިކޯޓުގައި އިސްތިއުނާފުކުރެވޭ ޙާލަތްތައް ބަޔާންކުރެވިފައި ވާއިރު، އެ ޙާލަތްތަކުގެ ތެރޭގައި
އިސްތިއުނާފުކުރަން ހުށަހަޅާ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް
ޤަބޫލުކުރެވޭނެ ސަބަބުތަކެއް ހުރުން ނުވަތަ ޤާނޫނު ތަޠުބީޤްކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް
ހެދިފައިވާކަމަށް ޤަބޫލުކުރެވޭނެ ކަންކަންކުރުން ހިމެނިގެންވާކަން ބުނެވުނު ޤާނޫނުގެ 43 ވަނަ މާއްދާގެ (ހ)
އިން ސާފުކޮށް އެނގެން އޮންނައިރު، އަދި "ހައިކޯޓުގެ ޤަވާޢިދު" ގެ 27 ވަނަ މާއްދާގައި އެ ޤަވާޢިދުގެ
25 ވަނަ މާއްދާގެ (ރ) އާއި (ބ) ގައި ބަޔާންކޮށްފައިވާ ފަދަ ހުކުމްތަކާއި ނިންމުންތައް ހައިކޯޓުގައި
އިސްތިއުނާފުކުރެވޭނެ ޙާލަތްތައް ބަޔާންކުރެވިފައިވާއިރު، އެ ޙާލަތްތަކުގެ ތެރޭގައި އިސްތިއުނާފުކުރަން
ހުށަހަޅާ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭނެ ސަބަބުތަކެއް
ހުރުން ނުވަތަ ޤާނޫނު ތަޠްބީޤްކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް
ޤަބޫލުކުރެވޭނެ ކަންކަން ހުރުން ހިމެނިގެންވާކަން ހައިކޯޓުގެ ޤަވާޢިދުގެ ބުނެވުނު މާއްދާގެ (ހ) އިންވެސް
ސާފުކޮށް އެނގެން އޮންނައިރު ދަށު ކޯޓަކުން ކޮށްފައިވާ ޙުކުމެއް ރަނގަޅުނޫން ކަމަށް ދެކި ކަމާބެހޭ
ފަރާތްތަކުން ޤާނޫނީ ނުކުތާއެއް ހުށަހަޅާނަމަ ހުށަހަޅަންވާނީ އެފަދަ ޤާނޫނީ ނުކުތާއެއް ކުރިން ދަށު ކޯޓަށް
ހުށަހެޅިފައިވާނަމަ ކަމަށް، ނުވަތަ ދަށު ކޯޓުގައި މައްސަލަ ހިނގިއިރު، އެ ކޯޓަށް ހުށަހަޅާފައިވާ ޤާނޫނީ
ނުކުތާއެއް އެ ހުށަހެޅި ގޮތަށްކަމަށް ބުނާ އެއްވެސް ޤައިދެއް ނުވަތަ ޝަރުތެއް އިސްވެ އިޝާރާތްކުރެވުނު
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 38 ވަނަ މާއްދާއާއި 43 ވަނަ މާއްދާގައި ބަޔާންކުރެވިފަ ނުވާކަން އެ
މާއްދާތަކަށް ބެލުމުން ސާފުކޮށް އެނގެން އޮތުމުން ދަށު ކޯޓުގައި މައްސަލަ ހިނގިއިރު އެ ކޯޓަށް
ހުށަހަޅާފައިނުވާ އާ ޤާނޫނީ ނުކުތާއެއް، އިސްތިއުނާފް މަރުޙަލާގައި ފާހަގަވެފައިވާނަމަ، ދަށު ކޯޓުގެ ޙުކުމް
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'ſ Republic of Maldives
ވެބްސައިޓް: URL
:
WWW-Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 30099go
960+)
/elމާލެ،
ސަފްޙާ 25 ގެ 16
0x2 22
ދަށު ކޯޓުން ނިންމާފައިވާ މައްސަލަ އަލުން ބަލައި އިސްތިއުނާފުކޮށްދިނުމަށްޓަކައި ހައިކޯޓަށް ހުށަހެޅުމަކަށް،
އަދި މި ބަޔާންކުރެވުނު ގޮތުގެމަތިން ޤާނޫނީ ނުކުތާތަކެއް ފާހަގަކޮށް ދަށު ކޯޓަކުން ނިންމާފައިވާ ނިންމުމެއް
އިސްތިއުނާފުކޮށް ދިނުން އެދި ޤަވާއިދުން ކަމާބެހޭ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން އެ
މައްސަލަ އިސްތިއުނާފުކޮށްދިނުމަށް ހުށަހެޅި ފަރާތުން ހައިކޯޓަށް ހުށަހެޅި ޤާނޫނީ ނުކުތާތަކުގެ އަލީގައި ދަށު
ކޯޓުން ނިންމާފައިވާ ނިންމުން އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިންތޯ ނުވަތަ
ނޫންތޯ، އިސްތިއުނާފީ ނަޒަރަކުން މައުޟޫޢީ ގޮތުން ހައިކޯޓުން އަލުންބަލައި ނިޔާއެއް ކަނޑައެޅުމަކަށް
ވެސް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 38 ވަނަ މާއްދާއާއި 43 ވަނަ މާއްދާ އާއި އަދި "ހައިކޯޓުގެ
ޤަވާޢިދު" ގެ 27 ވަނަ މާއްދާ އެއްވެސް މިންވަރަކަށް ހުރަސްއަޅާފައި ނުވާކަން އެނގެން އޮންނަކަމެވެ.
(ބ) ފަސްވަނަ ކަމަކީ، ހައިކޯޓުގެ ނަންބަރު 161/HC
-
A/2014 ޤަޟިއްޔާއިން
ކޮށްފައިވާ ޙުކުމް އެގޮތުގެމަތިން ކުރުމުގައި ހައިކޯޓުން ރިޢާޔަތްކޮށްފައިވަނީ ޤާނޫނު ނަންބަރު 22/2010
(ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) އާއި، އެ ޤާނޫނުގެ 43 ވަނަ މާއްދާއާއި،
ހައިކޯޓުގެ ޤަވާޢިދުގެ 27 ވަނަ މާއްދާއާއި 28 ވަނަ މާއްދާއަށް ކަން އިސްވެއިޝާ
.ޝާރާތްކުރެވުނު ހައިކޯޓުގެ
ނަންބަރު 161/HC
-
A/2014 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމްގެ ޢިބާރާތަށް ބެލުމުން އެނގެން
އޮންނައިރު، އިސްވެ އިޝާރާތްކުރެވުނު ހައިކޯޓުގެ ޤަޟިއްޔާ އެގޮތުގެމަތިން ނިންމުމުގައި ޤާނޫނު ނަންބަރު
22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާ އާއި "ހައިކޯޓުގެ ޤަވާޢިދު" ގެ 27
ވަނަ މާއްދާ ތަޠުބީޤްކޮށް، އެ މާއްދާތަކަށް ރިޢާޔަތްކުރި ގޮތް ޞައްޙަކަމަށް ބެލެވޭނެ ތަނެއް ނެތްކަން
މަތީގައި ބަޔާންކުރެވިދިޔަ، ފާހަގަކުރެވުނު ނުކުތާތަކުގެ 6 ވަނަ ނަންބަރުގެ (ރ) ގެ ދަށުގައި
ބަޔާންކުރެވިދިޔަ ސަބަބުތަކުން ރަނގަޅަށް އެނގެން އޮންނާތީއާއި އަދި ދަށު ކޯޓަކުން ނިންމުމެއް
ނިންމާފައިވަނީ ރަނގަޅަށް ނޫންކަމަށް ދެކި ކަމާބެހޭ ފަރާތަކުން އެ މައްސަލަ ޤަވާޢިދުން
އިސްތިއުނާފުކުރާއިރު، ދަށު ކޯޓަށް ހުށަހެޅުނު އެ މައްސަލައިގެ ދަޢުވާގެ މަޢުޟޫޢު އާއި އަދި
2 20
މިސާފައި
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'ſ Republic of Maldives
ވެބްސައިޓް: URL
:
WWW-Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 30099go
960+)
/elމާލެ،
ސަފްޙާ 25 ގެ 17"
2229ވ
ހަށިހިޅު2
ބިނާކޮށްފައިވާ ސަބަބުތަކުގެ ނުވަތަ އަސާސްތަކުގެ ޙުދޫދުގެ ތެރެއިން، ދަށު ކޯޓަށް ހުށަހެޅުމަށް ނުކުޅެދުނު
އާ ހެއްކާއި އާ ދިފާޢުތައް އިސްތިއުނާފް ކޯޓަށް އަލުން ހުށަހެޅުމަކަށް، މައްސަލަތައް އިސްތިއުނާފު
ކުރުމާބެހޭ ޤާނޫނީ އުޞޫލުތައް އެއްވެސް މިންވަރަކަށް ހުރަސްނާޅާކަން، އެ އުޞޫލުތަކަށް ބެލުމުން
އެނގެން އޮންނަ އޮތުމުގެ އިތުރުން، އިސްވެ އިޝާރާތްކުރެވުނު ޤާނޫނު ނަންބަރު 22/2010
ރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) ގައި ހައިކޯޓުން މައްސަލަތައް ބަލާނީ ދަށު
ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންކަމަށް ބަޔާންކުރެވިފައި ވީނަމަވެސް،
އެ މާއްދާގެ (ށ) ގައި އެ މާއްދާގެ (ހ) ގައި އެހެން ބުނެފައި އޮތުމަކީ ދަށު ކޯޓުގައި ހުށަހެޅުމުގެ
ފުރުޞަތު ލިބިފައި ނުވާ ހެކި، އިސްތިއުނާފުގެ މަރުޙަލާގައި އެޅުމަށް ހުރަސްއަޅާނެ ކަމެއް ނޫންކަމަށް
ސާފުބަހުން ބަޔާންކުރެވިފައި އޮންނަ އޮތުމުގެ މައްޗަށް ބަލާއިރު، ޝަރީޢަތަށް ހުށަހެޅޭ ދަޢުވާއަކާ ގުޅިގެން
ޝަރީޢަތަށް ހުށަހެޅޭ ދިފާޢުތަކަކީ މައްސަލައިގައި ހިމެނޭ ޚަސްމަކު އަނެއް
މަސްމާ ދެކޮޅަށް ބުނާ
ބުނުންތައް އެއީ ރަނގަޅު އަސާސެއްގެ މައްޗަށް ބިނާކޮށް ބުނާ ބުނުންތަކެއް ނޫންކަމުގެ މައްޗަށް
މައްސަލައިގައި ހިމެނޭ އަނެއް ޚަސްމު ޝަރީޢަތަށް ހުށަހަޅާ ޙުއްޖަތުތައް ކަމަށްވީ ހިނދު، މައްސަލައިގެ
ޚަސްމަކު އޭނާގެ ދިފާޢުގައި އަނެއް ޚަސްމާ ދެކޮޅަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ހުށަހަޅާ
ހެއްކަކީ ނުވަތަ ހެކިތަކަކީވެސް ދިފާއެއް ކަމުގައި ބެލެވޭނެ ހިނދު، ބުނެވުނު ޤާނޫނުގެ 32 ވަނަ މާއްދާގެ
(ށ) އިން ދަށު ކޯޓުގައި ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާ ދެކި، އިސްތިއުނާފުގެ މަރުޙަލާގައި
ހުށަހެޅުމުގެ ފުރުޞަތު އިސްތިއުނާފުކުރާ ފަރާތަށް ލިބިދީފައިވާކަން އެނގެން އޮތުމުން ދަށުކޯޓަށް އެއްވެސް
ސަބަބަކާ ހެދި ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާ ދިފާޢުތައް ވެސް އެ މައްސަލައިގެ އިސްތިއުނާފް
މަރުޙަލާގައި އިސްތިއުނާފް ކޯޓަށް ހުށަހެޅުމަށް ބުނެވުނު ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ހުރަސްއަޅާފައި
ނުވާކަން ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއާއި 69 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އެ ޤާނޫނުގެ 32 ވަނަ
މާއްދާގެ (ށ) ގެ ބައްޔަށް ނަޒަރުކޮށް ބެލުމުން އެނގެން އޮންނާތީއާއި އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ
އިސްވެ އިޝާރާތްކުރެވުނު ޤާޟިއްޔާގެ ޝަރީޢަތަށް ޒުންނަވާރު ސަލީމް ހުށަހަޅާފައިވާ
4 22
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'ſ Republic of Maldives
ވެބްސައިޓް: URL
:
WWW-Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 30099go
960+)
/elމާލެ،
ދިވެހިރާއްޖެ
ސަފްޙާ 25 ގެ 18
ނުކުތާތަކަށް ބަލާއިރު، އެ ނުކުތާތަކަކީ ޒުންނަވާރު ސަލީމް ސިވިލް ކޯޓަށް ހުށަހެޅި އިސްވެ
އިޝާރާތްކުރެވުނު ޤަޟިއްޔާގައި ޒުންނަވާރު ސަލީމް ކޮށްފައިވާ ދަޢުވާ ރައްދުކޮށްފައިވާ އެންޓި-ކޮރަޕްޝަން
ކޮމިޝަންއާއި، އެޓަރނީ ޖެނެރަލްގެ އޮފީހާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ އާއި މި ތިން
ފަރާތުން ޒުންނަވާރު ސަލީމްއާ މެދު އެޅިކަމަށް އެ ދަޢުވާގައި އޭނާ ބަޔާންކޮށްފައިވާ ފިޔަވަޅުތައް
އަޅާފައިވަނީ، ޤާނޫނާ ޚިލާފަށްކަމަށް ދެކި އެ ނުކުތާތަކުގެ އަލީގައި ސިވިލް ކޯޓުގެ ބަޔާންވެ ދިޔަ
ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ރަނގަޅުނޫން ކަމުގެ މައްޗަށް އޭނާގެ ދިފާޢުގައި ހުށަހަޅާފައިވާ ޤާނޫނީ
ނުކުތާތަކެއްކަން އެ ނުކުތާތަކުގައި އޭނާ ދައްކާފައިވާ ވާހަކަތަކަށް ބެލުމުން އެނގެން އޮންނާތީ އިސްވެ
ޝާރާތްކުރެވުނު ހައިކޯޓުގެ ޤަޟިއްޔާ އެގޮތުގެ މަތިން ނިންމުމުގައި ޤާނޫނު ނަންބަރު 22/2010
(ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) ތަޠުބީޤުކޮށް، އެ މާއްދާގެ އެ އަކުރަށް
ރިޢާޔަތްކުރި ގޮތްވެސް ޞައްޙަކަމަށް ބެލެވޭނެ ތަނެއް ނެތްކަން އެނގެން އޮންނަ އޮތުމެވެ.
(ޅ) ހަވަނަ ކަމަކީ، ފުރަތަމަ މަރުޙަލާގެ ކޯޓަކުން ނިންމަވާފައިވާ ނިންމުމެއް،
އިސްތިއުނާފް ކޯޓުން އަލުންބަލައި ގޮތެއް ކަނޑައެޅުމުގައި ރިޢާޔަތްކުރަންޖެހޭ ޤާނޫނީ އުޞޫލުތަކަށް ބަލައި
ރިޢާޔަތްކުރާއިރު، އިސްތިއުނާފް އުޞޫލުގެ މަފްހޫމް ނިޔާކުރަނީ، މު ޝައްރިޢު އެހެންގޮތަކަށް
ކަނޑައަޅާފައިވާ ބާވަތުގެ މައްސަލަތައް ފިޔަވައި ފުރަތަމަ މަރުޙަލާގެ ނުވަތަ ފުރަތަމަ ދަރަޖައިގެ ކޯޓުކަމަށް
ބެލެވޭ ކޯޓަކަށް، ފުރަތަމަ ފަހަރަށް ދަޢުވާ ހުށަހެޅި، އެ ކޯޓުން އެ ދަޢުވާގެ މައުޟޫޢުގެ މައްޗަށް
ފައިޞަލާކުރަނިވި ޙުކުމެއް ކުރުމުން، އެ ޙުކުމާ މެދު ހިތްހަމަނުޖެހިގެން، ކަމާބެހޭ ފަރާތަކުން ދެވަނަ
ދަރަޖައިގެ ނަމުން ނުވަތަ އިސްތިއުނާފް ކޯޓުގެ ނަމުން ނަންދެވިފައިވާ ކޯޓެއްގައި ފުރަތަމަ ދަރަޖައިގެ
ކޯޓުން ނެރުނު ޙުކުމް، އިސްތިއުނާފުގެ ނަޒަރުން އަލުން ބަލައި ދިނުމަށް އެދި ކަމާބެހޭ ފަރާތަކުން
ޤަވާޢިދުން ހުށަހެޅުމުން، އިސްތިއުނާފް ކޯޓުން، ފުރަތަމަ ދަރަޖައިގެ ކޯޓުން ކުރި ޙުކުމާ ގުޅޭ ދަޢުވާގެ
މައްސަލަ އިސްތިއުނާފު ކޯޓުން އަލުން ބަލައި، ފުރަތަމަ ދަރަޖައިގެ ކޯޓުން ނިންމާފައިވާ ނިންމުމާ މެދު
އިސްތިއުނާފް ކޯޓުން ނިހާއީ ޙުކުމެއް ކޮށްގެން ޢަދުލު އިންޞާފު ލިބިދިނުމަށް ކަމާއި، މިގޮތުން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ 1 އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'ſ Republic of Maldives
ވެބްސައިޓް: URL
:
WWW-Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 30099go
960+)
/elމާލެ،
ދިވެހިރާއްޖެ
ސަފްޙާ 25ގެ 19"
އިސްތިއުނާފް ކޯޓުން، ފުރަތަމަ ދަރަޖައިގެ ކޯޓުންކުރި ޙުކުމް ކޮށްފައިވަނީ ރަނގަޅަށްތޯ ނުވަތަ ނޫންތޯ
ބަލައި ގޮތެއް ކަނޑައެޅުމަށްޓަކައި އިސްތިއުނާފް ކޯޓުން އިސްތިއުނާފް ދަޢުވާއެއް ބެލުމުގައި އެ ކޯޓުން
ރިޢާޔަތްކުރަންޖެހޭ މުހިންމު ޤާނޫނީ އުޞޫލެއް ވާކަމާއި، އެ އުޞޫލަކީ، ފުރަތަމަ ދަރަޖައިގެ ކޯޓުން ކުރި
ޙުކުމާބެހޭ ދަޢުވާގެ މައްސަލަ އިސްތިއުނާފް ކޯޓުން އަލުން ބަލައި ނަޒަރުކުރާއިރު، ފުރަތަމަ ދަރަޖައިގެ
ކޯޓަށް ހުށަހެޅިފައިނުވާ، މުޅިން އާ ދަޢުވާތަކުގެ ގޮތުގައި އިސްތިއުނާފް ކޯޓަށް ފުރަތަމަ ފަހަރަށް ހުށަހެޅޭ
ހުށަހެޅުންތައް ބެލުމުން، އިސްތިއުނާފް ކޯޓުން މަނާވެގަތުން ކަމާއި އެފަދަ އާ ދަޢުވާތައް އިސްތިއުނާފް
ކޯޓުން ފުރަތަމަ ފަހަރަށް ބެލުމުން މަނާވެގަންނަން ޖެހެނީ މައިގަނޑު ދެ ސަބަބަކަށްޓަކައި ކަމާއި ފުރަތަމަ
ސަބަބަކީ، އިސްތިއުނާފް ކޯޓަށް މުޅިން އާ ދަޢުވާގެ ގޮތުގައި ހުށަހެޅޭ އާ ކަންތައްތައް، އެ ފަރާތަކަށް
ރައްދުވި، މައްސަލައިގެ އަނެއް ޚަޞްމަށް، ޢަދުލު އިންޞާފު ހޯދުމަށް ޤާނޫނީގޮތުން ލިބިފައިވާ
މަރުޙަލާތަކުގެ ތެރެއިން ފުރަތަމަ މަރުޙަލާ، އެ ފަރާތަށް ލިބުމުން މަޙުރޫމްވާ ގޮތަށް، ފުރަތަމަ މަރުޙަލާގެ
ކޯޓަށް ހުށަހެޅިގެން އެ ކޯޓުން ބެލި ދަޢުވާއާ އެއްވެސް ގުޅުމެއްނެތް ގޮތެއްގައި އިސްތިއުނާފް މަރުޙަލާގައި
މުޅިން އާ ދަޢުވާތަކުގެ ގޮތުގައި އިސްތިއުނާފް ކޯޓަށް އަލަށް ހުށަހެޅޭ ހުށަހެޅުންތައް އެ ކޯޓުން
ޤަބޫލުކުރުމަކީ، މުޤައްރިޢު އެހެންގޮތަކަށް ކަނޑައަޅާފައިވާ ބާވަތުގެ މައްސަލަތައް ފިޔަވައި، ޢަދުލު
އިންޞާފު ހޯދުމަށް އެއް މަރުޙަލާއަށްވުރެ ގިނަ މަރުޙަލާ ލިބިދީ ޢަދުލު އިންޞާފު ލިބިދިނުން ކަށަވަރު
ކުރުމުގެ ގޮތުން ޤަޟާއީ ނިޒާމުގައި މުޝައްރިޢު ކަނޑައަޅާފައިވާ ޤާނޫނީ ޤަވާޢިދުތަކާ އަދި އިޖުރާއީ
އުޞޫލުތަކާ ފުށުއަރާ ކަމެއްކަމަށް ވުންކަމާއި، ދެވަނަ ސަބަބަކީ، އިސްތިއުނާފުގެ ތަޞައްވުރު
ބިނާވެފައިވަނީ ފުރަތަމަ ދަރަޖައިގެ ކޯޓުން ކުރި ޙުކުމް ރަނގަޅުނޫން ކަމުގެ މައްޗަށް ދެއްކެން ހުރި
މަޢުޤޫލު ސަބަބެއްގެ މައްޗަށް ބިނާކޮށް ފުރަތަމަ މަރުޙަލާގެ ކޯޓުން ކުރި ޙުކުމް ރަނގަޅު ނޫންކަމަށް ބުނެ
އެ ޙުކުމަށް ތަޢުނުކުރުމުގެ ފުރުޞަތު ލިބިދިނުމުގެ މައްޗަށް ކަމަށްވާއިރު، އިސްތިއުނާފީ ނަޒަރުން
އިސްތިއުނާފް ކޯޓުން މައްސަލައެއް ބަލަމުންދާއިރު، އާ ދަޢުވާތަކުގެ ގޮތުގައި އިސްތިއުނާފް ކޯޓަށް އަލަށް
ހުށަހެޅުންތަކާ މެދު ފުރަތަމަ މަރުޙަލާގެ ކޯޓުން ކުރި ޙުކުމެއް ނެތީސް އާ ދަޢުވާތަކުގެ ގޮތުގަ
ދ29 ހ47
ހުށަހެޅު
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'ſ Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 30099go
960+)
/elމާލެ،
ދިވެހިރާއްޖެ
ސަފްޙާ 25 ގެ 20
233
އިސްތިއުނާފް ކޯޓަށް އަލަށް ހުށަހެޅޭ ހުށަހެޅުންތައް އެ ކޯޓުން ބަލައިގަތުމަކީ ބަޔާންކުރެވިދިޔަ އިސްތިއުނާފް
ތަޞައްވުރާ
އްވުރާ މުޅިން ފުށުއަރާ ކަމަށްވުން ކަމާއި އަދި މީގެ އިތުރުން ދަށު މަރުޙަލާގެ ކޯޓަކުން ކުރި
މެއް، އިސްތިއުނާފް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ސަބަބުން ނުކުންނަ މައިގަނޑު ނަތީޖާ
ތަކުގެތެރެއިން އެންމެ މުހިންމު އެއް ނަތީޖާއަކީ ދަށު ކޯޓަށް ހުށަހެޅުނު ދަޢުވާއަކީ ޖިނާއީ ދަޢުވާއެއް
ކަމަށްވިޔަސް ނުވަތަ މަދަނީ ދަޢުވާއެއް ކަމަށްވިޔަސް އެ ދަޢުވާ އިސްތިއުނާފް ކޯޓުން ބެލުމަށްޓަކައި،
ފުރަތަމަ މަރުޙަލާގެ ކޯޓުގެ ދަޢުވާގައި ހިމެނޭ ވާޤިޢާ (ފެކްޓް) ތަކާއި ހެކި ވަޒަންކޮށްފައިވާ ގޮތާއި ޤާނޫނު
ތަޠުބީޤުކޮށްފައިވާ ގޮތާއި މި އެންމެހައި ކަންތައް ހިމެނޭގޮތުން އިސްތިއުނާފް ނުކުތާތަކުގެ ޙުދޫދުގެ ތެރެއިން
އިސްތިއުނާފް ކޯޓަށް މުޅި ދަޢުވާ އަލުން ނަޤުލުވެގެން ދިއުންކަމާއި، މިގޮތުން ދަށު ކޯޓުން ކޮށްފައިވާ
ޙުކުމް، އިސްތިއުނާފް ކޯޓުގައި އިސްތިއުނާފުކުރެވިގެން ދިއުމާއެކު، ފުރަތަމަ މަރުޙަލާގެ ކޯޓަށް އެ ދަޢުވާ
ހުށަހެޅިގެން ދިޔަ ވަގުތުން ފެށިގެން އެ ދަޢުވާ ބެލުމަށް އެ ކޯޓަށް ޤާނޫނީގޮތުން ލިބިގެންވާ ހުރިހާ
ބާރުތަކެއް އިސްތިއުނާފް ކޯޓަށް އުޞޫލެއްގެ ގޮތުން ލިބިގެންވާކަމާއި މީގެތެރޭގައި އެ ދަޢުވާގެ އެންމެހައި
ވާޤިޔާތައް ބެލުމާއި، އަދި ކަމެއް ސާބިތުކުރުމަށްޓަކައި އިސްތިއުނާފް ކޯޓަށް ފެންނަ އެންމެހައި
އިޖުރާއާތުތަކެއް ފުރިހަމަކުރުމާއި ހުށަހެޅިފައިވާ އެންމެހައި ލިޔެކިޔުން ތަކުގައްޔާއި ޚަޞްމުންގެ
ދިފާޢުތަކުގައި ހިމެނޭ އެންމެހައި ވާޤިއާތައް އަލުންބަލައި ވަޒަންކުރުމާއި އޭގެފަހުން ދަޢުވާގެ އެންމެހައި
ވާޤިޢާތަކެއްގެ މައްޗަށް، އެ ކޯޓުން ތަޠުބީޤްކުރުން ޞައްޙަކަމަށް ފެންނަ ޤާނޫނީ ޤާޢިދާ ތަޠުބީޤްކުރުން
ހިމެނިގެންވާކަން އެނގެން އޮތުމުން، ފުރަތަމަ މަރުޙަލާގެ ކޯޓަށް ހުށަހެޅުނު ދަޢުވާ އެ ކޯޓުން ބަލައި އެ
ދަޢުވާގެ މައުޟޫޢުގެ މައްޗަށް އެ ކޯޓުން ނެރުނު ޙުކުމާމެދު ހިތްހަމަ ނުޖެހިގެން، ކަމާބެހޭ ފަރާތަކުން އެ
ޙުކުމް ރަނގަޅު ނޫންކަމަށް ފެންނަ ސަބަބު
އިސްތިއުނާފް ކޯޓުގައި އެ ޙުކުމް
އިސްތިއުނާފުކުރުމުން، ފުރަތަމަ މަރުޙަލާގެ ކޯޓުންކުރި ޙުކުމާ ގުޅޭ ދަށު ކޯޓުގެ ދަޢުވާގައި ހިމެނޭ ކަންކަމާ
އެއްވެސް ގުޅުމެއް ނެތްގޮތުގައި، އިސްތިއުނާފް ކޯޓުގެ އަމިއްލަ އިސްނެގުމުގެ ދަށުން ނުވަތަ އިސްތިއުނާފް
ދަޢުވާގައި ހިމެނޭ ފަރާތަކުން މުޅިން އާ ދަޢުވާއެއްގެ ގޮތުގައި އިސްތިއުނާފް ކޯޓަށް މުޅިން އަލަށް
0 7 2
ހ2 0
0
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'ſ Republic of Maldives
ވެބްސައިޓް: URL
:
WWW-Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 30099go
960+)
/elމާލެ،
ސަފްޙާ 25 ގެ 21
ހުށަހެޅުމެއްގެ ދަށުންކަމަށް ވިޔަސް، ފުރަތަމަ މަރުޙަލާގެ ކޯޓަށް ހުށަހެޅުނު ދަޢުވާގެ މައުޟޫޢު އެ ކޯޓުން
ބަލައި ގޮތެއް ކަނޑައަޅާ ކޮށްފައިވާ ޙުކުމާ ގުޅިފައިވާ ދަޢުވާއާ އެއްވެސް ގުޅުމެއްނެތް ގޮތުގައި މުޅިން އާ
ދަޢުވާއެއް ކަމުގައި ބެލެވޭ ކަމެއްގެ މައުޟޫޢުގެ މައްޗަށް ފުރަތަމަ ފަހަރަށް އިސްތިއުނާފް ކޯޓުން ބަލައި
އެކަމާމެދު އެ ކޯޓުން ފައިޞަލާކުރަނިވި ގޮތުގައި އެއްވެސް ޙުކުމެއް ކުރުމަކީ، ފުރަތަމަ މަރުޙަލާގެ
ކޯޓުންކުރި ޙުކުމް އިސްތިއުނާފް ކޯޓަށް ހުށަހެޅުމުން، އިސްތިއުނާފީ ނަޒަރަކުން އެ ޙުކުމާމެދު، އެ ކޯޓުން
ނަޒަރުކޮށް ގޮތެއް ކަނޑައެޅުމަށްޓަކައި އެ ކޯޓަށް ޤާނޫނީގޮތުން ލިބިގެންވާ ބާރުތަކާއި ޙުދޫދުތަކުގެ ބޭރުން
ކުރެވޭކަމެއް
ކަމުގައި މެނުވީ ނުބެލެވޭނެ ކަމާއި އަދި މީގެ އިތުރުން ފުރަތަމަ މަރުޙަލާގެ ކޯޓުންކުރި ޙުކުމާ
ގުޅޭ ދަށު ކޯޓުގެ ދަޢުވާއާ އެއްވެސް ގުޅުމެއް ނެތްގޮތުގައި، މުޅިން އާ ދަޢުވާއެއްގެ ގޮތުގައި އިސްތިއުނާފް
ކޯޓަށް މުޅިން އަލަށް ހުށަހެޅޭ އެއްވެސް ހުށަހެޅުމެއް އިސްތިއުނާފް ކޯޓުން ބެލުމުން މަނާވެގަތުމަކީ، ނިޒާމު
ޢާންމު (ޕަބްލިކް އޯޑަރ) ގެ ތެރޭގައި ހިމެނޭ ކަމެއްކަމާއި އެހެންކަމުން އިސްތިއުނާފް މަރުޙަލާގައި
މައްސަލައިގައި ހިމެނޭ ޚަޞްމަކު މުޅިން އާ ދަޢުވާއެއް އިސްތިއުނާފް ކޯޓަށް ހުށަހަޅައިފިނަމަ، އެ ކޯޓުން
އެހުށަހެޅުން އިސްތިއުނާފް މަރުޙަލާގައި ބަލައިނުގަތުމަށް ދަފްޢުކުރުމުގެ ޙައްޤު، މައްސަލައިގެ އަނެއް
ޚަސްމަށް ލިބިގެންވާ ކަމާއި، އަދި ހަމައެހެންމެ އިސްތިއުނާފް މަރުޙަލާގައި މައްސަލައިގައި ހިމެނޭ ޚަޞްމަކު
މުޅިން އާ ދަޢުވާއެއް ހުށަހަޅައިފިނަމަ، މައްސަލައިގައި ހިމެނޭ އަނެއް ޚަޞްމު، އެހުށަހެޅުން އިސްތިއުނާފް
ކޯޓުން ބަލައި ނުގަތުމަށް އެދި ދަފްއެއް ހުށަހަޅާފައި ނެތްނަމަވެސް އެފަދަ ހުށަހެޅުމަކީ، އިސްތިއުނާފް
ކޯޓުގެ އަމިއްލަ އިސްނެގުމުގެ ދަށުންވެސް، އިސްތިއުނާފް މަރުޙަލާގައި ބަލައި ދެވޭނެ ހުށަހެޅުމެ
ނޫންކަމަށް އިސްތިއުނާފް ކޯޓުން ކަނޑައަޅަންޖެހޭ ހުށަހެޅުމެއް ކަމާއި މިކަންކަން މައްސަލަތައް
އިސްތިއުނާފުކުރުމާ ބެހޭ ޤާނޫނީ އުޞޫލުތަކަށް ރިޢާޔަތްކޮށް ބެލުމުން އެނގެން އޮންނައޮތުމުގެ މައްޗަށާއި
ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 33 ވަނަ
މާއްދާގެ (ރ) ގައި އިސްތިއުނާފު ކުރިއިރު ހުށަހެޅި ނުކުތާތައް ފިޔަވައި، އިސްތިއުނާފުކުރުމަށް
ހުށަހެޅިފައިވާ މައްސަލައިގައި އާ ހުށަހެޅުންތަކެއް ހުށަހެޅި ކަމުގައި ވީނަމަވެސް އެ މައްސަލަ ހައިކޯޓުން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'ſ Republic of Maldives
ވެބްސައިޓް: URL
:
WWW-Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 30099go
960+)
/elމާލެ،
ސަފްޙާ 25 ގެ 22
ބެލުމުގައި އެ ނުކުތާތައް ބަލައި ނުދެވޭނެކަމަށް ހައިކޯޓުގެ އިސްނެގުމުގައި ކަނޑައަޅަންވާނެ ކަމަށް
ކަނޑައެޅި ބަޔާންވެފައި އޮންނަ އޮތުމުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު ދަށުކޯޓަކުން ނިންމާފައިވާ
ނިންމުމެއް އިސްތިއުނާފުގެ ނަޒަރުން ދެވަނަ ފަހަރަށް އަލުންބަލައި ދިނުމަށް އެދި ކަމާބެހޭ ފަރާތަކުން
ޤަވާޢިދުން އިސްތިއުނާފް ކޯޓަށް އެ މައްސަލަ ހުށަހެޅުމުން އިސްތިއުނާފް ކޯޓުން އެ މައްސަލަ
އިސްތިއުނާފުކޮށް ބެލުމުގައި އިސްތިއުނާފުކުރި ފަރާތުން އިސްތިއުނާފް ނުކުތާތަކުގެ ގޮތުގައި ހުށަހަޅާފައިވާ
ކަންކަމުގެ ތެރެއިން އިސްތިއުނާފް ކޯޓުން މައުޟޫއީ ގޮތުންބަލައި އެ ކަންކަމުގެ މައްޗަށް
ފައިޞަލާކުރަވިނި ޙުކުމެއްކޮށްގެން ނުވާނެ ހުށަހެޅުމަކީ ނުވަތަ ހުށަހެޅުންތަކަކީ، މުޅިން އާ ދަޢުވާއެއް
ނުވަތަ ދަޢުވާތަކެއްގެ ގޮތުގައި އިސްތިއުނާފް ކޯޓަށް އަލަށް ހުށަހެޅޭ ހުށަހެޅުންތައްކަން ސާފުކޮށް އެނގެން
އޮންނައިރު،
ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1790 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވާ
ގޮތް ރަނގަޅުނޫންކަމަށް ބުނެ ޒުންނަވާރު ސަލީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެ މައްސަލަ
އިސްތިއުނާފު ކޮށްދިނުމަށް އެދި ހުށަހެޅުމުން، ދިވެހިރާއްޖޭގެ ހައިކޯޓުން އެ މައްސަލަ އާމެދު ގޮތެއް
ކަނޑައެޅުމަށްޓަކައި ބެލި ހައިކޯޓުގެ ނަންބަރު 161/HC
-
A/2014 ޤަޟިއްޔާއަށް އިސްތިއުނާފް
ނުކުތާތަކުގެ ގޮތުގައި ޒުންނަވާރު ސަލީމް ހުށަހަޅާފައިވާ ބަޔާންކުރެވިދިޔަ ނުކުތާތަކަށް ބަލާއިރު،
ކުރިންވެސް ބަޔާންކުރެވި ދިޔަ ފަދައިން އެ ނުކުތާތަކަކީ، ޒުންނަވާރު ސަލީމް ސިވިލް ކޯޓަށް ހުށަހެޅި
އިސްވެ އިޝާރާތްކުރެވުނު ޤާޟިއްޔާގެ ޝަރީއަތަށް ޒުންނަވާރު ސަލީމް ހުށަހަޅާފައިވާ ދަޢުވާއާއި އެ
ދަޢުވާގެ އަސާސްގެ ގޮތުގައި ޒުންނަވާރު ސަލީމް ސިވިލް ކޯޓަށް ހުށަހަޅާފައިވާ ކަންކަމާ އެއްވެސް
ގުޅުމެއްނެތް ގޮތުގައި މުޅިން އާ ދަޢުވާއެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް ހައިކޯޓުން ބަލައި ދިނުމަށް އެދި
ންނަވާރު ސަލީމް ހުށަހަޅާފައިވާ ނުކުތާތަކެއް ނޫންކަމާއި އަދި ކިއެއްތަ! އެ ނުކުތާތަކަކީ، ޖުންނަވާރު
ސަލީމް ސިވިލް ކޯޓަށް ހުށަހެޅި އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގައި ޒުންނަވާރު ސަލީމް ކޮށްފައިވާ
ދަޢުވާ ރައްދުވި ފަރާތްތަކުން ޒުންނަވާރު ސަލީމް އާމެދު އެޅިކަމަށް އެ ދަޢުވާގައި އޭނާ ބަޔާންކޮށްފައިވާ
ރާއްޖޭގެ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'ſ Republic of Maldives
ވެބްސައިޓް: URL
:
WWW-Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 30099go
960+)
/elމާލެ،
ދިވެހިރާއްޖެ
ސަފްޙާ 25 ގެ 23
22*
ފިޔަވަޅުތައް އަޅާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ދެކި އެ ނުކުތާތަކުގެ އަލީގައި ސިވިލް ކޯޓުގެ ބަޔާންވެދިޔަ
ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ރަނގަޅު ނޫންކަމުގެ މައްޗަށް އޭނާގެ ދިފާޢުގައި ހުށަހަޅާފައިވާ ޤާނޫނީ
ނުކުތާތަކެއްކަން އެ ނުކުތާތަކުން އެނގެން އޮތުމުން އިސްވެ އިޝާރާ ރާތްކުރެވުނު ހައިކޯޓުގެ ޤަޟިއްޔާއަށް
ޒުންނަވާރު ސަލީމް ހުށަހަޅާފައިވާ އިސްތިއުނާޕީ ނުކުތާތަކުގެ އަލީގައި، ސިވިލް ކޯޓުގެ ނަންބަރު
2013/Cv-C/1790 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް އެ ކޯޓުން ކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ
ހަމަތަކުގެ މަތިންތޯ ނުވަތަ ނޫންތޯ އެއްވެސް މިންވަރަކަށް ބެލުމަކާނުލައި ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްވެ
އިޝާރާތްކުރެވުނު ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް އެގޮތުގެމަތީން ކުރުމުގައި "ހައިކޯޓުގެ ޤަވާޢިދު" ގެ
28 ވަނަ މާއްދާ ތަޠުބީޤުކޮށް، އެ ޤަވާޢިދުގެ އެ
މާއްދާއަށް ރިޢާޔަތްކުރި ގޮތް، އިސްވެދިޔަ ޤާނޫނީ
އުޞޫލުތަކާ އެއްގޮތްވާކަމަށް ބެލެވޭނެތަނެއް ނެތުމެވެ.
002
xތ
(ކ) ހަތްވަނަ ކަމަކީ، އިސްވެބަޔާންކުރެވި ދިޔަ ސަބަބުތަކުގެ
މައްޗަށް
ރިޢާޔަތްކޮށް
ބެލުމުން، ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/1790 ޤަޟިއްޔާ އެ ކޯޓުން
ނިންމާފައިވަނީ ރަނގަޅަށް ނޫންކަމަށް ދެކި ޒުންނަވާރު ސަލީމް ގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ
ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބެލެވުނު ހައިކޯޓުގެ ނަންބަރު 161/HC
-
A/2014 ޤަޟިއްޔާއަށް
ޒުންނަވާރު ސަލީމްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފް ނުކުތާތަކުގެ އަލީގައި، ޒުންނަވާރު ސަލީމް ގެ
އިސްތިއުނާފް ދަޢުވާއާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/1790 ޤަޟިއްޔާގައި އެ ކޯޓުން
ކޮށްފައިވާ ޙުކުމް އެގޮތުގެމަތިން ކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ތޯ ނުވަތަ ނޫންތޯ
އިއްވެސް މިންވަރަކަށް، މައުޟޫޢީ ގޮތުން ފައިޞަލާކުރަނިވި ޙުކުމެއް ކުރަމަކާނުލައި، ޒުންނަވާރު ސަލީމް
ހައިކޯޓަށް ހުށަހަޅާފައިވާ ނަންބަރު 161/HC
-
A/2014 ޤަޟިއްޔާ ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް
ކަނޑައަޅައި ހައިކޯޓުގެ ބުނެވުނު ޤާޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
2ތ 2x
2
نبی کریم کری
ކޮށްފައިވާ ރަނގަޅު ޙުކުމެއް ކަމަށް ބެލެވޭނެތަނެއް ނެތުމެވެ.
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'ſ Republic of Maldives
ވެބްސައިޓް: URL
:
WWW-Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 30099go
960+)
/elމާލެ،
ސަފްޙާ 25 ގެ 24
ޙުކުމް:
2014/HC-A/161
އިސްވެ،
ބަޔާންކުރެވިދިޔަ ސަބަބުތަކާއި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް
ޚިޢާޔަތްކޮށް ބެލުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 161/HC
-
A/2014 ޤަޟިއްޔާގައި ކޮށްފައިވާ
ޙުކުމަކީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ކޮށްފައިވާ ރަނގަޅު ޙުކުމެއް ނޫންކަން އެނގެން
އޮންނާތީ އިސްވެ އިޝާރާތްކުރެވުނު ހައިކޯޓުގެ ނަންބަރު 161/HC
-
A;2014 ޤަޟިއްޔާގައި ކޮށްފައިވާ
ޙުކުމް ބާޠިލްކަމަށް ކަނޑައެޅުމާއެކު،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
ޤަޟިއްޔާގެ މުޅި
މައްސަލައަކީ، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ
(ށ) ގެ ދަށުން އެ ޤަޟިއްޔާގެ މައްސަލަ ހައިކޯޓަށް އަލުން ފޮނުވައި، އެ ކޯޓުން އެ މައްސަލަ
އަލުންބަލައި، ފައިޞަލް ކުރަނިވި ނިންމުމެއް ނިންމަންޖެހޭ މައްސަލައެއްކަން އެނގެން އޮންނާތީ،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
ޒުންނަވާރު ސަލީމް
ނައިންހައުސް ގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާޕީ ނުކުތާތަކުގެ މައްޗަށް ދިވެހިރާއްޖޭގެ
ހައިކޯޓުން މައުޟޫޢީ ގޮތުން ނަޒަރުކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ
ޤަޟިއްޔާގައި
ބަޔާންކުރެވިފައިވާ އުޞޫލުތަކާ އަދި އިޝާރާތްކުރެވުނު ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ
ކޯޓުތަކުގެ ޤާނޫނު) ގެ 19 ވަނަ މާއްދާގެ (ހ) އާއި (ނ) އާއި (ރ) އާއި (ބ) ގައި ކަނޑައެޅިފައިވާ
އުޞޫ
ގޮތުގެމަތިން، ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1790 ޤަޟިއްޔާގައި
ޒުންނަވާރު ސަލީމް ކޮށްފައިވާ ދަޢުވާއާ ގުޅިގެން އެ ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމް، އެގޮތަށް
ކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިންތޯ ނުވަތަ ނޫންތޯ ދިވެހިރާއްޖޭގެ ހައިކޯޓުން
އަލުންބަލައި، ފައިޞަލާކުރަނިވި ނިންމުމަކުން އެ ކޯޓުން އެ މައްސަލަ ނިންމުމަށްޓަކައި ޤާނޫނު ނަންބަރު
22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން، ދިވެހިރާއްޖޭގެ
2014/HC-A/161
ޤަޟިއްޔާއަށް
2
0x ,
)
2 2x 22
232 ވ2
އުޞޫލުތަކެ
یہ کریم
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'ſ Republic of Maldives
ވެބްސައިޓް: URL
:
WWW-Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 30099go
960+)
/elމާލެ،
ސަފްޙާ 25 ގެ 25
ހައިކޯޓުގެ ނަންބަރު 161/HC
-
A/2014 ޤަޟިއްޔާގެ މުޅި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް
ތަޙުލީލުކުރުމަށް ކަނޑައަޅައި،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ވި
ގޮތުގެ މަތިން ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'ſ Republic of Maldives
ވެބްސައިޓް: URL
:
WWW-Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: 30099go
960+)
/elމާލެ،